Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 28

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 30, 2018 10 Mins Read
22 Comments

” އައި ލަވް ޔޫ ޔައިޝް… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ” ދުވެފައި ގޮސް ފަހަތުން ޔައިޝްގެ ގައިގައި ބައްދާލާމުން ޝައުނާ ބުނެލިއެވެ. ޔައިޝްއަށް އިވުނު ބަސްތަކުގެ ސަބަބުންނާއި ކުރުވި އިހުސާސަކުން ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ. ދެވަނަ ސިކުންތުގައި ޝައުނާ އޭނަގެ ގައިގައި ހިފަހައްޓާފާވި އަތް ނައްޓާލުމަށްފަހު ޝައުނާއަށް ކުރިމަތިވާނޭހެން އޭނަގެ ކުރިމަތީގައި ޔައިޝް ހުއްޓިލިއެވެ. ”ޝައު… އަހަންނަށް މި އަޑު އިވުނީ ރަނގަޅަށްތަ؟ އަދި… އަދި އެއްފަހަރު އެ ބަސްތައް ތަކުރާރުކޮށްލަބަލަ… ” ޝައުނާގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ޔައިޝް ބުނެލިއެވެ. ” ޔައިޝްއަށް އަޑު ތި އިވުނީ ހަމަ ރަނގަޅާށޭ… އަހަރެން ޔައި ދެކެ ވަރަށް ލޯބިވޭ… އައި ލަވް ޔޫ ޔައިޝް… ” ޔައިޝް އޭނަގެ މޫނުގައި ހިފަހައްޓައިގެން ހުރި އަތުގައި ހިފާލަމުން ހިނިތުންވެފައި ޝައުނާ ބުނެލިއެވެ. ޝައުނާ ބުނެލި ބަސްތަކުން ޔައިޝްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެންދިޔައެވެ. ޔައިޝް ގެނައި އަވަސް ހަރަކާތަކާއެކު ޝައުނާގެ ގައިގައި ބާރަށް ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ… އަހަރެން މިއަދު ވަރަށް އުފާވެއްޖެ… ވަރަށް ވަރަށް އުފާވެއްޖެ… ދުވަހަކުވެސް ޝައު ދޫކޮށެއް ނުލާނަން… އަބަދުވެސް މިގޮތަށް އަހަރެންގެ މި ދެއަތުން ހިމާޔަތް ދޭނަން… ” ޝައުނާގެ ގައިގައި ބައްދާލައިގެން ހުރެ ޔައިޝް ބުނެލިއެވެ. ޝައުނާ ޔައިޝްގެ ގައިގައި ބައްދާލައިގެން ހުރެ ދެ ލޯ މަރާލި ވަގުތު އެދެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. އެކަރުނަ ތިކިތައް ދިޔައީ ވެހެމުން ދިޔަ ވާރޭގެ ފެން ތިކިތަކާއި އެކުވަމުންނެވެ. ޝައުނާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަންވެސް ދަތި އުފަލެކެވެ. އެހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެެހުމެކެވެ. ޔައިޝް ޝައުނާ އާއި ދުރުވެލުމަށްފަހު ޝައުނާގެ ނިތުގައި ވަރަށް ލޯބިން ބޮސްދިނެވެ. ޔައިޝްގެ ތުންފަތުގެ އިހުސާސްކުރެވުމާއެކު ޝައުނާއަށް ދެ ލޯ މަރާލެވުނެވެ. ޔައިޝް ޝައުނާގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. އެ ލޯބި މޫނަށް ބަލަހައްޓައިގެން ޔައިޝްއަށް ހުރެވުނީއެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭގައި އެކަކު އަނެކަކަށް ގެއްލިފައި ތިބިއިރު މަންޒަރު ކިތަންމެހާވެސް ރީއްޗެވެ. ޝައުނާގެ މޫނު މައްޗަށް ވެއްޓިފައިވި އިސްތަށިކޮޅު ޔައިޝް އޭނަގެ އަތުން އެއްފަރާތްކޮށްލިއެވެ. އެއަށްފަހު ޝައުނާގެ މޫނާއި މޫނު ކައިރިކޮށް ވާރޭގެ ފެންތިކިތައް ބޮސްދެމުން ދިޔަ ޝައުނާގެ މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. ޝައުނާއަށްވެސް އެ އަމަލުގައި ބައިވެރިވެވުނެވެ. ދެ މީހުންވެސް އެކަކު އަނެކަކާ ދުރުވެލިއެވެ. ޔައިޝް ޝައުނާ އާއި ދުރުވެލުމަށްފަހު އެ ލޯބި މޫނަށް ބަލާލިއިރު ޝައުނާގެ މޫނަށް ވަނީ ލަދުން ގޮސް ޖަންބުކުލަ ވެރިވެފައެވެ. އޭނަގެ ތުންފަތުގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޔައިޝްގެ ބެލުން އޭނައަށް އަމާޒުވެފައިވުމުން ޝައުނާ އިތުރަށް ލަދު ގަންނަ ގޮތްވިއެވެ. ޔައިޝްގެ އެ ބެލުމުން ސަލާމަތްވުމަށް ޝައުނާ ޔައިޝްގެ ގައިގައި ބައްދާލުމަށްފަހު އޭނަގެ މޫނު ޔައިޝްގެ ތަނަވަސް މޭގައި ފޮރުވާލިއެވެ. އެއާއެކު ޔައިޝްގެ ލުއި ހީލުމުގެ އަޑު އިވިގެން ދިޔައެވެ. އަދި އަބަދުވެސް އޭނަގެ ދެއަތުން ޝައުނާއަށް ހިމާޔަތް ދޭނެ ފަދައިން އެދެއަތުން ޝައުނާގެ ގައިގައި ވަށާލިއެވެ. އެކި ކުލަކުލައިގެ މާތައް ފޮޅިފައިވި ފެހިކަން ގަދަ ބަގީޗާ ތެރޭގައި ވެހެމުން ދިޔަ ވާރޭގައި އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބިއިރު އެ މަންޒަރު ހިވަނީ ފިލްމެއްގެ މަންޒަރެއްހެންނެވެ.                             ގެއަށް އައިސް ވަން ޝައުނާ ފެނި ސިޓިން ރޫމު ސޯފާގައި އިށީންދެ ތިބި އައިލީންއަށާއި ރިފްޝާއަށް ކޮޅަށް ތެދުވެވުނެވެ. ” ޝައު… ތިހިރީ ތެމިފައެއްނު… ކީއްވެ ތެމުނީ… ” ޝައުނާ ފެނުމާއެކު ރިފްޝާ އަވަސް އަވަހަށް އަހާލިއެވެ. އައިލީންވެސް އޭރު ހުރީ ޝައުނާއަށް ބަލަހައްޓައިގެންނެވެ. ” އެހަށް މަޑުކުރޭ… އަންނާނަން ފެންވަަރައިގެން މި ތެއް އެއްޗެހި ބަދަލުކޮށްގެން… އައިއްސަ ބުނާނަން… ” މިހެން ބުނުމަށްފަހު ޝައުނާ ކޮޓަރިއަށް ވަނެވެ. ޝައުނާގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އައިލީން އާއި ރިފްޝާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ” ޝައު… ބުނެބަލަ ދެން… ކޮން ވާހަކައެއް ބުނަން ތިއުޅެނީ… ” ޝައުނާ އައިސް ސޯފާގައި އިށީނުމާއެކު ރިފްޝާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. އެއާއެކު ޝައުނާގެ ތުންފަތަށް ވެރިވީ ލަދު ރަކި ހިނިތުންވުމެކެވެ. ޝައުނާ ހިނިތުންވެލަމުން އޭނަގެ އެންމެ ގާތް ދެ ރަޙުމަތްތެރިންނަށް މިއަދު ހިނގާ ދިޔަ ހާދިސާގެ ކުރު ޚުލާސާއެއް ކިޔައިދިނެވެ. ” އޯ ޝައު… އައިމް ސޯ ހެޕީ ފޯ ޔޫ… ” އައިލީން އުފަލާއެކު އެހެން ބުނަމުން ޝައުނާގެ ގައިގައި ބައްދާލިއެވެ. ” މީ ޓޫ… ” ރިފްޝާވެސް އެހެން ބުނެ އައިސް އައިލީން އާއި ޝައުނާގެ ގައިގައި ބައްދާލިއެވެ. ތިން އެކުވެރިންވެސް ދިޔައީ އުފާވެރިކަން ހިއްސާކުރަމުންނެވެ.                                            ” ހާދަ އަޑު ގަދަ އޭ… ކިހިނެއްވީ… ” ކޮޓަރީގައި އިސްތިރިކުރަން ހުރެފައި މާ އަޑު ގަދަ ވާހެން ހީވުމުން އާޝިޔާ ކޮޓަރިން ނިކުތެވެ. އާޝިޔާގެ އަޑު އިވުމާއެކު ތިން ކުދިން ވަގުތުން ހިމޭންވިއެވެ. ” ދޮންތާ… ފައިނަލީ ޝައު އެން ޔައި ވެސް ލޯބިވެރިންގެ ލިސްޓުގައި ހިމެނިއްޖެ… ހެެހެހެ… އެކަމުގެ އުފާ ފާޅުކުރަނީ މި…ހެހެހެ… ” އައިލީން އައިސް އާޝިޔާގެ ކުރިމަތީގައި ހުއްޓެމުން ބުނެލިއެވެ. ” އެއީ ތެދެއްތަ ޝައު… ” ހައިރާންކަމާއެކު ޝައުނާއަށް ބަލާލަމުން އާޝިޔާ އެހެން އަހާލުމާއެކު ޝައުނާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އާޝިޔާ އައިސް ޝައުނާގެ ބޮލުގައި ފިރުމާލުމަށްފަހު މަރުޙަބާ ކިޔެވެ. އެންމެން އެކުގައ އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު މަޣްރިބް ނަމާދު ބަންގި ވަގުތު ޖެހުމުން ނަމާދުކުރުމަށް އަވަސްވެގަތެވެ.                                 ސީހައުސްގެ ހިތްގައިމު މާހައުލުގައި ތިބި ނައުރީން އާއި ދިނާޖު ދިޔައީ ކޮންމެވެސް ރޭވުންތަކެއް ރާވަމުންނެވެ. ދެ މީހުންވެސް ތިބީ އޮލަ ވާހަކައިގައެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ތަފާތު އަސަރުތައް ފެންނަމުން ދިޔައެވެ. ބައެއް ފަހަރު ދެ ލޮލުން ނަފްރަތުގެ އަލިފާން ކަނި ބުރާއިރު އަނެއްބައި ފަހަރު ފެނިގެން ދަނީ މަކަރުވެރި ވިހަ ހިނިތުންވުމެކެވެ. އެގޮތުގައި އެތައް އިރަކު ދެ މީހުން އެތަނުގައި ތިއްބެވެ.                                 ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވަމުން ދިޔަ ރިފްޝާ ސިހުނީ އޭނަގެ ފޯނު ރިންގުވަމުން ދިޔަ އަޑަށެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަނީ އިފާންއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން މި ދަނީ އޭ ބުނެ އަވަސް އަވަހަށް ގަޔަށް ސެންޓު ޖަހާލުމަށްފަހު ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުމެ ބަދިގޭގައި ހުރި އާޝިޔައަށް އަޑު އިވޭ ވަރަށް ދަނީއޭ ބުނެ އެޕާޓްމެންޓުން ނިކުތެވެ. ރިފްޝާ ގޮސް އޭނަގެ އިންތިޒާރުގައި މަޑުކޮށްލައިގެން އޮތް އިފާންގެ ކާރުގެ ކުރީ ސީޓަށް އަރާ ހަމަޖެހިލިއެވެ. އޭރު އިފާން ކަޅި ޖަހައިނުލާ އޭނައަށް ބަލަހައްޓައިގެން އިނެވެ. އިފާން އިނީ އެ ރީތިކަމަށް ގެއްލިފައެވެ. މަޑު ފިޔާތޮށި ކުލައިގެ އަތް ކުރު ޓޮޕަކާއި ހުދު ކުލައިގެ ސްކިނީގައި އިން ރިފްޝާ މިރޭ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މޫނު މަތީގައި އާދައިގެ ލުއި މޭކަޕެއް ކޮށްފާވިއިރު ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހުޅިއެއް ޖަހާލުމަށްފަހު ކަޅު ކުލައިގެ ދަށްޗެއްގެ އެހީގައި ހަރުކުރެވިފައެވެ. ކުރުކޮށް ކޮށާލެވިފައި އިސްތަށިކޮޅުތައް މޫނު މައްޗަށް ދޫކޮށްލާފާވިއިރު އެ އިސްތަށިކޮޅުތައް ވަނީ ކޮންމެވެސް ވަރަކަށް ބުޅި ކޮށްލާފައެވެ. އިފާންއަށް ހިތާއިހިތުން ރިފްޝާގެ އެ ރީތިކަމަށް ތައުރީފުކުރެވުނެވެ. ރިފްޝާއަށްވެސް އިނދެވުނީ އިފާންގެ ކަޅުކަން ގަދަ ދެ ލޮލަށް ގެއްލިފައެވެ. ޕީޗް ކުލައިގެ އަތް ދިގު ގަމީހަކާއި ހުދު ކުލައިގެ ސްކިނީގައި އިފާންވެސް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އާދައިގެ މަތިން ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާފައިވީއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. އެކަކު އަނެކަކަށް ގެއްލިފައިތިބި ރިފްޝާ އާއި އިފާން ސިހުނީ އިފާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ރިފްޝާ އަވަސް އަވަހަށް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއިރު އިފާން އަވަސްވެގަތީ ޖީބުގައި އޮތް އޭނަގެ ފޯނު ނެގުމަށެވެ. ” ހަލޯ ފާން… ފްރީތަ… ހިނގާބަ އަހަރެން ވަރަށް އަވަހަށް ތަނަކަށް ގެންގޮސްދެން… ޕްލީޒް… ގެއަށް އައިސްދީފާނަންތަ އަހަރެން ބަލާ…” އިފާން ފޯނު ނެގުމާއެކު މާޝާ ބުނެލިއެވެ. ” ސޮރީ މާޝް… މިގަޑީ ފްރީއެއް ނޫން… މިދަނީ ރިފޫ އާ ދެ މީހުން އޮލިމްޕަހުގަ އަޅުވާ އާ ފިލްމު ބަލަން… ” ކައިރީގައި އިން ރިފްޝާއަށް ބަލާލަމުން އިފާން ޖަވާބުގައި ބުނެލިއެވެ. އެއާއެކު ރިފްޝާއަށް ހިނިތުންވެލެވުނެވެ. އިފާން މިހާރު މާޝާއަށް ވުރެ އޭނައަށް އިސްކަންދެއެވެ. އޭނަ އާއިއެކު ވަގުތު ހޭދަކުރެއެވެ. އިފާންވެސް ރިފްޝާއަށް ހިނިތުންވެލިއެވެ. އިފާން އެހެން ބުނުމުން މާޝާ އޯކޭ އޭ ބުނެ ފޯނު ކަނޑާލިއެވެ. އެއާއެކު އިފާން ފޯނު ޖީބަށް ލުމަށްފަހު އެމީހުންގެ މަންޒިލަށް ވާސިލްވުމަށް ދަތުރު ފެށިއެވެ.

