Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ނަވާވީސްވަނަ ބައި)

Marie Level 210 Stories100 Login100 Comments
April 2, 2018 4 Mins Read
7 Comments

މަޑު ފިޔަވަޅުތަކެއްގައި ފަހަރަކު ސިޑިއަކައް އަރައިގެން ގޮސް ކޮޓަރީ ތަޅުގައި ހިފާލުމައްފަހު ވަރައް މަޑުމަޑުން އެތެރެއަށްވަނެވެ.
ކުޑައެދާ ދިމާލައް ބަލައިލުމާއެކު އެއެދުގައިރައިން ނެއްކަން އެނގުމުން ޝީން އަޔާޒް އަށް ބަލާލިއެވެ.
ވަގުތުންއެމޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ
އަޔާޒްގެ މޭމަތީގައި ރައިންބާއްވާލައިގެން އޮތް އިރު އެމަންޒަރުބަލާ ފޫހިނުވެއެވެ.
******************************

ހަވީރު އަޔާޒް ޝީންއާއި ރައިން ގޮވައިގެން ކާރު ދުއްވާލަން ދިޔައެވެ
ޝީންގެ އުގުގައި ރައިން އިންއިރު އެމޫނުމަތިންވެސް ހިތްހަމަޖެހިފައި އިންކަންއެނގެއެވެ. މަންމައާއި ބައްޕަގެ ލޯބި އެދަރިފުޅައް އިހުސާސް ކުރެވެނީކަންނޭގެއެވެ.
ކޮންމެ ކުއްޖެއްގެ ހަޔާތުގައިވެސް އެންމެބޮޑު އުފަލަކީ އެކުއްޖެއްގެ މަންމައާއި ބައްޕަގެ ލޯބިލިބުމެވެ
މާލޭގެ ބޮޑެތި މަގުތަކުގައި ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ކާރު ދުއްވާލުމައްފަހު އެމީހުންނައް ގެއަށް އާދެވުން އިރު ހަގަޑި ބައިވެ ބޮޑުވަނީއެވެ.

އިރުއޮއްސިގެން އައިވަގުތު މުޅިއުދަރެސް ބައްދާލީ ބޯ ކަޅުވިލާތަކުންނެވެ. ވައިރޯޅިތައްވެސް ތަންކޮޅެއްބާރުވާން ފެށިއެވެ ވިއްސާރަ ރެރެއެއްކަމުން ކޮންމެ މީހެއްވެސް އަވަސްވެގަތީ ކައިނިމިގެން ކޮޓަރިއަށް ދިއުމަށެވެ.

އެންމެންތައް ކޮޓަރިތަކައް ވަދެ މުޅިގޭތެރެ ހަމަހިމޭން ވުމުން އަޔާޒް އާވި އަރަ އަރަ ހުރި ކޮފީޖޯޑެއް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ދެއަތް ދެއަތާ ކާރުވަމުން ޝިންވެސް އެވަގުތު އައިސް ސޯފާކައިރީގައި ހުއްޓިލިއެވެ. އެމަންޒަރުން ޝީން ހީކަރުވައިގަނެފައި ހުރިވަރު އަޔާޒްއަށް އެގުނެވެ
ކޮފީހެއް ހަދާލަދެންތަ އޭރައް ތަންކޮޅެއް ހީފިލާފާނެ ” އަޔާޒް އެހެން ބުނެލުމައްފަހު ޝީންގެ ޖަވާބަކައް މަޑުކުރުމެއް ނެތި ތެދުވިއެވެ. އަދި ކައިރިއަށް ޖެހިލަމުން ފިނިވެފައި ހުރި ޝިންގެ ގައިގައި ބައްދާލިއެވެ.
އެވަގުތު އަޔާޒް ހަށިގަނޑުގެ ހޫނުކަމުން ފިނިކަން ފިލާދާން ނެގީ މަދު ވަގުތުކޮޅެކެވެ.
ސޯފާގައި ޝީން ބޭންދުމައްފަހު އަޔާޒް ބަދިގެއަށް ވަދެ ކޮފީތައްޓެއް ތައްޔާރުކޮއްލައިގެން ނިކުތެވެ.
ހޫނު ކޮފީތަށި ބޮއި ނިމުން އިރު ހަށިގަނޑުގައިވި ފިނިކަމާއި ލޮޑުކަން ފިލާދިޔައެވެ.

