Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 26

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 23, 2018 7 Mins Read
20 Comments

އައިލީން އޭނަގެ ދެ ލޯ ހުޅުވާލަމުން ޔޫހާން އޭނަގެ ބަނޑުގައި ބައްދާލާފައިވި އަތް ނައްޓުވާލަމުން ދުރުވެލިއެވެ. ” ދެން ހިނގާ ދާން ކޮންމެވެސް ތާކަށް… މިތާ މާ ގިނަ އިރު އެކަނި ތިބުން ރަނގަޅެއް ނޫން… ” ޔޫހާންއަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ދެ މީހުންވެސް އޮފީހުން ނިކުމެ ރަސްފަންނުގެ ހިތްގައިމު މާހައުލަށް ދިޔުމަށް ސައިކަލުގައި މިސްރާބުޖެހިއެވެ.                               ”ފާން… ހަމަ އަސްލަށްވެސް ހީވޭތަ މާޝާ އެބުނީ ތެދެއްހެން… އައި މީން… މާޝާގެ ހިތް އަހަރެމެން ދެ މީހުންނަށް ހެޔޮ ވެދާނެހެން ހީވޭހޭ… އޭނަ ލޯބި ވަނީ ފާން ދެކެ… އެކަމަކު ފާން ލޯބި ވަނީ އަހަރެންދެކެ… މާޝާގެ ލޮއެބަށް ފަސްދީފަ ފާން އަހަންނަށް ލޯބި ހުށައެޅީ… އަހަރެމެން ދެ މީހުން ގުޅުނީމަ އޭނަ ރުޅިއެއްނު އަންނާނީ… އަދި މިޒަމާނުގަ… އެހާ ޕޮސިޓިވް… އެހާ އަންޑަސްޓޭންޑިން ކުދިން އުޅެފާނެތަ… މި ޖެނެރޭޝަންގެ ކުދިން ނުލިބުނު އެއްޗެއް ގަދަކަމުން ނަމަވެސް ހޯދާ ފަހަރު ގިނައީ… އައި ކާންްޓް ޓްރަސްޓް ހާ… ” އިފާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ރިފްޝާ ބުނެލިއެވެ. ”ރިފޫ… އަހަންނަށް ޓްރަސްޓް ކުރަމެއްނު… ސޯ ޑޯންޓް ވޮރީ… އައި ވޮންޓް މޭކް ޔޫ ފީލް ސޭޑް… އެންމެން އެއްގޮތެއް ނުވާނެ އެއްނު ދޯ… މާޝާ އެބުނީ ތެދު ކަމަށްވެސް ވެދާނެއެއްނު… އޭނަ މޫނު މަތިން ފެނުނު އަސަރުތަކުންވެސް ގަބޫލު ކުރެވޭ އެހެދީ ތެދުކަން… އޭނަ އެއީ ހަމަ ވަރަށް ރަނގަޅު ކުއްޖެއް… އައި ޓްރަސްޓް ހާ… ބަޓް އައި ޓްރަސްޓް ޔޫ މޯރް ދޭން ހާ… ” ރިފްޝާގެ ދެ އަތުގައި ހިފަހައްޓާލައިގެން އިނދެ އިފާން ވާހަކަ ދެއްކިއެވެ. އިފާންގެ ވާހަކަތަކުން ހިތަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ރިފްޝާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން އެއްކޮށް ފިލާގޮތެއް ނުވިއެވެ. އެހެނަސް އެކަން ފޮރުވާލުމުގެ ގޮތުން ރިފްޝާ އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިގެން އިނެވެ. އިފާން އޭނައަށް އިތުބާރު ކުރާކަމުގައި ވާނަމަ ކޮންމެ ހާލަތެއްގައިވެސް އިފާންގެ އެހީތެރިކަން ލިބޭނެތާއެވެ. ދެ މީހުންގެ ދެމެދުގައި ލޮއެބާއި އިތުބާރުވާނަމަ އެގުޅުމުގައި ދިމާވެދާނެ ކޮންމެ ކަމާކާވެސް ދެ މީހުން އެކުގައި ކުރިމަތިލާ ކާމިޔާބު ހޯދިދާނެއެވެ.                                   