Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 1

Sh@_n@ Level 410 Stories100 Comments100 Login
July 26, 2018 5 Mins Read
30 Comments

ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. އެގޮތުން ރ. ފައިނަށް ހެނދުނުން ސުރެ ވެހެމުންދާ ވިއްސާރައަށް މެންދުރުވީ އިރުވެސް އެއްވެސް ބަދަލެއް ނާދެވެ. މީހުންތައް ވެހެމުންދާ ވާރޭގައި ހޭލަމޭލަޔަށް ކޮޅުކޮޅު މައްޗަށް ދުވަމުންދަނީ ވާރޭ ހުއްޓަންވާއިރަށް ފެންފޮދެއް ރައްކާތެރިކުރެވޭތޯއެވެ.
އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ފުރާޅު ސާފުކޮއް ތާނގިއަށް ފެން އެޅުމަށްޓަކައި ހޮޅި ގުޅޭތޯއެވެ. އަނެއްބަޔަކު ވާރޭއިން ގޭތެރެއަށް ފެން ތިކި ތަޅަމުންދާ ދިއުމުން ސަލާމަތްކުރުމަށްޓަކައި ދިމަދިމާލުގައި ބާލިދީ ފަދަ ތަކެތި ބަހައްޓަމުންދެއެވެ. އޭގެތެރެއިން އެއް ބަޔަކީ ރަށުގެ މީހުންނާ ތަންކޮޅެއް ވަކިން އާދައިގެ ގަލުން ރާނާފައިވާ ކުޑަވަރެއްގެ ގެއެއްގެ ބައެކެެވެ.

މީހުން ވަދެ ނޫޅޭ އެގެއަކީ ގެ ކިތަންމެ އާދައިގެ ގޮތަކަށް ހުރި ކަމަކު ގޭތެރެ ތަރުތީބު ސާފުތާހިރު ގެއެވެ. ގޭތެރެ ވަދެގެން ދާއިރު އެއްފަރާތުގައި އުނދޯލިއެއް ހުރި އިރު އަނެއްފަރާތުގައި ރޯނުފުރި ކުޑަވަރެއްގެ އެނދެއް ހުރެއެވެ. އެނގޭގައި ވަނީ އެންމެ ކޮޓަރިއެކެވެ. އެ ކޮޓަރީގައި ރޯނުފުރި އެނދެއްގެ އިތުރުން މޭޒަކާއި ޒިބް އަލަމާރިއެއް ހުއްޓެވެ. ބަދިގެ ވަނީ ފިލާ ޖަހާ ވަކިން ހަދާފައެވެ. އާދައިގެ އެހެނަސް ހިތް ފަސޭހަ ގެއެކެވެ. ގެވެހި ހީވާގި ބަޔަކު ދިރިއުޅޭ ތަނެއްކަން ޔަގީނެވެ. ސަބަބަކީ ގޭގެ ފުޅަފި ތެރޭގައި ހެދިފައިވާ ހިރުނދު ގަހާއި ބަނބުކެޔޮ ގަހުގެ ފަތެއް ހާ ހިސާބުވެސް ހެނދުނު ވެގެންއަންނައިރު ވެއްޓިފައި ނެތުމެވެ. ފަތިހު ފަތިހާ ކުނި ކަހައެވެ.

