Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 24

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
July 16, 2018 10 Mins Read
31 Comments

ދެ މީހުންވެގެން އެނދުގައި ބެޑް ޝީޓް އަޅާ ބާލީސްތަކަށް އުރަ ލައްވާ ހެދިއެވެ. ރިޝްފާ ކޮޓަރިން ނިކުތުމާއެކު އާފިޔާ ދޮރު ޖެހުމަށްފަހު ތަޅުލިއެވެ. އޭނާ ބާރު ހިނގުމުގައި ގޮސް އަލަމާރި ހުޅުވާލުމަށްފަހު ފޮޓޯ ގަނޑު ނެގިއެވެ. މިއަދު އޭނަ ސަލަމާތް އެވީ ހަމަ ކިރިޔާއެވެ. ރިޝްފާއަށް އެ ފޮޓޯ ގަނޑު ފެނުނު ނަމަ އޭނައަށް ސުވާލުތައް އަމާޒުވީހެވެ. އަވަސް އަވަހަށް އެ ފޮޓޯ ގަނޑު ނަގައި އަލަމާރީގައި ފަށް ޖަހާފައިވި ބޯ ރަޖައެއްގެ ތެރެއަށް ލިޔެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު އޭނާ ކޮޓަރިިން ނިކުންނަން ހިނގައިގަތެވެ.                               ޝައުނާގެ ބޯ ހީވަނީ ފަޅާއިގެން ހިނގައިދާނެ ހެންނެވެ. ރޭގައި ރަނގަޅަށް ނުނިދުުމުގެ ސަބަބުން އޭނަގެ ބޮލުގައި ދިޔައީ ގަދައަށް ރިއްސަމުންނެވެ. ސިކުނޑި ފުރި ބާރުވެފައިވަނީ ޔައިޝްގެ ހިޔާލުތަކުންނެވެ. އެކަމާ ހުރެ އޭނައަށް އޮފީހުގެ މަސައްކަތަށްވެސް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ގޮނޑީގައި ލެނގިލުމަށްފަހު ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ދެ ލޯ މަރާލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އަނބުރާ އޭނަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އޭރުވެސް ބޮލުގެ ރިހުމަކަށް ބަދަލެއްނާދެއެވެ. އެހެނަސް އޮފީސް ގަޑި ނިމެން ދެން ކެތްކޮށްލާނީ އޭ ހިތައި މަސައްކަތް ފެށީއެވެ.                                     ޔައިޝް އޮފީހުގައި އުޅެފައި އެއާޕޯޓަށް ދިޔައީ އޭނަގެ މަންމަ އާއި ބައްޕަ ބަލައެވެ. އެއްމަސް ދުވަހަށް ވުރެ ގިނަ ދުވަހު އިންޑިޔާގައި އުޅުމަށްފަހު މިއަދު އެމީހުން އާދެއެވެ. ހަފީޒާ އާއި ހަބީބަށް އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ފެނުމާއެކު މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ޔައިޝްއަށް ވެސް ހިނިތުންވެލެވުނެވެ. އުފަލާއެކު މަންމަ އާއި ބައްޕަގެ ގައިގައި ބައްދާލިއެވެ. ތިން މީހުންވެސް އަވަހަށް ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ” މަންމާ… ގެއަށް މަސައްކަތް ކުރާނެ މީހަކު ގެންނަންތަ… މަންމައަށް ފަސޭހަ ވާނެ… ފޫހިވެސް ފިލާނެ އެއްނު މަންމަ އެކަނި ގިނަ ވަގުތު ގޭގަ ހޭދަކުރަން ޖެހޭއިރަށް… ” ގެއަށް ވަދެ ސިޓިންރޫމުގެ ސޯފާގައި އިށީނަމުން ޔައިޝް ބުނެލިއެވެ. ” މަންމައަށް ބޭނުން ވަނީ ގޭގަ މަސައްކަތް ކުރާނެ މީހެއް ނޫނޭ ދަރިފުޅާ… މަންމަ ބޭނުންވަނީ ދަނބިދަރިއެއް… އެކަން ދަރިފުޅު މަންމައަށާ ބައްޕައަށް ކޮށްދޭންވީއެއްނު… އެއީ މަންމަ އާއި ބައްޕަ ވަރަށް ދެކެން ބޭނުންވާ ދުވަހެއް… ” އުއްމީދުން ފުރިފައިވި ނަޒަރެއް ޔައިޝްއަށް ދެމުން ހަފީޒާ ބުންޏެވެ. މަންމަގެ ވާހަކަތައް އިވިފައި ޔައިޝްގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އެހެނަސް އިރުކޮޅެއް ނުވެ އެ ހިނިތުންވުން ފިލާ ދިޔައީ ޝައުނާ އޭނަގެ ލޮއެބަށް ފުރަގަސްދިން ހަނދާންވުމުންނެވެ. ޝައުނާ ނޫން އެހެން ކުއްޖެއްދެކެ އޭނައަށް ލޯބި ވެވިދާނެ ބާއެވެ. ޝައުނާ ނޫން އެހެން ކުއްޖަކަށް އެ ހިތުން ޖާގަ ދެވިދާނެބާއެވެ. ” ކިހިނެއްވީ ދަރިފުޅާ… އަދި ކަމުދާ ކުއްޖަކު ނުފެންނަނީތަ… މަންމަމެން ރަނގަޅު ކުއްޖަކު ހޯދަ ދެންތަ… ” ކައިރީގައި އިން ހަބީބަށް ނަޒަރެއް ދެމުން ހަފީޒާ ބުންޏެވެ. ” ނޫނޭ މަންމާ… އަޅުގަނޑަށް ކަމުދާ ކުއްޖަކު ފެނިއްޖެ… އެކަމަކު އަދި އެކުއްޖެއްގެ އާބަހެއް ނުލިބޭ… އަދި އެއް ފަހަރު އަޅުގަނޑު މަސައްކަތް