Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ސައްބީސްވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 27, 2018 5 Mins Read
14 Comments

އާދުވަހަކައް އަރައިގެން އައި އިރާއެކު އަޔާޒް މޯލިއަކައް ދެމިލަމުން ތެދުވިއެވެ. އޮފީހައް ދާ ގަޑިގާތްވެފަ ހުރުމުން ފެންވަރާލައިގެން ތައްޔާރުވެގެން ނިކުތްއިރު ޝީން ބަދިގޭގައި އުޅެއެވެ.
އަޔާޒް ފެނުމާއެކު އަތުގައި ހުރި ކޮފީ ޖޯޑް މޭޒުމަތީ ބެހެއްޓުމައްފަހު ގޮނޑިދަމާލާފައި އިށީނުމައް ބުނެލިއެވެ
.އަދިތަވާމަތީގައި އޮތް ބިސްގަނޑު ތައްޓަކައްލަމުން ގެނެސް އަޔާޒް ކުރިމަތީ ބެހެއްޓިއެވެ.
ގަޑިއަށް ބަލައިލަމުން ގޮނޑިން ތެދުވެ ދެފަރާތް ބަލާލުމައްފަހު ޝީންގެ ގައިގާ ބައްދާލުމައްފަހު ނިތައް ބޮސް ދިނެވެ.
ލޯއުނގުޅަމުން ތިރިއަށް ފޭބި ފަލަކްއަށް އެމަންޒަރު ފެނުމާއެކު ދެލޯ ބޮޑުވިއެވެ.
އޭރުވެސް ފަލަކް ހިތްބުނަމުން ދިޔަގޮތައް ކަންތައް ވުމުން ހިނިއަންނަގޮތްވިއެވެ. ހިނިގަނޑެއްޖަހާލަމުން އަޔާޒްއާއި ދިމާލައް ދުވެފައި ފަލަކް އައިސް ދެއުކުޅުގައި އަތްވިދެލަމުން އަޔާޒް ކުރިމަތީ ހުއްޓީ ލޮލުން ކޮންކަމެއްހޭ ބުނާގޮތައް ބުނެލިއެވެ.
ފަލަކްއަށް އެމަންޒަރު ފެނުމުން ޝީން ހުރީ ލަދުން ހަލާކުވާވަރުވެފައެވެ.
ބަލާބަލަ “ހަމައަހަރެން ކައިރީ ނުވެސް ބުނެލާ ވަގު ވަގުން އުޅޭވަރު “ކޮންއިރަކުން އަހަރެންނައް ތިވާހަކަ ކިޔައިދޭނީ ބާބީ” ޝީން ލަދުގަނެފައި ހުރުމުން އިތުރައް ލަދުގަންނަވާލުމައް ފަލަކު ބުނެލިއެވެ.
އޮފީހުންއައިސް ކިޔައިދޭނަން އިހައް އަނގަނުތަޅާ ހުރޭ އިނގޭ އެއްވެސް މީހެއްގާތު ނުކިޔާތި އަދި”އަޔާޒް އެހެން ބުނެލާފައި ފަލަކް ބޮލުގައި ޖަހާލިއެވެ.”އައުޗް ނުބުނާނަމޭ”ފަލަކް އެހެން ބުނެލުމުން އަޔާޒް ހެމުން ހެމުން ގެއިން ނިކުންނަމުން ޝީންއައް ބަލާލުމައްފަހު ނިކުމެގެންދިޔައެވެ.
ނެއްތަ އަހަރެންނައް ކޮފީއެއް “ފަލަކް އެހެންބުނެ ގޮނޑީގައި އިށީނެވެ.
މަޑުކޮއްލާ ޝީން ހީކުރިގޮތާ ހިލާފައް ފަލަކް ވީ ވަރައް ފްރެންޑްލީ ކުއްޖަކަށެވެ.ދެމީހުން ކޮފީ ތައްޔާރު ކޮއްލައިގެން މޭޒު ދޮށުގައި ތިއްބައި ނަފީސާ ކޮޓަރިން ނިކުމެގެން އައެވެ.
ކޮންމަސްވަރާއެއް ތިކުރަނީ ދެމީހުން” ނަފީސާ އެމީހުންގެ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ.
މިހަމަ ތިބީ” ޝީން ހިނިއައިސްލާފައި ބުނެލިއެވެ. ކޮފީތަށި ހުސްވުމުން ފަލަކް މައްޗައްދާން ހިނގައިގަތެވެ.
