Skip to content
އެސްފިޔަ

ހުޅުކޮޅު 7

“އޯކޭ… ސްޓަޑީސް އެއްފަރާތް ކޮށްލާފަ ދެން ބަލާބަލަ ޔައީޝް އަށް.. އޭނާގެ ފަހަތުގަ އަބަދު ތިއުޅޭ ސަބަބެއް ނިކަން ބުނެބަލަ..” ރައިފާ އަނެއްކާވެސް ޒިވާއަށް ބަހުގެ ޙަމަލާތަކެއް ރައްދު ކޮށްލިއެވެ. ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބު އޮންނާނެ ބާއެވެ؟

ޒިވާ ހިނިތުން ވެލީ ރައިފާ އަށް ވިސްނޭނެ ދުވަހެއް އަވަހަށް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރާ ޙާލުއެވެ. “ވަރަށް ބޮޑަށް މަޢާފު ކުރޭ.. ޒިވް ނޫޅެން ޔައީޝްގެ ފަހަތުންނެއް.. ވީ އާ ޖަސްޓް ފްރެންޑްސް.. އޭގެ އިތުރަށް އެއްވެސް ކަމެއް ނެތް.. ރައި ޤަބޫލު ކުރުމާ ނުކުރުން އެއީ އެހެން ކަމެއް.. އެކަމަކު މިއީ ޙަޤީގަތް.. ޤަބޫލު ނުކުރިޔަސް އެކަން ދެނެވޮޑިގެން ވާ ފަރާތެއް ވޭ.. އެކަން މި ސިކުނޑީގައި ހަނދާން ބަހައްޓައްޗޭ..” ރައިފާގެ ބޮލުގައި އަތް ޖައްސާލަމުން ޒިވާ ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. އެއަށްފަހު ރައިފާ ބުނާނެ އެއްޗަކަށް ބެލުމެއް ނެތި އެތަނުން ދާން ހިނގައި ގަތެވެ. އެ ދެމީހުން އެ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ދުރުގައި އެވާހަކަތައް އަޑު އަހަން ތިންވަނަ ފަރާތެއް ހުރިކަމެއް ނޭނގެއެވެ. އެމީހަކު ދެއަތް މުއްކަވާލީ ކެތް ނުކުރެވިގެން ކެތް ކުރެވޭތޯ މަސައްކަތް ކުރަން އުޅޭ ފަދައިންނެވެ.

ރައިފާ ޒިވާ ދިޔަތަން ބަލަން ހުރީ ލޮލުން އަލިފާން ކަނި ބުރުވަމުންނެވެ. ހާދަހާ ފޮނިވެގެން އުޅޭ އަންހެނެކެވެ. އޭނާއާއި ދިމާލަށް އެގޮތަށް ވާހަކަ ދައްކާފައި ޒިވާ އެ ދިޔައީ ރައިފާ އަކީ ކާކުކަން ނޭނގޭތީއެވެ. އަދި ޒިވާއަށްވެސް ރަނގަޅަސް އެކަން އޭނާ އަންގާލަދޭނެއެވެ.

“ޔޫ.. ޒިވާ.. ހީ ނުކުރާތި މަވެސް މަޑުން ހުންނާނޭ..” ރައިފާ ނުރައްކާ ފާޑަކަށް ޒިވާ ދިޔަ ދިމާލަށް އިނގިލި ދިއްކޮށްގެން އެ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެއަށްފަހު ދަތްކުނޑި ވިކާލަމުން އޭނާގެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

****

ގޭތެރެއަށް ވަދެގެން އައި ޔައީޝް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު ގޮސް ކިޔަވާ މޭޒު ކަރީގައި އިށީނދެ ދެއަތުން ނިތްކުރި މަތީގައި ހިފަހައްޓާލިއެވެ. ހީވާ ގޮތުން އޭނާ ވަރަށް ބޮޑު ކަމަކާއި ފިކުރު ކުރަނީއެވެ. “އާހްހް.. ވަޓް އިޒް ޔޯ ޕްރޮބްލަ” ޔައީޝް ކޮންމެވެސް މީހެއްގެ ވާހަކަ އަމިއްލަ ނަފްސާއި ދައްކަމުން ދިޔައެވެ. ނަމަވެސް އޭނާގެ ޖުމުލަ ފުރިހަމަ ނުވަނީސް ސިއްސައިގެން ގޮސް އިންތަނުން ތެދުވެވުނީ ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. ރައިފާ އާއި ވާހަކަ ދައްކާލައިފައި އައި ނަމަވެސް އޭނާއަށް އެއުޅެނީ ހަމަޖެހުމެއް ނުލިބިގެންނެވެ. ރައިފާއަށް އަނެއްކާ ގުޅަން ވީ ހެއްޔެވެ؟

ދުވެފައި ޔައީޝް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއިރު ދޮރު ކުރިމަތީގައި ދޮރުގެ ކަނީގައި އެ އަތް އަޅުވާލައިގެން އަނެއް އަތުން އުނަގަނޑުގައި ހިފަހައްޓާލައިގެން ޔަންހާ ހުއްޓެވެ. ދޫ ކަޅުކުލައިގެ އަބާޔާއެއްގައި ވީ އިރު ކަޅުކުލައިގެ ގޭގަ އަޅާ ބުރުގަލެއް އަޅާލައިފައި ވީ ގޮތުން އޭނާ ފެންނަނީ ވަރަށް ސާދާ ކޮށެވެ. އޭނާގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވޭވޭ ހުއްޓެވެ. އެ ރީތި ދެބުމަ ކައިރިކޮށްލާފައިވީގޮތް އެކަމުގެ ހެތްކަކަށް ފުދޭނެއެވެ. ޔަންހާ ހުރި ގޮތުން ޔައީޝްއަށް ބާރަށް ހޭން ފެށުނެވެ.

