Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 2

almaa2004 Level 210 Stories100 Login
July 30, 2018 2 Mins Read
13 Comments

ޝާއިމްމެން ތިބި ތަނަށް އައިސް ބައިސްކަލު މަޑުކޮށްލި ޒާއިފްއަށް ފުރަތަމަ ޖެހުނީ ޝާއިމްގެ ދިމާކުރުންތަކާ ކުރިމަތިލާށެވެ.

” ކައެ ލޮލުގަ ވެއްޖެއްނުން ކައްތި ޖަހަން…. އާން އެހެންޏަ… ކުޑަ ކުއްޖަކުވެސް ނުނިދާނެ ތިވަރަކަށް….” މިހެން ބުނެ ޝާއިމް ހޭން ފެށިއެވެ.

” ހޫން ހެވޭ ދެން… މަށާ ދިމާކޮށްގެން އެއްޗެއް ލިބެންޏާ ކައެއަށް ލިބޭނެ……. ތިޔެއް ނޫނޭ…. މަ ބުނީ ލަމްއާއެއްކޮށް އެ އުޅެނީ ކޮންކުއްޖެއްތަ؟…. ގައިމު މި ރަށަކުން ކުރިން ފެނުން ކުއްޖެއް ނޫން…” ވަރަށް ނޫން ކަމަށް ހަދާފައި ޒާއިފް އެހެން ބުނީ އެމީހުން ދިމާ ކުރާނެ ކަން އިނގިހުރެއެވެ.

” ނުބައި ކޮޅަކުން އިރު އެރީތަ އަނެއްކާ؟…. ކައެ ބޭނުމިއްޔާ ސެޓުކޮށް ދީފާނަން…… ހަހަހަހަހަހަ…. އެއަކީ އެއްކަލަ ފަރީދުބޭމެންގޭ ކުއްޖެކޯ….. އޭނަ އެންމެ ކުޑައިރުއްސުރެ އުޅުނީ މާލޭގަޔޯ….. އަލަށްށޯ އަދި ރަށަށް އެއައީ ….. މަ މަންމަ މިއަދު އެ ގެއަށް ގޮސް އައިސް ކީ އެހެން…..” ލާނެއް ވަށްތަރަކަށް ވިޝާލް ބުންޏެވެ.

“އައްޗި… މަ އަދި ހަމަ އަނެއްހެން އަހާލީ ދޯ މި…. ކައެމެެންހެން މަ ނޫޅެމޭ ތާކުން މީހަކު ފެންނައިރަށް ހޭބަލިވާކަށް…..” ވިޝާލްއާ ދިމާލަށް ލޯ އަޅާލަމުން ޒާއިފް ބުންޏެވެ.

އިރު އޮއްސެން ކައިރިވުމުން ރަށު ތުނޑީގައި ހަވީރު ފިންޏަށް ނުކުމެ އުޅުނު އެންމެން އެމީހެއްގެ ގެއާ ދިމާލަށް މިސްރާބު ޖަހަން ފެށިއެވެ. އޭގެ ތެރެއިން އެއްބަޔަކީ ލަމްހާ އާއި ޒިވާއެވެ.

” އޭ ޒީވް…. މިއަދު ބައިސްކަލެއްގަ ދަނިކޮށް ފެނުނެއްނު ދޯ ކުއްޖެއް…؟ އޭނަ ހާދަ ލޯބިކޮންނޭ ޒީވްއަށް ބަލާލީ…… އޭނަ އެއަކީ އެހެންޏާ އަންހެން ކުދިންނާ ދިމާލަށް ބަލާވެސް މީހެއް ނޫން…… އަނެއްކާ އޭނައަށް ޒީވް ކަމުދިޔައީ ކަންނޭނގެ…… ” ސަމާސައަކަށް ހަދާލާފައި ލަމްހާ ބުންޏެވެ.

” ހެހެހެ… ލަމްވެސް ދޯ… އެއަކީ ފިރިހެނުންގެ ގޮތެއްނު….. އެހެން އުޅޭނެ… އަޅާލާ އެއްޗެއް ނޫން……” ސާމާސައަކަށް ހަދާފަ ވިޔަސް ލަމްހާ ދެއްކި ވާހަކަ ޒިވާއަށް އެހާ ކަމަކު ނުދިޔައެވެ. އޭނާގެ ލޯބިވެރިޔަކު ހުންނަނީ ކަމަށްވެސް ވެދާނެއެވެ.

ޒާއިފްގެ ހިޔާލުގައި މިހާރު ވަނީ މިއަދު ފެނުން އަންހެންކުއްޖާގެ ހިޔާލުތަކެވެ. އެ ކުއްޖާގެ ނަން ހޯދުމަށްވެސް އޭނާ ހުރީ ކެތްމަދުވެފައެވެ. ނަމަވެސް އެއްވެސް މީހެއް ކައިރި އަހާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެ ގޮތް ނޭނގޭ އަންހެން ކުއްޖާއާ ދޭތެރޭ އެހާވަރަށް ވިސްނޭތީ ޚުދު ޒާއިފްވެސް ހައިރާންވެއެވެ. ސިއްސައިގެންގޮސް ޒާއިފްއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ އޭނާގެެ މަންމަ ގޮވާލުމުންނެވެ.

