ފޯނުގެ ސްކްރީނަށް ބަލައިލި އައިލީންއަށް ލިބުނީ ހައިރާންކަމެވެ. ގުޅަމުން އެ ދަނީ ޔޫހާންއެވެ. ރޭގަ ވެސް އަދި މިއަދުވެސް އެއްވެސް ޚަބަރެއް ނުވެ ހުރެ ކުއްލިއަކަށް ގުޅުމުން ހައިރާންވާނެ ނޫން ހެއްޔެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ އައިލީ… ކޭން ޔޫ ޑޫ މީ އަ ފޭވާ ޕްލީޒް… ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ބުންޏެވެ. އައިލީން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔޫހާން ވާހަކަ ދެއްކީ އެހާވެސް އަވަހަށެވެ. ” އައިލީ… އައިލީ… ސޭ ސަމްތިން… ކަމެއް ކޮށްދެވިދާނެތަ؟ ” އައިލީން އެއްޗެކޭ ނުބުނުމުން ޔޫހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” ހޫމް… އެކަމް ކޮން ކަމެއްތަ އަނެއްކާ ކޮން ދޭންވީ؟ ” އައިލީން އަހާލިއެވެ. ”ވަރަށް އިމްޕޯޓެންޓް ޕާޓީއެއް އެބެއް… ކޭން ޔޫ ކަމް ވިތް މީ… ޕްލީޒް… ” ޔޫހާން ބުނެލިއެވެ. އައިލީން އުފަލާއެކު ޔޫހާން އާއި އެކީ ޕާޓީއަށް ދިއުމަށް އެއްބަސްވިއެވެ. ” އޯކޭ… ބީ ރެޑީ އެޓް 8… ކާރެއް ފޮނުވާނަން އިނގޭ… އަންނަންވީ ތަނަށް ގެނެސްދޭނެ… އައިލީ ހަމައެކަނި ރެޑީވެގެން ހުންނަންވީ ގަޑިއަށް… އޯކޭ… ” ޔޫހާން އެހެން ބުނުމުން އައިލީންވެސް އޯކޭ އޭ ބުނެ ފޯނު ބޭއްވިއެވެ. އޭރު އެ ތުންފަތުގަ ވަނީ ރީތި ހިނިތުންވުމެކެވެ. ” އައިލީ… ހާދަ އުފާވެފަ ހެން ހީވެޔޭ… ކާކު ގުޅީ އަނެއްކާ؟ ” ނޭނގޭކަމަށް ހެދެމުން ޝައުނާ އަހާލިއެވެ. އައިލީން ޔޫހާން ބުނި ވާހަކަތައް އޭނަގެ ދެ އެކުވެރިންނާ ހިއްސާކުރިއެވެ. އައިލީންގެ އަޑުންވެސް އޭނަ އުފާވެފައިވާ މިންވަރު އިނގިގެންދެއެވެ. ” އޯ ނޯ… މިހާ ކުޑަ ވަގުތުކޮޅެއްގަ ރެޑީ ވެވޭނެތަ… ޕާޓީ އާ ގުޅޭ ކަހަލަ ހެދުމެއްވެސް ނެތް… ދެން ކިހިނެއް ހަދާނީ… ” ކަންބޮޑުވެފައިހުރެ އައިލީން އަހާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އެންމެނަށްވެސް އެދިމާލަށް ބަަލައިލެވުނެވެ. ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނީ އާޝިޔާއެވެ. ”އައިލީ… ހާދަ ކަންބޮޑުވެފަ… ކަމެއް ދިމާވީތަ އަނެއްކާ… ” އައިލީންގެ މޫނުގެ ކުލަވަރު ފެނިފައި އާޝިޔާ ބުންޏެވެ. ” މީ… ދޮންތާ… ޔޫހާން އާއެކު ޕާޓީއަކަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟ ޕްލީޒް ދޮންތާ… ” ކުޑަ ވަރެއްގެ ޖެހިލުންވުމަކާއެކު އައިލީން އާޝިޔާގެ ގާތުން ހުއްދައަށް އެދުނެވެ. ”ހޫމް… އޯކޭ… ޕާޓީ ހަމަ ނިމުނީމަ ވާނެ ގެއަށް އަންނަން އިނގޭ… ” އާޝިޔާ ހުއްދަ ދިނުމުން އައިލީން ހިނިތުންވެފައި އާޝިޔާގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކުރިއެވެ. އާޝިޔާވެސް އައިލީންގެ ގައިގައި ބައްދާލިއެވެ. އަދި ރިފްޝާ އާއި ޝައުނާއަށް ފެންނާނޭހެން އެއްލޯ މަރާލިއެވެ. އެއާއެކު ރިފްޝާ އާއި ޝައުނާގެ ތުންފަތުގައި ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. ” އެކަމަކު ޕާޓީއަށް ދާން ލާނެ ހެދުމެއް ނެތޭ… މިކަހަލަ ނޯމަލް ހެދުމެއް ލައިގެންދާކަށް ނުކުރޭނެ އެއްނު… އެކަމަކު ޔޫހާން ގާތު ދާންވެސް އެއްބަސްވެވިއްޖެ.. ދެން ކިހިނެއްތަ އަޅެ ހަދާނީ… ” އާޝިޔާ އާ ދުރުވެލަމުން އައިލީން ބުނެލިއެވެ. އޭރު އަނެއްކާ ވެސް އެމޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކައިރީގައި ތިބި ތިން މީހުންގެ މޫނުމަތިންވެސް ފެންނަމުން ދަނީ އެފަދަ އަސަރުތަކެކެވެ. އައިލީންއަށް ނޭނގުނުކަމަކީ އެ އަސަރުތަކަކީ އެތިން މީހުންގެ މޫނުމައްޗައް ގަސްތުގައި ވެރިކުރުވާފައިވި އަސަރުތަކެއް ކަމެވެ. ” އެހާ ކުޑަ ވަގުތުކޮޅެއް ތެރޭގަ ދެން ޝޮޕިންވެސްް ނުކުރެވޭނެ ދޯ… ” ކަންބޮޑުވެފައިވި މީހެއް ފަދައިން ރިފްޝާ ބުނެލިއެވެ. އެއާއެކު އެތާ ދެން ތިބި ތިން މީހުން ބޯޖަހާލިއެވެ. ” އޭ… މަޑުކޮށްލައްޗޭ… ދޮންތައަށް ހީވޭ ޕާޓީއަކަށް ދާން ހަމަ ޕާފެކްޓް ހެދުމެއް އިންނާނެހެން… އަދި ކިރިޔާ މި ހަނދާންވީ… އެބަ އަންނަން… ” ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން އާޝިޔާ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުތެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ އައީ ވަރަށް ރީތި ހެދުމެއް ހިފައިގެންނެވެ. އެ ހެދުން ފެނިފައި ތިން ކުދިންނަށްވެސް ވާއު އޭ ބުނެލެވުނެވެ. ”ދޮންތާ… އަސްލުވެސް ހާދަ ރީތި ހެދުމެކޭ… ވަރަށް ވަރަށް ލޯބި މިހެދުން… ” ހިނިތުންވެލަމުން އެ ހެދުމުގައި އަތް ކާތާލަމުން އައިލީން ބުންޏެވެ. ” އެކަމަކު ދޮންތަ މީ ކޮންތާކުން ހޯދި ހެދުމެއް… ދޮންތައަށް ހެޔޮވަރުވެސް ނުވާނެއެއްނު އަދި… މީ އަތްވެސް ކުރު ހެދުމެއްނު… ” އައިލީން އޭނަގެ ހިތުގައި އުފެދުނު ސުވާލުތައް އާޝިޔާއަށް އަމާޒުކޮށްލިއެވެ. ” ސާބަސް… މީ ދޮންތައަކަށް ނޫނޭ… މީ އައިލީ އަށޭ… ދޮންތަ ހަނދާންނެތިފަ މިހިރީ މި ދޭން…” އާޝިޔާ ހަމަޖެހިލަމުން އެހެން ބުންޏެވެ. އަދި އައިލީންގެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން ގަޑި ޖެހެން ކައިރިވަނީކަމަށް ބުނެ އަވަހަށް ތައްޔާރުވާން ދާށޭ ބުންޏެވެ. އޭރު ގަޑިން ހަތްގަޑި ފަނަރަ ހިނގަނީއެވެ. އައިލީންވެސް އަވަސް އަވަހަށް ފެންވަރަން ފާޚާނާއަށް ވަނެވެ. ”ޔެސް” އާޝިޔާ އަށާއި ރިފްޝާ އަދި ޝައުނާއަށް އައިލީން ފާޚާނާއަށް ވަނުމާއެކު މަޑުމަޑުން އެއްފަހަރާ ބުނެލެވުނެވެ. ތިން މީހުންވެސް އެމީހުންގެ ރޭވުން ކާމިޔާބުވުމުން އުފަލުން ހުރެ ސިޓިންރޫމަށް ނިކުތެވެ. ތިން މީހުންވެސް އައިލީން ނިކުންނާނޭ ވަގުތަކަށް އިންތިޒާރު ކުރާ ހާލު ސިޓިންރޫމު ސޯފާގައި ޖައްސާލިއެވެ. ”މަންމާ… މިއޮތީ މަންމަ ބުނި ބޭސްފުޅި… ” ބޭސް ފިހާރައިން އާފިޔާ ބުނި ބޭސްގަނެގެން އައި މާނިއު އޭނަގެ އަތުގައި އޮތް ކޮތަޅު ސިޓިންރޫމު ސޯފާގައި އިން އާފިޔާއަށް ދިއްކޮށްލަމުން ބުންޏެވެ. އާފިޔާ ހިނިތުންވެލަމުން އެ ކޮތަޅުގައި ހިފިއެވެ. ”މަންމާ ހިނގާބަލަ މާލެ ދާން މަންމަގެ ތި ކަކޫ ޑޮކްޓަރަށް ދައްކާލަން… ކިހާ ދުވަހެއް މިހާރު ކަކުލުގަ ރިއްސާތީ އުޅޭތާ… މިތައި ކައިރި އެކި ރަށްރަށަށްވެސް ދެއްކިއްޖެ މިހާރު… ރަނގަޅެއް ނުވިއެއްނު… ހިނގާބަލަ މާލޭގެ ރަނގަޅު ޑޮކްޓަރަކަށް ދައްކާލަން ދާން… ހަމަ ދައްކާލާފަ ބުނާ އެއްޗަކުން އަންނަން ވީއެއްނު… ” ކޮޓަރިން ނިކުން ރިޝްފާ ބުނެލިއެވެ. ” ބޭސް ހާކާލީމަ ރަނގަޅު ވެދާނޭ ދަރިފުޅާ… މާލެ ދާނެކަމެއް ނެތޭ… ” އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް އާފިޔާ މާލެ ދިއުމަށް ދެކޮޅު ހެދިއެވެ. މާނިއު އާއި ރިޝްފާއަށް އިތުރަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އޭނާ އައިސް އެނދުގައި އިށީނެވެ. އެއަށްފަހު ފުން ނޭވައެއް ލިއެވެ. އޭނާ މާލެ ދާނީ ކިހިނެއް ހެއްޔެވެ؟ އެފަސްގަނޑަށް އޭނާ ނާރާތާ މިހާރު ވަރަށް ގިނަ އަހަރު ވެދާނެއެވެ. އޭނަގެ ހިތް މާލެ ދާން އެދުނު ނަމަވެސް ސިކުނޑި އެކަމަކަށް ޖާގައެއް ނުދެއެވެ. މާލެ އޭ މީހަކު ބުންޏަސް އޭނައަށް ސިފަވެގެން ދަނީ މީހެއްގެ ސޫރައެވެ. އެތަކެއް އުފާވެރި ހަނދާންތަކަކާއި ހިތި ހަނދާންތަކެއް އާލާވެގެންދެއެވެ. އާފިޔާ ތެދުވެގެން ގޮސް އަލަމާރި ހުޅުވާލުމަށްފަހު ކުރިންވެސް އޭނަ ހުޅުވާ ކުޑަ ވަތްގަނޑު ހުޅުވުމަށްފަހު އޭގައި އޮތް ފޮޓޯގަނޑު ނެގިއެވެ. އެ ފޮޓޯގަނޑު ހިފައިގެން ގޮސް އަނބުރާ އެނދުގައި އިށީނެވެ. އެ ފޮޓޯގައި ވަނީ ފިރިހެނެކެވެ. އެމީހާގެ މޫނާއިވީ ދިމާލުގައި އާފިޔާ އޭނަގެ އަތުން ފިރުމާލިއެވެ. އޭރު އެ އަޅި ކުލައިގެ އެ ދެލޮލަށް ވަނީ ތާޒާ ކަރުނަ ޖަމާވެފައެވެ. އެ ފޮޓޯގަނޑު ފެނުމުން އޭނާ މިފަހަރު ޔޫހާންގެ މަތިންވެސް ހަނދާންވިއެވެ. އާފިޔާ އޭނަގެ އެ ހިތި މާޒީ ހަނދާންކޮށް އެތައް އިރަކު ކަރުނަ އަޅާ ރުޔެވެ. އެހެން އިންދާ އޭނައަށް ހަމަ ބިމަށް އާދެވުނީ އިޝާ ނަމާދުގެ ބަންގީގެ އަޑަށެވެ. ދެލޮލުން އޮހޮރުނު ކަރުނަތައް ފޮހެލުމަށްފަހު ފޮޓޯގަނޑު ރައްކާތެރިކަމާއެކު އަލަމާރީގެ ވަތްގަނޑަށް ލައި ތަޅުލުމަށްފަހު ފާޚާނާއަށް ވަދެ ނަމާދުކުރަން ތައްޔާރުވެގެން އައިސް އިޝާ ނަމާދު ކޮށްލިއެވެ. އިޝާ ނަމާދު ކޮށްލުމުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުރިހާާ ކަމެއްވެސް އަދި ރަނގަޅު ވާނެކަމުގެ އުއްމީދު އޭނަގެ ހިތުގައި އާލާވިއެވެ. ތައްޔާރުވެގެން ކޮޓަރިން ނިކުން އައިލީން ފެނި ސޯފާގައި ތިބި ތިން މީހުނަށް އެކުއެކީގައި ތެދުވެވުނެވެ. ” މާ ޝާ ﷲ… ދޮންތަގެ އައިލީ ހާދަ ރީއްޗޭ… ” އައިލީންގެ ކުރިމައްޗަށް ހުއްޓި އޭނަގެ މޫނުގައި ލޮއެބާއެކު ފިރުމާލަމުން އާޝިޔާ ބުނެލިއެވެ. ” އައިލީ… ހަމަ އަސްލުވެސް ވަރަށް ވަރަށް ލޯބި މިރޭ… ” ރިފްޝާއަށްވެސް އައިލީންއަށް ތަޢުރީފުކޮށްނުލާ ނުހުރެވުނެވެ. ”ތެދެއް… މާ ޝާ ﷲ… ވަރަށް ރީތި އައިލީ މިރޭ… ޔޫހާން ހުރި ތަނަށް ހޭނެތިގެން ނުވެއްޓިއްޖިއްޔާ ރަނގަޅު މިރޭ އައިލީ ފެނިފަ… ހެހެހެ… ” އައިލީން އާއި ދިމާކޮށްލުމުގެ ގޮތުން ޝައުނާ ބުނެލިއެވެ. އެއާއެކު އައިލީން ޝައުނާގެ އަތުގައި ޖަހާލިއެވެ. އަދި ގަޑި ޖެހެނީ ކަމުގައި ބުނެ ކާރުވެސް އައިސްފައި އޮވެދާނެތީ ދަނީ ކަމުގައި ބުނެ އެންމެނަށްވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ގެއިން ނިކުތެވެ. އައިލީން ތިރިއަށް ފޭބި އިރު ކާރު އޮތީ އޭނަގެ އިންތިޒާރުގައެވެ. އައިލީން އައިސް ހުއްޓުމާއެކު ކާރުގެ ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވާާލަދިނެވެ. އައިލީން އޭނަ ލައިގެން ހުރި ބޮޑު ހެދުން ކުޑަކޮށް މައްޗައް ހިއްލާލަމުން ކާރަށް އަރާ އިށީނެވެ. އައިލީން ކާރަށް އެރުމާއެކު ޑްރައިވަރު ދޮރު ޖެހުމަށްފަހު އައިސް ކާރުގެ ކުރީ ސީޓަށް އަރާ ދާންވީ މަންޒިލަށް ދިއުމަށް ކާރު ދުއްވާލިއެވެ. ކާރު ގޮސް މަޑުކޮށްލީ ބޮޑު ގޭޓެއްގެ ކުރިމައްޗަށެވެ. ކާރު މަޑުކޮށްލުމަށްފަހު ޑްރައިވަރު އައިސް އައިލީން ކާރުން ފޭބުމަށް ދޮރު ހުޅުވާލަ ދިނެވެ. އައިލީން ކާރުން ފޭބުމަށްފަހު ހިތްހެޔޮ ހިނިތުންވުމެއް ޑްރައިވަރަށް ހަދިޔާކޮށްލިއެވެ. ޑްރައިވަރަކަށް ހުރި މީހާވެސް ހިނިތުންވެލިއެވެ. އެ ބޮޑު ގޭޓު ވަނީ ހުޅުވާލެވިފައެވެ. ގޭޓުގެ ދެފަރާތުގައި ދެ ދޮރުވާނުން ހުއްޓިލައިގެން ތިއްބެވެ. އައިލީން ގޭޓުން އެތެރެއަށް ވަނެވެ. އޭނާއަށް އެތަނަށް ރަނގަޅަށް ނަޒަރު ހިންގާލެވުނެވެ. ކުރިމަތީގައި ހުރީ ބޮޑުގެއެކެވެ. މުޅި ގޯތި ތެރޭގައި ވަނީ ކާޕެޓް ވިނަ ހައްދާފައެވެ. މެދުން ގެއާ ހަމައަށް ގާ ޖަހައިފައި ފުޅާކޮށް ހަދައިފާވި ވޯކްވޭއެއް ވެއެވެ. ގޭގެ އެއްފަރާތުގައި ބޮޑު