ދެމީހުން އެކުގައި ކޮޓަރިއަށް ވަދެ ޝީން ކޮޓަރީގެ އެއްފަރާތެއްގައި އުއްބައްތިއެއް ދިއްލާލާފައި ބެހެއްޓިއެވ.
ކޮޓަރީގައި ދިއްލާފައި ހުރި ނިދާބޮކީގެ އަލި ނިއްވާލުމުން ކޮޓަރިތެރެއަށް އެޅިގެންދިޔަ ހިތްގައިމު ރީތި އައްޔެކެވެ.
ޝީންގެ ކޮންމެ ހަރަކާތަކައް ބަލަން އަޔާޒް އިން އިރު ތުންފަތް މަތިން ހިނިތުންވުން ފިލާ ނުދެއެވެ
އަލަމާރިން ނިދާހެދުންނެގުމައްފަހު ޝީންފާހާނާއަށްް ވަތްއިރުވެސް އަޔާޒް އެއިންގޮތައް އިނީއެވެ.
ގަދަލޭރަތް ކުލައިގެ ފަށުވި ނިދާ ހެދުމުގައި ޝީން ފެންނަލެއް ވަރައްވެސް ފުރިހަމައެވެ.
ބަލަހައްޓައިގެން އިން އަޔާޒް ފެނުމުން ޝީން ލަދުގަންނަގޮތް ވިއެވެ. ދެން ތިވަރައް ނުބަލަބަލަ” ޝީން ލަދުން ހުރެ އެހެން ބުނެލުމުން އަޔާޒް ޝީންއާއި ގާތައް ޖެހެލަން އުޅުންކަމައް ހަދާފައި ފާހާނާއާއި ދިމާލައް ހިނގައިގަތީ ހިނިގަޑެއް ޖަހާލަމުންނެވެ.
ކުޑައިރުކޮޅަކުން ތުވާއްޔެއް އަދެލައިގެން އަޔާޒް ފާހާނައިން ނިކުތެވެ. ޝީންއާށް އަޔާޒް އާއިދިމާލައް ބަލާ ފޫހިނުވެ. ފިރިހެން ވަންތަ ރީތި މިސާލެކެވެ.
ޝީން އެގޮތައް ބަލަހައްޓައިގެން ހުއްޓައި އަޔާޒް ބަލާލުމުން މުޅިމޫނު ބްލަޝް ވާންފެށިއެވެ. އެމަންޒަރުން ޝީންގެ ރީތިކަން އިތުރައް ފުރިހަމަވިއެވެ.
ހާދަލަދެކޭދޯ ތިގަންނަނީ މަގޭ ޖާން” އެކަމަކުވެސް ވަރައް ލޯބިއިނގޭ”
އަޔާޒް ޝީންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ. އުއްބަތީގެ ދިގު ހިޔަނިތަކުން ކޮޓަރީގައި ނަށަމުންދިޔައިރު އަޔާޒްގެ ކޮންމެ ބީހިލުމަކައް ޝީން މަރުހަބާކީ ހިތުގެ ފުންމިނުންނެވެ
*****************************

