Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 4

Jinni Level 410 Stories100 Login100 Comments500 Login
July 20, 2018 7 Mins Read
15 Comments

މާސްކުއެޅި މީހާ ޔަޝަލް އެތެރޭގައި ބަންދުކޮށްފައި އިމާރާތުން ނުކުތެވެ. ދުރުގައި ބަލަން ހުރި ހައިޝަމް އެމީހާ ކާރަށް އަރައި ނައްޓައިލުމާއެކު ބިލްޑިން ތެރެއަށް ދެމިގަތެވެ. ޔަޝަލް އޮތް ކޮޓަރި އޭނާ ވަކިކުރީ ކިހިނެއްކަމެއް ނޭންގެއެވެ. ގޮސް ހުއްޓުނީ ދޮރު ކުރިމަތީއެވެ. ތަޅުގައި ހިފައިލީ ބޭކާރުގޮތުގައެވެ. ދެން އޭނާ ފެށީ އާދަޔާއި ހިލާފުކަމެކެވެ. ތަޅާއި ދިމާއަށް އަތް ކައިރިކޮށްލުމަށްފަހު އަތަށް ބާރެއްލިއެވެ. އެއާއެކު އަތުން ނުކުތީ ކަޅު ދުންކޮޅެކެވެ. ހައިޝަމްގެ މޫނުން ފާޅުވި ރުޅިވެރިކަމުން ސާފުވީ އޭނާ ބޭނުންވާ ވަރަށް އެ ކަޅު ދުން ނުގެނެވުނުކަމެވެ. އަތަށް ބާރުލީލީނުން ނާރުތަށް ފުއްޕައިފިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އުންމީދުކަނޑާލައިފައި އަނެއްކޮޅަށް އެނބުރުނެވެ.

*************************

ގޮތް ހުސްވެފައި އިން ޔަޝަލްއަށް ބަލައިލެވުނީ ބޭރުން ދޮރުގައި ހިފާ އަޑަށެވެ. އޭނާގެ ހިތް އަވަސްވީ އެއީ އެތަނަށް ގެނައި މީހުންކަމަށް ހީކޮށެވެ. ތަޅުގައި ހިފަހިފާފައި ނުހުޅުވުމުން ދެން އިވުނީ ދޮރުގައި ޖެހިގަތް އަޑެވެ. ދެފަހަރު ޖެހިގަތުމުން ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަދެގެން އައީ ޖީލާންއެވެ.

“ޔަޝަލް!” ޖީލާން އަވަސްއަވަހަށް ޔަޝަލްގެ ގައިގައި ބަނދެފައިވާ ވާތަށް މޮހައިލިއެވެ. އަދި އޭނާ މޭތެރޭ ބޮނޑިކޮށްލިއެވެ. ޔަޝަލްއަށް އިހުސާސުވީ ރައްކާތެރިކަމާއި ހިތްހަމަޖެހުމެވެ. އެ ދެމުދުގައި ބަސް ބަދަލު ނުކުރެވުނު ކަމުގައިވިޔަސް އެކަކު އަނެކަކަށް ހިތުގެ އަޑު އިވެމުންދިޔަ ކަހަލައެވެ.

ފިހާރައެއްގެ އަސްކަނިދަށުގައި ހުރި ހައިޝަމް، އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އޭނާގެ އަތް ތުރުތުރު އަޅައެވެ. އިންސާނަކަށްވުރެވެސް ތިމާ ބަލިކަށިވެފައިވާތީ ދަތްކުނޑިވިކައިލެވުނެވެ. އަތުން ދޫވެގެން ފޯނު ބިންމައްޗަށް ވެއްޓިއްޖެއެވެ.

“ހައިޝަމް!” މާ ދުރުން ދުވެފައި އައި ދެބައި އުމުރުގެ އަންހެންމީހާ ގޮވައިލި އަޑަށް ހައިޝަމް އިސް އުފުލައިލިއެވެ. ލޮލަށް ފެނުނީ ފުސްކޮށެވެ. އަންހެންމީހާ ބާރުބާރަށް އައިސް އޭނާ ކުރިމަތީ ހުއްޓުނެވެ. ހައިޝަމް ވެއްޓުނީ އަންހެން މީހާގެ ކޮނޑު މައްޗަށެވެ.

“ޔަަޝަލް…” ހައިޝަމް ބަލިގޮތަކަށް ކިޔައިލިއެވެ.

ފިހާރަކުރިމަތީ އޮތް ފާސް ޔަޝަލް ނެގިއެވެ. އެއީ ކްލިނިކް ފާހެކެވެ. “ޑޮކްޓަރ ހައިޝަމް.” ޔަޝަލް އޭގައި އިން ނަން ކިޔައިލިއެވެ.

“އާދޭ!” ޖީލާން ގޮވައިލިއެވެ.

“އާނ މިދަނީ.” ޔަޝަލް އިޖާބަ ދިނުމަށްފަހު އަތުގައި އޮތް ފާސް ޖީބަށް ކޮއްޕައިލިއެވެ. އެއީ ކާކުގެ އެއްޗެއްކަންވެސް އޭނާއަކަށް ނޭންގެއެވެ.

