އާދޭސް ކުރާ ހިތްވޭ ރޮމުން (40)
މުސްކާން ގެ ކަރަށް ވާން ވުމާއެކު އަނގަ ތެރޭގައި ލޭ ރަހަ ލީ ކަރުން ލޭ އައުމުންނެވެ. ޕލޮހުންގެ އިތުރު މީހުން އައިސް މާނިއު މަތަ ކުރެވުނެވެ. ނޭވާ ނުލެވި ތެޅެމުން ދިޔަ މުސްކާން އަށް ހަމަނޭވާއެއް ލެވޭ ވަރުވީ އިޒިކް އޭނާގެ ބުރަކަށީގައި ދެފަހަރަކު ޖަހާލުމުންނެވެ.
އެންމެން ތެރޭގައި މާނިއު އެފަދަ އަމަލްއެއްކުރުމުން އަނެއްކާވެސް އޭނާ އަށް ކުރެވުނު ތުހުމަތުތަކަށް އިތުރު ބޮޅެއް އިތުރު ވެގެން ދިޔައެވެ. އެންމެންގެ ތެރޭގައި އެފަދަ އަމަލެއް ކުރުމުން އަނެއްކާވެސް އިތުތު ބަޔެއްގެ ތުހުމަތުގެ އިނގިލި އޭނާ އަށް ދިއްކުރެވިގެން ދިޔައެވެ. މާނިއު އަށް އޭނާގެ ރުޅި ކޮންޓްރޯލް ނުކުރެވުނީއެވެ.
އޭނާ ތުހުމަތު ކުރެވުނީ އިފްޝާގެ ރޭޕް ކޭސް އާއި މުސްކާން ގެ ކޭސް އާ ގުޅިގެންކަމުގައި ވިނަމަވެސް އެ ގޭން ފެނުނު މަސްތުވާ ތަކެއްޗާއި އަދިވެސް އެހެނިހެން މައްސަލަތަކުގެ ސަބަބުން އޭނާ ގެ މައްޗަށް ނުހަނު ބޮޑު ހުކުމެއް އަންނާނޭކަން ޔަގީނެވެ.
ކުރި ކަންތަކުގެ ސަބަބުން ދެރަވެފައި ހުރިކަމުގެ އެއްވެސް އަސަރެއް އެމޫނުމަތިން ނުފެނުނު އިރު އަދިވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ގަދަ ބާރުން ސަލާމަތް ވުމަށެވެ. ޝާރީއަތުގެ މަޖިލީހުގައި އަޑުގަދަކޮށް އެއްބާރުލުން ނުދިނުމުގެ ތުހުމަތު ބޮލުގައި އެޅި ދެން ސަލާމަތް ނުވާނޭ ހިސާބަށް މާނިއު ގެ އަމަލް ތަށް ދިޔައެވެ.
އަނެއްކޮޅުން ބޮޑު ކުންފުންޏެއްގެ ވެރިއަކު ކަމުގައިވާ ޒާހިދު ވެސް އެކަމުގައި ބައިވެރިވާތީ ނޫސްވެރިން އިހުމަށްވުރެ ގިނަވެފައި ވެއެވެ. ދާނިޝް ރައްޓެހިވެގެން އުޅުނު ކުއްޖާ އިފްޝާ ރޭޕް ކުރުމުގައި ދާނިޝް ގެ ބައްޕަ ޒާހިދުގެ އަތެއްވާކަމުގައި އަޑުތަށް ފެތުރެން މާ ގިނަ އިރެއްނުނެގިއެވެ. ކަން މިހެން ހުރުމާއެކުވެސް ބައެއް މީހުންގެ ތުހުމަތުގެ އިނގިލި އޭރުވެސް ދިޔައީ ދާނިޝް އާ ދިމާލަށް ވެސް ދިއްކުރަމުންނެވެ.
ދާނިޝް ކެތް ކޮށްގެން އިނީ ވަރަށް ހާލުންނެވެ. މާނިއު ގެ ކަރުގައި ހިފާ މަރާލަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ މާނިއު މަރާލަން ބޭނުންނުވީ އެހާ ބޮޑު ފާފައެއް އެފަދަ ނުބައި މީހަކަށް ޓަކައި ބޮލުގައި އަޅުވަން ބޭނުންނުވީތީއެވެ.
ކޯޓް ނިމި ދެން އެންމެ އަވަހަށް ޝަރީއަތުގެ މަޖިލީހެއްބޭއްވޭނޭ ދުވަހެއް އިއުލާން ކުރެވިގެން ދިޔައީ ޝިފާގެ އެހީއާއެކު އެމީހުންނަށް ކުރި ލިބިގެންނެވެ.
“އިފޫ… އަހަރެން އިންސާފް ހޯދަދޭނަން” ދާނިޝް ހިތަށް އެރިއެވެ.
ހަތް އަހަރު އެ އިންސާފަކަށް ފެން ބޮވައިގަނެފައިވާ އިންސާފު އިފްޝާ އަށް ލިބެން ގާތް ވެފައި ވުމާއެކު އެ ހިތްވެސް އާދަޔާ ހިލާފް ބާރުމިނުގައި ތެޅެމުން ދިޔައެވެ. ނޭނގޭ ފަދަ ހިންހަމަ ޖެހުމެއް ލިބިފައިވެއެވެ. އެހެންނަމަވެސް އަދިވެސް އެ ހިތުގައި ސުވާލެއް ވިއެވެ. އިފްޝާ އޭނާގެ ބޮލުގައި އެ ތުހުމަތު އެޅުވީ ކީއްވެހެއްޔެވެ؟.
އެއީވެސް ޖަވާބު ބޭނުންވާ ބޮޑު ސުވާލެކެވެ. އެހެންނަމަވެސް މިހާރު އެ ސުވާލުގެ ޖަވާބު އޭނާ ހޯދާނީ ކިހިނެތްބާއޭ އެއީ މިހާރު އެހިތަށް އަރާ އެންމެ ބޮޑު ސުވާލެވެ.
ދާނިޝް ގެ ހިތާ ސިކުނޑި ވެސް ހަނގުރާމަކުރަމުން ދިޔައެވެ. އިފްޝާ އެހެން ހަދަން ޖެހުނު ސަބަބަކީ ހަމަގައިމުވެސް ބޮޑު ސަބަބެއްކަމުގައި އޭނާ އަށް ގަބޫލް ކުރެވުނެވެ. އެދުވަހު ބާކީ ހުރި ކަންތަށް ނިންމާލުމަށްފަހު ރާސިލް ދިޔައީ ހޮސްޕިޓަލަށެވެ. ދާނިޝް ގެއަސް ދިޔައިރު ޒީޝާ ވެސް ދާނިޝް އޭއެކު ދިޔައެވެ. އިޒިކް އާއެކު މުސްކާން އާއި ޝިފާ ދިޔައިރު ޕޮލިސް ވޭނުގައި ޝާމިހް އާއި ދެން ތިބި މީހުން ދިޔައެވެ. ރާސިލް ޑޮކްޓަރި އިޝާން އާ ވާހަކަ ދައްކާލުމަށް ދިޔައީ އިޝާން ގެ ރޫމަށެވެ.
