Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް…(4)

Z A L 🐙 Level 210 Stories100 Login100 Comments
April 7, 2018 4 Mins Read
10 Comments

ގެއަށްއައިސް ފެންވަރާ ތާޒާވެލައިގެން މަލާކް ގޮސް އައިސް އަލަމާރި ހާވަން ފެށިއެވެ. އައިސް މައިލޯއެއް ހަދައިލައިގެން އައިސް ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ. ޖޯޑުހިފައިން ގޮސް ކިޔަވާ މޭޒު ދޮށުގައި އިށީނދެ ފޮތްތައް ހުޅުވާލުމަށްފަހު، ފިލާވަޅު ހަދަން ތައްޔާރު ވިއެވެ. ނަމަވެސް ފިލާވަޅަކަށް ސަމާލުކަމެއް ނުދެވުނެވެ. އެންމެ ފަހުން މަލާކް ތެދުވެގެންގޮސް ބެލްކަންޏަށް ނުކުތެވެ. ތާޒާ ރޯޅިތައް މަލާކްގެ ފަން އިސްތަށިގަނޑާ ސަމާސާ ކުރަން ފެށިއެވެ. ޖަވާބު ބޭނުންވިނަމަވެސް، ނުލިބިހުރި ގިނަސުވާލު ތަކަކުން އޭނާގެ ހިތްހާސްވަމުން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްފައި ގޮސް ފިލާވަޅުނިންމާލުމަށްފަހު އަވަހަށް ނިދަން އޮށޯތެވެ.
ފަތިސްނަމާދަށް ގޮވުމުގެ މާކުރިން މަލާކަށް ހޭލެވުނެވެ. އެހެންކަމުން ފެންވަރާ ނަމާދުކޮށް އަވަދިވެގެން ، ލާނެ ހެދުމެއް ހޯދަން އަވަސްވެގަތެވެ. ދޮރުގައި ޓަކި ޖަހާލުމުން މަލާކް ގޮސް ދޮރުހުޅުވާލިއެވެ. “ކޮފީ ބޯންވެސް ނުނިކުންނަ ދުވަހަކީތަ؟” ނުހާ ހިނިގަނޑެއް ޖަހާލިއެވެ. “ނޫން..އަޅެ ބުނެބަލަ ކޮން ހެދުމެއްތަލާންވީ؟” “މާޚާއްސަ ދުވަހަކީތަ؟” ނުހާ ލާނެއް ފާޑަކަށް އަހާލުމުން މަލާކް އޭނާއަށް އެވާހަކަތައް ކިޔައިދިނެވެ. ނަމަވެސް އެރޭގެ ހާދިސާ ސިއްރުކުރިއެވެ. ނުހާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ހަޅޭލަވައިގެންފައި މަލާކްގެ ގައިގައި ބައްދައިގަނެގެން ހުރެ ފުމެން ފެށިއެވެ. “ނުހާ؟! ނުހާ!! ސާބަހޭ! ކިހިނެއްވީތަ؟” “މަލާ..އެއީ އަލޫކޭ!” “ސޯ؟ ވަޓްސް ދަ ބިގް ޑީލް ؟” “މަލާ..ވިސްނަބަ…އޭނަ ރައްޓެހިވާން އަހައިފިއްޔާޔޯ، ނޯނޯ، ބެޓަރ، އޭނަ މެރީ ކުރަން އަހައިފިއްޔާޔޯ؟!” ނުހާ ހީވަނީ ގަޔަށް ހިނިއަރައިގެން އުޅޭ ހެންނެވެ. “އަހަހަ…އޯ ޕްލީޒް..އެއީ ވެދާނެދޯ ސްޓަޑީސް އާ ގުޅޭކަމެއް ކަމަށްވެސް…އަނެއްކޮޅުން ވީ ޑޯންޓް އިވން ނޯ އީޗްއަދަރ! ހުވަފެނުގަވެސް ނުވާނެ ކަންކަންތީ!” “މަލާއަށް ނޭނގުނަސް އޭނައާ ވާހަކަދައްކާލަން ލިބުމަކީވެސް މުޅި ދުނިޔެ ލިބުން ކަހަލަ ކަމެއް! ކޮންމެ އަންހެން ކުއްޖަކުވެސް އެހުންނަނީ އަޅެ އަލޫކް ތިމަންނައަށް ލިބޭނެ ނަމައޭ ކިޔާލަ ކިޔާލަ…އެކަކަށްވެސް އެނގިގެން އޭނަ އެއްވެސް ހައިސިއްޔަތަކުން އެއްވެސް އަންހެން ކުއްޖަކާ ބައްދަލު ކޮށްފައެއް ނޫނީ ވާހަކަ ދައްކާފައެއްވެސް ނުވޭ..ސޯ ދެއަރ މަސްޓް ބީ އަ ރީޒަން!” “އޯކޭއެ ދެން..ގަޑި ޖެހެން ވާއިރަށް ތައްޔާރު ވެވޭތޯ ބަލަން ހިނގާބަލަ…އެކަމު ހާދަ ވަރަކަށޭ ތިހުރީ އަލޫކްއާބެހޭ ގޮތުން ރިސާރޗް ހަދާފަ. ހެހެހެ!” މަލާކް ނުހާއާ ދިމާކޮށްލަމުން ވަދެ ރީތިވާން ފެށިއެވެ.

