Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (26)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
April 1, 2018 6 Mins Read
21 Comments

ޒީވާނަށް ބަލަންތިބުމަށްފަހު ދެމީހުން އެހިސާބުގައިހުރި ސިމެންތި ގޮނޑިއެއްގައި އިނށީނެވެ. އިރުއިރުކޮޅާ މަލްހާއަށް ޔާނިކްގެ މޫނަށް ބަލައިލެވެނީ ވާހަކައެއްބުނަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ. އެކަން ޔާނިކްއަށް ފާހަގަވީ ކަންނޭނގެއެވެ. މަލްހާގެ މޫނަށް ބަލައިލަމުން އޭނާ ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. “އޫމް. ޔާނިކް. އަހަރެން. އަހަރެން ވާހަކައެއް ބުނަންކަމަށް.” އުނދަގުލުން މަލްހާ އެހެންބުނެލުމާއެކު ނިތަށް ރޫއަރުވައިލަމުން ޔާނިކްް މަލްހާއާއި ދިމާއަށް އެނބުރިލީ އޭނާ ބުނަން އެއުޅޭވާހަކައެއް އަޑުއެހުމުގެ ޝައުގު ހިތުގައި އުތުރިއަރައިގަތްވަރުންނެވެ.

“ޔެސް މަލް. ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް.” އިސްޖަހައިގެން ދެއަތްދެއަތާ މޮޑެންއިން މަލްހާއަށް ބަލަހައްޓައިގެންއިނދެ ޔާނިކް ބުނެލީ އިރުކޮޅެއްވީއިރުވެސް މަލްހާ އެއްޗެއް ނުބުނެ ހުރުމުންނެވެ. ޔާނިކް އެހެންބުނުމާއެކު ތުންފަތުގައި ދަތްއަޅައިލަމުން މަލްހާ ނުތަނަވަސްވެފައި ޔާނިކްގެ މޫނަށް ބަލައިލިއެވެ.

“މަލް. ކަމެއްވީތަ؟” މަލްހާ އުޅެމުންދިޔަގޮތްފެނި ޔާނިކްވެސް ކަންބޮޑުވާގޮތްވިއެވެ. “ނޫން. އަހަރެން.. އަހަރެން އަސްލު ބުނަން ބޭނުންވީ..” އެހިސާބަށް ބުނެފައި އަނެއްކާވެސް މަލްހާ ހުއްޓައިލިއެވެ.

“މަލް ކަމްއޯން ބުނެބަލަ ތިބުނަންއުޅޭ އެއްޗެއް.” އާދޭހުގެ ރާގަކަށް ޔާނިކް އެހެންބުނެލުމުން ފުންނޭވާއެއްލަމުން މަލްހާ ބޯޖަހައިލިއެވެ. “އަހަރެން.. ޔާނިކްއާ..” ޔާނިކްގެ ފޯނުގެ ރިންގްގެއަޑާއެކު އަނެއްކާވެސް މަލްހާގެ ވާހަކަ މެދުކެނޑުނެވެ. ޖީބުގައިއޮތް ފޯނު ނަގައި ޔާނިކް ބަލައިލީ އެއީ މުހިއްމު ކޯލަަކަށްވެދާނެތީއެވެ. ވީވެސް ޔާނިކް ހީކުރިހެންނެވެ. މަލްހާ ގާތުގައި މަޑުކޮށްލާށޭ ބުނެލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިލަމުން ޔާނިކް ދުރަށް ހިނގައިގަތެވެ. އެތަންބަލަންއިން މަލްހާ ދެފަރާތަަށް ބޯހޫރުވައިލަމުން އިސްޖަހައިލިއެވެ.

ގައިގައިނެތް ހިތްވަރުނެރެފައި މަލްހާ ބުނަންއުޅުނީ އޭނާ ޔާނިކްއާ ކައިވެނިކުރަން ތައްޔާރު ވާހަކައެވެ. މަލްހާއަަށް ބޮލުގައި އަތުން ފިރުމައިލެވުނެވެ. އޭނާ އެކަމާމެދުގައި ހާދަހައި ވިސްނައިފިއެވެ. ޒީވާނަށްޓަކައިވެސް މިކައިވެނިކުރަން އޭނާ ބޭނުންވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޔާނިކް އޭނާއަށް ދެރައެއްދީފާނެކަމަށް މަލްހާގެ ހިތެއް ނުބުނެއެވެ. ޔާނިކްއަަށް އިތުބާރުކުރެވެންފެށީ ކިހިނެއް ކޮންއިރަކުކަމެއްވެސް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ޔާނިކް ފޯންކޯލް ކުރުކޮށްލަމުން އަވަހަށް އައީ މަލްހާ ބުނަންބޭނުންވެގެން އެއުޅޭ ވާހަކައެއް އަޑުއަހާހިތުންހުރިވަރުންނެވެ. އެވަގުތަކީ ކުޅެން އުޅުމަށްފަހު ޒީވާންވެސް ވަރުބަލިވެގެން އެދިމާއަށް ވަގުތެވެ. “މަންމީ ފެންބޯން.” މަލްހާގެ އުނގުތެރެއަށް ވަންނަމުން ޒީވާން ބުނެލިއެވެ. އެއާއެކު އަތްދަބަސްތެރޭގައިއޮތް ކުޑަ ފެންފުޅި ނެގުމަށްފަހު މަލްހާ ޒީވާންއަށް އޭގެއިން ފެންފޮދެއްދިނެވެ. އަދި ޓިޝޫއަކުން އެކުޑަ މޫނުމަތީގައި ހިއްލައިފައިހުރި ދާތައްފުހެލަދިނެވެ.

