Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޔާއިން 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 12, 2018 2 Mins Read
11 Comments

އެތައް ދުވަހެއް ފަހުން ފަތިސްނަމާދު ބަންގީގެ އަޑަށް އަހައްނަށް ހޭލެވުނެވެ. ބަންގީގެ އަޑު އިވުމުން ބުނެދޭން ނޭނގޭ ކަހަލަ ހަމަ ޖެހުމެއް ލިބުނެވެ.ބަންގި ނިމުމާއެކު ނައިރާ އަހައްނަށް ގޮވާލިއެވެ. ލޯމަރާގެން އޮތުމުން އޭނާ ހީކުރީ އަހަރެން އޮތީ ނިދާފައި ކަމަށެވެ.”މމ ދޮންބެ ބަންގި ގޮވާފި ނަމާދުކޮށްލަން ދާންވީނު؟” އަހަރެން ބޯ ޖަހާލީމެވެ. އަދި މަންމަ ރަނގަޅަށް ބެލުމަށް ބުނުމަށް ފަހު އަހަރެން މިސްކިތައް ދާން ހިނގާގަތީމެވެ. ރިހާމް އަށް ގުޅުމަށް ފޯނު ނަގާފައި ވެސް ބޭއްވީ އޭނަ އަށް އުނދަގޫ ނުކުރާށެވެ. ހޮސްޕިޓަލް ގައި އިނދެފައި އޭނަ ގެއައް ދިޔައީ ބާރަ ވެސް ޖެހިފަހުންނެވެ. އަހަރެން ނުގުޅިއަސް ރިހާމް ނަމާދައް ތެދުވާނެކަން އަހައްނަށް އެނގެއެވެ.

ނަމާދުން ނިމިގެން އަހަރެން ވަރަށް ގިނައިރު މިސްކިތުގައި މިޑު ކުރިިީމެވެ. އަހައްނަށް އުޅެވުނު ގޮތާއަމެދު ދެރަވެ ފާފަފުއްސެވުމަށް އެދި އެތައްފަހަރަކު ދުޢާ ކުރީމެވެ.ﷲއީ  ގިނަގިނަ އިން ފާފަ ފުއްސަވާ ރަސްކަލާނގެވެ. މިސްކިތުން ނުކުމެ ފޯނު ހުޅުވާލި އިރު ފަނަރަ މިސްޑް ކޯލު އިނެވެ. ފަނަރަ ފަހަރު ވެސް ގުޅައިފައިވަނީ ނައިރާއެވެ. އަރެންގެ ހިތައް ނުބައި ގޮތެއްވިއެވެ. މަންމަ އަށް ކަމެއްވީކަން އެނގުމާއެކު ފަޔަށް ހުރި ބާރެއް ލާފައި ދުއްވައިގަތީމެވެ. ދެފަހަރަށް ވެއްޓެންވެސް ވެއްޓުނެވެ. ރޫމް އާއި ހަމައަށް ދެވުނު އިރު ނައިރާ ބޭރުގައި ދެކޮޅައް ހނގާލާ ހިނގާލާ ހުއްޓެވެ. ދޭތެރެއަކުން އޭނާ އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލައެވެ. “ނައި މަންމަ އޯކޭތަ؟ކިއްވސ އެހާވަރަށް ގުޅީ؟” “ދޮންބޭ ހަމަ ޖެހިބަ މަންމައަކަށް ގޮތެއްނުވެއޭ! ސޮރީ އިނގޭ އެހާވަރަށް ގުޅުނީމަ. ދޮންބެ މާ ލަސްވާތީ ނައި ބިރުގަތީ އެހެންވެ އެހާ ގިނައިން ގުޅުނީ” ހިނިތުންވެލަމުން ނައިރާ ބުންޏެވެ. މަންމަ އަށް ގޮތެއްނުވާ ކަން އިނގުމުން އަހަރެން އުފާވިއެވެ. ރޭގައި މަންމަ އަދި ނައިރާ އާއި އެކު ހޭދަކުރެވުނު ވަގުތުކޮޅު މަރިން ހަނދާންވުމާއައެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މަންމަ ވިީ ޓެސްޓެއް ހެދުމަށްޓަކައި ގެންގޮސްފަ ކަމަށް ނައިރާ ބުންޏެވެ.

