Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….. 33

Ushaali Level 810 Stories100 Comments100 Stories500 Comments
May 8, 2018 9 Mins Read
47 Comments

“އަބަދުވެސް. ކުރިން ޖަނާންގެ ރީތިކަން އަހަރެންގެ ބޮލަށް ސަވާރުވެފައި ހުރުމުން އެކަން އިހުސާސްނުވީ. އެކަމަކު ޖަނާން އަހަރެންނާއި އިންނަން އޮތް ރޭގައި ފިލައިގެން އެހެން ފިރިހެނެއްގެ ފަހަތުން ދިޔުމުން އެކަން އަހަރެން ހަނދާންވީ. މިހާރު އަހަރެންގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ރިމީޝާ” އައްޔަދު ޖެހިލުމެއްނެތި ބުނެލިއެވެ.

“އެކަމަކު ރިމީ މިހާރު އެއީ މީހެއްގެ އަންބެއް. ކިހިނެއް އައްޔަދު އޭނާ ހޯދާނީ. އަންހެނަކަށް ދެފިރިހެނުން ހުއްދައެއް ނޫން” ޖަނާން ދެލޯ ފޮހެލަމުން ބުނެލިއެވެ.

“އެހެންވީމަ ރިމީ އަދި ހުރިހާ ވާހަކައެއް ޖަނާން ކައިރިއަކު ނުދައްކާ ދޯ. ރިމީޝާ ޝިނާނާއި އިނީ ހަމައެކަނި ނަމަކަށް. އަހަރެން ކައިރިއަށް ރިމީ އަށް އާދެވެންއޮތީ އިތުރު މީހަކާއި އިނުމަށްފަހު. ރިމީ އަދިވެސް ލޯބިވަނީ އަހަރެންދެކެ. އަހަރެމެން ދެމީހުން ދޭތެރޭ މިހާރު އެއްވެސް ހުރަހެއްނެތް” އައްޔަދު ހީލަމުން ބުނެލިއެވެ. ރިމީޝާއަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބެއްގެ ސަބަބުން އޭނާގެ ތުންފަތްމައްޗަށް އަރާފައިވާ ހިނިތުންވުން ޖަނާންގެ ހިތް ކޮށާ ކުދިކުރަމުން ދިޔައެވެ.

“ހަމަ އެންމެ ފުރުސަތެއްވެސް ނެތްތަ؟” ޖަނާން އަހާލިއެވެ. ރޮވިފައިވާ އަޑަކުންނެވެ.

“ނެތް” އައްޔަދުގެ ޖަވާބު ކުރެވެ.

“އަހަރެން ވަރަށް ލޯބިވޭ އަޔާ. އަހަރެންނަށް މަޢާފްކޮށްފަ އަހަރެންނަށް ތިހަޔާތުން ޖާގައެއްދީ” ޖަނާން އަނެއްކާ ވެސް ބުނެލިއެވެ.

“މަޢާފް ދޯ. ޖަނާން އަހަރެންދެކެ ވަރަށް ލޯބިވޭތަ؟” އައްޔަދު އަހާލިއެވެ. ޖަނާން އަވަސް އަވަހަށް ބޯޖަހާލިއެވެ.

“ބޭނުންތަ އަހަރެންގެ މަޢާފް” އަނެއްކާ ވެސް އައްޔަދު އަހާލިއެވެ.

“އަހަރެންދެކެ ތިހާ ލޯބިވަންޏާ އަދި މަޢާފް ބޭނުންކަމަށްވަންޏާ އެކަން ސާބިތުކޮށްދީ” އައްޔަދު ލައިގެން ހުރި ސޯޓްބުރީގެ ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ.

“ބުނޭ އަހަރެން ކީއްކުރަންވީ. އަޔާ ބުނި ކޮންމެ ކަމެއް ކޮށްފާނަން. އެންމެ ކަމެއް ފިޔަވާ. އަހަރެން ފާފައެއް ނުކުރާނަން”  ޖަނާން އަވަހަށް ބުނެލިއެވެ.

“އެހެންވިއްޔާ ޖަނާން ރިމީޝާ ކައިރިން ދުރަށްދޭ. އަހަރެންނާއި ދުރަށްދޭ. ރިމީޝާ ކައިރީގައި އިތުރަށް އަހަރެންގެ ވާހަކަދެއްކުން ހުއްޓާލާ. އަހަރެންދެކެ ތިހާ ލޯބިވަންޏާ އަހަރެން މަތިން ހަނދާންނައްތާލާ. ޖަނާންގެ ތި ވިސްނުމާއި ހިޔާލުތަކުން އަހަރެން މިިނިވަންކުރޭ. ބުނެބަލަ ވާނެތަ މިކަންތައްތައް” އައްޔަދު އިއްވާލިއެވެ. ޖަނާން އަށް ބުދެއްހެން އައްޔަދުގެ މޫނަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކަށް ވެސް ލަސްކަމެއް އައިސްފައިވާ ކަހަލައެވެ.

“އެންމެރަނގަޅު. އަހަރެން އަޔާ އަށް ތިކަން ކޮށްދޭނަން. އޭރުން އަޔާ އަށް ހުރިހާ ކަމެއްވެސް ގަބޫލުކުރެވޭނެ. ކުރިއަށް މިއޮތް ތިންދުވަސް ތެރޭގައި އަހަރެން އަޔާގެ ލޯމައްޗަށް ގެއްލޭނަން” ކަރުނަތައް ފޮހެލުމަށްފަހު ޖަނާން އައްޔަދު ފަސްދީ ހިނގައިގަތެވެ. އެންމެފަހަރަކު ވެސް އައްޔަދު އޭނާ މަޑުކުރުވާތޯ ހިތް އެދި ގޮވަމުން ދިޔައެވެ. އިސްތަށިގަނޑު ތެރެއަށް އަތް މަހާލައިގެން ހުރި ދިމާލަށް އައްޔަދަށް ތިރިވެވުނީ ވިސްނަންވީ ކޯއްޗެއްކަން އޭނާ އަށް ނޭނގުނީމައެވެ. ތަން ފަޅައިގެންދާ ވަރަށް އަނގައިގެ ތެރެއިން ނިކުމެގެން ދިޔައީ ރިމީޝާގެ ނަމެވެ. އޭނާ ބޭނުމީ ހަމައެކަނި ރިމީޝާއެވެ. އަމިއްލަ ފުރާނައިން އަތް ދޮވެލާން ޖެހުނަސް އޭނާ ރިމީޝާ ހޯދާނެއެވެ.

***********************************

މަގުގެ އެއްފަރާތުން ހިނގާފައި އައި ޒޯހަލް އައިސް ވަނީ ރިމީޝާ އުޅޭ ގެއަށެވެ. އަތު ކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޓަކި ޖަހާލީ ވަރަށް އަވަސް އަރައިފައި ހުރެއެވެ. ވަގުތަކީ ރޭގަނޑުގެ ދިހައެއް ޖަހާލީހާއިރެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ރިމީޝާ ފެނުމުން ޒޯހަލް ހީލިއެވެ. ދެއެކުވެރިން ވާހަކަދައްކަމުން އައިސް ސޯފާގައި އިށިން އިރު އެތަނުގައި ޝިނާން ވެސް އިނެވެ. އިތުރު މީހަކު ގޭތެރޭގައި ފެންނާކަށް ނެތެވެ.

