Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 08

Ushaali Level 810 Stories100 Comments100 Stories500 Comments
April 1, 2018 8 Mins Read
28 Comments

“ބައްޕި ކީއްވެ މަންމި ގެ ފޮޓޯ ނަގަނީ” ޝިނާން ސިހިގެން ދިޔައީ ކައިރިން އިވުނު މިޝްކުގެ ޅަ އަޑުންނެވެ. ޝިނާން ދެލޯ ބޮޑުކޮށްލަމުން ރިމީޝާއަށް ބަލާލިއިރު ނަސީބަކުން ރިމީޝާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މިޝްކު އަޑު ރިމީޝާ އަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ދެން ބަލާލީ ކައިރީގައި ހުރި މިޝްކުއަށެވެ. ޝިނާން ކުޑަކޮށް ގޮނޑި ފޭކޮށްލުމަށްފަހު މިޝްކު ނަގާ މޭޒު މަތީގައި ބޭންދިއެވެ. އަދި މިޝްކުގެ ކޮލަށް ބޮސްދިނުމަށްފަހު މިޝްކު ގެ އަތުގައި އޮތް ޓީޝާޓް ކޮނޑުން ވަކިކޮށްލުމަށްފަހު ކޮނޑު ޖެހިގެން ހުރި ގޮނޑިމަތީގައި ބޭއްވިއެވެ.

 

“ޝްޝްޝް….. މަންމި ކައިރީގައި ނުބުނައްޗެ އެނގޭ ބޭބީ” ޝިނާން ތުންފަތުގައި އިނގިލި ހުރަސްކޮށް ބުނެލި ގޮތަށް މިޝްކު ވެސް އަމިއްލަ ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން ބޯޖަހާލިއެވެ. އެއީ ސިއްރެއްކަން މިޝްކު އަށް ވެސް އެނގުނީއެވެ.

“ދަރިފުޅު ކޯޗެއް ކެއީ” ޝިނާން މިޝްކުގެ ސިކުނޑިން އެކަން ނެރެވޭތޯ އެތައް ވާހަކައެއް ދައްކަމުން ދިޔައިރު ވެސް އިރުކޮޅަކާއި ފޯނެއްގައި ކުޑަ ދޮރުން ބޭރު ބަލަން ހުރި ރިމީޝާއަށް ހުއްޓެއެވެ. ރިމީޝާ އެދިމާލަށް ހަމަ ބަލާލުމާއެކު ޝިނާން މިޝްކު އާއި ކޮންމެސް ސަކަރާތެއްގައި އިން ކަމަށް ހަދައެވެ. އަނެއްކާ ވެސް ރިމީޝާ ފޯނަށް ގެއްލުމާއެކު ޝިނާން ބަލާލައެވެ. އެއަށްފަހު ހިނިތުންވެލައެވެ. ލޯބި ނުލިބޭނެކަން އެނގިހުރެވެސް އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދިނުމުގައި އޭނާ ވަނީ ނާކާމިޔާބު ވެފައެވެ. ރިމީޝާގެ ސޫރަ ފެނުމުން ނޫނީ އޭނާގެ ދުވަސް ފަށަން ވެސް ބޭނުމެއް ނުވޭއެވެ. ވީއިރު ހިތުގައި ކުރެހިފައިވި އެސޫރަ ފެނުމުން އޭނާ އުފާ ނުވާނޭ ހެއްޔެވެ؟

 

ކާމޭޒު ކައިރީގައި އިން އައްޔަދު އިނީ ފުން ވިސްނުމެއްގައެވެ. ވަގުތަކީ ހަވީރުގެ ވަގުތަށް ވުމުން ޝަނުމް ރައްޓެހިންނާއެކު ބޭރަށް ދިޔައީ އެކުގައި އައިކު ވެސް ގޮވައިގެންނެވެ. ފެންވަރައިގެން ކޮޓަރިން ނިކުތް ޒާއިރާ އަށް ބަދިގޭގައި މީހަކު އުޅޭހެން ހީވެގެން އިސްތަށިގަނޑުން ތުވާލި ވަކިކޮށްލަމުން ބޯދިއްކޮށްލިއެވެ. އޭރު އައްޔަދު ފުރިޖުން ފެންފުޅިއެއް ހިފައިގެން ނިކުމެ ހިނގައިގަތީ ސިޓިންގްރޫމް ސޯފާ އާއި ދިމާލަށެވެ. ޒާއިރާ އަށް އިސްއުފުލާ ބަލާވެސް ނުލާ ހުރިއިރު އައްޔަދު ހުރީ އަދިވެސް ހިތްހަމަނުޖެހިފައި ކަން ޒާއިރާ އަށް އެނގުނެވެ. ގޮތްދޫނުކޮށް ޒާއިރާ ވެސް އައްޔަދު ފަހަތުން ގޮސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ފެންފުޅި ކުޑަމޭޒުމަތީގައި ބަހައްޓަމުން އައްޔަދު ނަޒަރު ސީދާކޮށްލީ ކުރިމަތީގައި ހުޅުވާފައި ހުރި ޓީވީއަށެވެ. ޒާއިރާ އެއްޗެއް ބުނަން އުޅޭހެން ހީވާން ފެށުމުން ރިމޯޓް ނަގާ ޗެނަލް ބަދަލުކުރާ ކަމަށް ހެދުނެވެ.

“ކެއިންތަ؟” ޒާއިރާ އެންމެފަހަށް އަހާލިއެވެ. އައްޔަދު ވަކި ޖަވާބެއް ނުދީ ހަމަކުރިން އިން ގޮތަށް އިނެވެ.