ނައުރީން އާއި ދިނާޖު ދިޔައީ ރަސްފަންނުގައި ތިބެ އެތައް ވާހަކައެއް އެކަކު އަނެކަކާ ހިއްސާކުރަމުންނެވެ. ވާހަކަ ދައްކަމުން ދިޔަ ނައުރީންއަށް އެއްލި ކަޅިއަކުން ރަސްފަންނުގެ އެ ރީތި ދޮންވެލިގަނޑުގައި އަތުގުޅުވައިގެން ހިނގާފައި ދިޔަ އައިލީން އާއި ޔޫހާން ފެނުނެވެ. އެއާއެކު ނައުރީންގެ މޫނު މަތިން ނުރުހުންތެރިކަން ފެނިގެންދިޔައެވެ. ”ޔޫހާންގެ ލޯބި ލިބެންޖެހޭނީ ހަމައެކަނި އަހަންނަށް… ހީ އިޒް މައިން… ” ދަތް ކުނޑި ވިކާލަމުން ނައުރީން ބުނެލިއެވެ. އޭނަގެ ދެ ލޮލުން އައިލީންއަށްޓަކައިވި ނަފްރަތު ވަރަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ނައުރީންގެ ނަޒަރު ހުއްޓިފައިވި ދިމާލަށް ދިނާޖު ބަލާލިއެވެ. އެވަގުތު ދިނާޖުގެ ދެ ބުމަވެސް ގޮށްޖެހިގެން ދިޔައެވެ. ” ރިލޭކްސް ނައު… މާގިނަ ދުވަހަކު އެހެން ދެ މީހުން އަތު ގުޅުވައިގެނެއް ނޫޅެވޭނެ…” ނައުރީންގެ މުށްކެވިފައިވި އަތުގެ މަތީގައި އޭނަގެ އަތް ބާއްވާލަމުން ދިނާޖު ބުނެލިއެވެ. އޭރު އެ ދެ މީހުންގެ ތުންފަތުގައިވެސް ވަނީ ވިހަ ހިނިތުންވުމެކެވެ.                                             އައިލީން އާއި ޔޫހާންއަކަށް އެދެ މީހުނަށް ދެ މީހެއްގެ ރުޅިވެރި ނަޒަރު ސީދާވެފައިވާ ކަމެއް ނޭނގެއެވެ. ދެ މީހުންވެސް ދިޔައީ އެ ހިތްގައިމު މަންޒިލްގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ. ހުދު ދޮންވެލިގަނޑަށް ރާޅުތައް ބީއްސާލާ ހިނދު އެެއިވޭ ލުއި މިއުޒިކެއްފަދަ އަޑުންވެސް މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ދެ މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް ދާން އުޅެފައިވެސް އެތަނުން ރިފްޝާ އާއި އިފާން ފެނުމުން އައިލީން އާއި ޔޫހާން އެދިމައަށް މިސްރާބު ޖެހިއެވެ. ހަތަރު ޒުވާނުން އެކުގައި އެތައް އިރަކު އެކި ވާހަކަތަކުގައި ތިބުމަށްފަހު އިރުއޮއްސެން ކައިރުވުމުން އެންމެން އެކުގައި ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.                                   އައިލީން އާއި ރިފްޝާ ގެއަށް އައި އިރުވެސް ޝައުނާ ވަރަށް އަރާމުކޮށް ނިދާފާ އޮތެވެ. ”އައިލީ… ޝައު ބަލީތަ… އެހެންޏާ މިކަހަލަ ގަޑީގަ ޝައުއެއް ނުނިދާނެ އެއްނު… ” ކޮޓަރިން ނިކުމެގެން އައިސް އައިލީންގެ ކައިރީ ސޯފާގައި އިށީންނަމުން ރިފްޝާ ސުވާލުކުރިއެވެ. އައިލީން އޭނަ އާއި ޝައުނާ އާއި ދެމެދު ދެކެވުނު ވާހަކަތައް ރިފްޝާ އާއި ހިއްސާކުރިއެވެ. ”ރަނގަޅު އައިލީ ވިސްނައިދިންކަން… އައި ހޯޕް ނެކްސްޓް ޓައިމް ޝައު އަހަރެމެން ހެޕީ ވާނެފަދަ ޑިޒިޝަނެއް ނަގާނެކަމަށް… ” ހިނިތުންވުމަކާއެކު ރިފްޝާ ބުނެލިއެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ނަމާދު ގަޑި ކައިރިވުމުން ދެ އެކުވެރިންވެސް ކޮޓަރިއަށް ގޮސް ޝައުނާާއަށް ގޮވާ ނަމާދުކުރުމަށް ތައްޔާރުވާން ފެށިއެވެ.                                 