“ކިހިނެކޭވީ. އާދެވިގެން ނޫން މިއައީ. ކާޝިފް މަންމަ އުޅެނީ ވަރަށް ބަލިވެ. ވަރަށް އަވަހަށް ދާންޖެހޭނެ. މިތާ ކައިރި ބޭސްފިހާރައަށް ނިކުތް ވަގުތު ވިއްޔާ ރިމީގެ ފޯނުކޯލް އައީ. ނަސީބަކުން ގަންނަން ނިކުތް ބޭސް ލިބުނު” ޒޯހަލް އެއްފައްޗަކަށް އަމުނާލިއެވެ.

ކޮންއިރަކުން ފުުރަނީ” ރިމީޝާ އަހާލިއެވެ.

“މާދަމާ. ހީވަނީ ލޯންޗު އިނީ ހެނދުނު އެގާރަ ޖަހާއިރުހެން” ޒޯހަލް ބުނެލިއެވެ.

“ޒޯ މަށަށް ކަމެއް ކޮށްދީފާނަންތަ؟” ރިމީޝާ އަހާލިއެވެ.

“ތީ އެއްވެސް ކަމެއްނޫނެއްނު. އަލްވީރައްތަ އަށް އެއްޗެއް ފޮނުވަންވީ ދޯ. ތިވަރުގެ އެއްޗެއް ލާން މަގޭ ފޮށިގައި އަދި ޖާގަ އެބަހުރި” މަޖާވެފައި ޒޯހަލް ބުނެލިއެވެ.

“މިއުޅެނީ ތި ފޮށްޓަށް ލެވޭ ވަރުގެ އެއްޗެއް ހަވާލުކުރާކަށް ނޫން. އެއަށްވުރެ މާބޮޑު” ރިމީޝާ ބުނެލިއެވެ.

“އޯވް.. އަސްލު. ކޯއްޗެއް” ޒޯހަލް ނިތަށް ރޫ އަރުވާލަމުން ބުނެލިއެވެ.

“ޖަނާން” ރިމީޝާ ބުނެލިއެވެ.

“ވަޓް؟ ކީއްކުރަން މަދާއިރު އޭނަ ރަށަށް ގެންދަނީ. އެހެންނޫނަސް މަ މިދަނީ އެންމެ ދެތިން ދުވަހަށް” ފޫހިވެފައި ޒޯހަލް ބުނެލިއެވެ. ދެމީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައި ޝިނާން އިނަސް އޭނާގެ ނަޒަރު ސީދާވެފައި ހުރީ ކުރިމަތީގައި ހުރި ޓީވީން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމަކަށެވެ.

“ޕްލީޒް. އޭނަ އަށް ރަށުގެ އެއްވެސް ކަމެއް ނޭނގޭނެތީ ޒޯ އާއި ހަވާލުމިކުރީ. މަށަށް ވެސް ދެވުނީސް އޭނަ ގޮވައިގެން. އެކަމު މާދަމާ މީ މިޝްކޮގެ އިންޖެކްޝަން ނަގާ ދުވަސް. އަނެއްކޮޅުން ޒޯ ރަށަށް ދާއިރު އަހަރެން ކޮންމެހެން ނުގޮސް ވެސ މިކަންތައް ކުރެވެން އެބައޮތް. ތީ މަގެ ބެސްޓްފްރެންޑް. އަހަރެން ޒޯ އަށް ވަރަށް އިތުބާރު ކުރަން. ޒޯ ހަމައެކަނި އޭނަ ގެންގޮސް މަންމަ އާއި ހަވާލުކޮށްދޭންވީ. އަހަރެން ހުރިހާ ވާހަކައެއް މަންމަ ކައިރީގައި ބުނެފިން” ޒޯހަލްގެ އަތުގައި ހިފަމުން ރިމީޝާ އިތުރަށް އޮޅުންފިލުވައިދިނެވެ. ރިމީޝާ ވާހަކަދެއްކިއެވެ.

“އަހަރެން ނުބުނަމެއްނު ޒޯ އެނބުރި އަންނައިރު ޖަނާން ގޮވައިގެން އަންނާކަށް. އެހެންނޫނަސް ޒޯ ޖަނާނާއި އެކުގައި ކުޑަވަގުތު ކޮޅެއް ހޭދަކޮށްލީމަ އެނގޭނީ ކުރީގެ ޖަނާނާއި މިހާރުގެ ޖަނާނާއި ހުރި ތަފާތު” ފާޑަކަށް އަނގަ ހަދައިގެން ޒޯހަލް އިންނަން ފެށުމުން އަނެއްކާ ވެސް ރިމީޝާ ވާހަކަދައްކަން ފެށިއެވެ.

“އޯކޭ… ތިކަން ކޮށްދީފާނަން. އެކަމު މަޑުކޮށްބަ. ކާޝިފް ވެސް ދޭ. އަނެއްކާ އޭނަ މަގޭ ފިރިމީހާ…. މަށަކީ އެހާ ހުތުރު މީހެއް. ކާޝިފް އަށް އެންމެ އީޝާރާތެއް އޭނަ ކޮށްފިއްޔާ…..” ވަރަށް ސިރިޔަސް ކަމާއެކު ވާހަކަދައްކަން އިން ޒޯހަލް ސިހުނީ އޭނާގެ އަތުގައި ރިމީޝާ ބޮނޑިއެއް އަޅުވާލުމުންނެވެ.

“ސާބަސް ޒޯ! ކޮންމެ އެއްޗެއް ވެސް ކިޔާފާނަންދޯ. ފިރިމީހާ އަށް އިތުބާރުކޮށްބަލަ. އެހެންނޫނަސް އެއީ ކުރީގެ ޖަނާނެއް ނޫނޭ ބުނީމެއްނު” ހިތްހަމަނުޖެހިފައި ރިމީޝާ ބުނެލިއެވެ. ޓީވީ ބަލަން އިން ޝިނާން ކައިރިއަށް ވެސް ޒޯހަލްގެ ވާހަކަތަކުން ހިނިއައެވެ.

“ހޫމް… އޯކޭއޭ…. ހުވާ މިބުނީ މަގޭ ކާޝިފް އަށް އެންމެ ފަހަރަކު ބަލާލިޔަސް ކޮށްޕާ ކަނޑަށް ވައްޓާލާނަން. އަހަރެން ބޭނުން އެގޮތަށް އެގްރިމެންޓެއް ހަދާފައި ސޮއި ކުރަން” ޒޯހަލް އަނެއްކާ ވެސް ސީރިޔަސް ވެފައި ބުނެލިއެވެ.

“ބޮޑުކަމެއް…. ވަރަށް މަޖާ…. ޒޯ!!! މީހާ ރޯން ހުއްޓަސް ޒޯ ގެ ސަބަބުން ނުހީ ނުހުރެވޭނެ. ހުވާ މިބުނީ…..އަދި މީނަ ވެސް އެބަ ހެއެއްނު” އަނގަމަތީގައި ޓީވީ ރިމޯޓް އަޅައިގެން ހުނުން ކޮންޓްރޯލް ކުރަމުން ދިޔަ ޝިނާންގެ ފައިގެ ފަލަމަސްގަނޑު މަތީގައި ޖަހާލަމުން ރިމީޝާ ބުނެލިއެވެ.

“ހެވޭނެއްނު. އެހެރީ ޒޯ ދައްކާ ވާހަކަ” ހުނުމުގެ ތެރެއިން ޝިނާން ބުނެލިއެވެ.

