Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަކިވެދިޔަޔަސް… (3)

No one Level 210 Stories100 Comments
May 7, 2018 3 Mins Read
8 Comments

އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އިބާއަށްޓަކައި ޙާއްސަ މަޤާމެއްދެވިއްޖެކަމެވެ.

*******************************

ދުވަހަކަށްފަހު ދުވަހެއް މާޒީއާއި އެކުވަމުންދެއެވެ. އަހަރެންވެސް ހިތްވަރާއިއެކު މަސައްކަތްކުރަމުންދިޔައީ އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ މަންމަމެންގެ ހުވަފެންތައް ހަޤީގަތަކަށް ހަދާދިނުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިލާވަޅުހަދާ ނިންމާާލުމަށްފަހު އިބާގެ ހަރަކާތްތަކަށް ބަލަން އިނުމަކީ އަހަރެންގެ ދުވަހުގެ ތާވަލުގައި ހިމެނިފައިވާ ކަމެއްފަދައެވެ. އިބާ ސްކޫލަށް ނާންނަ ދުވަހެއްނަމަ އަހަރެންގެ މިލާ މޯޅިވެފައިވާާ މޫނުފެނި އަދުހަމް އަހަރެންނަށް މަލާމާތްކުރާނެއެވެ. ކޮންމެ ދުވަހަކު އިބާ ސްކޫލަށްއަންނައިރު ގޭޓުކައިރީގައިހުރެގެން އިބާއަށް ބަލާއިރު ފާރަވެރިއެކޭ ތަފާތެއްނެތެވެ. ބައެއްފަހަރު ޙުދު އަހަރެންވެސް އަހަރެންނަށް އުޅެވޭގޮތާމެދު ހައިރާންވެއެވެ. މީގެކުރިންވެސް އަހަރެންނަށް ކިތަންމެ އަންހެންކުއްޖަކު ފެނިފައިވެއެވެ. ނަމަވެސް މިފަދަ އިޙްސާސެއްކުރެވުނު މީ ފުރަތަމަ ފަހަރެވެ.

