ދަތުރު ދާން ހަމަޖެހުނީ ހައެއް ޖަހާއިރުކަމުން ހައެއް ޖެހުމުގެ ކުރިން ހުރިހާ ބައިވެރިންވެސް ޖެޓީއަށް ޖަމާވަމުން ދިޔައެވެ. ދަތުރުގެ ބައިވެރިންގެ ކައިރިއަށް އައިސް ހުއްޓުނު ޔޫހާންގެ ނަޒަރު އެންމެ ފުރަތަމަވެސް ދަތުރުކޮށްލީ ފަސްވަރަކަށް އަންހެންކުދިންނާއި ހީހީފައި ވާހަކަ ދައްކަމުންދިޔަ އައިލީންއަށެވެ. މޫނު މައްޗަށް ވެއްޓުނު ކުރު އިސްތަށިކޮޅުތައް އަތުގެ އިނގިލި ތަކުން އެއްފަރާތް ކޮށްލަމުން ވަށައިގެން ނަޒަރު ހިންގާލި އައިލީންއަށް ޔޫހާންގެ އެ ތޫނު ނަޒަރު އޭނައަށް ސީދާވެފައި ހުރިކަން އެނގި އައިލީންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އޭރު އެދޮން ކޯތާފަތަށް ވަނީ ޖަންބުކުލަ ވެރިވެފައެވެ. މިކަން އޭނައަށް ނަޒަރުހުއްޓައިލައިގެން ހުރި ޔޫހާންއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އޭނަ ބަލައިލާ ކޮންމެ ފަހަރަކު އައިލީންއަށް އެވާގޮތުން ޔޫހާންގެ ގާތަށް އަންނަނީ ލާނެތް ހިންޏެކެވެ. އައިލީން އަވަސް އަވަހަށް އިސްޖަހާލަމުން އޭނަގެ ކައިރީގައި ތިބި ކުދިންނަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރިއެވެ. އައިލީންގެ ކޮންމެ ހަރަކާތެއް ބަލަން ޔޫހާން ހުރީ އެއްވެސް ފޫހިކަމެއްނެތިއެވެ. އެހެން ބަލަންހުރި އިރު އޭނައަށް މިއަދު އައިލީން ތަފާތުކަން ފާހަގަވިއެވެ. އެހެންޏާ މަތިކޮޅަކާއި ސްކާޓެއް ލައިފާ ހުންނަ އައިލީން މިއަދު ހުރީ ގުރާ ފެހި ކުލައިގެ އަތް ދިގު ފައިފަލަމަސްގަނޑާއި ހަމައަށް އަރާ ހެދުމަކާއި މަޑު ނޫކުލައިގެ ޖިންސް ފޮތީގެ ސްކިނީއެއް ލައިފައެވެ. އެއްފަރާތުން ކަފިކޮށްފައިވި އެފަން ދިގު އިސްތަށިގަނޑުވަނީ މިއަދުވެސް ވަނީ ހާމައަށް ދޫކޮށްލައިފައެވެ. ބޭއިހްތިޔާރުގައި ޔޫހާންއަށް ހިނިތުންވެވުނީ މިއަދު އޭނައަށްވެސް ލެވިފައިވަނީ ގުރާ ފެހިކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސް ފޮތީގެ ސޯޓެއްކަމުންނެވެ. ދޯނި އައުމުން ހުރިހާ އެއްޗިހިތައް އަރުވާ މީހުންވެސް އަރާހަމަވުމުން އޭގެ މަންޒިލައް ދިޔުމަށް ދަތުރު ފެށިއެވެ. ދޯންޏަށް އެރީއްސުރެ ރިިފްޝާގެ ނަޒަރު ސީދާވެފައިވަނީ ޔާފިއު އާއި އިބާއަށެވެ. އިރުއިރުކޮޅުން އެކަކު އަނެކަކަށް ދޭ ހިނިތުންވުންތަކާއި ލޮލުން ކުރަމުންދިޔަ އިޝާރާތް ތަކުން ރިފްޝާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޝައުނާ އާ ރައްޓެހިވެގެން އުޅޭއިރު ޔާފިއުގެ ސަމާލުކަން ހުންނަނީ އެހެން މީހަކަށެވެ. ”ޝައު… ބަލާބަލަ… މިތިބަ ދެ މީހުން ހީވަނީ އެހެންކަމެއްވެގެން އުޅޭ ބައެއްހެން… ބަލާބަލަ އެކަކު އަނެކަކަށް ބަލާ ގޮތް… އެހެން ވީމައޭ އަހަރެން ބުނަނީ ޝައު ގާތު ޔާފިއު މިހާރު ރަނގަޅެއް ނޫނޭ…” އެންމެފަހުން ރިފްޝާއަށް ކެތްނުވުމުން އެހެން ކުއްޖަކާ ވާހަކަ ދައްކަން އިން ޝައުނާގެ ގައިގައި ކޮށްޓާލަމުން އޭނަގެ ކަންފަތް ދޮށުގައި ބުންޏެވެ. ޝައުނާއަށް އެ މަންޒަރުތައް ފެނި އިނީ އުނދަގޫވެފައެވެ. ދަތުރު ގޮސް ރަނގަޅު ވަގުތެއް ހޯދައިގެން ޔާފިއު އާއި އެވާހަކަ ދައްކާނެކަމަށް ޝައުނާ ބުންޏެވެ. ދަތުރު މަތީގައި ޔައިޝް އޭނައަށް މާވަރަކަށް ބަލާތީވެސް ޝައުނާ އިނީ އުނދަގޫވެފައެވެ. އޭނަ ބަަލަައިލާ ކޮންމެ ފަހަރަކު ޝައުނާ ދެބުމަ ގޮށްޖަހާލާ ގޮތުން ޔައިޝްގެ ގާތަށް އަންނަނީ ހިންޏެވެ. އިފާން އާއި ރިފްޝާވެސް ދިޔައީ އެކަކު އަނެކަކަށް ސިއްރުން ބަލަމުންނެވެ. އިއްޔެގެ ހާދިސާއަށް ފަހު ދެމީހުންގެ ހިތުގައިވެސް ތަފާތު އިހުސާސެއް އުފެދިފައިވާ ކަހަލައެވެ. ވިއްސަކަށް މިނިޓު ތެރޭގައި ބައިވެރިންނަށް ދަތުރުގެ މަންޒިލަށް ފޯރައިފިއެވެ. އެންމެންތައް ފައިބާ އެއްޗެހިވެސް ބޭލުމަށްފަހު އެންމެންވެސް ރަށަށް ނަޒަރުހިންގާލިއެވެ. ހުދު ބޯކިރުކޮޅެއްފަދަ ރީތި ފަސްގަނޑާއި ބިއްލޫރި ކޮޅެއްހާ ސާފު ރީތި މޫދެވެ. ފެހިކަންގަދަ ގަސްތަކާއި އުދުހިލައިފަައި އުޅޭ ދޫނިތައް ފެނި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނެސްދިންކަން ގައިމެވެ. ގެނައި އެއްޗެހިތައް ހިފައިގެން އެމީހުން މިސްރާބު ޖެހީ އެ ރަށުގައި އަޅާާފައިވި ގެއަށް ދިއުމަށެވެ. އެ ރަށަކީ އާއްމުކޮށް މީހުން ދަތުރު އައިސް އުޅޭ ރަށަކަށް ވުމުން އެ ރަށުގެ ވެރި މީހާ ވަނީ ކުޑަ ގެއެއް އަޅާފައެވެ. ދިހަވަރަކަށް މިނިޓް ތެރޭ އެމީހުނަށް ގެއާ ހަމައަށް އާދެވުނެވެ. ގެއެއް ހުރި ކަމުގައި ވިނަމަވެސް އެ މީހުން ނިންމީ އެއްޗިހި ތައްޔާތުކޮށްގެން އަތިރިމައްޗައް ކާން ދިއުމަށެވެ. ދަތުރުގެ ފުރިހަމަ އުފާ ހާސިލްކުރެވޭނީ އޭރުންނޫން ހެއްޔެވެ؟ އެންމެންވެސް މިސްރާބު ޖެހީ ތިބޭނެ ރީތި ތަނެއް ހޯދުމަށެވެ. އެންމެނަށްވެސް ކަމުދިޔައީ ހެދިފައިވި ބިޔަ ހިރުނދު ގަސްދޮށެވެ. އެ ބިޔަ ގަހުގެ ހިޔާ މާދުރަށްވެސް ވަނީ ފެތުރިފައެވެ. އެ ތަނުގައި އޮށިން ހަދައިފައިވި އައްޓެއް ވާއިރު އިށީންނަން ރުއްގުޅިތަކެއްވެސް ހުއްޓެވެ. އެންމެންވެގެން ގޮސް އެތަން ރީތިކުރަންފެށިއެވެ. އަށި މައްޗަށް ވެރިފައިވި ފަތްތައް ނަގައި ފަސްގަނޑުގައި ހުރި ފަތްތައްވެސް އެއްފަރާތް ކޮށްލިއެވެ. ޝައުނާގެ ނަޒަރު އޭރުއްސުރެ އިރުއިރުކޮޅުން ޔާާފިއު އަދި އިބާއަށް ހުއްޓެވެ. އެދެމީހުންގެ ހަރަކާތްތަކުން ޝައުނާގެ މޫޑު ހުރީ މުޅިން ސަކަރާތް ވެފައެވެ. ޝައުނާގެ މިލާފައިވި މޫނު ފެނި އެންމެ ބޮޑު އަސަރެއް ކުރީ ޔައިޝް އަށެވެ. އެއީ ކީއްވެ ކަމެއް އޭނައަކަަށްވެސް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ޝައުނާާގެ މިލާފައިވި މޫނު އޭނަގެ ހިތުގެ ހަމަޖެހުން ނަގައިލައިފިކަމެވެ. ޝައުނާގެ މޫޑު ރަނގަޅު ކޮށްލުމުގެ ގޮތުން ކުރާނެ ކަމެއް ވިސްނަނިކޮށް އޭނައަށް ވަރަށް މޮޅު ހިޔާލެއް އައެވެ. ޔައިޝް އޭނަ އަތުގައި އޮތް ފެންފުޅިން އަނގައަށް ފެން އޮއްސަމުން ޝައުނާ އާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ގަސްތުގައި ޝައުނާގެ ގަޔަށް ފެންތައް ވެރޭނޭހެން ޝައުނާގެ ގައިގައި ޖެހިގަތެވެ. ޔައިޝް އެކަން ކުރީ ފެންނަ މީހަކަށް އެއީ ނޭނގިގެން ކުރެވުނު ކަމެއްކަން އިނގޭހާވެސް މޮޅަށެވެ. ” ޔައިޝް…. މިހާރު އިއްޔެ ބުނި އެއްޗެއް ހަނދާން ނެތުނީދޯ… ” ދެބުމަ ގޮށް ޖަހާލަމުން ޝައުނާ ޔައިޝް އާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ” އިއްޔެ؟؟؟ އިއްޔެވެސް މިލަހަލަ ކަމެއް ދިމާވީތަ؟؟؟ ” ފަތްތައް އެއްފަރާތް ކުރަމުން ދިޔަ ރިފްޝާ އޭނަގެ ހިތުގައި އުފެދުނު ސުވާލު ޝައުނާއަށް އަމާޒުކޮށްލިއެވެ. ” އާނ… އިއްޔެވެސް މީނަ ފެން ބޯން ހުރީ ފިހާރަ ދޮރުމަތީގަ… އަހަރެން ފިހާރައަށް ވަންނަން އުޅެނިކޮށް މީނަ ގައިގަ ޖެހިފަ ބިންމައްޗައް ވެއްޓުނީ… އޭރުވެސް ބުނިން ފެން ބޮންޏާ އެއްކައިރިއަކަށް އަރާ ހުންނާށޭ… މިއަދު އަހަރެން މުޅި ގަޔަކަށްނު ފެންތައް މިއެޅުނީ… ” ޝައުނާގެ ހަރަކާތްތަކަށް ބަލަން ހުރި ޔައިޝް ހުރީ ހީހީ ވަރުބަލި ވެފައެވެ. ” ކާލީ ހެއާ… އިއްޔެ އަހަރެން ތެމުނީ…، ދެން މިއަދު ކާލީ ހެއާ ތެމުނީ.. ސޯ ހިސާާބު ބަރާބަރު ވީ… ހެހެހެ… ” ހެމުންހެމުން ޔައިޝް އެހެންބުނުމާއެކު ޝައުނާގެ ގާތަށް އައި ރުޅީގައި ޔައިޝް ގައިގައި ޖަހަން އޭނަ އާއި ދިމާއަށް ދުއްވައިގަތެވެ. ޔައިޝްވެސް ޝައުނާގެ އަތުނުޖެހެން ދިޔައީ އޭނަ އާއި ދުރަށް ދުވަމުންނެވެ. އޭރު އެތައި ތިބި ގިނަ ކުދިން ތިބީ އެދެމީހުންގެ ކޯޅުންގަނޑު ފެނި މަޖާ ވެފައެވެ. ޔައިޝް ދުވެމުންގޮސް ހުއްޓުނީ އެހެން ބައިވެރިން ނުފެންނަހާ ދުރަށް އާދެވުމުންނެވެ. ފަސްއެނބުރި ބަލައިލި ވަގުތު ޝައުނާ އެއައި ބާރުމިނުގައި އައިސް ޖެހުނީ ޔައިޝްގެ ތަނަވަސް މޭމަތީގައެވެ. ލިބުނު ސިހުމުގައި ޔައިޝްއަށް ބެލެންސް ނުކުރެވުމުގެ ސަބަބުން ދެމީހުންވެސް ވެއްޓުނީއެވެ. ޝައުނާ ޔައިޝްގެ ގައިމަތީގައި އޮތް އިރު ޔައިޝް ވަނީ އޭނަގެ ބާރުގަދަ ދެއަތުން ޝައުނާގެ ހިމަހިމަ އުނަގަނޑު ވަށާލައިފައެވެ. މަޑުމަޑުން ބޯހިއްލާލި ޝައުނާ އަށް ޔައިޝް އާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. ޔައިޝްއަށްވެސް ޝައުނާގެ އެ ރީތި މޫނު އެހައި ކައިރިން ފެނުމުން ކަޅިޖަހައިނުލައި ބަލަން އޮވެވުނެވެ. ޗޮކްލެޓް ކުލައިގެ ބޮޑު ދެލޮލާއި ފިޔާތޮށި ކުލައަރާ ތުނިތުނި ދެ ތުންފަތެވެ. ހަމުގެ ކުލަ މާ އަލިނޫނަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ކަޅުކުލައިގެ އެ ބުޅި އިސްތަށިގަނޑު ޝައުނާާއާ ވަރަށްވެސް ގުޅެއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު އެހެންޏާ ނުކުރެވޭފަދަ އިހްސާސެއް ދެމީހުނަށްވެސް ކުރެވިގެންދިޔައެވެ. ޝައުނާގެ މޫނުމައްޗައް ވެއްޓިފައިވި އިސްތަށިކޮޅު ޔައިޝް އަތުން އެއްފަރާތްކޮށްލި ހިނދު ޝައުނާއަށް ދެލޯ މަރާލެވުނެވެ. އެހިނދު ޔައިޝްގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދެ ލޯ ހުޅާވާލަމުން ޝައުނާާ ތެދުވެ ޔައިޝްއަށް ބެލުމެއްނެތި އައިކޮޅަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ގޮސް ޝައުނާ ހުއްޓި އޭނަގެ މޭގައި އަތް އަޅާލިއެވެ. އޭރު އޭނައަށް ދިޔައީ މާނޭވާ ލެވެމުންނެވެ. އޭނަގެ ސިކުނޑި އޭރު ވަނީ ހާސްކަމެއްގެ ތެރޭޭގައެވެ. ޔައިޝް ފެންނަ ކޮންމެ ފަހަރަކު އޭނަގެ އަތްފައި ފިނި ވެގެންދެއެވެ. ހިތުގެ ތެޅުންވެސް އަވަސްވެގެންދެއެވެ. އިއްޔެވެސް އޭނައަށް އެފަދަ އިހުސާސެއްކުރެވުނެވެ. އޭރު އެ އިހުސާސްގެ މައްޗައް އޭނަ އެހެން އިހުސާސެއް ގަދަކުރީއެވެ. ނަމަވެސް މިފަހަރު އެހައިކައިރީގައި ވުމުން އެ ގޮތް ނޭނގޭ އިހުސާސްގެ މައްޗައް ރުޅި އިސްކުރުންވީ އޭނައަށް އުދަނގޫކަމަކަށެވެ. އެ ހިޔާލުތަކުގައި ހުރެ އޭނާ ކުރިއަށް ހިނގައިގަތެވެ. ޔައިޝްވެސް އޮތްތަނުން ތެދުވެ ގައިން ވެލި ފޮޅަމުން ކުރިއަށް ހިނގައިގަތެވެ. ކުރިން އެމީހުން ތިބި ތަނަށް ޝައުނާ ދިޔައިރު އެހެން ބައިވެރިން ތިބީ އޭނަ އާއި ޔައިޝްގެ އިންތިޒާރުގައެވެ. ” ކޮބާ ޔައި؟؟؟؟ ” ޝައުނާ އައިސް ހުއްޓުމާއެކު ލިޝާން އެހެން އަހާލިއެވެ. ”މަ މިހިރީނު…” ޝައުނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ފަހަތުން ޔައިޝްގެ އަޑު އިވުމުން އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ޔައިޝް ބަލައިލުމާއެކު ޝައުނާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ދެ މީހުންގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން އެދެ މީހުނާ އެއްވެސް މީހަކު އިތުރު ސުވާލެއްނުކުރެއެވެ. އެންމެންވެސް ބޭނުންވީ ދެން ރަށްވަށާ ބުރެއްޖަހާލަން ދާށެވެ. އެ ރަށަކީ މާ ބޮޑު ރަށަކަށް ނުވުމުން އެއީ މާާ އުނދަގޫ ކަމަކަށްވެސް ނުވާނެތާއެވެ. ހިނގަމުންދިޔަ ޝައުނާ ހިނގުން ތަންކޮޅެއް މަޑުކޮށްލިއެވެ. އަދި އެންމެ ފަހަތުން ހިނގަމުން އައި ޔާފިއުގެ ގާތަށް ގޮސް އޭނަގެ އަތުގައި ހިފިއެވެ. ޝައުނާ އަތުގައި ހިފުމާއެކު ޔާފިއު އަތް ފޮޅުވާލިއެވެ. އޭނަގެ އަތް ފޮޅުވާލުމާއެކު ޝައުނާގެ ތުންފަތުގައިވި ހިނިތުންވުން ނެތިދިޔައެވެ. ”ކިހިނެއްވީ މިހާރު؟ ” ނުރުހުންތެރިކަމާއެކު ޔާފިއު އެހެން ބުނުމުން ޝައުނާ ވަރަށް ދެރަވިއެވެ. ” ކަމެއްނުވޭ… ހަމަ ޔާފިއު އާއެކު ހިނގާލަން ބޭނުންވީމަ އައީ… މިކަހަލަ ދުވަހަކު އެއްނު އެކަނިން ވަގުތުކޮޅެއް ހޭދަކޮށްލަންވެސް ލިބޭނީ…” ޝައުނާ އެހެންބުނުމުން ޔާފިއުގެ މޫނުމައްޗައް ވެރިވީ ފޫހިކަމެވެ. ” އަހަރެން ނޫޅެމޭ ދެ މީހުން ވަކިން ހިނގަންދާ ހިތަކުން ” މިހެން ބުނެ ޔާފިއު ޝައުނާ އަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ހިނގައްޖެއެވެ. ”ޕޮއް” ޔާފިއު ދިޔަދިމާލަށް ބަލަންހުރި ޝައުނާ ސިހުނީ ޔައިޝްގެ އަޑުންނެވެ. ” ޔުއާ ބޯއީ ފްރެންޑް ޑަޒަންޓް ލަވް ޔޫ ” . ޔައިޝް އާއި ދިމާލަަށް އެއްޗެހި ކިޔައިގަންނަން އުޅުނު ޝައުނާ މަޑުޖެހިލީ ޔައިޝް ބުނި އެއްޗަކުންނެވެ. ” ކިހިނެއް އެނގުނީ އެއީ އަހަރެންގެ ބޯއީ ފްރެންޑް ކަމެއް؟ އެން ޔައިޝް އަށް ކިހިނެއް އެނގެނީ އޭނަ އަހަރެންދެކެ ލޯބިނުވާކަމެއް؟ ޝައުނާ އޭނަގެ ހިތުގައި އުފެދުނު ސުވާލުތައް ޔައިޝްއަށް އަމާޒުކޮށްލިއެވެ. ” ކޮންމެ މީހަކަށްވެސް އޭނގޭނެ އެކަން… އޭނަގެ އަމަލުތައް ހުންނަގޮތުން އެނގެނީ އޭނަ ޝައު ދެކެ ލޯބި ނުވާކަން… ނުފެނޭތަ އޭނަގެ ސަމާލުކަން އެހެން ކުއްޖަކަށް ހުންނަތަނެއް… ތިދެމީހުންގެ ވާހަކަތައް ދެންމެ އަހަންނަށް އަޑު އިވުނޭ… ކާކު ގަބޫލު ނުވާނީ ތިހާ ރީތި ކުއްޖަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން… އިފް ޔޫ ވޯންޓް އަހަރެން ގޮއްސާނަމޭ ޝައު އާއެކު ހިނގާލަން އެކަނި… ” ފަހު ޖުމްލަ ޔައިޝް އެއްލޯ މަރާލަމުން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ޝައުނާގެ ގާތައް އައީ ރުޅިއެވެ. ” ޔޫ ނޯ ވަޓް… އައި ހޭޓް ޔޫ…. ވަރަށް ފޫހިވޭ… ” ޝައުނާ އޭނަގެ ރުޅިވެރި ބަސްތައް އިއްވާލުމަށްފަހު ދާާން ހިނގައިގަތެވެ. ” ތިވަރަށް އަހަރެންދެކެ ރުޅި އަންނަންޏާ އަދި ކޮންމެވެސް އެއްދުވަހަކުން ތިއަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވެސް ވެވިދާނެ އިނގޭ ” . ޝައުނާގެ އަތުގައި ހިފެހެއްޓުމަށްފަހު ޔައިޝްއާ ވީ ފަރާތައް އަނބުރާލަމުން ސީރިއަސްކަން އެކުލެވިގެންވީ މޫނަކާއެކު ޔައިޝް އިއްވާލި ބަސްތަކުން ޝައުނާގެ ހިތުގައި ހާސްކަން ވެރިވިއެވެ. އެ ހާސްކަން ފޮރުވާލަމުން ޝައުނާ ޔައިޝްގެ އަތް ފޮޅުވާލުމަށްފަހު ދުވެފައިގޮސް އެހެން ބައިވެރިންނާއި އެއްވަރު ކުރިއެވެ. ޔައިޝް ވެސް ބާރު ހިނގުމުގައި ގޮސް އެހެން ބައިވެރިންނާއި އެއްހަމައެއްގައި ކުރިޔަށް ދިޔައެވެ. ހިނގަމުންދިޔަ ޔޫހާން ފަހަތަށް ބަލާލިިރު އަތިރިމަތީގައި ތިބި ދޫނިތަކަކަށް ނަޒަރު ހުއްޓައިލައިގެން ހިނިތުންވެފައި ހުރި އައިލީން ފެނުނެވެ. ބޮލުގައި އަޅާފައިވި މަޑު ޗޮކްލެޓް ކުލައިގެ ޕިކްނިކް ހެޓް އައިލީން އާއި ވަރަަށްވެސް ގުޅެއެވެ. ޖެހެމުންދިޔަ ވައިރޯޅަތައް ދިޔައީ އައިލީންގެ އިސްތަށިގަނޑާއި ހީސަމާސާ ކުރަމުންނެވެ. ޔޫހާން މިފަހަރުވެސް އެއްވެސް މީހަކަށް ނޭނގޭނޭހެން އައިލީންގެ ދެތިން ފޮޓޯ ނެގިއެވެ. ރަށްވަށާ ބުރެއް ޖަހާލުމަށްފަހު އައިސް ހުރިހާ ބައިވެރިންވެސް ބޭނުންވީ އަވަހަށް ހެނދުނުގެ ސައިބޯށެވެ. ވަރަށް އަވަހަށް ސޭންޑް ވިޗް ތައްޔާތުކޮއްލައިގެން ހެނދުނުގެ ނާސްތައިކޮށް ނިންމާާލިއެވެ. އެއަށްފަހު ދެން ފެށުނީީ ކުޅިވަރުތައް ކުޅުމެވެ. ދެ ޓީމަކަށް ބަހައިލައިގެން ވަރަށް ފޯރިޔާއެކު ފުޓުބޯޅަ އަދި ފައިގަތަޅާ ކުޅުނެވެ. ކުޅެ ނިންމާލުމަށްފަހު އެންމެންވެސް ވަރުބަލި ފިލުވާލުމަށް ހިރުނދު ގަސްދޮށުގައި މަޑުކޮށްލިއެވެ. އިރުކޮޅަކު ތިބުމަށްފަހު ހުރިހާ ފިރިހެން ބައިވެރިން މަސްބޭނުމަށްޓަކައި ދިޔައެވެ. އަންހެން ކުދިން އޭރުވެސް އެކިތަންތަނުގައި ގުރޫޕު ހަދައިގެން ވާހަކައިގައި ތިއްބެވެ. އައިލީން އާއި ރިފްޝާ އަދި ޝައުނާވެސް ވަކިން ތިއްބެވެ. އެހެން އިންއިރު ޝައުނާގެ މިލާފައިވި މޫނު ފެނުމުން އެންމެފަހުން ކެތްނުވުމުން އައިލީން އެކަމާ ބެހޭގޮތޮން ސުވާލު ކުރިއެވެ. ” ޝައު… ވަަޓް ހެޕެންޑް؟ އެންމެން ކުރިމަތީގައި ފޭކް ސްމްއިލްއެއް ދީގެން ހުންނަކަން އަހަރުމެން ދެ މީހުނަށްވެސް އިނގެއޭ… އެހެން މީހުނަށް އޮޅުވައިލިޔަސް އަހަންނާއި ރިފޫއަކަށް ޝައުއަކަށް އޮޅުވައެއް ނުލެވޭނެ… ހަމަ އެކަނި ވާއިރަށް ތިމޫނުގެ ކުލަވަރު ބަދަލުވޭ… ބުނެބަލަ ކިހިނެއްތަ ވީ… ” އައިލީން އެހެން ބުނުމުން ޝައުނާ އެދެމީހުންގެ މޫނަށް ބަލައިލުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ” އިނގޭ ކިތަންމެ މަސައްކަތެއް ކުރިއަސް އައިލީ އާއި ރިފޫއަށް ކަމެއް ސިއްރިނުކުރެވޭނެކަން… ދެން ނޭނގެ ހަދަންވީގޮތެއް… ޔާފިއުއާވެސް ގުޅުން ރަނގަޅު ކުރެވޭތޯ ވާހަކަ ދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް ޔާފިއުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ… އިނގޭ ތިދެމީހުންވެސް މިހާރު އެހާ ހިތްހަމަ ނުޖެހޭކަން ޔާފިއުއާ ދޭތެރޭ… އެކަމަކުވެސް ހަމަ ލޯބިވާތީ އަދިވެސް އިންތިޒާރުގައި މިހުންނަނީ…. ” ފެންކަޅިވެފައިވި ދެލޮލާއެކު ޝައުނާ ވާހަކަދައްކަމުން ދިޔައެވެ. ”އަހަރެމެން ދެ މީހުން އަބަދުވެސް އެދެނީ ޝައު އުފަލުގަ ހުރުން.. އަދި އިންޝާ ﷲ ޝައުއަށް ޑިޒާވް ވާ ހެޕިނެސް ކޮންމެވެސްް ދުވަހަކުން ލިބޭނެ… ކޮންމެ ކަމަކާވެސް ކެތްތެރިކަމާއެކު ކުރިމަތިލާ… ޝައުތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްނު… ” އައިލީން އޭނަގެ އަތް ޝައުނާގެ އަތްމަތީގައި ބާއްވާލަމުން ހިނިތުންވުމަކާއެކު ހިތްވަރުދެމުންދިޔައެވެ. ރިފްޝާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ދެމީހުންވެސް ޝައުނާގެ ގައިގައި ލޯބިން ބައްދާލިއެވެ. ޝައުނާ އަށް ހިނިތުންވެލެވުނީ އޭނަދެކެ އެހާ ލޯބިވާ ރަނގަޅު ރަހްމަތްތެރިންތަކެއް އަބަދުވެސް އޭނައާއި އެކުގައިވާނެކަން އިނގޭތީއެވެ. ދެން ހުރިހާ އަންހެން ކުދިންވެސް މަސައްކަތް ފެށީ މެންދުރުގެ ކެއުން ތައްޔާރުކުރުމަށެވެ. ފިރިހެން ބައިވެރިން މަސްބާނައިގެން އައިރު އެމީހުން ހުރީ ގިނަ މަސައްކަތްތައް ނިންމާލާފައެވެ. މެންދުރުގެ ކެއުން ތައްޔާާރުވުމާއެކު އެންމެންވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައިނިންމާލައިފައި ވަރުބަލި ފިލުވާލަން ކޮންމެ މީހަކުވެސް ތަނެއްގައި ޖައްސާލިއެވެ. ނަމަވެސް ޔާފިއު ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރިތަން ފެނި ޝައުނާ އެދިމާލަށް ހިނގައިގަތެވެ. ” އޯ ގޯޑް…. ޝައުނާ ޕްލީސް…. މި ދަތުރު އަހަރެން އެންޖޯއި ކުރިޔަ ދީބަލަ… ތިވަރުން ދަންޏާ އަދި އަހަރެން ބޯފަޅައިގެން ދާނެ…. ތި ޝަކުވާތައް އަހާކަށް އަހަންނަކަށް ނެތް ހުރެވޭކަށް… ” ފޯނުކޯލު ނިންމާލުމަށްފަހު އެނބުރުނު ޔާފިއުއަށް އޭނަގެ ފަހަތުގައި ހުރި ޝައުނާ ފެނި ހިިހުރި އެއްޗެއް ކިޔާލުމަށްފަހު އެތަނުން ދިޔައެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި ޝައުނާގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނައަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ ޔާފިއު އެދިޔައީއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން އެހެން ބައިވެރިން ތިބި ތަނަށް ދިޔުމަށް ހިނގައިގަތެވެ. އޭރު އެހުރިހާ މަންޒަރެއްވެސް ފެންނަ ހިސާބުގައި ޔައިޝް ހުއްޓެވެ. އޭރު އޭނަގެ ދެއަތް ވަނީ މުއްކެވިފައެވެ. ހުރިހާ އެންމެން އައިސް ހަމަވުމާއެކު ދެން ފެށިގެން ދިޔައީ ފުޅި އަނބުރާ ކުޅުމެވެ. އެންމެންވެސް ވަރަށް ފޯރިއާއި އެކު ކުޅެމުންދިޔައެވެ. މިފަހަރު ފުޅި އަނބުރާލުމާއެކު ހުއްޓުނީ ޔޫހާން އާވީ ދިމާލަށެވެ. ” ސޯ ޔޫން… ޓްރުތް އޯ ޑެއާ… ” ލިޝާން އެހެން އެހުމުން ޔޫހާާން ޑެއާ ކަމުގައި ބުންޏެވެ. ” އެހެންވީމާ ޔޫން ގިޓާ ޖަހަމުން ލަވައެއްގެ ތަންކޮޅެއް ކިޔާލަދޭންވީ… ޔޫން ވަރަށް މޮޅު ވާނެ ލަވަ ކިޔަން.. ” ޔޫހާންއަށް ހަވާލުކުރާނެ ކަމެއް އެންމެން ވިސްނަމުން ދަނިކޮށް އިފާންއަށް އޭނައަށް އެންމެ ރަނގަޅުހެން ހީވާ ކަންތައް ހާމަކުރިއެވެ. ގިނަ ބައިވެރިން އެކަމަށް އެއްބަސްވުމުން ޔޫހާން އެތަނުން ބައިވެރިއަކު ދިން ގިޓާގައި ހިފިއެވެ. ގިޓާ އަތަށް ހެޔޮ ވަރުކޮށްލަމުން އޭގެ ނަރުތަކާއި ކުޅެލުމާއެކު ލަވައިގެ ރާާގު އަޑުއިވިގެން ދިޔައެވެ. ** މަހި ނޫރެއްހާ ލޯބިކަމޭ ** ކޮހި ނޫރެއްހާ ޗާލުކަމޭ ** އިހި ކަނދުރާގެ ރީތި ކަމޭ ** ލޮލުގައިވާތި ތޫނުކަމޭ ** ތީ މަގެ ދުނިޔެހެން ހީވެޔޭ ** ތީ މަގެ ހިތުގެ ދިރުމޭ އިނގޭ ** ކުރަން ސިފަ މިދުލަކަށް ނޭނގޭ ** ތީ ފަރި ލޯބިވާ މަގޭ ** ލަވަ ކީއިރު ޔޫހާންގެ ނަޒަރި ގިނަފަހަރަށް ސީދާވެފައިވަނީ އައިލީންއަށެވެ. އެއިން ކޮންމެ ފަހަރަކުވެސް އައިލީންގެ ކޯތާފަތައް ޖަންބުކުލަ ވެރިވެއެވެ. ލަވައިގެ ތަންކޮޅު ކިޔާ ނިމުމުން އެންމެންހެން ޔޫހާންއަށް ތައުރީފު ކުރިއެވެ. ވަރަށް ހާއްސަ އެއްޗެއް ހިފައިގެން އެބަ އަންނަ ކަމަށްބުނެ އިފާން އާއި ލިޝާން މިސްރާބު ޖެހީ އެމީހުން އެއްޗެހިތައް ބެހެއްޓި ގެއާއި ދިމާލަށެވެ. އެ ދެމީހުން އައީ ފޮށިގަނޑެއް ހިފައިގެންނެވެ. ފޮށިގަނޑު ގެނެސް އެތަނުގައި ހުރި އަށީގައި ބެހެއްޓުމުން އެންމެން ތިބި ތަނުން ތެދުވެ އެ ފޮށި ކައިރީގައި ހުއްޓުނެވެ. މަޑުމަޑުން އިފާން ފޮށި ހުޅުވާލުމާއެކު އެންމެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ފޮށިގަނޑުގައި ވަނީ އެކިކުލަ ކުލައިގެ ކުލަ ކޮތަޅު ތަކާއި ގިރާފައިވި ކުލަ ފުޅިތަކެވެ. ލިޝާން އޭނަ ގެނައި ރީތި ކުލަ ފުޅިތައްވެސް އަށިމަތީގައި ބެހެއްޓިއެވެ. ބައެއް ކުދިން އެއެއްޗިހިތައް ފެނުމުން ތަންކޮޅެއް ދުރަށް ދުއްވައިގަތެވެ. ބައެއް ކުދިން އަވަސްވެގަތީ އޭގެން އެއްޗެއް އަތުޖެހޭތޯވެ. ރިފްޝާވެސް ދެ ކުލަ ކޮތަޅު ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ފަހަތައް އެނބުރި އައިލީން އާއި ދިމާލަށް ބަލއިލިެެވެ. އައިލީން އޭނަ އާއި ދިމާއަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ރިފްޝާ ފެނި ދުއްވައިގަތެވެ. ބާރަށް ދުވެފއި ދިޔަ އައިލީން މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔަ ވަގުތު އޭނައަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. ވެއްޓުމުގެ ކުރިން މީހަކު އޭނަގެ އަތުގައި ހިފާ ދަމާލަމުން އޭނަގެ އުނަގަނޑުގައި އަނެއް އަތުން ވަށާލި ކަމުގެ އިހްސާސް ކުރެވުމާއެކު އޭނައަށް ދެ ލޯ ހުޅުވާ ބަލައިލެވުނެވެ. ދެލޯހުޅުވާލުމާއެކު ޔޫހާންގެ މޫނު ފެނުމުން އައިލީންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެންފެށިއެވެ. ޔޫހާންގެ އެ ތޫނު ދެލޮލަށް ބަލަން އޭނައަށް އޮވެވުނީއެވެ. ޔޫހާންއަަށްވެސް ވީ އައިލީންއަށް ވީވަރެވެ. އެ ރީތި މޫނު އެހާ ގާތުން ފެނުމުން ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ބޮޑު ދެލޮލުގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް ޔޫހާން ޖެހިއްޖެއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު އެދެ ހިތުގައިވެސް އާ ޖަޒުބާތެއް އުތުރި އަރައިގަތެވެ. ދެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ސިހިފައި ދެ މީހުނަށްވެސް ދުރަށް ޖެހިލެވުނީ ކޮންްމެ މީހަކުގެ ގަޔަށްވެސް ކުލަ ކޮތަޅެއް ފެޅުމުންނެވެ. ދެ މީހުންވެސް ހަމަޖެހިލުމަށްފަހު ބަލައިލިއިރު ރިފްޝާ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ. އަ އައިކޮޅަށް ވަރަށް ބާރަށް ދުއްވައިގަތެވެ. ރިފްޝާގެ ގާތަށް ދާން އައިލީން ނެގި އެންމެ ފުރަތަމަ ފިޔަވަޅު ހުއްޓުނީ ޔޫހާން އޭނަގެ އަތުގައި ހިފުމަށްފަހު އޭނައާ ވީ ފަރާތައް އަނބުރާލުމުންނެވެ. ލިބުނު ސިހުމުގައި އައިލީންގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ޔޫހާން އޭނަގެ އަތުން އައިލީންގެ ކޯތާފަތުގައި ފިރުމާލިއެވެ. ބޭއިހްތިޔާރުގައި އައިލީންއަށް ދެ ލޯ މަރާލެވުނެވެ. އޭނާ ދެ ލޯ ހުޅުވައިލުމަށްފަހު އަތުން ކޯތާފަޔުގައި ފިރުމާލިއެވެ. އަތަށް ބަލައިލި އިރު އަތުގައި ހުރީ ރަތް ކުލަ ހޭކިފައެވެ. އައިލީންވެސް ބަލާކަށް ނުހުރެ އެއަތުން ޔޫހާންގެ ކޯތާފަތުގައި ކުލަތައް ހާކާލުމަށްފަހު ދުއްވައިގަތެވެ. އައިލީންގެ މި އަމަލުން ޔޫހާންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ދުވެދުވެ ވަރުބަލިވުމުން ޝައުނާ އުނަގަނޑުގައި އަތް އަޅުވައިލަމުން ހުއްޓުނެވެ. އޭނާ ސިހުނީ ކުއްލިއަކަށް ކަރުގައި ކުލަކޮތަޅަކުން ޖެހުމުންނެވެ. އޭނާާ ކަރުގައި އަތް ހާކާލި އިރު މުޅި އަތުގަވެސް އޮތީ ފެހިކުލައެވެ. އޭނާ ވަށައިގެނަ ބަލާލިއިރު ޔައިޝް ތަންކޮޅެއް ދުރުގައި ހޭން ހުއްޓެވެ. ޝައުނާ ދެބުމަ ގޮށްޖަހައިގެން ހުރެ ގޮސް ޔައިޝްގެ ކުރިމަތީގައި ހުއްޓުނެވެ. އޭރުވެސް ޔައިޝް ދިޔައީ ހެމުންނެވެ. ޝައުނާ އޭނަގެ އަތް ނަގައި ޔައިޝްގެ މޫނުމަތީގައި ހާކާލިއެވެ. ވަގުތުން ޔައިޝްގެ ހުނުން ހުއްޓުނެވެ. ” ހުރެބަލަ އަދި ކުލަ ހާކާލަ ދޭނަން ” މިހެން ބުނެ ދުއްވައިގެން ޔައިޝްގެ ފައިގައި ޝައުނާ އޭނަގެ ފައި އަޅުވައިލުމަށްފަހު ވައްޓާލިއެވެ. ޔައިޝް ވެއްޓުނު ގޮތުން މޫނު ޖެހުނީ ވެލިގަނޑުގައެވެ. އިސްއުފުލާ ބަލައިލި ޔައިޝްގެ މޫނު ފެނުމުން ޝައުނާއަށް ނުހީ ނުހުރެވުނެވެ. އޭރު ޔައިޝްގެ މޫނުމަތީގައިވަނީ ހުސް ވެއްޔެވެ. ” މިހާރު އެވީ ހިސާބު ބަރާބަރު… އިއްޔެ އަހަރެން ވެއްޓުނީ … މިއަދު ޔައިޝް… ހެހެހެ.. ” ޔައިޝްގެ ފަރާތުން އިތުރު ލަނޑެއް ލިބުމުގެ ކުރިން ޝައުނާ އަވަސްއަވަހަށް ދުއްވައިގަތެވެ. ރިފްޝާ ލިޝާންްއަށް އަމާޒުކޮށް އެއްލި ކުލަކޮތަޅު ގޮސް ޖެހުނީ އިފާންގެ މޭމަތީގައެވެ. އެއާއެކު ލިޝާންގެ ހިނިގަނޑުގެ ފަޅައިގެންދިޔައެވެ. ރިފްޝާ ގަތް ލަދުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. އިފާން އޭނައަަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ރިފްޝާއެހުރި ގޮތަށް ހުރެ ފަހަތައް ފިޔަވަޅު އަޅާލިއެވެ. ރިފްޝާއަށް ވެފަހުރި ގޮތިން އިފާންއަށް ވެސް ހެވުނީއެވެ. އޭނާ އަތުގައ އޮތްް ކުލަފުޅި ހިފައިގެން ރިފްޝާއާ ދިމާލަށް ދުއްވައިގަތެވެ. ރިފްޝާވެސް އިފާންގެ ގާތުން ސަލާމަތްވުމަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ދެވުނު ތަނާ އިފާން އޭނަގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަދި އަތުގައި އޮތް ކުލަފުޅި އެއްކޮށް ރިފްޝާ ގަޔަށް ރިފްޝާގެ ގަޔަށް އޮއްސާލިއެވެ. ކުލަޖަހައި ނިންމާލުމަށްފަހު މޫދު އެރެގެން އެމީހުނަށް ރަށަށް ދެވުނުއިރު ހުރީ އިރުއޮއްސެން ވަރަށް ގާތްވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.








Yeyy me first
Yesss ???… Mifaharu vx shiman first
Salaam all ????????????????… Furathama vx hurihaa readers ge kibain ifoo Maafah edhen story mihaa lahun up kohladhevunyma ????… I’m really sorry ????… Ifoo balikoh ulhunyma up kohnudhevuny ????… Here is the 3rd part ????…. Mi part lahun genesdhevunyma long kohlaafa innaanee… It’s more than 2000 words ????… Hope you guys will like this part ????… Do read and comment your views on this story ???????… N baeh kudhinnah story ge cover pic reethi noon kamah vany… So ifoo beynun gina kudhin cover pic aa medhu dhekeygoi balaalan.. So comment kohlaa iru cover pic aa behey gothun ehvx ehcheh bunelahchey ???.. Gina kudhin gaboolihyaa cover pic change kuraanee… Mistakes huredhaane v avas aruvaalaafa mi up kohly… Point out the mistakes so that I can improve ???… Waiting for the comments… Thank you so much all the readers for the support ????????????????❤️❤️❤️❤️
Wow.. haadha inthizaare koffeemey mi story ah.. sifa kohdhinun v kamudhey???
Thankyou so much lotus ❤️❤️❤️???… Cover pic aa medhu keekey bunaanee??? ???
When next part. Reeethi v mi part..
Thankyou so much EHELEE ❤️❤️❤️???… In Sha Allah tomorrow genesdheynan… I will try my best ???
