Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 20

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 25, 2018 3 Mins Read
9 Comments

“އަހޫ ކިހާ ދުވަހެއް ވެއްޖެ އިސްރާޔާ ރަށްޓެހިވެގެން އުޅޭތާ؟” އާާލާގެ ސުވާލުން އަހުސަމަަށް ހާޓެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. ނުވިސްނާ ހުއްޓާ އެފަދަ ސުވާލެއް ކުރަމްތިވުމުން އަހުސަމަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ކުށްވެރިއެއް ފަދައިން އިސްޖެހުނެވެ. “އަހޫ” އަހުސަމް ޖަވާބެއް ނުދީ ގިނައިރުވުމުން އައްމާރު ގޮވާލިއެވެ. އަހުސަމް ފުން ނޭވައެއް ދޫކޮށްލިއެވެ. މަންމަ އަދި ބައްޕައަށް ހަގީގަތް ކިޔާދޭންވީ ވަގުތު ޖެހުނީކަން އޭނައަަށް އެނގުނެވެ.

ރެއަކީ ހަނދުމަހުން ސާދަވިލޭރެއެވެ. ވިއްސާރަ ވިލާތަކުގެ ސަބަބުން ސާދަވިލޭރޭގެ ހަނދުވަނީ ފޮރުވިފައެވެ. އެނދުގައި ދެކޮޅަށް ފޮރޮޅި ފޮރޮޅި ނުނިދުމުން އާރާޝް ޓެރަހަށް އެރިއެވެ. އޭރު ކޮންމެސް ވަރަކަށް ހިމަފޮދު ވާރޭވެހެމުން ދިޔައެވެ. އާރާާޝް ޓެރަހަށް ދިޔައިރު މާނީވެސް ގޮސްވަންނަނީއެވެ. ބާރުހިނގުމެއްގައި އާރާޝް ގޮސް މާނީއާ އެއްވަރުކުރިއެވެ. އާރާޝް ހުރިކަން އެނގޭ ކަމަށް ނަހަދާ މާނީ އެތެރެއަށް ވަނެވެ. ދެމީހުންގެ ވެސް ފިޔަވަޅު މަޑުޖެހުނީ ރެެއިލިންގައި އަތް އަޅުވައިގެން ހުރި އަރްޝާދް ފެނުމުންނެވެ. މާނީ އެެއް ފަހަރު އާރާޝަށް އަދި އަނެއްފަހަރު އަރްޝާދާ ދިމާއަށް ބަލާލިއެވެ. އާރާޝް ޓެރަހުން ނިކުންނަން ދިޔުމުން މާނީ އެނަ ހުއްޓުވިއެވެ. އަދި އާރާޝްގެ އަތުގައި ހިފައިގެން ގެންގޮސް އަރްޝާދް ގާތު މަޑުކޮށްލިއެވެ. .

މާނީ އޭނާއަށް ގޮވާލުމާއެކު އަރްޝާދް ފަހަތަށް އެނބުރުނެވެ. މާނިއާއެކު އޭނާގެ ކުރިމަތީގައި ހުރި އާރާޝަށް ހިތި ހިނިތުންވުމެއް ހާދިޔާ ކުރިއެވެ. “އަދިވެސް ނުނިދާތަ ތިއުޅެނީ؟ މިހާ ލަސްވީމަ ކީއްވެ މިތަނަށް ތިޔައީ؟ ވާރޭވެސް ވެހެއެއްނު އެބަ. ދެކުދިންވެސް ދޭ ތިރިއަށް ވަރުބަލިވެސް ވެފައެއްނު ތިތިބީ” ލަސް ގަޑިއަކަށް ވުމުން އަރްޝާދް އެދެމީހުން ގާތު ނިދަންދިޔުމަށް އެދުނެވެ. މާނީ އާރާޝްއަށް ބަލާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. މާނީ ދިއުމުން އާރާޝްއާ އަރްޝާދް ޓެރަހުގައި އެކަނިވިއެވެ. އެހެނަސް ދެ މީހުން ކުރެ އެކަކަށްވެސް އަނގައިން ބުނާކަށެއް ނުކެރުނެވެ. “ބައްޕާ” އަރާޝްގެ ދުލުން އޭނާއާ ދިމާއަށް ބައްޕާއޭ ކިޔާ ގޮވާލުމުން ހިތް ފުރިގެން ބަންޑުންވިއެވެ. އާރާޝްގެ އަކީ އޭނާގެ ދަރިއެއްކަން އެނގުނީންސުރެ އެއަޑު އަހާލަން އޭނާގެ ހިތްވަނީ ބޭގަރާރުވެފައެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އަދި ވަގުތުން ގޮސް އާރާޝްގައިގަ އޮޅުލައިގެންފައި އޭނާގެ މޫނުގައި ބޮސް ދިނެވެ. އޭރު އޭނާގެ ކޯތާފަތުގައި ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ.