“ޒާއްތަ އެބަ ވާހަކަދައްކަން. ހޮސްޕިޓަލުން އައި ގޮތަށް އެއްޗެއް ކެއިންހޭ. ޝައްނު ކައިރީގައި ބުނިން ކާން ހަދާފައި ބަހައްޓާށޭ” ޒާއިރާ އަހާލިއެވެ. އައްޔަދު ބޮލަށް އުނދަގުވިއެވެ. ވޮލިޔުމް އެންމެ މައްޗަށް ޖައްސާލުމަށްފަހު ރިމޯޓް ދުރަށް ނަގާ ހޫރާލިއެވެ. އެއަށްފަހު ދެއަތުން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ޒާއިރާ ތެދުވެގެން ގޮސް ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. އައްޔަދުގެ އެ އަމަލުން ހަގީގަތުގައި ވެސް ޒާއިރާ ހިތުގައި ޖެހިއްޖެއެވެ. އައްޔަދަށް ދެރަ ގޮތަކަށް ބަލާލުމަށްފަހު އެތާ މަޑުނުޖެހި ޒާއިރާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

 

އިޝާނަމާދުކޮށްގެން ކޮޓަރިން ނިކުތް ޝަނުމް އަށް ގޭތެރެއިން މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. އެހެން ރޭތަކުގައި އެވަގުތަކީ ޒާއިރާ ނިކުމެ ކާންހަދަން ފަށާ ވަގުތެވެ. ޓީވީ އިން އަށެއްގެ ހަބަރު ވެސް އަޅުވާފައި ހުންނަ ވަގުތެވެ. އެ ހަމަހިމޭންކަން ޝަނުމް އަށް ކަމުނުދިޔައެވެ. ރިމޯޓް ނަގާ ޓީވީއެމް އަށް އަޅުވާލުމަށްފަހު އަޑު ވެސް އާދައިގެ ވަރަކަށް ޖެއްސިއެވެ. ޒާއިރާގެ ކޮޓަރީ ތަޅުގައި ހިފާލިއިރު ހުރީ އެތެރެއިން ތަޅުލާފައެވެ. އައްޔަދުގެ ކޮޓަރިއަށް ދާން އުޅެފައި ވެސް ޝަނުމް މިސްރާބު ބަދަލުކޮށްލީ ބަދިގެ އަށެވެ. މޭޒު މައްޗަށް ކާން ހެދުމަށްފަހު ޝަނުމް ގޮސް އައްޔަދުގެ ކޮޓަރި ތަޅު ހުޅުވާލިއެވެ. އެނދުގައި ހުރަހަހަށް އޮށޯވެގެން އޮތް އައްޔަދުގެ މޭމަތީގައި އައިކު ނިދާފައި އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގަށެވެ. އެނދުގެ ކައިރީގައި އައިކުގެ ބަކުން ތަށި ކާއެއްޗެހި ތަކާއެކު ހިކިފައި ހުއްޓެވެ. ނަމަވެސް އައިކު އޮތީ ޕިޖާމާކޮޅު ލައްވާފައި މޫނުގައި ފުށްޖަހުވާ ރީތިކޮށްފަހެން ބަލާބެލުމަށް ހީވެއެވެ.

“ދޮންބޭ!!… އައިކު ރަނގަޅަށް ކޭތަ؟  ދޮންބެ ރަނގަޅު. އަޅެ ކައި ނިކުނީމަ ގޮވާލިނަމަ. ބޭބީގެ ކާއެއްޗެހި މިގޮތަށް ނުދޮވެ ހިއްކާކަށް ނުވާނެ” ތަށި ހިފައިގެން އެކޮޓަރީ ފާހާނާ އަށް ވަންނަމުން ޝަނުމް ބުނެލިއެވެ. އައްޔަދު ކުޑަކޮށް އެ އަޑަށް ބަލާލިއެވެ. ޝަނުމް ނިކުތުމުން ހީލެވޭތޯ އުޅުނެވެ. ޝަނުމް ލަސްނުކޮށް ނިކުމެ ތަށި ހިފައިގެން ބޭރަށް ނިކުމެ އަނެއްކާ ވެސް އިރުކޮޅަކުން އައިސް އެކޮޓަރިއަށް ވަނެވެ. އޭރު އައްޔަދު އައިކު އެނދުގައި ރިއްޗަށް ބާއްވާލަނީއެވެ.

“ކިހިނެއްވެގެން އެންމެން މިއުޅެނީ. ޝައްނު ވަރަށް ބަނޑުހައި. އެކަކު ވެސް ކާކަށް ނޫޅޭ. ޒާއްތަ ވެސް ކޮޓަރިން ނުނިކުމޭ. ކަމެއްވީތަ ދޮންބޭ” އެނދުގައި އިށީންނަމުން ޝަނުމް ޝަކުވާ ކޮށްލިއެވެ. ފާހާނާ އަށް ވަދެ މޫނު ދޮވެލައިގެން ނިކުތް އައްޔަދު ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ޒާއިރާގެ ވާހަކަ ޝަނުމް ބުނި އަޑު އަހާފައި އައްޔަދު ކުއްލިއަކަށް ޝަނުމް އާއި ވީ ދިމާލަށް އެނބުރިލިއެވެ.

“ޒާއްތަ އަދިވެސް ވީ ކޮޓަރީގަތަ؟” އައްޔަދު އަހާލިއެވެ.

“އާނ ކިހާއިރެއް. ޝައްނު ހަވީރު ފޯނެއްގައި ހުރެ ބޭރަށް ނިކުތް އިރު ވެސް ޒާއްތަ ވީ ކޮޓަރީގަ. ގޮވާވެސްލިން. ޖަވާބެއް ނުދިން” ޝަނުމް ބުނެލިއެވެ. އައްޔަދު އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ޝަނުމް ވެސް ކޮޓަރީ ދޮރު ލައްޕާލުމަށްފަހު އައްޔަދު ފަހަތުން ދިޔައެވެ.

“ޒާއްތާ! ޒާއްތާ!!!” ޒާއިރާގެ ކޮޓަރީގައި މަޑުމަޑުން ޖަހާލަމުން އައްޔަދު ދެފަހަރު ގޮވާލިއެވެ. ނަމަވެސް ޒާއިރާގެ ފަރާތުން ޖަވާބެއް ނައެވެ.