ފޯނު ކަނޑާލި މާޝާގެ މޫނު މަތިން ފެންނަމުން ދަނީ އިންތިހާއަށް ރުޅިވެރިކަމެވެ. އައި ރުޅީގައި ފޯނު އެނދު މައްޗަށް އެއްލާލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. ” ރިފްޝާ ރިފްޝާ ރިފްޝާ… އަބަދު ރިފްޝާ… އަހަންނާއެކު ފާން މިހާރު އެންމެ މިނިޓެއްވެސް ހޭދަނުކޮށްލާ… ތަނަކަށް ދާން ބުންޏަސް އަބަދު ރިފްޝައާއެކު ބިޒީ… ” ސޯފާގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން އިނދެ މާޝާ އޭނަގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އެންމެ ފަހުން އައި ރުޅީގައި ސޯފާގައި ބާއްވާފައި އޮތް ކުޝަންވެސް މުށިތަކުގެ މައްޗަށް އެއްލާލިއެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު އެނދުމަތީގައި އޮތް އޭނަގެ އަތް ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ.

” ޔައި… އައިމް ރިއަލީ ހެޕީ ފޯ ޔޫ… އެން އައިމް ސޮރީ ޔައިގެ ލައިފްގެ އެންމެ އުފާވެރި އެއް ވަގުތު އަހަންނަށް ޔައި އާ ކައިރީގަ ނުހުރެވުނީމަ… ” ފޯނުން ޔައިޝް އާއި ވާހަކަ ދައްކަމުން ދިޔަ ޔޫހާން ބުނެލިއެވެ. ” ޔޫން… ތިހުރީ ހަަމަ އަހަންނާ އެކުގައެއްނު… މިތާ އަހަރެން ލޯ ކުރިމަތީގަ ފެންނަން ނުހުއްޓަކަސް އަހަރެންގެ ހާލު ބަލާ އަހަރެންގެ އުފަލުގަ ތި ބައިވެރިވީއެއްނު… ސޯ ޑޯންޓް ފީލް ސޮރީ… ތޭންކްސް ވަރަށް ބޮޑަށް އަހަންނަށް ދިން ހިތްވަރަށް… ” ޔައިޝް އޭނައަށް ޔޫހާންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. ބަދަލުގައި ޔޫހާން ކޮންމެ ހާލަތެއްގައިވެސް އޭނައަށް ވެވުނު މިންވަރަކުން ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނެ ކަމުގައިބުނެލީ އުފަލާއެކުގައެވެ. ” އޭ ޔޫން… މިރޭ ލިއްޓުއަށް ގުޅާނަން މަ… ވަރަށް ދިމާކުރާނަން… ބުނާނަން ދެން ލިއްޓުގެ ފަހަރޭ އޮތީ… އަހަރެމެން ތިން މީހުނަށް އަހަރެމެން ބޭނުންވި ކުއްޖާ ލިބިއްޖޭ… ހެހެހެ… ” ޔައިޝް ހެމުން ހެމުން ވާހަކަ ދެއްކިއެވެ. ޔޫހާން ޔައިޝް އާއި އެއްބަސްވެ ލިޝާން އާއި ދިމާކޮށްލައްޗޭ ބުނެލިއެވެ. ޔޫހާންއަށް ކަމަކު ދާން ޖެހުުމުން ދެ މީހުންވެސް ފޯނު ކޯލު އެ ހިސާބުން ކުރުކޮށްލިއެވެ.

