Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޔާއިން 9

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 24, 2018 4 Mins Read
18 Comments

މިއަދު މިޝްކާގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ. މީ ކިހިނެއް މޫނުއަޅާ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

*****************

އަހަރެން ފެނުމުން މިޝްކާ ރަތްވިކަން އަހަންނަށް އެނގުނެވެ. އަހަންނާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު ދޮރުން އެތެރެއަށް މިޝްކާ ދެމިގަތެވެ. “ނައިރާ އަޅޭ އަދިވެސް ތައްޔާރު ނުވަންތަ!” ބަދިގެއާ ދިމާއަށް ދަމުން މިޝްކާ ކުސްތަޅާލިއެވެ. “އޫޕްސް ސޮރީ މަ ހަނދާނެއްވެސް ނެތް މަ ރީތި ވެގެން ދަންނާމުން ވަރަށް ލަސް ވާނެ ރީތި ވާންވީތަ؟” ނައިރާ ބުނި އަޑު އިވުނެވެ. އަހަންނަށް އަދިވެސް ހުރެވުނީ ދޮރުހުޅުވި ގޮތަށްކަން އިނގުނީ ރިހާމް އައިސް ގޮވާލުމުންނެވެ. އޭނާ ހުރީ ހެވި ދިލިފައެވެ. ހީވަނީ ކޮލްގެޓް އިސްތިހާރެއް ކުޅެން އުޅޭހެނެވެ. “މިޝީ ހިނގާ މިއަދު މަށާ އެކީ ދާން މި ނައިރާ ރީތިވެގެންދާން ވެއްޖެޔާމުން އިރުއޮއްސޭއިރުވެސް ނުދެވޭނެ. މިފަހަރު މާލެ އާ ފަހުން އަދި އެއްކޮށް ބޭރަށްވެސް ޖައްސާނުލަމެންނު” “އޯކޭ ނައްޓު މަ ދިޔައީ” މިޝްކާގެ ފަހަތުން އައި ރިހާމް އަހަންނާ ދިމާއަށް ބަލާލީ މަލާމާތުގެ ނަޒަރަކުންނެވެ. އޭނާ ބުނާކަހަލައެވެ. ޔާއިން ތީ ލޯބީގައި ނާކާމިޔާބު މީހެކެވެ. ޔާއިން މޮޔަވިޔަސް މިޝްކާއެށް ދެނެއް ނުލިބޭނެއެވެ. ޔާއިން ޖެހޭނީ ކުޅިބަލަން ދުރުގަ ހުންނާށެވެ. މިޝްކާއާއި ރިހާމް އެކީގައި ދާ މަންޒަރު ބަލަން ކެތްނުވުމުން ގޭތެރެއަށް ވަނީމެވެ. ކާހިތް ވެސް ކެނޑުނެވެ. ނަމަވެސް ނައިރާ އެހާ ލޯބިން ސައި ތައްޔާރު ކޮށްދިނުމުން ނުކައި ދާކަށްވެސް ނުކެރުނެވެ.

ހެނދުނު ދިހައެއް ޖެހިއުރު އަހަންނާ ޖިޔާން ތިބީ އޭޑީކޭ ހޮސްޕިޓަލުގައި އޮތް އިންޓަވިއުއަކަށް ގޮހެވެ. އަހަރެން ކިޔެވިކަން އަދިއެއް އާއިލާގެ އެކަކަށްވެސްންގަމެވެ. ވަޒީފާހަމަ ޖެހުމުން މަންމަމެން ގާތު ބުނަން މަޑުކޮށްލީއެވެ.