ކޮށްލާނަން… އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ މަންމަ އާއި ބައްޕަ ދައްކާ ކުއްޖަކާ ކައިވެނި ކުރަން އަޅުގަނޑު ތައްޔާރު… ” ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އިނދެ ޔައިޝް އެހެން ބުނުމަށްފަހު އޮފީހަށް ދަނީ ކަމުގައި ބުނެ ގެއިން ނުކުންނަން ހިނގައިގަތެވެ. ހަބީބް އާއި ހަފީޒާގެ މޫނު މަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެނިގެން ދިޔައެވެ. އޮފީހަށް ދާން ސައިކަލަށް އެރުމަށްފަހު ޔައިޝް ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ފަހު ފަހަރަށް ޝައުނާގެ ލޮއެބަށް އެދި އާދޭސްކުރަން އޭނާ ބޭނުންވެއެވެ. ހިތް ނުތަނަސް ވަނީ މިފަހަރުވެސް ޝައުނާ އޭނަގެ ލޯބި ގަބޫލު ނުކޮށްފާނެތީއެވެ. ޝައުނާ އޭނަގެ ލޯބި ގަބޫލު ނުކޮށްފިނަމަ މަންމަ އާއި ބައްޕަ ދައްކާ ކުއްޖަކާ ކައިވެނި ކުރާނެކަމަށް ވެސް އޭނައަށް ބުނެވިއްޖެއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނަގެ މައިންބަފައިންގެ އެދުން އޭނާ ފުރިހަމަ ކޮށްދޭނެއެވެ. މިފަދަ ހިޔާލުތަކެއްގައި އިނުމަށްފަހު އޭނާ އޮފީހަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.                             ވަޒީފާއިން އައިސް ތިން ކުދިން އެއްކޮށް މެންދުރުގެ ކެއުން ނިންމާލުމަށްފަހު އަރާމުކޮށްލަން ޖައްސާލިއެވެ. އިރުކޮޅަކު އެހެން އޮވެލުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން އަޞްރު ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމިގެން އައިލީން އޭނަގެ އެނދުގައި އޮތީ ލޯބީގެ އަސަރުގަދަ ވާހަކަ ފޮތެއް ކިޔާށެވެ. ޝައުނާވެސް އޭނަގެ އެނދުގައި އޮތް އިރު ބަލާ ބެލުމަށް ހީވަނީ ވަރަށް ފުން ވިސްނުމެއްގައި އޮތްހެންނެވެ. އިފާން އާއެކު ބޭރަށް ދިއުމަށްޓަކައި ރިފްޝާ ދިޔައީ ޑްރެސިން ޓޭބަލް ކުރި މަތީގައި ހުރެ ތައްޔާރުވަމުންނެވެ. ” ބާއި ގާލްސް… ” ތައްޔާރުވެ ނިމުމާއެކު ފުޅާ ހިނިތުންވުމެއް ހަދިޔާކުރަމުން ރިފްޝާ ކޮޓަރިން ނިކުތެވެ. އައިލީން ހިނިތުންވެލި ނަމަވެސް ޝައުނާއަށް ރިފްޝާ އެއްޗެކޭ ބުނިކަންވެސް އިނގުނު ހެނެއް ހިޔެއްނުވެއެވެ. އޭރުވެސް އޭނަ އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިލީން ކުޑަ އިރުކޮޅަކު ޝައުނާއަށް ބަލަން އޮތެވެ. ރޭގަ ވީ ކިހިނެއްތޯވެސް އައިލީން ހުރީ އޮޅުން ފިލުވަން ބޭނުންވެފައެވެ. ޝައުނާ އާ ވާހަކަ ދެއްކުމަށް މިއީ ރަނގަޅު ވަގުތެއްކަމުން އައިލީން އޭނަގެ އެނދުން ތެދުވެގެން ގޮސް ޝައުނާގެ އެނދުގެ އެއްފަރާތުގައި އިށީނެވެ. އަދި ޝައުނާ އޭނަގެ ބަނޑު މަތީގައި ބާއްވާލައިފައިވި އަތް މަތީގައި އައިލީން އަތް ބާއްވާލާލިއެވެ. ” އަ… އައިލީ… ކިހިނެއްވީ… ” ސިހިފައި ތެދުވި ޝައުނާ ހަމަޖެހެން މަސައްކަތްކުރަމުން އަހާލިއެވެ. ”ހެހެ… އަހަންނަކަށް ނޫނޭ ކަމެއް ވީ… ވީ ކަމެއްވީ ރޭގަ ޝައުއަށް… ކިހިނެއްތަ ވީ ޝައު… ކޮން ވިސްނުމަކަށް ގެއްލިފަ ތިއޮތީ… ” ލުއި ހުނުމަކާއެކު އައިލީން ޝައުނާ އާ ވާހަކަ ދެއްކިއެވެ. ” ކިހިނެއް ވީތަ ރޭގަ… އަހަންނަކަށް ނުވޭ… އެއްވެސް ކަމެއް… ” ވަރަށް ނޫންކަމަށް ހެދެމުން ޝައުނާ ބުނެލިއެވެ. ” ޝައު… އަހަންނަށްތަ ތި ދޮގު ހަދަނީ… ޝައުގެ އައިލީއަށް ތަ ތި ދޮގު ހަދަނީ… ޝައުގެ ލައިފްގަ ދިމާވާ ކަންތައްތައް ޝެއާވެސް ނުކޮށްލެވޭހާ އަހަރެން ދުރުކޮށްލީ… އަހަންނަށް އިނގެޔޭ ރޭގަ ޔައިޝް އާއި ދެމެދު ކޮންމެވެސް ކަމެއް ހިނގިކަން… ޔައިޝްގެ ކޮޓަރިން ނިކުން އިރު ޝައު ރޮއެފަ ހުރިކަން އަހަންނަށް އިނގުނު ޝައުގެ ތި ދެ ލޯ ފެނިފަ… ” އައިލީންގެ ވާހަކަތައް އަޑުއިވުނު ޝައުނާއަށް ކެތްކޮށްލެވުނީ އެހާއިރަށެވެ. އޭނަ އައިލީންގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. އެފަދަ ވަގުތެއްގައި މީހެއްގެ ލޮއެބާއި އަޅާލުން ލިބުމުން ވާނީވެސް އެކަހަލަ ގޮތެކެވެ. އައިލީން ޝައުނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އިނީ ޝައުނާ ބޭނުން ވަރަކަށް ރޯން ފުރުސަތު ދެމުންނެވެ.                                               