މާލޭގެ މަގުތަކުގައި ހިނގަމުންދިޔަ އެމިލީ ދިޔައީ އެކި ދިމަދިމާއަށް ކަޅި އުކަމުންނެވެ. އަލަށް އާދެވުނު މި ގައުމަކީ ލަންޑަނާއި ހާސްތަން ތަފާތު ގައުމެކެވެ. އަތް ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށުމުން ކާނުގަނޑުމަތީ ހުއްޓި ފޯނަށް ޖަވާބު ދިނީ ވަރަށް ހެވިފައި ހުރެއެވެ. ނަމަވެސް ފޯނުން އިވިގެންދިޔަ ހަބަރުން އުފާވެރިކަން ފަނޑުވެ، އެކީހެން ފިލައިދާކަށް މާގިނައިރެއް ނުވިއެވެ.

“ކީކޭ؟! ލުތުފީ ޔަޝަލް ބަލައި އޭޖެންޓެއް ފޮނުވަނީއޭ؟ ކިހިނެއް އިޒަބެލްއަށް ތިކަން އިނގުނީ؟” މަގުގެ އެއްފަޅީގައި ހުރި ގެސްޓު ކުއްޖަކު އަޑުގެ ނެތްތަނަށް އިނގިރޭސި ބަހުން ހަޅޭއްލަވާތީ މަގުން ދިޔަ އެންމެން އެއްފަހަރާ ބަލައިލިއެވެ. ނަމަވެސް އެކަންވެސް ފާހަގަ ނުވާ ވަރަށް އެމީލީ ހުރީ ނުތަނަވަސް ވެފައެވެ.

“ލުތުފީގެ އެޖެންޓު މިހިސާބަށް ފޯރާއިރު އޮންނާނީ އެ އަންހެނާގެ ފުރާނަ ނެތް މަސްގަނޑު.” ފޯނު ބޭއްވުމަށްފަހު އެމިލީ އަމިއްލަ ނަފްސަށް ކިޔައިލިއެވެ.

“އޭ ލޯބީ، ފްރީތަ؟ އާދެބަލަ މަށާއެކީ ދުއްވާލަން ދާން.” އެމީލީ ކައިރިއަށް ސައިކަލު ހުއްޓައިލި ޕާޓޭ ގޮލައެއް މަސަައްކަތް ކުރީ ކުރިމަތީ ހުރި ހޫރުޕަރީއާ ފޮށެވޭތޯއެވެ. ނަމަވެސް ފޯނަށް ދެވަނަ ކޯލެއް އައުމުން އެމިލީ ޖަވާބު ދިނީ އެއީ އެތާ އިން މީހަކަށްވެސް ނަހަދައެވެ.

“ވަޓް؟ ޔަޝަލް ސަލާމަތްވީއޭ؟ ބޮޑު އަގު ކިޔާފަ މަސައްކަތް ހަވާލު ކުރީމަ ހައްދަވައިގެން ކަމެއް ނުކުރެވޭ. ކީއްކުރާ މީހެއް ތީ؟… އޭތް! އަދި މަށާ ޖަދަލުކުރެއެންނު އެބަ، ހަޔާތް ކުޑަ! ސައިޒުގަ ހުރޭ، ސައިޒުގަ!” ފޯނު ބޭއްވިއިރު އޭނާ ހުރީ ކަންފަތުން ދުން އަރާވަރު ވެފައެވެ.

“ހާދަ ރުޅިއައިއްސަ ދޫނީ…” ކައިރީ އިން ސޮރު އަދިވެސް ހުއްޓަން ހިތަކަށް ނާރައެވެ. އެމިލީ އޭނާއަށް ބަލައިލިގޮތުން ހީވީ ދިރިހުއްޓައި ނޮޅައި ކައިލަން އުޅޭހެންނެވެ. އެ ސޮރު ގަތީ އަމަށަކު ބިރެއް ނޫނެވެ.

“ސޮ…ސޮރީ…” ޝިކާރަވެރި މިނިކާވަގެއްގެ ކިބައިން ސަލާމަތްވެގެން ދިޔަ މުސަޅެއްހެން އޭނާ ސައިކަލު ދުއްވުނު އެންމެ ބާރަކަށް ދުއްވައިލިއެވެ.

“ކޮބާ އެއްކަލަ ރީތި ފިރިހެން ކުއްޖާ މާމައާ ބައްދަލުކުރުވަނީ ކޮންއިރަކުންތަ؟” ޖަމީލާ ފެށި ވާހަކައަކުން، ޔަޝަލްގެ އަނގައިގައި ހުރި ސުޕާރި ފުށްތައްވެސް ދިރުނީ ނުބައި މަގަކުންނެވެ. ކޮށިއެރުމުން ޖަމީލާ ފުށް މޮޑެން އިން އަތުގެ ނުފުށުން ޔަޝަލްގެ ބުރަކަށީގައި ޖަހައިލިއެވެ. ކެއްސުންގަނޑު ހަމަޖެހުމުން ޔަޝަލް އޭނާގެ މާމައަށް ބަލައިލިއެވެ. ޖަމީލާ އިނީ ޖަވާބަކަށް އެދިގެންކަހަލަ ގޮތަކަށް ދެބުމަ އަރުވައިލައިގެންނެވެ.