*******************************

އެއްދުވަހަކު އަހަރެން ސްޓާފްރޫމަށް ދަނިކޮން މީހަކު ގައިގާ އިޅައިގަނެ އަހަރެންގެ އަތުގައިހުރި ފޮތްތައް ބިންމައްޗަށްވެރުނެވެ. އިސްއުފުލާ ބަލާލިއިރު ކުރިމަތީހުރި އިބާފެނި އަހަރެން ހުއްޓުންއެރިއެވެ. ޖަހާާފާހުރި ބުދެއްހެން އަހަރެން ހުންނަން ފެށުމުން އިބާ ތިރިވެލާފައި ފޮތްތައް ނަގަންފެށިއެވެ. އަހަރެންނަށް ހޭވެރިކަންވުމާއިއެކު ވިސްނާލެވުނެވެ. މިއީ އިބާއާ ވާހަކަ ދައްކާލަންއޮތް ރަނުގެ ފުރުސަތެކެވެ. ނަމަވެސް އަހަރެންގެ ހާލު އަންހެންކުއްޖަކަށްވުރެން ބޮޑެވެ. ލަދުންގޮސް މޫނުމަތި ހޫނުވާންފެށިކަލަ އިޙްސާސެއްކުރެވުނެވެ. ނަަމަވެސް މިފަހަރު އަހަރެން ހިތްވަރުކުރާނަމެވެ. ލަދަކާހުރެ ތަދެއްނުފިލާނޭ މީހުން ބުނެއުޅޭނޫންހެއްޔެވެ. ” ތީ އިބާ ދޯ؟ އަހަރެން މީ ނާޝިއު. ވަރަށް ބޮޑަށް ސޮރީ އެދުވަހަށްވެސް އަދި މިއަދަަށްވެސް. އަހަރެންނަށް ބަލާނުލާ ހިނގުމުގެ ސަބަބުން މިހެންމިވީ.” އަހަރެން ތިރިވެލާފައި އިބާއާ ބައިވެރިވެލަމުން ބުނީމެވެ. ” އެއީ މައްސަލައެއް ނޫން. އަހަރެންނަށްވެސް އެނގޭ ގަސްދުގައި ޖެހިގަތީނޫންކަން. ދެން އެކަމާ އަޅާނުލާ. ” ރައްދުގައި ހިނިތުންވެލަމުން އިބާ ބުންޏެވެ. އަހަރެންނަށް ފޮތްތައްދީފައި ދެމީހުންވެސް ކްލާހަށްދިޔަ މަގުމަތީގައި މަދުންނަމަވެސް ވާހަކަ ދެކެވުނެވެ. އޭރު އެތަކެއް ކުދިންނެއްގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައިވާކަން ފާހަގަކުރެވުނެވެ. އިބާއާ ވާހަކަ ދައްކާލެވުމުން އަހަރެންނަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއްލިބުނެވެ. އަހަރެންގެ ހިތް އުފަލުންނަަށަމުންދިޔައިރު އެދުވަހު އަހަރެންނަށް އުުޅެވުނު ގޮތްވެސްނޭންގުނެވެ. އީދެއް އައިސްގެންގެން އުޅުނަސް މިހާ އުފާވެރިކަމެއް ލިބޭނެހެނެއް ހިއެއްނުވެއެެވެ. އަހަރެންގޮސް ކްލާސްރޫމަށް ވަންނަންދިޔައިރު ދޮރުމަރީގައިހުރި އަދުހަމްގެ މޫނުމަތިންފެންނަމުންދިޔަ ކުލަވަރުން އަހަރެން ހައިރާންވިއެވެ. ދެބުމަގޮށްޖެހިފާާވީއިރު ދެއަތްވަނީ މުށްކެވިފައެވެ. އަހަރެން ފެނުމާއިއެކު އެދިޔަބާރުމިނުގައިގޮސް ކްލާާހަށްވަދެ އިށީނެވެ. އަހަރެން ވީގޮތެއް އޮޅުންފިލުވުމަށްޓަކައި އެތައްފަހަރަކު އެހުމުންވެސް އަދުހަމްގެ ފަރާތުން ޖަވާބެއްނުލިބުމުން އަހަރެންނަށް ހަތިޔާރުބަހައްޓަން މަޖުބޫރުވިއެވެ. މާޔޫސްކަމާއެކު ގޮސް އިށީންއިރު އަހަރެން އިނީ އަދުހަމްގެ އެޢަމަލާމެދު ވަރަށް ހިތްހަމަނުޖެހިފައެވެ.

