ހަމަ އެވަގުތެވެ. ފޯނުގައިހުރި އައިހަމްއަށް ސިހުންގެނުވީީ ފަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑުއިވުމުންނެވެ. އެއީ ކާކުގެ އަޑެއްކަން ވިސްނުމާއެކު އިސާހިތަކު އައިހަމްގެ މޫނުގެ ކުލަަވަރު ބަދަލުވެއްޖެއެވެ. ކަންފަތުން ފޯނު ވަކިކޮށްލިއިރު އަނެއް އަތްވަނީ މުށްކެވިފައެވެ. ދެބުމަ ކައިރިކޮށްލިގޮތުންވެސް އޭނަ ނުރުހުންވެފައިހުރިވަރު ހާމަވެއެވެ.
*******
ރިމްޝާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އިން މީޝާ އިނީ މަޑުމަޑުން ރިމްޝާގެ އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. އަދިވެސް ޑޮކްޓަރުގެ ބަސްކޮޅު އޭނަގެ ކަންފަތްދޮށުގައި ތަކުރާރުވޭވޭ ހުއްޓެވެ. ” ޕޭޝަންޓް އިޒް ޕްރެގްނެންޓް”. ނަމަވެސް ރިމްޝާގެ މައުސޫމު މޫނުމައްޗަށް ބަލަހައްޓައިގެން އިނީ އެކުވެރިިޔާއަށް ފުރިހަމައަށް އިތުބާރުކުރާ ޙާލުއެވެ. ރިމްޝާ އެކަހަލަކަމެއް ކޮށްފާނެކަމަކަށް ހަމަހިލާ އޭނާ ޤަބޫލެއްނުކުރާނެއެވެ.
މާގިނައިރުތަކެއްނުވެ ކުޑަކޮށް އެސްފިޔަތައް ތަޅުވާލުމަށްފަހު ރިމްޝާ ލޯހުޅުވާލިއެވެ. ހިޔާލަކަށް ގެއްލިފައި އިން މީޝާއަށް ސިހިފައި ތެޅިގަނެވުނީ ރިމްޝާ މަޑުމަޑުން ގޮވާލި އަޑަށެވެ. އައިވީ ގުޅާފައިހުރި ނަމަވެސް އަދިވެސް ރިމްޝާގެ މޫނުމަތިން ވަރުބަލިކަން ފާޅުވާންހުއްޓެވެ. ” އަނހަ. މިހާރު ކިހިނެއް؟ އޯކޭތަ؟ ތަނަކަށް ތަދުވޭތަ؟” ހާސްކަން ފޮރުވާލާ ހަމަޔަކަށް އެޅިލަމުން މީޝާ ސުވާލުފައްޗެއް އަމުނާލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ” މިހާރު ކުޑަކޮން އޯކޭ. އެކަމް ބޮލުގަ ރިއްސާ އެބަ. އަހަރެންނަށް ކިހިނެއްތަ ވީ އަސްލު؟” ނިތްމަތީގައި އަތް ބާއްވާލަމުން ރިމްޝާ ބުންޏެވެ. ” ދެން ތިވާހަކަ ދައްކާނީ ފަހުން. މިގަޑީގަ އިހަށް އަރާމުކޮށްލާ. ދޮންބެ އިރުކޮޅަކުން އަންނާނެ ބޭސްތައް ހިފައިގެން.” އޯގާތެރިކަމާއެކު ރިމްޝާގެ ބޮލުގައި ފިރުމާލަމުން މީޝާ ބުނީ އެވަގުތީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ދަނޑިވަޅުނޫންކަން ވިސްނޭތީއެވެ. ނަމަވެސް އެކަމުގެ ޙަޤީގަތް ހޯދުމަށްފަހު ނޫނީ އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ.