ކީކޭތަ މަލް އެގަޑީ ބުނަންއުޅުނީ؟” އަވަސްވެފައިވާ ހިތަކާއެކު ޔާނިކް އެތަނުގައި އިނށީދެލަމުން އަހައިލިއެވެ. “އޫމް. މިހާރަކު ނޫންދޯ. ފަހުން ބުނާނަން. މިހާރު ވަރަށް ލަސްވެއްޖެ. ހިނގާދެންގެއަށްދާން.” މަލްހާގެ ހިތްވަރުއެލިފައިވީފަދައެވެ. އަލުން އެހިތްވަރުނެރެ ޔާނިކް ގާތުގައި އެވާހަކަބުނާކަށް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން އެވަގުތަށް އެވާހަކަ އޮއްބައިލަމުން މަލްހާ އިންތަނުން ތެދުވެ ޒީވާންގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ. އިސްތަށިގަނޑުގައި އަތްހިންގައިލަމުން އިންތަނުން ތެދުވެ ޔާނިކްވެސް ހިނގައިގަތީ އިތުރުގޮތެއްނެތް މީހަކުފަދައިންނެވެ.

“ކޮންވާހަކައެއްބާ މަލް ބުނަންއުޅުނީ؟ އޯ ގޯޑް. ފޯންވެސް ރިންގްވާން ޖެހުނީ އެގަޑީވިއްޔަ.” އަތުގައިއޮތް ފޯނަށް ބަލައިލަމުން ޔާނިކް ހިތްހަމަނުޖެހިފައި ލައިގެންހުރި ޖިންސްގެ ޖީބަށް ފޯންލިއެވެ. އަދި ހިނގުންއަވަސްކޮށްލީ މަލްހާއާއި އެއްވަރުކުރުމުގެ ގޮތުންނެވެ.

“މަލް. އަދި އިރުވެސް ނުއޮއްސެއެއްނު. ހިނގާބަލަ އައިސްކްރީމް ބޯން ސްކޫޕަށްދާން.” މަލްހާއާއި އަރައިހަމަކުރަމުން ޔާާނިކް ބުނެލިއެވެ. ވަގުތުން މަލްހާ އެކަމާދެކޮޅުހަދަން ބޭނުންވިއެވެ. ނަމަވެސް އައިސްކްރީމްއޭ ބުނުމާއެކު ޒީވާން އަތްޖަހަޖަހާފައި ފުންމަންފެށިގޮތުން އެކަމަށް ދެކޮޅުހަދާކަށް އޭނާއަކަށް ނުކެރުނެވެ.

މަޑުމަޑުންގޮސް ޔާނިކްއާއެކުގައި ކާރަށްއަރައި ހަމަޖެހިލިއެވެ. އެއާއެކު ކާމިޔާބީގެ ހިނިތުންވުމަކާއެކު ޔާނިކް ކާރު ދުއްވައިލިއެވެ. ސްކޫޕްއާއި ދާދި ކައިރި ހިސާބެއްގައި ކާރު ޕާރކްކޮށްލަމުން ކާރުން ފައިބައި އެދިމާއަށް ހިނގައިގަތްއިރުވެސް މަލްހާ ބަހެއްނުބުނެ ހުރުމުން ޔާނިކްއަށް ކަމަކުނުދިޔައެވެ. ކޮންމެވެސް ވާހަކައެއްފެށޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ޔާނިކްގެ ކޮންމެވާހަކައަކަށް ކަހަލަގޮތަކަށް ހިނިތުންވެލުން ފިޔަވައި މަލްހާގެ ފަރާތުން އިތުރުޖަވާބެއް ނުލިބެއެވެ. އެންމެފަހުން ޔާނިކްވެސް އޭނާކުރަމުންދިޔަ ބޭކާރު މަސައްކަތް ހުއްޓައިލުމަށްފަހު ޒީވާން އުރައިލަމުން ސަކަރާތްޖަހަންފެށިއެވެ.

ދެމީހުން ޒީވާން ގޮވައިގެން ސްކޫޕަށްވަނުމަށްފަހު ބޭނުންވާތަކެއްޗަށް އޯޑަރދިނެވެ. މަލްހާއާއި ޒީވާން އެތަނުން މޭޒެއްދޮށުގައި އިނށީނުމާއެކު ޔާނިކް މިސްރާބުޖެހީ އޭނާ އޯޑަރދިން ތަކެތި ބަލައެވެ.

ހަމަހިމޭންކަމާއެކުތިބެ ޔާނިކްއާއި މަލްހާ އައިސްކްރީމް ބޮމުންދިޔައިރު ޒީވާން އިރުއިރުކޮޅާ ދެމީހުންގެ މޫނަށް ބަލައިލައެވެ. މަލްހާ ޒީވާންގެ އަނގައަށް އައިސްކްރީމްކޮޅެއް ލަވަމުންދިޔައީވެސް އިސްޖަހައިގެންއިނދެއެވެ. “މަލް ކިހިނެއްވީތަ؟ ވީގޮތެއްބުނީމައެއްނު އަހަރެންނަށްވެސް އެހީވަންއެނގޭނީ.” މަލްހާގެ ހަމަހިމޭންކަމުން އުނދަގޫވެގެން އެންމެފަހުން ޔާނިކް ބުނެލިއެވެ. މަލްހާ އޭރުވެސްއިނީ ފުންޚިޔާލަކަށް ގެއްލިފައިކަހަލަގޮތަކަށެވެ. ޔާނިކްގެ އަޑުން ސިހިފައި މަލްހާ ޔާނިކްގެ މޫނަށް ބަލައިލަމުން ގަދަކަމުން ހިނިތުންވެލިއެވެ.