ޝީން ނަފީސާއާއި އެކު ސައިހެދުމުގައި އުޅުނެވެ.
ސައިހަދަން ހުރިއިރު ނަފީސާ އެކޮޅުގެ ވާހަކަތައް ޝީންއަށް ކިޔައިދޭންފެށިއެވެ. ދެން އަންނަ އިރު ޝީން ގޮވައިގެން އަންނަން މާމަ ބުނެފައޮތީ މިހާރު އޮފީހެއްގައިވެސް ނޫނެއްނު” އެހެންވީމަ ދެވޭނެއްނު”ނަފީސާ އެހެން ބުނެލުމުން ޝީންވެސް ދެންދާއިރު ދާނަންކަމައްބުނެލިއެވެ.
**
އޮފީހައްވަދެ ހަމަޖެހިލުމައްފަހު ފުރަތަމަ ކަމަކައް އަޔާޒް ޝީންއަށް މެސެޖްކޮއްލީ ވަރައްލޯބިވާކަމައްބުނެފައެވެ.
އެއަށްފަހުއޮފީހުގެ މަސައްކަތްތަކާއިގެން އަޔާޒްއުޅެން ފެށިއެވެ.
މެންދުރުވާން ގާތްވެފައިވަނިކޮއް ނަވާލް ގުޅުމުން އަޔާޒް ނިކުތެވެ. ދެމީހުން އެކުގައި ގޮސް އޮފީހާ މާދުރު ނޫން ހިސާބެއްގައި އިން ކެފޭއަކައްވަނެވެ.
މާ ހަބަރެއްނުވެ ތިއުޅެނީ މަށައް ހާދަހީވޭ ކަންތައްތައް ރަގަޅު ހެން” އަޔާޒްގެ މޫނުމަތިން ފެންނަންހުރި ކުލަވަރުން ނަވާލްއަށް ހުރިހާކަމެއް ދެނެގަނެވުނެވެ.
އަދި އެވާހަކަ ކިޔައި ނުދެވިގެންނޭ މިއުޅެނީ “” އަޔާޒް ކޮފީތަށިނަގާ ތުބުގައި ޖަހާލާފައި ބަހައްޓަމުން ބުނެލިއެވެ.
އަހަރެން މިވިސްނަނީ ވަރައް އަވަހައް ނިންމާލަން ދެވަނަ ފަހަރައް ގެއްލިދާނެތީ ބިރުގަނޭ” އަޔާޒް ހިނގަނޑެއްޖަހާލަމުން ބުނެލިއެވެ.
އަސްލު ކިހިނެކޯވީ” ނަވާލް އެހެން ބުނެލުމުން އަޔާޒް ހުރިހާ ވާހަކައެއް ފެށުނީންސުރެ ނަވާލްއަށްކިޔައި ދިނެވެ
އަހަރެންނައް އޭރުވެސް ތި އަލޫކްގެ ގޮތް ވަރައް ރަގަޅައް އެނގޭ “ނަވާލް އަޔާޒް ވާހަކަ ދައްކާ ނިމުމުން ބުނެލިއެވެ.
ދެން މިހާރު މަންމަމެން ކައިރީ އެވާހަކަ ދައްކައިފިންތަ؟ ނަވާލް އަނެއްކާވެސް ބުނެލިއެވެ
މިރޭ މަންމައާއި އެވާހަކަ ދައްކަން މި ވިސްނަނީ ” އެކަމަކު ޝީންގެ ދަރިއެއް ހުރީމަ މިހިތައް އަރަނީ މަންމަމެން ގަބޫލްވާނެބާއޭ ” އަޔާޒް ވަރައް ވިސްނަން އިނދެފައި ބުނެލިއެވެ.
ވާހަކާގައި ތިބެފައި އަޔާޒް ގަޑި ބަލައިލަމުން ނަވާލްއާއި އެކު ތެދުވެ އޮފީހާދިމާލައް މިސްރާބުޖެހިއެވެ
**.
އަލޫކް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި މުހަންމަދު ދެކޮޅައް ހިނގާލަހިނގާލަހުއްޓައި ފުލުންހުގެޓީމަކާއެކު އަލޫކްއައިސް މަޑުކޮއްލިއެވެ
.
އެވީ ދެއަހަރު ދުވަހުތެރޭ އަލޫކްއަށް އައިސްފައިވާ ބޮޑު ބަދަލުން މުހަންމަދައް ވަރައް އަސަރު ކުރިއެވެ.ރޫފަ ރަގަޅު ހަށިގަނޑުވަނީ ހިކި ހިކި ހުސްވެފައެވެ.
