Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……14

Noor💙 Level 710 Stories100 Comments100 Login500 Comments
July 26, 2018 4 Mins Read
30 Comments

ޖަޒްލީ އޭނާގެ ދެއަތުން ކައިލާންގެ މޫނުގައި ހިފައި ކައިރި ކޮށް ލުމަށްފަހު ކައިލާންގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކައިލާންއަަށް އަށްޓަކައި އޭނާގެ ހިތާއި ފުރާނައިންވެސް ގުރުބާން ވާނަމޭ ބުންޏެވެ.

*****

ނިދޭތޯ އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލި ވީއިރުވެސް ޖަޒްލީ އަށް ނިދޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ކޮޓަރީގައި އެނދުގައި ބާއްވާފައި ކައިލާން އެއޮތީ ބޭރުގައި ވިއްޔާއެވެ. ޖަޒްލީ މަޑު މަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސޯފާގައި ނިދިފައިއޮތް ކައިލާންގެ އެއް އަތް އޮތީ ސޯފާއިން ބޭރަށް ވެއްޓިފައެވެ. ޖަޒްލީ ގޮސް ކައިލާންގެ ފިނިވެފައިވާ އަތް ނަގައި މޭމަތީގައި ބާއްވާލިއެވެ.ޖަޒްލީ ކޮޓަރިއަށް ގޮސް އޭނާގެ ގައިގައި އަޅަން ބާއްވާފައި އޮތް ރަޖާ ގެނެސް ކައިލާންގެ ގައިމަތިން އަޅާލަ ދިނެވެ. އަދި ވަރަށް ލޯބިން ކައިލާންގެ ބޮލުގައި ފިރުމާލުމަށްފަހު ކުޑަކޮށް ގުދު ވެލާފައި ކައިލާންގެ ނިތްކުރީގައި ބޮސް ދިނެވެ.
މަޑުމަޑުން ދެލޯ ހުޅުވާލި ކައިލާންއަށް މޫނާއި މޫނުޖެހޭހާ ކައިރީގައި އޮތް ޖަޒްލީ ފެނުމުން ދެލޯ ބޮޑުކޮށްލާފައި ހިންދިރުވާ ލެވުނެވެ. ޖަޒްލީއަށް ކުރެވުނު ކަންތައް ރެޔަކާލީ އެހިސާބުންނެވެ. ގަތް ލަދުން ކުއްލިއެއް ޖަހާފައި ތެދުވެ ކޮޓަރިއަަށްދާން ދުއްވައި ގަތެވެ. ނަމަވެސް ކައިލާން އެއަށްވުރެ މާ ހުށީޔާރެވެ. ޖަޒްލީއަށް ހަމަ އިތުރަށް އެންމެ ފިޔަވަޅެއްވެސް އެޅޭގޮތެއް ނުވިއެވެ. އޭނާ ލަދުންހުރެ ކައިލާން ހިފަހައްޓާފައިހުރި އަތް ފޮޅުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކައިލާން ފަހަތުން އައިސް ޖަޒްލީގެ ކުރިމައްޗަށް އަރައި ޖަޒްލީގެ ލޯބި ލޯބި މޫނަށް ބަލާލިއެވެ. ނަމަވެސް ޖަޒްލީގެ މަޑު ޕީޗުކުލައަށްދާ ތުންފަތް ފިޔަވާ އެ ރީތި މޫނުވަނީ ޖަޒްލީގެ އަނެއް އަތްތިލަ އަޅައި ފަރުދާކޮށްފައެވެ. ކައިލާންގެ މޫނުމައްޗަށް ލާނެތް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. ކައިލާން އެހާ ގާތުގައި ހުރުމުން ޖަޒްލީގެ ހިތުގެ ވިންދު އަވަސްވެ ނެގިނެގިފައި ޖެހެމުން ދިޔައިރު ހީވަނީ މޭ ފަޅައިގެން ނިކުންނަން އުޅޭ ހެންނެވެ.