ބަގީޗާއެއް ވާއިރު އަނެއް ފަރާތުގައި ގަރާޖެއް ވެއެވެ. ރޭގަނޑު ނަމަވެސް ބަގީޗާ ތެރޭގައި ދިއްލާފައިވި ލައިޓް ތަކުން އެތަން ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އައިލީންގެ ލޮލުގައި ދެން އަޅައިގަތީ ގޭގެ ދޮރެވެ. ޕާޓީއެއް ނަމަ ދޮރު ޖަހާފާ އެވަނީ ކީއްވެ ހެއްޔެވެ. ގޭ ތެރެއިންވެސް އަޑެއް ބަޑެއް ނީވެނީ ކީއްވެ ހެއްޔެވެ. ކުޑަ ދޮރު ތަކުން ވެސް ފެންނަނީ ފަނޑު އަލިކަމެކެވެ. އޭނާ މި ގެނައީ ހަމަ ރަނގަޅު ތަނަށް ބާއޭ އައިލީންގެ ހިތަށް އެރިއެވެ. އޭރު އެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ހުރިތާ ހުއްޓާ އައިލީން ސިހުނީ އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ. ފޯނު ބަލާލިއިރު މެސެޖު ކޮށްފައިވަނީ ޔޫހާންއެވެ. ” އައިލީ… ކަމް އިންސައިޑް… އައި އޭމް ވެއިޓިން… ” އައިލީން ޔޫހާން ފޮނުވި މެސެޖު ކިޔާލިއެވެ. އޭނާ ބިރުން ހުރެ ޔޫހާންގެ ނަމްބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. ބިރުން ހުރި ނަމަވެސް ޔޫހާންއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. މުޅި ގޭތެރެއަށްވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އެ ފަނޑު އަލީގައި އެއްވެސް ތަނެއް ރީތިކޮށެއް ނުފެނެއެވެ. އައިލީން އޭނަ ލައިގެން ހުރި ބޮޑު ހެދުން ކުޑަކޮށް ހިއްލާލުމަށްފަހު މަޑުމަޑުން ގޭތެރެއަށް ވަނެވެ. އޭރު އޭނަގެ ހިތް ދަނީ ބާރު ބާރަށް ތެޅެމުންނެވެ. ” ޔޫ…ޔޫހާން… ޔޫހާން… ” ފޯނުން އަލިކޮށްލަމުން އަޅައަޅައިގަންނަމުން އައިލީންއަށް ބުނެވުނެވެ. އެއާއެކު އޭނާ ސިހުނީ އޭނާ ވަން ދޮރު ލެއްޕުނު އަޑަށެވެ. އައިލީންގެ ހިތް ހީވީ ނިކުމެދާނެ ހެންނެވެ. އޭނަ ހުރީ އެހާވެސް ބިރުންނެވެ. ގުޑިލަންވެސް ނޭނގިފައި އައިލީން ހުރިތާ ހުރީއެވެ. ކުއްލިއަކަށް އޭނަގެ ނަޒަރު ހުއްޓުނީ އެތަނުގައި ހުރި ބޮޑު ސްކްރީނަށެވެ. ” ދަ މޯސްޓް ޕްރިޓީ ގާލް އައި ހޭވް އެވާ ސީން ” އައިލީން ސްކްރީނުގައިވި ލިޔިންކޮޅު ކިޔައިލިއެވެ. އެ ލިޔުން ކޮޅަށްފަހު ދެން ފެނިގެން ދިޔައީ އައިލީންގެ ފޮޓޮއެކެވެ. އެއީ އަޔާޒުގެ ކައިވެނި ޕާޓީގައި ނަގައިފައިވާ ފޮޓޮއެކެވެ. އެއަށްފަހު ދަތުރު ދިޔަ ދުވަހުގެ ފޮޓޯތަކެއްވެސް ފެނިގެން ދިޔައެވެ. ގިނައިން ފެންނަމުން ދިޔައީ އަޔާޒުގެ ކައިވެނި ޕާޓީ ރޭ ޔޫހާން އާއެކު ކަޕުލް ޑާންސް ކުރަމުން ދިޔައިރު ނަގާފައިވާ ފޮޓޯތަކެވެ. އެންމެ ފަހުން ރަސްރަނި ބަގީޗާގެ ފެން އަރުވާ ވަޑާން ކައިރިން ނެގުނު ހިތްގައިމު ފޮޓޯވެސް އެފޮޓޯތަކުގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އައިލީންއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. އެންމެ ފޮޓޮއެއް ފިޔަވައި ދެން ފެނިގެން ދިޔަ ފޮޓޯތަކަކީ އައިލީންއަށް ނުވެސް އިނގިހުރެ ނަގައިފައިވާ ފޮޓޯތަކެކެވެ. އޭނައަށް ހައިރާން ކަމެއް ލިބިފައިވީ ނަަމަވެސް އެހިތުގައި އުފާވެރިކަންވެސް ވިއެވެ. ފޮޓޯތައް ދައްކާ ނިމުން ތަނާ މުޅި ތަން އެއްކޮށްް އަލިވެގެން ދިޔައެވެ. އައިލީންއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެ ބޮޑު ސިޓިން ރޫމު ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކުރެވިފައެވެ. މަޑު ފިޔާތޮށި ކުލައިގެ ވިދުމެއް އެކުލެވިފައިވި ފޮތިތަކެއް ވަނީ ފާރުގަ ވަރަށް ރީތި ގޮތަކަށް ހަރުކުރެވިފައެވެ. އޭގެ އިތުރުން ގަދަ ރަތް ކުލައިގެ ހިތްތަކަކާއި މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމާތަކެއް ވެސް ވަނީ ފާރުގައި ހަރުކުރެވިފައެވެ. މުޅި ސިޓިންރޫމުގެ ޓައިލްސްތަކުގައި ވަނީ ގަދަ ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކެވެ. އައިލީންއަށް އިތުރު ސިހުމެއް ލިބުނީ ކުއްލިއަކަށް މަތިން ފިނިފެންމަލުގެ ފިޔަތަކެއް ވެރެން ފެށުމުންނެވެ. އައިލީން ފަހަތަށް އެނބުރުނު އިރު އޭނައަށް ބަލަހައްޓައިގެން ހުރި ޔޫހާން ފެނި ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ފިޔާތޮށި ކުލައިގެ ގަމީހަކާއި ހުދު ކުލައިގެ ސްކިނީގައި ޔޫހާން ހުރި އިރު ހާދަ ސްމާޓެވެ. ލައިފާވި ގަމީހުގެ އަތް ވަނީ އާދައިގެ މަތިން އުޅަބޮއްޓާއި ހަމައަށް އޮޅާލާފައެވެ. އަރާފައިވި ކަޅާއި ހުދު ކުލައިގެ ސްނީކާސް ބޫޓު ޔޫހާން އާ ވަރަށް ގުޅެއެވެ. ފަން އިސްތަށިކޮޅު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ތުނި ތުނިކޮށް ބަހައްޓާފަައިވި ތުނބުޅިން އެ ފިރިހެންވަންތަކަން އިތުރުކޮށްދީފާ ވެއެވެ. އޭނަގެ އެއް އަތް ވަނީ ފުރަގަހުގައެވެ. ހީވަނީ އެއްޗެއް ފޮރުވައިގެން ހުރި ހެންނެވެ. އައިލީންގެ ރީތި ސޫރަ ފެނިފައި ޔޫހާން އަށް ވެސ ހުރިތާ ހުރެވުނީއެވެ. މިރޭ އައިލީންގެ ރީތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ލައިފައިވާ ފިޔާތޮށި ކުލައިގެ ބޮޑު ހެދުމުގައި އައިލީން ހީވަނީ ފޮޅިފައިވި ފިޔާތޮށި ކުލައިގެ ފިނިފެންމަލެއް ހެންނެވެ. އަތް ކުރުކޮށް ފަހާފައިވި އެ ހެދުމުގެ މޭމަތި ވަނީ ކުދި ކުދި މިނާ ފުއްތަކަކުން ޖަރީކުރެވިފައެވެ. ފައި ތިލަ ނުފެންނާނެހާ ދިގުކޮށް ފަހައިފާވި އެ ހެދުމުގެ މޭމަތިން ތިރިޔަށް ލޭސް ފޮތި ބޭނުންކޮށްފާވުމުން ވަރަށް ވެސް ފުރިހަމައެވެ. ކަޅުކަން ގަދަ ދިގު ފަން އިސްތަށިގަނޑުގައި ވަނީ ހުޅިއެއް ޖަހާފައެވެ. ބޮލުގައި ވަރަށް ރީތި ފިނިފެންމަލެއްވެސް ޖަހާފާވެއެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް މޫނުމައްޗައް ދެފަރާތުން ދޫކޮށްލާފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮށްފާވި ލުއި މޭކަޕްގެ ސަބަބުން އެ ދޮން މޫނުވެސް އެހާ ފުރިހަމައެވެ. އެ ބޮޑު ދެ ލޯ އައިލާއިން ފަވާލާފައިވުމުން ދެ ލޮލުގެ ހުދުކަން އިތުރުވެފާވާ ކަހަލައެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފާވުމުން ކޮންމެ މީހެއްވެސް އެ ދެލޮލުގެ ޖާދޫގައި ޖެހޭނެހާ ފުރިހަމައެވެ. ތުންފަތުގައި ވަނީ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާފައެވެ. ކަންފަތުގައި ބޭނުންކޮށްފައިވި އިއަރިންގް ވެސް ވަނީ ހެދުމާ ގުޅޭނޭހެން ފިޔާތޮށި ކުލައިގައެވެ. އެ ރީތި ސޫރައަށް ބަލާ ފޫހިނުވާނެއެވެ. ޔޫހާން މަޑު ހިނގުމެއްގައި އައިސް އައިލީންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރުވެސް އޭނަގެ އެއް އަތް ވަނީ ފުރަގަހުގައެވެ. އޭނާ މަޑުމަޑުން އެއްފައި މައްޗައް ތިރިވިއެވެ. އައިލީންގެ ހިތް އޭރު ބާރު ބާރަށް ތެޅެމުން ދިޔައެވެ. ” އައިލީ… އަހަންނަށް އައިިލީ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންގެ ހިތުން ޙާއްސަ މަގާމެއް ދެވުން… ތި ރީތި ސޫރަ ވަނީ އަހަރެންގެ މި ހިތުގައި ބިންވަޅު ނެގިފަ… އަހަންނަށް އައިލީ ވަރަށް ކަމުދޭ… އައިލީގެ ކޮންމެ ހަރަކާތެއް… ތި މައިސޫމުކަން… އިތުރަކަށް ނޭނގެ ދެން ބުނާނެ އެއްޗެއް… ހަމަ އެކަނި ބުނެލަން ބޭނުންވަނީ އަހަރެން އައިލީ ދެކެ ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… އައި ލަވް ޔޫ… އައި ލަވް ޔޫ ސޯމަޗް… އައިލީ ނޫން އެހެން ކުއްޖަކަށް ދުވަހަކުވެސް އަހަރެންގެ މިހިތަކުން ޖާގައެއް ނުދެވޭނެ… އަހަރެންގެ ހަޔާތުގައި ދިމާވާ ކޮންމެ އުފަލަކާ ހިތާމައެއްގަ އަހަރެންނާއެކު ވާނަންތަ… ވިލް ޔޫ ބީ މައިން…” އެއްފައި މައްޗައް ތިރިވެ އިން ޔޫހާން ރަތްކުލައިގެ ނުފޮޅި އިން ފިނިފެންމަލެއް އައިލީންއަށް ދިއްކޮށްލަމުން އޭނަގެ ހިތުގެ ހާލު ބަޔާންކޮށްލިއެވެ. އައިލީންގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވެގެން ދިޔައެވެ. އެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ” ޔެސް… އައި ލަވް ޔޫ ޓޫ… ” އުފަލުން ހުރެ ޔޫހާން ދިއްކޮށްލި މަލުގައި ހިފަމުން އައިލީން އޭނަގެ ޖަވާބު ބުނެލިއެވެ. ޔޫހާންއަށް ބޭއިޚްތިޔާރުގައި ތެދުވެލެވުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޔޫހާން އައިލީންގެ ގައިގައި ބައްދާލިއެވެ. އައިލީންވެސް އުފަލުން ޔޫހާންގެ ގައިގައި ބައްދާލިއެވެ. ދެ ހިތަށްވެސް ކުރަމުން ދިޔައީ ފޮނިފޮނި އިހުސާސެކެވެ. ލޯބިވާ ދެ ހިތެއް ގުޅި ލާމެހިގެން ދިޔުމުން ކުރެވޭނީ ފޮނި އިހުސާސެއް ނޫން ހެއްޔެވެ. އެތައް ދުވަހަކަށް ފަހު ލޯބިވާކަން އެކަކު އަނެކަކަށް ހާމަކުރެވުމުން ދެހިތަށްވެސް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޔޫހާން އައިލީން ދުރުކޮށްލުމަށްފަހު އައިލީންގެ ނިތުގައި ވަރަށް ލޯބިން ބޮސްދިނެވެ. ބޭއިޚްތިޔާރުގައި އައިލީންއަށް ދެ ލޯ މަރާލެވުނެވެ. މީގެ ކުރިން ދުވަހަކުވެސް މިކަހަލަ އިހުސާސެއް ކުރެވިފައެއް ނުވެއެވެ. އައިލީންގެ ނިތަށް ބޮސް ދިނުމަށްފަހު ޔޫހާން އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ. ” އައިލީ… އަހަރެން އަބަދުވެސް އައިލީދެކެ ލޯބިވާނަން… އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އައިލީއަށް އިތުބާރުކުރަން… އައި ލަވް ޔޫ… ލަވް ޔޫ ސޯ މަޗް މައި ޕްރެޓީ ގާލް… ” ޔޫހާން އިއްވާލި ބަސްތަކުން އައިލީންގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ” އަހަރެންވެސް… އައި ލަވް ޔޫ ޓޫ ޔޫހާން… ” އައިލީންއަށް ވެސް ބުނެވުނެވެ. ”އަދި އެބައޮތް ވަރަށް ޚާއްސަ ކަމެއް… ” ޔޫހާން މިހެން ބުނެ އައިލީން އާ ދުރުވެލިއެވެ. އައިލީން ކޮން ކަމެއް ހޭ އަހާލާފަދަ ގޮތަކަށް ޔޫހާންއަށް ބަލައިލިއެވެ. އެއާއެކު ޔޫހާން އޭނަގެ ޖީބުން ފިޔާތޮށި ކުލައިގެ ކުޑަ ވަރެއްފެ ފޮއްޓެއް ނެގިއެވެ. އެ ފޮށި ހުޅުވާލުމަށްފަހު އައިލީންއަށް ދައްކާލިއެވެ. އައިލީންއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. ”ގިވް މީ ޔުއާ ހޭންޑް އައިލީ… ” ޔޫހާން އެހެން ބުނުމުން އައިލީން އޭނަގެ ވާއަތް ދިއްކޮށްލިއެވެ. އެއާއެކު ޔޫހާން ފޮށީގައި އޮތް ހުދު ކުލައިގެ ކުދި އެސްތަކެއް ހިމެނޭ ވަރަށް ރީތި ރިންގް ޗެއިން ބްރޭސްލެޓް ނަގައި އައިލީންގެ އަތުގައި އަޅާލަދިނެވެ. އައިލީންގެ އެ ދޮން އަތާ ނުގަނު ގުޅެއެވެ. ” ވާއު… ވަރަށް ވަރަށް ރީތި… ތެންކިޔު ސޯ މަޗް… ” ޔޫހާންއަށް ބަލައިލަމުން އައިލީން ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ. ”އެހެން މީހުން ރިންގް ދިނަސް މިފަހަރު ތަފާތުކޮށްލީ… ހެހެހެ… މީ މެލޭގަ ހުރި އިރު ގަތް ބްރޭސްލެޓެއް… ކޮންމެވެސް ދުވަހަކުން އައިލީ އާ ބައްދަލުވާނެކަމުގެ އުއްމީދުގައި ގަތީ… ” ހިނިތުންވެލަމުން ޔޫހާން ބުންޏެވެ. އެހިނދު ދެ މީހުންވެސް ސިހުނީ ފަހަތުން އަޑެއް އިވުނު އަޑަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.








