Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 28

hygge Level 510 Stories100 Comments100 Login500 Comments
June 19, 2018 9 Mins Read
73 Comments

ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ.  މީހަކު ގެއަށް ގެންނަންޏާ އާންމުކޮށް ޒިވާ އޭނާ ގާތު އަބަދުވެސް ބުނާނެއެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ އޮފީހަށް ދިޔުމުގެ ކުރިންވެސް ޒިވާ އެކަހަލަ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ދެން މިއީ ކާކުބާވައެވެ؟

ޔައީޝް ދެބުމަ ގާތްކޮށްލައިގެން ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ޒިވާ ކައިރީ ސޯފާގައި އަރޫފާ ޓީވީ ބަލަން އިން އިރު ޒިވާގެ އަނެއް ފަރާތުގައި ސުމައްޔާ އިނެވެ. “އަނހަ.. ތި އައީ ދޯ.. އަރޫފާ މިއީ ޔައީޝް.. ބުނީމެއްނު ކުރިން.. ފިރިމީހާ..” ޒިވާ ލުއި ހިނިތުން ވުމަކާއެކު އަރޫފާ ގާތު ބުނެލިއެވެ. އޭނާގެ ނިޤާބްގެ ސަބަބުން އެއީ ކާކުކަމެއްވެސް ޔައީޝްއަކަށް ނޭނގޭނެއެއް ނޫންހެއްޔެވެ؟ ނަމަވެސް އޭނާ ޒިވާއަށް ބަލައިލީ މިއީ ކާކުހޭ އަހާލާ ފަދަ ގޮތަކަށެވެ. އެކަމަކު ޒިވާއަކަށް އެ ނަޒަރަކުން އެއްޗެއް ދޭހަވީހެނެއް ހިއެއް ނުވެއެވެ.

“ހިނގާ ކާން.. ބަނޑުހައިވެފައެއް ހުންނާނީ..” ޒިވާ ޔައީޝްގެ އެ ނަޒަރަށް އެއްވެސް ވަރަކަށް އަޅައެއް ނުލިއެވެ. އެހެން ކަމުން ޔައީޝް ހިސާބަކަށް ނުރުހުންވެސް ވިއެވެ. ނަމަވެސް ޒިވާ އެހެން ކަންތައް ކުރާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަން ޔައީޝްގެ ސިކުނޑިއަށް ދެނެގަނެވުނެވެ. ޒިވާ ޔައީޝްގާތު އެހެން ބުނަމުން ސޯފާއިން ތެދުވެލިއެވެ. ޔައީޝް ފެންވަރައިގެން ކަމަށްބުނެ ކޮޓަރިއަށް ދިޔުމުން ޒިވާވެސް އޭނާ ފަހަތުން ދިޔައެވެ. އޭނާއަށް ނޭނގުނު ކަމަކީ ކުރިއްސުރެ އެދެމީހުންނަށް ކަޅި އަޅަމުން ދިޔަ ތިން ވަނަ ފަރާތެއް ވާކަމެވެ.

“ޒިވް އެއީ ކާކު؟ ކުރިން ނުވެސް ބުނަމެއްނު ރައްޓެއްސެއް އަންނަ ވާހަކަވެސް..” ޔައީޝް އޭނާގެ ފޯނު ޑްރެސިން ޓޭބަލް މަތީ ބާއްވާލަމުން ހާސްކަން ކަނޑާލުމަށްފަހު ހިނިތުންވެ ހުރެ ބުނެލިއެވެ. “ޔައީޝް.. އެއީ މިއަދު ދިމާވި ކުއްޖެއް ހޮސްޕިޓަލް ތެރެއިން.. އެއީ ވަންނާނެ ގެދޮރެއް ނެތިފަ އިން ކުއްޖެއް.. އަހަންނަށް ކެރޭނެތަ އެހާލަށް އެ ބޯ ވާރޭ ތެރެއަށް އަދި ވަކިން ޚާއްސަކޮށް އަންހެން ކުއްޖެއް އެހެން އެކަނި ކޮށްލާފަ ދޫކޮށްލަން؟ އެހެންވެ ގެނައީ.. އޭނާގެ އެއްވެސް އާއިލާ މީހެއްވެސް މި ބޮޑު މާލޭގަ ނެތް.. އަނެއްކޮޅުން އޭނާ ފިރިމީހާ.. އޭނާ ވަރިކުރީ.. ދެން ކިހިނެއް ވަކި އަހަންނަށް ހެދޭނީ.. މިގޭގަ އިތުރަށް އެއް ކޮޓަރި އެބަހުރި.. އެހެން ވީމަ އޭނާ ހަމަޔަކަށް އެޅޭންދެން އެތާ ހުރެލެވިދާނެއްނު.. އެގޮތަށް އޭނާއަށް ހުރެވޭނެ ޖާގަ ވަނިކޮށް އެގޮތަށް ދޫކޮށްލާފަ އަންނަން ހެޔޮނުވާނެ ޔައީޝް.. އިންސާނިއްޔަތަށްޓަކައިވެސް އެހެން ހަދާކަށް ނުވާނެއްނު..” ޒިވާ ނިކަން ވިސްނޭ މީހެއް ފަދައިން ޔައީޝް ގާތު ބުނަމުން ދިޔައެވެ.

އޭނާ ވާހަކަ ދައްކަމުން ދިޔަ އިރު ޔައީޝް ހުރީ ހަށަން ބަނދެލައިގެން ދެބުމަ ގާތް ކޮށްލައިގެންނެވެ. ޒިވާ އެބުނީވެސް މުޅިޔަކުން ދޮގު ވާހަކައެއް ނޫނެވެ. އެގޮތަށް މީހަކު އެކަނި ޙާލަށް ދޫކޮށްލަން ހެޔޮވެސް ނުވާނެއެވެ. “އޯކޭ.. ދެން މިގެއަށް ގެންނަން ބުނީމަ އޭނާ ކިކޭ ބުނީ..” ޔައީޝް ޒިވާ ގާތުން ސުވާލު ކޮށްލިއެވެ. “ފުރަތަމަ ވަރަށް ލަދުން ހުރި.. އެކަމްވެސް ޤަބޫލު ވި.. ދެން އެހެން ނޫނަސް އަހަރެން ފޫހިވެސް ފިލާނެއްނު އޭނާ ހުންނަންޏާ..” ޒިވާ އެއްބުމަ އަރުވާލަމަށްފަހު އެއް މިޔަކަނުން ހީލާފައި ބުނެލިއެވެ. ޔައީޝް ދެކޮޅަށް ކުޑަކޮށް ބޯ ހޫރުވާލަމުން ހިނިގަނޑެއް ޖަހާލިއެވެ.

“މަގޭ ޒިއްޕުޑިންވެސް ދޯ..” ޔައިޝް ޒިވާގެ އެއްކޮނޑަށް އަތް ވައްޓާލައިގެން ހުރެ ސަމާސާ ކުރަމުން ދިޔައެވެ. “ހޫން ދެން އަވަސްކޮށްބަލަ.. މަންމަ އާއި އަރޫފާ ބޭރުގަ ބައިތިއްބާފަ އަހަރެމެން މިތާ ސަކަރާތް ޖަހަން ތިބީމަ ވޭތަ.. ތީ ކާން ދާންވެގެން އުޅުނު މީހާގެ ޙާލަކީ.. އަވަސް ކޮށްލާ ދެންވެސް..” ޒިވާ އޭނާގެ ކޮނޑުން ޔައީޝްގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. ޔައީޝްވެސް މައްސަލައެއް ނެތޭ ކިޔައިފަ ހެމުން ފާޚާނާއަށް ވަނެވެ.

