Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 4

hygge Level 510 Stories100 Comments100 Login500 Comments
May 18, 2018 11 Mins Read
33 Comments

“ވަޓް… ކިހިނެތް ވީ ޒިވާ އަށް؟ އަސްލު ބުނެބަލަ… ކިހިނެތްތަ ވީ؟” ކުއްލިޔަކަށް ޔައިޝްގެ މިޒާޖު ސީރިއަސްކަމަސް ބަދަލު ވެއްޖެއެވެ. ޒިވާގެ އަތް ފެނިފަ އޭޏާގެ ހިތުގައިވެސް ރިއްސާލިއެވެ. އެ އަންހެން ކުއްޖާ ހާދަހާ ހިތްވަރު ގަދައެވެ. އަތް އެހާބޮޑަށް ހަލާކުވެ ލޭ އަންނައިރު ހާދަހާ ތަދެއް ވާނެއެވެ. އަދި އެއީ ހުޅެއް މައްޗެވެ. އެކަމަކުވެސް އޭނާ ހިނިތުން ވެފައި އެ އިނީ އެ ރިހުމުގެ މައްޗަށް ބާރުފޯރުވައިގެންނެވެ. އޭނާ ކުޅެގެން ފައިން ތަންކޮޅެއް މަށައިގެން ދިޔަޔަސް އޮންނަނީ ފިޔަވަޅެއް އަޅާލަން ނުކެރިފައެވެ. ޒިވަގެ އެ ކެތްތެރިކަމަސް ޔައީޝްއަށް ހިތާހިތުން ތަޢުރިފް ކުރެވުނެވެ. އަދި ޒިވާ އަށް އެހެން ހެދި މީހަކު ހޯދަން އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އެއީ ޚުދު އޭނާގެވެސް ނުލާހިކު ގާތް އެކުވެރިއެކެވެ. ވީ އިރު އެމީހަކު އެކަމެއް ތަކުރާރު ކުރަން ހިތަވަރު ދޭންވީ އެއްވެސް ސަބަބެއް ނެތެވެ.

ޔައީޝް ކުއްލިޔަކަށް އޭނާއާއިމެދު އެހާ ވަރަށް ކަންބޮޑުވުމުން ޒިވާ އިނި ޙަޤީގަތުގައިވެސް ހައިރާންވެފައެވެ. އަދި އުފާވެސް ވެފައެވެ. އޭނާއާއި ދޭތެރޭ ވިސްނާނީ އޭނާ އަށް ހެޔޮ އެދޭ މީހުންނެއްނޫންހެއްޔެވެ؟ އެ ސިފަ ޔައީޝްގެ ގައިގައި ހުރުމުން އޭނާ ހިނިތުން ވެލިއެވެ. އެކަމަކު އަތަށް ތަދުވާ ވަރުން ލޮލަށް ކަރުނަ ބޮނޑިވޭވޭ ހުރިނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. “ހަމަ އަސްލުވެސް ޒިވް ކްލާހަށް ވަދެވަދެ ހުއްޓާ އެމީހަކު ފައިގަ އަޅުވާލީ… ނުއެއް ފެނުނު ޒިވް އެއިރު ކުޑަކޮށް އެތެރޭގަ ހުރީމަ.. އެކަމް ކުއްޖެއް އެއީ… ހެހެހެ..” ޒިވާ އެވަގުތުވެސް ސަމާސާއެއް ކޮށްލިއެވެ. ތިން އެކުވެރިންގެ މޫނުމައްޗަށް އޭނާގެ ސަބަބުން ހިނިތުންވުން ވެރިވުމުން ޒިވާ އިނީ ނުހަނު ހިތްހަމަ ޖެހިލައިގެންނެވެ.

“އަޅެ، އަހަރެމެންނަށްވެސް އެބަ އިނގެޔޭ އެއީ ކުއްޖެއްކަން… ޖިންނިއެއް ނޫންކަން..” މައިހާވެސް ސަމާސާ ކޮށްލިއެވެ.   ޒިވާ އަށް އެކަންތައް ނޭނގުމުން އެ ކުދިން ދެން އިހަށް އެވާހަކަ ހުއްޓާލިއެވެ. އެހެން ނަމަވެސް ޔައީޝްއަށް އެކަންތައް ކުރި މީހަކާ ދޭތެރޭ ހަމަ ވިސްނެނިއެވެ. ޒިވާ އަށް ދެން އެހެން ހަދާނީ ވަކި ކާކުހެއްޔެވެ؟

***

ސެޝަން ނިންމުމަށްފަހު ގެއަށް ދިޔަ ޒިވާ ގޮސް ގެއަށް ވަތްތަނާ އޭނާގެ މަންމައަށް ހަލާކުވެފައިވި ޒިވާގެ އަތް ފެނުނެވެ. “ދަރިފުޅާ… ކިހިނެތް ވެފަ މިއޮތީ އަތަށް؟ ކީއްކުރީ އަނެއްކާ؟” ނޫރީން ކަންބޮޑުވެފައި ވީ ވަރުން ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. އަދި ޒިވާގެ އެ އަތް ނަގާ ވެފައި އޮތް ގޮތެއް ބަލަން ފެށިއެވެ. “މަންމާ… މާ ބޮޑު ކަމެއް ނުވެޔޭ ދެން… ވެއްޓުނީ.. އެއްވެސް ވަރަކަށް ތަދެއްވެސް ނުވޭ.. ޒިވް ވަރަށް ބޮޑީ ގަދަ ވާނެޔޭ މަންމަ ބުނަމެއްނު ޒިވް ކުޑައިރު ވެއްޓޭ އިރަށް ވެސް… ޒިވް އަކަށް ނުވޭ ހަމަ ތަދެއް..” ޒިވާ ނުހަނު ލޯތްބާއިއެކު މަޑުމައިތިރިކަމާއިއެކު އޭނާގެ މަންމަ ގާތު ބުނެލިއެވެ. ނޫރީންވެސް ލޯބިން ފުރިގެންވީ ނަޒަރެއް ޒިވާއަށް ދިނުމަށްފަހު އެ ދަރިފުޅު ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅު ފްރެޝް ވެލައިގެން އާދޭ ކާން… މަންމަ ކާންވެސް ހަދާފަ އެހުރީ…” ނޫރީން ޒިވާ ގާތު ކާން އަންނަން ބުނުމުން އޭނާ ބޯ ޖަހާލުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ސިޑިން އަރައިގެން ދިޔަ ޒިވާގެ ނަޒަރު ހުއްޓިފައިވީ ބެންޑޭޖު އަޅާފައިވި އޭނާގެ އަތަށެވެ. އެތަނަށް ބެލި ބެލިހެން މިއަދު ކަންތައް ވެދިޔަ ގޮތް ހަނދާނަށް އަންނަން ފެށިއެވެ. އޭނާގެ އަތް ފެނުނު ތަނުން ޔައީޝް އަށް ވީ ގޮތެވެ. އަދި ހާސްވެ އޭނާގެ ޙާލަތާއިމެދު ކަންބޮޑުވީވަރެވެ. އޭނާގެ ތުންފަތުގައި ނުފިލާނޭފަދަ ހިނިތުންވުމެއް ކުޅެލިއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމުގައި ހިތުގެ ކަނަކުން ގޮވާލި ހިނދު އެ ތުންފަތުގައި ވީ ހިނިތުންވުން ފޭދިގެން ދިޔައެވެ. އެގޮތަށް ފިރިހެން ކުއްޖަކާއި ދޭތެރޭ ވިސްނާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ﷲ މަނާ ކުރެއްވި ކަނަތަކުން ދުރުހެލިވާން އޭނާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