ގެއަށް އައިސް ވަން ނައުރީންގެ މޫނުމަތީގެ ކުލަވަރު ވަނީ އޮއްސިފައެވެ. ” ދަރިފުޅާ… ކިހިނެއްވީ… ދަރިފުޅު ކަމަކާ ހިތްހަމަނުޖެހި ފަތަ ތި ހުރީ… ” ސޯފާގައި ޓީވީ ބަލަން އިން ނަސީރު ނައުރީން ފެނުމުން ސުވާލުކުރިއެވެ. ”ހެހެހެ… ނޯ ޑޭޑް… އެއްވެސް ކަމެއް ނުވޭ… ބޭރުގަ އުޅެފަ އައިމަ ކުޑަކޮށް ވަރުބަލި ވީ… ” ނައުރީން ލުއި ހުނުމަކާއެކު ބުނެލިއެވެ. ”އެހެންތަ… ދެން ދަރިފުޅު ދޭ އަރާމުކޮށްލަން… ކަމެއް ވެއްޖިއްޔާ ނޫނީ ކަމެއް ބޭނުން ވިޔަސް ބައްޕަ ގާތު ބުނަށްޗޭ ދަރިފުޅާ… އިނގޭ… ދަރިފުޅު ބުނި ކޮންމެ ކަމެއްވެސް ބައްޕަ ބަލާނަން ކޮށްދެވޭތޯ… ބައްޕަގެ ހުރިހާވެސް އުފަލަކީ ދަރިފުޅު… ” ނައުރީންގެ ގާތަށް ގޮސް ހުއްޓި އޭނަގެ ބޮލުގައި ފިރުމާލަމުން ލޮއެބާއެކު ނަސީރު ބުންޏެވެ. ” އައި ނޯ ޑޭޑް… ލަވް ޔޫ ޑޭޑް… ” ނައުރީން އޭނަގެ ބައްޕަގެ ގައިގައި ލޯބިން ބައްދާލަމުން ބުނެލިއެވެ. ނަސީރު މިފަހަރުވެސް ލޮއެބާއެކު ނައުރީންގެ ބޮލުގައި ފިރުމާލިއެވެ. ”ދެން ދޭ ދަރިފުޅު އަރާމުކޮށްލަން… ” ނައުރީން ދުރުކޮށްލަމުން ނަސީރު ބުނެލިއެވެ. ބޯ ޖަހާލުމަށްފަހު ނައުރީން އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަދެ އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ނައުރީން ގޮސް އޭނަގެ ބޮޑު އެނދުގައި އޮށޯވެލިއެވެ. އެހެންވެ އޮވެ އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެ ތަަަނަވަސް ކޮޓަރީގެ ފާރުތައް ވަނީ ރަތް ކުލަ އާއި ހުދު ކުލައިން ވަރަށް ރީތި ޑިޒައިނަކަށް ޒީނަތްތެރިކޮށްފައެވެ. ފަރުނީޗަރުތައްވެސް ވަނީ ހަމަ ރަތް ކުލަ އާއި ހުދު ކުލައިންނެވެ. ބަލާލަން ކިތަންމެހާވެސް ފުރިހަމައެވެ. ނައުރީން އެނދުން ތެދުވެ ސައިޑް ކަބަނޑު މަތީގައި ބައިންދާފައިވި އޭނަގެ މަންމަގެ ފޮޓޯ ގަނޑު ނަގައި އޭގައި ފިރުމާލިއެވެ. އޭރު އެ ދެލޮލަށް ތާޒާ ކަރުނަ ޖަމާވެއްޖެއެވެ. ” މަންމާ… ކީއްވެތަ މަންމަ ނައު އާ ބައްޕަ ދޫކޮށްފަ ދިޔައީ… އަހަރެން ލޯބިވާ މީހުން އަހަންނަށް ނުލިބެނީ ކީއްވެތަ… މަންމަވެސް މިއަދު އަހަރެންގެ ކައިރިއަކު ނެތް… މަންމަގެ ލޯބި އަހަރެން ބޭނުންވިޔަސް އަހަންނަށް އިނގޭ މިއަދު އެ ލޯބި ނުލިބޭނެކަން… މަންމާާ ނައު ޔޫން ދެކެ ވަރަށް ލޯބިވޭ… އަހަރެން ބޭނުން ޔޫންގެ ލޯބި ހާސިލްކުރަން… ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ޔޫންގެ ލޯބި ހާސިލްކުރާނަން… ޔޫންގެ  ހަޔާތުން އައިލީން ބޭރުކުރާނަން… ” ނައުރީން އޭނަގެ މަންމަ ފޮޓޮއަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ހިތާމަ އާއި މަޑުމޮޅިކަން އެކުލެވިގެން ދިޔަ ރާގެއްގައި ފެށި ވާހަކަ ނިމިގެން ދިޔައީ އެ އަޑަށް ރުޅިވެރިކަން ގެނެސްދެމުންނެވެ. ނައުރީންގެ ހިތުގައި ޔޫހާން ހާސިލްކުރުމަށްޓަކައި ވަނީ ވަރުގަދަ އަޒުމެއް އުފެދިފައެވެ. ކޮންމެ ގޮތެއް ހަދާފަވެސް އޭނާ ހުރީ ޔޫހާން އޭނަގެ މީހެއްގެ ގޮތުގައި ހެދުމަށް އަތުކުރި އޮޅާލައިގެންނެވެ.                               