ކައިލާން މަޑުމަޑުން ޖަޒްލީގެ އަތް ނަގައި އެ ރީތި ކަޅުކަންގަދަ ދެލޮލަަށް ބަލައިލިއެވެ. ކައިލާންގެ އެ މަސްތުން ފުރިގެންވި ބެލުމުން ޖަޒްލީގެ އެތެރެހަށި ހީވީ ހޫނު އޮއިވަރެއްގައި ޖެހުނު ހެންނެވެ. މާ ލަސްތަކެއް ނުވެ ޖަޒްލީގެ ނިތްކުރިން އޮއްދާ ހިއްލާލިއެވެ. ކައިލާންގެ ހާލަކީތޯއެވެ. ޖަޒްލީ އޭނާގެ އަތްފޯރާ ފަށުގައި ވާތީ އޭނާއަށް އެ ރީތި ހަށިގަނޑުގައި އަތްނުލާ އެ ކެތް ކޮށްލެވެނީވެސް ހާދަ ކެތްތެރި ވެގެންނެވެ. އެކަމަކު ޖަޒްލީ ހަމަ އޭނާ އެހާ ހިތްވަރުން ހިތާއި ދެކޮޅަށް ނިދިފައި އޮއްވައި ހޭލައްވާލީ ނޫން ހެއްޔެވެ. ކައިލާން އަށް ޖަޒްލީއާއި އިތުރަށް ގާތަށް ޖެހިލެވުނެވެ. ހަމަ އެއާއިއެކު ޖަޒްލީއަށްވެސް ދެފިޔަވަޅު ފަހަތަށް އަޅައި ލެވުނެވެ. ދެމީހުންގެވެސް ހިތް އެދި ގޮވަމުންދަނީ އެކަކު އަނެކެއްގެ އަތުތެރޭގައި ވުމަށެވެ. ކައިލާން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އަޅާލުމަށްފަހު ޖަޒްލީއަށް އިތުރު ހަރަކާތެއް ގެންނާނެ ވަގުތު ނުދީ ގެންގޮސް ކޮޓަރި ދޮރުގައި ލައްކޮށްލިއެވެ. އޭރު އެތެރެ ހަށީގައި އުތުރި އަރަމުންދިޔަ ޖަޒުބާތު ތަކުގެ ސަބަބުން ދެމީހުންގެ ހިތް އަވަސްވެފައި ވާއިރު ލެވެމުންދިޔަ ނޭވާތައްވެސް ވަނީ ފުންވެފައެވެ.

“ކައި………….،………..”

ޖެހިލުންވެފައި ހުރި ޖަޒްލީ ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ ކައިލާން އޭނާގެ ޝަހާދަތް އިނގިލި ޖަޒްލީގެ މަޑުމަޑު ތުންފަތުގައި ޖައްސާލުމުން ޖަޒްލީގެ ދުލުގައި އޮތް ބަސް ހުއްޓުނެވެ. ކައިލާން އޭނާގެ އަތުން ޖަޒްލީގެ މޫނުމައްޗަށް އައިސްފައިވާ އިސްތަށިތައް ނަގައި ރީތި ކޮށްލަ ދިނުމަށްފަހު ވަރަށް ލޯބިން ޖަޒްލީގެ ނިތްކުރީގައި ބޮސްދިނެވެ. ޖަޒްލީގެ ހިތުގެ ހިނގުން ކުރިއަށްވުރެވެސް އަވަސްވިއެވެ. ވާން މިއުޅެނީ ކީއްކަން އެހިތަށް ނަގައިގަނެވުނީ ކަންނޭނގެއެވެ. އެހެނަސް އެކަން ޖަޒްލީގެ ސިކުނޑިއާއި ހަމައަށް ވާސިލްވިއިރު ކައިލާންގެ ތުނިތުނި ތުންފަތުގެ އިޙްސާސް އޭނާއަށް ކުރެވެން ފަށައިފިއެވެ. އެއްވެސް އިންޒާރަކާއި ނުލާ ދެމީހުންގެ އިޙްސާސްތައް އެކައްޗަކަށް ވެގެން ދިޔައިރު ބަދަލު ކުރެވެމުންދިޔަ އެ ލޯބީގެ ވަގުތުކޮޅުގައި ޖަޒްލީއަށް ބައިވެރި ވެވުނީ ކައިލާންގެ ލޯތްބަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ.

