Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ…. 14

Ushaali Level 810 Stories100 Comments100 Stories500 Comments
April 11, 2018 10 Mins Read
25 Comments

މަރުވެފައިވާ މައްޔިތެއް ފަދައިން ޝިނާން ވަދެގެން ގޮސް ހުއްޓުނީ މިޝްކުގެ ކޮޓަރީ މެދުގައެވެ. ފަރާތް ފަރާތް ބަލާލީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. މޫނު ދެފަރާތަށް ތަޅުވާލަމުން ދެލޮލުން ވެއްޓެން ތައްޔާރުވި ކަރތުނަތިކި ހިފަހައްޓާލިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ރިމީޝާގެ ދުރުކަން ޝިނާންގެ ހިތް ބަލައިނުގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު ޝިނާން އަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.

***************************************************

“ރިމީ މަގޭ މުޅި ހަޔާތަކީ ތީ. ހެޔޮނުވާނެ މަށަށް މާފްކުރޭ.. އަހަރެން ގަބޫލުކުރަން ކުށެއް ކުރެވިއްޖެކަން. އެއީ ނޭނގުމުގެތެރޭން ވީ ކަމެއް ނޫން. އަހަރެން ހަމަ ގަސްދުގައި މިޝްކު ދުރަށް ގެންދިޔައީ ރިމީ އުފަލުގައި ބެހެއްޓުމަށް. އެއްގޮތަކަށް ވެސް ރިމީ އާއި މިޝްކު އުމުރަށް ވަކިކުރީއެއް ނޫން. ތީ މިޝްކު ގެ މަންމައަކީ….. އަހަރެންނަށް ރިމީގެ ނަފްރަތު ބަރުދާސްތު ކުރެވިދާނެ. އެކަމަކު ރިމީ ތިގޮތަށް ވާހަކަނުދައްކާ ހުރުން އެއީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫން. އަހަރެން މަރުވެދާނެ… ރިމީ އަށް ނޭނގުނަސް ވަރަށް ލޯބިވޭ…. ރިމީ ދެކެ. ބޭނުމީ އަބަދުވެސް ރިމީ އުފަލުގައި ހުންނަން. ބަދަލުގައި ބޭނުމީ އެންމެ އެއްޗެއް. ލޯބިނުވިޔަސް ފިރުމާލަދިނުމަށް……..މި ހިތުގައި……” ޝިނާން އަށް ރޮވެމުން ދިޔައެވެ. ދުނިޔޭގައި ވެސް އޭނާ އަށް ވުރެ ބަދުނަސީބު ވެރިއެއް ނެތޭ ހިތަށް އަރަނީއެވެ. ދުވަހަކު ވެސް ރިމީޝާ ނުލިބޭނޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެހިތް އެތިކޮޅުތަކަށް ބުރައިގެން ދޭއެވެ.

***************************************************

ދަންވަރު އައިކު ހޭލައިގެން ރޯން ފެށުމުން ނިދާފައި އޮތް ރިމީޝާ ތެދުވެ އެކުއްޖާ ބޭނުންވެގެން އުޅޭ ކަންތައް ކޮށްދިނެވެ. އަލުން އައިކު ނިންދަވާލުމަށްފަހު ވަކިން ހުރި ކުޑަ އެނދުގައި ބާއްވާލިއެވެ. ސޯފާމަތީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. ދަންވަރު ދޭއް ޖަހަން ގާތްވަނީއެވެ. އެނދުގައި އައްޔަދު އޮންނަ ދިމާލަށް ބަލާލީ ކަރު އެލުވާލަމުންނެވެ. އަދިވެސް އައްޔަދު ގެއަށް ނާންނަނީއެވެ. އިތުރަށް އޮށޯވެގެނެއް ރިމީޝާއަށް ނޯވެވުނެވެ. ފޯނު ނަގާ އައްޔަދުގެ ފޯނަށް ގުޅާލިއެވެ. އެހެންފަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ރިމީޝާގެ ކޯލް އައްޔަދު ބިޒީ ކޮށްލިއެވެ. އެގޮތުގައި ފަތިހު ހަތަރެއް ޖެހުމާއި ގާތް ވަންދެން ރިމީޝާ އިނެވެ. އައްޔަދުގެ ފޯނަށް މިނިޓަކު ދެފަހަރަކު ގުޅާލައެވެ.

އެންމެފަހަށް ރިމީޝާ އިންތަނުން ތެދުވިއެވެ. ފާހާނާ އަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ދަމު ނަމާދަށް އެރިއެވެ. ހަތަރު ރަކްޢަތަށްފަހު ދެއަތް އުފުލާ ދުޢާ ކުރިއެވެ. އޭނާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާތޯއެވެ. ފިރިމީހާގެ އުޅުން ބަދަލުކުރައްވާތޯއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ރިމީޝާ ފޮހެލި ވަގުތު ކޮޓަރީގެ ތަޅު އަނބުރާލި އަޑު އިވުނެވެ. ރިމީޝާ ފަސް އެނބުރި ބަލާލިއެވެ. ފޯނަށް ބަލަހައްޓައިގެން ހެވިފައި ހުރި އައްޔަދު ފެނުމުން ރިމީޝާގެ ހިތުގައި ރިއްސާލިއެވެ. ނަމާދުކުރާ ސާމާނު ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ރިމީޝާ ސޯފާގައި އިށީނދެލިއެވެ. އަލަމާރި ކައިރީގައި ހުރެ ޓީޝާޓް ބާލަމުން އައްޔަދު ފާހާނާ އަށް ވަނެވެ. ރިމީޝާ ފުންމައިގެން ތެދުވެ ގޮސް އެނދުމަތީގައި އޮތް އައްޔަދުގެ ދިއްލިފައިވާ ފޯނަށް ބަލާލިއެވެ. ހިތާއިވީ ފަޅީގައި އަތް އަޅާލެވުނީ އަދިވެސް ހަމަ އެފޮޓޯ ޑިސްޕްލޭގައި އިނީމައެވެ. ނިވާކަން ކުޑަ ގޮތަކަށް ޖަނާން އިން އެފޮޓޯގައި ޖަނާންގެ މޭމަތީގައި ބޮޑު ބައެއް ވަނީ ކަޝްފު ވެފައެވެ. އިހުތިޔާރަކާއި ނުލާ ދެލޯ ފުރިގެން އައެވެ.

ފާހާނާއިގެ ތަޅު ހުޅުވާލި އަޑަށް ރިމީޝާ ސިހުނެވެ. އެނދުކައިރީގައި ކޮޅަށް ހުރި ރިމީޝާ ފެނުމުން އައްޔަދުގެ ދެ ބުމަ ގޮށްޖެހުނެވެ. ރިމީޝާއަށް ބަލާލީ ފާޑަކަށެވެ.

“އަޔާ… ހެޔޮނުވަނެ ތިހެން ނޫޅޭ…. އަހަރެން ކިތައް ފަހަރު ބުނާނީ އެފޮޓޯ ބަދަލުކުރާށޭ. މީހަކަށް ފެނުނިއްޔާ ކީކޭ ހިތަށް އަރާނީ” ރިމީޝާ މަޑުމަޑުން ބުނެލިއެވެ.