އިޝާ ނަމާދު ކުރުމަށްފަހު ރޭގަނޑު ކާން ތައްޔާރުކުރުމުގައި އާފިޔާ ހަރަކާތްތެރިވަމުން ދިޔައެވެ. ޒިންކު ކައިރީގައި ތަށިތައް ދޮންނަ ހުއްޓާ މީހަކު އައިހެން ހީވުމުން އާފިޔާ ފަސް އެނބުރި ބަލައިލިއެވެ. އޭރު މޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު ރިޝްފާ އިށީންނަނީއެވެ. ” މަންމަ ކާން ތައްޔާރުކުރީ ދޯ މިހާރު… ” ރިޝްފާ އެހެން ބުނުމުން އާފިޔާ ހިނިތުންވެލިއެވެ. އާފިޔާ ދޮވުނު ތަށިތައް ހިފައިގެން އައިސް މޭޒު މަތީގައި ބެހެއްޓިއެވެ. އޭރުވެސް ރިޝްފާ އިރުއިރުކޮޅުން އާފިޔާގެ މޫނަށް ނަޒަރު ހުއްޓާލައެވެ. ރިޝްފާގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވާކަން އާފިޔާއަށް އިނގުނެވެ. ” ދަރިފުޅާ ރިޝް… އެއްޗެކޭ ބުނަން ބޭނުންވެފަ ހެން މަންމައަށް ހާދަ ހީވެޔޭ… ” ބިއްލޫރި ތައްޓަކަށް ފެން އަޅަން ހުރެފަ ރިޝްފާއަށް އަވަސް ނަޒަރެއް ދެމުން އާފިޔާ ބުނެލިއެވެ. ” މަންމާ… ވާހަކައެއް… ވާހަކައެއް ދައްކާލަން ބޭނުން… ” ރިޝްފާ ކުޑަކޮށް ޖެހިލުންވެފައި އިނދެ ބުނެލިއެވެ. ” ތި ދައްކާ ވާހަކައެއް ފަހުން ދައްކާނީ ދޯ މަންމާ… މިހިރީ ވަރަށް ބަނޑުހައިވެފަ… ކައިގެން ދައްކަމާ ރިޝްގެ ވާހަކަ… ” ކާކޮޓަރިއަށް އައިސް ވަން މާނިއު ބުނެލިއެވެ. އާފިޔާވެސް ހިނިތުންވެލަމުން އަވަހަށް ކާން ހިގާށޭ ބުނެ މާނިއުއަށް ތަށިތައް ކައިރިކޮށްދެން ފެށިއެވެ. ރިޝްފާވެސް ކާން ފެށިއެވެ. ކައި ނިންމާފައި ތަށިތައް ނެގުމުގައި ރިޝްފާ ދިޔައީ އާފިޔާ އާއިއެކު ހަރަކާތްތެރިވަމުންނެވެ. ” ދަރިފުޅާ… ކޮން ވާހަކައެއްތަ ދަރިފުޅު ދައްކަން އުޅުނީ… ” އާފިޔާ ރިޝްފާއަށް ބަލާލަމުން އަހާލިއެވެ. ” ދެން އަޅާ ނުލާ… އެހާ މުހިއްމު ވާހަކައެއް ނޫން މަންމާާ އެއީ… ” ތަށިތައް ދޮންނަމުން ރިޝްފާ ބުނެލިއެވެ. އާފިޔާވެސް އެންމެ ރަނގަޅޭ ބުނުމަށްފަހު އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ރިޝްފާ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާ ހުރީ ފޮޓޯގަނޑުގެ ވާހަކަ އާފިޔާގެ ގާތު އަހަން ހިތުލައިގެންނެވެ. އެހެނަސް މިފަހަރުވެސް އަހާލާކަށް ނުކެރުނެވެ. އޭނާ އެގޮތަަށް ސުވާލުކޮށްފިނަމަ އޭނާ މަންމައަށް އިތުބާރު ނުކުރަނީ ކަމުގައި މަންމަ ހީކޮށްފާނެއެވެ. އެހެން އެކަން ވާކަން ރިޝްފާ ބޭނުމެއް ނޫނެވެ. އެކަމަކު އޭނަގެ ހިތުގައި ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއްވެސް ވެއެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ ނުހަނު ބޭނުމެވެ. އެހެން ފަހަރަކުން މަންމަ އާއި ވާހަކަ ދައްކަން ހިތާ ހިތުން ނިންމުމަށްފަހު ތަށިތައް ދޮވުމައިގެން ކުރިއަށް ދިޔައެވެ.                                                 