Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާށެ އޯގާ ހިތާ 4

seym Level 310 Stories100 Login100 Comments
March 28, 2018 4 Mins Read
9 Comments

ކާމޭޒު ދޮށުގައި އިން ޔޫސުފް އިނީ މާކިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރު މަލީހާ ތަށިތަކަށް ޖޫސް އެޅުމުގައި އުޅެއެވެ. މިންހާ މޭޒު ކައިރީ އިންނަމަވެސް ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މާއިޝް އޭރު ސިޓިންގްރޫމްގައި ސުކޫލް ފިލާވަޅެއްނިންމުމުގައި އުޅެއެވެ. ކޮޓަރިން ނުކުތް މާކިން ފެނުމާއެކު މާއިޝް ކުރަން އިން މަސައްކަތް ހުއްޓާލަމުން ހިނގައިގަތީ ކާގެއަށެވެ. އެކުއެކީ ވަދެގެން އައި ދެފިރިހެން ދަރިން ފެނުމުން ޔޫސުފް ގެ ހިތަށް ހަމަޖެހުންލިބިގެންދިޔައެވެ. އެހާ ދުވަސް ފަހުން އާއިލާ އާއި އެކު ވަގުތު ހޭދަ ކޮއްލަން ލިބުމުން ޔޫސުފް އިނީ އުފަލުންނެވެ. އޭނާގެ ހުރިހާ އުއްމީދަކާއި ހުވަފެންތަކެއް ގުޅިފައިވަނީ އެންމެ ދޮށީ ދަރި މާކިން އާއި އެވެ. އޭނާ ނެތް ދުވަހަކުން އެ އާއިލާ ބެލެހެއްޓޭނެ ވަރުގެ ހަރުދަނާާ ދަރިއަކަށް މާކިން ހެދުން އެއީ ޔޫސުފް ގެ އެންމެ ބޮޑު މަގްސަދެވެ. އެވަރަކުން މާކިން މާލެ ފޮނުވަންވެސް ވެސް ބޭނުންވަނީ އެހެންވެއެވެ. ކޮންމެހެން އާއިލާއާއި ދުރަށް ފޮނުވަން ބޭނުންވާތީއެއްނޫނެވެ. ރަށުން ކިޔެވޭނެ އެންމެ މައްޗަކަށް މާކިން އެހެރީ ކިޔަވައިންނެވެ. އެންމެ ފަހު ދަތުރުގައި ޔޫސުފް އެއައީ މާކިން ހުންނާނެ ތަން ހަމަޖައްސާފައެވެ. މަލީހާ އާއި އެވާހަަކަ ހިއްސާކުރިނަމަވެސް މާކިން އަށް ވެސް އެކަން އެނގުން މުހިންމެވެ. ޔޫސުފް ކައިރީ އިށީންނަމުން މާކިން ހިނިތުންވެލިއެވެ. ” ބައްޕަ އަންނަވާހަކަ ނުވެސް ބުނަމެއްނު..” ތައްޓަށް ބަތް އަޅަމުން މާކިން ސުވާލުކޮއްލިއެވެ. ” މިހަމަ ކުއްލިއަކަށްްް އަންނަން ޖެހުނީމަ.. ” ޔޫސުފް ކައިރީ ހުރި މަލީހާ ގެ މޫނަށް ބަލާލުމާއެކު މަލީހާ ބޯޖަހާލިއެވެ. ” މާކިން.. ދަރިފުޅު މާލެ ދިއުމުގެ ހުރިހާ ކަމެއްހަމަޖެހިއްޖެ….އަންނަ ހަފްތާގައި ފުރަން ތައްޔާރުވާތި..” މާކިން އަށް އިސްއުފުލާ ޔޫސުފްގެ މޫނަށް ބަލާލެވުނެވެ. އޭނާ އާއި މަޝްވަރާ ކުރުމެއް ނެތި ބައްޕަ ހުރިހާ ކަމެއް ހަމަޖެއްސުމުން ހިތްހަމަ ނުޖެހޭގޮތް ވިއެވެ. މަންމަގެ މޫނަށް ބަލާލުމުން ކުރިން އެކަން އެނގިފައިވާކަން އެމޫނުމަތިން ހާމަވެއެވެ. މާއިޝް އާއި މިންހާވެސް ނޭވާހިފަހައްޓާލައިން ތިބީ މާކިން ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ” އެކަމަކު.. ވަޒީފާ ހަމަނުޖެހެނީސް މާލެ ގޮސް އަޅުގަނޑު ކޮންކަމެއްތޯ ކުރާނީ..” މާކިން އުޒުރެއްގެ ގޮތުން ވަޒީފާ ނެގިއެވެ. “އެކޮޅަށް ގޮސް ވެސް ތިކަމާއި އުޅެވިދާނެ.. މާކިން ހުންނާނީ ހައްވަތަމެން ގޭގައި.. އެގޭގައި މިހާރުވެސް ކިޔަވަންދާ ކުދިން ބަހައްޓަދޭ.. މާކިން އަށް ވީމަ ކުޑަ އެއްޗެއް ނަގައިން ބަހައްޓައިދޭނެ… ” ޔޫސުފް ގެ ވާހަކަތަށް ކަނުލާ އަޑުއަހަން މާކިން އިނެވެ. އޭނާ އަށް އެކަމާއި ދެކޮޅަށް އެއްޗެއް ބުނެވޭކަށް ނެތެވެ. ހިތާއި ދެކޮޅަށް ނަމަވެސް މާކިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު މާއިޝް ގެ މޫނުމަތިން ދެރަވެފައި އިންކަން ހާމަވެއެވެ. އެހާ އަވަހަށް ދޮންބެ ދާން ޖެހިދާނެކަަމަށް މާއިޝް އަށް ވެސް ވިސްނާލެވިފައިނެތީއެވެ. ” ބައްޕަ ކޮންއިރަކުން ފުރަނީދެން..” އަޑުގައިވާ މޮޅިވެރިކަން ފިލުވާލަން މާކިން ކަރުކެހިލަމުން ސުވާލުކޮއްލިއެވެ. ” މިހަފްތާ އެކީ މިކޮޅުގައި މަޑުކުރާނީ.. މާކިން މާލެ ދިޔައިމަ ބައްޕަދެން މަސައްކަތް ފަށާނީ..” ޔޫސުފް ބޭނުންވީ އާއިލާ އެކީ ހޭދަކުރެވެން އޮތް ވަގުތުގެ ބޭނުން ހިފާށެވެ. ބައްޕަ ދިން ހަބަރުގެ ސަބަބުން މާކިން ގެ މޫޑު އެކީ ބަދަލުކޮއްލައިފިއެވެ. ކައި ނިމެންދެންވެސް މާކިން އަށް އިދެވުނީ ވިސްނުމެއްގައެވެ.