އަރްޝާދަށްވަމުން ދިޔަ ގޮތްފެނި އާރާޝްގެ ހިތުގައި ޖެހުނެވެ. މަންމައެކޭ އެއްފަދައިން އޭނާގެ އަސްލު ބައްޕަވެސް އޭނާ ދެކެ ލޯބިވާކަން އެނގުނެވެ. ބައްޕައަށް އޭނައަކީ އެ ބައްޕަގެ ދަރިފުޅުކަން އެނގުނުނަމަ ހުސްނުވާވަރަށް ލޯބިދިނީސްކަން އެނގުނެވެ.

“އާރާޝް ބައްޕައަށް މާފުކުރޭ” އަރްޝާދަށް ބުނެވުނުހާވެސް ބަހަކީ އެޔެވެ. އާރާޝްގެ ކުރި މަތީ ހުންނަންވެސް އޭނާ ލަދުގަނެއެވެ. އެ ދަރިފުޅު އެންމެ ބޭނުންވި ދުވަހު އެކުއްޖާގާތު އޭނާއަކަަށް ނުހުރެވުނެވެ. އޭނަ ދޭންޖެހޭ ލޯބި ދިނީ އެހެންމީހެކެވެ.

“އިޓްސް އޯކޭ. އާރާޝަށް އިނގޭ ބައްޕަ އާރާޝްދެކެ ވަރަށް ލޯބިވާކަން.” ޓެރަހުގައި ހިޔާކޮށްފައި އޮތް ތަނުގައި ބަހައްޓާފައި ހުރި އުނދޯލީގައި ދެބަފައިން އިށީނެވެ. އަށާރަ އަހަރު ނުދެވުނު ލޯބި ދޭން އަރްޝާދް ބޭނުންވިއެވެ.

ދެބަފައިން އެތައް ވާހަކައެއް އެކަކު އަނެކަކާ ހިއްސާކުރިއެވެ. އަރްޝާދް އޭނާއަށް އެންމެ ފުރަތަމަ އަފްރާ ފެނުނު ދުވަހު ވީގޮތް އާރާޝަށް ކިޔާދިނެވެ. އަފްރާގެ ވާހަކަ ދައްކަމުން ދިޔައިރު އަރްޝާދްގެ މޫނު މަތިން ފެންނަމުންދިޔަ އުޖާލާކަން އާރާޝަކަށް ސިއްރެެއްނުވިއެވެ. އަރްޝާދްގެ ހިތުގެ ކަނެއްގައި އަފްރާގެ ނަން އަދިވެސް ވާކަން އާރާޝަށް އެނގުނެވެ. އަފްރާއާ އަރްޝާދް ވަކިވާން ޖެހުނު ސަބަބު އިނގެން އާރާޝް ބޭނުންވިއެވެ. އެހެނަސް އެ ސުވާލުކުރާކަށެއް އާރާޝަކަށް ނުކެރުނެވެ.

ފަތިސް ނަމާދަށް ގޮވަން އަފްރާ އާރާޝްގެ ކޮޓަރިއަށް ދިޔައިރު އާރާޝް ނެތުމުން އަފްރާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދުވެފައި ގޮސް އައްޒާމަށް ގޮވިއެވެ. ” އަފް. ހަމަޖެހިބަ އާރާާޝް އިނދެދާނެ ޓެރަހުގަވެސް. އެހެންނޫނަސް އާރާޝް އަކީ ކުޑަކުއްޖެއް ނޫނެއްނުދޯ. ވެދާނެ ނަމާދަށް ދިޔައީ ކަމަށްވެސް އަހަރެން އަންނާނަން ޓެރަސް ބަލާލައިފައި އޯކޭ؟” ޓީޝާޓް ކަރަށް މަހާލުމަށްފަހު އައްޒާމް ޓެރަހަށް ދިޔައެވެ.

ޓެރަހުގައި މީހެއްގެ ހިލަމެއްވެސް  ނުވެއެވެ. ނިކުންނަން ގޮއްސައިވެސް އުނދޯލި ބަލާލާނަމޭ ހިތައި އައްޒާމް ހިޔާކޮށްފައި އޮތްބަޔަށް ދިޔައެވެ. އެތަނަށް ދިޔައިރު އަރްޝާދާ އާރާޝް އުނދޯލީގައި ނިދާފައި ތިއްބެވެ. އާރާޝަށް އޭނާގެ ބައްޕައަކީ އަރްޝާދްކަން އެނގޭކަމެއް އައްޒާމަށްކަށް ނޭންގެއެވެ. އެދުވަސްކޮޅު އައްޒާމް އުޅުނީ ވިޔަފާރި ދަތުރެެއްގައި ފްރާންސްގައެވެ.

