Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް 35

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
April 17, 2018 6 Mins Read
13 Comments

ޝުބާގެ ނަޒަރުން:

ކުރިމަތީގައި ބަހައްޓާފައިވާ ކުޑަ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އަހަރެންގެ ޚިޔާލާއި ފިކުރު ވަނީ މުޅިން އެހެން ދިމާއެއްގައެވެ. ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

އަހަރެންގެ ހިތް ބިރުގަންނަނީއެވެ. އެ ދުވަހު އަހަރެންނަށް އަރޫން ކައިރީގައި ކިޔުނީކީ ކިޔަންވާނެ ކަހަލަ އެއްޗެހިތަކެއް ނޫނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓީއެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ފުރިގެން ބަންޑުންވީއެވެ.

އެދުވަހު އަހަރެންގެ ހިތަށް ސިފަވީ މީގެ ދެ އަހަރު ކުރިން މި ދެލޯ ކުރިމަތީގައި ސިފަވި ކަހަލަ މަންޒަރެކެވެ. އަހަރެން އިންތިހާއަށް ލޯބިވި ޝާކިން މި ދުނިޔެ ދޫކޮށް ދިޔަ މަންޒަރެވެ. ހަނދާން އާކުރަން ބޭނުންނުވާ އެ ދުވަސް ފިލްމެއް ފަދައިން އަހަރެންގެ ސިކުނޑީގައި ނިއުޅެން ފެށީއެވެ. އަހަންނަށް މޮޔަ އެއްޗެހިތަކެއް ކިޔުނީ އެހެންވެއެވެ.

އެ ދުވަހު އަރޫން ހިރިނުލެވޭ ހާލުގައި، އެގޮތަށް އޮއްވާ ފެނުމުން މި ހިތަށް ހާދަ އަސަރެއް ކުރިއެވެ. އަހަރެންގެ ހިތުގައި އޭނާއަށްޓަކާ އުފެދިފައި ވަނީ ކޮން ކަހަލަ އިހުސާސްތަކެއް ކަން ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަންނަށް ކިޔަން ނުވާނެ ފަދަ އެއްޗެހިތަކެއް އޭނާ ގާތުގައި ކިޔިއްޖެކަމެވެ. އޭނާގެ ހަނދާނުގައި އެ އެއްޗެހި ހުރިނަމަ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ގާތު އަހަންނަށް ދެން ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟

ސިކުނޑީގައި އުތުރިއަރަމުން ދިޔަ ޚިޔާލުތަކުން ބޭރުވެވޭ ގޮތްވީ މޭޒުމަތީގައިވާ ފޯނު ވައިބުރޭޓުވާން ފެށުމުންނެވެ. އާރިފް ސާރ ގުޅާތަން ފެނުމުން އަހަންނަށް ފުންނޭވައެއް އެތެރެކޮށްލެވުނެވެ. އަނެއްކާ އަރޫން އެ ވާހަކަތައް އާރިފް ސާރ ކައިރީގައި ދެއްކީ ހެއްޔެވެ؟

“ޔެސް، ސާރ.”

ފޯނު ނެގުމަށްފަހު އަހަރެން އަދަބުވެރިކަމާއެކު ވާހަކަދެއްކީމެވެ.

“ކިހިނެއް މަސައްކަތް ކުރިއަށް ދަނީ؟”

ސާރ އަހާލި އަޑު އިވިގެން ދިޔައެވެ.

“ކުރިއަށް އެބަދޭ ޕްލޭންއާ އެއްގޮތަށް.”

އަހަރެން ބުނެލީމެވެ. ނަމަވެސް ހަޤީޤަތަކީ އަރޫން ދިޔަ ފަހުން އަހަރެންގެ މަސައްކަތްތައް އެއްގޮތަކަށް ވެސް ކުރިއަށް ނުދާ ކަމެވެ. ނުވިސްނަން އުޅުނު ނަމަވެސް ހަމަ މި ބަސްނާހާ ސިކުނޑި އޭނާއާ ދޭތެރޭގައި ވިސްނަނީއެވެ. ފިނިހަކައެއް ދުވާ އުޞޫލުން މިޝަންގެ މަސައްކަތް މިގޮތަށް ކުރިއަށް ދާނަމަ އާރިފް ސާރގެ ލެކްޗަރުފަތި އަހަންނަށް އަމާޒުވާން ފަށާނެކަން ހަމަ ޔަޤީނެވެ.