ކަޅުކުލައިގެ ސްކިނީއަކާއި ސީފޯރމް ގްރީންކުލައިގެ ޝޯލްޑާރލެސް ޓޮޕްކޮޅުގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އިސްތަށިގަނޑު އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލާފައިވާއިރު ބައެއް އިސްތަށިތައް އެދޮންކަނދުރާގައި ބޮސްދެމުން ދިޔައެވެ. ފޯން ދަބަހަށްލަމުން ތުންފަތުގައި މަޑު ފިޔާތޮށިކުލައިގެ ލިޕް ގްލޮސްއެއް ޖައްސާލަމުން އޭނާ އަވަހަށް ސެންޓުބުރުވާލިއެވެ.
ލަންޗް ބްރޭކްގަޑި ކައިރިވަމުން ދިޔަވަރަކަށް މަލާކްގެ ހިތ އަވަސް ވަމުން ދިޔައެވެ. ބެލްޖެހުމާއެކު ހަމަޖެހިފައިވާ ގޮތުގެ މަތިން މަލާކް ދިޔައީ ކޮލެޖުގެ ކެފެޓީރިޔާގެ އެންމެ މަތީ ބުރިޔަށެވެ. ކެފެޓީރިޔާއޭ ބުންޏަކަސްއެތަން ރެސްޓޯރެންޓް އަކަށްވުރެ ފެންވަރު ރަނގަޅުވެފައި ހިތްފަސޭހައެވެ.
ގަޑީގެ ކަށި ހިނގަމުން ދިޔަ ވަރަކަށް މަލާކްގެ ހިތަށް އުނދަގޫވާންފެށިއެވެ. ހިތްއަވަސްވެ ހާސްވާން ފެށިއެވެ. އެންމެ ފަހުން ލަޏްޗް ބްރޭކް ނިމުނުކަމުގެ ބެލް ޖެއްސުމާއެކު މަލާކް ކުލާހަށް ދާން ދިޔައެވެ.
ދޮރުން ވަނުމާއެކު ނުހާގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. “ކިހިނެއްވީ ހާދަ މޫޑް އޮފްވެފަ؟ކީކޭ އަލޫކް ބުނީ؟ ވަޓް ޑިޑް ހީސެއިޑް ޓުޔޫ ދެޓް މޭޑް ޔޫ ސޯ..ސޭޑް؟” “ނަތިން…ނުބުނެ އެކައްޗެކޭވެސް!” “ދެން ކީއްވީ؟ އެހުރިހާ އިރު ދެން ހަމަ ތިބީ..؟ ހައު—” “ހީ ޑިޑިންޓް ޝޯއަޕް!!!!” ނުހާގެ ވާހަކަ މެދު ކަނޑާލުމަށްފަހު މަލާކް ގޮސް ކޮޓަރިއަށް ވަނެވެ.