“ޖީލާން ދޯ…’ ޔަޝަލް ދޫކޮށްލީ ފުން ނޭވާއެކެވެ.

“އާނ ދެން އެންމެ ރަނގަޅޭ… މާމަ ހަމަ މުސްކުޅިވީމަ، ބޯ ނުރަވީމަ، އެކުވެރިއަކާވެސް ބައްދަލުކުރުވަން ލަދުގަންނަނީ ދޯ!” ޖަމީލާ އިސްޖަހައިލަމުން ދެރަވާ ގޮތް ދައްކައިލިއެވެ. އަދި ލޮލުގެ އެއްކަނުން ޔަޝަލްއަށް ބަލައިލިއެވެ. މި ހިފުނީ ޔަޝަލްގެ ބަލިފައިގައިކަން އޭނާއަށް އެނގެއެވެ.

ދެން މާމަވެސް ކިޔާ އެއްޗިހި ދޯ! އޯކޭއޭ. މާދަން އަންނާށޭ ބުނާނަން. މިހާރު ރަނގަޅެންނު.” ޔަޝަލް ބަލި ގަބޫލު ކުރިއެވެ. ރޭވުން ކާމިޔާބުވުމުން ޖަމީލާ އިނީ ވަރަށް އުފާވެފައެވެ.

“އާނ ދާނަން.” ޖީލާން ފޯނު ބޭއްވުމަށްފަހު ބަލައިލީ ކުރިމަތީ ހެޔޮ ހަބަރުގެ އިންތިޒާރުގައި އިން ސަނީހުއަށެވެ. “ހިނގާ ސައި ދޭނަން…” ޖީލާންގެ ބަހަށް ‘ޔެސް’ އޭ ކިޔައި ހަޅޭއްލަވައިގަންނަމުން ސަނީހު ތެދުވެ ނަށަން ފެށިއެވެ.

“މަ ބުނީމެންނު ޔަޝަލްގެ ގެއަށް ދައުއްވަތު ލިބޭނެއޭ ކޮންމެސް ދުވަހަކުން. މަގޭ ޕްރިޑިކްޝަން ދުވަހަކުވެސް ގޯސްވެފަ އެބައޮތްތަ؟ ގަބޫލު ނުކުރީމަ މިއޮތީ ސަޔަކަށް ދަރާފަ.” ސަނީހު ހުރީ ވަރަށް ފޮނިވެފައެވެ.

“ހޫނ… ބުނެފިމެންނު ސައި ދޭން ހިނގާށޭ.” ޖިލާން ބުންޏެވެ.

ޖެހިގެން އައި ދުވަހެވެ. ޖީލާން ގެއަށް އައުމުން ޖަމީލާ މެހެމާނުދާރީ އަދާކުރީ ވަރަށްވެސް ފުރިހަމައަށެވެ. ބަނޑު ފުރޭ ވަރަށް ކާންދިނެވެ. އެ ވަރަށް އަނގަވެސް ތެޅިއެެވެ. ވާހަކަގަނޑު ތެރެއިން ދޭތެރެ ދޭތެރެއިން އޭނާގެ ވާހަކަވެސް އަންނާތީ ޔަޝަލް އިނީ ފާޑަކަށް ހީލަ ހީލައެވެ.

“މާމަ އަންނާނަން އިނގޭ ފިހާރައަށް ގޮސްލާފަ. ދެ ކުދިން ވާހަކަދައްކާލާ.” ދޮރުން ނުކުންނަމުން ޖިލާންއަށް ނުފެންނަގޮތަށް ޔަޝަލްއަށް ބޮޑުވާ އިނގިލި ހިއްލައިލިއިރު ހީވަނީ މާމަދަރި ފުރަތަމަ ދުވަހު ސްކޫލަށް ފޮނުވަނީހެންނެވެ. މިހާ ކޫލް މާމައެއް މީހަކަށް އަޅެ ލިބޭނެ ހެއްޔެވެ؟ މާމައެއް ދެން އަވަހަކަށް އެނބުރި ނާންނާނެކަން ޔަޝަލްއަށް އިނގެއެވެ. ޖަމީލާ ދޮރުވެސް ހުޅުވާ އަޅައިފައި ދިއުމުން ޔަޝަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “މާމަވެސް ދޯ. އުޅޭ ފާޑެއް. އެހެން މީހަކުނަމަ މާމަ ދަރި ފިރިހެނަކާ އެކީ އެކަނި ދޫނުކުރަން އުޅޭނީ.” ޔަޝަލް ހިތާހިތުން ކިޔައިލިއެވެ.

“މާމަ ބުނި ޔަޝަލް އަބަދު ކުޑައިރު ލޮލީ ޕޮޕް ބޯން ރޯ ވާހަކަ. އެ ތެދެއްތަ؟ މީގެ ފަހުން އަހަރެން ކޮންމެ ދުވަހަކު ލޮލީ ޕޮޕެއް ގަނެދެންތަ؟” ޖީލާން ލާނެއް ރާގަކަށް އަހައިލިއެވެ.

