“ހިތް” ލޭ ކޮށެވިފައި……19
ދެމީހުންނަށް ގޮސް ޖަޒްލީމެންގޭ ވަށާފާރުން އެތެރެއަށް ވަދެވުނު ކަމެއް ނޭނގެ ކައިލާން ޖަޒްލީގެ އަތުގައި ހިފާފައި ޖެހި ލުއްކަކާއިއެކު ޖަޒްލީގެ މޫނު އައިސް ޖެހުނީ ކައިލާންގެ މޭގައެވެ. ވާރޭ ތިކިތަކުން ބަރުވެފައިވާ ޖަޒްލީގެ ލޮލުގެ އެސްފިޔަ ތަކުން ފިޔަ ޖަހާލުމަށްފަހު ކައިލާންއަށް ބަލާލި ގޮތުން ކައިލާންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ދިޔައީ އަސަރު ކުރުވައިގެންނެވެ.
********
“ހަނާ…… ތިހެން އަނގަމަތީގަ އަތް އަޅައިގެން ނީނދެ ވާހަކަ ދައްކަބަލަ…… މިހާރު އަހަރެން ބިރުގަންނަން ފަށައިފި….. ދެން ކިހިނެތްތަ އަހަރެން ހަދާނީ….”
ރިޝްފާގެ ވާހަކަތައް އަޑުއަހާފައި ހަނާގެ މޫނުމައްޗަށް އެރި ކުލަތަކުންނާއި, އޭނާގެ ހަރަކާތްތަކުން ރިޝްފާގެ ހިތަށް ތަސައްލީ އެއް ލިބުމުގެ ބަދަލުގައި އޭނާ އިތުރަށް ހާސްވެ ބިރުގަންނަ ގޮތް ވިއެވެ.
“ރީޝް…… މިއިނީ ހަނދާން ނެތިފައޭ…… ޑިއުޓީ ނިންމާލާފަ މަންމައާ އެއްކޮށް ފިހާރައަކަށް ދާން ބުނެފައޭ މިހުންނަނީ… މަންމަ ހުންނާނެ މިހާރު އަހަރެން ނުގޮސްގެން… ތިކަމާ ރަނގަޅަށް ވިސްނާލަން އުޅޭދޯ މިރޭ ބައްދަލް ވެލަން… ”
ހަނާ ރިޝްފާއަށް ދޮގުހަދާފައި އަވަހަށް އެގެއިން ނިކުމެގެން ދިޔައީ އޭނާގެ ހިތުގައި އެވާ ވާހަކަ ރިޝްފާއާއި ހިއްސާކުރުމުގެ ކުރިން އަދިވެސް ވިސްނާލަން ވަގުތު ބޭނުންވާތީއެވެ. ކުރީރޭ ރިޝްފާމެން ގޭ ކައިރިން ފެނުނު އަލިގުޅައާއި, ރިޝްފާގެ ހަށިގަނޑުގައި ހުރި ނިޝާންތަކާއި އޭނާގެ ވާހަކައިން ހަނާގެ ވިސްނުން ދަނީ ހަމަ އެއް ދިމާއަކަށެވެ. އެއީ ޙަޤީގަތަކަށް ވެއްޖެނަމަ އެކުވެރިޔާ އެ ނުބައި މުސީބާތުން ސަލާމަތް ކުރަން ކިތަންމެ ބިރުގަތަސް އޭނާއަަށް ވެވެން އޮތް ގޮތަކަށް މަސައްކަތްކުރަން ހަނާ އެހުރީ ތައްޔާރަށެވެ.
ރިޝްފާމެން ގެއިން ނިކުތް ގޮތަށް ހަނާ ގުޅީ އޭނާ ބޮޑުދައިތަމެންގޭ ދޮންބެއަށެވެ. ދޮންބެއަކީ އެކަހަލަ ކަންތައްތައް ދަންނަ ރުޤްޔާ ކުރާ މީހަކަށް ވާތީ އެކުވެރިޔާއަށް ދިމާވެގެން އެއުޅޭ ކަންތައް ދޮންބެއާއި ހިއްސާކޮށް ފުރަތަމަ އެއީ ކޮންކަަހަލަ ކަމެއްކަން ދެނެގަތުން ވަރަަށް މުހިއްމު ވީމައެވެ. ހަނާ އެހާ އަވަސް އަރުވާލާފައި އޭނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ދިޔުމުން ރިޝްފާ އިނީ ވަރަށް ދެރަވެފައެވެ. އެއީކީ މިވީހާ ތަނަށް ދުވަހަކުވެސް ހަނާ ކަންތައް ކުރި ގޮތަކަށް ނުވުމުން ރިޝްފާ މާޔޫސްވާ ގޮތް ވިއެވެ. ހަނާގާތު އޭނާ އެވާހަކަ ހިއްސާ ކުރީ އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާއަށް ދިމާވެގެން އެ އުޅޭ ކަންތަކުން އަލިމަގެއް ހޯދިދާނެ ކަމުގެ އުއްމީދުގައެވެ.
