Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……15

Noor💙 Level 710 Stories100 Comments100 Login500 Comments
July 27, 2018 5 Mins Read
49 Comments

ސިކުނޑީގައި އެތައް ސުވާލު ތަކެއް ތޮއްޖެހިގެން ދިޔަ ޖަމީލާއަަށް އެނދުގައިއޮތް އޭނާގެ ދަރިފުޅާއި ދިމާއަށް ބަލައިލެވުނީ އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ކުރި ހޯދުމުންނެވެ.

******

“ދަރިފުޅާ……ދަރިފުޅާ ރިޝްފާ…. ”

އަލީ ވަހީދު މަސައްކަތުގައި އުޅެފައި ޖަމީލާ ގުޅާފައި ރިޝްފާ ބަލިވާހަކަ ބުނުމުން ހާސްވެފައި ހުރި ވަރުން ދަރިފުޅަށް ގޮވަމުން އައިސް ކޮޓަރިއަށްވަނެވެ.

“މިހާރު އެއޮތީ ބޭސް ދިނީމަ އަނެއްކާ ނިދިފަ… ހުންވެސް އޭރަށްވުރެ މަޑުވެއްޖެ….. ”

ޖަމީލާ އެނދުގައި ރިޝްފާގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

“މަގޭދަރިފުޅު މިހާލަތަށް އައިސްފައި މިވަނީ އެ ކައިލާންގެ ސަބަބުން.. ހަމަ ތެދެއް މި ބުނީ… ލާހިކު ކުޅަދާނައެއް ނޫން އެ ކައިލާންއަަށް އުފަލުގަ އުޅޭކަަށް”

“ވަހީދު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ… ﷲ އަށް ބިރެވެތި ވެބަލަ…. އެމީހަކު ކުރި ކަމެއް އޮންނާނީ އެމީހަކަށް… އެކަކު އައިސް ވަޅި ހެރީމަ އަނެކަކުވެސް ވަޅި ހެރުމުގެ ބަދަލުގަ އަހަރެމެން އެބަޖެހޭ އިސްލާމް ދީން އަހަރެމެންނަށް ގެނެސްދީފައިވާ ރިވެތި ގޮތްތަކުގައި ހިފައިގެން ކުރިއަށްދާ ބަޔަކަށްވާން… އެހެން ނޫނަސް ލޯތްބަކީ ގަދަބާރުން ވެވޭނެ އެއްޗެއް ނޫން.. ރިޝްފާ ކައިލާންދެކެ ކިތަންމެ ލޯބިވިޔަސް އެ ލޯބީގެ ބަދަލު ދިނުމަށް ކައިލާން ނުކުޅެދިފައި ވާއިރު ވަކިވުން ނޫން އަޅެ އިތުރު ގޮތެއް އެބަ އޮތްތަ….. މިއަދާއި ހަމައަށްވެސް އަހަރެމެން މިއައީ ރިޝްފާ ބޭނުންވާނެ ހުރިހާ އުފަލެއް އޭނާގެ ދުލުން ބޭރު ނުކުރަނީސް ހޯދައިދެމުން.. އެކަމަކު އަހަންނަށް މިއަދު ވިސްނިއްޖެ އަހަރެމެންގެ މުދާވެރިކަމަކުން ދަރިފުޅުގެ ތަޤުދީރުގައި ލިޔެވި ނިމިފައިވާ ކަންކަމެއް ބަދަލެއް ނުކުރެވޭނެކަން….. ވަހީދުވެސް ނިކަން ތި ރުޅި މަޑުކޮށްލާފަ އަހަރެން މިބުނި އެއްޗަކަށް ރަނގަޅަށް ވިސްނާލަބަލަ…. ”