 

****
” ބައްޕަ އެހާ ހިތްހަމައެއްނުޖެހޭ..” ޝާކިރު ގެ ނިންމުމާއެކު މައިރާގެ މޫނުމަތީގައިވާ ހިނިތުންވުން ވަގުތުން ފިލާދިޔައެވެ. އޭރު ސަލީމާ ޝާކިރު އާއި ޖެހިގެން އިނެވެ. ޒަކްވާން އާއި ޒިއަމް ގެ ނަޒަރުވެސް ޓީވީގެ ސްކުރީނުން ނެއްޓި ޝާކިރުގެ މޫނަށް ހުއްޓުނެވެ. ބައްޕަ މިނޫނީ މައިރާގެ އެދުމަކަށް ފުރަގަސްދީފައި ނުވެއެވެ. ޓީވީ ގެ އަޑު މަޑުކޮއްލަމުން ޒިއަމް މައިރާގެ މޫނަށް ބަލާލީ އެމޫނުމަތިން އެއްވެސް އަސަރެއް ފެނޭތޯއެވެ. ” އެކަމަކު ބައްޕާ.. ކީއްވެތޯ.. އަޅުގަނޑު ބޭނުން ކައިވެނި ކުރުމުގެ ކުރިން އަދި ކިޔަވަން.. ” މައިރާގެ އަޑުގައިވާ މާޔޫސީ ސަލީމާ އަށް ވެސް ފާހަގަވިއެވެ. ” ބައްޕަ ވެސް ބޭނުމޭ މައިރާ ކިޔަވަން.. އެކަމަކު އެކަނި ބޭރަށް ކިޔަވަން ފޮނުވަން ބައްޕަ އެހާ ހިތްހަމައެއްނުޖެހޭ.. ދަރިފުޅު  ނުފޮނުވާކަށް ނޫން.. އީވާން އާއި ކައިވެނިކޮއްގެން ދެކުދިން އެއްކޮށް ދާން ބައްޕަ އަށް ފެންނަނީ.. މަންމަ ވެސް ބޭނުންވާނީ އެގޮތް.. ދޯ ސަލީމާ..” ކައިރީގައި އިން ސަލީމާ އަށް ޝާކިރު ބަލާލިއެވެ. މަންމަ އޭނާގެ ނިންމުމާ އެއްގޮތަށް ގަބޫލްވުމަށް އެވަގުތު ހިތާހިތުން މައިރާ އަށް ދުޢާ ކޮއްލެވުނެވެ. މައިރާގެ ބޮޑު ދެލޮލަށް ބަލާލަމުން ސަލީމާ ވިސްނާލިއެވެ. ހުރި ހަމަ އެކަނި އަންހެންދަރިފުޅުގެ އުފާތަށް ސަލީމާ އަށް ނުހަނު މުހިންމެވެ. އެއާއި އެކު މައިރާގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވިސްނާލެވުނެވެ. ބޭރު ގައުމަކަށް އެކަނި ފޮނުވާލަން އޭނާގެ ހިތެއް ނުރުހޭނެއެވެ. ނަމަވެސް އީވާން އާއި ކައިވެނި ކޮއްގެން ކިޔަވަން ގޮސްފިނަމަ މައިރާގެ ބައިވެރިއެއްގޮތުގައި އީވާން ހުންނާނެއެވެ. ” އެ ތެދެއް.. އީވާން ބުނެފައެއްނު އޮތީ އަވަހަށް އިންނަން ބޭނުންވާ ވާހަކަ.. ދެކުދިން ވާހަކަ ދައްކާލާފަ ގޮތެއް ނިންމަންވީނުން..” ސަލީމާ ހިނިތުންވެލިއެވެ. މައިރާ ދެން ބަލާލީ ޒިއަމްގެ މޫނަށެވެ. ދޮންބެ އެއްޗެއް ނުބުނާނެކަން އެނގުމުން މައިރާ ކަރުއެލުވާލިއެވެ. ނަމަވެސް އޭނާ އީވާން އާއި އެކު މުޅި ހަޔާތް ވޭތުކުރަން އަދި ތައްޔާރެއްނޫނެވެ. އެވަރުގެ ބޮޑު ނިންމުމެއް ނިންމަން އަދި ވަގުތު ބޭނުންވާނެއެވެ. ސޯފާއިން ތެދުވެގެން ކަންނެތް ހިނގުމެއްގައި މައިރާ އޭނާގެ ކޮޓަރިއަށް ވަތް މަންޒަރު ބަލަން އިން ޒަކްވާންއަށް ކަމެއް ފާހަގަކުރެވުނެވެ. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެފަހަރަކުވެސް އޭނާގެ ކޮއްކޮގެ މޫނުމަތިން ފެންނަން ޖެހޭ އުފާވެރިކަމެއް ނުފެނެއެވެ. ކޮޓަރިއަށް ވަދެ ދޮރުލައްޕާލަމުން މައިރާ ރީތިވާ މޭޒުކައިރީ އިށީދެލިއެވެ. މޭޒުމަތީ އޮތް ފޯނު ނަގާ ބަލާލުމުން އީވާން ގެ ކޯލްތަށް މިސްވެފައި ހުއްޓެވެ. އެއްވެސް މީހަކާއި ވާހަކަދައްކާ ހިތެއް އެވަގުތު ނުވިއެވެ. އަމިއްލަ ދިރިއުޅުމުގައި އެއްވެސް ބާރެއް ނެތް ކަމުގެ އިހްސާސް މައިރާ އަށް އެވަގުތު ކުރެވުނެވެ. ދޫކޮއްލެވިފައި އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލަމުން އަތުގެ އިނގިލިތަކުން ނިތްކުރިމަތި މަސާޖު ކޮއްލެވުނެވެ. ދެލޯ މަރާ ބާރުކޮއްލަމުން ދެން ކަންތައްކުރާނެ ގޮތަކާމެދު ވިސްނާލެވުނެެވެ. ދެހިޔާލެއްގައި ހުރެ އީވާންގެ ބައިވެރިއަކަށް މައިރާއެއް ނުވާނެއެވެ. ދޮރު ތަޅުގައި ހިފާލަމުން މީހަކު ޓަކި ޖެހުމުން މައިރާ ލޯ ހުޅުވާލިއެވެ. އެޔާއެކު އެތެރެއަށް ވަތް ޒަކްވާން މައިރާގެ ފަހަތުން އެނދުގައި އިށީނެވެ. ގޮނޑި އަނބުރާލަމުން މައިރާ ޒަކްވާން އާއި ހަތަރުކަޅި ހަމަކޮއްލިއެވެ. ޒިއަމް އަށް ވުރެ މައިރާގެ ކަންތައްތައް ހިއްސާކޮށް ހަދަނީ ޒަކްވާންއާއި އެވެ. އުމުރުގެ ގޮތުން ދެ ކުދިންގެ މާބޮޑު ތަފާތެއްނެތުމުން ކަމަށްވެސް ވެދާނެއެވެ. ” މައި ސްވީޓް ސިސް… ކޮންކަމަކާ މިފަހަރު ތި ވިސްނަނީ..” ޒަކްވާން އޯގާތެރިކަމާއެކު ސުވާލުކޮއްލިއެވެ. ” ތިއްތޭ.. އަޅުގަނޑު މެރީ ކުރާކަށް އަދި ރެޑީ އެއްނޫން.. އެކަމަކު ބައްޕަ އަބަދު އެދައްކަނީ އެވާހަކަ..ދޮންބެ އެހެން ހުރެ މުސްކުޅިވަނީ އެ.. އެކަމަކު ދޮންބެގެ މެރިއޭޖް ވާހަކައެއް އެކަކުވެސް ނުދައްކާ ” މައިރާ ގެ ވާހަކަތަށް ކަނުލާ އަޑުއަހަން އިން ޒަކްވާން ހީލިއެވެ. އީވާން އާއި މައިރާ އެކަކު އަނެކަކު ދެކެ ލޯބިނުވަނީ ބާވައެވެ. ހަމަ ގައިމުވެސް އޭނާގެ ހަޔާތުގައި ލޯބިވާ އަންހެންކުއްޖެއް ހުރި ނަމަ އަވަހަށް ދިރިއުޅުމެއް ފެށީހެވެ. ” އެ ކީއްވެ.. މައި ބޭނުމެއްނޫންތަ އީވާން އާއި އެކު އުޅޭކަށް…” ޒަކްވާންގެ ސުވާލުން މައިރާ ފުންނޭވާ އެއް ދޫކޮއްލިއެވެ. ހީވީ އެހިތުގައި ފޮރުވައިގެން އުޅުނު ވާހަކަ ހިއްސާކުރާނެ ފުރުސަތެއް ލިބުމުން ހިތްހަމަޖެހުނު ހެންނެވެ. ” ބޭނުން.. އެކަމަކު ބަައެއްފަހަރު އައި ފީލް ލައިކް ހީ ޑަޒަންޓް ރިއަލީ ނޯ މީ… އީވާން ވެސް އަދި އެހާ ރެސްޕޮންސިބަލް އެއްނޫން..” މައިރާ ބުނިއެއްޗަަކަށް ޒަކްވާން ވިސްނާލިއެވެ. ” މައި އީވާން އާއި ވާހަކަދައްކަންވީނުން.. އޭރުން މައި ރެޑީވަންދެން އީވާން މަޑުކުރާނެ.. އައި ނޯ ދެޓް… ހީ އިޒް އަ ގުޑް ގައި..” ޒަކްވާން ހިނިތުންވެލިއެވެ. އެތެދެކެވެ. އެވާހަކަ އީވާން އާއި ދައްކައިގެންވެސް މައިރާ ބޭނުންވާގޮތަށް ކަންތައްތައް ނިންމިދާނެއެވެ. ” ތޭންކްސް ތިއްތޭ..” މައިރާ އާދައިގެ މަތިން ޝުކުރު އަދާ ކޮއްލިއެވެ. ” އެވަރަށް ނުވިސްނާދެން.. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ވާނީ މައި ހެޕީ ވާގޮތަށް..” މައިރާގެ ހިތްހަމަޖައްސާލަދެމުން ޒަކްވާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ނޫރު (ފަންސާސްހަތަރުވަނަ ބައި)