“ކަމެއްނުވޭ. އަހަރެން.. އަހަރެން.. ކަމަކާމެދުގައި ވިސްނައިލީ.” އިތުރުތަފްސީލްދޭން މަލްހާ ބޭނުންނުވާފަދައެވެ. އިތުރަށް އެންމެޖުމުލައެއްވެސް މަލްހާގެ އަނގައަކުން ނުނިކުތެވެ. އިރުކޮޅަކު މަލްހާ އެއްޗެއްބުނޭތޯ އިންތިޒާރުގައި އިނުމަށްފަހު ޔާނިކް ވާހަކަދައްކަން އަނގަހުޅުވައިލިގަޑީ ޒީވާން މަޑުމަޑުން މަލްހާގެ އަތުގައި ކޮށްޓައިލިތަންފެނި ޔާނިކް މަޑުޖެހިލިއެވެ. “ކިހިނެއްވީ ދަރިފުޅާ؟” މަލްހާވެސް ޒީވާންގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

“ބައްޕި” އެތަނުގެދޮރު ހުޅުވައިލުމަށްފަހު އެތެރެއަށްވަތް ރާއިދާއި ލިވްޔާ ދައްކައިލަމުން ޒީވާން ބުނެލިއެވެ. ޒީވާން އިޝާރާތްކުރި ދިމާއަަށް މަލްހާއާއި ޔާނިކްވެސް ބަލައިލިއެވެ. އަތުގުޅުވައިލައިގެންހުރެ އެތަނުން މޭޒަކާއި ދިމާއަށް ދިޔަ ރާއިދާއި ލިވްޔާ ފެނުމުން އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު މަލްހާގެ މޫނުމަތިން ފާޅުވެގެންދިޔައީ ފޫހިކަމެވެ. އިތުރަށް އެދިމާއަށް ބަލަންނުހަދައި މަަލްހާ އައިސްކްރީމް ބޮއިމައިގެން ކުރިއަށްދިޔައެވެ.

މަލްހާގެ އަޅައިލުންކުޑަ އެއަމަލުފެނި ޔާނިކްއަަށް ހިނިތުންވެލެވުނެެވެ. އިތުރަަށް އެދިމާއަށް ބަލަންނުހަދައި ޔާނިކްވެސް އޭނާގެ ކުރިމަތީގައިހުރިތަށިން އައިސްކްރީމްކޮޅެއްނަގައި އަނގައަށްލިއެވެ.

“އެހެމް އެހެމް.” އެމީހުންގެ މޭޒުކައިރިން މީހަރު ކަރުކެހިލިއަޑުއިވިފައި ހިމޭންކަމާއެކު އިސްޖަހައިގެންތިބެ އައިސްކްރީމް ބޮމުންދިޔަ މަލްހާއާއި ޔާނިކް އިސްއުފުލައިލަމުން ބަލައިލިއެވެ. ހިނިތުންވުމަކާއެކު އެމޭޒުކައިރީގައި ހުއްޓިލައިގެންހުރި ލިވްޔާއާއި ރާއިދް ފެނުމާއެކު މަލްހާ އަނެއްފަރާތަށް މޫނުއަނބުރައިލިއެވެ.

“ހައި. ހާދަ ދުވަހެއްފަހުންނޭދޯ މިދިމާވީ. ކިހިނެއްތަ ދޮންތަ؟” ޒީވާންގެ ކޮލުގައި ހިފައިލަމުން ހިނިއައިސްފައި ލިވްޔާ އަހައިލިގޮތުން މަލްހާގެ ފޫހިކަންވީ އިތުރެވެ. އެހުރިހައި ކަމަކަށްފަހުވެސް ލިވްޔާއަށް އެގޮތަށްއައިސް އޭނާއާއި ވާހަކަދައްކަން ކެރުނަތީވެސް މަލްހާ ހައިރާންވިއެވެ.

“ދޮންތައަށް ބަލާލާފަ މިހާރު ހީވޭ އޯކޭހެންދޯ. އޫމް އަނެއްކާ މޫވްއޮން ކުރީތަ؟” ސިއްރުވެރިގޮތަކަށް ޔާނިކްއަށް ބަލައިލުމަށްފަހު ލިވްޔާ އަނެއްކާވެސް އަހައިލިއެވެ. ލިވްޔާގެ އެއްވެސް ސުވާލަކަށް މަލްހާއާއި ޔާނިކްއާ ދެމީހުންކުރެ އެކަކުވެސް ޖަވާބެއްނުދެއެވެ.

“ބައްޕިގެ ދޫނި ހާދަމަޑުން މިއިނީ. ބައްޕިއާ ރުޅީތަ؟” ޒީވާނާއި ދިމާއަށް ކުޑަކޮށް ގުދުވެލަމުން ރާއިދް ލޯތްބާއެކު ޒީވާންގެ ކޮލުގައި ބޮސްދެން އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުވަނީސް ޒީވާން މަލްހާއާއި ގާތްވެލިއެވެ. ޒީވާންގެ މިއަމަލުން ހުއްޓުންއަރައިފައި ރާއިދްއަށް ގުދުވެލެވުނުގޮތަށް އޮވެވުނީއެވެ.

