Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެހެނަސް…(6)

Z A L 🐙 Level 210 Stories100 Login100 Comments
May 28, 2018 3 Mins Read
13 Comments

“ހުޅުވާ!” މަލާކް ޓަކި ޖަހާލުމުން އެތެރެއިން ޖަވާބުއައެވެ. ނުހާއާއި ދެމީހުން ވަންއިރު މޭޒު ކައިރީގައިހުރި ބޮޑު ފޮތް ހަރުގަނޑެއް ކައިރީ އަންހެނަކު، ފުރަގަސްދީގެން ހުއްޓެވެ. “އިށީނދެ..” އެއަންހެންމީހާ އެދެކުދިންނަށް ކައިރީގައިހުރި ގޮނޑިތަކަށް އިޝާރާތް ކޮށްލަމުން މުޚާތަބު ކުރީ އިނގިރޭސިންނެވެ. ދެކުދިންގެ ސްޓޫޑެންޓް އައިޑީ ދިނުމުން އެމީހާ ހައިރާންވެފައި އެއީ ރާއްޖެ ކުދިންތޯ އަހާލީ ސާފު ދިވެހި ބަހުންނެވެ. މަލާކްއާއި ނުހާވެސް ހައިރާންވެ އިނދެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ޢެއަންހެންމީހާ ހިނިތުންވެލާފައި ސަލާމްކޮށްލުމަށްފަހު މޭޒުކައިރިއަށްޖެހި ލެޕްޓޮޕް ހުޅުވާލިއެވެ.

މަލާކް ވަށައިގެން ނަޒަރު ހިންގާލިއެެވެ. ދެފާރު ފުރިފައިވަނީ ހުސް ފޮތް އަލަމާރިތަކެވެ. އެއްބިތުގައި ހުރީ އެކޮމްޕެނީއިން ހިންގާ އިވެންޓްތަކުގެ ފޮޓޯތަކާއި އެކި ޝުއޫރުތަކުން ފުރިފައިހުރި ލިޔުންތަކެވެ.

މަލާކް އެއަންހެންމީހާއާ ދިމާލަށް ބަލާލިއެވެ. ބަލާލާފައި ހީވަނީ ސާޅީހުގެ އަހަރުތައް ގުނަމުންދާ މީހެއް ހެންނެވެ. ކަޅުކަންފަނޑު އިސްތަށިގަނޑުގައި ހުޅިއެއްޖަހާފައި،ވީނަމަވެސް ޕްރޮފެޝަނަލް މިނިސްކާރޓްއަކާއި ގަމީހެއްލައިގެން ހުރިއިރު އުމުރަސްވުރެ ޅަކަމަށް ދައްކައެވެ.

“އަހަންނަކީ މިކޮމްޕެނީގެ ހެޑް، ވިލާދާ ޒަކީ، ދެން..މިކޮމްޕެނީއިން ބޮޑަށް ކުރިޔަށް މިގެންދަނީ ، ހެލްތްގެ ދާއިރާއިން އަދި ޚާއްސަ އެހީގެ ދާއިރާއިން މީހުން ހޭލުންތެރި ކުރުމާއި ، އެހެނިހެން ޗެރިޓީ އިވެންޓްސްތައް ބޭއްވުން..އެހެންވީމަ މިހާރު އިތުރު ސުވާލެއް ކުރުމުގެ ކުރިން މި ލެޕްޓޮޕްގަ އިންނާނެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް..ބަލާލަންވީނު، ވަރަށް މުހިންމު މަޢުލޫމާތު ހުންނާނެ. މިތާ ކޮމްޕިއުޓަރަށް ކުޑަ މައްސަލައެއް ޖެހިގެން، ލެޕްޓޮޕް ހިފައިން މިއުޅެންޖެހެނީ،”

ވިލާދާ ލެޕްޓޮޕް އެކުދިންނާ ދިމާލަށް އަނބުރާލިއެވެ. ލިބުނުސިހުމާއެކު މަލާކްގެ ދެލޯ ބޮޑުވެގެނއދިޔައެވެ. ވޯލްޕޭޕަރ ފެނިފައެވެ. ޕްރެޒެންޓޭޝަން ކުރިޔަށްދިޔަނަމަބވެސއ މަލާކަށް އެއަށް އެއަވެސއ ސަމާލުކަމެއއ ނުދެވުނެވެ. މިއަދު މިފެނުނު ކަންތައްތަކުން އެހެންހުރިހާ ކަމެއް އޭނާއަށް މުޅިން އޮޅިއްޖެއެވެ. ޙަޤީޤަތާއި ޚިޔާލީ ކަންތައްތަކާއިވެސް އޮޅިއްޖެއެވެ. އެހެންވާނީ ކިހިނަކުންހެއްޔެވެ؟ އޭނާއަށް މިއުޅެވެނީ ހުވަފެނެއްގެ ތެރޭގައި ބާއެވެ؟