“ޒާއްތާ!!. މީ ޝައްނު އޭ” ޝަނުމް ވެސް ގޮވާލިއެވެ.

“ޝައްނު ދޭބަލަ ތަޅުދަނޑިފަތި ހިފައިގެން އަންނަން” ކަންބޮޑުވެފައި ހުރި ޝަނުމް ދުވެފައި ދިޔައީ ބަދިގެ އާއި ދިމާލަށެވެ. މަތީގައި ހުރި ކަބަޑުސެޓް ތަކުން ތިންވަނަ އަށް ހުރި ކަބަޑު ހުޅުވަން ޝަނުމް އަށް ޖެހުނީ ގޮނޑިއެއް ކައިރި ކުރާށެވެ. ގޮނޑިއަށް އަރާ ވެސް ކުޑަކޮށް ހިއްލިގެން ތަޅުދަނޑިފަތި ނަގައިގެން ގޮނޑިން ފުންމާލައިގެން ދިޔައީ އައްޔަދާއި ދިމާލަށެވެ. ވެގެން އުޅޭ ކަމެއް ނޭނގުނަސް އެހިތް ވަނީ ވަރަށް ބޮަޑް ބިިރުގަނެފައެވެ. އައްޔަދާއި ޒާއިރާ އާއި މެދު ކަންތައްގަނޑެއް ހިނގައިފި ކަން މިހާރު ޔަގީނާ ގާތަށް ކަށަވަރު ވެއްޖެއެވެ.

ޝަނުމް ދިއްކޮށްލި ތަޅުދަނޑިފަތިން ފަރިތަކަމާއެކު ނަންބަރ 3 ޖަހާފައި އިން ތަޅުދަނޑިން އައްޔަދު އެކޮޓަރި ހުޅުވާލިއެވެ. ނޫކުލައިގެ މަޑުމަޑު އައްޔެއް ކޮޓަރި ތެރެއަށް ފެތުރިފައި ވާއިރު ޖަހާފައި ހުރި ފަންކާގެ އަޑު ނޫން އެހެން އަޑެއް އެކޮޓަރިން ނުއިވެއެވެ. އައްޔަދާއި ޝަނުމް ދެލޯ ގޮސް ހުއްޓުނީ އެނދުގައި އުއްޑުން އޮތް ޒާއިރާ އާއި ދިމާލަށެވެ. ޝަނުމް ފާރު ކައިރިއަށް ޖެހިލާ ސުވިޗް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރި ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. ކުރިން ވެސް އޮތް ގޮތަށް ހަށިގަނޑަށް ކުޑަވެސް ގުޑުމެއް ނުގެނެސް ޒާއިރާ އޮތްތަން ފެނި ޝަނުމް ކައިރިއަށް ހިނިއައެވެ. ވާނީވެސް އެހެންތާއެވެ. ދިމާ ސީދަލަށް ދެއަތްތިލަ ގުޅުވާލައިގެން ގެނެސް ބަނޑުމަތީގައި ބާއްވާލައިގެން އޮތް އިރު ދެފައިތިލަ ވެސް ގުޅުވާލައިގެން ދެފަރާތަށް މަޑުމަޑުން ތަޅުވަމުން ދިޔައެވެ. ބަޔަކު ކޮޓަރީގައި ތިބިހެން ވެސް ޒާއިރާއަކަށް ހިއެއް ނުވެއެވެ.

“އޯއެމްޖީ ޒާއްތާ…. ހެހެހެ… ޝައްނުމެން މިއުޅެނީ ހާސްވެގެން ދެފައި އެއްތަނެއްގައި ހަރުނުލައިގެން. ޒާއްތަ ތިއޮތީ ހަމަޖެހިލައިގެން. ޒާއްތަ ހިންދީ ޑްރާމާ ބަލާފައި މިހާރު އެމީހުން ފޭކް ޖައްސާހެން ފޭކް ޖައްސަނީ ދޯ…. ޝައްނު އަށް…..” ޝަނުމް އަނގަ ހުއްޓާލީ ސީރިޔަސް ކަމާއެކު އައްޔަދު ޝަނުމް އަށް ބަލާލުމުންނެވެ.

“ޝައްނު ދޭ އައިކު ކައިރިއަށް. ދޮންބެ ޒާއްތަ ކައިރީގައި ވާހަކައެއް ދައްކަންވެގެން” އައްޔަދު ޝަނުމް އަށް ބަލާލަމުން ބުނެލިއެވެ.

“ސޮރީ ޒާއްތާ” ޝަނުމް ދާން ހިނގައިގަތެވެ.

“ކީއްވެ ޝަނުމް ދާންވީ. ޝަނުމް ހުރެގެން އައްޔަދު ތިދައްކަން އުޅޭ ވާހަކައެއް ދައްކާ” ޒާއިރާގެ ހަރުކަށި ބަސް އިވުމާއެކު ޝަނުމްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހައިރާންވެފައި އެއްފަހަރު އައްޔަދުގެ މޫނަށް އަނެއްފަހަރު ޒާއިރާގެ މޫނަށް ޝަނުމް ބަލާލިއެވެ. ޒާއިރާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ފުން ނަޒަރަކުން އައްޔަދުގެ މޫނަށް ބަލާލިއިރު އެދެލޮލުން ކޮންމެސް ވަރަކަށް ރޮއެފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

“ޒާއްތާ!! މިއަދު ވީ ކަންތަކަށް ވަރަށް ބޮޑަށް މާފަށްއެދެން. އެވަގުތު އިނީ ވަރަށް ބޮޑަށް ހިތްހަނުޖެހިފައި” އައްޔަދު އައިސް ޒާއިރާ ކައިރީގައި އިށީންނަމުން ބުނެލިއެވެ. އެމޫނު މަތިން ހަގީގަތުގައި ވެސް ކުރެވުނު ކަންތަކާއި ދެރަވެފައި ހުރި ކަމުގެ ކުލަތައް ފެންނަން ހުއްޓެވެ.

