Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 20

hygge Level 510 Stories100 Comments100 Login500 Comments
June 6, 2018 15 Mins Read
61 Comments

ހަވީރުވެގެން އައި އިރު ނުރީންމެންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ނަމަވެސް ޔައީޝްގެ ހިތަށް ވެރިވެފައި ވަނީ ފޫހިކަމެވެ. އޭނާ އެދާ ގެއަކަށް ދަނިވެސް މަޖުބޫރުވެގެންނެވެ. ނޫންނަމަ އޭނާ މިގަޑީގަ ހުންނާނީ ކޮންމެވެސް އެހެން ކަމެއްގައެވެ. ޔާސީންމެންނަށް ކާރު ދީފައި އެމީހުން ފަހަތުން ޔައީޝް ދިޔައީ ސައިކަލުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވާންދެން ދުއްވުމަށްފަހު ޔާސީންމެން ކާރު މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ނޫރިންމެން ކާރުން ފޭބުމުން އެމީހުން ކާރު ޕާކު ކޮށްލަން ދިޔައެވެ. ޔައީޝްވެސް ސައިކަލު ޕާކުކޮށްލުމަށްފަހު އޭގެން ފައިބައިގެން ގޮސް އެމީހުން ކައިރީ މަޑުކޮށްލިއެވެ.

ނޫރީން އާއި ހައިފާވެސް ތިބީ ކަޅު ހެދުމުގައި ކަޅު ކުލައިގެ ބޮޑު ބުރުގާ އަޅައިގެންނެވެ. ޔައީޝް ހުރީ އަޅި ކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ އެންމެ މިހާރުގެ ފަޓުލޫނެއްގައެވެ. އެ ގަމީހުގެ އަތް އާދައިގެ މަތިން އުޅަނބޮއްޓާ ހަމަޔަށް އޮޅާލައިފައި ވެއެވެ. ޒައިފް އާއި ޔާސީން ކަޅު ފަޓުލޫނުގައި ހުރި އިރު ޒައިފް ހުރީ ހުދުކުލައިގެ ތިކިތަކެއް ޖަހައިފައިހުރި ގަދަ ނޫކުލައިގެ ގަމީހެއްގައެވެ. ޔާސީން ހުރީ ކުޑަގޮތަކަށް ޑިޒައިންއެއް ހުރި ކަޅާއި އަޅިކުލައިގެ ގަމީހެއްގައެވެ.

އެތެރެއަށް ވަދެގެން ގޮސް އެމީހުންލިފަޓަށް އެރިއެވެ. އަދި ޒައިފް އަށްވަނަ ފްލޯއަށް ފިއްތާލިއެވެ. އެހިނދު ލިފްޓު މައްޗަށް އަރަން ފެށިއެވެ. ލިފްޓު ހުޅުވުމުން އެމީހުން ލިފްޓުން ފޭބިއެވެ. ހަތަރު ދޮރު އެތާނގައި ވެއެވެ. މާނައަކީ ހަމައެކަނި އެ ފްލޯގައިވެސް ހަތަރު އެޕާޓުމެންޓް ހުރެއެވެ. އެތަނުން ވާތް ފަރާތުގައި ހުރި ފުރަތަމަ ދޮރުގައި ޔާސީން ޓަކި ޖަހާލިއެވެ. އެބަޔަކީ ޔާސީންމެންނާއި ޒައިފްމެންގެވެސް ރައްޓެހި ބައެއްކަން އެމީހުން އުޅުނު އުޅުމުން ޔައީޝްއަށް އެނގުނެވެ.

އިރުކޮޅަކަށްފަހު ދޮރު ހުޅުވީ ފިރިހެނެކެވެ. ޒައިފް އާއި ޔާސިންއެކޭ އެއްފަދައިން ދިގު އިސްކޮޅެއް އޭނާއަށް ލިބިފައި ވެއެވެ. ތުނިކޮށް ކޮށާލައިފައިވާ އިސްތަށިގަނޑުގައި ކޮންމެވެސް ވަރަކަށް ނުރަ ހުއްޓެވެ. ލައިފައިވަނީ ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. އޭނާ އެމީހުންނަށް މަރުޙަބާ ކިޔުމުން އެންމެން އެތެރެއަށް ވަދެގެން ދިޔައެވެ. ބޮޑު އެޕާޓްމެންޓެކެވެ. އަޅިކުލައިގެ ސޯފާތައް ބަހައްޓާލައިފައިވީއިރު މެދުގައި ބިއްލޫރީގެ ބޮޑު ވަށް މޭޒެއް ބަހައްޓާފައި ވެއެވެ. ފާރުތަކުގައިވެސް ވަނީ އަޅި ކުލައެކެވެ. ބަދިގެއާއި ކާގެ ވަނީ އެއްކޮށެވެ. އެ ސަރަހައްދުވެސް ފުދޭވަރަކަށް ބޮޑެވެ. އެތާންގައި ވަނީ ދެ ކޮޓަރިއެވެ. ޔައީޝް ފަރުވާތެރިކަމާއެކު މުޅި ތަނަށް ނަޒަރު ހިންގަމުން ދިޔައެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރު ކަމެވެ. އެ ފިރިހެން މީހާ އެމީހުންގާތު ސޯފާގައި އިށީނުމަށް އިޝާރާތް ކުރިއެވެ. ޒައިފް އާއި ޔާސީން އެއް ސޯފާގައި އިށީން އިރު އެމީހުން ގާތު ޔައީޝްވެސް އިށީނެވެ. އަދި ނޫރީންއާއި ހައިފާވެސް އިށީނީ ވަކި ސޯފާއެއްގައެވެ.

އެވަގުތު އެތަނަށް ކޮންމެވެސް އަންހެނަކު އައެވެ. ކަޅުކުލައިގެ ދޫ އަބާޔާއެއްގައި ހުރިއިރު ނޫރީންމެންނެކޭ އެއްފަދައިން އޭނާވެސް ވަނީ ކަޅުކުލައިގެ ބޮޑު ބުރުގަލެއް އަޅައިފައެވެ. އޭނާ އައިސް ނޫރީންމެން ތިބި ސޯފާއާއި ޖެހިގެން އިން ސޯފާގައި އިށީނެވެ. “މިއީ އަހަރެންގެ ދަރިފުޅު ޔައިޝް.. އަހަރެމެންގެ ދަރިފުޅު ދެން..” ޔާސީން އެމީހުންނަށް ޔައީޝް ތަޢާރަފް ކޮށްދިނެވެ. ޔައީޝްވެސް ބަދަލުގައި ހިނިތުން ވެލިއެވެ. “ޔައީޝް.. މިއީ ބައްޕަމެންގެ ވަރަށް ގާތް ރައްޓިއްސެއް.. ބައްޕަމެން ކިޔަމެއްނު އާމިރުބެއެއްގެ ވާހަކަ.. މިއީ އާމިރުބެ.. ދެން އެހުރީ އާމިރުބޭގެ އަންހެނުން ސުމައްޔާ..” ޔައީޝްއަށް ޒައިފް އެމީހުން ތަޢާރަފް ކޮށްދިނެވެ. އެމީހުންނަށް އެމީހުން ތިބީ ފެނިދެނިވެ ބާވެފައެވެ. އެހެން ކަމުން ޔައީޝް އިންނަން ޖެހުނީ ބާކީވެފައެވެ. އަންހެން ވެރިންވެސް އެމީހުންގެ ވާހަކަތަކުގައި ފޯރިއަރައިގެންފައި ތިއްބެވެ.

ފިރިހެނުންގެ ޙާލަކީވެސް އެއީއެވެ. އެންމެފަހުން ކުރާނެކަމެއް ނޭނގިގެން ޔައީޝް އޭނާގެ ފޯނުނަގައިގެން ކުޅެން ފެށިއެވެ. “ސުމައްޔާ.. ކޮބާތަ އައިޝާ؟ އަދިވެސް ރެޑީ ނުވެވެނީތަ؟ އަންހެން ކުދިން ތައްޔާރުވާން އުޅުނަސް މީހަކު ހިތަށް އަރާނެ ކީއްބާވައޭ ކުރާނީ.. އަޅެ މީ ދޮގެއްތަ؟” ޔާސީން އާއި ޒައިފް އާއި ސުވާލު ކޮށްލަމުން އާމިރު ބުނެލިއެވެ. ސުމައްޔާވެސް އެބަ އަންނަމޭ ބުނެ އެތަނުން ދިޔައެވެ.

ޔައީޝް އިނީ އަންހެން ކުއްޖެއްގެ ވާހަކަ ބުނުމުން ފޫހިވެފައެވެ. ނަމަވެސް ދެން ތިބި މީހުން ތިބީ ހިތާހިތުން އުފާ ފާޅު ކޮށްކޮށެވެ. ޔައީޝް އަށް ނޭނގުނު ކަމަކީ އޭނާއަށް ނޭނގި ވަރަށް ބޮޑު ކަމެއް ހިނގަން އުޅޭ ކަމެވެ.

ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ މަޑު ފިޔާތޮށި ކުލައަކާއި މަޑު އަޅި ކުލައެކެވެ. ކޮޓަރީގެ މައި ބިތުގައި ކުއީން ސައިޒްގެ އެނދެއް ބަހައްޓާފައި ވީއިރު ދެން ހުރި ބިތުގައި މުށިކުލަޔަކަށްދާ ކުލައެއްގެ އަލަމާރިއެއް ބަހައްޓާފައިވެއެވެ. ހަމަ އެކުލައިގެ ޑްރެސިންގް ޓޭބަލް އެއް ހުރި އިރު އޭތި މަތީގައި ރީތިވުމަށް ބޭނުންކުރާ ބައެއް ސާމާނުތައް ނިކަން ތަރުތީބުކޮށް އަތުރާލާފައި ހުއްޓެވެ. އަދި ޑްރެސިންގް ޓޭބަލް އާއި އެނދާއި ދޭތެރޭގައި ސޯފާވައްތަރުގެ އަޅިކުލައިގެ ގޮނޑިއެއް ބަހައްޓާފައި ވެއެވެ. މުޅި ކޮޓަރީގައި އަޅައިފައިވަނީ މެރޫން ކުލައިގެ ކާޕެޓެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.

ޑްރެސިންގް ޓޭބަލް ކައިރީ ކަޅުކުލައިގެ ބަޓަފްލައި ހެދުމެއްގައި ތައްޔާރުވާން ހުރީ އަންހެން ކުއްޖެކެވެ. ލޯގަނޑައް ބަލަން ހުރެ އޭނާ މޫނުގައި ކުޑަ ފުއްކޮޅެއް ޖަހާލިއެވެ. އަދި އާދައިގެ ބުރުގަލެއް އަޅާލިއެވެ. މޭމަތި ފޮރުވޭ ވަރުގެއެވެ. އެއަށްފަހު މޫނުގައި އަޅާ ފޮތިކޮޅު އަޅާލުމަށްފަހު އޭތި މަތިންވެސް އަތި އިތުރު ފޮތިކޮޅެއް ބުރުގަލެއް ފާޑަށް ވައްޓާލިއެވެ. ދެފަރާތުން ދެ ޕިނުގެ އެހީގައި އެ ފޮތިކޮޅު ހަރުލައްވާލިއެވެ. އޭނާ އެއަށްފަހު ނިކަން ޙަރަކާތްތައް އަވަސްކޮށްލިއެވެ. ހީވަނީ ލަސްވެގެން އުޅޭހެންނެވެ.

