Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 5

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
April 3, 2018 6 Mins Read
12 Comments

“ހޫމް އަހަރެން ފޯނަށް ވަގުތުދޭ ވާހަކަ ދައްކާސޮރު ހާދަވަރަކަށް ތިމާފޮޅުވަނީ.. އަދި އަހަރެން އައިމަ ފޯނު ބާއްވައިފިއެއްނު.. ” އެނދުގައި ޖައްސާލަމުން ޖައިލަމް ލަޔަކް އާއި ދިމާކޮށްލިއެވެ. “ބަލަ އަހަރެންވާ ހިތްކިޔާ ކުއްޖާ ކާމިޔާބުކޮށްފަދޯ މާފޮޅުވަނީ.. އެކަމަކު ޖައި ތިއުޅެނީ އަދި ވީތަންވެސް ނޭންގިތޯއްޗެއް.. ހެހެ ދެން އޯކޭ.. ކޮންމަޖެއަކަށްތަ ހިތްކިޔައިގެން އަސްލު އަތުން ފޯނުދޫނުވެތިއުޅެނީ.. ” ލަޔަކްވެސް ދެރަނުވާން ރައްދުދިނުމަށްފަހު ސީރިޔަސް ރާގެއްގައި އަހާލިއެވެ.

“ސާބަސް ބްރޯއަށް މިއުރީދޫއިން ސަލާމަތް ނުވާވަރަށް މެސެޖްކުރާވަރުން އެވަރަށް ފޯނަށް ބެލެނީ.. އަހަރެންމީ ލަޔަކްހާ ނަސީބު ރަނގަޅުމީހެއްނޫނޭ.. ” ކިތަންމެ މަޖާވެލާފައި ފެށިނަމަވެސް ފަހުންބުނެލި ބަސްތަކާއެކު އެހިތުގައިވާ ރިހުން ލަޔަކް ދެނެގަތެވެ. ” ޖައި.. ތިހެންނުބުނޭ.. ބުނޭއެއީ ކާކުކަން.. އަހަރެން އެމީހަކު ކައިރީދެފައި ދޮށުގަ ބޮސްދީ  އާދޭސްކޮށްގެން ވެސް އެކަން ކޮށްދޭނަން އިންޝާﷲ.. ” ޖޯޝާއެކު ލަޔަކް އެހެންބުނެލުމުން ޖައިލަމްއަށް ބޯހޫރާލެވުނެވެ. އަދި ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ފުހެލަމުން.. “ލަޔަކްއަކަށް ނުވާނޭ.. ” ބުނެލީ ހިތްދަތި ކަމާއެކުގައެވެ.

“ހެޔޮނުވާނެ އެހާއަވަހަށް އުންމީދުކަނޑާނުލާބަލަ.. އަދި..” ” މިވޭތުވެދިޔަ ފަސްއަހަރުވެސް ހުރީ ފޮނިއުންމީދާއެކު.. އެކަމަކު .. އެކަމަކު މިއަދު ލިބުނުހަބަރުން ހުރިހާ އުންމީދެއް ފެނަށް ހިނގައްޖެ.. އޭނަ މިހާރު ދުނިޔޭގަ ހުރިކަމެއް ނެތްކަމެއްވެސް އިނގެނީއެއްނޫން..  އަހަރެމެން ބޭރަށް ކިޔަވަން ދިޔަތާ މާގިނަދުވަހެއްނުވެ.. ވީނުވީއެއްނޭންގި އޭނަ ގެއްލުނީ.. އަދި ވަރަށް ގޯސްކޮށް އޭނައުޅުންކަމަށްވެސް އެވާހަކަ ކިޔާދިން މީހާބުނީ .. އާހް… އެގޭމީހަކުވެސް ރަށުގަނެތް.. އެކަމަކު އޭނަގެ އެއްކޮއްކޮ އަހަންނާ ވަރަށް ފްރެންޑްވާނެ ކުރިން.. މިހާރު އޭނަވެސް ވީތަނެއްވެސް ނޭންގެ.. އިނގޭނަމަތާ ހަގީގަތް ހޯދޭނީވެސް.. އަހަރެންގެ ހިތެއްނުބުނޭ އޭނަ އެހާ ވިޔާނުދާވާނޭ.. އެކަމަކު އެންމެފުރަތަމަ ދުވަހުވެސް އަހަންނަށް އޭނަ ކަމުދާ ވާހަކަބުނުމުން ބައްޕަވެސް އެކަމާދެކޮޅުހެދި.. އެކަމަކު އެއީ އޭނަ ގޯސްވެގެނެއްނޫން.. އެކަމަކު އޭނަ ނިކަމެތިވީމަ..   ”

ރޮވޭހާލުނޭފަތް ދަމަމުން ޖައިލަމްދެއްކި ވާހަކަ އަޑުއަހަން އަލަމާރި ކައިރީގައި ފިލާއިން އާޔާއިނީ ބުނާނެ އެއްޗެއް ނޭންގި ގަބުވެފައެވެ. ދުވަހެއްގެކޮޅުންވެސް ގާސިމްގެ ނިޔަތް ބަދަލްނުވީއިރު އޭނާގެ އެއްދަރީގެ ހުރިހާ އުފަލަކަށް އޭނާއެއަރައިގަތީ ކިހާ އިންސާނިއްޔަތުކަމެއް ނެތް ބައްޕައަކަށް ވީމަހެއްޔެވެ. ދެންހުރީ އޭނާގެ ދޮންބެއެވެ. އެވެސް ހަމަ ބަފާކަހަލަ ޝައިޠާނަކަށްވުމުން އޭގެ އަދަބު މިދުނިޔޭންލިބިގެން އެދިޔައީއެވެ.