“ބައްޕިގެ ދަރިފުޅު ބައްޕިއާ ވާހަކަވެސް ނުދައްކާނަންތަ؟” އަނެއްކާވެސް ޒީވާންގެ ގައިގައި އަތްޖައްސައިލަން ރާއިދް އުޅުނެވެ. އެހެނަސް އެފަހަރުވެސް އެކަމަށް ޒީވާން ދެކޮޅުހެދުމުން ކާމިޔާބުވާގޮތެއްނުވިއެވެ. “ބައްޕި އައްޗި. މަންމި ރޮއްވީ.” އިސްއުފުލައިލައި ރާއިދާއި ލިވްޔާގެ މޫނަށް ބަލައިލަމުން ލޯއަޅައިލުމަށްފަހު ތުއްތު ރާގަކަށް ޒީވާން ބުނެލިއެވެ. އެއަޑަށް މަލްހާވެސް ޒީވާނާއި ދިމާއަށް ބަލައިލިއެވެ. ޒީވާންއިންގޮތްފެނި އޭނާއަށް ހެވެންއުޅުނެއްކަމަކު މަލްހާ ހިނިގަނޑު އެތެރެއަށް ހިންދައިލިއެވެ.

“ދަރިފުޅޫ ތިހެން ނުބުނާނެ އިނގޭ.” ޒީވާންގެ ބޮލުގައި ލޯބިން ފިރުމައިލަމުން މަލްހާ ޒީވާނަށް ވިސްނައިދެވޭތޯ އުޅުނެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ޒީވާން މަލްހާގެ ގައިގައި ބާރަށް ބައްދައިލީ ރާއިދަށް ފުރަގަސްދެމުންނެވެ. އިރުކޮޅަކު އެމަންޒަރުބަލަން ހުރުމަށްފަހު ވަކިވަކިން މަލްހާއާއި ޔާނިކްގެ މޫނަށް ބަލައިލުމަށްފަހު ރާއިދް އެތަނުންދުރަށްދާން ހިނގައިގަތެވެ. ރާއިދްގެ ފަހަތުން ލިވްޔާވެސް ހިނގައިގަތެވެ.

“ރާދު ކިހިނެއްވީ؟” އައިސްކްރީމްވެސް ނުބޮއި އެތަނުން ރާއިދް ނުކުތުމުން ހިތްހަމަނުޖެހިފައި ލިވްޔާ އަހައިލިއެވެ. “ލިވީއަކަށް ނުފެނޭތަ ވީގޮތެއް. އަހަރެންގެ ދަރިފުޅު. ޒީވާން. ހީ ހޭޓްސް މީ.” ސައިކަލާ އަރައިހަމަކުރަމުން ރާއިދް ބުނެލިގޮތުން ލިވްޔާ ފަޒާގެ ތެރެއަށް ފުންނޭވާއެއްދޫކޮށްލިއެވެ.

“އެކަމާތަ ރާދު މޫޑުޚަރާބުވީ؟.އެހެންނުވާނީ ރާދު ކަންތައްކުރިގޮތުން އެހެންއެވީ.” ފަރުވާކުޑަގޮތަކަށް ލިވްޔާ ސައިކަލުގައި ލެގިލަމުން ބުނެލި ޖުމުލައާއެކު ނިތަށްރޫއަރުވައިލަމުން ރާއިދް ލިވްޔާގެ މޫނަށް ބަލައިލިއެވެ.

“ތިބުނީ؟ އަހަރެން ކީއްކުރީ؟” ލިވްޔާބުނި އެއްޗެއް ރާއިދްއަކަށް ނުވިސްނުނެވެ. “މިބުނީ އެންމެފުރަތަމަވެސް ދޮންތަ ވަރިކުރިދުވަހު ޒީވާން އަތުލިނަމަ މިއަދު ތިހެންނުވީހެއްނޫންހޭ. ބަޓް ޔޫ ލެޓް ހިމް ގޯ.” ދުރަށް ނަޒަރުހިންގައިލަމުން ލިވްޔާ ބުނެލިއެވެ. އެއާއެކު ރާއިދްއަށް ލިވްޔާގެ މޫނަށް ފުންކޮށް ބަލައިލެވުނެވެ. ލިވްޔާ އެބުނީ ތެދެކެވެ. އޭރު އޭނާއަށް އެކަމާއިމެދުގައި ވިސްނައިނުލެވުނީ އެހެންކަންކަމާއިވެގެން އޭނާއަށް މާބުރަކޮށް އުޅެވުމުންނެވެ.

“އެކަމަކު ދެން ކިހިނެއްހަދާނީ. ދެން ހިއެއްނުވޭ ޒީވާން އަހަރެންގާތަށް އަަންނާނެހެނެއްވެސް. އަހަރެންނަށްވެސް އޭނާއާއި ދޭތެރޭ މާބޮޑަށް ފަރުވާކުޑަކޮށްލެވުނީ އޭރު.” މާޔޫސީރާގަކަށް ރާއިދް ބުނެލިއެވެ. އެހައިދުވަސްފަހުން ޒީވާން ފެނުމުން އެހިތުގައިވި ބަފައިވަންތަކަމުގެ ލޯބި ހޭލިކަހަލައެވެ.

“ކަމްއޯން ރާދު. ދެން އެކަމާ ނުވިސްނަބަލަ. އަހަރުމެން އިނދެގެން އުޅޭތާ މިހާރު 7 މަސްވަނީ. ކޮންއިރަކުން އަހަރުމެން ބޭބީއެއް ހޯދާނީ؟” ވާހަކައިގެ މައުޟޫ ލިވްޔާ ބަދަލުކޮށްލިއެވެ. ލިވްޔާގެ ސުވާލާއެކު ހައިރާންވީވަރުން ރާއިދަށް ދޭނެ ޖަވާބެއްވެސް ނުވިސްނުނެވެ.

“ލިވީ. ހަމަ އަސްލުވެސް ސީރިއަސްކޮށްތަ ތިބުނީ؟” ރާއިދަަށް ގަބޫލުކުރަން އުނދަގޫވީކީއްވެކަމެއް ނޭނގެއެވެ. “ހޫމް. އަހަރެންވެސް ބޭނުން މަންމާއޭ ކިޔައި ގޮވައިލާނެ ލޯބި ބޭބީއެއް.” ލަދުރަކި ހިނިތުންވުމަކާއެކު ލިވްޔާ ބުނެލިއެވެ. އެއާއެކު ރާއިދްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“އޯ މައި ގޯޑް. އަހަރެން ވަރަށް އުފާވެއްޖެ.ވަރަށް ވަރަށް އުފާވެއްޖެ.” ލިވްޔާގެ އަތުގައިހިފައި ގާތަށް ދަމައިލަމުން ރާއިދް އުފާވެލައިފައި ބުނެލިގޮތުން ލިވްޔާ އިތުރަށް ލަދުގަތެވެ. އިސްޖަހައިލައިގެންހުރީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

“ހިނގާ ގެއަށްދާންދޯ. ދެން މިރޭފަހުން ޑިނާރއަކަށް ދާނީ ދޯ.” ރޭގަނޑަށް ޕްލޭންތައް ހަދައިލަމުން ރާއިދް ބުނެލިއެވެ. އެކަމާއެއްބަސްވެ ލިވްޔާވެސް ބޯޖަހައިލިއެވެ. ރާއިދްގެ ފަހަތުން ސައިކަލަށްއަރައި ހަމަޖެހިލުމާއެކު އޭނާ ސައިކަލް ދުއްވައިލިއެވެ. އެވަގުތަކީ ގެއަށްދާން މަލްހާމެންވެސް ނުކުތްވަގުތުކަމުން ރާއިދްގެ ސައިކަލު ފަހަތުގައި އޭނާނެ ގައިގައިޖެހި ފިތިގެންއިން ލިވްޔާއަށް މަލްހާއަށް ބަލައިލެވުނެވެ. އެއާއެކު މާޒީގެ އެކި ސަފްހާތައް ވަކިވަކިން އޭނާގެ ދެލޯކުރިމަތީގައި ސިފަވެގެންދިޔަކަހަލައެެވެ. އެދިމާއަށް ބަލަންހުރުމަށްފަހު ޔާނިކް ގޮވައިލުމުން ތެޅިގަނެފައި ޒީވާން ނަގައި އުރައިލަމުން މަލްހާ ޔާނިކްގެ ފަހަތުން ހިނގައިގަތެވެ.

** ** **

“އަހަރެން.. އަހަރެން ޔާނިކް ގާތު އެވާހަކަ ބުނަންވީތަ؟ އިޒް ހީ ސްޓިލް ވެއިޓިންގް ފޯރ މީ.” ކޮޓަރީގައި ދެކޮޅަށް ދެކޮަޅަށް ހިނގަމުންދިޔަ މަލްހާ ދެއަތްދެއަތާ މޮޑެމުން އަމިއްލަ ނަފުސާއި ވާހަކަދައްކަމުންދިޔައެވެ.

އެސުވާލު އޭނާގެ އަމިއްލަ ނަފުސާއިކޮށްލެވޭ ކޮންމެ ފަހަރަކު އާނއެކޭ ކިޔައި އޭނާގެ ހިތްހަޅޭލައިގަނެއެވެ. ނަމަވެސް އަދިވެސް އެކަމާ ކުރިމަތިލާން މަލްހާ ޖެހިލުންވަނީއެވެ. މާޒީގެ ހަނދާންތައް އަދިވެސް އެހިތުން ނުފިލައެވެ. ހިތުގައިލެވުނު ޒަޚަމްތައް މަޑުމަޑުން ރަނގަޅުވަމުއައެެއްކަމަކު އަދިވެސް އެޒަޚަމްތަކުގައި ރިހުންވެއެވެ.

އެތައްއިރަކު އެހެން ވިސްނަންހުރުމަށްފަހު މަލްހާ ފޯންނަގައި ޔާނިކްއަށް މެސެޖްކޮށްލިއެވެ. މާދަމާ ވަކިން ބައްދަލުކޮށްލަން އެދިފައި މަލްހާ މެސެޖްކޮށްލިއިރުވެސް އެހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޔާނިކްގެ ޖަވާބެއްގެ އިންތިޒާރުގައިހުރި މަލްހާއަށް އިރުއިރުކޮޅާ ފޯނާއި ދިމާއަށް ބެލެމުންދިޔައެވެ. އޯކޭ އޭ ޖަހައިލުމަށްފަހު ޔާނިކް ރިޕްލައިކޮށްލުމުން އޭނާއަށް މިއޮއްހުރިހައިރު ހިފަހައްޓައިގެން ހުރެވުނު ނޭވާ މަލްހާއަށް ދޫކޮށްލެވުނެވެ. ހިތްހަމަޖެހިފައި އެނދުގައި އިނށީދެލަމުން ނިދިފައިއޮތް ޒީވާންގެ ބޮލުގައި މަލްހާ ލޯތްބާއެކު ފިރުމައިލިއެވެ. އެއީ މުޅި ދުނިޔެެއިންވެސް އޭނާއަށް ލިބުނު އެންމެބޮޑު އުފަލެވެ. ޒީވާން ނެތްނަމަ މިއަދު އޭނާ އުޅޭނެ ހާލެއްވެސް މަލްހާއަށް ބުނެދޭކަށް ނޭނގެއެވެ.