ތަނަވަސް ސިޓިން ރޫމުގެ ސޯފާގައި އިށީނދެ އިން ނައުރީންގެ ތުންފަތުގައި ވަނީ ފަރި ހިނިތުންވުމެކެވެ. ޖީބުގައި އޮތް އޭނަގެ ފޯނު ނަގައި ކޮންޓެކްޓްސް ލިސްޓުގައި ހޭންޑްސަމް ގެ ނަމުގައި ސޭވްކޮށްފައިވި ޔޫހާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ” ހެލޯ… ޔޫން… ހިނގާބަ އަހަރެން ގޮވައިގެން ބުރެއް ޖަހާލަން ދާން… ވަރަށް ފޫހި ވާތީ މިއުޅެނީ… ޕްލީޒް ހިނގާބާ… ” ޔޫހާން ފޯނު ނެގުމާއެކު ނައުރީން ވާހަކަ ދެއްކިއެވެ. ” އޯހް… ސޮރީ ނައު… އައި ކާންޓް… ވަރަށް ބިޒީކޮށް މިއުޅެނީ… އެހެން ފަހަރަކުން ދޯ… ” ޔޫހާންގެ ޖަވާބު އިވިފައި ނައުރީންގެ ތުންފަތުގައި ވީ ފަރި ހިނިތުންވުން ފިލާއިގެން ދިޔައެވެ. އެ މަންޒަރު ސިޑިން ފައިބައިގެން އައިސް ސިޓިން ރޫމުގައި ހުއްޓުނު ނަސީރުއަށް ފެނިގެން ދިޔައެވެ. ” ކިހިނެއްވީ ދަރިފުޅާ… އެހާ އުފާވެފަ ހުރެފަ ކުއްލިއަކަށް ކިހިނެއްވީ ދަރިފުޅުގެ މޫނުގެ ކުލަވަރު އޮއްސުނީ…” އޯކޭ އޭ ބުނެ ފޯނު ބޭއްވި ނައުރީން އޭނަގެ ބައްޕަގެ އަޑުއިވުމުން ބަލައިލިއެވެ. ” ޔޫން އަށް މި ގުޅީ… ބޭރަށް ގޮސްލަން ހިނގާށޭ ބުނަން… ބަޓް ހީ އީޒް ވެރީ ބިޒީ… ވަރަށް ފޫހި ވެފަ މިހުރީ މި ގަޑީގަ… ” ނަސީރުގެ ސުވާލަށް ޖަވާބު ދިން ނައުރީންގެ މޫނު މަތިންވެސް ފޫހިވެފައިވާކަން ހާމަވެގެންދެއެވެ. ” ހެހެހެ… އެވަރު ކަމަކާތަ… ދެން ޔޫހާން ބިޒީކަމަށް ވަންޏާ ދަރިފުޅު އެހެން ރައްޓެހި ކުއްޖަކާއެކު ބޭރަށް ގޮސްލަންވީ އެއްނު… ޔޫހާން ނޫނަސް ދަރިފުޅުގެ ރައްޓެހިން ތިބޭނެ އެއްނު… ޔޫހާންއަށް ދެވޭ ދުވަހަކުން ޔޫހާން އާއެކު ދާނީ… ” މަޑު ހުނުމަކާއެކު އައިސް ސޯފާގައި އިށީން ނަސީރު ބުނެލިއެވެ. ” ޔެސް ޑޭޑް… ޔުއާ ރައިޓް… ” ފޫހިކަން ވެރިވެފައިވި ނައުރީންގެ މޫނު މައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އަދި އެހެން ބުނުމަށްފަހު އަވަސް އަވަހަށް ފޯނުން އެހެން މީހަކަށް ގުޅާލިއެވެ. ދެތިން މިނިޓް ވާހަކަ ދެއްކުމަށްފަހު ނައުރީން ފޯނު ބޭއްވިއެވެ. އޭރު އެ މޫނު މަތިން ކުރިއަށް ވުރެވެސް އުފާވެފައިވާކަން ހާމަވެގެންދެއެވެ. ” މިފަހަރު ކާކަށް ތި ގުޅީ… ” ނައުރީންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންދެ އިން ނަސީރު އަހާލިއެވެ. ” އެއީ ދިނާޖު… އަޅުގަނޑާއެކު ވޯކް ކުރާ މޮޑެލް… ނައު ހީ އީޒް އަ ކްލޯޒް ފްރެންޑް… އަޅުގަނޑު ދަނިއްޔޭ… ދިނާޖު އެބަ އާދޭ ބަލާ… ތޭކްސް ޑޭޑް… ” ނައުރީން އެހެން ބުނުމުން އެންމެ ރަނގަޅުކަމުގައި ބުނެ ނަސީރު ހިނިތުންވެލިއެވެ.                                      ” ޝައު… ދެން ހުއްޓާލާ ޕްލީޒް… މިހާރު ވާވަރަށް ރޮވިއްޖެއެއްނު ދޯ… ހުއްޓާލާފަ ވީގޮތް ކިޔައިދީ ދެން… ” އެތައް އިރަކު ރުއިމަށްފަހު ވެސް ޝައުނާ ހުއްޓާނުލުމުން އައިލީން ޝައުނާ އޭނަގެ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ. ޝައުނާ އޭނަގެ ލޮލުން އައިސްފައިވި ކަރުނަތައް ފޮހެލަމުން ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ. ” އައިލީ… އައި… އައި ޑޯން ނޯ ވަޓް ޓު ޑޫ… ޔައިޝް… ޔައިޝް ތިން ފަހަރު މިހާރު އަހަރެންގެ ލޮއެބަށް އެދެފި… އެކަމަކު… އެކަމަކު ކޮންމެ ފަހަރަކުވެސް އަހަރެން އެކަމަށް ފުރަގަސް ދެނީ… އަޔާބެމެން ކައިވެނި ޕާޓީ އޮތް ރޭ އެ ހުރިހާ ކަމެއްް ވެދިޔުމަށްފަހު ޔައިޝް ފުރަތަމަ ފަހަރަށް އަހަންނަށް ލޯބި ހުށަހެޅީ… އެއަށް ފަހުން ލަންޗަށް ދިޔަ ދުވަހު ރެސްޓޯރެންޓްގަ… ތިބެފަވެސް ޔައިޝް އަދިވެސް ލޯބިވާކަން