Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 11

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 29, 2018 8 Mins Read
35 Comments

ހަތަރު އަހަރު ފަސް…….                                       ސާފު ނޫ އުޑުގައި ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވެއެވެ. ގަދައަށް އަވި ދެމުން ދިޔަ ނަމަވެސް ޖެހިލާ ވައިރޯޅިތަކުން އަރާމުކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެއެވެ. މާލޭގެ މަގުތައް ވަނީ އާދައިގެ މަތިން ހަލަބޮލިވެފައެވެ. ކޮޅު ކޮޅަށް ދުއްވާ ވެހިކަލްތަކާއި ހިނގާާ ބިނގާާވެ އުޅޭ މީހުން އެހާާވެސް ގިނައެވެ. ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ މަންޒިލަށް ވާސިލްވެވޭތޯ ހުއްޓުމެއްނެތި ކުރިއަށް ދަމުންނެވެ.                                           އަމިއްލަ ކެބިންއަށް ވަދުމަށްފަހު އޭނައަށް ޚާއްސަ ކުރެވިފައިވި ކަޅު ކުލައިގެ ގޮނޑީގައި އެ ޒުވާނާ އިށީނެވެ. އެ ޒުވާނާގެ މޫނުމަތިން ހިތްހަމަ ޖެހިފައި ހުރިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މުހިއްމު މީޓިންއެއް ފުރިހަމަކަމާއެކު ނިންމާލެވުމުން ކޮންމެ މީހަކުވެސް ހިތްހަމަޖެހޭނެތާއެވެ. ގޮނޑީގައިި އިށީންދެ ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި މޭޒު މަތީގައި އޮތް އޭނަގެ ފޯނު ނަގައި ފިންގާ ޕްރިންޓްގެ ޒަރިއްޔާއިން ފޯނު ހުޅުވާލިއެވެ. އެއަށްފަހު ގެެލެރީއަށް ވަދެ ”ޕްރިޓީ ގާލް” ގެ ނަމުގައި ސޭވްކޮށްފައި އިން ފޯލްޑާ ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔައީ ވަރަށް ރީތި އަންހެން ކުއްޖެއްގެ ފޮޓޯ ތަކެކެވެ. ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔައިރު އެ ޒުވާނާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ހިނިތުންވެފައި ފޮޓޯތައް ބަލަން އިން ޒުވާނާ ސިހުނީ އޭނަގެ ފޯނަށް މީހަކު ގުޅުމުންނެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ކުޑަ އިރުކޮޅަކު ވާހަކަދައްކާ ލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. އަދި ކެބިން އިން ނިކުތެވެ. އެ ޒުވާނާ އޮފީހުން ނިކުތުމަށްފަހު ޕާކްކޮށްފައިހުރި ސައިކަލުތަކާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭނަގެ ސައިކަލު ނަގައިގެން ކޮންމެވެސް ތަނަކަށް ދިއުމަށް ދުއްވާލިއެވެ.                                         ”މިންކޮ… އަވަހަށް ބޭގް އަޅުވާ… ” ފަރާތް ފަރާތް ހޯދަމުން ދިޔަ އަންހެން ކުއްޖާ އޭނަގެ ދާދި ގާތުގައި ހުރި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާއާ ވާހަކަ ދައްކަމުން އެކުއްޖާއަށް ދަބަސް އެޅުމުގައި އެހީތެރިވެދިނެވެ. އެހެން ކުދިންގެ ބެލެނިވެރިން ފެނުނު އިރުވެސް ޔޫމިންގެ ބެލެނިވެރިޔާ ނުފެނުމުން އޭރުވެސް އެ އަންހެން ކުއްޖާ ދިޔައީ ފަރާތް ފަރާތް ހޯދަމުންނެވެ. ” އެ އައީ މިންކޮ ބަލާ… ” އެ ކުޑަ އަންހެން ކުއްޖާ އެހެން ބުނަމުން އިނގިލި ދިއްކޮށްގެންހުރި ދިމާލަށް ފަރާތް ފަރާތް ބަލަމުން ދިޔަ ޒުވާން އަންހެން ކުއްޖާ ބަލައިލިއެވެ. ބަލައިލިއިރު އޭނައަށް ފެނުނު ސޫރަ އަކުން ހުއްޓުން އަރާފާ ހުރެވުނީއެވެ. ” ބާއި އާންޓީ ” އެ ކުޑަ އަންހެން ކުއްޖާ އެހެން