އެނދުގައި އިށީނދެލައިގެން އިން ޒިވާގެ ނަޒަރު ގޮސް ހުއްޓުނީ އެއް ފަރާތުގައި ހުރި ބިޔަ ފޮތް ހަރުގަނޑަށެވެ. އޭނާ އިން ތަނުން ތެދުވެލައިގެން ގޮސް އޭގެ ކުރިމަތީ ހުއްޓިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާ ހަމަ ކުއްލިއަކަށް ފޮތެއްގެ އެތެރެ ބަލައިލާ ހިތްވީއެވެ. ޒިވާގެ ނަޒަރު ގޮސް ހުއްޓުނީ މުށިކުލައިގެ ބަނޑޭރިގަނޑެއް ލައިފައިވި ފޮތަކަށެވެ. އޭނާ ހިނިތުންވެލައިފައި ދެބުމަ ގާތް ކޮށްލީ މިއީ އާންމުކޮށް އޭނާއަށް ޔައީޝްގެ ފޮތްތަކުން ތެރެއިން ވެސް ނުފެންނަ ފޮތަކަށް ވާތިއެވެ. އޭނާ ފޮތް ނަގަން އަތް ދިއްކޮށް ކޮށް ހުއްޓާ ޔައީޝް ފާޚާނާއިން ނިކުތް އަޑަށް ފަހަތަށް އެނބުރިލިއެވެ.

“ނަގާދީބަލަ އެއްކަލަ ޖާޒީ..” ޔައީޝް ޒިވާ ގާތު ބުނެލިއެވެ. އެއަށްފަހު އައިސް ސޯފާގައި އިށީންދެލިއެވެ. “ޕިސް ޕިސް.. ކަންނެއް މިހާގަނޑު..” ޒިވާ ޔައީޝް އާއި ދިމާލަށް ކުދިކިޔަމުން ގޮސް އޭނާ އެބުނި ޖާޒީއެއް ނަގާފައި ޔައީޝް އަތަށް ދިނެވެ. ޔައީޝް އިނީ ސިއްރު ސިއްރުން ޒިވާގެ ޢަމަލުތަކަށް ހީލަ ހީލާއެވެ. އޭނާ ލައިގެން ހުރި އަޅި ކުލައިގެ ޖީންސް ފަޓުލޫނާއެކީ ޖާޒީ ލައިގެން ޒިވާ ފަހަތުން ޔައީޝް ކޮޓަރިން ނިކުތެވެ.

“މަންމަ ކައިފިތަ؟” ޔައީޝް މޭޒުކައިރީ އިށިންނަމުން ސުމައްޔާއަށް އިޝާރާތް ކޮށް ބުނެލިއެވެ. އެހިނދު ޒިވާ ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. “މިއަދު ފަހުން ބަހެއް ބުނެލި.. ވަރަށް މަދުން އެކަމް.. އާނ ހަނދާން ނެތިފައޭ އަދި މިހުރީ.. މިއަދު ޑޮކްޓަރ ބުނީ މަންމަ އަށް ޝޮކެއް ޖެހުނީއޯ އެއިރު އަސްލު.. ރަނގަޅުވާނެޔޯ ދުވަސްކޮޅަކުން.. ދެން މަންމަ މާ ބޮޑަށް ވިސްނާ ކަހަލަ ކަންތައް ނުކުރާށޯ..” ޒިވާ ޔައީޝްއަށް އަތް ގާތް ކޮށްލަދެމުން ކިޔަމުން ދިޔައެވެ. އެހުރިހާ ކަމަކަށްވެސް ޔައީޝް ދިޔައީ ބޯ ޖަހަމުންނެވެ.

“އިން ޝާ ﷲ އަދި ރަނގަޅުވާނެ މަންމަ..” ޔައީޝް ހިނިތުން ވެލައިފައި ބުނުމުން ޒިވާވެސް ހިނިތުންވެލައިފައި ބޯ ޖަހާލިއެވެ.  ކެއުމުގެ ވަގުތުގައި ޔައީޝް އާއި ޒިވާ އެކި އެކި ސަމާސާ ކުރަމުން ދިޔައެވެ. އެހެން ކަމުން އިރުކޮޅަކާ ޒިވާގެ ހުނުމުގެ އަޑު އެތަނުގައި ހިފާލައެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ދޭތެރެ ދޭތެރެއިން ސުމައްޔާ ވެސް އެ އަޑުތަކަށް ހިނިތުންވެލާ ކަމެވެ.

އިރު އޭގެ ވާޖިބު އަދާކޮށް ނިންމުމަށްފަހު ހަނދުގެ ބޮލުގައި ޒިންމާ އެޅުވިއެވެ. މުޅި ދުނިޔެއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ފަޒާގައި ފިނި ހިފާލައިފައިވިއިރު ފިނި ފިނި ވައިރޯޅިތައް އައިސް ގައިގައި ބީހިލާ ވަގުތު ހިތްތަކަށް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ޔައީޝް އިނީ އެ ހިތްގައިމު ވަގުތު ސޯފާގައި ޓީވީ ބަލާށެވެ. “ޕޮއް..” ޔައީޝް ސޯފާއިން ފުންމައިގެން ތެދުވީ ޒިވާ ފަހަތުން އައިސް އޭނާ ސިއްސުވާލުމުންނެވެ. “ޕިސް ޕިސް.. ޒިއްޕުޑިންވެސް ދެން އުޅޭ ގޮތެއް ދޯ.. ކިރިޔައެއްނު ހިތް ނުހުއްޓުނީ..” ހޭން ހުރި ޒިވާއާއި ދިމާލަށް ޔައީޝް ބުނެލިއެވެ. ދެމީހުން އެ ސަކަރާތުގައި އިރުގަނޑެއް ވާންދެން ތިބުމަށްފަހު ކޮޓަރިއަށް ދިޔައީ ނިދިއައިސް ވަރުބަލި ވެފައި ވުމުންނެވެ.

މުޅި ތަނަށް ވެރިވެފައި ވަނީ އަނދިރި ކަމެވެ. މަރުފަދަ ހިމޭން ކަމެއް ވާއިރު އެ ހިމޭން ކަން ފޫ އަޅުވާލަނީ ބޭރުން ދުއްވާފައިދާ ވެހިކަލް ތަކުގެ ބަރުގޮނުންނެވެ. ފަޅުކޮށް އޮތް ބެލްކަނީގައި އަންހެން ކުއްޖަކު ހުއްޓެވެ. ކަޅު ކުލައިގެ ހެދުމުން މުޅި ހަށިގަނޑު ފޮރުވާލައިފައި ވާއިރު އޭނާގެ ދެއަތް ރެއިލިންގައި އަޅުވާލައިފައި އޮތެވެ. އޭނާ އެހެން ހުރީ އިރުކޮޅެއް ވާންދެނެވެ.

“ހޫމް.. މިފަހަރު މިއީ އެންމެ ފަހު ފަހަރު.. ދެން އަހަރެމެން ކާމިޔާބު ވާނެ.. ހާސްނުވޭ މާ ބޮޑަށް.. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.. އޭނާއަށް ކުޑަކޮށްވެސް ޝައްކެއް ނުވާނެ މީ މަ ކަމެއް..” ހިނިގަނޑެއް ޖަހާލަމުން އެ ކުއްޖާ ވާހަކަ ދައްކަމުން ދިޔައެވެ. އެޔަށްފަހު އޭނާ ބެލްކަނިން ގޭތެރެއަށް ވަދެގެން ގޮސް ކޮޓަރިއަކަށް ވަނެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރު ޒަޔާންމެންގެ ތަޙުޤީގަށްވެސް ކުރިއެރުން ލިބެމުން ދެއެވެ. ހަމަ އެއާއެކު ސުމައްޔާގެ ޙާލު މަޑުމަޑުން ރަނގަލު ވަމުން އައި އިރު އަދި ނޭނގޭ އިތުރު ސިއްރެއް ޔައީޝް އާއި ޒިވާއަށް ފޮރުވިފައި އޮތެވެ.