******
“އަހަންނަށް ކިޔަނީ ރުހާން….. ތިފަރާތަށް މައްސަލައެއް ނެތިއްޔާ ވާހަކަ ދައްކާލެވިދާނެތަ؟”
ރުހާން ކުޑަގޮތަކަށް ތަޢާރަފް ވެލާފައި ވާހަކަ ދެއްކިއެވެ.
“ޒިވާ”
ޒިވާ އޭނާގެ ނަން ބުނެލިއެވެ. އަދި މިގަޑީގައި މަޑުކޮށްފިއްޔާ ކޮލެޖަށް ދެވޭނީ ގަޑި ޖެހިގެން ކަަމަށް ބުންޏެވެ. ޒިވާ އޭނާގެ ނަން ބުނެދިނީމައިވެސް ރުހާންގެ ހިތް އުފާވިއެވެ. އޭނާގެ ހިތުން އެކަން ބަލައިގަތީ ޒިވާގެ ދިރިއުޅުމަށް ވާސިލް ވެވޭނެ ތަޅުދަނޑިއެއްގެ ގޮތުގައެވެ. އެހެންވެ ޒިވާ ކޮލެޖުން ނިމޭނެ ގަޑި އޮޅުން ފިލުވާލާފައި އޭނާގެ މައްސަލައެއް ނެތިއްޔާ އެގަޑީގައި ކޮލެޖު ކައިރިއަަށް ޒިވާ ނަގަން ސައިކަލުގައި އަންނާނެ ކަމަށް ބުންޏެވެ.
******
އެނދުމަތީގައި ފިކުރު ބޮޑުވެފައި އޮތް ރިޝްފާ ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތީ ކޮޓަރިތެރޭގައި ހާސްވާހެން ހީވާތީއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި އެޕާޓްމެންޓް ބެލްކަންޏާއި ވީ ދިމާލުގައި ކަހާލާފައިހުރި ދޮރުފޮތި ގަނޑާއި ދިމާލުގައި ހުރި ޒޭންއެވެ. ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އުނަގަޑުމަތީގައި އައްސާފައިހުރި ތުވާއްޔާއި ތެއްކޮންހުރި އިސްތަށިގަނޑާއި, ކްރީމް ކުލައަށްދާ އެ ހަށިގަނޑުން ދިއްލަމުން ދިޔަ ފެންތިކި ތަކުން ހަމަ ދެންމެ ފެންވަރާފައި ހުރިކަން ހެކިދެމުން ދެއެވެ. އެ ރީތި ފިރިހެންވަންތަ ޖާދުވީ ހަށިގަނޑުން ރިޝްފާއަށް އޭނާގެ ނަޒަރު ވަކި ކުރެވޭ ގޮތެއް ނުވިއެވެ.
“ހަލޯ….. އަޑު އިވޭތަ މަ މި ކިޔާ އެއްޗެއް… ހަލޯ…. ޒޭން….. ”
އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ޝާބިން ޚަބަރެއް ނުވުމުން ޒޭންއަށް ގޮވަމުން ދިޔައެވެ. ނަމަވެސް އެއްލި ކަޅިއަކުން ބެލްކަނީގެ ރެއިލިންގައި އަތްއަޅާލައިގެންހުރެ ޒޭންއަށް ބަލަމުންދިޔަ ރިޝްފާ އޭނާގެ ލޮލުގައި އަޅައިގަތުމުން ފޯނެއްގައި ހުރެވުން ކަންވެސް ޒޭން ހަނދާނެއް ނެތެވެ. ފޯނު އެނދުމައްޗަށް އެއްލާލާފައި އޭނާ ބެލްކަނީގެ ދޮރު ކަހާލާފައި ބޭރަށް ނިކުތެވެ. ބިއްލޫރި ދޮރު ކަހާލި އަޑަށް ރުޝްފާއަށްވެސް ހަމަ ބިމަށް އާދެވުނެވެ. އޭނާއަށް ލަދުންގޮސް އިސް ޖަހާލެވުނީ އެހެންވެއެވެ. ޒޭން އެ ހުރިގޮތަށް ގަޔަށް އެއްޗެއް ނުލާ ބޭރަަށް ނިކުތުމުން ރިޝްފާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަތައް ސިއްރުކުރުމަށް ޒޭންއަށް ފުރަގަސް ދިނެވެ.
