Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ހާމަ ކުރީމާ ލޯބިމަވާކަން 12

Shaish Level 210 Stories100 Comments
July 2, 2018 5 Mins Read
24 Comments

ލޯބިވާކަން ހާމަ ކުރަން ނިންމި ކަމުގައިވިޔަސް އަދިވެސް ޒެވިޔަން ޖެހިލުންވެއެވެ. އެލައިޝާ ނޫނެކޭ ބުނެފިނަމަ ދެމީހުންގެ ދުވަސްވީ އެކުވެރިކަމަށް ބުރޫއަޅައިފާނެތީއެވެ. އެންމެ ގާތް އެކުވެރިޔާ ގެއްލޭކަށް އޭނާ ނޭދެއެވެ. ނަމަވެސް ލޯބިވާކަން ނުބުނެ އިންދައި އެލައިޝާ އެހެން މީހަކާއި ގުޅިދާނެ ކަމުގެ ބިރުވެސް ހިތުގައި އޮތެެވެ. ލޯބިވާކަން ހާމަ ކުރާނެ ފުރުސަތެއްވެސް އެހެންވެއްޖިއްޔާ ނުލިބޭނެއެވެ. އޭރުން ޒެވިޔަން މާ ދެރަވާނެއެވެ. މިހާރުވެސް މާގިނަ ދުވަހު ހިތުގައި އެކަން ބާއްވައިގެން އުޅެވިއްޖެއެވެ. އިތުރަށް ދެން ސިއްރު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ކައިވެނީގެ ވަގުތު ކައިރިވަމުންދާ ވަރަކަށް އަޒެލްގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އެލައިޝާއަށް އެތައްްް މެސެޖެއް ކުރަމުން ދިޔައީ ގުޅުމުން ފޯނު ނުނަގާތީއެވެ. އޭނާގެ މީހަކަށް އެލައިޝާ ހަދަން އޭނާ ބޭނުންވާތީއެވެ. މެހެކްއާއި ކައިވެނި ކުރާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. މެހެކްއާއި އިންނަން ކިއީ ހަމަ އެކަނި އެލައިޝާއަށް ބިރުދައްކާށެވެ. ކޮންމެހެން އޭނާ މެހެކްއާއި އިންނާކަށް ނޫނެވެ. އަލައިޝާ ނޫން މީހަކާއި އިންނާކަށް އޭނާ ބޭނުމެއްނުވެއެވެ.

“އަޒެލް އަދިވެސް ތައްޔާރު ނުވެވޭ.. ދެން ނެތޭ މާގިނަ ވަގުތެއްވެސް..އަވަހަށް ރެޑީ ވެގެން ތިރިއަށް އާދޭ..” އެލައިޝާއަށް މެސެޖްކުރަން އިން އަޒެލް ސިހުނީ އޭނާގެ ބައްޕަ ކޮޓަރީ ދޮރުމައްޗަށް އެރުމުންނެވެ. ފޫހިގޮތަކަށް މިދަނީއޭ ބުނުމަށްފަހު އޭނާވަނީ ފާހާނައަށެވެ.

މެހެކް ރީތި ކުރަން އެލައިޝާގެ އިތުރުން މެހެކްގެ ތިން ފަހަރިންވެސް އުޅުނެވެ. ހުދުކުލައިގެ އެބޮޑު ކައިވެނީގެ ހެދުން މެހެކްއާއި ވަރަށް ގުޅެއެވެ.
“މާ ޝާ ﷲ.. އަޒެލް މެހެކް ފެނުމުން މޮޔަ ވެދާނެ.. ތިހާ ރީތި ބްރައިޑެއް އަހަރެން އަދި ނުދެކެން..” މޭކަޕްކޮއް ނިންމާލައިފައި މަލްދާންގެ އަންހެނުން އަންޖަލް ބުނެލިއެވެ. ދެން ތިބި ދެފަހަރިންވެސް މެހެކްއަށް ތައުރީފު ކުރިއެވެ.