ފުން ނޭވާއެއް ފަޒާގެ ތެރެއަށް ބޭރުކޮށްލުމަށްފަހު އައިހަމް ފަހަތަށް އެނބުރިލިއިރު ކުރިމަތީގައިހުރީ މުޅިދުނިޔޭންވެސް އޭނަ އެންމެ ނަފުރަތުކުރާ އިންސާނާއެވެ. ޙަޤީގަތުގައި އިންސާނެއްގެ ސިފައިގައިހުރި ޖަނަވާރެކޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް މަޔަކު ފަދައިން އައިހަމްއަށް ލޯތްބާއި އަޅާލުންދީގެން ބަލާބޮޑުކުރަމުންދިޔަ ފަރާތުގެ ވަސްވެސް މިދުނިޔޭން ފޮހެލި އަނިޔާވެރި ގާތިލެވެ. އޭނަގެ ބޮޑުބޭބެއެވެ. ދެލޮލުުން އަލިފާންކަނި ނުބުރިއެއްކަމަކު ނަސީރު ފެންނަ ކޮންމެ ފަހަރަކުވެސް އައިހަމްގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އަލިފާންފަދަ އެނަފްރަތުގެ ހޫނުން އެއިންސާނާ ފިއްސާ އަންދާލެވޭނެނަމަ އެކަންވެސް އައިހަމް ކުރީސްތާ ކިތަންމެ ދުވަހެއް ވެއްޖައީހެވެ. ނަސީރުގެ ކައިރީގައި 35 ވަރަކަށް އަހަރުގެ އަންހެނަކު ހުއްޓެވެ. ލާފައިހުރި ޒަމާނީ ހެދުމާއިއެކު އެންމެ މިހާރުގެގޮތަށް މޭކަޕްކޮށްލާފައި ހުރުމުންވެސް ފެށަނަށް ނުހަނު ލޯބިކުރާކަން ހާމަވެއެވެ. ނިވާކަންކުޑަ ހެދުމާއެކު ޝޯލްް އަޅާފައި ހުރި ގޮތުންވެސް ކަރުގެ ބޮޑު ބައެއް ވަނީ ހާމަޔަށެވެ. އެއަންހެނާގެ އަތުގައި ހިފަހައްޓާލައިގެން ނަސީރުހުރީ ނިކަން ހެވިލާފައެވެ. އައިހަމްގެ ހިތަށް އެރިއެވެ. ކޮންފަދަ ނުބައި އިންސާނެއްހެއްޔެވެ؟ ބޮޑުދައިތަ މަރާލުމަށްމަހު މިހާރު އެއުޅެނީ އެހެން އަންހެނަކާއެކު ދިރިއުޅުންފަށައިގެންނެވެ. އައިހަމްއަށް ނޭންގުނީ ނަސްރީނާ މަރާލުމަށްފަހު މިހާރު ނަސީރު ދެމީހުންނާ އިނދެއްޖެކަމެވެ. ބޮޑުބޭބެގެ ވިޔާނުދާކަން އައިހަމްއަށް ފެނުނުމީ ފުރަތަމަ ފަހަރެއްނޫނެވެ. އައިހަމްއާއި ދިމާއަށް ދެބުމަގާތްކޮށްގެން ބަލަހައްޓައިގެން ހުރުމަށްފަހު ނުލަފާ ވައްތަރަކަށް ނަސީރު ހޭންފެށިއެވެ. ” ކޮބާ ކިހިނެއްވިއްޔޯ މާލެ އަރައިގެން ތިއުޅެނީ. އެއަންހެނާ ކަލޭ ދޫކޮށް ދިޔައީމަ އެހިތާމައިގަ އޮވެއޮވެފަ އެންމެ ފަހުން ހިތަށް ކެތްނުވެގެން ހޯދަން ނުކުތީދޯ. ދެން އެކަމް ނުފެނިއްޖިއްޔާ ކިހިނެއް ހަދާނީ؟ ވަރަށް މޮޅުތަކެއްވެއްޖެއެއްނު އަހަރެން ބުނި މަންޖެއާ ނީންދެ އެއަންހެނާގެ ފަހަތުން ދުވެގެން. ނޭންގެ ދެން ފެންނާނީ ތާކު މަރުވެފައޮތް މަސްގަނޑުނޫންކަމެއްވެސް.” ބޮޑުބޭބެގެ އަނގައިން ބޭރުވެގެންދިޔަ ރަޙުމްކުޑަ ބަސްތައް އިވިފައި އައިހަމްގެ ހަށީގައި ލޭތައް ކެކިއަރައިގަތީ އިސާހިތަކުއެވެ. އިޙުތިޔާރެެއްނެތި ބޮޑުބޭބެގެ މޫނާ ދިމާއަށް މެޅިގެންދިޔަ އަތް ގަދަކަމުން ތިރިކޮށްލުމަށްފަހު އަވަހަށް އެތަނުން ދާން ހިނގައިގަތީ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރުހީވުމުންނެވެ. ނަމަވެސް ހިތުގައި ސުވާލު އުފެދިފައިވަނީ ބޮޑުބޭބެއަށް ލިމްޝާ އޭނަ ދޫކޮށް ދިޔަކަމެއް އިނގުނުގޮތަކާ ދޭތެރޭގައެވެ. އިރުއޮއްސެންގާތްވެފައިހުރުމުން އަވަހަށް ގެއާއި ދިމާލަށް މިސްރާބުޖެހިއިރު މިއަދު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ސިކުނޑިތެރޭގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ.