“ދަރިފުޅާ..” އޭނާ ތައްޔާރުވާން ހުއްޓާ އެކޮޓަރިއަށް ވަދެގެން އައީ ސުމައްޔާއެވެ. “އަދިވެސް ރެޑީ ނުވެވޭތަ؟ އެމީހުން އައިއްސި މިހާރު.. ދެން ހިނގާ އަވަހަށް…” ސުމައްޔާ ހިނިތުން ވެލަމުން ބުނެލިއެވެ. އެހިނދު އެ އަންހެން ކުއްޖާވެސް ކިޔަމަންތެރިކަމާއެކު ސުމައްޔާއާއި އެކީ އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ޔައީޝް އިނީ ފޯނަށް ގެއްލިފައެވެ. އެހެން އިނދެފައި މަންމަމެންގެ އަޑު މާބާރުވެއްޖެހެން ހީވާތީ އޭނާ ފޯނުން ނަޒަރު ވަކިކޮށްލިއެވެ. އެހިނދު އޭނާއަށް ފެނުނީ އިސްލާމީ ޖިލްބާބުން ޖިލްބާބުވެ ނިވާވެގެން އިން އަންހެން ކުއްޖެކެވެ. ޔައީޝްގެ ހިތަށް ނޭނގޭ އިޙުސާސެއް ވެރިވެގެން ދިޔައެވެ. ހިތުގައި ފަރުދާއަކުން ފޮރުވިފައިވާ ބައި އެތަށް ދުވަހަކަށްފަހު ތެޅިލިއެވެ. ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

“މިއީ އަހަރެމެންގެ ދަރިފުޅު.. އައިޝާ..” އައިޝާ އެމީހުން އިން ގޮނޑީގައި ނޫރީން އާއި ހައިފާގެ މެދުގައި ބައިންދަމުން ސުމައްޔާ ބުނެލިއެވެ. އެއަށްފަހު އޭނާ ނޫރީން ގާތު އިށީންދެލިއެވެ. ދެބައިމީހުންގެ ވާހަކަ ފެށިގެން ދިޔައެވެ. ނަމަވެސް ޔައީޝްއަށް އެ އަންހެން ކުއްޖާއިން ނަޒަރު ވަކި ކޮށެއް ނުލެވުނެވެ. ކީއްވެބާވައެވެ. އޭނާގެ ހިތްއެދި ގޮވަމުން ދިޔައީ އެ އަންހެން ކުއްޖާއަށެވެ. އެހާ ނިވާކަންބޮޑު ގޮތަކަށް އޭނާ އިނުމުން ޔައީޝްގެ ހިތަށް ލިބުނު ހިތްހަމަ ޖެހުން ބޮޑުވެގެން ދިޔައީ އޭނާއަށްވެސް ނޭނގިއެވެ.

އައިޝާ ފުރަތަމަ ފަހަރަށް ކުރިމަތީގައި އިން ޒުވާނާއަށް ބަލައިލިއެވެ. އެއިރު އެޒުވާނާ އިނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން ކަމުން އޭނާ ލަދުން އަވަހަށް އިސްދަށަށް ޖަހާލިއެވެ. މަންމަމެން ކުދިން ހޯދަންވެސް މޮޅީތާއޭ އޭނާގެ ހިތަށް އެރިއެވެ. ކުރިމަތީގައި އެއިނީ އޭނާ ހީކުރިވަރަށްވުރެވެސް މާ ފުރިހަމަ ޒުވާނެކެވެ. ކުރުކޮށް ހުރި އިސްތށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައި ވާއިރު އާދައިގެ ވަރަކަށް ފަލާފައިވި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ލައިފައިވި އަޅިކުލައިގެ ގަމީސް އުޅަނބޮއްޓާ ހަމަޔަށް އޮޅާލައިފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. އައިޝާގެ ހިތް ތެޅިލީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ. މިފަހަރު މިވީ ކިހިނެއްބާވައެވެ؟

“ޔައި އަށް އައިޝާ ކަމުދޭތަ؟” އިރުގަނޑެއް ވާންދެން އިނުމަށްފަހު ހައިފާ ޔައީޝްއާއި ކޮށްލި ސުވާލުން އޭނާ ސިހުނެވެ. މަންމަ މިއުޅެނީ މި އެންމެންތެރޭ އޭނާ ލަދުގަންނަވާލަން ބާވައޭ ޔައީޝްގެ ހިތަށް އެރިއެވެ. އޭނާ ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު އިނެވެ. އެއަށްފަހު އެކުއްޖާގެ ސިފަތަކަށް ބަލައިފަ ބޯ ޖަހާލީ އާނއެކޭ ބުނާށެވެ. އެހެން ނަމަވެސް ޔައީޝްގެ އެޖަވާބުން ހައިފާމެންނަށް އިތުރު ކުރިއެރުމެއް ލިބުނު ކަމެއް އޭނާ ނުދެނަ ހުއްޓެވެ.

“އިހަށް މަޑުކުރޭ.. އައިޝާ.. ދަރިފުޅު މޫނުފޮތިކޮޅު..” ސުމައްޔާ އައިޝާއަށް ގޮވާލުމަށްފަހު ބުނެލިއެވެ. އެވަގުތު އައިޝާ އެކަން ކުރަން ބިރުގަތެވެ. ތުރުތުރު އަޅާ އޮތް އަތަކާއިއެކު ލަސް ލަހުން އޭނާ އަތް ގެންދަން ފެށިއެވެ. “އޯކޭ މޫނު ނުދެއްކިޔސް..” އެވަގުތު އެންމެނަށްވެސް ހައިރާންކަން ލިބުނީ ޔައީޝްގެ އަޑުންނެވެ. “މައްސަލައެއް ނެތް ތިކަން ނުކުރިޔަސް.. އެއީ އެހާ ފަސެހަ ކަމަކަށް ނުވަންޏާ އެއީކީ މައްސަލައެއް ނޫން.. މޫނުމަތީގެ ޒިނަތްތެރިކަމެއް ނޫން މުހިއްމީ.. ތިމާގެ ގައިގައި ހަރުލާފައިވާ ދީނީ އަދި ރީތި އަޚްލާޤްތައް މުހިއްމީ.. އެކަން ހުރެއްޖެނަމަ މައްސަލައެއް ނެތް..” އެންމެންގެ ތުންފަތުގައިވެސް ކުޅެލީ އުފާވެރި ހިނިތުންވުމެކެވެ. ޔައީޝްއަކީ ދީނަށް ލޯބިކުރާ ހަރުދަނާ ޒުވާނެއްކަން އިނގުނު ހިނދު އާމިރުއާއި ސުމައްޔާގެ ހިތް ފުރިގެން އައެވެ. ހައިފާ އާއި ނޫރީން އަދި ޔާސީން އާއި ޒައިފްވެސް ޔައީޝްއަށް ބަލައިލީ ލޯބިންނެވެ.

ޔައީޝްގެ އެ ޢަމަލުން އައިޝާގެ ހިތުގައި ޔައިޝްއާއި މެދު އޮތް ޤަދަރު އިތުރުވެގެން ދިޔައެވެ. އޭނާގެ އެ ކުޑަކުޑަ ބަސްކޮޅުންވެސް އެއީ ދީނަށް ކިހާބޮޑަށް ލޯބިކުރާ ޒުވާނެއްކަން އެނގިއްޖެއެވެ. އެނާއަށް އެވަގުތު ހިނިތން ވެލެވުނެވެ. ޔައީޝް އިނީ ހައިރާންވެފައެވެ. އޭނާއަށް އެހެން ބުނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އެހެން ކަމުން އެންމެފަހުން މަޑުން އިނިއެވެ.

އެވަގުތު ދެބައި މީހުން ދެބައި މީހުން ގާތު މަރްޙަބާއޭ ކިޔަންފެށިއެވެ. ޔައީޝްއިނީ އަދިވެސް ވާނުވާ ނޭނގިފައެވެ. ނަމަވެސް އައިޝާއަށް އެހުރިހާކަމެއްވެސް އިނގޭ ފަދައެވެ. އޭނާ އިނީ މަޑުމައިތިރިކަމާއެކުއެވެ. ޔައީޝް އިނީ އެމީހުން ގާތު އެސުވާލު ކުރަން ބޭނުންވެފައެވެ. ނަމަވެސް އެ އެންމެންތެރޭ އޭނާއަށް އެކަން ކުރާކަށް ނުކެރޭނެއެވެ. އެއީ އޭނާގެ މައިންބަފައިން ވިއްޔާއެވެ. އެމީހުން ލަދުގަންނަ ކަހަލަ ޖަވާބެއް އޭނަގެ ފަރާތުން ދެވޭކަށް އޭނާ ބޭނުމެއް ނޫނެވެ.

“ޔައި ބުނީމެއްނު ކަމުދާ ކަހަލަ ކުއްޖެއް ފެނިއްޖެއްޔާ މީހަކާ އިންނާނަމޭ.. ޔައި އަށް ނުފެނުނީމަ މަންމަމެން ވެގެން މިހުރީ ހޯދާފަ.. މިޒަމާނުގަ ނުލިބޭނެފަދަ ރަނގަޅު ކުއްޖެއް މިއީ..” ނޫރީން ހެވިލައިފައި ބުނެލި އެތިން ޔައީޝްއަށް ލިބުނީ ޝޮކެކެވެ. އެހެން ވެދާނެކަމަކަށް އޭނާ ކުރިން ހުވަފެނެއްގައިވެސް ދެކެފައި ނުވެއެވެ. އޭނާއަށް ޒިވާގެ އެހުރިހާ ހަނދާންތަކާއި ދުރުވެފައި އާދިރިއުޅުމަކައިގެން އުޅެވޭނެ ބާވައެވެ؟ އެކަން ޚުދު އޭނާއަށްވެސް ޝައްކެވެ. ބިންފަޅާފައި އަޑިއަށް ގޮސްދާނަމޭވެސް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް މިރޭ އޭނާއަށް ހުރިހާކަމަކަށް އާނބަސް ބުނެވެނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ.

ހަދާނެ ގޮތް ހުސްވެފައި ޔައީޝް އެތާ އިނެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ހައިފާމެން އެތަނަށް އައިސް އެތިބީ ހުރިހާ ކަމެއް ނިންމައިގެން ފަދައެވެ. “މިއަންނަ ހަފްތާ ނޫން އަނެއް ހަފްތާއަށް ހަދަމާ.. ޔައިވެސް ބުނެބަލަ އެއްޗެކޭ މިކަމުގަ.. ކައިވެނި ކުރަން އުޅެނީ ޔައީޝް އޭ.. އެކަމަކު ހުރިހާ ކަމެއް ނިންމަން މި ޖެހެނީ ބައްޕަމެން… އަދިވެސް ސަޕްރައިޒް ވެފަ ދޯ ތި އިންނަނީ؟” ޔާސީން ހެމުން ހެމުން ބުނެލިއެވެ. ޔައީޝްވެސް ފާޑަކަށް ހިނިތުން ވެލިއެވެ. އެވަގުތު ޒިވާގެ ހަނދާން އާވެފައި އެހިތަށް ތަދުވެލިއެވެ. ކުރިއަށްވުރެވެސް ބޮޑަށެވެ. ޒިވާވެސް އޭނާދެކެ ވީ ލޯތްބެވެ. އޭނާވެސް ޒިވާދެކެ ވީ ލޯތްބެވެ. ނަމަވެސް އެލޯބި ކަފުންކޮށްފައި މިއަދު މިޖެހެނީ އެހެން އަންހެން ކުއްޖަކާ އޭނާ ކައިވެނި ކުރާށެވެ. ކޮންފަދަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟

އެ ބައްދަލުވުން ނިމިގެން އެންމެން ގެއިން ނިކުތީ ހިނިތުންވެ ހުރެއެވެ. އައިޝާގެ މޫނު ނުފެނުނަސް އޭނާގެ ތުންފަތުގައިވެސް ކުޅެލައިފައިވަނީ ލަދުވެތި ހިނިތުންވުމެކެވެ. އެ ޒުވާނާ އޭނާއާއި ދިމާލަށް ބަލައިލި ގޮތުން އޭނާ އަދި މާ ލަދުގަތެވެ. އެ ކުޑަ ވަގުތުކޮޅު ވީ ކަންތައްތައްވެސް އައިޝާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ.

