Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 15

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 17, 2018 2 Mins Read
8 Comments

ދާނިޝްއާ އަރްޝާދް ޖޯޒީލައިގެން ތިބިއިރު އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ. ވިއްސަކަށް އަހަރުގެ ކުދިންނަށް އެދެމީހުން ދޫނުކުރާނެއެވެ. ވޭން އަންނަންދެކަށް ތިރީގައި މަޑުކޮށްގެން ތިބިއިރު އެތައް އަންހެން ކުދިންނެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ.              ************

ބަހުން ފައިބައިގެން ދަނޑަށް ވަންނަން ދިޔައިރު ކެމޭރާތަށް ހުރިހާ ކުޅުންތެރިންނާށްވެސް އަމާޒުވަމުންދިޔައެވެ. ނޫސްވެރިން މައިކްތައް ހިފައިގެން މެޗާ ބެހޭ މައުލޫމާތުތަށް ގެނެސްދެމުންދިޔައެވެ. އެމީހުންގެ އެންމެ ބޮޑު ސުވާލަކީ އިންޑީއާގެ ތަޖުރިބާހުރި ވަރުގަދަ ޓީމް ބަލިކޮށް ރާއްޖޭގެ ތަޖުރިބާ މަދު ޒުވާން ޓީމަށްތަށި ނެގޭނެތޯއެވެ؟ ގިނަ މީހުން ބުރަވަމުން ދިޔައީ އިންޑިއާ ކޮޅަށެވެ. އެއީ އިންޑިއާ އަކީ މިމުބާރާތުގެ އެންމެ ކާމިޔާބުޓީމަށްވީމައެވެ. މިހާތަނަށް އެމީހުން ވަނީ ހަތްފަހަރުތަށި ނަގާފައެވެ. ރާއްޖެއަށްތަށި ނެގިފައިވަނީ އެންމެފަހަރަކުއެވެ. އެފަހަރު ރާއްޖެއިން ތަށިނެގީ އިންޑީއާ ބަލިކޮށްފައެވެ. އެހެނަސް އޭގެ އަނެއް އަހަރު ފައިނަލްގައި ރާއްޖެއާ ވާދަކޮށް އިންޑިއާއިން ވަނީ ޕެނަލްޓީން ރާއްޖޭގެ މައްޗަށް ކުރި ހޯދައި ތަށިނަގާފައެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މުބާރާތެއްގައި ރާއްޖެވަނީ ސެމީއިން ކަޓާފައެވެ. ކޮންމެ ފަހަރަކުވެސް ރާއްޖެ ކަޓުވާލައިފައިވަނީ އިންޑިއާއިންނެވެ. އެހެންކަމުން މިފަހަރުވެސް ތަށިގައި އަތްލުމަށް ރާއްޖެއިން ދެކެމުން އަންނަ ހުވަފެން އިންޑިއާއިން ބިލާހަކަށް ހަދާނީހެއްޔެވެ؟ ނުވަތަ އެހުވަފެނުގައި ޒުވާންކުޅުންތެރިން ކުލަ ޖައްސާދޭނީހެއްޔެވެ؟

މެޗުފެށެން ފަނަރަ މިނެޓަށް ގަޑި ކުޑަތަންވިއެވެ. ފައިނަލްމެޗު ބަލަން މާލެއިންް ފުދޭވަރަކަށް ގިނަ ސަޕޯޓަރުން ބަންވްލަދޭށަށް ވަނީ އައިއްސައެވެ. ހުރިހާ ދިވެހި ސަޕޯޓަރުންތިބީ ރަތްކުލައިން ޒީނަތްވެގެންނެވެ.

މާނީމެންނަށް ޓިކެޓް ލިބުނީ ދަނޑުގެ ރަނގަޅު ހިސާބަކަުންނެވެ. އެމީހުން ދަނޑަށްވަތް އިރު ދެ ޓީމުކުރެއް އެއްޓީމުވެސް ދަނޑަށް ނުނިކުމެއެވެ. ފެންނަމުން ދިޔަ ގިނަ މީހުންގެ ސަބަބުން އަޝްވާހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އޭނާއަށް އިނގިފައި އޮތްގޮތުގައި އޭނަ އައީ މާއިޒްއާ އާރާޝްކުޅޭ ތަން ބަލާށެވެ. އެހެނަސް އެއޮތް ގިނަ މީހުންގެ ތެރެއިން އޭނައަކަށް އާރާޝްއަދި މާއިޒެއް ނުފެނުނެވެ. އެހެންވެ އެމީހުން ކޮބާތޯ އިޝްމާގާތު އެހިއެވެ. މާއިޒްމެން ފެންނާނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެމީހުން ކުޅެން އެރުމުންކަމަށް އިޝްމާ ކިޔާދިނެވެ. އެތަނުގައި ވަނީ ކިހިނެއްކަން އިޝްމާ ވަރަށް ލޯބިން އޭނާގެ ލޯބިވާ ކޮއްކޮއަށް ކިޔާދިނެވެ. ނަވްޔާއަދި މާނީވެސް ބައެއްފަހަރު ކޮންމެވެސް އެއްޗެށް ބުނެލައެވެ.