“ދެންހުއްޓާލާ.. އިންޝާﷲ އަދި ތިކުއްޖަކު ޖައި އަށް ލިބޭނެ.. ނޫނީ އެއަށްވުރެ މާ ރަނގަޅު ގޮތެއް ކުރިއަށް އޮތީކަމުގައިވެދާނެ.. ހިތްވަރު އެލުވާލާއެއްޗެއްނޫން.. އަބަދުވެސް ހެއްދެވިފަރާތަށް ދުއާކޮށް އެފަރާތުން ވާތްގަށްއެދެންވީ.. ” ޖައިލަމްގެ ބުރަކަށީގައި ފިރުމާލަމުން ލަޔަކް  ބުނެލި ކޮންމެބަހެއް ޖައިލަމްގެ ހިތަށް ހަމަޖެހުން ގެނުވީ އަބަދުވެސް ލަޔަކްގެ ފަރާތުން އެފަދަނަސޭހަތް ލިބޭތީ އުފާކުރާ ހާލުގައެވެ.

ދެމީހުންތިބީ ކުޑަދޮރާއި ފުރަގަސްދީގެކަމުން އާޔާ ވަގުތުން އެމީހުންގެ މޫނުމަތިން ގެއްލިގެން ދުންކޮޅަކަށް ބަދަލްވުމާއެކު ކުޑަދޮރުން ބޭރަށް ދެމިގަތީ ކުޑަދޮރުގެ ތަންޑު މަޑުމަޑުން ނައްޓާލާފައި ލަޔަކްއަށް އެކަމުން ޝައްކުވެސް ނުވާނޭހެން ހަދާފައެވެ. މިރޭ އެހެން ދިޔަޔަސް އަދި ކޮންމެވެސް އެއްދުވަހަކުން ލަޔަކްއަށް ހަގީގަތް ކިޔާދޭން އާޔާ ބޭނުންވެއެވެ. ނަމަވެސް މިރޭ އިވުނު ވާހަކަތަކުން ޖައިލަމްއަށްވެސް ކަމުގެ ހަގީގަތް ހާމަކުރަން އާޔާގެހިތް އެދިގޮވާލިއެވެ. ކޮންމެގޮތެއްވިޔަސް އޭނާގެ ދުޝްމިނަކީ ގާސިމްއެވެ. ވީއިރު އެކަމުގައި ޖައިލަމްއަށްވެސް ހަގީގަތް އެނގުން މުހިއްމެވެ.

*******;;;*******

“އަލޫ.. ނޮންނީ.. ” އިބާ ސިހިފަި ބަލާލިއިރު އަލޫކް އާއި ލޫޔާ ގެއަށްވަންނަނީއެވެ. އިބާން އާއި އަރުޝާ އިބާކައިރީ ސޯފާގައި ތިބެފައި ލޫދެމުން ފައިބައިގެން ލޫޔާމެންނާއި ދިމާއަށް މިސްރާބުޖެހިއެވެ. އެއީ އަބަދުވެސް އެދެކުދިންގެ އާދައެވެ. ކިތަންމެ މަދުން ފެނުން ކަމުގައިވީނަމަވެސް ލޫޔާއާއި އަލޫކް ދެކެ އެކުދިން އެވަނީ އަމަށަކު ލޯތްބެއްނޫނެވެ.

“އަލޫ.. ކީއްވެތަ މިގޭގަ ނޮންނިއާ ދެކުދިން ނޫޅެނީ.. ” ތިން އަހަރަށްދާ އަރުޝާ އަލޫކް ގެ އުރަށް އެރުމާއެކު ސުވާލުކޮށްލިއެވެ. ” ނޮންނީ.. މާމަބުނި ބޭބީ ކޮއްކޮއެއް ނޮންނީ ގެެންނާނެއޭ.. ކޮބާ ބޭބީކޮއްކޮ.. ” ލޫޔާގެ އުނގަށްވަތް އިބާންވެސް އެތުއްތު ހިތުގައި އެނބުރެމުންދިޔަ ސުވާލު ކޮށްލިއެވެ. އެވަގުތު ލޫޔާއަށް އަލޫކް ބަލާލިއެވެ. އަލޫކްވެސް އިނީ ލޫޔާދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