*****

“ސަކީނާ…. ދެން ނުރޮއި ހުއްޓާލަބަލަ…. ދެން އެކަން އެއޮތީ ވެ ނިމިފަ… ކިތަންމެ ދެރަވިޔަސް ކުރެވޭނެ ކަމެއް ނެތް…. އަލީ ވަހީދުވެސް އެ ދިޔައީ ހިތަށް އައިހާ އެއްޗެއް މަށާ ދިމާލަށް ގޮވާފަ…. އޭ….. ސަކީނާ… އާދޭ އެނދަށް އަރަން… “އެނދު ކައިރިއަށް ތިރިވެ އިނދެ ރޮމުންދިޔަ ސަކީނާ ހަމަޔަކަށް އެޅުވޭތޯ ހަސަން މަނިކު މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ބޮޑާ ދައްކަމުންދާ ކުޑަ ކުއްޖަކު ފަދައިން ސަކީނާ ހަސަން މަނިކުގެ އަތް ފޮޅުވާލާފައި ރޮމުން ދިޔައެވެ. އޭނާ އެތާ އިނދެ ހުއްޓާނުމެލާ ރުއިމުން ކަންތައްތައް ކުރިންހުރި ގޮތަށް އަލުން ޢިޔާދަވާނޭ ސަކީނާއަށް ހީވާ ކަހަލައެވެ.

*****

ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ދަރިފުޅު ކޮބައިތޯ ބަލައިލުމަށްފަހު ގައިމަތިން ބްލޭންކެޓް އަޅާލަދީފައި އޭސީގެ ފިނި ތަންކޮޅެއް މަޑުކޮށްލާފައި ޖަމީލާ ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ނިދާ ބޮކި ދިއްލާފައި އައިސް އެނދުގައި އޮށޯތުމުން ނިތްކުރިއަށް އެއް އަތް އެއްލައިގެން ފިކުރު ބޮޑުވެފައި އޮތް އަލީވަހީދު ޖަމީލާއަށް ބަލައިލީ ދަރިފުޅުގެ ޙާލަކީ ކޮބައިތޯ އެނގެން ބޭނުންވާ ފަދައަކުންނެވެ.

“ނިދިފަ އޮތީ…. އަހަރެން މި ވިސްނަނީ ދުވަސްކޮޅަކަށް ރިޝްފާ ގޮވައިގެން މަންމަމެން ކައިރިއަށް ކުޅުދުއްފުއްޓަށް ގޮސްލަން….. މިތާ ހުރެގެން އޭނައަށް ކައިލާންގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ…. އަނެއް ކޮޅުން ވަހީދަށްވެސް އެނގޭނެ ސަކީނާއާ އެހާ ގާތްކޮށް އުޅެފަ ކުއްލިއަކަށް ގުޅުން ކެނޑުނީމަ އަހަންނަށްވެސް އުނދަގޫވާނެ ވަރު…. ”

ޖަމީލާ އަލީ ވަހީދު ބޭނުންވާ ސުވާލުގެ ޖަވާބާއިއެކު އޭނާގެ ހިތުގައިވާ ކަންތައްވެސް ހާމަކުރިއެވެ.

“އެންމެ ރަނގަޅު….. ޖަމީއަށް ފެންނަ ގޮތެއް….. އެކަމަކު އެގޮއްޔެ ގަބޫލުވާނެތަ؟”

އަލީ ވަހީދު ވިސްނާލާފައި ވާހަކަ ދެއްކިއެވެ. އެއީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫނޭ ޖަމީލާ ހިތަށްއެރިއެވެ. އޭނާ ކިތަންމެ ބޭނުން ވިޔަސް ރިޝްފާގެ ހިތާއި ދެކޮޅަށް އެވަރުގެ ބޮޑުކަމެއް ކޮށްފިއްޔާ އެކަމުން ރިޝްފާގެ ހިތްދަތިކަން އިތުރުވުން ނޫން ކަމެއް ނުވާނެއެވެ. އޭނާ ފަހަރެއްގައިވެސް އެފަދަ ގޮތެއް ވާކަށް ނޭދެއެވެ. އެހެންވެ މާދަމާ ހަމަޖެހިލައިގެން ރިޝްފާ ގާތު އެވާހަކަ ދައްކާފައި ރިޝްފާ އެގޮތާއި ރުހެންޏާ ދާނީދޯއޭ ބުނެލިއެވެ.