“ޑޮކްޓަރ އައިލީ ގެއަށް ބަދަލް ކުރަން ވެގެން އެ ވާހަކަ ދައްކާލަން ވެގެން” ރާސިލް ވާހަކަ ފެށިއެވެ.
‘އެންމެ ރަނގަޅު ވާނެ… އެކަމަކު ޕާރސަނަލް ނާރސް އެއް ބޭނުންވާނެ… އޮކްސިޖަން ގުޅޭނެ ގޮތް ހަދަން ވާނެ…. ދެންވެސް އިތުރު ކަންތަށް ތަށް ކުރަން ޖެހޭނެ… ގޭގަ ބާއްވާނަމަވެސް ފިޒިއޯ ތެރަޕީގެ ޝެޝަން ތަށް ކުރިއަށް ގެންދަން ވާނެ… އަދި މީގެ އިތުރުންވެސް ބޭސް ތަށް ބަރާބަރަށް ބޭނުން ކުރަމުން ގެންދަންވާނެ… އަޅުގަނޑު އައިލީޝް ގެއަށް ގެންދަން ބޭނުންވާނެނަމަ ބައެއްކަހަލަ އިދާރީ ކަންތަށް ތަށް ނިންމަން ޖެހޭނެ އަދި ޕްރޮސީޖާރސް ތަށް ފޮލޯ ކުރަންޖެހޭނެ…. އެހެން ވީމަ މިހާރުން ފެށިގެން މިއުޅެނީ ތިކަމާ އިނގޭ” ރާސިލް އަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އިޝާން ބުނެލިއެވެ. ރާސިލް ވެސް ހިނިތުންވެލިއެވެ. ކަންތަށް ކުރަން ވީ ގޮތުގެ ލަފާ ހޯދުމަށް ފަހު ރާސިލް ވެސް ދެން މިސްރާބުޖެހީ އައިލީޝް އޮތް ރޫމާދިމާލަށެވެ.
ރާސިލް ހޮސްޕިޓަލަށް އައިސް ވަދުނު އިރު ހިޝްމާގެ އިތުރުން އައިލީޝް އާއި އަންޖުމް ވެސް ތިއްބެވެ. އެ ގޮތުން އައިލީޝް ގާތު އަންޖުމް ހުއްޓާ ނުލާ ވާހަކަ ދައްކަމުން ދިޔައިރު އައިލީޝް ވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އޮތެވެ.
“ކޮއްކި ހުރިހާ ވާހަކައެއް ދައްކާ އިރުވެސް މަންމި އެއްވެސް ވާހަކަ އެއް ނުދައްކާ… ޑެޑީ… މަންމި ގާތު ބުނެބަ ވާހަކަ ދައްކަބަލާށޭ…” އަންޖުމް ރާސިލް އެތެރެއަށް ވަނުމާއެކު މިއޮތް ހުރިހާ އިރު އޭނާ ހިޝްމާ އާއި ކުރި ސުވާލު ކުރިއެވެ. އެއާއެކު އައިލީޝް ދެލޯ މަރާލިއެވެ. ދަރިފުޅުގެ އެފަދަ ސުވާލް ތަކުން އޭނާ އަށް ކިތަންމެ ހިތްދަތި ކަމެއް ލިބުނު ކަމުގައި ވިޔަސް އޭނާ ބެލީ އެ ހިތްދަތިކަން ދަރިފުޅުގެ ކުރިމަތީގައި ނުދެއްކޭތޯއެވެ.
“ދަރިފުޅާ އެއީ މަންމި ބަލިވީމައޭ…” ހިޝްމާވެސް އެތާ ހުރި ސޯފާގައި އިނދެފައި އައިސް އަންޖުމް ގާތުގައި ހުއްޓެމުން ތިރިވެލާ ބުންޏެވެ. އަންޖުމް އާއި އެ ހަމައެއްގައި ގުދުވެލައިގެން ހުރެފައި އޭނާ ވެސް ތެދުވެލާ ރާސިލް އަށް ބަލާލިއެވެ.
ރާސިލް އަންޖުމް ގާތަށް އައި ކަމުގައި ވިނަމަވެސް އެ ސުވާލަށް ޖަވާބު ދޭ ހިޔާލެއް ނުކުރިއެވެ. އޭނާ އަންޖުމް އުރާލުމަށްފަހު ވާހަކަ ދެއްކިއެވެ. “އަންޖޫ… މަންމި ބަލިވެޔޭ… މާމަވެސް އެ ބުނީނު މަންމި ބަލިވެޔޭ… ދެން އިންޝާ ﷲ… މަންމި ވަރަށް އަވަހަށް ރަނގަޅު ވާނެ…” ރާސިލް އަންޖުމް އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މިވަގުތު އޭނާ އެ ތުއްތު ދަރިފުޅު ގާތު އެ ހަގީގަތް ހާމަ ނުކުރީ އެ ވާހަކަ ތަންކޮޅެއް ހަމަޖެހިލައިގެން އަންޖުމް އަށް ވިސްނަދޭން ނިންމައިގެންނެވެ. ހަމަގައިމުވެސް އަންޖުމް އަށް ވެސް އެ ހަގީގަތް ކޮންމެވެސް ދުވަހަކުން ކިޔައިދޭން ޖެހޭނެއެވެ. އަދި އަމްދުން މިހާރުއެވެ. އަންޖުމް އައިލީޝް އާ ކޮންމެ ދުވަހަކު ކުރިމަތިލާނެތީއެވެ.
ރާސިލް އައިލީޝް ގާތަށް ޖެހިލާ އޭނާ ޑޮކްޓަރު އިޝާން އާ ވާހަކަ ދެއްކި ވާހަކަ ބުނެލިއެވެ. އައިލީޝް ބަލަން އޮތުމާއެކު ރާސިލް ދެންވެސް ވާހަކަ ދެއްކިއެވެ. “ޑޮކްޓަރ ބުނީ އައިލީ ދެން ގެއަށް ދިޔަޔަސް އެންމެ ރަނގަޅޭ… އެހެންނަމަވެސް ބައިވަރު ކަންތަށް ތަކަށް ސަމާލް ކަން ދޭން ޖެހޭނެ ކަމަށް ޑޮކްޓަރ ބުނި… އެހެން ވީމަ މިއައީ ކަންތަށް ތަށް ނިންމަން ޑޮކްޓަރާ ހަވާލުކޮށްފަ” ރާސިލް ވާހަކަ ދެއްކިއިރު ދެން ހުރި ބައެއްކަންތަށް ތަށްވެސް އޮޅުން ފިލުވައި ދިނެވެ. އޭނާ ދެން އެ ހަބަރު ދިނީ ދާނިޝް އަށެވެ. ޒީޝާ އަށް ވެސް ހަބަރު ލިބުމާއެކު އުފަލުން ފުރުނެވެ.