އެގެއަކީ ސާރާގެ ދެމައިންގެ ގެއެވެ. ސާރާއަކީ އާފިޔާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އާފިޔާގެ ދެލޮލުގެ ނޫރެވެ. ސާރާގެ ކުރިމަގު އުޖާލާކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން އަންނަ އޯގާތެރި މަންމައެކެެވެ. ސާރާގެ ބައްޕަވަނީ ސާރާ ވިހޭ ދުވަހު ކުއްލިގޮތަކަށް ނިޔާވެފައެވެ. ދަރިފުޅަށްޓަކައި ހިތްވަރުކޮއް އަލުން އެކަނި ދިރިއުޅުމެއް ފެށީ އެހީވާނެ އިތުރު މީހަކު ނުހުންނާނެ ކަން އެނގިހުރެއެެވެ. ސަބަބަކީ އާފިޔާ އާއި ސަލީމްގެ ކައިވެންޏަކީ ސަލީމްގެ އާއިލާގެ ނުރުހުމުގައި ސަލީމް ކުރި ކައިވެންޏެކެވެ. އެހެންކަމުން ސަލީމްގެ އާއިލާ ސަލީމްއާ އެއްކޮއް ގުޅުން ކަނޑާލިއެވެ.
ސަލީމް އާފިޔާއާއި ކައިވެނިކުރީ އާފިޔާގެ އެކަކުވެސް ނެތީމައެވެ. ސަލީމާއި އާފިޔާއަކީ ދެ އެކުވެރިންނެވެ. ސަލީމް އާފިޔާއާއި އެކުވެރިކަން ބާއްވަނީ ސިއްރުންނެވެ. އެއީ ސަލީމްގެ އާއިލާ އާފިޔާގެ އާއިލާއަށް ނަފްރަތު ކުރާތީއެވެ. އާފިޔާއަކީ ފަގީރަކަށް ވާތީއެވެ. އެމީހުންގެ ނަސަބާއި ނުގުޅެނީއެވެ. ރަށުގެ ޒުވާނުން އާފިޔާއާ ގުޅުން ބަދަހި ކުރަން މަސައްކަތްވެސް ކުރެއެވެ. ސަބަބަކީ އާފިޔާއަކީ ހަމުގެ ކުލަ އަލި ރީތި ބުޅިއެއް ހުންނަ ދިގު އިސްތަށިގަނޑެއްގެ ވެރިއެކެވެ. ބޮޑު ދެލޮލެއް ލިބިފައިވާ ފަރާތެެކެވެ. އެހެންކަމުން އާފިޔާގެ ރީތި ކަމުގައި އެތައް ބަޔަކު ޖެހުނެއް ކަމަކު ކުރިއަށް ފިޔަވަޅު އަޅާނެ ހިތްވަރު އެކަކުގެ ވެސް ނެތެވެ.
ސަބަބަކީ އެމީހުންގެ އާއިލާ އާފިޔާއަށް ކުރާ ނަފްރަތެވެ. މާތްﷲ އިންސާނުންނަށް ތަނަވަސްކަން ދެއްވަނީވެސް އިމްތިހާން ކުރައްވަންކަން އެމީހުން ހަނދާން ނުހުރެއެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ކަމުގައި ދެކި ބޮޑާވެއެވެ.

އާފިޔާގެ އުމުރުން 19 އަހަރުގައި އާފިޔާގެ މަންމައާއި ބައްޕަވަނީ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައެވެ. އަދި އަދަށް ދާންވެސް އަލިފާން ރޯވަން ދިމާވި ސަބަބެއް ނޭނގެއެެވެ. އާފިޔާ ވަންނާނެ ތަަނެއްނެތި ކުރަމުންދިޔަ ހިތާމަ އެންމެ ކައިރިން ދެކުނު ފަރާތަކީ ސަލީމެވެ. އާފިޔާގެ އެހާލު ބަލާކަށް ސަލީމްއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އެހެންކަމުން އާފިޔާއަށް އާދޭސް ކޮއްގެން ސަލީމްއާ ކައިވެނިކުރަން އެއްބަސް ކުރުވިއެވެ. ސަލީމްއަކީ ބަލާލަން ރީތި ޒުވާނެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހީލާއިރު ސަލީމްގެ ކޮލަށް އެޅިފައިވާ އަޑި ކޮޅަކީ އޭނާގެ ރީތިކަމުގެ މިސާލެކެވެ. ބަރާބަރަށް ނަމާދުކުރާ ހިތްހެޔޮ ފަރާތެކެެވެ.