އަލީ ވަހީދު އައިސްފައި ހުރި ރުޅީގައި ގޯސް މަގަކުން އަޅާފާނެތީ ޖަމީލާ އޭނައަށް ވިސްނައިދެވޭތޯ އުޅުނެވެ. މަންމަގެ ވާހަކަތައް އަޑުއަހަން އަނެއް ފަރާތަށް އެނބުރި ދެލޯ މަރައިގެން އޮތް ރިޝްފާގެ ހިތަކަށް އެއީ ކެތްވާވަރުގެ ވާހަކަ އަކަށް ނުވިއެވެ. އޭނާއަށް ބަޑި ފަޅައިގެން ގޮސް ރޮވެން ފެށިއެވެ. ދެމަފިރިންނަށް ލޯބިވާ ދަރިފުޅުގެ ކަރުނަ ތަކާއި ކުރިމަތިލާން ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް ދަރިފުޅަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ދަރިފުޅަށް ނުފެންނާނެހެން އަލީ ވަހީދު އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލާފައި ރިޝްފާގެ ބޮލުގައި ފިރުމާލާފައި ކޮޓަރިން ނިކުމެގެން ދިޔައީ ދަރިފުޅުގެ ކުރިމަތީގައި ލޯބިވާ އަނބިމީހާ ދައްކަމުން ދިޔަ ކެތްތެރި ކަމަށް ތަޢުރީފް ކުރާ ޙާލުގައެވެ.

“ދަރިފުޅާ…. މަންމަ ވާހަކައެއް އަހާލަންތަ؟”

ރިޝްފާ ރުއިން ހުއްޓާލައި ހަމައަކަށް އެޅުމުން, މިހާރު ހުންވެސް މަޑުވެފައި ވާތީ ޖަމީލާ ވަރަށް ހިތްވަރު ކޮށްފައި އަހާލިއެވެ. ރިޝްފާ ރޮއިރޮއި ރަތްވެފައިވާ ދެލޮލުން މަންމައަށް ބަލާލާފައި އާނ އެކޭ ބުނާ ފަދައަކުން ބޯ ޖަހާލިއެވެ.

“ދަރިފުޅު ރޭގަ ދަންވަރު އެއޮއް ބޯކޮށް ވާރޭ ވެހުނުއިރު ބެލްކަންޏަށް ނިކުތީތަ؟އެހެން މިއެހީ ދަރިފުޅު ޚަބަރެއް ނުވެގެން މަންމަ އައިސް ބަލާލިއިރު މުޅި ކޮޓަރިތެރޭގަ އޮތީ ފެން… ބެލްކަނި ދޮރުވެސް ރަނގަޅަށް ނުލައްޕާ ހުރިއިރު ދަރިފުޅު ރޭގަ ލައިގެން އޮތް ނިދާ ހެދުންވެސް އޮތީ ބާލާފަ އެއްލާލާފަ…. އޭރު ހުންގަދަ ކަމުން ދަރިފުޅަށް މަންމަވެސް ވަކިނުވޭ… މަންމަ ތިއޮތީ ދަރިފުޅު ހެދުންވެސް ލައްވާފަ…. ”

ޖަމީލާ ޖެހިލުންވެފައި އިނދެވެސް ވާހަކަ ދެއްކީ މައެއްގެ ހައިސިއްޔަތުން އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ބޭނުން ވާތީއެވެ. ރިޝްފާއަށް އެވަގުތު އޭނާ ގައިމަތިން އަޅާފައިވާ ބްލޭންކެޓް ނަގާފައި އޭނާ ލައިގެން އޮތް ހެދުމަށް ބަލައިލެވުނެވެ. މަންމަ އެދައްކަނީ ހަމަ ތެދުވާހަކަ އަކީ ހެއްޔެވެ؟އޭނާއަށް ލައިގެން އޮވެވުނީ ރޭގައި ނިދަންލީ ނޫކުލައިގެ ހެދުމެއް ނޫނެވެ. ރިޝްފާއަށް ލިބުނު ހައިރާން ކަމުގައި އޭނާގެ މަންމައަށް ބަލައިލެވުނެވެ. ކައިލާންގެ ހަނދާނުގައި ދެރަވެގެން ރޮއިރޮއިފައި ރޭގައި އޭނާ ބެލްކަންޏަށް ނިކުތް ހަނދާން ވެއެވެ. އެކަމަކު ދެން ވީ ގޮތެއް ހަމަ ކުޑަކޮށްވެސް ހަނދާނަކު ނެތެވެ. ރިޝްފާއަކީ ކޮޓަރި ދޮރު ތަޅުލައިގެން ނިދަން އާދަވެފައިހުރި ކުއްޖަކަށް ނުވާއިރު ލައިގެން ހުރި ހެދުން ބާލާ އެއްލާލާފައި ނިދުމަކީ އޭނާ ހަމަހޭގައި ހުރެ ކުރާނެ ކަމެއް ނޫނެވެ. ދަރިފުޅުގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަތަކުން ޖަމީލާ އިތުރަށް ހާސްވެ ބިރު ގަންނަގޮތް ވިއެވެ.

