Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޔާއިން 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 18, 2018 2 Mins Read
11 Comments

ނަމަވެސް ހުއްޓެން މަޖުބޫރުވީ އެތަނުން އެއް ފުލުހަކު ކުރި ސުވާލުންނެވެ.”މުހައްމަދު ޔާއިން ޔުނާން ދިރިއުޅެނީ ކޮންފަންގިފީލާއެއްގަތޯ؟”

********************

އަހަންނާ ރިހާމަށް އެކަކު އަނެކަކަށް ބަލާލީމެވެ.ފުލުހުން އަހަރެން ހޯދަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުން ރިހާމް ބޯ ޖަހާލިއެވެ.އަދި ފުލުސްމީހާއާއި ސުވާލުކުރިއެވެ.”ޔާއިން…ކިހި..ނެއް..ވީތޯ؟” “ގ.އުފާވިލާ މުހައްމަދު ޔާއިން ޔުނާން އަށާރަ އަހަރު ހައްޔަރުކުރުމަށް ކޯޓުން މިއޮތީ އަމުރު ނެރިފަ”ރިހާމް އަތަށް ގަނޑެއް ދެމުން އެ ފުލުސް މީހާ ބުންޏެވެ. އަހަންނަށް ހީވި ބޮލުގައި އެތައް ހާސް ދަގަނޑުތަކަކުން ތަޅައިގަތްހެނެވެ.އެ ގަނޑު ހިފުމުގެ ބަދަލުގައި ރިހާމް އިނީ ފާޑަކަށް ފުލުސްމީހާ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.އެ މީހާ އިތުރަށް އޮޅުންފިލުވައިދިނެވެ.”ޔާއިން ހައްޔަރުކުރުމަށް އަމުރު ނެރުނީ މިދިޔަ މަހު ގެ ފަސްވަނަ ދުވަހުގެރޭ ދަންވަރު މާވެޔޮމަގުގައި ހިންގި މާރާމާރީގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭތީ އިތުރު ތަހުގީގަށް” އަހަރެންގެ ޚިޔާލަށް އައީ މިގެ މަހެއްހާ ދުވަސް ކުރިން ވީކަމެކެވެ.    *************************

ރޭގަނޑުގެ ހަމަހީމޭން ވަގުތެވެ. އަހަންނާ ސައްޓު ދިޔައީ ބޮސް ބުނެގެން މީހިކަށް “އެއްޗެއް” ޑެލިވާރކޮށްދޭށެވެ. ނަމަވެސް އެ މީހާއާއީ ހަމަޔަށް ނުދެވެނީސް އަހަރުމެން ފަޅާއެރިއެވެ. ފަޅާ އެރީ ޖިޔާން އަށެވެ. ފުލުހުންނަށް ގުޅާނެކަމަށް ބުނެ ޖިޔާން އަހަރުމެންނަށް އިންޒާރުދިނެވެ. އަހަރުމެން ވަގުތުން ގުރޫޕު އެހެންމީހުންނަށް ގުޅީމެވެ.އެ މީހުން އަންނަން ދެން ޖިޔާން ހިފަހައްޓައިގެން ތިބީމެވެ. ތޫނު ހަތިޔާރު ހިފައިގެން އެ މީހުން އައެވެ.ހިތްފުރޭ ވަރަށް ޖީޔާން އަށް އަނިޔާކުރުމަށްފަހު އަހަރުމެން ފިލީއެވެ. ކާކު ގެ ނަސީބެއްކަމެއް ނޭންގެއެވެ. ޖިޔާން ގައިގެ އެތަން މިތަނުގައި ތޫނު އެއްޗެހިން ހަމަލާދިނުމުންވެސް މަރުންސަލާމަތް ވީއެވެ.