ސަލީމްގެ އެދުމަށް އާފިޔާ ސަލީމްއާ ކައިވެނިކުރިއެވެ މިކަމުގެ ސަބަބުން އާފިޔާއަށް ސަލީމްގެ އާއިލާގެ ބަހުގެ ހަމަލާ އަބަދު ލިބެމުންދެއެެވެ. ސަލީމަށް ފަންޑިތަ ހެދީކަމަށް ބުނެއެވެ. އާފިޔާ ކެތްކުރަމުން ދިޔައީ ސަލީމްގެ އާއިލާއަށް ވީތީއެވެ. ސަލީމްގެ މަސައްކަތުން ގެއެއް ރޭނެންދެން ސަލީމްމެން ދިރިއުޅުނީ ސަލީމް ގެ އެކުވެރި ހަސަނުމެން ގޭގައެވެ. ހަސަނާއި އެއާއިލާގެ އެހީތެރިކަމަކީ އެމީހުން ހަނދާންނެތޭނެ ކަމެއް ނޫނެވެ. އެހާ އޯގާތެރި އެހެން އެކުވެރިއަކު ނުހުންނާނެކަން ގައިމެވެ. ދެއަހަރު ފާއިތުވެގެން ދިޔައިރު ސަލީމް އާއި އާފިޔާގެ ހިތްވަރުން އާދައިގެ ގަލުން ގެއެއް ރޭނިއެވެ. ގޭގެ ފުރާޅު ހެދުމަށްޓަކައި އާދައިގެ ގޭގައި ކުރީ ޒަމާނުގެ ބޭނުންކުރި ކަހަލަ ގާ ބޭނުންކޮއް ހިޔާކުރިއެވެ. ދެމީހުންގެ ދިރިއުޅުމަށް ބަހާރު މޫސުން އައީ އާފިޔާ ބަނޑުބޮޑުކަން އެނގުނު ހިސާބުންނެވެ. އެހެންކަމުން ދަރިފުޅަށްޓަކައި އިތުރަށް ހިތްވަރު ކުރަމުންދިޔައީ މީހުން ކިޔަމުންދާ އެއްޗިއްސަށް ބީރު ކަންފަތެއް ދެމުންނެވެ.

އެހެންނަމަވެސް ދެމީހުންގެ ދިރިއުޅުމަށް އައި ބަހާރު މޫސުން ޙަރީފް މޫސުމަށް ބަދަލުވީ އާފިޔާ ސާރާ ވިހޭ ދުވަހުއެވެ. ސަލީމްގެ ކުއްލިމަރެެވެ. ހެނދުނު ވަލަށް ދިޔައިރުވެސް ގަދަވެ ސަލާމަތުން ހުރި ފިރިހެނެކެވެ. ފެނުނީ މަރުވެފަ އޮއްވައެވެ. އެހެންނަމަވެސް ގަބޫލު ކުރަންޖެހޭ ކަމަކީ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ ކަމެއްނޫންކަމެވެ. ކިތަންމެ ގަދަފަދަ މީހަކުވެސް މަރުވެދާނެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކޭ ބުނަނީ އެހެންވެއެވެ.

އާފިޔާ ބަނޑުގައި ރިއްސާތީ ސަލީމް ހޯދަން ހަސަން ދިޔައިރު ސަލީމް އޮތީ ވަލުތެރެއަށް ވެއްޓި މަރުވެފައެވެ. އެ ހަބަރަކީ އާފިޔާއަށް ކެތްކުރަން ދަތި ހަބަރަކަށްވިއެވެ. ދަރިފުޅު ވިހެއުމުގެ އުފަލުގައި އޮއްވާ އެގެނައި ހަބަރުން ކެތްވާނީ ކާކަށް ހެއްޔެވެ. ދެމަފިރިން އެކުގައި ދަރިފުޅު އުފަންވުމުގެ އުފާ ހާސިލް ކުރަން ނޭދޭނީ ފަހެ ކާކު ހެއްޔެވެ. ދެ އިހުސާސް އެއްފަހަރާ ކުރަން ޖެހުމުން އާފިޔާ ހިސާބަކަށް ގަބު ވިއެވެ އެހެންނަމަވެސް ހަސަނާއި ހަސަންގެ އަންހެނުންގެ ހިތްވަރުން އާފިޔާ ހަމައަކަށް އެޅުނެވެ. ދަރިފުޅަށް ޓަކައި އާ ހިތްވަރަކާއެކު ތެދުވިއެވެ.