” ދެން އަހަރުމެން ދަނީ އިނގޭ ރެޑީވާން..ލައިވެސް އަވަހަށް ރެޑީވެގެން އާދޭ..” އަންޖުމް އެހެން ބުނުމަށްފަހު އޭނާގެ ދައްތަ އަންޖަލްއާއި ތާނިޔާގެ އަތުގައި ހިފައި އެތަނުން ނިކުތެވެ.

“ހައު ޑޫ އައި ލުކް ލައި..” އެމީހުން ދިޔުމުން މެހެކް އެލައިޝާ ކައިރީގައި އަހައިލިއެވެ. ” ވަރަށް ރީތި.. އެންމެ އެއްޗެެއް ނެތީ.. މެހެކްގެ ހިނިތުންވުން.. އެހެންނޫންނަމަ ވަރަށް ފުރިހަމަވީސް..” އެލައިޝާ އެހެން ބުނުމުން މެހެކް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލައި ހިނިތުންވެލިއެވެ. ” ފޭކް ހިނިތުންވުމެއް.. މެހެމާނުންނަށް ދައްކަން ރަގަނޅުވާނެ.. އަދިވެސް ވަގުތު އެބެެއް އިނގޭ.. މެހެކް ބޭނުމިއްޔާ އައި ވިލް ހެލްޕް ޔޫ ގެއިން ބޭރަށް ނިކުންނަން.. އާމްއަށްވެސް ގުޅައިފާނަން..”

” މެހެކްގެ ހިނިތުންވުން ފޭކް ވެދާނެ..އެކަމް ޑޭޑްމެންގެ ހިނިތުންވުން އަސްލެއްނު.. ކޮންމެވެސް ދުވަހަކުން މެހެކްވެސް ހުންނާނީ އުފަލުގައޭ..ދޭ ބަލަ ދެން ރެޑީވަން.. އެހެންނޫނީ ކައިވެނި ކުރާ ގަޑީވެސް އަހަރެންގެ ބެސްޓީއަށް ނުހުރެވިދާނެ.. އޭރުން ގައިމުވެސް ފޭކް ހިނިތުންވުމެއްވެސް މިމޫނު މައްޗަކުން ނުފެންނާނެ..” މެހެކް ބުނެލިއެވެ.

ވިލުނޫ ކުލައިގެ މެކްސީއެއް ގޮތަށް ފަހައިފައިވާ ހެދުމަކާއި އެކު ލުއި މޭކަޕެއް ކޮއްލައިގެން އެލައިޝާ ތައްޔާރުވެލިއެވެ. ހައި ހީލްސްއަކަށް އަރައިގެން ތިރިއަށް ފޭބިއިރު މެހެކްގެ އާއިލާގެ އިތުރުން އަޒެލްގެ ތިމާގެ މީހުންނާއި ގިނަ އަދަދެއްގެ މެހެމާނުން އައިސް ތިއްބެވެ. ރީހާން ފޯނުން މީހަކަށް ގުޅަމުން ދިޔައިރު މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. މެހެމާނުން ސިއްރު ވާހަކަ ދައްކަމުން ދިޔައިރު ރޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

“ކިހިނެއް ވެގެން މިއުޅެނީ..” ޒެވިޔަންއާއި އިބާން ކައިރިއަށް ޖެހިލަމުން އެލައިޝާ އަހައިލިއެވެ.

“އަޒެލްގެ ހަބަރެއް ނުވެގެން.. އޭނަ ބައްޕައަށްވެސް ނޭންގެޔޯ ވީ ތަނެއް.. މީހުން އެބަ ކިޔާ ކައިވެނި ނުކުރަންވެގެން ފިލީޔޭ.. އަހަންނަށްވެސް ހީވަނީ އެހެން.. އޭނަ ބޭނުންވީ ލައިއާއި އިންނަން ވިއްޔަ..” ޒެވިޔަން ވެގެން އުޅޭ ގޮތް އެލައިޝާއަށް ކިޔައިދިނެވެ.

