Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 9

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
April 22, 2018 5 Mins Read
16 Comments

ކަޅު ބަބުރެއްހެން ހުރި އެތީގެދެލޯ ހީވަނީ ރަތް އަނގުރުގަނޑެއްހެންނެވެ. ބޮލިގަ އިސްތައްޓެއްނެތްއިރު މުޅިގައިގަވެސް އެއްޗެއްނެތްފަދައެވެ. ފެނުނުބިރުވެރި ސޫރަޔާއެކު ޒޯހާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. އަނގައިން ނިކުތް ތޫލިއަޑާއެކު ބާރަށް ހަޅޭލަވާގެންއިރު ޒޯހާއަށް ވަނީ ނޭވާލާން އުނދަގޫވެފައެވެ.

ސިޓިންގް ރޫމްއަށް އައިސް މަޑުކޮއްލި ޖައިލަމް އާއި އައިރާ އަށް އެކީގައި ޒޯހާގެ ކޮޓަރިއާއި ދިމާއަށް ދިޔައިރު ރަޝްފާވެސް ކޮޓަރިން ނިކުތް ވަތުގައިކަމުން އެއަޑު އިވި އަވަހަށް އެދިމާއަށް ދިޔައެވެ. ދޮރުހުޅުވާލާފައި ޖައިލަމް އާއި އައިރާގެ އިތުރުން ރަޝްފާ ވަންއިރު ޒޯހާ އޮތީ އެނދުކައިރީގައި ހަބަރު ހުސްވެގެން ވެއްޓިފައެވެ. އެވަގުތު ޖައިލަމްއާއި އައިރާއަށް ޒޯހާގެ އަތުގައިވާ ޒަހަމްތަށް ފެނުމުން ރަޝްފާއަށް ދައްކާލުމުން “ތިއީ އެމަންޖެ އައި އިރުވެސް ހުރިގޮތް” ކަމަށް ރަޝްފާ ބުނެލިއެވެ. އަދި އަވަހަށް ލަޔަކް އަަށްގުޅާލިއެވެ.

އަލޫކް އާއި ލޫޔާ އާއި އެކުގައި ޒޯހާއާއި ބެހޭގޮތުން ވާހަކަދައްކަން އިން ލަޔަކްގެ ފޯނު ރިންގްވާންފެށުމާއެކު ނަގާބަލާލިއެވެ. “މަންމަ.. ” ލަޔަކް ފޯނުގެ ސްކްރީނުން ފެނަންއިންނަން ކިޔާލުމާއެކު އަވަހަށް ޖަވާބުދިނެވެ. ލިބުނު ހަބަރާއެކު ” ލައްބަ ހަމަމިހާރު މިދަނީ.. ” އޭ ބުނުމާއެކު ފޯނުކަނޑާލަމުން ލިބުނުހަބަރު ލޫއާއި އަލޫކްއަށް ހިއްސާކޮއްލިއެވެ. “އަހަރެމެންވެސް ދާނަން.. ދޯ ލޫ.. ހިނގާ އަހަރެންގެ ކާރުގަ ގެންގޮސްދޭނަން.. ” އަލޫކް ތެދުވުމާއެކު ލޫޔާވެސް ތެދުވެ އަވަހަށް ލަޔަކްމެންގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އަލޫކްމެން އުޅެނީ ހުޅުމާލޭގައިކަމުން އަލޫކް ކާރު ދުއްވަމުންދިޔައީ ތަންކޮޅެއްބާރަށެވެ. ބްރިޖްގައި ބާރަށް ދުއްވުމުގެ ހުއްދަވެސް އޮތުމާއެކުގައެވެ.