******************************

ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުންދިޔައިރު އަހަރެންނާއި އިބާގެ އެކުވެރިކަންދިޔައީ ބަދަހިވަމުންނެވެ. އެކަމާ އަހަރެން ކިތަންމެ އުފާކުރިނަމަވެސް އަދުހަމްއަށް އަންނަމުންދިޔަ ބަދަލުތަަކުން އަހަރެން ވަރަށް ދެރަވިއެވެ. އެއްގެއެއްގައި އުޅޭއިރުވެސް ވާހަކަދައްކާާލަނީ ހާާލަކުންފަހަރަކުއެވެ. އެވެސް ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް އެކަންޏެވެ. އަދުހަމްއަށް އެބަދަލުތައް އަންނަންފެށީ އަހަރެން އިބާއާއި ވާހަކަ ދައްކަންފެށިފަހުންނެވެ. ނަމަވެސް އޭނަ މިކަމާ ހިތްހަމަ ނުޖެހެންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. އަހަރެން އިބާއާއި ވާހަކަދައްކަން ބޭނުންކަމުގައި ބުނުމުން އެކަމަށް ހިތްވަރުދީ ހެދީވެސް އަދުހަމްނޫން ދެވަނަ މީހެއްނޫނެވެ. އަހަރެންގެ ހިތުގައި އިބާާއަށްޓަކައިމިވާ އިޙްސާސްތަކަކީ ލޯބިކަންްވެސް އަހަރެންނަށް ވިސްނައިދިނީ ޙުދު އަދުހަމްއެވެ. ނަމަވެސް މިހާރު އަދުހަމްއަށް އަންނަމުންދާ ބަދަލުތަކުން ނަގައިގަންނަންވީ މާނައެއް އަހަރެންގެ ސިކުނޑިއަކަށް އެއްގޮތަކަށްވެސްނުވިސްނުނެވެ. މިކަމާމެދު  އަދުހަމްއާ ސުވާލުކުރެވުނު ވަރެއްވެސް މިހާރު ނޭނގެއެވެ. އެއިންކޮންމެ ފަހަރަކުވެސް އަދުހަމްގެ ފަރާތުން އެދެވޭ ޖަވާބެއްނުލިބުމުން އަތްފޮޅާލާފައި ދިއުންނޫންގޮތެއް އަހަރެންނަކަށްނެތެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރު ނިމުމަކާާއި ގާތްވެއްޖެއެވެ.

****************************** އަހަރެން ގޭޓުކައިރީގައި މަޑުކޮށްލައިގެންހުރީ އިބާގެ އިންތިޒާރުގައެވެ. އިބާ އަންނަތަންފެނުމުން އަތުގެ އިޝާރާތުން ” ހައި” ޖަހާލީމެވެ. ނަމަވެސް ފެންނަކަމަށްވެސް ނުހަދާާ އިބާގޮސް ގޭޓުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިއީ އިބާގެ ފަރާތުން އަހަރެންނަށް އާންމުކޮށް ފެންނަ މަންޒަރެއްނޫނެވެ. ސުވާލުތަކުން ފުނިޖެހިގެންވާ ޙާލު މަަޑުހިނގުމެއްގައިގޮސް އަހަރެން އެތެރެއަށްވަނީމެވެ. ކްލާހުގައި އިނދެގެން އިބާއާ ދިމާލަށް ބެލިވަރަކަށް އަހަރެންގެ ހިތަށްދިޔައީ ހައްތަހާާ ތަދުވަމުންނެވެ. ސެޝަން ނިމުމާއިއެކު އަހަރެން ދުވެފައި ކަހަލަގޮތަކަށް ބޭރަށްނިކުތީ އިބާގެ ގާާތުން ވެގެންއުޅޭގޮތެއް އޮޅުންފިލުވުމުގެ ނިޔަތުގައެވެ. ނަމަވެސް އަހަރެން ގޮވަގޮވާވެސް ފަސްއެނބުރި ބަލާވެސްނުލިތާންގައި އަޅާވެސްނުލާ އެދިޔަގޮތަށްދިޔައީއެވެ. ވަމުންދިޔަ އެއްްވެސްކަމެއް ރޭކާާނުލާާ ޙާލު އަހަރެންނަށް ނުރޮވުނީ ކިރިޔާއެވެ. އިންތިހާާއަށް ލޯބިވާ އަންހެންކުއްޖާާ އެގޮތަށް މޫނު އަނބުރާާލާފައި ދިޔުމުން ހިތަށް ކެތްވާނީ ވަކި ކާާކަށް ހެއްޔެވެ. ވީދެރައިން އަހަރެން ވަގުތުން މިސްރާބުޖެހީ ގެއާއި ދިމާލަށެވެ.