ކޮޓަރީގެ އެނދުގައި އޮށޯވެގެން އޮތް ދިނާޖުގެ ނަޒަރު ހުއްޓިފައިވަނީ ފޯނުގެ ސްކްރީނަށެވެ. ފޯނުގެ ސްކްރީނުގައިވާ އައިލީންގެ ފޮޓޯގައި އޭނާ ބޮސްދިނެވެ. އަދި ޝަހާދަތް އިނގިލިން ފޯނުގެ ސްކްރީނުގައި އައިލީންގެ ތުންފަތާވީ ދިމާލުގައިވާ ފިރުމާލިއެވެ. ” އާހް… އަދިވެސް ހަމަ އެރީތިކަން… ކުރިއަށް ވުރެވެސް ރީތި… ހާދަ ދުވަސް ފަހުންނޭ މި ފެނުނީ… އައިމް ގޮއިން ޓު ޓޯޗާރ ޔޫ އަ ލޮޓް… ޖަސްޓް ވެއިޓް އެން ވޮޗް…” ދިނާޖު ދިޔައީ އައިލީންގެ ފޮޓޯއަށް ބަލަހައްޓާއިގެން އޮވެ ވާހަކަ ދައްކަމުންނެވެ. އޭނަގެ އަޑުގައި ވަނީ ނަފްރަތެވެ. ހީވަނީ މިހާރުވެސް އައިލީން އޭނަގެ ކުރިމަތީގައި ހުރި ހެންނެވެ. އައިލީން އޭނައަށް އަތުޖެހޭ ހިސާބުގައި ހުރި ނަމަ މިހާރު ހަމަ ގައިމުވެސް ދިނާޖު މަޑަކުން ނުހުންނާއެވެ. އޭނަ ހުރީ އެހާވެސް ރުޅިއައިސައެވެ. އޭނަ އެހެން އޮއްވާ ސިހުނީ ފޯނަށް މީހަކު ގުޅުމުންނެވެ. ގުޅަނީ ނައުރީން ކަމުން އަވަހަށް ފޯނު ނެގިއެވެ. ބައިގަޑީރަށްވުރެ ގިނައިރު ވާހަކަ ދެއްކުމަށްފަހު ދިނާޖު ފޯނު ބޭއްވިއެވެ. އޭރު އޭނަގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.                                       އައު ދުވަހަކަށްޓަކައި އިރުގެ ރަން ދޯދިތައް ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އުއްމީދުކުރާނީ މި ފެށުނު ދުވަހަކީވެސް އަމާންކަމާއި އުފާވެރިކަން މަތީ ނިމިގެންދާނެ ދުވަހަކަށް ވާނެކަމަށެވެ. އެއްވެސް މީހަކަށް ކުރިއަށް ކަންތައް ވާނެ ގޮތެއް ނޭނގޭނެއެވެ. ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ އެކި މީހުންގެ ހަޔާތުގައި ތަފާތު ކުލަތައް ޖައްސަމުންނެވެ. ބައެއް މީހުންގެ ދިރިއުޅުން އުފާވެރިކަމުން ފުރާލާއިރު ބައެއް މީހުން ދަނީ ފުން މިން ނޭނގޭ ހިތާމައިގެ ކަނޑެއްގައި ޣަރަގުވަމުންނެވެ. އެއްބައެއްގެ ރޭވުންތައް ކާމިޔާބުވެގެން ދާއިރު ބައެއް ފަރާތްތަކުގެ ރޭވުންތައް ދަނީ ނާކާމިޔާބު ވަމުންނެވެ. އެއްބައި މީހުން ދިރިއުޅުމައިގެން ކުރިއަށް ދާން މަސައްކަތް ކުރާއިރު އެތައް ބައެއް ދިރިއުޅުމައިގެން ފޫހިވެގެންދެއެވެ. ދުނިޔޭގެ ކޮންމެ ދުވަހެއްވެސް ވޭތުވެގެން ދަނީ މިފަދަ ގޮތަކަށެވެ.                           ނިދާފައި އޮތް ޔައިޝްގެ މޫނަށް އިރުގެ ރަން ދޯދިތައް އެޅުމާއެކު ދެ ލޯ ކުޑަކުޑަކޮން ހުޅުވާލިއެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލާލުމަށްފަހުވެސް އަނެއް ފަރާތައް އެނބުރި ދެ ލޯ މަރާލިއެވެ. ޔައިޝްއަށް ނިދޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. ނަމަވެސް އިރުކޮޅަކުން ހޭލެވުނީ ދޮރުގައި މީހަކު ޓަކިދޭ އަޑަށެވެ. ކަންނެތްކަމާއެކު އެނދުން ތެދުވެ ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ މަންމައެވެ. ”ދަރިފުޅާ… މިއަދު އޮފީހަށް ނުދަނީތަ… މަންމަ ދަރިފުޅު ކޮޓަރިން ނުނިކުންނާތީ މި ޓަކި ޖެހީ… ދަރިފުޅު ބަލީތަ އަނެއްކާ… ” ޔައިޝްގެ ނިއްކުރީގައި އަތް ޖައްސާލަމުން ކަންބޮޑުވެފައި ހަފީޒާ އެހިއެވެ. ” މަންމާ… އަނެއްހެން ބައްޔެއް ނޫނޭ… ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ… ނިދާލީމަ ރަނގަޅު ވެދާނެ… ބައްޕަ ކައިރީގަ ބުނެލާތި މިއަދު އަޅުގަނޑު އޮފީހަށް ނުދާނެ ވާހަކަ… ބޭނުންވަނީ މިއަދު ކުޑަކޮށް އަރާމުކޮށްލަން… ” ޔައިޝް ބުނެލިއެވެ. ހަފީޒާ އެންމެ ރަނގަޅޭ ބުނުމަށްފަހު ޖޫސް ތައްޓެއް ހިފައިގެން އެބަ އަންނަމޭ ބުނެ ތިރިއަށް ދާން ހިނގައިގަތެވެ. ފަސްވަރަކަށް މިނިޓު ތެރޭގައި ހަފީޒާ އައީ ޖޫސްތައްޓެއް ޓްރޭއަކަށް ލައިގެންނެވެ. އޭނާ އައިސް ޔައިޝްގެ އަތަށް ޖޫސްތަށި ދިނުމުން ޔައިޝް އެ ބޯލުމަށްފަހު ނިދާލަން އެނދުގައި އޮށޯތެވެ. ހަފީޒާވެސް ޔައިޝް ހުސްކުރި ޖޫސްތަށި ހިފައިގެން ކޮޓަރިން ނިކުމެ ހަބީބް ގާތު ޔައިޝް އޮފީހަށް ނުދާނެ ވާހަކަ ބުނުމަށްފަހު ހެނދުނުގެ ނާޝްތާ ތައްޔާރުކުރުމަށް އަވަސްވެގަތެވެ.                               އެހެން ދުވަސްތަކެކޭ އެއްފަދައިން އައިލީން އާއި އޭނަގެ ދެ އެކުވެރިންވެސް ތައްޔާރުވަމުން ދިޔައީ ވަޒީފާއަށް ދިއުމަށެވެ. ތައްޔާރުވެ ނިމުމުން ތިން އެކުވެރިންވެސް އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރު ފެށިއެވެ. ސުކޫލުގައި ކުދިންނަށް ކިޔަވައިދޭން ހަރަކާތްތެރިވަމުން ދިޔަ އައިލީންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ކޮންމެވެސް ކަމެއް ވާން އުޅެނިއްޔޭ އޭނަގެ ހިތް ބުނަނީއެވެ. އެކަމާ ހުރެ އޭނައަށް ރަނގަޅަށް ކިޔަވައިދިނުމަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ޔޫހާން ދާން އުޅޭތީ ވާގޮތެއްކަމަށް ހިތަށް ވިސްނައިދެމުން އައިލީން ކިޔަވައިދިނުމަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ.                                           އޮފީހުގައި އިން ޝައުނާގެ މޫނު މަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ކޮމްޕިއުޓަރުން އެއްޗެއް ޓައިޕްކުރަމުންދިޔަ ނަމަވެސް އޭނައަށް އިރުއިރުކޮޅުން މޭޒު މަތީގައި އޮތް ފޯނަށް ނަޒަރު ހުއްޓާލެވެއެވެ. ރޭންސުރެ ޔައިޝްގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންޏާ ކޮންމެ ދުވަހަކުވެސް ހެނދުނު ގުޑް މޯނިން މެސެޖު ކުރާއިރު ރޭގަނޑު ވެސް ގުޑް ނައިޓް މެސެޖު ކުރެއެވެ. އެކަމަކު މިއަދު އަދި އެއްވެސް ޚަބަރެއް ނުވެއެވެ. ޝައުނާގެ ހިތަށް ވަނީ މާޔޫސްކަން ވެރިވެފައެވެ. އޭނައަށް މިހާރު ދެތިން ފަހަރު ޔައިޝްއަށް ގުޅަންވެސް ގުޅިއްޖެއެވެ. ފަސްވަރަކަށް މެސެޖުވެސް ފޮނުވިއްޖެއެވެ. ގުޅީމަ ފޯނެއްވެސް ނުނެގިއެވެ. މެސެޖަކަށް ރިޕްލައި އެއްވެސް ނުކުރިއެވެ. ޔައިޝްއަށް ކަމެއްވީ ބާއޭ ހިތާ ޝައުނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ތި ލޯބި އެދިގެން 1