ބުނުމަށްފަހު އޭނަ އާ ދިމައަށް ބަލަހައްޓައިގެން ހުރި ޒުވާން ފިރިހެންް ކުއްޖާގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭރު ވެސް ދެ މީހުންކުރެ އެކަކުވެސް އެއްވެސް ހަރަކާތެއް ނެތި ހުރި ގޮތަށް ހުއްޓެވެ. އަޅިކުލައިގެ އެ ތޫނު ދެ ލޯ އައިލީންއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އޭނައަށް ކުރިމަތިން މިހާރު ފެންނަ އެ ހުރި ސޫރައަކީ މީގެ ހަތަރު އަހަރު ކުރިންވެސް އޭނައަށް ފެނިފައިވި ސޫރައެކެވެ. މި ވޭތިވެދިޔަ ހަތަރު އަހަރު އޭނަގެ ހިތް އެ ސޫރައެއް ދުށުމަށް އެންމެ އެދުނު ސޫރައެވެ. އެއީ ހަމަ އެ އަޅި ކުލައިގެ ދެ ލޮލެވެ. ” ޔޫހާން ” އައިލީންއަށް މަޑުމަޑުން ކިޔާލެވުނެވެ. ތުނިކޮށް ފަޅާފައިވި ތުނބުޅިން ފިރިހެންވަންތަކަން އިތުރުކޮށްދީފާވެއެވެ. ބޮލުގެ އިސްތަށިގަނޑުވަނީ ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ގަދަ ރަތް ކުލައިގެ އަތްދިގު ގަމީހަކާއެކު ކަޅުކުލައިގެ ފަޓުލޫނުގައި ފެންނަނީ ވަރަށް ސްމާޓްކޮށެވެ. ބެގީކޮށްފައި ހުރި އިރު ކަރުގައި ވަނީ ކަޅު ކުލައިގެ ހިމަ ޓައި އެއް އަޅާފައެވެ. އަރާފައި ވަނީ ކަޅު ކުލައިގެ އޮފް ބޫޓަކަށެވެ. އައިލީންއަށް ނަޒަރު ހުއްޓައިލައިގެން ހުރި ޔޫހާންއަށް ސިހުން ލިބުނީ އޭނަގެ އަތުގައި ކުޑަ ކުއްޖަކު އައިސް ހިފުމުންނެވެ. އޭނާ ބަލައިލި އިރު ހިނިތުންވެފައި ޔޫމިން އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާވެސް އޭނައަށް ނަޒަރު ހުއްޓާލެވުނީ އައިލީންއަށެވެ. ” އައިލީ ” މަޑުމަޑުން ޔޫހާންއަށް ބުނެވުނެވެ. ކިތަންމެ މަޑުން ބުނި ނަމަވެސް އޭނަގެ އަތުގައި ހިފަހައްޓާލައިގެން ހުރި ޔޫމިންއަށް އެ އަޑު ވަރަށް ރަނގަޅަށްވެސް އިވުނެވެ. ޔޫމިން އެއްފަހަރު ޔޫހާންއަށް އަނެއްފަހަރު އައިލީން އަށް ބަލައިލައެވެ. އައިލީން އަށް ބަލަހައްޓައިގެން ހުރި ޔޫހާން މިފަހަރު ސިހުނީ އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވި އަޑަށެވެ. ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ފޯނު ކަންފަތުގައި ޖަހާލުމަށްފަހު ޔޫމިންގެ އަތުގައި ހިފައިގެން ގެއަށް ދިއުމަށް އޭނާ އެނބުރި ހިނގައިގަތެވެ. އެއްފިޔަވަޅު އަޅާލުމަށްފަހު ޔޫހާން އައިލީންއަށް ފަސް އެނބުރި ބަލާލިއެވެ. އޭރުވެސް އައިލީންގެ ނަޒަރު ސީދާވެފައި ވަނީ ޔޫހާންއަށެވެ. ޔޫހާން ހިތައި ދެކޮޅަށް ކުރިއަށް ހިނގައިގަތެވެ. އައިލީން އާއި ވާހަކަ ދައްކާލަން އޭނާ މަޑުކުރަން ހާދަ ބޭޭނުމެެވެ. އެހެނަސް މި ވަގުތު އޭނައަށް މަޑުކުރެވޭކަށް ނެތެވެ. އައިލީން ހުރީ ހަރަކާތެއް ގެންނަންވެސް ނޭނގިފައެވެ. ހަތަރު  އަހަރު ފަހުން އޭނައަށް  ޔޫހާންގެ އެ ރީތި ސޫރަ ފެނުނީއެވެ. އެ ހިތަށް ލިބިގެން ދިޔަ އުފަލާއި އެއްވަރަށް ހިތުގައި ޖަވާބު ބޭނުންވާ އިތުރު ސުވާލުތަކެއްވެސް އުފެދިއްޖެއެވެ. ޔޫހާން ޔޫމިން ބަލައި އެ އައީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިން ޔޫމިން ސުކޫލަށް އަންނަނީވެސް އަދި ދަނީ ވެސް ޔޫމިންގެ މާމަ އާ އެކުއެވެ. ހަމަ ގައިމުވެސް ޔޫހާން ޔޫމިން ބަލައި އެ އައީ ކޮންމެވެސް ގުޅުމެއް އޮންނާތީ ނޫން ހެއްޔެވެ؟ އެކަމަކު ކޮން ގުޅުމެއް ހެއްޔެވެ؟ ކުއްލިއަކަށް ހިތަށްއެރި އެއްޗަކުން އައިލީންއަށް އޭނަގެ މޭގައި އަތް އަޅާލެވުނެވެ. ޔޫމިން އަކީ އަނެއްކާ ޔޫހާންގެ ދަރިއަކީ ހެއްޔެވެ؟ ޔޫމިންގެ އެ ދެލޮލާއި ޔޫހާންގެ ލޮލާއި މާބޮޑު ތަފާތުކަމެއް ނެތެވެ. ޔޫމިންގެވެސް އިންނަނީ އަޅި ކުލައިގެ ކަޅިއެކެވެ. އެއީ ހަމަ އަސްލުވެސް ޔޫހާންގެ ދަރިއަކީ ހެއްޔެވެ؟ ޔޫހާން އެހެން މީހަކާ ކައިވެނި ކުރީ ހެއްޔެވެ؟ ކުރިން އޭނައަށް ޔޫހާންގެ ލޮލުން ފެނުނީ ލޯބި ނޫންބާވައެވެ. އެކަމަކު މިއަދުވެސް އޭނައަށް އެ ދެލޮލުން އެ އަސަރުތައް ފެނުނެވެ. މިކަހަލަ އެތައް ހިޔާލުތަކެއްގައި ހުއްޓާ އައިލީން ސިހުނީ އޭނަގެ ކޮނޑުގައި ރިފްޝާ އަތްލުމުންނެވެ. ” އައިލީ… މީހުން ބަލާ އެބަ… ” ރިފްޝާ ހަމައެކަނި އައިލީންއަށް އަޑު އިވޭވަރަށް މަޑުމަޑުން ބުންޏެވެ. އައިލީން ފަރާތް ފަރާތް ބަލާލިއިރު ބައެއް މީހުންގެ ނަޒަރު ވަނީ އޭނައަށް ހުއްޓިފައެވެ. އައިލީން އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.                                   ޔޫމިން ގެއަށް ލުމަށްފަހު ޔޫހާން އަނެއްކާވެސް އެނބުރި އޮފީހަށް ދިޔައެވެ. އޭނާ ގޮސް މުހިއްމު ފައިލެއްގެ މަސައްކަތް ކުރަންފެށިއެވެ. ފައިލްގެ މަސައްކަތް ނިންމާލުމަށްފަހު އޭނަގެ ކެބިން އިިން ނިކުތުމަށްފަހު ބައްޕަގެ ކެބިންއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލުމުން އެތެރެއަށް ވަންނަން ހުއްދަ ލިބުމުން ޔޫހާން އެތެރެއަށް ވަނެވެ. ” ބައްޕާ… މިއޮތީ ބައްޕަ ހަވާލުކުރު ފައިލް އަޅުގަނޑު ނިންމާލާފަ..” ހިނިތުންވެލަމުން ޔޫހާން އެ ފައިލް އޭނަގެ ބައްޕައަށް ދިއްކޮށްލިއެވެ. ޔާސިރު އުފަލާއެކު ފައިލްގައި ހިފިއެވެ. އޭނަގެ ދަރިން ޒިންމާދާރުވެފައިވާ ތަން ފެނުމުން އޭނަ ނުހަނު އުފާވެއެވެ. އިރުކޮޅަކު ބައްޕަ އާ ވާހަކަ ދައްކާލުމަށްފަހު ޔޫހާން އޭނަގެ ކެބިންއަށް ދިޔައެވެ. ކެބިންއަށް ވަދެ ގޮނޑީގައި އިށީންދެ ލެނގިލިއެވެ. ހަމަޖެހިލަމުން ފުން ނޭވައެއް ދޫކޮށްލަމުން ދެ ލޯ މަރާލިއެވެ. އެއާއެކު އޭނައަށް އައިލީން ސިފަވެގެން ދިޔައެވެ. މިއަދު އޭނައަށް ޔޫމިންގެ ގާތުގައި ހުއްޓާ އެފެނުނީ ހަމަ އައިލީންއެވެ. އެ ރީތި ކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ލައިފައިވާ ގަދަ ރަތް ކުލައިގެ މަތިކޮޅާއި ފައިތިލަ އާއި ހަމައަށް އަންނަ ފަސްބައި ފުޅާކޮށް ފަހައިފައިވި ސްކާާޓުން އައިލީންގެ ދޮންކަން އިތުރުކޮށްދީފައިވެއެވެ. ލައިފައިވި މަތިކޮޅުގައި މާގަނޑެއްގެ ކުރެހުން ހިމެނޭ ގަދަ ރަތް ކުލައިގެ ލޭސް ފޮތި ބޭނުން ކޮށްފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ދިގުކޮށް ފަހައިލެވިފައިވި އަތުގައި ހަމަ އެކަނި ލޭސް ފޮތި ބޭނުންކޮށްފައިވުމުން އެދޮން އަތާ ވަރަށް ގުޅެއެވެ. ކަންފަތުގައިވެސް ހަރުކުރެވިފައި ވަނީ ގަދަ ރަތް ކުލައިގެ ވަރަށް ރީތި އެތިކޮޅެކެވެ. އާދައިގެ މަތިން ހެދުމާއި ގުޅޭނޭހެން ގަދަ ރަތް ކުލައިގެ ތުނި ތުނި ސްކާފެއް އެދޮން ކަރު ވަށައިގެން އަޅާފައިވެއެވެ. ކަޅުކަން ގަދަ ފަން ފަން ދިގު އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު ދެފަރާތުންވެސް ކުރިމައްޗައް އިސްތަށިގަނޑުގެ އެއްބައި ގެނެސްފައިވާއިރު ބޮޑުބައެއް ވަނީ މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލައިފައެވެ. ކުރުކޮށް ކޮށާލެވިފައިވި