“ސުވާލެއް ކޮށްލަންތަ، ސާރ؟”

ވިސްނުމެއްގައި އިނދެ އަހަރެން އަހާލީމެވެ.

“ކޮށްބަލަ.”

އެކޮޅުން އާރިފް ސާރގެ ބަރު އަޑު އިވިގެން ދިޔައެވެ.

“މީ… އަރޫންގެ ހާލު ކިހިނެއްތަ؟”

ހަފްތާއެއް ވަންދެން ހިތުގައި ބަންދުކޮށްގެން އުޅުނު ސުވާލު އަހަރެން އެންމެފަހުން އާރިފް ސާރއާ ކޮށްލީމެވެ. ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީ އަހަރެންގެ ހިތް އޭރު ދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

“މިހާރު ހޭ އަރައިފި. ހާލަތު އަންނަނީ ރަނގަޅުވަމުން.”

އާރިފް ސާރ އެހެން ބުނުމާއެކު އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ސާރ އެ ވާހަކަދެއްކި ގޮތުން އަރޫންއަށް މާ ނުރައްކާތެރި އަނިޔާތަކެއް ނުވާކަން ޔަޤީންވެއްޖެއެވެ.

“މި ކޮޅުން އިތުރު އެޖެންޓަކު ފޮނުވަންތަ؟”

އިރުކޮޅެއްފަހުން ސާރ އަހާލިއެވެ. އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ.

އެޖެންސީގައި އުޅޭ މީހުންގެ މަތިން އަހަރެން ހާދަ ހަނދާންވެއެވެ. ނަމަވެސް އަހަންނަށް އެންމެ ކުޑަ މިނުން އެމީހުންނާ ވާހަކަދައްކާލެވޭކަށްވެސް ނެތެވެ.

“ނޫން، ސާރ. އިތުރު މީހަކު ފޮނުވައިފިއްޔާ އަނެއްކާ އޭނައަށް އަހަރެންގެ މޫނު ފެންނާނީ. އަނެއްކާ އަހަރެން ޖެހޭނީ ރޯ ދޮގުތަކެއް ހަދަން. ފަސޭހައެއްނޫން އަހަންނަކަށް، ސާރ.”

އަހަރެން ހިތުގައި އޮތް ގޮތަށް ބުނެލީމެވެ.

އެމީހުންގެ މޫނުތައް ދެކެން ކިތަންމެ ބޭނުންވިޔަސް އަހަންނަށް އެކަން ކުރަން ހާދަ އުނދަގުލެވެ. ޕާޓްނާ އެޖެންޓެއްގެ ގޮތުގައި އަރޫން މިކޮޅަށް އަންނަކަން އެނގުނު ދުވަހު މި ހިތް އުފަލުން ނަށައިގަތް ގޮތް އަދިވެސް އެބަ ހަނދާން ހުއްޓެވެ. އެތަށް ދުވަހަށްފަހު އެންމެ ގާތް އެކުވެރިޔާ ފެންނާތީ އަހަރެން ހުރީ ހާދަ އުފާވެފައެވެ. ނަމަވެސް އޭނާއާ ބައްދަލުވީހިނދު އަހަރެން މިޖެހުނީ އޭނާއަށް ދޮގުތަކެއް ހަދާށެވެ. އަހަރެންމީ ކާކުކަން އޮޅުވާލާށެވެ. އެންމެ ކުޑަމިނުން އަހަރެން އޭނާގެ ހާލުއަހުވާލު ވެސް އޮޅުންމެއް ނުފިލުވަމެވެ. ގާތް މީހަކާ ބައްދަލުކޮށް، އެގޮތަށް އުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟

“އެންމެ ރަނގަޅު.”

ސާރ ބުނެލި އަޑު އިވުނެވެ.

