Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 2

Jinni Level 410 Stories100 Login100 Comments500 Login
July 13, 2018 4 Mins Read
17 Comments

“ދުވޭ! މެޑަމް، އަވަހަށް ދޭ!” ޖެނީ ގޮވައިލިއެވެ. އޭނާގެ އެ ހަރަކާތުން ގެއްލިގެންދާނެ ވަޒީފާއަކަށް ފަރުވާލެއްނެތެވެ. ޔަޝަލް ޖެނީ ދޫކޮށްލާފައި ދިއުމަށް ފަސްޖެހުނެވެ. ނަމަވެސް ޖެނީގެ އެ ހިތްވަރު ބޭކާރުވާން ނޭދޭތީ އަލުން އެނބުރި ދުއްވައިގަތެވެ.

“ލިވް ދަ ވޭ ޔުއަރ ހާރޓް ވޯންޓްސް… މައި ލަވްލީ ޑޯޓާރ…” ޖެނީ އަމިއްލަ ނަފްސަށް ކިޔައިލިއެވެ.

**************************

ހުޅުލޭ ފެރީ ޓާމިނަލްއިން ނުކުތް ހުދު ހަންގަނޑާއ،ި ކްރީމްކުލައިގެ އިސްތަށިގަނޑުގެ ވެރިއާއަށް، މީހުނަ ށް ހަމަ ވަށްކަޅިންވެސް ބެލެނީއެވެ. ޔަޝަލް ހުރީ މި މީހުން މާވަހަރެއް ފެނިގެން ބަލާހެން ބަލާތީ މަޖާވެފައެވެ. ސީސީޓީވީ ކެމެރާގެ ބޭނުމެއް މިތާކު ނޯންނާނެ އޭނާގެ ހިތަށްއެރިއެވެ. ޓެކްސީއެއްވެސް ހޯދުނީ އެހާ ހާލުންނެވެ.

ޓެކްސީ ހުއްޓައިލީ އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއްގެ ދޮރުމައްޗަށެވެ. ޓެކްސީ ޑްރައިވަރަށް ޔަޝަލް ދިއްކޮށްލީ ސަތޭކަ ޑޮލަރެވެ. ޑޮލަރު މާރުކުރަން ޑްރައިވަރު އުޅުނީ ވަރަށް ހާލުގައެވެ. ބަދަލުގައި ލިބުނު ނޫޓުތަކުގައި ހުރި ކުރެހުންތަކަށް ބަލަމުން ޔަޝަލް ޓެކްސީއިން ފޭބިއެވެ. އަތްދަބަހަށް ނޫޓުތަށް ލުމަށްފަހު ޑިކީގައި އޮތް ފޮށި ނަގައިގެން ގޮސް ގޭތެރެއަށް ވަނެވެ.

“އޭތް ބުރޯ! މިއަދު ދެކުނިން ވަރަށް ހޮޓު ބޭބްއެއް. ހީވަނީ ޔޫކޭ މަންޖެއެއްހެން. ވާ ވާ އެހެރަ ފަރިކަމެއް… އާހް.” ސަނީހު ދީވާނާވެފައިވާ މީހެއްފަދައިން ހިތުގައި އަތްއަޅައިގެން އޭނާގެ އެކުވެރިއާއަށް ކިޔައިދިނެވެ.

“ކަލެއަށް ރީތިވާނެ ގެސްޓެއްވިއްޔާ.” ގޮދަޑީގައި އޮތް ޖީލާން ސަނީހުގެ އަޑަށް ބޯ ހިއްލައިލިއެވެ. ހޭވިފައިވާ ފަން އިސްތަށިގަނޑު އޭނާގެ ދޮން ނިތްކުރިމައްޗަށް ފޭބިއެވެ. އެ މޫނުމަތީ އުނިސިފައެއް ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ.

“ތިކަމާ މިއުޅެނީ.” ޖީލާން ތެދުވެގެން ދަމުން ފޫހިގޮތަކަށް ބުނެލިއެވެ.

ބަދިގެއިން ނުކުތް ޖަމީލާއަށް ޔަޝަލް ފެނުމާއެކު އޭނާއަށް ހިނގުނު އެންމެ ބާރަކަށް އައިސް ޔަޝަލް ގައިގައި ބައްދައިލިއެވެ. ޔަޝަލް އޭނާގެ މާމަ ގާތުން ހާލުއަހުވާލު އެއްސެވެ. ލޮލުން ފޭބި ކަރުނަ ތިކި ފުހެލާފައި ޖަމީލާ ގޭތެރެއަށްވަނީ ޔަޝަލްގެ އަތުގައި ހިފައިގެންނެވެ. ކުރިން ޔަޝަލްއަށް ފެނުނުއިރަށްވުރެ ޖަމީލާ ވަނީ މުސްކުޅިވެފައެވެ. މޫނުގައި ރޫ ގިނަވެ، ބުރަކަށީގައި ގުދެއްލާފައިވާއިރު، ބޮލުގައި އެންމެ ކަޅު އިސްތައްޓެއްވެސް ނެތެވެ. ޖަމީލާއަކީ ޔަޝަލްގެ މަންމަ ފަރާތު މާމައެވެ. ސަތާރަ އަހަރު ފަހުން ލޯބިވާ މާމަދަރި ފެނުމުން ޖަމީލާވެސް ހުރީ އެހާ އުފާވެފައެވެ.

“ކޮބާ ޔާޝާ؟ އެކަނިތަ ދަރިފުޅު ތިއައީ؟” ޖަމީލާ އެއްސެވެ.

“ޔާޝާ އެބައުޅޭ އެކޮޅުގަ. އަޅުގަނޑު މިއައީ މާމަ ދެކިލާ ހިތުން.” ހިތަށް ވެރިވި މޮޅިވެރިކަން ޔަޝަލް ފޮރުވައިލީ ހިނިތުންވުމަކުންނެވެ. ތެދު ބަޔާންކުރާނެ ހިތްވަރެއް ނުލިބުނެވެ.

“ކީކޭ؟ ޔަޝަލް ގެއްލުނީއޭ؟ ހަމަ މިހާރު ހޯދާ ވީތަނެއް! ނުފުރޮޅާ ގަލެއްވެސް އޮވެގެން ނުވާނެ!” ކްރިސް އޭނާގެ އެސިސްޓެންޓް އިޒަބެލްއަށް ބުންޏެވެ.

“އާދެ ބޮސް.” އިޒަބެލް އަދަބުވެރިކަމާއެކު ޖަވާބުދިނެވެ.

ގޮނޑީގައި އިށީންދެފައި ހުޅުވި ވަތްގަނޑުން ކްރިސް ނެގީ ޔަޝަލްގެ ފޮޓޮއެކެވެ. ކްރިސް އަސަރުގަދަ ލޮލަކުން އެ ފޮޓޮއަށް ބަލައިލިއެވެ. “ޔަޝަލް…”

ސޯފާގައި ދިގަށް އޮށޯވެލައިގެން އިޒަބެލް އޮތީ ނިތްކުރިމަތީ ނުފުށުން އަތް ބާއްވައިލައިގެންނެވެ. އެމިލީ ކޮފީ މޭޒުމަތީ ކޮފީތަށި ބެހެއްޓުމަށްފަހު އޭނާ ދައްތަ ކައިރީ އިށީނެވެ.

“ދައްތަ އޮފީހުން ޗުއްޓީއެއް ނަގަންވީނު. އަހަރެންވެސް މި އުޅެނީ ޗުއްޓީ ނަގަން. ދެން ވިލިއަމްސް ގޭގަ މަސައްކަތް ވަރަށް ބުރަވާނެ، ކައިވެނީގެ ކަންތަކާއިހެދި.” އެމިލީ ޖުމުލައިގެ ފަހު ބައި ބުނީ އަނގައަށް ވައްތަރެއް ޖައްސައިލަމުންނެވެ.