ހާމަކުރި… އެފަހަރުވެސް އަހަރެން އިންކާރު ކުރިން… ދެން… ދެން ރޭގަ… ރޭގަވެސް އޭނަ އަހަރެންގެ ލޮއެބަށް އެދުނު… އެކަމަކު ރޭގަވެސް އަހަރެން އޭނައަކަށް އެދެވޭ ޖަވާބެއް ނުދެން… ޔައިޝްގެ ލޮއެބަށް ފުރަގަސްދޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ތަދު އިހްސާސްވޭ… އެ ދެލޮލުގައިވާ ހިތާމަ އާ ވޭން ފެންނަ ހިނދު މިހިތުގައި ރިހުމެއް އުފެދޭ… ޔައިޝްގެ ލޮއެބަށް ފަސްދިނުމުން މިހިތުގެ ހަމަޖެހުން ގެއްލިދޭ… ހިތް ބުނަނީ ޔައިޝްގެ ލޯބި ގަބޫލުުކުރުުމުން އަހަރެންގެ މިހިތަށް އުފާވެރިކަން ލިބޭނެކަމަށް… އަހަންނަށް ލޮއެބާ އަޅާލުން ލިބޭނެކަމަށް… ހިތް އެދި ގޮވަނީ ޔައިޝްގެ ލޯބި ގަބޫލުކުރުމަށް… އެކަމަކު… އެކަމަކު އައިލީ… އަހަރެންގެ ސިކުނޑި މިހުރިހާ ކަމާވެސް ދެކޮޅު… މިހާރު އެބުނާ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލައިގެން ހިނގައިދާނެ… ކޮންމެ މީހަކުވެސް ރައްޓެހިނުވާއިރު ވަރަށް ލޯބިވާކަމުގައި ބުނާނެ… އެކަމަކު ދުވަސްކޮޅަކުން އެހެން ކުއްޖެއް ފެންނަ އިރަށް އެކުއްޖެއްގެ ފަހަތުން ދުވާނީ… ދުވަހަކުވެސް ވަކި ނުވާނަން ކަމުގައި ބުނެ ވީ ވަޢުދު އޭރުން ހަނދާނެއް ނުވާނެ… މިހާތަނަށް އަހަރެންގެ ހިތް އެދޭ ގޮތަށް ކަންތައްކުރުމުން އަހަންނަކަށް އެއްވެސް ލޮއެބެއް ނުލިބުން… އަޅާލުމެއް އޯގާތެރިކަމެއް ނުލިބުން… މަދު ދުވަސްކޮޅެއްގެ ތެރޭގަ އެ ލޯބި ފުހެވިގެން ދިޔައީ… ކިހިނެއް އަހަރެން މީހަކަށް އިތުބާރުކުރާނީ… މިހިތުގެ ގޮވުމަށް ކިހިނެއް އިޖާބަ ދޭނީ އައިލީ… އައި ޖަސްޓް ކާންޓް އަންޑަސްޓޭންޑް… ” އަސަރާއެކު ޝައުނާ އޭނަގެ ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކުރަމުން ދިޔައިރު އެއްވެސް ފޫހިކަމެއް ނެތި އައިލީން އެ ވާހަކަތައް އަޑުއަހަން އިނެވެ. އިސްޖެހިފައިވި ޝައުނާގެ ދެއަތުގައި އައިލީން ހިފާ ބާރުކޮށްލުމުން ޝައުނާ އައިލީންގެ މޫނުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ” ޝައު… ލިސެން ޓު ޔުއާ ހާޓް… ނޮޓް ޔުއާ މައިންޑް… ހިތް އެދޭ ގޮތަށް ކަންތައް ކުރުމުން ހިތަށް ހަމަޖެހުން ގެނެސްދޭނެ… އަހަރެން ގަބޫލުކުރަން މާޒީގައި ކަންތައްތައް ވެފައިވި ގޮތުން ޝައުއަށް އެގޮތަށް މީހަކަށް ޓްރަސްޓް ކުރަން އުނދަގޫވާނެކަން… އެކަމަކު އެންމެ އެއް ގޮތެއްވެސް ނުވާނެ ޝައު… ޔައި އާ މެދު ޝައު ރަނގަޅަށް ވިސްނާލަބަލަ… ކިތައް އަހަރު ޔައި ޝައުގެ އިންތިޒާރުގަ އެ ހުރީ… ފަސް އަހަރު ވޭތުވެ ދިޔައިރުވެސް އެ ހިތުގައި ޝައުއަށްޓަކައި ވި ތެދުވެރި ލޯބި ބަދަލެއް ނުވޭ… ޝައު ތިބުނީ ތިން ފަހަރު ޝައުގެ ލޮއެބަށް ޔައި އެދުނުކަމަށް… އޭގެންވެސް އެނގެނީ ކޮން އެއްޗެއްް… ޔައި ޝައު ދެކެ ތެދުވެރި ލޯބިވާކަން… ފަސް އަހަރަށް ވުރެ ގިނަ ދުވަހު ތި ލޯބީގެ އިންތިޒާރުގައި ޔައި އެ ހުރީ… ދެން އެންމެ ފަހަރަކު ނޫން ޔައި ޝައުގެ ލޮއެބަށް ތި އެދުނީ… ތިން ފަހަރު… ވިސްނާލަބަލަ ޝައު… އެއް ފަހަރު ތި ލޮއެބަށް އެދުމުން އެދެވޭ ޖަވާބެއް ނުލިބުމުން އަނެއްކާވެސް އާ ހިތްވަރަކާއި އާ އުއްމީދަކާ އެކު ޝައުގެ ލޮއެބަށް އެދި ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ޔައި އެ އަންނަނީ ހަމަ ގައިމުވެސް ޝައުއަށްޓަކައި އެ ހިތުގައި ހަގީގީ ލޯބި ވާތީ… ހީ ރިއަލީ ލަވްސް ޔޫ… ކޮންމެ ފަހަރަކު ޔައިގެ ހިތް ހަލާކުކޮށްނުލާ… އެ ހިތަށްވެސް އަސަރު ކުރާނެ… މިވީ ދުވަސްތަކުގެ ތެރޭގަ އަހަރެމެން އެންމެނަށްވެސް އިނގިއްޖެ ޔައި އަކީ ގޯސް ކުއްޖެއް ނޫންކަން… ސޯ… ލިސެން ޓު ޔުއާ ހާޓް ޝައު… ހިތް އެދޭ ގޮތަށް ކަންތައް ކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ އިންޝާ ﷲ… އައި ހޯޕް އަހަރެން މިދެއްކި ވާހަކަ ތަކާއިމެދު ޝައު ވިސްނާލާނެކަމަށް… ދެން ފަހަރަކުން ޑިޒިޝަނެއް