އިންޓަވިއު ނިންމާލާގެން އަހަންނާ ޖިޔާން ދިޔައީ ރަސްރަނި ބަގީޗާއަށެވެ. އެއީ ޖިޔާން އަހަރެންގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައިއޮތުމުންނެވެ. ޖިޔާން އަކީ އެހާ ސީރިއަސްމީހެއް ނޫނެވެ. ނަމަވެސް މިއަދު އޭނަ ހުރިލެއް ސީރިއަސް ކަމުން އެ އުޅެނީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ކަން އަހަންނަށް އެނގުނެވެ. ބަގީޗާގެ ބެންޗެއްގައި އިނށީނީމެވެ. ޖިޔާން ހަށި ފުރާ ނޭވާއެއް ލުމަށްފަހު ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އޭނަ ހުޅުވި އަނގަލެއްޕުނީ ކުޑަކުއްޖަކު ޖިންނިބޭބެ އޭ ކިޔާފަ އޭނައަށް ގޮވާލުމުންނެވެ. ޖިޔާންގެ މޫނަށް ވީގޮތް ފެނިފަ އަހަރެންގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް އެއީ އަހަރެން ދަންނަ އަޑަކަށްވުމުން ޖިޔާން އަށް ގޮވީ ކޮންނުއްޖެއްތޯ ބަލާލުމަށް ފަހަތަށް އެނބުރުނީމެވެ. “ރިކާ.” އަހަންނަށް ބުނެވުނެވެ. ޖިޔާނަށް ގޮވީ ރިކާ ނޫން ދެވަނަ ކުއްޖެއް ނޫނެވެ. “ދޮންބެވެސް އެބަހުރި ޔޭ. ޖިންނިބެއާ ދޮންބެ ހިނގާ ރިކާ އާ އެއްކޮށް ކުޅެން ދާން މަންމި އާ ޑެޑީ އާ ދޮންތި ވެސް އެބަ އުޅޭ” ރިކާ އަށް ޖިޔާން އެނގުމުން އަހަރެން ހައިރާންވިއެވެ. ޖިޔާން ކޮންމެވެސް ކަމަކާ ހާސްވެގެން އުޅޭހެން އަހަންނަށް ހީވިއެވެ. “އޯއޯ ނައިރާ މިތާ ހުރިކަން އެނގިގެންދޯ ތިއައީ” ޖިޔާނާ ދިމާއަށް އައި ރިހާމް ބުންޏެވެ. ރިހާމް އެހެން ބުނުމުން އަހަންނަށް ޖިޔާނާ ދިމާއަށް ބަލާލެވުނެވެ. އަހަރެން ޖިޔާނަށް ބަލާލިގޮތުން ކަންނޭންގެއެވެ. ރިހާމް ވާހަކަދައްކަން ފެށިއެވެ. “ޔާން އަކަށް ނޭނގޭތަ މީ އަހަރުމެންގެ ވާން އުޅޭ ޅިޔަނު ކަމެއް؟ ނައި ކޯސްނިމޭހާ އަވަހަކަށް މެރީ ކުރަން އެ އުޅެނީ! މަ ހީކުރީ ޔާން ޖިންނި އާ އެއްކޮށް ތިއުޅެނީ އެހެންވެ ކަމަށް” “ވަޓް ޖިޔާންއާއި ނައި މެރީ ކުރަނީއޭ ރިމް ކީކޭ ތި ކިޔަނީ؟” ރިހާމް ކީ އެއްޗަކުން އަހަރެންގެ ބޯ ހާސްވިއެވެ. މިވީހާ ދުވަހުވެސް ޖިޔާން އަހަރެން ގާތު އެކަހަލަ ވާހަކައެއް ނުދައްކައެވެ. ޖިޔާން އަހަރެންގެ އަތަށް ދަމަމުން ތަންކޮޅެއް ދުދަށް ގެންދިޔައެވެ. “ޔާން ރިމް އެ ބުނީ ތެދެއް އަހަރެން މި އުޅެނީ ނައިރާއާ މެރީ ކުރަން މަށާ ނައިރާ ރަށްޓެހިވެގެން އުޅޭތާ އަަަަށް އަހަރު މި ވަނީ އެއކަލަ އިރު ޔާންމެން މަގޭ ގަޔަށް ވަޅިހެރި އިރުވެސް އުޅުނީ ނައިރާއާ ރަށްޓެހިވެގެން! މީ މިއަދު އަހަރެން ބުނަން އުޅުނު ވާހަކަ ޔާން އައި އޭމް ސޮރީ” “އެހެންވެޖެޔާމުން ޖިޔާނަށް އެނގޭދޯ މިޝޫއާ ރިހާމް..”އަހަރެން ވަކި ހިސާބަކަށް ބުނުމަށްފަހު ހުއްޓާލީމެވެ. ޖިޔާން ގޮވަގޮވާ ހުއްޓާ ބަގީޗާއިން ނިކުމެ ގެޔާ ދިމާއަށް މިސްރާބު ޖެހިިީމެވެ. ޖިޔާން އެކަންތައް ސިއްރުކުރުމުން އިންތިހާއަށް ރުޅިއައެވެ. “ދޮންބެ ހާދަރުޅި އައިސްފަ ކިހިނެއްވީ؟” ގެއަށްވަނުމާއެކު ނައިރާ އެހިއެވެ. ނައިރާ އެހެން އެހުމުން އަހަރެންގެ ރުޅި ހައްތަހާ ގަދަވިއެވެ. “މަޖެހޭތަ ކޮންމެހެން ނައިރާގާތު ބުނަން؟ މަ ރުޅިއަޔަސް ނައިރާއާ ބެހޭކަމެއްނޫންދޯ ނައިރާާއަކާ މަށެއްވެސް ނުބެހެމެއްނު!” ރުޅިއައިސް ރަތްވެފައި ހުރެ އަހަރެން ބުނީމެވެ. “ޔާން ހާދަ އަޑުގަދަ ކޮށްލައިގެން ކިހިނެއްވީ؟” އަހރެން މާ ބާރަށް ވާހަކަ ދެއްކުމުން މަންމަ ކޮޓަރިން ނިކުތެވެ. މަނމާއާ ދިމާއަށް ވެސް ހަޅޭއްލަވައިގަންނަން އުޅުނީމެވެ. ނަމަވެސް އެއީ މަންމަ ކަން ހަނދާންކޮށްލުމަށްފަހު އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދިޔައީމެވެ. “ޔާނަށް ކިހިނެއްވީބާ؟” މަންމަ ބުނި އަޑު އަހަންނަށް އިވުނެވެ.