ދޮރުގައި ލެނގިލައިގެން ހުރެ މަލާކް ވިސްނަމުންދިޔައެވެ. އަލޫކަށް ކިހިނެއްވީ ބާއެވެ؟ އަލޫކް ނައީ ކީއްވެބާއެވެ؟ ކޮންކަމެއް ދިމާވީ ބާއެވެ؟ އަނެއްކާ އޭނާ ހަނދާން ނެތުނީބާއެވެ؟ ބޯހޫރާލުމަށްފަހު އަމިއްލަ މޮޔަކަން ވިސްނައިދެމުން މަލާކް ގޮސް އެއްޗެހި ބަދަލު ކުރިއެވެ. ސިކުނޑި ތާޒާ ކޮށްލުމަށްޓަކައި އޭނާ ބެލްކަންޏަށް ނިކުތެވެ. މަގުގެ އެއްފަރާތެއްގައި ޕާރކްކޮށްފައި އޮތް ކަޅުކުލައިގެ ކާރެއްގެ ލޯގަނޑު ތިރިކޮށްލައިގެން މީހަކު އޭނާއާ ދިމާލަށް ބަލަން އިނެވެ. ކާކުކަން ނޭނގުނު ނަމަވެސް އެއީ ފިރިހެނެއްކަން އެނގެއެވެ. މަލާކްއަށް އެއްޗެއް ހަނދާން ވެގެން ތަންކޮޅެއް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެމީހަކު އިނީ ބޯކޮށާލާފައި ކަމުން އެއީ އަލޫކެއް ނޫންކަން ވިސްނައިދެމުން އޭނާ އެތެރެއަށްވަނެވެ.
މަލާކް އެތެރެއަށް ވަތްތަން ބަލާފައި އަލޫކްވެސް ކާރު ސްޓާރޓްކޮށްގެން ދުއްވާލިއެވެ. އޭނާ މިއަދު މަލާކްއާއި ބައްދަލު ކުރަން ނުދެވުނީތީ އަމިއްލަ ނަފްސަށް ލަދުވެތިވެއެވެ. މަލާކް ހީކުރާނީ ކީކޭބާއެވެ؟ ނަމަވެސް އޭނާ އެވަގުތު ހުރި ހާލަތުގެ ގޮތުން ދެވެން ނެތީއެވެ. މަލާކަށް އޭނާ އެގޮތުގައި ފެންނަން ބޭނުންނުވާތީއެވެ. ކޮންމެ ދުވަހަކުވެސް މަލާކް އުޅޭ ނޫޅޭގޮތް އޭނާ ބަލައެވެ. މަލާކް ފެނުނު ފުރަތަމަ ދުވަހުވެސް އެސޫރަ ހިތުގައި ބިންވަޅުނެގުނެވެ. އަދި މަލާކްގެ ލޯތްބަށް އެދެމުން އެހިތުގައި އަޒުމެއްކަނޑައެޅުނެވެ. މަލާކްއަށްވުރެ ކިތަންމެ ރީތި ކުދިންނެއް އޭނާދެކެއެވެ. ކިތަންމެ މުއްސަނދި، ކިތަންމެ މަތީފަންތީގެ އަންހެން ކުދިންނެއް އޭނާއަށް އެދިއެދި އެބަތިއްބެވެ. ނަމަވެސް އޭނާއަށް މަލާކް ފެނުމުން އެހެންޏާ ދުވަހަކުވެސް ނުވާ ގޮތްތަކެއް ހިތަށް ވެއްޖެއެވެ. މަލާކަށްޓަކައިވެސް އޭނާ އިސްލާހުވާން ބޭނުމެވެ. ނަމަވެސް އޭނާ އެކަން ހުއްޓާލާނީ ކިހިނެއްހެއްޔެވެ؟ މަލާކްގެ ލޯބިން އެކަން ރަނގަޅުވެދާނެ ހެއްޔެވެ؟

