Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި (3)

Sh@_n@ Level 410 Stories100 Comments100 Login
June 13, 2018 3 Mins Read
8 Comments

އަހަރެންގެ ހިޔާލީ ޙިޔާލްތަކުން ނިކުމެވުނީ އަހަރެންގެ ކަންފަތް ކައިރިން އަހަރެން އަޑު އެހުމަށް ބޭނުންވާ އެ އަޑު އިވުުމުންނެވެ.

އަހަރެންގެ އަތްފައި ފިނިވެ ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން އެނބުރިލީމެވެ. އެމޫނު ފެނުމާއެކު އަހަރެންނަށް ލަދުން އިސްޖަހާލެވުނީ ބޭއިޙްތިޔާރުގައެވެ.

“ކޯއްޗެއް ތި ހޯދަނީ، ބޭނުން އެއްޗެއް އެބަހުރިތަ” އެ ޒުވާނާގެ އެ ސުވާލުން އަހަރެންނަށް ތެޅިގަނެވުނެވެ.ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ” އާނ. އަހަރެން ހޯދަމުންމިދާ ފަރާތަކީ ރޭގަނޑު ހަތަރުދަމު އެ ޙިޔާލުތަކުގެ ސަބަބުން އަހަރެންގެ ނިދި އެމީހަކަށްޓަކައި ޤުރުބާން ކުރާ ފަރާތް، އަހަރެން މި ހޯދަނީ އަހަރެންގެ ހިތް ކެނޑިނޭޅި ދެކެން ބޭނުންވާ ސޫރަ، އަހަރެން މި ހޯދަނީ އަހަރެންގެ ކަންފަތް އަބަދުމެެ އަޑުއަހަން ބޭނުންވާ ސޫރަ، މުޅި އުމުރު އެމީހަކަށްޓަކައި ހޭދަކުރަން ބޭނުންވާ ފަރާތް، ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގައި ބިންވަޅު ނެގުނު ސޫރަ. އެ ސޫރަޔަކީ ތިޔަ ސޫރަ”
އަހަރެންގެ އިހުސާސްތައް ދުލާ ހަމައަށް ނައިސް އަހަރެންގެ ހިތުގައި ހުއްޓުމެއްނެތި ބުުނަމުންދަނީ އެހެންނެވެ. އަހަރެންނަށް މިވާ ގޮތެއް ބުނެދޭނެ ގޮތެއް ނޭނގުނެވެ. އަހަރެންގެ ދުލަކަށް، ސިކުނޑި އަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

އަހަރެން ސިހުނީ އެ ޒުވާނާގެ އަތް އަހަރެންގެ މޫނުމަތިން ހުރަސް ކޮއްލާ “ހެލޯ” އޭ ބުނުމުންނެވެ. ” މީ… މީ…. ފައިވާން އެބަހުރިތަ؟ އަހަރެންނަށް ބުނެވުނީ ކީކޭކަން އެނގުމާއެކު އިތުރަށް ދައްކާނެ ބަހަނާއެއް ނޭގުމުން އިސްޖަހާލީމެވެ. ” ފައިވާނޭ،،،، ކަނބުލޮ އަށް ހަމަ ނޭނގެނީތަ މީ ކޮސްމެޓިކްސް ފިހާރައެއްކަން” އަހަރެން ރަކިވެގެން ދެއަތް ދެއަތަށް މޮޑެވެންފެށުނެވެ. އަދި ހިތަށް އެރިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. މިކަހަލަ ފުރުސަތެއް އަބަދު ނުލިބޭނޭ ހިތާ ބުނީމެވެ. ” މަށަށް ވެސް އެނގޭ ކޮސްމެޓިކްސް ފިހާރައެއްކަން. އަސްލު ކުއްޖަކު ބުނީ މިފިހާރަ ނަމުގަ އެފްބީ ޕޭޖެެއް އިނދެޔޭ ފައިވާން ވިއްކާ. ނުހުންނާނޭ ބުނީމަވެސް ގަބޫލް ނުކުރި އެހެންވެ އަސްލު މި އެހީ” އެއް ނޭވާއިން ފައްޗަކަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިލީމެވެ.
އެ ޒުވާނާ ވިސްނަން ހުރުމަށްފަހު ބުންޏެވެ.

