ޖަޒްލާންއާ އެލީ އާށް ހީވީ މުޅި ދުނިޔޭގެ އުފާ ލިބުނީ ހެންނެވެ. ލޯބީގެ ޖާދޫގާ ދެމީހުންވެސް ޖެހެމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާނެ ކަމަށް ބުނެ ދުވަހަކުވެސް ވަކި ނުވާނެ ކަމުގެ ވަޢުދު ވަމުން ދިޔައެވެ. ނަމަވެސް.. ތަގުދީރުގަ ވާނެ އެއްޗެެއް އިނގޭނީ ކާކަށް ހެއްޔެވެ..
ދެމީހުންވެސް ބައްދާލައިގެެން އިރުކޮޅަކަަށް ތިބުމަށްފަހު އެކަކު އަނެކަކަށް ދުރުވެލިއެވެ. ދެމީހުންވެސް ތިބީ އިސްޖަހައިގެންނެވެ. ހީވާ ގޮތުން ދެމީހުންވެސް ތިބީ ލަދުންނެވެ. ލޯތްބަށް އިއުތިރާފް ވެވުމުން ދެމީހުންވެސް އެކަކު އަނެކަކަށް ނުލިބިގެން އުޅެން ޖެހުނު ހާލު ހިތައް އަރާ ހެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ޖަޒްލާން އެއް ކަކޫ މައްޗައް ތިރިވިއެވެ. އެލީއަށް މި ވާން އުޅޭގޮތް ކުޑަކޮށް އެނގުނެވެ. ޖަޒްލާން ޖީންސްގެ ޖީބުން އަނގޮޓި އެއް ނަގާ އެލީއަށް ދިއްކުރިއެވެ. އަދި ބުންޏެވެ. ”އެލީ ވިލް ޔޫ ބީ މައިން؟ ފޯރއެވާ؟“ ”ޔެސް“ އެލީ ލަދުން ހުރެ އެހެންނަމަވެސް އަތް ދިއްކުރަމުން ބުންޏެވެ. ޖަޒްލާން އެލީގެ އިނގިލީގަ އަނގޮޓި އަޅުވާލުމަށްފަހު ތެދުވެ އަނެއްކާވެސް އެލީއާ ގާތްވެލިއެވެ. އަދި މަޑުމަޑުން އެލީގެ ތުންފަތަށް ބޮސްދިނެވެ. އެލީވެސް ޖަޒްލާން އާ ބައިވެރި ވެލިއެވެ.
މިހުރިހާ މަންޒަރެއް ބަލަން ފަސްޓް ފްލޯ އަށް އަރައިގެން އައި އިބާ އަށް ފެނުނެވެ.އިބާގެ ރުޅިގަނޑު އިންތިހާއަށް ދިޔައެވެ. އިބާގެ ހިތުގަ ޖަޒްލާން ރަސްކަން ކުރަމުން ދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. މާނިއު އާ އެކީ ޖަޒްލާން އެގެއަށް ދާ ކޮންމެ ފަހަރަކު އިބާ އާ ދިމާވެގެން އެތަށް ވާހަކައެއް ދައްކައެވެ. މިހެން އުޅުމުގެ ތެރޭގައި ޖަޒްލާންގެ ހިތުގަ އެކަހަލަ އެއްވެސް ކަމެއް ނުވިޔަސް އިބާ ދިޔައީ ޖަޒްލާން އަށް ހިތް ހިބަ ކުރަމުންނެވެ. އަދި އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް އިބާ މެލޭޝިއާ އަށް ކިޔަވަން ދާން ޖެހުނީއެވެ. އެހެންކަމުން އެނބުރި އައިސް ބުނަން އިބާގެ އިހުސާސް ތައްް ފޮރުވިއެވެ.
ވަރަށް ކުލަގަދަ އެހާމެ ފޯރިއާއެކު އެންމެން ވެސް ޕާޓީ ނިންމާލިއެވެ. ބައެއް ކުދިން ސްކޫލް ނިމުމުން އުފާ ފާޅު ކުރަމުން އަނެއްބައި ކުދިން އެކަކު އަނެކަކާ ވަކިވާން ޖެހޭތީ ހިތާމަ ފާޅު ކުރަނުންނެވެ. ޖަޒްލާން އާ އެލީއާ ދެމީހުން ގެއަށް ދިޔައީ އެކީގައެވެ. ދެމީހުން ވެސް އަތުގުޅައިގެން ވަރަށް އުފާވެރިކަމާ އެކީ ދިޔައެވެ. ޖަޒްލާންއާ އެލީގެ ފަހަތުން އިބާ ވެސް މާނިއު އާއެކީ ގެއަށް ދިޔައެވެ. މާނިއު ވެސް ހުރީ ޖަޒްލާން އާ އެލީ ދެމީހުން ގުޅުމުން ވަރަށް އުފާވެފައެވެ. އިބާ ދެރަވިއެވެ. ޖަޒްލާންގެ އަތުގަ އެހެން ހިފަހައްޓަން އިބާވެސް ބޭނުންވިއެވެ. އެހެންކަމުން ޖަޒްލާން ހާސިލް ކުރަން އިބާ އަޒުމެއް ކަނޑައެޅިއެވެ.