“މައްސަލައެއްނެތް. އެކަމު އޭރުން އަހަރެން ޖީލާންއަށް ކިޔާނީ ލޮލީ ޕޮޕްް ދޭ ބޭބެ.” ޔަޝަލް ދަތްޕިލަ ދިލުވާލައިފައި ބުންނެވެ. ދެ މީހުން އެއްފަހަރައި ގަޑަގަޑަ އަޅާފައި ހޭން ފެށިއެވެ.

ގެއިން ނުކުންނަން ދިޔަ ޖީލާން ޔަޝަލްގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައީ ކުރިން ފެނުނު ސަމާސާ މޫޑެއް ނޫނެވެ. އެ ލޮލުގައިވީ ސީރިއަސް ކުލަވަރެކެވެ. ޖީލާން އަޑުމަޑުކޮށްލީތީ ޔަޝަލް ބަލައިލިއެވެ. ހަތަރުކަޅި ހަމަވީ ހިނދު ދެ ހިތުގައިވީ އެއް އިހުސާސުތަކެކެވެ. ޖީލާން ޔަޝަލްއާއި ގާތްވާން ފެށުމުން ޔަޝަލް ބޭނުންވީ ގަދަ ދައްކައިލަންށެވެ. އޭނާއަކީ ފަސޭހަ އަންހެނެއް ނޫންކަން ދެއްކުމަށެވެ. ފަހަތަށް ދެވުނީ ވަކި ވަރަަށެވެ. ފާރުގައި ލައިގަތްފިއެވެ. ޖީލާން މޫނާއި ގާތްވާން ފެށުމުން ޔަޝަލްގެ ހިތް އަވަސްވިއެވެ. ހުރިގޮތަށް ގުޑިވެސް ނުލައި ހުއްޓެވެ. ޖީލާން އެ ކުރަން އުޅޭ ކަމެއްގެ ފޮނި އިންތިޒާރުގައެވެ.

ފާރުގައި އަތް ވިއްދައިލުމަށްފަހު ޖީލާން ހުއްޓުނު އިރު ޔަޝަލްގެ ތުންފަތާއި އޭނާގެ ތުންފަތާއި ދެމެދުގައި ފަސްއޮށެއް ލެވޭ ވަރުގެ ދުރުމިންވެސް ނެތެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު ޖީލާން ދުރަށް ޖެހިލިއެވެ. އަދި ބަހެއްވެސް ނުބުނެ ގެއިން ނުކުތެވެ.

ދޮރު ބުޑުގައި ހުރި އެމީލީ ވުއިސްލާފައި އަނެއް ފަޅިއަށް އެނބުރުނީ ޖީލާންއަށް ފެނިދާނެތީއެވެ. ޖީލާން ޖެހިގެން ހުރި ގޯޅި އަޅައިލުމުން އެމިލީ އޭނާގެ އަތުގައި އޮތް ކެމެރާއަށް ބަލައިލިއެެވެ.

“އޯހޯ… އާ އަހަރު ފެށުމުގެ މުނާސަބާގައި ޔަންގް މާސްޓާރއަށް ދޭން މިއަށްވުރެ ރަނގަޅު ހަދިޔާއެއް އޮންނާނެތަ؟ ގުޑް ޖޮބް އެމިލީ! ދެން ތި އެކިކްއެއްތޯ މީހަކު އައިސް ޔަޝަލް ކޮންމެތާކަށް ގެންދިޔަޔަސް ހެޔޮ.” ނުބައި ފާޑަކަށް ހިނިތުންވެލަމުން އޭނާ ކިޔައިލިއެވެ. “އާހް… ދެން ރިޒޯޓަކަށް ނަމަވެސް ޖައްސައިލަންވީދޯ. ނޭންގޭވިއްޔަ އަލުން މި ގައުމަށް އާދެވޭނެކަމެއް. މިތަނުގެ ބީޗުތައް ވަރަށް ރީއްޗޯ ކިޔާ އަޑުއެހިން.” އެމިލީ އަމިއްލަ ނަފްސަށް ވާހަކަދައްކަމުން ހިނގައިގަތެވެ.

“ހަލޯ… އާދެ ބޮސް. މިހާރު މި ފޭބީ ހުޅުލެއަށް.” ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ނުކުތް އެރިކް ފޯނުން ރިޕޯޓުކޮށްލިއެވެ.

“ހޫނ… މަސައްކަތް އަވަސްކުރާތި!” އަނެއްކޮޅުން ވާހަކަދެއްކި ލުތުފީ އެހެން ބުނުމަށްފަހު ފޯނުކަނޑައިިލިއެވެ. ދޮންކޮށްފައި ހުރި އިރަށް އެރިކް ލޯ ކުޑަކޮށްލިއެވެ. ލަންޑަންގައި ސްނޯ ވެހޭއިރު މިތަނަށް ހާދަ ހޫނޭ އޭނާގެ ހިތަށް އެރިއެވެ.