“ދެން އަޅޭ މަންމަގެ ދެދޫނި ކީކޭ މިއަދު ތިކިޔަނީ .. އަލޫ އާއި ނޮންނީ ކައިރީ އިށީންދެލަންވެސް ނުބުނެ.. އާދެބަލަ ނިންނީމެން ގޮވައިގެން ކާގެއަށް މަންމަ ސައިހަދާފަ ހުންނާނޭ.. ” ލޫޔާމެންނަށް ދޭނޭ ޖަވާބެއް ނޭންގިފައި ތިބިހެން ހީވުމާއެކު އިބާ އަވަހަށް ތެދުވެ މައުލޫބަދަލް ކޮއްލިއެވެ. “ޔޭ.. ފުދިން.. މަންމީ އިބާން ކާނަން ފުދިން.. ” އިބާންގެ ތުއްތު އަޑުން ޕުޑިންއަށް ކީ މޮޅުނަމާއެކު އެންމެން އެކީގައި ހެމުން ތަކުރާރުކޮށް އެނަން އެކުއްޖާފުޅު ލައްވާ އެނަން ކިއުއްވަމުން ކާގެއަށް ދިޔައެވެ.

*******;;;********

ޖައިލަމް ދިއުމާއެކު ލަޔަކް އަވަހަށް އަލަމާރިކައިރިއަށް ދިޔައީ އާޔާ އިންތިޒާރުގައި އިންނާނެތީއެވެ. ނަމަވެސް ހޯދާ ހޯދާ އާޔާއެއް ކޮޓަރިއަކުން ލަޔަކް އަށް ނުފެނުނެވެ. އެވަގުތު ނުދަންނަ ނަންބަރަކުން ލަޔަކްއަށް ގުޅަންފެށުމުން ދެފިކުރުގައި ހުރެފައި ލަޔަކް އެކޯލަށް ޖަވާބުދިނެވެ.

” ހެލޯ.. ލަޔަކް.. އަހަރެން ނިކުތީމަ ކުޑަދޮރުގަ ތަންޑު އިންނޭނީ ނޭޅުވި.. ލަސްވާތީ އާޔާ އަވަހަށް ނިކުތީ .. ސޮރީ އިނގޭ.. މާދަމާ ބައްދަލް ކުރާނަން.. ލަވްޔޫ.. ” ލަޔަކް އަށް އެއްޗެއްނުބުނެވިގެން އުޅެނިކޮށް އާޔާ ހުރިހާ ވާހަކައެއް އެއްފަށްޗަކަށް އަމުނާލުމާއެކު ފޯނުކަނޑާލިއެވެ. ކަންފަތާއި ދުރުކޮށްލި ފޯނާއި ދިމާއަށް ބަލަންއިން ލަޔަކްއިނީ ހައިރާންވެ ކިޔާނެއެއްޗެއް ނޭންގިފައެވެ. އާޔާ އޭނާގޭ ފޯނު ނަންބަރު ހޯދީ ކޮންއިރަކު ކަންވެސް ނޭންގެއެވެ. ނަމަވެސް މިވީގޮތުން އާޔާ އާއި ބޭނުން ވަގުތަކު ގުޅޭނެކަން ހިތަށް އައުމާއެކު ލަޔަކް އަށް ހިނިތުންވެލެވުނެވެ.

އާދުވަހަކަށް އިރުދޮންކުރަމުން އައިއިރު މުޅިރަށުތެރޭގައި ފަތުއަޑުކިޔާފައި ފެތުރެމުން ދިޔައީ އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ މީހަކު ފެނުންވާހަކައެވެ. ކުރިން ދެފަހަރަކު މަރާލެވިފައިވާ މީހާއެކޭ އެއްގޮތަށް އެމީހާގެވެސް ކުރިމަތިފަރާތް ވަނީ ރޯފިލާވަރަށް އަދާ ގުނަވަން ވަކިނުވާވަރު ވެފައެވެ. އަދިހަމަ އެހެންމެ މިފަހަރު މަރުވެފައިވާ މީހާވެސް އޮތީ ކުޅިކައިރީގައި އެއްލާލެވިފައެވެ. އެކަން އެގޮތަށް ކުރާ މީހަކުނޭންގުން ނަމަވެސް އެއްގޮތަކަށް ތިންމީހުންގެ މަރުވެސް ދިމާވުމުން ރަށުތެރޭގައި ތަފާތު އެކި އެކި ގޮތްގޮތަށް ވާހަކަތަށް ފެތުރެމުން ދިޔައެވެ.