“ސާރ…”

އަހަރެންގެ އަނގައިން އެ ލަފްޒު ނިކުތީ ވައި އަޑެއްގެ ސިފައިގައެވެ. އިހުސާސްތައް ކޮންޓްރޯލް ކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އަހަންނަކަށް އެކަމެއް ނުވިއެވެ. ލޮލުތެރޭގައި ގަދަކަމުން ހިފަހައްޓައިގެން ހުރި ކަރުނަތައް މިނިވަންވެގެން އަހަރެންގެ ކޯތާފަތް މައްޗަށް ފައިބަން ފަށައިފިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އަނގައިން ނިކުންނަމުން ދިޔަ ގިސްލުމުގެ އަޑުތައް ކިތަންމެ މަޑު ކަމުގައި ވިޔަސް އާރިފް ސާރއަށް އިވޭނެކަން ޔަޤީނެވެ.

“ޝުބާ. މީ ރޯންވީ ވަގުތުތަ؟ މިއޮއް ހުރިހާ ދުވަހަކު ސްޓްރޯންގް ވެގެން އުޅުނު މީހާއަށް ކިހިނެއްވީތަ؟”

އާރިފް ސާރ އޭނާގެ ހަރުކަށި އަޑު އިއްވާލުމުން އަހަރެން އިތުރަށް ދެރަވިއެވެ. އިތުރަށް ހިތުގައި ޖެހުނެވެ. އަހަންނަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އަހަރެންގެ ވެސް އިހުސާސްތަކެއް ހުންނާނެއެއް ނޫން ހެއްޔެވެ؟ އަހަރެން ވެސް އަމިއްލަ އާއިލާ މަތިން ހަނދާންވާނެއެއް ނޫން ހެއްޔެވެ؟ އެމީހުންގެ ނަޒަރުގައި އަހަރެންމީ މިހާރު ދުނިޔޭގައި ނެތް މީހެކެވެ. ދިވެހިރާއްޖޭގައި އަހަރެންމީ މަރުވެފައިވާ މީހެކެވެ. އަހަންނަށް އަބަދު މިހެން އުޅެވިދާނެ ހެއްޔެވެ؟

“ޝުބާ، ލުކް. ޝުބާ އަމިއްލައަކަށް ނޫންތަ މި މިޝަންއާ ހަވާލުވީކީ؟ އަހަރެން މިކަމަކަށް ފޯސްއެއް ނުކުރަން ދޯ؟ އިޓް ވޯޒް ޔުއާރ ޗޮއިސް. އެކަމަކު އެގްރިމެންޓްގައި ވާ ފަދައިން މި މިޝަންއާ ހަވާލު ވެއްޖިއްޔާ މިކަން ނިންމާފަ ނޫނީ ހުއްޓައެއް ނުލެވޭނެ.”

އާރިފް ސާރ އަހަންނަށް ހަނދާންކޮށްދިނެވެ.

އެކަން އަހަންނަށްވެސް އެނގެއެވެ. އަހަރެން މިކަންތައް ފެށީ އަމިއްލައަށް، ހިތުން ރުހުމުންނެވެ. އެ އެގްރިމެންޓްގައި ސޮއިކުރި އިރުވެސް އަހަންނަށް މީ ކިހާ ބޮޑުކަމެއްކަން އެނގެއެވެ. މިހާރު އަހަންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތްކަންވެސް ރަނގަޅަށް އެނގެއެވެ.

“އައި ނޯ… އައި ނޯ ދެޓް ސާރ..”

ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން އަހަރެން ވާހަކަދެއްކީމެވެ. އޭރު އަހަރެންގެ އަޑު ތުރުތުރު އަޅައެވެ. އެ ދުވަހު އެ އެގްރީމެންޓްގައި ސޮއިކުރެވުނު ކަމުގެ މޮޔަކަން މިހާރު މި އިހުސާސްވަނީ ކީއްވެގެން ހެއްޔެވެ؟

އާއިލާއާ ކިތަންމެ ދުރުގައި އުޅުނު ކަމުގައި ވިޔަސް އަހަރެން އެމީހުންގެ ހާލަތު ޤަވާއިދުން އޮޅުން ފިލުވަމެވެ. އަހަރެން ނިންމި އެ ނިންމުމުގެ ސަބަބުން އެމީހުންގެ ހިތްތަކަށް ކުރާނެ އަސަރު އަހަންނަށް އަންދާޒާކޮށްލެވެއެވެ.