“ގުޅަންވީތަ؟… ނޫން، ޖީލާން ގުޅަންދެން މަޑުކުރާނީ. އެކަމު އޭނަ ދެން ނުގުޅައިފިއްޔާޔޯ؟ އަހަރެން ގުޅަންވީދޯ…” ޔަޝަލް އޭނާގެ ފޯނަށް ބަލަހައްޓައިގެން އިނދެ އަމިއްލައަށް ވާހަކަ ދައްކަމުންދިޔައެވެ. އެންމެ ފަހުން ގުޅުމަށް ނިންމައި ފޯނު ނެގިއެވެ. ހަމަ އެ ވަގުތު ފޯނަށް ކޯލެއް އައެވެ. ސިއްސައިގެންގޮސް އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. އަވަސްއަވަހަށް ފޯނަށް ޖަވާބުދިނެވެ.

“ހަލޯ…” ޔަޝަލް ހިންދިރުވައިލައިފައި މަޑުމަޑުން ގޮވައިލިއެވެ.

“ޔަޝަލް…” ޖީލާން ގޮވައިލިއެވެ. ޔަޝަލް ހޫނ ކިޔައިލިއެވެ.

“މިރޭ ފްރީތަ؟” ޖީލާން އަހައިލިއެވެ. ޔަޝަލް އަނެއްކާވެސް ޖަވާބުދިނީ ހޫނ އަކުންނެވެ.

ޖީލާން ޔަޝަލްއަށް ދައުއްވަތު ދިނީ ކެފޭއަކަށް ރޭގަނޑު ނުވައެއް ޖަހާއިރަށެވެ. ޔަޝަލް ދިއުމަށް އެއްބަސްވިއެވެ. އޭނާ ހުރީ ޖީލާންގެ ކިބައިން އޭނާ އެދޭ ޖުމުލަ އިވޭނެކަމަށް އުންމީދުކުރަންވީބާއޭ ހިތަށް އަރާފައެވެ.

“މިރޭ ހަމަ ޔަގީނުންވެސް ބުނާނަން… އަހަރެން ޔަޝަލްދެކެ…” ފޯނު ބޭއްވުމަށްފަހު އެނދުމަތީ ބަނޑުން އޮތް ޖީލާން ބާލިސް ތެރެއަށް މޫނު ގަންބައިލިއެވެ.

ގަޑިން އަށްގަޑި ބައިވެ ދިހަ މިނެޓު ހިނގައިފިއެވެ. ޔަޝަލް ގެއިން ނުކުތީ އަތުގައި އޮތް އެންމެ ރީތި ހެދުން ލައިގެން، ނަލަވެލައިގެންނެވެ. ޖީލާން ފެނުމުގެ ކުރިންވެސް އޭނާގެ ހިތްވަނީ އަވަސްވެފައެވެ. މަގުގެ މާ ދުރަކަށް ނުދެވެއެވެ. ކާރުން ފޭބި އެރިކް ޔަޝަލްގެ އަނގައާއި ނޭފަތްމަތީ ފޮތިގަނޑެއް އެޅިއެވެ. ޔަޝަލްގެ ދެލޯ ބޮޑުވިއެވެ. ފަހަތުގައި ހުރި މީހާގެ ބާރުގަދަ އަތްދަށުން ސަލާމަތްވުމަށް ގަދަ ހަދައިލިއެވެ. ނަމަވެސް އިސާހިތަކު އޭނާގެ ހޭނެތިއްޖެއެވެ.

މޭޒުމަތީ ނިޔަފަތިތަކުން ތަޅައިލަ ތަޅައިލާ އިން ޖީލާންއަށް އިރުކޮޅަކާ އަތުގައި އަޅާފައި އިން ގަޑިއަށް ބަލައިލެވެއެވެ. ބޭއިންތިހާއަށް ކުރެވެމުންދިޔަ ޔަޝަލްގެ އިންތިޒާރަށް ދެ ގަޑިއިރު ހަމަވާން ބާކީ އިނީ އެންމެ މިނެޓެކެވެ. ޔަޝަލް އަންނާނެކަމަށް ކުރެވޭ އިތުބާރުވެސް ދިޔައީ ސިކުންތަކަށްވުރެ ސިކުންތެއް ކުޑަވަމުންނެވެ.

ގަޑީގެ ދިގު ކަށި ބަރާބަރު ބާރައަށް އެރުމާއެކު އުޑުމަތި އަލިވެގެންދިޔައީ ބާރު އަޑާއިއެކު ފަަޅައިލި ބަޑިބޭހުގެ ކުލަތަކުންނެވެ. ބޭރުން ފެނުނު ކުލަތަކަށް ޖީލާން ބަލައިލިއެވެ. އެ ކުލަތައް އަލިފާން ކަންޏަށްވެ ބުރަބުރައިގެން ދިޔަފަދައިން ޖީލާންގެ ހިތްވެސް ކުދިކުދިވި ކަހަލައެވެ. ލޯބީގެ ކަނޑުގައި ބެހިގެންދިޔަ ޖީލާންއަށް، ޔަޝަލް މުޅި އުމުރަށްޓަކައި ވަކިވެދިޔަކަހަލަ އިހުސާސެއް ކުރެވުނީ ކީއްވެކަމެއް ނޭންގެއެވެ.