“ދެން ހެވޭ… ދެން ބުނެބަލަ ކިހިނެއްވެގެންތަ މިއުޅެނީ. ކިއްވެގެންނޯ އޭނަ ރަށަށް ދާން ބޭނުންވަނީ” ޒޯހަލް އަހާލިއެވެ.

“އައްޔަދަށް ކަމެއް ސާބިތުކޮށްދެންށޯ ބޭނުމީ. ނޭނގެ ބުނި އައްޔަދު ހާސިލްކުރުމުގެ ވިސްނުން ދޫކޮށްލަން ބޭނުމޭ ވެސް. ބޭނުމީ ރާއްޖެތެރޭގަ ބޯ ހަމަޖައްސާލަން ދުވަސްކޮޅެކޯ. ވަރަށް ދެރަވެފައި ހުރީ. ފުރަތަމަ މަންމަ ވެސް ވަރަށް ނުރުހުންވެފައި ހުރީ. އެކަމު މިހާރު އޯކޭވެއްޖެ. ޖަނާން ހުރެޖިއްޔާ މަންމަ އަށް ތަންކޮޅެއް ފަސޭހަވެސް ވާނެ. މިހާރު އަންޖަލް ވިހާ ދުވަސް ވެސް ކައިރިވަމުން އެދަނީ” ރިމީޝާ ކުރު ގޮތަކަށް އޮޅުންފިލުވާދިނެވެ. ޒޯހަލް ބޯޖަހާލަ ޖަހާލަ އިނެވެ.

“އޯކޭ އެހެންވީމަ ފުރާ ގަޑިއަށް ރިމީ އާދޭ އޭނަ ގޮވައިގެން. އެކަމު ބުނައްޗެ މަގޭ ފިރިމީހާ….. އެނގެއެއްނު…..” އަނެއްކާ ވެސް ޒޯހަލް ހަނދާންކޮށްދިނެވެ. ރިމީޝާ ހިނިއައެވެ.

************************************

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވެ ތިން މަސްދުވަސް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުވަސްތައް ދިޔަ ގޮތެއް ވެސް ނޭނގެއެވެ. މިވީ ދުވަސްތަކުގައި ރިމީޝާ އަށް އައްޔަދުގެ އެއްވެސް އުނދަގުލެއް ނުވާތީ އޭނާގެ ހިތަށް ވަނީއާދަޔާހިލާފް އުފަލެއް ލިބިފައެވެ. ޝިނާން ފެންނަ ހިސާބުގައި ހުރުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބޭއެވެ. ޝިނާނާއި އަބަދު ފޯނުން ވާހަކަދައްކަން ރިމީޝާ ބޭނުންވެއެވެ. ބައެއްފަހަރު ރިމީޝާގެ ހަރަކާތްތައް ހުންނަ ގޮތުން ރިމީޝާގެ ހިތް ޝިނާނަށް ހިބަކޮށްފައިވާ ކަމުގައި ހުދު ޝިނާނަށް ވެސް ހީވާ ފަހަރު އާދެއެވެ. ދެމަފިރިން ލޯބިކުރުމުގައި ކުރިން އަބަދުވެސް ޝިނާން އިސްނަގާފައި ވިޔަސް ބައެއްފަހަރު އެކަމަށް އެދި ރިމީޝާ ވެސް ބުނާތީ ޝިނާންގެ ހިތަށް އިންތިހާ ދަރަޖައިގެ އުފާ ލިބިފައިވެއެވެ. އުފާވެރި މުސްތަގްބަލަށް ދެމަފިރިން ވެސް އައީ އުއްމީދުތަކެއް ކުރަމުންނެވެ. ނަމަވެސް ދެމަފިރިންގެ ހިތުގައި ވެސް ނޭނގޭ ނުތަނަވަސްކަމެއް ހަރުލާފައި އަބަދުވެސް ހުރެއެވެ. ޝިނާނާއި އެކުގައި މުޅި އުމުރު ހޭދަކުރަން ހިޔާލުތައް ކުރެވޭ ހިނދު ކޮންމެސް ދިމާލަކުން އައްޔަދުގެ ސޫރަ އެހިތުގައި ކުރަހާލުމާއެކު ރިމީޝާގެ މުޅި މޫޑް އޮފްވެއެވެ. ހިތުގައި ރިހުމެއް އުފެދެއެވެ. ހަމަ އެގޮތަށް ރިމީޝާގެ އަމަލުތައް ހުންނަ ގޮތުން ރިމީޝާ އޭނާ ދެކެ ލޯބިވެޔޭ ހީވިޔަސް ފާޅުގައި އެކަން ރިމީޝާ ހާމަނުކުރާތީ ޝިނާން އިންތިހާ އަށް ދެރަވެއެވެ. ބައެއްފަހަރު ހިތް ކުރާ ހީކުރުންތަކަކީ ހަގީގަތެއް ނެތް އެއްޗެއްސޭ ވެސް ހިތަށް އަރައެވެ.

************************************

ގޭ ދޮރުމަތީގައި ހެދިފައި ހުރި ބޮޑު ބަނބުކެޔޮ ގަހުން އެޅިފައިވާ ހިޔަލުގައި ބަހައްޓާފައި ހުރި ތިން މީހުންގެ ޖާގައިގެ ޖޯލިފަތީގައި ވިސްނުމަކަށް ގެއްލިފައި އޮތް ޖަނާން ސިހުނީ ކައިރިން މީހަކު ކަރުކެހިލުމުންނެވެ. ސިހިފައި ހަށިގަނޑު ތެދުކޮށްލިއިރު އެއް ޖޯލި ދޫކޮށް އަނެއް ޖޯލީގައި އިނީ ރަށު ސްކޫލްގެ ޒުވާން ޕްރިންސިޕަލް އަރަޝް އެވެ. ކުޑަ ހީލުމަކުން ހީލުމަށްފަހު އަރަޝް ދުރަށް ބަލާލިއެވެ. ވަގުތަކީ މެންދުރުގެ ގަދަ ހޫނު ވަގުތަށް ވާތީ އަރަޝްގެ ދެލޯ ވަނީ އަވި އައިނަކުން ފޮރުވާލާފައެވެ.

“އަރަޝްތަ؟ މިވަގުތު މިތާ ކީއްކުރަނީ” އަރަޝްގެ މޫނުން ނަޒަރު ދުރުކޮށްލަމުން ޖަނާން ބުނެލިއެވެ.

“އަހަރެމެންނަށް ވެސް ބަންދު ދުވަސްތައް ލިބޭ. މި މަގުން ލާފައި ގެއާއި ދިމާލަށް ދަނިކޮށް މިތަނުން ޖަންނަ ފެނުނީމަ” އަރަޝް ބުނެލިއެވެ.

“އަރަޝް ކީއްވެ އަބަދު ގެއަށް ދާން މި މަގު ހިޔާރުކުރަނީ” ޖަނާން ބުނެލިއެވެ.

“ހެހެހެ…. ވަރަށް ގިނައިން ޖަންނަ މިތަނުން ފެނޭ. އައި ލައިކް ޔޫ. އެނގެއެއްނު އެކަން” އަރަޝް ޖެހިލުމެއްނެތި ބުނެލިއެވެ.

