Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާތުގައި ހުންނަމޭ ލޯބިން 9

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 24, 2018 6 Mins Read
47 Comments

ހެނދުނުގެ ނާސްތާއަށްފަހު އައިލީން ގޭތެރޭގެ ބައެއް ކަންތައްތައް ކޮށްލުމުގައި ހަރަކާތްތެރިވިއެވެ. އައިލީން އަކީ އަބަދުވެސް ވީވަރަކުން އެފަަދަ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާ މުރާލި ކުއްޖެކެވެ. ބައެއް ކަންތައްތައް ކޮށްލުމަށްފަހު އޭނާ ކޮޓަރިއަށްވަދެ ކުޑަކޮށް ތައްޔާރުވެލިއެވެ. ލައިފައިވި މަޑު ފެހިކުލައިގެ މަތީކޮޅާއި ސްކާޓް އާއި ގުޅޭނޭހެން މަޑު ފެހިކުލައިގެ ސްކާފެއް ކަރުގައި އަޅާލިއެވެ. ތައްޔާރުވެގެން އޭނާ ތިރިއަށް ފޭބިއެވެ. އޭރު ބަދިގޭ ތެރެއިން ޒާހިޔާ ވާހަކަ ދައްކާ އަޑުއިވެއެވެ. މަސް ކޮށަން އިން ޒާހިޔާ ދިޔައީ މުރަނގަތޮޅިތައް މަށަން އިން ފަޒްލީނާ އާއި ވާހަކަ ދައްކަމުންނެވެ. ” ދޮންބެދައްތާ… އަލްކޮ ކޮބާ މިހާރު؟ ” ބަދިގެއަށް ވަދެގެން އައި އައިލީން ފަޒްލީނާއަށް ގޮވާލަމުން އަހާލިއެވެ. ” ދޮންބެ ދެންމެއަކު އެ ދިޔައީ ހަމަ އަލްކޮ ގޮވައިގެން… ” ހިނިތުންވެލަމުން ފަޒްލީނާ ބުންޏެވެ. އައިލީންވެސް ބަދަލުގައި ހިނިތުންވެލިއެވެ. ” މަންމާ… އަޅުގަނޑު މިދަނީ ރިފޫ އާ އެކީ ޝައު ގާތަށް ގޮސްލަން… އޯކޭތަ؟ ” އައލީން އެހެން ބުނުމުން ޒާހިޔާ އަވަހަށް ދާށޭ ބުނުމުން އައިލީން ހިނިތުންވެލަމުން ހިނގައިގެތެވެ.                                     ”އައްސަލާމް އަކައިކުމް… ” ގޭގެ ބޮޑު ދޮރާށި ހުޅުވާލަމުން އައިލީން ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމް ސަލާމް … އައިލީ… އާދޭ އެތެރެއަށް… ” ދޮވުނު އެއްޗެހިތައް ރޯނުގައި ހިއްކަން އަޅަން ހުރި ރިޝްފާ ފުޅާ ހިނިތުންވުމަކާއެކު ސަލާާމް ބަލައިގަތުމަށްފަހު އައިލީންއަށް އެތެރެއަށް ވަނުމަށް ބުންޏެވެ. ”ރިޝްތާ… މިއަދު އެއްޗެހި ދޮންނަނީތަ؟ ކޮބާ މާނީ؟ ” އައިލީން ރިޝްފާއަށް ގޮވާލަމުން އަހާލިއެވެ. ” އާނ… މިއަދު އެއްޗެހިތައް ދޮންނަނީ… އެއްޗެހި މާ ގިނަވީމަވެސް އުނދަގުލެއްނު އެއްފަހަރާ ދޮންނަން… އެހެންވީމަ އެހާ ގިނަނުވަނީސް ދޮވެލީ… ހެހެހެ… މާނީ އެބައިން ރިފޫ އަތުގަ… ދޭބަ އެތެރެއަށް… ” ރިޝްފާ ހިނިތުންވެލަމުން ބުނުމާާއެކު އައިލީން އެެތެރެއަށް ވަނެވެ.                                           ސިޓިންރޫމުގައި ޓީވީ ބަލަން ތިބި ޝާދިން އާއި ޒުހޭރު ކާގެއަށް މިސްރާބު ޖެހީ މާ އަޑުގަދަވުމުންނެވެ. ” ޝައުނާ އަކަށް ދުވަހަކު ކަމެއް ރަނގަޅަކަށް ނުކުރެވޭ… ހިތަށް އަރާ ކީއްވެފަ ހުންނަ ކުއްޖެއްބާ އޭ މީ… މިކަހަލަ ކޮންމެވެސް ކަމެއް ކޮށްނުލައެއް ޝައުނާ ހިތްހަމައެއް ނުޖެހޭނެ… ” ޝައުނާގެ އަތުން ބިއްލޫރިި ތަށި ވެއްޓި ތެޅުމާއެކު އާމިރާ އެއްޗެހި ކިޔައިގަތެވެ. ” މަންމާ.. ސޮރީ … ގަސްތުގައެއް ނޫނޭ… ” ކަރުނަވީ ދެލޮލާއެކު ޝައުނާ ބުންޏެވެ. ”އާމިރާ ކިހިނެއްވެގެންތަ ތިއުޅެނީ؟… މާ އަޑުގަދަ ވަނީ ކިހިނެއް ވީތަ؟ ” ޒުހޭރު އައިސް ހުއްޓެމުން ބުންޏެވެ. ” ޝައުނާ ކަންތަކޭ… ތަށި ތަޅާލީ… ދުވަހަކު ކަމެއް ރަނގަޅަކަށް ނުކުރެވޭނެ… ” ނުރުހުންވެފައިހުރެ މިފަހަރުވެސް އާމިރާ އެއްޗެހި ކިޔައިގަތެވެ. ” މަންމައަށްވެސް އެނގޭނެ ޝައު ގަސްތުގަ އެކަހަލަ ކަމެއް ނުކުރާނެކަން… ތައްޓެއް ތެޅުނަކަސް އެއީ ދެން އެހާ ބޮޑުކަމެއް ނޫނެއްނު… ” އެހެން ފަހަރުތަކެކޭ އެއްގޮތަށްް މިފަރުވެސް ޝާދިން ޝާއުނާ ދިފާއުކޮށް ވާހަކަ ދެއްކިއެވެ. ޝާދިން މީނަ އަބަދު ތިހެން ދިފާޢުކުރާތީއޭ މީނަ ބޭނުން ވައްތަރަކަށް އެ އުޅެނީ… ޝައުނާ އަކީ ކުޑަކުއްޖެއްނޫނޭ…. ހިތަށް އަރާ ކީއްބާއޭ ކުރާނީ މީނަ އާ ހެދި… ” މަންމަގެ ރަހުމު ކުޑަ ބަސްތައް އިވިފައި ޝައުނާއަކަށް އިތުރަކަށް ކަރުނަތަކެއް ނުހިފޭއްޓުނެވެ. ލޮލަށް ޖަމާވި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އައިސް ޝައުނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ.                                           މާނީ އާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ރިފްޝާ އާއި އައިލީން ޝައުނާގެ ގެއަށް އައިސް ވަނެވެ. ގޭ ދޮރު މައްޗައް އެރުމާއެކު އެންމެ ފުރަތަމަވެސް އެ ދެ މީހުންނަށް އަޑު އިވުނީ އާމިރާގެ ރުޅި ބަސްތަކެވެ. އަޑު އައި ދިމާލަށް ދެ މީހުންވެސް އަވަސް ހިނގުމެއްގައި ދިޔައެވެ. އޭރު އެތަނުގައި އާމިރާ އާއި ޝައުނާގެ އިތުރުން ޝާދިން އާއި ޒުހޭރުވެސް ހުއްޓެވެ. އައިލީން އާއި ރިފްޝާ އަށް ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ”އާމިރާ ކީއްވެގެންތަ އަބަދު އެ މަންޖެއާ ދިމާއަށް އެވަރަށް ތި އެއްޗެހި ކިޔަނީ… ގައިމު އެއީވެސް ތި އާމިރާގެ ދަރިއެއްނު… ކިތައް ދުހު އަހަރެން ބުނާނީ އެ ދަރިފުޅާ ދިމާލަށް ތިހެން އެއްޗެހި ނުކިޔާށޭ… ” ރުޅި އައިސްފައިހުރެ ޒުހޭރު އާމިރާ އާ ދިމާއަށް ބުންޏެވެ. ” ނޭނގެނީތަ އަހަރެން އޭނަ އާ ދިމާލަށް އެއްޗެހި ކިޔާ ސަބަބެއް… އާތް.. ޒުހޭރުއަށް ނޭނގޭތަ ހަމަ… ޝައުނާ ފެނުނަސް އަހަރެން ފޫހިވޭ… ” ޒުހޭރުގެ ރުޅިވެރި ބަސްތަކުން އާމިރާއަށް އެއްވެސް އަސަރެއްނުކުރެވެ. އޭނާ މިފަހަރުވެސް ރުޅިވެރި ކަމާއެކު ވާހަކަ ދެއްކިއެވެ.                                       ”ހުއްޓާލާ…” އެތަނުގައި ތިބި އެންމެންވެސް ސިހިގެން ދިޔައީ ޝައުނާގެ އަޑުންނެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. ” އަބަދުވެސް އަޅުގަނޑާ ހެދި ބައްޕަ އާ ދޮންބެ އާ ދެމީހުންނާ މަންމަ ދެބަސްވާނީ… ޕްލީޒް ހުއްޓާލާާ… އަޅުގަނޑާ ގެ ސަބަބުން އެއްވެސް މީހަކު ދެބަސްވާކަށް ބޭނުމެއް ނޫން… ” ކުރެހިފައިވި އަޑުން ޝައުނާ ވާހަކަ ދެއްކިއެވެ. ” މަންމަ… މަންމަ ކީއްވެތަ އަބަދު އަޅުގަނޑު ދެކެ އެހާ ރުޅިއަންނަނީ… ކީއްވެތަ އަބަދު އެއްޗެހި ކިޔަނީ… އެންމެ ފަހަރަކުވެސް ކީއްވެތަ މަންމަ އަޅުގަނޑާ ލޯބިން ވާހަކަ ދައްކާ ނުލަނީ… އެންމެ ފަހަރަކުވެސް ކީއްވެތަ ލޯބިން ފިރުމާލަ ނުދެނީ… ކިތަންމެ ރަނގަޅަކަށް ކަންތައް ކުރިޔަސް ކީއްވެތަ މަންމައަށް ރަނގަޅަށް ކަންތައް ނުުކުރެވެނީ… ކީއްވެތަ މަންމަ އަޅުގަނޑާ ދޭތެރޭ އެގޮތައް ކަންތައް ކުރަނީ… މަންމަ ކީއްވެތަ އަޅުގަނޑު ދެކެ ލޯބި ނުވަނީ… އަޅުގަނޑުވެސް ތި ލޯބި ބޭނުމޭ.. މަންމަގެ އަޅާލުން ބޭނުން… މިހިތަށް ވަރަށް ތަދުވޭ މަންމަ އަޅުގަނޑާ ދޭތެރޭ ކަންތައް ކުރާ ގޮތުން… މަންމަ ބުނެލާ ރަހުމު ކުޑަ ބަސްތަކުން މި ހިތަށް ތަދުވޭ… ހިތާމަކުރަން އެކަމާ..