“ބޮސް އިންނަންއުޅޭ މަންޖެ ފިލައިފި. ދެން ކޮން ކައިވެންޏެއް ކުރެވޭނީ؟ ލުތުފީމެން ކިޔަނީ ޔަޝަލް ގެއްލުނީއޯ އެމީހުން ފޮރުވިޔަސް މަށަށް ހީވަނީ އޭނަ މި ކައިވެންޏާ ނުގަބޫލީހެން. އެހެންނޫނީ ހަމަ މި ވަގުތާ ދިމާކޮށްފަ ނުއެއް ގެއްލޭނެ ދޯ” އިޒަބެލް ފަރުވާކުޑަ ގޮތަކަށް ކިއެވެ. މި ހަބަރު އެމިލީއަށް ވީ ހޫނު ހަބަރަކަށެވެ. ފުންމައިގެން ތެދުވިއިރު މޫނުމަތީވަނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ.

“ކޮންތާކުވީ އެ އަންހެނާ؟” އެމިލީ ކެތްމަދުވެފައި އެއްސެވެ.

“އެމީހުންގެ ގައުމުގަ. ރާއްޖޭގަ.” އިޒަބެލް ތެދުވެ ކޮފީތަށި ތުމުގައި ޖައްސައިލިއެވެ.

“އަހަރެން ޗުއްޓީއަށް ދާނެ ތަން މިހާރު ފައިނަލް ވެއްޖެ.” އެމިލީ ބުންޏެވެ. އޭނާގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުން އިޒަބެލްއަކަށް ނުފެނެއެވެ.

“ރާއްޖޭގަ ދޯ. މައްސަލައެއްނެތް.” ކްރިސް ބޭނުންވީ ގޯސްކޮށް ނުވިސްނާށެވެ. ޔަޝަލް ކައިވެނީގެ ކުރިން އެކަނިވެލަން ބޭނުންވީކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ނަމަވެސް ސިކުނޑީގެ ކަނެއްގައި ކޮއްޓަމުންދިޔައީ ހަގީގަތެވެ. ކްރިސްގެ ޖަވާބަށް އިޒަބެލް ހައިރާނެއް ނުވެއެވެ. ކްރިސްއަކީ ހެޔޮ މީހެއްކަން އެންމެ ގާތުން ފެނިފައި ހުރީ އިޒަބެލްއެވެ. އަދި ކްރިސްއަށް ހަގީގަތް ނުވިސްނެނީ ނޫންކަންވެސް އޭނާއަށް އިނގެއެވެ.

“ޔަޝަލް… އައި…ލަ…ޔޫ…” ލޯ ހުޅުވައިލިއިރު ކަޅު ހިޔަނީގެ ބަދަލުގައި އޮތީ ސީލިންގެކެވެ. ޔަޝަލް އެތަށް އިރަކު ގުޑިނުލައި، އޮތްގޮތަށް އޮތެވެ. ގައިގައި ބައްދައިލި ހިޔަނި ބުނި އެއްޗެއް މިފަހަރު އިވުނީ ކެނޑިކެނޑިގެންނެވެ. ނަމަވެސް އޭތި ހުރީ އުފާވެފައިކަން ކޮންމެވެސް ގޮތަކުން ޔަޝަލްއަށް އިނގުނެވެ. ނިދިކޮޅުވެސް ފިލައި ގޮއްސިއެވެ. ފޯނު ހުޅުވައިލިއިރު ގަޑިން ބާރަޖެހީއެވެ. ޔަޝަލް ގަޑިއަށް މާ ބޮޑު ސަމާލުކަމެއްނުދީ އިންސްޓަރގްރާމް ހުޅުވައިލީ އެ ހުވަފެން މަތިން ހަނދާން ނަައްތައިލެވޭތޯއެވެ.