ރިމްޝާ ގެއަށް ދޫކޮށްލުމާއެކު މިޝާލްއާއި މީޝާ ރިމްޝާ ގޮވައިގެން ކާރަށް އެރިއެވެ. ތިންމީހުންގެވެސް މަންޒިލާ ހަމައަށް ފޯރަންދެންވެސް އެދެމެދުގައިވީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ހީވާގޮތުން އެކަކަށްވެސް ދައްްކާނެ ވާހަކައެއް ނޭންގުނީއެވެ. ދުވަހަކުވެސް ވާހަކަހުސްނުވާ މީހުންނަށް އައި ބަދަލުން ރިމްޝާ އިނީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. އެދެބެންނަކީ މީގެކުރިން މިނެޓަކަށް ނަމަވެސް އަނގަމަޑުން ލައިގެން ތިބޭ ބައެއްނޫނެވެ. ގޭތެރެއަށް ވަދެގެންދަނިކޮށް ކުއްލިއަކަށް ރިމްޝާގެ މޭނުބައިކުރަންފެށިއެވެ. ފާހާނައާ ހިސާބަށް ފޯރާވަރުވީ ހަމަަކިރިޔާއެވެ. ކަރުތެރޭގައި ގިނަވަމުންދިޔަ ހޮޑުތައް ބޭރުވެއްޖެއެވެ. ލޯގަނޑުން އަމިއްލަ ސޫރަޔަށް ބަލައިލިއިރު ދެލޯ ވަނީ ބޮޑުވެފައެވެ. ހިތުގައި ބިރުވެރިކަމުގެ ރާޅުބާނީއެއް ދަތުރުކޮށްލީ އެވަގުތު ހިތަށް އެރިއެއްޗަކުންނެވެ. ނަމަވެސް އެހިޔާލު ދޫކޮށްލުމަށް އަމިއްލަ ސިކުނޑިޔަށް ވިސްނައިދެމުން ފަހަތަށް އެނބުރިލިއިރު މީޝާ ބާރުބާރަށް އަންނަތަން ފެނުނެވެ. “ރިމް. ކިހިނެއްވީ؟” ހާސްވެފައިހުރެ މީޝާ އަހާލިއެވެ. ” މާބޮޑުކަމެއް ނުވެޔޭ. ކާރަށް އެރީމަ ބައެއްފަހަރު ހޮޑުލެވޭ.” ހިތާ ދެކޮޅަށްނަމަވެސް ރިމްޝާ ދޮގެއްހަދާލިއިރު މީޝާޔަށް ވާނުވާ ރަނގަޅަށް ފަހުމްވިއެވެ. ” އޯކޭ. ދެން ފެންވަރާލައިގެން އާދޭ ކާން.” މީޝާ އެހެންބުނެ ބަދިގެއަށް ދިޔައީ ރޭގަނޑު ކާނެއެއްޗެއް ތައްޔާރުކުރާށެވެ.