އިސްތަށިކޮޅުތައް ދެފަރާތުންވެސް މޫނުމައްޗައް ދޫކޮށްލައިފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މޫނުމަތިންވެސް އަބަދުވެސް ފެންނަން ހުންނަ އުޖާލާކަން ފެންނަން ހުއްޓެވެ. ބޮޑު ދެލޯ ވަށައިގެން އައިލައިނާއިން ފަވާލުމަށްފަހު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެދެލޮލުގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ގަދަ ރަތް ކުލައިގެ ލިޕްސްޓިކުން އެދެ ތުންފަތް ފަވާލައިފައިވުމުން އެދޮން މޫނާއި ނުހަނު ގުޅެއެވެ. އައިލީން ފެނުމުން ޔޫހާންގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. މާލެ އައިތާ ދެހަފްތާ ތެރޭގައި އޭނައަށް އެހިތުގެ ރާނީ ފެނުނީއެވެ. މިއަދު ޔޫމިން ބަލާ އޭނައަށް ދެވުނުކަމީ ނަސީބޭ ޔޫހާންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އައިލީން މާލޭގައި އުޅޭކަމެއްވެސް އޭނައަަކަށް ނޭނގުނީހެވެ. އައިލީންމެންްގެ ރަށުގައި ޗުއްޓީ ހޭދަކޮށްލަން ގޮސް ހުއްޓާ ބައްޕަ މެލޭގައި އެކްސިޑެންޓްވި ޚަބަރު ލިބުމުން އޭނަ ވީ އެންމެ އަވަހަކަށް މެލޭއަށް ދިޔަ ގޮތަށް އަމިއްލަ ގައުމަށް އަނބުރާ އެއައީ ހަތަރު އަހަރު ފަހުންނެވެ. އެ ހަތަރު އަހަރު ތެރޭގައި އޭނާ ވަނީ ބިޒްނަސްގެ ރޮނގުން ވަރަށް ފުރިހަމައަށް ތައުލީމު ހާސިލްކޮށްފައެވެ. ލިބޭ ޗުއްޓީ ތަކުގައި އާއިލާގެ އިތުރުން ރައްޓެހިންވެސް ބައެއް ފަހަރު މެލޭއަށް އަންނަމުން ދިޔުމުން ޔޫހާން ކޮންމެހެން މާލެ ދާން ނޫޅުނީއެވެ. މާލެ އައިސް އޭނާ ވީ އެންމެ އަވަހަކަށް ބައްޕަގެ ބިޒްނަސް އާއި ގުޅެ މިހާރު އެދަނީ ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރަމުންނެވެ. ”ޔޫން ގެއަަށް ނުދަނީތަ؟ ” ހިޔާލުތަކަށް ގެއްލިފައި އިން ޔޫހާން ސިހުނީ ޔުމާން އައިސް ކެބިންގެ ދޮރު ހުޅުވާލަމުން އެހެން ބުނުމުންނެވެ. ” ނޫނޭ… ހިނގާ ދާން… ” ހިނިތުންވެލަމުން ގޮނޑިން ތެދުވެ ޔޫހާން ހިނގައިގަތެވެ. ދެ މީހުންވެސް އޮފީހުން ނުކުމެގެން ސައިކަލަށް އަރާ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.                                   ކްލާސްތައް ކިޔަވައިދީ ނުމުމުން ކުރަން ހުރި އެހެނިހެން މަސައްކަތްތައްވެސް ގަޑި ޖެހުމުގެ ކުރިން އައިލީން ކޮށް ނިންމާލިއެވެ. ގަޑިޖެހުމުން ދެ މީހުންވެސް އަތް ދަބަސް ކޮނޑުގައި އަޅުވައިލައިގެން ސުކޫލުން ނިކުތެވެ. އޭރު އެހެން މުވައްޒަފުންވެސް ދިޔައީ ނިކުންނަމުންނެވެ. މަގުމަތިން ހިނގާފައި ދިޔަ އިރުވެސް އައިލީން ހުރީ ވިސްނުމަކަށް ގެއްލިފައެވެ. ” ކަމް އޯން އައިލީ… ވެދާނެ އެއްނު އެއީ ޔޫންގެ ޑޯޓާ ނޫން ކަމަށްވެސް… ”އެންމެ ފަހުން ރިފްޝާއަށް ނުހުރެވިގެން ބުންޏެވެ. ” ތިބުނީ؟ ” ނޭނގޭ ކަމަށް ހެދެމުން އައިލީން އަހާލިއެވެ. ” އައި ނޯ ވަޓް ޔުއާ ތިންކިން… ޔޫން މިންކޮ ބަލާ އައިމަ އެއްނު… ސޭމް އައި ކަލާ ހުންނާނެ އެއްނު އައިލީ… ބަލާބަލަ ރިފޫ ގެ ދެ ލޮލަށް… ހަމަ އަޅި ކުލަ… އޭގެ މާނައެއް ނޫން ދޯ އެއީ ރިފޫ އަކީ ޔޫންގެ ކޮއްކޮއޭ… ހެހެހެ… ޔޫމިން ވެދާނެ އެއްނު އެއީ ޔޫންގެ ބޭބެއެއް ނޫނީ ދައްތައެއްގެ ޑޯޓާ ކަމަށް ވެސް… ޑޯންޓް ތިންކް ސޯ ނެގަޓިވް… ” ރިފްޝާ ބުނެލި ވާހަކަތަކަށް ވިސްނާލަމުން އައިލީން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ވާހަކައިގައި