އައިލީޝް ގެ ނަޒަރު އެންމެ ފަހަރަކުވެސް ރާސިލް އިން ވައްކެއްނުވެއެވެ. ވަކިވާ ކުޑަ ހިނދުކޮޅުވެސް އޭނާގެ ނަޒަރު ހުއްޓެނީ އައިލީޝް އަށެވެ.
އޭގެ އަނެއްދުވަހު އައިލީޝް ގެއަށް ދޫކޮށްލެވުނެވެ. އެއާއެކު ގޭތެރެއަށް ހަލަބޮލިކަމެއް ވެރިވެގެން ދިޔައީ އައިލީޝް އަންނާތީ ވާންޖެހޭ ތައްޔާރީތަށް ވާން ހުރިހާ އެންމެންވެސް އަވަދި ނެތި އުޅުނީމައެވެ.
އައިލީޝް ގެންދެވުނީ އޭނާގެ ކޮޓަރިއަށެވެ. ނަރުހަކާއެކު ދެން ބޭނުންވާ އެހެން ހުރިހާ ސާމާނެއްވެސް ކޮޓަރިއަށް ވެއްދުނެވެ.
އެރޭގެ ވަގުތެވެ. އަންޖުމް ނިންދަވާފައި ރާސިލް ނުކުތެވެ. އޭރުވެސް އެނދުމަތީގައި އައިލީޝް އޮތެވެ. އޭނާގެ ނަޒަރު މުޅި ކޮޓަރިތެރެއަށް ދަތުރު ކުރަމުން އޭރުވެސް ދިޔައެވެ. “އައިލީ ނިދާކަށް ނުވޭތަ؟” ރާސިލް އައިސް އެނދުމަތީގައި އިށީނދެލާ ސުވާލުކޮށްލިއެވެ.
ރާސިލް އާއި ދިމާލަށް ބަލަން އޮތް އައިލީޝް ވަކި އެއްޗެއް ބުނާ ހިޔާލެއްނުކުރިއެވެ. އެހެންކަމުން ރާސިލް އަނެއްކާވެސް އެނދުން ތެދުވެލާ ގޮސް ޑްރެސިން ޓޭބަލް ކައިރީގައި ހުރި ގޮނޑި ހިފައިގެން އައިސް އައިލީޝް ގެ އެއްފަރާތުގައި އިށީނދެލިއެވެ. އޭނާ ދެން އައިލީޝް ގެ އަތުގައި ހިފާ ސުވާލުކޮށްލިއެވެ.
“އައިލީ ކިހިނެތްތަ ބޭނުންވަނީ… ކީއްވެ އެއްވެސް އެއްޗެއް އަހަރެންގާތު ނުބުނަނީ… އަހަރެން… އަހަރެންނާ އެކީ އުޅެން ބޭނުން… ނުވަނީތަ؟’ ރާސިލް ގެ އަޑުގައި ވަނީ އާދަޔާ ހިލާފު ޖެހިލުންވުމެކެވެ. މީގެ ކުރިން ނުވާފަދަ ނުތަނަވަސް ކަމެކެވެ. އޭނާ އަށް އެހެން ބުނެވުނު އިރުވެސް އައިލީޝް ގެ އަތަށް ބާރުކޮށް ލެވުނެވެ.
“ދެން ބުނެބަ އައިލީ” ދެވަނަ ފަހަރަށް އޭނާ އެހެން ބުނި އިރު އެ ދެލޮލުން ކަރުނަ ފައިބަން ފަށަން ތައްޔާރުވެފައިވިއެވެ. ފެން ކަޅިވެފައި ވިއެވެ. އޭނާ ހަމައެކަނި ބޭނުންވަނީ އައިލީޝް ގެ ޖަވާބެކެވެ. އެންމެ ޖަވާބެކެވެ. އައިލީޝް ގެއަތަށް ހިދެއް ހިނދަކުން ބާރު ކުރެވެމުން ދިޔައީ އެހެންވެއެވެ.
“އައިލީ ބޭނުންވޭތަ އަހަރެންނާ އެކީ އުޅެން” ރާސިލް ސީދާ ސުވާލު ކުރީ ނިކަން ހިތްވަރު ކޮށްލާފައެވެ.
އައިލީޝް އަށް ވެސް ރޮވެން ފެށުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެހެންނަމަވެސް އައިލީޝް ވެސް ނުލާހިކު ހިތްވަރު ކޮށްލާފައި އެކަން ފާޅު ނުކޮށްވޭތޯ ބެލިއެވެ. މޫނުމަތީގައިވި އަސަރުތަށް ފޮރުވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަންތަށް އެ ގޮތަށް ކުރުމުގައި އޭނާ އަށް ކާމިޔާބެއް ނުލިބުނެވެ.
އައިލީޝް އޭނާގެ އަތް މަޑުމަޑުން ރާސިލް ގެ އަތުގެ ތެރެއިން ދަމައިގަތެވެ. “ތީތަ އައިލީ ގެ ޖަވާބަކީ… އައިލީ ބޭނުންވަނީ އަހަރެންނާ ވަކި ވާންތަ؟” ރާސިލް އަނެއްކާވެސް އެ އަތުގައި ހިފަމުން އަހާލިއެވެ. އެއަޑަށް މަޑު ތުރުތުރެއްވެރިވެފައި ވެއެވެ. ހަމަގައިމުވެސް އޭނާ ގެ ހިތަށް އެވަގުތު ވެގެން ދިޔަ ގޮތްތަކަކީ މީގެ ކުރިން ދުވަހަކުވެސް ވެގެން ދިޔަ ގޮތެއްނޫނެވެ.
އައިލީޝް އާ އެކަނި ވަކިވާ ހިޔާލުންވެސް އެތަކެއް ނުތަނަވަސް ކަމެއް ލިބިގެން ހިނގައްޖެއެވެ. އަންޖުމް އާ ވަކިވާން ޖެހިއްޖެނަމަ އޭނާ މަރުވެދާނެއެވެ. ހަމަގައިމުވެސް އެއިން އެކަކާވެސް ވަކިވުމަކީ އޭނާ އަށް ކެތް ކުރެވޭނޭ ކަމެއްނޫނެވެ.
“ދެން އަންޖު” ހިތަށް ވެރިވި ހިޔާލުން އޭނާ އަށް އެ ސުވާލް ދުލުން ބޭރުވެސް ކޮށްލެވުނެވެ.