“މަންމާ.. އިރުކޮޅަކުން އެބަ ދަން ގެއަށް.. ދުއްވާލައިފަ ދާނަން.. މަންމަމެން ދޭ..” ޔައީޝް ހައިފާމެން ގާތު ބުނެލުމަށްފަހު ސައިކަލަށް އަރައިގެން ދުއްވާލިއެވެ. އޭނާގެ މިސްރާބަކަށް ވީ ރަސްފަންނެވެ. ސައިކަލު ޕާކް ކޮށްލުމަށްފަހު އޭނާ އެތަނަށް ވަދެގެން ދިޔައެވެ. މީހުންވެސް ފުދޭވަރަކަށް ގިނައެވެ. ނަމަވެސް އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ފަދައެވެ. ކުރިން އޭނަ އައިސް އިން ތަން މިއަދުވެސް އިނީ ހުހަށެވެ. އެއީ އޭނާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. އަވަހަށް އެދިމާލަށް މިސްރާބުޖެހިއެވެ. މީހުން ކޮންމެވެސް ވަރަކަށް އެތާ ތެރޭ ޙަރަކާތްތެރިވި ނަމަވެސް ޔައިޝް އިން ހިސާބުގައި މަދު މީހަކު ނޫނީ ނޫޅެއެވެ. އެހެން ކަމުން ހިތްހަމަ ޖައްސާލަމުން ގޮސް އޭނާ އެތާ އިށީނެވެ.

“ޒިވް..” ފުރަތަމަވެސް އޭނަގެ ދުލުން ނިކުތް ބަހަކީ އެއީއެވެ. “އިނގޭތަ؟ މަންމަމެން އެއުޅެނީ ޔައި މީހަކާ ކައިވެނި ކުރުވަން… ޔައި ދެރަވާނެ ވަރު ޒިވްއަކަށް ނޭނގޭނެ.. ކިހިނެއް ޒިވްގެ ހަނދާންތަކާ ޔައި ދުރަށް ދާނީ؟ ކިހިނެއް؟” ޔައީޝްގެ އަޑު ކުރެހިއްޖެއެވެ. އެއީ އޭނާގެ އާދައެވެ. ޒިވާގެ ހަނދާނެއް ވެއްޖެނަމަ އޭނާއަށް އެވަރުވެއެވެ. “އައިމް ސޮރީ ޒިވް.. އައިމް ރިއަލީ ވެރީ ސޮރީ..” ޔައީޝް އިސްދަށަށް ޖަހާލިއެވެ. އެވަގުތު އޭނާގެ ލޮލުން ފައިބައިގަތް ތާޒާ ކަރުނަތިކި ކޮލުގައި ބޮސްދެމުން އައިސް އޭނާގެ އަތަށް ވެއްޓުނެވެ. އެކަމުން އޭނާގެ އަތަށް ފިނިވި ނަމަވެސް އެޔަކަށް ޔައީޝް އަޅައެއް ނުލިއެވެ. އެގޮތުގައި އޭނާއަށް އިނދެވުނީ ކިހާ އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. އެއަށްފަހު ކަމެއް ހަނދާންވާ ފަދައިން ޔައީޝް އޭނާގެ ފޯނު ޖީބުން ނެގުމަށްފަހު ނަންބަރުތަކަށް ފިއްތާލައިފައި ކޮންމެވެސް މީހަކަށް ގުޅާލިއެވެ. މިނެޓެއްވަރު ވާހަކަ ދައްކާލުމަށްފަހު އޭނާ އިންތަނުން ތެދުވެގެން ގޮސް ސައިކަލަށް އެރިއެވެ. އެއަށްފަހު ޖީބުން ތަޅުދަނޑި ޖަހާލުމަށްފަހު ސައިކަލު ދުއްވާލިއެވެ.

ޔައީޝް ވަދެގެން ދިޔައީ ރަސްރަނި ބަގީޗާއަށެވެ. އޭނާ އިރުކޮޅެއް ވާންދެން ހުރި ފިޔަވަޅުމަތީ މަޑުކޮށްލި ގޮތުން ހީވަނީ ކޮންމެވެސް މީހަކު ހޯދާހެންނެވެ. މީހަކު ހަނާ އަޅާލުމުން އޭނާ ހިނިތުން ވެލައިފައި އެދިމާލަށް ހިނގައިގަތެވެ.

“ކިހިނެއް ވިއްޔޭ؟” އަދްޔަން ޔައީޝްއާއި ސުވާލުކޮށްލިއެވެ. އެއިރު އަދްޔަންއާއިއެކު އަޔާނީވެސް އިނެވެ. ހަމަ އެއާއެކީ ޒަޔާން އަދްޔަން ކައިރީ އިން އިރު މައިހާ އަޔާނީ ގާތުގައި އިނެވެ. ޔައީޝް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބެންޗްގައި އިށީނެވެ. “ނޭނގެ މިވާހަކަ ކިޔައިދޭނެ ގޮތެއްވެސް..” ޔައީޝް ކުޑަކޮށް ގުދުވެލަމުން އޭނާގެ ދެއަތް ގެންގޮސް މޫނު ފޮރުވާލިއެވެ. އެއަށްފަހު އަނެއްކާވެސް ނިކަން ފުންކޮށް ދެތިން ނޭވާއެއް ލިއެވެ. އެވަގުތު ޒަޔާން އައިސް އޭނާގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑގައި އަތް ބާއްވާލިއެވެ. ބުނާ ފަދައެވެ. އެމީހުން އެތިބީ އޭނާއާއި އެއްކޮށެވެ.

“މަންމަ މެން ޔައި ގެ ކައިވެނި ހަމަޖައްސައިފި..” ޔައީޝް އެހާވަރަށް ބުނެލިތަނުން އެންމެންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. “ތި އެންމެންނަށްވެސް އެނގޭނެ މަ ޒިވާދެކެ ލޯބިވާވަރު.. ކިހިނެއް އެހެން އަންހެން ކުއްޖެއް ގޮވައިގެން އަލުން ދިރިއުޅުމެއް ފަށާނި؟ ޒިވާގެ ހަނދާންތައް އަބަދުމެ މި ސިކުނޑީގައި ދައުރުވޭ.. ކޮންމެ ސިކުންތަކު އޭނާގެ ހަނދާންތައް އާވޭ.. ދެން ކިހިނެއް؟ ކޮންމެ ރެއަކު.. ކޮންމެ ރެއަކު މަ ޒިވާއަށް އިންތިޒާރު ކުރެވޭ.. އެ ނިކަމެތި އަންހެން ކުއްޖާ މިދުނިޔެ ދޫކޮށް އެދިޔައީ ކިތަށް މީހުންގެ ފުރައްސާރައާ ކުރިމަތި ލައިފަ؟ އެހުރިހާ ކަމެއް ހަނދާްނ ވާއިރަށް މިހިތަށް ކުރާ އަސަރު ތިއިން މީހަކަށް ތަސައްވުރުވެސް ނުކުރެވޭނެ.. އެއާއި ގާތަށްވެސް ތިމީހުންނަށް ނުވިސްނޭނެ.. މިހތް އަދިވެސް ބުނަނީ ޒިވާއެއް މަރެއް ނުވެއޭ.. ފެށުނިއްސުރެ ލޯބިވީ ފަރާތް މަތިން އެހާ ފަސޭހައިން ހަނދާން ނައްތާލާނީ ކިހިނެއްތަ؟” ޔައީޝް ޝަކުވާގެ ރާގަކަށް ބުނެލިއެވެ. އަޔާނީވެސް މައިހާއަށް ބަލައިލިއެވެ. އެއަށްފަހު ދެމީހުން ބޯޖަހާލިއެވެ.

“ޔައީޝް.. އަހަރެމެންނަށް އިނގޭ ޔައީޝް ޒިވްދެކެ ވަރަށް ބޮޑަށް ލޯބިވާކަން.. އަދި ޒިވް ވެސް ޔައީޝްދެކެ ލޯބިވާކަން.. އެކަމަކު ޔައީޝް ބުނެބަލަ.. އުމުރުދުވަހު ޒިވްއަށްޓަކައި ތިހެން ހުއްޓަސް ޒިވް ދެން އަންނާނެތަ؟ ޔައީޝް ބޭނުމެއް ނޫންތަ މުސްކުޅިވާދުވަހު ޔައީޝް ބަލައިދޭނެ ދަރިފުޅެއް؟ ޔައީޝް ބޭނުމެއް ނޫންތަ ތި އެކަނިވެރި ދިރުއުޅުން ފަޅުފިލުވައިދޭނެ ބައިވެރިއެއް؟ ޔައީޝް ބޭނުމެއް ނުވޭތަ އުފާވެރި ދިރިއުޅުމެއް؟” އަޔާނީ ވާހަކަ ދެއްކި އިރު ޔައީޝް ނިކަން ފަރުވާތެރިވެ އެ އިންގޮތަށް އިސްޖަހާލައިގެން އިނެވެ.

“ޔައީޝް މިހަކާ އިނަސް ޒިވާދެރަވާނޭ ކިޔައިފަ އެހެން ހުރުމުގެ ބޭނުމެއް ކޮބާ؟ އަނެއްކޮޅުން ޒިވްއަކީ ޔައީޝްގެ އަންހެނުންނެއްވެސް ނޫނޭ.. އަބަދު ތިހެން ހިލޭ އަންހެން ކުއްޖަކާދެތެރޭ ފިކުރުކުރުންތަ ޔައީޝްއަށް މުހިންމީ ނުވަތަ ތިމާގެ ޙަލާލު އަނބިމީހައާއި ދެތެރޭ ފިކުރުކުރުންތަ؟” މައިހާ ބުނެލިއެވެ. އެވަގުތު އެންމެން އޭނާއަށް ހިތްވަރު ލައިދޭން ފެށިއެވެ.

“އަހަރެމެންވެސް ދެރަވެޔޭ ޒިވް ދިޔައީމަ.. އަހަރެމެން މިއީ ފެށުނީއްސުރެ ޒިވްއާއެއްކޮށް ކޮންމެ ކަމެއްގަ އުޅުނު މީހުން.. ޔައީޝްއަށްވުރެވެސް ޒިވްއާއި ގާތްވާނީ އަހަރެމެން.. އަހަރެމެންވެސް ބޭނުންވެޔޭ ޒިވް ޔައީޝްއާއި އެއްކޮށް އުޅޭތަން ފެންނަން.. އެކަމަކު އެހެން ވާނެތަ؟ ކުރިއަށް އޮތްތާ ޒިވް އަންނާނެތަ؟ ނޫން.. ދެން ތިގޮތުގައި މީހާގެ މުޅި އުމުރު ނަގާލުމުގެ ބޭނުމަކީ ކޮބާތަ؟” ޒިވާގެ ވާހަކަ ދެއްކި ވަގުތު އަޔާނީގެ އަޑު ކޮންމެވެސް ވަރަކަށް ކުރެހިގެން ދިޔަ ނަމަވެސް އޭނާ އެކަން ހަމަޔަކަށް އަޅުވާލިއެވެ. އަދި އަދްޔަންވެސް އޭނާގެ ކޮނޑުގައި ހިފަހައްޓާލީ ހިތްވަރު ލައިދިނުމުގެ ގޮތުންނެވެ. އެންމެން ވެގެން ޔައީޝްއަށް ވިސްނައިދޭން މަސައްކަތް ކުރުމުން އޭނާއަށް ކޮންމެވެސް ވަރަކަށް އެމީހުންގެ ބަހުގައިވެސް ތެދެއް ވާކަން ދެނެގަނެވިއްޖެއެވެ. އެހެން ކަމުން ކުޑަކުއްޖެއް ފަދައިން އެމީހުންގެ ބަސް ޤަބޫލު ކުރިއެވެ. ނަމަވެސް އެހިތުގައި އަދިވެސް ޒިވާގެ ނަން ބިންވަޅު ނެގިފައި ވެއެވެ.