“ކޮންމެ މީހަކު ކޮންމެ އެއްޗެއް ހީކުރިއްޔާ މަށަށް ކީތް. އަހަރެންގެ ފޯނުގައި ހުންނާނީ އަހަރެން ހިތްއެދޭ މީހުންގެ ފޮޓޯ. ތިހާ ވަރަށް ޖޭ ނުވެބަލަ” ރިމީޝާއަށް ދެލޯ އަޅާލަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ ލަދުގަތެވެ.

“އާނ… އަހަރެން ޖޭވޭ… އަހަރެންގެ ފިރިމީހާގެ ފޯނުން އެހެން އަންހެނެއްގެ ފޮޓޯ ފެނުނީމަ ޖޭވޭ… އެއީ އަހަރެންގެ ހައްގަކަށް ވާތީ” ރިމީޝާ ބުނެލިއެވެ. ކުއްލިއަކަށް ރިމީޝާ ސިހުނީ އައްޔަދު ރިމީޝާގެ ދެކޯތާފަތުގައި ހިފާ ބާރުކޮށްލުމުންނެވެ. ވީތަދުން ރިމީޝާއަށް އައްޔަދާއި ހަތަރުކަޅި ހަމަކޮށް ބަލާލެވުނެވެ. ނަމަވެސް އައްޔަދުގެ އެ އަމަލުން ރިމީޝާއަކަށް ސިހުމެއް ނުލިބޭއެވެ. ސަބަބަކީ މިވީ އެއް އަހަރު ދުވަސްތެރޭ އައްޔަދުގެ ފަރާތުން ރިމީޝާއަށް ލިބުނު ފުރަތަމަ އަނިޔާ އަށް ނުވީތީއެވެ.

“ވަރަށް ވޭ ދޯ ހައްގު ހޯދާހިތް. އަޑުއަހާ.. އަހަރެން ރިމީޝާ ދެކެ ލޯތްބެއްނުވޭ. އަހަރެން ލޯބިވާ މީހާ މީ” ދަތްކުނޑި ވިކާލަމުން އައްޔަދު ވާހަކަދައްކަމުން ފޯނުގެ ޑިސްޕްލޭ އިން ފެންނަން އިން ޖަނާންގެ ފޮޓޯގައި ތުންފަތް ޖައްސާލިއެވެ.

“ދުރަށްދޭ މަގޭ ކުރިމަތިން” އައްޔަދު ރިމީޝާ ކޮށްޕާލަމުން ބުނެލިއެވެ. ހިތަށް ކޮށްފައިވާ އަސަރުން ރިމީޝާއަށް އެކައްޗެއްވެސް ނުބުނެވުނެވެ. އައްޔަދާއި ދިމާލަށް ބުނުމަށް ކިތަންމެ އެއްޗެއް ހިތަށް އެރިއެއް ކަމަކު އެއިން އެންމެ ބަހެއް ވެސް ދުލާއި ހަމައަށް ނައެވެ.

ޗާބީ ދީފައިވާ ބުދެއްހެން ރިމީޝާ ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. މައްޗަށް އަރަން ހުންނަ ސިޑި ގިރާކޮށް ހަރުފަތަކަށް ފަހު ހަރުފަތެއް ކަޑައްތު ކުރަމުން ގޮސް ހުއްޓުނީ އިމާރާތުގެ ޓެރަސްގައެވެ. އުނަގަނޑާއި ހަމައަށް އަންނަ ފާރުކޮޅު ކައިރީގައި ރިމީޝާ ހުއްޓުނެވެ. މުޅި މާލެ ކަހަލަ ގޮތަކަށް ހިތްގައިމު ގޮތަކަށް ފެންނަން އޮތް އިރު ވެސް އެކަމުން ރިމީޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ނަޒަރު ސީދާކޮށްލީ އެންމެ ތިރިއަށެވެ. ފުންމާލަން ހިތް ބުނަނީއެވެ. އޭނާ ވަރަށް ކެތްކޮށްފިއެވެ. ދުނިޔޭގައި އުޅެންވީ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޝައިތާނާ ވަނީ ރިމީޝާގެ ސިކުނޑި އާއި ވަރަށް މޮޅަށް ކުޅެލާފައެވެ.

“ނޫން ދަރިފުޅާ… ކިތަންމެ ބޮޑަސް ކުޑަޔަސް ފާފައެއް ވާނީ ހަމަ ފާފައަކަށް” ފާރުކޮޅުގައި ދެއަތް ވިއްދައިގެން ހަށިގަނޑަށް ބާރު ލަމުން ދިޔަ ރިމީޝާއަށް ހުއްޓުމެއް އައީ ކަންފަތަށް އިހުސާސްވެގެން ދިޔަ އެއްދުވަހަކު އަލްވީރާ ބުނެފައިވާ ޖުމްލަ އަކުންނެވެ. އެދުވަހު ވެސް ރިމީޝާ އުޅުނީ ހަމަ އެކުށް ތަކުރާރު ކުރާށެވެ. އެ ކުށް ކުރުމަށް ރިމީޝާއަށް އޭރުވެސް އަދި މިހާރު ވެސް މަޖްބޫރު ކުރީ އައްޔަދެވެ.

އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތައް ފަހަރަކަށް ފަހު ފަހަރެއް ބާރުވެގެން ދިޔައެވެ. އުޑުމަތީގައި މެންދަމުގެ ހަމަހިމޭން ވަގުތު ޖޯޝާއެކު ފިޔަޖަހަމުން ދިޔަ ތަރިތައް އެކީގައި ފޮރުވިއްޖެއެވެ. ހީވާ ގޮތުން އުޑުމައްޗަށް ބާރު ކުރަމުން އައި ކަޅު ވިލާތަކަށް ފުރުސަތު ދެމުން ތަރިތައް ޑިއުޓީ އިން ހުސްވަގުތުކޮޅެއް ހޯދީއެވެ. ވާރޭކަނިތައް ޖަހަން ފެށީ ވެސް ރިމީޝާ މޭގައި އަތް އަޅާލައިގެން ރޮއިރޮއި ހުއްޓައެވެ. މޫނު އުޑާއި ދިމާލަށް މައްޗަށް އުފުލާލައިގެން ރޯން ހުރި ރިމީޝާގެ މޫނުގައި ޖެހިފައި ކޮންމެ ތިއްކެއް އެދަނީ އޭނާގެ ހާލަށް ހަމްދަރުދީ ވަމުންނެވެ. ވާރޭ ބޯކޮށްލިއިރު ރިމީޝާގެ ރުއިމުގެ އަޑު ވެސް ވަނީ އިންތިހާ އަށް ބާރުވެފައެވެ. ނަމަވެސް އެ އަޑު ވަނީ ވާރޭގެ ބާރު އަޑުން ހިންދާލާފައެވެ. ޓެރަސްގެ މުށިތަކުގެ މަތީގައި ހެދެމުން ދިޔަ ފެންގަނޑުގެ ތެރޭގައި ރިމީޝާއަށް އިށީނދެވުނީ ގިސްލަމުންނެވެ.  މީގެ އަހަރެއް ކުރިން އައްޔަދުގެ ފަރާތުން އޭނާ ކުރިމަތިވެފައިވާ ވަރަށް ހިތްދަތި އަދި ފިރިމީހާގެ ދެކެ ހަގީގީ ލޯބިވާ ބުއްދި ސަލާމަތުން ހުރި އަންހެނަކު ވިއްޔާ ހިތް ފަޅައިގެންދާނެ ވަރުގެ ހާދިސާއެއް ލޯމައްޗަށް ސިފަވަމުން ދިޔައެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް އެއީ ހިނގާފައިވާ ކަމެކެވެ. އެއީ މިހާރު މާޒީވެ ގޮސްފައިވާ ދުވަސްތަކެކެވެ. އެދުވަސް އެއީ ރިމީޝާގެ ހަޔާތަށް އައި އެންމެ ދެރަވި ދުވަހެވެ. ހިތަށް ކުރި އަސަރުން މަރުވަން އުޅޭހެން ހީވެ މުޅި ހަށިގަނޑު ބަލިކަށި ކޮށްލި ދުވަހެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ވެސް ދޭން ޖެހުނެވެ. ސަބަބަކީ އަންބެއްގެ ހައްގު ހޯދަން އައްޔަދާއި ދެކޮޅަށް ފައި ވިއްދާލި ކަމެވެ.