“ހީބަލަ.. މިހާރު ކޮން އިރެއްތަ މީނދަ ފެންނަ ދޮރުގަ ދޮންތަ ތަޅާތާ… މީހަކު ރުޅި ނައިއްޔާ ދެރައެއް ނޫންތަ؟ ސަހާދެ މިސޮރެއް އުޅޭ ގޮތަކުންވެސް… އަދި ދެން ހުރި މީހަ މިއަށްވުރެ ކަންތައް ބޮޑުވާނެ ކަންނޭނގެ.. މި ކަންފަތަށް ހަމަ އަޑު ނީވުނީތަ އެވަރަށް ޓަކި ޖެހި އިރުވެސް؟” ޔަންހާ ކުދި ކިޔަމުން ގޮސް ޔައީޝްގެ ކަންފަތުގައި ހިފާލިއެވެ.

“އައުޗް ދޮންތާ… ދޫކޮށްބަލަ.. ހާދަ ތަދުވެޔޭ… ތި އަތުގަ ބާރުވެސް ގަދައޭ ދޯ.. ސައުދީގަ ހުރިއިރު ޖިމަށް ދިޔައިން ދޯ.. ހެހެ..” ޔައީޝް ދެލޯ ފިއްތައިގެން ހުރެގެންވެސް ސަކަރާތް ޖަހަމުން ދިޔައެވެ. “މި ކަންފަތަށް ތަދުވާއިރު ދޮންތަ އަތަށް ވެސް ތަދުވެއްޖެ މިތާ ތަޅާ ތަޅާ..” ޔައީޝްގެ ކަންފަތުން އަތް ނައްޓާލުމަށްފަހު ޔަންހާ ލޯބިން އެ ކަންފަތުގައި އަނެއްކާ ފިރުމާލިއެވެ. އަދި ތަދުވިތޯ އަހާލުމުން ޔައީޝް ނޫނެކޭ ބުނެ ޔަންހާގެ ކޮލުގައި ކުޑަކޮށް ހިފާލިއެވެ. އެ ތިންބެއިންގެ މެދުގައި އޮންނަނީ ވަރުގަދަ ގުޅުމެކެވެ. ދުވަހަކުވެސް އެކަކަށް އަނިޔާއެއް ލިބެން އަނެކަކު ނޭދޭނެއެވެ.

“އަސްލު ކީއްކުރަންށޯ ދޮންތަ ޔައި ގެ ކޮޓަރީގަ މާ ވަރަށް މި ތެޅީ؟ އެއްޗެހި ކިޔަންތަ ހަމަ ތި އައީ؟ ޔައި ކިރިޔައޭ ބިރުން ފިތްކަނޑައިގެން ނުދިޔައީ ދޮރުގަ ތަޅައިގެން އަޑަށް..” ޔައީޝް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އާން.. އެވާހަކަ ދޯ.. ހަނދާން ނެތޭ ވަރު ޔައި ކޮށްފިއޭ.. އަވަސް ކޮށްގެން ކާން އާދޭ.. ބަނޑުހައެއް ވެސް ނުވޭދޯ؟ ކާން ދާށޭ ބުނަންވެގެން މިއައީ.. ދެވަނަ ފަހަރަށް ދޮރުގަ ތަޅައިގަންނަން ނާންނަނީސް އަވަހަށް ފްރެޝް ވެލައިގެން އާދޭ… އަންނާނަން ދޮންބެ ކޮޓަރީގަ ތަޅައިގަނެފަ.. ހެހެ” ޔަންހާ ބުނެލި އެއްޗަކުން ޔައީޝްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ދޮންތާ.. ވެއިޓް.. ޔައިި ވެސް ދާނަން.. ވަރަށް މަޖާ ވާނެ ދޮންބެ ބިރުގަތީމަ.. ހެހެ” ޔައިޝްއަށްވެސް ފޯރި އަރައިގަނެގެން ޔަންހާ އާއި ބައިވެރިވާން ނިންމިއެވެ.

މަޑުމަޑުން ގޮސް ދެމީހުން ޔުއާންގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލިއެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ބޯ ޖަހާލިއެވެ. އެއަށްފަހު އެއްފަހަރާ ދެމީހުންގެ އަތްތަކުން ދޮރުގައި ތަޅާއިގަތީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ.

ކޮޓަރީގައި ފޯނަށް ގެއްލިފައި އޮތް ޔުއާން އެނދުން ތެދުވީ ގަޔަށް ދިރޭ އެއްޗެއް އަރައިގެން ކުއްލިޔަކަށް ތެދުވާ ފަދައަކުންނެވެ. މަންމާ އޭ ކިޔާ ބާރަށް ހަޅޭތް ވެސް ލަވައިގަތެވެ. އަތުގައި އޮތް ފޯނުވެސް ވިއްސައިގެން ގޮސް މާ ދުރަށް ޖެހުނެވެ. އަވަސް އަވަހަށް ދުވަމުން ގޮސް އޭނާ ދޮރު ހުޅުވާލި އިރު މައި ނޭވާ ލެވެއެވެ.