އާލާގެ ކުޑަ އާއިލާ މެޗު ބެލުމަށްޓަކައި ސިޓިންރޫމްގައި ތިއްބެވެ. އަންޖަލް އެންމެ މިނެޓަކަށްވެސް އަނގަ ހުއްޓާނުލައެވެ. އަހުސަމްގެ ނަން ޖަހާފައި އިން ޖާޒީ ލައިގެން އިންއިރު އަންޖަލް ވަރަށް ލޮތްބެވެ. އަންޖަލްގެ ހަމުގެ ކުލައާ ރަތް ޖާޒީއާ ނުހަނު ގުޅެއެވެ. އަންޖަލް ދައްކަމުން ދިޔަ ވާހަކައިގައި އާލާމެންވެސް ބައިވެރިވަމުންދިޔައެވެ.

ނައުޝާދްގެ ހުއްދަޔާއެކު އިސްރާ މެޗުބަލަންދިޔައީ ސްކޫލަށެވެ. އޭނާ ހުރީ ކަޅުހެދުމުގެ މަތިން ޖާޒީ ލާގެން ރަތްކުލައިގެ ޝޯލެއްއަޅާގެނެވެ. މާލެގައިތިބި އޭކިއު ސްކޫލްގެ އެގާރަ އަދި ބާރައިގެ ހުރިހާ ދަރިވަރުން ކަހަލަ ގޮތަކަށް މެޗުބަލަން އައިސް ތިއްބެވެ. އިސްރާ ވިހިނަންބަރު ޖާޒީ ލައިގެން ދިޔުމުން ހުރިހައި ކުދިން އެނައާ ދިމާކުރިއެވެ. ސްކޫލްގައޖ ހަރުކޮށްފައި ހުރު އަހުސަމްގެ ޕޯސްޓަރު އޭނަ ފޮތޯނެގިއެވެ. އެއަށްފަހު މާނީމެންނަށް ފޮނުވުމުގެ ނިޔަތުގައި ސެލްފީއެއް ނެގިއެވެ.

ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި ކުއްޖާއަށް އެހެން ކުދިންގެ ސަމާލުކަން ހުއްޓުނެވެ. ލައިގެން ހުރި ޖާޒީގައި ހުރި ރަތަށްވުރެ ތުންފަތުގެ ރަތްކަން ގަދައެެވެ. މޫނުގައި ހާކައިފައިހުރި ފައުންޑޭޝަންގެ ސަބަބުން މޫނުއެއްކޮށް ހުރީ ދިއްލިފައެވެ. އަޅާފައިހުރި ކަޅުޝޯލިން ކިރިޔާކަރު ނިވާކޮށްލެވެނީއެވެ. ޖާޒިގެ ތިރިން ލައިފައިހުރި ކަޅުޖިންސްގެ ބާރުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ލޮލުގައި އަޅާފައިހުރި އަނދުންހުރީ ފަވާފައެވެ. އިސްރާވެސް ދެލޯ ބޮޑުކޮށްގެން އިނދެ އެކުއްޖާއާ ދިމާއަށްބެލީ އެއީ ކޮންކުއްޖެއްތޯ ދެނިގަންނާށެވެ. އެހެނަސް އެއީ ކޮންކުއްޖެއްކަން އޭނާއަކަށް ނޭންގުނެވެ. “އަޅޭ ކަލޭމެންނަށް އަލަށް މީހަކު ފެނިގެންތަ ތިއުޅެނީ. ހަމަ އެބަ ތިބޭ މަށާދިމާއަށް ބަލަހައްޓާގެން ހީވަނީ މަމީ ދުވަހަކުވެސް ކަލޭމެންނަށް ނުފެންނަ މީހެއްހެން” ސުމާ އޭނާގެ ތުއި އަޑުން ބުންޏެވެ. ސުމާ މޭކަޕްކޮށްފައިހުރިލެއް ބޮޑުކަމުން އޭނަ ވަކިކުރަށް އެކުދިންނަށް ނޭންގުނީއެވެ. އިސްރާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ސުމާގެ ފޮޓޮއެއް ނެގަން ފޯނު ސެޓުކޮށްލިއެވެ. އެހެނަސް އޭނަ ފޮޓޯ ނެގުމުގެ ކުރިން ސުމާ އެނބުރުނެވެ. ސުމާގެ ޖާޒީ ނަންބަރާ ޖަހައިފައިން ނަންފެނި އިސްރާގެ ހިނިގަނޑު ފަޅާގެންދިޔައެވެ. ދެން ތިބި ކުދިންވެސް ޕިސްޕިސް ތަޅާލިއެވެ. “ސުމާ ދެންތީ ތަންކޮޅެއް ބޮޑުވަރުހެން މަށަށް ހީވަނީ އަހަރުންނަށްވެސް އާރާޝް ރީތި އެކަމު އޭނަގެ ނަމާ ޖާޒީ ނަންބަރު ޖަހައިގެނެއް ނޫޅެން ދޯ” ސުމާމެންނާ އެއްކުލާހެއްގައި އުޅޭ ދަނާ ބުންޏެވެ. އެހެން ކުދިންވެސް ދަނާއާ އެއްބަސްވިއެވެ. ސުމާގެ ޖާޒީގައި ވަނީ ކެޕިޓަލް އަކުރުން އާރާޝްގެ ނަން ޖަހާފައެވެ. އަދި ތިރީގައި ދިހަ ނަންބަރު ޖަހައިފައި ހުއްޓެވެ. އެކުދިން އެހެން ބުނުމުން ސުމާ ތުން އަނބުރާލައިފައި ގޮސް އެންމެ ކުރީ ބަރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އިސްރާވެސް ދެފަރާތަށް ބޯހޫރުވާލުމަށްފަހު ގޮނޑިއެއްގައި އިށީންނަން ދިޔައެވެ.

ޖާޒީލައިގެން ތައްޔާރުވެލުމަށްފަހު އާރާޝް އޭނާގެ ފޯނު ބަލާލީ އަފްރާ ނޫނީ މާނީގެ މެސެޖެއް އިންތޯއެވެ. ނަމަވެސް އޭނާގެ ހިތް މާޔޫސްވީ އެކަކުގެވެސް މެސެޖެއް ނެތުމުންނެވެ. އެންމެ ކުޑަމިންނުން ގުޑްލަކް މެސެޖެއްވެސް ނެތެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތުގެ ތެޅުން 3

Next

ބޭވަފާ

Next
July 18, 2018

ބޭވަފާ

Previews
July 17, 2018

ހިތުގެ ތެޅުން 3

8 Comments!

  1. Kiyara says:
    July 17, 2018 at 11:02 pm

    Slm hurihaa readers. Miothy stryge 15vana part. Mi bai varah kuruvaane. Eii aslu dhen inah bai ehkkoh ihnnany final match. Maadhamaa 16vana bai up kohdheynan Insha Allah. Final match ha kihinehbaa vaany? Readersah hyvany kon baeh eh hen molhuvaany?

  2. Aki says:
    July 17, 2018 at 11:02 pm

    thanks

  3. kaboor says:
    July 17, 2018 at 11:35 pm

    maldives dhw molhu vaany

  4. Stry Kiyaa Man says:
    July 18, 2018 at 9:44 am

    Masha allah .vvv nice. Ekam ebahuri some typing mistake jehifa.next part ga ragalhu kohlah chey igey.N rajje dhw molhu vaane. Hahgu vaany vex haha.waitin 4 nw part.
    -salaam-????

  5. naash says:
    July 18, 2018 at 1:57 pm

    maasha allah…. wonderfullllllll….. bunaanee echeh vx neeyngey hama … love it

  6. naash says:
    July 18, 2018 at 2:01 pm

    maasha allah…. wonderfullllllll….. bunaanee echeh vx neeyngey hama … love it… i think maldives kanneynge molhuvaanyy

  7. Princess says:
    July 19, 2018 at 11:28 pm

    Hi

  8. unique says:
    July 20, 2018 at 7:08 pm

    maasha allah vvv reethi mi partvx

Comments are closed.

Next Episodeރާސްތާ 16←


All Right Reserved!