“އަރަޝް ތީ މީހެއްގެ ފިރިއެއް. އަހަރެން ނޭދެން އަހަރެންގެ ސަބަބުން އެއްވެސް މީހެއްގެ ދިރިއުޅުން ރޫޅޭކަށް. އަހަރެންނަށް ކުރިން ހުރެވުނީ ވަރަށް ބޮޑަށް އެކުށް ކުރެވިފައި. އެކަން ތަކުރާރު ކުރަން ނޭދެން” ޖަނާން ލަސްލަހުން ބުނެލިއެވެ. ދޯޕައްޓާގެ ކަން އިނގިއްޔަށް އޮޅަމުން ދިޔައިރު އެންމެ ފަހަރަކު ވެސް އަރަޝް ގެ މޫނަށް ބަލާނުލައެވެ.

“އާނ. އަދި މީހެއްގެ ފިރިއެއް. އެކަމު މިހަފްތާ ތެރޭގައި އެކަން ނިމޭނެ. އެހެންވީމަ ކޮބާ މައްސަލައަކީ” އަރަޝް ބުނެލިއެވެ.

“އެހެންވިއްޔާ އެކަން ނިމެންދެން އަރަޝް އަހަރެންނާއި ވާހަކަނުދައްކަފާނަންތަ؟ އެކަން ނިމުމަށްފަހު އަހަރެންނަށް ހެޔޮ ކިތަންމެ ވަރަކަށް ދެއްކިޔަސް. ޕްލީޒް… އަހަރެންނަށް ކަމެއްކޮށްދެންޏާ މިކަން ކޮށްދީ” ކޮޅަށް ތެދުވެލަމުން ޖަނާން އެދުނެވެ. އަރަޝް ހީލިއެވެ.

“ޖަންނަ ބުނފިއްޔާ ތީ އެއްވެސް ކަމެއްނޫން. އަހަރެން ހުންނާނަން. އެކަމު ފޯނުން ބައެއްފަހަރު ހާލު ބަލާލެވޭނެ. އަހަރެން ޖަންނަ ބޭނުން. ޖަންނަ ގެ މާޒީގައި ކޮންމެ ކަމެއް ހިނގާފައި ވިޔަސް އަހަރެންނަށް މައްސަލައެއްނެތް” އަރަޝް ބުނެލިއެވެ. ޖަނާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަރަޝްގެ އެހުންނަ ސީދާ ބުނަން ބޭނުންވާ އެތި ދިމާލަށް ބުނާ ބުނުން ޖަނާނަށް ވަރަށް ކަމުދެއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަރަޝްގެ ހިޔް މާޔޫސްކޮށް ނުލާނަން. އައި ޕްރޮމިސް” އަރަޝް އަށް އިއްވާލުމަށްފަހު ޖަނާން އެނބުރި ގެއަށް ވަނުމަށް ހިނގައިގަތެވެ. އަރަޝް ޖަނާން ދިޔަ ދިމާލަށް ބަލަން އިނެވެ. އަވިި އައިނު ނަގާލީ ޖަނާންގެ ހިނގާފައިދާ ފަރި ހިނގުން ގާތުން ބަލާލުމަށް ހިތް އެދޭ ވަރުންނެވެ. ޖަނާން ގެއަށް ވަނުމާއެކު އަރަޝް އޭނާގެ ހިތާއި ވީ ދިމާލުން މޭގައި ފިރުމާލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އެކި ދުވަސްމަތިން ޖަނާނަށް ސިއްރުން ނަގާފައި ހުރި ފޮޓޯތަކަށް ބަލަން ފެށިއެވެ.

 

އަރަޝް އަކީ އުފަން ރަށުގައި ވަޒީފާއަދާކުރަމުން އަންނަ ހީވާގި ޒުވާން ފިރިހެނެކެވެ. މައިންބަފައިންގެ ނުރުހުމުގައި ކުރެވުނު ކައިވެނިން އޭނާ އަށް އުފަލެއް ނުލިބުނެވެ. އަނބިމީހާ ކައިވެނީގެ ކުރިން ވީ ފޮނި މާމުއި ކޮޅަކަށެވެ. ކައިވެނީގެ ފަހުން ދިނީ ހިތި ޒަހަރެވެ. އެ ކައިވެނި ސަލާމަތްކުރަން އޭނާ ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ. ނަމަވެސް ހިދާ ބޭނުމެއް ނުވިއެވެ. ހިދާ ބޭނުންވަނީ އޭނާގެ ސިއްރު ލޯބިވެރިޔާ އާއި އެކުގައި އުމުރު ދުވަސް ހޭދަ ކުރާށެވެ. ކައިވެންޏަށް އަދި އެންމެ ތިންމަސް ވެސް ނުވަނީސް އެގޮތަށް ކައިވެނި ރޫޅާލަން ޖެހުމުން އޭނާ ލަދުގަތަސް އެކަން އެގޮތަށް ކުރުން ނޫން ގޮތެއް ނެތެވެ. އޭނާ އަކީ ރަށު ރައްޔިތުންގެ އިއްޒަތާއި ގަދަރު ލިބިފައިވާ މީހަކަށް ވިޔަސް ހިދާ ގެ ކުރިމަތީގައި އޭނާގެ މަގާމަކީ ފައި ދަށުގައި އޮންނަ ފައިފުއްސަށް ވުރެ ވެސް ދަށެވެ. އޭނާ އަށް އެންމެފުރަތަމަ ރަށުތެރެއިން ޖަނާން ފެނުނީ ވެސް ބޯހަމަޖައްސާލުމަށް ރޭގަނޑު ބަނދަރުމަތީގައި ހުރި ޖޯއްޔެއް ގައި އޮށްވައެވެ. ފުރަތަމަ ނަޒަރުން ވެސް އޭނާ އަށް ޖަނާން ކަމުދިޔައެވެ. ޖަނާންގެ ގެ އެހުންނަ މަޑުމައިތިރިކަމާއި ހިތްހެޔޮކަން ފެނި އަރަޝްގެ ހިތް މޮޔަވިއެވެ. އޭނާގެ ހަޔާތަށް ގެންނަން އެންމެ އެކަށޭނެ އަންހެންކުއްޖަކީ އެއީ ކަމުގައި ހިތް ބުނި ހިނދު އޭނާ މަސައްކަތްކުރީ ނާއިން މެދުވެރިކޮށް ޖަނާނާއި ވާހަކަދައްކާލުމަށެވެ. އެހެން ފިރިހެނުން ގޮތަށް ދުރުދުރުން ވާހަކަ ނުގެންގޮސް އަރަޝް އެންމެ ފުރަތަމަ ވެސް ޖަނާން ކައިރީގައި ބުނީ ޖަނާން އޭނާ އަށް ކަމުދާ ވާހަކައެވެ. ރުޅިވެރިކަމެއް ފުރަތަމަ ރެއިން ވެސް ޖަނާންގެ ފަރާތުން ފެނިފައިނުވާތީ ޖަނާންގެ ހިތް ދަސްކުރަން އަރަޝް އަށް ފަސޭހަވެގެން ދިޔައެވެ.

************************************

މިޝްކު ނިންދަވާފައި ކޮޓަރިން ނިކުތް ރިމީޝާގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ. ޝިނާން މިރޭ އަންނާނަމޭ ބުނުމުން އޭނާ ވަނީ ޝިނާނަށްޓަކައި ރަނގަޅު ކެއުމެއް ތައްޔާރުކޮށްފައެވެ. ސަބަބެއް ނޭނގެއެވެ. އަބަދުވެސް ޝިނާން ހިތްހަމަޖެހޭ ކަންތައް ކުރަން ބޭނުންވަނީއެވެ. ނަމަވެސް ދާދި ދެންމެއަކު ޝިނާން ގުޅާފައި މާލެ ދިޔުން އެއްދުވަހަށް ލަސްވި ވާހަކަ ބުނުމުން ރިމީޝާ މޫޑް އޮފްވިއެވެ.