“ހިނގާ މިއަދު ހަވީރު ދުއްވާލަން ދާން… ރޭގަ އަސްލު ބައްދަލް ކުރަން ނިންމާފަ ކެންސަލް ކުރަން ޖެހުނީ ތުއްތަ ރިސީވްކުރަން އެއަރ ޕޯޓަށް ދާން ޖެހިގެން… އޭރު އެހާ އަވަސް ކޮށްލާފަ ކުއްލިއަކަށް ދާން ޖެހުނީމަ އެކްސް ޕްލޭންވެސް ނުކޮށްދެވުނީ….. އަހަރެން ހީކުރީ ރީޝް އަނގައިން ނުބުނެ ގޮސް އެތެރެއަށް ވަނީމަ ރީޝް ހުންނާނީ ރުޅިއައިސް ކަމަށް … އެހެންވެ ވަރަށް ދެރަވެފަ އޮވެގެން ނިދުނީވެސް.. ނަމްބަރުވެސް ނެތީމަ ފޯނަށްވެސް ނުގުޅޭނެއްނު…. ގެއަށް އާދެވުން އިރު ހުރީ އެއްގަޑި ބައިވެސް ވެފަ…. ހިތަށްއެރި ތިބަޔަށް ގޮސް ގޮވާލަންވެސް…. އެކަމަކު ކޮޓަރީގަ މަންމަމެން މީހަކު އޮވެދާނެތީ ނުކުރުނު… ”
ޒޭން މަޑުމަޑުންގޮސް ފަހަތުން ރިޝްފާގެ ދެކޮޑުގައި އަތްއަޅާލާފައި ވާހަކަ ދެއްކިއެވެ. ލަދުންހުރި ރިޝްފާއަށް ޒޭންގެ ވާހަކައިން ލިބުނު ހައިރާންކަމުން އެނބުރި ޒޭންއަށް ބަލައިލެވުނެވެ. ރޭގައި ބައްދަލްކުރަން ގަޑިކީ ފަހުން އޭނާއާއި ޒޭން ބައްދަލްވީ ކޮން އިރަކު ހެއްޔެވެ؟ވާނުވާ ނޭނގި އޮޅުންބޮޅުން އަރާފައިވާ ޚިޔާލުތަކުން ރިޝްފާގެ ދުލުގެ ހަރަކާތްވެސް ހުއްޓިފައި ވާކަހަލައެވެ. ދެމީހުންގެ ހަތަރުކަޅިވަނީ ބައްދަލް ވެފައެވެ.
ހިނދުކޮޅަކަށް ދެމިގެން ދިޔަ ވަގުތުކޮޅު ނިމުމަކަށް އައީ އައި ނައި ތަނެއް ނޭނގި ވަރަށް ބާރަށް އުދުހިފައި އައި ކޮވެއްޔެއް އޭތީގެ ތުން ޒޭންގެ ކޮނޑުމައްޗަށް ވައްދާލާފައި ދިޔުމުން ނަގައިގަތް ދިލައިން ޒޭންގެ އަނގައިން ނިކުތް މަޑު އާހަކާއި އެކުގައެވެ. ދެމީހުންނަށް ސިހިފައި އެ ދިމާ ބަލައިލެވުނުއިރު މާދުރަށްގޮސް އޭތި ގެއްލިއްޖެއެވެ. އޭރު ޒޭންގެ ކޮނޑުމަތިން ޝަހާދަތް އިނގިލީގެ މިނަށް ދިގަށް އެޅިފައިވާ ކޫރަކުން ލޭ ފާއްދާލާފައި ހުއްޓެވެ. ރިޝްފާގެ މޭގަނޑު ބިރުންގޮސް ރޫރޫ އަޅަން ފެށިއެވެ. އޭނާއާއި ކުރިމަތިވަމުން އެ އަންނަނީ އާދައިގެ ކަންތައްތަކެއް ނޫނީ އޭނާގެ ހިތް ބުނަން ފަށައިފިއެވެ. ރިޝްފާއަށް ތުރުތުރު އަޅަމުން ދިޔަ އިނގިލި ތައް ޒޭންގެ ކޮނޑުގައި ހަލާކުވެފައިހުރި ތަން ކައިރީގައި ޖައްސާލެވުނެވެ. ޒޭން އަށް ރިޝްފާ ހާސްވެފައިވާ ވަރު އިޙްސާސް ކުރެވި އޭނާގެ ފެންކަޅި ވެފައިވާ ރީތި ދެލޯ ފެނުމުން ރިޝްފާގެ އަތުގައި ހިފާލުމަށްފަހު އެއީ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ. އަދި ރިޝްފާގެ އަތު ތެރޭގައި އޮތް ފޯނުނަގައި އޭނާގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ރިޝްފާގެ ނަމްބަރު ހޯދުމުގެ ނިޔަތުގައެވެ.
