ޝީން (ހަތާވީސްވަނަ ބައި)
އަޔާޒް ގެ އަތް ފޮޅުވާލަމުން އަލޫކް ޝީންގެ ގައިގައި ހިފެހެއްޓީއެވެ.
އެކިޔާ އެއްޗެއް އަހަރެންނައް ސާފުކޮއްކިޔައިދީބަލަ ” އެހެންބުނިއިރު އަލޫކްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ.
އަލޫކް ކައިރިއަށްޖެހެން ފެށުމުން ޝީން އަޔާޒް ފުރަގަހައްވަދެ އަޔާޒްގެ ގައިގައި ހިފެހެއްޓިއެވެ.
އެމަންޒަރު ފެނުމުން އަލޫކް ރުޅި އިތުރައް ގަދަވާންފެށިއެވެ
މަގޭ ދަރިޔޭ “މަގޭ ކޮންދަރިއެއް” އަލޫކް އައިސްހުރި ރުޅިއާއިއެކު އެހެން ބުނެލީ ދެދަތްޕިލައަށް ބާރުލަމުންނެވެ.
އަޔާ ހިނގާބަ މިތަނުން ދާން ” ހުއްޓާލަބަ ޕްލީޒް” ޝީން އަޔާޒްގާތު އެވާހަކަ ނުބުނެ ހުއްޓައި އެކަން އެގުމުން ވާނެގޮތް ހިތައް އެރުމުން ބިރުން އަޔާޒް އަތައް ހިފާ ދަމަމުން ބުނެލިއެވެ.
ނަމަވެސް އަޔާޒް ޝީންގެ އަތް ފޮޅުވާލަމުން އިތުރައް އަލޫކްއާއި ކުރިމަތިލިއެވެ.
ނޭގޭދޯ މިދުނިޔޭގަ ކަލޭގެ ދަރިއެއް ހުރިކަންވެސް” ތިކަހަލަ މީހުންނައްއެކައްޗެއްވެސް ނޭގޭނެ” އެނގޭ ކަމަކައްވެސް ނުހަދާނެ”
އަޔާޒް އެހެން ބުނެލިއިރު ޝީންއަށް ބާރައް ރޮވެނފެށިއެވެ.
ހުރެވުންތަންވެސް ނޭގޭހާ ބޮޑައް މީހާ ހާސްވާން ފެށިއެވެ. އަޔާޒްއަށް އެގުމުން ވާނެގޮތް ހިތައް އެރުމުން އިތުރައް ރޮވެންފެށިއެވެ.
އެމީހުންގެ ޒުވާބް ބަލަން ދުރުގައި ނަފީސާ ހުރިކަމެއް އަޔާޒްއަށް ނުވެސް އެނގެއެވެ.
ވަރައް މޮޅު ކަލޭމެން ދެމީހުން ގަންނާނެހާ ގަނޑެއް ގަނެފަ ދަރިއެއްލިބުނީމަ މަގޭ ބޮލައްޖެހީ” ތިހިރަ އަންހެނާ ގާތު އަހާބަލަ އަހަރެން އެފަދަ ގޮތަކައް އޭނަގައިގަ އަތްވެސް ލިހޭ”
އަލޫކް ރުޅިގަދަވިވަރުން ހީވަނީ ޝީންގެ ދެލޮލައް އިނގިލިކޮއްޕާލާފާނެހެންނެވެ.
ބުނެބަލަ ” ޖަވާބުދީ ” މިހާރުވެސް ބަލާ އަހަރެން ކެރި ހުރެ މިބުނަނީ އަހަރެންނާ މިއަންހެނާއާދެމެދުއެކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ.
އަލޫކް އެހެން ބުނެލި ގޮތުން އަޔާޒް ޝީންގެ ދެލޮލައް ބަލާލިއެވެ. ޝީންގެ އިސްޖެހިފައިވާ މޫނު ފެނުމުން އަޔާޒްގެ ހިތްތެޅިގަތެވެ.