އެއްބަޔަކު އެއީ އެއްބަޔަކު އެއީ ފިރިހެނުން ފިރިހެނުންނާއި މައްލަވަކުރާ ގުރޫޕުމީހުންދެކެ ރުޅިއަންނަމީހުންގެ ކަމެކޭ ބުނަމުންދާއިރު އަނެއްބަޔަކު ކިޔަމުން ދިޔައީ މަސްތުގެ ހާލަތުގެ އާވާރާވެގެން އަތުންފައި ގޯސްހަދާފައިވަނީ ކަމަށެވެ. އެއްވެސް މީހަކަށް ކަމުގެ ހަގީގަތް ނޭންގުނު ނަމަވެސް އެމީހަކަށް ހީވާ އެންމެ ގާތްކުރާ ގޮތަކަށް ވާހަކައިގެތެރެއަށް ފޮނިތޮށި ކާފޫރު ތޮޅި އެއްކޮށްގެން ފަތުރަނީއެވެ.

ފަތިސް ނަމާދުކޮއްގެން ގޭތެރެއަށް ނިކުތް ލަޔަކްއަށްވެސް އެހަބަރުލިބުނީ އެވަގުތު ގެއަށް ވަދެގެންއައި ގާސިމް ހާސްވެކަންބޮޑުވެފައި ޖައިލަމް ކައިރީ އެވާހަކަ ދެއްކުމުންނެވެ. އަދި އޭގެ އެންމެ އަޖައިބުކުރުވަނިވި ކަމަކީ ޖައިލްއާއި ލަޔަކް އެދުވަހުން އެދުވަހަށް ފުރަން ބުނުމެވެ. ގާސިމްއަށް ހީވާކަހަލައެވެ. ޖުނައިދު އެކޭ އެއްގޮތަށް ޖައިލަމްއަކީވެސް އެފަދަ ނުބައިކަންކަމަށް އަރައިގަންނަ ކުއްޖެކެވެ. ” އެކަމަކު ބައްޕާ އަޅުގަނޑުމެންނަށް ފުރޭވަރުވާނީ އެންމެއަވަހަށްވެސް މާދާމާގެ ހެނދުނު ހައެއްޖަހާއިރު, މިއަދުން މިއަދަށް ދެން ޓިކެޓެއްވެސް ނުލިބޭނެ..” ޖައިލަމް އެހެންބުނުމާއެކު ގާސިމްގެ ލޭހޫނުވެގެން ދިޔައެވެ. “ބަލަ ކަލޭތިއުޅެނީ މަރުވާނެގޮތެއް ނޭންގިގެންތަ.. މަމިބުނީނު މިއަދުން މިއަދަށް ފުރާށޭ.. ކަލެއަށް ނުވަންޏާ މައެކަން ހަމަޖައްސަފާނަމޭ.. އެހެންނޫނަސް ކަލޭ އަދިވެސް އެއަންހެނާމަތިން ހަނދާންވާވަރުން ނުދާންތިއުޅެނީ.. ” ގާސިމް އައިސްފައިވާ ރުޅިއާއެކު ދައްކަމުންދިޔަ ވާހަކަ ހުއްޓުމަކަށްއައީ ޖައިލަމްގެ ފުރަގަހުން އެވިފައިހުރި އާޔާގެ ސޫރަފެނުމުން ނެވެ. ހަމަ އެވަގުތަކީ ނައީމާވެސް ގޭތެރޭގަައި އަޑުގަދަވެގެން ކޮޓަރިން ނިކުތް ވަގުތުކަމުން ޖައިލަމް ހީކުރީ މަންމަ ނިކުތުމުން ބައްޕަ އަޑުމަޑުކޮށްލީ ކަމަށެވެ.

އިސާހިތަކު ގާސިމް ގޮއްދާ ހިއްލާލުމާއެކު ޖައިލަމްއާއި ފުރަގަސްދިނެވެ. ނަމަވެސް ހަމަ އެނބުރުމާއެކު މިފަހަރު އެކޮޅުކޮޅުން މޫނާއި ދިމާއަށް އެތިރިވީ އާޔާގެ އަޅިކުލައިގެ ދެލޮލާއެކުގައިވާ ތަފާތުބިރުވެރި ސޫރައެވެ. ކަނޑާވައްޓާލި ރުކެއްހެން ވަގުތުން ގާސިމް ހެޔަށްގޮތްވެ ވެއްޓުނީ ޖައިލަމްވެސް ނުވިސްނާ ހުއްޓައިކަމުން ގާސިމްގެބޯ މުށިތަކުގައި ޖެހުމާއެކު ފަޅައިގެންގޮސް ލޭގެކޯރެއްހެދުނީ ދާދި އަވަހަށެވެ. “ބައްޕާ ” އޭ ކިޔާ ޖައިލަމް ގާސިމްކައިރިއަށް ތިރިވިއިރު ނައީމާވެސް “މަގޭ ގާސިމް އޭ” ބުނެ ރޮމުން އެތަނަށް ތިރިވިއެވެ. ލަޔަކް ވަގުތުން އެމްބިއުލޭންސް އަށް ގުޅާލުމާއެކު ޖައިލަމްކައިރީ ބުނެގެން ގާސިމްނަގާ ވަގުތީގޮތުން ލޭއައުން ކުޑަކުރެވޭނެހެން ގާސިމްގެ ބޯ ހިއްލާލަދިނެވެ.