ހުރެ ކުރިއަށް ހިނގަމުން ދިޔަ ދެ މީހުންވެސް ހުއްޓުނީ ފެނުނު މަންޒަރުންނެވެ. އެ މީހުނާ ދާދި ކައިރީގައި ހުރި އިމާރާތައް އަންހެން ކުއްޖަކާ އެކު އެ ވަދުނީ އިފާންއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ރިފްޝާ އެހުރި ގޮތައް ހުއްޓެވެ. މިހާާ ދުވަސް ފަހުން އިފާން ފެނުމުން އޭނަ ނުހަނު އުފާވިއެވެ. މިހާރު އަދި ކުރިއަށްވުރެވެސް ސްމާޓެވެ. ހުދު ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ފަޓުލޫނުގައި އިފާން ވަރަށްވެސް ރީއްޗެވެ. ބެގީ ކުރުމަށްފަހު ކަރުގައި ކަޅު ކުލައިގެ ހިމަ ޓައިއެއް އަޅާފައިވުމުން އިތުރަށް ފުރިހަމަކޮށްދެއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ރިފްޝާގެ ތުންފަތައް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އިފާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލައިގެން ހުރި އަންހެން ކުއްޖާ ހަނދާންވުމުންނެވެ. އިފާން އާއި އެކު އެ އަންހެން ކުއްޖާ އެހާ ގާތުގައި ވުމުން ރިފްޝާއަށް މާނަ ނެގުނީ އެންމެ ނުބައިކޮށެވެ. ” ރިފޫ… ދެންމެ ބުނީ ޑޯންޓް ތިންކް ނެގަޓިވް އޭ.. ވެދާނެ ދޯ އެއީ ހަމަ ފާންގެ ކޮއްކޮއެއް ކަމަށްވެސް… ފެމިލީ ފަރާތަކަށް ވެދާނެ އެއްނު… ” އައިލީން އެހެން ބުނުމުން އެކަމާ އެއްބަސްވަމުން ރިފްޝާ ހިނިތުންވެލިއެވެ. އަދި ދެ މީހުންވެސް ކުރިއަށް ހިނގައިގަތެވެ.                                             މާޝާ އާއެކު ގެއަށް ވަދުން އިފާން ހުރީ ހިޔާލަކަށް ގެއްލިފައެވެ. އޭނަގެ ހިތާއި ސިކުނޑީގައި ވަނީ ރިފްޝާއެވެ. ރިފްޝާގެ އެސޫރަ ވަނީ މީގެ ހަތަރު އަހަރު ކުރިން އޭނަގެ ހިތުގައި ފެވިފައެވެ. ކަޅު ކުލައިގެ ހެދުމަކާއެކު ހުދު ކުލައިގެ ސްކިނީގައި ފެންނަލެއް ހާދަ ފުރިހަމައެވެ. އަޅި ކުލައިގެ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެލޮލަށް ބަލާ ފޫހިނުވެއެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮނޑާ ހަމައަށް އަންނަ ފަން ފަން އިސްތަށިގަނޑު ވަނީ އެއްފަރާތުން ކަފިކޮށްލާފައެވެ. ” ފާން… ފާން… އިފާން… ” އިފާން ސިހުނީ އޭނަގެ ކޮނޑުގައި އަތްލަމުން މާޝާ ގޮވާލި އަޑަށެވެ. އޭނާ އަވަސް އަވަހަށް ކިހިނެއްވީތޯ އަހާލިއެވެ. ” ކިހިނެއްވީހޯ… މިހާރު މިތާ ހުރެގެން ގޮވާގޮވާ ވަރުބަލިވެއްޖެ… މިތާ އިށީންދޭ… އެބަ އަންނަން ޖޫސް ތައްޓެއް ހިފައިގެން… މާޝާ މިހެން ބުނެ ކާބަޔަށް މިސްރާބު ޖެހިއެވެ. އިފާން ސިޓިންރޫމުގެ ސޯފާގައި އިށީނެވެ. މާޝާ އަކީ ސުކޫލު ދައުރުގެ ރައްޓެއްސެކެވެ. އޭރުއްސުރެ އެދެމެދުގައި ރަހްމަތަތެރިކަން އޮވެއެވެ. އިފާންއަށް ނޭނގުނު ކަމަކީ މާޝާގެ ހިތުގައި އޭނައަށް އެހެން މަގާމެއް ދެވިފައިވީކަމެވެ.                                             