މޫނުމަތިން ކޮލު ކަށިގަނޑުވަނީ އަރާފައެވެ. ލޯކައިރި ވަޅުވަދެ މީންދުވަހަކު ކާއެއްޗެއް ނުލިބި ހުރިމީހެކޭ އޭނަގެ އެދަރިފުޅެކޭ އެއްވެސް ތަފާތެއް ނެތެވެ. ލޮލުންއައި ކަރުނަ ތިކި ފޮހެލުމައްފަހު އަލޫކްގައިގައި ބައްދާލިއެވެ. އެއީ އޭނަގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅެވެ.
ޖަލުން ނިކުމެވުމާއެކުވެސް އަލޫކްއަށް ފުރަތަމަވެސް ވިސްނާލެވުނީ ޝީންއާއި ދޭތެރޭގައެވެ
އެންމެ ފަހުން އޭނާއަށް ޝީންފެނުނީ ވަރިވާން ކޯޓައް ގެންދިޔަ ދުވަހުއެވެ.ޝީންގެ ދެލޮލުން އެއަންހެން ކުއްޖާ ކުރާ ހިތާމަ ދެނެގަންނައް އަލޫކްއަށް އުނދަގުލެއް ނުވިއެވެ.އެދެލޮލުން އެވަގުތުވެސް އަލޫކްއަށް ވާ ލޯބި އޭނާއަށް ފެނުނެވެ.
އެދުވަހު އަލޫކް ޝީންބޭނުންވާގޮތައް މިނިވަންކޮއްދިނީ އަލޫކް އަށް އެނޫންގޮތެއް އެވަގުތު ނެތުމުންނެވެ.
ނަމަވެސް މިއަދު އޭނައެހުރީ އެއްކޮއް އެކަމުން މިނިވަންވެގެން އައިހެވެ
. ދެން ޝީންއާއިއެކު އުފަލުގައި އުޅެވިދާނެއެވެ. އެންމެވަގުތެއްވެސް ބޭކާރު ކޮއްނުލާ އަލޫކް ބޭނުންވީ ޝީންގާތައްގޮސް މާފައްއެދި ދެންދުވަހަކުވެސް ޝީން ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން ދޭށެވެ.
**
ހުރިހާއެންމެންއެކުގައި ކައިނިންމާލުމައްފަހު އެންމެން ކާމޭޒްދޮށުން ތެދުވަން ފެށިއެވެ.
ނަފީސާއާއިއެކު ތަށިތައް ނެގުމުގައި ޝީންހުއްޓައި ރައިން ހޭލުމުން މައްޗައް ދިޔައެވެ.
ނަފީސާ އެކަނި ވުމުން އަޔާޒް ނަފީސާގާތު ހުއްޓިލިއެވެ. ދުވަހަކުވެސް އަންހެން ކުއްޖެއްގެ ވާހަކަ ދައްކައިފައި ނުވާތީ އަޔާޒް އަށް އެވާހަކަ ދައްކާކައް ފަސޭހައެއް ނުވިއެވެ.
އަޔާޒް ހުރިގޮތުން ނަފީސާއަށް އަޔާޒް ވާހަކައެއް ބުންނަން ބޭނުންވެގެން އުލޭކަން އެނގުނެވެ. އެއީ އެންމެ ކުރިންވެސް އަޔާޒް ވާހަކައެއް ބުނަން ބޭނުންވެއްޖެ ނަމަ އުޅޭގޮތް ކަމައްވާތީއެވެ.
“ދަރިފުޅު ކޮންވާހަކައެއް ބުނަން ބޭނުންވެގެން ތިއުޅެނީ ބުނެބަލަ” ނަފިސާ އަޔާޒް އާއި ކުރިމަތި ވާގޮތައް އެނބުރިލަމުން ބުނެލިއެވެ.
މަންމާއަހަރެން ….
މަންމާ އަހަރެން ޝީން…. އަޔާޒް އެހިސާބައްބުނެ ހުއްޓާލިއިރު ނަފީސާ ހިނިއައިސް ބަލަހައްޓައިގެން ހުރިގޮތުން އަޔާޒް ލަދު ގަންނަ ގޮތްވިއެވެ.
ޝީން ގަބޫލްތަ ތިކަމާ” ނަފީސާ އެހެން ބުނުމުން އަޔާޒް ބޯޖަހާލިއެވެ. އެކަމަކު ބައްޕަ ކައިރީ ދައްކާކައް ނުކެރޭނެ މަންމަ މިވާހަކަ ބައްޕަޔާ ދައްކަދެއްވާ” އަޔާޒް ވަރައް އަދަބްވެރިކަމާއެކު ބުނެލިއެވެ.