އެނދުމަތި ކުރެވިފައިވާ ގާސިމް ހޭއެރީ ދެގަޑިއިރު ފަހުންނެވެ. ނަމަވެސް ހޭއެރުމާއެކު ސިހިސިހި އޮންނާތީ ޑޮކްޓަރު އަނެއްކާ ގާސިމްގެ އައިވީއަށް  ނިދާ އިނޖެކްޝަންއެއް ޖަހާލީ ދެންހޭލެވޭއިރު އެއަށްވުރެ ފަސޭހަވާނެރީއެވެ.

އިރުކޮޅަކު މަޑުކޮށްލުމަށްފަހު ލަޔަކް ގެއާދިމާއަށް މިސްރާބްޖެހީ އާޔާއަށް ގުޅާލަން ބޭނުންވެފައިހުރިލެއް ބޮޑުކަމުންނެވެ. އަދި އެމަރުވި މީހާގެ ހަބަރެއްވެސް ލިބޭނީ ބޭރަށްނިކުމެލައިގެން ހަނދާންވުމުންނެވެ. ” ތިޔަގުޅުއްވި ނަންބަރުން ޖަވާބެއްނުދޭ ފަހުން ގުޅުއްވާލަދެއްވުން އެދެން .. ޝުކުރިއްޔާ..” ތަކުރާރުކޮށް ތިންފަހަރު ގުޅުމުންވެސް ލަޔަކްއަށް ލިބުނީ ހަމަ އެއްޖަވާބެކެވެ. ލިބުނު މާޔޫސީއާއެކު ހޮސްޕިޓަލުން ނިކުތް ލަޔަކްއަށް އެހުރިހާއިރު ފަހަތުގައި އާޔާއިންކަމެއް ރޭކާވެސް ނުލައެވެ.

މަޑުހިނގުމެއްގައި ދިޔަ ލަޔަކްގެ މިސްރާބުހުރީ ކުޅިއާދިމާއަށެވެ. އޭރުވެސް އެތާންގައި ފުލުހުންގެ އިތުރުން ގިނައަދަދެއްގެ އާންމުރައްޔިތުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ނަމަވެސް އޭރު މަރުވެފައިވާމީހާ ވަނީ ކަށުކަމާކެމީގެ ކަންކަން ކުރުމަށް ގެންގޮސްފައެވެ.

ކުޅިއާއި މާދުރުނޫން ހިސާބެއްގައި ހުރި ރުކެއްކައިރީގައި މަޑުކޮއްލި ލަޔަކްއަށް އެދިމާފެނުމުން ހިތަށްއާދަޔާހިލާފް ގޮތެއްވެގެން ދިޔައެވެ. އެހާވަރަށް އެތާންގައި މީހުން އުޅުންއިރުވެސް ނޭންގޭ ބިރުވެރިކަމެއް ލަޔަކްގެ ހިތުގައި އުފެދުނީ ކީއްވެކަމެއް ހުދުއޭނާއަށްވެސް ނޭންގުނެވެ. މާދުރުނޫން ހިސާބަކަށް ކަޅިހިންގާލުމާއެކު ލަޔަކްއަށް ފާހަގަވީ އެތަނުން ބައެއް ރުއްރުކުގެ ބައެއް އަނދާފައިވާ ކަހަލަ ގޮތަކަށް އަނދާފައި ވާކަމެވެ. ނަމަވެސް އެއީ މިހާރު ހިނގާފައި ވާކަމެއްނޫންކަން އެތަން ފެނުން ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ.

ނޭންގޭސަބަބަކާއެކު ލަޔަކް އެދިމާއަށް ހިނގައިގަނެވުނީ ދަމާބާރެއް އެދެމެދުގައި ވާފަދައަކުންނެވެ. “އޭ ދޮންކަލޯ ކީއްވެ ތިދިމާއަށް ތިދަނީ.. ” ފަހަތުން އެރަށުމީހަކު އައިސް ލަޔަކްގެ ކޮންޑުގައި ޖަހާލަމުން އެހެން ބުނުމާއެކު ” މީކިހިނެއްވެފައި އޮތް ތަނެއް..” ހޭ ލަޔަކްއަށް އަހާލެވުނީ ވަގުތުންނެވެ. ” ކޮއެފުޅާ ބޭބެގެ އުމުރުން ވީހާ ދުވަހެއްމިވަނީ މިރަށުގެެ މިހިސާބުގައި އުޅެމުން .. އެކަމަކު ތިޔަކަމުގެ ހަގީގަތެއް ބޭބެއަށްވެސް މާރަނގަޅަކަށް ނޭންގެ.. ”