 

ފުރަތަމަ ފަހަރަށް އައްޔަދު ލޯބިވި ޖަނާން އަކީ ރިމީޝާއާއި މަގުމަތިން ދިމާވެގެން ހަޑި ހުތުރު ބަހުން ވާހަކަދެއްކި ޖަނާން ކަން ރިމީޝާއަށް އެނގުނީ ޝަނުމް އޯވަރ ނައިޓަކަށް ރައްޓެއްސެއްގެ ގޭގައި މަޑުކުރި ރޭގައި ޖަނާން އާއި އައްޔަދު ޒާއިރާ ނިދި ކޮޓަރިއަށް އެކީގައި ވަންތަން ފެނުމުންނެވެ. އެރޭ ރިމީޝާ މަޑުން ހުންނަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ހިތް މައްޗަށް ފައިން އަރަމުން ހިލޭ އަންހެނަކު ގޮވައިގެން ލޯބިވާ ފިރިމީހާ އޭނާގެ ލޯމަތީގައި ބަންދު ކޮޓަރިއެއްގެ ތެރޭގައި އުޅޭއިރު އޭނާ އަށް ކެތްވެދާނެ ހެއްޔެވެ؟ އަމިއްލަ ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރި ރިމީޝާގެ ސިކުނޑިއަކަށް އެކަން ހުއްޓުވާނެ އެއްވެސް ގޮތެއް ނައުމުން އޭނާ ތަޅުދަނޑިފަތި އަތަށް ނަގައިގެން ބާރު ހިނގުމުގައި ގޮސް ހުއްޓުނީ އެކޮޓަރީ ދޮރުމަތީގައެވެ. އޭރު އެކޮޓަރީ ތަޅުލައިގެން އެދެމީހުން އުޅޭތާ ތިރީހަކަށް މިނިޓް ވާން ގާތްވެފައި ހުރުމުން ރިމީޝާ ލަސްނުކޮށް ދޮރުހުޅުވާލީ ފެނިދާނެ އެއްވެސް މަންޒަރަކަށް ވިސްނާލުމެއްނެތިއެވެ. އެނދުމަތީގައި މާތްﷲ މިދުނިޔެއަށް އިންސާނާ ފޮނުއްވި ހާލަށް ތިބި ޖަނާން އާއި އައްޔަދު ފެނުމުން ރިމީޝާއަށް ހީވީ އޭނާ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. އެއްވެސް ފޭރާމެއްނެތި އަންހެނަކާއި ފިރިހެނަކު އެހާ ގާތްކޮށް ފެނުމުން ރިމީޝާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރުނެވެ. އައްޔަދާއި މެދު ހިތުގައި ފޫހިކަމެއް އުފެދުނަސް އަންނަންވީ ރުޅިއެއް ނާދެވުނެވެ. ރިމީޝާ ރުޅި އައީ އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ. އަނެއްފަރާތަށް އެނބުރުނީ އެކޮޓަރިން ނިކުންނަން ބޭނުން ނުވުމުންނެވެ. އޭނާ އެކޮޓަރިން ނިކުމެގެން ދިޔަސް ފަހަތުން އައްޔަދު ނާންނާނެކަން އޭނާ އަށް އެނގެއެވެ. އެތާ ހުރުމުން ޔަގީނުން ވެސް އެފާފަ އަށް ހުރަސް އެޅޭނެކަން އެނގޭނެތީއެވެ.

“ކަލޭ… ކަލޭގެ ތި ހިތްވަރު….” ހިއްސުތައް ހަމައަކަށް އަޅުވަން އައްޔަދު އިރުކޮޅެއް ނެގިއެވެ. ރިމީޝާއަށް  ބަލާލީ ރުޅިވެރިކަމާއެކުގައެވެ.

“އެހެންވާނީ އަޔާ އެ ގަމާރަށް އެއްވެސް ކަމެއް ކޮށްނުދިނީމަ. އޭނަ ވެސް ގެނޭ… މަޖާވާނެ ތިން މީހުން ވީމަ” އެއްވެސް ލަދެއްނެތި ޖަނާން ބުނެލިއެވެ. އައްޔަދު ތެދުވެ ކޮޓަރިތެރެއަށް އެއްލާލާފައިވާ ބޮކްސާ ނަގާ ލަމުން ގޮސް ހުއްޓުނީ ދެލޯ މަރާލައިގެން ހުރި ރިމީޝާ ކުރިމަތީގައެވެ. ރިމީޝާގެ އަތުގައި ހިފާ ހޫރާލީ ކޮޓަރި މެދަށެވެ. އޭރުވެސް ޖަނާން ނުލަފާ ވައްތަރަކަށް ހީލައިގެން އެނދުގައި އިނީ އޮރިޔާންވެފައިވާ ހަށިގަނޑު ފޮރުވާލާނަމޭ ވެސް ހިތަށް ނާރުވައެވެ.

“އަޔާ….” ރިމީޝާއަށް ބާރަށް ބުނެވުނެވެ. އެފަދަ ހިތްވަރެއް އޭނަ އަށް ލިބުނު ގޮތެއް ވެސް ރިމީޝާއަކަށް ނޭނގުނެވެ.

“އަހަރެންނާއި ހަމައަށް އައުމުގެ ކުރިން އެންމެ ފުރަތަމަ ތިމާ އެމީހަކާއި އެކު ޒިނޭ ކުރުމަށް ތައްޔާރުވަމުން ދިޔަ މީހާ ކައިރީގައި ބުނެބަލަ އޮރިޔާން ނިވާކުރާށޭ…” ރިމީޝާ ތެދުވަމުން އައްޔަދާއި ދިމާލަށް ބުނެލިއެވެ. އައްޔަދު ދަތްކުނޑި ވިކާލިއެވެ. ރިމީޝާ އެއް ތުންފަތުން ހީލަމުން ޖަނާން އަށް ބަލާލިއެވެ.  ރިމީޝާއަށް ތުން އަނބުރާލަމުން ޖަނާން އެނދުމަތީގައި އޮތް ކުއިލްޓް ނަގާ ހަށިގަނޑު ފޮރުވާލިއެވެ.