“އެންމެ ރަނގަޅު؟” ނުހާއާއި ވިލާދާ އޭނާ އާ ދިމާލަށް ބަލަހައްޓައިގެން އިންކަންވެސް މަލާކަށް އިނގުނީ އިރުކޮޅެއްފަހުންނެވެ. “ކީކޭތޯ؟” ސިހުނު ނަމަވެސް މަލާކް ހަމަޖެހޭގޮތް ދައްކާލަމުން އަހާލިއެވެ. ނަމަވެސް އޭނާގެ ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ.

“އިތުރަށް މަޢުލޫމާތު ބޭނުންވަންޏާ ކޮލެޖުންވެސް ލިބޭނެ އަހަރެން ފޮނުވާލާނަން…މިގަޑި އިތުރު މީޓިންގްއެއްވެސް އަދި އެބޮތް…ދެން..އަން! މިއޮތީ އަހަރެންގެ ބިޒްނަސްކާރޑް، ފަހަރެއްގަ ގުޅާލާ ތަނުން ފޯނު ނުނެގިދާނެ، އެކަމް ތިކުދިންނަށް އަބަދު އަބަދު ނުވެސް އާދެވޭނެ އެއްނު…ވަރަށް އުފާ ވެއްޖެ ދިވެހިރާއްޖެ ކުދިންކޮޅަކާއި ބައްދަލުވީމަ! ” ވިލާދާ ހުރީ ހިނިތުންވެފައެވެ. އޭނާއާއި ސަލާމްކޮށްލުމަށްފަހު ޝުކުރު އަދާކޮށްލަމުން މަލާކްއާއި ނުހާ، އޮފީހުން ނުކުންނަން ހިނގައިގަތެވެ.

ޕޭވެމެންޓްމަތިން ހިނގާފައިދިޔަ މަލާކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މަގުގެ އެއްފަރާތުގައި ޕާރކްކޮށްފައި އޮތް މެޓްބްލެކް ކާރުފެނިފައެވެ. އެއީ އަލޫކްގެ ކާރެވެ. ނުހާ ފަހަތް ބަލާލަމުން ކިހިނެއްވީތޯސުވާލުކުރިއެވެ.މަލާކް ބޯހޫރާލުމަށްފަހު ނުހާއާއި އެއްހަމަކުރިއެވެ. އޭނާ މިދަނޑިވަޅުގައި އެއްގޮތަކަށްވެސް އަލޫކްއާ ވާހަކަ ދައްކާ ހިތެއްނެތެވެ. އޭނާއަށް މިއުޅެވޭ އޮޅުންބޮޅުން އަނދިރި ހޮހޮޅައިން އައްަށް ނުކުމެވެންއޮތީވެސް އަލޫކްއާއި ވާހަަކަ ދެއްކިެންނެވެ. ނަަމަވެސް އޭނާގެޟަމީރު، މިވަގުތު އެވާހަކަދައްކަން ދެކޮޅުހެދިއެވެ. ފަސްއެނބުރި މަލާކް އެއްފަހަރު ބަލާލިއެވެ.އޭރުކާރުގެ ދޮރު ހުޅުވުމަށްފަހު ފައިބެ، އަލޫކް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

އަލޫކް ހުރީ މަލާކްއާ ވާހަަކަ ދައްކަން ވަރަށް ބޮޑަށް ބޭނުންވެފައެވެ. ނަމަވެސް މަލާކް އަޅައިނުލާ ދޔުމން އަލޫކްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާ މަލާކް ބޭނުމެވެ. މަލާކްއާއި ނުލައި އޭނާއަށް ދެން އެންމެ ނޭވާ އެއްވެސް ނުލެވޭނެއެވެ.