މަންމަ އަށް އެންމެ ރަގަޅުތޯ އަޅުގަނޑު އެކަން ކުރިޔަސް “އަޔާޒް ނުކެރި ހުރެވެސް އެހެން ބުނީ ނަފީސާ ހިނިއައިސް ހުރުމުންނެވެ.
މަންމަތިކަމާ ވަރައް ގަބޫލް “އެންމެ ކުރިންވެސް މަންމަ ބޭނުންވީ ދަރިފުޅާ ޝީން ގުޅެން “ދަރިފުޅު ބޭނުންވާ އެއްވެސްކަމަކާމަންމަ ދެކޮޅޭއްނުވާނަން ދަރިފުޅު ހަޔާތައް ގެންނާނެ މީހެއް އެނގޭނީ ދަރިފުޅައް ”
ހިޔެއްނުވޭ ބައްޕަވެސް ތިކަމާ ނުގަބޫލް ވާނެހެން މަންމަ ބައްޕަޔާ ދައްކާނަން ތިވާހަކަ”ނަފީސާ ބުނެލިއެވެ.
މަންމެން ގަބޫލްނަމަ އަޅުގަނޑު ބޭނުންވަނީ ވަރައް އަވަހައް ކައިވެނި ކުރަން ”
އަޔާޒް އެހެން ބުނިއިރު ޝީންއައިސް ބަދިގެއަށް ވަންނަނީއެވެ.
އެކަމަކު ކުރިއާ މިހާރާވަރައް ތަފާތު ވާނެ “އެހެންމީހެއްގެ ދަރިޔަކަސް އަޔާޒް ޝީންއާ އިންނައްޏާ އެދަރިފުޅު ދެކވެސް ލޯބިވާންވާނެ “މަންމަ އަށްއެނގޭ މިހެން ބުނާއިރުވެސް ދަރިފުޅު އަމިއްލަ ދަރިޔަކު ދެކެ ލޯބިވާގޮތައް ދަރިފުޅު ރައިންދެކެ ލޯބިވާނެކަން ”
ނަފީސާއަށް އެދަރިފުޅާއި އަޔާޒް އާއި ވައްތަރުކަން ކިތައްމެހާ އެގުނަސް އެދަރިފުޅާ އަޔާޒް އާއި ގުޅުމެއް އޮންނަ ކަން ނޭގޭތީ ބުނެލިއެވެ.
ނަފީސާގެ ޖުމްލައަޑުއިވުމުން ޝީންގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
އޭނަ ރައިންގެ ހަގީގަތް އެންމެންނައް އަންގާނީ ކިހިނެއްހެއްޔެވެ. ނަމަވެސްކައިވެނި ކުރުމުގެކުރިން ކޮންމެ ގޮތަކުން ވިޔަސް އަޔާޒްއަށް އެކަންއަންގަން ޖެހެއެވެ.
އެވާހަކަ ބުނުމުން ވާނެ ގޮތަކާ ދޭތެރޭ ވިސްނެން ފެށުނެވެ. މޫނުމަތިން ހިއްލަމުންދިޔަދާތިކިތައް އެއްއަތުން ފޮހެލިއެވެ.
ޝީންއަށް ވެފަ ހުރިގޮތް ފެނުމުން އަޔާޒް ގާތައް ހިނިއައީ ނަފީސާ އެކަމާ ހިންހަމަ ނުޖެހުނީކަމައް ޝީންއަށް ހީވެ ހާސްވެފަހުރިހެން ހީވުމުންނެވެ.
**
ޖެހިގެންއައި ދުވަހު ނަފީސާ އޭނާގެ ފިރިމީހާޔާއެވާހަކަ ދެއްކިއެވެ. އެކައިވެންޏައް ޔާސިރު ގަބޫލުކަން އެގުމުން އަޔާޒް ބޭނުންވީ ކުޑަ ހަފޮލާއަކާއެކު އެކަންވީ އެންމެ އަވަހަކައް ނިންމާލާށެވެ.
ކައިވެންޏައް ދުވަސް ކަޑައެޅުމާއެކު އެކަމާ ކިތަންމެ އުފާވިކަމުގައިވިޔަސް ޝީންއަށް ހުރެވެނީ ފާޑަކަށެވެ.
އަޔާޒްއަށް އެކަން ފާހަގަ ވެގެން ޝީންގާތު އެވާހަކަ ދެއްކުމުން ޝީން ބޭނުންވީ ކޮންމެ ގޮތަކައް ކަންތައް ވީކަމުގައިވިޔަސް އެކަން އަނގާށެވެ.
މެންދުރު އޮފިހުން ބްރޭކް ލިބުމުން އަޔާޒް މިއަދު އައީ ގެއަށެވެ.