This story is awesome dhn story up kohdhey days thakakee kobaaa…
Ifooo dhonthxxx ah vx cover page eha reehcheh noon….
Thankyou so much Dhonthxxx ❤️❤️❤️??????… V v v ufaavehje story kamudhiyaima n kiyaalaafa comment vx kohleema and cover pic aa behey gothun bunelyma vx thankyou ????… Next part ga ifoo In Sha Allah cover pic Change kohlaanan ????…
vvvvvvvvvv reethi mi story i love the thought of the story its awsome n heheh sorry scul a vvvvv busy so couldnt comment hope u’ll forgive
Alhey my dear unique ???❤️❤️❤️??????… Unique ge comment akee ifoo v v v v v inthizaaru kuraa comment eh ❤️❤️❤️??????… Vvv vvv ufaavehje unique ah story kamudhiyaima ???… I love ur comments ????… Thank you soooooo much unique thihaa bxy koh ulhemunvx story kiyaalaafa comment kohleema ????????? n it’s ok dear lahun comment kohlevunas ????…
Ifooo mi story varah salhi…kon dhuvas thakaku up kohdheny…..
Waiting for the next part…..
N cover pic ah bunelaany eha eha mi story akaa nugulhey
Thankyou so much Dhonthxxx ❤️❤️❤️???… Ifoo v bxy koh ulhen jeheythy dhuvasthah bunan neynge…
maa shaa allah… vrh vrh vrh furihama.. ekam hama aluves haadha dhera vehjeyy.. 🙁 ehaa foaryga kiya kiyaa huttaa e nimuny… nxt part ah keiyytheri kamaa eku dhn inthizaaru kuraany dhw.. in sha allah.. again, vrh reethi mi part ves.. wowww!!!! when is next part???? avahah genesdhehchey plxxxxxxx ifoo.. 🙂
Alhey v v v v v v v ufaavehje ifoo Aesh ge mi Comment kiyaalaafa ?????❤️❤️❤️❤️????????… Thank you soooooo much Aesh ❤️❤️❤️❤️???????… Next part ah inthizaaru kohlaa ingey ???… In Sha Allah maadhama next part genesdheynan ???… I will try my best… Once again thankyou soooooo much Aesh thihaa foaryga story kiyaaleema n thihaa loabi loabi comment eh kohleema ❤️❤️❤️????????????????
Ya cover pic change kohlaa ingey ifoo n story hama v furihama.. Dhn knirakun next up vaany
Thankyou so much Naju ❤️❤️❤️❤️????????… Cover pic next part ga In Sha Allah ifoo change kohlaanan ???… In Sha Allah maadhama next part up kohladheynan… I will try my best ???… V v v v v ufaavey knme parteh gavx Naju ge comment fennaathy ????
Aslu vx tha.. Naju vx v happy ???? vehje dear thihen bunyma
yesss hama aslu ?????… ifoo v v v happy vey knme partehgavx Naju ge comment fennaathy ????❤❤❤❤
Masha allah neh hama bunaane ehcheh vex.vvv salhi.ekam than kolheh avahah up kohlahchey.
Cover pic ehaa nugulhey kannyge stry.ehen mi buny baavaru kudhin ge life aa gulhuvaafa genna stry ehviyyma.ekam e pic reethi but stry ehaa nugulhe ey.ifoo ah fenna gothah kanthah kuriyyma hama ok vaane.alhugadu ge hiyyaalu mi bunyy. Waiting 4 nw part.
-salaam-?????
Hey man ??????????… Sooo happy to see ur long n supportive comment ?????❤️❤️❤️????… V v v v ufaavey man ge comment konme part akun vx fennaathy ???????… Thank you soooooo much for the support ????????????… N man ge thi hiyaalu hama ifoo ufalaaeku balaigannan ???????… Ifoo akah neynge cover pic hadhaakah n mi story ifoo plan kohfa in gothun nama ailee n yoohaan aee enme bodu roleh kulhey dhe kudhin mi story ga… Mihaaru adhi ailee ge life ga problems nethas fahun adhi problems thakaa dhimaa vaane… Once again thankyou soooooo much man for the support ????❤️❤️❤️❤️?????…
Masha Allah varah reethi mi part vx..???? keep it up.. cover pic change kuriyas ahaan n pankti bahattacheyy. I’m a big fan of them… dhen konirakun next part kiyaalan libeynee????
Finally Rishy ge commenteh kiyaalan libihje ????… Im so happy ????… Thankyou so much Rishy ?????❤❤❤❤❤… v v v ufaavey knme part akunvx comment fennaathy ????❤❤❤❤❤… ifoo akeevx pankthi n ahaan ge v v v bodu fan eh ????????… I love that couple ❤❤❤❤… mi storyge cover pic ah laany hama ahaan n pankthi ????… time vaavarakun typ kuramun midhany … enme lasvegenvx maadhama kiyaalan libeyne In Sha Allah ???… miadhuvx ifoo beynun vaavarah typ kurevihjihyaa up kohla dheynan … thankyou once again ❤❤❤❤❤
Hey ifoo! Story hama varah reethi Masha allah ?❤ this is my first comment ingey mi story ga ekam dhen fennaane hurihaa episode akun ves comments ? specially yoohan and ailee ge parts thah Livy ah varah loabi ? when is next part?? Avahah up kohladhehchey waitinggg varah varah kiyaalaa hithun mihiry ❤? lovesss ?
Hey Livy ??????????????????… v v loabi ingey thi name ❤❤ ❤❤❤❤… vvvvvvvv ufaavehje new reader eh libunyma ??????❤❤❤… Im soooooo happy ?????… thankyou soooooooo much Livy ??????… vvvvv ufaavehje comment kiyaalaafa ??????… ifoo ge favourite couple akee ailee n yoohaan ????❤❤❤❤… thankyou sooo much once again ?????????????… next part time vaavarakun typ kuramun midhany … In Sha Allah v soon next part kiyaalan libeyne… ifoo knme partehgavx Livy ge commentah inthizaaru kuraanan ingey loabin ❤❤❤❤❤?????… hehehe story ge name aa gulhuvaalyma ninmaathankolhu ????… Loves ❤❤❤❤?????????????????
Hey everyone ???… ifoo next part submit kohlaifinn ???… publish vaane ireh ifoo akah neynge … keep waiting ???
Heheh thank you sooo much.. Varah ufaa vejje Livy ves.. Hehe Livy ves midhany hama mi story ah varah loabin inthizaaruga hunnamun ?????❤???????