އެލީގެ ގެއާ ހަމަވުމުން ދެމީހުންވެސް މަޑުކުރިއެވެ. މާނިއު އާ އިބާ ދެމީހުން އެގެ ފަސްކޮށް ތަންކޮޅެއް ކުރިއަށް ގޮސް ޖަޒްލާން އަންނަން ދެން މަޑުކުރީއެވެ. ”އައި ލަވް ޔޫ“ ޖަޒްލާން އެލީގެ އަތުގަ ބޮސް ދެމުން ބުންޏެވެ. އެލީ ލަދުން އިސް ޖަހާލިއެވެ. ”އައި ލްވް ޔޫ މޯ“ އެލީވެސް ބުނެލިއެވެ. ”ދެން ދޭބަ. މާނިއު އަށް ލަސްވާނެ“ އެލީ ޖަޒްލާންގެ ލޮލަށް ބަލާލަމުން ބުންޏެވެ. ހާދަ ހިތްގައިމެވެ. މިރޭ ޖަޒްލާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ގަދަ ނޫ ކުލައިގެ ޖީންސަކާ ކަޅުކުލައިގެ ގަމީހެއް ލާފައެވެ. ގަމީހުގެ އަތްކުރި އޮޅާލާފަ ހުރިގޮތުން ފިރިހެން ވަންތަކަން އިތުރުވެގެން ދެއެވެ. އެލީ ހިތާ ހިތުން ޖަޒްލާން އަށް ތައުރީފް ކުރަމުން ދިޔައެވެ. ދުވަހަކުވެސް ވަކި ނުވާނެ ކަމުގެ އުންމީދު ކުރަމުންނެވެ. “ގުޑް ނައިޓް” ޖަޒްލާން އެލީގެ ކޮލަށް ބޮސް ދެމުން އިސްތަށިގަނޑުގަ އަތް ހިނގާލަމުން ބުންޏެވެ. އަދި އެލީ އާ ދިމާލަށް އެއްލޯ މަރާލިއެވެ. ޖަޒްލާން ގެ މި ހަރަކާތުން އެލީ ލަދުން ވިރޭވަރު ވިއެވެ. އަދު ގުޑްނައިޓް އޭ ބުނެ އެތެރެއަށް ވަނެވެ. ޖަޒްލާން ވެސް ހިނިތުންވެލަމުން މާނިއު މެންނާ ދިމާލަށް ހިނގައިގަތެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ވެސް ހަލުވިކޮށެވެ. އެލީ އާ ޖަޒްލާން އާ ދެމީހުން އެ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުން ވެގެން ކައިވެނި ކުރަން ބޭނުންވިއެވެ. އެހެންކަމުން ދެފަރާތުގެ އާއިލާ އަށްވެސް އެންގިއެވެ. ދެމީހުންގެ ނަސީބުގަދަކަމުން ދެމީހުންގެ އާއިލާވެސް އެ ގުޅުމަށް އުފަލާއެކު މަރުހަބާ ކިއެވެ. ނަމަވެސް ދެމީހުންގެ އާއިލާ ބޭނުންވީ ދެމީހުންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އެ ގުޅުން ކައިވެނީގެ ގުޅުމަށް ބަދަލު ކުރާށެވެ. ދެމީހުންނަށް ވެސް އެއީ އެންމެ ރަނގަޅުގޮތް ކަން ވިސްނުނެވެ. އެހެންކަމުން ޖަޒްލާން އޭނަގެ ބަައްޕައާއެކު ޖައުފަރުގެ ބިޒްނަސް ކުރިއަށް ގެންދަން އެއްބައި ވެލިއެވެ. ޖައުފަރު އެކަމާ ވަރަށް ވެސް އުފާކުރިއެވެ. އެލީ އަށްވެސް އޭޑީކޭ ހޮސްޕިޓަލްގެ އެޗްއާރް އޮފިސަރ ގެ ވަޒީފާ ލިބުނެވެ. އަދި ވަރަށް ހިތްހަމަ ޖެހިގެން ދެމީހުންވެސް ވަޒީފާގަ އުޅެމުން ދިޔައެވެ.