އަހަރެންނަށް މި މިޝަން ކާމިޔާބުވެއްޖެނަމަ މުޅި ޤައުމު އަހަންނަށްޓަކާ ފަޚުރުވެރިވާނެކަން ހަމަ ޔަޤީނެވެ. ނަމަވެސް ސުވާލަކީ އަހަރެންގެ ޢާއިލާ އެކަމާމެދު ފަޚުރުވެރި ވެދާނެބާއެވެ. އަހަރެން އެމީހުންގެ ހިތްތައް ކަފާ ކުދިކޮށްފައި ކުރި މި މަސައްކަތާމެދު އެމީހުން ފަޚުރުވެރިވެދާނެ ހެއްޔެވެ؟ އެމީހުންގެ މަޢާފު އަހަންނަށް ލިބިދާނެ ހެއްޔެވެ؟

“ޝުބާ. ގެޓް އަ ގްރިޕް އޮން ޔުއާރސެލްފް. އިހުސާސްތައް ކޮންޓްރޯލްކޮށްގެން މިކަން ވާނީ.”

އެހެން ބުނުމަށްފަހު ސާރ ފޯނު ކަނޑާލައިފިއެވެ. އެއާއެކު އަނެއްކާވެސް އަހަރެންގެ ދެލޯ ފުރިގެން ބަންޑުންވާން ފަށައިފިއެވެ. ގިސްލަމުން އަހަރެން މޭޒުމަތީގައި ބޯ އަޅާލީމެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި އަހަރެން ހާދަ އެކަނިވެރިއެވެ. އަހަރެންމީ ކޮންކަހަލަ އިންސާނެއްބާވައޭ މިހާރު އެބަ ހިތަށް އަރައެވެ. އަހަރެން ހާދަ މޮޔައެވެ. އަހަންނަށް ހާދަ ނުވިސްނެއެވެ. ވިސްނޭނަމަ އަހަރެން މިޔަދު، މިހާލުގައި، މިތަނުގައި ހުންނާނެ ހެއްޔެވެ؟

** **

އަހަރެންނަށް ދެލޯ ހުޅުވާލެވުނީ އެޕާޓްމެންޓްގެ ބެލް އަޅާ އަޑަށެވެ. ނިތަށް ރޫ އަރުވަމުން މުޅި ތަނަށް ނަޒަރު ހިންގާލިހިނދު އަހަންނަށް އަދިވެސް މިއޮވެވުނީ މޭޒު މަތީގައި ބޯއަޅައިގެންކަން އެނގުންވިއެވެ. އެސްފިޔަޖަހަމުން ދިޔަ ވަގުތު ދެލޮލުގައި ރިއްސަމުން އެދަނީ އެތައް ދުވަހަކަށްފަހު މި ގޮތަށް ގަދައަށް ރޮއިލެވުމުންކަން ޔަޤީނެވެ. ލޮލުގައި ރިއްސިޔަކަސް، ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު މިހާރު ތަންކޮޅެއް ކުޑަވެއްޖެއެވެ. އެވެސް ނަސީބެއް ނޫން ހެއްޔެވެ؟ މިޔަދު އަހަރެން ކުރަންޖެހޭ ހާދަހާ ގިނަ މަސައްކަތެއް އެބަހުއްޓެވެ. އެ ހައިޖާނުގަނޑާއެކު އަހަންނަށް އެއްކަމެއްވެސް ނުވާނެކަން ޔަޤީނެވެ.

ފޯނުގެ ސްކްރީން އޮންކޮށް ގަޑި ބަލާލިހިނދު އަހަންނަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. ރޭގައި ހަތެއް ޖަހަނިކޮށް ނިދިޖެހުނު މީހާއަށް މި ހޭލެވުނީ އަނެއް ދުވަހުގެ ހެނދުނު އިރުއަރައި ހަތެއް ޖެހިފަހުން ހެއްޔެވެ؟ އެހެންވިއްޔާ އަހަންނަށް މި ނިދުނީ ހާދަހާ ގިނައިރެކެވެ. މި މިޝަންގެ ކަންތައް ފެށި ފަހުން އެންމެ ގިނަވެގެން އަހަރެން ނިދަނީ ތިން ގަޑިއިރު ވިއްޔާއެވެ.

އަދިވެސް ބޭރުގައި އެ ހުރި މީހަކު ހުއްޓުމެއްނެތި ބެލް އަޅަނީއެވެ. މި ގަޑީގައި، މި އެޕާޓްމެންޓްގެ ބެލް އަޅާނީވެސް ވަކި ކާކު ހެއްޔެވެ؟ ކާއެއްޗަކަށް އޯޑަރު ދިން ހަނދާނެއް ހަމަގައިމުވެސް ނުވެއެވެ.