“ތިއީ ކުރިންދުވަހު ފެނަށް އެރުނު ކުއްޖާ ދޯ، ނަސީބެއްނު ނުވެއްޓުނުކަން، ވެއްޓުން ނަމަ ހާދަ ތަދުވާނޭ” އެ ޒުވާނާ ހިނިތުންވުމެއް ހަދިޔާ ކުރަމުން ބުންޏެވެ. ޖަވާބުގައި އަހަރެން ބޯ ޖަހާލީމެވެ. “ބައިދަވޭ މީ އަޝްފާން” އެ ޒުވާނާ އަމިއްލަ އަށް ނަންބުނެ ސަލާމަށް އަތް ދިއްކޮއްލިއެވެ. އަޝްފާން. ވާއު. އަހަރެންނަށް ހިތާ ހިތުން ބުނެލެވުނެވެ. ބުރަމަސައްކަތަކާނުލާ އެދިއެދި ހުރި ކަމެއް ހާސިލްވުމުން އަހަރެން އުފަލުންގޮސް ލޮލުގެ ހިމަކޮޅުން ފެންއަންނަން ފެށިއެވެ. ނޫން ކަމަށް ހަދާފައި ލޮލުން އައި ކަރުނަ ފޮހެެލީމެވެ. އަދި އަހަރެންގެ ފިނިވަމުންދާ އަތް ގެންގޮސް ޖޯޑް ކޮއްލަމުން ބުނެލީމެވެ. “މީ ޖަނާ” އަހަރެން ނަންބުނި އިރު އަހަރެންގެ އަޑުގައި ތުރުތުރުމެއް ހުރިކަން އަހަރެންނަށް ފާހަގަ ވިއެވެ. އަހަރެން ހިތަށް އަރަމުންދިޔައެވެ. އަހަރެންނަށް މިހުރިހާ އިހުސާސެއް މިކުރެވެނީ ހަމަ އަސްލަށްވެސް ލޯބިވެވުނީމަބާއެވެ.
އެހެންނަމަވެސް ހަމަޖެހޭ ގޮތް ދައްކާލަމުން ހިނިތުން ވެލުމެއް ހަދިޔާ ކުރީމެވެ. އެ ޒުވާނާގެ އަތް އަހަރެންގެ އަތުގައި ޖެހުމާއެކު ހީވީ ކަރަންޓު ޝޮކެއް ޖެހިގެން އަހަރެން ހަށިގަނޑުގެ ހިމަ ނާރަށް އަސަރުކުރިހެންނެވެ.
” ދުވަހަކުވެސް ތި އަތުން ދޫކުރާކަށް ބޭނުމެއް ނޫން، މުޅި އުމުރު ތި އަތުގެ ހިމާޔަތުގަ ހުންނަން ބޭނުންވަނީ” އަހަރެންގެ ހިތް އެދިގޮވަމުންދަނީ އެ އަތުން ދޫކޮއްނުލުމަށެވެ. އަހަރެން އަތުން ދޫކޮއްލަމުން އަޝްފާން ބުންޏެވެ.
“ޖަންނަ ތީ ކިޔަވާ ކުއްޖެއް ދޯ، ރަނގަޅަށް ކިޔަވާތި އިނގޭ”
އަޝްފާންގެ ދުލުން “ޖަންނަ” މި ނަން އިވުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އަދި އެނަން ހިތާހިތުން ތަކުރާރުކޮށް ކިޔާލެވުނެވެ.
” އާނ…. ކިޔަވަން” އަހަރެން އިސްޖަހާލަމުން ބުނެލީމެވެ.
” ހާދަ ލަހޭ، އަދިވެސް ހަސަން ނާދެ، ކަމެއް ކުރަން ފޮނުވިޔަސް އެހާ ގިނައިރު” އަޝްފާން އެހެންބުނަމުން ކައުންޓަރާ ދިމާލަށް ދިޔައެެވެ. އަހަރެންވެސް އިތުރަށް މަޑުނުކޮށް ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އޭރުވެސް ސިކުނޑީގައި އެބުރެމުންދަނީ އަޝްފާން މަށަށް ޖަންނަ ކިޔާ މުހާތަބު ކުރިގޮތެެވެ. އަނެއްކާ އަޝްފާން ހިތުގައި މަށާ ދޭތެރޭ އެއްވެސް އިހުސާސެއް ވަނީ ބާއޭވެސް ހިތަށް އެރިއެވެ.
ހިތަށް އެރި އެއްޗަކުން އަމިއްލައަށް ބޮލުގައި ޖަހާލެވުނެވެ. އެދުވަހަށް ފަހު އަހަރެން އަޝްފާން ހޯދާކަށް ނުދަމެވެ. އަހަރެން ބޭނުން ވީ ޓެސްޓަށް ރަނގަޅަށް ތައްޔާރުވާށެވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވަމުންދެއެވެ. އަހަރެންގެ ހިތުގައި އަޝްފާނަށް އޮތް ލޯބި އެއްވެސް މީހަކަށް ނާންގާ ސިއްރު ކުރީމެވެ. ނަމަވެސް އަަހަރެންގެ އިހުސާސްތައް ޑައިރީގައި ދިޔައީ ލިޔެވެމުންނެވެ. އަހަރެންނާ ދޭތެރެ އަޝްފާންގެ ހިތުގައި އޮތް އެއްޗެއް ނޭނގުންނަމަވެސް އަހަރެން އުއްމީދު ގެއްލުވައެއް ނުލަމެވެ.
ބައެއް ފަހަރު އަހަރެންނަށް މަތިންބައިންނޭ މިއުޅެވެނީވެސް ހިތަށް އަރައެވެ. އެހެންނަމަވެސް އަހަރެންގެ ސިކުނޑި ބުނަމުންދަނީ ލޯބި ހޯދުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫންކަމަށެވެ.ތަގްދީރުގައި ވާން އޮތީ ކޮންކަމެއް ކަން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ.