އޭރު ފަލަކްއާއި ޝީން ސޯފާގައި ފޯންހިފައިގެން ތިބީ ވެޑިންގް ޑްރެސް ތަކެއްބަލާށެވެ.
އަޔާޒްއައިސްއެތާ އިށީނުމާއެކު ފަލަކްފޯނުގައި އިން ފޮޓޯ ދައްކާލަމުން އެ ވެޑިންގްޑްރެސް ރީތިތޯ އަހާލިއެވެ
އަޔާޒްއަށްވެސް އެހެދުން ވަރައް ކަމުދިޔައެވެ.
ފަލަކްއަށް ފޯނެއް އައިސްގެން ސޯފާއިންތެދުވެގެން ދިޔުމުން އަޔާޒް ޝީންއާއި ގާތައްޖެހިލިއެވެ.
ދެން ބުނެބަލައަބަދު ތިހެން ތިއިންނަނީކިހިނެއްވެފަތަ” މިހާރު އަހަރެންނައް ހީވާންފަށައިފި މެރީކުރެވޭތީ ޝީން ހެޕީ ނޫންހެންވެސް” އަޔާޒް އެހެން ބުނެލުމުން ޝީން ވަރައްދެރަވިއެވެ. ނޫން އަހަރެން ވަރައް ހެޕީ ވެފަ މި އިންނަނީ އެކަމަކު އަހަރެން އަޔާކައިރީ ވަރައްބޮޑު ވާހަކައެއް ބުނަން ބޭނުން” އަޔާޒް ހިތްހަމަ ނުޖެހުންކަން އެގުމުން ޝީން ދެރަވެލާފައި ބުނެލިއެވެ.
ދެން ބުނެބަލަ ތިވާހަކަ އަބަދު ތިހެން ވިއްޔަ މިހާރު ތިއިންނަނީ އެވާހަކަދެއްކިފަހުން ”
ޝީންބޭނުންވީ އެއްވެސް މީހެއްނެތި ހަމަޖެހިގެން އެވާހަކަ ދައްކަން ކަމުން މިރޭ ބުނާނަންކަމައް ބުނުމުން އަޔާޒްވެސް އެކަމާ އެއްބަސްވީ އޮފީހައްދާން ގަޑި ގާތްވެފަ ހުރުމުންނެވެ
**
އިރުއޮއްސުމުން ނަފީސާ ކޮޓަރިއަށް ވަނީ ނަމާދުކޮއްލާށޭވެ. އަޔާޒްވެސް ޔާސިރުއާއި އެކު މިސްކިތައް ދިޔައިރު ޝީން ރައިން އަށް ކާން ހަދަން އުލެއެވެ.ފަލަކް ރައިން އުރާލައިގެން ފަހަރަކު ލަވައެއް ކިޔައިދޭއިރުވެސް މިރޭ ރައިން ހުއްޓާލާ ގޮތެއްނުވިއެވެ. ނިދިއައިސްގެން މޫނުގައި ދެއަތުން ހާކަމުން ރައިން ރޮނީއެވެ.
ބަދިގެއިން ނިކުމެގެން އައިސް ޝީން ރައިން މަސަލަސްކޮއްލުމައްފަހު ކާންދޭން ފެށިއެވެ.
މިސްކިތް ދޮށުން ދިމާވި ދުވަސްވީ ރައްޓެއްސަކާއިއެކު ޔާސިރު ވާހަކަ ދައްކަން ހުރުމުން އަޔާޒް ގެއަށް އައެވެ. އޭރު ރައިން ނިންދަވާފައި ޝީން ސިޑިން ތިރިއަށް ފައިބަނީއެވެ. ޝީންއައިސް ފަލަކް ކާރީ އިށީނުމުން އަޔާޒްވެސް ޝީން ގައިގާ ޖެހޭހާކައިރީގައި އައިސް އިށީންދެލިއެވެ.
ކޮންއިރަކުން ކިޔައިދޭން ބުނި ވާހަކަ ކިޔައިދޭނީ ” އަޔާޒް ޝީންއަތުގައި ހިފައިލައިގެން އިނދެ ބުނެލިއެވެ.
ކައިގެން ހަމަޖެހިލައިގެން”ޝީން ހިތް ހަމައަކައް އަޅުވާލަމުން ބުނެލިއެވެ.
**
ހަވީރުން ސުރެ އަލޫކް ތައްޔާރުވަމުން ދިޔައީ ޝީން އުޅޭ ގޭދޮށައް ދިއުމަށެވެ.
މާވިއްކާ ފިހާރައަކައްވަދެ ހުސް ރަތްފިނިފެންމަލުގެ ބޮކޭއެއްތައްޔާރު ކޮއްލިއެވެ.އެބޮކޭ ބޮޑުކަމުން އެފިހާރާގައި ތިބިކުދންވެސް ތިބީ އަލޫކްއަށް ބަލަހައްޓައިގެންނެވެ.