“ޒާއްތަ!! ދެން ތިގޮތަށް ނުބަލާ ހިނގާބަ ކާން. ވަރަށް ބަނޑުހައި” ޒާއިރާ އައްޔަދުގެ މޫނަށް ފާޑަކަށް ބަލަން ފެށުމުން ހީލާފައި އައްްޔަދު ބުނެލިއެވެ.

“ޒާއްތަ ވަރަށް އުފާވެއްޖެ ދަރިފުޅު މާފަށް އެދުނީމަ. އެވަގުތު ޒާއްތަ ވަރަށް ދެރަވި. މާފްވެސް ކޮށްފިން. އެކަމަކު ހީނުކުރާތި ޒާއްތަ ދެން އެވާހަކަ ނުދައްކާނޭ” ޒާއިރާ އިންޒާރެއް ދޭ ފަދައިން އައްޔަދަށް ޝަހާދަތް އިނގިލިން އިޝާރާތް ކޮށްފައި ބުނެލިއެވެ.

“އޯކޭ” އެވަގުތަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބު ދިނުމަށްފަހު އައްޔަދު ޒާއިރާ ގައިގާ ބައްދާލިއެވެ. ތިން މީހުން އެކުގައި ކާން ނިކުތްއިރު ވެސް އައްޔަދުގެ މޫނުމަތި ވަނީ މިލާފައެވެ. ޒާއިރާ އެދުނު އެދުން ފުރިހަމަކޮށްދޭކަށް އައްޔަދު އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ.

“ޒާއްތަ ދެން އެކަހަލަ ފިލްމެއް ނުކުޅެއްޗެ” ޝަނުމް އަށް އަނގަ މަޑުންލައި އިނދެގެން ކާން އުނދަގުވިއެވެ.

“ތިދެކުދިންގެ މަންމަ ވެސް ނިޔާވި ފަހުން ތީ ޒާއްތަގެ އަމިއްލަ ދަރިން ކަމުގައި ދެކިގެން މިއުޅެނީ. ޒާއްތަގެ ހުރި ހަމައެކަނި ދަރިފުޅު ޒިވިން ދުރުގައި ބަހައްޓާފައި މިތަނަށް މިއައީ ހަމަ ތިކުދިންނަށްޓަކައި. ޒާއްތަ ކޮންމެ ދިމާލަކަށް ފިޔަވަޅު އެޅިޔަސް އެފިޔަވަޅެއް އަޅާނީ ހަމަ ތިދެކުދިންނަށްޓަކައި. ޝައްނު ކިޔަވާ ނިމުނަސް އަދި ތި ވިސްނަނީ އިތުރަށް ކިޔަވަން. ޒާއްތައަކަށް ހިއެއް ނުވޭ ޝައްނު އަދި ދިރިއުޅުމެއް ފަށަށް ހިޔާލުކޮށްފައި ވާނެހެނެއް. ޒާއްތަގެ މައްސަލައެއްނެތް ޝައްނު ބޭނުން ކޮންމެ ކުއްޖެއް ބައިވެރިއަކަށް އިހްތިޔާރު ކުރިޔަސް. ޝައްނު މިހާރު ތިހުރީ ފުރާ ފުރިހަމަވެ ކައިވެންޏެއްކުރާ އުމުރަށް އެޅިފައި. އެކަމަކު ޒާއްތަ ބޭނުންވާނެ ދިރިއުޅުމެއް ފަށަން ޝައްނު އިހްތިޔާރުކުރި މީހަކީ ކާކުތޯ ކިހާ ފެންވަރެއްގެ މީހެއްތޯ ބަލަން….” އައްޔަދުގެ ތައްޓަށް ރޮށި ފިލުވަމުން ޒާއިރާ ވާހަކަދެއްކިއެވެ.

“އޯއެމްޖީ… ކުރި ކަމެއް ކުރީ ދޮންބެ. ޒާއްތަ ކީއްވެ ޝައްނު އަށް ލެކްޗަރ ތި ދެނީ. ޝައްނު ހޯދި މީހާ އަދި ހުންނާނީ ވެސް ސައިޑެއްގައި ބަހައްޓާފައި. އަދި ރައްޓެހިވީކީ ވެސް ނޫން” ކަންބޮޑުވުމުގެ ކުލަވަރު މޫނަށް ގެންނަމުން ޝަނުމް ބުނެލި އެއްޗަކުން އައްޔަދުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒާއިރާ އަށް ވެސް ހެވުނެވެ.

“ޒާއްތަ މިއުޅެނީ ކޮންމެހެން ޝައްނުގެ ވާހަކައެއް ނޫން ދައްކަން. އަޔާގެ ވާހަކަ ދައްކަން މިއުޅެނީ” ޒާއިރާ އައްްޔަދުގެ ބޮލުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. ވަގުތުން އައްޔަދުގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