ދޮރުގައި ބެލް އަޅަން ފެށީ ސޯފާގައި ރިމީޝާ ފޫހިކަމުގައި ފޯނަށް ބަލަން އިންދައެވެ. ކައިރީގައި އޮތް ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި އިސްޖަހާލައިގެން ހުރި އައްޔަދު ފެނުމުން ރިމީޝާ ހުއްޓުން އެރިއެވެ. މިވީ ތިންމަސް ދުވަސްތެރޭގައި އައްޔަދު ފެނިފައިވަނީ އިނގިލިން ގުނާލެވޭހާ ވެސް މަދުންނެވެ.

“ކަމަކުތަ؟” ރިމީޝާ ސުވާލުކުރިއެވެ.

“އެތެރެއަށް ވަންނަންތަ؟” އައްޔަދު ވެސް ބަދަލުގައި ސުވާލުކުރިއެވެ.

“ނޫން” ރިމީޝާ ދެކޮޅު ހެދިޔަސް އައްޔަދު ވަދެގެން ގޮސް ސޯފާ ކައިރީގައި ހުއްޓުނެވެ.

“އައްޔަދު!! މިބުނީނު ނުވަންނާށޭ. ކިހިނެއްވެގެން ތިއުޅެނީ” ރިމީޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަރެން މިއައީ ސުވާލެއްކޮށްލަން” އައްޔަދު އަހާލިއެވެ. ރިމީޝާ ހަށަން ބަނދެލިއެވެ. ހުއްޓި ހުރީ އައްޔަދާއި ދުރުގައެވެ.

“ކުރަން އައި ސުވާލެއް ވިއްޔާ ކޮށްފަ މިތަނުން އަވަހަށްދޭ” ރުންކުރު ރާގަކަށް ރިމީޝާ ބުނެލިއެވެ.

“ޝިިނާނާއި މެރީ ކުރި ފަހުން ތި ދެމީހުން ދޭތެރޭގައި ދެމަފިރިން މެދުގައި ހިނގަންޖެހޭ އެއްވެސް ގުޅުމެއް ހިނގައިފިތަ؟” އައްޔަދު ރިމީޝާގެ ދެލޮލަށް ބަލަން ހުރެ އަހާލިއެވެ. ރިމީޝާ ހައިރާންވީ ވަރުން ހަށަމަށް ނަގާފައި އޮތް ދެއަތް ވެސް ވަކިވެގެން ދިޔައެވެ.

“އަހަންނަކަށް ހިއެއް  ނުވޭ ތި ސުވާލުގެ ޖަވާބު އަހަރެން ކަލެއަށް ދޭންޖެހޭ ހެނެއް. ދެމަފިރިން ދޭތެރޭގައި އޮންނަ ގުޅުމަކީ ވަރަށް މާތް މުގައްދަސް ގުޅުމެއް. ސިއްރު ކުރަންޖެހޭ ކަންތައް ވެސް ހުންނާނެ. އެހުރިހާ ކަމެއް އަހަރެން ހިއްސާކުރަން އައްޔަދު ތީ ކާކު؟” ހިތްހަމަނުޖެހިފައި ރިމީޝާ އިއްވާލިއެވެ.

“ހެހެހެ… ވަރަށް ލޯބިވޭދޯ ޝިނާންދެކެ” މަލާމާތުގެ ރާގަކަށް އައްޔަދު އަހާލިއެވެ. އެއަށް ރައްދު ދޭން ބޭނުންވިޔަސް ރިމީޝާގެ އަނގަ ހަރަކާތް ނުކުރިއެވެ. ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އައްޔަދުގެ ނަޒަރު ހުއްޓިފައި ހުރީ ރިމީޝާގެ މޫނަށެވެ.

“ތި ހިމޭންކަމުގެ މާނަ އަހަރެން ނަގަންވީ ކިހިނެއް؟” އައްޔަދު ސުވާލުކޮށްލިއެވެ.

“އައްޔަދު ކުރާހާ ސުވާލަކަށް ޖަވާބުދޭކަށް އަހަރެން ނުޖެހޭނެ” ރިމީޝާ ބުނެލިއެވެ. މަޑުން ވާހަކަދެއްކިއަސް އަޑުގައި ވަނީ ހަރުކަށިކަމެވެ.

“ރިމީ! އަހަރެންގެ ހިތް ބުނޭ ރިމީ ތިހިރީ އަހަރެން ކައިރިއަށް އާދެވޭނެ ހާލަތެއްގައޭ. ރިމީ އަހަރެން ކައިރިއަށް އަންނަން ވެސް ބޭނުން. ދެން ކީއްވެ ތި ދެކޮޅު ހަދަނީ. އަހަރެން އައިކު ގޮތަށް މިޝްކު އަށް ވެސް ގާތްކަން ދޭނަން. ލޯބިވެސް ވާނަން” އައްޔަދު ދެއަތް ޖޯޑުކޮށް ރިމީޝާ އާއި ކައިރިއަށް ޖެހިލިއެވެ.

“އަހަރެން ބޭނުމެއްނޫން. އަހަރެން ބޭނުމީ ޝިނާނާއި އެކުގައި އުޅެން. އައްޔަދު ކިހިނެއްވެގެންތަ ތިއުޅެނީ” އަޑުހަރުކޮށް ރުޅި ނުރުހުންވެފައި ރިމީޝާ ބުނެލިއެވެ.

“ޝިނާން ، ޝިނާން ، ޝިނާން….. ރިމީ ދުލުގައި އެހެން އެއްޗެއް ނުވޭތަ؟ އަހަރެން ކަމެއް ކުރަންވީ ދޯ ޝިނާނަށް” އަޑަށް ބާރުލާފައި އައްޔަދު ބުނެލިއެވެ. ރިމީޝާ ދިޔައީ ސިހިގެންނެވެ.

“ހަމަ މިހާރު މިތަނުން ދޭ. އެންމެ ހިނދުކޮޅަކަށް ވެސް އަހަރެން ބޭނުމެއްނޫން މިތަނުގައި ކަލޭ ހުންނާކަށް” ރިމީޝާ ބުނެލިއެވެ.

“ނުދާނަން. އަހަރެން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ނުހޯދާ ނުދާނަން” އައްޔަދު ސާބިތުކަމާއެކު ބުނެލިއެވެ.

“ދާންޖެހޭނީ. އެހެންނޫނީ….” ރިމީޝާ އިންޒާރެއްދޭން މަސައްކަތް ކުރިއެވެ.

“އެހެންނޫނީ ޕޮލިހަށް ގުޅާނީ….. ގުޅާ…. ބޭރަށް ނިކުމެ މީހުން އެއްކުރޭ… އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ރިމީ ހާސިލްކުރުމަށްޓަކައި ބަދުނާމް ވާން ޖެހުނަސް އަހަރެންގެ ފަރުވާލެއްނެތް” ސޯފާގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައި އަރުވާ ހަމަޖެހިލަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ އަނގަ ބަންދުވިއެވެ. ކިޔާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.