އައްޒާމް މަޑުމަޑުން ގޮސް އާރާޝާއި އަރްޝާދަށް ގޮވިއެވެ. ހޭލި ގޮތަށް ދެ މީހުންވެސް ޓެރަހުން ދިޔައެވެ. އައްޒާމްވެސް އެދެމީހުން ފަހަތުން ގޮސް ޓެރަހުން ނުކުތެވެ.

” އާރާޝް ކޮންތާކު އުޅެފަ ތިޔައީ މަންމަ ބިރުން ކިރިޔާ ހަލާކުވީ ދަރިފުޅު ނެތިގެން” އާރާޝް ގޮސް ގެއަށް ވަނުމާއެކު އަފްރާ ޝަކުވާކޮށްލިއެވެ. “ބައްޕާއާ އެއްކޮށް ޓެރަހުގަ ހުރީ” އާރާޝް އެހެން ބުނުމުން އަފްރާ ކީކޭހޭ ބުންޏެވެ. އާރާާޝް ބައްޕަޔާއެއްކޮށޭ ތަކުރާރުކޮށިއެވެ. ފަހަތުން ގެޔަަށް ވަން އައްޒާމްއަށްވެސް އެއަޑު އިވުނެވެ.

” އަފް އާރާާޝް ކީކޭ އެބުނީ” ހައިރާންވެ ހުރެ އައްޒާމް އަހާލިއެވެ. އަފްރާ އައްޒާމް މޭތެރޭގައި ބޮނޑިވެލުމަށްފަހު އާރާޝަށާއި ގޭގެ އެންމެންނަށް ހަގީގަތް އެނގިއްޖެކަމަށް ބުންޏެވެ. .           ********************

މާޒީ..

އަރްޝާދް އެރަަށަށް ދިޔަތާ ދެހަފްތާ ފާއިތުވެގެން ގޮއްސިއެވެ. ޒަހީނު ގާތު އެދިގެން އޭނާގެ ޗުއްޓީ ދެމަސް ދުވަހަށް ދިގުކުރީއެވެ. ވޭތުވެ ދިޔަ ދެހަފްތާ ތެރޭގައި އޭނާއާ އަފްރާ ލޯބިގޭ މާތަށް ފޮޅުވަމުން ދިޔައެވެ. އައްޒާމާ އާލާގެ އެހީތެރިކަމާއެކު އެދެމީހުންނަށް ލޯބީގެ މާތަށް ފޮޅުވުން އުނދަގޫ ކަމަކަށް ނުވިއެވެ.

އާދުވަހަކަށް އިރު އެރި އިރު އަފްރާ ހުރީ އާލާމެން ގޭގައެވެ. އާލާ އަލަމާރީގައި ހުރިއްޔާ ހުރި ހެދުމެއް އެނދުމައްޗަށް އަޅައިފައި ހުއްޓެވެ. ކޮންމެ ހެދުމެއްވެސް ގައިގައި ޖެއްސުމަށްފަހު އެނދުމައްޗަށް އެއްލާލަނީއެވެ. އާލާ ތައްޔާރުވަމުން އެދަނީ އޭނާގެ ލޯބިވެރިޔާ އައްމާރުގެ އާއިލާ އޭނަޔާ ބައްދަލުކުރަން އަންނާތީއެވެ. އަފްރާގެ އެންމެ ގާތް އެކުވެރިއަކަށް ވިއެއް ކަމަކު އަފްރާއަށް ވުރެ ތިން  އަހަރު އާލާ ދޮށްޓެވެ. އޭނާގެ އުމުރުން މިހާރު ސަތާރަ އަހަރުވެއްޖެއެވެ. ” އައްމާރުގެ ފެމެލީ އަންނައިރުވެސް އާލާ ހުންނާނީ ލާނެ ހެދުމެއް ނޭންގިފަކަންނޭންގެ. އެހެންޏާ މިހާރު ބައިގަޑި އިރުވިއްޔާ އެވަނީ ލާނެ ހެދުމެއް ނޭންގިގެން އުޅޭތާ” އެނދުގައި ދެފައި ދަމާ އޮށޯވެލަމުން އަފްރާ ބުނެލިއެވެ. އެއަށް ރައްދެއް ނުދީ އާލާބެލީ ހެދުމެއް ހޯދޭތޯއެވެ.