“ގުރޭޓް.. ދެން މެހެކްވެސް ނުޖެހޭނެއެއްނު އޭނައާއި އިންނާކަށް.. ރަގަނޅު އަމިއްލައަށް ކައިވެނި ކެންސަލްކުރިކަން..”

“ލައި ކުޑަކޮއް މޮޔަތަ.. ކައިވެނި ކެންސަލް ކުރީކީ ނޫން.. ކައިވެނި ނުކުރަންވެގެން ފިލީއޭ ކިޔާނީ.. މީގެ ސަބަބުން މެހެކްއަށް މީހުންގެ މަލާމާތާއި ކުރިމަތިލާން ޖެހޭނެ.. މިހާރު އެބަ އިނގޭތަ ވެގެން އުޅޭގޮތް..” އިބާން އެހެން ބުނުމުން އެލައިޝާއަށް އަނގަމަތީ އަތްއަޅައިލެވުނީ އެއީ ތެދު ވާހަކައަކަށް ވާތީއެވެ. އިންޑިޔާފަދަ ގައުމުތަކުގައި އެއީ ވަރަށް ގިނައިން ވާކަމެކެވެ. އެގޮތަށް އަންހެން ކުއްޖެއްގެ ކައިވެނި ހަމަޖެހި ފަހުވަގުތު ފިރިހެން ކުއްޖާ ކައިވެނި ނުކޮއްފިނަމަ އަންހެން ކުއްޖާއަށް މީހުން ފާޑުކިޔައި ހަދައެވެ.

“ލައި.. އެނގޭތަ އަޒެލް ވީތަނެއް.. ބުނީމެއްނު ކުރީގެ ރައްޓެހިންނޭ.. ޕްލީޒް އޭނަ ވީތަނެއް ބަލާލަ ދީބަލަ.. ކޯޓުން މީހުން އައިސް ތިބޭތާވެސް އިރުކޮޅެއް ވެއްޖެ މިހާރު.. އާލޯކްއަށްވެސް ވީތަނެއް ނޭންގެޔޯ.. އޭނައަށް ކަމެއްވީތަ އަނެއްކާ..” ރީހާން އެލައިޝާ ކައިރިއަށް އައިސް ބުނެލިއެވެ. އެއަޑުގައި އެހެންނާ ހުންނަ ހަރުކަށިކަމެއް މިއަދަކު ފާޅުވާކަށް ނެތެވެ. އަޒެލް ވީތަނެއް އަދި ދާނެ ހެން ހީވާ އެއްވެސް ތަނެއް ނޭންގޭ ކަމަށް އެލައިޝާ ބުނުމުން އެމޫނުމަތި މުޅިން މިލައިގެން ދިޔަތަން އޭނާއަށް ރީތިކޮއް ފެނުނެވެ.

އެލައިޝާމެން ބަލައި އަންނާނެ އިރެއްގެ އިންތިޒާރުގައި އިން މެހެކް ފޯނުގައިވާ އޭނާއާއި އަމަލްގެ ފޮޓޯތައް ޑިލީޓް ކުރަމުން ދިޔައީ ދިރިއުޅުމުގެ މިފެށެން އުޅޭ އާ ހަޔާތަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންކަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. ފޮޓޯތަށް ފަސޭހަކޮއް ޑިލީޓް ކޮއްލެވުނު ނަމަވެސް ހިތުގައި ރައްކާކުރެވިފައިވާ ހަނދާންތައް ފުހެނުލެވޭނެކަން އޭނާއަށް އެނގެއެވެ. މެހެކްއަކީ ސެލްފީ ނެގުމަށް ފޯރިހުންނަ ކުއްޖެއް ކަމުން ދެމީހުން ނަގައިފައިވާ އެތަށް ފޮޓޯއެއް ހުއްޓެވެ. ފޮޓޯ ޑިލީޓް ކުރަމުންދާ ވަރަކަށް އެތަށް ދުވަހެއްގެ ހަނދާންތައް އާވަމުން ދިޔައެވެ. ދެލޯ ފެންކަޅިވުމުން ފޯނު ފާރާއި ދިމާއަށް ހޫރާލީ އިތުރަށް
އެއައް ބަލަން ކެތްނުވެގެންނެވެ.