ހެނދުނު އެރި އިރާއެކު ޒިވާ އުޅުނީ ބަދިގޭގައެވެ. އެއީ ހެނދުނުގެ ނާސްތާ އެންމެ ފުރިހަމަ ގޮތުގައި ތައްޔާރު ކުރުމަށްޓަކައެވެ. “އައްސަލާމް ޢަލައިކުމް..” ޒިވާ އަށް ހައިރާންކަން ލިބުނީ ފަހަތުން އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލި އަޑަށެވެ. ފަހަތް ބަލައިލި އިރު އަރޫފާ ހުރިތަން ފެނި ޒިވާ ހިނިތުން ވެލިއެވެ. އަދި ސަލާމް ބަލައިގަތީވެސް އުފަލާއެކުއެވެ.

“ކޯންޗެއް ތައްޔާރު ކޮށްލަނީ.. ގެނޭ އަހަންނަށްވެސް ކަމެއް ކޮށްލަން.. ފަހަރުގަ އަހަންނަށް ކުރެވޭ ވަރުގެ ކަމެއް ހުރެދާނެއްނު..” އަރޫފާ ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. “ހެހެ.. ކުޅި ރިހަ ކައްކާލަން ކަމަށް މިއުޅެނީ.. ޔައި އަށް ވަރަށް މީރުވާނެ.. ދެން މިއަދު އޭނާގެ އޮފް ދުވަހޯ މީ.. އެހެންވެ.. ފިޔާ ކޮޅު ރަތްކޮށްލަދީ.. އެއިރުން ފަސޭހަވާނެ..” ޒިވާ ވެސް ހިނިތުން ވެލަމުން ބުނެލިއެވެ. އުފާވެރި މާޙައުލެއްގައި ޒިވާ އަރޫފާއާއި އެކު ކައްކަމުން ދިޔައިރު އިތުރު އެއްވެސް ޚިޔާލެއް ފިކުރެއް އޭނާގެ ސިކުނޑީގައި ނުވާ ފަދައެވެ. އޭނާއަށް ސިއްރު ލޯތަކެއް އެޅެމުން ދާކަންވެސް އެފަކީރަށް ރޭކާވެސް ނުލައެވެ.

“ޒިވް.. މިއަދު ޔާނީ ކައިރިއަށް ދާން ވީނު؟” ހެނދުނު ސައި ނިންމާލުމަށްފަހު ސޯފާގައި އަރާމުކޮށްލަން އެންމެން ތިއްބާ ޒިވާއަށް މައިހާގެ ފޯނެއް އައުމުން އޭނާ ބެލްކަންޏަށް ނިކުމެލިއެވެ. “ހޫމް އޯކޭ.. މައި ފްރީތަ މިއަދު؟ މައި ފްރީވިއްޔާމު ދެވޭނެ.. ހަތަރެއް ޖަހާލާކަށް ހާއިރަށް ދިޔައިމަ ރަނގަޅު ވާނެއްނު..” ޒިވާ އޭނާއަށް ފެން ގޮތް މައިހާ ގާތު ބުނެލިއެވެ. “ކޮންތާކަށް ދާން ރެޑީ ވަނީ.. މިއަދު އެއްތާކަށްވެސް ޒިވް އަކަށް ނުދެވޭނެ.. އަހަރެންގެ އޮފް ދުވަހުވެސް އެކަނިތަ ގޭގަ އިންނަންވީ..” ދެޖީބަށް އަތް ޖަހާލަމުން ޒިވާ ގާތު ހުއްޓި ހުރެ ސަމާސާއަކަށް ޔައީޝް ބުނެލިއެވެ. ޒިވާ ދެރަވާ ކަމަށް ހަދައިފައި އޭނާ ތުންފިއްތާލި ގޮތުން ޔައީޝް ގާތަށް ހިނިއައެވެ. ހާދަ ބޭބިޝް އޭ ކިޔައިފަ ޒިވާގެ ކޮލުގައި ޔައީޝް ހިފާލިއެވެ.

“ސުބްޙާނައްﷲ..” ޒިވާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. އެވަގުތު ޔައީޝް ކިހިނެއް ވީހޭ އަހާލިއެވެ. “މޫނު..” އެހެން ބުނުމަށްފަހު ޔައީޝްގެ ޖަވާބަކަށްވެސް ބެލުމެއްނެތި ޒިވާ އެތެރެއަށް ވަނެވެ. އެއަށްފަހު ހަމަޖެހިލައިފައި ޒިވާ މައިހާ އާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތައް ޔައީޝްއަށް ކިޔައިދިނެވެ. ޔައީޝްވެސް ދެކޮޅު ހެދުމެއްނެތި ޒިވާ އާއެކު ދާނެ ކަމަށް ބުނެލިއެވެ.

“އެކަމް މަންމަ..” ޒިވާ ޔައީޝް ގާތު ބުނެލީ ސުމައްޔާ މަތިން ހަނދާން ވުމުންނެވެ. އެހެން ކަމުން އޭނާ ދާން ބޭނުން ނުވާ ކަމުގައި ބުނެ މައިހާ އަށް ގުޅާލިއެވެ. “ނޫނޭ.. އަހަރެން މަންމަ ގާތު މަޑުކޮށްލަފާނަން.. އައިޝާ ދިޔަޔަސް މައްސަލައެއް ނެތޭ..” ޒިވާ ދެއްކި ވާހަކަތައް އަރޫފާއަށް އިވުނެވެ. އެހެން ކަމުން އޭނާ ޒިވާ ބޭނުން ތާކަށް ޒިވާ ފޮނުވާލަން ބޭނުންވިއެވެ. އެވަގުތު ސުމައްޔާވެސް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ދެލޯ މަރާލިއެވެ. ޒިވާ އުފަލުން ގޮސް ސުމައްޔާ ގައިގަ ބައްދާލީ ސުމައްޔާއަށް އަންނަމުން ދިޔަ ކުރިއެރުން ފެނިފައެވެ. “ލަވް ޔޫ މަންމާ..” ސުމައްޔާގެ ނިތަށް ޒިވާ ބޮސްދިނެވެ. ސުމައްޔާވެސް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. އޭނާއަށް ހުރީ އާމިރުގެ ކުއްލި މަރުގެ ސަބަބުން ނަފްސާނީގޮތުންވެސް އަސަރު ކޮށްފައެވެ.

ހަވީރުގެ ހިތްހައިމު ވަގުތު ޒިވާ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރީ އަޔާނީ ކައިރިއަށް ދާން ތައްޔާރުވާންވެގެންނެވެ. “ހެލޯ.. ހޫމް.. އޯކޭ.. މި ފައިބަނީ..” ޒިވާ ފޯނު ނެގުމަށްފަހު މައިހާ އާއި ވާހަކަ ދައްކާލިއެވެ. “ޔައީޝް.. ހިނގާ ދާން.. މައި އައިއްސި..” ޒިވާ ޔައީޝް ގާތު ބުނެލީ އެވަގުތު ޔައީޝް ބެލްކަނީގައި ހުރެފައި އެތެރެއަށް ވަނުމުންނެވެ. “ވޯހް.. ސަޅިއޭ..” ޒިވާ ހަށަން ބަނދެލަމުން ޔައީޝް އާއި ސަމާސާ ކޮށްލިއެވެ. ކަޅު ކުލައިގެ ގަމީހާއި ކާކީ ކުލައިގެ ފަޓުލޫނުގައި ޙަޤީގަތުގައިވެސް ޔައިޝް ނުހަނު ފުރިހަމައެވެ. “މަގޭ ޒިއްޕުޑިންވެސް ވަރަށް ލޯބި..” ޔައީޝްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން އޭނާވެސް ލާނެއް ހިންޏެއް އައިސް ހުރެ ފަހަތުން ޒިވާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ނިޤާބްގެ މަތިން ޒިވާގެ ކޮލުގައި ހިފާލިއެވެ. އެ ސަކަރާތުގައ އިރުކޮޅެއް ވާންދެން ތިބުމަށްފަހު ޔައީޝް ކޮޓަރިން ނިކުންނަން ދިޔުމުން ޒިވާވެސް ފަހަތުން ނިކުތެވެ.