ފެންވަރާލައިގެން ނިކުތް ޔައީޝްގެ ލޮލުގައި އަޅައިގަތީ އޭނާގެ އެނދުގައި ހަމަޖެހިލައިގެން އޮށޯވެ އޮތް ޔުއާން އެވެ. “ދޮންބެ ކީއްކުރަން މިތާ؟ އަދި މިގަޑީގަ؟” ޔައީޝް ހައިރާންވެފައި ޔުއާން އާއި ދިމާލަށް ބަލަން ހުރެ ޖަވާބު ބޭނުމޭ ބުނާ ފަދަ ގޮތަކަށް ސުވާލު ކޮށްލިއެވެ. “ނަތިންގް… މަގޭ ކޮއްކޮ ކޮޓަރިއަށް ނުވަދެވޭތަ ދޮންބެއަށް؟ އަމިއްލަ އެއްޗެހި ގެންގުޅެން ފެށީދޯ ސިއްރުން؟” ޔުއާން ލާނެއް ފާޑަކަށް ހިނި އައިސް އިނދެ ޔައީޝް އާއި ސުވާލު ކޮށްލީ ޖެއްސުން ކޮށްލުމުގެ ބޭނުމުގައެވެ. ޔައީޝް އަވަހަށް ނޫނެކޭ ބުނެލިއެވެ. “ދޮންބެ ހަމަ ފޫހިވާތީ މި އައީ… ތާކަށް ދާންތަ ތި ފެންވަރާލީ؟ މިއަދު ކުޅެން ނުދަނީތަ؟” ޔުއާންގެ ސުވާލު ބޮނޑި ބަނދެލިއެވެ. ޔުއާންގެވެސް ހާދަ ސުވާލު ގިނައޭ ޔައީޝްގެ ހިތަށް އެރިއެވެ. އޭނާގެ ދޮންތަ މިވަގުތު ރަށުގަ ނެތްކަން އެއީ ހަމަ ނަސީބެކޭ ޔައީޝް ހިތާހިތުން ކިޔާލިއެވެ.

“ހުމްމްމް.. މިއަދު ކުޅެން ނުދެވޭނެ… އެކަމް އަސްލު ހައިރާން ވެފައޭ މިހުރީ.. ކުޅެން ނުދެވޭނޭ ބުނެވުނީމަ.. ކުއްލިޔަކަށް ހިތަށް އެރީ ހަމަ އަތިރިއަށޭ މިއަދު ދާނީ.. ހީވަނީ ހަމަ ނުފެންނަ ބާރަކުން ޔައި އެތަނަށް ފޮނުވަން އުޅޭހެން.. އެނީވޭސް، މިއަދު އަދްޔަން މެންނާ އެކީ ބުރެއް ޖަހާލަން ދާން ކަމަށް މިއުޅެނީ… ބަނދަރަށް.. އޯކޭނު؟” ޔައީޝް އޭނާގެ ޕްލޭން ޔުއާން އާއި ހިއްސާ ކޮށްލިއެވެ. ޙަޤީގަތުގައިވެސް އޭނާ ހުރީ މިއަދު ކުޅެން ދާހިތް ނުވީތީ ހައިރާން ވެފައެވެ. އެހެންޏާ އެއީ އެންމެ ދުވަހެއްގެވެސް ކުޅުން ކަޓުވާލާ މިހެއް ނޫނެވެ. “ދޮންބެ ކައިރިއެއް ނޫން އަހަންވީ.. ގޮސް މަންމަ ކައިރީ އަހާ.. ދޮންބެވެސް ދެން ދާނަން ކޮންމެސް ތާކަށް ފޫހި ފިލުވާލަން… ހެހެހެ..” ހިނިގަނޑެއް ޖަހާލަމުން މަންމަ ގާތު ޔައީޝް ދާ ތަނެއް ބުނުމަށް ބުނެ ޔުއާން އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޔުއާން ދިޔުމުން ޔައީޝް އަލަމާރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭގެއިން ކަޅުކުލައިގެ ގަމީހަކާއި މަޑު މުށި ރީނދޫ ކަހަލަ ކުލައެއްގެ އެންމެ މިހާރުގެ ފަޓުލޫނެއް ނަގާ އޭނާ އޭތި ލިއެވެ. ކަޅުކުލައިގެ ގަމީހުގެ ކަރުގޮށާއި ހަމައަށް އަޅުވާލުމަށްފަހު ގަމީހުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅާލައިފައިވީ ގޮތުން އޭނާގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ސްޓައިލް ކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތިން ބޮޑީސްޕްރޭ ފުޅި ނަގާ ގަޔަށް ބުރުވާލިއެވެ. މީހަކު ކޮށި އަރާ ވަރުވުމުން ބޮޑީސްޕްރޭފުޅި އިންތަނުގައި ބައިންދާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

“މަންމާ.. އޯކޭދޯ ޔައިޝް އަދްޔަން މެންނާއި އެކީ ދިޔަޔަސް… ބަނދަރަށް މި ދަނީ… ދެން މަޣްރިބް ނަމާދު ކޮށްލައިގެން ގެއަށް އަންނާނީ…” ޔައިޝް އޭނާގެ މަންމަ ގާތުގައި ހުއްޓިލަމުން ހުއްދައަށް އެދުނެވެ. އޭނާއަކީ އެކަނި ތަންނަތަށް ގޮސް ހަދާ ކުއްޖެކެވެ. ނަމަވެސް މަންމަ ފަރާތުން ހުއްދަ ލިބިގެން ނޫނީ އެގޭ ހަތަރުފާރުން އޭނާ ބޭރުނުވާނެއެވެ. އާދައިގެ ހިނގުމެއްގައި ގޮސް އޭނާ ގެއިން ނިކުމެލީއިރު އަދްޔަން އާއި ޒައިން އޭނާގެ އިންތިޒާރުގައި ގޭ ކުރިމަތީގައި ތިއްބެވެ. “ސުބުހާނައްﷲ… ކާކަށް ފަރިދެއްކެން ދާން ތި ނިކުތީ؟ މަގޭ ނޭފަތަށްވެސް އުނދަގޫ ވޭއެބަ… އަވަހަށް ހިނގާ އަތިރިއަށް ދަމާ.. އޭރަށް ވަޔާއި އެއްކޮށްވެސް ތި ވަސް ތަންކޮޅެއް މަޑުވެއްޖިއްޔާ ވަރިހަމައެއްނު…” ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއި ކަޅު ފަޓުލޫނެއްގައި، ކަޅުކުލައިގެ އަވިއައިނެއް އަޅައިގެން ހުރި ޒަޔާން ޔައީޝްއާއި ސަމާސާ ކޮށްލިއެވެ. ޔައީޝްވެސް ހިނިގަނޑަކުން ފުއްދާލުމަށްފަހު ފާރު ކައިރީ ބަހައްޓާފައި ހުރި ނޫކުލައިގެ ބައިސްކަލުގައި އެކުދިންނާއިއެކީ ދުއްވާލިއެވެ.

ހަވީރުގެ ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ބައިސްކަލުގައި ދުއްވާފައި ދިޔަ ތިން ފިރިހެން ކުދިންގެ ގައިގައި ބީހެމުން ދިޔައެވެ. އެ ތިންކުދިންނެކޭ އެއްފަދައިން ރަށުގެ އެތައް ބަޔަކު އެ ހިތްގައިމު ވަގުތުކޮޅުގެ އުފާ ލިބިގަތުމަށްޓަކައި އަތިރިއަށް ޖަމާވެ އުޅެއެވެ. އެކި އުމުރުފުރާގެ މީހުންނެވެ. އަދްޔަން ގެ އެދުމަކަށް ޖެޓީ ނިމޭ ހިސާބަށް އެކުދިންގެ ބައިސްކަލުގެ މިސްރާބު ޖެހިއެވެ. އުޑުމަތީގައި ރަތްވިލާ ލާން ފަށައިފައި ވީ އިރު އިރުއޮއްސެން އަދި ވަގުތުކޮޅެއް އޮތް ކަން އަންގައިދެނީ އިރު ފެނުގައި ނުޖެހި އިން ތަންކޮޅުންނެވެ. އަތިރިމަތީގެ އަކިރިވެލިގަނޑުގައި ދޭތެރެ ދޭތެރެއިން ކާޅުތައް އިށީނދެގެން ތިބުން ވީ އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވި ސަބަބަކަށެވެ. ވަށައިގެން ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ﷲގެ ކުޅަދުން ވަންތަކަމެވެ.