“ހޫން ދެން އޯކޭ.. އެ ކުއްޖާ ހުންނަ ގޮތެއްވެސް އަހަރެމެން ގާތު ނުބުނާނަންތަ؟ ކައެއް ނުލާނަމޭ..” ހިތާމަވެރިކަން ފިލުވާލަމުން މައިހާ ހެވިލައިފައި ބުނެލިއެވެ. އެވަގުތު ޔައީޝް އިސް އުފުލާލިއެވެ. އެއިރު އެންމެން ތިބީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “އެންމެން މަށާ ދިމާލަށް ތި ބަލަނިއްޔޯ؟ ނުބެލިޔަކަސް ބުނެފަނަމޭ.. މޫނުބުރުގާ އަޅައިފަ ހުންނަނީ..” ޔައީޝް ނިކަން ހަމަޖެހިލައިފައި ބުނެލިއެވެ.

“މާތް ކަލާކޯ؟ އެހެންވެޔޭ މަ ބުނަނީ މިސޮރު ބައެއް ފަހަރަށް ހަމައެއް ނޫނޭ.. ރަންގަނޑެއް ލިބުނީމަ ވިއްޔާ އެއުޅެނީ ދޫކޮށްލަން.. އަހަރެމެން މިއުޅެނީ އެކަހަލަ ކުއްޖަކު އަތު ނުވެގެން..” ޒަޔާން މައިހާއަށް ސިއްރު ނަޒަރެއް ދެމުން ބުނެލިއެވެ. އެވަގުތު ޔައީޝް ޒަޔާންގެ އަތުގައި ޖަހާލިއެވެ. އެންމެންގެ މެދުގައިވީ ހިތާމަވެރިކަން އުފާވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ނަމަވެސް ޔައީޗްގެ މޫނުމަތީގައި ވީ ހިނިތުން ވުމަކީ ފޭކެއް ކަން އެއިން އެކަކަށްވެސް ނޭނގެއެވެ.

“އިހަށް މަޑޫކޮށްބަލަ.. ކޮން ދުވަހަކުން މެރީ ކުރަނީ؟” އަދްޔަން ހެވިލައިފައި ސުވާލުކޮށްލިއެވެ. ޔައީޝް ޖަވާބު ދިނުމުން އެންމެން މަރުޙަބާއޭ ބުނެލިއެވެ. އެވަގުތު އޭނާ ހިނިތުން ވެލިއެވެ. ނަމަވެސް އޭނާ އުފަލެއް ނުވެއެވެ. އަޔާނިވެސް އަދްޔަންގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލައިގެން އިނެވެ.

“އަދްޔަން ކައިވެނި ކޮށްފި.. މަވެސް އިން ޝާ ﷲ.. އެކަމަކު މީނާ ނުޅޭ އަދިވެސް އެކަމަކާ..” ޔައީޝް ޒަޔާން އާއި ދިމާކޮށްލަމުން ބުނެލިއެވެ. އެންމެން ހިނިތުން ވެފައި ތިއްބެވެ. ޒަޔާން އެވަގުތު އޭނާގެ ބޯ ކަހާލިއެވެ. އެންމެންގެ ގާތަށްވެސް އައީ ހިންޏެކެވެ. “މައި ވެސް..” އަޔާނި އިތުރުކޮށްލިއެވެ. “އިންނާނެ ރަނގަޅު ކުއްޖެއް ލިބުނީމަ މައިވެސް އިންނާނަން.. އިން ޝާ ﷲ.. ދެނެއް އިރާދަކުރެއްވިއްޔާ މިހަކާ ރައްތެހި ނުވާނަން.. ޔާނި ބުނިހެން ސީދާ ކައިވެންޏަށް ދާނީ..” ކުރީގެ ހަނދާނެއް އާކޮށްލަމުން މައިހާ ބުނެލިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އެވަގުތު އެހެން ހިތެއްގައި އޭނައަށްޓަކައި ޖަހަމުން ދިޔަ ވިންދު އިތުރަށް ގަދަވިކަމެވެ.

އެންމެން ކުރީގެ ހަނދާންތައް އާކުރަމުން ދިޔައިރު ޔައީޝް ދެފަހަރުން އެއްފަހަރު އިންނަނީ ޚިޔާލަކަށް ގެއްލިފައެވެ. އެއީ ކީއްވެކަން އެތާ ތިބި އެންމެންނަށްވެސް އިނގެއެވެ. ބަންގި ގޮވާ ވަގުތު ގާތްވުމުން އެމީހުން އެތަނުން ދާން ތެދުވެލިއެވެ. “ޔާނީ ދޭ މައި އާއެކީ ގެއަށް.. އަހަރެން ގެއަށް ދާނަން ނަމާދުކޮށްގެން.. ޔާނީ.. ސީދާ ގެއަށް ދާނީ އިނގޭ..” އަދްޔަން އަޔާނީއަށް އަމުރުކޮށްލިއެވެ. އޭނާގެ އެ ޢަމަލުންވެސް އަޔާނިއާއިދޭތެރޭ އޭނާ އަޅާލާވަރު ހާމަވެގެން ދިޔައެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދެއެވެ. ޔައީޝްއާއި އައިޝާގެ ކައިވެންޏަށް ތައްޔާރުވުމުގައި އެންމެންވެސް އެދުވަސްކޮޅު އަވަދިނެތި އުޅެއެވެ. ނަމަވެސް ޔައީޝްއަށް އަދިވެސް ޒިވާގެ މަތިން ހަނދާން ނައްތާނުލެއެވެއެވެ. އޭނާގެ މުނުގައި ހިނިތުންވުމެއް ވިޔަސް ހިތުގައި އަބަދުވެސް ޒިވާގެ ހަނދާންތައް ފަނޑުނުވެ ހުރުމުން އެހިތުގައި ރިއްސައެވެ.

އެންމެންނާއެކީ ޔައީޝް އަދި އައިޝާވެސް މަސައްކަތުގައި އުޅެއެވެ. އެހެން އުޅޭ ބައެއްފަހަރަށް ދެމީހުން ދެމީހުންނާއި ވާހަކަ ދައްކާލާ ހަދައެވެ. ދެމީހުންގެ ދޭތެރޭގައި އޮތް ދުރުކަންވެސް އެކަމުގެ ސަބަބުން ދިޔައީ ކެނޑެމުންނެވެ. “އައިޝާ..” ޔައީޝް އައިޝާއަށް ގޮވާލިއެވެ. އެއިރު އައިޝާ ހުރީ ހައިފާމެން ގާތު ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެމީހުންގެ އެޕާޓްމެންޓްގައެވެ. “މަންމާ.. އައިޝާއަށް ޔާނީމެން އިންޓްރޮޑިއުސް ކޮންދެން ގެންދިޔަސް އޯކޭދޯ.. އެތިބީ އެމީހުން..” ޔައީޝް ހައިފާގާތު އަހާލުމަށްފަހު އައިޝާއަށް އަތުން އިޝާރާތް ކޮށްލީ އޭނާއާއެކު އައުމަށެވެ. ދެން ދިޔައީ އެމީހުންގެ އެޕާތްމެންޓް ދޮރުކައިރީ ތިބި އަޔާނީއާއި މައިހާ އަދި އަދްޔަން އާއި ޒަޔާން ކައިރިއަށެވެ. “މީ އައިޝާ.. އައިޝާ މީ ޔާނީ.. އަސްލު ނަމަކީ އަޔާނި.. ދެން މިހުރީ މައި.. މައިހާ.. ދެން އެއީ އަދްޔަން އާއި ޒަޔާން..” ވަކިވަކީން އެންމެން އައިޝާއަށް ޔައީޝް ކިޔާލަދިނެވެ. އެއިރު ނޫރީން އާއި ހައިފާ އަދި ސުމައްޔާ ހެވިލައިފައި ތިއްބެވެ. “ޔާނީ.. މައި..” އައިޝާ ހިތާހިތުން އެދެނަން ކިޔާލިއެވެ.

“ނޫރީން ދައްތާ…” މައިހާ އާއި އަޔާނީ އައި ގޮތަށް އައިސް ނޫރީން ގައިގައި ބައްދާލިއެވެ. އެމީހުންނަށް ނޫރީންއާއި އެ ބައްދަލުވީ ހާދަ ދުވަހަކަށް ފަހުއެވެ. ނޫރީންވެސް އުފަލުން ހުރެ އެކުދިން ގައިގައި ބައްދާލިއެވެ. އެމީހުން އެކި ވާހަކަތައް ދައްކަމުން ދިޔަ އިރު އައިޝާއާއިވެސް ދޭތެރެއަކުން އަޔާނި އަދި މައިހާ ދޯ ޖަހާލައެވެ. އައިޝާއަކީ އެންމެންނާވެސް ގުޅޭ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެއް ކަމުން އެދުވަހުން އެދުވަހަށް އަޔާނީމެންނާއި އޭނާއާއި އެކުވެރި ވެއްޖެއެވެ. އައިޝާއާއި އެކު ހޭދަކުރެވޭ ކޮންމެ ސިކުންތެއްގައި އަޔާނީމެންނަށް ޒިވާގެ މަތިން ހަނދާންވެއެވެ.

“ދަރިފުޅާ..” ނޫރީން ސޯފާގައި ކޮންމެވެސް މަސައްކަތެއް ކުރަން އިނުމަށްފަހު އައިޝާއަށް ނިކަން ލޯބިން ގޮވާލިއެވެ. އެހިނދު އައިޝާވެސް ކިޔަމަންތެރިކަމާއެކު ނޫރީންގެ ގާތުގައި އައިސް އިށީނދެލިއެވެ. “އައިޝާއަށް އިނގޭތަ؟ ދައްތަގެވެސް ހުންނާނެ ހަމަ އައިޝާމެން ވަރުގެ އަންހެން ކުއްޖެއް… ޒިވާ ކިޔާނީ އޭނާއަށް..” އެވަގުތު ނުރީންގެ ދުލުން ޒިވާގެ ނަން އަޑުއިވި އައިޝާއަށް އެނަން ކިޔާލެވުނެވެ. ނަމަވެސް ހިތާހިތުންނެވެ. އަދި ދެބުމަ ގާތް ކޮށްލެވުނީ ކޮންމެވެސް ތާކުން އެ ނަން އަޑުއިވިފައި ވުމުންނެވެ.

“ވަރަށް ބަސްއަހާނެ… މަންމައާއެކީ އުޅޭއިރު ވަރަށް އެހީވެދޭނެ.. އެހެން އުޅެމުން ގޮސް އޭނާ ވަރަށް މޮޅުވާނެ ކައްކަންވެސް.. އަމިއްލައަށް ޒާތްޒާތުގެ އެއްޗެހި ހަދައިފަ އޭނާގެ ބޭބެއަށް ކާންދޭނެ ނިކަން.. އެދެމީހުން އެއްކޮށް އުޅޭއިރަށް ވަރަށް ސަކަރާތްވެސް ޖަހާނެ.. އޭނާގެ ބޭބެއަށް ކިޔާނީ ނައިޝާމް.. އެއީ އަސްލު ދައްތަގެ ކޮއްކޮ… އެކަމް ކުޑައިރުއްސުރެ ދައްތަމެންގެ މައިންބަފައިން މަރުވުމުން ނައިޝަމް ބެލީ ދައްތައާއި ދައްތަގެ ފިރިމީހާ.. އެހެންވެ ޒިވާއަށް އެއީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ.. ނައިޝަމް އަށްވެސް އެއީ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދަ.. އެކަމަކު.. މިއަދު އޭނާ މިދުނިޔެއަކު ނެތް..” ނޫރީންގެ އަޑު ކުރެހުނެވެ. އިސާހިތަކު އޭނާގެ ދެލޯ ފުރިގެން އައެވެ. އައިޝާ ނޫރީންއަށް ގޮވާލުމަށްފަހު އޭނާގެ ދެލޯ ފުހެލަދިނެވެ.