Next

އެހެނަސް…(3)

Next
March 28, 2018

އެހެނަސް…(3)

Previews
March 27, 2018

ނޫރު (ފަންސާސްހަތަރުވަނަ ބައި)

9 Comments!

  1. seym says:
    March 28, 2018 at 1:17 am

    Salaam. Sorry for the long long delay. ? But m back. Insha Allah will do my best to finish this story too. ?

  2. Hairaan says:
    March 28, 2018 at 1:42 am

    Varah reethi

  3. Nadha says:
    March 28, 2018 at 6:14 am

    Vvv reethi stry eh

    1. Nadhee says:
      March 28, 2018 at 9:13 am

      Mi komrashehge kuhjeh tho?
      Hama ahaalee I am a curious girl I have a friend named nadhaa she is also reading story’s that’s why???

  4. Shann says:
    March 28, 2018 at 6:27 am

    Seym alun genesdheyn feshy dhw… Haadha rythi story ekey thi medhu keduny… V inthixaaru kohfin… Dhen gavaidhun up kohdhehchey igey…

  5. Friends says:
    March 28, 2018 at 7:32 am

    Dear haadha lahakum ney…………ekam vex stry hama v habeyss……..
    ummeedh kuran dhen medhu nukedi genass dheyne kamah……keep it up……… Waiting 4 nw part…………..???

  6. EHLEE says:
    March 28, 2018 at 9:57 am

    Wow v reetih. Haadha lahun eyy up kuranee. Vv ginadhuvahu inthixaaru kohfeen.??

  7. lotus says:
    March 28, 2018 at 12:04 pm

    v nice story eh.. aa part eh up vefa in than fenuneema story eh koh mikiyaalee for the first time.. waitin for the next part.. good luck seym?

  8. Pinky shifoo says:
    March 28, 2018 at 1:54 pm

    Wow… ???… Seym is back ???… I was waiting for the story ???… V reethi mi part vx ???… Eagerly waiting for the next part ???…

Comments are closed.

Next Episodeވާށެ އޯގާ ހިތާ 5←


All Right Reserved!