” ދަރިފުޅާ ކޮން ހިޔާލަކަށް ގެއްލިފަ…؟ ކީއްވެ ނުކައި ތިއިނީ..؟” ޒާއިފްގެ މަންމަ ސުވާލުކުރިއެވެ. ” ކަ.. ކަމެއް ނުވޭ…. ކުޑަ ކަމަކާ ވިސްނާލީ…..” ކާ މޭޒުކައިރީގައި ތިބި އެންމެންގެ ލޯތައް އޭނާއަށް އަމާޒުވެފައި ހުރުމުން ޒާއިފް ހިސާބަކަށް ލަދު ގަންނަ ގޮތް ވިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ޗުއްޓީ ނިމި އާ އަހަރެއް މަރުހަބާ ކިޔައިފިއެވެ. އިތުރަށް ކިޔެވުމަށްޓަކައި ޒާއިފް މާލެއަށް ބަދަލުވީ ކޮންމެހެން ދާހިތަކުންނެއް ނޫނެވެ. ރަށްފުށު ދިރިއުޅުމަށް އޭނާ މާ ލޯބިކުރެއެވެ. ނަމަވެސް އޭނާ ދެރަވި ކަމަކީ ދެން އޭނާ އަބަދުވެސް ދެކެން ބޭނުންވާ މޫނު ނުފެންނާނެއޭ ހީވާންފެށުމުންނެވެ.

ފުރަތަމަ ކޮލެޖަށް ދިޔަ ދުވަހު ޒާއިފް ހުރީ ފާޑަކަށް ހިތް ނުތަނަވަސްވެފައެވެ. އަތުގަ އޮތް މެޕަށް ބަލައިގެން ވަރަށް ހާލުން އޭނާ ދާން ޖެހޭ ކުލާސް ރޫމް ފެނުނެވެ. ކުލާހަށްވަދެ ހުސްކޮށް އިން ބަރިއެއްގައި އޭނާ އިށީނެވެ. ކުލާހުގައި ތިބި އަންހެން ކުދިންތައް އޭނާއާ ދިމާލަށް ބަލަން ފެށިމުން ޒާއިފްއަށް ކުޑަކޮށް އުނދަގޫވާން ފެށިއެވެ. އެހެންނަމަވެސް އޭނާ ލަމުންދިޔަ ނޭވާ ހުއްޓުނީ ތެޅެމުން ފޮޅެމުން އައިސް ކުލާހަށް ވަތް ޒުވާނާ ފެނިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….8

Next

ލޯބި އަހަރެން ވާނަމޭ 1

Next
July 30, 2018

ލޯބި އަހަރެން ވާނަމޭ 1

Previews
July 30, 2018

އަބަދުވެސް ލޯބި ދޭނަން….8

13 Comments!

  1. Haxna says:
    July 30, 2018 at 6:08 pm

    Vvvvvv reethi keep it up
    Next part kon dhuvahakun tha pls upload fast okay story hama habeys

    1. Almaa2004 says:
      July 30, 2018 at 6:27 pm

      Thanks dear

  2. eekko says:
    July 30, 2018 at 6:12 pm

    Me frst dhw

    1. eekko says:
      July 30, 2018 at 6:16 pm

      Secnd

  3. Inkko says:
    July 30, 2018 at 6:43 pm

    Maasha Allah……when next part???❤❤❤

  4. Almaa2004 says:
    July 30, 2018 at 7:27 pm

    Thank u
    Insha allah fridayge kurin up kureveythw balaanan

  5. Yumna says:
    July 30, 2018 at 9:29 pm

    Vvvvvv reethi keep going like this

  6. Ahaana says:
    July 30, 2018 at 9:31 pm

    Wowwwww soni vehtije stry hama habey

  7. Yaas says:
    July 30, 2018 at 9:32 pm

    Nice story ????? story hama habeys
    I will say to u keep going like this

  8. Haxoo says:
    July 30, 2018 at 9:34 pm

    Vvvvvvvvvvvvvvvvv reethi whn is next part ……..
    Keep going like this and rise like a star in the middle of the sky

  9. Lol says:
    July 30, 2018 at 9:35 pm

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Bunaane echeh nei habeys hama story

  10. Twinkle? says:
    July 31, 2018 at 7:27 pm

    masha allah vvv rythi part vs… yageen ae veev dhw… whn nxt part???

  11. ? says:
    August 1, 2018 at 7:51 pm

    Nice story ♥

Comments are closed.

Next Episodeއިންތިޒާރު 3←


All Right Reserved!