ފިލްމު ބަލާ ނިމުމުން އިފާން ރިފްޝާ ގެއަށް ލާން ކާރުގައި މިސްރާބުޖެހިއެވެ. ކާރުގައި ތިބެ ގެއާއި ހަމައަށް ދެވެންދެންވެސް ދެ މީހުން ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ގެއާއި ހިސާބަށް އާދެވުމުން ދެ މީހުންވެސް ކާރުން ފޭބިއެވެ. ރިފްޝާ ކާރުން ފޭބުމަށްފަހު އިފާންއަށް ބަލާލުމަށްފަހު ދަނީ އޭ ބުނެ ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެއް ފިޔަވަޅު އެޅުތަނާ އިފާން އޭނަގެ އަތުގައި ހިފާލިއެވެ. ރިފްޝާ ފަސް އެނބުރި އިފާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” ލަވް ޔޫ ރިފޫ… ” ރިފްޝާގެ އަތުގައި ބޮސްދިނުމަށްފަހު އިފާން ބުނެލިއެވެ. ވަގުތުން ރިފްޝާގެ މޫނު މައްޗަށް ޖަންބު ކުލަ ވެރިވެގަތެވެ. އޭނާ ލަދުން އިސްޖަހާލިއެވެ. މި މަންޒަރުތައް އެތާ ކައިރީގައި ހުރި ފިހާރައަކުން ނިކުން ފިރިހެނަކަށް ވަރަށް ރީތިކޮށް ފެނުނެވެ. އެމީހަކު ރިފްޝާ ގެއަށް ވަދެ އިފާން ކާރު ދުއްވާލަންދެން އެތަނުގައި މަޑުކޮށްލުމަށްފަހު އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ސައިކަލުގައި މިސްރާބު ޖެހިއެވެ.

އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތައް ޖައްސަމުންނެވެ. އެއްބަޔަކު އުފަލުގައި ދުވަސް ފަށައިގެން ވަގުތުތައް ހޭދަކުރަމުން ދިޔައިރު އަނެއް ބަޔަކު ދަނީ އެމީހުންގެ އުފާވެރިކަން ފޭރިގަންނަން ތަފާތު ރޭވުންތައް ރާވަމުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. މީހަކު އުފަލުގައި އުޅޭތަން ދެކުމަކީ ބައެއް މީހުނަށް މާ ފަސޭހަކަމެއް ނޫނެވެ. އެއް ފަހަރު ނާކާމިޔާބުވުމުން ތިން ހަތަރު ފަހަރުވެސް އެކި އެކި ރޭވުންތަކާއެކު އެބައެއްގެ އުފާވެރިކަން ފޭރިގަނެ އެމީހަކު ބޭނުންވާ އެއްޗެއް ނޫނީ މީހެއް ނުވަތަ ކަމެއްވިޔަސް ހާސިލްކުރާތަން ފެނުމަކީ މިހާރު އަހަރެމެންގެ މުޖުތަމައުން ފެންނަ ކަންތައްތަކެވެ.

ޔޫހާން އޭނަގެ ޕްރޮޖެކްޓްގެ މަސައްކަތްތަކާއެކު ދުވަސް ހޭދަކުރަމުން ދިޔައީ ވަރަށް އަވަދިނެތިއެވެ. މަސައްކަތުގައި ބުރަކަމުން އައިލީންއަށްވެސް ވަގުތު ދެވެނީ ވަރަށް މަދުންނެވެ. އެހެނަސް އެކަމަކާ އައިލީންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ގުޅާ ވާހަކަ ދައްކާލެވޭ ކޮންމެ ފަހަރަކުވެސް ޔޫހާންއަށް އައިލީންގެ ފަރާތުން ހިތްވަރުގެ ބަސްތައް އިވިގެންދެއެވެ. ޔޫހާން އާއި މެދު އެހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަން ހާމަކުރަނީ ތެދުވެރިކަމާއެކުއެވެ. އައިލީން އާއި އާއިލާގެ މީހުންގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކުންނާއި ލޯބީގެ އެހީގައި ޔޫހާން އޭނަގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

އަލަމާރި ހުޅުވާލުމަށްފަހު ހެދުންތައް ބަލަން ހުރި އައިލީން ހުރީ މިއަދު ލާނެ ހެދުމަކާ މެދު ވިސްނާށެވެ. އެހެން ކުޑަ އިރުކޮޅަކު ހުރުމަށްފަހު ފިޔާތޮށި ކުލައިގެ ކޮނޑެއްގައި އަޅުވާފާއިން ކަޅު ކުލައިގެ އޮޅަބޮއްޓާއި ހަމައަށް އަތް އަންނަ މަތިކޮޅު ނެގިއެވެ. އެ ހެދުންކޮޅު އިތުރަށް ފުރިހަމަ ކޮށްދެނީ އޭގައި ތަތްކޮށްފައިވި ހުދުކުލައިގެ ކުދި އެސްތަކުންނެވެ. އެ މަތިކޮޅާއި ގުޅޭނޭހެން ކަޅު ކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަވަރުގެ ފުޅާ ސްކާޓެއް ނަގައިގެން އައިލީން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނިކުމެ އައިލީން ގޮސް ހުއްޓުނީ ޓްރެސިން ޓޭބަލްގެ ކުރިމަތީގައެވެ. ތުވާލިން އޭނަގެ ތެތް އިސްތަށިގަނޑު ހިއްކާލުމަށްފަހު ތުވާލި އަޅުވާ ހަރުގައި އެ އަޅުވާލުމަށްފަހު އައިސް އަނެއްކާވެސް ޓްރެސިން ޓޭބަލް ކުރިމަތީ ހުއްޓިލިއެވެ. މޫނުގައި ފުށް ކޮޅެއް ޖަހާލުމަށްފަހު އެ ބޮޑު ދެ ލޯ ޕެންސިލް އައިލާއިން ފަވާލުމަށްފަހު ދިގު އެސްފިޔަތަކުގައި ފަރިތަކަމާއެކު މަސްކަރާ އަޅާލިއެވެ. ތުންފަތުގައި ފިޔާތޮށި ކުލައިގެ ލިޕް ގްލޮސް ޖައްސާލުމަށްފަހު އާއްމުކޮށް ފުނާ އަޅާ ގޮތަށް އެއްފަރާތުން ކަފިކޮށްލުމަށްފަހު އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. ކުރު އިސްތަށިކޮޅުތައް ދެ ފަރާތުންވެސް މޫނު މައްޗަށް ދޫކޮށްލާފާވާއިރު އިސްތަށިގަނޑުގެ އެއްބައި ކޮނޑު މަތިން ގެނެސް ކުރިމައްޗަށް ވައްޓާލިއެވެ. ބަލާލަން ކިތަންމެހާވެސް ފުރިހަމައެވެ. އަލަމާރިން ކަޅު ކުލައިގެ ސްކާފެއް ނަގައި ކަރުގައި ރީތިކޮށް އޮޅާލިއެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު ތައްޔާރުވެ ނިމުނީކަމަށް ބުނުމުން ރިފްޝާ އާއި ޝައުނާ އާއި ތިން މީހުން ކޮޓަރިން ނިކުތެވެ.