މާބޮޑު ވިސްނުމަކަށް ނުގޮސް އަހަރެން ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ދޮރާ ދިމާއަށް ހިނގައިގަތީމެވެ. ސެކިއުރިޓީ ސިސްޓަމްގެ ސްކްރީން އޮންކޮށްލުމާއެކު ފެނިގެން ދިޔަ ސޫރައިގެ ސަބަބުން އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ފޮށްޓެއް ހިފައިގެން ދޮރުމަތީގައި ހުއްޓިގެން އެހުރީ އަރޫންއެވެ. ހަމަ އަރޫން ހެއްޔެވެ؟ އަހަންނަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާ ހަމަ މިކޮޅަށް އައީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟ ރޭގައި ވާހަކަދެއްކިއިރު އާރިފް ސާރ އެކަހަލަ ވާހަކައެއް ނުވެސް ބުނޭވިއްޔާއެވެ.

ދޮރު ހުޅުވާލުމުގެ ކުރިން އަހަރެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމުގެ ގޮތުން ދެތިން ނޭވާ އެތެރެކޮށްލީމެވެ. ލައިގެން ހުރި ހުދު ގަމީސްކޮޅު ރަނގަޅުކޮށްލަމުން އަހަރެން ދޮރު ހުޅުވާލީމެވެ.

އަހަންނަށް އޭނާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލެވުނީ ގަސްތުގައެއް ނޫނެވެ. ލައިގެންހުރި ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި އޭނާ ފެންނަނީ ވަރަށް ސްމާޓްކޮށެވެ. އެ ވިލު ނޫކުލައިގެ ދެލޯ އަހަރެންގެ މޫނަށް އަމާޒުވެފައި ވީއިރު އޭނާ އަހަރެންގެ މޫނުމަތިން ކޮންމެވެސް އެއްޗެއް ހޯދަމުންދާ ކަހަލައެވެ. ޖެލްލައި ސްޓައިލްކޮށްފައިވާ އެ އިސްތަށިގަނޑާއި، ތުނިކޮށް ކޮށާފައިވާ އެ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

“އެކްސްކިއުޒްމީ؟ ޔޫ އާރ ނޮޓް ސަޕޯސްޑް ޓު ބީ ހިއާރ..”

އަހަރެން އެ މޫނަށް ބަލަހައްޓައިގެން ހުރެ ހަރުކަށި ރާގަކަށް ވާހަކަދެއްކީމެވެ. އެއާއެކު އޭނާ އެއްމިޔަކުން ހިނިތުންވެލިއެވެ. އަހަންނަށް މަލާމާތްކުރާ ފަދައަކުންނެވެ.. އަހަރެންގެ ހުއްދައަކާވެސް ނުލާ އޭނާ ފޮށި ދަމަމުން އެޕާޓްމެންޓް ތެރެއަށް ވަދެގަނެފިއެވެ.

“ލަދެއް ނުގަނޭތަ އަންއިންވައިޓަޑްކޮށް މިތަނަށް ވަންނާކަށް؟”

ދޮރު ލައްފައި ތަޅުލުމަށްފަހު ދެއަތް އުރާލަމުން އަހަރެން ވާހަކަދެއްކީމެވެ. ނަމަވެސް އޭނާ އަހަރެން ދައްކާ ވާހަކައަށް ސަމާލުކަން ދޭހެނެއް ހިޔެއް ނުވެއެވެ. ގޭތެރެއަށް ނަޒަރު ހިންގަމުން ދިޔައިރު އެ މޫނުމައްޗަށް ވެރިވެފައި ވަނީ ލުއި ހިނިތުންވުމެކެވެ.

“އައިވް މިސްޑް ދިސް ޕްލޭސް.”

މޯޅިއަކަށް ދެމިލަމުން އޭނާ ބުނެލީ އެހެންނެވެ. އަހަރެން ހަރުކޮށް ހިނގާފައި ގޮސް އޭނާގެ ކުރިމަތީގައި ހުއްޓެލީމެވެ. ރުޅިއަންނަކަމަށް ހަދައި، ދެބުމަ ގޮށްޖަހައިގެން ހުރެ އަހަރެން ވާހަކަދައްކަން ފެށީމެވެ.