**********************

“އަޅުގަނޑު މުހައްމަދު ޔާއިން ޔުނާން” ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. ފުލުސްމީހާ އަހަންނާ ދިމާއަށް ބަލާލުމަށް ފަހު އޭނަ އަތުގައި އޮތް ޓެބްލެޓަށް ނަޒަރުހިންގާލިއެވެ. “ޔާން” ރިހާމް ވައި އަޑުން އަހަންނަށް ގޮވާލިއެވެ.”ރިމް އަހަރެން ކުރި ކުށުގެ އަދަބު އަހަންނަށް ލިބެންވާނެ. ރިމް އައި އޯލްމޯސްޓް ކިލްޑް ހިމް.” އަހަރެންގެ އަޑު ކުރަކިވިއެވެ. ޖިޔާން އަށް ހާދާލެވުނު ގޮތް ހިތަށް އެރުމާއިއެކު ހިތްފަޅާގެން ނުދިޔައީ ކިރިޔާއެވެ.ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލީމެވެ. “ރިމް ޓޭކް ކެއަރ އޮފް މަމް އެންޑް ނައި. ލަވް ޔޫ މޭން މަންމަމެން ގާތު ވެސް ބުނާތި ވަރަށް ލޯބިވެޔޭ. މަންމައަށް ގަޑިއަށް ބޭސްދޭން ނައިއަށް ހަނދާންކޮށްދޭތި.” “ލަވް ޔޫ ޓޫ މޭން. އޭމް ޕްރައުޑް ޓު ބީ ޔުއަރ ކަޒިން މޭން” އަހަރެން ގައިގައި ބައްދާލަމުން ރިހާމް ބުންޏެވެ. ފުލުސްމީހާ އައިސް އަހަރެންގެ އަތުގައި ބިޑި އެޅުވިއެވެ. އެއްލި ކަޅިއަކުން މިޝްކާފެނުނެވެ. ގޭޓު ކައިރީގައި ހުރިއިރު އެ ރީތިބޮޑުދެލޮލުން ކަރުނައަންނަމުން ދިޔައެވެ. މިޝްކާ ގެ ފަހަތުގައި ހުރި ސާދިން ވެސް އަހަންނަށް ފެނުނެވެ. އަހަންނަށް އިސްޖަހާލެވުނީ ސާދިން އާއި ހަތަރުކަޅި ހަމަކުރަން ނުކެރުމުންނެވެ.އަދި މިޝްކާ ރޯތަން ބަލަން މިހިތަށް ކެތްނުވުނުމުންނެވެ. އެޖަމު އަހަރެން ހައްޔަރު ކުރާތީ މިޝްކާ އެ ރޮނީ ކީއްވެހެއްޔެވެ؟އަނެއްކާ މިޝްކާ ވެސް… ނޫނެކެވެ. މިޝްކާ އެ ރޮނީ ނައިރާ އާއި މެދު ވިސްނާފައެވެ.