އަދްޔަން ބައިސްކަލުން ފައިބާ ހަރުޖެއްސުމަށްފަހު އިރު އޮއްސޭ މަންޒަރު އޭނާގެ ފޯނުގައި ރައްކާ ކުރަމުން ދިޔައެވެ. އަދްޔަންގެ ފަން އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައި ވީ ނަމަވެސް ވައިގެ ޙަމަލާތަކުގެ ސަބަބުން ނިތްމައްޗަށާއި އެއްކޮށް އެކި ގޮތްގޮތަށް އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ކަޅު ކުލައިގެ މިހާރުގެ ޖީންސް ފަޓުލޫނާއި އެކީ އޭނާ ލައިފައިވި މަޑު ނޫކުލައިގެ ގަމީސް ޖެހޭ ވައިގެ ސަބަބުން އެ ހަށިގަޑުގައި އެއްފަރާތަކުން ތަތް ލާފައިވިއެވެ.

ޒަޔާން ކުޑަކޮށް ގުދުވެލައި ބައިސްކަލުގެ އަތްގަނޑުގައި ދެއަތް އަޅުވާލައިގެން އިނީ އަދްޔަން ފޮޓޯ ނަގާ މަންޒަރު ބަލާށެވެ. އޭނާވެސް އެންމެފަހުން ބައިސްކަލުން ފައިބައިގެން ގޮސް ފޯނު ނަގާ އަދްޔަން އެކޭ އެއްފަދައިން ގުދުރަތީ އެ ރީތި މަންޒަރު ފޮޓޯ ނަގަން ފެށިއެވެ. ނަމަވެސް ދެއަތް އުރާލައިގެން ބިނަމަތީގައި ދެފައި ހަރުކޮށްގެން ބައިސްކަލުގައި އިންގޮތަށް އިން ޔައީޝްގެ ނަޒަރު ހުއްޓިފައިވަނީ ހުރި ސީދަލަށް ކުރިމައްޗަށެވެ. ނޭނގުމެއްގެ ތެރެއިން އޭނާގެ ވިސްނުން އެކި ކަންކަމަށް ދަތުރު ކުރަން ފެށިއެވެ. ދުނިޔޭގެ އެކި ކަންކަމަށެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވި އެއްޗަކުން ސިކުނޑި މަސައްކަތްކުރުން ހިނދުކޮޅަކަށް ނަމަވެސް މަޑުޖެހިލިއެވެ.

އޭނާއަށް އަދި މި ވީ ފަނަރަ އަހަރެވެ. ނަމަވެސް ހާދަހާ ކަންކަމެއް އޭނާގެ ދިރިއުޅުމުން ބަދަލު ކުރަން ޖެހެއެވެ. އޭނާގެ ހަށިގަނޑުގައި ހަރުލައިފައި ހުރި ހާދަހާ ގިނަ ނުބައިއާދަތަކާއި އުޅުންވެސް ރަނގަޅު ކުރަން އެބަޖެހެއެވެ. ދުނިޔޭގެ ރަތްވިލާލަމުން ގޮސް އޮއްސެމުން ދިޔަ އިރާއިއެކީ އޭނާގެ ވިސްނުންވެސް ދަތުރު ކުރަމުން ދިޔައެވެ. ތިމާއަށް މި އުޅެވެނީ އެންމެ ރަނގަޅަށް ނޫންހެން އޭނާއަށް އިޙުސާސް ކުރެވުނީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް އެނގެނީކީ ނޫނެވެ. އޭނާއަށް އެސްފިޔަ ޖަހާލަންވެސް ހަނދާންވީ ލޮލުކޮޅުން މީހަކު ނޫނީ މީހުންތަކެއް ފެންނަހެން ހީވެގެންނެވެ.

މޫނު އަނބުރާލައި ކަނާތް ފަރާތަށް އެނބުރިލީ ވަގުތު ލޮލުގައި އަޅައިގަތި މެރޫން މުލައިގެ ބަޓަފްލައި ހެދުމަކާއިއެކު ކަޅުކުލައިގެ އާދައިގެ ކަން ބުރުގަލެއް އަޅާލައިގެން ހުރި ކުއްޖެކެވެ. އޭނައާއި ނުހަނު ގާތުގައި ވައިލެޓު ކުލައިގެ އާދައިގެ ދޫ އަބާޔާއެއް ލައިގެން ހުރި ކުއްޖަކު ހުއްޓެވެ. އޭނާވެސް ހުރީ ހަމަ އާދައިގެ ކަޅު ބުރުގަލެއް އަލާލައިފައެވެ. އެ ދެމީހުން ހުއްޓިލައިގެން ތިބީ ޔައީޝްމެނަށް ފުރަގަސްދީގެން ކަމުން އެއީ ކޮން ކުދިބައެއް ކަމެއް ޔައީޝްއަށް ނަގައިގަންނަން ވި ދަތިކަމަކަށެވެ. ވައިލެޓުކުލައިގެ ހެދުން ލައިފައިވި ކުއްޖާ ދެން ހުރި ކުއްޖާއާއި ކޮންމެވެސް ސަމާސާއެއް ކުރަމުން ދިޔައެވެ. އޭނާ ހިނިގަނޑެއް ޖަހާލަމުން އަނެއް ކުއްޖާއާއިވި ފަރާތަށް މޫނު އަނބުރާލި ވަގުތު އެ މޫނުމަތިން އެއްފަޅި ހާމަވެގެން ދިޔައެވެ. އެވަގުތު ޔައީޝްގެ ތުންފަތަށް ލުއި ހިނިތުން ވުމެއް ވެރިވީ ދެން ހުރި ކުއްޖާއަކީ އޭނާއަށް އެ ހީކުރެވޭ ކުއްޖާހެން ހީއާއި ގާތަށް ޔަގީން ވުމުންނެވެ. ޔައީޝްއަށް ހިނިތުން ވެލެވުނީ ނޭނގުމެއްގެ ތެރެއިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދެއަތް އުރާލައިގެން ހުރި ޒިވާ ބުނެލާ އެއްޗެހިން އަޔާނީ ދިޔައީ ހެވެމުންނެވެ. ނަމަވެސް އޭނާ ބުނެވޭ އެއްޗަކުން އަޔާނީ ހީހީ ހިނދުނަސް އޭނާ ހުންނަނީ ހަމައެކަނި ލުއި ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. އޭނާގެ އެހުންނަ މަޖާ މިޒާޖެކެވެ. ޖެހެމުންދިޔަ ފިނި ވައިރޮޅިތަކުގެ ސަބަބުން ޒިވާއަށް ފިނިވަމުން ދިޔައެވެ. ނޭފަތް ނިކަން ބާރަށް ދަމާލީ ނޭފަތް ބެދޭހެން ހީވުމުންނެވެ. ހީވީއެއް ނޫނެވެ. ޙަޤީގަތުގައިވެސް އޭނާގެ ނޭފަތް ބެދެމުން ދިޔައެވެ. އޭނާއަކީ ފިންޏަށް މާ ގަދަ މީހެއް ނޫނެވެ. “ހެލޯ ޒިއްޕުޑިން” ނޭފަތް ދަމަދަމާ ހުރި ޒިވާއަށް ހައިރާން ކަމެއް ލިބުނީ ފަހަތުން އިވުނު ފިރިހެންވަންތަ އަޑުންނެވެ. އެހެން އޭނާއާއި މުޚާތަބު ކުރާނީ މުޅި މިދުނިޔެއިންވެސް އެންމެ އިންސާނެކެވެ. ހިނިތުން ވެލައިގެންހުރެ މަޑުމަޑުން ފަހަތަށް އެނބުރިލިއެވެ.