“މަންމާ… ބެލްކަންޏަށް ނިކުތަސް ލައިގެން ހުރި ހެދުން ބޭލުނު…………. ”

ރިޝްފާ ރޭގެ ވާހަކަ ކިޔައިދޭން އުޅެނިކޮށް ޖަމީލާ ރިޝްފާގެ ވާހަކަ ހުއްޓުވާފައި ދަރިފުޅު އިހަށް އަރާމު ކޮށްލާށޭ ބުނެފައި ކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލާފައި ހުރިތަނަށް ތިރިވެ އަނގަ މަތީގައި އަތް އަޅާލެވުނުއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ރޭގައި އެ ހިނގި ކަމެއް ޚުދު ރިޝްފާއަށްވެސް ނޭނގޭކަން ރިޝްފާގެ ހަރަކާތް ތަކުން ޖަމީލާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ހެނދުނު ރިޝްފާ އެ ހާލުގައި އޮއްވައި އަލީ ވަޙީދަށް އެ ކޮޓަރިއަށް ނުވަދެވުނުކަން އެއީ ހަމަ ލެއްވި ރަޙުމަތެކޭ ޖަމީލާ ހިތަށް އެރިއެވެ.

“ޔާ ﷲ…. ޔާ ﷲ… މިއަޅާގެ ދަރިފުޅު އެންމެހާ ނުބައި ކަމަކުން ރައްކާތެރި ކުރައްވާށި….. ”

ޖަމީލާއަށް ހިތުގައި ޖެހިޖެހިފައި ރޮވެމުން ދިޔައިރު އޭނާގެ ދަރިފުޅު ހެޔޮ ޙާލުގައި ލެއްވުމަށް ﷲ ގެ ކިބަފުޅަށް ދުޢާ ކުރެވުނެވެ.

މަންމަ ދިޔުމުން ރިޝްފާ އެނދުން ތެދުވެގެންގޮސް އެހުރިގޮތަށް ހޭވިފައިހުރި އިސްތަށި ގަނޑާއިއެކު ގޮސް ބެލްކަންޏަށް ނިކުމެ އަލިގަދަ ކަމުން ކުޑަކޮށް ދެލޯ ހުޅުވާލާފައި ބޭރު ބަލައިލިއެވެ. ރޭގެ އެއްވެސް ކަމެއް ހަނދާނަށް ނައި ތަނުގައި އޭނާއަށް އެއްވެސް ތަފާތު ކަމެއްވެސް ފާހަގައެއް ނުވިއެވެ. ނަމަވެސް ރިޝްފާއަށް ނޭނގުނު ކަމުގައިވިޔަސް ޖެހިގެން ހުރިގޭގައި ހައްދާފައި ހުރި ޖޭމުގަހުގައި އިން ކޮވެލި އޭތީގެ ބޮޑު ރަތް ދެލޮލުން ރިޝްފާއަށް ބަލަހައްޓައިގެން އިންއިރު ހީވަނީ ބުޅަލެއް މަސްގަނޑަކަށް ބަލަހައްޓައިގެން ދަހިވެފައި އިންހެނެވެ.