*******************

މިޝާކާގެ ނަޒަރުން

ރޭގަ ހުވަފެނުގައިވެސް އަހަންނަށް ފެނުނީ ޔާއިންއެވެ. އަހަރެން ހޭލި ތަނުން ނައިރާ ގުޅާފައި އެގެއަށް ގޮސްދިނުމަށް އެދުނެވެ. ވަގުފުން އެއްބަސްވީމެވެ. ޔާއިން ފެންނާނޭ ހިތާ އަވަހަށް ތައްޔާރުވެލީމެވެ. އަހަރެން އަތުގައި އޮތް އެންމެ އާ އަބާޔާ ލީމެވެ.  އަދިހެދުމާއި ގުޅޭ މަޑުފެހި ކުލައިގެ ޝޯލްއެއް އެޅީމެވެ. ލޯގަނޑުކުރިމަތީ ފަރި ބެލުނު އަދަދެއް ވެސް ނޭނގެއެވެ. އަހަރެން ރީތިވެގެން ނުކުތްއިރު ދޮންބެވެސް އުޅެނީބޭދަށް ދާށެވެ. މަންމަ ގާތު ބުނުމަށްފަހު ދޮންބެ އާއި އެއްކޮށް ގެއިން ނުކުތީމެވެ. ނައިރާމެން ގެ އަށް ދިޔަ މަގުމަތީގައި ދޮންބެ ގާތު ޔާއިން އިސްލާހުވިީ ވާހަކަ ބުނީމެވެ. “އަސްލު ވެސްތަ އަލްހަމްދުލިއްﷲ” ދޮންބެ ﷲއަށް ހަމްދުކޮށްލިއެވެ.ގޭޓުން އެތެރެއަށް ވަނުމާއިއެކު ފެނުނު މަންޒަރުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.ދެކެވެމުން ދިޔަ ވާހަކަ އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އިޚްތިޔާރަކާއި ނުލައި ލޮލުން ކަރުނަ ފައިބަން ފެށްޓިއެވެ. ޔާއިން ގުރޫޕަކާއި ގުޅުނެއްކަމަކު މާރާމާރީ އެށް ގައި ބައިވެރި ވެދާނެކަމަކަށް އަހަންނަކަށް ގަބޫލެއްނުކުރެވުނެވެ. ނަމަވެސް ޔާއިން އަމިއްލައަށް އެއްބަސް ވުމުން ކުރެވޭނީ ކީއްހެއްޔެވެ؟ ޔާއިން ކުރެވުނު ކުށަށް ތައުބާވެއްޖެއެވެ. ހައްޔަރު ކުރުމުގެ ބަދަލުގައި މައާފު ވެސް ދެވިދާނެ ނޫންހެއްޔެވެ؟ ގެއިން ނިކުންނަން ދިޔަ ވަގުތު ޔާއިން އަށް އަހަރެންފެނުނެވެ.އަހަރެން ފެނުމުން އޭނާ އިސްޖަހާލިއެވެ. ނަމަވެސް އެ ލޮލުގައި ވީ ރިހުން އަހަންނަށް ފެނުނެވެ. އިތުރަށް އެތާ ހުންނަން ކެތް ނުކުރެވިގެން ގޭތެރެއާ ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ގޮސްލައިގަތީ ރައިދައްތަ ގައިގަައެވެ. “މިޝް ކިހިނެތް..” ރައިދައްތަ އެހިސާބަށް ބުނިތަނާހެން އަހަރެން ގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަގިސްލާފައި ރޮވުނެވެ.” މިޝްކާ ކިހިނެތްވީ؟”އޯގާތެރިކަމާއިއެކު އަނެއްކާވެސް ރައިދައްތަ އެހިއެވެ. ވީގޮތް ބުނަން ބޭނުންވިއެއްކަމަކު ބުނާނެހާ ހިތްވަރެއްނެތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 9

Next

ލޯބި ނުވިޔަސް ފިރުމާލަދީ….20

Next
April 19, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….20

Previews
April 18, 2018

ކެތްކުރާނަން އުއްމީދުގައި 9

11 Comments!

  1. Ri says:
    April 18, 2018 at 3:20 pm

    Reethi ekamaku haadha kurey

  2. Kiyara says:
    April 18, 2018 at 3:31 pm

    Sorry Ri i tried my best ekam vx hama nuvy ekam vv ufaavehjje mi bai kamudhiyaama

  3. shaan says:
    April 18, 2018 at 4:23 pm

    mieya vuren digu kholadeebala plz. n nice story

  4. Kiyara says:
    April 18, 2018 at 4:26 pm

    Rhanks shaan try kuraanan dhigukureveytho

    1. Kiyara says:
      April 18, 2018 at 4:27 pm

      Thanks*

  5. Inoo says:
    April 18, 2018 at 4:34 pm

    Varah reethi mi stry??waiting for the next part ❤ ❤

  6. Eleven says:
    April 18, 2018 at 4:51 pm

    Love it!! ?
    But maa kury☹

  7. Kiyara says:
    April 18, 2018 at 5:10 pm

    Thanks all love u readers

  8. eysh says:
    April 18, 2018 at 8:08 pm

    Kiyara dhoonee story v nice ingey. V thafaathu story eh. Keep it up dear. ????

    1. Kiyara says:
      April 19, 2018 at 12:43 pm

      Thank u eysh

  9. Alyra says:
    October 25, 2018 at 2:20 pm

    salhi!

Comments are closed.

Next Episodeޔާއިން 7←


All Right Reserved!