ނެގުމުގެ ކުރިން އަހަރެންގެ މިވާހަކަތައް ހަނދާންކޮށް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް… ” އައިލީން މަޑުމައިތިރިކަމާއި ލޮއެބާއެކު ޝައުނާއަށް ނަސޭހަތްތެރިވިއެވެ. ކުރިން ހިތާމައިގެ އަސަރު ފެންނަން ހުރި ޝައުނާގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ” ތޭކްސް އައިލީ… ތެންކިޔު ސޯ މަޗް… ވަރަށް ވަރަށް އުފާވޭ އަބަދުވެސް އައިލީ އަހަންނާއެކު ވާތީ… އެންމެ ބޭނުންވާ ވަގުތުތަކުގައި އަބަދުވެސް އައިލީ އަހަންނާއެކު ވާތީ އައިމް ސޯ ހެޕީ… އައި ފީލް ސޯ ލަކީ ޓު ހޭވް ސަމްވަން ލައިކް ޔޫ… އެން ސޮރީ އަހަރެން އައިލީ ދުރުކޮށްލި ކަމުގެ ފީލް އައިލީއަށް ކުރެވިފައިވާނަމަ… އައިލީ ދުރުކޮށްލީމައެއް ނޫން އަހަރެން މި ވާހަކަ ނުބުނެ ހުރީ… ރޭގަ އެއީ ރިފޫގެ ލައިފްގަ ވަރަށް އުފާވެރި ރެއެއް… ވަރަށް ސްޕެޝިއަލް ރެއެއް… އެހެންވެ އައި ޑޯންޓް ވޯންޓް ޓު ސްޕޮއިލް ދެޓް… ސޮރީ އައިލީ… ” އައިލީންގެ ގައިގައި ބައްދާލައިގެން އިނދެ ޝައުނާ ވާހަކަ ދައްކަމުން ދިޔައެވެ. ޝައުނާގެ ވާހަކަތައް އަޑުއަހަން އިން އައިލީންގެ ތުންފަތަށް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. ”ހޫމް… ދެން ސޮރީ ނުބުނައްޗޭ އިނގޭ… އެއީ ދެން ހަމަ އެހެން ބުނެލީ… އައިމް ސޯ ހެޕީ ޓު ހޭވް އަ ފްރެންޑް ލައިކް ޔޫ… އެން އައި ޕްރޮމިސް ލައިފްގެ ކޮންމެ ހިސާބެއްގަވެސް އަބަދުވެސް އަހަރެން ޝައު އާ އެކު ވާނަން އިންޝާ ﷲ… ” ޝައުނާ އޭނަގެ ގަޔާއި ދުރުކޮށްލަމުން އައިލީން ވާހަކަ ދެއްކިއެވެ. އެވަގުތު އެނދު މަތީގައި އޮތް އައިލީންގެ ފޯނު ރިންގު ވާން ފެށިއެވެ. އައިލީން ގޮސް ފޯނުގެ ސްކްރީނަށް ބަލައިލި އިރު ގުޅަމުން ދަނީ ޔޫހާންއެވެ. އެއާއެކު އެ ތުންފަތުގައިވި ހިނިތުންވުން އިހުނަށްވުރެ ފުން ވެގެން ދިޔައެވެ. ” އައިލީ… ވާހަކައެއް ބުނަން ވެގެން މި ގުޅީ… ވަރަށް މުހިއްމު ވާހަކައެއް… ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ވާހަކަ ދެއްކިއެވެ. ” ހޫމް… ބުނެބަލަ… ކޮންވާހަކައެއް އަނެއްކާ… ” ހައިރާންކަން އެކުލެވިފައިވި އަޑަކުން އައިލީން ބުނެލިއެވެ. ” އައިލީ… އައި ހޭވް ޓު ގޯ… ” ޔޫހާން އެހެން ބުނުުމުން އައިލީންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ” ތިބުނީ… ކޮންތާކަށް… ކޮންއިރަކު… ” އަވަސްވެފައިވި ހިތަކާއެކު އައިލީން ސުވާލުކުރިއެވެ. ” ރ އަތޮޅު އުނގޫފާރަށް… ބިޒްނަސް ކަމަކު… މާދަމާ ހެނދުނު ފުރަން ޖެހޭ… ވީކެއް ވަރު ވާނެ… އިޓްސް އާޖެންޓް… ” ޔޫހާންގެ ވާހަކަތައް އަޑުއިވުނު އަައިލީންގެ މޫނު މަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. އައިލީންގެ ހަރަކާތްތަކަށް ބަލަން ހުރި ޝައުނާ ހުރީ ވާނުވާގައެވެ. ” އައިލީ… އައިލީ… ސޭ ސަމްތިން… ބިފޯ ގޮއިން އައި ވޯންޓް ޓު ސްޕެންޑް ސަމް ޓައިމް ވިތް ޔޫ… އޮފީހުގަ މަސައްކަތެއްގަ މި އިނީ މިހާރުވެސް… އައިލީ ފްރީކަމަށްވާނަމަ ދަންތަ ބަލާ… ” އައިލީންއަށް ހޭވެރިކަން ވީ ޔޫހާން ދެވަނަ ފަހަރަށް ވާހަކަ ދެއްކުމުންނެވެ. ” ނޫން… ޔޫހާން އަންނާނެ ކަމެއް ނެތް… އަހަރެން އެބަ ދަން އޮފީހަށް ކުޑަކޮށް ރެޑީވެލައިގެން ރެކްސީއެއްގަ… އޭރުން ޔޫހާންއަށް ތި މަސައްކަތްވެސް ނިންމާލެވި ދާނެއެއްނު ދޯ… ” އައިލީން ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ” އޯކޭ ތޭންކްސް އައިލީ… އެހާ ދިގު އިންތިޒާރެއް ނުކުރުވާ އަންނައްޗޭ… ކަމް ފާސްޓް މައި ލަވް… އައިމް މިސިން ޔޫ ސޯ މަޗް… ” ޔޫހާން އެހެން ބުނުމުން އައިލީންގެ ތުންފަތަށް ލަދު ރަކި ހިނިތުންވުމެއް ވެރިވެގެންދެއެވެ. ލުއި ހުނުމަކާއެކު އޯކޭ އޭ ބުނުމަށްފަހު އައިލީން ފޯނު ކަނޑާލިއެވެ. އަދި ޝައުނާ ކިހިނެއް ވީހޭ އެހުމުން ޔޫހާން ވިޔަފާރި ދަތުރެއްގައި