ކަން ދިމާކުރި ގޮތުން އިބާ އަށް ޖަޒްލާން ގެ ރަހުމަތްތެރި ކަމުގެ ސަބަބުން އެ އޮފީހުން ވަޒީފާ ލިބުނެވެ. އިބާ އެކަމާ ވަރަށް އުފާވިއެވެ. ދެން ކޮންމެ ދުވަހަކު ޖަޒްލާން ފެންނާނެތީއެވެ. އިބާގެ ގައިގޯޅިވުމުގެ އުނދަގޫތައް ޖަޒްލާން އާ އެންމެ ފުރަތަމަ ދުވަހުވެސް ކުރިމަތިވާން ފެށިއެވެ. އެހެން ނޫޅުމަށް ޖަޒްލާން އެތައް ދުވަހަކު އެދުނެވެ. ނަމަވެސް އިބާގެ އެ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ. ވަޒީފާއިން ވަކި ކޮށްލަންވެސް އެތައް ފަހަރަކު ހިތައްއެރިއެވެ. ނަމަވެސް އިބާ ބޭޒާރު ކޮށްފަ ކަނޑާލާކަށް ބޭނުމެއް ނުވީއެވެ.
ޖަޒްލާން އާ އެލީގެ ގުޅުމަށްު އެއް އަހަރަށްވުރެ ގިނަ ދުވަސް ވީއެވެ. ދެމީހުން ވެސް އެކަކު އަނެނަކަށް ވާ ލޯބި ފާޅުކުރަމުން ދިޔައި ނުހަނު ލޯބިންނެވެ. ނަމަވެސް ގުޅުން ހީނަރުވާން ނެގީ މަދު ދުވަސްކޮޅެކެވެ. ޖަޒްލާން އަށް ބަދަލުތައް އަންނަން ފެށީއެވެ. ދެމީހުން ދޭތެރޭ މައްސަލަތައް ޖެހެން ފެށިއެވެ. މައްސަލަ ޖެހެނީ ކީއްވެގެން ކަމެއް ދެމީހުންނަކަށް ވެސް ނޭނގެއެވެ. ކުޑަ ކުޑަ ކަމަކާވެސް ޖަޒްލާން ރުޅިއައިސްގެން އެލީ އާ ވާހަކަ ނުދައްކާ ހުރެދާނެއެވެ. އަދި ކޮންމެ ފަހަރަކު އެލީގެ އާދޭސް ކުރުމާ އެކު ޖަޒްލާން ވެސް ދެރަވެއެވެ. މިވަނީކީއްކަމެއް ޖަޒްލާން އަށްވެސް ނޭނގޭ ފަދައެވެ. ކަންކަމާ މާ ރުޅިގަދަ ވާކަން ޖަޒްލާން އަށް ވެސް ވިސްނެއެވެ. އަދި އެލީ ދެރަކުރެވޭ ކަންވެސް އިނގެއެވެ. މިކަންތަކާ ދޭތެރެ ޖަަޒްލާން އަށް ފަހުން ވިސްނި ދެރަވެއެވެ. މާ ގަދަޔަށް މަސައްކަތް ކުރަން ޖެހުމުން ވާ ކަމެެއް ކަންނޭގެއެވެ.
އެލީ ވަޒީފާ އުޅޭތާ އެއް އަހަރު ވުމުން ޗުއްޓީއެއް ނަގައިގެން އެލީގެ މަންމަ އާ އެކީ އައްޑޫ އަށް ދިޔައެވެ. ޖަޒްލާން ވެސް ދާން އުޅުނެވެ. ނަމަވެސް ޖަޒްލާންގެ މަސައްކަތް ހުރި ގޮތުން ދެވޭ ގޮތެއް ނުވީއެވެ. އެލީ ދިޔައީ ބަރާބަރު އެއް މަހަށެވެ. ފުރަތަމަކޮޅު ޖަޒްލާން އެލީ އަށް ވަރަށް ގިނައިން ގުޅިއެވެ. ފުރަތަމަ ފަހަރަށް އެހާ ދުރަށް ދިއުމުން ހަނދާން ވާ ވަރުންނެވެ. ނަމަވެސް ޖަޒްލާންގެ މިޒާޖަށް ބަދަލު އަންނަން ފެށިއެވެ. އެލީގުޅީމަ ގިނަ ފަހަރު ފޯނަކަށް ޖަވާބު ނުދެއެވެ. ގުޅާލެވޭ ފަހަރެއް ވެއްޖެއްޔާ ބިޒީ ކަމަށް ބުނެ ފޯނު ކަނޑާލައެވެ. ޖަޒްލާން އަށް އަންނަމުންދާ ބަދަލެއް އެލީ ވިސްނާ ވިސްނާވެސް ނޭނގުނެވެ.