“ޒިންތަ އާއި ޒިންތަބެގެ ރުހުމާއި ދެކޮޅަށް އަޔާ ޖަނާން އާއި ކައިވެނިކުރީ. އެހެއްނު. ޖަނާން ނުވި ރަނގަޅު އަންބަކަށް ވެސް އަދި ރަނގަޅު މަންމައަކަށް ވެސް. މިހާރު ވެސް ޖަނާންއާ ހެދިގެން މޮޔަވެގެން ތިއުޅެނީ އަޔާ. ޔޫރަޕްގެ ގައުމުތަކުގައި ލާޗާރު ބިޗާރަށް އޭނާ އެނބުރެނީ އެންމެފަހަރަކު ވެސް ތިމާގެ ގާތުން ބޯވަރުގެ ޅަ ދަރިއަކު އޮވެޔޭ ހިތާ ހާލު ބަލާލިތަ؟ ތިމާ ލޯބިވާ މީހަކަށް ވުރެ ތިމާ ދެކެ ލޯބިވާ މީހަކު އަބަދުވެސް ހިޔާރުކުރުން ބުއްދިވެރީ. ރިމީޝާއަކީ އަޔާ ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅުނު ކުއްޖާ. އޭރުގައި ތިހިތަށް ކޮންމެސް ގޮތްތަކެއް ވާތީ ދޯ ރައްޓެހިވާނީ. ކައިވެނީގެ ފަހުން ވެސް އަދި އަޔާ ގެ ހިތުގައި ރިމީ ދެކެ އޭރު ވީ ލޯބި ޖާގަ ހަދާފާނެ. އެމަންޖެ ހުރީ ޒާއްތަ އެވާހަކަ ނުދައްކައިގެން. އަޔާ މިހާރު ވިސްނަންވީ އަމިއްލަ މީހާގެ އުފަލަކަށް ނޫން. ކިރިޔާ ފިޔަވަޅު އެޅޭވަރުގެ ތުއްތު ދަރިއަކު އެއޮތީ. އެކުއްޖާ އަށް މަންމައެއްގެ ލޯބި އެންމެ ބޭނުންވާނީ މިހާރުއެއްނޫންތަ؟ ދުވަސްކޮޅަކުން ޝައްނު ކިޔަވަން ދާން ފަށާނެ. އަޔާ ތީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް. މާދަމާ ދުވަހު މިގޭގައި އައިކުގެ ހުރިހާ ކަމެއް ކުރަން ހުންނާނީ ޒާއްތަ އެކަންޏެއްނޫންތަ؟ މީހަކާއި އިނދެގެން މިގެއަށް ގެނައިއްޔާ މިހުރިހާ ކަމަކަށް ފަސޭހައެއް ނޫންތަ ވާނީ. ޒާއްތަ އަށް ފެންނަނީ އަދި އެއްފަހަރު އަޔާ ހަމަޖެހިލައިގެން ވިސްނާލަން” ޒާއިރާގެ ވާހަކަތައް އަޑު އަހަން އައްްޔަދު އިން އިރު ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ތެދެކެވެ. އޭނާގެ އަމިއްލަ އުފަލަށްޓަކައި ކުޑަ ދަރިފުޅު މަންމައެއްގެ ލޯބިން މަހްރޫމް ކުރަންވީ ކީއްވެ ހެއްޔެވެ؟ އެއްފަހަރު ޒާއިރާ އަށް އާބަސް ދޭން ހިތަށް އަރައިފިއްޔާ އަނެއްފަހަރު ޖަނާން ނޫން މީހަކު ހަޔާތަށް ނުގެންނަން ހިތް ބާރު އަޅަމުން ދެއެވެ. ޖަނާނަކީ އޭނާގެ މުޅި ރޫހެވެ. އެންމެފަހަށް އައްޔަދު ނިންމީ ރިމީޝާއާއި ވާހަކަދައްކައިގެން އެ ކައިވެނި ނުކުރެވޭނެ ގޮތެއް ހަދާށެވެ.

 

ރޭގަނޑުގެ ވަގުތެވެ. އެގާރަ ޖެހިކަން ގަޑިތަކުން އިއުލާން ކުރި ދާދި ދެންމެއަކުއެވެ. އުޑުމަތީގައި މިރޭ އެންމެ ތަރިއެއް ވެސް ފެންނާކަށް ނެތެވެ. ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައިރު ރޯޅީގައި ތެތްފިނި ކަމެއް އެކުލެވިގެންވެއެވެ. ހީވާ ގޮތުން ވިއްސާރަ ވިލާތައް ހަނދުގެ މަސައްކަތަށް މިރޭ ހުރަސް އަޅަނީ ކަންނޭނގެއެވެ. އެހެންނޫންނަމަ ސާދަ ވިލޭރޭގެ ހަނދު ނަލަވެގެން އޭގެ ބޮޑާ ކަންމަތީގައި މުޅި ދުނިޔެއަށް އުފާ ކޮށްދޭން އުޑު މެދުގައި ރަނިކަން ކުރަން އިންނަންވީ ގަޑީގައި އުޑަށް ކަނު އަނދިރިކަން ވެރިވެފައި ނުވީހެވެ. ވިއްސާރަ ވިލާތަތަކުގެ ސަބަބުން މިރޭ މާޔޫސްކޮށްއެލީ ކިތައް ލޯބިވެރިންނެއް ކަމެއް ވެސް ނޭނގެއެވެ. ސާދަވިލެރޭގެ ހަނދު ހެކިކޮށް މިރެއަށްޓަކައި އަހުދާއި ވައުދު ވުމަށް ލޯބީގެ އެތައް މަލެއް ފޮޅުވުމަށް ކިތައް ލޯބިވެރިން ތައްޔާރުވާނެ ހެއްޔެވެ؟ ނަމަވެސް  އެފަދަ ބައިވެރިންނަށް މިރޭ ހަނދު ކެހި ދިނީއެވެ. މިރޭ އެބައެއްގެ އިހުސާސްތައް ވިސްނައިލެވޭނީ ބެލްކަނީގައި އެކަނި ކަނު އަނދިރިކަން ވެރިވެފައިވާ އުޑަށް ބަލަހައްޓައިގެން ހުރި ޝިނާން ކަހަލަ ދެވަނަ އިންސާނަކަށެވެ.