އަޝްފާން އަހަރެން ކައިރީ ކިޔަވާށޭ ބުނީތީ އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނުކަހަލައެވެ. އަހަރެން ދުވަހަކުވެސް ޓެސްޓަށް މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރަން ފެށީމެވެ. މިކަމާ އެންމެ އުފާވީ އަހަރެން ގެ މައިންބަފައިންނެވެ. ވިޔަފާރީގައި ކިތަންމެ ބުރަކޮށް އުޅުނަސް އަހަރެންނަށް ވަގުތު ހޯދައެވެ. އަހަރެންގެ ކުއްލި ބަދަލުވުމަށް މައި އަހަރެންނާ އެތައް ސުވާލެއް ކުރަމުންދެއެވެ. ނަމަވެސް އަހަރެން އަޅާނުލާ ހުރީ ކޮންމެސް ވަގުތަކުން ކިޔައިދިނުމަށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ފަހު އިމްތިހާން ވެސް ނިމިއްޖެއެވެ. އަހަރެން އަމިއްލަ ނަފްސަށް ވައުދުވެގެން ހުރީ ޓެސްޓް ނިމުނީމަ ނޫނީ އަޝްފާންގެ ކުރިމައްޗަށް ނޭރުމަށެވެ. ހިތާ ދެކޮޅަށް ނަމަވެސް އަހަރެން އެހެން ނިންމީ އަޝްފާނަށްޓަކައެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އަޝްފާންވެސް އަހަރެންގެ ދެކެ ލޯބިވާކަމަށެވެ.