، ވަރަށް ދެރަވޭ… އަބަދުވެސް ހިތާހިތާ ޝަކުވާ ކުރެވޭ… ކީއްވެތަ މަންމާ… ކީއްވެ… ” ލޮލުން ކަރުނަ އޮހޮރޭ ހާލު ގިސްލަމުން ޝައުނާ ދެއްކި ވާހަކަތައް އަޑުއިވުނު މީހުން ތިބީ ފެންކަޅި ވެފައެވެ. އެހެނަސް އާމިރާ ފިޔަވައެވެ. ” އަހަރެން ލޮއެބެއް ނުވޭ ޝައުނާ ދެކެ… ފޫހިވާނީ … ރުޅި އަންނަނީ ފެނުނަސް… ކީއްވެކަން ބުނަން ވީތަ… އާތް… ޝައުނާ ފެނުނީމަ އަހަންނަށް އަހަރެންގެ ހިތި ހަނދާންތަކެއް އާވަނީ… އަހަރެންގެ މަންމަ އަހަންނާ ދޭތެރޭ ކަންތައް ކުރި ރަހުމްކުޑަ ގޮތް ހީވަނީ މިހާރުވެސް އަހަރެންގެ ދެ ލޯ ކުރިމަތިން ފެންނަހެން… އެ މަންމަ އަހަންނަށް ކުރި އަނިޔާތައް… އަހަރެންގެ މި ބުޅި އިސްތަށިގަނޑު ގަވެސް އެތައް ދުވަހަކު ހިފި… ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މަސައްކަތް ކުރާ ކަމަކަށް ނުވޭ… ލޯބިން ބަހެއް ބުނެ ނުލާ… އެ ހިތާމަވެރި ދުވަސްތައް އަހަންނަށް ޝައުނާ ފެނުނަސް ހަނދާން ވަނީ… އަދި ބުނަން… ޝައުނާ ތީ އަހަރެން ބޭނުންވެގެން ހޯދި ކުއްޖެއްނޫން… އަހަރެން ބުނިން ޒުހޭރު ކައިރިވެސް ޝާދިން އަށް ފަހު އަހަރެން އެހެން ކުއްޖެއް ބޭނުމެއް ނޫނޭ.. ” އާމިރާގެ ދުލުން އިވުނު ބަސްތައް އިވިފައި ޒުހޭރު ފިޔަވައި އެންމެން ތިބީ ހައިރާންވެފައެވެ. ޝައުނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ދިޔައީ އިތުރުވެގެންނެވެ. އެއްކަމުން އަރައިނުގަނެވެނީސް އެހިތަށް ވަރަށް އަސަރުކުރުވައިފިއެވެ. އިތުރަށް އެތާ މަޑުކުރުމެއްނެތި ޝައުނާ ދުވެފައި ގޮސް ސިޑިން މައްޗައް އަރާ ކޮޓަރިއަށް ވަނެވެ. ޝާދިން ލޮލުން އިޝާރާތްކޮށްލުމާއެކު އައިލީން އާއި ރިފްޝާވެސް އަވަސް އަވަހަށް ޝައުނާގެ ފަހަތުން ދިޔައެވެ.                                                 ކޮޓަރިއަށް ވަދެވުމާއެކު ޝައުނާ ގޮސް އެނދުގައި ބަންޑުން އޮށޯތެވެ. ގިސްލަ ގިސްލާފާ ރޮމުން ދިޔަ ޝައުނާ ފެނި ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެއެވެ. އައިލީން އާއި ރިފްޝާ ކޮޓަރިއަށް ވަދުމަށްފަހު ދޮރު ލައްޕާލިއެވެ. އެދެމީހުން ގޮސް ޝައުނާގެ ގާތުގައި އެނދުގައި އިށީނެވެ. ”ޝައު ޕްލީޒް ދެން ހުއްޓާލަބަަލަ… ” ޝައުނާގެ ބުރަކަށީގައި ފިރުމާލަމުން ރިފްޝާ ބުންޏެވެ. ”ކީއްވެތަ އަބަދު އަހަންނަށް އެހެން ދިމާވަނީ… އަހަރެން އިންތިހާއަށް ލޯބި ބޭނުންވާ މީހުންގެ ފަރާތުން އަހަރެންނަށް ފެންނަނީ އަބަދުވެސް އަހަންނަށްޓަކައި އޮންނަ ފޫހިކަން… ރުޅިވެރިކަން… އިންތިހާއަށް އަހަރެން އެމީހުންގެ ލޯބި ބޭނުން…” ގިސްލަމުން ދިޔަ ޝައުނާ ދިޔައީ އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރަމުންނެވެ. ” ޝައު… ތެދުވެބަ… ތެދުބެވަ… އައިލީ އާ ދިމާ ބަލާބަލަ…” އައިލީން ބުނުމުން ޝައުނާ ތެދުވެ އެނދުގައި ހަމަޖެހިލުމަށްފަހު އައިލީންއަށް ބަލައިލިއެވެ. ”ލިސެން ޝައު… ޝައު ދެކެ ވަރަށް ގިނަ ފަރާތްތަކުން ލޯބިވޭ… އައިލީ އާ ރިފޫ އާވެސް ވަރަށް ލޯބިވޭ… ” ” އިނގެއޭ އައިލީ އާ ރިފޫ ލޯބިވާކަން… އެކަމަކު މަންމަ… މަންމަގެ ލޯބިވެސް ބޭނުުމޭ… މާމަ މަންމަ އާ މެދު އެ ގޮތަށް ކަންތައް ކުރުމަކުން