“އިނގޭތަ؟ އައިޝާގެ ކޮންމެ ޢަމަލަކުންވެސް ދައްތައަށް ޒިވާގެ މަތިން ހަނދާންވޭ.. އައިޝާއާއި ޒިވާގެ އުޅުން ވަރަށް އެއްގޮތް.. އެހެންވެ ކޮންމެ ވަގުތަކު ދައްތައަށް ޒިވާގެމަތިން ހަނދާންވޭ.. ދައްތައާއި ދިމާލަށް މީގެފަހުން މަންމަ ކިޔައްޗޭ.. އެއިރަށް ވަރަށް އުފާވާނެ..” ނޫރީން އާދޭހާއެކީ ބުނެލިއެވެ. އެ އަޑުގައިވި ރިހުން އެކަކަށްވެސް ނުފޮރުވޭނެއެވެ. އެވަގުތު ހައިފާ އައިސް ނޫރިން ކޮނޑުގައި ހިފާލިއެވެ. އަދި ނޫރީންއަށް ހިތްވަރު ލައިދޭން ފެށިއެވެ. އެހެން ކަމުން މީހުންވެސް ތިބުމާއެކީ ނޫރީން އަމިއްލައަށް ވިސްނިގެން ހަމައަކަށް އެޅިލިއެވެ. އޭނާއަށް އަދި އަދަށް ދާންދެންވެސް ކޮންމެ ރެއަކު ހުވަފެނުން ޒިވާ ފެނެއެވެ. އޭނާއާއެކީ ޒިވާ އެތަށް އިރެއް ހުވަފެނުގައި ހޭދަކުރެއެވެ. އެހެން ކަމުން ނޫރީންގެ އެންމެ އުފާވެރި ވަގުތުކޮޅަކަށް ވެފައި ވަނީ ރޭގަނޑުގެ އެވަގުތުކޮޅެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އެދެވެނީ އެ ކުޑަ ވަގުތުކޮޅަށެވެ.

“ސަޕްރައިޒް!” އެންމެންގެ ސަމާލުކަން ދަމައިގަތީ ދޮރުމަތީގައި ތިބި ނައިޝަމް އާއި ޔަންހާ އަދި އަށް އަހަރުގެ ނަވާރްއަށެވެ. އެއާއެކު ނައިޝަމްގެ އުރުގައި ހަތަރުވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު އިނެވެ. އެއީ އެމީހުންގެ ދެވަނަ ދަރިފުޅު ނަވާފް އެވެ. ކަކުލާ ހަމައަށް އަންނަ ވަށް ތިރިއެއް ލައިފައިވި ހުދުކުލައިގެ އަތްދިގު ހެދުމާއެކީ ނަވާރް ކަޅުކުލައިގެ ސްކިނީއެއް ލައިފައި ހުއްޓެވެ. އެއާއެކު އޭނާ ކަޅުކުލައިގެ ޝޯލްއެއް އަޅާލައިފައިވާއިރު ނުހަނު ލޯތްބެވެ. “ދޮންތާ..” ޔައީޝްއަށް އުފަލުން އެއްތާ ނުވެސް ހުރެވުނެވެ. އެންމެންނަށްވެސް ވީ އެވަރެވެ.

“ނުވެސް ބުނެ… މަކަރުގަދަ ބައެއް..” ޔައީޝް ދިޔަ ގޮތަށް ގޮސް ނަވާރް ގެ ކޮލުގައި ހިފާލައިފައި ދެއަތް އުރާލިއެވެ. “އަނެއްކާ އަނެކަކު… ސަޕްރައިޒް ސަޕްރައިޒަކަށް ވާނެތަ ކުރިން ބުނީމަ..” ނައިޝަމް ބުނެލިއެވެ. އެވަގުތު އެންމެންވެސް ހޭންފެށީ އުފާވެރިކަމާއެކުއެވެ. ހައިފާއާއި ނޫރީން އައިސް ނަވާރް އާއި ނަވަފް ގައިގައި ބައްދާލިއެވެ. “މަންމާ.. ޕްލޭން ކާމިޔާބު ވެއްޖެދޯ؟” ޔަންހާ ހެވިލައިފައި ހައިފާއަށް ބުނެލިއެވެ. އެވަގުތު އޭނާ ބޯ ޖަހާލިއެވެ. ޔައީޝް ހުރީ ވާނުވާ ނޭނގިފައެވެ. “ޕްލޭން އޭ؟” އޭނަ ހައިރާންވެ ހުރެ ސުވާލު ކޮށްލިއެވެ. “ހޫމް.. ކެނެޑާއިން މަންމަމެން ޔާނިމެންގެ ކައިވެންޏަށް އައީ މިހުރިހާކަމެއް ނިންމައިފައޭ.. އާމިރުބޭމެންނަށް ގުޅައިފަ އެކޮޅުގަ ތިބެގެން މިހުރިހާ ކަމެއް ހަމަޖެއްސީ… އައިޝާއަށްވެސް އެކަމެއް ނޭނގޭނެ.. އޭނާއަށްވެސް އެނގޭނީ މަންމަމެން އެގެއަށް ދާންވެގެން އުޅުނު ދުވަހު.. މޮޅު ދޯ ދޮންތަމެން..” ޔަންޔާ ޔައީޝްގާތު ހުރިހާ އެއްޗެއް ކިޔާލަދިނެވެ. އެވަގުތު ޔައީޝް ގޯހެއް ނޫނޭ ބުނެލިއެވެ. “އެކަމަކު ދޮންބެމެން ނެތީމަ ފަޅު…” ޔައީޝް ޝަކުވާކޮށްލީ ޔުއާން އެތާ ނެތީމައެވެ. ޔުއާން އާއި އޭނާގެ އަންހެނުން އަދި ދަރިފުޅުވެސް ދިރިއުޅެނީ ކެނެޑާގައެވެ. އޭނާގެ ވަޒީފާގެ ސަބަބުން ނާދެވުނީ ކަމަށް ޔަންހާ ބުނެލިއެވެ. އައިޝާ އެހުރިހާކަމެއް ބަލަން ހުރީ ހެވިލައިފައެވެ.

އެއްހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. ޔައީޝް އާއި އައިޝާގެ ކައިވެނި ކުރެވޭ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އަދްޔަން މެންނެކޭ އެއްފަދައިން ޔައީޝްމެންވެސް ބޭނުންވީ ގޭގެ ޓެރަސް މަތީގައި ޕާޓީ ބާއްވާށެވެ. އެގޭ ޓެރަސްވެސް ފުދޭވަރަކަށް ބޮޑުވުމާ އެކުއެވެ. މިހުރިހާ ކަމެއްގައި އުޅެމުންވެސް ޔައީޝްގެ ހިތުގައި ފޮރުވިފައިވާ ހިތްދަތިކަން އެކަކަށްވެސް ފާޅެއް ނުކުރެއެވެ. އޭނާގެ ސަބަބުން އެހެން މީހުންގެ އުފަލަށް ހުރަސް އެޅޭކަށް އޭނާ ނޭދެއެވެ.

ކިތަންމެ ހަމަޖެހެން އުޅުނަސް އައިޝާ ހުރީ ފިނިވެފައެވެ. އައިޝާ ތައްޔާރުކުރަން އުޅުނީ އަޔާނީއާއި މައިހާއެވެ. ޒިވާ ގޮތަށް އެމީހުން މިއަދު އައިޝާ ދެކެނީ އެހާ ގާތް އެކުވެރިއެއް ފަދައިންނެވެ. “ބިރެއް ގަންނާނެ ކަމެއް ނެތް އައިޝާ..” އަޔާނީ ހެވިލަމުން ބުނެލިއެވެ. “އެކަމެއް ނޭނގެ މީނާ ކައިވެނި ކުރަން އުޅުނު ރޭ.. އައިޝާއަށް އިނގޭތަ.. އެއްފަހަރު ކިޔައިފާނެ ބަނޑުގަ ރިއްސަނިއްޔޭ.. އަނެއްފަހަރު ކިޔައިފާނެ މޭނުބައި ކުރަނިއްޔޭ.. މާބަނޑު މީހަކަށްވުރެ ޔާނީގެ ކަންތައް ފަލަ އެރޭ..” މައިހާ ބުނެލި ވާހަކައިން އައިޝާގެ ހިނި ފަޅައިގެން ދިޔައެވެ. އެވަގުތުވެސް އެދެމީހުންވެސް ޒިވާމަތިން ހަނދާންވިއެވެ. އައިޝާ ދެންމެ ހޭން ފެށިގޮތުން އެދެމީހުންނަށް ހީވީ ހަމަ ޒިވާ ހޭން ފެށިހެންނެވެ.

އަޔާނީވެސް މައިހާގެ އަތުގައި ބޮނޑިއެއް އަޅާލިއެވެ. އައިޝާ މިރޭ ލާ ހެދުމުގައި އެއްކޮށް ކަޅުކުލަ ހުރި ނަމަވެސް ކޮންމެވެސް ވަރަށް ވައިލެޓުކުލައިގެ މިނާ ފަދަ އެއްޗެހިން އެހެދުން ކުޑަގޮތަކަށް ޒީނަތްތެރި ކޮށްފައި ވެއެވެ. އަޔާނީމެން އައި އިރު އައިޝާ އިނީ މޫނުފޮތިކޮޅު އަޅައިގެންކަމުން އައިޝާގެ މޫނު ފެންނަގޮތެއް އެމީހުންނަކަށް އެފަހަރުވެސް ނުވިއެވެ. “އައިޝާގެ މޫނެއް އަހަރުމެންނަކަށް ނުދައްކާނަންތަ..” އަޔާނީ އެންމެފަހުން ނުހުރެވިގެން ބުނެލިއެވެ. އައިޝާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މައިހާ ވާހަކަދައްކަން ފެށިއވެ. “ޕިސް ޕިސް ޔާނީ.. ފިރިކަލުންނަށް މޫނު ނުފެނިގެން އުޅޭއިރު އަހަރެމެން ވާނެތަ ކުރިން މޫނުބަލަން.. ޔާނިވެސް ދޯ.. ޔައީޝްއަށް ފެނުނިމަ އަހަރެމެންވެސް ބަލާނީ.. ހެހެހެހެ.. “މައިހާ ދައްކަންފެށި ވާހަކައިން އައިޝާ ލަދުގަތެވެ.

އޭނާ އިސްދަށަށް ޖަހާލީ އެހެންވެގެންނެވެ. އައިޝާއެކޭ އެއްވަރަށް ޔައީޝްވެސް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. “ޒިވް… ވަރަށް ހަނދާންވޭ..” ޔައީޝް ތައްޔާރުވާން ހުރެފައިވެސް ބުނެލިއެވެ.

ހަވިރު ހަތަރުގަޑި ބައިވިއިރު ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ދިޔައެވެ. ޔައިޝްއާއި ޖެހިގެން އިން ގޮނޑީގައި ޔައީޝް އިނެވެ. ޔައީޝް އިނީ ޣާޒީ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ޚިޔާލަކަށް ގެއްލިފައެވެ. ޔާސީން އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުން ޚިޔާލީ ދުނިޔެއިން އޭނާއަށް ހޭލެވުނެވެ. އެއިރު ޣާޒީ އޭނާއާއި އަނބި ގަބޫލުކޮށްފިންތޯ ސުވާލުކުރަނީއެވެ. “އަނބި ގަބޫލުކޮށްފިން..” ޔައީޝްގެ ދުލުން އެ ބަސްތައް ނިކުތް ހިނދު އައިޝާއަށް އިސްދަށަށް ޖަހާލެވުނެވެ. އެފަދަ މާތް ރަނގަޅު އަޚްލާގެއްގެ ވެރިއެއް އޭނާގެ ފިރިމީހާއަށް ވީތީ އައިޝާ ނުހަނު އުފާވިއެވެ. ހިތާހިތުން ﷲއަށް ޙަމްދުކޮށްލެވުނީވެސް އެހެންވެއެވެ.

