Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީތި ސޫރައެކޭ 2-

Pinkish Level 6100 Comments10 Stories100 Login500 Comments
March 29, 2018 5 Mins Read
34 Comments

ނަބާ ތައްޔާރުވަމުން ދިޔައީ ކޮންމެހެން ދާހިތަކުންނެއް ނޫނެެވެ. އޭނަ އެއްގޮތަކަށްވެސް އަކްމަލްއާއި އަކްމަލްގެ މަންމަ އާއި ބައްޕަގެ ކުރިމައްޗަށް އަރާހިތެއްނުވެއެވެ. އެމީހުންގެ ފަރާތުން ކުރިމަތި ވާނެ ސުވާލުތަކުގެ ޖަވާބެއް އޭނައަތުގައި ނެތެވެ. ދުވަހަކު ހަމަލޮލަށް ފެނިފައި ނުވިނަމަވެސް އެމީހުން ވަރަށް ރަނގަޅަށް ނަބާއަށް އިނގެއެވެ.

“ދަރިފުޅާ ކޮބާ ތައްޔާރެއް ނުވެވޭތަ؟” ނަބާއަށް އަމިއްލަ ދުނިޔޭން ބޭރުވެވުނީ ޒާހިދު އެކޮޓަރިއަށް ބޯދިއްކޮށްލުމުންނެވެ. “ނޯ ބައްޕާ. ހިނގާ. ވާވް. ޔޫ ލުކް ހޭންޑްސަމް” ދިޔުމަށްޓަކައި ދަބަސް އަތަށް ލައިގެން އެނބުރެލި ނަބާއަށް ޒާހިދު ފެނުމުން ބުނެލެވުނެވެ. “ޔެސް އައި އޭމް” ޒާހިދު ވެސް ބުނެލިއެވެ.

*******

ޒާހިދު އާއިއެކު ނަބާ ޕާޓީ ތެރެއަށް ވަދެގެން ގޮސް އިފާޒް އަދި އައިޝާ ކައިރި ހުއްޓެލިއެވެ. ޒާހިދު އިފާޒް އާ ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ދުރަށް ދިޔައީ ޒާހިދުގެ އެކުވެރިއަކު ފެނުމުންނެވެ. “ކޮންގްރާ ބޯތް” ނަބާ އިފާޒް ގެ އަތުގައި ހިފާލަން އުޅެމުން ބުނެލިއެވެ. “ތޭންކްސް” އިފާޒްއަށް ވުރެ ކުރިން އައިޝާ ނަބާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަބާ ހީލުމަށްފަހު އޯލްރައިޓްއޭ ބުނެލިއެވެ. އެއަށްފަހު 5000 ރުފިޔާ ލައިފައި އޮތް ސިޓީއުރައެއް އެމީހުނަށް ދިއްކޮށްލިއެވެ.

އިރުކޮޅެއްފަހެވެ. ކޯކްތައްޓެއް ތެޅުނު އަޑު މުޅި ޕާޓީތެރޭ ގުގުމާގަތެވެ. އައިޝާ ކައިރި ހުރި ނަބާގެ ސަމާލުކަންވެސް އެދިމާލަށް ދިޔައެވެ. އެވަގުތު ސީދާ ނަބާގެ ލޮލަށް ބަލަން ޔާމީން ހުރީ ގަބުއަރާފައެވެ. ނޫނެކެވެ. ޔާމިން އެކަންޏެއް ނޫނެވެ. ފައިރޫގް، އީތަން އަދި އަރްޔަންވެސް މެއެވެ.

ނަބާ އެއްމިޔަކަނުން ހީލީ ނުލަފާ ވައްތަރަކަށެވެ. އެއަށްފަހު އައިޝާ ކައިރި އެބަ އަންނަމޭ ބުނެ އެދިމާލަށް ހިނގައިގަތެވެ. އޭރު ޕާޓީ ތެރޭ ތިބިމީހުންވެސް އެހެން ދިމާދިމާއަށް އެނބުރެ އެމީހުންގެ ވާހަކައިގެ ޖެހުނެވެ.