ކޮބާ އަހަރެންގެ ކުށެއް… ޔާފިއުގެ ލޯބިވެސް ބޭނުމޭ…” އައިލީންގެ ވާހަކަ މެދުކަނޑާލަމުން ޝައުނާ ބުނެލިއެވެ. ”ޝައު ޕްލީޒް… ފުރަތަމަ އައިލީ ދައްކާ ވާހަކަ އަޑުއަހާބަ… ކޮންމެ ކުއްޖަކަށްވެސް މަންމަ އެއްގެ ލޯބި ބޭނުންވާނެ… ޝައުގެ މާމަ ޝައުގެ މަންމަ އާ ދޭތެރޭ އެގޮތަށް ކަންތައްކުރުމުގައި ޝައުގެ އެއްވެސް ކުށެއް ނެތް… ޝައު ފެނުމުން މަންމައަށް އެ ދުވަސްތައް ހަނދާން އާވެގެން ދަނީ… މަންމައަށް އަދިވެސް އިތުރަށް ވަގުތު ދީ… އަދި ޝައު މިހާރަށް ވުރެވެސް މަންމަގެ ކަންތައްތަކަށް ބޮޑަށް ސަމާލުކަންދީ މަންމައަށް ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދީ… މަންމަގެ ހިތުން އަދިވެސް އެ ދުވަސްތައް ފިލާ ނުދަނީ އެއީ… އެކަމަކު އިންޝާﷲ ވަރަށް އަވަހަށް ޝައުގެ އޯގާތެރިކަމާއި ލޯބިން ޝައުގެ މަންމަގެ ހިތުން އެ ހިތްދަތި ހަނދާނަތައް ފޮހެވިގެންދާނެ. އަދި ޝައު ފަދަ ކިޔަމަންތެރި ލޯބި ދަރިއެއް ލިބުނުކަމަށްޓަކައި އުފާކުރާނެ އިންޝާﷲ… ” ޝައުނާގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ އައިލީން ނަސޭހަތްތެރިވަމުން ދިޔައެވެ. ރިފްޝާ ވެސް ޝައުނާގެ ކޮނޑުގައި ހިފަހައްޓައިލައިގެން އިނީ އެކުވެރިޔާއަށް ހިތްވަރިދޭ ފަދައިންނެވެ. ”ޝައު ދެން ތިބުނީ ޔާފިއުގެ ވާހަކަ… ކީއްކުރަން ބޭވަފާތެރިއެއްގެ ލޯބި ބޭނުންވަނީ… ޔާފިއު ޝައު ދެކެ ހަޤީޤީ ލޯބި ވާނަމަކަ އެހެނެއް ނުހެދީސް… އޭނަ ޝައު އަށް އޮޅުވާލީ… ދޮގުހަދާ ބޭވަފާތެރިވީ… ބޭވަފާތެރިއަކަށްޓަަކައި ކީއްކުރަން އޮހޮރާ ކަރުނަތަކެއް… އެއަށްވުރެ މާ ރަނގަޅެއްނު ޝައު ދެކެ ތެދުވެރި ހިތަކުން ލޯބިވާ ފަރާތަކާ މެދު ވިސްނިއްޔާ… ޔައިޝް އާ މެދު ވިސްނިއްޔާ” އައިލީން އެހެން ބުނިތަނާ ޝައުނާ އޭނަގެ އަތް އައިލީންގެ އަތުން ދަމައިގަތެވެ. އަދި ދުރަށް ނަޒަރު ހުއްޓާލިއެވެ. އައިލީން ޝައުނާގެ ކޮނޑުގައި ހިފަހައްޓާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ޝައު… ވެދިޔަތަން ހަނދާން ނައްތާލުމަށްފަހު ކުރިމަގަށް ވިސްނާ… މިހެން ބުނާ އިރުވެސް އެނގޭ އެއީ ފަސޭހަ ކަމެއް ނޫންކަން.. އެކަމަކުވެސް މަސައްކަތްކުރަން ވާނެ… ޔާފިއުގެ ހަނދާނުގައޖ ނުކައި ނުބޮއެ ރޯން އޮތަކަސް އެއްވެސް ފައިދާއެއް ނުވާނެ… ޝައު ވާނެ ހިތްވަރު ގަދަ ވާން… މިދުނިޔެ ނަތީގަ ކޮންމެ ކަމަކީވެސް އިމްތިހާނެއް… ކެތްތެރިކަމާއެކު އިމްތީހާނާ ކުރިމަތިލާ އެ އިމްތިހާނުން ފާސްވޭތޯ މަސައްކަތްކުރަން ވާނެ… އިނގޭ ޝައު ލޯބިވަނީ ޔާފިއު ދެކެކަން… އެކަމަކު ޔާފިއު ޝައު އާ ދޭތެރޭ ކަންތައް އެ ކުރި ގޮތް ވެސް ހަނދާން އެބަހުރި ދޯ… އަހަރުމެން ދެމީހުނަށް ފެނުން ޔައިޝްގެ ދެ ލޮލުން ޝައު އަށްޓަކައި ތެދުވެރި ލޯބި… ޝައު އަށްޓަކައި އެހިތް އެދޭ ވަރު… ޝައު އަށް ކަމެއްވެދާނެތީ ކަންބޮޑުވެފަ ހުރި މިންވަރު އެރޭ އޭނަގެ ހަރަކާތްތަކުން ވަރަށް ރަނގަޅަށްވެސް އެނގުން… އެންމެ ފަހަރަކު ނަމަވެސް ޝައު އޭނަ އާ މެދު ވިސްނާލަ ބަލަ… އުއްމީދުކުރަން އައިލީ މިދެއްކި ވާހަކަތަކާމެދު ޝައު ވިސްނާލާނެކަމަށް… ” ހިނިތުންވެލަމުން ޝައުނާގެ ބޮލުގައި ފިރުމާލަމުން އައިލީން ބުންޏެވެ. ” އޯކޭ… ނައު ސްޓޮޕް ކްރައިން…. އެންޑް ގިވް އަ ޕްރެޓީ ސްމައިލް… ” ރިފްޝާ އެނދުން ތެދުވެ ޝައުނާގެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލައިދެމުން ބުންޏެވެ. ޝައުނާ ހިނިތުންވެލުމުން އައިލީން އާއި ރިފްޝާވެސް ހިނިތުންވެލަމުން ކުޑަކޮށް ބައްދާލިއެވެ. ” ޝައު… ސައިބޮއެފިންތަ؟ ” އައިލީން އެހެން އެހުމާއެކު ޝައުނާ މަޑުމަޑުން ބޯ ޖަހާލިއެވެ. ” ޕިސް ޕިސް… ޝައު ގާތު އަބަދުވެސް ބުނަން ކެއުމަށް ފަރުވާކުޑަ ނުކުރާށޭ… މތާ އިނދޭ… އެބަ އަންނަން އަހަރުމެން ދެމީހުން… ” މިހެން ބުނުމަށްފަހު އައިލން އާއި ރިފްޝާ ކޮޓަރިން ނިކުތެވެ.                                               ”އާމިރާ އެންމެ ފަހަރަކުވެސް އެ ދަރިފުޅުގެ ރަނގަޅު ކަންތައްތަކާމެދު ވިސްނާލަބަލަ… އާމިރާ ތިގޮތައް ކަންތައް ކުރާއިރުވެސް މަދު ފަހަރަކު ފިޔަވައި އެ ދަރިފުޅު އެއްޗެކޭ ނުބުނާނެ… އާާމިރާ ބުނި ކަމެއް އެ ކޮށްދެނީ… ދެން ދަރިންނަކީ މާތް ﷲ އަހަރެމެންނަށް ދެއްވާާ ވަރަށް ބޮޑު ނިޢުމަތެއް… ދަރިން ބޭނުންވެގެން އުޅޭ ކިތައް މީހުނަށް ދަރިން ނުލިބެގެން އެ އުޅެނީ… އެ ނިޢުމަތައް އަހަރެމެން ޖެހޭނެ ރައްކާތެރިވާން… ” އައިލީން އާއި ރިފްޝާ ތިރިއަށް ފޭބިއިރު ޒުހޭރު އާމިރާއަށް ވިސްނައިދެމުން ދިޔައެވެ. ”އަހަންނަށް އިނގެޔޭ ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން.. އެކަމަކުވެސް ހަމަ ނޭނގެ ވާގޮތެއް… ” ރޮވިފައި އިނދެ އާމިރާ ބުންޏެވެ. ޝާދިން އާއި ޒުހޭރު އެތައް އިރަކު ވިސްނައިދިނުމުން އާމިރާއަށް އޭނަ ކަންތައް ކުރީ ރަނގަޅަށް ނޫންކަން ވިސްނުނެވެ. އޭނަ އާ ދޭތެރޭ އޭނަގެ މަންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައިވިޔަސް ޝައުނާ އާ ދޭތެރޭ އެހެން ކަންތައް ކުރުމުގެ ހައްގެއް ނޯންނާނެއެވެ. ރޮވިފައި އިން އާމިރާގެ ގާތަށް އައިސް އައިލީން އާއި ރިފްޝާ އިށީނެވެ. ” އާމިރާއްތާ… ޝައު ވަރަށް އިންތިޒާރުކުރޭ މަންމައެއްގެ ލޮއެބާއު އަޅާލުން ލިބޭނެ ދުވަހަކަށް… ޕްލީޒް… ޝައު އަށް ބޭނުންވާ ލޮއެބާއި އަޅާލުން ދީ… ” ލޮލުން ކަރުނަ އޮހޮރޭ ހާލު އައިލީން އާމިރާގެ އަތުގައި ހިފާލަމުން ބުންޏެވެ. އާމިރާ މަޑުމަޑުން އޭނަގެ އަތުން އައިލީން އާއި ރިފްޝާގެ ބޮލުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލިއެވެ. ހިނިތުންވެލުމަށްފަހު ދެ މީހުންވެސް ގޮސް ކާގެއަށް ވަނެވެ. އަދި ބިއްލޫރި ތައްޓަކަށް އައިސަލަމާރިން ނެގި ޖޫސް ޕެކެޓުން ޖޫސް ތައްޓެއް އެޅިއެވެ. ތައްޓަށް ބޭކެޑް ބީންސް އާއި ދެތިން ރޮށި ލައިގެން ޝައުނާގެ ކޮޓަރިއަށް ގެންދިޔައެވެ. ” އަން… ރަނގަޅަށް ސައި ބޯތި… މި ހުސްކުރަން ވާނެ… ދެން ހަވީރުން ވާނެ ހިނގާލަން ދާން.. ރެޑީ ވައްޗޭ… ” ސައިޑް ކަބަޑް މަތީގައި ގެނައި ޖޫސްތަށި ބަހައްޓަމުން ރިފްޝާ ބުންޏެވެ. ”ތެދެއް މި ހުސް ކުރާތި… އަހަރުމެން ދެން ދަނީ… އެހާވަރަށް ކަންކަމާ ނުވިސްނާތި… ހަވީރުން އަންނާތި ރެޑީ ވެގެން…. ” އައިލީން މިހެން ބުނުމުން އެންމެ ރަނގަޅުކަމުގައި ބުނެ ޝައުނާ ބޯޖަހާލިއެވެ. ދެ މީހުންވެސް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ކޮޓަރިން ނިކުތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ވޭނާ އުދާސް