އޮފީހުން އައުމަށްފަހު ރީތިވެލައިގެން މަލްހާ އިންތިޒާރުކުރަމުން ދިޔައީ ޔާނިކް އަންނާނެ ވަގުތަކަށެވެ. ސިޓިންގްރޫމްގައި ޔާނިކްގެ އިންތިޒާރުގައި ވަގުތުތައް ގުނަންހުރި މަލްހާ ސިހުނީ ގޭގެ ބެލްޖަހައިލިއަޑަށެވެ،

ފުންމައިގެންއިންތަނުން ތެދުވަމުން މަލްހާގޮސް އަވަސް އަވަހަށް ދޮރުހުޅުވައިލިއެވެ. އޭރު ހުދުކުލައިގެ ޓީޝާރޓަކާއި ކްރީމް ކުލައިގެ ކަށިމައްވާ ހަމައަށް އަރާވަރުގެ ސޯޓްބުރިއެއްގައި ދޮރުމަތީގައިހުރި ޔާނިކް ފެނިފައި ހިނިތުންވެލަމުން މަލްހާ އިސްޖަހައިލިއެވެ.

“ކޮންތަނަކަށް ދަނީ؟” މަލްހާގެ ތާޒާ މޫނަށް ބަލަންހުރުމަށްފަހު ޔާނިކްވެސް ހިނިތުންވެލަމުން އަހައިލިއެވެ. “ޔާނިކް ބޭނުންތަނެއް އޯކޭވާނެ” މަލްހާ އެކަންދޫކޮށްލީ ޔާނިކްގެ އަތްމައްޗަށެެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހޔ ޔާނިކް މަލްހާއަށް ބަލައިލަމުން އެތެރެއަށް ހިނގާށޭ ބުނުމުން ހައިރާންކަމާއެކު މަލްހާ ޔާނިކްގެ މޫނަށް ބަލައިލިއެވެ.

“ހިނގާ ބަގީޗާއަށް. އެތަން ނުލާހިކު ހިތްގައިމުވާނު.” ބަގީޗާއާއިވީ ދިމާއަށް އަތުން އިޝާާރާތްކޮށްލަމުން ޔާނިކް ބުނެލިއެވެ. ވަކިއެއްޗެކޭ ނުބުނެ ހިނިތުންވެލަމުން މަލްހާ ގޭގައި ބަގީޗާއޮންނަދިމާއަށް ހިނގައިގަތެވެ. ފަހަތުން ލަސްފިޔަވަޅުތަކެއްގައި ޔާނިކްވެސް ހިނގައިގަތެވެ.

ހިތްޖަމަޖެހޭ ހިސާބަކަށް އާދެވުމުން އެތަނުގައިހުރި ހުދުކުލައިގެ ކުޑަ އުނދޯލީގައި ދެމީހުން އިނށީދެ ހަމަޖެހިލިއެވެ. މުޅިމާޙައުލުގައި ރަސްކަންކުރަމުންދިޔަ މާމެލާމެލީގެ މީރުވަހުން ހިތްތަކަށް ދިރުންގެނުވަމުން ދިޔައެވެ. ޔާނިކްއަށްވެސް ހިތްހަމަޖެހުމާއެކު ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އެތަންބަލަންއިން މަލްހާ ލުއިގޮތަކަށް ހީލިއެވެ.

“ކީއްވެވަކިން މިހެން ބައްދަލުކުރަންބުނީ؟” އެދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން ނަގައިލަމުން ޔާނިކް އަހައިލިއެވެ. އެއާއެކު މަލްހާއަށް ހާސްވީވަރުން ތުންފަތްހެފެން ފެށުނެވެ. ދޭނެ ޖަވާބަކާއި މެދުގައި ވިސްނައިލުމަށްފަހު މަލްހާ ޔާނިކްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

“އަހަރެން. އޫމް. ވާހަކައެއް ބުނަންކަމަށް.” ކުޑަކޮށް ޖެހިލުންވެފައިއިނދެ މަލްހާ ބުނެލިއެވެ. “ކުރިން ދުވަހު ބުނަންއުޅުނު ވާހަކަތަ؟” ސީރިއަސްރާގަކަށް ޔާނިކް ކޮށްލިސުވާލަށް މަލްހާ ބޯޖަހައިލީ އާނއެކޭބުނުމުގެ ގޮތުންނެވެ.