ދެ ފިކުރެއްގައި ހުރެ ޔައީޝް ޒިވާއަށް ގޮވާލި އެއީ ހަމަ ޒިވާހެން ހީވާ ވަރުންނެވެ. އެއީ ޒިވާއަށް ނުވެއްޖެއްޔާ މިއަދު އޭނާ ހާދަ ލަދެއް ގަންނާނެއެވެ. ކުރެވުނު މޮޔަ ކަންތައް ހިތަށްއެރުމުން ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ. ނަމަވެސް މޫނުމަތިން ހަމަޖެހިލާކަން އޭނާ ދައްކާލިއެވެ. އެ އަންހެން ކުއްޖާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. އެއް އަތުގައި އަނެއް އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރި އިރު އެއީ ހަމަ ޒިވާއެވެ. އެ މޫނުމަތިން ދެން ފެނުނީ ހިނިތުން ވުމެކެވެ. ޔައީޝްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ ލަދުގަންނަވަރެއް ނަސީބަކުން މިއަދަކު ނުވިއެވެ. “ކޮބާ އަތް ކިހިނެއް މިހާރު؟” ޔައީޝް ފުރިހަމަ ހިނިތުން ވުމަކާއިއެކު ޒިވާ ގާތުން ކޮށްލީ ސުވާލެކެވެ.

“އަޅެ ޒިވް އަށް މަރުގެ އެތިފަހަރެއް ލައްވާލީތަ އެންމެން މާ ކަންބޮޑުވެގެން ތި އުޅެނީ؟ ޒިވް ހަމަ ބަރާބަރޭ.. ނުވޭ ތަދެއް އަތަކަށްވެސް..” ޒިވާ ހުރީ އޭނާގެ ދެކެ އިންތިހާއަށް ލޯބިވާ މީހުން މިދުނިޔޭގަވެސް އެބަތިބިކަން ހަނދާންވުމުން އުފަކުން ފޮޅިފައެވެ. “ނޫނޭ… އެއްގޮތަކަށްވެސް ތިހެނެއް ނޫން… ޕުޑިންކޮޅެއްވެސް ބިންމައްޗަށް ވެއްޓިއްޖެއްޔާ އޮންނަނީ ޗަސްވެފަވިއްޔަ.. ހަލާކުވެސް ވެފަ… ޒިއްޕުޑިންވެސް ވެއްޓުނީ ބިންމައްޗަށް،.. އަތްވެސް ހަލާކުވި.. އެހެންވެ ހަމަ އަހާލި…” ނިކަން ސީރިއަސްވެލައިފައި ޔައީޝްބުނި ވާހަކައިން ޒިވާއަށްވެސް މިފަހަރު ނުހީ ނުހުރެވުނެވެ. ޒިވާ ކުޑަކޮށް ތުންފަތް އޫކޮށްލީ ޒިއްޕުޑިންނޭ ކީމަ ނުރުހުންވާކަން ދައްކާލާށެވެ. ނަމަވެސް އެހެން އޭނާއަށް ހުރެވުނީ ހިނދުކޮޅަކަށެވެ. އަނެއްކާވެސް ހެވެން ފެށުނީއެވެ.

“އޭތް އޭތް… ކިހިނެއް ވެގެން މިއުޅެނީ؟ އެންމެން މާ ވަރަކަށް ހެވެނިއްޔޯ؟ ޒިވާ އާ އަޔާނީ ކީއްކުރަނީ މިތާ؟” ދުރުގައި ތިބި އަދްޔަން އާއި ޒަޔާން އަށް ޒިވާމެން ފެނިގެން އެތަނަށް އައިސް ސުވާލު ފައްޗެއް ކުރިއެވެ. “މަޖާ ވާނެއްނު ޔައީޝް ޖޯކެއް ކިޔާލަ ދިނީ.. ދޯ؟” ޒިވާ ޔައީޝް އަށް ދޯ ދެމުން ހެމުން ބުނެލިއެވެ. “ބަލަ އަހަރެމެން ނުވޭތަ މިތަނަށް އައިސްގެން؟ މިއީ އަހަރެމެންގެ ވެސް ރަށޭ.. ހަމަ ހިނގާލަން އައިސް މިއުޅެނީ…” އަޔާނީ މޫނަށް ވައްތަރެއް ޖައްސާލަމުން ޒަޔާން އާއި ދިމާލަށް ބުނެލިއެވެ. “ނޫނޭ ނޫނޭ.. ތިހެނެއް ނޫން.. މަ ހީކުރީ ހަވީރު ފިންޏަށް ފޮނިކަނޑަން އައީ ކަމަށޭ.. އެހެންވެ ޔަގީން ކޮށްލަން އަހާލީ.. މިހާރު އެ ހީ ޔަގީނަކަށް ހަމަ މި ބަދަލު ވީ.. ހަމަ ފޮންޏަށް ތި ދެމީހުން މިތަނަށް އައިސް ތި ތިބީ.. ނޫންތަ އަދްޔަން…” ޒަޔާން ވެސް ދުލެއް ނުކުރިއެވެ.

އެ ސަކަރާތުގައި އިރުކޮޅެއް ވާންދެން ތިބެފަ ބަންގި ގޮވަން ކައިރި ވާތީ ޒިވާ އާއި އަޔާނީ ގެއަށް ދާން ހިނގައި ގަތެވެ. “ޔާނީ..” ޒިވާ އާއި އެއްކޮށް ގޮސް ގޮސް ހުރި އަޔާނީ އަށް މީހަކު ގޮވާލި އަޑު އިވިގެން ފަހަތް ބަލައިލިއެވެ. އެއިރު ޔައީޝް، އޭނާ އައުމަށް އަތުން އިޝާރާތް ކޮށްލިއެވެ. “ޒިވް.. އެބަ އަންނަން އިނގޭ.. އެހަށް މިތާ މަޑުކޮށްލަބަ..” އަޔާނީ އެހެން ބުނެ ޒިވާ އަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ފަހަތަށް އެނބުރި ހިނގައި ގަތެވެ. ޒިވާ ވެސް މޫދަށް ނަޒަރު ހުއްޓާލައިގެން ހުރީއެވެ.

“އަޔާނީ… މަށަށް އިނގޭ ޒިވާ ކައިރި މި ސުވާލު ކޮށްގެން އެންމެ އެދެވޭ ޖަވާބެއް ނުލިބޭނެކަން… އެހެންވެ އަޔާނީ ކައިރި އަހަން މި ގެނައީ.. ޒިވާ އާއި ދުޝްމަނުކަން އޮންނަ ކުއްޖެއް އިނގޭތަ؟ ބުނީމެއްނު މަ ކައިރީ ތިމީހުންނަށް ހެލްޕް ވެދޭށޭ އެއީ ކާކުކަން ހޯދަން.. އެހެންވެ އަހާލި..” ޔައީޝް ނިކަން ސީރިއަސް ވެލައިފައި އަޔާނި އާއި އޭނާ ކުރަން ބޭނުންވި ސުވާލު ކޮށްލިއެވެ. “ޔައީޝް.. ވަރަށް ބޮޑަށް ސޮރީ.. އެކަމް ޔާނީ ހަނދާން ކޮށްކޮށްވެސް ޒިވް އާއި ތިހެން ވަކި ދުޝްމަންކަން އޮންނަ ކުއްޖެއް ހަނދާނެއް ނުވި.. ޒިވް އެއީ އެންމެންނާއިވެސް ނުހަނު ގުޅިގެން އުޅޭ ކުއްޖެއް.. ދެން ކިހިނެއް ތިގޮތަށް އިނގޭނީވެސް.. އިނގިލިން ގުނާލެވޭހާ މަދު ކުއްޖެއް ކަންނޭނގެ އުޅޭނީ ޒިވް އާއި ޖައްސާލައިގެން އުޅޭ.. ފަހުން ހަނދާންވެއްޖިއްޔާ ބުނެލާނަން.. ދެން މިވަގުތު ގޮސްލަނީ.. ޒިވް އެހުރީ މިހާރުވެސް ލަސްވެފަ..” އަޔާނީ ހަނދާން ކޮށްކޮށްވެސް އެކައްޗެއްވެސް އެ ސިކުނޑިއަށް ނައުމުން ފޫހިވެފައި ހުރެ ޔައީޝް އަށް އެހެން ބުނެލިއެވެ. އަދި ޔައީޝް ބޯ ޖަހާލުމުން ޒިވާ ގާތަށް އޭނާ މިސްރާބު ޖެހިއެވެ.