***

“އެއީ މީގެ ފަސްއަހަރުކުރިން.. އެރޭ  ވިއްސާރަވައްތަރުވެފަ ހުރީމަ ބޭބެއާ ބޭބެގެ އަންހެނުން ނިދަންވަނީ ވަރަށް އަވަހަށް.. އެކަމަކު އެރޭ.. ދަންވަރު އެކެއްޖަހަން އުޅެނިކޮށް ބޭބޭގެ އަންހެނުން ގޮވާތީ ހޭލެވުނީ .. ހޭލެވުމާއެކު އެނގުނީ އަންހެނެއްގެ ވޭނީ އާހްގެ އަޑު އިވޭތީ ނުނިދިގެންކަން ބޭބޭގެ އަންހެނުން ގޮވީ.. އެކަމަކު ބޭބެއަށް ނުނިކުމެވެނީ ކުއްލިއަކަށް ވިދާލި ވިދުވަރާއެކު އަންހެނުން ބަނޑުގަ ރިއްސާތީ ގޮވާލުމުން ބޭބެޖެހުނީ އެތެރެއަށްވަންނަން.. އޭރު ބޭރުން އިވެމުންދިޔަ އަޑުވެސް ދިޔައީ ހިނދެއްހިނދެކަށް މަޑުވަމުން .. އެރޭ ބަނޑުގަ ރިއްސާފަ ބޭބެގެ އަންހެނުންވެސް ނުވިހާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތަނުން.. ލިބުނު ހާސްކަމާއެކު ފަހުންބޭބެ ހަނދާންނެތުނީ އިވުނުއަޑުމަތިންވެސް.. އޭގެ ދެދުވަސްފަހުން ބޭބެއަށްވެސް އެރޭގެ ހަނދާންވެގެން ނިކުމެ މިދިމާއަށް ބަލާލެވުނީ އޭރު މިތާންގަ ހުރި ގަސްތަށްވެސް ހުރީ އަނދާއަޅިއަށްވެފަ.. މިހުރީނު ރުއްތަކުގެ ލަކުޑިގަނޑުވެސް އަނދާފަ..”

އެބޭބެ އޭގެ ފަސްއަހަރުކުރީގެ ހަނދާނެއް އާކޮށްލަމުން ކިޔާދިނެވެ. ލަޔަކް އަށް އިނދެވުނީ ކިޔާނެއެއްޗެއް ނޭންގިފައެވެ. އެވަގުތު އާޔާ ގުޅަންފެށުމުން އަވަހަށް ލަޔަކް ޖަވާބުދެމުން ގެއާދިމާއަށް މިސްރާބުޖެހީ ޕްރައިވެސީއެއް ބޭނުންވާތީއެވެ.

ގޭދޮރާށިން އެތެރެއަށް އަޅާލިފިޔަވަޅާއެކު ލަޔަކްގެ ހަށިގަނޑުގައި ފިނިވައިރޯޅިއެއް ޖެހިލާފައި ދިއުމާއެކު ހުއްޓެވުނެވެ. އެނބުރި ގޯތީގައި ހުރި އަނބުގަހާދިމާއަށް ބަލާލިއިރު އެގަހުގެ ފަތްތަށް މަޑުމަޑުން ހެލިލިހެން ހީވުމުން އެއީ ކަމަކަށްނުހަދާ ލަޔަކްގެެއާދިމާއަށް ހިނގައިގަތުމާއެކު އަނެއްކާވެސް ހުއްޓުނެވެ. ނަމަވެސް މިފަހަރު ހުއްޓިލާފައި ފަހަތަށް އެނބުރުނު ލަޔަކް ހުރީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ. އޭރު އާޔާ މަޑުމަޑުން އެގޭ ގޯތިތެރެއަށް ވަންނަނީއެވެ.

******;;;*******

މާލެ އާދެވުމާއެކު މަލާކް އާއި އަރޫން ގެއަށްވެސް ނުގޮސް އަވަހަށް މިސްރާބުޖެހީ މިއަދު އެޕޮއިންޓްމަންޓް ހެއްދި ލޯޔަރު ކައިރިއަށް ދިއުމަށެވެ. ލޯޔަރަކާއެކު ގައިދީއާއި ބައްްދަލްކުރުމުން ފަނަރަމިނެޓްގެ މަގުތެއްލިބޭތީ އެހެން ހެދުމަށް އަރޫން ނިންމީއެވެ.

“އައްސަލާމްއަލައިކުމް..” ” ވައަލައިކުމުއްސަލާމް.. ” އެތެރެއަށް ވަންނަމުން އަރޫން ސަލާމްގޮވާލުމާއެކު ޖަވާބުދެމުން ފަރޫން އިށީންދެލުމަށް އިޝާރާތް ކޮއްލިއެވެ. އަރޫން އާއި މަލާކް އެކުއެކީގައިހެން އައިސް އިށީންދެލުމާއެކު ފަރޫން ދެމީހުނަށް ބަލާލިއެވެ. އެއާއެކު އަރޫންގެ މޫނުމަތިނއ ހާއްސަކޮށް މާޔޫސީކަން ފަރޫންއަށް ފާހަގަވިއެވެ.