ވަކި ވަކިން އެ 4 މީހުންގެ ލޮލަށް ބަލަމުން ގޮސް ނަބާ ގޮސް ހުއްޓުނީ އޭނާއާ ދިމާލަށް ބަލަން އާޝޯހުވެފައި ހުރި ޔުނާލް ކައިރިއަށެވެ. “ހޭއި ޔުނާލް. އައި ހޭވް ހާޑް ލޮޓް އެބައުޓް ޔޫ. ކިހިނެއްތަ؟” ނަބާ މިހެން އެހުމުން ޔުނާލަ އަށް ކުރެވުނު ކަމަކީ މަޑުމަޑުން ހިންދިރުވާލުމެވެ. އެއަށްފަހު އެދެތުންފަތް ފޫއަޅުވާލާފައި ނިކުތީ އެންމެ ބަހެކެވެ. “ޒޭބާ”

“ހޫމް އެހެން އަހަންށޭ މިއުޅެނީ ކޮބާތަ ޒޭބާ؟” ނަބާ އެހެން މީހުނަށް ނީވޭ ވަރަށް އަހާލިއެވެ. ޔުނާލްއަށް ދެލޯބޮޑުކޮށްލައިގެން ބަލަހައްޓައިގެން ހުރެވުނީއެވެ. އެވަގުތު ޔާމީން އީތަން ފައިރޫގް އަދި އަރްޔަން އަވަސް އަވަހަށް ޕާޓީ ތެރެއިން ނިކުމެގެން ދިޔައީ ނުތަނަވަސްވެ ހުރެއެވެ.

“ޒޭބާ ދަރިފުޅު ކީއްވެގެންތަ ތިހެން ތި ކަންތައްކުރަނީ؟ ބަލާލަ މި ދަރިފުޅުގެ އާސިމާ މަންމަ އެއްނޫންތަ؟” ފަހަތުން އާސިމާގެ އަޑު އިވުމުން ނަބާ ބަލާލިއެވެ. “ދައްތާ އަހަރެން މީ ނަ” މިފަހަރުވެސް ނަބާ ބުނަން އުޅުނީ މިއަކީ ނަބާ ކަމެވެ. ނަމަވެސް މިފަހަރު އާސިމާ ނަބާ ހުއްޓުވިއެވެ. “ދަރިފުޅަށް ނޭނގޭތަ އިންޑިއާގައި ދަރިފުޅުގެ މަންމަގެ ހާލެއް. ކީއްވެ ފިލައިގެން އައީ. އެ ނިކަމެތި މަންމަ އާ މެދު ވެސް ނުވިސްނޭތަ. މިހިރި ޔުނާލްއަށް ވާނެ ގޮތަކާ މެދު ވިސްނާލިންތަ؟”

“އަހަރެން މީ ނަބާއޭ. ނަބާ އޭ. ކޮބާތަ ޒޭބާ؟” މިފަހަރު ފެނަކަޅިވެ ހުރެ ނަބާ އަށް އަހާލެވުނެވެ. އާސިމާ ކައިރި ހުރި ހުސެންއަށް އެތާ ކައިރި ބަޔަކު ނެތް ކަމަށް ޝުކުރުކޮށްލެވުނެވެ. “ތީ އަހަރެމެން ހީކުރި ކަހަލަ ކުއްޖެއް ނޫން.” އާސިމާ ރުޅި މޫނާއެކީ ބުނެލިއެވެ. “ކީއްވެގެން ތިއުޅެނީ. އަހަރެންގެ ދަރިފުޅަށް ކަލޭމެން ބޭނުންހާ ނަމެއް ނުދެވޭނެ. މިއަކީ އަހަރެންގެ ދަރި. ގަބޫލު ނުކުރެވެންޏާ ޑީއެންއޭ ވެސް ހަދާފަ ދައްކަފާނަން.” މިޔޮއްހާއިރު އެމީހުންގެ ފަހަތުގައި ހުރެ ހުރިހާ ވާހަކަ އެއް އަޑުއަހަމުން ދިޔަ ޒާހިދުއަށް ނުހުރެވިގެން ބުނެލެވުނެވެ. “ބައްޕާ. އެމީހުންނަށް އޮޅުނީކަމަށް ވާނީ. އެހެން ވެސް ވެދާނެއްނު” ނަބާ އޭނާގެ ބައްޕަ މައިތިރި ކުރެވޭތޯ ބެލިއެވެ. ޒާހިދުއަކީ އެއްއިރެއްގައިވެސް ވަރަށް ބޮޑުކަމެއް ވިއްޔާނޫނީ ރުޅި ނާންނަމީހަކަށް ވުމުން މިފަހަރުވެސް ދެލޯމަރާ ތަގުލިކޮށްލައިގެންހުރެ ބޯޖަހާލިއެވެ. އެއަށްފަހު ނަބާ ކައިރި އަވަހަށް އައުމަށް ބުނެ އެތަނުން ދިޔައެވެ.