ސާރާއަށް ލިބިފައިވަނީ އާފިޔާގެ ދިގު އެހެނަސް ސަލީމްގެ ކަޅު ފަން އިސްތަށިގަނޑެވެ. ސަލީމް ހީލީމާ ކޮލަށް އެޅޭ އަޑިކޮޅު ސާރާއަށް ލިބިފައިވާ އިރު އާފިޔާގެ ދޮންކަމެވެ. ހަސަންގެ އާއިލާ ކައިރިއޮތް ރަށަށް ބަދަލުވަމުން އެމީހުންނާއެކު ދިއުމަށް އެދުނެވެ. އެހެންނަމަވެސް ސަލީމް އޭނައަށްޓަކައި ބިނާކުރި ގެ ދޫކޮއް ދާން އެއްބަހެއް ނުވިއެވެ. ހަސަން އެނބުރި ދިއައީ މާޔޫސް ކަމާއެކުއެވެ. އޭނަގެ އެކުވެރިޔާގެ ހުވަފަތް އަނބިމީހާ ދޫކޮއްލާފަ ދާން ޖެހުމުން ދެރަވެހުރެއެވެ. އެހެންނަމަވެސް އޭނަ އާފިޔާއަށް އިހްތިރާމްކުރެއެވެ. ކޮންމެ މީހަކުނަމަވެސް ކަަންތައް ކުރާނީއެހެންކަން ހަސަނަށް އެނގެއެވެ. ލޯބިވާ ފިރިމީހާގެ ހަނދާނުގައި ހުރި ހަމައެކަނިތަން ދޫކޮއްދާނީ ކާކު ހެއްޔެވެ.

ނެތް ހިތްވަރާއެކު އާ ދިރިއުޅުމެއް ދަރިފުޅާއެކު ފެށިއެވެ. ސަލީމްގެ މައިންބަފައިންވެސް ސަލީމްގެ މަރުގެ ތުހުމަތު އެޅުވީ ކުށެއްނެތް ސާރާގެ ބޮލުގައެވެ. ސާރާ ވިހޭ ދުވަހު ސަލީމް މަރުވުމީ ސާރާގެ ސުންޕާކަމުން ކަމަށް ބުނެ އެއްޗެހި ކިޔަމުންދިޔައެވެ. އިންސާނިއްޔަތު ނެތްކަމުގެ އިންތިހާއެވެ. ދެންމެދެންމެ އުފަންވި ކުއްޖަކުގެ ބޮލުގައި މީހެއްގެ މަރުގެ ތުހުމަތު އަޅުވާނީ ހާދަހާ ހިތް ނުބައި ހިތުގައި ރަހްމަތެއް ނެތީމައެވެ. ސަލީމްގެ އާއިލާވެސް މާލެ ބަދަލުވީއެވެ. ސާރާމެންގެ އާއިލާ ދޫ ކޮއްލާފައެވެ. އަދި އެވެސް ތިމާގެ ލޭ ހިނގާ ދަރިއެއްގެއެވެ