“އަދިވެސް އަޔާ ތަ ރުޅި އަންނަންވީ. ބަލަ ތީ މަގޭ ފިރިމީހާ އޭ. އަޔާ ދެކެ އަހަރެން ލޯބިވަމޭ. ހިލޭ އަންހެނަކާއި އެކު ފާފައެކޭ ތިކުރަނީ. ހަމަ ހިލާ ވެސް މިގޭ ހަތަރުފާރުން އެތެރޭގައި އަޔާ އަށް މަށަށް އެނގިގެން ފާފައެއް ކުރާކަށް ލާހިކެއްނޫން. މަށަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ” ރިމީޝާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ހަމަ މިހާރު ނިކުމޭ މިގެއިން. ކަލޭ ތީ ކާކު އަހަރެން ހުއްޓުވަން. ތީ ނަމެއްގަ ހުރި މީހެއް. ރައްކާވޭ މިތަނުން” ރިމީޝާއަށް އިނގިލިން އިޝާރާތެއްދޭ ފަދައިން އައްޔަދު ބުނެލިއެވެ.

“ނުދާނަން. އަހަރެންނަކީ އަޔާގެ އަނބިމީހާ. މިގެއިން ނިކުންނަން ޖެހޭނީ ތިހިރަ ފެންނަ މުޑުދާރު ގޮތެއް ފޮތެއްނެތް އަންހެނާ. އޭނަ މަށާ ހަވާލުކުރޭ. އަހަރެން އޭނަ އަށް ހެވާއި ނުބައި އަންގަދޭނަން” ރިމީޝާ ބުނެލިއެވެ.

ކުއްލިއަކަށް އައްޔަދުގެ އަތުގެ ހޫނު ހަމަލާ އަމާޒުވެގެން ދިޔައީ ރިމީޝާގެ ކަންފަތްފިލާ މައްޗަށެވެ. ރިމީޝާއަށް މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. މީހާ ހަމައަކަށް އެޅުނުިއރު އިނދެވުނީ ބިންމައްޗަށް ގުޅަވަރަކަށް ޖެހިފައެވެ. އަދިވެސް ޖެހި ތަނުން ދިލަ ނަގަމުން ދިޔައެވެ. އެއީ އައްޔަދު ރިމީޝާއަށް އަތް އިސްކުރި ފުރަތަމަ ފަހަރެވެ.

“އަޑެއް ނީވޭތަ. ތިހިރީ ވަރިކޮށްފައޭ.. ރައްކާވާށޭ….” އައްޔަދު އަޑަށް ބާރުލާފައި ބުނެލިއެވެ. ނަމަވެސް ރިމީޝާއަށް އަޑު އިވުނު ކަމަކަށް ވެސް ނުވިއެވެ. އޭނާ ގަބުވެފައި އިނީއެވެ.

“ހެހެހެ… މަންޒަރު ބަލާހިތްވަނީ ދޯ… ބަލަން އިނދޭ” ހިނިގަނޑެއް ޖަހާލަމުން އައްޔަދު އެނދުމަތީގައި އޮތް ޖަނާން ގައި މައްޗަށް ފުންމާލިއެވެ. ޖަނާންގެ ގައިމަތީގައި އަޅާފައިވާ ކުއިލްޓް ހޫރާލުމަށްފަހު ޖަނާންގެ ހަށިގަނޑުގައި ބޮސްދޭން ފެށިއެވެ. އޭނާ ހީކުރީ އެހުރިހާ މަންޒަރު ރިމީޝާ ބަލާނެ ކަމަށެވެ. ނަމަވެސް ރިމީޝާގެ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތް ނުކުރާތީ އެކޮޓަރީ ހަތަރު ފާރުން އެތެރެ އެއްވެސް ކަމެއް ހިނގާކަމެއް އޭނާ އަކަށް ނޭނގޭއެވެ. މަޑުމަޑުން ތެދުވެގެން ކޮޓަރިން ނިކުމެގެން ދިޔައީ ދޮރުވެސް ލައްޕާނުލައެވެ. އެކަކު އަނެކަކުގެ މަސްތުގައި ޖެހި އާވާރަވެފައި ތިބި އައްޔަދާއި ޖަނާން އަށް ވެސް އެތަނުން ރިމީޝާ ދިޔަ ކަމެއް ވެސް އަދި ދޮރު ހުރީ ހުޅުވާފައި ކަމެއް ވެސް ނޭނގޭއެވެ.

ސިޓިންގްރޫމް ސޯފާގައި ކުރުގެޅިގެން ރޮވެމުން ދިޔަ ރިމީޝާއަށް ސިހުމެއް ލިބުނީ ދާދި ކައިރިން އިވުނު އައްޔަދާއި ޖަނާންގެ އަޑުންނެވެ. އެމީހުން ކޮޓަރީގައި ކުރި ކަމެއް ކުރުމަށްފަހު ނިންމާލީ އަދި ކިރިޔާ ހިތަށް އެރި ރިމީޝާއަށް ދެލޯމަރާލެވުނެވެ. ކޮންމެސް ކަމަކާއި ދެބަސްވަމުން އައި ޖަނާން އާއި އައްޔަދަށް ސޯފާުގައި އޮތް ރިމީޝާއެއް ނުފެނެއެވެ.

“ޕްލީޒް ޖާން… މިހާރު އަހަރެންގެ އަންބެއް ނެތެއްނު. ޖާންގެ ކުރިމަތީގައެއްނު މި ވަރިކުރީ. ދެން އާދޭ މިގެއަށް. އަހަރެމެންގެ ދަރިފުޅު ގޮވައިގެން ކިހާ އުފަލުގައި އަހަރެމެންނަށް އުޅެވޭނެ” އައްޔަދު ބުނަމުން ދިޔަ އަޑު ރިމީޝާއަށް އިވުނެވެ. ދެލޯ ހުޅުވާލުމަށްފަހު ރިމީޝާ އިތުރަށް ދެ ކަންފަތް ހުޅުވާލިއެވެ.

“ނޯ…. އަހަރެން އެއްވެސް މީހަކާއި އިންނާކަށް ބޭނުމެއްނޫން. މަ އަޔާ ކައިރިއަށް މި އަންނަނީވެސް ފިއްޓެ ބަލިކޮށް އުޅޭތީ ފިއްޓެއަށް އެއްވެސް ކަމެއް ކޮށްނުދެވޭތީ… ދެން ތިބުނީ ދަރިފުޅޭ…. މަށަކަށް ދަރިއަކު ބޮލުގައި އަޅައިގެނެއް ނޫޅެވޭނެ” ޖަނާން ފޫހިރާގަކަށް ބުނަމުން ދިޔައެވެ. ކަރުނައިގެ ތެރެއިން ވެސް ރިމީޝާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“އަހަރެން މިހުރިހާ ކަމެއްވެސް މިކުރަނީ ޖާންއަށްޓަކައި. އަހަރެން އިންތިޒާރުކުރާނަން.” އައްޔަދު ދެރަވެފައި ބުނެލިއެވެ. ޖަނާން ގެއިން ނިކުމެގެން ދިޔައީ ވެސް ރިމީޝާ އެތަނުގައި ހަމަ އެގޮތަށް އޮށްވައެވެ. އައްޔަދު ވެސް ގެއިން ނިކުތް ޖަނާންގެ ތުންފަތަށް ބޮސްދިނީ ރިމީޝާ ބަލަން އޮށްވައެވެ. އެހިތުގައި އިތުރަށް ވޭން އުޅެން ނޫން ކަމެއް ނުވިއެވެ.