ނަބާ ފުންނޭވާއެއްލުމަށްފަހު ގޮސް އާސިމާ އަދި ހުސެން ކައިރި ހުއްޓުނެވެ. “ދައްތާ ހަމަ ތެދެއް މީ ޒޭބާ އެއް ނޫން. އަހަރެން ކައިރި ބުނެދެވިދާނެތަ ޒޭބާއަށް ކީއްވީކަން.” ނަބާ އެނގެންބޭނުންވެފައި ހުރުމުން އަހާލިއެވެ. “އަހަރެން ގަބޫލެއް ނުކުރާނަން. ތީހަމަ ޒޭބާ. ހީކުރީ އިސްތަށިގަނޑު ކޮށާލީމަ އަހަރެމެންނަށް ނޭނގޭނެ ކަމަށްތަ” އާސިމާ އެހެން ބުނެވަގުތުން އެތަނުން ދިޔައެވެ. ފަހަތުން ހުސެން ވެސް ދިޔައެވެ. ނަބާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ތީހަމަ އަސްލުވެސް ޒޭބާއެއް ނޫންތަ؟” ނަބާގެ ފަހަތުގައި ހުރި ޔުނާލްއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ. “ޔެސް ޔުނާލް. ކޮބާތަ ޒޭބާ؟”

“ކިހިނެއް އަހަރެންގެ ނަން އެހެންވިއްޔާ އިނގުނީ؟” މިފަހަރުވެސް ޔުނާލް އަހާލީ ސީރިއަސް ކަމާއެކީއެވެ. “ހީކޮށްލާ މިއަކީ ޒޭބާގެ ވަރަށް ގާތް މީހެކޭ” އިސްދަށަށް ޖަހާލަމުން ނަބާ ބުނެލިއެވެ. އެއަށްފަހު އަނެއްކާ ކުރީގެ ސުވާލު ތަކުރާރު ކޮށްލިއެވެ. “ޒޭބާ ވީ މީގެ އަހަރެއް ކުރިން ގެއްލިފަ” ޔުނާލް އެހެން ބުނެ އަވަހަށް އެތަނުން ދިޔައީ ނަބާ ސުވާލު މާކެއްތެރޭ ބައިންދާފައެވެ.

“އަހަރެން ގަބޫލުކުރަން ތީ ޒޭބާ ނޫންކަން” ކުއްލިއަކަށް އެ އިވުނު އަޑަކުން ނަބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އާއެކެވެ. އެޔަކީ އަކްމަލްގެ އަޑުނޫން ދެވަނަ އަޑެއް ނޫނެވެ. ނަބާގެ ހިތްއަވަސްވި ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ފަހަތަށް އެނބުރުނެވެ. އެވަގުތު ސިހުން ލިބުނީ ޖެހޭ ނުޖެހޭ ހިސާބުގައި އަކްމަލް ހުރުމުންނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނީވެސް އެހެންވެއެވެ.