ބެލްކަނީގެ ލައިޓްތައް ނިއްވާލާފައި ހުރިއިރު ސިޓިންގްރޫމުގައިވާ ފަނޑުއަލިން ބެލްކަންޏަށް ވެސް ވަނީ ކޮންމެސް ވަރަކަށް އަލި އެޅިފައެވެ. އެއްފަރާތުގައި ބަހައްޓާފައި ހުރި ބީޗް ގޮނޑިގައި ޝިނާން އައިސް ޖައްސާލީ ކިތަންމެ އިރަކު އެގޮތަށް ވިސްނަން ހުއްޓަސް އޭނާގެ ހިތާއި ސިކުނޑި އަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގުމުންނެވެ. ހަޔާތުގައި އެންމެ ފުރަތަމަ ލޯބި ވެވުނު މީހާ އަންބެއްގެ މަގާމަށް އައި ކަމުގައި ވިޔަސް އެއްވެސް ލޯތްބެއް އޭނާ އަކަށް ނުލިބުނެވެ. އެލޯބި ވަނީ އޭނާ އަތް ދިއްކޮށްލީމާ އަތް ޖެހޭހާ ގާތުގައި ނަމަވެސް އެހާ ދުރުގައެވެ. އަދި މިހާރު އަމުދުން އެދަނީ އަތް ނުލެވޭހާ މާދުރަށް ދާށެވެ. އެލޯބީގެ ގަނޑުވަރުން އުފާ ހޯދާނީ އެހެންމީހެއް ކަން އެނގުނު ހިނދު ޝިނާންގެ ހިތުގައި ރިއްސައިގަތެވެ. ސިކުނޑި އަށް ކުރަމުން ދިޔަ އަސަރުތަކެއްގެ ބޮޑުކަމުން ޝިނާން އަށް ދެލޯ މަރާލެވުނެވެ. އިސާހިތަކު ފާއިތުވެ މިދިޔަ ވަގުތު ތަކުގައި މީގެ އިރުކޮޅެއް ކުރިން ހަމަ އެތަނުގައި އޭނާ އާއި ރިމީޝާގެ ދެމެދުގައި ދެކެވުނު ވާހަކަތާކާއި މަންޒަރުތަކުން ދެ ކަންފަތް ގުގުމަން ފެށިއެވެ.

ތިރީސް މިނިޓް ކުރި

 

މިޝްކު ބަލިކޮށް އުޅުމުގެ ސަބަބުން ނިދި ގަޑީގައި ބޭނުންވީ އެއްފަރާތުގައި ރިމީޝާ އަދި އަނެއް ފަރާތުގައި ޝިނާން އޮންނާށެވެ. މިޝްކުގެ އުފަލަށްޓަކައި ޝިނާން އެގޮތަށް ކަންތައްކުރީ ރިމީޝާ ވެސް ރުހިގެންނެވެ. މިޝްކު ނިންދެވުމަށްޓަކައި ރިމީޝާ އަބަދުވެސް އަރަބި ބަހުން މަދަހައެއް ކިޔައެވެ. މަދަހަ ކިޔާ ނިމުނުއިރު މިޝްކު އާއި އެކީގައި ޝިނާން ވެސް އޮތީ ނިދި ޖެހިފައެވެ. ހޭލެވުނީ ރިމީޝާ ކޮށްޓާލީމައެވެ.

“ނިދީދޯ….” މިޝްކުގެ ގައިމަތީގައި ކުއިލްޓް އެޅުމަށްފަހު ކޮޓަރީ ދޮރު ލައްޕާލަމުން ނިކުތީ ދެމީހުން ދާދި އެކުއެކީގައެވެ. އެކަކު އަނެކަކަށް ހިނިތުންވުމެއް ދިނުމަށްފަހު ޝިނާން އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔުމުން ރިމީޝާ ވެސް ބަދިގެ އާއި ދިމާލަށް ހިނގައިގަތީ ކާއެއްޗެއްސަށް ހޫނު ކޮށްލުމަށެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން ޖަވާބުދިނުމަށް ކަންފަތުގައި ޖަހާލިއެވެ.

ލެޕްޓޮޕް ހިފައިގެން އައިސް ކޮޓަރި ތެރޭގައި ވަކިން ހުރި މޭޒު މަތީގައި ބެހެއްޓުމަށްފަހު ޝިނާން އޭނާގެ ފޯނާއި ކަނެކްޓް ކޮށްލިއެވެ. ހެޑްސެޓް ނެގުމަށް އަލަމާރި ކައިރިއަށް ޖެހިިލި ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ރިމީޝާ އެ އައި ގޮތަށް އައިސް ޝިނާންގެ މެދުހަށިން ބައްދައިގަތީ ދޮރު ހުޅުވީ ކާކުތޯ ރަނގަޅަށް ބަލާވެސް ނުލެވެނީހެވެ. ރިމީޝާގެ ބީހުމުން ޝިނާންގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އުމުރުން ފަސްދޮޅަސް އަހަރު ވިޔަސް ދުވަހަކު ވެސް ރިމީޝާގެ އެ ބީހުން ހިތުން ފިލައިނުދާނެ ކަން ކަށަވަރެވެ. ވީ ކީއްތޯ ވެސް ބަލާނުލާ ޝިނާން އަށް ދެލޯ މަރާލެވުނީ އެވަގުތުކޮޅު އެތައް ގަރުނަކަށް ދެމިގެން ދިޔުމަށް ހިތް އެދުނު ވަރުންނެވެ. ޝިނާންގެ ބުރަކަށީގައި ރިމީޝާގެ މޫނު ޖައްސާ ފިއްތާލާފައި ވާއިރު ޝިނާން ކުޑަކޮށް ފަހަތަށް އެނބުރިލާ ރިމީޝާއަށް ބަލާލަން ކުޑަކޮށް އަރިވެލިއެވެ.

“އޯ ޝިނާން… ވަރަށް ވަރަށް އުފަލުން މިހުރީ. މި އުފާވެރިކަން އެންމެ ފުރަތަމަ ހިއްސާ ކުރަން ބޭނުންވީ ޝިނާން އާ” ރިމީޝާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނި ބޭއިހްތިޔާރުގައި ޝިނާން އަށް ހިނިތުންވެވުނެވެ. ދެން ރިމީޝާ ދޭން އެއުޅޭ ހަބަރެއްގެ ކުޑަ ވެސް ހިލަމެއް ވާނަމަ ޝިނާންގެ ތުންފަތްމަތިން އެ ހިނިތުންވުން ފެނިދާނެބާއޭ އެއީ ހިތުގައި އުފެދޭ ސުވާލެކެވެ.