“ވައި އާރ ޔޫ ހިޔާރ؟”

އަހަރެން ސުވާލުކޮށްލީމެވެ.

“އާރިފް ސާރ އަހަރެން ފޮނުވީ. ކަމް އޯން. އެނގެންވާނެ ދޯ އެޖެންސީއިން ފޮނުވިއްޔާ ނޫނީ އަހަންނަށް ނާދެވޭނެކަން.”

ލިވިންގް ރޫމުގައި ބަހައްޓާފައިވާ ބިއްލޫރި މޭޒުމައްޗަށް ނަޒަރު ހިންގަމުން އޭނާ ވާހަކަދެއްކިއެވެ. އެ މޭޒުމަތީގައި އަހަރެން އަތުރާފައިވާ އެކި ވަރުވަރުގެ ޕޭޕަރުތަކާއި ލެޕްޓޮޕުތަކަށް ވަކިވަކިން ބަލަމުން ދިޔައިރު އަނެއްކާވެސް އެމޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

އަހަރެން ހައިރާންވިއެވެ. އޭނާ އެއައީ ހަމަ އަސްލުވެސް އާރިފް ސާރ ފޮނުވައިގެން ހެއްޔެވެ؟ އެހެންވީއިރު ސާރ އަހަންނަށް އެކަން ނޭންގީ ކީއްވެގެން ހެއްޔެވެ؟

“އާރިފް ސާރ އަހަރެންނަކަށް ތި ކަހަލަ އެއްވެސް އެއްޗެއް އަންގާފައެއް ނެތް. ސޯ އަހަންނަށް އަރޫން މިތަނުގައި ބެހެއްޓޭކަށެއް ނެތް.”

އުނަގަނޑުގައި އަތް ވިއްދާލަމުން އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް ބަލާލަމުން އެއްބުމަ އަރުވާލީ އަހަރެން މި ކިޔާ އެއްޗެއް ނޭނގެއޭ ބުނާ ފަދައަކުންނެވެ.

“ޓޫ ވޯޑްސް. ގެޓް. އައުޓް.”

ދަތްކުނޑި ވިކާލަމުން އަހަރެން ވާހަކަދެއްކީމެވެ. އެއާއެކު އޭނާ ހިނިގަނޑެއް ޖަހާލައިފިއެވެ. ހަމަ އެއްކަލަ ފިރިހެންވަންތަ ހިނިގަނޑެވެ. އަހަންނާ ދިމާއަށް ދެތިން ފިޔަވަޅު އަޅާލަމުން އޭނާ ދެޖީބަށް އަތް ޖަހާލިއެވެ.

“އޯ ކަމްއޯން. އަހަންނަށް އެނގެއޭ ތީ ޝުބާކަން.”

އޭނާގެ އަނގައިން ނިކުތް އެ ޖުމްލައާއެކު އަހަރެންނަށް ކަރުތެރޭގައި އެއްޗެއް ތާށިވެފައިވާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ނަމަވެސް މި މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާވޭތޯ އަހަރެން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

“އަނެއްކާ އެ ޝުބާގެ ނަން އަހަންނާ ދިމާއަށް ކިޔަން ފެށީއޭ ދޯ؟ ކިތަށް ފަހަރު އަހަރެން ބުނެފިންތަ…”

ޝަހާދަތް އިނގިލި ދިއްކުރަމުން އަހަރެން ދައްކަންފެށި ވާހަކަ އޭނާ މެދުކަނޑާލިއެވެ.

“ތި ދޮގުތައް ނުހެދިއްޔާ ވަރަށް ރަނގަޅު! އަހަންނަށް އަޑުއިވުނޭ އު ދުވަހު ޝުބާ ކީ ހުރިހާ އެއްޗެއް!”

މިފަހަރު އޭނާ ވާހަކަދެއްކީ ތަންކޮޅެއް ހަރުކަށި ގޮތަކަށެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. މިފަހަރު އަރޫންއަށް މިކަންތައް ފަޅާއަރާނެކަމަށް އަހަރެންގެ ސިކުނޑި ދިޔައީ ކެނޑިނޭޅި އަންގަމުންނެވެ.