ހަވީރު ހަތަރެއް ޖެހިއިރު އާލާގެގޭގައި އައްމާރުގެ އިތުރުން އޭނާގެ އާއިލާ އައިސްތިއްބެވެ. އެމީހުންނަށް މެހެމާންދާރު އަދާ ކުރުމަށްޓަކައި އަޒީޒާވަނީ އެކި ބާވަތުގެ ހެދިކާއިން މުޅި މޭޒުމަތި ވަނީ ފުރާލާފައެވެ. ދެ އާއިލާ މަޝްވަރާ ކުރުމަށްފަހު ނިންމީ ތިންމަސް ފަހުން އާލާއާއި އައްމާރުގެ ކައިވެނި ކުރުވާށެވެ. ކައިވެނި ހަމަޖެހުމާއެކު އާލާގެ މޫނު މަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.

ދެ އާއިލާގެ ބައްދަލުވުން ކުރިޔަށް ދިޔަ ގަޑީ ތަންވަޅު ބަލާފައި އަރްޝާދާއި އަފްރާ ތުނޑިއަށް ހިނގާލަން ނުކުތެވެ. ދެ ލޯބިވެރިން އަތުގުޅުވައިގެން ދިޔައިރު އެދެމީހުންނަށް ހަސައިދައިގެ ލޮލުން ބަލަމުން ދިޔަ މީހަކު ހުރިކަމެއް ދެމީހުން ކުރެ އެކަކަށްވެސް ރޭކައެއްނުލައެވެ.

އަރްޝާދް އެރަށުގައި އިތުރު އެއްމަސް ދުވަސް މަޑު ކުރަން ޒަހީނު ހުއްދަދިނީ އޭނަ އަންނަންވާއިރަށް ކައިވެނީގެ ހުރިހައި ކަމެއް ހަމަޖައްސާ ނިންމުމަށްފަހު އަރްޝާދަށް “ސަޕްރައިޒެއް” ދޭށެވެ.

އަރްޝާދާ އަފްރާ ލޯބީގެ މާ ބަގީޗާ އާރާސްތު ކުރަމުންދިޔައިރު އަފްރީންދިޔައީ އަރްޝާާދާއިއެކި ޚިޔާލީ ގަނޑުވަރު ބިނާ ކުރަމުންނެވެ. އަރްޝާދްގެ ސޫރަ އޭނާގެ ހިތަށް ގެންނަ ކޮންމެ ފަހަރަކު ލަދުން އިސްޖަހާލެވެއެވެ. އަފްޝަންއާއި މިހްރާން މާއިޒް ގޮވައިގެން އުޅޭ ތަން ފެނުމުން އޭނާއާއި އަރްޝާދް އެދެމީހުންގެ ދަރިން ގޮވައިގެން އުޅޭނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކައެވެ.

*******************

މިހާރު..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….6

Next

ކާމިޔާބު (ފަހުބައި)

Next
July 26, 2018

ކާމިޔާބު (ފަހުބައި)

Previews
July 25, 2018

އަބަދުވެސް ލޯބި ދޭނަން….6

9 Comments!

  1. Ehleesha says:
    July 25, 2018 at 11:43 pm

    Me first dhw. Wow Mih part Vax varah reethi?? when next part………?❤❤

  2. Maya says:
    July 25, 2018 at 11:52 pm

    Yey i’m second dhw… Vv interesting mi part?????… Vvvv habeys MashaAllah ?????????

  3. ?nish? says:
    July 26, 2018 at 12:22 am

    Wow❤️❤️❤️
    Adhi nukiyan mihaa rythi story eh?

  4. Han says:
    July 26, 2018 at 12:35 am

    Afraa aw arshaad gulhuvaba mi story nimey iru.

  5. Baby Girl says:
    July 26, 2018 at 6:29 am

    Yey i’m third dhw?…vrh vrh salhi?…. alhey bunan beynun vaa ethi bodu kamun vess bunaane ehcheh neyngun?……. btw when next part…curiously waiting waiting

  6. GREEN ?? says:
    July 26, 2018 at 7:33 am

    Me third dhwww……yippeee……??? this part vx hama v salhii….???curiously waitinnngg fr the nxt prt………luv u kiyara?❤

  7. Twinkle? says:
    July 26, 2018 at 10:14 am

    Alhey dhn kihineii baa vaany… vvv salhi mi part vs… masha allah… curiously waiting for the nxt part???❤❤❤???

  8. Sasha says:
    July 26, 2018 at 9:44 pm

    Awwwlheyhh varah reeethi.!!!
    Next part konirakun?
    *Waiting**Waiting*

  9. My says:
    July 27, 2018 at 1:46 am

    When next part????

Comments are closed.

Next Episodeރާސްތާ 21←


All Right Reserved!