ކަރުނަތަށް ނުހިފެއްޓި އައިލީޝް އަށް ވެސް ރޮވެން ފެށުނެވެ. އޭނާ ވެސް ރާސިލް އާ ވަކިވާކަށް ބޭނުމެއްނޫނެވެ. ހަމަގައިމުވެސް މިހާރު ރާސިލް އޭނާ ދެކެ ލޯބިވާކަމުގައި އޭނާ އަށް ޔަގީންކުރެވުނެވެ.
“އައިލީ… އައިލީ އަސްލުވެސް މިހާރު ބޭނުންވަނީ އަހަރެންނާ ވަކިވާންތަ؟ ދެން އަންޖު… އައިލީ ބޭނުންވަނީ އަންޖު އައިލީ ކައިރީ ބަހައްޓަންތަ؟ އެ ކީއްވެ؟ އަހަރެން މިހާރު އައިލީ ބޭނުމޭ ދެން ކީއްވެ ދުރަށް ދާން ބޭނުންވަނީ… މިހާރު އަހަރެމެންނަސް ވަން ހެޕީ ފެމެލީ އެއް ގޮތަށް އުޅެވޭނެ… އައި އެމް ސޮރީ އޭ” ރާސިލް އިސްޖަހާލިއެވެ.
“އެހެންނަމަވެސް އައިލީ ބޭނުންވަނީ އަހަރެން އަންޖު އައިލީ އާ ހަވާލް ކޮށްފަ ދާން ބޭނުންނަމަ…. އަހަރެން އެކަން ވެސް… ކޮށްފާނަން” ރާސިލް ލޯ މަރާލަމުން ބުނެލިއެވެ.
“އައިލީ… އަންޖު އަކީ މި ހަތަރު އަހަރު އަހަރެން ގެންގުޅުނު ހަމަ އެކަނި އަހަރެންގެ ހުރި ދަރިފުޅު… ހަމަ ގައިމުވެސް އަހަރެންނާ މި ދަރިފުޅު ދުރުކުރުމަކީ އަހަރެންނަށް ލިބޭނެ އެންމެ ބޮޑު ހިތާމަ އައިލީ ބޭނުންވަނީ އަހަރެން ކުރި ކުށުގެ އަދަބު މިގޮތަށް ދޭން ކަމަށް ވަނީނަމަ އައި އެމް އޯކޭ ވިތް އިޓް… އައލީ ކީއްވެ ތަ އަހަރެންނާ ވާހަކަ ނުދައްކަނީ… އަހަރެންނަށް ވެސް މިހާރު އިނގެޔޭ ކިޔާ އެއްޗެހި ދެން ކީއްވެ؟” ރާސިލް ގެ މޫނުގެ ކުލަ އޮއްސިފައި ވީއިރު އޭނާގެ އަޑުގައިވެސް މާޔޫސްކަން ވެއެވެ. ހިތާމަވެރި އަސަރުތަށް ވެއެވެ.
ދުލުން ބަޔާން ކޮށްދޭން ފަސޭހަ އެއްނޫނެވެ. ބަސްބުނާހާ ހިތްވަރެއްނެތެވެ. އަނެއްކޮޅުން އައިލީޝް ގެ ހާލަކީ ކޮބައިތޯއެވެ. އިޝާރާތެއް ކުރާނެހޭ ހިތްވަރެއްނެތެވެ. ބުނާނީ ކީކޭކަމެއް ނޭނގެއެވެ. ހަތަރު އަހަރުތެރޭގައި އޭނާ އަށް ނޭނގި ހާދަ ގިނަ ކަންތަކެއް ބަދަލް ވެގެން ހިނގައްޖެއެވެ. އޭނާ އަށް ނޭނގި ހާދަ ގިނަ ކަންތަށް ތަކެއް ރާސިލް ކޮށްފިވެސް މެއެވެ. ހަމައެކަނި އޭނާ އަށް ޓަކައެވެ. އަންޖުމް އަށް ޓަކައެވެ. އެދެމީހުންގެ މުސްތަގްބަލަށް ޓަކައެވެ.
އައިލީޝް ވިއްނާލިއެވެ. ރާސިލް އަށް ވެސް ބަދަލް ހިފުމުގެ ރޫހުގައި އެގޮތަށް ކަންތަށް ކުރެވުނީއެވެ. ހޮޔޮމަގާ ނުބައި މަގު އޮޅުނީއެވެ. އެހެންނަމަވެސް މިއަދު ރާސިލް އެވަނީ ހިތުން ރުހުމުން އޭނާގެ ގާތަށް އައިސްފައެވެ. އޭނާ އަށް ރާސިލް ގެ ފަރާތުން ފުރިހަމަ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ލިބޭނެކަމީ އޭނާ ޝައްކުކުރާ ކަންތަށް ތަކެއްނޫނެވެ.
އައިލީޝް އަށް ވިސްނަން އޮވެވުނީ ރާސިލް އާ ދިމާލަށް ބަލާވެސް ނުލައެވެ.
“އައިލީ” އެހެންކަމުން ރާސިލް އަށް އަނެއްކާ ވެސް އައިލީޝް އަށް ގޮވާލިއެވެ. “ބޭނުންވަނީ ހަމަ ވަކިވާންތަ؟” ރާސިލްގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފިއެވެ. އެހެންނަމަވެސް އަދިވެސް އައިލީޝް ގެ ފަރާތުން އޭނާ އަށް ޖަވާބެއް ލިބޭ ގޮތެއްނުވެއެވެ.
“އައިލީ ދެން ކޮންމެވެސް ޖަވާބެއް ދީބަލަ” ރާސިލް އަށް އެންމެ ފަހުން ބުނެވުނެވެ. އެންމެ ފަހުން އޭނާ އަށް އެއްވެސް ޖަވާބެއް ނުލިބުމުން ހިގައިގަތީ ފާހާނާ އާ ދިމާލަށެވެ. ފާހާނާއިން ނުކުމެފައި އޭނާ އައިލީޝް ގާތު އެއްވެސް އެއްޗެއް ބޭނުންތޯ އެހިއެވެ. އައިލީޝް ދެފަރާތަށް ބޯ ހޫރާލުމާއެކު އޭނާ ބޭސް ހުންނަ އެތި ނަގާ އޭގެތެރޭގައި އޮތް އިންޖިކްޝަން އެއް އައިލީޝް އަށް ދޭން ވެގެން އަވަސް ވެގަތެވެ، ނަރުސްކުއްޖާ ނެތަސް އޭނާ އަށް ވެސް އެކަންތަށް ކުރަން އެނގޭތީ އަޅާނުލިއެވެ. އެކަން ކޮށް ނިމގެން އެ ހުރިތާ ބެހެއްޓުމަށްފަހު ދެން އޭނާ އެނދުގެ އަނެއްފަރާތަށް އައިސ ބާލީހެއް ނަގައިގެން ދާން ވެގެން އެނބުރިލިއެވެ. އެހެންނަމަވެސް ސިހުން ލިބުނީ އޭނާގެ އަތުގައި މަޑު މަޑުން އަތަކުން ބީހިލީމައެވެ. ބަލާލިއިރު އައިލީޝް ހިފައްޓާއިގެން އޮތުމުން ރާސިލް ހީކުރީ އައިލީޝް ކަމެއް ބޭނުންވީ ކަމަށެވެ.