އޮފީސް ދޮރުމަތީގައި އެކުވެރިންގެ އިންތިޒާރުގައި ޝައުނާ ހުއްޓެވެ. އެހެން ހުއްޓާ މަގުމަތިން ދިޔަ ސައިކަލެއް އޭނަގެ ލޮލުގައި އަޅައިގަތެވެ. އޭނައަށް މާވަރަކަށް ބަލާތީ ޝައުނާވެސް އެ ޒުވާނާއަށް ރަނގަޅަށް ބަލައިލިއެވެ. ޕީޗް ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ފަޓުލޫނުގައި ސައިކަލުގައި އެ އިނީ ޔައިޝްއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލައިފައިވީ އިރު އެދެލޯ ވަނީ އަވި އައިނަކުން ފޮރުވާލާފައެވެ. ސައިކަލުގައި އިން ޔައިޝްގެ ހިތް އުފާވެރިކަމުން ވަށާލިއެވެ. ޗޮކްލެޓް ކުލައިގެ ހެދުމަކާއެކު ކަޅު ކުލައިގެ ސްކިނީގައި އެހުރީ ޝައުނާއެވެ. އެ ބުޅި އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިފައިވުމުން ރީތިކަން އިތުރުކޮށްދެއެވެ. ވަގުތުގެ ގޮތުން އޭނައަށް މަޑުކުރެވެން ނެތީއެވެ. އެ ހިތް އެދި ގޮވަމުން ދަނީ މިހާރުވެސް މަޑުކުރުމަށެވެ. ” ޝައު…” އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެންހުރި ޝައުނާ ސިހުނީ އައިލީން ގޮވާލުމުންނެވެ. ” ކާކަށްތަ މާ ވަރަކަށް ތި ބަލަނީ؟ ” އައިލީން އަހާލިއެވެ. ”ޔައި… ޔައިޝް ” ނޭނގުމެއްގެ ތެރޭގައިހުރެ ނަމަވެސް ޝައުނާއަށް ބުނެވުނެވެ. ” އަޅެ މިއަދު އެންމެންވެސް ފެންނަ ދުވަހަކީ ތަ… ” ރިފްޝާ ބުނެލިއެވެ. އަދި ގެއަށް ދިޔުމަށް ތިން އެކުވެރިންވެސް ހިނގައިގަތެވެ. ގެއަށް ދިޔަ މަގުމަތީގައި މިއަދުގެ ހާދިސާތައް ރިފްޝާ އާއި އައިލީން ޝައުނާއަށް ކިޔައިދެމުންދިޔައެވެ.                               ”ޑެޑީ… ޑެޑީ… ” ގެއަށް ވަދެގެން އައި ޔުމާންގެ ގާތަށް ދުވަމުން ދުވަމުން ޔޫމިން އައެވެ. އެ މަންޒަރު ބަލަން ސިޓިންރޫމުގައި ހެވިފައި އަފީފާގެ އިތުރުން މީޝާ އިނެވެ. ޔުމާން ލޮއެބާއެކު އޭނަގެ ހަގު ދަރިފުޅު އުރާލިއެވެ. ” ޑެޑީގެ މިންކޮ.. ސުކޫލުގަ ބަސްއެހިންތަ؟ ” ޔުމާން އެހެން އަހާލުމުން ޔޫމިން ބޯޖަހާލިއެވެ. ޔޫހާންވެސް އައިސް ޔޫމިންގެ ކޮލުގައި ހިފާލަމުން ލޯބިކޮށްލިއެވެ. ” ކޮއްކި މިއަދު ސުކޫލުން އައީ ދޮންބެ އާއެކު… ދޮންބެ މިންކޮގެ އައިލީ އާންޓީ އާ ފްރެންޑްތަ؟ ދޮންބެ ވަރަށް ގިނަ އިރު ހުރި އައިލީ އާންޓީއަށް ބަލަން… ކޮއްކި އަތުގަ ހިފާފަ ތަޅުވާލީމަ ދޮންބެއަށް އިނގުނީ ކޮއްކި އައިކަމެއްވެސް… މިންކޮއަށް އަޑު އިވުން ދޮންބެ އައިލީ އާންޓީ ނޭމް ކިޔާލި އަޑުވެސް… ” ޔޫމިން ބުނެލި ވާހަކަތަކުން ޔޫހާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް ނޫނެކޭ ބުނެ މީހަކަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ސިޑިން އަރައިގެން އޭނަގެ ކޮޓަރިއަށް ދިޔައެވެ. ޔޫހާންގެ ހަރަކާތަތައް ހުރި ގޮތުން ޔޫމިން އެ ބުނީ ތެދު ވާހަކައެއްކަން އެތާތިބި އެންމެނަށްވެސް އިނގުނެވެ. ޔޫހާންއަށް ވީ ގޮތުން އެންމެންވެސް ތިބީ ހިނި އައިއްސައެވެ.                                         ”ދޮންތާ… ކޯންޗެއް ކާން ހުރީ؟ ވަރަށް ބަނޑުހައި ވެއްޖެ… ” ގެއަށް ވަންނަމުން އައިލީން އޭނަގެ ދޮންތަ ގާތު އަހާލިއެވެ. ޝައުނާ އާއި ރިފްޝާ ވެސް ފަަހަތުން ވަނެވެ. ” ކާން ހުރީ ބަތާ ރިހާކުރާ ތެލުލި ފަތާ… އާދޭ އަވަހަށް ކާން… ދޮންތަވެސް މި އިނީ ތިކުދިންނާއެކު ކާން.. ” ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން އާޝީޔާ ބުންޏެވެ. ސޯފާގައި އަތް ދަބަހާއި ފޯނުތައް ބެހެއްޓުމައްފަހު ތިން ކުދިންވެސް އާޝިޔާގެ ފަހަތުން ކާބަޔަށް ވަނެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނާއި ހުރީ އެންމެ މީރު އެއްޗެހި ކަމުން އެންމެންވެސް ވަރަށް ފޯރީގައި ކެއުމައިގެން ކުރިއަށް ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހައިރާ?(ދެވަނަބައި)