އެލީ ދެރަވެގެން އުޅޭތާ ދެތިން ދުވަސް ވީ ތަނާ ޔަލް ގުޅާފަ ދިން ހަބަރަކުން އެލީގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ޔަލް ބުނި ގޮތުގައި ޖަޒްލާން އިބާ ގޮވައިގެން ސައިކަލް ދުއްވާތަން ވަރަށް ގިނައިން ފެނެއެވެ. އިބާ ހުންނީވެސް ފަހަތުގަ ހުންނަ އިރު ޖަޒްލާން ގައިގަ ބައްދާލައިގެންނެވެ. ޔަލް ހީކުރީ އެލީއާ ޖަޒްލާން އާ ދެމީހުން މިހާރު ރުޅިވީކަމަށެވެ. އެހެންކަމުން ޔަގީން ކުރަން އެވާހަކަ އަހަން ޔަލް އެލީ އަށް ގުޅީއެވެ. ”ނުވާނެ ތިހެނެއް.. ޖަޒް އެހެން ނޫޅޭނެ. ޖަޒް އެއަަށްވުރެ ލޯބިވާނެ އަހަރެންދެކެ“. އެލީ ޔަލް ބުނި އެއްވެސް ވާހަކައެއް ގަބޫލު ނުކުރިއެވެ. ”އެލީ ގަބޫލު ކުރޭ. އެލީ އަށް ދެރަައެއް ދޭކަށް އަހަރެން ނޭދެން. އަހަރެންވެސް އަމިއްލަ ލޮލުން ފެނުނީމަ މިބުނީ“ ޔަލް ބުންޏެވެ. އެލީ ގަބޫލެއް ނުކުރިއެވެ. އެހެންކަމުން ފޯނު ބޭއްވުމަށް ފަހު ޖަޒްލާން އަށް ގުޅިއެވެ. ޖަޒްލާން ފޯން ބިޒީކުރީއެވެ. އެތައް ފަހަރު ގުޅުމުންވެސް ޖަޒްލާން ފޯނެއް ނުނެގިއެވެ. މެސެޖެއް ކުރުމުން އޭގެ ޖަވާބެއްވެސް ނުދެއެވެ. އެހީހިސާބުން އެލީ އަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ.
ޖަޒްލާންގެ ހާލު ބަލައިލަމާތޯއެވެ. އެލީ ގުޅާތީ ފޯނަށް ބަލަހަށްޓައިގެން ހުރި ޖަޒްލާންގެ ހިތްވެސް ރޮނީއެވެ. ”އެލީ ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ“. ޖަޒްލާންގެ ހިތައް އެހެން އެރުމުން ކޮންމެ ފަހަރަކުވެސް ހިތް ރުޔެވެ. އެއީ މީގެ ދެހަފްތާ ކުރިންނެވެ. އެލީ ފުރައިގެން ދިޔަތާ ހަފްތާއެއް ފަހެވެ. ޖަޒްލާންގެ މަސައްކަތް ހުންނަގޮތުން ވަރަށް ގިނަ ރޭ ލަސްވަންދެން އޮފީހުގަ މަޑުކުރަން ޖެހެއެވެ. އެއީ ހަމަ އެކަހަލަ ރެއެކެވެ. އިބާވެސް އެކަހަލަ ރެއެއްގާ ޖަޒްލާން އާ އެކީ މަޑުކުރެއެވެ. ދެމީހުން އެހެން ތިއްބާ އެރޭ ވާރޭ ވެހުނެވެ. ”އަޅޭ އެއޮތް ވިއްސާރަވީ. ޖޭޒް ގެންނަންތަ ވަރަށް ހޮޓް ކޮފީއެއް“. އިބާ ބުންޏެވެ. ޖަޒްލާން އެއްވެސް ޝައުގުވެރި ކަމެއް ނެތި އޯކޭއޭ ބުންޏެވެ. އަދި އެއަށްފަހު އިބާ ކޮފީތަށި ގެނެސްދިނެވެ. ކޮފީތަށި ބަހައްޓަމުން އިބާ އެއްމިޔަކަނުން ނުބައި ގޮތަކަށް ހީލަމުން އެތާ އިން ފެންތަށި ޖަޒްލާންގެ ގަޔަށް ވަރާލިއެވެ. ”ޝިޓް. ސޮރީ ސޮރީ. އިބާ ގަސްތުގަ ކުރި ކަމެއް ނޫން.“ އިބާ ދެރަވާ ކަމަށް ހަދާލާފަ ބުންޏެވެ. ”އިޓްސް އޯކޭ އެބަ އަންނަން ގައި ހިއްކާލައިގެން“. ޖަޒްލާން އެހެން ބުނެ ތެދުވެގެން ދިޔައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Varah salhi… Masha alhah …kon irakun next part up kohdheyny?????