ހިތް ކުދިކުދި ވަމުން ދާއިރުވެސް މެހެކް ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓައިލައިގެން ހުރީ މޭކަޕް ހަޑިވެދާނެ ކަމަށް އަމިއްލަ މީހާއަަށް ވިސްނައިދެމުންނެވެ. ކޮޅަށް ތެދުވެ ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލައި ފުން ނޭވާއެއް ދޫކޮއްލައި ކުޑަކޮއް ހަމަޖެހީލައި ގަޑިއަށް ބަލައިލިއެވެ. ގަޑިން 8:30 ވީއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ވަގުތު ފާއިތުވިއިރުވެސް އޭނާ ބަލައި މީހަކު ނައީ ކީއްވެހެއްޔޭ ހިތަށް އެރި ނަމަވެސް އަޅައިނުލައި މެހެކް ގޮސް އެނދުގައި އިށީނެވެ. ކައިވެނި ކުރަން ވީމަ ބަލައި އަންނާނެ ނޫންހޭ ހިތުން ކިޔަމުންނެވެ.

މާޔޫސްކަމާއިއެކު އަތުގައި އޮތް ކައިވެނީގެ ދައުވަތު ކާޑަށް ބަލަން އިން އަމަލް ސިހުނީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ފަހަތުގައި ހުރީ އޭނާގެ ބައްޕައެވެ.

“ނުދާނަންތަ މެހެކްގެ ކައިވެންޏަކަށް..” ދަރިފުޅު ކައިރީގައި އިށީންދެލަމުން ވިކާތު އަހައިއެވެ.

” އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން ޑޭޑްއަށް ކެތްވާނެ ތަ..” އަމަލްގެ އެޖަވާބުން އޭނާ ދެރަވެފައިހުރިވަރު ވިކާތުއަށް ހާމަވެގެން ދިޔައެވެ. އަމަލްގެ ގައިގައި ބައްދައިލީ ދަރިފުޅުގެ ހިތާމައިގައި އޭނާ ބައިވެރިވަމޭ ބުނަމުންނެވެ. އަދި ކެތްތެރި ވުމަށް އަމަލްއަށް ނަސޭހަތް ދިނެވެ.
ރީހާން އަމަލްއަށް އެކައިވެންޏަށް ދައުވަތު ދިނީ އޭނާއަށް މަލާމާތްކުރުމުގެ ގޮތުންކަމަށްވެސް ވިކާތު އަމަލް ގާތުގައި ބުންޏެވެ. އަމަލް އެއްޗެކޭ ނުބުނުމުން އޭނާއަށް ފެންނަނީ އެތަނަށް ދިޔުމަށް ކަމުގައި ބުނެލިއެވެ. މިފަހަރުވެސް އަމަލް އެއްޗެކޭ ނުބުނުމުން ވިކާތު އެތަނުން ނިކުމެގެން ދިޔައީއެވެ.

ގަޑިން 9 އެއް ޖެހިއިރުވެސް އެއްވެސް މީހަކު މެހެކް ބަލައި ނައުމުން އޭނާ ކޮޓަރިން ނިކުތީ ވެގެން އުޅޭ ގޮތެއް ބަލައިލުމަށެވެ.ކައިވެނި އޮތީ ގޭގެ ޓެރަހުގައި ކަމުން ތިރީގައި މީހަކު ފެންނާކަށް ނެތެވެ.