އާދައިގެ ޓީޝާޓެއް ވައްޓައިލައިގެން ޔަޝަލް ނުކުތީ ހަވީރުފިންޏަށް ހިނގައިލަންށެވެ. ރަސްފަންނާއި ހިސާބަށް ދެވުމުން މޭޒެއްގައި އިށީންދެ، މޫދުގައި އުޅޭ އެކި އުމުރުފުރާގެ މީހުންނަށް ނަޒަރުހިންގައިލިއެވެ. މައިންބަފައިންގެ އަތުގައި ހިފައިގެން އުޅުނު ކުޑަކުދިން ފެނިފައި ޔަޝަލްގެ ހިތުގައި އުފެދުނީ ފާޑެއްގެ އިހުސާސެކެވެ. އޭނާގެ މައިންބަފައިން ދުވަހަކުވެސް އެގޮތަށް ކުލުނާއެކު އޭނާގެ އަތުގައި ހިފައިލި ހަނދާނެއް ނެތެވެ. ތުއްތު އިރުންސުރެ އޭނާ ބެލެހެއްޓީ ޖެނީއެވެ. ޖެނީ މަތިންވެސް އޭނާ ވަރަށް ހަނދާންވިއެވެ.

ހިޔާލުތަކުން ނުކުމެވުނީ ކުރިމަތީ ހުރި މޭޒުދޮށުގައި އިށީން ޒުވާނާ ފެނިފައެވެ. އޭނާވެސް ފެށީ މޫދުގައި އުޅޭ މީހުންނަށް ބަލަންށެވެ. އެ ފުރިހަމަ މޫނަށް ޔަޝަލް ގެއްލުނެވެ. މޫނު ކަމުދިޔައީކީ ނޫނެވެ. އެމީހަކަށް ހާއްސަ ފަރާތް ފެނުމުން މުޅި ދުނިޔެ އެކަމުގެ އިޝާރާތްކުރާނޭ މީހުން ބުނެއުޅެވެ. އެފަދަ ހުވަފެނީކަމެއް ނުވިނަމަވެސް ޔަޝަލްއަށް ޒުވާނާއިން ހާއްސަކަމެއް އިހުސާސުވިއެވެ. އަނެއްކާ މީނައަށް މަ ހިތްކީބާއޭ ހިތަށްއެރުމުން ޔަޝަލްއަށް ހެވެންވެސް ހެވުނެވެ.

މޭޒުދޮށުގައި އިށީންތާ މާ ގިނައިރެއްނުވެ ޖީލާންގެ ފޯނު ރިންގުވާން ފެށިއެވެ. ޖީބުން ފޯނުނަގައި ޖަވާބު ދިންއިރު، މާ ދިގު ފޯނު ކޯލަކަށް ނުވިއެވެ. އަނބުރައި ޖީބަށް ފޯނު ލާފައި ތެދުވެ ދާން ހިނގައިގަތްފިއެވެ. ނަމަވެސް ދެވަނަ ފަހަރަށްވެސް ފޯނު ރިންގުވެއްޖެއެވެ. މިފަހަރު ފޯނު ނެގިއިރު ޖީބުން ތަޅުދަނޑިއެއް ވެއްޓުނުކަމެއް ޖީލާން ރޭކައިނުލައެވެ. ފޯނުން ވާހަކަދައްކަމުން ހުރިގޮތަށް ދިޔައީއެވެ.