“ވެލް އެކްސްކިއުޒް މީ. އަހަރެން އަރޫންއާއެކު އެތަނުގައި ހުރީމޭ. އަރޫން އެ ދުވަހު އޮތީ ހަމަހޭގައެއް ނޫނޭ!”

އަހަރެން އަމިއްލަ ދިފާޢުގައި ދެއްކެން އޮތް ހަމައެކަނި ވާހަކަ ބުނެލީމެވެ. އޭނާ އަނެއްކާވެސް ހީލިއެވެ. ނަމަވެސް މިފަހަރު އެ ހިނިތުންވުމުގައި އެކުލެވިގެންވަނީ ރިހުމެވެ.

“ޝުބާ. އެންމެ ފަހަރަކުވެސް އެހެންމީހުންނާ ދޭތެރޭ ވިސްނާލަބަލަ. އަހަރެންނާ ދޭތެރޭ ވިސްނާނުލެވެންޏާ އެޓްލީސްޓް ޝުބާގެ އާއިލާއާ ދޭތެރޭ ވިސްނާލަބަލަ. ވައި އާރ ޔޫ ލިވިންގް ލައިކް ދިސް؟”

އަހަންނާ ކައިރިއަށް އިތުރު ފިޔަވަޅެއް އަޅަމުން އޭނާ ވާހަކަދެއްކިއެވެ. އެ އަޑުގައި އެކުލެވިގެންވަނީ ރިހުމެވެ. ހިތް ދަތިކަމެވެ. އަހަރެންނަށް އަނެއްކާވެސް ހިންދިރުވާލެވުނެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ހިންދަން މަސައްކަތްކުރަމުން އަހަރެން ދެއަތް މުއްކަވާލީމެވެ.

“އަރޫން ޕްލީޒް. މިތަނުން ދޭ.”

އަހަންނަށް އެހެން ބުނެވުނީކީ ބުނަން ބޭނުންވި ގޮތަށް ހަރުކަށިކޮށެއް ނޫނެވެ. އެކަމުގެ ސަބަބުން އަހަންނަށް ވަމުން ދިޔަ ގޮތްތައް އޮބްޒާރވް ކުރަމުން ދިޔަ އަރޫންއަށް އެ ލިބުނީ ބޮޑު ކާމިޔާބީއެއްކަން ޔަޤީނެވެ.

“ޝުބާ… އާރިފް ސާރ އަހަރެން ގާތު ބުނެފިއޭ…”

އަރޫން އެހެން ބުނުމުން އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ.

“އާރިފް ސާރ؟ ކޮން ވާހަކައެއް ބުނި ވާހަކަ ތި ބުނީ؟”

އުނދަގޫވެފައި ހުރެ އަހަންނަށް އަހާލެވުނެވެ.

“ތީ ޝުބާކަން.. އަހަރެން ސާރ ގާތު އެހީމަ ސާރ އެންމެފަހުން ބުނީ.”

އޭނާ އެހެން ބުނުމުން އަހަރެންގެ އަނގައިން މަޑު އާހެއް ނިކުމެގެން އައެވެ. ހިންދަން މަސައްކަތްކުރި އިހުސާސްތައް ބަންޑުންވެގެން އައީ އެވަގުތެވެ. ދެލޯ ފުރިގެން ކަރުނަތައް ފައިބަން ފެށުމާއެކު އަހަންނަށް ބާރުބާރަށް ގިސްލެވެން ފެށިއެވެ. އަޑުން އަޑު ނަގައި ރޮވެން ފެށުނެވެ.

“ޝުބާ…”

ބާ އަށް ދަމާލަމުން އޭނާ އަހަންނަށް ގޮވާލައިފިއެވެ. ކުއްލިއަކަށް އަހަރެންނަށް ވީގޮތް ފެނި އެ ހިތުގައި އަހަންނަށްޓަކާ ހަމްދަރުދީ އުފެދުނީ ކަންނޭނގެއެވެ.

“އަރޫން އަހަރެން… އަހަރެން ކިހިނެއް ހަދާނީ…؟”

ގިސްލަމުން އަހަރެން ވާހަކަދެއްކިއިރު މި ކިޔާ އެއްޗެއް އޭނާއަށް ރަނގަޅަށް ސާފުވާނެހެނެއް ހިޔެއް ނުވެއެވެ.