ތައްޔާރުވެގެން އައިލީންމެން ތިރިއަށް ފޭބިއިރު ޔައިޝް އާއި އިފާން އެމީހުންގެ އިންްތިޒާރުގައި ތިއްބެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އައިލީން އެވަގުތު ޔޫހާންވެސް އެމީހުނާއެކު ވާނެނަމައޭ ހިތަށް އެރިއެވެ. ޔޫހާންއަށް އެމީހުނާއެކު ބައިވެރިވެވޭނަމަ ކިހާ ފުރިހަމަވީސް ހެއްޔެވެ؟ ” އައިލީ… ލެޓްސް ގޯ… ” ޚިޔާލުތަކަށް ގެއްލިފައި ހުރި އައިލީން ސިހުނީ ރިފްޝާ އޭނަގެ އަތުގައި ހިފާލަމުން އެހެން ބުނުމުންނެވެ. އައިލީން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އަދި އެމީހުނާއެކު ކުރިއަށް ހިނގައިގަތެވެ. ފަސް ޒުވާނުން ގޮސް މަޑުކޮށްލީ އާޓިފިޝަލް ބީޗުގައެވެ. ރަސްފަންނާއި ރަސްރަނި ބަގީޗާގައި އެހެން ދުވަސް ދުވަހަށްވުރެވެސް މާ ގިނަ މީހުން ހަރަކާތްތެރިވަމުން ދާތީ އެމީހުން އެންމެ ފަހުން އައީ އާޓިފިޝަލް ބީޗަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ކޮންމެ މީހަކަށްވެސް ދިޔައީ ހަމަޖެހުން ގެނުވަމުންނެވެ. އެތަނުގައި މީހުން ހަރަކާތްތެރިވަމުން ދިޔައީ ފުދޭވަރަކަށް މަދުންނެވެ. ފަސް ޒުވާނުންވެސް އެކި ވާހަކަ ތަކުގައި އެ ހިތްގައިމު މާހައުލުގައި ތިއްބެވެ. ”ޝައު އާ ޔައި ޖެހޭނެ އަހަރެމެނަށް ޓްރީޓް ދޭން އަދި… ދޯ އައިލީ… ފާން… ” ވާހަކަ ދައްކަމުން ގޮސް ރިފްޝާ ބުނެލިއެވެ. އައިލީން އާއި އިފާންވެސް އެއްބަސްވެ އެމީހުނަށް ޓްރީޓް ދޭންވާނެ ކަމުގައި ބުނެލިއެވެ. ” ހޫމް… މިއަދު ތި ޓްރީޓެއްގެ ކަންތައް ނިންމާލަމާ… ޓްރީޓެއް ދިނުމަކީ މާ ބޮޑު ކަމެއް ނޫނޭ… ކޯންޗެއް ދޭންވީ… ” ޔައިޝް ބުނެލިއެވެ. ” އައިސް ކްރީމް… ” ޔައިޝް ކޯންޗެއްހޭ ބޭނުންވަނީ ބުނިތަނާ އެހެން އެއްވެސް މީހަކު އެއްޗެކޭ ބުނުމުގެ ކުރިން ރިފްޝާ ބުނެލިއެވެ. އެންމެނަށްވެސް ރިފްޝާގެ ހަރަކާތްތަކުން ހެވުނެވެ. އެންމެ ރަނގަޅޭ ބުނެ އެންމެން އައިސް ކްރީމް ގަންނަން ހިނގާށޭ ޔައިޝް ބުނުމުން ފަސް މީހުން އެކުގައި ހިނގައިގަތެވެ. ހަމަ ހިނގައިގަންތަނާ އައިލީންއަށް ޔޫހާންގެ ފޯނު ކޯލެއް އައެވެ. އެއާއެކު އޭނާ ފޯނަށް ޖަވާބު ދޭން މަޑުކޮށްލާނީ ކަމުގައި ބުނެ އައިލީން އެތަނުގައި މަޑުކުރީއެވެ. ދެން ތިބި ހަތަރު މީހުން އެންމެ ރަނގަޅޭ ބުނެ އައިލީން އާއި ދިމާކޮށްލުމަށްފަހު އައިސް ކްރީމް ގަންނަންދާ ހިނގައިގަތެވެ.