“ތިދެން ކޮންކަމެއް. އައްޔަދުގެ ސަބަބުން އަހަރެންގެ ބޮލުން ރިހުން ނުފިލާ. ކޮންފައިދާއެއް ވަނީ ތިވައްތަރަށް މީހެއްގެ އަންބެއް ފަހަތުން އުޅުމުން. ކީއްވެ އަމިއްލަ މީހާ ފަހަތުން އަހަރެން ދުވެ އާދޭސްކުރިއިރު ތިހާ ލޯބިނުވީ. މިހާރު އަހަރެންދެކެ ލޯބިވާ މީހާ އަހަރެން ބޭނުންވުމުން ކޮންވައްތަރަކަށް ތި ތެޅެނީ” ދަތްކުނޑި ވިކާލަމުން މަޑުމަޑުން ރިމީޝާ ބުނެލިއެވެ.

“އަހަރެން ހިނގައިދާނަން. އެކަމަކު ދިޔުމުގެ ކުރިން އެންމެ ސުވާލެއްގެ ޖަވާބު” އައްޔަދު ހަމަޖެހިލަމުން ބުނެލިއެވެ.

“ބުނަން ތިއުޅޭ އެއްޗެއް ބުނެފައި އަވަހަށް މިތަނުންދޭ” ރިމީޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވޭތަ؟” އައްޔަދު ކޮޅަށް ތެދުވެ ރިމީޝާ އާއި ދިމާލަށް އެއް ފިޔަވަޅު އަޅާލަމުން ބުނެލިއެވެ.

“ތީ ކޮންކަހަލަ ސުވާލެއް. އަހަރެން ލޯތްބެއްނުވޭ” ރިމީޝާ ބުނެލިއެވެ.

“ދޮގު. ހަމަ ބޮޑު ދޮގެއް ތި ފަދަ މާތް ދުލަކުން ތި ބޭރުކުރީ” އައްޔަދު ބުނެލިއެވެ. ރިމީޝާ ސިހުނެވެ. ދެލޯ ބޮޑުކޮށް އައްޔަދަށް ބަލާލިއެވެ.

“ކުރި ސުވާލުގެ ޖަވާބު ލިބިއްޖެއްނު. އެހެރީ ވަންދޮރު. ނިކުމެގެންދޭ” ރިމީޝާ ބުނެލިއެވެ.

“ނޫން. އަހަރެން ބޭނުންވި ސުވާލުގެ ޖަވާބު ހޯދާފައި ނޫނީ މިތަނަކުން ނުދާނަން” އައްޔަދު މަޑުމަޑުން ހިނގާފައި ގޮސް ހުއްޓުނީ ކާމޭޒު ކައިރީގައެވެ. މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުގައި އޮތް ވަޅި ނަގައިގެން ހަމަ އެމިނުގައި ހިނގަމުން އައިސް ހުއްޓުނީ ރިމީޝާ ކައިރީގައެވެ.

“ތީ ކޮންކަމެއް. ވަޅި ތިގެނައީ. އަހަރެން މަރަންތަ؟” ރިމީޝާ ކުޑަކޮށް ޖެހިލުންވިއެވެ.

“އަހަރެން މިއުޅެނީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ހޯދަން” ރަނގަޅަށް ޖުމްލަ ފުރިހަމަ ވެސް ނުކުރެވެނީސް ރިމީޝާ އަށް ފެނުނީ ވައަތުގެ މައިނާރުމަތީގައި އައްޔަދު އެއްވެސް ރަހްމެއްނެތި ވަޅި އަޅުވާލިތަނެވެ. ވަގުތުން ބޮކި ޖަހާފައި ލެ އަންނަން ފެށިއެވެ. ލިބުނު ކުއްލި ޝޮކްގައި ރިމީޝާ އަށް އަނގަމަތީގައި އަތް އެޅުނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ވަގުތު ލޯމައްޗަށް މަންޒަރު ފުސްވެގެން ދިޔައެވެ. ނަމަވެސް ދީވާނާއެއް ފަދައިން އައްޔަދު ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އެއްޗެއް ބުނަން އައްޔަދު އުޅުނު ވަގުތު ރިމީޝާ ދުވެފައި އައިސް ހިފީ އައްޔަދުގެ އަތުގައެވެ.

“ކީއްތިކުރީ… މޮޔަވީތަ؟ އާދޭ އިށީނދޭ… މި އަންނަނީ” އައްޔަދުގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ބޭންދުމަށްފަހު ރިމީޝާ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ފުންކޮށް ކަފައިގެން ދިޔަ ތަނުގައި ކަނާއަތުން އަތް އަޅާލައިގެން އިން އައްޔަދު އިނީ ރިމީޝާގެ މޫނުމަތިން ފެނުނު ހާސްކަން ފެނި ހެވިފައެވެ.

“ތީ މިހާރު ކުޑަކުއްޖެއްނޫން. ކިތަންމެ ބޭނުމަސް އަޔާ އަށް މިހާރު އައިކު އަކަށް ނުވެވޭނެ. ތީ ބަލިމީހުންގެ ފުރާނަ ސަލާމަތްކޮށްދެން ވަރުގަދަ އަޒުމެއްގައި ހުރި ޑޮކްޓަރެއް. ޑޮންޓަރުން އަމިއްލަ ނަފްސަށް ގެއްލުމެއްނުދޭނެ” ލޭ އަންނަމުން ދިޔަ ތަނުގައި ބާރަށް ފޮތިގަނޑެއް އައްސަމުން ރިމީޝާ ހިތްހަމަނުޖެހި އެއްޗެހި ކިޔަން ފެށިއެވެ. އެހުރިހާ އިރު ވެސް އައްޔަދު އިނީ ރިމީޝާގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ.

“އަޔާ ތިގޮތަށް އުޅެން އަހަރެން ނޭދެން. ހެޔޮނުވާނެ. އަހަރެން އަހަރެންގެ ހާލަށް ދޫކޮށްލާ. ތިގޮތަށް އަމިއްލަ ނަފްސަށް ގެއްލުން ދެނީ ކީއްކުރަން. ތިހެން ކަންތައްކުރުމުން ކޮންކަމެއް ބަދަލުވާނީ. އަހަރެންނަކީ މީހެއްގެ އަންބެއްނޫން ކަމަށް ނުވާނެ” އައްޔަދުގެ މޫނަށް ބަލާނުލާ އިނދެ ރިމީޝާ އޭނާގެ ވާހަކަތައް ކުރިއަށް ގެއްދިޔައެވެ.

“އަހަރެން އަތުގައި ބޭސްތިއަޅަނީ ކީއްކުރަން . ލޭ ހުސްވެގެން މަރުވެގެން ވެއްޓެންދެން ބެހެއްޓިނަމަ….” ކުއްލިއަކަށް އައްޔަދުގެ ތުންފަތުގައި ރިމީޝާ އިނގިލިތަކުން ބައްދާލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވާހަކައެއް ދެއްކި ކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނައުރީން ޓްރެއިލަރ

Next

ބޭނުންވަނީ ޔާރާގެ ކިއުންތެރިންނަށް..

Next
May 8, 2018

ބޭނުންވަނީ ޔާރާގެ ކިއުންތެރިންނަށް..