“އަހަރެމެންގެ ޒޭބާ ލާނީ ތިކަހަލަ ހެދުމެއްނޫން. އަހަރެމެންގެ ޒޭބާއަކީ ތިހާ ކެރޭ ކުއްޖެއްވެސްނޫން. ސޮރީ އަހަރެންގެ މަންމަގެ ފަރާތުން” އަކްމަލް އެހެން ބުނެ އެތަނުން ދާން ހިނގައިގަތެވެ.

އަކްމަލް ކޮބާތޯ ބަލާލުމަށް އައި އާސިމާ ގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވެގެން ދިޔައީ އަކްމަލް އެ ދެއްކި ވާހަކައަކުންނެވެ. އަކްމަލްއަށްވެސް އެ ޒޭބާ ކަން ހަމަ ނޭނގެނީހެއްޔެވެ. ޒޭބާއަށް ވިސްނައިދިނުމުގެ ބަދަލަށް އަހަރެން އެހެން ވާހަކަ ދެއްކީމަ މާފަށް އެދެނީއެވެ. އައި ރުޅީގައި އާސިމާ ދިޔައީ ގެއަށްގޮސް އަކްމަލްއަށް ރަގަޅު ފިލާވަޅެއް ދޭން ނިންމައިގެންނެވެ.

********
ނިދަން އޮވެވެސް ނަބާއަށް ދިޔައީ ވިސްނެމުންނެވެ. މީގެކުރިން އޭނާގެ ދިރިއުޅުން ކިހާ “ސަޅި” ހެއްޔެވެ. ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. އެކަން ބަދަލުވެގެން ދިޔައީ ދިމާވި ކުޑަ ކުޑަ ހާދިސާއަކުންނެވެ. ނަބާ ފުންނޭވާއެއް ދޫކޮށްލިއިރު އެ މޫނުމަތީ ވަނީ ފަނޑު ހިނިތުންވުމެކެވެ. ހީވާގޮތުން އެ ކުޑަ ކުޑަ ހާދިސާ މަތިން ހަނދާންކޮށްލީއެވެ.

******

“އަކްމަލް މޮޔަވީތަ؟ އަހަރެން ގަބޫލުކުރަމޯ ތީ ޒޭބާ ނޫންކަން. ކީއްވެ. އެ ޒޭބާ ކަން ހަމަ ރަނގަޅަށް ދަރިފުޅަށް އިނގޭނެ” އަކްމަލް ސިޓިންގްރޫމްއަށް އެޅި ފުރަތަމަ ފިޔަވަޅު ފެނި އާސިމާ ފަށައިގަތެވެ. ފުރަތަމަ ރުޅިވެރިކަމާއެކީ ފެށި ޖުމްލަ އާސިމާ ނިންމީ ހިތާމައާއެކުއެވެ. އަކްމަލް އެއްޗެކޭ ނުބުނެ އައިސް އާސިމާ ކައިރި ހުއްޓުނެވެ. “ދަރިފުޅަށް އިނގެޔެއްނު ޒީނަތުގެ ހާލު. ނިކަން ޒޭބާއަށް ވިސްނަދީގެން ހިނގާބަލަ އެ މަންޖެ ގޮވައިގެން ޒީނަތު ކައިރިއަށް އަވަހަށް ދެވޭތޯ. މަންމައަކަށް ޒީނަތު އެހެން އިންނަތަން ބަލަން ކުޅަދާނައެއްނޫން.” އާސިމާއަށް ރޮވެން ފެށުނެވެ. “މަންމާ. އެ ޒޭބާއެއް ނޫނޭ. އެ އެހެން ކުއްޖެއް. މަންމާ މިދުނިޔޭގަ ވައްތަރު މީހުންވެސް އުޅެޔޭ” އަކްމަލް ބެލީ އާސިމާ އަށް ވިސްނައިދެވޭތޯއެވެ.

“އެއަކީ ޒޭބާއޭ ހަމަ ދަރިފުޅާ. އޭނަ އަހަރެމެންނަށް އޮޅުވާލަނީ. ޒޭބާ އޭ އެއަކީ” އާސިމާ އަނެއްކާ ބުނެލިއެވެ.