” ހެލޯ ޔޫހާން… އައި މިސް ޔޫ ސޯ މަޗް… ” ފޯނު ކަންފަތުގައި ޖަހާލަމުން އައިލީން ބުނެލިއެވެ. ” އައި މިސް ޔޫ ޓޫ މައި ގާލް… ކީއްކުރަނީ…” ޔޫހާންވެސް އޭނަ އައިލީން މަތިން ވަރަށް ހަނދާންވާ ކަމުގައި ބުނެ އެހެން އަހާލިއެވެ. ”މިއުޅެނީ އާޓިފިޝަލް ބީޗްގަ… ޝައު އާ ޔައި އާ ރިފޫ އާ ފާން އާ ފަސް މީހުން… މިހާރު އެމީހުން ގޮއްސި އައިސް ކްރީމް ގަންނަން ޔައި އެން ޝައު ޓްރީޓް ދެނީ… ހެހެހެ…” ލުއި ހީލުމަކާއެކު އައިލީން ބުނެލިއެވެ. ” އެހެންތަ… އައިލީ… ވަރަށް ރައަަޑް… ނިދާލަން ބޭނުން ވަނީ… ވަރަށް ބިޒީކޮށް މިއަދުވެސް ދިޔައީ… މިރޭ ގުޅާނަން އިނގޭ ލަވް… އޯކޭތަ… ” ޔޫހާން ބުނެލިއެވެ. އޭނަ ވާހަކަ ދެއްކި އިރުވެސް ވަރުބަލިވެފައިވާކަން ހާމަވެއެވެ. އައިލީންވެސް އެންމެ ރަނގަޅު ކަމުގައި ބުނެ އަވަހަށް ނިދާލާށޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ޔޫހާންގެ ފޯނު ކޯލު ނިންމާލުމަށްފަހު ފަސް އެނބުރުނު އައިލީން އޭނަގެ ކުރިމަތީގައި ހުރި ޒުވާނާ ފެނި ހުއްޓުން އެރިއެވެ. އިސާހިތަކު އޭނަގެ މޫނު މަތިން ދާހިއްލަން ފެށިއެވެ. ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަަރަށެވެ. ” ދި… ދިނާޖު…” ދެ ލޯ ބޮޑުވެފައި ހުރެ އައިލީންއަށް ބުނެލެވުނެވެ. ” ހެލޯ ލީން… ޔޫ ލުކް ބިއުޓިފުލް… ” ވިހަ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ދިނާޖު ބުނެލިއެވެ. ސިހިފައި އައިލީންއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. އެވަގުތު ދިނާޖު އައިލީންގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އޭނައާއި ދިމާލަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ތަތްވީ ދިނާޖުގެ ތަނަވަސް މޭމަތީގައެެވެ. އޭރު އެ ހިސާބުގައި ހަރަކާތްތެރިވަމުން ދިޔަ ބައެއް މީހުންގެ ނަޒަރު ސީދާވެފައި ވަނީ އެދެ މީހުނަށެވެ. އައިލީން އަވަސް އަވަހަށް ދިނާޖު އާއި ދުރުވެލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ ދިނާޖު އަނެއްކާވެސް އައިލީންގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ދިނާޖު އަތުގައި ހިފަހައްޓާފައިވިލެއް ބާރުކަމުން އައިލީންއަށް ދިޔައީ ތަދު އިހުސާސްކުރެވެމުންނެވެ. އޭނާ ހުރީ ބިރުން ވިރޭ ވަރުވެފައެވެ. ” ނަމަނަމަ ހަޅޭއްނުލަވާތި… ލީންއަށް ރަނގަޅު ވާނީ މަޑުން ހުރުން… އިނގިއްޖެތަ… ” ދިނާޖު ރުޅިވެރިކަމާއެކު ބުނެލިއެވެ. އައިލީން ހުރީ ބިރުން ކުރާނެ ކަމެއް ނޭނގިފައެވެ. އޭނައަށް ދިނާޖު އެހެން ބުނުމުން ގުޑިލަންވެސް ނުކެރުނެވެ. ” ލީން ހާދަ ރީއްޗޭ މިހާރުވެސް… އަހަރެން ބުނީމެއްނު އަދި އަހަރެން އެނބުރި އަންނާނަމޭ… ނައު އައި އޭމް ބެކް… ” އައިލީންގެ މޫނުގައި އޭނަގެ ޝަހާދަތް އިނގިލިން ފިރުމާލަމުން ދިނާޖު ބުނެލިއެވެ. އައިލީން ވަގުތުން އޭނަގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ޔޫހާން ފިޔަވައި އެހެން މީހަކު އެގޮތަށް އޭނަގެ ގައިގައި އިނގިލި ކުރި ޖައްސާލަންވެސް އައިލީންގެ ހިތެއް ނޭދެއެވެ. އެވަގުތު ދިނާޖުގެ ފޯނު ރިންގުވުމާއެކު އޭނާ އައިލީންގެ އަތުން ދޫކޮށްލިއެވެ. އައިލީންއަށް ދިނާޖު ހިފަހައްޓާފައިވި ތަނުގައި އަތުން ފިރުމާލެވުނެވެ. ދިނާޖު ފޯނު ނެގުނާއެކު އެކޮޅުން އެއްޗެކޭ ބުނެލުމުން އޯކޭ އޭ ބުނެ އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އައިލީން މޭގައި އަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. ދިނާޖު ދިއުމުން ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ދިނާޖު ކަންތައް އެކުރި ގޮތެއް އޭނަގެ ހިތުން ފިލާގޮތެއް ނުވިއެވެ. އެހިތުގައި އަދިވެސް ބިރުވެރިކަން ވެއެވެ. ހިތް ވަނީ ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ދިނާޖު އެހާ އަވަސް އަރުވާލާފައި ދިޔުމުންންވެސް އައިލީންގެ ހިތުގައި ސުވާލުތައް އުފެދުނެވެ.

އެފަދަ ޚިޔާލުތަކަށް ގެއްލިފައިހުރި އައިލީން ސިހުނީ ޝައުނާ އައިސް ކޮނޑުގައި އަތް ލުމުންނެވެ. ” އައިލީ… ކިހިނެއްވެފަތަ… މިހާރު ކޮންއިރެއް ވާހަކަ ދައްކާތާ… ކިހިނެއްވީ ހާދަ ވަރަކަށް ތި ސިހުނީ… ” ޝައުނާ އައިލީންގެ މޫނަށް ރަނގަޅަށް ނަޒަރު ހުއްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އޭނައަށް އައިލީންގެ މޫނު މަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ދެވަނަ ފަހަރަށްވެސް ޝައުނާ އައިލީންގެ ގާތު ކިހިނެއްވީތޯ ސުވާލުކުރިއެވެ. ” ކަ… ކަމެއް… ނުވޭ… ” ގަދަކަމުން ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. އޭނައަށް އެހެން ބުނެވުނީވެސް އަޅައަޅާއިގަންނަމުންނެވެ. ގެއަށް ގޮއްސަ ޝައުނާ އާއި ރިފްޝާ އާއެކު އެވާހަކަ ހިއްސާކުރަން އައިލީން ނިންމީ މިތަނުގައި ޔައިޝްގެ އިތުރުން އިފާންވެސް ހުރީމައެވެ. އެންމެންގެ އުފާވެރި މޫނު ޚަރާބުކޮށްލަން ބޭނުންނުވާތީއެވެ. ޝައުނާ ޝައްކުގެ ނަޒަރަކުން އައިލީންއަށް ބަލާލިއެވެ. އޭނައަށް އައިލީންގެ އުޅުމުން ތަފާތުކަމެއް ފެނިގެން ދިޔައެވެ. ހީވަނީ ބިރެއް ފެނިގެން އެކި ކޮޅު ކޮޅު ހޯދާ ހެންނެވެ. އައިލީން ގަދަކަމުން ހިނިތުންވެލުމަށްފަހު ޝައުނާ އަތުން އައިސް ކްރީމް ތައްޓެއް އަތުލާ އެ ކާން ފެށިއެވެ. އައިލީންގެ އެ ހަރަކާތުން ރިފްޝާއަށްވެސް ޝައްކުވިއެވެ. އައިލީންއަކީ އަބަދުވެސް ހާސްވެ ހިތް ނުތަނަވަސްވުމުން އައިސް ކްރީމް ފަދަ ފޮނި އެއްޗެހި އަވަސް އަވަހަށް ކާ ކުއްޖެކެވެ. ރިފްޝާ އާއި ޝައުނާ އެކަކު އަނެކަކަށް ނަޒަރު ބަދަކޮށްލުމަށްފަހު އެކި އެކި ވާހަކަތައް ދައްކަން ފެށިއެވެ. ދެ މީހުންވެސް ނިންމީ ގެއަށް ގޮސް ހަމަޖެހިގެން އައިލީން އާއި ވާހަކަ ދެއްކުމަށެވެ. އައިލީންގެ ނުތަނަވަސްކަން ގުޅިފާވަނީ ކޮން ކަމަކާ ކަމެއް ނޭނގުނު ނަމަވެސް ދެ މީހުންވެސް ދިޔައީ އައިލީންގެ ހާސްކަން ކަނޑުވާލުމަށް ތަފާތު މަޖާ ވާހަކަތައް ދައްކަމުންމެވެ. އިފާން އާއި ޔައިޝްވެސް ދިޔައީ އެމީހުނާ ފުރިހަމައަށް ބައިވެރިވަމުންނެވެ. ބަސްމަދުވެފައި ހުރީ ހަމައެކަނި އައިލީންއެވެ.