*****

ހަތްއަހަރު ފަދައިން ދިގުލައިގެން ދިޔަ ހަތްދުވަސްވެސް އެންމެ ފަހުން ނިމުމަކަށް އައިސް ދެ ލޯބިވެރިންގެ ގުޅުމުގައި ކައިވެނީގެ ސިއްކަ ޖެހިގެން ދިޔައެވެ. މާބޮޑު ކައިވެނީގެ ޙަފްލާއެއް ނުބާއްވާ ކައިލާންގެ ހުރިހާ އެކުވެރިންނަށް ގޭގައި ސަޔެއް ތައްޔާރު ކޮށްލީ އެމީހުންގެ އުފަލުގައި ބައިވެރި ކުރުމުގެ ގޮތުންނެވެ. ދޮންބެ އާދޭސް ކުރާ ވަރުން ކައިލާން މަންމައަށް ކައިވެނީގެ ޚަބަރު ދޭން ގުޅިއެވެ. ނަމަވެސް ދެން މަށަށް ކޮންމެހެން އަންގަން ޖެހޭހޭ ކިޔާފައި ސަކީނާ ފޯނު ކަނޑާލީއެވެ. ސަޔަށްފަހު ކައިލާން އޭނާގެ އެކުވެރިންނާއި ވާހަކަ ދައްކަމުން އެމީހުންނާއި އެކު ތިރިއަށް ފޭބިއެވެ.

“ޖަޒްލީ…. މިއުފަލުގައި މަންމަމެން ބައިވެރި ނުވީމަ ކައީ ހުންނާނީ ވަރަށް ދެރަވެފަ…. އޭނާގެ މޫނުމަތިން އެކަން ނުދެއްކިޔަސް ދޮންބެއަށް އިނގޭ….. ކައީއަށް އެ ހިތްދަތިކަމާއި ކުރިމަތި ލެވޭހާ ލޯތްބާއި އޯގާތެރިކަން ދޭތި…. އަދި ބުނަން…. މިއަދުން ފެށިގެން މީ ޖަޒްލީގެވެސް ދޮންބެއެއްގެ ގޮތުގައި ދެކޭތި…. ދޮންބެ ތި ދެކުދިންނަށްވެސް އެދެނީ އުފާ ފާގަތި މުސްތަޤުބަލަކަށް…. ”

ކާމޭޒު ދަށުގައި ސައިބޯން އިން ރުހާންގެ ވާހަކަ އަޑުއަހާފައި ޖަޒްލީގެ ދެލޮލުން ކަރުނަ ނިރާލިއެވެ. އެހެން އަންހެން ކުދިން ފަދައިން އައްޑަނައަކަށް ވެގެން އޭނާގެ ހިމާޔަތުގަ ހުންނާނެ ދޮންބެއެއް ޖަޒްލީ ވެސް ބޭނުންވިއެވެ. ނަމަވެސް އެ ހުވަފެން މަތިން ހަނދާން ނައްތާލީ އެއީ ދުވަހަކުވެސް ކުލަ ޖެހޭނެ ހުވަފެނަކަށް ނުވާނެތީއެވެ. ނަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އޭނާދެކެ އިންތިހާއަށް ލޯބިވާ ފިރިއަކު ލިބުނު ފަދައިން އެހާމެ އޯގާތެރި ދޮންބެއެއްވެސް ލިބުނީއެެވެ. ޖަޒްލީއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން މާތް ރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ފަށްފަށުން ބަރުތީލަ ކުރެވުނެވެ.

“ދެން ދޮންބެ މިވަގުތު ގޮސްލީ އިނގޭ…. އޮފީހުގެ އެނުއަލް ޕާޓީ މިރޭ އޮތީމަ ނެތް މާގިނައިރަކު ހުރެވޭކަށް… ވަރަށް ގިނަ މަސައްކަތް ހުންނާނެ ޕެންޑިންގަ… މިއައީވެސް ތި ދެކުދިންގެ ޙަޔާތުގެ އެންމެ ބޮޑު އުފަލުގައި ކޮންމެހެންވެސް ބައިވެރިވާން ބޭނުންވާތީ…. ދެން ކުރިއަށް މިއޮތީ ވަރަށް ބިޒީ ހަފްތާއެއް…. ފްރީ ވާ ދުވަހަކުން މިކޮޅަށް ޖައްސާލާނަން އިނގޭ…. ”

ރުހާން ފެން ފޮދެއް ބޯލުމަށްފަހު ގޮނޑިން ތެދުވެ ޓިޝޫއަކުން ތުން ފޮހެލާފައި ވާހަކަ ދެއްކިއެވެ.