Next

ހައިރާ? (އެއްވަނަބައި)

Next
May 24, 2018

ހައިރާ? (އެއްވަނަބައި)

Previews
May 24, 2018

ވޭނާ އުދާސް

47 Comments!

  1. Ifoo ifoo says:
    May 24, 2018 at 3:38 pm

    Salaam all ???❤❤❤?????????????????????… mi part lasvi kamahtakaa v v bodah maafah edhen hurihaa readersge kibain… hope all will forgive me ❤❤❤?????????… thankyou so much all for the support???❤❤❤?????????… waiting for comments… ????…

  2. Stry kiyaa man says:
    May 24, 2018 at 3:52 pm

    First dhw

    1. Ifoo ifoo says:
      May 25, 2018 at 2:52 pm

      Yesss ???… Mifaharu story kiyaa man first ???… Congrats ???…

  3. Isha says:
    May 24, 2018 at 4:06 pm

    Haadha kurey

    1. Ifoo ifoo says:
      May 25, 2018 at 3:08 pm

      Sorry Isha???… Ifoo vx hihhama jehey vareh noon mee bt readers ithurah inthizaaru ga nubaithiban avahah up kohly…

  4. Naju says:
    May 24, 2018 at 4:13 pm

    Ifoo dear v nice ingey cover pic… I love it.. N story hama v nice bt thankolheh kuru dhw next time thankolheh dhigu kohladheachey ingey

    1. Naju says:
      May 24, 2018 at 10:08 pm

      When is next ifoo dear..