Previews
May 7, 2018

ނައުރީން ޓްރެއިލަރ

47 Comments!

  1. Aki says:
    May 8, 2018 at 12:57 am

    haadha inthizaaru kohfin may mivaahaka ah

    1. Ushaali says:
      May 8, 2018 at 1:02 am

      🙂 thanks Aki. avahah kiyaalaa 🙂

  2. Ushaali says:
    May 8, 2018 at 1:04 am

    🙂 Salaam all!!!
    mi bai ves huriha kudhinnah kamudhaane kamah heekuran. 34 vana bai wednesday evening ga genesdheynan. insha allah….. 🙂 🙂
    varah baajjaveri reygandakah edhen huriha 🙂 kudhinnah

  3. Hanny says:
    May 8, 2018 at 1:39 am

    Ayyadhu ah ehen nuhadhaaa 🙁

    1. Ushaali says:
      May 8, 2018 at 2:25 am

      ? kaaku ayyadhah gotheh hedhy. Esoru amilla ah nu kuri kameh kury ?

  4. Amu ❤️ says:
    May 8, 2018 at 1:39 am

    ?? Adhives rimmy ayyadhu dheke lwbi vaathy vrh hadi.
    ☺️☺️ Dhn anna part reethi vaaane kamah hope kuran..

    1. Ushaali says:
      May 8, 2018 at 2:24 am

      Next part vr reethi vaane Amu ???
      And thankyou ❤❤❤

  5. Beauty says:
    May 8, 2018 at 1:41 am

    Varah hadi

    1. Ushaali says:
      May 8, 2018 at 2:22 am

      Thankyou so much Beauty hadiyas ?kiyaaleethee

    2. (އަބޯ މާދިހު (ބޯސާ says:
      May 9, 2018 at 12:00 pm

      ކޮން ހަޑިއެއް ތި ކިޔާ ހަޑިއެއް ދައްކަބަލަ

  6. Dora says:
    May 8, 2018 at 4:01 am

    Alhey ?❤
    Dhen in part avahah beynun

  7. ss says:
    May 8, 2018 at 4:47 am

    shinaanah mithan feni changeh vejjehyyaa vaahaka reecheh nuvaane. komme gotheh viyas Ayaa ee ragalhu meeheh noon shin aa alhaabalaairu. mihaarves e ulheny gotheh fotheh nethi. shinaan kahala maaiy meehakah dhera gotheh hedhaafiyyaa dhevay messageves reecheh nuvaane. l like shinaan’s charactor. rimeeves mohsaharaku ayaa dheke loaibeh nuvaane dhoa.

  8. lotus says:
    May 8, 2018 at 5:42 am

    Alhey.. rimee pls dhen sympathee vegen vx ayaa ge feelings thaka thigotha nukulheba.. ushaa said covr pic chang eh nuvaaney so that means rimee n shinan break up eh nuvaaney n ayaa wil end up bein hrtbroken… i always wantd story nimey iru emme fahu vaguthu rimee n aya gulhen but thats not gonna hpn dhw… but still the story is fabulous???.. waitin fr the nxt prt

  9. Aush says:
    May 8, 2018 at 5:43 am

    V foohi rimee ayyadh dheke loabi vaa vahaka bunefiyyaa.. edhemeehun gulheykah beynumeh noon.. abadhu ayyadh beynun gothakah hurihaa kameh vaakah nujehey dho!! Shinan aa rimee gulhenee

  10. Araash says:
    May 8, 2018 at 5:46 am

    Ayyadh ah rimee dhyfiyya dhn ushaali ge vaahaka eh nuvc kiyaanan..V fooohi vey..

  11. Fathun says:
    May 8, 2018 at 7:50 am

    V v foohi…. ayyadhu ah rimeelibeykah beynumehnoon..rimee haggee sinan ah

  12. Shaaaa says:
    May 8, 2018 at 7:53 am

    Huh..varah foohivejje….rimeesha heheytha takkeh jahaairah dhoru hulhuvan…shinaan noon meehaku e gadeega ais taki jehias nujeheyne hulhuvaakah….kaakuthoa balaaves nulaa..

  13. jasmine says:
    May 8, 2018 at 8:37 am

    mi stry v gulhey aharennaa ves…dhn marry nukoh kujjeh nulibeykan..rimy aa ayyadhu nugulhuvaathi liu…plx…shinaan aa rimy gulhenyves…thimaa loabi vaa meeha ahvure thimaadheke loabivaa meehaa maa rangalhu vaane..rimy ah ekan saabithu ves vejje ehnu mihaaru..dhw….liu salhi gothakah ninmaanee ingey story

  14. ބޯހަލާކު says:
    May 8, 2018 at 8:41 am

    ތިހެދީ ކިހިނެއް ތިއަޔާއަށް ރަނގަޅު ފިލާވަޅެއްދީބަލަ ޝީންއާއި ރިމީގެ ދިރިއުުން ހަލާކު ކޮށްނުލާ ޝީން ދެރަވާނެ

  15. shinan says:
    May 8, 2018 at 9:05 am

    alhe rimee n shinan dhurunukuruvahchey. thi ayyadhu thee bodu moyaeh…eynayah rimee nudheythi

  16. shaa says:
    May 8, 2018 at 9:18 am

    v v v salhi mi bai …. dhn vaanee kihinehbaey hithah arany rimee imoshionaly v dhw vahaka hadivaane ingey ushaa dhn rimy ayaa aa ehkolhah araifiyya… shin ge ves onany hithekey e fakeeru 8 aharu kehkureema ves adhives ayaa ge kibain salaamai nukureve dhw rimee…

  17. Kitty ❤️ says:
    May 8, 2018 at 9:34 am

    Dhn ayyadhu ah rimmy libuna nudhehche. Varah foohi very dhn. ?

  18. dhnths says:
    May 8, 2018 at 9:44 am

    rimeeshaa aa ayadh aa nugulhuvaathi.. kaaivenyakee kulhey kulhey kulhivarakah hadhaakah nuvaane.. eii e ah vure maa mai eche. ayyadh is so pathetic.. i hate him so much…

    1. shai says:
      May 8, 2018 at 3:01 pm

      vrh bodu thedheh..

  19. Mixuhan says:
    May 8, 2018 at 9:49 am

    Varehge ayyadheii.?.irukolhakaa eba aadheyey rimee kairy ah. ..Haadha foohiveyey. ..? story hama habeys

  20. Sal says:
    May 8, 2018 at 9:54 am

    ???Rimy mi ayyadhu kulhen gengulhey budheh Tha?? V v v foohi
    Thi rimy ah ves vinen vehje dhw shin eyna dheke loabi vaa varu dhen ayyadhu mathin forget kohlan vee ehnu nuvisneny ayyadhu ah ekanyeh nun Rimy ah ves??
    Ayyadhu beynun gothakah hurihaa kameh vaakah nujehey dhw ?
    V v hadi

  21. ss says:
    May 8, 2018 at 9:59 am

    mazar fennaaneheh heebany Shinaanah. superise dheyn anna irah superise libaynee shinaanah. ekam mifahar eyna dookuraane heneh hiyennuvay.. alun rimee shinaanah geliggenama vaahaka v hadhivaane. dhevay massage ves. so ushaaly rimee shinaanah henluvainulachey. He deserve her not ayaa

  22. pinkish pinker says:
    May 8, 2018 at 11:21 am

    Shin ah thihurihaa manzareh fenijjihyaa hunnaane foari…ayyadh karuga kanneyge valhi alhaanee…

  23. Riyaa says:
    May 8, 2018 at 11:32 am

    Mi story ge name akee loabi nuviyas firumaala dhee ehnun ehn veema rimy loabi vaani ayaa dheke… dhn mihaaru ayaa ves loabi vey rimee dheke ehn veema e dhemeehun nugulheyne dhw ushaa.. shinaan loabi vanee rimee dheke ehn veema shinaan ge gaiga dhw rimee loabi nuviyas firumaanee… dhn janna loabi vanee ayaa dheke ekamaku janna marrry kuraanee arash aa arash loabi vaanee janna dheke… dhn ayyadh rimee ge loabi ga dheevaanaa vegen gos maruvaanee dhn aiku balaanee aiku ge mamma janna.. the end… hehhe v reethi mi prt ves waiting 4 tha nxt prt…. love u ushaa?