“ކަމެއް ބޭނުންވީތަ؟” ރާސިލް މަޑުމަޑުން އޯގާތެރިކަމާއެކު އަހާލިއެވެ. އެއާއެކު އައިލީޝް ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ. އެއީ އައިލީޝް ހޭ އެރިފަހުން އެ ގޮތަށްވެސް ރާސިލް އާ އަނގައިން ބުނި ފުރަތަމަ ފަހަރެވެ. ދާނިޝްމެންނާ ހަރަކާތުން ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް ރާސިލް އާ އެ ގޮތަށް ވެސް ވާހަކަ ދައްކަން އައިލީޝް އެއް މަސައްކަތެއްނުކުރެއެވެ.
ހީވާކަހަލައެވެ. އޭނާ އަދިވެސް އެހުރީ ހަދާނެ ގޮތް ނޭނގިފައެވެ.
ރާސިލް ސުވާލުކުރުމުންވެސް ރާސިލް އަށް ވަކި ޖަވާބެއް އައިލީޝް ނުދިނެވެ. އެހެންކަމުން އޭނާ ވެސް އައިލީޝް ގެ ލޮލަށް ސީދާ ބަލަހައްޓައިގެން އެނދުމައްޗަށް ކުޑަކޮށް ގުދުވެލައިގެން އޮތީއެވެ. އެ ދެލޮލަށް ގެއްލިފައި އޮވެވުނީ ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި އޮތް ފަދަ ގޮތަކަށެވެ. އޭނަ އަށް އެ ފުން ދެލޮލުން ތަފާތު ބައިވަރު އެއްޗެހި ކިޔައިދޭން އުޅޭހެން ހީވިއެވެ. އެހެންނަމަވެސް ސީދާ ބުނެދޭން ބޭނުންވާ ވާހަކަ އެ ފުން ދެލޮލުން ދެނެގަންނަން ރާސިލް އަށް އުނދަގުލެވެ.
އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާ ޔަގީންކަން ދޫވެދާނެކަން ހީވުމާއެކު އޭނާ ދެފަރާތަށް ބޯ ހޫރާލަމުން އަވަސް އަވަހަށް ހަށިގަނޑު ތެދުކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާ އަށް އެކަން ކާމިޔާބު ނުވީ އައިލީޝް އަދިވެސް އެ އަތުގައި ހިފައްޓާފައި އޮތީތީއެވެ.
އައިލީޝް ގެ ފަރާތުން އިޝާރާތެއް ލިބޭތޯ މަޑު ކޮށްލުމަށްފަހު އެއްވެސް އިޝާރާތެއް ނުލިބުމާއެކު ރާސިލް އަށް ދެންވެސް އައިލީޝް އާ ސުވާލުކޮށްލެވުނެވެ. އައިލީޝް ދެން އިޝާރާތް ކުރީ އެތަނުގައި ރާސިލް އޮށޯތުމަށެވެ. “މިތަނުގަ ތަ އޮށޯންނަންވީ؟” ރާސިލް އަށް ކުޑަ ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ. އޭނާ އުޅުނީ ބާލީސް ހިފައިގެން ސޯފާ އަށް ދާށެވެ. އެހެންނަމަވެސް އައިލީޝް ގެ އެ އެދުމާއެކު އޭނާ މަޑުކޮށްލައިގެން ހުއްޓެވެ.
އަދިވެސް ހުރެވުނީ އައިލީޝް ބޯ ޖަހާލުމުންވެސް ހަދާނެ ގޮތް ނުވިސްނުމުންނެވެ. އޮށޯންނަން ވީތޯ ނުވަތަ އަދިވެސް އައިލީޝް ގެ އިތުރު ހަރަކާތަކަށް މަޑު ކުރަން ވީތޯ އަމިއްލަ ހިތާ ސުވާލް ކޮށްލަ ކޮށްލާ ރާސިލް އަށް ހުރެވުނީއެވެ.
އައިލީޝް ހީކުރީ ރާސިލް އޭނާގެ ގާތުގައި ނިދަން އޮށޯންނަން ބޭނުންނުވަނީ ހެންނެވެ. އެހެންކަމުން އެ ހިތަށް ތަދުވެގެން ދިޔައެވެ. އުނދަގުލުން އޭނާ އީޝާރާތުން އެންމެ ރަނގަޅޭ ބުނެ ސޯފާ އަށް އިށާރާތް ކޮށްލި އިރު އޭނާގެ ލޮލުންވެސް ކަރުނައިގެ އަސަރު ފެނިލިއެވެ. އިރުކޮޅެއްނުވެ ކޯތާފަތުން ކަރުނައިގެ ރޮނގެއް ދެމިގެން ތިރިއަށް ދިޔައެވެ.
“އައިލީ ހަމަ ރަނގަޅަށް ވެސް ބުނީ އަހަރެންގާތު އޮށޯންނާށޭތަ؟ އަހަރެން އޮށޯންނަން ވީތަ؟ އަދިވެސް އެއްފަހަރު ބުނެބަލަ” ރާސިލް ބުނެލިއެވެ. އެއާއެކު އައިލީޝް ލޯ މަރާލަމުން ބޯ ޖަހާލިއެވެ. އެއާއެކު ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ކަރުނަތަށް ވެސް ދެ ކޯތާފަތުން ފައިބައިގެން ތިރިއަށް ދެމިގެން ދިޔައެވެ.
ރާސިލް މަޑު މަޑުން އަނބުރާ އެނދުގައި ބާލީސް ބާއްވާލާ އޮށޯވެލިއެވެ. އަދި އައިލީޝް ގެ ކަރުނަތަށް ފޮހެލަދިނެވެ. އެއަށްފަހު އޭނާ އައިލީޝް އާ ދިމާލަށް ގުދުވެލުމަށްފަހު ދެން އެ ނިތުގައި ބޮސް ދިނެވެ. އިރުކޮޅަކު އެހެން މަޑު ކޮށްލައިގެން އޮތް އިރު އޭނާ ވާހަކަ ދެއްކިއެވެ.