“ޓެލް މީ. އަޑުއަހަން މިއިނީ.” ހަމަޖެހެން މަސައްކަތްކުރާހާލު ޔާނިކް އެހެންބުނި ނަމަވެސް އެހިތް އާދަޔާ ޚިލާފު ބާރުމިނެއްގައި ތެޅެމުންދިޔައީ މަލްހާ ބުނަން އެއުޅޭވާހަކައެއް އެނގެންބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

“އޫމް. ޔާނިކް.. ޔާނިކް އަހަރެންނާ.. ކައިވެނިކުރަން ބޭނުންވާނަމަ..އަހަރެން މިހުރީ.. ތައްޔާރަށް.” ވަރަށް އުނދަގުލުން އަޅައަޅައިގަންނަމުން މަލްހާ ބުނެލިޖުމުލައާއެކު ޔާނިކްއަށް ހީވީ ފިޔަފަޅައިފައި އުދުއްސައިގަނެވުނުހެންނެވެ. އޭނާގެ ހިތް އުފަލުންގޮސް ނަށައިގަތެވެ. އޭނާގެ ދިގު އިންތިޒާރު ނިމުމަކަށް އަންނަނީހެއްޔެވެ؟

ދެލޯބޮޑުކޮށްލަމުން ހައިރާންވެފައި އޭނާއަށް ބަލަހައްޓައިގެންއިން ޔާނިކް ފެނުމުން މަލްހާ ލަދުގަތެވެ. އިސްޖެހިގެންދިޔަ އެދޮންމޫނަށް ޖަންބުކުލަ ވެެރިވެެގެންދިޔައީ ބަސްބުނާހައި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟” ޔާނިކްގެ ފަރާތުން ޖަވާބެއް ނުލިބި ގުނައިރުވާންފެށުމުން މަލްހާގެ ހިތް ނުތަނަވަސްވަމުންދިޔައެވެ. ޔާނިކް އޭނާދެކެ މިހާރު ލޯބިނުވަނީހެއްޔެވެ؟

“އަހަރެން.. އަހަރެން ކީކޭ ބުނާނީ މަލް.. އުފަލުންގޮސް ބުނާނެއެއްޗެއްވެސް މިހިތަކަށްނާދޭ. އަލްޙަމްދުލިއްލާޙް. މުޅި އުމުރުގައިވެސް މިހައި އުފާވިދުވަހެއް އަދި ނާދޭ.” މޫނުގައި ދެއަތުން ފިރުމައި ޙަަމްދުކޮށްލަމުން ޔާނިކް ބުނެލިއެވެ. އެއަޑުގައިވި އުފާވެެރިކަން މަލްހާއަކަށް ސިއްރެއްނުވިއެވެ. ލުއި ހިނިތުންވުމަކާއެކު އިސްއުފުލައިލަމުން މަލްހާ ޔާނިކްގެ ފުންދެލޮލަށް ބަލައިލިއެވެ. އެދެލޮލުން އެކަނިވެސް އޭނާ މަލްހާދެކެވާ ނިމުމެއްނުވާ ލޯބި ފެންނަމުންދިޔައެވެ. މަލްހާގެ ހިތަށްވެސް އެތައްދުވަހަކަށްފަހު ހަމަޖެހުން ލިބިގެންދިޔަކަހަލައެވެ.

“މާދަމާ އަހަރެން އަންނާނަން މަންމަމެން ގޮވައިގެނެން ކައިވެނީގެ ތާރީޚު ކަނޑައަޅަން. އެންމެ ދުވަހެއްވެސް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު އަހަރެންގެ އެބައޮތް ސުވާލެއް.” ޔާނިކްގެ ވާހަކަތައް ކަނުލައިއަހަންއިން މަލްހާ ޔާނިކްގެ މޫނަށް ބަލައިލިއެވެ.

“މަލް މިކައިވެންޏަށް ތިގަބޫލުވީ ހިތުން ރުހުމުންތަ؟ ނޫނީ އެއްވެސް މަޖުބޫރީއެއް” ޔާނިކް އެހިސާބަށް ބުނިތަނާ މަލްހާ ދެފަރާތަށް ބޯހޫރުވައިލިއެވެ. “އެއްވެސް މަޖުބޫރީއެއްނެތް. އަހަރެން ހިތުން ރުހުމުން ނިންމި ނިންމުމެއްމިއީ. ތިކަހަލަ ފިރިއެއްލިބޭނީ ނަސީބުވެރިއަކަށް. މިފުރުސަތު ގެއްލުވާލާކަށް އަހަރެން ބޭނުމެއްނޫން. ލައްކަ ދުވަހު ރާއިދްއަށް އިންތިޒާރު ކުރެވިއްޖެ. ނައު އިޓްސް ޓައިމް ފޯ މީ ޓް މޫވްއޮން.” ހިތްހަމަޖެހިފައިވާ ރާގަކަށް މަލްހާ ބުނެލި ކޮންމެ ޖުމުލައަކަށް ޔާނިކް ބޯޖަހަމުންދިޔައީ އުފާވެފައިހުރިލެއް ބޮޑުކަމުން ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