ގެއަށް އައިސްވަން ލަޔަކް ޒޯހާގެ ކޮޓަރިއަށް ވަން އިރު ޒޯހާއޮތީ އެނދުމަތީގައި ބާއްވާލެވިފައެވެ. އަދި ކައިރީގައި ޖައިލަމްއާއި ރަޝްފާގެ އިތުރުން އަންހެންކުއްޖަކު ހުރުމުން އެކަމާ ސުވާލުކޮއްލިއެވެ. ގިނަދުވަސްތަކެއްވުމުގެ ސަބަބުން އައިރާގެ ހަށިގަނޑާއި ރޫފައަށް އައިފައިވާ ބޮޑުބަދަލުން ލަޔަކްއަށް އެއީ ކުރިން ދިމާވިކުއްޖެއްކަމެއް ނޭންގުނެވެ. ޖައިލަމް އެހައްތިވާހަކަ ބާއްވާފައި ޒޯހާއާއި ވެގެން އުޅޭންހިނގާށޭ ބުނުމާއެކު ލަޔަކް ބަލާލީ ލޫޔާއަށެވެ. މީގެކުރިންވެސް ޑޮކްޓަރަށް ދައްކަން ބުނުމުން ޒޯހާވަނީ ލޫޔާކައިރީ އެކަމަށް އިންކާރުކޮއްފައިކަމުން އެއަށް ގޮތެއްނިންމަން އުނދަގުވީމައެވެ. “ޖައި.. ދީބަލަ ފެންފޮނދެއް.. އަހަންނަށް ހީވަނީ މިއޮތީ ހޭނެތިފަހެން.. ” އައިރާ ރަނގަޅަށް ޒޯހާ ބަލާޗެކްކޮއްލަމުން ބުނެލިއެވެ. އެވަގުތު ޖައިލަމް އަށްވުރެކުރިން ލަޔަކް އައިސް ފެންތައްޓެއް އައިރާއަތަށް ދިނެވެ. އެވަގުތު އައިރާއަށް ހީވީ ސިކުންތުކޮޅަކަށް އޭނާގެ ނޭވާވެސް ހުއްޓުނުހެންނެވެ. އެހާކައިރިން ލަޔަކްފެނުމުން ހިތަށްލިބުނު ހިތްހަމަޖެހުމާއެކު މީހަކަަށް އެއިންކަމެއް ފާޅުވިޔަނުދީ އަވަހަށް ޒޯހާގެ މޫނުގައި ފެންއުނގުޅާލާ ވިންދުބަލާލީ ހިތާހިތުން ލަޔަކްއަށް ތައުރީފް ކުރަމުންނެވެ.

ފެންފޮދެއް އުނގުޅާލުމާއެކު މަޑުމަޑުން އެސްފިޔަތަޅުވާލަމުން ލޯހުޅުވާލި ޒޯހާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ލަޔަކްކޮބާތޯއެވެ. ކައިރީގައި ޖައިލަމްހުރުމުން އޭނާއަށް އުނދަގުވަނީހެން ހީވުމާއެކު ލޫޔާ ބަލަންނުހުރެ އައިސް ޒޯހާކައިރީ އިށީންދެލިއިރު ރަޝްފާވެސް ޒޯހާކައިރިއަަށް ލެފިލާ މިހާރު ކިހިނެއްތޯ އަހާލިއެވެ. “ދައްތާ އަޅުގަނޑު ބޭނުން ލޫޔާ އާއި ލަޔަކް އާއި ދެމީހުނާއި ވަކިން ވާހަކަދައްކާލަން.. ” ޒޯހާ ކަޅިޖަހާލުމެއްނެތި ލަޔަކްއަށް ބަލަންއޮވެ އެހެންބުނެލުމާއެކު އައިރާގެ މެޔަށް ނުބައިގޮތެއް ވެގެންދިޔައެވެ. ނަމަވެސް ލޫޔާއާއި އެކުގައޭ ބުނުމުން ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއްލިބުނެވެ. ރަޝްފާ އެންމެ ރަނގަޅޭބުނުމަށް ފަހު ޒޯހާގެ ބޮލުގައި ފިރުމާލާފައި ނިކުންނަން ދިއުމުން ޖައިލަމްއާއި އައިރާވެސް ފަހަތުން ދިޔައެވެ. އެމީހުން ނިކުތްދޮރާދިމާއަށް ބަލާލި ޒޯހާ އަލޫކްފެނުމުން ކަންބޮޑުވެފައި ލޫޔާއަށް ބަލާލުމާއެކު ލޫޔާ އަލޫކްއަށް ގޮވާ އެތެރެއަށްވަދެ ދޮރުލައްޕާލުމަށް އެދުނެވެ. އެވަގުތު ޒޯހާ ބޯހޫރާލުމުން ” މައްސަލައެއްނޫން.. ޒޯ.. އެއީ އަހަރެންގެ ފިރިމީހާ އޭނައަށް މިހާރު ޒޯގެ ވާހަކަތަށް އަހަރެމެން ހިއްސާކޮއްފިން ..” ޒޯހާކައިރީ ހަމަޖެހިލުމަށް އަތުން އިޝާރާތް ކުރަމުން ލޫޔާ އޮޅުން ފިލުވާދިނެވެ.