އާޖެންޓްކޮށް މާދަމާ ހެނދުނު ރ އަތޮޅު އުނގޫފާރަށް ހަފްތާއެއްހާ ދުވަހަށް ދާން ޖެހެނީ ކަމުގައި ބުންޏެވެ. އަދި ދިއުމުގެ ކުރިން ދެ މީހުން އެއްކޮށް ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވާތީ އައިލީން ތައްޔާރުވެގެން ޔޫހާން އާއެކު ބޭރަށް ދާން އުޅޭ ވާހަކަވެސް ބުނެލިއެވެ. އައިލީން އެހެން ބުނުމުން ޝައުނާ އޭނަ އާ ދިމާކޮށްލިއެވެ. ” އޯކޭ… ދެން ޝައު ރެސްޓް ކޮށްލާ… އެން ވަން މޯރް ތިން… ރިމެމްބާ ނޯ މޯރް ޓިއާސް… އޯކޭ… އައިލީން އެހެން ބުނުމުން ޝައުނާ ހިނިތުންވެލަމުން އޯކޭ އޭ ބުންޏެވެ. ލައިގެން ހުރި އެއްޗެހި ބަދަލުކުރުމަށް އަލަމާރިން ގަދަ ފެހި ކުލައިގެ ފޮތީގައި ކަޅު ކުލައިގެ ލޭސް ފޮތި ބޭނުންކޮށްގެން ފަހާފާވި ހެދުމަކާއި ސްކާޓެއް ނަގައިގެން އައިލީން ފާޚާނާއަށް ވަނެވެ. ޝައުނާ ބޮލުގެ ރިހުން ރަނގަޅު ވޭތޯ އެނދުގައި އޮށޯތެވެ. މާ ގިނަ އިރެއްނުވެ ޝައުނާގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.                                             ހަވީރުގެ މި ހިތްގައިމު ވަގުތުގައި ޖެހެމުން ދިޔަ މަޑު މަޑު ފިނި ވައިރޯޅިތަކުން ދިޔައީ ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނެސްދެމުންނެވެ. މި ހިތްގައިމު ވަގުތުގައި މާލޭގެ އެންމެ ހިތްފަސޭހަ އެއް މަންޒިލް ކަމުގައިވާ ރަސްފަންނުގެ ޖޯލިތަކުން ޖޯއްޔެއްގައި ތިބި ރިފްޝާ އާއި އިފާންގެ މޫނު މަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ދެ މީހުންގެ އަތް އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ޖޯޑުކޮށްލެވިފައި ވީއިރު ދެމީހުންވެސް ދިޔައީ ހީހީފައި ކޮންމެންވެސް ވާހަކައެއް ދައްކަމުންނެވެ. ވަށައިގެން ހަރަކާތްތެރިވަމުން ދިޔަ ބައެއް މީހުންގެ ނަޒަތުތައް ވަނީ އެދެ މީހުނަށް ހުއްޓިފައެވެ. އެދެ މީހުނަށް ބަލައިލާ ކޮންމެ މީހަކުވެސް ހާދަ ގުޅޭ ކަޕްލް އެކޭ ބުނެލައެވެ. ނޫނީ އެނޫން ކޮންމެވެސް ތައުރީފެއް ކޮށްލައެވެ. ” ރިފޫ… އަހަރެން ވަރަށް ލޯބިވާ ރިފޫ ދެކެ… އައި ރިއަލީ ޑޫ… ” ރިފްޝާގެ އަތުގައި ބޮސްދެމުން އިފާން ބުނެލިއެވެ. ރިފްޝާގެ ދޮން ކޯތާފަތަށް ވަގުތުން ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ” ފާން… މީހުން އެބަ ބަލައޭ… ދޫކޮށްލަބަ ޕްލީޒް… ” މީހުންގެ ނަޒަރުތައް އަމާޒުވެފައިވާން ފެނުމުން ރިފްޝާ އަވަސް އަވަހަށް އެހެން ބުނަމުން އިފާންގެ އަތުގެ ތެރެއިން އޭނަގެ އަތް ދަމައިގަތެވެެ. އިފާންގެ ތުންފަތުގައި ވީ ލާނެއް ހިނިތުންވުމެކެވެ. ” ދެން ލަވް ޔޫ ޓޫ އޭ ވެސް ނުބުނާނަންތަ… ” އިފާން ރިފްޝާ އިތުރަށް ލަދު ގަންނަވާލުމުގެ ގޮތުން ބުނެލިއެވެ. ” ލަވް ޔޫ ޓޫ… އޯކޭ… ” ހިނިތުންވެލަމުން ރިފްޝާ އެހެން ބުނެލުމުން އިފާންވެސް ލުއި ހީލުމަކާއެކު ބޯ ޖަހާލިއެވެ. ” ފާން… ފާންގެ ފެމިލީ އަހަންނާ ގަބޫލުވާނެތަ… ” ކަންބޮޑުވުން އެކުލެވިގެން ރާގެއްގައި ރިފްޝާ ސުވާލުކުރިއެވެ. ” ކީއްވެ ގަބޫލު ނުވާނީ… ތިހާ ލޯބި ރަނގަޅު ކުއްޖެއްވީމަ ކޮންމެ މީހަކުވެސް ގަބޫލުވާނެ… ” ރިފްޝާގެ ދެ އަތުގައި ހިފާލަމުން އިފާން ބުނެލިއެވެ. ”އެކަމަކު.. ފާން އަހަރެން ކަހަލަ ކުއްޖަކާ… މި ބުނީ އަހަރެންގެ ހަމައެކަނި ހުންނަނީ މަންމަ އާ ދޮންތަ ދެން ދޮންތަބެ… ބައްޕަ އަހަރެންގެ އުމުރުން 13 އަހަރުގައި ނިޔާވެއްޖެ… ބައްޕަ ފަރާތު އިތުރު އާއިލާ އެއްވެސް މީހަކު ނުހުންނާނެކަމަށް ބައްޕަ ކުރިން އަހަރެން ގާތު ބުނި ހަނދާންވޭ… ދޮންތަ ބުނި ދޮންތަ ގާތުވެސް ބައްޕަ އެއްދުވަހު އެހެން ބުނި ވާހަކަ… މަންމަގެ އާއިލާ އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެ… މަންމަ އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާތީ އެކަމާ ގުޅޭ ސުވާލެއްވެސް ނުކުރަން… މަންމަ އަހަންނަށާއި ދޮންތައަށް ކޮށްދިން ކަންތައްތައް ދުވަހަކުވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެ… އަހަރެން ކަހަލަ ރަށްފުށުގެ އާދައިގެ ކުޑަ ކުޑަ އާއިލާއެއްގެ ކުއްޖަކާ ފާންގެ ޕޭރެންޓްސް ގަބޫލުވެދާނެތަ ހަމަ… ” ރިފްޝާ ދެވަނަ ފަހަރަށްވެސް ކަންބޮޑުވެފައި އިފާންގެ ގާތު އަހާލިއެވެ. ” ރިފޫ… އަހަރެންގެ ޕޭރަންޓްސްއަށް އެހެން އެއްވެސް ކަމަކަށް ވުރެ އަހަރެންގެ އުފާ މުހިއްމުވާނެ… މުއްސަނދި ތޯ ފަގީރުތޯ އެއީ އަހަރެންގެ ޕޭރެންޓްސް ބަލާނެ ކަންތައްތަކެއް ނޫނޭ… ސޯ ޕްލީޒް… ޓްރަސްޓް މީ… ހުރިހާ ކަމެއް ދާނީ ރަނގަޅަށް އިންޝާ ﷲ… ” އިފާން ހިނިތުންވެލަމުން އުއްމީދާއެކު ރިފްޝާއަށް ވިސްނައިދިނެވެ. އިފާންގެ ވާހަކަތައް އަޑު އިވުމުން ރިފްޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނަވެސް އިފާންއަށް ހިނިތުންވެލިއެވެ. އެހެނަސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެދެ މީހުންގެ ކުރިމައްޗަށް އެރި މީހަކު ފެނިފައެވެ. އިފާން އާއި ރިފްޝާގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައީ އެ މީހެއްގެ މޫނު މަތިން އުފާވެރިކަން ފެންނަން ހުރުމުންނެވެ.                                               ދިނާޖުގެ ސައިކަލުގެ ފަހަތުގައި އިށީނދެ އިން ނައުރީންއަށް އެއްލި ކަޅިއަކުން ކުރިމަތީގައި ހުރި އޮފީހުގެ ދޮރު ކައިރީގައި ސެކިއުރިޓީ ބަލަހައްޓާ މީހާގެ ގާތު ފޯނުން ކޮންމެވެސް އެއްޗެއް ދައްކަމުން ވާހަކަ ދައްކަން ހުރި ޔޫހާން އޭނަގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނަގެ ހިތް އުފަލުން ނަށާލިއެވެ. ޔޫހާން އެތެރެއަށް ވަދުން ތަން ފެނި ނައުރީން މާޔޫސްވާގޮތް ވިއެވެ. އެހެނަސް ދިނާޖު ގާތު ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ސައިކަލުން ފޭބުމަށްފަހު އެ އޮފީހާ ދިމާލަށް މިސްރާބު ޖެހިއެވެ. ނައުރީންއަށް އެ އޮފީސްތެރެއަށް ވަދުން ވީ އުނދަގޫ ކަމަކަށެވެ. ސެކިއުރިޓީއަކަށް ހުރި މީހާގެ ކައިރިން ސަލާމަތްވެގެން ނައުރީން އެތެރެވަނެވެ. މޭޒު ކައިރީގައި ފައިލަކަށް ގެއްލިފައިހުރި ޔޫހާން ކެބިންގެ ދޮރު ހުޅުވުނު އަޑަށް އެ ދިމާލަށް ބަލައިލިއެވެ. އެތެރެއަށް ވަން ނައުރީން ފެނި އޭނައަށް ހައިރާންކަން ލިބިގެން ދިޔައެވެ. ”ހެލޯ… ހޭންޑްސަމް… ” ފުޅާ ހިނިތުންވުމަކާއެކު ނައުރީން ބުނެލިއެވެ. ” ނައު… ކީއްކުރަނީ މިތާ… ” ޔޫހާން ހައިރާންވެފައި ހުރެ އަހާލިއެވެ. ” މީ ދެން ހަމަ މިހެން ދަނިކޮށް ޔޫން އޮފީހަށް ވަން ތަން ފެނުނީމަ އައިސްލީ… ” ޖަވާބުގައި ނައުރީން ބުންޏެވެ. ޔޫހާން އެހެން ހޭ ބުނެ ފައިލަށް ސަމާލުކަން ދިނެވެ. ޔޫހާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ނައުރީން ހިތްހަމަނުޖެހުނެވެ. އޭނާ ޔޫހާންގެ ސަމާލުކަން ހޯދުމަށް ޔޫހާން އާއި ކައިރިއަށް ދިއުމަށް ފިޔަވަޅު އަޅަންފެށިއެވެ. ސައިކަލުމަތީގައި ނައުރީންގެ އިންތިޒާރުގައި އިން ދިނާޖުގެ ނަޒަރު ހުއްޓުނީ އެ އޮފީހުގެ ކުރިމައްޗަށް ހުއްޓުނު ޓެކްސީއަށެވެ. ޓެކްސީއިން ފޭބި އައިލީން ފެނި ދިނާޖުގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަށް އަހަރުގެ ކުރީގެ ހަނދާނެއް އާވުމާއެކު ދިނާޖުގެ ދެއަތްވެސް މުއްކެވިގެން ދިޔައެވެ. އޭރު ނޫކުލައިގެ ކަޅިއެއް ލިބިފައިވި އެ ދެލޮލުން އިންތިހާ ދަރަޖައިގެ ނަފްރަތު ފެންނަމުން ދެއެވެ. އުފާވެރި މޫނަކާއެކު ގޮސް ޔޫހާންގެ ކެބިންގެ ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރަކުން އައިލީންގެ މޫނު މަތީގައިވި އުފާވެރިކަން ފިލައިގެން ދިޔައެވެ. ކުރިއަށް ފިޔަވަޅެއް އަޅަން ނޭނގިފައި އޭނައަށް ކެބިންގެ ދޮރު ހުޅުވާލައިގެން ހުރިތާ ހުރެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ 13