އަހަރެންނަށް އިތުރަށް އަޝްފާން ނުފެނި ކެތް ނުވާނެކަން އެނގުމުން
ޓެސްޓް ނިމުނު ދުވަހުގެ ހެނދުނު 10 ޖަހާކަން ހާއިރު އަަހަރެން އެ ފިހާރަ ދޮށަށް ދިޔައީމެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގެވެރިޔާ ފިހާރަަޔަކު ނެތެެވެ. އަހަރެން މާޔޫސްވިނަމަވެސް ހިތްވަރު އެލުވައެއް ނުލަމެވެ. ހަމައެކަނި މީހާގެ ނަން އެނގިގެން ކުރެވޭނެ ކަމެއް ނޭނގުމުން އަހަރެންގެ މާޔޫސްވިއެވެ.
ފިހާރައިގައި އިނީ ދުވަސްވީ މީހެއްކަމުން އެމީހާ ކައިރީ އަހާކަށް ނުކެރުނެވެ. އިރުކޮޅަކުން އައިސްދާނޭ ހިތައި އަހަރެން މަޑުކުރީމެވެ. އެހެންނަމަވެސް މެންދުރު ބާރަ ޖެހިއިރުވެސް އަޝްފާންނައެވެ. އަނެއްކޮޅުން އަހަރެން ބަނޑުހައިވެގެން ހަލާކުވަނީއެވެ. އެހެންނަމަވެސް އެންމެ ފަހަރަކު އަޝްފާން ފެނިގެންނޫނީ އެއްވެސް އެއްޗެއް ނުކާން އަހަރެން ނިންމީމެެވެ. އަހަރެންގެ މޮޔަ ސިކުނޑިއަށް އެއްޗެއް ވިސްނޭވަރަށް ވުރެ އަހަރެން އަޝްފާން ދެކެ ވެވުނު ލޯބީގެ ބާރު ގަދައެވެ. ފުރަަތަމަ ނަޒަރުން ލޯބި ނުވެވޭނެ ކަމަށް އަހަރެން ބުނަމުން އައީ މިކަހަލަ ގޮތަކަށް ކަންތައް ވާނެކަމަކަށް ނޫނެވެ.

އަނެއްކާވެސް މެންދުރުފަހު ޑިއުޓީ އޭ ހިތައި އަހަރެން މެންދުރުވެސް އެފިހާރަ ދޮށަށް ދިއައީމެވެ. އެހެންނަމަވެސް އަޝްފާން ނުފެނުނެވެ.އަހަރެން ގޮތް ހުސްވެގެން ހަދާނެގޮތެއް ނޭނގުނެވެ.
އެންމެ ފަހުން ބަހަނާއެއް ދައްކައި މައި ލައްވާ ރޭގަނޑު ބޭރަށް ދިއުމަށް ވައުދުކުރުވީމެވެ. ވަރަށް ފަސޭހައިން މައި އެކަމާ އެއްބަސްވިއެވެ. މީހަކަށްޓަކައި އަހަރެން ދުވަހަކުވެސް މިގޮތަކަށް ނޫޅެމެެވެ. އެހެންނަމަވެސް މިއަދު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

ރޭގަނޑު އަށެއް ޖެހުމާއެކު އަހަރެން މައި ގޮވައިގެން ފަހަރަކު ފިހާރަޔަށް ވަނީމެވެ. އެެެންމެފަހުން އަހަރެން ވަންނަން ބޭނުންވި ފިހާރަޔާ ހަމައަށް އާދެވުމާއެކު އަހަރެން އެދި ގޮވަމުންދިޔައީ އަޝްފާނު ފިހާރައިގައި އިނުމަށެވެ. ވަރަށް ހިތްވަރުކޮށްފައި މައި އާ ދެމީހުން ފިހާރަޔަށް ވަނީމެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ހުޅުކޮޅު 24

Next

ލޯބިކަން 12

Next
June 13, 2018

ލޯބިކަން 12

Previews
June 13, 2018

ހުޅުކޮޅު 24

8 Comments!

  1. unique says:
    June 13, 2018 at 12:22 pm

    am i first

  2. unique says:
    June 13, 2018 at 12:54 pm

    vvv reethi… waiting for next part

  3. Aabhy says:
    June 13, 2018 at 4:41 pm

    hehehe varah salhi mi part ves.. ???

  4. eekko says:
    June 13, 2018 at 5:48 pm

    v rythi…whn nxt

  5. Nunnu says:
    June 13, 2018 at 7:08 pm

    vv reethi hama
    Thankolheh avahah next part genes dhechey
    Vv kiyaahiyvey eba

  6. Sh@_n@ says:
    June 13, 2018 at 7:20 pm

    Yes unique ur first. Thanks hurihaa kudhin thidhey support ah. V ehme avahakah up kohdheynan.

  7. Amee says:
    June 14, 2018 at 1:24 am

    Vrh reethi hama habeys.. when nxt part

  8. Amee says:
    June 14, 2018 at 1:25 am

    Vrh reethi hama habeys.. when nxt part..?

Comments are closed.

Next Episodeނުހައްގުލޯބި (4)←


All Right Reserved!