އެލައިޝާވެސް އަޒެލްއަށް ގުޅޭތޯ މަސައްކަތް ކުރަން ފެށިއެވެ. ރީހާން ދެކޮޅަށް ހިނގަ ހިނގާ ހުރިއިރު ރޭނާ އިނީ ގޮނޑިއެއްގައި އިށީންދެގެންނެވެ. އޭނާގެ ތިން ދަބިދަރިން ކައިރީގައި ތިއްބެވެ.

އިސާހިތަކު ތުންތުން މަތިން އެވާހަކަ ދެކެވެން ފެށުނެވެ. މެހެކް އިންނަން އުޅުނު ކުއްޖާ ކައިވެނި ކުރަން ބޭނުން ނުވެގެން ފިލީއެވެ. އެކުގައި ކޮލެޖްގައި އުޅުނު ކުދިންނަށާއި ރީހާންގެ އެކި އޮފީސްތަކުގައި އުޅޭ މުވައްޒަފުންނަށް އެހަބަރު ވެގެން ދިޔައީ ހޫނު ހަބަރަކަށެވެ. އެކި ސަބަބުތަކާއި ހެދި އެތަނަށް ނާދެވުނު މީހުންނަށް ގުޅައިފައި އެހަބަރު ދިން އިރު ހީވަނީ އުފަލެއް ލިބިގެން އުޅޭ ބައެއްހެންނެވެ.

އެވަގުތު އެތަނެއް ވަދެގެން އައި މެހެކްއަށް ގިނަ މީހުން ބަލައިލީ މަލާމާތުގެ ނަޒަރަކުންނެވެ. ބައެއް މީހުން އޭނާއާއި ދިމާއަށް އިނގިލި ދިއްކޮއްގެން ހުރެވެސް ކައިރީގައި ތިބި މީހުން ކައިރީގައި ސިއްރު ވާހަކަ ދައްކަމުން ދިޔައެވެ. ވެގެން އުޅޭ ގޮތް ނޭންގުނަސް މެހެކް ލަދުގަންނަގޮތް ވިއެވެ. މިނޫނީ އަދި އޭނާއާއި ދިމާއަށް އެއްވެސް މީހަކު އެފަދަ ނަޒަރަކުން ދެކެފައެއް ނުވެއެވެ. ވީއިރު މިއަދު މީހުން އެގޮތަށް އެބަލާ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެކުގައި ކިޔަވަން އުޅުނު ކުދިންވެސް ބަލަނީ އެކަހަލަ ގޮތަކަށެވެ. އެއީ އަބަދުވެސް މެހެކްއާއި މެދު ހިތުގައި ހަސަދަވެރިކަން ވާ ބައެއްކަން އޭނާއަށް އެނގެއެވެ. މެހެކް ހީކުރީ މިއަދުވެސް އެމީހުންނަށް ވާނީ އެހެން ކަމަށެވެ. މެހެކް ފަދަ މުއްސަދި ކުއްޖަކު އިންނަންވެސް އެއުޅެނީ މުއްސަދި އަދި އެހާމެ ކާމިޔާބު ރީތި ޒުވާނަކާއެވެ.

“ވަޓްސް ގޮއިން އޮން..” ފަހަތުން އިވިގެންދިޔަ މެހެކްގެ އަޑަށް ރީހާން ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ފަހަތަށް އެނބުރުނީ އެސުވާލުގެ ޖަވާބު ދޭނެހާ ހިތްވަރު ނެތީމައެވެ. ހުދު ކުލައިގެ ވިދާ ކުދި ކުދި އެސްތަކުން ޖަރީކޮއްފައިވާ ބޮޑު ކައިވެނީގެ ހެދުމުގައި ދެއަތުން ހިފައިގެން އިންއިރު މެހެކްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ” ޑޭޑް..ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިންނަނީ.. ކީއްވެތަ އެންމެން އެގޮތަށް އަހަންނާއި ދިމާއަށް އެބަލަނީ.. ހީވަނީ މަލާމާތްކޮއްފަ ސިއްރު ވާހަކަ ދައްކާހެން އެބަ.. އެކަމް ކޮން ކަމަކާ އެމީހުން އަހަންނަށް މަލާމާތް ކުރަންވީކީ.. އަހަރެންގެ ކައިވެންޏަށް އައިސް އެގޮތަށް އަހަންނަށް މަލާމާތް ކުރަން ޖެހޭތަ..އަހަރެންގެ ކައިވެނި..ޑޭޑް ކައިވެނި ކުރަން ހަމަޖެހިފައި އޮތް ވަގުތުވެސް މިހާރު ހިނގައްޖެއެއްނު.. އަދިވެސް ކޯޓުން މީހުން ނާންނަނީތަ..” ދެންވެސް ރީހާން އަނގައިން ނުބުނެ އިސްޖަހައިގެން ހުރީއެވެ. ކުއްވެރިއެއް ފަދައިންނެވެ.

ރީހާން އެއްޗެކޭ ނުބުނުމުން މެހެކް ދެފަހަރަކު އޭނާގެ ބައްޕައަށް ގޮވައިލިއެވެ. ރޭނާއާއި ދިމާއަށް ދާން ހިނގައިގަތް ތަނާ ކައިވެނި ކުރާ މޭޒު ކައިރީގައި ކޯޓުން އައި މީހުން ތިބިތަން ފެނުނުވެ. އެވަގުތު އެމީހުންވެސް ތިބީ މެހެކްއަށް ބަލަހައްޓައިގެން ކަމުން އެބެލުމުން މެހެކްއަށް ފެނުނު ހަމްދަރުދީއިން އޭނާއަށް ވެގެން އުޅޭގޮތް ކުޑަކޮށް އެނގުނެވެ. ވަށައި ހޯދަން ފެށީ އެއީ އޭނާއަށް ހީވި ހީވުމަކަށް ވެގެން ދިޔުމަށް ހިތާހިތުން ދުއާ ކުރަމުންނެވެ. ނަމަވެސް އެތަނުން އަޒެލް ފެންނަން ނެތުމުން އެކަން ޔަގީންވެގެން ދިޔައެވެ. އޭރުވެސް މެހެމާނުން ސިއްރު ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުން އެދައްކަނީ އަޒެކް ފިލައިގެން ދިޔަ ވާހަކަކަން އެނގުމުން އެދެލޯ ފެންކަޅިވީ އެކަމާ ދެރަވެގެންނެއްނޫނެވެ. ލަދުގަތްވަރުންނެވެ. އިތުރަށް އެތަނުގައި އިންނަން ކެތްނުވެގެން ދުއްވައިގަތީ މީހުންގެ ބެލުންތަކުން
ސަލާމަތްވާން ވެގެންނެވެ.

މެހެކްގެ ފަހަތުން ދާން ބޭނުން ވިޔަސް ރީހާނަކަށް އެހިތްވަރެއް ނުލިބުނެވެ. މެހެކްއަށް މިހެން މިވީ އޭނާގެ ސަބަބުންކަން ގަބޫލު ކުރެވޭތީއެެވެ. އަޒެލްއަށް މާބޮޑަށް އިތުބާރުކުރެވި ރަނގަޅަށް އޭނާގެ ގޮތް ނުބަލައި ކައިވެނި ކުރުވަން ނިންމެވުނީއެވެ.

އެލައިޝާ ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ ސަބަބުން މެހެކްއަށް ޖެހުނު ހާލެކެވެ. އަޒެލްއާއި އިންނަން އޭނާ އެއްބަސް ވިނަމަ މިގޮތަށް މެހެކް އެންމެންގެ ތެރޭ ފަލީހަތްވާކަށް ނުޖެހުނީސްއެވެ.މެހެކްގެ ފަހަތުން އޭނާ ދިޔައީ މާފައް އެދެން ބޭނުންވާތީއެވެ.