އޭގެފަހުން ރިމީޝާ ޝަނުމް ކައިރީގައި ބަހަނާތަކެއް ދެއްކުމަށްފަހު އައިކު ގޮވައިގެން އެހެން ކޮޓަރިއަކަށް ބަދަލުވިއެވެ. ކޮންމެގޮތެއް ވިޔަސް އިއްދައިގެ ދުވަސްތައް ހަމަވަންދެން ރިމީޝާއަށް އައްޔަދުގެ ހިޔާވަހިކަމުގައި އުޅެވޭނެތީއެވެ. އަދި އައިކު އަށް އަޅާލާނެ އިތުރުމީހަކު އެގޭގައި ނެތުމުން އެކުޑަކުޑަ ކުއްޖާއަށްޓަކައެވެ. އައްޔަދާއި ވާހަކަ ނުދެއްކިޔަސް ފިރިމީހާ އަށް އަދާކޮށްދޭންޖެހޭ އެހެނިހެން ހައްގުތައް ރިމީޝާ އައީ އަދާކޮށްދެމުންނެވެ.

ވަރިކުރިފަހުން ބަރާބަރު ދެމަސްދުވަސް ފަހުން އެއްރެއަކު އައިކު ނިންދަވާފައި ކޮޓަރިން ނިކުތް ރިމީޝާއަށް އައްޔަދު ގޮވާލިއެވެ. އެއަށްފަހު އެ ކައިވެނި ރުޖޫޢަކުރަން ބޭނުންކަމުގައި ރިމީޝާ ކައިރީގައި ބުނެލިއެވެ. ރިމީޝާއަށް ހުރެވުނީ ހީލަން ވެސް ނޭނގިފައެވެ. އައްޔަދު ބޭނުންވިހެން އެކައިވެނި ރުޖޫޢަކުރި ފަހުން ވެސް ރިމީޝާ އައްޔަދު ކުރާ އެއްވެސް ކަމެއްގައި އަޅާކިޔާފައެއް ނުވޭއެވެ. ރިމީޝާގެ ހިތުގައި އައްޔަދަށްޓަކައި އުފެދިފައިވި ލޯބީގާ ވަނީ ރެނދުލާފައެވެ. އެއްޗެއް ބުނާނެ ހިތްވަރެއްވެސް ނެތީއެވެ.

***************************************************

 

މަޑުމަޑުން ތުނިކުރަމުން ދިޔަ ވާރެއާއި އެކު ރިމީޝާގެ ކަރުނަތައް ވެސް ހިނދެމުންދިޔައެވެ. ފިނިވެގެން ތެޅެމުންދިޔަ ރިމީޝާ ޓެރަސް އިން ފައިބައިގެން ގޮސް ކޮޓަރިއަށް ވަންއިރު އައްޔަދު ނިދާފައި އޮތެވެ. ރިމީޝާ ފާހާނާއަށް ވަދެ ނިދާ ހެދުން ބަދަލުކޮށްގެން އައިސް އައްޔަދު ކައިރީގައި ހުއްޓިލިއެވެ. ނިދާފައި އޮންނަ އިރު އެމޫނު މަތިން އެއްވެސް ޝައިތާނީ ސިފައެއް ނެތެވެ. ރިމީޝާ މަޑުމަޑުން ތިރިވެލިއެވެ. އައްޔަދުގެ މޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. އެތުންފަތުގައި ލުއިލުއިކޮށް ބޮސްދިނީ ހިތަށް ކެތްނުވުމުންނެވެ.

 

ޝިނާންގެ އެދުމަކަށް އައްޔަދާއި ޝަނުމް އަދި ރިމީޝާ އެބަޔަށް ދިޔައީ ދުވަހުގެ ހަވީރުވާން ގާތްވެފައި ވަނިކޮށްވެ. މޭޒުމަތީގައި ހެދިކާ އާއި ކަޅުސައި އަދި ކޮފީ ހަދާފައި ހުރިތަން ފެނުމުން ރިމީޝާއަށް ހައިރާންކަމެއް ލިބުނެވެ. އެއީ ކާކު ކުރިކަމެއްބާއޭ ހިތަށް އެރިއެވެ. ރިމީޝާ ޝިނާންގެ މޫނަށް ބަލާލިއެވެ. ޝިނާން ހިނިތުންވެލުމުން ރިމީޝާ އެހެންދިމާލަކަށް ބަލާލިއެވެ.

“ކިހިނެއްވީ؟ އިނގޭ ބޮޑުކަމެއް ވީމަ ނޫނީ މިކަހަލަ ދައުވަތެއް ނުދޭނެކަން” ޝިނާންގެ ކޮނޑަށް އަތް ވައްޓާލަމުން އައްޔަދު ބުނެލިއެވެ.

“ތެދެއް ޝިނާންބޭ…. ހާދަ މީރުމީރުކޮށް ސައި ހަދާލާފައި. ކުޅު ދިޔާވެއްޖެ” ޝަނުމް ވެސް ދެފަރާތަށް ތުންކޮޅު ދަމާލަމުން ބުނެލިއެވެ.

“މީ ދޯ… މަޑުކުރޭ އަދި އެނގޭނެ…..” ޝިނާން ހީލަމުން ޖަވާބުދިނެވެ.

“ކިހިނެއްތަ އަޔާ އާއި ރިމީ… މިބުނީ ލައިފް ރަނގަޅުތަ؟” ޝިނާން އަހާލިއެވެ. ރިމީޝާއާއި އައްޔަދަށް އެކަކު އަނެކަކަށް ބަލާލިއެވެ. ރިމީޝާ ނަޒަރު ވަކިކޮށްލާ ޝިނާން އަށް ބަލާލުމަށްފަހު ހީލިއެވެ.

“ވަރަށް ރަނގަޅު. އިންޝާﷲ…. މިދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިމީހާ އަޔާ އަކީ…” ރިމީޝާ ބުނެލިއެވެ. އައްޔަދު ގަދަކަމުން ހީލިއެވެ. ޝަނުމް ވެސް ފަހަރަކު މީހަކަށް ވަކިވަކިން ބަލާލަމުން ހީލިއެވެ. ރިމީޝާގެ އުނގުގައި އިން އައިކު މަޖާވެފައި އުނގުން ފުންމާލައިގެން ގޭތެރޭގައި ވަކިން ހުރި ސޯފާއިން ތިރިއަށް ފުންމަމުން ދިޔައެވެ.

“ހެހެހެހެ…. އަބަދުވެސް ތިދެކުދިން އުފަލުގައި ލަހައްޓިވާށި…” ޝިނާން ހީލަމުން ބުނެލިއެވެ. ހިތުގައި އަޅަމުންދިޔަ ވޭން ސިއްރުކުރަމުން ޝިނާން ބުނެލިއެވެ.

“ހޫނ… ދެން ބުނެބަލަ މީ ކޮންކަމެއް؟” އައްޔަދު ބުނެލިއެވެ.