ރިޝްފާ ކޮޓަރިއަށްވަދެ އެނދުގައި އޮށޯތީ އޭނާގެ ވިސްނާ ވިސްނާ ބަރުވެފައިވާ ސިކުނޑިއަށް ފަސޭހައެއް ވޭތޯ އިރުކޮޅަކު ނިދާލެވޭތޯއެވެ. ކިތަންމެ ނުވިސްނަން މަސައްކަތް ކުރިޔަސް އޭނާގެ ދިރިއުޅުމުގައި އަޑި ނޭނގޭ ފޮރުވިފައިވާ ކަންތައްތަކެއް އެބަ ހިނގާކަން އޭނާގެ ސިކުނޑި އޭނައަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައިރު, ދުވަހަކުވެސް ސިކުނޑިއާއި އެއްގަލަކަށް ނާރާ ހިތްވެސް މިފަހަރު ކިޔަމުން ދަނީ އެކައްޗެކެވެ.
*****
ކައިލާން ޖަޒްލީގެ މޫނުމަތީގައި ތަތްވެފައިހުރި އިސްތަށިތައް ނަގައި ކަންފަތުގައި އަޅުވާލަދީފައި ޖަޒްލީގެ ނިތްކުރީގައި ބޮސްދިނެވެ. އަދި މަޑުމަޑުން މޫނާއި މޫނު ޖެހޭހާ ކައިރި ވެލާފައި ޖަޒްލީގެ ތުންފަތުގައި ބޮސްދިނެވެ. އޭރު ދެމީހުންވެސް ވަނީ އެއޮއްހުރިހާއިރު ވާރޭގައި ތިބެ ފޯވުމުގެ ސަބަބުން ފިނިބޮޑުވެފައެވެ. ނަމަވެސް އެކަމަކާއި އެއްވެސް ފަރުވާލެއް ނެތި ކައިލާންގެ އަތުން ޖަޒްލީގެ ބުރަކަށީގައި އަޅައި ބާރު ކުރަމުން ދިޔައެވެ. ދެހަށިގަނޑު ޖެހި ފިތިފައި ވާއިރުވެސް އެއަށްވުރެވެސް ކައިރިވެވޭތޯއެވެ. ޖަޒްލީގެ ދެއަތްވަނީ ކައިލާންގެ ކޮނޑުމަތީގައި ބާއްވާލެވިފައެވެ.
ދެމީހުންގެ ލޯބިން ފުރިގެންވެ ހަރަކާތައް ލޮޅުންއެރީ މެދުމިނެއްގައި ވެހެމުންދިޔަ ވާރޭ އިތުރަށް ބޯކޮށްލާ, އައި ބާރުގަދަ ވައިގަނޑެއްގައި ޖަޒްލީމެންގޭ ސިޓިންރޫމާއި ދިމާލުން މަތީގައި އޮތް ފުރާޅުން ޓިނުގަނޑެއް ވެއްޓުނު އަޑަށެވެ. ނަސީބު ރަނގަޅު ކަމުން ނައްޓާލައިގެން ދިޔަ ޓިނުގަނޑު ދިޔައީ އެމީހުންގެ ބޯ މަތިންނެވެ. ޖަޒްލީއަށް ބިރުންގޮސް މޭގައި އަތް އަޅައިލެވުނުއިރު ކައިލާންއަށްވެސް އެ ޓިނުގަނޑުން ރެކުނު ކަމަށްޓަކައި އަލްހަމްދުލިﷲ އޭ ބުނެލެވުނެވެ.
ދެމީހުން ދުވެފައިގޮސް ކޮންމެވެސް ވަރަކަށް ޓިނުތައް ނައްޓާލާފައިވާ ފެންޑާގެ ތެރެއިންލާފައި ޖަޒްލީމެން ގެއަށް ވަނެވެ. ގޭތެރެއަށް ހިޔާވާން ވެގެން ވަތްއިރު އެކި ދިމަދިމާއިން ފުރާޅުން ފެންފައިބަމުން ދިޔަތަން ފެނިފައި ދެމީހުންނަށް އެކަކު އަނެކަކާއި ދިމާއަށް ބަލާލާާފައި ހެވެން ފެށިއެވެ. ކޮޓަރިތެރެ ހުރި ހާލަތެއް ބަލާލަން ހިނގާށޭ ކިޔާފައި ޖަޒްލީ ކައިލާންގެ އަތުގައި ހިފައިގެންގޮސް ގޭގައި ހުރި އެއްކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަތްއިރު ހަތަރު ފަރާތުން ފުރާޅުން ފެން ފައިބަމުން ދެއެވެ. ޖެހިގެން ހުރި ކޮޓަރި ހިޔާވިއެއް ކަމަކު ކޮޓަރީގެ ދޮރުގެ މެދުން ވަނީ ދެމީހުންނަށް ދޮރު ނުހުޅުވާ އެތެރެއަށް ވަދެވޭވަރުގެ ބޮޑު ބާގަނޑެއް ހެދިފައެވެ. ކޮޓަރިތެރޭގައި ހުރި ފޮތި އަލަމާރި ވެއްޓިފައި އޮތްއިރު ކޮޓަރީގެ އެއްބިތުގައި ޖައްސާފައި ގޮދަޑިއެއްނެތް ލަކުޑި ސިންގަލް އެނދެއް ހުއްޓެވެ.