ދޮރު ހުޅުވާލި އިރު ދޮރު ކުރިމަތީގަިއ މައިނޭވާ ލެވި ލެވި ހުރި ޔުއާން ފެނި ޔަންހާ އާއި ޔައިޝް ބަނޑުގައި އަތް އަޅައިގެން ތިބެ ހޭން ފެށިއެވެ. އޭނާގެ މޫނުމަތިން އޮށްދާ ހިތްލައިފައި ވިއެވެ. ބިރުން ހުރި ވަރުން ހީވަނީ ދެންމެ ދެންމެ ރޮއެގަތް ފާނެހެންނެވެ.

“އަރރރ.. ދޮންތާ.. ތި ދެމީހުންގެ ކަންތައް ދޯ.. ކިހާ ދެރަ ކަމެއް؟ ޔޫން ގެ ފޯނު ވެސް ދިޔައީ ވިއްސައިގެން ވިއްޔަ.. ނޭނގެ އެ ލޯބި ލޯބި ދަރިފުޅު ސަލާމަތުން އޮތް ކަމެއް ވެސް..” ޔުއާން ދަރިފުޅޭ އެބުނީ އޭނާގެ ފޯނަށެވެ. އޭނާގެ ފޯނުދެކެ އޭނާ ވަނީ އަމަށަކު ލޯތްބެއް ނުނެވެ. ފެނަށްވުރެވެސް އޭނާއަށް މުހިއްމު ވާނީ ފޯނެވެ. ދުނިޔޭގައި އެ އެއްޗަކާއި ނުލައި ނޫޅެވޭނެ އެއްޗެއް ބުނާށޭ ބުނެފި ނަމަވެސް ލިސްޓުގެ އެންމެ ކުރިއަށް ޖައްސާލާނީ ފޯނެވެ.

ޔުއާންގެ ޢަމަލުތައް ހުރި ގޮތުން ޔަންހާ އަށާއި ޔައީޝް އަށް ކެތެއް ނުވިއެވެ. ޔުއާންވެސް އައިސް ޔައީޝްގެ ފުށްކިބައިގައި ބާރަކަށް ޖަހާލިއެވެ.

“ކަލޭނޭ މިގެއަށް ބަޔަކު ވަނީތަ އަޅެ؟ ކިހިނެއް ވެގެންތަ މިއުޅެނީ؟” ބަދިގޭގައި ހުރެފައި ހެދުމުގެ ފަސްބައި ނަގއިގެން ކުޑަކޮށް ދުވަމުން އައި ހައިފާ އެކުދިން ގާތު ހުއްޓިލަމުން ބުންޏެވެ. އެވަގުތު އެއީ އެމިހުންގެ ސަކަރާތެއްކަން އެނގި ހިނި އައިސް ހުރެ ކުދެ ކިޔަމުން އަނބުރާ ބަދިގެއަށް ދިޔައެވެ.

****

ޒިވާ ގެއަށް ވަދެގެން ދިޔައީ ދިގު ފިޔަވަޅު ތަކެއްގައެވެ. ކުރިމައްޗަށް މީހަކު އެރިކަމީ އޭނާގެ ބަދުނަސީބު ބާއެވެ؟ “އަނހަ… ޒިވްކޮ އައީތަ؟” ޒިވާގެ ސީދާ ކުރިމަތީ ހުއްޓިލައިގެން ހުރި ނައިޝަމް ޒިވާ ގާތު އެހިއެވެ. ޒިވާ ހަމައެކަނި ބޯ ޖަހާލުމަށްފަހު އަނބުރާ ކޮޓަރިއަށް ދިޔައީއެވެ. ނައިޝަމް ފަހަތަށް އެނބުރި ޒިވާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭނގިގެންނެވެ. އެހެންޏާ ޒިވާއަކީ އެގޮތަށް އަނގައިން ނުބުނެ ދާ ކުއްޖެއް ނޫނެވެ. އަނެއްކާ ސްކޫލުގައި ކަމެއް ވީ ބާއެވެ؟ އޭނާގެ ތޫނު ސިކުޑިއަށް ޒިވާގެ އެއްވެސް ކަމެއް ނުފޮރުވޭނެއެވެ.

ޒިވާ އެންމެ ފުރަތަމަވެސް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އެ ވަގުތު އޭނާގެ ދެލޯ ފުރިގެން އައެވެ. ފުސްވަމުން ފުސްވަމުން ގޮސް ތަނެއް ފެންނަ ވަރުވީ ލޮލުން ފެންތައް ފައިބައިގަތުމުންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ދުވެފައި ދިޔަ ބާރުމިނުގައި އޭނާ ނިދާ ބަޔަށް އެރިއެވެ. އެއަށްފަހު ދަބަސް ކިޔަވާ މޭޒު ކައިރީގަ އިން ގޮނޑީގައި ބައިންދާލުމަށްފަހު އެނބުރި އަނެއްކާ ސިޑިން ފައިބަން ފެށިއެވެ. ވާތް ފަރާތުގެ ފޮތް ހަރުގަނޑާއި ދިމާލަށް މަޑުމަޑުން އޭނާ މިސްރާބު ޖެހިއެވެ. ތަފާތު އެކި ފޮތް ތަކުން ފުރިފައި ވީއިރު އެތަނުން އެއްޗެއް ހޯދަން އުޅުނަސް އެތަށް އިރެއް ވާނެކަން ޔަގީނެވެ. އޭނާ އެތަނުން ކޮންމެވެސް އެއްފަރާތަކަށް ޖެހިލުަށްފަހު ދެފޮތް ދޭތެރެ ދުރުކޮށްލިއެވެ.