“އެއަކީ ޒޭބާއެއް ނޫން. ޒޭބާ ވަނީ” އަކްމަލް ބޭނުންވީ ހަޅޭލަވައި ގަންނާށެވެ. ނަމަވެސް

އަކްމަލް ފުންނޭވާއެއް ލިއެވެ. “މަންމާ ޒޭބާއެއް ނޫނޭ އެ. މަންމާ. ޒޭބާ އިންނަނީ އަޅި ކުލަ ލޮލެކޭ. އެކަމް އެކުއްޖަގެ އިންނަނީ ކަޅުކުލަ. އެންޑް މަންމާ ޒޭބާގެ އިންނަ ކަހަލަ ބޮޑު ކަޅުތިލައެއް އެކުއްޖަ ތުންފަތްމަތީ އިނޭތަ؟ ނޫނެއްނު މަންމާ.” އަކްމަލް އެހެން ބުނުމުން އާސިމާ ވިސްނާލިއެވެ. ތެދެކެވެ. އެކުއްޖަ ތުންފަތް ކައިރި ކަޅު ތިލައެއް ނެތެވެ. ޒޭބާގެ ތުންފަތް މަތީ ވަރަށް ބޮޑު ކަޅުތިލައެއް އިންނާނެއެވެ. އެކަމާ ޒޭބާ ވަރަށް ޝަކުވާވެސް ކުރާނެއެވެ. އެ ވިސްނުމުގައި ހުރެ އާސިމާ ހިމޭންކަން އިހްތިޔާރު ކުރިއެވެ.

“ބައްޕައަށް ވެސް ފާހަގަ ވި ތަންކޮޅެއް އެއަކީ” މިއޮއް ހާއިރު ހިމޭން ކަންމަތީ ހުރި ހުސެން ވާހަކަ ދެއްކިއެވެ. “ކޮބާބަ އަހަރެމެންގެ ޒޭބާ” އާސިމާއަށް އެންމެ ފަހުން ރޮއިގަންފައި ބުނެލެވުނެވެ. އަކްމަލް އިސްދަށަށް ޖަހައިގެން ހުރެ އެތަނުން ދިޔައީ ކަރުނަތައް ހިންދަމުންނެވެ.

އަކްމަލް ދިޔަގޮތަށް ގޮސް އެނދުމަތީ އިށީއިނެ ފޯނު ނަގައި އޭނައާ ޒޭބާއާ އެއްކޮށް ނަގައިފައިވާ ފޮޓޮއަށް ބަލަން ފެށީ ފެންކަޅިވެ ހުރެއެވެ. “ޒޭބާ ބުނިހެން އަހަރެންގެ ހިތަށް މިއަދު ގޮތެއް ވެއްޖެ. އައި ވިޝް ޔޫވާ ހިއާ ޒޭބާ.” އަކްމަލްއަށް ކިޔާލެވުނެވެ. މަޑުމަޑުން އޭނާގެ ސިކުނޑި ކުރީގެ ހަނދާނެއް އާކޮށްލިއެވެ.

****

“އައި ޑޯންޓް ލައިކް ޔޫ. ބޮޑު ބޮޑު ކަޅުތިލައެއް” އަކްމަލް ވާހަކަ ދެއްކީ ކުރިމަތީ އުނދޯލީގައި އިން ޒޭބާއަށެވެ. ދެމީހުންް އާދައިގެ މަތިން ބެޑްމިންޓަން ކުޅެ ނިންމާލުމަށްފަހު ދިޔައީ އެކި އެކި ކަންކަމާ ވާހަކަ ދައްކަމުންނެވެ. ޒޭބާ ތުން އޫކޮށްލިއެވެ. “އަޅުގަނޑަށް ހެވޭ އަޅުގަނޑު އަކްމަލްއަށް ކަމުނުދިޔަޔަސް. އަޅުގަނޑު ބޭނުންވި ފަރާތަށް ކަމުގޮސްސި. ހޫމް. ބުނެދީފާނަންތަ އަޅުގަނޑަށް، އަކްމަލްއަށް ބެސްޓީ ކޮންކަހަލަ ކުއްޖެއްކަން؟” ޒޭބާ ވިސްނުމެއްގައު ހުރެ ބުނެލިއެވެ.
“އަމް. ބޯއީއެއް. ބޯއީ ކުދިން މާ ބެސްޓްވާނެ” އަކްމަލް ބުނެލިއެވެ. “އާރގް އަކްމަލް ގަނޑާ. މިބުނީ ލައިފް ޕާޓްނާގެގައިގައި ކޮންސިފައެއް ހޭ ހުންނަން އަކޫ ބޭނުންވަނީ. ބޭބީ އެއް ހޯދޭނީ ލައިފް ޕާޓްނަރ އެއް ހޯދައިގެންނެއްނު” ހިނިގަނޑަކާ އެކީ ޒޭބާ ބުނެލިއެވެ.