ނައުރީންގެ ކުރިމަތީގައ އައިސް ހުއްޓުނު ދިނާޖު ފެނުމާއެކު ނައުރީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ” ދިނާޖު ހާދަ ގަދައޭ… ގުޑް ޖޮބް… ” ނައުރީން ދިނާޖުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ދިނާޖުވެސް ވިހަ ހިނިތުންވުމެއް ނައުރީންއަށް ހަދިޔާކުރިއެވެ. ދެ މީހުންވެސް އައިލީންއަށް ބަލާލިއިރު އެ މީހުންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ގެއަށް އާދެވުމާއެކު އައިލީން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އެ މޫނު މަތިން އަދިވެސް ނުތަނަވަސްކަން ފެންނަމުން ދެއެވެ. ” އައިލީ… ކިހިނެއްވީތަ… ބުނެބަލަ… އަހަރެމެން ދެ މީހުނަށްވެސް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން… ” ރިފްޝާ އައިސް އައިލީންގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ. ޝައުނާވެސް އައިސް އައިލީންގެ އަނެއް ފަރާތުގައި އިށީނެވެ. އޭނަވެސް އައިލީންގެ އަތުގައި ހިފާލުމަށްފަހު ވީ ކިހިނެއްތޯ ސުވާލުކުރިއެވެ. ”ދި… ދިނާޖު… ” އައިލީން ދިނާޖުގެ ނަން ކިޔާލުމާއެކު ޝައުނާ އާއި ރިފްޝާގެ ނިތަށް ރޫތަށް ޖަމާވިއެވެ. އައިލީން ހަމަޖެހިލަމުން އާޓިފިޝަލް ބީޗްގައި ކަންތައް ހިނގާދިޔަ ގޮތް އަކުރުން އަކުރަށް ކިޔައިދިނެވެ. ” ދިނާޖު އަޅެ ލަދެއްވެސް ނުގަނޭތަ… އެހުރިހާ ކަމަކަށް ފަހުވެސް އޭނައަށް އެހެން ކަންތައް ކުރަން ކެރުނީމަ ހަމަ ހައިރާންވެއްޖެ… ” ރިފްޝާއަށް އައި ރުޅީގައި ބުނެލެވުނެވެ. ” އަހަރެން އޭރުވެސް ބުނީމެއްނު ދިނާޖު އަދި އަންނާނޭ… އެރޭވެސް އޭނަ އެހެން ބުންޏެއްނު… ” ހިތް ނުތަނަވަސްވެފައި އިނދެ އައިލީން ބުނެލިއެވެ. ”އާދޭ ތިން ކުދިންވެސް ސައިބޯން ބަންގި ގޮވަން ވާއިރަށް… ” ވާހަކައިގައި ތިބި ތިން ކުދިންވެސް އާޝިޔާ ސައިބޯން އައުމަށް ބުނުމުން ކޮޓަރިން ނިކުމެ އާޝިޔާގެ ފަހަތުން ކާބަޔަށް މިސްރާބުޖެހިއެވެ. ސައި ބޮއެގެން އައިސް ބަންގި ގޮވުމުން އައިލީން މަޣްރިބު ނަމާދުކޮށްލިއެވެ. ނަމާދުކޮށްލުމުން އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ނަމާދުކޮށް ނިމިގެން މުސައްލަ ކޮޓަރީގެ އެއްފަރާތުގައި ހުރި ކަބަޑް މަތީގައި ބޭއްވުމަށްފަހު ލެޕްޓޮޕުން ފިލްމެއް ބަލަން އިން ރިފްޝާގެ ގާތުގައި ސޯފާގައި އިށީނެވެ. ޝައުނާވެސް އިރުކޮޅަކުން އައިސް ބައިވެރިވިއެވެ. ފިލްމަށް ގެއްލިފައި އިންދާ އައިލީންއަށް ފޯނެއް އައެވެ. ގުޅަނީ ކާކުތޯވެސް ރަނގަޅަށް ބަލާ ނުލާ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނދެ ފޯނު ކަންފަތުގައި ޖަހާލިއެވެ. ފޯނުން އިވިގެން ދިޔަ އަޑެއްގެ ސަބަބުން އައިލީންއަށް ސިހިފައި ވަގުތުން ކޮޅަށް ތެދުވެވުނެވެ. ރިފްޝާ އާއި ޝައުނާވެސް އައިލީންއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

ހަވީރު ނިދިގޮތަށް ޔޫހާންއަށް ހޭލެވުނީ ހަތް ގަޑި ފަނަރަ ވަނިކޮށެވެ. އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން އިޝާ ނަމާދު ވަގުތު ނުޖެހެނީސް މަޣްރިބު ނަމާދުކޮށްލިއެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް ދެން ކާނީ އިޝާ ނަމާދުން އައިއްސަޔޭ ހިތާ އެނދުގައި އިށީންދެ ބާލީހުގެ އެއްފަރާތުގައި ބާއްވާފައިވާ އޭނަގެ ފޯނު ނެގިއެވެ. ފޯނުގެ ލޮކް ހުޅުވާލުމަށްފަހު ޑާޓާ އޮންކޮށްލުމާއެކު ފުލުފުލުގައި ވައިބާއިން މެސެޖުތައް އަންނަން ފެށިއެވެ. ނުދަންނަ ނަމްބަރަކުން ބައިވަރު މެސެޖުތަކެއް ކޮށްފައިވުމުން ޔޫހާން އެންމެ ފުރަތަމަވެސް ބަލާލީ އެ މެސެޖުތަކެވެ. ލޮލަށް ފެނިގެން ދިޔަ މެސެޖުތަކުން ވަގުތުން ޔޫހާންގެ ދެބުމަ ގޮށްޖެހިގެން ދިޔައިރު އަތްވެސް ވަނީ މުއްކެވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް…

Next

އަބަދުވެސް ލޯބި ދޭނަން….8

Next
July 30, 2018

އަބަދުވެސް ލޯބި ދޭނަން….8

Previews
July 30, 2018

ކިޔުންތެރިންގެ ސަމާލުކަމަށް…

22 Comments!

  1. naushin says:
    July 30, 2018 at 12:47 pm

    Woww ifoo……varah reethi mi bai vx
    cant wait for the next ep
    btw am i first????