ހަމަ އެވަގުތު ފަހަތުން ސަލާމް ގޮވާލުމާއެކު ދެމީހަކު ވަނެވެ. އެއަޑުޖެހުމާއެކު އަރޫން އާއި މަލާކްއަށް ތެޅިގަނެވުނެއްކަމަކު އެކަންނުދައްކާން މަސައްކަތްކުރިއެވެ. ނަމަވެސް އެހުރިހާއިރު ފަރޫން އެމީހުނަށް ބަލަންއިނުމުން އަރޫންއާއި މަލާކްއަށް ވީގޮތް ރީތިކޮށް ފަރޫން އަށް ފެނުނެވެ. ހިނިގަނޑު ބަނޑަށް ހިންދާލަމުން އޭނާގެ އަންހެނުން އަލްޔާއަށް ގޮވާލުމާއެކު އެވަގުތު އައިމީހުނާއި ގާތްރަހުމަތްތެރިން ފަދައިން ވާހަކަދައްކަމުން ފަރޫންގެ އަންހެނުން އަލްޔާ އެތެރެއަށް ދިޔައެވެ.

“މިވީކިހިނެއް.. ދެން ބައްޕައަށް އިނގޭނެ މަންމައާއި ބައްދަލުކުރިކަން.. ކިހިނެއްދެން ހަދާނީ.. ” ހާސްވެފައި މަލާކް އަރޫން ކުރެ އަހާލިއެވެ. އެމީހުން އެހާވަރުން ގެއަށްވެސްނުގޮސް އެއައީ އޭނާގެ ބައްޕަގެ ނުރުހުމާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. އަދި އެކަން އަންގައިގެން ދެބަސްވުމެއް ވާން ބޭނުން ނުވާތީއެވެ.

” އަޅެދޮންބޭ.. ކީއްވެތަ ތިހާސިއްރުން ތިއުޅެނީ.. ބިނީވެސް މިއައީ ބައްޕައަށް ނާންގައޭ.. އެކަމަކު ތިހެނެއްނޫޅެން.. ” ކުއްލިއަކަށް އަނެއްކާ ބިންޔާގެ އަޑު ފަހަތުން އިވުމުން ސިހިފައި އަރޫން އާއި މަލާކް ބަލާލިއެވެ. އޭރު ބިންޔާއަތުގައި ކޭކްއެއް އިން އިރު ބިންޔާގެ ފިރިމީހާ ޖަޒްލާންއަތުގައި ބަންދުކުރެވިފައިވާ ޕާރުސަލެއް އޮތެވެ. “ތީ.. ތީކޮންކަމެއް…” އަޅައިގެންފައި އަރޫން އަހާލުމާއެކު ބިންޔާ “މިއީމަންގެ އުފަންދުވަސްވީމަ..” އޭ ބުނެލީ ފުޅާހިނިތުންވުމަކާ އެކުގައެވެ. ފަރޫން ލަސްނުކޮށް މާލޭޖަލުގެ ބޮޑުމީހާއަށް ގުޅާލުމާއެކު އަރޫންމެންނާއެކީގައި އެމީހުންގެ މަންމައާއި ބައްދަލުކުރަން ދިޔައެވެ.

******;;;*****

ޖެހިގެން އައިދުވަހުގެ އިރުއެރީ ލަޔަކްއާއި ޖައިލަމް ފްލައިޓްއަށް އަރަނިކޮށެވެ. ހައެއް ޖެހުމާއެކު ފްލައިޓް ނައްޓާލިއިރު ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ދެދުވަހެއްގެ ތެރޭގައި އާޔާ މާލެއަންނަ ވާހަކަ ބުނެފައިވުމުން ލަޔަކް އުފާވެފައިވާއިރު ޖައިލަމްގެ ބައްޕަގެ ހާލަތު ރަނގަޅުވެ ގެއަށްދޫކޮށްލާފައި ވުމުން ޖައިލަމްވެސް ވަނީ ނުހަނު އުފާވެފައެވެ.

****

އެއްބަޔަކު ވަންނަމުންދިޔައިރު އަނެެއްބަޔަކު ދަނީ އެންމެ ފަސޭހަ ހިސާބެއްހޯދާ އިށީންނަމުންނެވެ. މުޅިހޯލް ހަަބޮލިވެފައިވަނީ ކެއަރޓޮޕް ހޮސްޕިޓަލްގެ މުއައްޒަފުންނާއި ކުންފުނީގެ މުއައްޒަފުންނާއިގެންނެވެ. އެކަކުއަނެކެއްކައިރީ ތަނުގެ ހައިބަތާއި ފުރިހަމަކަމަށް ތައުރީފް ކުރަމުން ދިޔައީ އެފަދަބޮޑު ތަނެއްގައި ވަޒީފާ އަދާކުރަންލިބުމުން އުފާކުރާހާލުގައެވެ. ކޮންމެ މޭޒެއްކައިރީގައި ހަގޮނޑި ބައިންދާފައިވާއިރު ގްރޫޕް ގްރޫޕަށް ދިޔައީ މޭޒުތަށް ފުރެމުންނެވެ.