“މެހެކް މަޑުކޮއްބަލަ..” މެހެކްގެ ފަހަތުން އައި އެލައިޝާ މެހެކްއަށް ގޮވަމުން ދިޔައެވެ. ނަމަވެސް އަޑު އިވޭކަމަށްވެސް ނަހަދައި މެހެކް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ލައްޕައި ތަޅުލީ މީހަކާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

“މެހެކް ދޮރު ހުޅުވަބާ..” އެލައިޝާ ދޮރުގައި ތަޅަމުން ގޮވަމުން ދިޔައެވެ. “ލުކް އައި އޭމް ސޮރީ.. އަހަންނަށް އިނގޭ މީ އަހަންނާއި ހެދި ވީ ގޮތެއްކަން..” އެތައް ފަހަރަކު ގޮވުމުންވެސް މެހެކް ދޮރު ނުހުޅުވުމުން އެލައިޝާ ބުނެލިއެވެ.

“ލައި ޕްލީޒް ލީވް މީ އެލޯން.. މީގަ ލައިގެ އެއްވެސް ކުށެއް ނެތް.. އަހަރެން ލައިދެކެ ރުޅިއެއް ނާދެއޭ.. އެކަމް މިގަޑީ މެހެކް ބޭނުންވަނީ އެކަނި ވެލަން.. ލައިއަށް ނުފެނޭތަ މީހުން މެހެކްއަށް ބެލި ވައްތަރެއް.. އެމީހުން ހާދަ މަލާމާތެއް އެބަ ކުރެޔޭ އަހަންނަށް.. މިހާ ލަދެއް އަހަރެން ދުވަހަކުވެސް ނުގަނޭ.. އެންމެންގެ ދުލު ކުރީ މިވަގުތު އޮންނާނީ އަހަރެންގެ ނަންކަން ޔަގީން..” މެހެކްގެ އަޑުގައިވި ރިހުން އެލައިޝާއަށް ސިއްރެއް ނުވިއެވެ. މެހެކް ރޮނީކަން އެނގުމުން އޭނާ އިތުރަށް ދެރަވިއެވެ. އަނެއްކާވެސް މައާފަށް އެދުނީ އެހެންވެއެވެ. މިފަހަރު މެހެކް އެއްޗެކޭ ނުބުނެއެވެ. އޭރު ކޮޓަރި ތެރޭން މެހެކްގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ދޮރުގައި ލެނގިލައިގެން އިށީންދެގެން އިދެ ދެއެކުވެރިންވެސް ރޮމުން ގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaish

Level 210 Stories100 Comments

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (10

Next

ފޫހި އަންބެއް

Next
July 2, 2018

ފޫހި އަންބެއް

Previews
July 2, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (10

24 Comments!

  1. Jazlee says:
    July 2, 2018 at 12:10 pm

    Me first dhw. Dhigu inthizaaru ge nimun vrh foni. Thnxx shaish. Luv u a lot ??❤❤?

    1. Shaish says:
      July 2, 2018 at 1:17 pm

      Welcome Jazlee ?❤

  2. Nuha says:
    July 2, 2018 at 12:32 pm

    me second..yeyy

    1. Shaish says:
      July 2, 2018 at 1:18 pm

      Yeah Nuha ah second..next time first hoadhan vaane ingey ?

  3. Shaish says:
    July 2, 2018 at 1:15 pm

    Here is the 12th part of the story..thankolheh kuruvaane..Iraadhakurehvihyaa next part dhigukohkadheynan..mistakes thah buneladhehchey ingey ??

  4. Inoo says:
    July 2, 2018 at 1:18 pm

    Yeyy…Shaish is back..btw stry varah reethi ? waiting for the next part ❤ ❤ ❤

    1. Shaish says:
      July 2, 2018 at 1:21 pm

      Thank yuh Inoo ?❤

  5. Nuha says:
    July 2, 2018 at 1:20 pm

    umm…shaish, kaiveni party ga koba aaloak…eyna bunneh nu azel kairy thayyaru vaashey….so mihaaru aaloak koba?eyna yah engeyne ehnu azael vy than…olhun eri ethan kolhun…shaish dear kiyai dheeba vy goi

    1. Shaish says:
      July 2, 2018 at 1:41 pm

      Next part in Aaloak v thaneh engigen dhaane ingey ?