*****

“ދޮންބެ އެހާ އަވަހަށް ތިދަނީތަ؟…..”

މައްޗަށް އަރަނިކޮށް ސިޑިމަތިން ދިމާވެގެން ކައިލާން ދޮންބެއާއި ސުވާލު ކޮށްލިއެވެ.

“އާނ… މިރޭ ޕާޓީ އޮންނާތީ… އޮފީހުން ގުޅާވަރުން މިދަނީ.. .އަދި ވަރަށް ގިނަ ތައްޔާރީތައްވެސް ހުންނާނެ ނިންމަންޖެހޭ….. ދެކުދިން ދެން ރީތިކޮށް އުޅޭތި…. ޖަޒްލީއަށް ވަރަށް ރަނގަޅު ވާތި އިނގޭ…. ކަމަކަށް ދަތިވަންޏާ އެހެން މީހެއް ކައިރިއަށް ނުގޮސް ދޮންބެއަށް…………. ”

ކައިލާން ދޮންބެގެ ވާހަކަ ފުރިހަމަ ނުވަނީސް ދޮންބެ ގައިގައި އޮޅުލައިގަތެވެ. ޖަޒްލީއާއި, ރައްޓެހިންގެ ކުރިމަތީގައި ކިތަންމެ އުފާވެރިކަން ދެއްކިޔަސް އަސްލު އޭނާގެ ކައިވެނީގެ އުފަލުގައި މަންމައާއި ބައްޕަ ކޮންމެވެސް ސިފައެއްގައި ބައިވެރި ވާނެކަމަށް އޭނާ އުއްމީދު ކުރިއެވެ. ނަމަވެސް އޭނާގެ އުފަލުގައި ބައިވެރިވުން އެމީހުންނަށް އެހާ މުހިއްމު ކަމަކަށް ނުވީތީ ކައިލާންއަށް ދެރަވެގެންގޮސް ރޮވޭ ގޮތް ވިއެވެ. ރުހާން ކައިލާންގެ ބުރަކަށީގައި ހިތްވަރު ދިނުމުގެ ގޮތުން ދެއަތުން ފިރުމާލާފައި އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށްބުންޏެވެ.

މޭޒުމަތީގައިހުރި ތަށިތައް ނަގައިގެން ގޮސް ދޮންނަންހުރި ޖަޒްލީގެ ފަހަތުން އައިސް ހުއްޓުނު ކައިލާންގެ ދެއަތުން ޖަޒްލީގެ އުނަގަނޑުގެ ދެފަރާތުން ހިފައިލުމަށްފަހު ކޮނޑުމަތީގައި ދަތްދޮޅި އަޅުވާލިއެވެ. ޖަޒްލީއަށް ހީލިކަރުވައި ގަނެގެންގޮސް ހަށިގަނޑަށް ދެތިން ބަނޑިލައްވާލާފައި ލަދުވެތި ގޮތަކަށް ދެން ކައިލާން އޭ ބުނެލެވުނެވެ.ޖަޒްލީގެ ލަދުރަކިކަން ފެނިފައި ކައިލާން މަޖާވާގޮތް ވިއެވެ. އެހެންވެ އިތުރަށް ޖަޒްލީއާއި ގާތްވެލާފައި ޖަޒްލީގެ ކޮލަށް ދޮނެއް ދިނެވެ. ޖަޒްލީއަށް ގަތް ލަދާއިއެކު އޭނާގެ ރަތްވެފައިވާ މޫނު އަނެއް ފަރާތަށް އަނބުރާލެވުނެވެ. ކައިލާން އެވަރުންވެސް ޖަޒްލީ ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. ޖަޒްލީގެ އުނަގަނޑުން އަތް ދޫކޮށްލުމަށްފަހު އެއް އަތުން ޖަޒްލީގެ ބަނޑުގައި އަޅައި ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭނެހާ ކައިރި ކޮށްލުމަށްފަހު ޖަޒްލީގެ މާދިގުނޫން ފަށުވި ކޮންމެވެސް ވަރަކަށް ރަތް އިސްތަށިގަނޑާއި ކުޅެން ފެށިއެވެ. ޖަޒްލީގެ ހަށިގަނޑުން ދުވަމުން ދިޔަ މީރުވަހުން ކައިލާންއަށް ލޯ މަރާލާފައި ނޭފަތް ދަމާލެވުނެވެ. ފިރިމީހާގެ ލާނެތް ހަރަކާތްތަކުން ޖަޒްލީ ހީވަނީ ލަދުންގޮސް ވިރިގެން ފައިބަން އުޅޭ ހެންނެވެ.

ކައިލާންގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. ލޯބިވާ އަނބިމީހާ އޭނާގެ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައި ތަޅު ލުމަށްފަހު ގެންގޮސް ޖަޒްލީ އެނދުގައި މަޑުމަޑުން ބާއްވާލިއެވެ. ޖަޒްލީއާއި އެހާ ގާތުގައި ވެވުމުން އެ ހިތުގެ އަވަސްވެފައިވާ ވިންދު ކައިލާންއަށްވެސް އިޙްސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް މިވަގުތު ޖަޒްލީއާއި ދިމާކުރާ ވަރަށްވުރެ އޭނާގެ އަމިއްލަ ހިތުގެ އެދުންވަނީ މާ މައްޗަށް ގޮސްފައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަމުންދިޔަ އިޝްޤީ ބެލުން ތަކުން ހަމަހިމޭން ވެފައިވާ ކޮޓަރިތެރެއަށްވެސް ހީވަނީ ކައިލާންއާއި ޖަޒްލީގެ ލޯބީގައި ސުކޫތެއް ގެނެސްފައިވާ ހެންނެވެ. ކައިލާން ޖަޒްލީގެ އިސްތަށިގަނޑު ހައްޔަރުކުރަން ޖަހާފައި އިން ދަތި ނައްޓުވާލުމަށްފަހު އެ ރީތި އިސްތަށިގަނޑަށް މިނިވަން ކަމެއް ދިނެވެ. އަދި އޭނާ ލައިގެންހުރި ޖަންގަލް ގްރީން ކުލައިގެ ޓީޝާޓް ބޭލުމަށްފަހު ޖަޒްލީގެ ގާތަށް އެނދަށް އަރައި އޮށޯތެވެ. ފަޅި ސިކުންތަކަށްވެސް ކައިލާންގެ ނަޒަރު ޖަޒްލީއާއި ވަކި ނުވެއެވެ. ކައިލާންގެ ބާމަތިފުޅާ ފިރިހެންވަންތަ ހަށިގަނޑު ފެނުމުން ޖަޒްލީއަށް އޭނާގެ ހިތަށްއެރި އެއްޗަކުން ލަދުންގޮސް ދެއަތުން މޫނު ފޮރުވާލެވުނެވެ. ޖަޒްލީގެ ކޮންމެ ހަރަކާތަކުން ކައިލާންގެ ހިތުގެ ވިންދުވެސް ދިޔައީ އަވަސް ވަމުންނެވެ. ކައިލާން ޖަޒްލީގެ މޫނުމަތީގައި އަޅާފައިވާ އަތްތިލަ ނަގައި އެއްވެސް ފަސް ޖެހުމެއްނެތި ޖަޒްލީގެ މަޑުމަޑު ތުންފަތުގައި ބޮސްދިނެވެ. ޖަޒްލީއަށްވެސް އޭނާގެ ހިތުގެ އެދުމަށް އިޖާބަ ދެމުން އޭނާގެ ފިރިމީހާގެ ހަރަކާތްތަކުގައި ބައިވެރި ވެވުނެވެ. އުތުރި އަރަމުން ދިޔަ ލޯބީގެ ފުން ޖަޒުބާތުގައި ޖެހި އެދެހިތް އަރާމު ހޯދަމުން ދިޔައެވެ. ކައިލާންގެ އެއް އަތުން ޖަޒްލީގެ ހެދުމުގެ ޒިބު ކަހާލަމުން އަނެއް އަތުން ކޮޓަރީގެ ނިދާބޮކި ނިއްވާލިއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިން ލޯބިވާ