މީހުންކިޔާ އެއްޗަކަށް ބެލުމެއްނެތި އާފިޔާ ދިރިއުޅެމުންދިޔައެވެ. ސާރާވެސް އެއްވެސް ޝަކުވާ އެއްނެތި މީހުން ކިޔާ އެއްޗިއްސަށް ކެތް ކުރަމުންދަނީ އޭނަ ލޯބިވާ މަންމަގެ ހައްގުގައެވެ. އާފިޔާ މަސައްކަތެއް ލިބިއްޖެނަމަ ދަނީ ސާރާވެސް ގޮވާގެންނެވެ. އެހެންކަމުން ސާރާއަށް މިހާރު އެމީހުންގެ އެއްޗެހި ކިޔުމަށް އާދަވެފައި ހުރުމުން އަޅައެއް ނުލައެވެ. ގިނަމީހުން މަސައްކަތް ނުދެނީ ސަލީމްގެ އާއިލާގެ ބަސް ތެދުކޮއް އެ ސޫރަވެސް ދެކެން ބޭނުން ނުވާތީއެވެ. އާފިޔާގެ ގަދަ ހިތްވަރުން ސާރާ ގްރޭޑް ހަތަކާ ހަމައަށް ކިޔެވިއެވެ. ކިޔަވަން އެހާ މޮޅު ނޫނަސް ދަށް ކުއްޖެކޭ ނުބުނެވޭނެއެވެ. ރަށުގައި ކިޔެވެނީ ހަތަކަށް ކަމަށް ވުމުން ހަތެއް ނިންމި ގޮތަށް ހުރީއެވެ. އެހެން ތާކަށް ކިޔަވަން ދާނެހާ ފެންވަރު ނެތީމައެވެ. ސާރާ އެކަމާ ޝަކުވާ ނުކުރެވެ. މަންމައަށް ލިބޭ އެއްޗަކަށް ޝުކުރުވެރިވެއެވެ.
ހާހެއްހާ މީހުން ދިރިއުޅޭ އެރަށް ތަރަށްގީ ވަމުންއައިސް ގްރޭޑް ދިހައެއްވެސް އުފެއްދިއެެވެ. މީހުންގެ ގެތައް ވެސް އާ އިމާރާތަށް ބަދަލުވިއެވެ. މުޅި ރަށުގައިވެސް ބަދަލުނުވެ ހުރީ ސާރާމެންގެ ގެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ބަނބުކެޔޮ ގަހާއި ހިރުނދު ގަހެވެ. 19 އަހަރުވީއިރުވެސް ބަދަލުނުވެއެވެ. ބަދަލުވި ކަމަކީ ކުރިން ވާހަކަ ނުދައްކާ ބައެއް މީހުން ވިސްނި ވާހަކަދެއްކުމެވެ. އެމީހުން ކިތަންމެ އެއްޗެއް ކިޔާފަވެސް ކަންތަކު ބުނާއިރަށް ކޮއްދޭތީ ކަމަށް ވެސް ވެދާނެއެވެ.

ސާރާ ބޮޑުވަމުން އައިސް 19 އަހަރު ވީއިރު ވައްތަރުވަނީ ސަލީމްއާއެވެ. ސާރާ ފެންނަ ކޮންމެ ފަހަރަކު ސަލީމް މަތިން އާފިޔާ ހަނދާންވެއެވެ. ސާރާގެ ރީތިކަމަށް ރަށުގެ އެތައްބަޔަކު ހަސަދަވެރިވެއެެވެ. އެހެންކަމުން އާފިޔާ ހުންނަނީ ސިހިސިހި އެވެ. އޭނާގެ ދެލޯ ފަދަ ދަރިފުޅަށް ކަމެއް ވެދާނެތީއެވެ. ﷲ ގެ ހަޞްރަތުގައި އެ ދަރިފުޅު އެންމެހާ މީހުންގެ ގޯނާތަކުން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރެވެއެވެ. ސާރާ މީހުންގެ ލޯތަކުން އޭނަގެެ ދިގު އިސްތަށިގަނޑު ފޮރުވުމަށްޓަކައި ބުރުގާ އެޅިއެވެ. ގެއިން ނިކުންނަނީވެސް ވަރަށް މަދުންނެވެ.

އިރުއޮއްސެން ކައިރިވެފައި ވަނިކޮއް ވާރޭ ތުނިކޮއްލިއެވެ. އެހެންކަމުން ސާރާ އައިސް އުނދޯލީގައި އިށީނެވެ. ވަރުބަލިވެފައި ހުރުމުންނެވެ. ވާރޭ ވެހޭ ކޮންމެ ދުވަހެއްގެ ވެސް ހާލަކީ އެޔެވެ. ބަދިގެއާ ވީ ދިމާލުގެ ފުރާޅުން ތަންކޮޅު ކޮޅުން ލޯވަޅު ހެދިފައި ވުމުން ބަދިގެއަށް ފެންވެހެނީއެވެ.