މުޅި ދުވަސް އެއްކޮށް އަހަރެން ހޭދަކުރީ ގޭގައެވެ. ޖިޔާން އާއި ރިހާމްގެ އިތުރުން ނައިރާވެސް އެތައްފަހަރަކު ގުޅިއެވެ. މަންމަ ކާންގޮވުމުންވެސް ބަނޑުހައި ނުވާކަމަށްބުނެ ކާކަށް ނުދަމެވެ.

ރޭގަނޑު ދިހައެއްގެހިއިރަށް ބަނޑުހައިވެގެން ނުހުރެވޭ ވަރު ވީމަ ތެދުވެގެން ގޮސް ކޮފީތަށްޓެއް ގިރާލައިގެން ޓެރަަށް ދިޔައީމެވެ. ހަމަ ޖެހިލައިގެން ކޮފީބުއިމުގެ އިތުރަށް މިޝްކާއާ ދިމާވޭތޯއެވެ. ކަންތައްވިީ ވެސް އަހަރެން ބޭޭނުންވި ގޮތަށެވެ. ރެއެކޭ އެއްގޮތަށް މިރޭވެސް މިޝްކާ ޓެރަހުގެ އެބައިނެވެ. “މިޝްކާ” އަހަންނަށް ބޭއިޚްތިޔާރުގައި މިޝްކާއަށް ގޮވާލެވުނެވެ. ސިހިފައި މޮޝްކާ އަހަންނާ ދިމާއަށް އެނބުރުނެވެ. އެ މޫނު މަތިން އަހަންނަށް ފެނުނީ ހިތާމައެވެ. މިރޭވެސް މިޝްކާ އުޅުނީ ދާށެވެ. ނަމަވެސް މިޝްކާއަށް ދިއުމުގެ ފުރުސަތު ނުދީ މިޝްކާގެ އަތުގައި ހިފާ އަހަންނާ ދިމާއަށް ދަމައިގަތީމެވެ. “ޔާއިން ތީ ކޮންކަމެއް ހަމަ މިހާރު މަގޭ އަތުން ދޫކުރޭ” ރުޅިވެރި ކަމާއިއެކު މިޝްކާ ބުންޏެވެ. “ނުދޫކުރާނަން މިޝްކާ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދިނީމަނޫނިއްޔާ ތިއަތުން ދުލެއް ނުކުރާނަން އެހެންވީމަ މިޝްކާއަށް އެންމެ ރަނގަޅުވާނީ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދިނިއްޔާ!” ސީދާ މިޝްކާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ އަހަރެން ބުނީމެވެ. މިޝްކާ އަދިވެސް އަހަރެންގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “މިޝްކާއާ ރިހާމް އޯކޭއެއް ނޫންދޯ! އަހަންނަކަށް ހިޔެއް ނުވޭ ރިހާމް ރަނގަޅުހެނެއް އެހެންވެއެއްނު މިޝްކާ އަބަދު ދެރަވެފަ ހުންނަނީ” ” ޔާއިން ކިހިނެއްވެގެން ތި އުޅެނީ ބުނަން ރަނގަޅުވާހަކައެއް ރިހާމް މަށަކަށް ގޯހެއްވެސް ނޫން އަނިޔާއެއްވެސް ނުކުރޭ ރިހާމެއް ނޫން ކަންނޭނގެ މީހުންނަށް ގޯހީކީ އަދި ރިހާމެއްވެސް ނޫންކަންނޭގެ މާރާމާރީގެ ހިންގައިގެން ހައަހަރަށް ޖަލައް ލީކީވެސް! އެހެންވީމަ މީހުންނަށް އަނިޔާކުރާ ވާހަކަ ޔާއިން ނުދެއްކިޔާމުން ކަންނޭނގެ ރަނގަޅުވާނީ!” އަހަރެންގެ އަތް މިޝްކާގެ އަތުން ދޫވިއެވެ. މިޝްކާ ބުނި ބަސްތައް އަހރެންގެ ހިތުގެ އެންމެ ފުންމިނަށް ވެސް އަސަރުކުރިއެވެ. “ޔާން ވެއިޓް” އަހަރެން ޓެރަހުން ނުކުތުމަށް ހިނގައިގަތިމާއިއެކު ރިހާމްގެ އަޑު އިވުނެވެ. ނަމަވެސް އެއަޑު ނީވޭކަމަށް ހަދާފައި އަހަރެން ނުކުމެގެން ދިޔައީމެވެ.

މާލޭގެ ކާރު ބާރު މަގުގައި ހިނގަމުން ދިޔައިރު ދުއްވާއެއްޗަކަށް އަހަންނަކަށް ސަމާލުކަމެއް ނުދެވުނެވެ. ހޮނު ގުގުރިއެއް ހެން މިޝްކާގެ ބަސްތައް އަހަރެންގެ ކަންފަތުގައި އަދިވެސް ގުގުމަމުން އަދިވެސްއެބަދެއެވެ.

********************

މިޝްކާގެ ނަޒަރުން:

ޔާއިން ދިޔުމާއިއެކު ހުރިތަނަށް އަހަންނަށް ތިރިރވެވުނެވެ. އެއީ އެއްގޮތަކަށް ވެސް އަހަރެން ބުނެގެންވާނެ ބަސްތަކެއް ނޫނެވެ. ނަމަވެސް ޔާއިން ކުރަންފެށި ސުވާލުތަކުން އަހަންނަށް އުނދަގޫވެގެން އެބަސްތައް ބޭރުވީއެވެ. މިވީ ހައަހަރު ދުވަހު ތެރޭވެސް އަހަރެންގެ ހިތުގައި ޔާއިންއަށް ވީ ލޯބި ފަނޑެއްނުވެއެވެ. ރެއާ ދުވާލު ހޭދަވަނި ޔާއިންގެ އިންތިޒާރުގައެވެ. “މިޝްކާ ކީއްތިކުރީ؟” އެހެންބުނުމަށްފަހު ޔާއިންގެ ފަހަތުން އެނާއަށް ގޮވަމުން ރިހާމް ދިޔައެވެ.