ދެހަފްތާގެ ބްރޭކަކަށް ކޮލެޖބަންދުވިއެވެ. ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި އަލޫކްއެއް ނުވެސް ފެނެއެވެ. އެދުވަހު މަގުމަތިން ފެނުނު ފަހުން އަދިމަލާކްގެ ލޮލަކަށް އޭނާއެއް ނުފެނެއެވެ. އަނެއްކާ އަލޫކަށް ކީއްވީ ބާއެވެ؟

ކިތަންމެ ބޭނުންނަމަވެސް މަލާކްގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް އަލޫކްގެ ގަޔަކު ނެތެވެ. މަސްތުގެޙާލުގައި ގޮސް އެނިކަމެތި އަންހެންކުއްޖާގެ ކުރިމައްޗަށް އަރަން ކެރޭނެހެއްޔެވެ. އަލޫކްގެ ހުރިހާ ވޭނާއި އުދާސްތަކެއް ބާލަމުން ދިޔައީ އަމިއްލަނަފްސަށެވެ. އަދި ކޮޓަރިތެރޭގައި ހުރި އެއްޗިއްސަށެވެ. އޭނާއަށް މިޙާލު ޖެއްސީ ކީއްވެހެއްޔެވެ؟ އޭނާ މިކަމުން ސަލާމަތް ވެވޭނީ މަލާކް ހާސިލްވެގެންނެވެ.

“ދަރިފުޅު ހާދަ ހިކިއްޖެޔޭ..ނުކައިދޯ އުޅެނީ؟” “ނޫނޭ މަންމާ، ކަމޭ..ދެން މަންމަ ކައްކާ އެއްޗެހި ކެއީމަ ވާގޮތެއްނުވާނެއެންނު..ހެެހެ..ކޮބާ މާޒް؟” މަލާކް ވީޑިޔޯ ކޯލް ކޮށްލައިގެން އޭނަގެ އާއިލާއާއި ވާހަކަ ދައްކަމުން ދިޔައެވެ. “ހޭ ސިސް؟ ހައު އިޒް އިޓް ގޮއިން ދެއަރ..ބުނެބަލަ މަންމަ ކައިރީ މާޒްއަށް ފޯނެއްގަނެދޭށޭ، ޕުލީޒް!!” މާޒް ކުޑަކުއްޖެއްހެން ބޮޑާހާަން ފެށިއެވެ. “އިންޝާﷲ، އަައެމް ގުޑް، އަލްޙަމްދުލިއްﷲ…ހޯޙޯ..އައްޗީޑި…މުޅި ތާނގަ ބޮޑާހާކަނީނު ތި…ބަލަ ދިހައެއް ނިންމާފަ ރަނގަޅު ރެޒަލްޓެއް ގެނައީމަ އެވެސް ލިބޭނެއޭ ތުއްތުގަނޑާ! ބަސްއަހައިން ކިޔަވަބަލަ ދޮންތަހެން..ހެހެ!” މާޒްއާ ދެމީހުން އިރުކޮޅަކު ސަކަރާތް ޖަހާލުމަށްފަހު، މަންމައާއި އަދިވެސް ވާހަކަދައްކާލާފައި މަލާކް ފޯނުބޭއްވިއެވެ. ދުވަސްގަނޑަކަށްފަހު ތަންކޮޅެއް ގިނައިރު ނިދޭނެތީ އޭނާހރީ ހިތްހަމަޖެހިފައެވެ.ފިނިކަމުންއޭނާލީ،އަތްދިގުޕިޖާމާއަކާއިހަރުވާޅެކެވެ. އެނދުގައި އޮށޯވެލުމަށްފަހު ރަޖާގަނޑުގައިައި އޮޅާލާފައި ފޯނުސައިޑް ޓޭބަލް މަތީގައި ބޭއްވިއެވެ.

ނިދިޖެހެމުން ދިޔަ މަލާކް ސިހުނީ ފޯން ރިންގްވާން ފެށުމުންނެވެ. މިގަޑީގައި ގުޅާނީ ފަހެ ކާކުހެއްޔެވެ؟ ސްކްރީނަށް ނުވެސް ބަލާލައި އޭނާ ފޯނު ކަނޑާލިއެވެ. އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. އެންމެފަހުން މަލާކް ބޮލަށް އުނދަގޫ ވާވަރުވުމުން ފޯނުނެގިއެވެ. “ހަލޯ..ނިދަނީތަ؟” ކަންފަތުގައި ޖެހުނު އަލޫކްގެ ފިރިހެންވަންތަ އަޑުން މަލާކްގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ހުރިހާ ހިއްސުތަކެއް އެކީ ހޭލައްވާލިއެވެ.