މަންމަ ކޮޓަރީގެ ދޮރު ލައްޕާލުމުން ރިޝްފާ ތެތް އެސްފިޔަތަކުން ބަރުވެފައިވާ އޭނާގެ ދެލޯ ހުޅުވާލިއެވެ. އޭނާގެ ހިތާމަތަކަށް ނިމުމެއް އަންނާނެ ދުވަހެއްވެސް ނޭނގެއެވެ. އެހެނެކޭ ކިޔާފައި ކަރުނައިގެ އެ ކޯރުގައި އޭނާގެ މައިން ބަފައިން ފަތާކަށް ރިޝްފާ ނުރުހެއެވެ. އޭނާ ޖެހޭނީ އެމީހުންގެ ކުރިމަތީގައި އުފާވެރިކަމުގެ ނިޤާބު އަޅާށެވެ. އޭގެން އޭނާގެ އެތެރެ ހަށި ފަނާވެ ދިޔަޔަސް ފަރުވާލެއް ނެތެވެ. ރިޝްފާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގަތެވެ. ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުވާ ލޯތްބަކަށް އެދިގެން އޭނާގެ ހިތް ބޮޑާ ދައްކަމުން ދާތީ ގޮތް ހުސްވެފައި ވުމުންނެވެ. އެވަގުތު ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭވެސް ބޯ ކޮށްލިއެވެ. ބަނަކޮށްފައިވާ އުޑުގައިވާ ވިލާތައްވެސް އޭނާގެ ހިތާމައިގައި ބައިވެރި ވަމުންދާ ކަހަލައެވެ. ރިޝްފާ ގައިމަތިން އަޅާފައިވާ ބްލޭންކެޓް ނަގައި އެއްފަރާތް ކޮށްލުމަށްފަހު އެނދުން ތެދުވެގެން ގޮސް ކޮޓަރިން ބެލްކަންޏަށް ނިކުމެވޭ ގޮތަށް ހަރުކޮށްފައި އިން ބިއްލޫރި ދޮރު ކަހާލާފައި ބޭރަަށް ނިކުމެ ބޯކޮށް ވެހެމުންދާ ވާރޭގެ ތެރެއިން ތިރިއަށް ބަލައިލިއެވެ.

މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިހުރި ސައިކަލްތައްވެސް ވަނީ ތެމިފައެވެ. ދަން ގަޑިއެއްކަމުން ދުއްވާ އެއްޗެއްގެ ހިލަމެއް ނުވާތާ މުޅި ހިސާބުވަނީ އަމާންވެފައެވެ. ވެހެމުންދާ ވާރޭގެ އަޑާއި ރިޝްފާގެ ގިސްލުމުގެ އަޑުވަނީ އެކުވެފައެވެ. ބެލްކަނީގައި ތެމިފޯވެފައި ހުރި ރިޝްފާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވާރޭ ތިކިތަކުގެ އެހީގައި ފޮރުވަމުން ދިޔައެވެ. މުޅި މީހާ ވަނީ ތެމި ފޯވެ ހެދުންވެސް ގައިގައި ތަތްލާފައެވެ. ފިނިވެގެންގޮސް ގުޑުގުޑު އަޅަމުން ދިޔައިރު ހީވަނީ އޭނާގެ ކޯކަށިގަނޑުވެސް ދެންމެ ދެންމެ ނައްޓާލަ ފާނެ ހެންނެވެ. ނަމަވެސް ކައިލާންދެކެ ވާލޯބިން ރިޝްފާއަށް ދުނިޔެ މަތީގެ އިތުކަމަކާއި ފިކުރެއް ޚިޔާލެއްވެސް ނެތީކަންނޭނގެއެވެ. އެހެން ނޫންނަމަ މިދަންވަރު ވެހެމުން ދިޔަ ވާރޭގެ ތެރެއަށް އެހެން ނިކުމެ ހުންނަން ނުކެރޭނެކަން ގައިމެވެ.