Next

އެ ހަނދާން އާވާނޭ……….. (ޓްރެއިލާރ)

Next
May 29, 2018

އެ ހަނދާން އާވާނޭ……….. (ޓްރެއިލާރ)

Previews
May 29, 2018

ހައިރާ?(ދެވަނަބައި)

35 Comments!

  1. Ifoo ifoo says:
    May 29, 2018 at 6:13 pm

    Salaam dear readers ???❤❤❤??????????????????… Here is the 11th part ???… Hope all will like this part too ???❤❤❤??????… sorry dear readers mi part lasvikamahtakaa ???… ifoo bxy kamun lasvee n more than 1000 words liyun fahun by mistake hadhaalevun gothakun again rewrite kuran jehuny…hehe.. adhi last partge comments thakah reply vx nukohlevey dhw… In Sha Allah mireyge vaguthehgaa reply kohlaanan ???❤❤❤… Thankyou so much all for the support ❤❤❤???????????????????????❤❤❤… waiting for comments ???❤❤❤… mistakes hunnanyaa buneladhechey ingey ???… ifoo ufalaa eku balaigannaanan ???❤❤❤???…

  2. Zaari says:
    May 29, 2018 at 6:27 pm

    V.reethi

    1. Ifoo ifoo says:
      May 31, 2018 at 4:09 pm

      Thankyou so much Zaari ❤️❤️❤️???????????????…

  3. Shiman says:
    May 29, 2018 at 6:34 pm

    Masha Allah vvvvvv reethi mi part …..waiting for next part❤❤❤????????

    1. Ifoo ifoo says:
      May 31, 2018 at 4:10 pm

      Thankyou so much Shiman ❤️❤️❤️??????????????????… It means a lot for me ???…

  4. Pinky says:
    May 29, 2018 at 6:49 pm

    Alhe avaha up kohladheebala .. v reethi

    1. Ifoo ifoo says:
      May 31, 2018 at 4:11 pm

      Thankyou pinky… Now next part kiyaaleveyne ???..

  5. unique says:
    May 29, 2018 at 7:03 pm

    thank you soooo much ifoo i had waited a lot

    1. Ifoo ifoo says:
      May 31, 2018 at 4:12 pm

      I’m really sorry unique dear ehaa dhigu inthizaareh kuran jehunyma ???… V v ufaavey story ehaa kiyaahihvaakan ingunyma ??????❤️❤️❤️??????…

  6. Stry kiyaa man says:
    May 29, 2018 at 7:07 pm

    Perfect work..vvvvv salhi mi part.aharu thah fass aee dhw.ekam ifoo than kolheh fahun kudhin thakaa dhimaa kuri nama.mi buny faharaku kujjaka eki part thakun dhimaa kuri nama ey. Ehen hedhi nama maa furihama viyys kan nyge.
    Mi goih vex ok. Dear strt ga eba aadhe ehnu dhw e kujjeh huna goih.mi buny reethi vefa huna goih .ebai thah than kolheh kuru koh foani koh himanaa laanama. Eyrun ehen bai thakah bodah furushathu dheveyne hen heevany. Mi goih hadi viyy makaa eh noon igey .salhi miyy thi vex.thah kolheh avahah next part up kohla dhehchey ifoo……
    Keep it up ifoo……………
    Waiting 4 nw part……
    -salaam-?????

    1. Ifoo ifoo says:
      May 31, 2018 at 4:59 pm

      Thankyou soooo much story kiyaa man thi faahaga kohla dhin kankamah ❤️❤️❤️????????????… Yesss… Mi part meee aharu thakeh fass… Man thi buni gothah hedhun nama maa salhi veee henn ifoo ah vx heevany ???… Dhn kuhjaa sifakohdhey than than maa dhigu koh genesdhevey kamah ifoo vx gaboolu kuran.. Aslu vaagothakee ifoo v v v sifakurunthah gennahihvey… Ehenve knme part eh gavx ebaithah ehaa dhigukoh genesdheveny… Ethan than thankolheh madhu kurevey thr ifoo try kuraanan ingey In Sha Allah ???❤️❤️❤️… V v v ufaavehje story kamudhiyaima n ragalhu kuran v kanthahthah buneladhy man ge hiyaalu ifoo ah share kohleema ??????❤️❤️❤️… Thankyou ??????❤️❤️❤️?????????…

  7. Nakhla says:
    May 29, 2018 at 7:09 pm

    Haadha kurey

    1. Ifoo ifoo says:
      May 31, 2018 at 5:01 pm

      Sorry for that ???..

  8. Shau says:
    May 29, 2018 at 7:25 pm

    Wow! Just luv ur story

    1. Ifoo ifoo says:
      May 31, 2018 at 5:02 pm

      Awwwwnn ❤️❤️❤️??????… Thankyou soooooo much Shau ❤️❤️❤️?????????… V v v v ufaavehje ??????…

  9. unique says:
    May 29, 2018 at 7:30 pm

    vvvvvvvvvv reethi hama bunaane ehchevves neygey…. hama ehaa reethi cant wait for next part

    1. Ifoo ifoo says:
      May 31, 2018 at 5:04 pm

      Awwwwnn ❤️❤️❤️??????… Thankyou soooooo much unique dear ❤️❤️❤️?????????… V v v v ufaavehje ??????… V v v ufaavey unique ge comment knme part akun vx fennaathy ??????❤️❤️❤️?????????…

  10. Dhon goma says:
    May 29, 2018 at 7:33 pm

    Kebinnah vadhumah fahu dhorun vadhumun Dhivehi bahun mihen liyefa onnaathee varah aibu dhivehin liyaairu liyaanee kebinnah vain iru noonee vadhevunu iru

    1. Ifoo ifoo says:
      May 31, 2018 at 5:06 pm

      Thankyou soooooo much mistake buneladhyfa ragalhu goivx buneladhinyma ❤️❤️❤️?????????… V v v v ufaavehje ??????… Dhen faharakun ragalhu kohlaanan In Sha Allah ???❤️❤️❤️…