    1. Ifoo ifoo says:
      August 3, 2018 at 10:09 pm

      Thankyou so much naushin ❤️❤️❤️?????????… Yesss dear ur first ???… Congrats dear ???… Next part submit kohlaifinn… Keep waiting ???…

  2. Ifoo ifoo says:
    July 30, 2018 at 1:12 pm

    Salaam dear readers ???❤️❤️❤️??????… Finally after taking so much time mi part up vehje dhw ???… Yesterday evening ga ifoo mi part submit kohfin… This part is very long compare to other parts ??????… Mi long part ifoo ge story kiyaa comment koh n like dhey hurihaa kudhinnah haasakohlann ???❤️❤️❤️???… Hope all will like this part too… Love you all n thankyou so much for the support ❤️❤️❤️?????????…

  3. Someone says:
    July 30, 2018 at 1:37 pm

    Wow?????…such a nice story….????..v happy vejje kiyaalan libunyma….adhi kiriyaa comment kuran mi fehty…but mi stry ge hurihaa part eh kiyan…awesome…?????????????

    1. Ifoo ifoo says:
      August 3, 2018 at 10:16 pm

      Someone ❤️❤️❤️… Thankyou so much ??????❤️❤️❤️… I’m glad that u like it ???… V v v ufaavehje story kiyaalaafa comment eh kohlyma ???… Hope to see ur comment more often ???❤️❤️❤️… V v v ufaavehje story kiyaa kann ingunyma ???… Thankyou so much for the colourful Comment ❤️❤️❤️???…

  4. Naju says:
    July 30, 2018 at 2:00 pm

    Wow vvvvvvvv nice partvx ????? n naju ah hyvany naureen ailee n dhinaaj ge pic tha yoon ah fonuvy kannenge.. Bt yoon Plxxxxxxxx don’t misunderstand ingey.. N ifoo dear e 2 kudhin dhurunukurahchey ingey ❤❤❤❤ story is osm dear… Lysm dear ?????

    1. Ifoo ifoo says:
      August 3, 2018 at 10:20 pm

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ❤️❤️❤️???… Ailee n Yoon dhw… Let’s see what happens to both of them ???… Thankyou so much for the colourful Comment dear ❤️❤️❤️??????…

  5. Naju says:
    July 30, 2018 at 2:13 pm

    Masha Allah vvvvvvv nice mi partvx..???

    1. Naju says:
      July 31, 2018 at 1:10 pm

      Thankx dear mi part dhigukoh genasdhinyma ❤❤❤❤❤ n Plxxxxxxxx ifoo yoon n ailee vakinukurahchey..??? story is osm dear..Lysm dear ????

  6. aakko says:
    July 30, 2018 at 4:58 pm

    vrh reethi ingy ifoo waitin for nrt part

    1. Ifoo ifoo says:
      August 3, 2018 at 10:23 pm

      aakko ❤️❤️❤️… Thankyou so much dear ❤️❤️❤️??????… I’m glad that u liked it ???… Now I have submitted the next part… Keep waiting dear ???…

  7. Livy says:
    July 30, 2018 at 10:19 pm

    Wowwwwww varah salhi ❤❤❤ haadha goahey dho mi naureen and dhinaaj.. ?? adhi landeh libeyne ? but shau and yai haadha loabi ey mihaaru ???? mi part ga ves rifoo and faan plus ailee ge costume genessa in goi livy ah varah faahaga kurevun ??❤❤?? varah loabi e parts thah ???? dhen ifoo aky abadhuves hurihaa parts thah ves hama emme reethi koh genesdhey kujjeh ehenvyma ekamaa nethin ehcheh bunaakah ??❤? The best hama ❤❤ looking forward to the next part ves ?? Keep up d gud work and love youuuu.. ❤????

    1. Ifoo ifoo says:
      August 3, 2018 at 10:36 pm

      Livy ❤️❤️❤️… Ifoo akah hama neynge bunaane ehcheh vx ???… I’m speechless ???… Thankyou so much dear for the lovely long colourful comment ❤️❤️❤️??????… Livy ge comment kiyaalyma I always feel happy ❤️❤️❤️??????… Thankyou big big konn ???… V v v ufaavehje livy ah story reethi v ma ❤️❤️❤️??????… U are also hama best ❤️❤️❤️???… Love you too dear ???❤️❤️❤️…

  8. Anonymous says:
    July 30, 2018 at 11:01 pm

    Woow asluves miee best story ? story reethi ehaa talented writer eh write liyaathy???thanks ifoo vv.habeys . I hate this naurern gandu and dheenaj???. Story is amazing LY

    1. Ifoo ifoo says:
      August 3, 2018 at 10:40 pm

      Anonymous ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje dear ah story reethi v ma ❤️❤️❤️?????????… Best ey bunyma v v v ufaavehje ???… Once again thankyou so much dear n ly too ❤️❤️❤️??????…

  9. Sima says:
    July 31, 2018 at 7:06 am

    Wohh??? varah reethi…. next part Jon dhuvahakun

    1. Ifoo ifoo says:
      August 3, 2018 at 10:42 pm

      Thankyou so much dear ❤️❤️❤️??????… I have submitted the next part… Keep waiting dear ???…

  10. Someone says:
    August 1, 2018 at 3:42 pm

    Hey whn next part????waiting waiting……????

    1. Ifoo ifoo says:
      August 3, 2018 at 10:42 pm

      I have submitted the next part… Keep waiting dear ???…

  11. Maany says:
    August 3, 2018 at 9:39 am

    Ifooo kobaatha next part???

    1. Ifoo ifoo says:
      August 3, 2018 at 10:43 pm

      I have submitted the next part… Keep waiting dear ???…

  12. unique says:
    August 13, 2018 at 1:30 pm

    sadlife wats wrong with that naureen

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 29←


All Right Reserved!