ދެން އެތަނުން އޭނާ ނެގީ މަޑު މުށިކުލައަކަށްދާ ކުލައެއްގެ ބަނޑޭރިގަނޑެއް ލާފައިވި ފޮތެކެވެ. ބޭރުގައި އެކައްޗެއް ވެސް ލިޔެފަކާ ނެތެވެ. އެ ފޮތް މެޔާލައި ބޮނޑިކޮށްލަމުން ސިޑިން މައްޗަށް އަރަން ފެށިއެވެ.

ތުން ފިއްތާލައިގެން ހުރެ އެ ފޮތް ހިފައިގެން އައިސް ކިޔަވާ މޭޒުދޮށުގައި ޒިވާ އިށީނެވެ. އެއިރު އެ ކޮޓަރީގެ ހުޅުވާލާފައިވި ކުޑަދޮރުން ސާފު ވައި ވަންނަމުން ދިޔައެވެ. އުޑުމަތި ފުދޭވަރަކަށް ބަނަ ކަމަށް ދައްކައެވެ. އަވި ނިތްވާލައިފައި އޮތުމުން ބަނަ ވިލާތަށް އިރުގެ މައްޗަށް އަތް ގަދަކުރަމުން ދިޔައެވެ. ޒިވާގެ ކޮޓަރީގައި ހުރި މަޑު ފިޔާތޮށި ކުލައިގެ ދިގު ދޮރުފޮތިތައްވެސް ދިޔައީ ގަދަޔަށް ވިހުރެމުންނެވެ. ވައިގެ ވަރުގަދަ ޙަމަލާތަކަށް އެ ނިކަމެތި އެއްޗިއްސަށް ކެތް ނުކުރެވިގެން ތެޅިފޮޅެމުން ދިޔައެވެ.

ޒިވާގެ ޙާލަކީވެސް އެއީއެވެ. ރައިފާގެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތަށް މިއަދު ރަނގަޅަށްވެސް ވިހަ ލައިފިއެވެ. އެ ވިހަ ފިލުވޭތޯ އޭނާ ވަރަށް މަސައްކަތްވެސް ކޮށްފިއެވެ. ނަމަވެސް މިއަދު އަދި އެ ފިލާގޮތެއް ނުވިއެވެ.

ކުރިމަތީގައި އޮތް ފޮތަށް އިރުކޮޅެއް ވާންދެން ބަލަން އިނުމަށްފަހު އެ ފޮތް އޭނާ ހުޅުވާލިއެވެ. އެއަށްފަހު ކުރިމަތީގައި އިން ޕެން ހޯލްޑާއިން ގަލަމެއް ނަގައި އެފޮތުގައި ކޮންމެވެސް އެއްޗެކޭ ލިޔަމުން ދިޔައެވެ. އެހިނދު އޭނާގެ ލޮލުން ކަރުނަ ތިއްކެއް އެ ފޮތަށް ވެއްޓި ތަންކޮޅެއްގައި ގަލަމުދެލި ފާއްދާލިއެވެ. އެގޮތުގައި އިރުކޮޅެއް ވާންދެން އިނުމަށްފަހު އެ ފޮތް ލައްޕާލިއެވެ. އަދި އިންތަނުން ތެދުވެގެން ގޮސް އަލަމާރީގެ އެތެރޭގައިވި ކުޑަ ކަބަޑެއްކަހަލަ ފޮށްޓެއް ހުޅުވާލުމަށްފަހު އެ ފޮށީގެ ތެރެއަށް ފޮތް ލައި ފޮށި ތަޅުލިއެވެ. އެއަށްފަހު ހެދުންތައް ކައިރި ކޮށްލީ އެ ފޮށި ފޮރުވާލުމުގެ ބޭނުމުގައެވެ.

ޒިވާ ފާޚާނާއަށް މިސްރާބު ޖެހީ ފެންވަރާލައި ތާޒާ ވެލުމަށެވެ. ހިނދުކޮޅެއްގެ ތެރޭ އޭނާ ފާޚާނާއިން ނިކުތީ ގަދަފެހި ކުލައިގެ ދޫ އަބާޔާއެއް ލައިގެންނެވެ. މޫނުމަތީގައި ފުށް ޖަހާލައި ބޮޑީ ސްޕްރޭ ޖަހާލުމަށްފަހު ނަމާދު ކުރަން ތައްޔާރުވެލިއެވެ.