އަޔާޒްމެން ކައިވެނި ކުރެވި ތިންވަނައަށް ވީ ދުވަހު ފަލަކްއާއި އެކު ޝީންއާއި އަޔާޒް ރައިން ގޮވައިގެން ޔާސިރުގެ އާއިލާކައިރިއަށް ދުވަސްކޮޅަކައް ދިޔައެވެ.
އެއާޕޯޓްއިން ގެއަށް އާދެވުމާއެކު ގޭން އަޔާޒްމެންނައް މަރުހަބާކީ އަޔާޒްގެ މާމައާއި ކާފައަދި ފަލަކްގެ މަންމައާއި އޭނަގެ ތިން ދަރިންނެވެ.
ގިނަދުވަސް ތަކަކައްފަހުއެމީހުންނައް އަޔާޒް ފެނުމުންތިބީ ވަރައް ހިތްހަމަ ޖެހިފައެވެ .އަޔާޒް އެއްމެންނައް ޝީން ތައާރަފް ކޮއްދިނުމައްފަހު މާމަ އަތައް ރައިން ދިނެވެ
ހަމަ އަޔާޒް މީނީ” އެއްވެސް ތަފާތެއްނެއް” ނަފީސާގެ ފަރާތުން އެމީހުންނައްވެސް ރައިންގެ ހަގީގަތް އޮތީ އެނގިފައެވެ.
ޝީން ގޭތެރެއަށް ނަޒަރު ހިނަގާލިއެވެ. ދެބުރިއަށް ނަގާފައިވާ ބޮޑުގެއެކެވެ
ތިރީގައި ބަދިގެ ބަޔަކާއި އެކުއެއްކޮޓަރި ހުރިއިރު ބޮޑު ސިޓިންގް ރޫމްގައި ބޮނޑު އުދޯއްޔެއް އެލުވާފައި ފާރުކައިރީ ރެކްމަތީ ބޮޑް ޓިޥިއެއްވެސް ހުއްޓެވެ. ދޮރުމަތީގައި ހައްދާފައިވާ އެކި ކުލަކުލައިގެ މާ ބަގީޗާއިން ޝީން މަންމަ މަތިން ހަދާންވިއެވެ.
ދެން އާދޭއެއްޗެއް ކާލަން ފަލަކްގެ މަންމަ މިލްނާ އެހެން ބުނެ ރައިން އުރާލިއެވެ. މިލްނާ އެހެން ބުނުން މާމަ އާމިރާ ޝީންއާއި އަޔާޒް ގޮވައިގެން ބަދިގެއާއި ދިމާލައް ހިނގައިގަތެވެ.
މިލްނާ ރައިން އުރާލުމުން ރައިން ފައިބަން ބޮޑާ ހާކަން ފެށުމުން ތިރިއަށް ބޭލިއެވެ. ބޭލުމާއެކު ރައިން ދުވަން ފެށިއެވެ.