“ދެންބުނެބަލަ ކިހިނެއްތަވީ އަސްލު .. ” ޖައިލަމް ވާހަކަދެއްކީ ކައިރީގައި އިން އައިރާ އާއެވެ. އެދެމީހުން ޒޯހާގެ ކޮޓަރިން ނިކުތް ގޮތަށް ރަޝްފާކައިރީގައި ބުނެލާފައި ބޭރަށްނިކުމެލީ ރަސްރަނި ބަޖީޗާގައި އަލަށްހުޅުވި “ކޮފީޓޭބަލް” އަށް ނުދާވާހަކަ އައިރާ ބުނެފައިވާ ހަނދާންވުމުން އެތަނަށް ދިއުމަށެވެ. “އޭތް ހަަަމަޖެހިބަލަ މިރޭ ކިޔާދޭނަމޭ ކިޔާފަ މިހާރު ތީނީ ކުޑަކުއްޖަކުހެން ބޮޑާހާކައިގެން ތުންދަމާފަ.. އެއީ މިއަދު އައި މަންޖެއެކޭ އޭނައަށްވުރެކުރިން އައިރާއަށް އަހަރެން ލަޔަކް ހޯދަދޭނަމޭ.. އިންޝާﷲ.. ” ޖައިލަމް އަނެއްކާވެސް އައިރާ ބަހެއްނުކިޔާއިނުމުން ވާހަކަދެއްކިއެވެ. ” އެކަމަކު.. އެކަމަކު.. އޭނަ ހާދަ ފާޑަކަށޭ ލަޔަކްއަށް ބަލަން އޮތީވެސް .. ނޭންގެ ދެން ވަރަށް ފޫހިވޭ.. ” އައިރާ ހިތުގައިވާ ޝަކުވާކޮއްލިއެވެ. އަދ ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން.. ” ޖައި އޭނަ ރަށު ކުއްޖަކާ ވައްތަރުދޯ.. “އޭ ބުނެލިއެވެ. ޖައިލަމްވެސް “އާއިކޭ” ބުނުމާއެކު ދެމީހުނަށްވެސް ވިސްނާންފެށުނީ އެއީ ކާކުކަމާމެދުގައެވެ. ޔަގީނުންވެސް އެއީ ދެމީހުނަށްވެސް އާމޫނެއްނޫނެވެ.

****

“އަހަ.. އަހަރެން މިވާހަކ ނުބުނެ ހުރެއްޖެއްޔާ މާލަސްވެދާނެހެން ހީވަނީ.. މިހާރުވެސް އަސްލު މާލަސްވެއްޖެ.. ” ޒޯހާ ދައްކަމުން ދިޔަވާހަކަހަމަނުޖެހޭ ހެން ހީވުމުން ލޫޔާ އާއި އަލޫކް އަދި ލަޔަކް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. “ކީކޭތަ ތިކިޔަނީ.. ” ލޫޔާ ޒޯހާ ކޮނޑުގައި އަތްއަޅުވާލާ ގަތްކޮއްލަމުން އަހާލިއެވެ.

“އަހަރެން މިއުޅެނީ ލަޔަކްއަށް ވަރަށް މުހިންމު ވާހަކައެއް ކިޔާދޭން.. އެއީ .. އެއީ.. އާޔާގެ ވާހަކަ.. ” އާޔާގެ ނަން ޒޯހާ ބުނުމާއެކު ލަޔަކް ދެލޯބޮޑުކޮއްލާފައި ޒޯހާ ބަލާލިއެވެ. “ކިހިނެއް ޒޯހާ އަށް.. ” ލަޔަކްއަށް ބުނެވުނީ އެހިސާބަށެވެ. އެތަނުގައި ވަންހަނާވެގެން ހުރިހާ އިރު އިން އާޔާ އެތާންގައި ތިބިމީހުންގެ ލޯމައްޗަށް ކުއްލިއަކަށް ފާޅުވިއެވެ. ލަޔަކް އާއި ލޫޔާ އަދި އަލޫކް އަށް ތެޅިގަނެވުން އިރު ޒޯހާ އިނީ ކަޅިޖަހާނުލާ ކަރުނަވީ ދެލޮލުން އާޔާ އަށް ބަލާށެވެ. ” ލަޔަކް އަހަރެން ބުނީ ޒޯހާ ކައިރީގަ.. ހައިރާންވެއްޖެ ދޯ.. މިރޭ އަހަރެން ބޭނުންވީ ލަޔަކްއަށް އަހަރެންގެ ހަގީގަތް ހާމަކުރަން.. އަދި އަހަންނަށް މިކަންދިމާވި ސަބަބުވެސް އޮޅުންފިލުވާދޭން.. ހަމަޖެހޭ އަހަރެން ތިއިން އެކަކަށްވެސް ގެއްލުމެއްނުދޭނަން.. ” ލަޔަކްއަށް ބަލަންހުރެ އާޔާ ވާހަކަދެއްކިއެވެ.