“އަޔާ ބޭނުން މެރީކުރަން” ރިމީޝާ ހީލަމުން ފަހަތަށް އެނބުރިލިއެވެ. އެ އަޑުގައިވާ ޖޯޝުންނާއި މީހާގެ ހަރަކާތްތަކުން ރިމީޝާއަށް ލިބިފައިވާ ހިތްހަމަޖެހުން އެވަގުތު ކައިރީގައި ކޮންމެ މީހަކު ހުރި ނަމަވެސް އެމީހަކަށް އަންދާޒާ ކުރެވޭނެއެވެ. ޝިނާން ތޯއެވެ. ދެލޮލުން ކަރުނަ ނިރާލީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ދާދި ދެންމެގައި ރިމީޝާގެ ފަރާތުން ޝިނާން އަށް ލިބުނު އުފާވެރިކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވީއެވެ. އެލޯބި ކޮންމެސް ދުވަހަކުން ލިބޭނެ ކަމުގެ އުއްމީދުގައި ދެކެވުނު ހުވަފެންތައް ފުނޑުފުނޑުވީއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން އެވަގުތު ޝިނާން މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ކޯތާފަތް ހުރަސްކޮށް ކަރުނަތައް ފައިބައިގަތް ވަގުތު ޝިނާން އަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. އެ އަޑަށް ރިމީޝާ އެނބުރި ޝިނާން އަށް ބަލާލިއެވެ. ޝިނާން ކަރުނަތައް ފޮހެލަމުން ހީލެވޭތޯ އުޅުނެވެ.

“ސޮރީ” ކުރެވުނު ކަންތައް އިހުސާސް ކުރެވުމުން ރިމީޝާ އިސްޖަހާލިއެވެ.

“ހޭއި.. ކޮންކަމަކަށް ސޮރީ ތިބުނީ” މޭތެރޭގައި އޮތް ހިތް ކުދިކުދިވެ ވިރިގެން ފައިބާ އިރު ވެސް ހިނދުކޮޅެއްގެ ތެރޭގައި މޫނުމައްޗަށް ޖަމާވި ހިތާމަތައް އެއްފަރާތް ކޮށްލަމުން ޝިނާން ހިނިތުންވެލައި ރިމީޝާއަށް ބަލާލިއެވެ.

“ޝިނާން ދެރަކުރާކަށް ނިޔަތެއް ނެތް. އެހެންވެ. ހަމަ އުފާވީ ވަރުން” ރިމީޝާ ބުނެލިއެވެ.

“ރިމީ އަށް ކިހިނެއް ބުނަން އެނގެނީ އަހަރެން މިހިރީ ދެރަވެފައި ކަމެއް” ޝިނާން އަހާލިއެވެ. އެކަކު އަނެކަކާއި ކުރިމަތިވާ ގޮތަށް ތިބިއިރު ރިމީޝާ ގިނަ ފަހަރަށް ހުންނަނީ އެހެން ދިމާލަކަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ޝިނާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ރިމީޝާގެ މޫނަކުން ވަކިކޮށްނުލައެވެ.

“ޝިނާން ދެންމެ ރުއީމެއްނު. ދެލޮލުން ކަރުނަ އަންނާނީ ހިތަށް ގައިމުން ކޮންމެވެސް އަސަރެއް ކޮށްގެނެއްނު” ރިމީޝާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“ހެހެހެ….ރިމީ ތިބުނީ ވަރަށް ބޮޑު ތެދެއް. އުފާވެރިކަމެއް ވިޔަސް އަދި ހިތާމަވެރިކަމެއް ވިޔަސް އޭގެ ސަބަބުން ހިތަށް އެއްޗެހިތަކެއް ނާރާނަމަ ދެލޮލުން ފެނެއް ނުފައިބާނެ. އެކަމަކު މިފަހަރު އަހަރެންގެ ލޮލުން އެފޭބީ އުފާވެރިކަމުގެ ކަރުނަތައް” ޝިނާން ބުނެލިއެވެ. އޭނާގެ ހިތް ރޮނީއެވެ. ނަމަވެސް އޭނާގެ ކަރުނަތަކުގެ ސަބަބުން ރިމީޝާގެ އުފާވެރިކަމަށް ހުރަސް އެޅޭކަށް ފަހަރެއްގައި ވެސް އޭނާ އެއް ނޭދޭއެވެ.

“ޔަގީންތަ؟” ރިމީޝާ އަހާލިއެވެ.

“ހޫމް… ދެން ބުނެބަލަ ތިކަން ވީގޮތް. އެންމެ ފުރަތަމަ އާދެބަލަ އިށީންނަން. ކޮޅަށް ހުރެ ފައިގަ ރިއްސައިގަނެއްޖެ” އެނދާއި ދިމާލަށް ދަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ވެސް މަޑުމަޑުން ގޮސް އެނދުގައި އިށީނދެލިއެވެ.