“ދަރިފުޅާ ސާރޫ: އެ ބާލިދީ އަވަހަށް ގެނޭ, ފުރިފައެއްނު ހުރީ” އާފިޔާ ސާރާއަށް ގޮވާލަމުން ބުންޏެވެ.
“ލައްބަ މަންމާ, މި ދަނީ”ސާރާ މިހެންބުނެ ގެއިން ބޭރަށް ބާލިދީ ހިފައިގެން ގޮސް ބަނބުކެޔޮ ގަސްދޮށަށް އަޅާލިއެވެ.
އަދި ދެމައިން ވެގެން މިއަދު ވައި އައި ގަޑީގައި ވެއްޓުނު ކޭލެއް ފިހެލައިގެން ކައިގެން ނިދިއެވެ.

އާދުވަހަށް އިރު އެރީ މިއަދުވެސް ދުނިޔެ މައްޗަށް ވިއްސާރަ ކުލަ ގެނުވަމުންނެވެ. އާފިޔާ ކޮންމެ ދުވަހެއްގެ އާދަމަތިން ކުނި އުކާލަން ނިކުތެވެ. ކުރިން ދުވަހު ވާރޭ ވެހުމުގެ ސަބަބުން އުކާނުލެވި ކުނިތައްވެސް ހުރުމާއެކުއެވެ.

“މަންމާ. މިއަދު ސާރާ އަތަށް ދެއްވާ, މަންމަ ދޭ އަރާމްކޮއްލަން, އަނެއްކާ ވާރޭ ވެސް ވެހެން ފަށާފާނެ އެހިސާބަށް ނުދެވި އުޅެނިކޮއް, މަންމަ ނުލާހިކު އަވަހަށް ރޯގާ ވެސް ޖެހެއެއްނު, ސާރާ ވަރަށް އަވަހަށް ގޮސް އަންނާނަން” މިހެން ބުނެ އާފިޔާ ގެއަށް ފޮނުވާލިއެވެ. އާފިޔާ އެއްވެސް އެއްޗެއް ނުބުނެ ދިޔައީ އެގޮތް ބޭނުންވެގެން ނޫނެވެ. ސާރާ ކުރާހިތުން ބުނީތީއެވެ. ބޮޑު ވަމުން އައިއިރުވެސް ސާރާ އަކީ ވަރަށް އެހީވާ ކުއްޖެކެވެ

ސާރާ މަޑު ހިނގުމުގައި ކުނި ގޯނި ކިހިލި ޖަހައިގެން ރަށުގެ ބޮޑުމަގުން ހިނގަމުން ގޮސް ކުނި ގޮޑާ ހަމައަށް ގޮސް ކުނި އުކާތަނަށް ކުނިތައް އަޅާލިއެވެ. އަދި ހިނގަމުން ވަކި ހިސަބަކުން މީހަކު ވަރަށް ބާރަށް ސާރާއޭ ކިޔާ ގޮވާލިއެވެ. ސާރާގެ ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ. މިއޮއްފަދަ ވިއްސާރަ ދުވަހުވެސް ސާރާގެ މޫނުމަތިން އޮއްދާ ހިއްލަން ފެށިއެވެ. ފަހަތަށް އެނބުރި ބަލާލާނެ ހިތްވަރުވެސް ނެތެެވެ. ކާކުކަން އެނގޭތީއެވެ.

ނުނިމޭ

މިވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލަށް ލިޔާ ވާހަކައެކެވެ. އެއްވެސް މީހެއްގެ ދިރި އުޅުމާ ގުޅުމެއްވާނަމަ އެއީ އިއްތިފާގެކެވެ. އަދި ގުޅުމެއްވާނަމަ މާފަށް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

މަށަކީވެސް މީހެއް….1

Next

“ހިތް” ލޭ ކޮށެވިފައި……14

Next
July 26, 2018

“ހިތް” ލޭ ކޮށެވިފައި……14

Previews
July 26, 2018

މަށަކީވެސް މީހެއް….1

30 Comments!

  1. Anonymous says:
    July 26, 2018 at 3:10 pm

    Wow??wen next oh and i am first dhw

  2. naash says:
    July 26, 2018 at 3:18 pm

    YAY… me first dhw….. stry hama habeys maasha allah

  3. naash says:
    July 26, 2018 at 3:19 pm

    srry…. i’m second dhw

  4. Sh@n@ says:
    July 26, 2018 at 3:22 pm

    Yes anonymous ur first. v ufaavehje story kamudhiyaima.❤❤? Next part v haavess avahakah kodheynan