“މީ… މަޑުކުރޭ… ނޯޔާ!!!!” ޝިނާން ކޮޓަރި އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ކޮޓަރިން ނިކުމުގެން އައި ހިމަތޮޅި އަންހެންކުއްޖާ ފެނިފައި ތިން މީހުން ވެސް ތިބީ ވާނުވާ ނޭނގިފައެވެ. އަތްކުރު ގަމީސްކޮޅަކާއި ނޫ ކުލައިގެ ޖިންސެއް ލައިގެން ހުރި ދޮން އަންހެންކުއްޖާގެ އޮތީ ވަރުގަދަ ބުޅި އިސްތަށިގަނޑެކެވެ. ހުޅި ޖަހާފައި ހުއްޓަސް އިސްތަށިގަނޑަށް ބަލާލުމުން އެކަން އެނގޭއެވެ.

“މީޓް މައި ވައިފް ނޯޔާ…. ސަޕްރައިޒްވެއްޖެ ދޯ…. އެކޮޅުގަ މެރީކޮށްފަ އައީ…. ހިތަށް އެރީ ތި މީހުންނަށް ސަޕްރައިޒެއް ދޭނީއޭ” ޝިނާން ކައިރީގައި އިށީނދެފައި ފާޑަކަށް އޮޅުލައިގަތް ނޯޔާ ދައްކާލަމުން ޝިނާން ބުނެލިއެވެ.

“އަސްލުވެސްތަ؟….. ވަރަށް ގުޅޭ ނޯއީދައްތަ… އޯކޭ ދޯ އެހެން ކިޔަސް” ޝަނުމް ބުނެލިއެވެ. އެހާ އަވަހަށް ޝަނުމް ނަމެއް ހަދާލިއެވެ. ރިމީޝާ އިނީ ނޯޔާ ގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ހެހެހެ… މިހާރު އެނގިއްޖެ މިހާ ގަދައަށް ސައި ހަދާފައި މީ ކާކު ކަން. ދެކުދިން ވަރަށް ގުޅޭ. ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން” އައްޔަދު ހަށިގަނޑު ފަހަތަށް ޖައްސާލާ ގޮނޑީގައި ލެގިލަމުން ބުނެލިއެވެ.

“ރިމީ!! ކޮންހިޔާލެއްގައި… ޝިނާންބެ އާއު ނޯއީދައްތަ އަށް  މަރުހަބާ ކިޔާބަލަ” ޝަނުމް މަޑުން ހިމޭންވެފައި އިން ރިމީޝާއަށް ބަލާލަމުން ބުނެލިއެވެ.

“މަރުހަބާ ދެކުދިން” ރިމީޝާގެ ހިތުގައި ނުތަނަވަސް ކަމެއް ވިއެވެ. މިޝްކުގެ ހިތުގައި ރިމީޝާގެ މައްޗަށް އޮތް ލޯބި ދުވަސްކޮޅަކުން ނޯޔާގެ މައްޗަށް ބަދަލުވެދަނޭ ހިތަށް އަރަނީއެވެ. ރިމީޝާގެ ކުރިމަތީގައި މިޝްކު ނޯޔާ އަށް މަންމަގެ ނަމުން މުހާތަބް ކުރާ އަޑު އަހަން ކެތްނުވާނޭ ހިތަށް އަރަނީއެވެ.

“ހިނގާ އެންމެން ސައިބޯން” ޝިނާންގެ އަތުގައި ހިފައިގެން ތެދުވި ނޯޔާ ހުރިހާ މީހުންނަށް ހިނިތުންވުމެއް ދިނެވެ. ޝިނާން ވެސް ހީލާފައި ނޯޔާގެ ފަހަތުން ހިނގައިގަތުމުން ބާކީ ތިބި މީހުން ވެސް ހިނގައިގަތެވެ.

“ޝަނުމް މަ ދަނީ އިނގޭ. އައިކު ނިދަން އުޅޭހެން ހީވަނީ…” އައްޔަދު ކައިރީގައި ބުނަން ބޭނުންވި ޖުމްލަ ރިމީޝާ ބުނެލީ ޝަނުމް ކައިރީގައެވެ.

“މަޑުކުރޭ. މި ނިމުނީނު. ދިޔައީޔޭ ޝިނާންބޭ…” ސައިބޮއެ ނިމިގެން އެންމެން އެބައިން ނިކުތުމާއެކު ޝިނާން އިންތަނުން ފުންމައިގެން ތެދުވިއެވެ. އަދި އެވަރުން ފުދުނީއެއް ނޫނެވެ. ކުރިމަތީގައި ހުރި ކާއެއްޗެހި ތަށިތައް ވެސް އަތުން ޖަހާ ބުރުވާލިއެވެ. ނޯޔާ އަށް ސިހުމެއް ލިބި އިންތަނުން ކޮޅަށް ތެދުވެވުނު އިރު ދެލޯ އަރާ ހުރީ ނިތްމަތީގައެވެ.

“އައްދެ. ތަށިތަކުގެ ކޮން ކުށެއް އޮތީ. ޝިނާން ރުޅި އައިމަ ވަކިން ލޯބި…” ނޯޔާ އަވަސް އަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން ޝިނާން ކުރިމަތީގައި ހުއްޓިލިއެވެ. އަދި ކަނާ އަތުގެ ޝަހާދަތް އިނގިލިން ޝިނާންގެ ނިތްކުރިން ފަށައިގެން ތިރިއަށް ފިރުމާލިއެވެ.

“ކަލޭ…. އަހަރެން ކަލެއަށް ނަފްރަތު ކުރަން” ނޯޔާގެ އަތް ދުރަށް ހޫރާލަމުން ޝިނާން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.

“ހެހެހެ… އަސްލުތަ. އެކަމު ހިއެއް ނުވޭ… ދެންމެއެއްނު އެމީހުން ކައިރިގައި ބުނީ މީ އަންހެނުންނޭ.. އެހާ އަވަހަށް ދުރުކޮށްލަނީތަ؟” ޝިނާންގެ ކަރުގައި އަތް އަޅުވާލަމުން ނޯޔާ ބުނެލިއެވެ. ޝިނާން ވީ ފޫއްސެވެ. އޭނާ އަށް އެހެން ބުނަން މަޖްބޫރުވީއެވެ. ރިމީޝާއަށްޓަކައެވެ. ޝިނާންގެ ހިތުގައި ރިމީޝާއަށްޓަކައި ލޯބިވާކަން އައްޔަދަށް އެނގިއްޖިއްޔާ ރިމީޝާ ދޫކޮށްލާނެކަން ކަށަވަރެވެ. އެހެންވެއްޖިއްޔާ ރިމީޝާގެ އުފާވެރި ދުވަސްތަކަށް ހިޔަނި އެޅުނީއެވެ. އެހެންވާކަށް ފަހަރެއްގައި ވެސް ޝިނާން ބޭނުމެއްނުވޭއެވެ. ރިމީޝާއަށް ހައްގީ އޭނާ ލޯބިވާ މީހާ އެވެ. އޭނާ ދެކެ ލޯބިވާ މީހާއެއް ނޫނެވެ.