ޖެހިގެން އައިދުވަހު އަހަރެން ސްކޫލަށްދިޔައިރު ގޭރުކައިރީގައި ވާހަކަދައްކަންތިބި އަދުހަމްއާއި އިބާ ފެނި އަހަރެންގެ ހިތަށް ނުބައިގޮތެއް ވެގެންދިޔައެވެ. ސުވާލުން ފުރިގެންވާގޮތަކަށް އެދިމާއަށް ބަލަހައްޓައިގެންްހުއްޓާ އެމީހުންގޮސް އެތެރެއަށް ވަދެއްޖެއެވެ. އަހަރެން ކްލާހުގައި އިންއިރުވެސް ވިސްނެނީއެކަމާދޭތެރޭގައެވެ. އަހަރެން ނިންމީ މިއަދު ކޮންމެގޮތެއް ހަދާފައި ނަމަވެސް އިބާގެ ފަރާތުން ވެގެންއުޅޭގޮތެއް އޮޅުންފިލުވުމަށެވެ. ބެލްޖެހުމާއިއެކު އަހަރެންގޮސް އިބާގެ ފަހަތުން ނިކުތީމެވެ. ގޮވާލުމުންވެސް އަޅާނުލީމާ އަތުގައި ހިފާލާފައި ސުވާލުކުރަންފެށީމެވެ. އޭރު އަހަރެންގެ ލޮލަށް ކޮންމެވެސް ވަރަކަށް ކަރުނަޖަމާވެފައި ހުއްޓެވެ. ” އިބާ ކީއްވެ ކުއްލިއަކަށް ތި ޗޭންޖްވީ؟ ވައި އާރ ޔޫ  އެވޮއިޑިންގ މީ؟ ވަޓް ހޭވް އައި ޑަންް؟” އާދޭސްކުރާކަހަލަ ރާގެއްގައި އަހަރެން ބުނީމެވެ. ” ނާޝިއު ދެން ތިހުރިހާ އެކްޓެއް ނުޖެއްސިޔަސްހެޔޮ. އަދުހަމް އަހަރެންނަށް ހުރިހާ ވާހަކައެއްވެސް ކިޔަދީފި. ކީއްވެ އަހަރެންނޭ ކިޔައިގެން ދޮގުހެދީ؟ އަހަރެން ކޮން އިރަކުބުނީ އަހަރެން ޔާނިޝްދެކެ ލޯބިވެއޭ. ނާޝިއު އެދޮގު ވާހަކަތައް ދެއްކީމަ މިހާރު އަހަރެންގެ ބެސްޓް ފްރެންޑް އާއި ވެސް މައްސަލަ ޖެހިއްޖެ. އަހަރެން ކީއްވެ އަހަރެންގެ ބެސްޓް ފްރެންޑްގެ ބީއެފްދެކެ ލޯބިވާންވީ؟” އެހެންބުނުމަށްފަހު އަހަރެންގެ އަތް ފޮޅުވާލާފައި އިބާ ގޮއްސިއެވެ. ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ….32

Next

ތިޔަ ލޯތްބާ ދުރަށް (3)

Next
May 7, 2018

ތިޔަ ލޯތްބާ ދުރަށް (3)

Previews
May 7, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….32

8 Comments!

  1. No one says:
    May 8, 2018 at 6:35 am

    Here’s the third part. Hope all the readers like this part

  2. Neih bunaa hitheh says:
    May 8, 2018 at 11:25 am

    Oh can’t wait for next part

  3. ZEEN?? says:
    May 8, 2018 at 1:20 pm

    Varah teethi mi part ves ….hope next part ves varah avahah up kohdheyne kamah…..watting for next part….????

  4. shasha says:
    May 8, 2018 at 2:43 pm

    Story v reethi

  5. No one says:
    May 8, 2018 at 2:57 pm

    thanks.. next part tmrw up kohdheynan.. insha allah

  6. Naju? says:
    May 8, 2018 at 9:27 pm

    Masha allah. Keep it up dear.. ??

    1. No one says:
      May 8, 2018 at 9:45 pm

      Thanks

  7. Maashal says:
    May 9, 2018 at 12:57 am

    Koba part 4?

Comments are closed.

Next Episodeވަކިވެދިޔަޔަސް…. (2)←


All Right Reserved!