    2. Ifoo ifoo says:
      May 25, 2018 at 3:17 pm

      Thankyou soooooo Naju ???❤️❤️❤️??????… V v v ufaavehje cover pic Naju ah kamudhiyaima n story vx reethi v ma ??????❤️❤️❤️… V v v ufaavehje ???… Ifoo ah vx reethi kamun cover pic Change kohly ???… Next part tomorrow In Sha Allah ???… N sorry mi part kuruvyma…

  5. Stry kiyaa man says:
    May 24, 2018 at 4:16 pm

    Ohh ifoo haadha kurey dear mi part.but stry v salhi. masha allah bune veyny hama.adhi ehaame salhi pic eh dhw.
    Pic ga ethibiy kon kudhin nehtha dear. Mi buny stry ga ulhey kudhin ge thereinn.aslu gina faharaku kurey bunan viyy ma vvv dheravey.ekam kuru viyyma hama bune veny.aslu stry ge mi part ga ehaa bodu kameh nuhiga .hama ekani shau ge aailiy mashala mi part ga huriy.eh gothakah vex ifoo ge bura mashah kan balaa nugan nanykiy noon igey dear.thi kuraa mashahkah ufalaa eku balaa gannan.bad koh nunegun edhen v bodah. Ehen kaman vaa nama vvvvv bodah sorry.hama ifoo kuri aran beyynun vaathiyy mi gothah bune veniyy.when next part ifoo.ummeedh kuran avahah up kohdheyne kamah.waiting waiting.
    -salaam-????

    1. Ifoo ifoo says:
      May 25, 2018 at 3:34 pm

      Thankyou soooooo much story kiyaa man thifaahaga kohla dhin kanthahthakah ???… Ifoo wrong kosheh nunagaanamey ingey ??????… V v v ufaavehje faahaga kohla dhinyma ???… Ifoo vx hihhama jehey vareh noon mee bt readers ithurah inthizaaru ga nubaithiban avahah up kohly… N Cover pic n story reethi v ma vx v v v ufaavehje ifoo ???… Cover pic ga aee ailee n yoohaan… Mi part baeh kudhinnah boring vedhaane bt Shau n Shau ge mom ge relation baivx aee important baeh… Maa bodu kameh nuvey dhw mi baiga… Story ga mikahala parts vx annaane baeh faharu ???… N readers ge faadukiyumaky ifoo ge kurierun kamuga dhekeny ???… Thankyou so much for the support ❤️❤️❤️?????????… Next part In Sha Allah tomorrow…

  6. Shimko says:
    May 24, 2018 at 4:16 pm

    Masha Allah mi part vvvv reethi..,.

  7. Mate says:
    May 24, 2018 at 4:23 pm

    Vrh.reethi mi part vx. Waiting for next part.

    1. Ifoo ifoo says:
      May 25, 2018 at 3:37 pm

      Thankyou so much Mate ???❤️❤️❤️??????… It’s means a lot for me ??????❤️❤️❤️..

  8. Handi says:
    May 24, 2018 at 4:24 pm

    Varah reethi story. Coverpic ga eii aily and yoohan dho?

    1. Ifoo ifoo says:
      May 25, 2018 at 3:38 pm

      Yesss… Cover pic ga aee aily n yoohaan ???… Thankyou so much Handi ❤️❤️❤️?????????… It means a lot for me ???…

  9. mal says:
    May 24, 2018 at 5:33 pm

    vvv reethi mi part ves. cover pic is cute

    1. Ifoo ifoo says:
      May 25, 2018 at 3:39 pm

      Thankyou soooooo much mal ??????❤️❤️❤️???… V v v ufaavehje ???…

  10. Soabi says:
    May 24, 2018 at 5:50 pm

    Hadaha digu intizaareh koahfeymey mi vahaka upload nukoahgen

    1. Ifoo ifoo says:
      May 25, 2018 at 3:41 pm

      Sorry Soabi dhigu inthizaareh kuran jehunyma… V v v ufaavehje story kiyaalaakan ingunyma ?????????❤️❤️❤️… Thankyou…

  11. shaan says:
    May 24, 2018 at 6:09 pm

    nice ??❤❤❤

    1. Ifoo ifoo says:
      May 25, 2018 at 3:43 pm

      Thankyou soooooo much shaan ❤️❤️❤️?????????… V v v ufaavehje ??????…

  12. Nakhla says:
    May 24, 2018 at 6:25 pm

    Haadha kurey

    1. Ifoo ifoo says:
      May 25, 2018 at 3:44 pm

      Sorry Nakhla ???… Ifoo vx hihhama jehey vareh noon mee bt readers ithurah inthizaaru ga nubaithiban avahah up kohly… Thank you

  13. Twingirl says:
    May 24, 2018 at 8:12 pm

    Wowowo… vvv rythi story ????.. keep it up dear… loves❤❤❤

    1. Ifoo ifoo says:
      May 25, 2018 at 3:46 pm

      Thankyou soooooo much Twingirl ❤️❤️❤️????????????… Haadha loabi colourful comment ekey??????… Much more loves from me ❤️❤️❤️????????????…

  14. Mal says:
    May 24, 2018 at 8:22 pm

    Alhey varah reethi… Rovihjje vaahaka kiyaafa… Waiting for next part…. 🙂 :*

    1. Ifoo ifoo says:
      May 25, 2018 at 3:49 pm

      Thankyou soooooo much Mal ❤️❤️❤️?????????… Dhen nurohchey ingey ???… V v v ufaavehje story reethi v ma ???… N ifoo ah feelings tha deliver koh dhevihje kamah mi balany???…

  15. Shaaa... says:
    May 24, 2018 at 10:21 pm

    Wow?