އެންމެން ކާރުގައި އަދްޔަން އާއި އަޔާނީ މެން އުޅޭ ގެއަށް ދާން މިސްރާބު ޖެހީ ހިނިތުން ވެލައިގެން ތިބެއެވެ. “ކޮބާ ކޮން ޑޭޓެއްތަ ފައިނަލް ކުރީ އެންމެ ފަހުން..” ޔައީޝް ލާނެއް ހިނިގަނޑެއް ޖަހާލަމުން މައިހާ ގާތު އަހާލިއެވެ. އެހިނދު މައިހާ ނޫންކަމަށް ހަދާލައިފައި ކޮން ތާރީޚެއްހޭ އަހާލުމުން ޒިވާ ގާތަށްވެސް އައީ ލާނެއް ހިންޏެކެވެ. “ކަމަނާފާނު ކައިވެނި ބައްލަވައިގަންނަ ތާރީޚުގެ ވާހަކަ އެ އެހީ..” ޒިވާ ހިނިގަނޑު މަތަކޮށްލަމުން ބުނެލިއެވެ. މައިހާ އެއްޗެކޭ ނުބުނެ ފުރަތަމަ ޒިވާގެ އަތުގައި ކުޑަކޮށް ޖަހާލީއެވެ.

“ނޭނގެ..” މައިހާ ރަކި ހިނިތުންވުމަކާއެކު ބުނެލިއެވެ. “ވަރިހަމަ.. ޒަޔާން ބުންޏޭ..” ޔައިޝް މައިހާ ގާތު ބުނެލިއެވެ. އެވަގުތު އެންމެންގެ ލުއި ހުނުމުގެ އަޑު މުޅި ކާރުތެރެއަށް ފެތުރިގެން ދިޔައެވެ. ޒިވާވެސް ކާރުން ބޭރުން މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އެވަގުތު އޭނާގެ މޭނުބައި ކުރާ ގޮތް ވީ ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލުމުން އޭނާގެ ސިކުނޑިއަށް ވަންނަމުން ދިޔަ ޚިޔާލުތައް އެއްފަރާތް ކޮށްލައިފައި އަނެއްކާވެސް މަގުމައްޗާމެދު ފިކުރު ކޮށްލިއެވެ.

***

މުޅި ތަން ވަނީ އެއްކޮށް އަނދިރިވެފައެވެ. އެއްވެސް އަލިކަމެއް ނުވާ އެތަން ހީވަނީ ކޮޓަރިއެއް ހެންނެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވާތާ އަޑެއްވެސް ނީވެއެވެ. ރައިފާ އެތާ އެކަނި ހުރީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އޭނާ ހަޅޭތް ލަވާ ލަވާ މިހާރު ވަރުބަލި ވެއްޖެއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ އެކަކުވެސް އޭނާ ސަލާމަތް ކޮށްދޭކަށް ނައެވެ. އިން ތަނުގައި ދެފައި މެޔާއި ކައިރިކޮށްލައިގެން ކަކުލުގައި ބޯ އަޅާލައިގެން އޭނަ އިނީ ކުރާނެ ކަމެއް ނޭނގޭ ޙާލު ސަލާމަތަށް އެދި އާދޭސް ކުރާށެވެ. އެކަން ކާމިޔާބު ވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތިއެވެ.

ކުއްލިޔަކަށް އަޑެއް އިވޭތީ ރައިފާ ބޯ ހިއްލާލިއެވެ. ތަންކޮޅެއް ދުރުން އަލި ކޮޅެއް ފެންނަން ހުއްޓެވެ. އެހާ ގިނައިރު ފަހުން ކުޑަކޮށް ނަމަވެސް އަލިކޮޅެއް ފެންނަން ފެށީތީ ރައިފާއަށް ހީވީ ކުރިމަތިން އިރު ފާޅުވީހެންނެވެ. ލޮލުގައި އަތް އަޅާލީ ވީ އުނދަގުލެއްގެ ސަބަބުންނެވެ. އެވަގުތު އެ އަލިގަނޑުގެ ކުރިމަތިން މީހަކު ފާޅުވިއެވެ. އެމީހެއްގެ ސިފަ ވަކި ކުރާކަށް ނޭނގެއެވެ. މުޅި މީހާ ހުރީ ކަޅު ކޮށެވެ. ހީވާގޮތުން އޭނާ ލައިފައިހުރީ އެއްކޮށްވެސް ކަޅު އެއްޗިއްސެވެ. މިހާރު އަލި އަންނަނީވެސް އޭނާގެ ގައި ވަށައިގެންނެވެ. ދޯދިތަކެއް ފަދައިންނެވެ. “ކާކު؟” ރައިފާ އަހާލިއެވެ. އެހިނދު އޭނާގެ ފުރަގަހަށް ލައިފައި އޮތް އަތް ނެގިއެވެ. އެ އަތުގައި ވަނީ ތޫނު އެއްޗެކެވެ. ކޯންޗެއް ކަމެއް ރީއްޗަށް ފާހަގަ ނުވިއަސް އޭގެ ކޮޅު ހިމަވެފައި ތޫނު މިޔައެއް ހުރުމުން އެއީ ވަޅިއެއް ފާޑުގެ އެއްޗެއްކަން ދެނެ ގަނެވެއެވެ.

“ކަލޭގެ މަރު..” އެމީހާ ބަރު އަޑަކުން ބުނެލިއެވެ. ރައިފާގެ އަނގަވެސް ކޮންމެވެސް ވަރަކަށް ހުޅުވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. ނަމަވެސް އޭނާއަށް ދެން އިތުރަކަށް އަޑެއްވެސް ލައްވާނުލެވުނެވެ. ނުވިތާކަށް އަތް ފައި ގުޑުވާވެސް ނުލެވުނެވެ. ރައިފާގެ ދެލޯ ފުރިގެން ބަނޑުން ވަމުން ދިޔައެވެ. ނަމަވެސް އެ ކަރުނަތަކަކުން އެމީހައަށް އަސަރެއް ކުރާނެ ކަމެއް ނޭނގެއެވެ.

އޭގެ ދެވަނަ ސިކުންތުގައި އެމީހާގެ ފަހަތުން އެކަހަލަ އިތުރު ދެތިން މީހަކު ފާޅުވިއެވެ. އެންމެންވެސް ތިބީ ހަމަ އެފަދައިންނެވެ. ކޮންމެ މީހެއްގެ ކަނާއަތުގައި އެކަހަލަ ތޫނު އެއްޗެއް އޮވެއެވެ. މެދުގައި ހުރި މީހަކީ ހީވާގޮތުން އެމީހުންގެ ލީޑަރެވެ.

އޭނާގެ އިޝާރާތާއި އެއްކޮށް އެމީހުންތައް ރައިފާ އާއި ގާތް ވަމުން ދިޔައެވެ. ރައިފާއަށް ކުރެވުނުހާވެސް ކަމަކީ ލޮލުން ކަރުނަތައް ބޭލުވުމެވެ. ދެފަރާތަށް މަޑުމަޑުން ބޯ ހުރުވަމުން ދިޔައީ އަނގައިން އަޑެއް ބޭރުނުވުމުންނެވެ. އެވަގުތު އެންމެން އޭނާ ވަށާލާ އަތްތައް ހިއްލުމަށްފަހު އޭނާއާއި ދިމާލަށް ގުދުވިއެވެ.