“އެކަމަކު އާޔާ އަހަރެން..” ލަޔަކް އަށް ބުނެވުނީ އެހާވަރަށެވެ. އާޔާއައިސް ލަޔަކްގެ ތުންފަތްމަތީގައި ޝަހާދެ އިނގިލިޖައްސާލަމުން ހުއްޓުވިއެވެ. “މިރޭމީ އަޑުއަހާރޭ.. އަހަރެންގެ ވާހަކަ އަޑުއަހާފަ އެއަށްފަހު ވާހަކަދައްކަމާ.. ”

********
ފަސްއަހަރުކުރި…

ސެމިސްޓަރ ބްރޭކްގައި ފުއައްމުލަކުސިޓީއަށް ގިނަބަޔަކު ޒިޔާރަތްކުރަމުން ދިޔައިރު އޭގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންވެސް ހިމެނެއެވެ. ފުއައްމުލަކުސިޓީއަކީ ގިނަބައެއްގެ މަޤްބޫލުކަން ލިބިފައިވާ ސިޓީއަކަށްވުމުން މިއިީ ކޮންމެ ޗުއްޓީއެއްގައިވެސް އާދައެވެ. ރަށުގެ ކުޅިއާއި ފަހަކުން އައިސް ގިނަބައެއްގެމެދުގައި މަގުބޫލުވަމުން އައި ޗަކަގަނޑަށް އެރި އެތަންތަނުގެ އަޖުމަބަލާލަން ގިނައަދެއްގެ ބަޔަކު އެސިޓީއަށް ޒިޔާރަތްކުރެއެވެ.

ފިހާރައިގެ ކައުންޓަރުދޮށުގައި އިން އާޔާ އިނީ ދުވަހުގެ ހިސާބު ނިންމާފައިސާ ގުނާށެވެ. ކޮންމެ ރެއަކުވެސް ދިހަގަޑި ބައިވުމާއެކު އާޔާ އަަަވަހަށް ހިސާބު ހަދާލަނީ އެންމެލަސްވެގެން އެގާރަޖަހާއިރަށް ގެއަށްވަންނަން ބޭނުނަވާތީއެވެ. ސްކޫލްގައި ކިޔަވަން އުޅުންއިރުވެސް އާޔާ ކަންތައްކުރަމުން ދިޔައީ އެހެންނެވެ. މިހާރު ކިޔަވާނިމި ނަތީޖާ ލިބިފައިވީނަމަވެސް އާޔާގެ މައިންބަފައިން ދެންއިތުރަށް އާޔާކިޔަވާނޭ ފުރުސަތެއް ނުދިނެވެ. ވުމާއެކު އާޔާ ގަސްތުކުރީ ކުރިއެކޭ އެއްފަދައިން ހިތްވަރުއެލުވާނުލާ ކިތަންމެ ބުރަކޮއްއުޅެގެންވެސް މަންމައާއި ބައްޕަގެ ލޯބިހޯދޭތޯ މަސައްކަތް ކުރާށެވެ.