ގެއަށްދިޔަގޮތަށް އައިހަމް ފާހާނާޔަށްވަދެ ފެންވަރާލީ ސިކުނޑި ހަމަޖައްސާލުމަށެވެ. އެއަށްފަހު ނިދަންލާ ސޯޓު ލުމަށްފަހު އެނދުމައްޗަށް ބަންޑުންވެއްޓިގަތެވެ. ދެލޯ މަރާލައިގެން އެހެން އޮތްއިރު އެނދުގައި އަޅާފައިވާ ބެޑްޝީޓް ތެތްމަމުން ދިޔައީ އައިހަމްގެ ލޮލުން އޮހެމުންދިޔަ ހޫނު ކަރުތިކިތަކުންނެވެ. އަމިއްލަ ނިކަމެތިކަމާމެދު އޭނަޔަށް ޝަކުވާކުރެވެނީ މަދުފަހަރަކު ނޫނެވެ. ބޮޑުދައިތަ މަރުވެގެންދިޔަގޮތް ލޮލުންފެނި އަތުން ހިފިފައިވީ ނަމަވެސް އަދިއަދާ ހަމަޔަށްވެސް ބޮޑުދައިތަޔަށް އިންސާފު ހޯދައިދިނުމަށް އައިހަމްވަނީ ނުކުޅެދިފައެވެ.
ހަސަނަކީ އެއްއިރެއްގައި މާލޭގެ ނަންމަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ނަންހިނގި ކުޅަދާނަ ވިޔަފާރިވެރިއެކެވެ. ލޯބިވާ އަނބިމީހާ، ޒިޔާދާގެ ފުރިހަމަ ލޯތްބާއި އެއްބާރުކުމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންގޮސް ހަސަނުގެ ވިޔަފާރި ފުޅާވެގެންދިޔައީ ފަތުއަޑުކިޔާފައެވެ. މާލޭގެ އެކިއެކި ހިސާބުތަކުގައި ހަސަނުގެ ފިހާރަތަކާއި ރެސްރޯރެންޓްތައް ހުޅުވިއެވެ. ހަސަނު ދެކުންގޮތުގައި އެހުރިހާ ކާމިޔާބީއެއްގެވެސް އަސްލަކީ ޒިޔާދާގެ ލޯތްބެވެ. ޒިޔާދާޔާނުލާ ހަސަނަށް އެހިތްވަރެއްނުލިބޭނެކަމަށް އޭނާ ބުންޏެވެ. މިގޮތުގައި ދެލޯބިވެރިންވެސް ދިރިއުޅުން އާރާސްތުކުރަމުންދިޔައިރު އިންތިޒާރުކުރަމުންދިޔައީ އެދެމަފިރިންގެ ލޯބީގެ ގުލްޝަނުގައި މޭވާއެއް އަޅާނެ ދުވަހަކަށެވެ. އެބޮޑު ގޯތިތެރޭގެ ފަޅުފިލުވާލަދޭނެ ތުއްތު ތުއްތު އަޑަކަށެވެ. އެދެމަފިރިންގެ ހުވަފެންތަކުގައި ކުލަޖައްސާދެމުން އައިހަމް މިދުނިޔެއަށް ލީ ފުރަތަމަ ނޭވާޔާއެކު ޒިޔާދާގެ ފަހު ނޭވާ ބޭރުކޮށްލީ އެއަމާނާތަށް ފުރިހަމަޔަށް ރައްކާތެރިވުމަށް އެދެމުންނެވެ. ނަމަވެސް ޒިޔާދާގެ ވަކިވެދިޔުންވީ ހަސަނަށް ކެތްވާވަރުގެ ކަމަކަށްނޫނެވެ. ދިރިއުޅުން އާބާދުކޮށްދިން ލޯބީގެ ބާރު ވެގެންދިޔައީ ހަސަނު މިދުނިޔޭން ވަކިކުރި ބާރަށެވެ. އެހިތާމައިގައި ހަސަނު މިދުނިޔެ ދޫކޮށްދިޔައީ އޭނަގެ ހުރިހާ ވިޔަފާރިއަކާ ބިންތަކެއްވެސް ދަރިފުޅުގެ ނަންމައްޗަށް ބަދަލުކޮށްފައެވެ. ކޮންމެވެސް ދުވަހަކުން އެދަރިފުޅަށް އޭގެން މަންފާކުރާނެތީއެވެ. އެންމެ ތުއްތު އިރުންސުރެވެސް އައިހަމްއާ ހަވާލުވީ ބޮޑުބޭބެ، ނަސީރުގެ އަންހެނުން ނަސްރީނާއެވެ. އުފަންދަރިނޫނެއްކަމަކު ނަސްރީނާ އައިހަމް ބަލާބޮޑުކުރަމުންދިޔައީ އުފަންދަރިޔަކަށްވުރެން އެންމެ ތަންފުކެއްވެސް އުނިނުކޮށެވެ. އެހާވެސް ލޯތްބާއި