“އައިލީ ތިހެން ރޮންޏާ އަހަރެންނަކަށް ނޭނގޭނެ އައިލީ ބޭނުންވާ އެއްވެސް ގޮތެއް… އަހަރެންގެ އަމިއްލަ ހިތަށް އަނިޔާ ދީގެން ނަމަވެސް އައިލީ އަށް އުފާވެރިކަން އަހަރެން ހޯދަދޭނަން… އިންޝާ ﷲ” ރާސިލް ބުނެލިއެވެ. އެ އަޑުގައިވަނީ ޔަގީންކަމެވެ. އެކަމުގެ ސަބަބުން އައިލީޝް އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރާސިލް އައިލީޝް އާ ދުރުވެލިއެވެ. އަދި އައިލީޗް ގެ ގައިމަތީ އޮތް ރަޖާ ރަނގަޅު ކޮށްލަމުން ވާހަކަ ދެއްކިއެވެ.
“އައި އެމް ސޮރީ…. އައިލީ އަށް ހާރޓް ކުރެވުނީތީ… ދެރަކުރެވުނީތީ… ރޮއްވުނީ ތީ… ސްޓްޕިޑް މީ… ނޭގުނު އެހާ ލޯބިވާ ކުއްޖެއް…. އަހަރެން ދެކެ އެހާ ލޯ ބިވާ ކުއްޖެއް ލިބުނީމަވެސް ރަނގަޅަށް ބަލާކަށް” އިސްޖަހައިގެން އިނދެ ވާހަކަ ދެއްކުމަށް ފަހު ރާސިލް ބަލާލިއިރު އައިލީޝް އަށް އޮތީ ނިދިފައެވެ. އޭނާ އައިލީޝް ގެ އަތް ވެސް ރަޖާ ގަނޑުގެ ދަށަށް ލައްވާލީ ފިނިވެފައި އޮތުމުންނެވެ. ދެން އެއަށްފަހު އޭސީގެ ފިނި ދައްކޮށްލާ އޭނާވެސް ނިދަން ރެޑީވެލިއެވެ. އެހެންނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ބެލެނީ އައިލީޝް އާ ދިމާލަށެވެ. އެތަށް އިރަކު އެ މޫނާ ދިމާލަށް ގުދުވެ ރާސިލް ބަލަން އޮތެވެ. ނިދިފައި ދެން ހޭލެވުނީ ދަންވަރު ދެއެއް ޖެހިފަހުންނެވެ. އޭނާ ގެ ނިދި އެގަޑީގައިވެސް ގެއްލުނީއެވެ. ހިތަށް ވެރިވާން ފެށީ އާދަޔާ ހިލާފް ހިޔާލް ތަކެކެވެ. އައިލީޝް އާ ވަކިވާ ހިޔާލް އެ ކުޑަ ވަގުތު ކޮޅުގައިވެސް އޭނާގެ ހިތާ ހަމައަށް ވާސިލް ވިއެވެ. ދެން ވެސް އޭނާ އައިލިޝް އަށް ބަލަން އެތަށް އިރަކު އޮތެވެ.
އެހެން އޮތް އިރު އެތަކެއް ހިޔާލް ތަކެއް އެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ.
ހެނދުނު އެރި އިރާއެކު އަންޖުމް ތެދުވެގެން އައިސް އެނދަށް އެރިއެވެ. ރާސިލް އޮތީ ގަދަ ނިދީގައި ކަމުގައި ވިނަމަވެސް އައިލީޝް އޮތީ ހޭލައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރާސިލް އަށެވެ. ކުޑަކޮށް ބަންޑުން ވާގޮތަށް އޮށޯވެގެން އޮތް އިރު ހޭވިފައިވި ބޮލުގެ އިސްތަށިގަނޑުގައި އައިލީޝް މަޑުމަޑުން ފިރުމާލިއެވެ. އޭނާ ގެ ސަމާލް ކަން އަންޖުމް އަށް ހުއްޓުނެވެ.
އެހެންނަމަވެސް ވާހަކަ އެއްނުދެއްކުނެވެ. ދަރިފުޅާ އޭ ވީ ހިތުގައެވެ. މަންމަ ވަރަށް ލޯބިވެޔޭ ވެސް ވީ އެ ހިތުގެ އަޑީގައެވެ. އެހެންކަމުން ހަމައެކަނި ހީލުމަކުން އައިލީޝް ފުއްދައިލީއެވެ.
“މަންމި ތިއޮތީ ވާހަކަ ނުދެއްކޭތީ ދެރަވެފަތަ؟. ދެން ދެރަނުވޭ… އަންޖު އަށް ވެސް ނުކުރެވޭ ބައިވަރު ކަންތަށް ހުރޭ… މަންމި އަށް އެނގޭތަ؟ ކުރީގަ އަންޖު އަކަށް ވެސް ވާހަކަ އެއްނުދެއްކެޔޭ… އެކަމަކު މިހާރު ބަލާބަ… މިއޮއް ދައްކަނީނު… އެހެންވީމަ މަންމި ވެސް ހާސްނުވޭ… އަންޖު އަބަދުވެސް މަންމި ދެކެ ލޯބިވާނަމޭ… އަންޖު އަށް އެނގޭ މަންމި އަސްލު ބަލިވީމަކަން ވާހަކަ ނުދައްކަނީ… އަންޖު އަށް އެނގޭ މަންމި ނުބުންޏަށް ވަރަށް ބޮޑަށް ލޯބިވާނެކަން… އިނގޭތަ ޑެޑީ އަބަދުވެސް ބުނާނެ އަންޖުގެ މަންމި ވަރަށް ރީތިވާނެޔޭ… ހެހެ އަދި ބުނާނެ ވަރަށް ވަރަށް ވަރަށް ލޯބިވާނޭ އަންޖު ދެކެ… އަދި އިނގޭތަ މަންމި އަށް ޑެޑި ބުނާ އެއްޗެއް… ސީކްރެޓް އެއް އެނގޭ… ޑެޑީ ގާތު ނުބުނާތި… އިނގޭ… މަންމި ދެކެ ބޮޑަށް އަދި ލޯބިވާނީ ޑެޑީ އޯ… އެކަމަކު ކޮއްކި އިނގޭ ލޯބިވަނީ ޑެޑީ އެހެން ބުންޏަސް މަންމި ގަބޫލް ނުކުރާތި” އަންޖުމް ފަހު ބައި ބުނެލީ އައިލީޝް ގެ ކަންފަތް ދޮށުގައި ކަމުގައި ވިނަމަވެސް އެ އަޑު އައި ނުލާހިކު ބާރަށެވެ.
“އަންޖު ދެ ކުދިންގެ ސީކްރެޓްސް ތަށް އެހެން ކުދިންގާތު ބުނަނީ…” ރާސިލް ލޯ މަރާއިގެން އޮވެ ބުނެލިއެވެ. އެއާއެކު އަންޖުމް އަނގަމަތީގައި އަތް އަޅާލިއެވެ. އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ.