“ހޫމްމް…… މިރޭ މަގޭ އަނބިމީހާއާއިއެކު ހަމަޖެހިލައިގެން ނިދާލަން ބޭނުމިއްޔާ ވަރަށް ބޮޑު ހިތްވަރެއް ކުރަން ޖެހޭނެދޯ…. ”
ގެ ހުރި ޙާލު ފެނުމުން ކައިލާން ޖަޒްލީގެ ބަނޑުގައި ފަހަތުން ބައްދާލަމުން ވާހަކަ ދެއްކިއެވެ. ޖަޒްލީ ކައިލާންއާއި ކުރިމަތި ލުމަށްފަހު ވަރަށް ހާސްވެލާފައި ދެން ކިހިނެތްހޭ ހަދާނީ އަހާލިއެވެ.
“ހާސްނުވޭ…. އަހަރެން ހުއްޓަ ޖަޒްލީ ނުޖެހޭނެ އެއްވެސް ކަމަކާ ވިސްނާކަށް… އެކަމަކު އެސޮރު ފޮށި ގެނެސްދިނީމައޭ މަސައްކަތަށް ފެ…….. ”
ކައިލާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒުވާން އުމުރުގެ ފިރިހެން ކުއްޖަކު ކުޑަ ލައްޕާލާފައި އެތެރެއަށް ވަދެގެން އައިސް ސިޓިން ރޫމުގައި ފޮށި ބައިންދާލަދީފައި ޖަޒްލީއަށް ބަލައިލިއެވެ.އެހާ ދުވަސް ކޮށްފައި ޖަޒްލީ ރަށަށް އައުމުން ހަމަ ބަލައިލެވުނީއެވެ. ހިތުގައި ނުބައި ޚިޔާލެއް އޮވެގެނެއް ނޫނެވެ. ނަމަވެސް ކައިރީގައި އެމަންޒަރު ބަލަންހުރި ކައިލާންއަށް އުނދަގޫ ވިއެވެ. ޖަޒްލީއާއި ޖެހުނީމައި އޭނައަށް އެއްވެސް ކަމެއް ސިކުނޑިއަކުން ނުވިސްނެއެވެ. ހިތުގެ އެދުން ކުރި ހޯދާތީއެވެ. އެހެންވެ އެ ސޮރު އަތަށް ސަތޭކަ ރުފިޔާ ލާދީފައި ޝުކުރު އަދާކުރީ އަވަހަށް ފޮނުވާލުމަށްޓަކައެވެ.
ކައިލާން ފޮށި ހުޅުވާލުމަށްފަހު ވަރަަށް ބަނޑުހައި ވެފައި ހުރީމައި ފޮށިން ތުވާލި ނެގުމަށްފަހު އަވަހަަށް ފެން ވެރުމަށް ފާޚާނާ ނުފެނިގެން ހޯދަންފެށިއެވެ. ޖަޒްލީއައިސް ކައިލާންގެ އަތުގައި ހިފާލުމަށްފަހު އެގެއަކު ފާޚާނައެއް ނުހުންނާނޭ ބުނުމުން ޖަޒްލީއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ކައިލާންއަށް އެއްބުމަ އަރުވާލެވުނެވެ.