ދުޢާ އަށް އަތް ނަގައިގެން ހުރެ އެތަކެއް އިރެއް ވާންދެން އޭނާ ދުޢާ ކުރިއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އޭނާގެ އާދައެވެ. ވައިވެސް ގަދަ ކަމުންނާއިއެކީ ޒިވާ ގޮސް ކުޑަދޮރު ކައިރި ހުއްޓިލައި އެތަނުން ދޮރެއްގައި އެއް އަތުން ހިފަހައްޓާލިއެވެ. ވާރޭ ހީވަނީ ހަމަ ދެންމެ ދެންމެ އޮއްސާލަފާނެހެންނެވެ. އެ ކުޑަދޮރުގެ ތިރީގައި އެ ދޮރުގެ އެއްކޮޅުން އަނެއްކޮޅަށް އަންނަވަރުގެ ދިގު ޕޮޓެއް ހަރުކޮށްފައި ވިއެވެ. އެ ޕޮޓުގައި ކުދި ކުދި ރީތި ފިނިފެންމާ ގަސްތަކުން އެ ޕޮޓުގައިވި ވެލިތައް ވަނީ ފޮރުވިފައެވެ. އަދި ކުދި ކުދި ގަދަ ފިޔާތޮށިކުލައިގެ ފިނިފެންމާ ތަކުން އެ ކުދި ގަސްތައް ބަރާވެފައި ވިއެވެ. އެ ދޮރު ހުންނަނީ ކަހާލެވޭ ގޮތަށް ކަމުން އެ ގަސްތަކަށް އެއް ގޮތަކަށްވެސް ގެއްލުމެއް ނުވެއެވެ.

އަނެއްކޮޅުން އެ ގަސްތައް މާ ދިގުވާނަމަ ޒިވާ އެ ކޮށާ ވަކި ހަމައެއްގައި ބަހައްޓާނެއެވެ. އޭނާއަކީ ގަސްހެއްދުމަށް މަރުދޭ ކުއްޖެކެވެ. ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވި އެ ރީތި ފިނިފެންމާ ތަކަކަށް ނޫނެވެ. ހުރި ސީދަލަށް މާ ދުރަށެވެ. އޭނާ އެހެން ހުއްޓެއް ކަމަކު ވިސްނުން ވަނީ މި ވަޔާއި އެކު ބެހިގެން ގޮސްފައެވެ. އޭނާއަށް ސިހުން ގެނުވީ މޫނުމަތީގައި ފެން ހޭކިލީހެން ހީވެގެންނެވެ. ރަނގަޅަށް ހަމަބިމަށް އާދެވުނު އިރު ބޯކޮށް ވާރޭ ވެހެނީއެވެ. އޭނާގެ މޫނަށް ބުރީ ވާރޭ ފެނެވެ. ދޮރު ކަހާލުމަށްފަހު ބިއްލޫރި ގަނޑުގައި އަތް ޖައްސާލައިގެން ގުދުރަތުގެ އެ ރީތިމަންޒަރަށް އަނެއްކާވެސް ޒިވާ ޣަރަގުވެގެން ގޮއްސިއެވެ.

ޒިވާ އޭނާގެ އަމިއްލަ ދުނިޔެއަށް ގެއްލިފައި ވީއިރު ގޭތެރޭގެ މައި ދޮރުގައި ލައްވެލައިގެން ދެޖީބަށް އަތް ޖަހާލައިގެން ހުރި ޔައީޝްވެސް ވަނީ އޭނާގެ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. އޭނާގެ އެ ހިތްހަމަ ޖެހުމަށް ހުރަސް އަޅަން ފެށީ ޒިވާގެ އެކިއެކި ޚިޔާލުތަކެވެ.

ކުޑައިރުވެސް އޭނާ ޖެއްސުން ކޮށްލުމުން ޒިވާގެ މޫނުމައްޗަށް ޖައްސާލާ ވައްތަރެވެ. މިހާރުވެސް ޒިއްޕުޑިންނޭ ބުނީމަ ޒިވާގެ މޫނުމައްޗަށް އަރާ މަޖާ ކުަލަވަރެވެ. އެ މައުސޫމް ހިނިތުން ވުމެވެ. ޔައީޝްއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. އެ ހިނިތުންވުން ފޭދިގެން ދިޔައީ ރައިފާގެ ޚިޔާލު އެހިތަށް ވެރިވުމުންނެވެ. އެއީވެސް ނުހަނު ރީތި ކުއްޖެކެވެ. އެ ރީތި ދެލޮލެވެ. އެހެން ނަމަވެސް ރައިފާ އާއި ދޭތެރޭ އޭނާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ ރައިފާ އާއި އޭނާ މިއުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެކަމަކުވެސް ރައިފާގެ ފަރާތުން އޭނާއަށް ކަމުދާ އެއް ސިފައެއް ވެސް ނުފެނެއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޔައީޝް އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ތަނަވަސް ކޮޓަރިއެކެވެ. ހަތަރު ފާރުގައި މަޑު އޮރެންޖު ކުލައެއް ލައިފައި ވިއެވެ. ސީލިންގުން އެއަށްވުރެ ގަދަ އޮރެންޖު ކުލައެއް ވަނީ ދިއްލިފައެވެ. ނަމަވެސް އެ ކޮޓަރީގެ ބިންމައްޗަށް ބަލައިލައިފި މީހަކު ހައިރާން ވާހާވެއެވެ. ތެޅިފައިވާ ފުޅިތޮށިކޮޅާއި އެކި ރިތިވާ ސާމާނުތައް ވަނީ އެކި ދިމާލަށް ބުރަ ބުރައިގެން ގޮހެވެ. ބާލީސްތައްވެސް ވަނީ އެކި ދިމާލުގައެވެ. އެނދުގައި އޮތް ބެޑުޝީޓުވެސް ވަނީ ފާޚާނާ ދޮރުމަތީގައެވެ.