“މަލާކް!” ފަހަތުން މީހަކު ގޮވާލިއަޑަށް މަލާކްގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. ދަންނަ އަޑެއް ނަމަވެސް އޭނާ އެމީހަކާ ކުރިމަތިލާން ޖެހިލުންވެއެވެ. ދެވަނަ ފަހަރަށް ގޮވާލުމުން މަލާކް ފަސްއެނބުރި ބަލާލިއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އަލޫކް އައިސް މަލާކް ގާތުގައި ހުއްޓުނެވެ. އަލޫކްގެ ބޯކޮށާލައިފައި ހުރުމުން ކުރިޔަށްވުރެވެސް ހަރުދަނާ ވައްތަރުޖަހައެވެ. މަލާކް ހަނދާންވީ’ފިފްޓީޝޭޑްސް’ގެ ފިލްމްތަކުގައި ‘ކްރިސްޓިއަން ގްރޭ’ގެ ރޯލުން ފެނިގެންދިޔަ ‘ޖޭމީ ޑޯރނަން’ މަތިންނެވެ. އަލޫކް ހަމައެހާވެސް ރީއްޗެވެ. “ކޮންތާކަށް ތިދަނީ؟” މަލާކްގެ އަނގަހުޅުވިފައި ހުރުމުން އަލޫކް ގާތަށް ވަރަށް ހިނިއައެވެ. “ފިހާރައިން މިއަންނަނީ…” “ކޮންތާކަށްހޭ ތިދަނީ..؟ އަންނަތަނެއްނޫނެ..” އަލޫކް ހެމުން ބުނެލިއެވެ. “މިދަނީ ގެއަށް…” މަލާކް ލަދުން އިސްޖަހާލިއެވެ. “ގެއަށް ގެންގޮސްދެންތަ؟” މަލާކްއަށް އެއްވެސް ޖަވާބެއް ދިނުމުގެ ފުރުސަތެއްވެސް ނުދީ އަލޫކް ކާރުގެ ދޮރު ހުޅުވާލުމަށްފަހު މަލާކް އެރުމަށް އިޝާރާތްކުރިއެވެ. މަލާކް ކުރީސީޓަށް އަރައި އިށީނުމުން އަލޫކް ދޮރުލައްޕާލުމަށްފަހު އަލޫކްގޮސް ޑްރައިވަރސް ސީޓަށް އަރައި ކާާަަަރު ސްޓާރޓް ކޮށްލިއެވެ.
“އަހާލެވިދާނެތަ ކިހިނެއް ވީތޯ އިއްޔެ އަލޫކަށް؟” މަލާކް އެންމެ ފަހުން ނުބުނަން ހުރެވެސް އަހާލިއެވެ. “ކަމެއްނުވޭ..ކީއްވެ ތިހެން ތިއެހީ؟” “ކަމެއްނުވޭ…އަލޫކް ހަނދާން ނެތުނީތަ އަހަރެން..ނެވަރ މައިންޑް…” “އޯ..އެހެންވެދޯ..އަސްލު މީޓިންއެއްގަ އިނީމަ..އައި ޑޯންޓް ހޭވް ޔުއަރ ނަންބަރ ކިހިނެއް ދެން ބުނާނީދޯ..އެހެންވެ!” އަލޫކް މަލާކަށް ސިއްރުނަޒަރެއް ހިންގާލިއެވެ. “ނުސީދާކޮށް ތިބުނީ އަހަރެންގެ ނަންބަރު ދޭށޭދޯ…؟ ވަޓް ވިލް ޔުއަރ ގާރލް ފްރެންޑް ތިންކް؟؟” މަލާކް ހައިރާންވެފައި އަހާލިއެވެ. އެކަމު އަލޫކްއަށް ނަންބަރުދޭހިތުން އޭނާގެ ހިތް ތެޅިފޮޅި ފަށައިފިއެވެ. “މީހުން ވިސްނާ އެއްޗަކަށް ބަލާކަށް ނުޖެހޭދޯ..އެކަމު ބައިދަވޭ، އަހަރެންގެ ގާރލް ފްރެންޑެއް ނުހުރޭ!” “ޤަބޫލެއް ނުކުރަން! ތިވަރުގެ މުއްސަނދި ޔަންގް މީހެއްގެ ގާރލްފްރެންޑެއް ނުހުރެޔޭ ބުނީމަ ކާކު ޤަބޫލުކުރާނީ…؟ އެހެންނޫނަސް މިހާރު ވަރަށް ލަސްވެއްޖެ. އަހަންނަށް އިނގޭ އެއްމަގެއްގަ މިހާރު ދެތިންފަހަރު ބުރުޖަހައިފިކަން…އަހަރެން ބޭނުމީ ގެއަށް ދާން..” އަލޫކްއާއި އެއްކޮން ކާރު ދުއްވާލަން ކިތަންމެ ބޭނުންވި ނަމަވެސް މަލާކް ކުރަންހުރި ބައިވަރު ކަންތައް ހުރީއެވެ. އަނގައިން ބައެއް ނުބުނެ ބާރު ސްޕީޑެއްގައި ކާރު ދުއްވާލަމުން އަލޫކްގޮސް ކާރު މަޑުކޮށްލީ މަލާކްމެން ހުންނަ ފްލެޓްގެ ދޮރު މައްޗަށެވެ. މަލާކް ކާރުން ފައިބަނިކޮށް އަލޫކް އޭނާއާ މުޚާތަބުކުރިއެވެ. ” އަހަރެން ޕްރޫވްކޮށްދީފިއްޔާ ޤަބޫލްކުރާނަންތަ؟” “ޕްރޫފެއް އޮވެގެންނެއްނު ޕްރޫފްދެއްކޭނީވެސް..އަހަހަ” މަލާކް ހިނިތުންވެލިއެވެ. “ގުޑްނައިޓް…” އަލޫކް މަލާކަށް ރޭގަނޑުގެ ސަލާމްކޮށްލަމުން ހިނިތުން ވުމެއް ހަދިޔާކޮށްލިއެވެ. “ޔާ..ގުޑްނައިޓް..ތޭންކްސް ފޯރ ދަ ރައިޑް…” “ވެލްކަމް…ޑޯންޓް މެންޝަން އިޓް..” މަލާކް އެތެރެއަށް ވަންނަން ދެން އަލޫކް ކާރު މަޑުކޮށްލައިގެން އިނެވެ. މަލާކްގެ އެވާހަކައިން އަލޫކް ނިންމީ މަލާކަށް އެކަން ޕްރޫވްކޮށްދޭން ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާށެވެ.