“އޯހް އެހެން ދޯ. އަމް އަހަންނަށް ބެސްޓީ ޒޭބާކަހަލަ ކުއްޖެއް. ޒޭބާގެ ތިލޯ ބްލެކް ކުލައިގައި އިންނަންޏާ ޔަގީން ގޮތެއް ވާނެކަން. އައިހޭޓް އަޅި ކުލަ ޔޫ ނޯއެއްނު. ދެން މަށަށް ކަޑަ ތިހާ އިސްތަށިގަނޑު ދިގިއްޔާވެސް” އަކްމަލް ބުނެލިއެވެ. “އެހެންތަ. ހެހެ. ކޮންކަހަލަ ގޮތެއް ވާނީ؟” ޒޭބާ އަހާލިއެވެ. “ވާނެ ގޮތް ދޯ. ޗި. ނޭނގެ އަހަންނަށް ލޯބިވީމަ ކިހިނެއް ކަމެއް ވާނީ” އަކްމަލް މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

“ލޯބިވީމަ ހިތުގެ ވިންދް އަވަސް ވާނެ އެމީހެއް ފެނުނީމަ. އަބަދު އެމީހެއް ކައިރި ހުންނަ ހިތްވާނެ.” ޒޭބާ އަމިއްލަ ހިޔާލެއްގައި ހުރެ ބުނެލިއެވެ. “ހޫމް ހޫމް. ޒޭބާ ތިއުޅެނީ ލޯބިވާ މީހަކާ އިންނަންށެއްނު. ފޮނިގަނޑު” ލަދުރަކި ހިނިތުންވުމެއްގައި އިން ޒޭބާއަށް ބާލާލަމުން އަކްމަލް ދިމާ ކުރާ ރާގަކަށް ބުނެލެވުނެވެ.

****
އަކްމަލް އަށް ހިނިތުންވެވުނީ ޒޭބާގެ ހިނިތުންވެފައި ހުރި މޫނު ސިފަވުމުންނެވެ. “ޒޭބާ. އަހަރެންނަށް ހަމަ އަހަރެން ހުވަފެނުގައި ދެކޭ ކަހަލަ ކުއްޖެއް ފެނިއްޖެ. ހަމަ ޒޭބާގެ ސޫރަ އެކަމް އަހަރެން ބޭނުންވި ގޮތަށް. ޒޭބާ ބުނިހެން އަހަރެން ގެ ހިތުގެ ވިންދު އަވަސް ވި. މިހާރު ބޭނުންވަނީވެސް އެކުއްޖަ ކައިރި ހުންނަން. ޒޭބާ. އަޅެ އަހަރެންނަށް ލޯބިވެވުނީތަ އެއްމެ ފެނިލުމަކުން. ޒޭބާ ބުނެބަލަ. ބުނެބަލަ ޕްލީޒް. އައި މިސް ޔޫ ބެސްޓްފްރެންޑް” އަކްމަލްގެ ކޯތާފަތަށް ކަރުނަ ތިއްކެއް ވެއްޓުނެވެ. ހަމަ އެވަގުތު ކުޑަދޮރުތައް ލެއްޕިފަ ހުޅުވެންފެށިއެވެ.