” އައްސަލާމްއަލައިކުމް .. މިހާރު މިފިހާރަ ބަންދުކުރީތަމީ.. އަޅެ ޕާސްތާ ޕަކެޓެއަކާއި މަސްދަޅެއް ވިއްކާލަދީބަލަ… ޕްލީޒް..” ހިސާބު ނިންމަންއިން އާޔާ ސިހިފައި ބަލާލެވުނީ ފިހާރައިގެ ދޮރުމަތީގައި ހުރިޒުވާނަކު ސަލާމް ގޮވާލާފައި ވާހަކަދެއްކުމުންނެވެ. އެޒުވާނާގެ އަޑު އާޔާގެ ކަންފަތާއިހަމައަށް ފޯރީ ހިތްގައިމު ރީތި މިއުޒިކެއްގެ ގޮތުގައެވެ. އެހާވެސް އެއަޑާއިއެކު އާޔާގެ ހިތަށް ފިނިކަމެއް ލިބިގެންދިޔައެވެ. އަދި ކުރިމަތީން ފެނުނު ސޫރަވެސް އަޑާއި އެއްވަރަށް ރީތިވުމާއެކު އާޔާގެ ހިތް ތެޅިލީ އާދަޔާއި ހިލާފަށެވެ. މިވީހާތަނަށް ފިރިހެނަކަށް ނުބެލޭފަދަ ހާއްސަ ނަޒަރަކުން އާޔާ އަށް އެޒުވާނާއާއި ދިމާއަށް ބަލާލެވުމާއެކު ހިތްއެދުނީ އޭނާއެދު އެދުން އަވަހަށް ފުއްދާދިނުމަށެވެ. އަވަހަށް ތެދުވެ އެޒުވާނާބުޖި އެއްޗެހި ނަގާފައި ކޮތަޅަކަށް ލާފައި ދިއްކޮށްލުމާއެކު އަގުބުނެލިއެވެ. އެޒުވާނާ ހިނިތުންވެލާފައި ޝުކުރުއަދާކުރުމާއެކު އަގުއަދާކޮއްފައި ދިޔައިރުވެސް އާޔާއަށް އިނދެވުނީ ހިޔާލީ ދުނިޔެއެއްގައެވެ. އެހެންއިންދާ ކުއްލިއަކަށް ވަދެގެންއައި އާޔާގެ ކޮއްކޮގެ ބެސްޓްފްރެންޑް ޖައިލަމް އައިސްވަނުމާއެކު އާޔާއަށް ހަމަބިމަށް އާދެވުނެވެ. “އޭމަންޖޭ ކޮންދުނިއެއްގަ.. ދެންމެ މިތަނަށް އައިސޮރު ބުނީ މަންޖެވަރަށް ރަނގަޅޭ އެތެދެއްތަ.. ” “ކޮންއިރަކު ޖައިލަމް މިކޮޅަށް އައީ.. އެއީ ޖައިލަމް ދަންނަމީހަކީތަ.. ” އާޔާ ޖައިލަމް ކުރި ސުވާލުގެޖަވާބުނުދީ ހިތުގައިވި ސުވާލު ކޮއްލިއެވެ. “ހޫމް ސާބަސް މަންޖެއަށް މިއަދުމިއައީ.. އާން އެއީ އަހަރެން ކިޔަވަން ހުންނަގޭ ދައްތަގެ ދަރިފުޅު.. މަގޭ ފިރިހެން ބެސްޓީ.. ހިތްކީތަ.. ހެހެ.. ” ޖައިލަމް އަށް އާޔާ ރުޅިއައީމަ ހުންނަގޮތް ވަރަށްކަމުދެއެވެ. އެހެންވެ ގަސްތުގައި އާޔާ ރުޅިއަރުވާލުމަށް އަހާލިއެވެ. ނަމަވެސް އާޔާ ދެލޯއަޅާލާފައި ކުރިން އަންނަގޮތަށް ރުޅިއައިސް ތުންއަނބުރާނުހެދިއެވެ. އިތުރުއެއްޗެކޭ ނުބުނެވިގެން އުޅެނިކޮއް ކުރިން އައި ޒުވާނާ ޖައިލަމްއަށް ގޮވާލާފައި އުމަށްއެދުނެވެ. “ހޭ ބްރޯ މިދަނީޔޭ..އިނގޭ ” ޖައިލަމް ލަޔަކްއަށް ޖަވާބުދީފައި ދަމުން އާޔާ ކައިރީ މިހާރު އަދި ވަރަށް ރީތިކަމަށް ބުނެލާފައިދިޔައީ ކީއްވެކަމެއް އާޔާ އަކަށް ނުވިސްނެއެވެ. އާޔާ ދެކޭގޮތުގައި ޖައިލަމްއަކީ އައިރާގެ މީހެކެވެ.