“ކީކޯ ޔައީޝް ބުނީ؟” އަޔާނީ އައިސް ހުއްޓުން ތަނާ ޒިވާ ސުވާލު ކޮށްލިއެވެ. އެއިރުވެސް އޭނާ އެ ސުވާލު ކޮށްފާނެކަން އަޔާނީ އަށް އެނގޭ ފަދައެވެ. “އެއީ.. އޭނަ ބުނީ މާދަން ސްކޫލަށް ދާއިރަށް ޔާނީގެ އެއްކަލަ ބޮޑު ބޮޑު އިންގްލިޝް ވާހަކަ ފޮތެއް އޮވެޔެއްނު.. އޭތި ގެންގޮސްދޭށޯ..” އަޔާނީއަށް ކިތަންމެ އުނދަގޫ ވީ ނަމަވެސް ދޮގެއް ހަދާލިއެވެ. ޒިވާއަށް އެކަމުން އިތުރު ކަންބޮޑުވުމެއް ލިބެން އޭނާ ނޭދުނީއެވެ. އޭނާއަކީ އޭނާގެ އެކުވެރިންނަށް ނުހަނު ވަފާތެރިވާ ރަނގަޅު ކުއްޖެކެވެ. ވީ އިރު ދޮގެއް ހަދަންވެސް ފަސް ޖެހޭނެ ނޫންހެއްޔެވެ؟

ގެއަށް ވަދެގެން އައި ޔައީޝް ހުރިތާ މަޑުކޮށްލީ އިވެން ފެށި ރީތި މަދަޙައަކުންނެވެ.

މީ ދުނިޔެއޭ މީ ދުނިޔެއޭ ހިތަކަށް މަގެ ލިބިފައިވެޔޭ…

މީ ރުއިމަކުން ފެށި ދުނިޔެއޭ ދެން ރުއިމަކުން ނިމިގެން ދެޔޭ…

މީ ދުވަހަށް ތައްޔާރުވާން ލިބިފައި މަށަށް ވާ ދުވަހެކޭ…

މީ ދުނިޔެއޭ މީ ދުނިޔެއޭ ހިތަކަށް މަގޭ ލިބިފައި ވެއޭ…

ތެދެކެވެ. އޭނާއަށް މި ދުނިޔެ އޮތީ ހަމަ ހިތަކަށް ލިބިފައެވެ. ނަމަވެސް އޭނާއަށް އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފެއެވެ. ނަމާދަށް ގޮއްސަ ވެސް ހަޤީގަތުގައި ނަމާދުގައި ޚުޝޫޢަތްތެރި ނުވެވެއެވެ. މެންދުރު ނަމާދުގައި ހުރެގެން ގިނަ ފަހަރަށް ވިސްނޭނި ގެއަށް ގޮއްސަ މިވެނި ކަމެއް ކުރާށެވެ. އަޞްރު ނަމާދަސް އަރާ ހުންނައިރުވެސް މިސްކިތުގައި ހުންނާނީ ހަމައެކަނި އޭނާގެ މަސްގަނޑެވެ. ވިސްނުން ހުންނާނީ ފުޓުބޯޅަ ދަނޑުގައެވެ. ގްރޭޑް ހަޔަކަށް އަރައިގެން އައި ފަހުން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެންމެ ފަހުން ޤުރުއާން ކްލާހަށް ދިޔުންވެސް ހުއްޓާލިއެވެ. އޭނާ ހިތުން ޤުރުއާން ކިޔަވާ އުމުރު ދެން އެ ނިމުނީއެވެ. ޤުރުއާން ކިޔަވާނި ކުޑަކުދިންނެވެ.

ނަމަވެސް އޭނާގެ އެ ވިސްނުމަށް ޒިވާ ކޮންމެ ފަހަރަކު ޤުރުއާން މުބާރާތުގައި ގޮން ޖަހާލައެވެ. ކޮންމެ ޤުރުއާން މުބާރާތެއް ވެސް ޒިވަ ނިންމާލަނީ ރަން ވަނަތަކާއިއެކު އެވެ. ނުވިތާކަށް އޭނާއަށް ޤުރުއާން ކިޔެވުމުގެ މުހިއްމުކަން ޒިވާ އަންގައިދޭން މަސައްކަތް ކުރީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭނާގެ މަންމަގެ އިތުރުން އެ އަންހެން ކުއްޖާވެސް އޭނާ ޤުރުއާން ކުލާހަށް ދާން ބުނެދިނީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭނާގެ ދޮންތަ އޭނާއަށް ނަސޭޙަތް ދިނީ ކިހާ ވަރަކަށް ހެއްޔެވެ؟ އޭނާއާއި އެހާ ދުރުގަ ހުރި ނަމަވެސް ލޯބިވާ ކޮއްކޮއަށްޓަކައި ވައިބަރ އިންނާއި މެސެންޖާއިން ދީނީ އެކި އެކި ލެކްޗާކުގެ ލިންކްތައް ފޮނުވީ އުންމިދާއިއެކީއެވެ. ކޮންމެފަހަރަކު ރަށުން ފުރަިގެން ދިޔުމުގެ ކުރިން އޭނާގެ ބައްޕަ އޭނާއަށް ހެޔޮ ނަސޭޙަތް ދެނީ ކިހާ ވަރަކަސްހެއްޔެވެ؟ ދޮންބެ ކޮންމެ ފަހަރަކު ރަށަށް އައިސް ވެސް އޭނާއަށް ދީނީ ކަންކަމަސް ފަރުވާތެރިވާން ކިޔައިދެނީ ކިހާވަރަކަސް ހެއްޔެވެ؟ ނަމަވެސް އޭނާއަށް އެ އެންމެންނަށްވެސް ދެވުނީ ބީރު ކަންފަތެކެވެ.

މިއަދު މިއީ ވަރަށް ތަފާތު ދުވަހެކެވެ. އޭނާގެ ސިކުނޑި މިއަދު ހުރިތާކުން ހޯދާ ބަލައިގެންވެސް އޭނާގެ ކުއްތަށް އެބަ ފާހަގަކުރެއެވެ. މީގެން ވިސްނައިގަންނަންވީ ކޯއްޗެއް ކަމެއް ފުރަތަމަ ޔައީޝްއަކަށް ނޭނގުނެވެ. ނަމަވެސް އޭނާގެ ނަފްސު ހެޔޮ މަގަށް އަޅުވަން ވެއްޖެކަމަށް މިހާރު ހިތުގެ ކަނަކުން އެބަ ގޮވައެވެ. ހުރި ތަނުން ޔައީޝްގެ ފިޔަވަޅު ގުޑުވާލީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އޭނާ ދެން ޤުރުއާން ކިޔަވަން ނިންމައިގެންނެވެ. އަދި ފަރުޟު ފަސް ނަމާދު އެއަށް ރަނގަޅަށް ސަމާލުކަން ދީގެން ކުރުމަށެވެ. މިއާއިއެކު އޭނާގެ ހުސް ވަގުތު ތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ދީނި ކަންކަމަށް އިތުރަށް ސަމާލުކަން ދޭން ނިންމައިގެންނެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ޔައީޝް ފަރުވާތެރިކަމާއިއެކީ އެ ދޮރު ލައްޕާލިއެވެ.