ލޯ ހުޅުވައިލެވުނުއިރު ޔަޝަލްއަށް އިނދެވުނީ ހެލިކޮޕްޓަރުގައެވެ. ރޭގެ ފިނިކަން ލުއިކޮށްދިނީ ގައިގައި އަޅައިފައިވީ ބޯ ރަޖާގަނޑުންނެވެ. ކުރިމަތީ އިން އެރިކް ފެނިފައި މީ ކާކުގެ އަމުރެއްގެ ދަށުން ހިނގާ އަމަލެއްކަން ޔަޝަލްއަށް ވަގުތުން އިނގުނެވެ. އަނެއްކާވެސް ލޯ މަރައިލީ، ބިމާއި އެތައް ފޫޓެއް މަތީގައި އޮވެ ފިލޭނެ ދިމާއެއް ނޯންނާނެތީއެވެ.

ލަންޑަންގައި ހުންނަ ލުތުފީގެ ހަވޭއްޔަށް އާދެވުނުއިރު އަނެއްދުވަހުގެ ދަންވެއްޖެއެވެ. ޔަޝަލް އޭނާގެ ކޮޓަރިއާއި ހަމައަށްވެސް ދާންޖެހުނީ ބޮޑީގާޑުންނާއި އެކުގައެވެ. އެތެރެއަށް ވަދެ ދޮރު ލެއްޕުމުންވެސް ދެ ބޮޑީގާޑުން ބޭރުގައި ފާރައަށް ތިއްބެވެ. މަޑު ފިޔަވަޅުމަތީ ގޮސް ޔަޝަލް އެނދުގައި އޮށޯތެވެ. ވެފައި ހުރި ވަރުބަލީގެ ސަބަބުން އިސާހިތަކު ލޮލަށް ނިދި ސަވާރުވެއްޖެއެވެ.

މުޅިން އާ ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ދޫނިތަކުގެ މިއުޒިކީ ރާގަށް ނިދިން ހޭލެވުނު ނަމަވެސް ޔަޝަލް އަދިވެސް އެނދުން ތެދުވަން ހިޔާލެއް ނުކުރެއެވެ. “އެރޭ ބައްދަލުކުރަން ނުދިއައިމަ ޖީލާން ހިތަށް އަރާނީ ކީކޭބާ؟ ދެރަވާނެބާ؟” މިފަދަ ހިޔާލުތަކަކުން ނުކުމެވުނީ ދޮރުގައި ޓަކިދިން އަޑަށެވެ. އެތެރެއަށް ވަނުމަށް ހުއްދަ ދިނުމުން އައީ ގޭގައި މަސައްކަތްކުރާ ޖާރިޔާ ކިރާއެވެ. ޔަޝަލްގެ ނާސްތާ ހިފައިގެންނެވެ. ޔަޝަލް ތެދުވެ އެނދުމަތީ އިށީނެވެ.

“ޖެނީ ކޮބާ؟” ޔަޝަލްގެ އެންމެ ފުރަތަމަ ސުވާލަކަށް ވީ ޖެނީއެވެ. ޖަވާބު އިނގިހުރެވެސް އޭނާއަށް އަހައިލެވުނެވެ.

“ޔަޝަލް މޭޑަމް ދިޔަ ދުވަހު، ޔަސްރާ މެޑަމް ޖެނީ ވަޒީފާއިން ވަކިކުރީ.” ކިރާ މާޔޫސްކަމާއެކު ޖަވާބުދިނެވެ. “މެޑަމް މިއަދުގެ ނާސްތާއަށް ހުރީ މެޑަމްއަށް އެންމެ ކަމުދާ ތަރުކާރި ސޫޕް. އެނޑް މޭޑްމް، އިރުކޮޅަކުން އަޅުގަނޑު އަންނާނަން ކުޑަދޮރު ފުހެންށާއި އެނދުގެ ބެޑުޝީޓު ބަދަލުކުރަން.” ކިރާގެ ހިނިތުންވުމުގައި ތަފާތުކަމެއް ހުއްޓެވެ. މޭޒުމަތީ ތަބައް ބަހައްޓާފައި ކިރާ ނުކުތުމުން ޔަޝަލް ސޫޕް ތަށި ނެގިއެވެ. އޭގެ ދަށުގައި އޮތީ ކަރުދާސްކޮޅެކެވެ.

ހެނދުނުގެ ނާސްތާއަށް ފަހު އޮފީހަށް ނުކުތުމުގެ ކުރިން ޔަސްރާ ނުކުތީ އޭނާގެ ހަގު ދަރީގެ ހާލު ބަލައިލުމަށެވެ. ވިލިއަމްސް އާއިލާއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އާއިލީ ގުޅުމަކަށް ބަދަހިވާން އުޅޭތީ އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިހުނަށްވުރެ ފައިދާ އިތުރުވާނެކަމުގެ އުންމީދުގައެވެ. ދޮރުގައި ޓަކިޖަހައިލުމަކާވެސް ނުލައި އޭނާ ޔަޝަލްގެ ކޮޓަރިއަށް ވަނެވެ. ނަމަވެސް ހުހަށް އޮތް ކޮޓަރި ފެނިފައި ލިބުނީ ހައިރާންކަމެކެވެ. ފާހަނަތެރެ ބެލިއިރުވެސް ޔަޝަލްއެއް ނެތެވެ. ހުޅުވިފައިވާ ކުޑަދޮރާއި ދިމާއަށް ބަލައިލިއިރު ޔަސްރާގެ ދެލޮލުގެ ގޮބޮޅި ހީވަނީ ދެންމެ ދެންމެ އޭގެ މަގާމު ދޫކޮށް ނިކުމެދާނެ ހެންނެވެ. ބެޑުޝީޓުގަނޑުގެ އެއްފަޅި އެނދުގައި އެއްސުމަށްފަހު އަނެއްކޮޅުވަނީ ކުޑަދޮރުން ބޭރަށް އެލުވައިލެވިފައެވެ. ޔަސްރާ ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލިއެވެ. ޔަޝަލް ލޮލުކޯޅަށްވެސް ފެންނަން ނެތެވެ.

