Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ނަމަވެސް.. 5

michelle Level 1
April 6, 2018 3 Mins Read
14 Comments

މަޑުމަޑު މޭކަޕެއް ކޮށްފަހުރި އިރު ތުންފަތުގަ ޖައްސާފަ ހުރި ރަތް ކުލަ އެލީގެ ރީތިކަން  އިތުރުވިއެވެ.

އެލީ ރެޑީވެގެން ޖަޒްލާން އަށް ގުޅިއެވެ. ނަމަވެސް ފޯނަކަށް ނުގުޅެއެވެ. އޮންނަނީ ނިވާލާފައެވެ. އެލީ ވަރަށް ހާސް ވިއެވެ. އެހާ ދެރަވެސް ވިއެވެ. އެލީ އެހެން ހުންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން ޔަލް ގުޅިއެވެ. ޔަލް ވަރަށް އާދޭސް ކުރުމުން ޔަލްއާ އެކީ ޕާޓީއަށް ދާން އެލީ އެއްބަސް ވިއެވެ. ޕާޓީއިން ޖަޒްލާން ފެންނާނެ ކަމުގެ އުންމީދުގައެވެ.

ޕާޓީއަށް ވަދެގެން އައި އެލީ ޖަޒްލާން އަށް ފެނުނެވެ. ދުވެފަ ކަހަލަ ގޮތަކަށް އެލީ ކައިރިއަށް ޖަޒްލާން އައެވެ. “އައި އޭމް ސޯ ސޮރީ އެލީ، ވަރަށް ބޮަަޑު ކަމަކު ޖެހުނީ. ޕާޓީ ރެޑީ ކުރަން މުޅި ދުވަހު ހުރުމުން ފޯނުވެސް ޗާޖް ނުކުރެވުނީމަ ފޯނު ނިވުނީ. ސޮރީ” ޖަޒްލާން ވަރަށް ހާސް ވެފަ ހުރެ ބުންޏެވެ. އެލީ ހުރީ ދެރަ ވާންވީ ކަމެެއް ނޫނީ ރުޅި އަންނަންވީ ކަމެއްވެސް ނޭނގިފައެވެ. ނަމަވެސް ޖަޒްލާން ފެނުމުން ވީ އުފަލެވެ. ހިނިތުންވެލަމުން އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ހަމަ އެވަގުތު ވަރަށް ގައިގޯޅި ގޮތަކަށް ޖަޒްލާންގެ އަތުގަ އަންހެން ކުއްޖެ އައިސް ހިފިއެވެ. “ހޭއި ޖޭޒް. ވަރަށް ރަނގަޅު އިނގޭ. ފިލަައިގެން ތިއުޅެނީ. ވަރަށް ހޯދައިފީމޭ.” އެކުއްޖާ ބުންޏެވެ. އެލީގެ އަނގަ ބަންދުވިއެވެ. އަދި އެއްފަހަރު އެ ކުއްޖާއަށް އަނެއްފަހަރު ޖަޒްލާން އަށް ބަލާލުމަށްފަހު ލޮލުގެ އިޝާރާތުން އެއީ ކާކުތޯ އަހާލިއެވެ. “ހޭއި އިބާ. މީ. މާނިއު ކައިރި އިބާ އިނީމަ އައީ އޭ މިކޮޅަށް. އިބާ މީ އެލީ. މައި ކްލާސް މޭޓެއް. އެލީ މީ އިބާ މާނިއުގެ ކަޒިން އެއް.” ޖަޒްލާން ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ބުންޏެވެ. “ހާއި އިބާ.” އެލީ ހިނިތުން ވެލިއެވެ. ޖަޒްލާން ހުރީ ވަރަށް ހާސްވެފައެވެ. އެލީ ހިތައް އަރާފާނެ އެއްޗަކާ މެދު ވިސްނާފައެވެ. “މިދަނީ އެކޮޅަށް އިނގޭ.” އެލީ އެހެން ބުނެލާފަ ޖަޒްލާން އަށް އެއްޗެކޭ ނުބުނެވެނީސް އެތަނުން ހިނގައިގަތެވެ.