“ކިހިނެއް ނަންބަރު އިނގުނީ؟” މަލާކް އެންމެ ފުރަތަމަވެސް ކޮށްލީ އެސުވާލެވެ. ފޯނުގައި ހުރެގެން އޭނާގޮސް ބެލްކަންޏަށް ނުކުމެލިއެވެ. “ހޯދާ ބަލާ މީހުންނަށް ހުރިހާ އެއްޗެއްވެސް އިނގޭނެޔެ..” “ކޮންތާކު އުޅުނީ މިދެތިންދުހު؟” އަލޫކް ހިނިގަނޑެއްޖަހާލަމުން ޖަވާބުދިނެވެ. “މިސް ވީތަ؟ ބިޒްނަސް ޓްރިޕްއެއްގަ ސިޓީއިން ބޭރަށްގޮސްލާފަ މިއައީ،..ދެން ބުނެބަ، މާދަންރޭ ފްރީތަ؟” މަލާކްގެ ކޯތާފަތަށް ޖަންބުކުލައަރައިގެން ދިޔައެވެ. “ފްރީއެއްނޫން..އެކްސްޕެންސިވް! ހަހަ! އަސްލު، އާނ..ފްރީ…ކިހިނެއްވީ؟” “އެހެންވީމަ، ނައިންއަށް ރެޑީވައްޗެ. ޕްރޮމިސްއެއްކޮށްފަ ފުއްދަންޖެހޭނެ، އޯކޭ، ސޯ ގުޑް ނައިޓް، ވަރަށް ލޯބިތި ޔުނިކޯރން ޕިޖާމާސް ލައިފަހުރީމަ!” މަލާކަށް އިތުރު އެއްޗެކޭ ނުބުނެވެނީހެން ފޯންކަނޑާލިއެވެ. އޭނާ މަގުމައްޗަށް ނަޒަރުހިންގާލިއެވެ. މަގުގެ އެއްފަރާތުގައި އޮތް ކަޅުކާރެއް އޭރު ސްޓާރޓްކޮށްލައިގެން ދުއްވާލަނީއެވެ.

މަލާކް ލަދު ގަތް ނަމަވެސް ހުރީ އުފާވެފައެވެ.ނަމަވެސްކުރީދުވަހުގެހާދިސާހަނދާންވެފައިއޭނާނުތަނަވަސްވިއެވެނަމަވެސް އެނދުގައި އޮށޯވެލިތަނުން ލަސްތަކެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

ގަޑިކައިރިވަމުން ދިޔަ ވަރަކަށް މަަލާކްގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ފެންވަރަންއެހާ އިރު ނެގިއިރު ، ލާނެ ހެދުމެއް ނޭނގިގެން އަނެއް ބައިގަޑިއިރު ހުންނަންޖެހުނެވެ. މެރޫންކުލައިގެ އަތްދިގު ކަކުލަށްވުރެ ތިރިޔަށްހުރި ވަށްތިރި ކެޝުއަލް ހެދުންލައިގެން މަަލާކް ލޯގަނޑުކުރިމަތީ ހުއްޓުނެވެ. އިސްތަށިގަނޑިގައި ފުނާއަޅާލުމަށްފަހު، ދެކޮނޑުމަތިން އިސްތަށިކޮޅެއް ކުރިމަށްޗަށްވާގޮތަށް ގެނެސް ، އޭނާގެ ދޮންކަނދުރާ ފޮރުވާލިއެވެ. އޭނާގެ ތުނި ތުންފަތް ގަދަ މެރޫން ކުލައިން ފަވާލުންނޫން އިތުރު އެހެން މޭކަޕެއްބޭނުން ކޮށްފައި ނުވިނަމަވެސް އެހާ ފުރިހަމައެވެ. އޭނާގެ ރޯޒްގޯލްޑް ޕާރހަށް ފޯނުލަމުން ނުކުމެ ކަޅުކުލައިގެ ވެޖްއަކަށް އަރާލިއެވެ.އަދިސެންޓުބުރުވާލިއެވެ.