  16. Livy says:
    May 25, 2018 at 12:38 am

    Heyy ifoo darling! Haadha dhuvas vehjeye dho.. Ifoo mihaaru kihineh tha? Bali okay tha? Varah varah ufaa vejje ehaa dhuvas kollaafa ves story kiyaalan libunyma.. ?❤ Mihaaru mi inthizaaru emme kureveny yoon and ailee ge part akah.. But shau ge mamma ah visnuny dhww finally.. ?? Varah varah kiyaalaa hithun livy ah mi story kiyaalevey.. Hama one of the best ingey ifoo thy ?? when is next part? Avahah up kohladhehchey can’t wait kiyaalan ??❤ keep up the good work dear.. ?❤??? Love youu ?❤???

    1. Ifoo ifoo says:
      May 25, 2018 at 3:57 pm

      My dear Livy ❤️❤️❤️????????????… Ifoo kuriah vure ragalhu… ???… Ehkoh ragalhu nuvey adhivx.. Livy dear kihineh tha?? ???… V v v ufaavehje one of the best ah veema n ehaa kiyaalaahithun ifoo ge Story dear kiyaalaathy ❤️❤️❤️???????????????… Thankyou soooooo much Livy ❤️❤️❤️????????????… Next part tomorrow In Sha Allah ???… Much much more loves from me ❤️❤️❤️???????????????…

    2. Livy says:
      May 25, 2018 at 7:10 pm

      Livy hama baraabaru iraadha kurevviyya.. ??❤❤ and you’re most welcome hama ??????

    3. Ifoo ifoo says:
      May 26, 2018 at 9:04 am

      Alhamdhulillah ???❤️❤️❤️

  17. Anonymous says:
    May 25, 2018 at 11:34 pm

    alhey i missed this story a lot exams feshyma vaahaka kiyan time nulibuny whn i got i read n it was awesome i just love it enme interesting parts dhw then thiby kuriah… gud luck

    1. Ifoo ifoo says:
      May 26, 2018 at 9:11 am

      Awwww Anonymous ❤️❤️❤️????????????… Thankyou so much ifoo ge story kiyaaleema ❤️❤️❤️??????… V v v v ufaavehje story kamudhiyaima n kiyaalaafa comment vx kohleema ❤️❤️❤️????????????… Thankyou once again… N I wish all the best for the results ???… Hope to see your comments in the remaining parts too ???…

    2. Ifoo ifoo says:
      May 26, 2018 at 9:13 am

      Dear readers ???❤️❤️❤️. Ifoo next part submit kohlaifinn ???… Keep waiting ???…

    3. unique says:
      May 26, 2018 at 12:04 pm

      its unique dear i forgot to write my name

    4. Ifoo ifoo says:
      May 26, 2018 at 1:03 pm

      It’s ok dear ???… So Mal akee unique tha? ?

  18. Mal says:
    May 26, 2018 at 10:31 am

    🙂

    1. Ifoo ifoo says:
      May 26, 2018 at 1:04 pm

      ❤️?

  19. unique says:
    May 26, 2018 at 12:05 pm

    thank you ifoo

    1. Ifoo ifoo says:
      May 26, 2018 at 1:04 pm

      Most welcome dear ???❤️❤️❤️

  20. unique says:
    May 26, 2018 at 1:10 pm

    mno im not any mal

  21. unique says:
    May 26, 2018 at 1:10 pm

    no im not any mal

    1. Ifoo ifoo says:
      May 26, 2018 at 1:35 pm

      I’m really very sorry unique dear ???… Unique name liyan hadhaan nethuny ey liyefa inyma ifoo hithah ery… Sorry dear ?…

  22. unique says:
    May 26, 2018 at 4:38 pm

    its okey dear heheh

  23. Rishy says:
    May 26, 2018 at 7:20 pm

    Sry ifoo… adhi kiriyaami kiyaalevunee story… I was so busy because of my mock exams????….. anyways mi part vx vvvvvvv reethi…???☝ ifoo hama best

    1. Ifoo ifoo says:
      May 26, 2018 at 8:59 pm

      awww Rishy ❤❤❤???????????????… its ok ???… v v v ufaavehje thihaa bxy koh ulhemunvx story kiyaaleema n story reethi v ma ??????❤❤❤???… thankyou soooo much ❤❤❤?????????… v v miss vi Rishy ge comment mathin… hithah ery dhn mi partga comment nufennaaney… bt v v v ufaavehje comment kohlyma ???❤❤❤???… n all the best for exams n study well ??????❤❤❤?????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 10←


All Right Reserved!