އެލީ ދެރަވިއެވެ. އެއީ މިހާރު ކޮން އިބާ އެއް ހެއްޔެވެ. އަނެއްކާ ޖަޒްލާންގެ ހިތުގެ ރާނީ އަކީ އެއީ ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެހެންނޫން ނަމަ މިހާ ދުވަސްވީއިރު ޖަޒްލާން އެލީ ކައިރި ބުނާނެއެވެ. އެލީގެ ލޮލުން ކަރުނަހިލުނެވެ. ނަމަވެސް ހިތްވަރު ކުރިއެވެ.

އެލީގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ މާޔޫސްކަން އެލީގެ މޫނުމަތިން ޖަޒްލާން އަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެހެންކަމުން އިބާގެ އަތުން ދޫ ކުރުމަށް ފަހު އަތް ފޮޅުވާލާފަ އެލީ ކައިރިއަށް ދިޔައެވެ. އިބާ ރުޅިއައިސްގެ ތުންގަނޑު އަނބުރާލިއެވެ. އަދި އެލީ އާ ދިމާލަށް ބަލާލުމަށްފަހު ލޯ އަޅާލިއެވެ. “ޖަޒްލާން އަކީ ހަމައެކަނި އަހަރެންގެ މީހެެއް.” އިބާ ހިތާހިތުން ބުނެލިއެވެ.

އެލީ ދިޔައީ ފަސްޓް ފްލޯގެ ކޮރިޑޯއިން މަޑުމަޑުން ހިނގާލާފައެވެ. ކޮރިޑޯގައި އެއްވެސް އަލިކަމެއް ނެތެވެ. ޕާޓީ އޮތީ ސްކޫލް ގްރައުންޑްގެ މެއިން ހޯލްގައި ކަމުން ތިރިއަށް ބަލާލާ އިރު ވަރަށް ރީއްޗަށް ފެނެެއެވެ. ޕާޓީގަ ދިއްލާލާފަ ހުރި ލައިޓްތަކުން ފަސްޓް ފްލޯއަށް ކުޑަކޮށް އަލި އެޅިފަ ހުއްޓެވެ. އެލީ ގޮސް ހުއްޓުނީ ތަނބެއް ކައިރީގައެވެ. އަދި އެލީގެ ދެލޮލުގަވާ ކަރުނަ އޭގެ މަގާމުން ދޫކޮށްދާން ފުރުސަތު ދިނެވެ.

ފަސްޓް ފްލޯއަށް އަރައިގެން އައި ޖަޒްލާން އެލީ ކައިރިއަށް އައިސް މަޑުކުރަމުން ގޮވާލިއެވެ. އެލީ ސިއްސައިގެން ގޮސް ފަހަތަށް އެނބުރުނެވެ. “އެލީ ރޮނީތަ.” އެލީގެ ކަރުނަތައް ޖަޒްލާން އަށް ވަރަށް ރީއްޗަށް ފެނުނެވެ. “ނޫން ކޮބާ އިބާ” އެލި އަވަސް އަވަހަށް ކަރުނަތައް ފޮހެ އިސްޖަހާމުން އަހާލިއެވެ. “އެބައުޅޭ ތިރީގަ” ޖަޒްލާން އަށް އެލީގެ ކަރުނަތައް ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ ގޮތެއް ވިއެވެ. “ދޭ އިބާ ކައިރިއަށް. އިބާ އެކަނިވެގެން އުޅޭނެ އެހެންނޫނީ.” އެލީ އެހެންބުނެ އެތަނުން ދާން ހިނގައިގަތެވެ. އެލީ އަށް އެޅުނީ ޖަޒްލާން ފަސްކޮށްލާފަ އެންމެ ފިޔަވަޅެކެވެ. އެވަގުތެ ޖަޒްލާން ފަހަތައްވެސް ނޭބުރި އެހުރިގޮތަށް ހުރެ އެލީގެ އަތުގަ ހިފިއެވެ. އެލީ އަށް ލޯ މަރާ ބާރުކޮށްލެވުނެވެ. “އެލީ ވެއިޓް. އަހަރެން ބޭނުން ވާހަކައެއް ބުނަން.” އެހެން ބުނެ ޖަޒްލާން އެލީ އާ ދިމާލަށް ބަލާލިއެވެ. އެލީ ހުރީ އަދިވެސް އެގޮތަށެވެ. “ޖަޒް ޕްލީޒް މިހާރަކު ނޫން ދޯ”. އެލީ ހީކުރީ ޖަޒްލާން އުޅުނީ އިބާގެ ވާހަކަ ބުނަން ކަމަށެވެ. އެހެންކަމުން އަވަހަށް ދާން ބޭނުންވީ އެވެ. “އެލީ ޕްލީޒް އަޑު އަހާބަލަ އަހަރެން މި ބުނަން އުޅޭ އެއްޗެއް”. ޖަޒްލާން ހުރީ އެލީ ދެކެ ލޯބިވާ ވާހަކަ ބުނަން ކެތްމަދުވެފައެވެ.