  24. (އަބޯ މާދިހު (ބޯސާ says:
    May 8, 2018 at 11:37 am

    ….އުޝާލީ އެހެން ނަހަދާ ރިމީ ލައްވާ އިތުރަށް އައްޔަދު ގާގަ ނުފިރުމާ އެކަމުގެ ހައްގު ހަމައެކަނި ލިބެނީ ޝިން އަށް …….އެކަމް މިގޮތަށް ވާހަކަ ގެންނާތީ ވަރަށް ކިޔާ ހިތްވޭ ވަރަށް ބޮޑަށް… ދެން އޮތް ބައި :)އަވަހަށް އަޕް ކުރާތި ބުނި ގަޑިއަށް

  25. (އަބޯ މާދިހު (ބޯސާ says:
    May 8, 2018 at 11:38 am

    (:

  26. *** says:
    May 8, 2018 at 3:09 pm

    Mioh vaa gotheh. Boahalaak. Thi ayyadheh maran vejje ehnu mihaaru. Balaa ekey. ???. Dhen thi rimeeshaa akah nuvisneyne faaga dhiya boandhinas. But anyways story hama varah salhi. ? keep it up. 34th part avahah up kohdhechchey.

  27. lotus says:
    May 8, 2018 at 3:15 pm

    seems like m the only one who is on aya ge side.. i also hated him before but not anymore..

    1. Lau says:
      May 9, 2018 at 8:02 am

      Same goes to me…

  28. mal says:
    May 8, 2018 at 6:00 pm

    this part is very nice

  29. Shyn says:
    May 8, 2018 at 7:20 pm

    Alhe shinan eyoh rangalhu kujjaa ah dhera gotheh nahadhahche.❤ Rimee and shinan gulhen vaany. And I hate that ayyahdh.? Story varah varah reethi??

  30. ? says:
    May 8, 2018 at 9:12 pm

    Rimee n Shin dhurukohfihyaa dhn mi vaahaka nuves kiyaanan… mei ? comment kuri first time… ekam mijehunyy rulhi annan… 1st part in feshigen baraabarh mi vaahaka kyyy vvv kiyaa hithun… but if Rimee n Ayaa strts a relation I’ll never read this storyyy……. ??? never never I’ll read this ???

  31. ? says:
    May 8, 2018 at 9:33 pm

    Ekam anenhen mi vaahaka vvv reethi??? vvv reethi vaahaka ??? I reallyy love it… srry for previous comment…tht was because of uncontrlable emotions…srryy…srrryyy???…I’m waiting for the storyyy???..avahah up kohdheythi next part………..??????????????????????????????⚘⚘⚘⚘⚘⚘???????????? ❤❤❤???Love u Ushaali❤❤❤???…u r superb???????????????????⛧⛧⛧⛧⛧⛧ once again srry for the previous comment???? ekam rimee n ayaa nugulhuvahcheyyy..???❤??⚘????⚘??❤ ??❤???Lv u???❤??

  32. Kuda foolhu says:
    May 8, 2018 at 10:51 pm

    Alhey mioh vaa gotheh . Haadha kiyaa hithakun kiyamun anna vaahakaekey me. Ekam mihaaru dhen thi vaahaka hadi kurany. Dhuvahakues ayyadh ah rimee libwykah beynumeh noon. Shinan aky rangalhu firiheneh. Ehaa rangalhu meeheh dheke meehaku faseyhain lwbi vumakee undhagoo kameh noon. Ehemma mihaaru thi remeesha vehje shin dheke lwbi vaaan. And ayyadh. Eyna beynun haa gotheh hadhaaafa mihaaru eyna yah lesson eh dheyn vefa eheree. Ekakues nuliben vee. V foohivey. Heyonuvaane shinaaan aa rimeeshaa ya gulhuvaafa vaahaka nimmaa. Ehennnooni mioh hurihaa dhuhu mikurevuny foo neh fayah fen furun kahala kameh. ?

  33. shanhaa says:
    May 8, 2018 at 10:58 pm

    vaahaka varah reethi eykamaku ayyadh ai rimi gulhigen vaahaka reehcheh nun rimi ai shinan aai rimi gulhigen vaahaka nimihjeh yaa vaahaka varah reethi vaane

  34. Rish says:
    May 9, 2018 at 12:39 am

    Ushaali loabi kolha rimee gulhuvaani shinaan aaa ahen nooni hadivaane. Shinaan dho hurihaa kamehkodhi hurihaa ufaleh hodha dhenee.this story is very nice. Ushaali loabi kolha hama assaribahaa saabas. Mivaahakayaki v v v bastha furihama vaahakayeh adhi ahaame reethi. Obines to tha meks.

  35. Aroosha says:
    May 9, 2018 at 7:53 am

    V foohivey mihaa lahun up kuraathy friday saturday ga vea nugenesdhey iru hafathaage aneh 5 dhuvahu ge therein 4 dhuvahuves upkurevey kamkah nuvey.. V foohivey dhn mivahaka nukiyaanaan

  36. truth says:
    May 9, 2018 at 10:06 am

    This is my first comment to thia story but i read it regularly. I just wanted to say somthing. Why does so many people hate the fact that rimee still loves aya? I am telling u my story. I also loved a boy from 9th grade. He wasnt that good but i fell in love with him crazily. I confessed to him many times but he rejected me. after i finished school i proposed to him and begged him to be with me but did u know what he said.. He said to prove how much i loved him. I asked him how and he said by using my body. I hesitated first but i loved him so much that i agreed at last. But do u know what he said after that.. i dont want u so get lost from my sight. I was heartbroken and cried infront him but nothing changed. Just as i was trying to move on i found out i was preg. So i asked him to marry me but he said to get an abortion.. i was so heartbroken and maybe thats why my baby got naturally aborted. then i got married to a boy who loved me a lot. I swear he is the best husband in the world but guess what.. 3 years passed to our marriage but i still couldnt love him.. i still miss my first love who never loved me .. so i kinda understand rimee and dont blame her for loving aya

    1. ? says:
      May 9, 2018 at 5:00 pm

      So you want rimee and ayaa to be together at the end.

  37. GOOGLE says:
    May 9, 2018 at 12:01 pm

    varah salhi

  38. Remeesha says:
    May 9, 2018 at 2:37 pm

    Vvg reethi story but remee dhn ayyadh akaa nugulhuvacheyyy… Remee n shinaan maa gulheyy…

  39. Reader says:
    May 9, 2018 at 4:31 pm

    Vaahaka nimen kairi vehjje dho? Vaahakaige sifa kurunthah varah reethi. Keep it up dear ❤️

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….34←


All Right Reserved!