އިރުގެއަލި ދުނިޔެއަށް ފޯރުކޮއްދެމުންދާއިރު ހާލާއި ކޮވެލީގެ ނަލައަޑުން ލަވަކިޔަމުންދެއެވެ. ފަތިސްނަމާދު ކޮއްލައިގެން ނިކުތްއާޔާ ކޮންމެދުވަހަކު ކުނިކަހަންދާ ގޭގެއަށްގޮސް ކުނިކެހުމުގައި އަވަދިނެތި އުޅެއެވެ. ކިޔަވާނިންމާލުމަށްފަހު އާޔާ މިހާރު ކުރީގައިހެން ގޭގެއަށް މަސައްކަތް ކުރާންދާ ވަގުތު ކުޑަކޮއްލާފައި ވީނަމަވެސް ކޮންމެދުވަހަކުވެސް ފައްސަތޭކަ ރުފިޔާލިބޭވަރަށް ދުވަހުމުސާރަޔަށް މަސައްކަތްކުރެއެވެ. ދެން އޭގެފަހުން ހަވީރާއި ހަމަޔަށް ގޭގެއަށް ޓިއުޝަންދިނުމަށް ދަނީ އެކަމުން ލިބޭ އެއްޗެއް ރަނގަޅުވެފައި ހަށިގަނޑަށްވެސް ލުއިވީމައެވެ. ކުނިކަހާ ނިންމާލަމުން ގެއަށްދިޔަމަގުމަތީގައިވެސް އާޔާއަށް އެއްކަލަ ޒުވާނާ ފެނުނެވެ. ނަމާދުކޮއްގެން މިސްކިތުން ނިކުމެގެން ބީޗަށް ގޮސްލާފައި އަންނަނިކޮށެވެ. ލިބުނުހިގްހަމަ ޖެހުމާއެކު އާޔާގެ ދުވަސްފެށުނީ އުފަލާއެކުގައެވެ. އަވަހަށް ގެެއަށްއައިސް ގޭދޮށު ކުނިކަހާލުމާއެކު ހެނދުނުގެ ސައިވެސްމިއަދު އާޔާއަށް ތައްޔާރުކޮއްލެވުނީ އެެެންދުވަސް ދުވަހާއި ހިލާފަށް އަވަހަށެވެ.

މީހާއަށްމިކުއްލި ބަދަލާއެކު އާޔާގެ އަމިއްލަ ނަފްސާއި އޭނާ ސުވާލުކޮއްލިއެވެ. “މިއީ ކޮންކަހަލަ އިހްސާސެއްތަ.. މިލިބެނީ ކޮންކަހަލަ ހިތްހަމަހުމަކާ އުފަލެއްތަ.. އަޅޭ އެޒުވާނާ ފެނުނީމަ މިއޮއްވާގޮތެއް. އަތްފައިފިނިވެލުމާއެކު މުޅިމީހާގެ އަށް އެނގުންވެލާ… ހިތުގެ ހިނގުންއަވަސްވާގޮތް މިވަނީ އަނެއްކާ އެއީ އިންސާނެއްބާ.. އާހް. ގައިމުވެސް ޖައިލަމް އާއެކު ވީމަ އެއީ އިންސާނެއްކަން ޔަގީން. އެކަމަކު.. އެކަމަކު އޭނަގެ އެބަހުރި  ސިއްރުވެރިގޮތެއް.. އާން ޔަގީން.. ” ބަނބުކެޔޮގަސްދޮށުގައި އެލުވާލާފައިވާ އުނދޯލީގައި އޮވެ ހިތާހިތާ ވާހަކަދައްކަމުންދިޔަ  އާޔާ ސިހުނީ ދޮރުހުޅުވާލާފައި ނިކުތް އޭނާގެ މަންމަ ސީމާގެ އަޑަށެވެ. “އޭތް ބަލަ ތިހެން އޮތީމަ ވީތަ.. ދޭސައިހަދަން.. ” “މަންމާ ސައިހަދައިފީން..” ސީމާ އަޑުހަރުކޮއްބުނެލި ނަމަވެސް އާޔާ ވަަހަކަދެއްކީ މަޑުމައިތިރިކަމާއެކުގަ އެވެ. “އެހެންވީޔާ ތިހެންނޯވެ ދޭ އިއްޔަ އައިރާއާ އައިކާއަށް ގެނައި ހެދުން ދޮވެފަ ހިއްކަން… ދޮންނައިރު ރަނގަޅަށް ބަލާތި އެއީ އަދި އިއްޔެ ގަނެގެން ގެނައި އެއްޗެއް.. މިއަދު  ލާން ބޭނުން އައިކާބުނެފަ އޮތީ..” އެއްކަމެއް ނުވީޔާ އަނެއްކަމެއް އާޔާ އާއި ހަވާލުކުރުން އެއީ ސީމާގެ އަބަދުވެސް އާދައެވެ. “ލައްބަ” އޭ ބުނުމާއެކު މަޑުމަޑުން ވަދެގެންދިޔަ އާޔާ އަށް މަގުމަތީހައި މިހުރިހާ ވާހަކައެއް އަޑުއަހަން އިތުރު މީހަކު އިން ކަމެއް ނޭންގެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ސޫރަ 7