“ނޫންންން..” ބާރަށް ހަޅޭތް ލަވައިގަނެފައި ރައިފާ ތެދުވިއެވެ. އެއިރު އެ މޫނުމަތި ފުރިފައިވަނީ ދާތިކިތަކުންނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި ވާއިރު އޭސީގެ ފިނިކަމުން އެކަމަށް އެއްވެސް އެހީއެއް ނުވާ ފަދައެވެ. ރައިފާ ދެއަތުން އޭނާގެ މޫނު ފޮރުވާލިއެވެ. މިވަނީ ކިހިނެއް ބާވައެވެ؟ އަނެއްކާ އޭނާ މަރުވާން އުޅެނީ ބާވައެވެ؟ ރައިފާ ހިތަށް އެރި އެއްޗަކުން ދެފަރާތަށް ބޯ ހޫރުވަން ފެށިއެވެ. ފެން ބޯންވެގެން ބަލައިލި އިރު ސައިޑް ޓޭބަލް މަތީ ހުރީ ހުސް ޖަގެވެ. އެންމެ ފަހުން އޭނާއަށް މަޖުބޫރުވީ ފެން ބޯން ބޭރަށް ނިކުންނާށެވެ.

ލައިގެން ހުރި ހެދުމުގެ މަތިން ކަޅުކުލައިގެ އަބާޔާއެއް ލުމަށްފަހު އޭނާ މޫނު ފޮތިކޮޅު އަލާލިއެވެ. އެއަށްފަހު ބޭރަށް ނިކުމެލީ ފެން ބޯށެވެ. މުޅި ގޭތެރެއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ހުރިހާ ކޮޓަރިތަކުގެ ދޮރު ދަށުންވެސް މިރޭ އަލިކަމެއް ފާޅެއް ނުވެއެވެ. އެންމެން އަނެއްކާ ބޭރަށް ދިޔައީ ބާވައެވެ؟

ރައިފާ ޖަގަށް ފެން އެޅުމަށްފަހު މޭޒުމަތީ އެ ޖަގު ބަހައްޓާލިއެވެ. އެއަށްފަހު ފެންބޯ ތަށްޓަކަށް ފެން އެޅުމަށްފަހު އޭނާ ގޮނޑިއެއްގައި އިށީނދެލީ ހަމަޖެހިލައިގެން ފެން ބޯށެވެ. “ރައިފާ..” ފެން ބޯން އިން ރައިފާގެ ދެލޯ ބޮޑުވެގެން ދިޔައީ ބަރު އަޑަކުން އޭނާގެ ނަމުން ގޮވާލި އަޑަށެވެ. މިގޭ އެކަކަށްވެސް އެއީ ރައިފާ ކަމެއް ނޭނގޭނެއެވެ. މިގޭ މީހުންނަށް އޭނާއަކީ ‘އަރޫފާ’ އެވެ. ވީއިރު އޭނާގެ ޙަޤީގަތް އިނގޭނޭ އެކަކުވެސް މި އެޕާޓްމެންޓްގެ ހަތަރު ފާރުތެރެއަކު ނޫޅޭނެއެވެ. ދެން އެއީ ކާކުބާވައެވެ؟

ރައިފާ ބިރުން ހުރެ ފަހަތް ބަލައިލިއެވެ. އެއިރު ކަމަކު ދާކަށް ނެތެވެ. އެ ހުރީ އޭނާއަށް ދެންމެ ފެނުނު ‘ހުވަފެނުގައި’ ފެނުނު މީހާއެވެ. ހަމަ އެގޮތަށެވެ. ހަމަ އެ އަތުގައި އެ ވަޅިވެސް އޮތެވެ. ހުރީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަން އިނގެނީ އޭނާއާއި ވީ ފަރާތަށް އެމީހާ ހުރުމުންނެވެ. އަނދިރިކަމުން އެއްވެސް ވަރަކަށް އެމީހެއް ނުފެނެއެވެ. ބިރުން ތުރުތުރު އަޅާ ޙާލު ރައިފާ މަޑުމަޑުން އިން ތަނުން ތެދުވެލިއެވެ. އެއަށްފަހު މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ކޮޓަރީގެ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. މިފަހަރު އެމިހާ އޭނާއާއި ހަމައަށް އަންނަންވީއިރަށް ކޮޓަރިއަށް ވަދެވިއްޖެއެވެ. އެވަރުންވެސް އޭނާއަކަށް ﷲއަށް ޙަމްދުކޮށްލާކަށް ނޭނގުނެވެ. އޭނާ އެހާވެސް ދީނާއި ދުރުވެފައި ވަނީ ކީއްވެބާވައެވެ؟

ކުއްލިއަކަށް އެނދުން ތެދުވި ރައިފާ ހުރީ ރަނގަޅަށްވެސް ރޮވިފައެވެ. އަނެއްކާ މިއީވެސް ހުވަފެނެއް ބާވައެވެ. ކަންތައް މިވަނީ ކިހިނެއް ބާވައެވެ. ހުވަފެނުގެ ތެރެއިން މަތިމައްޗަށް ހުވަފެން ފެންނަނީހެއްޔެވެ؟ ރައިފާ އޭނާގެ އަތުގައި މަޑުމަޑުން ވިކާލީ މިއީ ހުވަފެނެއްތޯ ޔަގީން ކުރާށެވެ. ނޫނެކެވެ. މިހާރު އޭނާއަށް އެ ޙޭލެވުނި ޙަޤީޤީ ދުނިޔެއަށެވެ. ކުރިން އޭނާއަށް އެ ފެނުނީ ހުވަފެނެވެ. އޭނާއަށް އެ ހުވަފެނެއް ފެންނަތާ މިހާރު މިއީ ތިންވަނަ ފަހަރެވެ. ރައިފާ ބޭރުން ކިތަންމެ ހަމަޖެހިލައިގެން ބޮޑޭވެލައިގެން އުޅުނެއްކަމަކު އަބަދުވެސް އޭނާ އުޅެނީ ހާސްކަމެއްގެ ތެރޭގައެވެ. ދުވަހަކުވެސް އޭނާއަކަށް ހިތްހަމަ ޖެހުމެއް ލިބިފައެއް ނުވެއެވެ. އެއް ކަމެއް ނިމޭއިރަށް އަނެއް ކަމެއް ފެށޭނެއެވެ. އޭނާ ބޭރުން އެ ހާސްކަން އެއްވެސް މީހަކަށް ނުދައްކަނީވެސް ލިބިދާނެ ހުތުރު ނަމަކަށްޓަކައެވެ. އެންމެން ކުރިމަތީ އޭނާ ދެރަ މީހަކަށް ވާން ނޭދޭތީއެވެ.

ރައިފާ ސިހުނީ އޭނާގެ ފޯނު އެލާމް ވީ އަޑަށެވެ. ގަޑި ބަލައިލި އިރު އަދި ގަޑިން ކިރިޔާ ފަހެއް ޖަހަނީއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެނދުން ތެދުވެލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ ފެންވަރާލައި ތާޒާވެލައިގެން ނިކުތެވެ. އޭނާ ކޮޓަރިއަށް ވަނީ ނަމާދު ކުރުމުގެ ބަހަނާގައެވެ. ނަމަވެސް ވެފައި ހުރި ވަރުބަލިން ނަމާދުކުރާހާ އިރުކޮށްލައިފަ ބޭރަށް ނިކުންނަންވެގެން އޭނާ އޮތީއެވެ. އޮށްވާ ނިދީގެ ފުން ކަނޑަށް ރައިފާއަށް ފީނައި ގަނެވުނީއެވެ.