“އަހަންނަށް އިނގެއޭ ތި ބުނަން އުޅޭ އެއްޗެއް. އިބާ އެއީ ގާރލްފްރެންޑް އޭ ދޯ  ބުނަން ތިއުޅެނީ. ބެސްޓް ފްރެންޑަކަށް ހުރެ އޮޅުވާލީއެއްނުން މިއޮތްހާ ދުވަހު.” އެލީ ޖަޒްލާން އަށް ބަލާލަމުން ވަރަށް ހަމަޖެހޭ ކަމަށް ދައްކަމުން ރުޅިއަންނަ ގޮތަކަށް ބުނެލިއެވެ. “ވަޓް.” އެލީ އެހެން ބުނުމުން ޖަޒްލާންގެ ހައިރާންކަން އިތުރުވިއެވެ. ”ކާކު ބުނި އެއްޗެއް ތީ.“ ޖަޒްލާން އަދިވެސް ހުރީ އެލީގެ އަތުގަ ހިފައިގެންނެވެ. ”މީހަކު ބުނި އެއްޗެއް ނޫން ހަމަ ގެސްއެއް ކޮއްލީ. އެހެންވެ އެއްނުން އަހަރެން ބަލާ އަންނާނަމޭ ބުނެފަވެސް ނާދެވުނީ. އެކަމް އިޓްސް އޯކޭ ޖަޒް. އައި އަންޑަސްޓޭންޑް.”  އެލީ ބުނެލިއެވެ.

“އެލީ ސާބަސް. އަހަރެން ދައްކާ ވާހަކަ އަޑުއަހާފަ ތިހެން ކިޔާބަ. އަހަރެން ކުއްލި  ގޮތަކަށް މަންމަ އިންޑިއާއަށް ފުރުވަން ދާން ޖެހުނީ ބައްޕަ އަށް ނުދެވިގެން. ފޯނުވެސް ނިވުނީ އެއާޕޯޓްގަ ހުއްޓާ. އެހެންވެ އެލީ އަށް ނުގުޅުނީ. ރެޑީވެގެން ތިގެ ކައިރިއަށްވެސް ދިޔައިން އެލީ ބަލާ އެކަމް ވަންނާކަށް ނުކެރުނު. އެހެންވެ އައީ ސްކޫލަށް. މިތަނަށް އައި އިރު މާނިއު އިބާ ގޮވައިގެން އައިސް ހުރި. އިބާ އަކީ ވަރަށް ކުރީއްސުރެ އަހަރެންގެ ފްރެންޑެއް. މެލޭގަ ކިޔަވަން ހުރެފަ ރޭގައައީ. އިބާ ފޫހިވެގެން އުޅޭތީ މާނިއު އިބާ ގޮވައިގެން ޕާޓީއަށްވެސް އައީ” އެލީގެ އަތުން ދޫކޮށްލުމަށް ފަހު ތަނބެއްގަ އެއް އަތް އަޅައިގެން ހުރެ ކިޔައި ދިނެވެ. އެއަށްފަހު އެލީއަށް ބަލާލިއެވެ.  އެލީގެ ރީތިކަން އިންތިހާއެވެ. އެލީގެ މޫނަށް ޕާޓީގެ ފަނޑު ލައިޓް އެޅުފަ ހުރިގޮތުން  އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. އެސްފިޔަ ބޮޑު ދެލޮލުގެ ޖާދޫގާ ކޮންމެ މީހަކުވެސް ޖެހޭނެއެވެ. “އަހަރެން ކިހިނެތް އެލީ އަށް އޮޅުވާލާނީ. އަހަރެން އެއަށްވުރެ. ބޮޑަށް…..” ޖަޒްލާން އެލީގެ ލޮލަށް ބަލަން ހުރެ ބުންޏެވެ. ނަމަވެސް ބުނަން އުޅުނު އެތި ފުރިހަމަ ނުކުރެވުނެވެ. އެލީ ގަބޫލް ނުކޮށްފާނެތީ ބިރުގަންނަނީ އެވެ. “އެއަށްވުރެ ބޮޑަށް ކީކޭ.؟” އެލީވެސް ހުރީ އެބުނަން އުޅޭ އެއްޗެެއް އަޑުއަހާ ހިތުންނެވެ.