“މަންމި ޑެޑީ ނިދާފަ އޮވެފަވެސް އަޑު އިވޭތަ… އެ ވާހަކަ ވެސް ދެއްކީ” އަންޖުމް ހައިރާންކަމާއެކު އައިލީޝް އާ ސުވާލްކޮށްލިއެވެ.
“ޑެޑީ ގެ ޕްރިންސެސް… ޑެޑީ މިއޮތީ ހޭލައޭ… ކީއްވެ ސީކްރެޓްސް ތަށް ބުނަނީ ޑެޑީ ގެ” ރާސިލް ލޯ ހުޅުވާލާ އަންޖުމް ކުޑަކޮށް އުރާލަމުން ވާހަކަ ދެއްކިއެވެ. އޭރު އަންޖުމް އަތުގެ ބޮޑުވާ އިނގިލީގައި ދައިގަނެގެން އިނެވެ. ވަރަށް މަޖަލެވެ. ވަރަށް ލޯއްބެވެ. އައިލީޝް އަށް ވެސް ބެލެނީ އެ ދެބެންނަށެވެ.
ހަމަގައިމުވެސް އަންޖުމް އާއި ރާސިލް އާ ދެތޭރޭ އެ އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ބައްޕަ އެއް ގެ ލޯބި އޭނާ އަށް ނުލިބުމާއެކު އަންޖުމް އަށް އެ ޅޯބި އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭން އޭނާ ބޭނުންވެއެވެ. އަދި އެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދެވޭނީ ރާސިލް އަށް ކަން ވެސް އޭނާ އަށް ގަބޫލް ކުރެވިއްޖެއެވެ.
ހެނދުނުގެ ނާސްތާއަށް ފަހު އިޒިކް ގަސްތުކުރީ މުސްކާން އާ ބައްދަކުރަން ދިޔުމަށެވެ. މިއަދަކީ އަނެއްކާވެސް ކޯޓް ގައި އަޑު އެހުމެއް އޮންނަ ދުވަހެކެވެ. އެހެންކަމުން ރަގަޅަށް ތައްޔާރުވާން އޭނާ ހުރި ނިންމައިގެންނެވެ. އެގެއަށް ދިޔައިރު މުސްކާން އިނީ ރޯންނެވެ. ޝިފާ ގާތު އެހުމުން އެނގުނު ގޮތުގައި އަނީސާ އެ ގެއަށް އައިސް މުސްކާން އާ ދިމާލަށް އެއްޗެހި ކީއެވެ. އަންހެން ކުއްޖަކާ ދިމާލަށް ކިޔަން ނުވާފަދަ އެތަކެއް ހަޑި އެއްޗެހި ތަކެއް އަނީސާ މުސްކާން އާ ދިމާލަށް ކީ ކަމުގައި ޝިފާ ބުނެލިއެވެ.
މުސްކާން ހަމަޖައްސަން އިޒިކް އަށް ވީ ދަތިކަމަކަށެވެ. އޭނާ އައިސް ސޯފާގައި މުސްކާން ގާތު އިށީނުމާއެކު އެ ހުރިހާއިރު މުސްކާން މަތަކުރަން އިން ޝިފާ އެތެރެއަށް ވަނީ އެ ދެމީހުންނަށް ފުރުސަތު ދޭށެވެ.
“އިޒިކް… އަހަރެންނަކީ އެއްވެސް ބޭނުން މީހެއްނޫނޯ އޭނަ ބުނީ… އަހަރެންނަކީ…” މުސްކާން އަށް ގިސްލެވެމުން ދިޔަވަރުން ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އޭނާ ހުއްޓާލިއެވެ.
“އެހެނެއްނޫނޭ ބޭބީ… އެއީ މުސްކާން ގެ ކުށެއް ނޫނޭ… އެއީ އެކަން ކުރި މީހުންގެ މައްސަލަ… ކިތަށް ފަހަރުތަ އަހަރެން ބުނަންވީ އެކަމާ ނުވިސްނާށޭ…” އިޒިކް މުސްކާން ގެނެސް އެމޭގައި ލަށް ކޮށްލިއެވެ.
“ދެން ހުއްޓާލާ… މިހާރު ރާސިލް އާއި ދާނިޝް އާއި ވެސް އަންނަން އުޅޭނެ” އިޒިކް ބެލީ މުސްކާން ހިންހަމަ ޖައްސުވައިދީ ހުއްޓުވާށެވެ. ވީވެސް އެހެންނެވެ. އޭނާގެ ކުދި ކުދި ސަމާސާ ތަކުން އޭނާ ގެ ހުނުން އިޒިކް އަށް އިވިގެން ދިޔައެވެ.
ރާސިލް ނުކުންނަންދެން ދާނިޝް ގަޑިބަލަމުން ސިޓިން ރޫމަށް ނުކުމެ ސޯފަގައި އިށީނުމަށް ހިނގައިގަތެވެ. އޭނާގެ ލޮލުގައި ސޯފާގައި ކަރު އެލުވާލައިގެން އިން ހިޝްމާ އަޅައިގަތުމާއެކު އެ ދިމާލަށް ދިޔައެވެ. އަދި ނިކަން އަވަހަށް މަންމާ އޭ ކިޔާފައި ގޮވާލިއެވެ. އެއާއެކު ކުރިމަށްޗަށް އެރުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ހިޝްމާ ގެ ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ގޮސްފައި ހުރި ކަރުނަތަކެވެ.
“މަންމާ” އޭނާ ދެވަނަ ފަހަރަށްވެސް ގޮވާލުމާއެކު ހިޝްމާ ސިހިފައި ކަރުނަ ފޮހެލިއެވެ.
“މަންމާ ވަޓް ހެޕެންޑް” ދާނިޝް ސޯފާއި ހިޝްމާ ގާތު އިށީނދެ އެ ކޮނޑުގައި އަތް ލަމުން ސުވާލުކޮށްލިއެވެ. ހިޝްމާވެސް މޫނު އަނެއްފަރާތަށް އަނބުރާލައިގެން އިނދެ ދެފަރާތަށް ބޯ ހޫރާލީ ކަމެއްނުވެޔޭ ބުނާފަދަ ގޮތަކަށެވެ.
“މަންމާ ބުނެބަލަ ވީ ގޮތެއް…” ރާސިލްކަން ބޮޑުވިއެވެ. އޭނާ އުދަގުލުން ހިޝްމާގެ ނަޒަރު އޭނާއާ ހަތަރު ކަޅި ހަމަކުރުވިއެވެ.
“މަންމާ ދެން ބުނެބަލަ ވީ ގޮތެއް” ދާނިޝް ދެންވެސް ކަންބޮޑުވުމަކާ އެކު އަހާލިއެވެ.