“ޔަޝަލް!!!!…” ދަތްކުނޑިވިކައިގަތްފައި ބިމުގައި ގުންފައި ތަޅަމުން ޔަސްރާ ކޮޓަރިން ނުކުތެވެ. “ހަމަ މިހާރު ދޭ އޭނަ ހޯދަން.” ބޭރުގައި ތިބި ދެ ގާޑުންނަށް އޭނާ އަމުރުކޮށްލިއެވެ.

ލިފްޓުން ފައިބައިގެން ހުރި ސީދަލަށް ޔަޝަލް ދިޔައީ ފަހަރަކު ދޮރަކަށް ކަޅި އެއްލަމުންނެވެ. ނުވަސަތޭކަ ހަތަރެއް ޖަހާފައި އިން ދޮރު ކުރިމަތީ ހުއްޓި އަތުގައި އޮތް ކަރުދާސްކޮޅަށް ބަލައިލިއެވެ. ދޮރުގައި ޓަކިޖަހައިލުމުން އެތެރެއިން ހުޅުވީ ޖެނީއެވެ. ޔަޝަލް ފެނުމާއެކު ޖެނީއަށް ލިބުނީ ހައިރާންކަމެކެވެ. އަވަސްއަވަހަށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. އެންމެ ފުރަތަމަވެސް ޔަޝަލް ފެށީ މާފަށްއެދެންށެވެ. އޭނާއާ ހެދި ޖެނީގެ ވަޒީފާ ގެއްލި، ނުވީތާކަށް ޔަސްރާމެންގެ ހަރުކަށި ބަސްތައް އަޑުއަހަން ޖެހުނީތީއެވެ.

“ތިހެން ނުބުނޭ މެޑަމް… މާފަށްއެދޭ ވަރުކަމެއް މެޑަމް ނުކުރޭ. އަޅުގަނޑު މެޑަމްގެ ނިންމުމުގަ އެހީވީ، އަޅުގަނޑުގެ އަލިއްލަ އެދުމުގެ މަތިން.” ޖެނީ ހީލާފައި ބުންޏެވެ.

“ތެންކްސް އިނގޭ ޖެނީ…” ޔަޝަލް ޝުކުރުއަދާކުރިއެވެ. “އާނ… ދެން މީގެ ފަހުން އަހަންނަށް މެޑަމް ކިޔައިގެން ކަމަކުނުދާނެ. އަމިއްލަ ނަފްސަށް އަޅުގަނޑޭވެސް ނުކިޔާތި. މިހާރު ތީ މެއިޑްއެއް ނޫން. ތީ އަހަރެންގެ ބެސްޓް ފްރެންޑް.”

“ޔަޝަލް…” ޖެނީ ކިޔައިލިއެވެ. އޭނާގެ ހިތުގައިވީ އުފާވެރިކަން ބަޔާންކޮށްދޭން ދައްޗެވެ. އޭނާ މިދުނިޔެއިން އެންމެ ލޯބިވާ ފަރާތް އޭނާ ފަދަ ނޯކަރަކަށް އެންމެ ގާތް އެކުވެރިޔާގެ ދަރަޖަ ދިނީތީއެވެ.

ފޯނު ޔަސްރާ އަތުލާފައިވުމުން، ޖެނީގެ ފޯނުން ޔަޝަލް ޖީލާންއަށް ގުޅިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިރުކޮޅެއް ވީއިރުވެސް ރިންގުވާ އަޑުވެސް ނީވެއެވެ. އެންމެ ފަހުން ސެންޓަރުން އެންގީ އެ ނަންބަރު ނިވާލައިފައި އޮތް ކަމަށެވެ. އެތައް ފަހަރަކު ގުޅުނު އިރުވެސް އެއް ޖަވާބެކެވެ. ޔަޝަލް މަސައްކަތްކުރީ ވީހާވެސް ރަނގަޅަށް ވިސްްނާށެވެ. ޖީލާން ކަމަކު ބިޒީވީކަމަށް، ނޫނީ ފޯނުން ޗާޖު ހުސްވެފައި އޮތީކަމަށްވެދާނޭ ހިތަށް އަރުވައިލިއެވެ. އެހެންކަމުން ފަހުން ގުޅަން ނިންމާފައި ޖެނީ ކައިރީ އިށީނެވެ. އަދި އޭނާއަށް ރާއްޖޭގައި ހިނގި ހުރިހާކަމެއް ކިޔައިދިނެވެ. އޭނާގެ ފުރަތަމަ ލޯބީގެ ވާހަކަވެސްމެއެވެ. މީހަކަށް ކިޔައިދެވުމުންވެސް ޔަޝަލްއަށް ހީވީ ސިކުނޑިން ބޮޑު ބުރައެއް އުފުލުނު ހެންނެވެ.