Next

ކެތްކުރާނަން އުއްމީދުގައި 12

Next
April 22, 2018

ކެތްކުރާނަން އުއްމީދުގައި 12

Previews
April 21, 2018

ސޫރަ 7

16 Comments!

  1. Hawwi says:
    April 22, 2018 at 6:01 am

    Assalaam alaikum … Kobaamiothee 9 vana part up kohlaafa. ? Asslu mipart thakolheh kuruvedhaane … aee layaa vaahakaigedhen oi bayah hurihaa haadhisaathah gennan vegen raavaalaafa ingoi! Unmeedhukuran hurihaa kiuntherinnah mibaivess kamudhaanekamah .. ? mistakeh ineeyaa point out kohladhehcha ingey.. baajjaveridhuvakah edhen ..
    Jazakah Allah khaira.

  2. shanko says:
    April 22, 2018 at 6:39 am

    V reethi mivaahaka.. daily koh up kurahchey ingey…
    Waiting for the next part

    1. Hawwi says:
      April 22, 2018 at 7:56 am

      Shukuran dear .. faharuga daily nuvedhaane type kurevun varakun midhanee up kuramun .. in sha allah ekamaku try kuraanan? ??

  3. Shai says:
    April 22, 2018 at 7:27 am

    Wow??

    1. Hawwi says:
      April 22, 2018 at 7:55 am

      Shukuran .. dear shai??

  4. Kokko says:
    April 22, 2018 at 7:28 am

    Adhi kurukhffa konmedhuhuku buney e thimanna beynun vi hisaabahah huhtty ey..dhen inna part ga ehnhaadhisaaeh gennan???

    1. Hawwi says:
      April 22, 2018 at 7:54 am

      Haha dhen kokkovess dhw ??

  5. Pinky shifoo says:
    April 22, 2018 at 8:48 am

    Alhey Layaa ??? mi part vx v v v reethi ❤️❤️❤️… V kiyaalaahithun mi part vx mi kiyaaly ???… I just love your stories ❤️❤️❤️?????????… Eagerly waiting for the next part… Lots of love…

    1. Hawwi says:
      April 22, 2018 at 2:03 pm

      Awwn shukuran jazeelan dear chipu dhooni ??

  6. Friends says:
    April 22, 2018 at 11:04 am

    Hadha furihama ey hadhaha nala ey hadhaha salhi ey. neh hama bunaane eh cheh vex….. ehaa furihama.
    Kon irakun nw part eh up vaany.waiting waiting
    -salaam-????
    #stry kiyaa man#

    1. Hawwi says:
      April 22, 2018 at 2:05 pm

      Alhey ur the best man ? shukuran my dear friends ??

  7. Hi Mi says:
    April 22, 2018 at 11:53 pm

    Sis. Avas kohladhee… himi kei therikan kudavaniii… dhen vaani kihinehbaa?. Mirey mikiyaali fahu dhebai ehkoh. Kuree part aa mi part. Much loves. Curiously waitinggg… ☺☺☺

  8. maya says:
    April 23, 2018 at 12:38 pm

    wow ..vv reethi u r the best ,,,waaau,,,waiting curiously,,dhen vaany kihineih baa>??????

  9. Ifaaa says:
    April 24, 2018 at 5:50 am

    Waiting for next part

  10. remoo says:
    April 25, 2018 at 10:19 pm

    koba next part kownirakun up vanee….v reethi huriha part thah vx

  11. Ilu says:
    April 27, 2018 at 6:50 pm

    Konirakun next part up load kurany

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 10←


All Right Reserved!