yay am i first
Congrats unique dear ❤️❤️❤️???????????????…
vvvv reethi mivaahaka just luv it cant wait for next part hehehe thanks ifoo
Thankyou so much unique dear ❤️❤️❤️???????????????… V v v ufaavey knme parteh vx kiyaalaafa comment eh kohlaathy ❤️❤️❤️???… Unique dear akee hama ifoo ge one of the best reader ????????????❤️❤️❤️???… Much loves from me dear ❤️❤️❤️????????????…
Salaam dear readers ???❤️❤️❤️?????????… Finally up vehje dhw… Heheh ???… Hope kuran mi part vx hurihaa kiyuntherinahvx kamudhaane kamah ???… Thankyou so much all for the support ❤️❤️❤️?????????… How is the cover pic??? ???… Waiting for the comments ???…
thanq so much
Most welcome dear ???❤️❤️❤️????????????…
arrn hadhaan nethivefa ey mihury… cover pic hama vvv reethi i love that hihih…… i forgot to tell
Heheh ???… Thankyou so much unique dear ❤️❤️❤️???????????????… It means a lot ???… Eid mubaarak dear ??????❤️❤️❤️…
Masha allah vvv reethi hama
When next part
Next part Avahah up kolladhechey
Vv kiyaahiy vey eba
Thankyou so much Nunnu ❤️❤️❤️????????????????… Adhi hama next part liyanvx nufeshey ???… Liyevunuhaa avahah up kohladheynan In Sha Allah ???… I’m so happy to see ur comment in every part ???❤️❤️❤️???… Eid mubaarak dear ❤️❤️❤️??????…
Cover pic hama habeys
V gulhey mi part aa
Thankyou so much Nunnu ❤️❤️❤️????????????????…
Last part ge comment thakah miadhu In Sha Allah reply kohlaanan ???…
Mi part ves vrh reethi……waiting for next part……
Thankyou so much Mate ❤️❤️❤️????????????????… Next part liyevunuhaa avahah up kohladheynan In Sha Allah ???… Eid mubaarak dear ❤️❤️❤️????????????…
Wowwwww varah habbbuu!!??????.keep it up my dear ifoooo. Waiting waiting waiting waiting waiting for the next part???????????????????????
Maya ❤️❤️❤️❤️❤️… Haadha loabi loabi colourful comment ekey ?????????… I just love your comment dear ???❤️❤️❤️???… Ifoo vx mi balany Maya gothah colourful comment eh kohleveythr ???… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… Next part liyevunuhaa avahah up kohladheynan In Sha Allah ???… Eid mubaarak dear ❤️❤️❤️??????…
Vvvvv reethi mi story… waiting 4 the next part….
Thankyou so much Athi ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… Next part liyevunuhaa avahah up kohladheynan In Sha Allah ???… Eid mubaarak dear ❤️❤️❤️??????…
Masha allah vvv furihama mi part vex. Habeys cover pic eh hama.v nice.rifsha mom ge part mi part aii dhw. Ehen konme part ga vex e 6 kudhin ge baige ithurun ekahala than kolheh himanaalima v perfect vaane…… e aii kon baeh baa ? maybe vedhaane dhw shau men nah vex.next part avahah up kohlah chey igey dear.waitig 4nw part.-salaam-????
Salaam dear story kiyaa man ???… First of all man ge thi hiyaalu ifoo ufalaaeku balaiganefin ???… Thankyou so much ❤️❤️❤️???????????????… V v v ufaavehje ???… Let’s see dhw Shau menn thr e aeee… Hehe… Next part liyevunuhaa avahah up kohladheynan In Sha Allah ???… Adhi enme akurehvx nuliyevey… I’m so happy to see ur comment in every part ??????… Eid mubaarak dear story kiyaa man ❤️❤️❤️??????…
Mi part ves vv reethi ❤❤ bt emme fahu sentence ga “adeh ivunu adah she” ineema, e sentence reethi noonkan faahaga kohlan. Eid Mubarak❤?. When next part? ?
Thankyou so much Afa ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… That sentence dhw… Ifoo vx aslu ehaa hihhama eh nujehey e sentence genevifa inn gothaa dheytherey… Avas kuran hadhaigennn ragalhah nuvisnaa liyevuny ???… Thanks faahaga kohla dhinyma ???… Next part liyevunuhaa avahah up kohladheynan In Sha Allah ???… Eid mubaarak dear ❤️❤️❤️??????…
Alheyyyyy Haaaadha reeeeehchey ????? yoon propose kury dhww finally.. I think shau men rifoo men kanneynge e aee dhw.. Alhe so excited.. Ifoo pleaaaaase avahah avahah avahah up kohdhyba.. Can’t wait ?????? you are just too gooood. ❤ and thank you soo much for all the lovely replies you give me.. And you are hama one of the best writers ??????? varah lovess ???????