އަޅާލުންދީގެންނެވެ. އައިހަމް ބޮޑުވަމުންދިޔަ ވަރަކަށް ނަސްރީނާ ދިޔައީ ހުރިހާ ހަޤީގަތެއް އައިހަމްއަށް ކިޔައިދެމުންނެވެ. ނަސްރީނާއަކީ އައިހަމްގެ މަންމަނޫންކަން އިނގުމުންވެސް ނަސްރީނާދެކެ އައިހަމްވީ ލޯތްބަކަށް ކުޑަކޮންވެސް ގުޑުމެއްނާރައެވެ. އޭގެ ބަދަލުގައި ނަސްރީނާޔަށް އައިހަމް ކުރަމުންދިޔަ ޤަދަރާއި ޢިއްޒަތްވީ ހައްތަހާ އިތުރެވެ. ފުރާވަރަށްއެރުމާއެކު ޤާނޫނީ ވަކީލުގެ އެހީގައި އައިހަމް އޭނަގެ ނަމުގައިހުރި ހުރިހާ އެއްޗެއް ބޮޑުދައިތަ، ނަސްރީނާގެ ނަމަށް ބަދަލުކުރީ އެތަކެތި ބޮޑުދައިތަ ޤަބޫލުނުކުރާނެކަން އެނގިހުރެއެވެ. އޭނަ ޤަބޫކުކުރިގޮތުގައި އަމިއްލަ ދަރިއެއްފަދައިން އޭނަ ބަލާބޮޑުކުރަމުންދިޔަކަމަށްޓަކައި އެވަރު ބޮޑުދައިތަޔަށް ޙައްޤު ވާނެކަމަށެވެ. ނަމަވެސް….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.



Varah reethi mi part vx… waiting for the next part ❤️❤️
Thank u so much inoo dear…♥️♥️♥️
yay noone thanks a lot dear
U re most wlcm♥️
Wow. What a nice story. Next part vx thankolheh avahah up kohdhehcheyy
Thanks a lot dear.. i will try v haa vx avahah up kureveytho
alhey rimshaa preg vee dho
haadha dheraey
keehvebaa rim sirru kurany
I think ey rim ah meehaku dhin landeh
rim rape kollee kanneynge dho
so sad
vvvvvvvvvvvvv reethi mi part ves
when next part
Thank u so much nunnu… Really happy nunnu ah mi part kamudhiyaiima… ?♥️♥️ Vedhaane hama thihen vx.. dhn balamaa dhw
Dearie mi prt vx hama awesme ?? whn nxt prt buddyy i undrstnd nge cox roxy vx hama vvvvvvv bxy vyya btw u grade 10?? ???
Thank u roxy… Yh
same here ?
Aan livee ah ves heevany thihen
Rim aa aiham aa gulhuvaba pls
I think aiham ge bodu beybe hen limsha maraaly
Hehe.. vedhaane dhw hama. Hingaa balamaa dhn vaagotheh
vvv reethi thanks dear
So happy unique ah story kamudhiyaiima♥️♥️
Vrh reethi mi part ves ❤?
Thanks jumss♥️♥️
Wow. Nice story
Thanks♥️
Maa ginain fb ashaa ehchiss ah nuvadhe thankolheh avahah vaahaka up kohdhybala plx..
Nuvannanamey raaya vannahaa ginainneh???
vv reethi no one ,,than kolheh avahah up kohdhehcheyy,….
Thanks maya.. I’m trying
Kba 9..varah reethi maabodah lasvany up kuran.
V v v v nice.. keep it up dear♥️♥️