ގެއަށް ވަން މަލާކުފެނީ ނުހާ އޭނާއާ ދިމާކޮށޤލިއެވެ. “ހާދަ ހިނިއައިއްސަ..ކިހިނެއްވީތަ؟ ރޮމިޔޯއާ ދިމާވީތަ؟” “ނޫނޭ..އަލޫކްއާ ދިމާވީ. ވީ ވެންޓް ފޯރ އަ ކާރ ރައިޑް…އައި ތިންކް ދެޓް އިޓްވޯޒް ފޮރ ލައިކް އެއްކަ ގަޑީ ޝޯއަޕް ނުކުރީމަ މޭކްއަޕް ކޮށްލީ ކަންނޭނގޭ..އެހެންނުބުންޏަސް….ބަޓް ރައިޓް ނައު އައި ނީޑް ޓު..ގޯ” “އޯކޭ އޯކޭ..ދޭ ސިއްރު ސިއްރުން ތިކަމާ އުފާ ފާޅުކުރަން ކޮޓަރިޔަށް! ހެހެހެހެ!” “އޯކަމޯން ނުހާ..މިއުޅެނީ މީހަކު އިންނަން ބުނެގެންނެއްނޫނޭ…ސާބަހޭ!ކޮބާ އީމާ؟ގުޑްނައިޓް!” “ހަވީރު ކޮޓަރިއަށް ވަންގޮތަށް ނުނިކުމޭ…ޔާ..ގުޑް ނައިޓް!”