އަލޫކްބޭނުންވީ ގިނަދުވަސްތަކަކައްފަހު ފެންނައިރު ޝީން އުފާވާކަހަލަ ކަމެއް ކޮއްލާށެވެ.
ސައިކަލް ޝީން އުޅޭ ގެޔާ ހިސާބުގައި ޕާކް ކޮއްލުމައްފަހު ފުންކޮއް ނޭވާއެއް ބޭރުކޮއްލާފައި އެތެރެއަށް ވަނީ ހިނިތުންވެލައިގެން ހުރެއެވެ.
ގޭ ދޮރުމައްޗައް ހުއްޓިލަމުން އަލޫކް ސަލާމް ގޮވާލިއެވެ.
މީހަކު ސަލާން ގޮވާލުމާއެކު ސޯފާގައިން ފަލަކްއާއި ޝީންއަދި އަޔާޒްވެސް ބަލައިލީ އެއްފަހަރާއެވެ.
އޭރު ކޮޓަރިން ނިކުމެގެން ނަފީސާ ސިޑިން ތިރިއަށް ފައިބަނީއެވެ.
ދޮރުމަތީ ހުއްޓިލައިގެން ހުރި އަލޫކް ފެނުމުން އަޔާޒް އަށް ފުންމައިގެން ތެދުވެވުންއިރު ޝީންއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.
އަލޫކްއަށް ޝީން ފެނުމާއެކު ހިތައްލިބުނު އުފާ ބުނެދޭންވެސް ނޭގުނެވެ. ހިނގާފައި އައިސް ޝީންގައިގައި ބައްދައިގެން ހުރެ ރޮމުން މާފައް އެދެން ފެށިއެވެ. އަލޫކް ބައްދާލާފައި ހުރިލެއް ބާރުކަމުން ޝީން އަށް ނޭވާލާންވެސް އުނދަގޫވިއެވެ.
އެމަންޒަރު ފެނުމުން ފަލަކްވެސް ހުރީވާނުވާ ނޭގިފައެވެ. ސިޑިމަތީ ހުރި ނަފީސާވެސް ހުރީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ.
ކުއްލިއަކައް އަޔާޒް އަލޫކް ކޮނޑުގައި ހިފާ އޭނާއާއި ދިމާލައް އަނބުރާލިއެވެ.
ކަލޭ މަގޭ އަންހެނުން ގަޔައް އަތްލާން ޖެހޭތަ ” އަޔާޒް އަލޫކްއާއި ޝީންއާއި ދޭތެރެއަށް ވަދެ އެހެން ބުނެލިއިރު އަލޫކްގެ ދެލޮލުން ކަރުނަ އަންނަގޮތްވިއެވެ. އެހެން މީހަކަށް ޝީޏް ލިބެން އެހިތައް ކެތެއްނުވާނެއެވެ.
މިހާރު މީ ކަލެޔާ ވާމީހެއްނޫން މީ އަހަރެންގެ ވާންއުޅޭ އަންހެނުން”
އެކަމަކު ކަލެއަށް ކަލޭ ދަރިޔާ ބައްދަލް ކުރަން އަހަރެން މަނަލެއް ނުކުރާނަން “އެކަމަކު ކަލޭ ދަރީގެ މަންމަ އަށް ވިޔަސް މީމިހާރު މަގޭ ހައްގެއް ” އަޔާޒް އައިސް ހުރި ގަދަ ރުޅިގައި ބުނެލިއެވެ.
އަޔާޒްގެ އެ ޖުމްލައިން އަލޫކްހުރީ އެއްގޮތަކައްވެސް ވާނުވާނޭގިފައެވެ.
އަޔާޒް ގެ އަތް ފޮޅުވާލަމުން އަލޫކް ޝީންގެ ގައިގައި ހިފެހެއްޓިއެވެ.އެކިޔާ އެއްޗެއް އަހަރެންނައް ސާފުކޮއްކިޔައިދީބަލަ ” އެހެންބުނިއިރު އަލޫކްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
އަލޫކް ކައިރިއަށްޖެހެން ފެށުމުން ޝީން އަޔާޒް ފުރަގަހައްވަދެ އަޔާޒްގެ ގައިގައި ހިފެހެއްޓިއެވެ.
އެމަންޒަރު ފެނުމުން އަލޫކް ރުޅި އިތުރައް ގަދަވާންފެށިއެވެ.