އޭރު ފަލަކްގެ އެންމެ ހަގު ދެކޮއްކޮ މާން އާއި ޔާން އަށްވެސް ރައިން އުޅޭ ގޮތް މަޖާވެގެން ރައިން ފަހަތުން ދުވެއެވެ.
މާން އާއި ޔާންގެ އިންނަނީ އެއްއަހަރުގެ ތަފާތެވެ. ޔާންއަށް މިއަހަރު ހަތް އަހަރުވާއިރު މާންއަށް މިއަހަރު ހައަހަރު ފުރޭނެއެވެ.
އެންމެ ދޮށީ ފަލަކް އެވެ އެއާ ޖެހިގެން ދެއަހަރު ހަގު ފާހާ އެވެ. ދެއަންހެން ކުދިންނާ ދެފިރިހެން ކުދިންނެވެ. މިލްނާގެ ފިރިމީހާ އުޅެނީ ރާއްޖޭރިސޯޓެއްގައެވެ.
ލިބޭ ޗުއްޓިތަކުގައި ކޮންމެ ފަހަރަކުވެސް ސައީދް އެކުދިން ގާތައް އާދެއެވެ
ޝީންމެންސައިބޮއިގެން ނިކުތުމުން ފާހާއާއި ފަލަކް ޝީންއަށް ކޮޓަރިދައްކަން މައްޗައްއެރިއެވެ.
ތިރީގައި ހުރި ކޮޓަރީގައި މާމައާއި ކާފަ އުޅޭ އިރު މަތީގައި ހުރި ހަތަރު ކޮޓަރިން ފަލަކްގެ ކޮޓަރި ޝީން މެންނައް ދީފައި ފަލަކް ފާހާ ކޮޓަރިއަށް ބަދަލްވިއެވެ.
ރައިން ދުވެ ދުވެފައި އުޅުންއިރު އާތަނަކައް އާދެވިގެން އުޅޭހެންވެސް ހީނުވެއެވެ. ޝީން ރައިން އަށް ކާންދީ ނިމުމުން ޝީންއާއި އެކު އަޔާޒްވެސް ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެފައި އަޔާޒް ރައިން އުރާލައިގެން ގޮސް ފެންވަރުވާލުމައްފަހުނިންދެވިއެވެ.
ރައިން ނިދިމުން ޝީންއައިސް ކޮޓަރީގައި ހުރި ކުޑަދޮރުން ބޭރުބަލާލިއެވެ. ފަހަތުން އަޔާޒް ވެސް އައިސް މަޑުކޮއްލިއެވ.
ރޭގަނޑު ދިއްލާލާފައިވާ ބޮކިތަކުގެ އަލީގައި ބަގީޗާ ފެންނަނީ ވަރައް ފުރިހަމަކޮށެވެ.
ކުލަކުލައިގެ މާތަކުން ގަސްތައްފުރިފައިވާއިރު މުޅި ފަޒާގައި ހިފާލާފައިވަނީ ލުއި މަޑުވަހެކެވެ.