ޕާޓީ ފެށިގެން ކުރިއަށް ދިޔައެވެ. “ކުވޭ… ނަވޫ އަށް ދޭންވާނެ އިނގޭ ކުވޭމެންނަސް ލިބޭ ގިފްޓްތަކުން ހާފް..” ނަވާރް އައިސް ސިއްރު ސިއްރުން ޔައީޝް ގާތު ބުނެލިއެވެ. އޭނާ އަދިވެސް ކިޔަނީ ކުޑައިރު ކިޔުނު ގޮތަށެވެ. ނަވާރް އެހެން ބުނި އަޑު އައިޝާއަށްވެސް އިވުނެވެ. އެވަގުތު އައިޝާ ނަވާރް އޭނާއާއި ގާތް ކޮށްލިއެވެ. “ނަވާރް ދޯ ކިޔަނި؟ ނިކްނޭމް އަކީ ނަވޫ؟” އައިޝާ ނިކަން ލޯބިން ސުވާލު ކޮށްލިއެވެ. އެވަގުތު ނަވާރް ބޯޖަހާލީ އައިޝާއާއި އެއްބަސްވުމުގެ ގޮތުންނެވެ. “ނަވޫ ބޭނުމެއް ނޫން އެއްވެސް ގިފްޓެއް.. އެއީ މަޖަލަކަށް ބުނެލި އެއްޗެކޭ..” އައިޝާ އެއްޗެކޭ ބުނަން އަނގަހުޅުވާލި ވަގުތު ނަވާރް ބުނެލިއެވެ. އެއަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. އައިޝާ ނަވާރްގެ ކޮލުގައި ހިފާލުމަށްފަހު އޭނާގެ ކޮލުގައި ބޮސްދިނެވެ. އެމަންޒަރު ބަލަން ތިބި އެންމެންވެސް ތިބީ ހިނިތުންވެފައެވެ. ނޫރީންއަށް އައިޝާގެ އެކުޑަކުޑަ ޢަމަލުންވެސް ޒިވާގެ މަތިން ހަނދާންވިއެވެ.

“ހާދަ ކިއުޓްއޭ ނަވޫ.. އޯކޭތަ ދައްތަ ނަވޫއަށް ކިއުޓީ ޕައި ކިޔަސް؟” އައިޝާ އެހެން ބުނެލި ވަގުތު ސިހިފައި ޔައީޝްއަށް އައިޝާއާއި ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް ނަވާރްގެ ކޮލުގައި ހިފާލައިގެން ހުރި އައިޝާއަކަށް އެކަމެއް ނޭނގެއެވެ. “ކީކޭ އައިޝާ.. އަދި އެއްފަހަރު ބުނެލަބަލަ..” ޔައީޝް ހިނިތުންވެލަމުން އައިޝާއާއި ސުވާލު ކޮށްލިއެވެ. އެވަގުތު އަނެއްކާވެސް އޭނަ ކުރިން ބުނި އެތި އައިޝާ ތަކުރާރު ކޮށްލިއެވެ. ނަވާރްވެސް އޯކޭއޭ ބުނެ އެތަނުން ދިޔައެވެ. “އައިޝާއަށް އިނގޭތަ؟ ކިއުޓީ ޕައި އެއީ ޒިވާ އޭނާއާއި ދިމާލަށް ކިޔާ އެއްޗެއް… ނަވޫ ދެންމެ އެ އިސްދަށަށް ޖަހާލީއެއްނު ދޯ.. އެއީ އޭނާ އޭނާގެ ތިއްތު މަތިން ހަނދާންވީ އައިޝާ އެހެން ބުނެލީމަ.. ޒިވާދެކެ ވަރަށް ލޯބިވާނެ ނަވާރް.. ޒިވާވެސް ނަވާރްދެކެ ވަރަށް ލޯބިވާނެ..” ޚިޔާލަކަށް ގެއްލިފައިހުރިފަދަ ގޮތަކަށް ޔައީޝް އައިޝާއަށް ކިޔައިދިނެވެ. އައިޝާވެސް އެހެން ހެއްޔޭ ބުނެ ހިނިތުންވެލިއެވެ.

ޕާޓީ ނިމިގެން ދިޔަ އިރު ޔައީޝްއާއި އައިޝާއާއިދެމެދު އޮތް ދުރުކަން އެއްކޮށްހެން ފިލާގޮއްސިއެވެ. ޔައީޝްގެ ކޮންމެ ސަމާސާއަކަށް އައިޝާ ހޭގޮތުން ޔައީޝްއަށް ހިނިތުންވެލެވެއެވެ. އޭނާއަށް އެ ކޮންމެ ފަހަރަކު ޒިވާމަތިންހަނދާންވެއެވެ. ނަމަވެސް އެކަހަލަ ކުދިކުދި ކަންކަން އޭނާ ތަކުރާރު ކުރަނީ އޭނާގެ ފަރާތުން އައިޝާއަށް ދެރައެއް ދޭން ނޭދޭތީއެވެ. އަދި ޒިވާގެ މަތިން ހަނދާންވާތީވެސް މެއެވެ. އޭނާ އެހެން ކުއްޖެއް ދެކެ ލޯބިވާކަން އިނގޭނަމަ އައިޝާ ދެރަ ވާނެކަން އޭނައަށް އިނގެއެވެ. ކައިވެންޏަށްފަހު ލޯބިވެވޭނޭ ބުނާ އަޑު ޔައީޝްވެސް އަހައެވެ. އެކަމަކުވެސް އޭނާއަށް ޒިވާގެ މަތިން ހަނދާން ނައްތާލެވޭނެ ހެންނެއް އޭނާއަކަށް ހިއެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ހިތްހަމަ ޖައްސާލައިގެން ހުރީއެވެ.

އައިޝާ ހުރީ ޔައީޝްކަހަލަ ފިރިއެއް އޭނައަށް ލިބުމުން ނުހަނު އުފާވެފައެވެ. ނަމަވެސް ޔައީޝް އުޅޭ ގޮތުން އޭނާއަށް ކޮންމެވެސް އެހެން ކުއްޖެއް މަތިން ހަނދާންވެއެވެ. އެކަމަކު އެއީ ކާކުކަމެއް ނޭނގެއެވެ. އެވަގުތު ކުޑަކޮށް ބޮލުގަ ރިއްސައިގަންނާތީ އޭނަ އަނެއްކާވެސް އެހެން ކަންކަމާ މަސްއޫލުވެއެވެ.

ޕާޓި ނިމިގެން އެންމެންނަށް ގެއަށް އާދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. ނައިޝަމް މެން އެ އައީ ހަމައެކަނި މިއަދަށްކަމުން އެމީހުން ނޫރީންމެން ގާތު އެގޭގައި ބޭތިއްބުމަށްފަހު ޔައީޝްއާއި އައިޝާ ނިންމީ މިރޭ އާމިރުމެން ގޭގައި ތިބުމަށެވެ. އެހެން ކަމުން އައިޝާ ގެއަށް ލުމަށްފަހު ޔައީޝް މިސްކިތަށް ދިޔައެވެ. އައިޝާ ވެސް ގެއަށް ވަނުމަށްފަހު ފުރަތަމަ ދިޔައީ ނަމާދުކުރާށެވެ. އޭނާ ނަމާދުކޮށް ނިމުމަށްފަހު ކޮޓަރިން ނިކުމެލިއެވެ. އެއިރު އާމިރުއާއި ސުމައްޔާވެސް ނަމާދުކޮށްގެން ކޮޓަރިން ނިކުންނަނީއެވެ. ސުމައްޔާ އައި ގޮތަށް އައިސް އައިޝާގެ ގައިގައި ބައްދާލިއެވެ. އާމިރު ކައިރީގައި އެމަންޒަރު ބަލަން ހުއްޓެވެ. ނަމަވެސް އޭނާ އައިޝާ ގައިގައި އަތްލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

“ވަރަށް އުފާވެއްޖެ މަންމަމެން މިއަދު.. ދަރިފުޅު މީހަކާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކުމަކީ މަންމަމެންގެ ހުވަފެނެއް އަބަދުވެސް..” ސުމައްޔާ ހެވިލައިފައި ބުނެލިއެވެ. އިރުކޮޅެއް ވާންދެން ސޯފާގައި ވާހަކަ ދައްކާލަން ތިބުމަށްފަހު އެމީހުން އެމީހުންގެ ކޮޓަރިތަކަށް ދިޔައެވެ.

“އާމިރު.. އަނެއްކާވެސް އެކަންތައް ބަލަންވީނު.. ކޮންމެގޮތެއްވިޔަސް އަބަދަކު އަހަރެމެންނަށް މިހެން ނޫޅެވޭނެއްނު..” ކޮޓަރިއަށް ވަދެގެން ދިޔަ ސުމައްޔާ މާޔޫސްވެފައި އާމިރުއަށް ބުނެލިއެވެ. އާމިރުވެސް މޫނު ފުހެލަމުން ހޫމް ލައްވާލިއެވެ.

އައިޝާ ކޮޓަރިއަށް ވަނުމަށްފަހު އެނދުގެ ފަޑީގައި ލައްގަތެވެ. އަދިވެސް އޭނާ މޫނުފޮތިކޮލު ނުނަގައެވެ. އެއަށްފަހު ފޯނުން ޤުރުއާން އެޕް ހުޅުވާލުމަށްފަހު އޭނާ ކޮންމެރެއަކުވެސް ދެނަމާދު ދޭތެރެ ގަޑީގައި ކިޔަވަމުން އަންނަ ސޫރަތްތައް ކިޔަވަން ފެށިއެވެ. ސޫރަތަކަށްފަހު ސޫރަތެއް ނިންމަމުން ދިޔައީ ހަމަޖެހިލައިގެން އިނދެއެވެ. އެއާއެކީ އޭނައަށް ދިޔައީ ޔައީޝް އަންނާނެ އިރަކަށްވެސް އިންތިޒާރުކުރެވެމުންނެވެ. “އިޝާ ނަމާދުކޮށްގެން ގެއަށް ދާނަން..” ޔައީޝް ބުނެލި އަޑު އައިޝާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ. އެ ފިރިހެންވަންތަ އަޑު އިވިފައިވެސް އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކިޔަވަން އިންދާ ބަންގި ގޮވުމުން އިޝާ ނަމާދުކުރަން އަވަސްވެގަތެވެ.

އިޝާ ނަމާދުކޮށްގެން ކާރުގައި ދުއްވާފައި އައި ޔައީޝް ކާރު ޕާކުކޮށްލުމަށްފަހު އާމިރުމެން އުޅޭ ގެއަށް ވަންނަން ދިޔައެވެ. އެތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރުމަށްފަހު ދާންވީ ފްލޯއަށް ފިއްތާލިއެވެ. މިނެޓެއްވަރު ހޭދަވުމަށްފަހު ލިފްޓް ހުއްޓުނެވެ. އެވަގުތު ހުޅުވިގެން ދިޔަ ދޮރާއެކީ ޔައީޝް ލިފްޓުން ފޭބިއެވެ. އަދި އާމިރުމެން ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރެއް ނުހުޅުވިއެވެ. އިރުކޮޅެއް ވާންދެން ޓަކި ޖެހުމުންވެސް ދޮރެއް ނުހުޅުވިއެވެ. ސިޓިން ރޫމުގައި އެކަކުވެސް ނެތީއޭ ހިތާ ޔައީޝް އޭނާގެ ފޯނު ނެގިއެވެ. އަދި އައިޝާގެ ނަންބަރަށް ގުޅާލިއެވެ.