އާ ދުވަހަކަށް އިރު އަރައިގެން އައީ އެންމެންގެ އުފާވެރި މޫނުތަކަށް ހިނިތުންވުނެ ގެނުވަމުންނެވެ. ނަމަވެސް ހަސަދައިގެ ހުޅުގަނޑުތެރޭ ރޯވެ އަނދަމުންދާ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެއްލުވާލައިފައެވެ. “ޒިވް.. އެ ދައްކަނީ ތެދު ވާހަކައެއްތަ؟” ބާރުބާރަށް ކްލާހަށް ވަދެގެން އައި އަޔާނީ ފޮތަކަށް ގެއްލިފައި އިން ޒިވާ ގާތު އެހިއެވެ. އަޔާނީ ހުރިލެއް ސީރިއަސް ކަމުން ޒިވާގެ ހިތުގެ ހަމަޖެހުން ވެސް ގެއްލިގެން ދިޔައެވެ. އަނެއްކާ ކޮންފަދަ ތޫފާނެއް އަންނަން އުޅެނީ ބާވައެވެ؟ “ކިހިނެއްތަ ވީ ޔާނީ؟ ކާކު ކީކޭ ކީތަ؟ ބުނީމަ ދޯ އިނގޭނީ ތެދެއް ދޮގެއްވެސް..” ޒިވާވެސް ކެތްމަދުވެ ހުރެ އަޔާނީ ގާތު އަހާލިއެވެ. “ނައިން ސީ ތްރީ ގަ އުޅެއެއްނު ދޯ ނިހާ.. ޔާނީ ޑިއުޓީ ނިންމާފަ ދަނިކޮށް އޭނަ ޔާނީ އަށް ގޮވާލީމަ އެ ކްލާހަށް ވަނީ.. ވަތް ތަނާ އޭނަ ބުނީ ޒިވް ކޮންމެވެސް ފިރިހެން ކުއްޖަކަށް ފާޑެއްގެ ޓެކްސްޓްތަކެއް ކުރިއްޔޯ.. އެމީހުންނަށްވެސް ފެނުނޯ އެ އެއްޗިހި… ތިމަންނަ މެންނަށްވެސް އިނގުނީ ތުންތުންމަތިން ކިޔާ އަޑު އިވިގެންނޯ… ބައެއް ޓީޗަރސް އަށްވެސް އެކަން އިނގިއްޖެޔޯ މިހާރު..” އިވިގެން ދިޔަ ވާހަކައާއި އެކު ޒިވާގެ މޫނުމަތީގައި އެތިފަހަރަކުން ޖެހި ހެން ހީވިއެވެ.

ނުވެސް އެނގި ހުއްޓާ ވެ ނިމުނީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް ނުކޮށް ހުއްޓާ އޭނާގެ ބޮލުގަ އެ އެޅުނީ ކޮންފަދަ އިލްޒާމެއް ހެއްޔެވެ؟ ޒިވާގެ ލޮލުން ކަރުނަ ހިލުނީ ނުކޮށް ހުރި ކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އެޅުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަދި އެފަދަ ލަދުގަންނަންޖެހޭ ކަމެއް އޭނާގެ ނަމާއި ގުޅުވައިގެން ކިޔުމުންނެވެ. އޭނާ އަކީ ފޯނުންވެސް ފިރިހެން ކުއްޖަކާ ވާހަކަ ދެއްކި ކުއްޖެއް ނޫނެވެ. ދެން ހަމަ ކުއްލިޔަކަސް މި ވީ ކިހިނެއް ހެއްޔެވެ؟ އެންމެން އޭނާއަށް ކުރާ އިތުބާރުވެސް ދެން ގެއްލޭނީއެވެ. މައިންބަފައިންގެ ނުރުހުންވެސް ދެން އޭނާއާއި ކުރިމަތިލާނީއެވެ. މި ހުރިހާ އެއްޗެއް ވެސް ވީ ޒިވާގެ އެ މައުސޫމު ހިތު ތެރޭގައެވެ. ހިކި ފަންވަތެއްގައި ހުޅުޅުޖެހުމުން އަލިފާންގަނޑު އަނދައިގެން ދާހާ އަވަހަށް އެ ޚަބަރު މުޅި ސްކޫލުގައި ފެތުރިއްޖެވެ. ޒިވާ ހުރީ ހިތާމައިން ފޯވެފައެވެ. އޭނާ އެއްކަމެއްވެސް ނުކުރާކަމަށް ބުނުމުން އެކަން ޤަބޫލުކުރާނީ ފަހެ ކާކު ހެއްޔެވެ؟ ހިނދުކޮޅަކަށްވެށް ﷲގެ ޙަޟްރަތުން އުންމީދު ކަނޑާލެވުމުން ފާފަފުއްސެވުމަށް އެދި އޭނާ އެކަލާންގެއަށް ހިތާހިތުން ދުޢާ ކޮށްލިއެވެ. އަދި ލޮލުން އައިސް އައިސް ހުރި ކަރުނަތައް ފުހެލީ ކިތަންމެ ބޮޑު މުސީބާތެއް ކުރިމަތިވިޔަސް ކެތްކުރާނަމޭ ބުނާ ފަދައަކުންނެވެ.

ސެޝަން ނިމުމުން ޒިވާ އަވަހަށް ގެއަށް ދާން ސްކޫލުން ނިކުތެވެ. ނަމަވެސް ކުދިންގެ މަލާމާތަކުން އެވަރުންވެސް ނުރެކެވުނެވެ. އޭނާ ހިތްވަރު ކުރިއެވެ. އެކުދިންގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނެވެ. “ޒިވާ..” ބާރުބާރަށް ހިނގާލައިފައި ދިޔަ ޒިވާ ހުއްޓުނީ ޔައީޝް އޭނާއަށް ގޮވާލުމުންނެވެ. “ޒިވާ ކޮންކަހަލަ މެސެޖުތަކެއް އެ ކުއްޖާއާ ކޮށްފަ އެހުރީ؟ ޒިވާ ތީ އެކަމް ފިރިހެން ކުދިންނާ އެވަރަށް ވާހަކަވެސް ދައްކާ ކުއްޖެއް ނޫނެއްނު.. މަށަށް ފެނުނު އެ އެއްޗެހި.. އެ ކުއްޖާ ފޯނުގަ އިނީ ހަމަ ޒިވާގެ ނަން އެ މެސެޖުތައް ފޮނުވި ފަރާތަކަށް… މެސެންޖާއިން ހުރީ ފޮނުވާފަވެސް..” ޔައީޝް މާޔޫސީ ގޮތަކަށް ޒިވާ އާއި ވާހަކަ ދެއްކި އިރުވެސް ޒިވާ ހުރީ އޭނާއާއި ފުރަގަސް ދީގެން ކަމުން ޒިވާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރެއް އޭނާއަކަށް ނުފެނުނެވެ.

އެހެން ހުރެ ޒިވާ މަޑުމަޑުން ފަހަތަށް އެނބުރިލިއެވެ. ޔައީޝް ދިޔައީ ސިހިގެންނެވެ. އެ ރީތި ދެލޯ ރަތްވެފައި ވީއިރު މިހާރުވެސް ވަނީ ކަރުނުން ފުރި ބާރުވެފައެވެ. ކޮލުގައި ކަރުނަ ހިކިފައިވާ ރޮނގުތައް ހުއްޓެވެ. ދެ ތުންފަތް ހުރީ ތުރުތުރު އަޅަ އަޅާއެވެ. މުޅި މޫނުމަތިންވެސް ފެންނަނީ މައުސޫމް ކަމެވެ. އެ މޫނުމަތި ފެނުނު ތަނާ ޔައީޝްގެ ހިތަށްވެސް އަސަރު ކުރިއެވެ. އެ ލޮލުން ފައިބައިފައިވާ ކަރުނަތައް ފެނި ލަގޮނޑިއަށް ތަދުވިއެވެ.