ނުނިމޭ

.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (8)

Next

ރީތި ސޫރައެކޭ (ކިޔުންތެރިންނަށް)

Next
March 27, 2018

ރީތި ސޫރައެކޭ (ކިޔުންތެރިންނަށް)

Previews
March 27, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (8)

14 Comments!

  1. Aki says:
    March 27, 2018 at 9:21 pm

    yey up vee

    1. Aki says:
      March 27, 2018 at 9:32 pm

      haadha reethi ey mi part ves.. maadhan morning ga up kohla dheebaa pls pls

    2. Marie says:
      March 28, 2018 at 2:42 pm

      ??Thank you aki

  2. mishy says:
    March 27, 2018 at 9:27 pm

    Yayy… me 1st dhwh… vrh reethi… as usual… curiously waiting 4 the nxt prt… ly….♥♥♥♥♥…

    1. Marie says:
      March 28, 2018 at 2:43 pm

      ??Thank you mishy
      ?Hehehh 1st eh nun 2nd

  3. Swety says:
    March 27, 2018 at 9:39 pm

    Alhe please please. ..aya kaari buneba avahaa ey alookge dhari eh noney. …..

    1. Marie says:
      March 28, 2018 at 2:44 pm

      ??hehehe swety ..
      ??Thank you

  4. lotus says:
    March 27, 2018 at 10:00 pm

    OMG!!! dhen vaanee kihine??? Finaly secret bust vanee dho…

    1. Marie says:
      March 28, 2018 at 2:45 pm

      ??yeah kihinehbbaa dw ??dhen vaany …
      ?Thank you lotus

  5. IShan says:
    March 27, 2018 at 11:02 pm

    Ehgothakah ves mi part kamaku nudhey ! Mihaaru mi hisaabah dhiyaeema alook part aieema v vai

    1. Marie says:
      March 28, 2018 at 2:47 pm

      ??thank you ishan
      Alook ah vess vaanuvaa jeheynehhnu angan …heheh

  6. No one says:
    March 28, 2018 at 11:45 am

    V reethi ❤️❤️❤️
    Next part up vany koniraku
    Thankolheh avas kohlla dhehchey!!!!
    Cant wait …………?

    1. Marie says:
      March 28, 2018 at 2:49 pm

      ❤❤Thank you no one
      Mirey inshaallah next part

  7. Sinn says:
    March 28, 2018 at 5:15 pm

    Avahah aneh part genes dheeba plxxxxx..vvvv wait eba kureveyy..vvv salhi mi part vex

Comments are closed.

Next Episodeޝީން (ހަތާވީސްވަނަ ބައި)←


All Right Reserved!