*****

ކައިލާން ޖަޒްލީގެ ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ޖަޒްލީ ރީތި ދޮންދޮން ކަނދުރާގައި ބޮސްދޭން ފެށިއެވެ. ޖަޒްލީއަށް ކުރެވެމުންދިޔަ ބުނެދޭން ނޭނގޭފަދަ އިހްސާސަކުން ދެލޯ މަރާލެވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ހޫނު ނޭވާ އިޙްސާސް ކުރެވެމުން ދިޔައެވެ.ލޯބީގެ ކަނޑުގައި ރާޅާއި ގެންދަމުން ދިޔަ ދެ ޖިސްމަށް ދުނިޔޭގެ ހޭވެރިކަންވީ ޖަހާލި ބާރުގަދަ ގުގުރީގެ އަޑަށެވެ. ޖަޒްލީއަށް ސިއްސައިގެން ގޮސް ދެލޯ ހުޅުވާލައި, ކައިލާންގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.

ކައިލާން ސޯފާގައި އޮތް ރަޖާ ނަގައިގެން ޖަޒްލީގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ. އަދި ޖަޒްލީއަށް ނިދުމުން ތިރީގައި ބެޑްޝީޓެއް އަޅާފައި އޮށޯތެވެ. އޭރުހުރީ ތިނެއް ޖަހަން ކައިރިވެފައެވެ. ފަތިސްނަމާދު ބަންގީގެ އަޑަށް ހޭލެވުނު ޖަޒްލީއަށް ތިރީގައި މުށިތަކުގެ މަތީގައި ނިދާފައި އޮތް ކައިލާން ފެނުމުން ވަރަށް ދެރަވިއެވެ. ޖަޒްލީ ތެދުވެ ނަމާދަށް އެރީ ކައިލާން މިސްކިތަށް ފޮނުވާފައެވެ. ނަމާދު ކޮށްލައިގެން ކިޔަވާލަން ކިތަންމެ ބޭނުންވިޔަސް އަދި ކިޔެވޭނީ ޚަތިމެއް ގަނެގެންނެވެ. އެހެންވެ އިރުކޮޅަކު ޛިކުރު ކޮށްލަން އިނދެފައި ނިކުމެ ކައިލާން އަންނަން ވާއިރަށް ކާއެއްޗެއް ރޯފިލުވޭތީ ގޮސް ކައްކާބަޔަށް ވަދެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށްފަހު ވޫލުކޮޅު އަޅުވާލާފައި މަސައްކަތަށް ފަށައިގަތެވެ.

ގެއަށް އައިސް ވަތް ކައިލާންއަށް ރޮށި ދަމަންހުރި ޖަޒްލީ ފެނުމުން ގޮސް ރޮށި ކަހަނބު މަތީގައި އޮތް ދޭފަތް ނަގައި ރޮށި ފިހެދޭން ފެށިއެވެ. ޖަޒްލީ މިހާރު މިނިމެނީއޭ ކިޔައި ނުދޭން އުޅުނީމައިވެސް ކައިލާން ގޮތެއް ދުލެއް ނުކުރިއެވެ.

އެކުގައި ސައި ހަދައިގެން ދެމީހުން ސައިބޮއި ނިންމާލުމަށްފަހު ނުވައެއް ޖެހުމުން ދިޔައީ ގަންނަންޖެހޭ ބައެއް އެއްޗިހި ހުރުމުން ބާޒާރުކޮށްލަށް ރެޑްވޭވަށެވެ.

*****

އޮފީހަށްދާ ގަޑި ޖެހިގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން ޖަމީލާ ގޮސް ބެލިއިރު ރިޝްފާ އޮތީ ހުމާއި ފިހިފިހިއެވެ. ޖަމީލާ ހާސްވެގެން އަލީ ވަހީދަށް ގުޅާފައި ރިޝްފާ ހުންއައިސް ރަތްވެފައި އޮތް ވާހަކަ ބުންޏެވެ. ކޮޓަރި ބެލްކަންޏާއި ދިމާލުން ހެދިފައިވާ ފެންކޯރާއިއެކު އެތަނުގައި ގުޅައަކަށް އެއްލާފައި އޮތް ރިޝްފާގެ މަޑު ނޫކުލައިގެ ނިދާހެދުން ޖަމީލާގެ ލޮލުގައި އަޅައިގަތީވެސް އެވަގުތުއެވެ. ސިކުނޑީގައި އެތައް ސުވާލުތަކެއް ތޮއްޖެހިގެން ދިޔަ ޖަމީލާއަަށް އެނދުގައި އޮތް އޭނާގެ ދަރިފުޅާއި ދިމާއަށް ބަލައިލެވުނީ އޭނާގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް ކުރިހޯދުމުންނެވެ.