  6. Baby girl ❤ says:
    July 2, 2018 at 1:24 pm

    Abadhuvess mivaahaka kiyan…feshunynsure mivaahaka mee vrh reethi vaahaka eh…cox its kind related to my life… ekam busy v ma comment eh vess nukurevey…btw story is awsome❤…mihaaru kuriyah dhaa goi varah habeys igey❤❤… when next part …..

    1. Shaish says:
      July 2, 2018 at 1:49 pm

      Awwn Thank yuh Baby girl ❤ Dhn huri part thakun Baby girlge comment eh fennaane kamah mibalany ?..Next part liye nimunhaa avahakah up kohladheynan ❤❤

  7. Me says:
    July 2, 2018 at 1:38 pm

    Mi vaahaka mijeheny alun kiyan..

    1. Shaish says:
      July 2, 2018 at 1:50 pm

      Varah dhuvas fahun dhw mi up kohdhevuny..sorry dear

  8. Mee says:
    July 2, 2018 at 3:38 pm

    Mi v kmh ge mahchah liyefa in vahaka eh tha… Its so touching…❤❤❤❤???????????
    Iyye adhi mi vaahaka kiyaali.. its so amazing… Dhnn gavaadhun up kphdhehche… N mivaahaka up vaanii kn dhuvas thakeh gatha….❤????Lysm?❤?

    1. Mee says:
      July 2, 2018 at 3:39 pm

      I mean hagygy haadhisaa ehge mahchah hey liyefa miothii

    2. Shaish says:
      July 2, 2018 at 4:54 pm

      Mee v kamehge mahchah liyaa vaahaka eh noon ?
      Week aku dhe dhuvahu up kohdheveythw balaanan ❤❤❤

  9. Rash says:
    July 2, 2018 at 4:03 pm

    Nice

    1. Shaish says:
      July 2, 2018 at 4:55 pm

      Thank yuh Rash ?❤

  10. Aayath says:
    July 2, 2018 at 4:58 pm

    January ga up kohlaafa eyge 5 month fahun myhun vaahaka up kureytha, dhn hadhaany knmex dogeh, alhugandhah knmex kameh dhimaa v eyyyy blahh blah blahh,, thivaru myhun vaahaka nuliyuniya rangalhu vaany.. Ingeyy mihen bunyyma yu may feel bad, Bt itx all true dear,

    1. Shaish says:
      July 2, 2018 at 5:09 pm

      I dnt feel bad at all..5 months fahun vaahaka up kuri iru ehvx excuse eh dhahkaafa eh noannaane..for your information 5 months ahvure fahunvx myhun vaahaka up kurey..and alhungandu vaahaka liyanvyma engeyny alhugandah ?

  11. Mee says:
    July 2, 2018 at 6:25 pm

    Dhnn kyhve e ihnanii hageegee/ hithaama/loabi ehnn jahaafa.. aslu ehnn iniima i thought hageegee haadhisaa akah liyefa eyy…. ? Bt this story is one of my fav nw

    1. Shaish says:
      July 2, 2018 at 6:28 pm

      Alhey ehn dhw jehifa einy..aee olhygen jehifa in ehcheh..aslu innaany loabi, hithaama and ehenihen select kohfa ?

  12. Shaish says:
    July 2, 2018 at 6:28 pm

    Alhey ehn dhw jehifa einy..aee olhygen jehifa in ehcheh..aslu innaany loabi, hithaama and ehenihen select kohfa ?

  13. Aayath says:
    July 3, 2018 at 1:21 am

    Lol, hajam eh nuvi dhw

Comments are closed.

Next Episodeހާމަ ކުރީމާ ލޯބި މަވާކަން 13←


All Right Reserved!