“އަރޫން… މަންމަ… ބައްޕަ… އެންމެން… ހީކުރާނީ… އަހަރެން…. ވީ…. މަރުވެފަ… ކަމަށް… އަހަރެން…”

އަހަންނަކަށް ކިޔަންވީ ކީކޭ ކަމެއް ނޭނގުނެވެ. ފަށަންވީ ކޮން ހިސާބަކުންކަމެއް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހިތުގައި އުފެދިފައިވާ އިހުސާސްތައް އޭނާއަށް ކިޔައިދޭން ބޭނުންވާކަމެވެ. އަހަރެންގެ ހިތް ލުއިކޮށްލަން ބޭނުންވާކަމެވެ.

އަރޫން އަހަރެންގެ ކައިރިއަށް ޖެހިލައި އެ ދެއަތް އަހަރެންގެ ހަށިގަނޑު ވަށާލުމާއެކު އަހަރެންގެ ރުއިންވީ އިތުރެވެ. ގިސްލުންވީ ބާރެވެ. އަހަރެންވެސް އެ ހަށިގަނޑުގައި ނިކަން ބާރަށް ބައްދާލީމެވެ. އަހަރެންގެ ކަރުނަ އޭނާ ލައިގެން ހުރި ގަމީސް ތެންމަމުން ދިޔަ ކަމުގައި ވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން ހުރީ އެފަދަ ހިމާޔަތްތެރިކަން އެކުލެވޭ ހަރަކާތަކަށް ވަރަށް ބޮޑަށް ފެންބޮވައިގަނެފައެވެ.

“ޝްޝްޝް…”

އަހަރެންގެ ބޮލުގައި މަޑުމަޑުން ފިރުމަމުން އަރޫން ބުނެލިއެވެ.

އަހަރެން އެ މޭގެ ތެރޭގައި އިތުރަށް ބޮނޑިވެލީމެވެ. އެ ދެއަތުގެ ހިމާޔަތުގައި މިގޮތަށް މުޅި އުމުރު ދުވަހު ހުރެވޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ސޫރަ 5

Next

ލޯބި ނުވިޔަސް ފިރުމާލަދީ…..19

Next
April 18, 2018

ލޯބި ނުވިޔަސް ފިރުމާލަދީ…..19

Previews
April 17, 2018

ސޫރަ 5

13 Comments!

  1. Inaa says:
    April 17, 2018 at 10:01 pm

    Just Wow..
    Maa Kuree Story Up Kuraawaru Aslu.. But Keep It Up..

    1. Anonymous says:
      November 15, 2024 at 4:13 pm

      Dho

  2. Inoo says:
    April 17, 2018 at 10:13 pm

    Wow…varah reethi mi part vx….♥waiting 4 the next part

  3. Naanii says:
    April 17, 2018 at 10:15 pm

    Wow nice

  4. :-) sweety says:
    April 17, 2018 at 10:16 pm

    varah reethi story..ekem maa bodah kuree ehaa lahun up kuraairu ves…liyefa othiyaa e hisaabakah up kohdheebala..please I beg u..

  5. Araash says:
    April 17, 2018 at 10:27 pm

    Haadha kurey..N liaa plx thankolheh avahah up kh dheyn v ehnu..Noony stry up kuraane dhuvas thah bunela dheyn v ehnu..Plx..Stry v reethi..?

  6. Oof says:
    April 17, 2018 at 10:51 pm

    Loved this part keep going

  7. The Alpha says:
    April 17, 2018 at 11:02 pm

    V salhi
    Keep it up

  8. IShan says:
    April 17, 2018 at 11:25 pm

    Just wow

  9. Saandy says:
    April 17, 2018 at 11:42 pm

    WOW!! Superb!! Haadha furihamaey.. Ekam Liaa mihaaru vaahaka up kurun lasvaairu dhigukoh liyedheynama haadha ran’galhuveehey.. Alhe dhigukolladheebala kuriah huri baithah 🙂

  10. lily says:
    April 18, 2018 at 1:07 pm

    finally …yay

  11. Fathimath Neera Mohamed says:
    April 18, 2018 at 7:54 pm

    Aanim

  12. maain says:
    April 20, 2018 at 8:40 pm

    kobaa 36th episode

Comments are closed.

Next Episodeއަނދިރިފަރާތް 36←


All Right Reserved!