ޖަޒްލީ ކައިލާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެ ގޭގެ އެއްފަރާތުގައި ފަނުން ދެބަޔަކަށް ވާގޮތަށް އަޅާފައި ހުރި ތަނުގެ ތެރެެއިން ހިޔާނުކޮށް ހުރި ތަން ދައްކާފައި އެއީ އެމީހުން ފެންވަރާ އުޅުނު ގިފިލި ކަމަށް ބުންޏެވެ. އެތަނުގައި ހަރުކޮށްފައިހުރި ދޮރު އޮތީ މަތިން ނައްޓާލައިގެން އައިސް އެލިފައެވެ. ކައިލާންހުރީ ބުނާނެ އެއްޗެއް ނޭނގިފައި ތަލިން ކުޅުހިކިފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް މިވަރުގެ ކަމެއް ނުދެކެއެވެ. އެކަމަކުވެސް ކައިލާން ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ މިރަށަަށް އެ އައީ ހަމަ އެންމެ މަޤްސަދެއްގައެވެ. އެއީ އޭނާގެ ލޯބިވާ އަނބިމީހާގެ ޙަޔާތުގައި އުފާވެރި ޞަފްޙާ ތަކެއް ލިޔެދޭށެވެ. ކައިލާން ދެރަވީ އޭނާއަަށް އައުމުގެ ކުރިން ގެ ހުރި ޙާލަތު ބަލައި މަރާމާތުނުކޮށް އާދެވުނީމައެވެ. އެކަމަކުވެސް ނަމައަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ.
ކައިލާން ޖަޒްލީ ގޮވައިގެން ގޭތެރެއަށް ގޮސް ފޮށިން ސޯޓުބުރިއަކާއި ޖޯޒީ ޓީޝާޓެއް ނެގިއެވެ. އަދި ޖަޒްލީއަށްވެސް އެންމެ ރޫ ނޭނގޭނެހެން ހީވާ ހެދުން ނަގައިދިނެވެ. މިވަގުތު އިސްތިރިކުރެވޭނެ ގޮތެއް ނެތީމައެވެ. އޭރު ވިއްސާރަވެސްވަނީ ހުއްޓާލާފައި ދުނިޔެމަތި އަލި ކޮށްލާފައެވެ. ކައިލާން ފެންވަރާ އެއްޗިހި ހިފައިގެން އެތެރެއަށް ވަނުމުން ޖަޒްލީ ހުރީ ދޮރު ހިފަހައްޓައިދޭން ބޭރުގައެވެ. ކައިލާންއަށް ވަށައިގެންވާ ހާމަކަންބޮޑު އުޑުމައްޗަށް ބަލައިލެވުނެވެ. މިއޮއް ހުރިހާ ދުވަހު ޖަޒްލީގެ މަންމަމެން ނިޔާވުމުން ޖަޒްލީ އެ ގޭގައި އުޅޭނެ އެކަނިވެރި ދިރިއުޅުން އެއްފަރާތުގައި އޮއްވައި ޒުވާން އަންހެން ކުއްޖަކު އެއްވެސް ހިމާޔަތެއް ނެތި އުޅޭނެ ބިރުވެރި ޙާލު ހިތަށް އަރައި ކައިލާންގެ މޭގައި ރިއްސާލިއެވެ. ރޭގަނޑު ފާޚާނައަކަށް ދާންވިޔަސް މިއޮއްފަދަ ޒަމާނުގައިވެސް ގެއިން ނިކުމެގެން އައިސް އެ ގިފިލި ބޭނުންކުރަން ޖަޒްލީ ކިހާ ޖެހިލުންވާނެ ހެއްޔެވެ؟
ކައިލާން އަވަސް ކޮށްލައިގެން ފެންވަރާލައިގެން ނިކުމެ ޖަޒްލީ ފެންވަރަން ވައްދާފައި އޭނާ ބޭރުގައި މަޑުކުރިއެވެ. ދެމީހުން ތައްޔާރުވެލައިގެން ގެއިން ނިކުތީ ރެސްޓޯރެންޓަކަށް ދިޔުމަށެވެ. މަގުމަތިން ހިނގާފައި ދިޔައިރު ފެނުނު ކޮންމެ މީހެއްގެ ނަޒަރު ހުއްޓިފައިވަނީ ޖަޒްލީއާއި ކައިލާންއަށެވެ. ޖަޒްލީ ލަދުން ކައިލާންގެ އަތުން ދޫކޮށްލާ އިރަށް ކައިލާން އަނެއްކާވެސް އެއަށްވުރެ ބާރަށް އަތުގައި ހިފައެވެ. ކައިލާން އުޅޭ ގޮތުން ހީވަނީ ޖަޒްލީއަކީ އޭނާގެ ޙައްޤެއްކަން އެންމެންނަށް އިޢުލާން ކުރަން އުޅޭހެންނެވެ.