ބިންމަތީ ވެއްޓިފައި އޮތް ސައިކަލު ތަޅުދަނޑިއަށް ބަލަހައްޓައިގެން ޔަޝަލް އިނީ ފާޑެއްގެ ގަބެއްއަރާފައެވެ. މަންޒަރު ބަލާ އެހެން މީހަކު ހީކުރާނީ މިއީ ތަޅުދަނޑި ނަގައިގެން، ސައިކަލު ވަގަށް ނަގަން ރާވަމުންދާ މީހެއް ކަމަށެވެ. ނަމަވެސް ޔަޝަލްގެ ހިތުގައި އޮތީ އެހެން މަގުސަދެކެވެ. އޭނާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. މަޑުމަޑުންގޮސް ތަޅުދަނޑި ނަގައި، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އިން ސައިކަލަށް އެރި ޖީލާންއަށް ބަލައިލިއެވެ. ސައިކަލު އިސްޓާޓު ކުރަން ތަޅުދަނޑި ހޯދަން ފެށުމުންވެސް ޔަޝަލް މަޑުކޮށްލައިގެން ހުރީ ޖީލާން ބޮޑަށް ހާސްވެ ތެޅިގަންނަންދެންނެވެ.

“މީ ތީނަގެ ތަ؟” ފަހަތުން އައިސް ޖީލާންގެ ކޮނޑުގައި އަތް ޖަހައިލަމުން ޔަޝަލް އަހައިލިއެވެ. ޖީލާން ފަހަތަށް އެނބުރި ބަލައިލިއެވެ. އޭނާ ނުތަނަވަސްވެފައި ހުރިވަރު ފެނުމުން ޔަޝަލްއަށް މަޖާވިއެވެ. ޔަޝަލް އަތުގައި އޮތް ތަޅުދަނޑި ދިއްކޮށްލިއެވެ.

“އާނ… ތެންކްސް” ތަޅުދަނޑިގައި ހިފައިލަމުން ޖީލާން ޝުކުރުއަދާކުރިއެވެ. އޭނާ އެންމެ ބޮޑަށް ހައިރާންވީ ޔަޝަލް ދިވެހިބަހުން ވާހަކަދެއްކީތީއެވެ. ދިވެހިން އެހާ ފަރިތަކޮށް ވާހަކަދައްކާ ގެސްޓުކުއްޖެއް އޭނާ ނުދެކެއެވެ. ތަޅުދަނޑިި ދީފައިވެސް ޔަޝަލް ފާޑަކަށް ބަލަހައްޓައިގެން ހުރުމުން ޖީލާން ހުރީ ދެން ހަދާންވީ ކިހިނެއްބާއޭ ހިތަށްއަރާފައެވެ.

“ބަލަ މަށަށް މި ދެވުނީ ބޭކާރު އެއްޗެއްތަ؟ ހަމައެކަނި ޝުކުރިއްޔާއަކުން ނުފުދޭނެ. އެޓްލީސްޓް ކޮފިއެެއް ދިނީއާ ކީއްތަވާނީ؟” ޔަޝަލް ވާހަކަދެއްކީ ވަރަށް އެކުވެރިކަމާއެކުގައެވެ. ޖީލާން ހިނިގަނޑެއް ޖަހާލައިފައި ކޮފީއެއް ދިނުމަށް އެއްބަސްވިއެވެ.

ރެސްޓޯރެންޓުގައި ތިބި ޔަޝަލްއާއި ޖީލާންގެ މެދުގައިވީ ހަމަހިމޭންކަމެވެ. ޖީލާން ދިޔައީ މޭޒުގައި ރާގަކަށް ނިޔަފަތިތަށް ތަޅަމުންނެވެ. ވެއިޓަރު ކޮފީ ހިފައިގެން އާދޭތޯ ޔަޝަލްއަށް ދެފަހަރަކު ބަލައިލެވުނީ، އޭރުން ކޮފީގެ ވާހަކަ ނަމަވެސް ފެށޭތޯއެވެ. މި ހަމަހިމޭންކަން ދިޔައީ ދެމީހުން މަރަމުންވިއްޔާއެވެ. ކޮންމެވެސް ވާހަކައެއް ފެށޭތޯ އަނގަހުޅުވައިލި ޖީލާންގެ ކަރުގައި އަޑު ތާށިވީ މޭޒުދަށުން ގުޑުވައިލި ފައިން ޔަޝަލްގެ ފައިގައި ޖެހުމުންނެވެ.

“ސޮރީ…” ޖީލާން އޭނާ އިން ގޮނޑިއާއި ފައި ގާތްކޮށްމުން ބުނެލިއެވެ.

“ހާދަ އޯކްވާޑޭ ދޯ އަހަރުން” ޔަޝަލް ހިނިގަނޑެއްޖަހައިލިއެވެ. ޖީލާންއަށްވެސް ހެވުނެވެ. ޔަޝަލްގެ އެ ބަހުން ހުރިހާ ‘އޯވާޑްކަން’ ފިލައި ދިޔަކަހަލައެވެ.

“ރާއްޖެތަ؟” ޖީލާން ބޭނުންވީ ޔަޝަލްގެ ގައުމު އަހަންށެވެ.

“އާނ މަށަކަށްވެސް ނޭންގެ ކީއްވެކަމެއް ބޭރު މީހަކާ ވައްތަރީ. އުފަންވީ ލަންޑަންގަ. އެކަމު މަންމަވެސް ބައްޕަވެސް ރާއްޖެ.” ޔަޝަލް އޭނާގެ ޖަވާބު ދިގުކޮށްލިއެވެ.

“ތިވާނީ ލަންޑަންގަ ވިހެއިމަ ލަންޑަން ކުއްޖަކާ ވައްތަރުވީކަމަށް.” ޖީލާން ސަމާސާކޮށްލިއެވެ. “ދެން މާލޭގަ ދޯ ދިރިއުޅެނީ ޖީލާން އިތުރަށް މައުލޫއު ތެރެއަށް ވަނެވެ.”

“މިހާރު މިއުޅެނީ މާމަ ކައިރީ، މިކޮޅުގަ. ވަރަށް ފަހުން ރާއްޖެ މިއައީ، އަލަށް.” ޔަޝަލް ކިޔައިދިނެވެ. މިގޮތަށް އެކި ވާހަކައިގައި ވަގުތު ދިޔަގޮތްވެސް ނޭންގުނެވެ.

“އޭތް މިއޮއް ވާހަކަ ދެއްކުނު އިރުވެސް ނަމެއް ނޭހުނެއްނު. މަށަށް ކިޔަނީ ޖީލާން. ކޮން ނަމެއްތަ ކިޔަނީ؟ ރެސްޓޯރެންޓުން ނުކުންނަމުން ޖީލާން ކުއްލިއަކަށް ހަނދާންވިއެވެ.

“އާނ ދޯ! އެންމެ މުހިންމު ކަންތަށް ހަނދާނެއްނެތް.” ނަން ނުބުނެވޭކަން ޔަޝަލް ހަނދާންވީ ޖީލާން ބުނުމުންނެވެ. “މަށަށް ކިޔަނީ ޔަޝަލް.”

“ޔަޝަލް… ސަޅި ނަމެއް.” ސައިކަލު ދުއްވައިލަމުން ޖީލާން ބުނެލިއެވެ. ޔަޝަލް ހިނިތުންވެލިއެވެ. ޖީލާންއާއި ވާހަކަދެއްކި ވަގުތުކޮޅު އޭނާއަށް ވީ ވަރަށް ހިތްހަަމަޖެހުނު ވަގުތަކަށެވެ.

“އޯ ޝިޓް! ޔަޝަލް ސައިކަލުގަ ގެއަށް ލައިދެވުނުނަމަ… އެރުން އުޅޭ ގެވެސް އިނގުނީސްނު! މަމީ މޮޔައެއްތަ؟” ގެއަށްގޮސް ވަނުމާއެކު ޖީލާން ހިތަށްއެރިއެވެ. ކުރެވުނު މޮޔަކަމާހެދި އަމިއްލަ އިސްތަށިގަނޑުގައި ހިފައިވެސްގަނެވުނެވެ. “ސަޅި ނަމެކޯ! އޭތި ކަޑައެންނު! އާއާއާރ!!!! އެއަށްވުރެ މޮޅު އެއްޗެއް ބުނަން ނޭންގުނީތަ މަށަށް؟” ޖީލާން އިތުރަށް އޭނާގެ ބޯ ހާވައިގަތެވެ. ގެތެރޭ ދެކޮޅަށް ހިނގަމުންނެވެ.