****ނުނިމޭ****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 1

Next

ސަލާމްލެއްވި ޔޫނުސްގެފާނު 02

Next
July 27, 2018

ސަލާމްލެއްވި ޔޫނުސްގެފާނު 02

Previews
July 26, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 1

30 Comments!

  1. kitty says:
    July 26, 2018 at 11:07 pm

    yayyy. me first dhw.. story is fab

    1. Noor??? says:
      July 27, 2018 at 8:00 am

      Yap. ThanQ dear

  2. Lyy says:
    July 26, 2018 at 11:47 pm

    Mifaharu second dhw…story hama habeys

    1. Noor??? says:
      July 27, 2018 at 8:01 am

      Ya. ThanQ dear

  3. Lyy says:
    July 26, 2018 at 11:49 pm

    Kithah aharutha dear ah…hama ahaalaa hiyyvy…

    1. Noor??? says:
      July 27, 2018 at 8:02 am

      Its ok dear.
      I’m 27

  4. Night rose says:
    July 26, 2018 at 11:55 pm

    Wow v vv v salhi. Alhe maadhan thankolhah avahah up kohladhehchey. Haadha varakah bele eyyy mi vaahaka up vefa inn thwww. Keep it up my dear. ??❤?

    1. Noor??? says:
      July 27, 2018 at 8:04 am

      Awwh. Happy to know that.. Sorry but today I’m lil bit busy.. In sha Allah tonight 12 GE kurin update kohdheveytho balaanan

  5. dhonkanbulo says:
    July 27, 2018 at 1:07 am

    Stry hama awesome..??❤?????❤????❤??❤?

    1. Noor??? says:
      July 27, 2018 at 8:04 am

      Oh. ThanQ dear

  6. Reet says:
    July 27, 2018 at 6:27 am

    V reethi

    1. Noor??? says:
      July 27, 2018 at 8:05 am

      ThanQ dear

  7. Sima says:
    July 27, 2018 at 7:02 am

    Wow???? varah reethi mi stry.

    1. Noor??? says:
      July 27, 2018 at 8:05 am

      ThanQ dear

  8. Sasha says:
    July 27, 2018 at 8:57 am

    Alhey waiting curiously for the next part 🙂

    1. Noor??? says:
      July 27, 2018 at 9:07 am

      ThanQ dear

  9. Ikko says:
    July 27, 2018 at 9:39 am

    This is the best story I read in this app…love it???keep up the great work dear

    1. Noor??? says:
      July 27, 2018 at 9:51 am

      ThanQ dear. So happy to hear that from my readers

  10. Reen says:
    July 27, 2018 at 9:55 am

    Masha Allah story hama vv salhi..curiously waiting for the next part☺️☺️☺️

    1. Noor??? says:
      July 27, 2018 at 10:50 am

      ThanQ dear

  11. Baby Girl ❤ says:
    July 27, 2018 at 10:14 am

    Vrh vrh reethi ..when next part dear ….

    1. Noor??? says:
      July 27, 2018 at 10:50 am

      In sha Allah tonight. ThanQ dear

  12. lolipop? says:
    July 27, 2018 at 11:37 am

    wat a sweet couple ☺️ and i love the suspence. kihineh baa vee? so curious. keep up the gud wrk

    1. Noor??? says:
      July 27, 2018 at 11:44 am

      ThanQ dear. Let’s c dhw

  13. Airah says:
    July 27, 2018 at 11:39 am

    vvvvvvvvv Reethi.Waiting for The Nest part.

    1. Noor??? says:
      July 27, 2018 at 11:42 am

      ThanQ dear

  14. ??? says:
    July 27, 2018 at 1:24 pm

    Masha Allah vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi???????❤❤❤❤❤❤❤❤❤???????

    1. Noor??? says:
      July 28, 2018 at 10:39 pm

      ThanQ dear for the lovely colorful comment

  15. Aaan says:
    July 27, 2018 at 4:19 pm

    Vaahaka vvvvv reethi.

    1. Noor??? says:
      July 27, 2018 at 4:23 pm

      ThanQ dear

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……15←


All Right Reserved!