ނަމާދަށް ދޮގު ހަދަންވެސް ރައިފާ ބިރެއް ނުގަނޭބާވައެވެ؟ އެކަމުގެ ހުރި ނުބައިކަން އެ ސިކުނޑިއަށް ހަމަ ދެނެ ނުގަނެވެނީ ބާވައެވެ؟ ކޮންމެޔަކަސް އަވަސް ގޮތަކަށް ތައްޔާރުވެލުމަށްފަހު ފޯނު ހިފައިގެން އޭނާ ކޮޓަރިން ނިކުމެލިއެވެ. އެއިރު ސޯފާގައި ސުމައްޔާ އިނެވެ. އޭނާ ފެނުމުން ސުމައްޔާ ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. ރައިފާ އަސަރެއް ނެތް ގޮތަށް ސުމައްޔާއަށް ބަލަހައްޓައިގެން ހުރެ އެދިމާލަށް އައެވެ. އޭނާއަށް ކޮން ކަމެއް ހެއްޔެވެ؟ އޭނާ މިތަނަށް އައީ އޭނާގެ އުމުރު ދުވަހުގެ މަޤްސަދު ޙާސިލް ކުރާށެވެ. ރައިފާ ހުރީ އެވަގުތު މޫނު އަޅާފަ ކަމުން އެ އަސަރެއް ނެތް މޫނެއް ސުމައްޔާއަކަށް ނުފެނެއެވެ. ރައިފާއަށް ނޭނގުނު ކަމަކީ އޭނާ އެގެއަށް އައި މަޤްސަދުގެ ބޭރުން އޭނާއަށް އިތުރު ފައިދާއެއް އެ ގޭގެ ސަބަބުން ލިބިގެން ދާނެ ކަމެވެ.

***

“ސަރ.. މިވަގުތަށް ދެން ބްރޭކެއް ނަގަންވީ ނޫންތޯ.. މިއަދުވެސް މިހާރު ވަރަށް ގިނަ ކަންތައް ހޯދިއްޖެ.. އެން ޔެސް.. އެމީހުން އައީ ރާއްޖެއަށް.. އަދި ހަނދާން ނެތިފަ މިހުރީ އެވާހަކަ ބުނެލަން.. ހަމަ ދެންމެޔަކު އެކަން މި އިނގުނީ..” އަކުރަމް ބައްތިރީސް ދަތް ފެންނަ ވަރަށް ހިނިތުން ވެލައިފައި ހުރެ ޒަޔާން އަށް ބުނެލއެވެ. ޒަޔާންއަށްވެސް އުފަލުން ކުރާނެ ކަމެއް ނޭނގުނެވެ. އަކުރަމް އަށް އެތަށް ފަހަރަކު ޝުކުރު ދެންނެވިއެވެ. އުފާ ނުވާންވީ ކީއްވެހެއްޔެވެ؟ އެތަކެއް ދުވަހެއްގެ އިންތިޒާރަށް ނިމުން އަންނަނީއެވެ. ޒިވާއަށް ޙަމަލާދިން ކުއްވެރިންނަށް އެމީހުންގެ އަދަބު ލިބޭ ވަގުތު ކުޑަތަން ވަނީއެވެ. ދުވަހަކަށް ފަހު ދުވަހެއް އަދި ވަގުތަކަށް ފަހު ވަގުތެއްގައި ޒަޔާންމެން އެދަނީ އެކަމުގައި ކުރި ހޯދަމުންނެވެ. ނަމަވެސް ރައިފާމެންނަށް ކުޑަވެސް ޝައްކެއް ނުވާނޭހެންނެވެ.

ޒަޔާންމެންނަށް އެއީ ރައިފާމެންކަން މިހާރު އެނގިއްޖެއެވެ. ނަމަވެސް އިތުރު ޙަޤީގަތެއް އެކަމުގެ ތެރެއިން ފާޅުވާނެކަމެއް ކުޑަކޮށްވެސް އެމީހުން އުންމީދެއް ނުކުރެއެވެ. “މިއީ ސަރ ގެ ވެސް މަސައްކަތޭ.. ސަރ ގެ ޕްލޭން އާ އެއްގޮތަށް އަޅުގަނޑުމެން އެންމެން މި މަސައްކަތް ކުރަނީ.. ސަރ ވެސް ނޭނގެ މި ކޭސް އާއި ހަވާލުވީ ފަހުން ނިދި ފިޔައެއް ޖެހި ކަމެއްވެސް..” ޒަޔާން ހަމައެކަނި ހިނިތުން ވުމަކުން ފުއްދާލީއެވެ.

“ހެލޯ.. އާނ އޯކޭ.. މި ދަނީ..” ޒަޔާން އޭނާގެ ‘އެކުވެރިން’ނާއި އެކު ތިއްބާ ފޯނުކޯލެއް އައުމުން އެތަނުން ކުޑަކޮށް ދުރައް ޖެހިލައިފައި ވާހަކަ ދެއްކިއެވެ. އެއަށްފަހު މިވަގުތަށް އެމީހުންގެ މަސައްކަތް މެދުކަނޑާލުމަށްފަހު އެންމެން ދިޔުމުން ޒަޔާންވެސް ސައިކަލުގައި ނައްޓާލިއެވެ.

“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ނުހައްގުލޯބި (5)

Next

ދީނާ -2

Next
June 19, 2018

ދީނާ -2

Previews
June 19, 2018

ނުހައްގުލޯބި (5)

73 Comments!

  1. Aki says:
    June 19, 2018 at 2:14 am

    haadha dhigu inthizaaru ge nimumekey miee

    1. noor says:
      June 20, 2018 at 8:08 pm

      dear, vrh bodah sorry ingey las v ma. 🙁

  2. Kiyara says:
    June 19, 2018 at 2:21 am

    Alhamdhulillah. Finally up vehjje dho.

  3. Uhma says:
    June 19, 2018 at 2:31 am

    Varah salhi inshaa allaah. Konirakun dhen oi pert genes dhey nee?

    1. noor says:
      June 20, 2018 at 8:09 pm

      jazakillah khairan dear.. 🙂 in sha allah vrh avahah kamah mi balany.. 🙂 noor ebai submit koffin.. 🙂

  4. Handi says:
    June 19, 2018 at 2:31 am

    Alhamdhulillah finally up vehjje dho and icam second right?

    1. noor says:
      June 20, 2018 at 8:11 pm

      al’hamdhulillaah! yess dear.. 🙂 hehe.. dear ah mi faharu miothy third ey libifa.. congrats dear.. 🙂

  5. kitty says:
    June 19, 2018 at 2:54 am

    story is vvv nyc.. me first dhw.. balabalaa huri iru up kohdhiny

    1. noor says:
      June 20, 2018 at 8:18 pm

      jazakillah khairan dear.. 🙂 dear mi faharu fourth ey mi libuny.. ekam ves top five.. 🙂 congrats dear.. 🙂 hehe.. ehn dhw.. aslu admin team ashey shukuru haggu vaany.. 🙂 hehe…

  6. kitty says:
    June 19, 2018 at 3:13 am

    alhe avahah up kohlla dhecchey.. mifaharu vvv curious vejje.. u r the best noor. my favourite writer,, <3

    1. noor says:
      June 20, 2018 at 8:21 pm

      in sha allah.. 🙂 dhn iraadhakurevviyyaa avahah up vaane kamah noor mi balany.. 🙂 submit kohfa v 29th episode.. 🙂 asluvestha? aww.. ehn tha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 ekam vrh bodah sorry ingey mihaaru episode thah las vaathyve.. 🙁 alhey.. asluvestha? vrh vrh vrh ufaavehje.. dear ves thy hama best.. 🙂

  7. Mishy says:
    June 19, 2018 at 3:45 am

    Alheyy.. masha allah.. vrh vrh reethi mi prt.. nd sry for the late cmnt… eid there v ma vrh bx… sry for it.. btw mi prt vrh vrh obi.. whn nxt? Curiously waitin..??????????❤❤

    1. noor says:
      June 20, 2018 at 8:23 pm

      jazakillah khairan mishy dear.. 🙂 aww.. nooney.. it’s ok dear.. sorry bunaa varu kameh noon aee.. hehe.. noor ah ves episode thah lahunnehnu mihaaru up kureveny ves.. ekam dear mn noor ah maaf kohdhemennu.. ehn v ma aee evves massala eh noon ingey.. 🙂 nxt episode on the way ga.. mi buny noor ebai submit kohfaey v.. hehe.. 🙂

  8. Maii says:
    June 19, 2018 at 4:38 am

    Wow Masha Allah varah reethi.. I’m 7th right?? Hehe? hama vee varu.. BTW story hama ummuah.. And insha Allah raifa ah ves thedhumagu liben dhw eulheny.. And yaeesh aslu Haadha loabbey.. Nooor whn nxt part?? Waiting.. With luv.. ❤❤?