ޖީލާންއަކީ ދުވަހަކުވެސް މިވަރަށް ކަމަކާއި ވިސްނި މީހެއް ނޫނެވެ. މިޒަމާނުގެ ގޮތުން ބުނާނަމަ ވަރަށް ޗިލް މީހެކެވެ. ނަމަވެސް މިވަރަށް އޭނާއަށް މީހަކާއި ދޭތެރޭ މި ވިސްނެނީ އަލަށެވެ. އެކަމާ ޚުދު އޭނާވެސް ހައިރާންވިއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އެހެނަސް…(11)

Next

އަބަދުވެސް ލޯބި ދޭނަން…1

Next
July 13, 2018

އަބަދުވެސް ލޯބި ދޭނަން…1

Previews
July 13, 2018

އެހެނަސް…(11)

17 Comments!

  1. Jinni says:
    July 13, 2018 at 3:13 pm

    mi vaahakaige aa part thah up kuraanee komme friday and tuesday ehga. hope you like my story?

  2. Anonymous says:
    July 13, 2018 at 3:42 pm

    Yey me first stry vv . Reethi??❤??

    1. Jinni says:
      July 22, 2018 at 3:47 pm

      yup u r first and thnx

  3. sheen says:
    July 13, 2018 at 3:48 pm

    v nice story….Thankolheh dhigukoh genesdhevidhaanetha

    1. Jinni says:
      July 13, 2018 at 4:39 pm

      i’ll keep that in mind. thanks

  4. Eekko says:
    July 13, 2018 at 4:05 pm

    Mi vaahakagai vaa nanthah kiyan v bodah udhangoo but varah reethi mivaahaka ves??

    1. Jinni says:
      July 22, 2018 at 3:50 pm

      thnx 4 reading but nanthah badhalu kurumuge hiyaaleh nei. vakivarakah keema nanthakah heyneyne. nan badhalu kureema undhaguu vaane writer ah ves reader ah ves. olhey goi vaanee. but thnx 4 the suggestion

  5. shrny says:
    July 13, 2018 at 4:21 pm

    V SALHI MI VAAHAKA.. WAITIN 4 NXT PRT..

    1. Jinni says:
      July 22, 2018 at 3:51 pm

      thnks shrny

  6. Maii says:
    July 13, 2018 at 5:56 pm

    Stry hama vrh vrh salhi…. n u ge stry thah aslu hama vrh obi

    1. Jinni says:
      July 22, 2018 at 3:51 pm

      thnx

  7. shaaa says:
    July 13, 2018 at 7:01 pm

    Alhey mi story varah varah reethi. Ginain part tah gensdheynama. Mi vaahaka ah varah intizaaru kurevey..

    1. Jinni says:
      July 22, 2018 at 3:53 pm

      vaguthu than dhey varakun mi genesdhenee. thnx 4 reading and sorry 4 making u wait?

  8. Kada says:
    July 13, 2018 at 8:27 pm

    I think mee jinni ge first story

    1. Jinni says:
      July 22, 2018 at 3:54 pm

      yeah mee site egga publish kuraa fist story.

  9. Inshithoth says:
    July 15, 2018 at 4:25 pm

    Amazing dear keep up da gud wrk???

    1. Jinni says:
      July 22, 2018 at 3:54 pm

      plx dont cry inshithoth. thnk u

Comments are closed.

Next Episodeހިތުގެ ތެޅުން 3←


All Right Reserved!