*****
“އަހަންނަށް ޔަޤީން ކައިލާން ވީތަން ރުހާންއަށް އިނގޭނެކަން….. އެދެމީހުން އެކަކު އަނެކަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ…. ”
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ސަކީނާ ރުޅިއައިސް ރަތްވެފައި ހުރެ ހަސަން މަނިކާއި ވާހަކަ ދައްކަމުން ދިޔައެވެ. ހަސަން މަނިކަށްވެސް އަންހެނުންގެ ވާހަކަ ޤަބޫލު ކުރެވުނެވެ. އެކަމަކުވެސް ރުހާން ނުބުނިއްޔާ ގަދަކަމުން ރުހާންގެ ފަރާތުން ކަމެއް ހޯދޭނެ ގޮތެއް ނޯންނާނެ ނޫން ހެއްޔެވެ. މިހާރު ކައިލާންއަަށް އެވަރަށް ގުޅައިވެސް ފިއެވެ. ނަމަވެސް ވީތަނެއް އެނގޭނީ ކޯލަށް ޖަވާބު ދިނިއްޔާ ނޫން ހެއްޔެވެ؟
“ހަމަ ތެދެއް މިބުނީ…. އެ މަންމަނު ޖަޒްލީ އަތުޖެހޭ ދުވަހަކުން އަހަރެން ދަރިފުޅަށްޓަކައި މި ތެޅޭ ތެޅުމުގެ ބަދަލު ހިތި ގޮތަކަށް ދޭނަން”
ސަކީނާ ހަމަ ރުޅި ގަދަވެ ގަދަވެފައި އެއްޗިހި ގޮވަމުން ދިޔައެވެ.
*****
ހަވީރުގެ ވަގުތެވެ. ރިޝްފާ ވަރަށް ރީތިވެލައިގެން ނިކުމެ ދޮރުމަތީގައި ހުއްޓައި ރިޝްފާގެ ބައްޕަ ދަތުރު ނިންމާލާފައި އައިސް ކާރު މަޑުކޮށްލުމަށްފަހު ކާރުން ފާބައިގެން އައިސް ބޭރުގައި އެހުރީ ކިހިނެތް ވެފައިތޯ ސުވާލު ކޮށްލިއެވެ. އެވަގުތު ޒޭން އައިސް ސައިކަލް އެހިސާބުގައި މަޑުކޮށްލިއެވެ. އަޅުގަނޑު ރައްޓެއްސަކާއި އެކު މިދަނީ ބޭރަށޭ ކިޔާފައި ރިޝްފާގޮސް ޒޭންގެ ސައިކަލް ފަހަތަށް އެރުމުން ރިޝްފާގެ ބައްޕަ ހިނިތުންވެލާފައި މާ ލަސްނުކޮށް ގެއަށް އަންނައްޗޭ ބުނެލާފައި ގޮސް އެތެރެއަށް ވަނެވެ.
ސައިކަލް ދުއްވަމުން ދިޔައީ ސޯސަންމަގުންލާފައި ހުރި ގޮތަށެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. ޒޭންވެސް ވާހަކަ ނުދައްކާ އިނީމައި ރިޝްފާވެސް އިނީ އަނގައިން ބުނަން ނުކެރިފައި ކުޑަކޮށް ފޫހިވާގޮތް ވެފައެވެ. އެހެން އިނދެފައި އެއްލި ކަޅިއަކުން ރިޝްފާގެ އަތުގައި ނިވިދިއްލި ދިއްލި އޮތް ފޯނަށް ބަލައިލެވުނެވެ. ފޯނުގެ ސްކްރީން އޮން ކޮށްލާފައި ބަލައިލިއިރު އިނީ ޒޭންގެ ހަތަރު މިސް ކޯލެވެ. ޒޭންގެ މެސެޖެއްވެސް އައީ ހަމަ އެވަގުތުއެވެ. ރިޝްފާގެ އިންތިޒާރުގައި އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން އިންވާހަކަ ބުނާށެވެ. މެސެޖު ކިޔާ ނިމުނު އިރު ރިޝްފާއަށް ބިރުން ތެޅިގަނެވުނެވެ. އޭނާގެ މުޅި ހަށިގަނޑުންވެސް ބާރުދަނީހެން ހީވާން ފެށިއެވެ. ގަތްބިރާއިއެކު އޭނާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.
*****ނުނިމޭ*****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.





Dear readers, varah busy koh ulhefa mi update kolladhiny… Mistakes hurun ekasheegenvey.. Faahaga kolla dhinun edhen. ThanQ all for the support. ???
Yeyyy me first dhw
?
Haadha inthixaarekey..
Tnks dear
Story vvvvvv rythi. Adhives kiyaahahvani..
Sorry dear.. Hama liyaane vagutheh nuvegen.. Anyways thanQ dear
Maa sha Allah Vrh Vrh furihama.. Vrh salhi.. ☺️??? alley Ekam kihineh tha e vanee?? Zane aky Hama Allah ves ulhey meeheh tha? Dhn e kovehyaky tha jinni? Zane ge sifaiga ey thi annnanytha rishfa kaariah?? ??????????????