ފަނަރަ ވަރަކަށް މިނެޓް ތެރޭގައި މަންމަ ގޮވައިގެން ނަރުހަކުއައެވެ. މަންމަ ގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުކަން އެމޫނު މަތިން އެނގެއެވެ.

” ޔާން ދަރިފުޅު ސައިބޮއެފިންތަ؟” މަންމަ އަހަރެން ގާތު އެހެން އެހުމުން ހިތަށް ތަދުވިއެވެ.ބަލި ހާލުގައިވެސް މަންމަ ބެލީި އަހަރެން ސައި ބޮއެތޯއެވެ.އާހް! “ނުސް ދައްތަ ހާސް ނުވޭ އަޅުގަނޑު މިއައީ ޔާން އާއި ނައިރާ  އަށް ސައި ހިފާގެން!” އަތުގައި އޮތް ކޮތަޅު ދައްކާލަމުން ކޮޓަރި އަށް ވަން ރިހާމް ބުންޏެވެ. އަހަރެން ގޮސް ރިހާމްް އަތުން ކޮތަޅު އަތުލާ އޭގެ ތެރޭ ހުރީ ކޯަޗެއްތޯ ބެލީމެވެ. ތަރުމޯޒަކާއި މަތި ޖެހި ތިން ތަށި އިނެވެ. ތަށި ތަކުގެ މަތި ނެގިއިރު ފެނުނުއެއްޗިހިން އަހަރެން ގެ ކުޅު ދިޔާވިއެވެ. ބަރަބޯ މަސްހުނިީ ގެ  އިތުރުން ކުޅިމަހާއި ރޮއްޓެވެ.އަހަރެން ބޭނުންވިީ އަވަހަށް ކާށެވެ. “ރިހާމް މަންމަ ހަދާފަ ދޯމީ! ދުވަސް ގަނޑެއް ވެއްޖޭ ރައި ދައްތަ ހަދާ އެއްޗިހި ނުކެވޭތާ!” ަތައްޓަކަށް އެއްޗިހި އަޅަމުން އަހަރެން ބުނީމެވެ. “މަންމާ ބަލަ ދޮންބެ! ނައި އަށް ނުދީ ހުރިހާ އެއްޗެއް ހުސް ކޮއްލަން އެ އުޅެނީ!” އަހަށްނާާ ދިމާއަށް ލޯ އަޅާލަމުން ނައިރާ ކުޑަކުއްޖެއްހެން މަންމަ ގާތުގައި ޝަކުވާކޮއްލިއެވެ. ނައިރާ އެހެން ހެދުމުން ކުޑައިރު އަހަރެމެން ދެމީހުން ކުރާ ކަންތައްތައް މަތިން ހަނދާންވިއެވެ. “ކީއްކުރަން ނައިރާ އަށް ބަހަށްޓަންވީ މިހާރުވެސް މިހާ ވާވަރު ބަލާލަބަ ހިވަނީ ބެރެއްހެން!” މޫނަށް ވައްތަރެއްޖައްސާލަމުން އަހަރެން ބުނީމެވެ.މަގުސަދަކި ނައިރާ ރުޅި އަރުވާލުމެވެ. ނައިރާ ކުޑަ އިރު ހުއްނަނި ފަލަކޮށް ވަރަށް ލޯބިކޮށެވެ. ނައިރާ ރުޅިއަރުވަން އަހަރެން ވަރަށް ގިނައިން ބެރެކޭ ކިޔާ ދިމާ ކުރަމެވެ. ނައިރާ ދެނޭ ކިޔާ ކޮޓަރިން ނިކުމެގެން ދިޔައެވެ. “ޔާން ދޭބަ ކޮއްކޮ ކޮބާތޯ ބަލަން މި ޔާން ވެސް!” މަންމަ ދެ ފަރާތައް ބޯ ހޫރުވަމުން ބުނެލިއެވެ. އަހަރެން ނުކުތްއިރު ނައިރާ ފެންނާކަށްނެތެވެ. ނައިރާ ދިޔައީ ކޮންތާކަށް ތޯ ބަލަމުން ދަނިކޮށް އެކަނިމާއެކަނި ގޮނޑިއެއް ގައި ރޯން އިނެވެ. އަހަރެން ސަމާސާއަކަށް އެހެން ބުނުމުން ނައިރާ ދެރަވީއެވެ. “ނައި ދޮންބެ މަޖަލަކަށް ބުނި އެއްޗެކޭ އެއީ  ޔޫއަރ މައި ބިއުޓިފުލް ސިސްޓަރ” ނައިރާ އިން ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނީމެވެ. “އައި މިސްޑް ޔޫ ދޮންބެ! ނައި ވަރަށް އުފާވި ބެރޭ ބުނީމަ ދޮންބެ ނައި އާ ދިމާއަށް އެކަހަލަ އެއްޗެކޭ ބުނެތޯ ބަލަބަލާ ހުއްޓާ ތިބުނީ ނައު އައި ނޯ މަައި ބްރަދާރ އިޒް ބެކް!ދެން އެހެން ނޫޅެއްޗޭ” “އިންޝާﷲ ދެން އެހެންނެ ނޫޅޭނަން އަބަދުވެސް ޕޮޓޭޓޯ އާއި މަންމަ ގާތުގައި ހުއްނާނީ އައި ޕްރޮމިސް!”ނައިރާ ގެ ކޮލުގައި ހިފާލަމުން ބުނީމެވެ. “ދޮންބެ. ވަރަށް ބަނޑުހައި ހިނގާ އަވަހަށް ކާން ދާ ރައި ދައްތަ ހަދާ އެއްޗިހި ވަރަށް މީރުވާނެ!” ނައިރާ ގޮވައިގެން ރޫމްއާއި ދިމާއަށް މިސްރާބު ޖެހިިީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެހނަދާން ނުދާނޭ ފިލާ 4