  5. Sh@n@ says:
    July 26, 2018 at 3:24 pm

    Yes. Naash ur second. Next time first ingey❤❤???thanx hurihaa kudhin ge supportah❤❤❤

  6. Sh@_n@ says:
    July 26, 2018 at 3:27 pm

    Story kiyaafa hurihaa kudhin comment kohlahchey

  7. Sh@_n@ says:
    July 26, 2018 at 3:31 pm

    Sh@_n@ ge namuga comment kohfa ee me ingey. Kuda mahsala eh ulheythy egothah in nany

  8. Ziff says:
    July 26, 2018 at 3:36 pm

    Wow..v reethi ..when next part??? Gavaidhun up kohladhehche adhi mi story up kuraa dhuvasthah ves readers ah angaaladhinun edhen…

  9. Baby Girl says:
    July 26, 2018 at 3:48 pm

    Vrh vrh reethi…when next part ……

  10. Sh@_n@ says:
    July 26, 2018 at 4:42 pm

    Thanx ziff.

  11. Lotus says:
    July 26, 2018 at 5:09 pm

    Nice. Keep it up dear ?

  12. Sh@_n@ says:
    July 26, 2018 at 7:38 pm

    Thanx lotus dear. Next part ah Inthizaaru kurahchey??❤

  13. Mishaa says:
    July 26, 2018 at 9:20 pm

    Mee tha vaahaka liyan readers kaarin hiyaalu hoadhi kuhjage vaahaka akee… vvvvvvv reethi … salhi ?

  14. Sh@_n@ says:
    July 26, 2018 at 10:02 pm

    Nuney Misha. Ehn kuhjeh kanneyge eee.?? And thanx thidhey supportah

  15. Mishkaa says:
    July 26, 2018 at 10:31 pm

    Varah reethi waiting 4 next part

  16. Naju says:
    July 26, 2018 at 10:40 pm

    Feshun hama v rangalhu.. When is next??

  17. Sh@_n@ says:
    July 26, 2018 at 10:56 pm

    Thanks mishkaa❤??❤and inthizaaru kurahchey

  18. Sh@_n@ says:
    July 26, 2018 at 10:57 pm

    Thanks naju. insha Allah next part tomorrow

  19. kitty says:
    July 26, 2018 at 11:20 pm

    feshun v reethi.. story vv reethi vaane hen heevany.. vaahaka nimendhen up kohlladhecchey ngey dear..

  20. Sh@_n@ says:
    July 26, 2018 at 11:56 pm

    Yes kitty dear. And thanx thidhey hiy varah❤????

  21. Sima says:
    July 27, 2018 at 7:00 am

    Feshun habeys??

  22. Sh@_n@ says:
    July 27, 2018 at 7:51 am

    Thanx sima ❤??. dhen oii part vess kiyaa hiy vaakahala gothakah genesdhevey thw balaanan?❤??

  23. shaaa says:
    July 27, 2018 at 10:00 am

    Varah varah reethi mi part. Mi vaahaka ah varah intizaaru kureveyne..

  24. Dandelion ? says:
    July 27, 2018 at 10:28 am

    Awwwn ??This part is awesome ngey ???Sh@_n@ dear next part up kohdheeba…curiously wonna see who called saaraa..

  25. Sh@_n@ says:
    July 27, 2018 at 12:13 pm

    Thanx shaaa❤?❤

  26. Sasha says:
    July 27, 2018 at 2:46 pm

    waiting curiously 🙂

  27. Sh@_n@ says:
    July 27, 2018 at 6:34 pm

    Thank you Sasha… Wait kurahchey❤??

  28. Twinkle? says:
    July 27, 2018 at 9:13 pm

    Stry vvv rythi masha allah… keep it up dear??????

  29. Sh@_n@ says:
    July 27, 2018 at 9:34 pm

    Thanx twinkle?❤❤?. And keeep waiting ingey next partah❤?❤❤?❤?

  30. ono says:
    December 1, 2018 at 7:35 am

    Wow. Nice.

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 2←


All Right Reserved!