“ދަރިފުޅަށްވެސް އެނގެއެއްނު ހުރިހާކަމެއް” ހިޝްމާ ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.








vaahaka kiyaahithun mihaaru kehtheri kame ves nae
Assalaam Alaikum. miothy 40 th vana ep. next ep in ingigenhdhaane enehkaa hageegatheh. ailee mom dkek rulhi anna sababu. balive ulheythy aa eki kuree part ah ves reply eh nukohlevunu. plus bixi kamun. pls do comment on DHEN VAANI KIHINEHBAA?… thankyou for ur love support and care.
Jazakallah Khairan. 🙂
Hi Himi may u have a speedy recover…and this part was also nice ???and can’t wait to hear the truth why ailee hated her mom so much???and good luck on your upcoming story?
Debeintha noony dgebafaintha? Btw v reethi
Dheben kiyaany ehbadu ehbafaa dhemyhunnah
Dhebafain kiyaany bappa aai dhari v ma. Himi ethan kolhu ekani iny ehen nubaikoh liyevifa ekamu story hama varah reethi ???
Varah habeyxxxcccc
Plzz avahah up koh dheythi.. ailee ah vahaka dhekeyne nama varah reethi vaane
masha allah vv reethi mi part ves himi
adhives thiulheny bali vetha himi
himi ah avas shifaa akah edhen
shafaakillah
dhen kon irakun tha next part up kolladheynee
himi ah undhaguleeyyaa ok kuda break eh nugiyas
alhuganduge hithuga himi ah takai ehves burakameh nei
himi haadha hivvaru gadhaey
bali iruves thi up kollee
thankyou so much
allah himi ge thi bura masakkathugai barakaai lavvaashi
adhi ves ehfaharu bunelan beynun vv reethi mi part ves
upvy dhw kiyaalaafa comment eh kollaanan
Hi Mi dhoonyaa ailee n raasil dhuru nukurahchey… V rythi mibaives… Mi story beynumee inthaa indhe ehkoh kiyaalan… Ehaaves kiyaahithun mihuree… N ehaaves furihamavefa reethi… Thee molhu vaahaka liyun therieh…???… N story ge sifakurunves hama ehvanaey buneveynee… Hama thivareh neh…
Wow v v v reethi. Next part ah inthixaaru kuran
vvvvvvv reethi mi partvx just love it so heart touching…….. seriously hama love it my best writer keep it up
GWS hi mi….. vvv avas shifaa akah edhen
Yey yey yeyyyyy????????????????story up veeye himi dhooni vvvvv inthixaar kurevijje up veema so happi???????????????Masha Allah mi partves vvvv reethi vvvvv furihama hama rovijje?????????ehaaves asaru gadha??????????❤❤❤?????aily raasil dhoo nukurah chey raasil kihaa ragalhu hatharu aharuvandhen eh keh kuree aily ahtakaa kihaa loabivey????????himi dhooni balivetha thiulheny GWS dear vvvv dheravey himi dhooni baliveema?????waiting next part dear dhen onna part vvvvvvv reethivaane ehenve vvv kiyaahihve mis u dear❤❤❤??????⚘⚘????❤❤❤❤❤❤⚘⚘❤❤❤❤luv u gud nit?????????????????
varah reethi mi part ves. himi story nimey iru atlast aili ah talk vaane gotheh hadhachey please. eyrun anju varah happy vaane. ehaa lobi ulhey goiy ves hehe. hmm hishma dheke aili ehaa rulhi annani step mum ah v ma dhw. if so where is her real mom. waiting for the nxt part. tc himi
V furihama ?????
Vv reethi. Bunaane ehchehves neyy. Ehaaves furihama.
This story is awesome ?? mi site ga in enme reethi vhk mee ? curiously waiting for next part ☺☺ vhk hama v v v v v v v v v v v v v v v v v v v v reethi.. keep it up HiMi baeh mistakes eba huri like dhebafain vadhun I hope next time ragalhu kohlaane kamah.. waiting for next part whn u will be able to update it? Gud work keep it up.. ?? jazakallahkhairan ????
Wow v nice mi part ves kiyahithun indha ????❤❤❤❤
Varah reethi mi part ves… waiting for next part…???? keep it up
Vrh reethi…..
Wowww ???❤️❤️❤️… Mi part vx v v v reethi ??????❤️❤️❤️?????????… I just love your stories Hi Mi ❤️❤️❤️???????????????… Mi part vx v emotional ???… Anjoo haadha cute ey ❤️❤️❤️???… Anjoo ge bai abadhuvx Hi Mi v v furihama ah genesdhyfa hunnaneee ???… Hama heevany vaahakaige thereyga ulheveyhenn ???❤️❤️❤️???… Ailee ah talk kurevey nama dhw… Eba huri baeh mistakes like dheben liyunu thankolhu… Aslu ragalhu gothakee dhebafain… Keep up the good work ❤️❤️❤️????????????… Curiously waiting for the next part ❤️❤️❤️?????????… Ailee mom dheke rulhi anna reason v v v ingen beynun…. Lots of love and take care pinky ge favourite Hi Mi ❤️❤️❤️??????????????????…
Vv salhi bt mistakes ebahuri.. ???it’s ok.. Aili mom dheke rulhi annany kyvekan enme ingen beynunvanee.??????. ?????alhe himi GWS.. HiMi dhooni lwbi veyy and razil and aili dhurunukuracheyyy…… Vv reethi hama maya bunaane ehcheh neih ehaaves furihama ???❤️?????Sifakurun hama thivareih neih????????????
Curiously waiting for the next part??
And this part was awesome as always ❤
Hey hi mi.????…after a long time dhw….m really sorry comment nukureveythi????…some problems thakeh dhimaavegen….the story is superrrrb hi mi…?????.I am really impressed…????.I loved it a lot….???get well soon….hi mi dear…take care of yourself….curiously waitting for next part….aili mom dheke rulhi Anna Sababu engen beynun vefa mi inani…..keep it up dear….love ya….?????❤️❤️❤️❤️❤️
mi story hama varah habeys. .??❤❤❤? himi vareh hama neii..????????nd plx plx plx ailee ah talk kurevey goii hadhahcheyy story nimmaalamun, eyrun story varah ves furihamavaane❤❤❤❤❤??????????????????????
Wen is the next part
Mireyves new part eh kiyaalan nulibenybaa ???
Koba Next part him dhooni
V v kiyaalaa hithun mighty plz Next part himi dhooni
Assalaam alaikum. In Sha Allah. Bodu kameh dhimaa nuvaanama mirey aa paet rh kiyaalan libeyne. In Sha Allah. ☺☺☺
Mirey kon time aku himi storu up kuraany?
Roadha mahuge time thakaa ehchei hunna gothun hama reply kohlan time eh ves nuvey. ???
its okey hi mi we understand no prbm