ޖެނީ ނަސޭހަތްތެރިވީ ޔަޝަލް އޭނާގެ މައިންބަފައިންނާ ކުރިމަތިލުމަށެވެ. ކުރަން ބޭނުންނުވާ ކަމަށް ރީތިކޮށް އިންކާރު ކުރުމަށެވެ. އަދި އެ މައިންބަފައިންގެ ދަށުވެގެން އުޅެމުންދިޔަ ހަޔާތަށް ނިމުމެއް ގެނައުމަށެވެ. ޔަޝަލް ނިިންމީ ދެތިން ދުވަހު ޖެނީގެ އެޕާރޓްމެނޓުގައި މަޑުކުރުމަށްފަހު އަނެއް ދުވަހު އެނބުރި ހަވޭއްޔަށް ދިއުމަށެވެ.

އެރޭ އިރާކޮޅުގެ ވަގުތެވެ. ޔަޝަލް ޖެނީގެ ފަހަތުން ދިޔައީ، ޖެނީ މަސައްކަތްކުރާ ބާރއަށް ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ގޯޅިއަކުން ނުކުތް މީހަކު އަތުގައި ހިފައި އަނދިރިގަނޑު ތެރެއަށް ދަމައިގަތެވެ. ޖެނީއަށް އެކަން ފާހަގަވެސް ނުވެ ދިޔަގޮތައް ދިޔައީއެވެ.

އަތުތެރެއަށް ޔަޝަލް ވަނުމުން، ފާރުގައި ލައްގާފައި ޒުވާނާ އޭނާ ކުރިމަތީ ހުއްޓުނެވެ. ފައި ދަމާލާފައި ޖަހަން އުޅުން ޔަޝަލް ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުދަންނަ މީހެއް ނޫންކަން ފެނުމުންނެވެ. ޔަޝަލް ހިމޭންވިތަން ފެނިފައި ޒުވާނާ ކުޑަކޮށް ދުރަށްޖެހިލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެ ޔަޝަލްގެ އަތްތިލައަށް ބޮސްދިނެވެ.

“ވުޑް ޔޫ ކެއާރ ފޯރ އަ ޑިނާރ ވިތް މީ، ޕްރިންސެސް؟…”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އެ ކޮޓަރީގެ ސިއްރު (05)

Next

ލޯތްބަށްޓަކައި ފަހުބައި

Next
July 20, 2018

ލޯތްބަށްޓަކައި ފަހުބައި

Previews
July 20, 2018

އެ ކޮޓަރީގެ ސިއްރު (05)

15 Comments!

  1. Jinni says:
    July 20, 2018 at 3:08 pm

    oh god i forgot the cover pic??? anyway look 4ward to next prt on tuesday there will be a big revealing?

  2. Twinkle? says:
    July 20, 2018 at 6:26 pm

    OMG… kaakubaa… so curious…

    1. Jinni says:
      July 20, 2018 at 7:54 pm

      thnx 4 reading. look forward to next part. ?

  3. Twinkle? says:
    July 20, 2018 at 6:26 pm

    I’m first dhw

    1. Jinni says:
      July 20, 2018 at 7:56 pm

      aan dhen faharakun ves 1st hodhachey. eyrun ingeyne twinkle thee mi vaahakaige numer one fan kan ?

  4. Lyy says:
    July 20, 2018 at 9:12 pm

    Mashah second dhw…vaahaka hama habeys…masha allah

    1. Jinni says:
      July 20, 2018 at 9:32 pm

      yeah dhen faharakun balamaa kihaa vareh tho and thnx

  5. manhjeyd says:
    July 20, 2018 at 9:37 pm

    heskiyaafa salhi nge loguu.keep it us next prt ah vrh cuoriose.BTW spelling wrong vedhaane adhi dhaskuranee school ga nge..haha bye luv u reply kurahcheey

    1. Jinni says:
      July 20, 2018 at 10:14 pm

      heskiyaafa thnx ingey manhajeyd

  6. naash says:
    July 20, 2018 at 10:03 pm

    maasha allah.. vvv habeys stry…

    1. Jinni says:
      July 20, 2018 at 10:14 pm

      thank u naash

  7. Bell says:
    July 20, 2018 at 10:32 pm

    Vaahaka vrh vrh loabiii…. curiously waiting 4r the next part?????????❤

    1. Jinni says:
      July 21, 2018 at 3:52 pm

      thnk u Bell

  8. Bell says:
    July 21, 2018 at 8:10 pm

    Ur always wc❤❤❤❤

    1. Jinni says:
      July 22, 2018 at 1:45 pm

      ??

Comments are closed.

Next Episodeހިތުގެ ތެޅުން 5←


All Right Reserved!