ޑްރެސިންގް ޓޭބަލްގައި އަތް އަޅުވާލައިގެން އިސްދަށަށް ޖަހައަިގެން ހުރީ އަންހެން ކުއްޖެކެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ ތިރިއަށެވެ. އިސްއުފުލާލާކަހަލަ ޚިޔާލެއްވެސް އޭނާ ނުކުރިއެވެ. ނަމަވެސް އޭނާގެ އެ ޚިޔާލު ބަދަލުކޮށްލަން މަޖުބޫރުވީ ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެންނެވެ. “ދަރިފުޅާ… ދެން ހުޅުވަބަލަ.. މިހާރު ކޮން އިރެއް ތަޅުލައިފަ ހުންނަތާ..”

ބޭރުން އިވިގެން ދިޔައީ އަންހެނެއްގެ އަޑެވެ. އެތެރޭގައި ހުރި އަންހެން ކުއްޖާއަށް އެ އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް އެހެން ހުރެލުމަށްފަހު އިރުކޮޅަކުން ނިކަން ފުން ނޭވާއެއް ލިއެވެ. “މަންމާ.. މަޑުކޮށްލާ އިހަށް.. ރައި ރެސްޓް ކޮށްލަން ވެގެން..” އެތެރޭގައި ހުރި ރައިފާ އޭނާގެ މަންމަ ނަހުލާއަށް ޖަވާބު ދިނެވެ.

“އޯކޭ.. އެކަމަކު ފަނަރަ މިނެޓު ތެރޭ ބޭރަށް ނިކުންނަން ވާނެ.. ނުވެސް ކައި މިއަދު ތިއުޅެނީ އަދި..” ނަހުލާ ކަންބޮޑުވެފައި ހުރެ ރައިފާ ގާތު ބުނެލިއެވެ. ރައިފާ ހަމައެކަނި ހޫން ލައްވާލީއެވެ. އެހެން ނޫނީ އޭނާގެ މަންމަ ކުރުނުކުރާނެ ކަން އޭނާއަށް އިނގޭތީއެވެ.

އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް އެ ދެލޮލުން ނުރުހުންތެރިކަން ފާޅުވެގެން ދިޔައެވެ. އަދި ކޮޓަރިތެރެއަށް ބަލައިލީ ރުޅި އައިސް ހުރެއެވެ. މިއީ އޭނާ ރުޅި އައިސްފި ނަމަ ކަންތައް ކުރާ ގޮތެވެ. ހުރިހާ ރުޅިއެއް ބާލާނީ ކޮޓަރީގައި ހުންނަ އެއްޗިއްސަސެވެ. “ޒިވާ… ހަނދާން ކުރާތި.. މިއަދު މި ރައިފާ އާއި ދިމާލަށް ތި ބުނެލި އެތީގެ ހިތި ރަހަ އަދި ތި އަރުތެރޭގަައި ލާނެ.. އެދުވަސް ދެން އޮތީ މާ ދުރަކުވެސް ނޫން…” ރައިފާ ހީވަނީ ރުޅި އައިސްގެން ގޮސް މޮޔަވެދާނެ ހެންނެވެ. ވާނީވެސް އެހެންތާއެވެ؟ މިއަދު އެ ޒިވާ އެދިޔައީ އޭނާގެ ކުރިމަތިގައި ފަސް ހަ ބަސް ބުނެލައިފައެވެ.

ހަވީރުގެ ހިތްގައިމު ވަގުތަށް އެޅިގެން އައި އިރު ކަޅު ވިލާތައްވެސް އެއްފަރާތް ވާން ފަށައިފިއެވެ. ޢަޞުރު ނަމާދުކޮށްގެން އައިސް ކޮޓަރީގައި މަޑުކޮށްލި ޔައީޝްއަށް ކަމެއް ހަނދާން ވި ފަދައަކުން ޖީބަށް އަތް ކޮށްޕާލިއެވެ. މަންމަމެން އޭނާއަށް ފޯނެއް ދިން ކަމީ ހަމަ ނަސީބެކޭ އެވަގުތު ޔައީޝްގެ ހިތަށް އެރިއެވެ. ނަންބަރުތަކަށް ފިއްތާލުމަށްފަހު ކޮންމެވެސް މީހަކަށް އޭނާ ގުޅާލިއެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރީ އެމީހަކު ފޯނު ނަގާނެ ކަމުގެ އިންތިޒާރުގައެވެ. އިރުކޮޅެއް ވަންދެން އެހެން ހުއްޓާ އޭނާގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ.

“ހެލޯ ރައި..” ޔައީޝް ހިނިތުން ވެލަމުން ރައިފާއަށް ގޮވާލިއެވެ. އެކޮޅުން ޖަވާބެއް ނައުމުން އޭނާ އަނެއްކާވެސް ގޮވާލިއެވެ. “ޔައީޝް ހެޔޮ ނުވާނެ.. މި ރައިފާ ދެކެ ލޯބިވަންޏާ ކަމެއް ކޮށްދީބަލަ.. ޕްލީޒް..” ރައިފާ އާދޭހާއިއެކު ޔައީޝް ގާތުގައި ބުނެލިއެވެ. ޔައީޝްވެސް ހައިރާން ވެފައި ހުރީ ރައިފާއަށް ކުއްލިޔަކަށް މި އައި ބަދަލުންނެވެ.