ލަހެއްނުވެ ދޮރުގައި ޓަކިޖަހަންފެށުމުން އޭނާގޮސް ހުޅުވާލިއެވެ. “އަލޫކް އައިއްސަ އެބަހުރި މަލާހޯދަން…ގުޑް ލަކް އިނގޭ… ވަރަށް ލޯބި ، މާޝާﷲ،” “ހެހެ، ތޭންކްސް!”

ނުކުމެގެން އައި މަލާކް ފެނިފައި އަލޫކަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލަން މަޖުބޫރުވިއެވެ. އެއީ އަނެއްކާ ބިންމަތީގައި ހުރި ޕަރީއެއްނޫންބާއެވެ؟ އަލޫކް ބަލަހައްޓައިގެން ހުރުމުން މަލާކް އިސްދަށަށްޖަހާލީ ލަދުންނެވެ.

ފުލް ބްލެކް ގަމީހަކާއި ފަޓުލޫނެއްގައި އަލޫކް ފެންނަލެއް ރީއްޗެވެ. ނަމަވެސް އެރީތިކަމުގެ ފަހަތުގައި ވަނީނޭނގޭ ސިހުރުވެރިކަމެކެވެ. ކަޅުކުލައިގެ ލޫޒް ޓައީއެއް އަަޅާފައި ގަމީސްދަށަށް ޖަހާލާފައިހުރިގޮތުން އެތައް ކުދިންނެއްގެ ހިތްތައް ކަތިލާނެކަން ގައިމެވެ.

ކާރު ދުއްވަމުން ދިޔައިރު އެކަކުވެސް އަނގައިނެއް ނުބުނެއެވެ. ނަމަވެސް އެކަކު އަނެކަކަށް ރީތި ހިނިތުންވުންތައް ހަދިޔާކުރަމުން ގެންދިޔައެވެ.

ރެސްޓޯރެންޓްގެ ކައިރީގައި ކާރު ޕާކްކޮށްލުމަށްފަހު އަލޫކް ކާރުން ފައިބެގެންގޮސް މަލާކަށް ދޮރުހުޅުވާ ދިނެވެ. މަލާކް ފޭބުމުން ދެމީހުން އެއްހަމައެއްގައިގޮސް ރެސްޓޯރެންޓްއަށްވަނެވެ. ދެެމީހުންގެ ހިތުގައިވެސް ރަސްކަން ކުރަމުން ދިޔައީ ނުތަނަވަސްކަމާއި ނޭނގޭ އެެހެން އިޙުސާސެކެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (36)

Next

ހުޅުކޮޅު 12

Next
May 28, 2018

ހުޅުކޮޅު 12

Previews
May 27, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (36)

13 Comments!

  1. Mal says:
    May 28, 2018 at 12:14 am

    Wow????

    1. Zelll says:
      May 28, 2018 at 3:10 pm

      Thankyou❤❤So much

  2. unique says:
    May 28, 2018 at 12:23 am

    omg omg omg…………… unbelievable, unexpected soo happy thanks zelll

  3. unique says:
    May 28, 2018 at 12:30 am

    vaahaka ves ehaame reethi adhi ehaa furihama

    1. Zelll says:
      May 28, 2018 at 3:09 pm

      Thankyou❤, Ekam why unexpected vy

  4. Aimina says:
    May 28, 2018 at 2:38 am

    Vaahaka v reethi..ekamaku enme reethi vaany gavaaidhun genesdhey nama..dhen oi bai kon dhuvahakun kiyaalan libeyny? ??

    1. Zelll says:
      May 28, 2018 at 3:11 pm

      Thanks dear❤, anehhen seedha neynge bunedheykah, Ekam v soon , InshaAllah

  5. Mate says:
    May 28, 2018 at 4:23 am

    Vrrh vrrh reethi…????keep it up

    1. Zelll says:
      May 28, 2018 at 3:12 pm

      Thanks Mate❤❤❤

  6. Nahoo says:
    May 28, 2018 at 1:12 pm

    Haadha kurey dhw

    1. Zelll says:
      May 28, 2018 at 3:14 pm

      Sorry dear,next time rangalhu kollaanan❤InshaAllah

  7. thoo says:
    May 28, 2018 at 10:26 pm

    Mi vaahaka hyvany kiyaafa invaahakayeh hen

  8. unique says:
    May 28, 2018 at 10:36 pm

    eiii i thought zelll up kuraanee 1 or days fahun kamah ehnv dont mind me ingey

Comments are closed.

Next Episodeއެހެނަސް…(7)←


All Right Reserved!