    1. noor says:
      June 20, 2018 at 8:25 pm

      jazakillah khairan dear.. 🙂 yess.. congrats dear.. 🙂 it’s ok dear.. 🙂 top 10 ga lavvaalaifi ehnu dhw? 🙂 alhey.. hingaabala dhw balailan.. 🙂 hehe.. on the way ga 29 vana bai.. 🙂 hehe.. aww.. <3<3<3

  9. Blue ? says:
    June 19, 2018 at 5:28 am

    Masha Allah loved this part❤❤❤ when is the next? Can’t even wait to see what happens next please vvv avahah upload kohdhechey ????????

    1. noor says:
      June 20, 2018 at 8:26 pm

      jazakillah khairan dear.. 🙂 on the way ga.. 🙂 mirey up vaane kamah ummeedhu mi kurany.. 🙂 hehe.. in sha allah.. vrh bodah sorry dhuvaau up nukohdhevunyma.. 🙁 ingey dear…

  10. lotus says:
    June 19, 2018 at 5:39 am

    Great work dear??? there is somthin botherin me….. ziv ulhey gothun last prt ga vx she vomited mi prt ga vx ulhun meynubai kuraathee..why is that.. is it bcox of her head injury or is she preg?????

    1. noor says:
      June 20, 2018 at 8:27 pm

      jazakillah khairan dear.. 🙂 hehe.. hingaabala dhw balailan kihinehtho e vany.. 🙂 kuriyah huri part thah kiyamun dhaa varakah dear ge thi suvaalah ves javaabeh libeyne in sha allah.. 🙂

  11. Amee says:
    June 19, 2018 at 6:22 am

    Vrh vrh vrh reethi❤…hama habys?..noor next part thankolheh avahah up kohdheh chey plx?…nd your one of my favorite writer?

    1. noor says:
      June 20, 2018 at 8:28 pm

      jazakillah khairan dear.. 🙂 vrh bodah sorry ingey las v ma.. 🙁 alhey.. asluvestha? vrh vrh vrh ufaavehje dear thihen bunelyma. 🙂 dear mn ves thy hama best.. ingey.. 🙂

  12. Maya? says:
    June 19, 2018 at 7:26 am

    Masha allah varah habbeys mi part vs …. when is the next part???.?? Best of luck noor dear??????

    1. noor says:
      June 20, 2018 at 8:29 pm

      jazakillah khairan dear.. 🙂 mirey in sha allah.. 🙂 jazakillah khairan Maya dear.. 🙂

  13. unique says:
    June 19, 2018 at 7:56 am

    after all dhw thanks noor

    1. noor says:
      June 20, 2018 at 8:30 pm

      hehe.. marhabaa dear.. 🙂

  14. Nikko says:
    June 19, 2018 at 8:31 am

    Haadha kurey ?
    Next part avahah up kohdhehchey. Plxx ❤?

  15. lolly says:
    June 19, 2018 at 10:56 am

    wow nice… noor keep it up.. and thankyou so much up kuryma.. whn next part noor????
    and vvv beynun next part kiyan 🙂 🙂 🙂

    1. noor says:
      June 20, 2018 at 8:31 pm

      jazakillah khairan dear.. 🙂 marhabaa.. 🙂 mirey in sha allah.. 🙂 alhey.. vrh bodah sorry ingey las v ma.. 🙁

  16. Kokee says:
    June 19, 2018 at 11:37 am

    maasha allah……..vrh vrh reethi mi part ves……dear when is next part

    1. noor says:
      June 20, 2018 at 8:31 pm

      jazakillah khairan dear. 🙂 in sha allah, mirey kamah balamaa.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  17. unique says:
    June 19, 2018 at 12:00 pm

    Maasha Allah hama vvv reethi i just luv it noor u r the best dhw hehehe

    1. noor says:
      June 20, 2018 at 8:32 pm

      jazakillah khairan dear.. 🙂 awww.. alhey asluvestha? dear ves thy hama best ingey.. 🙂 vrh ufaavehje.. 🙂

  18. ?penguin says:
    June 19, 2018 at 12:29 pm

    Wo ma sha allah… mi part vs v salhi…curiously waiting for nxt part!❤

    1. noor says:
      June 20, 2018 at 8:33 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂

  19. me says:
    June 19, 2018 at 12:32 pm

    Varah reethi mi part bes?? thankyou noor and esfiya team mi part up kohla dhinyma. Ingey mee ehaa faseyha kameh noon kan. Ekamu hama v varakun namaves story up kohladheythiy noor ah varah bodah thanks . ❤?????????? mi vaahaka aky me enme kiyaahithun kiyaa vaahaka thakuge therey ves varah uhuga ulhey vahaka eh noor vaahaka liyan feshyma hithah eri vaahaka me ves vaahaka eh liyan fashan v ey. Ekamaku varah undhagoo kamenhen hyvathi ehiyalu ehkairi kohly. Any ways story hama varah reethi ingey… love it . Aslu varah proud vey noor ge vaahakaeh kiyaalan libeythi. When next part? ☺☺☺☺☺

  20. me says:
    June 19, 2018 at 12:32 pm

    Varah reethi mi part ves?? thankyou noor and esfiya team mi part up kohla dhinyma. Ingey mee ehaa faseyha kameh noon kan. Ekamu hama v varakun namaves story up kohladheythiy noor ah varah bodah thanks . ❤?????????? mi vaahaka aky me enme kiyaahithun kiyaa vaahaka thakuge therey ves varah uhuga ulhey vahaka eh noor vaahaka liyan feshyma hithah eri vaahaka me ves vaahaka eh liyan fashan v ey. Ekamaku varah undhagoo kamenhen hyvathi ehiyalu ehkairi kohly. Any ways story hama varah reethi ingey… love it . Aslu varah proud vey noor ge vaahakaeh kiyaalan libeythi. When next part? ☺☺☺☺☺

  21. Anonymous says:
    June 19, 2018 at 12:47 pm

    Maasha Allah mi part ves varah reethi…Kn irakun next part…

    1. noor says:
      June 20, 2018 at 8:34 pm

      jazakillah khairan dear.. 🙂 mireyah noor mi ummeedhu kurany.. 🙂

  22. Juu says:
    June 19, 2018 at 1:59 pm

    When next part. ..Curiously waiting……WAITING ?????
    Vvvvvv reethi Habeysss. … maasha allah ?????????????????

    1. noor says:
      June 20, 2018 at 8:35 pm

      alhey.. hehe.. mirey in sha allah.. 🙂 jazakillah khairan dear. 🙂 vrh vrh ufaavehje dear mi story kiyaa hiyy vaa kan ingunyma.. 🙂

  23. Nunnu says:
    June 19, 2018 at 2:14 pm

    V reethi
    Finally Raifaa bust vee dho
    Raifa Adhives noolhe ennu islaahu vaakah
    Kihineh baa yaeesh mennah evee
    Aneh kaa raifa ya ehkoh ulhey boy fenuneematha ehen evee
    When next part
    Next part avas kolladhechey dhechey noor

    1. noor says:
      June 20, 2018 at 8:37 pm

      jazakillah khairan Nunnu dear.. 🙂 hehe.. balamaa dhw.. 🙂 kuriyah hama kiyamun dhiya varakah dear ge thi hurihaa suvaalu thakakah ves allah ge iraadhafulhun javaabu libeyne.. 🙂 mirey, in sha allah.. 🙂 vrh bodah sorry ingey las v ma.. 🙂

  24. Raayaa? says:
    June 19, 2018 at 2:39 pm

    Masha allah varah furihama. Waiting waiting waiting for the next part???