Next

ރާސްތާ 21

Next
July 27, 2018

ރާސްތާ 21

Previews
July 27, 2018

ހަޔާތަށް ދިރުން ގެނެސްދިން ލޯބިވާ

49 Comments!

  1. Noor??? says:
    July 27, 2018 at 5:19 pm

    In sha Allah mi vaahakaige next part SUNDAY ga genesdheyne vaahaka dhannavan. ThanQ all 4 ur support. ???

  2. Jenna says:
    July 27, 2018 at 5:35 pm

    Varah reethi mi bae ves noor???and thanq thihaaavha up kohdheytheve ???
    But rishfa yah kihineh baa vane???hope to see the next part soon noor❤

    1. Noor??? says:
      July 27, 2018 at 7:57 pm

      ThanQ for the comment dear

  3. Neem says:
    July 27, 2018 at 5:37 pm

    Wow v nice mi part vex tanx

    1. Noor??? says:
      July 27, 2018 at 7:56 pm

      Happy to know that. ThanQ dear

  4. Baby Girl ❤ says:
    July 27, 2018 at 6:29 pm

    Vrh vrh reethi❤? … curious to know what happen to ?

    1. Noor??? says:
      July 27, 2018 at 7:55 pm

      ThanQ dear

  5. Mixuhan says:
    July 27, 2018 at 6:35 pm

    Alhey emme reethi hisaabun thi nimmaaly☺️ Haadha reeiichey mi vaahaka..varah kiyaa hiyy vey eba ..dhn sunday ah keii kuran dhw mijehuny. ..Waiting….love this story ❤

    1. Noor??? says:
      July 28, 2018 at 10:35 pm

      ThanQ dear.. Happy to know that.

  6. Airah says:
    July 27, 2018 at 7:12 pm

    ThanQ ThanQ Noor.vvvvvv Reethi mi Part ves

    1. Noor??? says:
      July 27, 2018 at 7:55 pm

      WC n thanQ dear

  7. Dandelion ? says:
    July 27, 2018 at 7:20 pm

    Awwwn ??Thanks dear mi partup kohla dhinyma??Curiously wonna to knw wat hppn to???

    1. Noor??? says:
      July 28, 2018 at 10:35 pm

      Wc and ThanQ dear

  8. Zee says:
    July 27, 2018 at 7:43 pm

    Biruveri vaahaka eh tha

    1. Noor??? says:
      July 27, 2018 at 7:54 pm

      Its actually a love story… But loabeege therein biruveri kanthah thakehves kuriah huri bai thakuga aun ekasheegenvey.. ThanQ dear

  9. Reet says:
    July 27, 2018 at 8:32 pm

    V reethi jazly ah dheragotheh nuhadha thi emeehunge ufaa veri dhiriulhun fanifaa kailaan ge main bafain adhi vess rulhi gadha kohbala emeehun ge nubai rey vun thah kailaan dhonbe ah angi kailaan kairy bunegen naakaamiyaab vun dhan kuriyah dhaaney thifaraathun me alhugandu ge hiyaalu ok

    1. Noor??? says:
      July 27, 2018 at 9:02 pm

      Ohhh… I really appreciate ur comments which gives me ideas for the upcoming parts as I have not draft this story. ThanQ dear

  10. lolipop? says:
    July 27, 2018 at 8:33 pm

    Oooo… dhen continue vaanebaa fahu scene?? jk….? n im rly curious about rishfa ge story. cant wait for sunday

    1. Noor??? says:
      July 28, 2018 at 10:36 pm

      Hehe. ThanQ dear

  11. Twinkle? says:
    July 27, 2018 at 10:10 pm

    Wow… mi part vs hama habeys… masha allah???keep it up dear

    1. Noor??? says:
      July 27, 2018 at 10:33 pm

      ThanQ dear. Happy to know u liked it

  12. kitty says:
    July 27, 2018 at 10:15 pm

    vv reethi.. whn is nxt part??

    1. Noor??? says:
      July 27, 2018 at 10:37 pm

      ThanQ dear. In sha Allah Sunday..

  13. Haha says:
    July 28, 2018 at 6:15 am

    So erey ga iveny kailaan ge adu ekeni dho mulhi kotarin ves. Kailaan is so unlucky ?

    1. Noor??? says:
      July 28, 2018 at 9:43 am

      Sorry dear. But u got the wrong idea

  14. ely says:
    July 28, 2018 at 8:38 am

    jazly ah mihaaru vaahaka dhehkey @Haha

    1. Noor??? says:
      July 28, 2018 at 9:40 am

      ThanQ ely.

  15. ??? says:
    July 28, 2018 at 9:43 am

    Vrh reethi?

    1. Noor??? says:
      July 28, 2018 at 9:44 am

      ThanQ ???

  16. ??? says:
    July 28, 2018 at 10:08 am

    Haadha rom vaaney dhen anna bai .hadhaalan vaane rangalhah.waiting ??

    1. Noor??? says:
      July 28, 2018 at 10:33 am

      Sorry but I have no plan on taking it any further as I believe evrythn should have a limit.

  17. ??? says:
    July 28, 2018 at 10:23 am

    What r we suppose to do if we want to write a story to this page

    1. Noor??? says:
      July 28, 2018 at 10:36 am

      Dear why don’t u call the admin 7997991. They will explain u dear

  18. Sasha says:
    July 28, 2018 at 10:24 am

    🙂 <3 Waiting for the next part
    <3 Amazing Story

    1. Noor??? says:
      July 28, 2018 at 10:37 am

      ThanQ dear

  19. ??? says:
    July 28, 2018 at 10:38 am

    Really?
    Okay
    Thnks

    1. Noor??? says:
      July 28, 2018 at 10:40 am

      Most wc

  20. ??? says:
    July 28, 2018 at 10:46 am

    ?

    1. Noor??? says:
      July 28, 2018 at 10:48 am

      ?

  21. dhonkanbulo says:
    July 28, 2018 at 11:45 am

    V v v v v v salhi mi part vx.

    1. Noor??? says:
      July 28, 2018 at 11:47 am

      ThanQ dear

  22. lolipop? says:
    July 28, 2018 at 11:50 am

    salhi ingey. am rly curious about wat will happen to rishfa. and jazlee a kailaan varah sweet couple eh. looking 4ward to sunday

    1. Noor??? says:
      July 28, 2018 at 10:37 pm

      ThanQ dear

    2. lolipop? says:
      July 30, 2018 at 12:20 pm

      kurin fonuvi comment netheema ingey alun kollee. maa fahun e eree hehe

    3. Noor??? says:
      July 31, 2018 at 10:05 am

      Its ok dear

  23. ? says:
    July 28, 2018 at 2:07 pm

    Neii tha surprise eh kahala ehcheh?? i cant wait for next part

    1. Noor??? says:
      July 28, 2018 at 2:24 pm

      Hehe.. Hama varah busy koh dhany Adhi.. Let’s c dhw

  24. ??? says:
    July 28, 2018 at 3:22 pm

    When is next part

    1. Noor??? says:
      July 28, 2018 at 6:15 pm

      In sha Allah Sunday

Comments are closed.

Next Episode“ހިތް” ލޭ ކޮށެވިފައި……16←


All Right Reserved!