އެނދުމަތީގައި ފޮތެއް ކިޔާލަން އިން އައިޝާ ސިހުން ވީ ގާތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ޔައީޝްގެ ނަން އަރައިފައި އިންތަން ފެނި އޭނާގެ ހިތް ތެޅެން ފެށިއެވެ. އެއީ ފިރިމީހާއަށްވިޔަސް ޔައީޝްއާއި އޭނާ ފޯނުން ވާހަކަދައްކާ މިއީ ފުރަތަމަ ފަހަރު ކަމުން އޭނާ ނުތަނަވަސްވީއެވެ. ފޯނު ނެގުމަށްފަހު ޔައީޝް ގޭގެ ދޮރު ތަޅުލާފައި ހުރި ވާހަކަ ބުނުކުން ދުވެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

މީހާ ހަމަޔަކަށް އެޅިލަމުން އައިޝާ ގޭގެ ދޮރުހުޅުވާލިއެވެ. އެއިރު ޔައީޝް ދޮރުމަތީގައި ހުއްޓެވެ. އެއްވެސް ބަހެއް ނުބުނެ އައިޝާ އެއްފަރާތަކަށް ޖެހިލިއެވެ. އޭނާ އެ ތަން ދެއްކީ އެތެރެއަށް ވަންނަންކަން ޔައީޝްގެ ތޫނު ސިކުނޑި ދެނެގަތެވެ. ޔައީޝް އެތެރެއަށް ވަތް ވަގުތު އައިޝާ ގޭގެ ދޮރު ލައްޕާލުމަށްފަހު ޔައީޝްގެ ކުރިން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އައިޝާގެ އެ ޢަމަލުތައް ފެނި އޭނާ އެއުޅެނީ ލަދުންކަން އެނގި ޔައީޝް ގާތަށް ލާނެއް ހިންޏެއް އައެވެ. ކޮންމެވެސް ސަމާސާއެއް ކޮށްލާނަމޭ ހިތާ އޭނާ މަޑުމަޑުން އައިޝާގެ ފަހަތުން ދާން ފެށިއެވެ.

އައިޝާގެ ފަހަތުން ޔައީޝް ކޮޓަރިއަށް ވަނެވެ. އެއިރު އައިޝާ ހުރީ ޔައީޝްއަށް ފުރަގަސްދީގެންނެވެ. ޔައީޝް ކޮާތރި ތަޅުލި އަޑު އިވި އޭނާގެ ހިތް ތެޅެން ފެށި މޭފަޅާފައި ނިކުމެދާނެހެން ހީވާ ވަރަށެވެ. ދެއަތް ދެއަތާ މޮޑެން ފެށިއެވެ. ޔައީޝް މަޑުމަޑުން އައިޝާއާއި ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އެއަށްފަހު ފުރަގަސް ދީގެން ހުރި އައިޝާގެ އަތުގައި ހިފައި އޭނާއާއި ވީ ފަރާތަށް އަނބުރާލިއެވެ. ޔައިޝް ހަދާލި ގޮތަކުން އައިޝާ އައިސް ޖެހުނީ އޭނާގެ ތަނަވަސް މޭމަތީގައެވެ. އެހިނދު އައިޝާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅެން ފެށިއެވެ. އޭނާ ދެލޯ ތަގުޅި ކޮށްލިއެވެ.

އައިޝަ ހުރި ގޮތުން ޔައީޝްގެ ގާތަށް ހިނި އައެވެ. އޭނާގެ ހިތުގެ ތެޅުން ޔައީޝްއަށްވެސް އިޙުސާސް ވީ ފަދައެވެ. ނަމަވެސް ހިނިގަނޑު ހިފަހައްޓާލީ އޭނާގެ އެކްޓް މޮޅަށް ދައްކާށެވެ. “އައިޝާ އަދި ޔައި އަށް މޫނުވެސް ނުދައްކަމެއްނު..” ޔައީޝްގެ ބަރު އަޑު ކަންފަތުގައިޖެހުމުން އައިޝާގެ ނޭވާ ހިނދުކޮޅަކަށް ނަމަވެސް ހުއްޓުނުހެން ހީވިއެވެ. އެހެން ނަމަވެސް ހަމަޖެހިލަމުން އޭނާ މަޑުމަޑުން ފިއްތާ ބާރުކޮށްގެން ހުރި ދެލޯ ހުޅުވާލިއެވެ. އެއިރު ޔައީޝް އޭނާއާއި ނުހަނު ގާތުގައި ހުރުމުން އަނެއްކާވެސް ފިނިވާން ފެށިއެވެ. ތުރުތުރު އަޅާ އޮތް އަތް މޫނުފޮތިކޮޅާ ދިމާލަށް އޭނާ ގެންދަން ފެށިއެވެ. އައިޝާ އެހުރީ ބިރުންކަން ޔައީޝްއަށް އެނގުނެވެ.

“އައިޝާއަށް ނުވަންޏާ އޯކޭ.. ޔައި ނަގާދީފާނަން..” ފުރަތަމަ ޔައީޝް ބުނި ބުނުމުން އައިޝާ ހިތްހަމަ ޖެހުނު ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ނުތަނަވަސްވާން ފެށިއެވެ. ޔައީޝް ހިނިތުން ވެލަމުން އޭނާގެ އަތް އައިޝާގެ މޫނުފޮތިކޮޅާ ދިމާލަށް ގެންދަންފެށިއެވެ. އަދި މަޑުމަޑުން އެ ފޮތިކޮޅު ހިއްލަން ފެށީ ދެން ވާނެ ގޮތަކާމެދު އެއްވެސް ވަރަކަށް ނުވިސްނާ ޙާލުއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް އެފޮތިކޮޅު ހިއްލުނު އިރު އައިޝާގެ ދަތްދޮޅި ފެނިގެން ދިޔައެވެ. ދޮން ދޮން މޫނެކެވެ. ހަމަޖެހިލައިގެން ހުރި ޔައީޝްވެސް އެވަގުތު ހިތް އަވަސްވާން ފެށިއެވެ. ދެއަތް ފިނިވާންފެށިއެވެ. އޭނާއަށް މިވަނި ކީއްކަން ޚުދު ޔައީޝްއަކަށްވެސް ނޭނގެއެވެ. އައިޝާގެ މޫނުފޮތިކޮޅު އެއްކޮށް ނެގުނު ހިނދު ޔައީޝްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އޭނާގެ ނޭވާ ކަރުގައި ތާށިވީހެންވެސް ހީވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ބޭނުންވަނީ ޔާރާ… 14

Next

ލޯބިކަން.. 1

Next
June 6, 2018

ލޯބިކަން.. 1

Previews
June 6, 2018

ބޭނުންވަނީ ޔާރާ… 14

61 Comments!

  1. noor says:
    June 6, 2018 at 10:19 pm

    assalaamu a’laikum dear readers.. 🙂 miothy noor buni surprise aky.. hehe.. 🙂 iyye maa lahun 19th episode genesdhevunyma noor miothy vrh vrh dhigu part eh anehkaa miadhu genesdhinyfa.. 🙂 more than 3000 words miee.. 🙂 ummeedhu kuran mi part ves readers ah kamudhaane kamah.. 🙂 LY all..

  2. eekko says:
    June 6, 2018 at 10:26 pm

    yeyy… me frst dhw…n aishaa e ee aslu zivaa dhw

    1. noor says:
      June 7, 2018 at 12:57 pm

      yess dear… hehe.. 🙂 congrats eekko.. neynge noor akah thihen bunaakah.. 🙂 balamaa dhw vaagotheh.. 🙂

  3. Eenoo says:
    June 6, 2018 at 10:27 pm

    Varah loabi.. eii ziv dhw.. dhn kon irakun next part???

    1. noor says:
      June 7, 2018 at 12:58 pm

      jazakillah khairan dear.. 🙂 hingaa dhw balailan aee kaakutho.. 🙂 in sha allah miadhu konmes vaguthehga up kohleveytho noor mi try kurany.. 🙂

  4. Gsgggscg says:
    June 6, 2018 at 10:32 pm

    Mi first
    Heevanee aisha akee ziva hen

    1. noor says:
      June 7, 2018 at 12:59 pm

      alhey dear mifaharu 3rd ey.. 🙂 dhn faarakun try kollaany dhw.. 🙂 balamaa dhn vaagotheh.. 🙂

  5. Minion says:
    June 6, 2018 at 10:35 pm

    xeewa tha anekkaa aee? ??

    1. noor says:
      June 7, 2018 at 1:00 pm

      hingaa dhw balailan aee kaakutho.. hehe.. 🙂

  6. Yanaa says:
    June 6, 2018 at 10:38 pm

    Masha Allah vvvv reethi mi part….Aisha eh ey zivaa dhw…n you are the best writer❤❤❤

    1. noor says:
      June 7, 2018 at 1:03 pm

      jazakillah khairan Yanaa dear.. 🙂 hingaa dhw balailan.. hehe.. 🙂 aww.. jazkillah khairan dear.. 🙂

  7. Anonymous says:
    June 6, 2018 at 10:41 pm

    Zeevaa dw e. Olhifa e hury. Handhaan thah gossa.. Dhn ekam engeyne.

    1. noor says:
      June 7, 2018 at 2:10 pm

      hingaaba dhw balailan aee kaakutho.. hehe.. 🙂

  8. Lara says:
    June 6, 2018 at 10:42 pm

    That’s ziv!!!!!!!!!! Nooor its just so fabulous!!! Masha Allah. And yeah this is my first comment. I’ve been reading this since the very beginning. And i absolutely loved it. And noor dear. You give so much morals. I love it a lot. May Allah bless you and all your prayers comes true. Go ahead sis. You can do very well. You’re talented. I admire your perception a lot. It has helped me change some of my habits. Thank you noor. ?

    1. noor says:
      June 7, 2018 at 2:13 pm

      🙂 jazakillah khairan dear.. 🙂 oh, it’s ok dear.. dear ah mi story kamudheyehnu dhw? e viyyey.. hehe.. 🙂 aww.. in sha allah.. 🙂 asluvestha? maa sha allah and al’hamdhulillah! vrh vrh vrh vry ufaavehje dear ge comment kiyaalaafa.. 🙂 marhabaa dear.. thank you nubunyas noor ah evves massalaeh neiyy.. 🙂 hithuge adin ekuhjaku ekamah shukuriverivelanikoh e nimuny.. hehe.. 🙂

    2. noor says:
      June 7, 2018 at 2:21 pm

      maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. adhi alhamen emmen ge hidhaayaiyy ithuru kohdhevvaashi.. aameen.. 🙂

  9. lotus says:
    June 6, 2018 at 10:43 pm

    so hapy up v ma.story kiyaafa noonee nunidhaan alhugadu inee mirey.. as always v salhi.. aishaa aee zeev dhw puleeeees tel me its hr.. moonu negeema yaee ah fennaanee hama zeev ge moonu dhw.. waitin fr the nxt ep???

    1. noor says:
      June 7, 2018 at 2:15 pm

      alhey.. hehe.. 🙂 jazakillah khairan dear.. 🙂 hehe.. alhey dear noor kihineh thi suvaalah javaabeh dheynee? nxt episode kiyaalamaa dhw.. eyrah hurihaa suvaalakah ves javaabu libigen dhaane, in sha allah.. 🙂 hingaaba dhw balailan dhn vaagotheh.. hehe.. 🙂

  10. Kiyara says:
    June 6, 2018 at 10:43 pm

    Slm noor eii ziv dho vaahaka vvv reethi ly

    1. noor says:
      June 7, 2018 at 2:16 pm

      Wslm.. 🙂 hingaaba dhw balailan aee kaakutho.. hehe.. 🙂 jazakillah khairan dear.. <3<3<3

  11. Ahaana says:
    June 6, 2018 at 10:43 pm

    Yeah aisha dhw eee zivaa
    Pls next episode kon irakun❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vvvvvvvvv reethi

    1. noor says:
      June 7, 2018 at 2:17 pm

      balamaa dhw aee kaakutho.. 🙂 up vefa innaany mihaaru 21st episode.. 🙂 awww.. jazakillah khairan dear.. 🙂

  12. Marsha says:
    June 6, 2018 at 10:43 pm

    Me first dhw. ..