“ރަށުން ފުރަން އޮތް ދުވަހު ޒާއްތަ އެންމެފުރަތަމަ އެވާހަކަ ދެއްކީ. ބުނީ މަށާ އަޔާ އާއި ކުރިން ރައްޓެހިވިކަން ޝަނުމް ގެ ފަރާތުން އެނގުނޭ.. ޒާއްތަ ބޭނުންވަނީ ރިމީ އަޔާ އާއި ކައިވެނި ކުރާށޭ. އަޔާ ޒާއްތަ ބުނެފި ކަމަކަށް ދެކޮޅެއް ނުވާނޭ. ދެން ޝިނާން ބުނެބަލަ އަހަރެންނަށް ވާނެވަރު. އުފަލުން ރޮވުނީ. އެލޯތްބަށް އަހަރެން ކުރި އިންތިޒާރު އެންމެ ކައިރިން ފެންނާނީ ޝިނާން އަށް” ރިމީޝާ ދެލޯ ފެންކަޅިވިއެވެ. ރިމީޝާ ބަލާލުމުން ޝިނާން ނިކަން ބޮޑަށް ހިނިތުންވެލައެވެ. ޝިނާންގެ މޫނުން ރިމީޝާ ނަޒަރު ވަކިކޮށްލުމާއެކު މަލެއްހެން އެމޫނުމަތި މިލާ މޯޅިވެގެން ދެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޫރު (ފަންސާސްފަސްވަނަ ބައި)

Next

ސިއްރު – 7

Next
April 1, 2018

ސިއްރު – 7

Previews
March 31, 2018

ނޫރު (ފަންސާސްފަސްވަނަ ބައި)

28 Comments!

  1. Ushaali says:
    April 1, 2018 at 1:28 am

    salaam!!! mi bai ves kamudhaane kamah heekuran. vahaka ah inthizaaru kolli kudhinnah varah bodah shukuriyya 🙂
    mistak eh iniyya fahaga kolla dhinun edhen 🙂
    huriha kudhinnah ves varah baajjaveri reygandakah edhen 🙂 i love yu ol 🙂 🙂

  2. Beauty says:
    April 1, 2018 at 2:06 am

    O my god !!!!

    1. Ushaali says:
      April 1, 2018 at 2:20 am

      what happen Beauty ?

    2. Aish says:
      April 1, 2018 at 3:11 pm

      Beauty moya vefa

  3. araash says:
    April 1, 2018 at 6:04 am

    Nice..Ekm rimee n shinan gulheny…V foohi ayaa dheke

    1. Ushaali says:
      April 2, 2018 at 1:55 am

      Fahun vas gotheh hingaaba balan araash ❤❤❤
      Thankyu dear

  4. Meekaa'il says:
    April 1, 2018 at 7:17 am

    Next part when………..?????
    Varah salhi mi part vex. …?

    1. Ushaali says:
      April 2, 2018 at 1:57 am

      Maadhama next part. Insha allah Meekaa’il ❤❤❤

  5. Shaa says:
    April 1, 2018 at 9:17 am

    V reethi imparts rimeesha mee konkahala anhenehtha chee

    1. Ushaali says:
      April 2, 2018 at 1:58 am

      Rimee ah ves maa bodah loabi veveny ey. Thanks shaa ❤❤❤

  6. lotus says:
    April 1, 2018 at 9:53 am

    OMG!!! WHAT on earth is happenin here.. dhen kihine vaaneee?????? Curiously waitin

    1. Ushaali says:
      April 2, 2018 at 2:00 am

      Dhn vaane gotheh balan kuriah huri bai thakah inthizaaru kollaa ❤❤❤

  7. syle says:
    April 1, 2018 at 11:25 am

    Aslu dhen shinaan ah rimee libey goiy hadhaabala dhen ayaa evaruge landeh dhineema ves hama ayaa ah libey goiy thi hedhee

    1. Ushaali says:
      April 2, 2018 at 2:01 am

      Dhw. Rimee ah adhi nuvisneny. Adhi visneyne. Balamaa dhw dhn vaa gotheh ❤❤❤

  8. Nu Xu says:
    April 1, 2018 at 12:31 pm

    Mi part vxvvvv salhi…. Nu Xu ge hiyy bunany shinaan ashey rimy libeyny emme fahun…. Letx wait dhw result ah…. Next part knirakun thr ushaa… Well done… ???

    1. Ushaali says:
      April 2, 2018 at 2:02 am

      Maadhama next part. Insha allah ❤ rimee loabivany ayyadh dheke ey Nu Xu

  9. Reem says:
    April 1, 2018 at 2:42 pm

    Shanum aee firihen kuhjehtha?
    Or girl eh tha?

    1. Manje says:
      April 1, 2018 at 3:40 pm

      Reem men gamaaru kamun gengulhevey vareh noone . eyky raiylaajehi jehi anhen kuhjjjeh?

    2. Mal says:
      April 1, 2018 at 6:01 pm

      Reem shanum is a boy?

    3. Ushaali says:
      April 2, 2018 at 2:03 am

      Shanum akee ayyadh ge ehbandu ehbafaa anhen kokko ❤

  10. Pinky shifoo says:
    April 1, 2018 at 5:58 pm

    Mi part vx v v v reethi ???… Waiting for next part ???… Lots of love and take care ushaali ???

  11. Icy says:
    April 1, 2018 at 6:42 pm

    nice

    1. Ushaali says:
      April 2, 2018 at 2:04 am

      Thanks Icy ❤

  12. Beauty says:
    April 2, 2018 at 12:57 am

    Shinan ehaa ra’galhu Iru rimee vaane tha ehen kanthah kuran???
    Varah dhera ?

    1. Ushaali says:
      April 2, 2018 at 2:06 am

      Baeh myhun ulhey nu kanve nimey fahun visney myhun. Rimee ah adhi visneyne. Dhn balamaa dhn vaagotheh dhw Beauty ❤❤

  13. fai says:
    April 2, 2018 at 10:02 am

    V v shalhi kiyaalaa hithun mikiyaalanee wow

  14. Reader says:
    April 2, 2018 at 2:49 pm

    Rimee ah ayaa dheke vevifa ehureekee hageegee loaibeh noon. Eveveny dheevaanaa. Mi story ga hageegee loabeege furihama misaaleh fennany hama ekani shinaan ge faraathun.

  15. Reader says:
    April 2, 2018 at 2:52 pm

    Story hama varah habeys. Waiting for next part.

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 09←


All Right Reserved!