**********************

ޔާއިންގެ ނަޒަރުން:

އަހަރެން ދެރަވެއްޖެ ނަމަ އަބަދުވެސް އަހަރެންގެ މަންޒިލަށްވެފައިވަނީ ރަސްފަންނެވެ. ރަސްފަންނުގެ މޫދާވީ ދިމާއަށް ބަހަށްޓާފައި ހުރި ގޮނޑައަކަށް އަހަރެން ވެއްޓިގަތީމެވެ. މޫނުގައި ދެއަށް އަޅާލުމަށްފަހު ރޯންފެށީމެވެ. ފިރިހިނަކަށްވިއަސް މިއަދު އަހަންނަކަށް ކެތެއް ނުކުރެވުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތިޔަ އިންތިޒާރުގައި 7

Next

ޔާއިން 10

Next
April 25, 2018

ޔާއިން 10

Previews
April 24, 2018

ތިޔަ އިންތިޒާރުގައި 7

18 Comments!

  1. Aki says:
    April 24, 2018 at 9:05 pm

    vaahaka up vee dho salhi

    1. Kiyara says:
      April 24, 2018 at 9:10 pm

      Yes dear

    2. Aki says:
      April 24, 2018 at 9:34 pm

      v ufaavehje adhi mirey one part up kohladhey vaahaka buneema

  2. Kiyara says:
    April 24, 2018 at 9:06 pm

    Slm hurihaa kudhin miothy storyge 9vana part. Wednesday ga upkuran bunefa vx hithah ery liyevunyma up kuraaniyye. Ummedhu kurany hurihaa kudhinnah vx mi part kamudhaane kamah. Jazakumullah khairan

  3. shif ? says:
    April 24, 2018 at 9:10 pm

    Me first dhw
    Wow its beautiful, nothing more to say!

    1. Kiyara says:
      April 24, 2018 at 9:13 pm

      Thanks shif

  4. mishy says:
    April 24, 2018 at 9:11 pm

    Mee frst dhwhh,….. vrh salhii… nd i notice tht mi bai ehn mr thakh vure s dhigu… thnxx.. curioslyy waitin…ly..♥♥♥

    1. Kiyara says:
      April 24, 2018 at 9:14 pm

      Thanks mishy♥️♥️

  5. shaan says:
    April 24, 2018 at 9:19 pm

    pis pis .haada kureyy alhe mieyavuren digukhala deeba dhw plz plz

    1. Kiyara says:
      April 24, 2018 at 9:22 pm

      Shaan adhimirey ithuru 1 part genes dheveytho mi try kurany.

  6. chumpu says:
    April 24, 2018 at 9:21 pm

    Aslu mishka n rihaam marry eh nukurey dhw yaan thalhuvany tha anekkaa

    1. Kiyara says:
      April 24, 2018 at 9:26 pm

      Lets see

  7. Lam says:
    April 24, 2018 at 9:23 pm

    Varah rythi mih partvx… Kyvehbaa rihaam ehn kanthakury.???n…. Kyveh miskaa rihaam aaa marry kury??? Jiyaan vx kyveh ehkan siru kury??? Alhay dhn vaany kihineh??? Waiting for next part….

    1. Kiyara says:
      April 24, 2018 at 9:27 pm

      Lam so many questions dhw ISA dhen oii part in suvaaluthakuge javaab libeyne

  8. Inoo says:
    April 24, 2018 at 9:30 pm

    Varah reethi mi part vx….waiting 4 the next part

  9. Hajja says:
    April 24, 2018 at 10:57 pm

    Alhey.. haadha kurey.. vvv reethi mi story ?

  10. Aesh says:
    April 25, 2018 at 10:51 am

    maa sha allah.. haadha reehchey mi story… keep it up..

  11. Alyra says:
    October 25, 2018 at 3:15 pm

    ;)!you make me cry

Comments are closed.

Next Episodeޔާއިން 10←


All Right Reserved!