“ޒި.. ޒިވް ނުކުރަމޭ އެއްވެސް މެސެޖެއް.. އެކަ.. އެކަކަށްވެ… ވެސް ނުކުރަން މެސެޖެއް.. ޔައީޝްއަށްވެސް ގަބޫލު ނުކުރެވެނީތަ؟ ކީއްވެތަ؟” ޒިވާ އުންމީދުކޮށްގެން ހުރީ އޭނާގެ އެންމެ ގާތް އެކުވެރިން އެވާހަކަ ޤަބޫލު ނުކުރާނެ ކަމަށެވެ. އަޔާނީ އާއި މައިހާ ނަސީބަކުން އެވާހަކަ ޤަބޫލު ނުކުރިއެވެ. ނަމަވެސް އޭނާ އަބަދު އެމީހެއްގެ ވާހަކަތަކުން ހެއްވާލާ މީހާ އެވާހަކަވެސް ޤަބޫލު ކުރީތާއެވެ. އޭނާގެ ހިތުގައިވީ އުންމީދުގެ ހުޅުކޮޅުވެސް މަޑުމަޑުން ނިވެމުން ދިޔައެވެ. “ނޯނޯނޯ.. ކޮން އިރަކު ޔައި ބުނީ ތިވާހަކަ ޤަބޫލު ކުރީމޭ.. އެއްގޮތަކަށްވެސް ނުކުރަން ޤަބޫލެއް.. އިނގޭ ޒިވް އަކީ އެކަހަލަ ކުއްޖެއް ނޫންކަން..” ޔައީޝް ހިނިތުންވުމެއް ޒިވާ އަށް ރައްދު ކޮށްލިއެވެ. ޒިވާ ހިތްހަމަ ޖައްސާލުމުގެ ގޮތުން އޭނާ އެހެން ބުނެލި ނަމަވެްސް ސިކުނޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑު އެއަށްވުރެ ބޮޑެވެ. ޒިވާވެސް ހިތި ހިނިތުންވުމެއް ދީފައި އެނބުރި ގެއަށް ދާން ހިގައި ގަތެވެ. އޭނާގެ ގާތް ހުރިހާ އެކުވެރިންވެސް އޭނާގެ އިތުބާރު ގެއްލުވާ ނުލާކަން ޔަގީން ވުމުންނެވެ.

ޒިވާއަށް އެހެން އެ ހަދަނީ ކާކުބާއެވެ؟ ފުރަތަމަ އަނިޔާ ދިނީ އަތަށެވެ. ދެން އެ ދިނީ ހިތަށެވެ. އެ މީހެއްގެ ބޭނުމަކި ކޮބައިބާވައެވެ؟ އެ މީހަކާއި ޒިވާގެ އޮތީ ކޮން ދުޝްމަން ކަމެއް ހެއްޔެވެ؟ މި ހުރިހާ ސުވާލެއްވެސް ވީ އިސްދަށަށް ޖަހާލައިގެން ގެއަށް ވަތް ޔައީޝް އާއި ހިތާމައިން ހިތް ހަލާކުވެފައި ވީ ޒިވާގެ ހިތުގައެވެ. ނަމަވެސް އެއިން އެކަކަށްވެސް އެދެމީހުން ދެއްކި ވާހަކަތައް އަޑުއަހަން ތިންވަނަ ފަރާތެއް ހުރި ކަމެއް އެއްވެސް ވަރަކަށް ނޭނގެއެވެ. އެ ކުއްޖާގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ވިއެވެ.

ފަޅު ގެއެކެވެ. ދުވާލު ނަމަވެސް މުޅި ގޭތެރޭގައި ވަނި އަނދިރީގެ ސާލެއް އޮޅާލެވިފައެވެ. ދޭތެރެ ދޭތެއިން ފުރާޅުގައި ހެދިފައި ހުންނަ ލޯވަޅުތަކުންނާއި ފާރުގައި ހުންނަ ބާކޮޅުކޮޅުން ފުރޭނިގެން އައިސްފައިވާ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ތިރީގައިވާ ހިރަފުސް ވެލިގަނޑުގައި ތަފާތު ވައްތަރުގެ ވިނަ ހެދިފައި ވިއެވެ. ތަން އޮތް ގޮތުންވެސް ދިރޭ ސޫފާސޫފި އެތާ އުޅޭނެކަން ޔަގީން ކުރެވެއެވެ. “ތެންކްސް ވަރަށް ބޮޑަށް… ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ ޙަޤީގަތުގަވެސް… އެތަށް ދުވަހެއް ވާންދެން ކުރާ އިންތިޒާރަކަށް ނިމުން އަންނަނީ މިހާރު.. ހެހެހެ.. އެހެން ވީމަ ބަދަލުވެސް ދޭން ވާނެދޯ.. ކޯންޗެއް ދޭންވީ؟” އެ ގެއިން އަނދިރި ކޮޓަރިއެއްގައި ތިބީ އަންހެން ކުއްޖެއްގެ އިތުރުން ހަމައެކަނި ފިރިހެން ކުއްޖެކެވެ. “ނޯ ނީޑް ޓު ސޭ ދެޓް ސްވީޓީ.. ތިހާ ރީތި ކުއްޖެއް ބުނާ ކަންތައް ކާކު ނުކޮށްދޭނީ؟ މަ ބޭނުމީ ތި ރީތި ރީތި ރާނީ މަގޭ މީހަކަށް ވާން… ޑީލް؟” އެތެރޭގައި ހުރި ފިރިހެން ކުއްޖާ ނުލަފާ ހިނިތުން ވުމަކާއިއެކު އަނެހެން ކުއްޖާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އަންހެން ކުއްޖާވެސް ފޫހިކަމާއިއެކު ލޮލުގެ ކަޅި މައްޗަށް ހިންގާކަމުން އެ ފިރިހެން ކުއްޖާ އާއި ސަލާމްކޮށްލިއެވެ. “ފައިން…ޑީލް…” އެއަށްފަހު އަންހެން ކުއްޖާ އެގެއިން ނިކުމެގެން އައިސް ގޭގެ ބޭރުގައި މަގުމަތީގައި މަޑުކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (33)

Next

ދިވެހިން

Next
May 18, 2018

ދިވެހިން

Previews
May 17, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (33)

33 Comments!

  1. Shiman says:
    May 18, 2018 at 1:09 pm

    Yey me first. vvv reethi mi part.waiting for next part

    1. noor says:
      May 18, 2018 at 3:15 pm

      Yess… mifaharuves shiman first dhw.. 🙂 congrats dear.. 🙂 jazakillah khairan shiman… keep waiting dear.. bt thankolheh las vumaky ekasheegen vaa kameh inge… i mean nxt part thankolheh lahun up vedhaaneyey.. 🙂

  2. No one says:
    May 18, 2018 at 1:09 pm

    This story is getting really interesting?. Can’t wait for the next part♥️❤️??❣️

    1. noor says:
      May 18, 2018 at 7:39 pm

      aslu ves tha No one? vrh vrh happy vehje ingey noor… jazakillah khairan dear.. 🙂

  3. popcorn khalid says:
    May 18, 2018 at 1:21 pm

    Anekka kaaku baa

    1. noor says:
      May 18, 2018 at 3:17 pm

      hingaa dhw balamaa aee kaaku kan.. 🙂

  4. riyer says:
    May 18, 2018 at 1:27 pm

    Me 2 dho

    1. noor says:
      May 18, 2018 at 3:19 pm

      i’m sorry but i didn’t understand what you said.. 🙂 anyways, noor ummeedhu kuran riyer dear ah mi part kamudhiya kamah.. 🙂

  5. Ary says:
    May 18, 2018 at 1:33 pm

    Zivaa ah hasadha laagen ulhey kuhjjah nikan emmen kurimathy bust kohlabala….hahgu adhabu dheyn jeheyne….

    1. noor says:
      May 18, 2018 at 3:23 pm

      aan dhw Ary… noor ves vrh masahkaiyy kuramey eba ekuhjaku bust kollan… eyna ekam hama konme thaakun dhuve filany viyya, dhw dear… hehe.. 🙂 yess.. noor ves vrh thaaeedhu Ary aa.. 🙂 kuriyah huri baithah kiyamun dhaa varakah adhi ekuhjaku ves ingeyne.. in sha allah.. abadhaku filaivegn ves noolheveynennu kuvverinnakah viyas.. dhw.. 🙂

  6. mishy says:
    May 18, 2018 at 2:09 pm

    Dhn nooooo… xiv ah ehn nuhadhrr… ayaanii r maihaa e vhk gabool kuritha?? Noor adhi ehfaharu ethan kiyrlab… mishy akh neyngunu ethanun nagan v mean eh… any wayy… stry ham obi… whn nxt? Curiously waitinn… ♥♥♥♥♥

    1. noor says:
      May 18, 2018 at 3:27 pm

      nooney mishy.. eh gothakah ves nukurey.. zivaa heekury furathama yaish ves evaahaka gaboolu kury kamah.. yaish aky ziv ge vrh close friend eh nu dhw.. ehaa close friend eh ekan ehaa faseyhain gabool kuryma dhera vaaneyehnu.. ziv hury ehn heekohgen.. ekam fahun yaish ziv gaathu bunaane ekan qabool eh nukuramey… dhn ehnve smile eh dhyfa anehka ziv ves dhaany.. noor ah ves neynge dhn eyge fahun yaish ge hithah araany keekey kameh.. balamaa dhw dhn vaagotheh.. 🙂 jazakillah khairan mishy dear.. nxt part genesdheveyne date eh noor ah mivaguthu yageen koh dheven neiyy… noor midhethin dhuvahu kudakoh bxy koh miulheny.. ehnve mi target kurany nxt week ge konmes dhuvahakah.. in sha allah.. 🙂 keep waiting dear.. 🙂

  7. Blackaholic says:
    May 18, 2018 at 3:16 pm

    Masha Allah.. vv reethiii… can’t wait for the next part.. ???