ޖަޒްލާންގެ ކުއްލި ހަރަކާތާއެކު އެލީގެ ދެ ކޮނޑުގަ ހިފާލަމުން ތަނބުގައި ލަތްކުރިއެވެ. އަދި އެލީ އާ ގާތްވެލަމުން ބުންޏެވެ.
“އައި ލަވް ޔޫ ޑެމިޓް” އެލީ އަށް ގަބޫލުކޮށްދޭ ފަދަ ގޮތަކަށް އެލީގެ ލޮލަށް ބަލާލަމުން ޖަޒްލާން ބުންޏެވެ. އަދި އެލީ ގައިގަ ބައްދާލިއެވެ. “ޔެސް އެލީ. އައި. އައި ލަވްޔޫ”. ޖަޒްލާން އަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔަ ހެންނެވެ. މިހާ ދުވަހު ލޯބިވާ ވާހަކަ ނުބުނެވި ޖަޒްލާން ހުރީ ބޯ ހާސްވާ ގޮތް ވެފައެވެ. ނަމަވެސް މިހާރު  ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އެލީގެ ހާލަކީ ކޮބައިތޯއެވެ. އެލީގެވެސް ހިތް އުފަލުން ނަށާނީ އެވެ. އުފަލާ އެއްވަރަށް ހައިރާންކަންވެސް އިތުރުވިއެވެ. މީ ހުވަފެނެއް ހެއްޔެވެ.ނޫނެކެވެ.
މީ ހަގީގަތެވެ. ޖަޒްލާން އެހެރީ އެލީ ގައިގަ ބައްދާލައިގެންނެވެ. އެލީ ވެސް ލޯބިވާ ވާހަކަ ބުނަން ބޭނުމެވެ. ނަމަވެސް ވީ އުފަލެއްގެ ބޮޑުކަމުން ރޮވުނީއެވެ. އެލީ ވެސް މި ވަގުތު އަންނަން ދެން ހާދަ އިންތިޒާރެއް ކުރިއެވެ. ހާދަ ހިތާމަތަކާ ހިތްދަތިކަމަށް ކެތްކުރިއެވެ.

އެލީ އަށް ރޮވެން ފެށުމުން ޖަޒްލާން އެލީ ގައިން ދޫ ކުރިއެވެ. ޖަޒްލާން ހީކުރީ ޖަޒްލާން އަށް ކުރެވުނީ ގޯސްކަމެއް ކަމުގައެވެ. ”ސޮރީ“ ޖަޒްލާން މާފަށް އެދުނެވެ. އެވަގުތު އެލީ ޖަޒްލާންގެ ތުންފަތުގަ ޝަހާދަތް އިނގިލި ޖެއްސިއެވެ. ”އައި ލަވް ޔޫ ޓޫ ޖަޒް. އަހަރެން ވަރަށް ވަރަށް ލޯބިވޭ. މި ދުވަހަށް އަހަރެން ވަރަށް އިންތިޒާރު ކުރިން. އެކަމް އެކުވެރިކަންވެސް ގެއްލިދާނެތީ ބުނަން ނުކެރިފަ ހުރީ. އައި ލަވް ޔޫ ސޯ މަޗް.“ އެލީވެސް އެންމެ ފަހުން އެލީގެ އިހުސާސްތައް ބަންޑުން ކުރިއެވެ. އަދި ޖަޒްލާން ގައިގަ ބައްދާލިއެވެ.