ޖައިލަމް ވެސް ދަންނަމީހަކުނެތްނަމަވެސް ހިނިތުންވުމާއެކު ގޮސް މޭޒެއްދޮށުގައި މަޑުކޮއްލިއެވެ. އެއާއެކު ހަމަ އެމޭޒްކައިރިއަށް އައި ދެއަންހެންކުދިންގެ ތެރެއިން އެއްކުއްޖަކު ޖައިލަމް ގައިގައިޖެހިފައި އަރިއަޅާލިއެވެ. އެންމެންގެ ތެރޭގައި ހަޅޭލަވަންނުކެރުމުން އެކުއްޖާ ދެލޯމަރާތަގުޅިކޮއްލީ ވެއްޓެއްންދިއުމުންނެވެ. ނަމަވެސް ބާރުގަދަ އަތަކުން އެހަށިގަނޑުގައި ހިފާއްޓާލުމާއެކު އެކުއްޖާ ލޯހުޅުވާބަލާލިއިރު ކުރިމަތީގައި އެހުރީ ހުރިހާދުވަހު ހުވަފެނުންދެކެމުން އައި ސޫރަޔަށް ވުމުން އެހިތްނަށާލިއެވެ. އެޒުވާނާ އަންހެންކުއްޖާ ކޮޅަށްނެގުމާއެކު ” އާޔާ..” އޭ ބުނެލުމާއެކު ބަލާލީ ހައިރާންވެ ހުރެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ތަޤްދީރު (27)

Next

ލޯބިނުވިޔަސް ފިރުމާލަދީ 11

Next
April 4, 2018

ލޯބިނުވިޔަސް ފިރުމާލަދީ 11

Previews
April 3, 2018

ތަޤްދީރު (27)

12 Comments!

  1. Hawwi says:
    April 3, 2018 at 8:13 pm

    Salaam ..kihinehtha hurihaaa kiuntherin.. asslubunidhuvahah vure lassvejjekanvess vejjekan Bt liunubaithah fuhevigen mihaa lassvee.. unmeedhukuran mibaivess thihurihaa uuntherinnah kamudhaanekamah .. and huredhaane mistakes balaavess nulaa typekoh nimungothah miup kohlee.. mistakes thah faahaga kohaladheynekamah mibalanee insha allah Eyrun ebaithah rangalhukohlaanan.. and comment thakah reply kohnuleveythee v bodhahi sry.. vaguthu thaashikamun nuvegen miulhenee ekamKu mibaiga balaanan reply kohleveythw..

  2. Zee says:
    April 3, 2018 at 9:08 pm

    Vvvvvvvv Salhi

  3. Pinky shifoo says:
    April 3, 2018 at 9:54 pm

    Wow ❤️❤️❤️… Mi part vx v v v reethi ???… V interesting ???… Jailam gaiga e jehuny aslu aayaa eh noon kanneynge… I think aee aayaa aa vahtharu kuhjeh henn… Hehhe… So many questions in my mind… Curiously waiting for the next part ???… Enme kiyaahihvaa eh vaahaka mee ❤️❤️❤️… I love your stories Layaa ❤️❤️❤️???… Lots of love and take care Layaa ❤️❤️❤️???????????????

    1. Hawwi says:
      April 4, 2018 at 4:37 pm

      Ohh shifu .. v happy vejje comment fenifa .. thank you so much dear chipoo dhooni??

    2. Pinky shifoo says:
      April 4, 2018 at 5:37 pm

      U are so sweet Layaa ❤️❤️❤️???… V happy vehje reply kiyaalaafa… Layaa ah special nama aee chipoo… Dhw… Mi site ga Layaa kiyaany ehen… So Layaa ah haasah e nama… ?????????

    3. Hawwi says:
      April 4, 2018 at 7:39 pm

      ???

  4. Rishy says:
    April 3, 2018 at 10:01 pm

    Me first??? varah reethi mi part vx

    1. Hawwi says:
      April 4, 2018 at 1:02 pm

      Ohh rishy dhooni mifaharu second .. nfaharakun 1st hoadhamaa ? btw thank you dear??

  5. Friends says:
    April 3, 2018 at 10:26 pm

    Hey hawwi dear kba kihineh.v dhuvas fahun dhw comm eh mi kohleveny.kuda thahahteh araagen ingey dear.but dhen mi balany ragalhu vane kamah.stry aa dhey therey neh hama bunaane ehcheh.v salhi .masha allah.ekam mi bai avas kohlyma kan nyge ebahuri kuda kon typing mistake .next part ga ragalhu kihlahchey ingey .keep it up. Waiting 4 nw part.. v salaam.????

    1. Hawwi says:
      April 4, 2018 at 4:27 pm

      Alhamdhulillah Gd..Yah mistakes ebahuridhw .. insha allah rangalhukohlaanan thank you dear friends dhooni ??

  6. hsaN says:
    April 4, 2018 at 11:55 am

    v reethi

    1. Hawwi says:
      April 4, 2018 at 4:26 pm

      Ohh thank you daer nash dhooni??

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 6←


All Right Reserved!