Next

ހެޔޮ ބަދަލެއް!

Next
July 24, 2018

ހެޔޮ ބަދަލެއް!

Previews
July 23, 2018

ތި ލޯބި އެދިގެން 1

20 Comments!

  1. @AL@A says:
    July 23, 2018 at 4:45 pm

    Me first dhw vrh reethi

    1. Ifoo ifoo says:
      July 27, 2018 at 1:26 pm

      Yesss dear ur first ???… Congrats dear ???… Thankyou so much ❤️❤️❤️??????… I’m glad that u like it ???…

  2. Ifoo ifoo says:
    July 23, 2018 at 4:56 pm

    Salaam dear readers ???❤️❤️❤️???… Here is the 26th part ???… I’m really sorry dear readers mi part vx Maa lahun genesdhevunyma ???… I’m super busy in these days… Ehenve lasvy ???… Hope all will like this part too… Love you all my readers ???❤️❤️❤️???…

  3. unique says:
    July 23, 2018 at 6:29 pm

    yay am i the first

    1. Ifoo ifoo says:
      July 23, 2018 at 10:26 pm

      Yesss dear ???… I think… Congrats dear ❤️❤️❤️?????????…

  4. Naju says:
    July 23, 2018 at 9:29 pm

    It’s amazing dear ??? haadhahaa reehchey mi story gendhaagoivx n ibaaraaih kurunvx vvvvvvv furihama dear ??? story is super rom ingey ??? dear dhn ithurah tired nuvahchey rom kuran hehehe ??? ailee n yoon dhurunukurahchey ifoo ehaa loabi couples eh eyee ??? anyways Ifoo dear story is superb… ??? I love it.. ??? ❤❤❤