**************************************

މާލެ ތެރޭގައި ހަލުވި ކަމާއެކު ފެތުުރެމުން ދިޔަ ހުން ރޯގާ އައްޔަދާއި ލައްވާލުމާއެކު މީހާ އެއްކޮށް އެނދުމަތި ކޮށްލިއެވެ. ސައުވީސް ގަޑީރު ރިމީޝާ ހޭދަކުރަނީ އައްޔަދުގެ ހިދުމަތުގައެވެ. އައްޔަދަށް ބަރާބަރަށް ބޭސް ދިނުމާއި ގައި މަސާޖް ކޮށްދިނުމާއި އަދި އައްޔަދު އެދޭ ކަހަލަ ކާތަކެތި ތައްޔާރުކޮށްދިނުން އެއީ ރިމީޝާގެ އުފަލެވެ. އެގޮތުން އެއްދުވަހެވެ. ހުކުރު ދުވަހަށް ވުމާއެކު ޝަނުމް ވެސް ހުރީ ގޭގައެވެ. އައްޔަދުގެ ހުންގަނޑު މަޑުކޮށްފަ ގަދަކުރާތީ މިއަދު ރިމީޝާ ފުރަތަމަ ފަހަރަށް އައްޔަދު ކައިރީގައި ހޮސްޕިޓަލަށް ދާން އެދުނެވެ.

“އަޔާ!!! މިހާރު ޓެސްޓްތައް ހަދަންވެއްޖެއްނު. ޑެންގޫ ވެސް އެބައުޅޭ ވިއްޔާ” ރިމީޝާ ބުނެލީ އެނދުގައި ކުޑަކޮށް ލޯމެރިފައި އޮތް އައްޔަދުގެ ނިތްކުރިމަތީގައި ފިރުމާލަމުންނެވެ.

“ބުނެފިން ޖާން ކައިރީގައި މަށާ އެކުގައި ހޮސްޕިޓަލަށް ދާން އަންނާށޭ…” ރިމީޝާ ތުންފަތުގައި ދަތް އަޅާލިއެވެ. އެހާލުގައި ވެސް އައްޔަދު އެދެނީ ޖަނާން އަށެވެ. ވީއިރު މިތާ އޭނާ އިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

“ތިވާނީ ޖަނާން ކޮންމެސް ކަމެއްގައި ބިިޒީވީ ކަމަށް. ހިނގާ މަށާއެކުގައި ދަމާ” ރިމީޝާ ކަރުނަތައް ހިންދާލަމުން ބުނެލިއެވެ. އައްޔަދު ރިމީޝާއަށް ބަލާލިއެވެ. ރިމީޝާގެ އަތް ފޮޅުވާލަމުން އަނެއްފަރާތަށް އެނބުރުނެވެ.

“ނުދާނަން…. ރިމީޝާ ކައިރީގައި ކާކު ބުނީ މަށަށް ހިދުމަތް ކުރަން އިންނާށޭ. އެހެންނޫނަސް ޖާން ބުނެފައި އޮތީ ރިމީޝާއާއި ދުރުން އުޅުމަށް. އޭރުން މަށާ އައިކު ގެ ހަޔާތަށް އެނބުރި އަންނާނީ. މިހާރު ވެސް މަށަށް ހެދުނު އެންމެ ބޮޑު ގޯސް އެއީ އިތުރު ކައިވެންޏެއް ކުރެވުނުކަން” އެހާލުގައި ވެސް އައްޔަދު ރިމީޝާގެ ހިތުގައި ހިފާ އިރަމުން ދިޔައެވެ. ރިމީޝާ ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް ޝަކުވާތަކާއި އެކީގައި ކަރުނަތައް ހިންދާލަމުން ދެވަނަ ފަހަރަށް އައްޔަދުގެ މޫނުގައި ހިފާ އޭނާ އާއި ވީ ދިމާލަށް އަނބުރާލިއެވެ.

“އަޔާ!! އަޔާ ތިއޮތީ ވަރަށް ބަލިވެފަ. އެހެންވީމަ އެހާ ވާހަކަނުދައްކާ ނިދާލާ” އިތުރަށް އައްޔަދުގެ އަނގަ ތަޅުވާކަށް ރިމީޝާ ބޭނުމެއްނުވިއެވެ. ނިދެމުން ދިޔަ އައްޔަދު ކުއްލިއަކަށް ސިހުނީ ބޯކައިރިން ފޯން ރިންގުވާން ފެށުމުންނެވެ. އައްޔަދު ދެލޯ ހުޅުވާލާ ކުޑަކޮށް ބޯ އަރިކޮށްލަމުން ފޯނަށް ބަލާލިއެވެ. އެއަށް ވުރެ ކުރިން ރިމީޝާ އެފޯނު ނަގާ ބަލާލިއެވެ. ޖަނާންގެ ބަރަހަނާ ފޮޓޯ އަކާއި އެކީގައި ނަން އަރާފައި އިނުމުން ރިމީޝާ ދަތްކުނޑި ވިކާލިއެވެ. ނަސީބަކުން އައްޔަދު ރިމީޝާ އަތުން ފޯނު ހޯދުމަށް މަސައްކަތެއް ނުކުރެއެވެ. އެ ގުޅަނީ ޖަނާން ކަން ނޭނގޭ ހާލުގައި ދެލޯ މަރާލައިގެން އޭނާ އޮތެވެ. އޭނާ ހީކުރީ ޑިއުޓީ އަށް ނުދާތީ ހޮސްޕިޓަލުން ކޮންމެވެސް ރައްޓެއްސެއް ގުޅާލީ ކަމަށެވެ. ރިމީޝާ ފޯނަށް ޖަވާބުދެންދެން އޭނާ މަޑުން އޮތެވެ.

“ހަލޯވް ބޭބީ….” ޖަނާންގެ ތުއި އަޑު ރިމީޝާގެ ކަންފަތުގައި ޖެހުނެވެ. ރިމީޝާ ދަތކުނޑި ވިކާލިއެވެ.

“ވަރަށް އަވަހަށް ރެޑީވެބަ. ފިއްޓެ ސައިކުގަ އެބަ ދަން ބަލާ” އަނެއްކާ ވެސް ޖަނާންގެ އަޑެވެ. ރިމީޝާ ބަލާލީ އައްޔަދަށެވެ.

“ވަރަށް ބަލިވެފައި އޮތީ. ހިއެއްނުވޭ ދާނެހެން. ނަމެެއް ނުބުނެ ރިމީޝާ ޖަވާބެއްދިނެވެ.

“ހުނ… ކަލޭ ކައިރީގައި ކާކު ބުނީ ތިފޯނަށް ޖަވާބުދޭށޭ… ގޮވާ އަޔާ އަށް… އެހެންނޫނީ…..” ޖަނާން ގަދަވެލިއެވެ.

“އެހެންނޫނީ…” ރިމީޝާ ވެސް ދޫ ދޭކަށް ބޭނުމެއްނުވިއެވެ. އައްޔަދު ދެލޯ ހުޅުވާ ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ ހިނިތުންވެލީ އޮޅުވާލުމަށެވެ. އައްޔަދު އެނބުރުނީ އަނެއް ފަރާތަށެވެ.

“މީ އަޔާގެ އަނބިމީހާ… މިހާރު އޮތީ ބޭސްކައިގެން ނިދިފަ. ގުޅި ވާހަކަ ބުނެލާނަން” ޖަނާން ދޭނެ ޖަވާބެއް ވެސް ބެލުމެއްނެތި ރިމީޝާ ފޯން ކަނޑާލިއެވެ. އަދި ފޯނުގެ ސައިޑެއްގައި އިން ފިތަކަށް އޮބާލާ ވަގުތުން ސައިލެންޓަށް ލިއެވެ.