އަކްމަލް ތެދުވެ ލޯފޮހެލަމުން ހިނގައިގަތީ ކުޑަދޮރު ލައްޕާލުމަށެވެ. ވައިގަދަވީމަ ވީގޮތެއްކަމަށް އަކްމަލް ނިންމީ އޭނަ ކުޑަދޮރާ ހިސާބަށް ދިޔަތަނާ ވާރޭ އޮއްސާލުމުންނެވެ.

****

އޮއްސާލި ވާރެއާއެކު ދޮރުގައި ބާރަކަށް މީހަކު ޓަކިޖަހަން ފެށިއެވެ. ފޯނާ ކުޅެން އޮތް އީތަން ވިސްނާލީ މިވަގުތު އަންނާނީ ކާކު ކަންކަމެވެ. ޔާމީން ވެސް ވީ އޭނާގެ ބިޓުމަންޖެއާ އެކީ ބޭރުގައި ވިއްޔާއެވެ. އަޅާ ނުލައި އަނެއްކާ ފޯނަށް ނަޒަރު ހުއްޓާލިތަނާ އަނެއްކާ މާބާރަށް ޓަކިޖަހަން ފެށިއެވެ. ލިބުނު ސިހުމުގައި އީތަން އަތުން ފޯނުވެސް ވެއްޓުނެވެ. “ކިހާ ބޮޑު” އީތަން ނުބައި އެއްޗެކޭ ކިޔާލުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވީ ކުރިމަތީ ހުރި ސޫރަފެނިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ލޯބި ވިޔަސް…

Next

ލޯބިނުވިޔަސް ފިރުމާލަދީ 07

Next
March 30, 2018

ލޯބިނުވިޔަސް ފިރުމާލަދީ 07

Previews
March 29, 2018

ލޯބި ވިޔަސް…

34 Comments!

  1. Ram says:
    March 29, 2018 at 9:03 pm

    Hlw guyxx.. miothy second part.. hope you guyx will like it.. next part on saturday..❤

  2. Ainth says:
    March 29, 2018 at 9:15 pm

    Wow dhonthi ge ram.. 2nd part up kohly dhw… V v rythi mibaives…???… Kuryge story hen v rythikoh gendheveytho balahchey igey… Hama ehaa furihama koh igey beynumyy… Luv n Miss u..???????❤??????????❤?

    1. Ram says:
      March 29, 2018 at 10:57 pm

      Thankyouuu dhnthii.. yes i will try my best igeyyy.. lovs more.. misss youuuuu ????????????

  3. Ainth says:
    March 29, 2018 at 9:17 pm

    First dhw

    1. Ram says:
      March 29, 2018 at 10:58 pm

      Yesssssss.. ?

  4. araash says:
    March 29, 2018 at 9:20 pm

    Nice..V kiya hiyy vey eba nxt prt

    1. Ram says:
      March 29, 2018 at 11:00 pm

      Thankyouu araash ❤ next part saturday ga igeyyy…

  5. click a shot ? says:
    March 29, 2018 at 9:26 pm

    Hey ram..???.after a long time dhw..?????…mi part ves varah salhi ingey…it’s getting intresting more and more…..I like it…Saturday ga ey.???….haadha fahakun….but willl try to wait…hehe..,eh dhuvas ves hyvany garuneh hen….??? ehaaves kiyaahihvey ramge stories…..keep it up ram….I’ll always be there for u…..give u support n strength???…loves..tc????❤️❤️❤️❤️❤️

    1. Ram says:
      March 30, 2018 at 3:52 pm

      Awwwn clickk.. Thankyouu so much.. Really.. Thankyouu???

  6. Nadha says:
    March 29, 2018 at 9:27 pm

    V reethi hithah arany dhn vaany kihineh baaey

    1. Ram says:
      March 29, 2018 at 11:01 pm

      Thankyouu nadhaa.. keep waitingg.. ?