    1. noor says:
      May 18, 2018 at 3:29 pm

      jazakillah khairan Blackaholic dear… alhey, ekam keiyytherivelaigen mivaguthu ihah inthizaaru kollaa ingey nxt part ah.. 🙂 in sha allah noor balaanan nxt week ga e part up kohdheveytho.. 🙂

  8. Pinky shifoo says:
    May 18, 2018 at 3:59 pm

    Mi partvx v v v reethi ??????❤❤❤… I really like this story ??????????????????❤❤❤… falhugey thereyga e ulhuny raifaa n adhyan hennn v v heevey n ziv vahtaaleevx adhyan henn heevanee… hehe just guess koli ???… keep up the good work ???❤❤❤?????????… curiously waiting for next part … ???????

    1. noor says:
      May 18, 2018 at 7:42 pm

      awwn.. haadha colorful plus loabi comment eky.. 🙂 jazakillah khairan Pinky Shifoo.. asluvestha? vrh ufaavehje dear ah story kamudhaa vaahaka bunyma.. 🙂 hehe.. hingaa dhw balamaa dhn vaa gotheh.. yh aee massala eh noon.. migothah hunna silsilaa vaahaka kiyaairu suvaalu ves ufedheyne nikan.. ehnma guess kollun aee evves massalaeh noon dear… jazakillah khairan Shifoo.. 🙂 keep waiting dear.. 🙂

  9. Zelll says:
    May 18, 2018 at 4:09 pm

    vrh vrh true vaahakaeh meeeee!!!!! very related!!!!!!! but how?????????????????????keep up, vrh reethi masha allhah, thi kujjaage aslu name aky kobaatha?

  10. Zelll says:
    May 18, 2018 at 4:14 pm

    VRHHHHHH VRH VRH REETHI! AND IT’S VERY TRUE, VERY RELATED,BUT KIHINEI INGUNI? IS THIS A TRUE STORY OR HAMA HIYAALEE VRHAKAEH???? THI KUJJAAAGE ASLU NAME AKY KOBAATHA ALHEYYY!! MASHAALLAH KEEP IT UP

  11. Zelll says:
    May 18, 2018 at 4:18 pm

    vrh salhi asluves, very interesting

    1. noor says:
      May 18, 2018 at 7:36 pm

      First of all, noor adhives mihury hama shock ga… really… subhaanallah.. allah ge kulhadhunvantha kan.. miee evves vaahakaeh adu ahaigen noor liyaa vaahakaeh noon.. plus true story eh noon.. miee hama noor amilla ah amilla idea thah beynun kohgen liyaa vaahakaeh.. misaalakah mihen ulhelaifa ves noor ge hithah araala faane aa dhn mi story ga hadhaany mihenney.. egothah own ideas develop kohgen mi liyany.. 🙂 asluves Zelll thibuni vaahka shocking hama.. vrh vrh vrh.. noor ah neynge bunaane ehcheh ves.. mihaa dhigu koh rep mi liyeveny ves hairaan v varun… noor mihaaru othy vaahakaiga vaane gothuge khulaasaa ehkoh liye nimmaifa… dh ehnma anna episode thah annaany hama noor amilla ah liyefa huri gothah… evves meeheh kairin ves noor naahan miah ithuru ideah eh hoadhan… dhenvodigenvany allah.. 🙂 aslah bunanyaa noor ah ingigenneh noon ingey mi story egothah mi gendhany.. hama ehgothakah ves engigeneh noon.. and, i want to keep my real name as a secret.. hehe.. raajjeyge kuhjeh… hehe.. jazakillah khairan Zell.. 🙂 thi khabaru mi v noor ah libunu emme shocking news ah.. hehe..

    2. noor says:
      May 18, 2018 at 7:38 pm

      mi rep emme furathama mi liyunyves libunu shock ge sababun.. i want to clarify it to my readers.. 🙂

  12. Sana says:
    May 18, 2018 at 6:04 pm

    Masha Allah ??❤❤❤
    Varah furihama????
    Waiting for next part ??????

    1. noor says:
      May 18, 2018 at 7:44 pm

      haadha loabi comment ekey Sana dear.. 🙂 jazakillah khairan dear.. 🙂

  13. popcorn khaalidh says:
    May 18, 2018 at 8:01 pm

    ey ekkala anhen kujja dho
    zivaa aa jassailaigen ulhey

    1. noor says:
      May 19, 2018 at 7:32 am

      Kon anhen kuhjaa yo popkorn khalidh? hehe.. hingaadho balamaa… hama ulhedhaane konme fadha kuhjaku ves dhw egothah.. kihineh ingeynee.. let’s see what’s going to happen next.. 🙂 mi vaahaka ah ehaa shauquveri v ma thank you dear.. 🙂

  14. maya says:
    May 18, 2018 at 9:25 pm

    EHKALA blue eyes hunna girl dhw e ulheny,,,..anyway haadha ryhchey..noor hama mi story hyvany true story eh hen and mujuthama aa ves vv gulhey

    1. noor says:
      May 19, 2018 at 7:34 am

      noor ah ves hama neyngigen miulheny adhi aee koh kuhjeh kan.. hingaa dhw balamaa dhn aee kon kuhjehtho.. jazakillah khairan maya dear… 🙂 hehe.. asluves tha? ekamaku miee hama noor ge own ideas.. this isn’t a true story.. jazakillah khairan dear.. 🙂

  15. Zelll says:
    May 18, 2018 at 10:18 pm

    Awwn, shocking!! dhw, ekam hamaasluves vrh related ey noor. okeyh dhen, but looking forward to next parts, hope it’d be as related and interesting hama mihaaru henn, please do read my story and comment below, “ehenas”, story liyaa kujjegge faraathunn comments libumaky vrh bodu kurierumeh, ehennve, aslu zelll ah vx libuni vrh bodu shockeh mi vrhaka kiyaafa, it’s like we’ve met! Konn atoll eh? ekamvx vrh reeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeethiiiiiiiiiiiiiiiiiii mi storyyyy, keep writing my dear

    1. noor says:
      May 20, 2018 at 9:57 am

      yeah! ehn tha Zell? ok, in sha allah kiyaalaanan… vrh rangalhu vaahakaeh hama thi bunely.. in sha allah, noor ah vevunu varakun help vedheynan dear ah… mistakes thah ves hurinama faahaga kolladheynan.. in sha allah.. 🙂 ehn dhw dear… maybe, but zell kon atoll eh? jazakillah khairan dear.. 🙂

  16. Alisha says:
    May 19, 2018 at 12:59 am

    Wow! Varah varah reethi???????????❤❤❤❤❤❤❤??????????????????????????
    Waiting for next part….

    1. noor says:
      May 19, 2018 at 7:36 am

      Alhamdhulillaah, n jazakillah khairan dear.. haadha loabi loabi comment ekey.. vrh colorful..:-) keep waiting dear.. 🙂

  17. IRA says:
    May 21, 2018 at 7:50 pm

    WOW….

    1. noor says:
      May 22, 2018 at 12:31 am

      jazakillah khairan dear.. 🙂

Comments are closed.

Next Episodeހުޅުކޮޅު 5←


All Right Reserved!