  11. Zee says:
    May 29, 2018 at 8:16 pm

    Varah nice ingey abadhuves inthizaaru kuran vaahak
    a up kohlaane irakah

    1. Ifoo ifoo says:
      May 31, 2018 at 5:07 pm

      Awwwwn ❤️❤️❤️??????… Thankyou soooooo much Zee ?????????… V v ufaavehje ???…

  12. Aesh says:
    May 29, 2018 at 9:29 pm

    alhey.. emme beynun vaa hisaabun ifoo konme faharaku thi nimmaalany… vrh vrh vrh reethi story.. maa sha allah.. vrh furihama.. nxt part kon irakun? curiously waiting… 🙂

    1. Ifoo ifoo says:
      May 31, 2018 at 5:09 pm

      Heheheh ???… Thankyou soooooo much Aesh ❤️❤️❤️?????????.. V v v ufaavehje story reethi v ma ???… Next part now kiyaaleveyne ???…

  13. Naju says:
    May 29, 2018 at 9:44 pm

    V v v v v v v rythi mi story n next part adhi miyah vure salhi vaane hen hyvany ifoo. Keep it up

    1. Ifoo ifoo says:
      May 31, 2018 at 5:11 pm

      Awwwwnn ❤️❤️❤️?????????… Thankyou soooooo much Naju ❤️❤️❤️?????????… V v v v ufaavey knme parteh gavx Naju ge comment fennaathy ???❤️❤️❤️???… Thanks a lot dear ❤️❤️❤️???…

  14. Maya says:
    May 29, 2018 at 10:50 pm

    Alhey hama habbu mi part vs

    1. Ifoo ifoo says:
      May 31, 2018 at 5:12 pm

      Awwwwnn ❤️❤️❤️?????????… Thankyou soooooo much Maya ???❤️❤️❤️?????????… It means a lot for me ???…

  15. Mal says:
    May 30, 2018 at 11:12 am

    Varah reethi ngy vaahaka??…ekam kuru dhw aslu?ehaakiyaahithun indha nimunii?next part avahah up kohdhehchey??… love’s❤❤

    1. Ifoo ifoo says:
      May 31, 2018 at 5:14 pm

      Awwwwnn ❤️❤️❤️?????????… Thankyou soooooo much Mal ???❤️❤️❤️?????????… It means a lot for me ???… V v v ufaavey Mal ge comment mihaaru knme partehga vx fennaathy ??????❤️❤️❤️???… Sorry kuruvyma… Ifoo bxy v ma liyevey varu mee ???… Much more loves from me ❤️❤️❤️????????????…

  16. Livy says:
    May 30, 2018 at 12:59 pm

    Alhe wowwww haadha reehcheyyy.. Thank you soooo much ifoo ehaa reethi story eh genesdheythy.. ??Mihaaru mi site in emme kiyaalevey hithun kiyaalevey story mee.. ??❤❤❤ asluves ?????? ifoo dhen dress code thah gensdhyfa hunnaleh hama varah loabi kurin ves buni hen ???????????? yoon haadha reehchey adhi mihaaru vakin ???? yai ves faan ves.. Ekam faan anekka kon kujjakaa eky tha miulheny.. Rifoo dhera nukollahchey ??❤❤ waiting for next part ingey.. Loabivey ???????????

    1. Ifoo ifoo says:
      May 31, 2018 at 5:24 pm

      Livy dear ❤️❤️❤️???????????????… Ifoo kykeytha bunaanee vx… U made me speechless ???… V v v v v v v v v bodu koh thanks dear ???❤️❤️❤️?????????… Knme faharakuvx Livy ge comment kiyaalaafa ifoo v v v v ufaavey ??????❤️❤️❤️??????… Enme kiyaahihvaa story ah v ma adhivx v v v ufaavehje ??????❤️❤️❤️???… Thankyou soooooo much dear ???❤️❤️❤️???.. Knme faharakuvx repeated koh Livy ge comment ifoo ah kiyaalevey ❤️❤️❤️??????… I really love ur colourful long comments ❤️❤️❤️?❤️??????… I’m soooooo glad that u liked the way how I described the dress code ❤️❤️❤️??????… Ifoo v describe kohdhey hihvey dress code ???… Yoon asluvx v salhi dhw now… 3 kudhinn vx hama reethi ??????.. Heheh… Let’s see dhw rifoo ah vaagotheh ???… Much much more n more loves from me ???❤️❤️❤️???????????????…

  17. Maya says:
    May 30, 2018 at 2:39 pm

    Waiting for the next partttttt.. hope varah avahah up kohdheene kamah!
    best of luck ifooooo

    1. Ifoo ifoo says:
      May 31, 2018 at 5:26 pm

      Thankyou so much Maya ❤️❤️❤️?????????… Next part now kiyaaleveyne ???…

  18. Shaama says:
    May 31, 2018 at 4:05 am

    Yoohaan ge bappa niyaavegennu malay ahdhiyaii.. dhn anehkaa file thah nimmaafa bappa aa havaalu kuraa vaahaka inyma hamaeh nujehe ehnh.. bdw story varah salhi dhaa goii ??

    1. Ifoo ifoo says:
      May 31, 2018 at 5:45 pm

      No Shaama… Yoohaan ge dad marehnuvey… Yoohaan ge dad accident vegen malay ah dhiya kamah ifoo innaanee liyefa… ???… Thankyou so much ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 12←


All Right Reserved!