  7. Sana says:
    March 29, 2018 at 9:29 pm

    Wow!wow!wow!varah varah reethi ❤❤❤❤❤❤❤❤
    Keep going dear❤❤❤❤❤❤

    1. Ram says:
      March 29, 2018 at 11:02 pm

      Awwn thanks sanaa ??❤

  8. mishy says:
    March 29, 2018 at 9:39 pm

    Vrh reethi… nimn dhn gensdhhchey… curiously waitin 4 the nxt prt…luv yuh…♥♥♥

    1. Ram says:
      March 29, 2018 at 11:07 pm

      Thankyouu mishyy.. in sha allah nimendhn genesdheynan.. keep waiting.. loves more ?

  9. Pinky shifoo says:
    March 29, 2018 at 10:02 pm

    Hii Ram ???… Maasha Allah mi part vx v v v reethi ❤️❤️❤️… V v interesting ???… Kihineh baa vaanee dhen??? ???… I think zeybaa maruveehenn… Ghost akee zeybaa tha anehkaa??? Lot of questions in my mind… Heheheh ???… V inthizaaru kohfin mi vaahaka kiyaalan libeyne vaguthakah ???… Keep up the good work Ram ???… U are one of the best writer for me in esfiya ❤️❤️❤️???… Lots of love and take care Ram ❤️❤️❤️???????????????… Curiously waiting for the next part ???

    1. Ram says:
      March 30, 2018 at 3:54 pm

      Heii shifooo.. Thankyouuu so much.. Keep waiting so thi questions ge ans vx libeynehnu ? loves youuuu.. Thankyou so much ??

    2. reader says:
      March 31, 2018 at 8:17 am

      Ffs,she is not among the best writers, liyumuga varah mistakes ebahuri, ekam kiyaadhinas rangalheh nukurey???‍♂️

    3. reader says:
      March 31, 2018 at 8:18 am

      ?‍♀️?‍♀️

    4. Ram says:
      March 31, 2018 at 10:09 am

      Hei reader. Thankyouu.. Knkameh ragalhu kuran vee.. I will try to improve. Nuviyas try kuraanan.

  10. Rsh says:
    March 29, 2018 at 10:19 pm

    Wow hama superb ey buneveny ??? ❤️

    1. Ram says:
      March 29, 2018 at 11:08 pm

      Thankyouu Rshh.. ?❤?

  11. Unaal says:
    March 30, 2018 at 12:05 am

    Maashallah

    1. Ram says:
      March 30, 2018 at 12:14 am

      Thankyouuu unaaaal ❤

  12. janaaaa says:
    March 30, 2018 at 6:58 pm

    perfect??

    1. Ram says:
      March 30, 2018 at 11:33 pm

      Thankyouu janaaaaaa ?

    2. janaaaa says:
      March 31, 2018 at 6:40 pm

      no, thank YOU!!! for sharing ur AMAAAAAAZING works! Masha allah

    3. Ram says:
      April 1, 2018 at 9:58 am

      Thankss janaa darl ?

  13. maldha says:
    March 31, 2018 at 12:26 am

    Vaahaka vvvv salhi but “eyaky” ehen kiyaathyy vv odu..

    1. Ram says:
      March 31, 2018 at 10:12 am

      Yess ram ah vx faahaga vi.. Eakee aslu innaany.. Thats a mistake.. Dhn faharakun ragaLhu kohlaanan. Thankyouu maldhaa ?

  14. Nahu says:
    March 31, 2018 at 6:19 am

    Ooh wow kiya kiya foohi nuvaa stry eh…Hiy gaimu stry eh…Varah salhi stry..

    1. Ram says:
      March 31, 2018 at 10:13 am

      Thankss nahuuu ?

  15. shif? says:
    March 31, 2018 at 4:21 pm

    Vvv reethi…. kn irakun next partkiyaalan libeyny…?

    1. Ram says:
      April 1, 2018 at 10:00 am

      Adhi mi fenuny comment.. Hehe.. Mihaaru upkohlaafa innaany.. Thankyouuuu shif ?

Comments are closed.

Next Episodeރީތި ސޫރައެކޭ 3-←


All Right Reserved!