“ކިހިނެއް ވީ ރައި؟ ބުނެބަލަ.. އޭރަށް ދޯ އިނގޭނީ ޔައީޝްއަށްވެސް ކަމެއް ކޮށްދޭން..” ޔައީޝްވެސް ޝައުޤުވެރި ކަމާއިއެކު ބުނެލިއެވެ. ރައިފާ ޖަވާބެއް ދޭކަށް ނޫޅުނެވެ. ޔައީޝް ދެފަހަރަކަށް އެހުމުންވެސް ހުރި ގޮތަށް ހުރިއެވެ. “އޯކޭ ދެން… އެއި މައްސަލައެއް ނޫން…” ޔައީޝް ގާތު އެވާހަކަ ބުނާކަހަލަ ޚިޔާލެއް ރައިފާ ނުކުރިއެވެ. ޔައީޝް އެކަމެއް ހޯދަން ކިތަންމެ ބޭނުން ވެފައި ހުރި ނަމަވެސް އޭނާ ގަދަބާރުން ރައިފާ ލައްވާ އެ ވާހަކައެއް ހޯދާކަށް ނޫޅުނެވެ. ރައިފާވެސް އިހަށް ބާއްވަނީ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. ޔައީޝް އިރުކޮޅެއް ވާންދެން ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ދެކޮނޑު އަރުވާލަމުން ޖީބަށް ފޯނު ލިއެވެ.

ރައިފާ އޭނާގެ ފޯނަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިޔަކަށް ފޯނު ރިިންގުވާން ފެށިއެވެ. އަރައިފައި އިން ނަން ފެނުން ތަނާވެސް އެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ކޯލް ނަގަން ނިންމަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ކިހިނެއް ވެގެންތަ ރައި ތިއުޅެނީ؟ މިއަދު ސްކޫލު ތެރޭގަ ކުދިން އެދެއްކީ ހަމަ ތެދު ވާހަކައެއްތަ؟ ރައި ހަމަ އެ ޔައީޝް އާއި ރައްޓެހި ވީތަ؟ ކީއްވެ؟” ބާރަށް ވާހަކަ ދައްކަން ފެށި ނަމަވެސް އެ ކުއްޖާގެ ވާހަކަ ނިމުނު އިރު އެ އަޑަށް މަޑުމޮޅިވެރިކަން ވެރިވެއްޖެއެވެ. އޭނާގެ އަޑުގައި އެތަކެއް އަސަރެއް ވިއެވެ. އޭނާ ދެވަނަ ފަހަރަށްވެސް ސުވާލު ކުރަން ފެށުމުން ރައިފާ ޖަވާބުދޭން ފެށިއެވެ.

“ނޫނެކޭ ދެން… ޓްރަސްޓް މީ… އެއީ ހަމަ މަޖަލަކަށް ދައްކާ ވާހަކައެއް… ގަބޫލުކުރީތަ ހަމަ؟” ރައިފާ ތުއި ވެލަމުން އެ ފިރިހެން ކުއްޖާ ގާތު ދެރަ ވާކަމަށް ހެދިލިއެވެ. އިސާހިތަކު އެ ފިރިހެން ކުއްޖާ ރައިފާ ދެއްކި ވާހަކަ ޤަބޫލު ކުރިއެވެ. ރައިފާ ގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. އޭނާ އެވަރަށް ދޮގުހަދަމުން ދާއިރުވެސް އެ ހުރިހާކަމެއް ދެނެވޮޑިގެންވާ ފަރާތެއް ވާކަން އޭނާ ހަނދާން ނައްތަލައިފައިވިއެވެ.

“އޯކޭ.. ޤަބޫލު ކޮށްފީމޭ މިހާރު.. އެކަމު ކަމެއް ކޮށްދެވިދާނެތަ؟ ދޭބަލަ ފަސްގަޑި ތިރީހުގަ އެއްކަލަ ގެޔަށް…” އެ ކުއްޖަކު ރައިފާއަށް ދައުވަތެއް ދިނެވެ. ފުރިހަމައަށް އެކްޓު ޖައްސަން ޖެހެއޭ ހިތަށް އެރުމުން ރައިފާ އިރުކޮޅަކުން ދާނެކަމަށް ބުނެލިއެވެ. އެއަށްފަހު ފޯނު ކަނޑާލިއެވެ.

ފަސްގަޑި ވިހި ވީ އިރު ރައިފާ ހުރީ އޭނާގެ ގޭގެ ދޮރުމަތީގައެވެ. ލައިފައިވި ބާރު ސްކިނީ ޖީންސްގެ ސަބަބުން އޭނާގެ ހިމަ ފައި ކިތަންމެހާވެސް ރީއްޗަކަށް ފާޅުވެއެވެ. އެއާއިއެއްކޮށް ލައިގެން ހުރި ފްލޯރަލް ޓޮޕް ހުރީ ފަލަމަސްގަނޑާއި ހަމައަށެވެ. ބޯ ނިވާ ކޮށްލައިފައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ޝޯލް އަކުންނެވެ. ބަލައިލަން ހިތްގައިމެވެ. އޭނާގެ ދޮން މޫނުމަތީގައި ވަރުގަދަ މޭކަޕެއް ކޮށްފައި ނެތް ނަމަވެސް ނޫ ކުލައިގެ ކަޅި ވީ ދެލޮލުގައި އައި ލައިނަރ އެއް އަޅާފައި ވއެވެ. އަދި އެ ތުންފަތް ވަނީ ރަތް ކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައެވެ.

ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަމަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށްވެސް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (31)

  1. Shiman

    Yey me first.

    1. noor
      Shiman

      Yesss.. mifaharuves shiman first.. dhw? hehe.. congrats dear.. 🙂

  2. Zelll

    Vrh reethi noor

    1. noor
      Zelll

      jazakillah khairan dear.. 🙂

  3. ..

    Alhey noor haadha rangalhey.. this is so awesome.. whn nxt?

    1. noor
      ..

      aww… jazakillah khairan dear… 🙂 vrh vrh ufaavehje thihaa loabi plus positive comment eh libunyma.. 🙂 anehkaaves jazakillah khairan dear.. in sha allah, maadhan nxt part up kohdheveytho noor balaanan.. 🙂

  4. Shiman

    Vvv reethi mi part….I just love this story….. Waiting for next part???❤❤❤???

    1. noor
      Shiman

      al’hamdhulillaah! jazakillah khairan shiman.. keep waiting dear.. 🙂

  5. No one

    vr vr rythi

    1. noor
      No one

      jazakillah khairan No one dear.. 🙂

  6. Hamdha

    Mi part ves vrh vrh reethi…maasha allah…..noor, when is next part…..waiting..

    1. noor
      Hamdha

      jazakillah khairan Hamdha dear.. 🙂 in sha allah, maadhan noor balaanan nxt episode up kohdheveytho.. 🙂

  7. lotus

    Hi noor.. this is my frst comnt to this story.. stories ah comnt kurun madhu kollan nimmaigen huree midhuvas kolhu but mi story reethi kamun hama madun nuhurevunee.. i just luv this story n m a huge fan of islamic luv stories.. keep goin forward dear.. ehen ekaku nikiyas i wil read this story in sha allah.. ehaavx kamudhey alhugada mi story.. btw, story nimey iru zeev n yaee gulhuvache n i hev a smal sugestion abt the covr pic.. if possibl pls change the girls pic into a one that suits more like the zeev in the story.. just a sugestion ingey… ???

    1. noor
      lotus

      hi lotus dear.. oh.. its ok dear.. hehe.. ehn tha? al’hamdhulillaah! jazakillah khairan lotus, for the support… asluves noor vrh happy vehje dear ge comment kiyaifa.. vrh vrh vrh bodah heppy.. 🙂 hehe.. hingaa dhw balamaa vaa gotheh.. story nimey iru.. i’ll try to.. in sha allah.. adhi mi cover pic change vaane, in sha allah.. aee noor plan koffa innane vaki hisaabakun change kollan.. hingaa dhw balamaa dhn vaa gotheh.. hehe.. 🙂 its ok.. vrh ufaa vehje lotus dear ge idea noor aa share kollyma.. 🙂

  8. Shai

    Yey varah reethi

    1. noor
      Shai

      al’hamdhulillah! jazakillah khairan dear.. 🙂 vrh ufaavehje shai mi story kiyaa hithun kiyaalyma.. 🙂

  9. Ary

    Finally…. Thank you noor…Ary haadha inthizaareh kohfymey mi story ah. … Masha Allah v reethi..

    1. noor
      Ary

      hehe.. marhabaa Ary.. 🙂 asluvestha dear? mihaaru dhn naseebakun kiyaalan libihje dhw.. hehe.. jazakillah khairan dear.. 🙂

  10. riyer

    Masha Allah varaha reethi?

    1. noor
      riyer

      jazakillah khairan dear.. 🙂

  11. Anonymous

    Vv reethi.. ????yey dhen raifa bust kohlaa?????vv foohi vwy raifa dheke and Yaeesh ves ulhey gotheh ziv keihkurey.. ????adhi ziv ahves kaamiyabu vaane??????????

    1. noor
      Anonymous

      jazakillah khairan Anonymous.. 🙂 hehe.. in sha allah.. 🙂 keiyytheri kamaky emme rangalhu goiyy dhw dear.. 🙂

  12. shaufa

    alhey hardha kure

    1. noor
      shaufa

      varah bodah noor maafah edhen ingey shaufa… mi bai thankolheh kuru v.. nxt episode in sha allah dhigu vaane.. 🙂 and i hope you liked this part.. 🙂

  13. Sana

    Masha Allah?????
    Bunaane ehcheh ves neh ?
    When is the next part

    1. noor
      Sana

      jazakillah khairan dear.. 🙂 awww.. in sha allah, miadhu nxt part up vaane kamah noor mi balany.. 🙂

  14. ira

    v cute…… masha allah…..noor keep it up.

    1. noor
      ira

      jazakillah khairan ira dear.. 🙂

  15. Blackaholic

    Masha Allah.. vvv reethi ?

    1. noor
      Blackaholic

      jazakillah khairan Blackaholic dear… 🙂 for the support too, ingey.. 🙂

  16. Gud

    Wow… love u r stories??

Comments are closed.