Next

ލޯބި ވީމޭ ސިއްރު ސިއްރުން (13)

Next
July 16, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (13)

Previews
July 16, 2018

ރާސްތާ 13

31 Comments!

  1. Bell says:
    July 16, 2018 at 3:16 pm

    Oooo… mi 1st dhww?????

    1. Bell says:
      July 16, 2018 at 3:17 pm

      Mi stry hama habeysssssss… i luved it ….

    2. Ifoo ifoo says:
      July 19, 2018 at 1:09 pm

      Yesss… Bell… Ur first… Congrats dear… N thankyou so much dear…. V v v ufaavehje story reethi v ma.. ❤️❤️❤️

  2. Ifoo ifoo says:
    July 16, 2018 at 3:25 pm

    Salaam dear readers ???… First of all I would like to apologise my dear readers ???… I’m really very sorry dear readers mihaa gina dhuvas fahun story up kohdhevunyma ???… Last part ga bunelihen ifoo balikoh ulheythy mi part lasvy ???… N sorry last part ge comment thakah reply nukohlevunyma bt In Sha Allah mi part ge comments thakah reply kuraanan ???… Hope all will like this part too ???… Thankyou so much all for the support ❤️❤️❤️??????… Which cover pic do you guys like most… I mean this one or the previous cover pic??? N if there is any mistakes please point out for me so that I can improve… Once again sorry dear readers ???… Ummeedhukuran hurihaa kudhin vx ifoo ah maafukuraane kamah ???…

  3. Anonymous says:
    July 16, 2018 at 3:31 pm

    Amazing work dear???i am first dhw and wen are u gonna update next???☺☺☺LY??❤

    1. Ifoo ifoo says:
      July 19, 2018 at 1:13 pm

      Thankyou so much Anonymous ❤️❤️❤️❤️… This time ur second… Next time first hodhaanee dhw… V v v ufaavehje… Now next part submit kohlaifinn… Love you too dear ❤️❤️❤️…

  4. Nasika says:
    July 16, 2018 at 3:37 pm

    Yeyyy Athi first. Vvv rythi mi part. Waiting for the next part….

    1. Ifoo ifoo says:
      July 19, 2018 at 1:15 pm

      Thankyou so much Nasika ❤️❤️❤️… V v v ufaavehje story reethi v ma… Now next part submit kohlaifinn… So Miadhu kiyaalan libeyne kamah mi balany… Thanks dear ❤️❤️❤️…

  5. yalv says:
    July 16, 2018 at 4:14 pm

    Wow…v loabi storyyy…masha allah.
    Am i second…????

    1. Ifoo ifoo says:
      July 19, 2018 at 1:18 pm

      Thankyou so much yalv ❤️❤️❤️❤️… I’m so happy that u like it.. This time ur 4th dear… Thanks a lot dear ❤️❤️❤️…

  6. Stry Kiyaa Man says:
    July 16, 2018 at 4:38 pm

    Masha allah .stry vv furihama.shaunaa heyo nuvaane igey yaish brw ah ehen hadhan.konme faharaku yaish brw hih halaaku kurany thi.dhen avahah e sorah yes ey bune bala.dhw ifoo.haha.
    ST Man ah heevany afiya eii yoohan dad ge kokko hen.afiya men aailaa ge nuqabool kaiveni kury ma gulhun keduny hen. N yoohan r.atoll ah dhiyaama jinaadh aa naureen aa dhemeehun fani hadhaafa e dhemeehun dhurukuru vaany hen.
    keep it up ifoo.ebain kuda than kolheh ga mistake jehifa ehen noony ok hama stry.
    waiting 4 nw part.
    -salaam-????

    1. Ifoo ifoo says:
      July 19, 2018 at 1:22 pm

      Thankyou so much ST Man ❤️❤️❤️❤️… V v v ufaavehje story reethi v ma… ST Man thibunaa gothah vunvx ekasheegen vey… Let’s see dhw vaagotheh… N Shau dhw… Shau hama trust kuran jehilun vany… Thanks a lot for the support ❤️❤️❤️…

  7. mee says:
    July 16, 2018 at 6:32 pm

    stry varah varah varah reethi…keep it up…n thee ugoofaaru kuhjeh tha..or r atoll…

    1. Ifoo ifoo says:
      July 19, 2018 at 1:24 pm

      Thankyou so much dear ❤️❤️❤️❤️… I’m so happy that u like it… I’m not from ungoofaaru n r atoll… Thanks a lot dear ❤️❤️❤️❤️…

  8. unique says:
    July 16, 2018 at 7:56 pm

    yay thanks ifoo

    1. Ifoo ifoo says:
      July 19, 2018 at 1:24 pm

      Most welcome dear ❤️❤️❤️…

  9. Hawwor; says:
    July 16, 2018 at 8:38 pm

    Alhe cover pic ah 3 boys nd 3 girls ge photo eh lyma salhi vaane hen hyvany…..

    1. Ifoo ifoo says:
      July 19, 2018 at 1:26 pm

      Thankyou so much Hawwor ❤️❤️❤️…

  10. maya says:
    July 16, 2018 at 8:47 pm

    waaau vv reethi next part thankolheh avahah up kodhehcheyyy..

    1. Ifoo ifoo says:
      July 19, 2018 at 1:27 pm

      Thankyou so maya ❤️❤️❤️❤️… V v v ufaavehje story reethi v ma… Thanks dear ❤️❤️❤️…

  11. Naju says:
    July 16, 2018 at 8:53 pm

    This cover pic is most beautiful dear… story is amazing n super dear alhey haadhahaa reehchey mi story.. can’t wait 4 next.. ?????

    1. Naju says:
      July 16, 2018 at 9:46 pm

      Dear how r u feeling now?

    2. Ifoo ifoo says:
      July 19, 2018 at 1:30 pm

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️… V v v v ufaavehje story reethi v ma… N cover pic vx reethi v ma… I’m still not feeling well bt better than before… Btw ifoo Naju ah msgeh kohlin… Admin fonuvi number ah… Thanks a lot dear for the support ❤️❤️❤️…

    3. Naju says:
      July 19, 2018 at 4:13 pm

      Nop dear naju akah nulibe msg eh dear fonuvi

    4. Ifoo ifoo says:
      July 19, 2018 at 4:50 pm

      Really???? Bt aee admin ifoo ah fonuvi number…

  12. Afaa says:
    July 17, 2018 at 12:12 am

    Story vv kamudhey. Vv kiyaahithun mi kiyani. Cover pic ves reethi.bt ekakuge 3 photo ineema………..

    1. Ifoo ifoo says:
      July 19, 2018 at 1:31 pm

      Thankyou so much Afaa ❤️❤️❤️… I’m so happy that u like it… Thanks a lot dear ❤️❤️❤️❤️…

  13. Shaa says:
    July 17, 2018 at 8:30 pm

    Issokay ifoo..story v rythi??waitin for nxt part ☺☺

    1. Ifoo ifoo says:
      July 19, 2018 at 1:33 pm

      Thankyou so much Shaa ❤️❤️❤️… Thanks for understanding ❤️❤️❤️…

  14. unique says:
    July 18, 2018 at 10:30 pm

    Maasha Allah its osm ifoo

    1. Ifoo ifoo says:
      July 19, 2018 at 1:34 pm

      Thankyou so much my dear unique ❤️❤️❤️.. It means a lot for me.. ❤️❤️❤️…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 25←


All Right Reserved!