ނިދަންއެނދަށް އަރާއޮތްއިރު އަލޫކްގެ ހިޔާލުގައިވަނީ ހަމައެކަނި މަލާކްއެވެ. އޭނާ މަލާކް ބޭނުމެވެ. އަދި މަލާކަށޤ އެކަން ޕްރޫވް  ކޮށްދޭންވެސް ބޭނުމެވެ. އެކަމު އެކަން ސާބިތުކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އެޚިޔާލުގައި އޭނާ އެތައްއިރަކު ނުނިދިފައި އޮތެވެ.

މަލާކްވެސް އޮތީ އަލޫކްއާ މެދު ފިކުރުކުރާށެވެ. އަލޫކް އޭނާ ގާތުގައި އެބުނީ ހަމަތެދެއްބާއެވެ؟ ކޮންމެއަކަސް އަލޫކްއާއެކު ކާރު ދުއްވާލެވި އޭނާއާ ވާހަކަދައްކާލެވުމުން މަލާކްގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއްލިބިއްޖެއެވެ.

ހެނދުނު ކޮލެޖަށްގޮސް ބްރޭކް ގަޑީގައި މަލާކް މިއަދު ދިޔައީ ނުހާއާއެކު ކެފެޓީރިޔާއަށްދާށެވެ. “މަލާ…އޯމައިގޯޑް؟!” “ވަޓް؟” މަލާކް ނުހާބަލަން ހުރި ދިމާބަލާލުމާއެކު އަނގަ ހުޅުވިގެން ދިޔައެވެ. އަލޫކް ހުރީ ފުލްބްލެކްކޮށެވެ. އަތުގައި ބޮޑު ރަތްފިނިފެންމާ ބޮނޑިއެއް އޮތެވެ. މަލާކް ފެނުމާއެކު އަލޫކްއައިސް އޭނާގެ ކުރިމައްޗަށް ހުއްޓުމަށްފަހު މާބޮނޑި ދިއްކޮށްލުމާއެކު އެތައްބައެއްގެ ލޯތައް އެދިމާލަށް ހުއްޓެން ފެށިއެވެ. މަލާކްހުރީ ލަދުންގޮސް ހަލާކުވެފައެވެ. މުޅިއަތް ފިނިވެފައިވާއިރު އޭނާގެ ދެއަތް ތުރުތުރު އަޅަމުންދިޔައެވެ. ހިފާނީބާއޭ ނުހިފާނީބާއޭ ހިތައި ހުރެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ރީތި ސޫރައެކޭ 5-

Next

އެހަނދާން ނުދާނޭ ފިލާ 2

Next
April 7, 2018

އެހަނދާން ނުދާނޭ ފިލާ 2

Previews
April 6, 2018

ރީތި ސޫރައެކޭ 5-

10 Comments!

  1. Aki says:
    April 7, 2018 at 8:53 pm

    varah furihama ekamu thankolhe kuree mi part

    1. Zelll says:
      April 8, 2018 at 9:41 am

      Thanks..inshaallah will keep tht in mind and rangalhu kollrnan

  2. lotus says:
    April 7, 2018 at 9:19 pm

    Haadha inthizaare koffemey mi story ah.. v nice mi story???

    1. Zelll says:
      April 8, 2018 at 9:41 am

      Thanks
      ?

  3. Friends says:
    April 7, 2018 at 9:29 pm

    Masha allah stry v habeys.ekam mahshala aky lahun up vaathiy.but thi mashahkah ufalaa eku balaa gannan.
    Next part than kolheh avahah upload kohla dhehchey . -salaam-??

    1. Zelll says:
      April 8, 2018 at 9:42 am

      Okeyh, appreciate tht..thanks?

  4. Pinky shifoo says:
    April 7, 2018 at 9:54 pm

    Wow ❤️❤️❤️… V v v reethi mi part vx ???… I was waiting for the story ???… V kiyaa hihvey mi story ???… Sifakurunthah v v furihama ingey ???… Waiting for next part???

  5. Xaaan says:
    April 8, 2018 at 9:34 am

    Alhe haadha inthixaareh kurevijjeyey mi vaahakayah Masha Allah mi partves v nala

    1. Zelll says:
      April 8, 2018 at 9:40 am

      Thanks? inthizaaru ge nimunn foni kamah heekuran

  6. Me says:
    April 8, 2018 at 10:05 am

    Kon dhuvahaku next part up koh dheny???
    BTW mi part ves vv reethi ..??

Comments are closed.

Next Episodeއެހެނަސް…(5)←


All Right Reserved!