 

އަނެއް ދުވަހެވެ. އައްޔަދުގެ ހުންގަނޑަށް ލުޔެއް ލިބި މީހާ ވަނީ ފިނިވެފައެވެ. ހެނދުނުގެ ނާސްތާ ކުރުމަށް ރިމީޝާއާއި ޝަނުމް އިނެވެ. ރިމީޝާގެ އުނގުތެރޭގައި އިން އައިކު އަށް ބުށްތަށި ދެމުން ރިމީޝާ ދިޔައެވެ.

“ވަރަށް މީރު…. ” ކާން އިނދެ ޝަނުމް ބުނެލިއެވެ. ރިމީޝާ ހީލިއެވެ.

“ކޮބާ ދޮންބެ މިއަދު. ސައިބޯކަށް ނާދޭ ދޯ” ޝަނުމް ބުނެލިއެވެ.

“ރޭގައި އެއްކޮށް ނިދާފައި މިއަދު ވަރަށް ހެނދުނާއި ހޭލައިގެން ޖޮގިން އަށް ހިނގައްޖެ” ރިމީޝާ ޖަވާބުދިނެވެ. އައިކު އަށް އަދާކޮށްދޭންޖެހޭ ވާޖިބު އަދާކޮށް ނިންމާ ސިޓިންގްރޫމުގައި ވަކިން ހަދާފައި ހުރި ޕްލޭ ގްރައުންޑަށް އައިކު ދޫކޮށްލަމުން ރިމީޝާ ހަށިގަނޑު ތެދުކޮށްލިއެވެ. އޭރުވެސް ރިމީޝާގެ އެއް އަތްވަނީ އައިކުގެ އެއް އަތުގައި ހިފާލާފައެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ރިމީޝާ ސިުނީ މީހަކު އޭނާގެ އިސްތަށިގަނޑު އަތަށް އޮޅާލުމުންނެވެ.

“އާހް…މަންމާ!! ތަދުވެޔޭ…” ރިމީޝާއަށް ރޮއެގަތް އަޑަށް މޭޒުކައިރީގައި ކާން އިން ޝަނުމް ބޯދިއްކޯށްލާފައި ބަލާލިއެވެ. އޭރު ފެނުނު މަންޒަރަކުން ޝަނުމް އަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ރިމީޝާއާއި ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 2

Next

ސޫރަ 1

Next
April 12, 2018

ސޫރަ 1

Previews
April 11, 2018

ކެތްކުރާނަން އުއްމީދުގައި 2

25 Comments!

  1. as says:
    April 11, 2018 at 8:45 pm

    hadha inthizaaru kohfin mi vaahaka ah

    1. Ushaali says:
      April 11, 2018 at 8:47 pm

      alhey hama huvaatha as 🙂 … dhn avahah kiyaala mi bai. heekuran kamudhaane kamah 🙂

  2. Ushaali says:
    April 11, 2018 at 8:46 pm

    salaam all!! <3 miothy mi bai up kurevifai. mi bai ves huriha kudhinnah kamudhaane kamah heekuran. dhn in bai ves maadhama reyge vagutheh gai up kureveytho balaanan. insha allah 🙂 🙂
    ushaaly ge vahaka thakah thi huriha kiyuntherin dhey supportah varah bodah shukuru verivan. 🙂 huriha kudhinnah ves varah baajjaveri reygandakah edhen 🙂 🙂

  3. eysh says:
    April 11, 2018 at 9:16 pm

    Very nice. Keep it up ? ? ?

  4. roassy says:
    April 11, 2018 at 9:54 pm

    ayyadh ulhey gothun hadhaan vany roassyge huxband mathin, ehves varakah alha eh nulaane, ekamaku eyna aniya eh nukuraane

  5. Pinky shifoo says:
    April 11, 2018 at 9:56 pm

    Mi part vx v v v reethi ❤️❤️❤️… Ayadhu hennn heevany rimeege isthashigaduga e hifee janaan gulhi rey phone negeema kanneynge…. Heheheh… Knme part akah comment nukuriyas regular koh mi story kiyan ???… Keep up the good work ushaali ???… Waiting for next part…

  6. Araash says:
    April 11, 2018 at 10:31 pm

    V salhi..Waiting ingey

  7. Swety says:
    April 11, 2018 at 10:40 pm

    Mi part ves vvvvv nice ???????????

  8. Manadhoo beauty says:
    April 11, 2018 at 11:16 pm

    Vaahaka ragalhu
    Ekam maaa kuru

  9. Fai says:
    April 11, 2018 at 11:23 pm

    Ushaali how’s u?
    Vaahaka v Reethi
    Keep it up
    So lovely
    ?????????????

  10. Nu Xu says:
    April 11, 2018 at 11:45 pm

    Dhuvas kolhakah fahu dhw… ☺☺ Wlcm bck… ?? Mi part vx v loabi… Waitin 4 nxt part…. Lotx of luv ??????? gud job…

  11. ushaali ow says:
    April 12, 2018 at 12:17 am

    My foot reehchy. Hadi warah hadi.

  12. Baeaty says:
    April 12, 2018 at 1:43 am

    Varah Reethi ❤❤

  13. lotus says:
    April 12, 2018 at 6:51 am

    Ayaa mee hama ragalha vx syko meehe.. eyo ragalu remee libuneema vx konkahala anhene fahathun tha edhuvanee.. kon dhuvahakunba ayaa ah heyo visnun libeynee.. waitin for the nxt part

  14. Sunshine says:
    April 12, 2018 at 7:48 am

    Rimeesha ah hama vaan vi gothah e vanee..ehaa edhun bodu vegn ulhenyaa vaanee ehn..

  15. Beauty says:
    April 12, 2018 at 7:50 am

    Beauty ge life ga beauty loabivaa myhaa jahaigathy beauty ge close friend eh. Knowing that I was madly in love with him and now beauty kurimathyga emyhun ulhey loabi kan fennaathy varah dhera vey

    1. roassy says:
      April 12, 2018 at 11:33 am

      evedhaane e ah vure maa ragalhu meehaku liben hury kamah.insha allah huriha kamehves vaany enme ragalhah. havefaith to allah

  16. champi says:
    April 12, 2018 at 8:51 am

    varah salhi waiting for next part

  17. Queen angela? says:
    April 12, 2018 at 8:56 am

    Mishk Kobaa

  18. Aish says:
    April 12, 2018 at 10:16 am

    Thi janaan aky aids jehifa huri meeheh kanneyge. Ehennu buneveynee efaadah ulhenya. Dhen thi ayyadhah ves ekahla landeh libuneema hey araany 1

  19. Beauty says:
    April 12, 2018 at 12:57 pm

    Its not about my life

  20. Hishh says:
    April 12, 2018 at 6:17 pm

    Mee ushaalii ge life ga or dhanna meehakah dhimaavefa oih gotheh baa?

    1. sina says:
      April 12, 2018 at 10:08 pm

      ehen ulhey lakka meehun dhuniyeyga ulhey

  21. shahu says:
    April 12, 2018 at 8:18 pm

    mirey bai ganesdheny konirakun

  22. sina says:
    April 12, 2018 at 10:07 pm

    ma hux ulheyne eyna ge hagu abi rulhi aeema , ma dheke rulhi aisgen, shakuva nukoh ainbehge vaajib adhaa kohgen ma miulheny, ekam eyna hithakah naara ekahchekeyves

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ…. 15←


All Right Reserved!