    1. Ifoo ifoo says:
      July 27, 2018 at 1:31 pm

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️??????… I’m so happy that u like it ???❤️❤️❤️???… Thankyou so much for the lovely colourful comments ❤️❤️❤️???… Naju ge comment akee ifoo ah enme inthizaaru kurevey eh comment ???❤️❤️❤️… Yoon and ailee dhw… Let’s see dhw edhe kudhinnah vaagotheh ???… Thankyou so much for the support ❤️❤️❤️???… Much loves from me ❤️❤️❤️??????…

  5. Naju says:
    July 23, 2018 at 9:49 pm

    It’s amazing dear ???haadhahaa reehchey dear mi story gendhaagoi ❤❤❤ n ibaaraaih kurunvx vvvvvvvv furihama dear ??? story is super rom ingey dear ??? dhn ithurah tired nuvahchey ingey hehehe ??? ..

  6. Afaa says:
    July 24, 2018 at 8:20 am

    Masha Allah. ??❤??

    1. Ifoo ifoo says:
      July 27, 2018 at 1:33 pm

      Afaa ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v ufaavey feshuneehsurevx ifoo ah dear ge support libeythy ???❤️❤️❤️???… Much loves from me ❤️❤️❤️???…

  7. Dhishaa says:
    July 24, 2018 at 9:30 am

    Nice

    1. Ifoo ifoo says:
      July 27, 2018 at 1:34 pm

      Thankyou so much Dhishaa ❤️❤️❤️?????????…

  8. Shaa says:
    July 24, 2018 at 7:28 pm

    Vv nice mi part ves❤❤❤❤

    1. Ifoo ifoo says:
      July 27, 2018 at 1:35 pm

      Shaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma dear ah ???…

  9. Livy says:
    July 25, 2018 at 10:46 pm

    Ifoo dear amazing hama ! Varah varah salhi ❤❤ ??Hama dhen vaane gotheh neyngifa mi innany.. Hehe.. Mi dhinaaj aa naureen aa maasha aa miulheny keehbaa kuran anekka.. ? Very very excited ❤?❤? But livy ah ves feel vi thankolheh lahey story up kohlaaleh.. Ekam understand ves vey busy vyma kan ??? I know ifoo try kuraane kan veehaa ves avahakah up kuran ?????? Waiting waiting ???? mihaaru emme interesting bai thah dho annan miulheny ? dhen vaane gotheh balaalan beynun vefa indha story e nimuny vess.. ? Lots of love and avahah up kohla dhehchey ❤?????

    1. Ifoo ifoo says:
      July 27, 2018 at 1:46 pm

      Livy ❤️❤️❤️… Mi hithah arany keekey baaey bunaany mi loabi loabi colourful comment ge reply ga ???… Heheh ???… First of all thankyou so much dear for the lovely colourful comment n for understanding me ❤️❤️❤️?????????… I also believe that mihaaru story up kohdheveyleh las kann… Bt busy kamun hama mee vaavaru… I’m so happy to see ur comment dear ❤️❤️❤️??????… Enme inthizaaru kurevey eh comment livy ge comment akee ifoo ah abadhuvx ??????❤️❤️❤️???… Naureen dhinaaj n Maasha kuran ulhey kameh vx v avahah ingeyne dear… Keep reading ???… Now next part kiyaaleveyne ???… Thankyou so much dear for the support ❤️❤️❤️??????… Much much more loves from me ❤️❤️❤️????????…

  10. unique says:
    July 25, 2018 at 11:53 pm

    vvv reethi………. itx amazing

    1. Ifoo ifoo says:
      July 27, 2018 at 1:47 pm

      Unique dear ❤️❤️❤️… Ur one of the best reader ey buneveynee ❤️❤️❤️??????… Thankyou so much dear ❤️❤️❤️??????…

  11. Afaa says:
    July 27, 2018 at 12:14 am

    Ifoo…. .next part ge inthizaaruga dhuwas thah ginamun midhani. ????????❤❤

    1. Ifoo ifoo says:
      July 27, 2018 at 1:49 pm

      Dear ❤️❤️❤️… Now next part kiyaaleveyne ???… V bodah sorry dhigu inthizaareh kuran jehunyma… V v ufaavehje ifoo ge story ah inthizaaru kuraakan ingunyma ❤️❤️❤️??????… Thankyou dear ???❤️❤️❤️…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 27←


All Right Reserved!