Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 2

Dhonthiii Level 210 Stories100 Comments
August 6, 2018 2 Mins Read
17 Comments

މާދަމައަކީ ޝައިރާ ވަޒީފާއަށް ނިކުންނަން ހަމަޖެހިފައިވާ ފިހާރަ އަލަށް ހުޅުވާދުވަހެވެ. އެކަމަކު ޝައިރާއަށް ހުޒާމް ކިޔައިދީފައިވާގޮތުން މިއަދު ޝައިރާ ފިހާރައަށް ނުކުންނަންޖެހެއެވެ. އެއީ މިއަދު ފިހާރައިގަ ކުރަންޖެހޭ ވަރަށް ބުރަ އެހާމެ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ. އެއީ އެފިހާރައިގެ ހުރި ހުރިހާ މުދަލެއް ގުނާ، ކޮމްޕިއުޓަރަށް އެންޓަރ ކުުރުމެވެ. މާދަމަ ފިހާރަ ހުޅުވާ ދުވަސްކަމުން މިއަދު އެކަން ނިންމާލަން ސަމީރުގެ ދަރިފުޅަށް އެހީވެލާދޭން ސަމީރުވަނީ ޝައިރާ ފޮނުވުމަށް ހުޒާމްގެގާތު ބުނެފައެވެ. ކާކުކަން ނުދަންނަ މީހަކާއެކު މަސައްކަތް ކުރަންޖެހުމުން ޝައިރާހުރީ ހިސާބަކަށް ހާސްވާގޮތްވެފައެވެ. އާދައިގެ ގޮތަކަށް އުޅެން ދަސްވެފަހުރި ޝައިރާ ކުޑަގޮތަކަށް ރީތިވެލައިގެން ދިޔައީ ފިހާރައަށެވެ.                    * * * * * * * * * * * * * *   ހެނދުނު ހޭލެވުމާއިއެކު ތާޒާވެލައިގެން ފިހާރަ ހުޅުވުމަށް ކުރަންހުރި ފަހުމަސައްކަތް ނިންމަންދާން ގެއިންނިކުތް ރާއިލް ހުއްޓުނީ ބައްޕަ ގޮވާލުމުންނެވެ. “ދަރިފުޅާ! ދަރިފުޅަށް އެހީވެލަން އަންނާނެ ފިހާރައަށް ބައްޕަ ހަމަޖައްސާފަހުރި ސޭލްސްގާރލް.” ރާއިލް ހަމައެކަނި ހޫމް އަކުންފުއްދާލަމުން ދާންނުކުތީ ރާއިލްއަކީ އެންއިރެއްގައިވެސް ބައްޕައާއި ދެބަސްވާކުއްޖަކަށް ނުވާތީއެވެ. ނަމަވެސް ރާއިލް ހުރީ އެކަމާއި ހިތްހަމަ ނުޖެހިފަކަން ރާއިލްއަށް ބަލައިލި ކޮންމެ މީހަކަށްވެސް އެނގިގެންދާނެއެވެ. އެހާވެސް ނިތަށްއެރުވި ރޫ ގިނައެވެ. “އެކްސްކިއުޒްމީ” މުދާތައް ގުނަން އަވަދިނެތި އުޅުން ރާއިލްގެ ސަމާލުކަން އަތުލީ ފަހަތުން އަންހެންކުއްޖެއްގެ އަޑުއިވުމުންނެވެ. ގައިން ހީބިހި ނަގައިގެންދާހާ އަންހެންވަންތަ އަޑެކެވެ. ނުދެނަހުރިކަމަށްހަދާފައި ރާއިލް އެނބުރި އެކުއްޖާއަށް ނިތްޕއަރުވާލީ ކޮންބޭނުމަކުހޭ އެހުމުގެ މާނައިގައެވެ. ޝައިރާ ފާޑަކަށް ރަކިވެ، ބަސްހުއްޓި، އިސްޖެހިއެވެ. ރާއިލް މަތިންތިރިއަށް މި ނުދަންނަ ކުއްޖާއަށް ބަލައިލިއެވެ. ބޮލައް އޮޅާލާފަހުރި ނޭވީބުލޫ ކުލައިގެ ޝޯލް އެދޮންމޫނާ ނުހަނުގުޅެއެވެ. ލަދުގަތުމުގެ ސަބަބުން ދޮންދޮން ކޯތާފަތަށް އަރާފަހުރި ފިޔާތޮށިކުލަ ވަރަށްވެސް ހިތްގައިމެވެ. މަޑު ފިޔާތޮށިކުލައަށްދާ ތުންފަތުގަ ދަތްއަޅައިގެން ހުރިގޮތް ކިތަންމެހާވެސް ލޯތްބެވެ. ލައިގެންހުރި އަޅިކުލައިގެ ގަޔަށްދޫ ހައުސްކޯޓުން މީހާގެ ވަނާތައްވަނީ ފޮރުވިފައެވެ. އެތެރެއަށްވަނުމަށް ބުނެ އަނެއްފަރާތައް އެނބުރުނީ އެނުދަންނަ ކުއްޖާއަށް ރާއިލްގެ އެބެލުން ފާހަގަވިޔަނުދިނުމަށެވެ. ރާއިލްއާއި އެކު މަސައްކަތުގައި އަވަދިނެތި އުޅުން ޝައިރާ ވެސް ސިއްރު ސިއްރުން ރާއިލްއަށް ބަލައިލިއެވެ. ކަޅުކަންގަދަ ބުމަޔާ، ނަންބަރު އައިނެއްގެ އެހީ ހޯދާފައިވާ ތޫނުލޮލާ، ފިޔާތޮށިކުލައިގެ ތުންފަތް އެދިގުމޫނާ ނުހަނުގުޅެއެވެ. ބޭރުގައުމެއްގައި އުޅުމުގެ ސަބަބުން މީހާގެ ކުލައަލިވެފައި ހަންގަނޑު އޮމާނެވެ. ދެމީހުންގެވެސް މަސައްކަތުން ގެއަށް ދިޔައީ ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމާ މާދަން ހުޅުވަން ރެޑީކޮށްފައެވެ.               * * *  * * * * * * * * * * * އަޔާން ހުރީ ސުމާއަށް ގުޅައިގެން ސުމާ އަންނާނެ އިރެއްގެ އިންތިޒާރުގައި ސުމާގެ ގެއާއި ޖެހިގެންހުރި ގޯޅިގަނޑުގައި ސުމާއަށް ކުޑަ ގިފްޓެއްވެސް ހިފައިގެނެވެ. މިއީ އަޔާން ސުމާއަށް ދޭ ފުރަތަމަ ހަދިޔާކަމުން ސުމާ އުފާވާނެވަރު ހިތަށްގެނެސް އެލޯބި ހިނިތުންވުން ދުށުމުގެ އިންތިޒާރުގައި އަޔާންވަނީ ކެއްމަދުވެފައެވެ. ނަމަވެސް ކަންވާނޭގޮތް އެނގޭނީ ފަހެ ކާކަށްހެއްޔެވެ؟ އަޔާންގެ އިންތިޒާރަށް ނިމުންގެނެސްދެމުން ސުމާ އައިސް ހުއްޓުމާއިއެކު އަޔާންގެ އަތުގައި އޮތް ހަދިޔާ ދިއްކޮއްލީ އުފާވެރި ހިނުތުންވުމަކާއިއެކުއެވެ. އެހިނިތުންވުމުގެ ބަދަލު ސުމާދިނީ އަޔާންގެ ހިތްކުދިކުދި ކޮށްލާ ހިތްރޮއްވާލާފައެވެ. އެހާ ލޯބިން ދިން ހަދިޔާ ބިންމައްޗައް ވައްޓާލާ ސުމާގެ ފައިންއަރާ ފިތާލާފަގޮސް އެނބުރި ގެއަށް ވަދެއްޖެއެވެ. “އަހަންނަށް އުމުރުގަވެސް ލޯބި މިވެވުނީ ކޮންކަހަލަ އަންހެނެއްދެކެ ހެއްޔެވެ؟ އަހަންނަށް މިނޫން ދުވަހެއް ހަމަ ނެތީހެއްޔެވެ؟” މަގުމަތީހުރެ ގިސްލާރޮމުން ދިޔަ އަޔާން އަމިއްލަ ހިތާ ޝަކުވާކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ފުން އިހުސާސެކޭ 14