ޖަޒްލާންއާ އެލީ އަށް ހީވީ މުޅި ދުނިޔޭގެ އުފާ އެއްކޮށް ލިބުނީ ހެންނެވެ. ލޯބީގެ ޖާދޫގާ ދެމީހުންވެސް ޖެހެމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާނެ ކަމަށް ބުނެެ ދުވަހަކުވެސް ވަކި ނުވާނެ ކަމުގެ ވަޢުދު ވަމުން ދިޔައެވެ. ނަމަވެސް.. ތަގުދީރުގަ ވާނެ އެއްޗެއް އިނގޭނީ ކާކަށް ހެއްޔެވެ..

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

michelle

Level 1

Other Articles

Previous

ސިއްރު – 9

Next

ވެވުނު ލޯބި

Next
April 6, 2018

ވެވުނު ލޯބި

Previews
April 6, 2018

ސިއްރު – 9

14 Comments!

  1. lotus says:
    April 6, 2018 at 5:54 am

    Oooooooooh… sooo sweeet.. finaly they confesd dhw.. but pls pls pls dont separate these two.. BTW, wats the new cover pic

    1. michelle says:
      April 7, 2018 at 10:16 am

      ei hama same meehuney e pic ga wes thiby 😛

  2. Rifu says:
    April 6, 2018 at 6:38 am

    Mee hama asluga vx real story eh tha????

    1. michelle says:
      April 7, 2018 at 10:15 am

      yes. based on a real story

  3. Beauty says:
    April 6, 2018 at 7:40 am

    Mivaahaka varah varah rythi. Ekam thankolheh kury gennaleh

    1. michelle says:
      April 7, 2018 at 10:17 am

      balaanan dhigukoh genesdheveytho

  4. Friends says:
    April 6, 2018 at 9:02 am

    Vvvv furihama neh bunaane ehcheh vex.
    Keep it up.kurin buni kanthah v bodah e bahuri ragalhu kohlaafa but adhi vex dhethin than kolhu e bahuri ehen…ummeedh kuran ok vaane kamah kuriyah oihtha .mihen mi bunany hama ragalhakan ingey dear NTL…next part kuda kon dhigu kohlaane kamah heekuran.
    Have a great day.
    -Salaam-???

    1. michelle says:
      April 7, 2018 at 10:18 am

      Hi. aslu ehen wany computer in liyaathy.. phone in liyuneema eheneh nuhurey. ekm phone in liyan jehigen kudakoh slow koh miulheny 😛

  5. Alyss says:
    April 6, 2018 at 11:09 am

    ohhhhh lovely
    jaz and elly ah dhera gotheh nahadhahchey they are perfect
    love this story
    my Alyss ge first comment igey mi story ah ekam baraabarah
    kiyan
    umeedhukuran next part v avahah up kuraane
    kamah
    love

    1. michelle says:
      April 7, 2018 at 10:19 am

      thank you.. up kollaanan awahah 🙂

  6. naash says:
    April 6, 2018 at 9:56 pm

    awwwwnnn…….they are sooo cute togetherr…..plxxx e dhekudhin dhuru nukurahcheyyy…..when next part???????

    1. michelle says:
      April 7, 2018 at 10:19 am

      next part wes up kolleveytho balaanan awahah 🙂

  7. Shiya says:
    April 8, 2018 at 9:30 am

    Plyx thankolheh avahah next part up kohladhybaa.. can’t wait to read it… plyx plyx plyx plyx. Varah reethi mi vhk masha allah.. jazakallah khairan.. ??????

  8. lotus says:
    April 8, 2018 at 2:25 pm

    Wen is the nxt part… waitin waitin….???

Comments are closed.

Next Episodeނަމަވެސް.. 6←


All Right Reserved!