    1. noor says:
      June 7, 2018 at 2:18 pm

      nooney dear… mifaharu dear fisrt ah lavvaeh nuliyey.. 🙁 ekam dhn faharakun try kollaany dhw.. 🙂 kaamiyaaby aky masahakaiyytherynge haggeh.. 🙂

  13. Ukhthaa says:
    June 6, 2018 at 10:49 pm

    Masha Allah….. Vvvvv reethi? zivaaaa????when nxt????? Mo vaahaka kiyaafa alhiganduge life v badhaluvejje….. Dheenee kankamah v bodah loabi jehijje…. Maaih Allah thibaa ah heyo rahmaith lavvaashi. Amin……. Gud nite n luv u noor??

    1. noor says:
      June 7, 2018 at 2:20 pm

      jazakillah khairan ukhthaa dear.. 🙂 hehe.. hingaaba dhw balailan aee kaakutho.. 🙂 nxt episode up vefa iny mihaaru.. 🙂 al’hamdulillaah! maa sha allah.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 <3<3<3

  14. ?Shiuu? says:
    June 6, 2018 at 11:01 pm

    Zivaa aah sumayya ge dharifulhàa hospital ga exchange vee kanneynge dhw…..aslu doctor maruvikamah ebuny sumayya ge dharifulhu. Tah??.???……Noor dear ..?mi part vess v v v v reethi ?????God bless u?????keep up the good work….enme fahu jumlaiga bunefa inehnu”eynage neyvaa karuga thaashivihenves heeviey” eyge badhalugà eyna laan ulhunu ney vaa etherehashèega thaashivihenvess heeviyey. ..migothah liyelinama ithurah furihama veeskanneynge. …anyways all the best???

    1. noor says:
      June 7, 2018 at 2:24 pm

      hingaaba dhw balailan dhn vaa gotheh.. 🙂 jazakillah khairan dear.. 🙂 aww.. maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. 🙂 vrh vrh vrh ufaavehje dear thi thankolhu faahaga kollaafa rangalhu goiyy buneladhinyma.. jazakillah khairan dear.. 🙂 dhn faharakun in sha allah thikahala thankolhu kolhu rangalhu kolleveytho balaanan ingey.. 🙂

  15. Someone says:
    June 6, 2018 at 11:13 pm

    This part is also very interesting and nice. When is the next part? Curiously waiting… surprise hama v salhi inge noor sis. ☺

    1. noor says:
      June 7, 2018 at 2:25 pm

      jazakillah khairan dear.. 🙂 mihaaru up vefa iny 21st episode.. 🙂 hehehe.. jazakillah khairan dear.. 🙂

  16. nuunu says:
    June 6, 2018 at 11:19 pm

    Aisha akee zivaa
    ekan hama yageen mihaaru
    zivaa ah kiyanee aishath zivaa ennu
    aamiru Aisha gaiga ai nuleeves e konmes kamaku dho
    anehkaa emeehun dhehki vaahaka in ves ekan engijje
    anehkaa navaar ah cutypie ey ves ebunee dhen ey ittifaag
    mee Aisha akee zivaa ahvedhaane kamah faahaga kurevu nu hekithah
    kuree part ge comment ga lotus buni gothah zivaa eheree Kankan handhaan nethifa
    yaeesh fenuneema kujjeh mathin handhaan vaneeves ehenve dho visnaa varakah bolah goi goi vaneeves hama ehenve
    vv reethi mi part
    zivaa ge handhaan aave
    ey zivaa kan yaeesh mennah ingeyne dhuvahakah mihaar mi inthizaar kuranee
    noor ge surprise vv fakkaa ingey
    heeviyey mihen hen vaaneeves
    ekam limya mennah adhabu nudhee police thahgeeg ge vaahaka netheema vv sakaraai
    vaahakaige konmes hisaabakun e bai genes dheyne kamah ummeedh kuran
    adhives ehfaharu bunelan beynun vv reethi mi part
    when next part

    1. noor says:
      June 7, 2018 at 2:28 pm

      jazakillah khairan dear.. 🙂 hehe.. dear guess kohfa hurileh vrh furihama ingey.. 🙂 hama aslugaves.. heheh.. jazakillah khairan dear.. 🙂 hingaaba dhw kuriyah oiyy thaa vaagotheh balailan.. 🙂 adhives eh faharu noor bunelan beynun, jazakillah khairan dear.. 🙂 21 vana part up vefa iny mihaaru.. 🙂

  17. kula says:
    June 6, 2018 at 11:34 pm

    kurin hiyeh nukuran mihaa salhi stry eh kamakah meee….but mirey mi kiyan feshee….varah reethi..mashaa allah…keep it up…

    1. noor says:
      June 7, 2018 at 2:29 pm

      🙂 asluvestha? jazakillah khairan dear.. 🙂

  18. nice says:
    June 6, 2018 at 11:39 pm

    Bala mivany kieh hamajehey gothaka gennaathi mivaahaka maruvi meeheh dhn naannaane emeehegge Shari emeehaka olhign vx nuvaane …. Ziv ah ehn hedhi baeh hoadhaaka vx masakatheh nukurey

    1. noor says:
      June 7, 2018 at 2:30 pm

      kuriyah kiyamun dhaa varakah hama hurihaa kameh ves olhun filamun dhaany nice dear.. 🙂

  19. Shine says:
    June 6, 2018 at 11:47 pm

    Masha Allah vrh vrh reethi…alhe ehkoh kiyan libeyne nama…

    1. noor says:
      June 7, 2018 at 2:30 pm

      jazakillah khairan dear.. 🙂 hehe..

  20. unique says:
    June 7, 2018 at 1:30 am

    vvv dheravi me maalahun ol vevuny… so i got late to read it ekm the surprise was the bestest as i thought thanks noor dear…. but feeling bad for the late reply heheh…… naitxx hama awesome story

    1. noor says:
      June 7, 2018 at 2:32 pm

      alhey dear.. aee massalaeh nooney.. 🙂 hehe.. jazakillah khairan dear.. 🙂 marhabaa dear.. 🙂 alhey it’s ok dear.. 🙂 jazakillah kahiran dear.. 🙂

  21. Mishy says:
    June 7, 2018 at 3:20 am

    Alheyyy.. noor ham aslah s suprise vhje.?????????this prt is amazing…. ?????????superbb.. ??????????jzt wowww???????????? masha allah.. alhey zivv.????????.. plx… i guess tht aisha is ziv.. nd becox of tht she lst her memory… nd i guess doc lavvr e hurihaa kmh kury raifaa mn hn.. urghh.. i hate thm..????????????????….. xiv ge prt kiyr knme fhrk mishy ah rovey… sooo saddd… ????????????.. nd vrh bodah sry ngh noor.. mishy mn geyn wifi massala eh jehign nulibey.. ehnve cmnt nukurevuny… ??????????????btw e 2 prtx s kiyrlrfin ngh… ?????vrh vrh obi…??????.. whn nxt? Vrh vrh curious vejje nxt prt kiyan… ❤❤❤❤❤❤❤❤❤❤❤❤?????⚘⚘⚘⚘⚘⚘⚘⚘

    1. noor says:
      June 7, 2018 at 5:23 pm

      hehe.. 🙂 asluvestha? jazakillah khairan dear.. 🙂 hingaaba dhw balailan aee kaakutho.. 🙂 alhey.. ehaa varah nurohchey mishy dear.. it’s ok dear.. aee evves massalaeh noon.. mihaaru comment kollevihje ehnu dhw? ehn v ma evves massalaeh noon aeeky.. ingey dear.. 🙂 jazakillah khairan dear.. 🙂 up vefa iny mihaaru.. 🙂

  22. Yaanu says:
    June 7, 2018 at 3:32 am

    Adhi kithah part kuriyah ebahuri? I

    1. noor says:
      June 7, 2018 at 5:24 pm

      seedhaa miveni varakashey bunaakah noor akah nukereyne.. ekam adhi ebahuri.. 🙂

    2. noor says:
      June 7, 2018 at 5:24 pm

      in sha allah.. 🙂

  23. Amee says:
    June 7, 2018 at 3:37 am

    Vvvv salhi…hama habeys reyga kiyaafin ekam wifi mahsala jehumun comment send nuvee….. by the way story is awsome….❤❤❤??
    And this is my first comment on this story… but i have been reading it from beginning….??

    1. noor says:
      June 7, 2018 at 5:28 pm

      jazakillah khairan dear.. 🙂 its ok.. hehe.. asluvestha? vvvv ufaavehje dear ah mi part kamudhiyaeema.. 🙂 ehntha? jazakillah khairan dear.. 🙂

  24. ?penguin says:
    June 7, 2018 at 4:48 am

    Wow story is wonderful! Surprise hama vvv furihama…wen nxt part…???????

    1. noor says:
      June 7, 2018 at 5:29 pm

      alhey penguin dear name jahaalaafa dhw miadhu.. 🙂 jazakillah khairan dear.. 🙂 up vefa iny 21st episode.. 🙂

  25. Mate says:
    June 7, 2018 at 5:02 am

    Vvvrh reethi……..keep it up…..curiously waiting for next part…..

    1. noor says:
      June 7, 2018 at 5:30 pm

      jazakillah khairan Mate dear.. 🙂

  26. lotus says:
    June 7, 2018 at 6:53 am

    There is somthin botherin me fr a while. Zeev ge moonu othee v boda halaakuvefa dhw.. ehko ragalhuviba or does she stil hev a scar on face which is not seen yet cox of niqab?

    1. noor says:
      June 7, 2018 at 5:31 pm

      halaakuvefa kamah dhw story story bunany? dhn vaagotheh balamaa.. hehe.. 🙂

  27. noor says:
    June 7, 2018 at 6:59 am

    Salaam dear readers.. baajjaveri hendhunakah edhen hurihaa kudhinnah ves.. 🙂 noor kiyaalaifin ingey hurihaa kudhinge comments thah ves.. 🙂 miee iyye noor buni surprise.. hehe.. ekam adhi ebaoiyy eh surprise.. 🙂 dhn 21st episode mihaaru liyevifa othy.. ehn v ma in sha allah miadhu e episode up kureveytho noor masahkaiyy kuraanan ingey.. 🙂 LY all..

    1. unique says:
      June 7, 2018 at 10:51 am

      anekkaa omg my lovey noor haadh gud ey lysm………….tysm………. ur sooo sooooo gud once again thanks

    2. unique says:
      June 7, 2018 at 12:09 pm

      ****lovely

    3. noor says:
      June 7, 2018 at 5:33 pm

      hehe.. <3<3<3 marhabaa dear.. 🙂 dear mn ves haadha rangalhey aslu.. dear mn ge thihaa supportive v ma noor vrh ufaavey.. 🙂 maaiyy allah alhamen emmen ge faafa fussavaa alhamenge hidhaayaiyy ithurukohdhevvaashi.. aameen.. 🙂

  28. kweeny says:
    June 7, 2018 at 11:10 am

    yaay

    1. noor says:
      June 7, 2018 at 5:34 pm

      hehe.. 🙂

  29. ira says:
    June 7, 2018 at 12:44 pm

    vvv reethi……wait for next……

    1. noor says:
      June 7, 2018 at 5:34 pm

      jazakillah khairan dear.. 🙂

Comments are closed.

Next Episodeހުޅުކޮޅު 21←


All Right Reserved!