Next

ފުން އިހުސާސެކޭ 15

Next
August 7, 2018

ފުން އިހުސާސެކޭ 15

Previews
August 6, 2018

ފުން އިހުސާސެކޭ 14

17 Comments!

  1. Doodle says:
    August 6, 2018 at 1:49 pm

    Me first

    1. Dhonthiii says:
      August 6, 2018 at 1:56 pm

      Yap ur first ?

  2. Doodle says:
    August 6, 2018 at 1:50 pm

    Varah salhi ekamu confuse vey ingey

    1. Dhonthiii says:
      August 6, 2018 at 1:57 pm

      Keehvebaa confuse vee

  3. Dhonthiii says:
    August 6, 2018 at 1:59 pm

    Sorry all the readers adives cover photo eh nuleveythy..

  4. Kada says:
    August 6, 2018 at 2:23 pm

    Not gud?

  5. Yash says:
    August 6, 2018 at 3:28 pm

    Mashaa allah?? v salhi mi part vx ekam thankolheh kury. Kn iraku nest part up kohdheynee…

    1. Dhonthiii says:
      August 6, 2018 at 3:46 pm

      Thanxa ? maadhan up kohladheveythoa balaanan. N miyahvuren dhigu kohladheveythoa ves try kuraanan..

  6. Nunnu says:
    August 6, 2018 at 4:57 pm

    maa bodahvess kuru.. ekam vahaka v areethi

    1. Dhonthiii says:
      August 6, 2018 at 6:02 pm

      Thanxs.. Vaguthu vaavarakun liyelaafa up kohlanee. Den ihna part dhigukohleveythoa try kuraanan.

  7. Tushaa says:
    August 6, 2018 at 6:22 pm

    What is this ? This part is so short.

    1. Dhonthiii says:
      August 6, 2018 at 6:47 pm

      Soo sorry next part dhigukohlaanan..

  8. Rifuu says:
    August 6, 2018 at 7:20 pm

    This part is so short

  9. Dhonthiii says:
    August 6, 2018 at 8:47 pm

    Soo sorry. Next part dhigukohledheynan.

  10. shuhoo says:
    August 7, 2018 at 7:11 am

    Reethi…but maa kuree up kohfa hunnalei..best wishes.

    1. Dhonthiii says:
      August 7, 2018 at 8:48 am

      Next part dhiguvaane n up vehje. Mi part ah vuren dhiguvaane. Thanxs..

  11. shahy says:
    October 21, 2018 at 7:27 pm

    V foohi mihaa kuru veema… Vaahaka liyamey bunan mikahala vaahaka liyaane kameh neh.

Comments are closed.

Next Episodeލޯތްބަކީ 3←


All Right Reserved!