ޖެހިގެން އައި ދުވަހު ޝީންއާއި އަޔާޒް ދިޔައީ މިލްނާ އަދި އޭނަގެ ހަތަރު ކުދިންނާއެކު ޝީންމެނައް ތަންތަންދައްކާލާށެވެ.
އެދަތުރު ވެގެން ދިޔައީ ޝީން އަށް ވަރައް ހާއްސަ ދަތުރަކަށެވެ. އަޔާޒް އާއި އެކު އެގޮތައް އުޅެލަން ލިބުމުން ބަޔާން ކުރަންދަތި އުފާވެރިކަމެއް އެހިތައް ލިބުނެވެ.

ގޭތެރޭގައި އަބަދު ދުވެ އުޅޭ ރައިން ނެތުމުން ނަފީސާއަށް މުޅި ގޭތެރެ ފަޅުވެފައި ދުވަސް ދިގުވެފައިހުއްޓެވެ.
ދުވާލަކު ދެބުރައްނަފީސާ ރައިން އައް ގުޅަން ފެށުމުން އަޔާޒްއަށް ނަފީސާ ރައިން ނެތުމުން ފޫހިވެފައި ވާވަރު އެނގުނެވެ
********************

މާމައާއި ކާފަ އުނދޯލީގައި ތިބި އިރު ދެންތިބި މީހުން ސޯފާގައި ތިއްބެވެ. ދުވެ ދުވެފައި އުޅެ ރައިން ފަހަތުން ޔާން އާއި މާން ވެސް އުޅެއެވެ.
ޔާން ރައިން ފަހަތުން އަންނަނ ފެށުމުން ރައިން އަޔާޒްއާއި ދިމާލައް ދުއްވައިގަތެވެ. އަޔާޒް ކައިރިއަށް ނުދެވެނީސް އެތާއޮތް ކުޅޭއެއްޗައް އެރިފައި ރައިން އަރިއަޅާލިއެވެ. އެމަންޒަރު ފެނުމުން އަޔާޒް ފުންމައިގެން ތެދުވިއެވެ. ނަމަވެސް އަޔާޒް އަތުގައި ނުޖެހި ރައިން ހުރިގޮތައް މުށިގަނޑުމައްޗައް ވެއްޓުނެވެ
ޝީންއާއި ދެންތިބިމީހުންނައްވެސް އެއްފަހަރާ ދުއްވައިގަނެވުނެވެ.
އަޔާޒްއަށް އެހިސާބައްދެވުން އިރު ރައިން ވަރައް ބާރައް ރޯންފެށިއެވެ. އަވަހައް އެދަރިފުޅުނަގާ އަތްމައްޗައް ނެގިއެވެ. ނިއްމަތީ ގޮނބި ލައިފައިވާތަން ފެނުމުން އަޔާޒް ހިތް ހީވީ ކުދި ކުދި ވިހެންނެވެ.
ދުވަހަކުވެސް އެދަރިފުޅެއްގެއްލުމެއް ލިބެން އޭނަ ބޭނުމެއް ނުވެއެވެ. އެދަރިފުޅަކީ މިހާރު އޭނާގެފުރާނައެވެ. އެކުއްޖާ އަށް ގޮތެއްވެއްޖެނަމަ އޭނަ މޮޔަވެސް ވެދާނެއެވެ
ޝީން ދުވެފައި އައިސް އަޔާޒްއަތުގައި އޮތް ރައިން އުރާލިއިރު ޝީންއަށްރޮވެނީއެވެ. ފަލަކް ފްރިޖްގައި އޮތް އައިސްގަނޑު ހިފައިގެން އައިސް އަޔާޒް އަށް ދިއްކޮއްލިއެވެ
އަވަހައް ޝީން ރައިން ގޮވައިގެން ސޯފާގައި އިށީނުމުން އަޔާޒް ނިންމަތީ ގޮނބިލައިފައިވާ ތަނުގައި ޖައްސަން ފެށިއެވެ
ދުރުގައު އެމަންޒަރު ބަލަން ޔާން ހުރި ދެރަވެފައެވެ. މިލްނާއަށް އެމަންޒަރު ފެނުމުން ޔާންއަށް ވިސްނައިދިނެވެ
ރައިން އެންމެ ތުއްތު އިރުންފެށިގެންވެސް މިހާބޮޑު އަނިޔާއެއް އެލިބުނީ އަލަށެވެ.
އެރޭ ނިދުން އިރުވެސް ރައިންއަށް ގިސްޖެހެއެވެ. ރައިންބޮޑުއެދުގައި ބާއްވާލައިގެން ޝީން އެއްފަރާތެއްގައި އޮތްއިރު އެމޫނުމަތިން އަދިވެސް އެކަމާ ދެރަވެފައި އޮތް ވަރު ފެނެއެވެ
އަޔާޒް ވަރައް ވިސްނައި ދިނުމުން ޝީން ހަމައަކައްއެޅުނެވެ.
ހަފްތާއެއް އެކޮޅުގައި މަޑުކޮއްފައި ރައިން ގޮވައިގެން ޝީންމެން އެބުރިއައުމުން ނަފީސާ އުފަލުން ހީވަނީ އެހެން ކަމެއްހެންނެވެ.
ރައިން ނެތި އެވީ ދުވަސްކޮޅުގައިއޭނަ ހީވަނީ ފޫހިވެގެންހަލާކްވެދާނެހެންނެވެ.
މުޅިގެ ފަޅުތަނެކޭ އެއްވަރެވެ
******************************