Next

އަނދިރިފަރާތް 34

Next
April 12, 2018

އަނދިރިފަރާތް 34

Previews
April 12, 2018

އެހނަދާން ނުދާނޭ ފިލާ 4

11 Comments!

  1. rishy says:
    April 12, 2018 at 2:40 pm

    me first

    1. Kiyara says:
      April 12, 2018 at 4:23 pm

      Yesh rishy

  2. Kiyara says:
    April 12, 2018 at 2:44 pm

    Slm. Mothy story ge dhevana bai assu mi story feshy kuruvaahaka eh gothah gendhan vegen ekam mihaaru vaahaka migendhany dhigu vaahakarh gothah.ummydhu kuraany hurihaakiyuntherin nah vx mivaahaka kamudhaane kamah

  3. Afaa says:
    April 12, 2018 at 3:00 pm

    Salhii mi part ves..waiting for next part❤

  4. Shiman says:
    April 12, 2018 at 7:31 pm

    Reethi

  5. Fai says:
    April 12, 2018 at 8:14 pm

    Reethi
    Waiting for next part
    ?????????

  6. inan says:
    April 13, 2018 at 9:03 am

    wslm.. Maa sha allah! hama varah reethi mi part ves.. vaahaka ithurah dhigu koh genesdheyn feney.. eyrah varah furihama vaane.. mihen bunaairuves ingey ekan faseyha nuvaane kan ves… hehe.. inan ah ves aslu aee fudheyvarakah bodu kameh, dhigukoh genesdhinumaky.. ekamakuves varah furihama vaane eyrun… next part kon irakun??? 🙂

  7. Kiyara says:
    April 13, 2018 at 12:31 pm

    Thank you all

  8. flower says:
    April 13, 2018 at 4:34 pm

    Salhi mi story.. dhogu kollan feney next part… once again, nice story.. 🙂

    1. Kiyara says:
      April 13, 2018 at 5:53 pm

      Insha Allah 4 vana bai dhigukoh genes dheveytjo balaanan

  9. flower says:
    April 13, 2018 at 4:35 pm

    Dhigu*

Comments are closed.

Next Episodeޔާއިން 3←


All Right Reserved!