    1. noor says:
      June 20, 2018 at 8:38 pm

      jazakillah khairan dear.. 🙂 hehe.. mirey up veytho noor ves mi balany.. keep waiting dear.. 🙂

  25. Reen says:
    June 19, 2018 at 3:36 pm

    This is the first time I’m commenting on your story…masha allah hurihaa part eh ves vvvvv salhi..mi part ves v habbu..when next?curiously waiting waiting

    1. noor says:
      June 20, 2018 at 8:39 pm

      ehentha? aww.. 🙂 jazakillah khairan dear.. 🙂 mirey kamah mi balany.. 🙂

  26. Kokee says:
    June 19, 2018 at 4:02 pm

    when next part? waiting waiting waiting…..

    1. noor says:
      June 20, 2018 at 8:40 pm

      mirey.. in sha allah.. 🙂 alhey dear vrh bodah sorry ingey las vaathyve.. aslugaves vrh bodah sorry.. 🙁

  27. kitty says:
    June 19, 2018 at 4:23 pm

    whn is nxt part.. 🙂

    1. noor says:
      June 20, 2018 at 8:41 pm

      mirey, in sha allah.. 🙂 vrh bodah sorry ingey las vaathyve.. 🙂

  28. Reader says:
    June 19, 2018 at 6:22 pm

    Zayaan ah ingeytha aroofaa aky raifaa kan? ??

    1. noor says:
      June 20, 2018 at 8:42 pm

      nethehnu bunefakaa dhw dear.. ehn v ma balamaa dhw adhi neyngey kamah.. 🙂

  29. Livee says:
    June 19, 2018 at 6:25 pm

    Woww varah reethi kaakuba e fenunee dho.when next part???

    1. noor says:
      June 20, 2018 at 8:43 pm

      jazakillah khairan dear.. 🙂 balamaa dhw.. hehe.. 🙂 mirey, in sha allah.. 🙂

  30. Unkown says:
    June 19, 2018 at 7:14 pm

    Kobaa next part ??

  31. Mal says:
    June 20, 2018 at 12:21 am

    Masha allah varah furihama???????????. ???????????raifaa haadha goahey????…. ziv n her family ah dhen dhera gotheh nahadhahchey… waiting for next part????⚘⚘….

    1. noor says:
      June 20, 2018 at 8:43 pm

      jazakillah khairan dear.. 🙂 hehe.. alhey dear.. 🙂 hehe..

  32. Nav says:
    June 20, 2018 at 1:55 pm

    Mihaaru mi story genna leh haadha lahey. Avahah up kohdheebr

    1. ? says:
      June 20, 2018 at 3:59 pm

      Yeah you are right.. kurin v avahah upload kurey mi vaahaka. Writer busy kamah ves vedhaane. Dhen keitheri velaigen thibun othy ? pls pls up kodhechey miadhu..

    2. Anonymous says:
      June 20, 2018 at 5:23 pm

      Yh vedhrne dhw ?
      Ekam vx ehr las mihaaru.. N vedhrne alhugandumn maa kiyaa hiy vaathee las hn heevanee kamah vx ?
      Btw i can’t wait to read nxt part ❤?

    3. noor says:
      June 20, 2018 at 8:46 pm

      vrh bodah sorry ingey hurihaakudhin.. 🙁 noor ah hama vaa varu.. keeh kuraany.. miadhuves adhi kiriyaa story ge masahkathuga mi aiyy levuny.. 🙁 noor eh gothakah ves beynumeh noon dear mn maa ginairu vandhen inthizaaruga baithibbaakah ves.. ekam keeh kuraany dhw.. hama v goiyy.. vrh bodah sorry my dear readers.. ummeedhu kuran hurihaa kudhin ves maaf kohdheyne kamah.. 🙂

  33. Mixu says:
    June 20, 2018 at 4:33 pm

    noor dear….are you busy?pls pls vaahaka lasvany keehve kan bunedhy……and miadhu 29th vana part up vaane tha?ly

    1. noor says:
      June 20, 2018 at 8:48 pm

      yess dear.. 🙂 midhuvaskolhu kudakoh bxy.. hehe.. vrh bodah sorry ingey las vaathy.. 🙁 aslu noor ves beynumeh noon ehaa lahun up kuraaah. N dear mn maa gina iru vandhen inthizaaruga baithihbaakah ves beynumeh noon.. ekam keeh kuraany dhw.. dhn kuriyah oiyy thaa ebai rangalhu kureveytho noor masahkaiyy kuraanan, in sha allah.. 🙂 ummeedhu kurany ehn kamah.. 🙂 <3<3<3<3<3

  34. Blue ? says:
    June 20, 2018 at 5:52 pm

    Where is the next part? Mihaaru abadhu beleny e part up vefa intho ?. Vvv ummeedhu kuran miadhu up kodheyne kamah Insha Allah. Too busy right? Waiting waiting…. hehe ??❤?

    1. noor says:
      June 20, 2018 at 8:50 pm

      on the way ga.. hehe.. 🙂 alhey.. vrh bodah sorry ingey ebai las vaathyve.. 🙁 noor ves vrh ummeedhu kuran eba mirey up vaane kamah.. 🙂 yess dear, kudakoh bxy midhuvas kolhu.. 🙂 hehe.. it’s ok dear.. noor ah ves ingey ehn vaanekan aslu.. 🙂

  35. noor says:
    June 20, 2018 at 8:52 pm

    salaam my dear readers.. 🙂 furathama ves hurihaa kudhinge faraathun nihaayathah maafah edhen midhuvaskolhu episode thah geneveyleh las v ma.. plus comment thakah reply kureveyleh las v ma ves.. ingey.. 🙂 ummeedhu kuran hurihaakudhin noor ah maaf kohdheyne kamah.. 🙂 dhn bunelan othy dear mennekey eh fadhain 29 vana episode ves dear mn kairiyah anna hithun keiyy madhuvefaey hury.. hehehehe.. 🙂 on the way ga mihaaru 29th part.. 🙂 noor mi ummeedhu kurany mirey namaves ebai up vaane kamah.. 🙂

    1. noor says:
      June 20, 2018 at 8:53 pm

      & LY my dear readers.. 🙂 <3<3<3<3<3

  36. Shama says:
    June 20, 2018 at 10:53 pm

    Noor dear Kobaa next part. avahah up kohdhyba. sham ah ves igey noor busy vyma kan up nukureveny sham balai gannan noor buni vaahaka noor thibuny hama rangalhah .sham bunnan that secret eh noor thy enme best writer. I love you like a sister

    1. Kokee says:
      June 20, 2018 at 11:35 pm

      Me too…..lov noor like a sis

  37. unique says:
    June 21, 2018 at 12:06 am

    hihi noor is the best….. misses…… las viyas okey n thanks noor kithanme burakoh ulhunas vaahaka upkohdheythy…. it means a lot

  38. kitty says:
    June 21, 2018 at 12:40 am

    yeah.. noor vaahaka up koh dheyne ingey las viyas.. we trust u noor 🙂

  39. Yoosh says:
    June 21, 2018 at 7:55 am

    Koba tha vaahaka plz kiyahithun meenee mihaaru kehmaduvefaa

  40. Jinn says:
    June 21, 2018 at 11:50 am

    NOOR GE VAAHAKATHAH VARAH KAMUDHEY. Ekam ebahuri rangalhukollanjehey KANKAN.

Comments are closed.

Next Episodeހުޅުކޮޅު 29←


All Right Reserved!