Livy ❤️❤️❤️?????????… Again livy ge v v v loabi loabi colourful comment eh ???❤️❤️❤️… Yesss… Finally Yoon propose kury ???… May be u are right ???… Vedhaane hama Shau menn rifoo menn kamah vx ???… Let’s see… ???… Next part liyevunuhaa avahah up kohladheynan In Sha Allah ???… Adhi e kamakaa noolhevey bxy kamun… Thankyou so much Livy ifoo ah thidhey support ah ❤️❤️❤️?????????… Thankyou so much for all the lovely comments ❤️❤️❤️????????????… It really means a lot ❤️❤️❤️???… V v v ufaavey aslu ❤️❤️❤️???… N most welcome dear ?????????… Livy ehaa loabi comments kuranyaa ifoo ah vx nuhureveyne ehnu loabi replies nukosheh ❤️❤️❤️❤️????????… V v v ufaavehje ifoo ge replies vx kamudhaakan ingunyma ??????… N best writers ge thereyga himenunyma v v v ufaavehje ???❤️❤️❤️?????????… Thankyou so much once again ❤️❤️❤️?????????… Much more loves from ifoo ❤️❤️❤️???????????????… Eid mubaarak dear ❤️❤️❤️??????…
Masha Allah v v v v v v v v v v rythi mi partvx n cover picvx v nice… Dhn alhe avahah next part up kohdhybr ifoo hama rythi kamungos kehmadhuvany..
Naju ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story n cover pic reethi v ma ❤️❤️❤️??????… So happy to see ur comment in every part ???.. Next part liyevunuhaa avahah up kohladheynan In Sha Allah ???… I’m very bxy so lasvanee ???… Eid mubaarak dear ❤️❤️❤️??????…
Amaaaaazing??? bunaane ehchehvs neyngun ☺️☺️☺️❤️ Ifoo ur the best author???dhn oi part vs avahah genes dheebaaaa
Sorry inge cmnt eh nukhleveythyn
Ekm baraabarah vaahaka kiyan
Adhivs v balive ulheythyn nukureveni ?
Sorry dear
Vvv loves❤️❤️?
❤️??????❣️??????
Grrl ❤️❤️❤️❤️❤️… After a long time ???… Haadha loabi loabi colourful comment ekey ❤️❤️❤️????????????… Thankyou so much dear ❤️❤️❤️???????????????… Ehaa dhuvas fahun vx comment eh kohlyma v v v v v ufaavehje ifoo ❤️❤️❤️???????????????… N it’s ok dear knme faharaku comment nukohlevunas… Baraabarah story kiyaa kann ingunyma v v v ufaavehje ❤️❤️❤️??????????????????… N best author ey bunyma hama speechless vehje ???❤️❤️❤️???… V v v v v ufaavehje dear ❤️❤️❤️?????????????… Once again Thankyou so much dear ❤️❤️❤️???????????????… N grrl ah avas shifaa akah edhen ❤️❤️❤️??????… In Sha Allah v avahah ragalhuvaane ❤️❤️❤️??????… Much more loves from ifoo ❤️❤️❤️??????????????????… Eid mubaarak dear ❤️❤️❤️??????…
Ifoo ifoo dear mi story vvvv.reethi??☺???????❤ Mi hama best ????EID MUBARAK dear ah???????.May god bless u???amen ??BTW can u upload more often????that would mean a lot?????LY??????
Anonymous ❤️❤️❤️❤️… Haadha loabi loabi colourful comment ekey ❤️❤️❤️??????… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje story ehaa reethi v ma ❤️❤️❤️???????????????… Best v ma v v v v ufaavehje ?????????❤️❤️❤️… Time nuvaathy ehaa avas avahah up nukohleveny… Bt will try my best ???… May God bless you dear ❤️❤️❤️… Once again thankyou so much ❤️❤️❤️????????????… Eid mubaarak dear ah vx ???❤️❤️❤️??????… Much more loves from ifoo ❤️❤️❤️?????????????????????…
Salaam dear readers ???❤️❤️❤️???… EID MUBAARAK to all my readers ❤️❤️❤️??????????????????… Ifoo bxy kamun adhi hama story liyan vx nufeshigen miulheny n comment thakah reply vx nukohlevey dhw ???… Ekamaku vx hama thi hurihaa kudhinnah eid mubaarak kiyaalan mi comment kohlee ???… In Sha Allah story liyevunuhaa avahah up kohladheynan n maadhama In Sha Allah comments thakah vx reply kohlaanan ???❤️❤️❤️??????… Mi furusathuga ifoo ge vaahaka kiyaa like dhee n comment kuraa hurihaa readers ah v v v v v bodah shukurihyaa ???❤️❤️❤️?????????… Thankyou so much all ❤️❤️❤️???… Readers ifoo ah thidhey support aa nulaa ifoo akah kuriakah nudheveyne… V v v ufaavey ifoo ge story kiyaane or story ah comment kohlaane kudhin thibeythy ??????❤️❤️❤️???… Aslu eid aa dhimaakoh maa bxy vy plus family baeh aeema bodah family ah time dheveny… Hope all will understand ???… Once again thankyou so much all n eid mubaarak to all ❤️❤️❤️???????????????… Ummeedhukuran story ah inthizaaru kuraane kamah ❤️❤️❤️??????????????????… Love you all ❤️❤️❤️????????????…
Mi part ah comment ves nukurevi varah las vehjje … but up kuri dhvahu kiyafin? mi part ves varah reethi??????…next part kobaa tha ifoo…. n eid mubarak ifoo ah⚘⚘⚘?????……
Eid Mubarak ifoo
When is next dear?
Next part kobaatha?