“ދެންހިނގާ އެތެރެއަށް. އިރުއޮއްސެނީ. ޒީވާންއަށް ކާންދޭގަޑި ޖެހެނީ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މަލްހާ އަނެއްކާވެސް ބުނެލިއެވެ. އާއެނކޭ ބުނަމުން ޔާނިކްވެސް އިންތަނުން ތެދުވެ ގެއާއި ދިމާއަށް ހިނގައިގަތެވެ. މަލްހާގެ ފަހަތުން ހިނގަމުންއައި ޔާނިކް ގޭތެރެއަށް ވަނުމުގެކުރިން އުޑާއި ދިމާއަށް ބަލައިލަމުން ހިނިތުންވެލީ ހީވެސްނުކޮށްހުއްޓައި އޭނާގެ ހުވަފެންތަކުގައި ކުލަޖެހެމުންދާތީއެވެ. ދާދި އަވަހަށް މަލްހާ އޭނާގެ ހައްގަކަށްވާނެއެވެ. އެދުވަހަކުން މަލްހާގެ ދިރިއުޅުމަށް ހިތާމައިގެ ކުޑަވެސް ހިޔަންޏެއް އެޅުނަކަ ޔާނިކް ނުދޭނެއެވެ. ހުރިހައި ހިތާމަތަކަށް މަލްހާ ފޮރުވައިލާނެއެވެ. މުޅި އުމުރަށެވެ. ލޯތްބާއެކު މަލްހާގެ ކޮންމެ އެދުމެއް އޭނާ ފުރިހަމަކޮށްދޭނެއެވެ. އަބަދުވެސް އެތުންފަތްމަތީގައި އުފާވެެެރިކަމުގެ ހިނިތުންވުމެއް ބެހެއްޓުމަށް އަމިއްލަ ނަފުސަށް ވައުދުވަމުން ޔާނިކް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަހަރެމެންގެ ކުށަކީ ކޮބާ؟

Next

ޝީން (ނަވާވީސްވަނަ ބައި)

Next
April 2, 2018

ޝީން (ނަވާވީސްވަނަ ބައި)

Previews
April 1, 2018

އަހަރެމެންގެ ކުށަކީ ކޮބާ؟

21 Comments!

  1. Nau says:
    April 1, 2018 at 6:29 pm

    Salaam all.. Here is the nxt part. Hope u all will like this part too.. Enjoy reading n point out the mistakes for me.. Nxt part in sha allah tuesday ga.. Thanks all.. Ly my dears?❤

  2. Rashfa says:
    April 1, 2018 at 6:52 pm

    V. Reethi. V kiyaa hihvey next part. Thankolheh dhigu kohlahchey next part ?

  3. Naji says:
    April 1, 2018 at 6:54 pm

    Wow varah reethi ❤

  4. Saa says:
    April 1, 2018 at 6:54 pm

    Dhen hyvany Liviya menah baby nulibigen raaidh dheravegen ulheynehen.

  5. EHLEE says:
    April 1, 2018 at 6:55 pm

    Wow?

  6. Pinky shifoo says:
    April 1, 2018 at 7:01 pm

    Wow ❤️❤️❤️… Maasha Allah mi part haadha reehchey ???… Finally mal yaanik aa marry kuran gaboolu vee dhw ???… I’m soooooo happy for that ???… V reethi mi story ge knme partehvx ???… Curiously waiting for the next part ???… Keep up the good work Nau ???… Lots of love and take care ???❤️❤️❤️????????????

  7. Ainth says:
    April 1, 2018 at 7:03 pm

    Wow wow wow nau, rythikamun hama bunaane ehchehves neyngey… Haadha haadha haadha furihamaey mibaives… Nau haadha molhey… Thivaruge kameh hama madhuvaane… Kithanme faharakuves mibaives kiyaalevidhaane foohikameh nethi… Ehaaves rythi khonme baehves… Thy hama number one

  8. unique says:
    April 1, 2018 at 7:04 pm

    yes love it

  9. Shafa says:
    April 1, 2018 at 7:12 pm

    Wow…reethi mi partvs..abdhuvs inthizaaru kurevey mi story upkuraane vaguthakah…anyways Masha Allah..I love this story..❤?..Gud luck and keep going..????

  10. yoosh says:
    April 1, 2018 at 7:12 pm

    Nau v v salhi v kiyaahithun indhaa nimuny v v Rakhi???????

  11. Khaleesi says:
    April 1, 2018 at 7:16 pm

    Livya vaany dharin nulibey myhakah. I guess ehen hen vaany anyways story is awsome

  12. Reader says:
    April 1, 2018 at 7:18 pm

    Same old. ?

  13. lotus says:
    April 1, 2018 at 7:35 pm

    wow… vvvvv salhi… hama lola fennakahala.. n OMG!!! They r finaly getin together??? .. waitin for the next part.. keep it up nau

  14. Queen angela? says:
    April 1, 2018 at 7:37 pm

    V v v reethi..Masha Allah..n finally mal n yaanik marrying dhw…I think then livya ah dharin nulibeynee…so raaidh may want Zeevaan through court..or divorce vaanii Emeehun..

  15. Axy says:
    April 1, 2018 at 8:02 pm

    Nau v v bodhah thanks ???mihaa furihama vaahaka eh genes dhey kamah ttaka ????????????❤❤❤❤Asluves hama V V
    reethi ???

  16. Sau says:
    April 1, 2018 at 8:29 pm

    V reeethi. Konme dhuvahaku ves update nuvaathy deraeee

  17. Loabi says:
    April 1, 2018 at 8:55 pm

    Dharieh libuneema malhaayah vure livya hadivaanee hen heevanee??

  18. Sana says:
    April 1, 2018 at 9:18 pm

    Varah reethi???
    Nau pls daily koh up kohdheenveenun pls Nau?

  19. Jenna says:
    April 1, 2018 at 10:01 pm

    Varah reethi???

  20. S says:
    April 2, 2018 at 1:22 pm

    Varah reethe next part l cant wait

  21. Waitin says:
    April 3, 2018 at 6:04 pm

    Alhey… haadha lahey vaahaka up vaaleh dhw.. waitin waitin

Comments are closed.

Next Episodeތަޤްދީރު (27)←


All Right Reserved!