ދުވަސްތައްމާޒީ އާއި އެކުވަމުންދެއެވެ. ހަޔާތުން ހިނގާ ކޮންމެ ދުވަހެއްގައި އެކި ކުލަ ޖެހެމުންދެއެވެ.
ސިޓިންގްރޫމް ސޯފާގައި ޝީން އޮށޯވެލައިގެން އޮތް އިރު އެމޫނުމަތިން ވަރުބަލިކަންފެންނަން ހުއްޓެވެ.
ކައިރީގައި ކާޓޫން ބަލަން ތިންއަހަރުގެ ރައިން އިނެވެ. އޮފީސް ނިންމާލާފައި ގެއަށްވަތް އަޔާޒް އަށް ސޯފާގައި ދިގައް އޮށޯވެލައިގެން ޝީން އޮތްތަން ފެނިފައި އަޔާޒް ކައިރިއަށް ޖެހިލިއެވެ
އަޔާޒް ފެނުމުން ރައިން ދުވެފައި އައިސް އަޔާޒް ފައިގައި އޮޅުލައިގަތެވެ. އަޔާޒް ރައިންނަގާ އުރާލަމުން މުޅި މޫނައް ބޮސްދިނެވެ.
ޝީންގެ ކައިރިއަށް އަޔާޒް ޖެހިލުމާއެކު އެމޫނުމަތިން އެހަށިގަނޑުގައި ވަރެއްނެއްކަން އަޔާޒް އަށް އެނގުނެވެ. ” ކިހިނެއްވެފަ ” މިއަދުވެސް އެއްކަލަހެން ވަނީތަ” ހިނގާ ޑޮކްޓަރައް ދައްކަން ދާން” އަޔާޒް ސޯފާކައިރީ އިށީންނަމުން ރައިން ނަގާ އުނގައްލަމުންބުނެލިއެވެ.
އަޔާޒް ނަފީސާ އަށް ގޮވާލާފައި ޝީން ގޮވައިގެން ހޮސްޕިޓަލްއަށް ދާވާހަކަ ބުނެލިއެވެ
އޮފީސް އެއްޗެހި ބަދަލް ކުރުމެއްވެސް ނެތި އަޔާޒް ކާރު ނެރެގެން ޝީން ގޮވައިގެން ހޮސްޕިޓަލް އަށް ދިއުމައްޓަކާ ނިކުތެވެ. އޭޑީކޭ ކައިރީގައި ކާރު ޕާކް ކޮއްލުމައްފަހު އަޔާޒް ޝީން ގޮވައިގެން ގޮސް އާންމުބަލީގެ ޑޮކްޓަރަކައް ދައްކާލިއެވެ.
ނަމަވެސް އެޑޮކްޓަރު ބައެއް ސުވާލް ކޮއްލުމައްފަހު ގައިނީއަކައް ދައްކަން އިރުޝާދު ދިނެވެ.
އަންހެނުންގެ ހާއްސަޑޮކޮޓަރަކައް ދައްކަން މެމޯ ނަގައިގެން އައިސް ޝީންއާއި އަޔާޒް ނަމްބަރު ޖެހޭނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.
އެގޮތައް ތިބޭތާ ބައިގަޑިއިރުފަހުން ނަމްބަރު ޖެހުމުން ޝީން އަޔާޒް އާއި އެކު ޑޮކްޓަރު ރޫމައްވަނެވެ.
ވަރުބަލިވެފައިވާ ޝީންގެ މޫނުފެނުމުން ޑޮކްޓަރު ސުވާލް ކުރަން ފެށިއެވެ.
.

.ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ތަޤްދީރު (26)

Next

ވާށެ އޯގާ ހިތާ 5

Next
April 2, 2018

ވާށެ އޯގާ ހިތާ 5

Previews
April 1, 2018

ތަޤްދީރު (26)

7 Comments!

  1. Shann says:
    April 2, 2018 at 5:20 am

    Anehka preg v kanneynge dhw… V rythi mibaives… Story ah haadha inthixaareh kohfaey reyga nidhyves… V …ves rythi

  2. lotus says:
    April 2, 2018 at 5:53 am

    V nice mi part vx… story nimenee dhw

  3. Rishy says:
    April 2, 2018 at 6:28 am

    Nice?

  4. Ibsha says:
    April 2, 2018 at 7:41 am

    Varah reethi

  5. leen says:
    April 2, 2018 at 9:47 am

    vaahaka update kuraaleh haadha lahey mihaaru please make it fast cant wait❤❤

  6. princess says:
    April 2, 2018 at 10:17 am

    WOW…….UV THIS…….WAITING …WAITING ……………………

  7. eina says:
    April 2, 2018 at 5:17 pm

    v reethi… avahah update kurahcheyy..

Comments are closed.

Next Episodeޝީން(ތިރީސްވަނަ ބައި)←


All Right Reserved!