Zane aky insaaneh. Rishfa loabivanyves Zane dheke. Koveyyaky jinni. Eythi rishfa beynunvaathy Zane ge sifaiga annany.. Hope u undstand. ThanQ dear
Alheyy rishfa aa ehkoh eynee jinni zeyn dhw dhen rishfa ge number dhiny kon zeyn akah ehen v ma aslu zeyn eh ves eba ulhey dhw
Varah bodu confusion ehge thereyga meeny
Noor please help me
When next part curiosly waiting
Zane aky insaaneh. Ulheny rishfa men gea jehigen huri geyga. e dhemeehun ge roomge belkani innany varah kairyga. So they easily meet n fell in love. Number dhinyves hama Zane ah. Dhen koveyyaky jinni. Eythi Rishfa beynunvaathy Zane ge sifaiga annany.. Hope u will undstand now. ThanQ dear.
OMG.rishfa e dhiya ee jinni aa eku dhw.
Stry v salhi.masha allah..
Jazlee men ge part kuda koh dhigu kohlah cheyy dear.keep it up noor.
Waiting 4 nw part.
-salaam-???
ThanQ 4 the lovely comment dear.
Kobaatha 18th vana part…
Plx click to Noor.. U will c all the parts updated. ThanQ
Woww…..maasha Allah..❤❤ when next part?
ThanQ dear. Liyevuniyyaa tomorrow update kolladheynan. ThanQ
rythi…whn nxt
ThanQ dear.. Maadhamaa update kohdheveytho try kuraanan.
Kobaa emme fahun jumaa buni gothah dhw evee..ekam vs varah salhi mi part.. when next part??
In sha Allah tomorrow. ThanQ dear
risfa ge bai mihaaru maa kiyaa hiyy vey eba..next part varah kiyaa hiyy vehje alhe maadhah aneh part up kohladheeb
Varah try kuraanan maadhamaa update kohdheveytho. ThanQ dear
Stry vrh reethi…
are u from r aa atoll
ThanQ dear.. No. I’m from Sh. & living in Hulhumale’. ThanQ
Ooooh… I’m also from sh.. And also living in hulhumale.. Sh kon rasheh Noor? Hehe..
Asluves tha. Funadhoo
Mihaaru mi dhaa goi v interesting ??
ThanQ dear
Masha Allah mi partves vvvvvvvvv reethi v inthizaar kurin story ah up veema v happy waiting next part birun indheves kiyaifin vvv reethi
Awwwh. ThanQ dear
Masha Allah. story varah vx reethi. hama supper. rishfa aa ehkoh e dhiya ee jinni zeyn dhw. o my. curiously waiting for next part. avahah up kohladhehchey. 😀
Awwh thanQ dear… Will try ingey
I’m also from sh…..
Asluves tha. Nice to meet u
Yes…..same to u?
?
❤️ Story vrh salhi
Waiting for the next part ?
ThanQ dear
Habeys
ThanQ dear
Speechless 🙂 Hama ehaaves reethi mivaahaka dhaagoiy 🙂
Waiting for the next part Noor :*
Alhey.. ThanQ dear
Vv salhi v kiyaa hithun mihiree
ThanQ dear
waiting ga mihuree dear…eheheh
Hehe.. Cute name.. ThanQ dear
Vvvvvv inthizaaru kurevijje kon irkun kiyaaln libeynee??
Alhey dear. I’m extremely very sorry.. Family aa ekkoh kudakoh busyvegen miulheny.. I dnt think I will b able to update tonight. In sha Allah tomorrow… ThanQ
I wanna read next part. This part was interesting?
ThanQ dear..
In sha Allah tomorrow
whn next part up kohdheyny?? v wait kurewey eba..
Varah try kuraanan maadhamaa update kohdheveytho
☹️
Alhey
Noor darling alhe awas koh dhyba
In sha Allah today dear
Next part kihaataku haada lahey,??heekuran v avahai fennanekama
Sorry dear. In sha Allah today
Next part koniraku tha libeyne?
DEAR READERS, BCS I WAS VERY BUSY LAST 2 DAYS I DIDNT GET TIME TO WRITE. JUST WANT TO LET U ALL KNOW THAT IN SHA ALLAH TODAY I WILL MAKE A UPDATE. SORRY FRIENDS
*an update
Today kihaaa irakubaaaa
In Sha Allah around 6
??????haadha lahey update vaaleh… mihaaru hamanidhives nulibe vaahaka kiyaa hithun … heylevey konme iraku update vefa intho beleny.. so sad?♀️?♀️
Alheyyy..sorry dear..but just now i have updated