އަހަރެންނައް ޖަވާބުދީ ޝީން ބުނެބަލަ އަހަރެން ގެ ދަރިއެއްތައެއީ ” އަހަރެން ޝީންއާއި އެފަދަ އެއްވެސް ގުޅުމެއް ހިންގިތަ”
އަލޫކްގެ ވާހަކައިން ރުޅިއާއި ފިހެމުން ދިޔަ އަޔާޒް މައިތިރިވެ ހިމޭންވިއެވެ.
އަޔާޒް އެހުރިގޮތައް ހުއްޓައި އަލޫކް އައިސް ޝީންގެ އުޅަބޮއްޓާ ހިސާބުގައި ހިފެހެއްޓިއެވެ. އަހަރެން ހިޔެއް ނުކުރަން ޝީން ތިގޮތައް ކަންތައް ކޮއްފާނެކަމަކައް ” އަހަރެން ޝީންދެކެ ވަރައް ލޯބިވިން” އެކަމް ހިޔެއް ނުކުރަން ކަލޭތީ ތިހާ ގޮތެއްނެއް އަންހެނެއްކަމަކައް ” އަހަރެން ދިޔައިމަ ކަލޭ ގަންނާނެހާ ގަނޑެއް ގަނެފަ މަބޮލައް ދަރިޖަހަން”ތިހާ ހަޔާތްކުޑަ އަންހެނެއް ނޫޅޭނެ”
އަހަރެން ހުވާ ކޮއްފަ މިބުނަނީ އަހަރެންގެ ދަރިއެއް ނުހުންނާނެ “އަލޫކް އައިސް ހުރި ރުޅިގައި ޝީންއާއި ދިމާލައް ހިތައް އައިހާއެއްޗެއް ގޮވަމުންދިޔައިރު ފަހަރަކައް ވުރެ ފަހަރެއް އަތައް ބާރު ކުރަމުން ދިޔައެވެ.
ކުއްލިއަކައް ޝީން އަލޫކްގެ އަތް ފޮޅުވާލިއެވެ.
ކުރިއަށް ޖެހިލަމުން ރޮމުން ވާހަކަ ދައްކަންފެށިއެވެ. އޭރު މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ
އާން އާން ” އަހަރެންގެ ކައިރީ ކަލޭގެ ދަރިއެއް ނުހުންނާނެ” ޝީން އެހެން ބުނުމުން ނަފީސާއާށް އަނގަމަތީ އަތް އެޅުނެވެ. އަޔާޒްވެސް ހުރީ ނިތައް ރޫގިނަކޮއްގެން ޝީންއަށް ބަލަހައްޓައިގެންނެވެ.
އަހަރެންނަކީ ކަލޭ ތިހީކުރާކަހަލަ ދަށުދަރަޖައިގެ މީހެއްނޫން ” މަށައް މިހާލް ޖެއްސީވެސް ކަލެއާ ކަލޭގެ ރައްޓެހިން ” އަހަރެން ހަމަހޭގަ އެއްވެސް މީހަކާ އެކު ފާހިޝް އަމަލެއް ނުހިންގަން “ޝީން އެހެން ބުނެވުން އިރު އަނޑުބެދުނެވެ.
އަޑައް ބާރުލަމުން އަނެއްކާވެސް ޝީން ވާހަކަ ދައްކަން ފެށިއެވެ. އެރޭގެ ހާދިސާ ފެށުނީން ސުރެ ޝީން އަލޫކްއަށް ގޮވާލިއެވެ.
މީ ކަލޭ އަހަރެންނައް ދިން ލަނޑެއް ” އާން އެއީ ކަލޭ ދަރިއެއް ނޫން ”
ޝީން އަށް އެހިސާބައް ބުނެވުނު އިރު ނަފީސާ އަށްވެސް ހުރީ އެވާހަކަ އަޑު އިވުމުންބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
އޭނައަށް އަށް އަބަދުވެސް އެދަރިފުޅު އަޔާޒް އާއި ވައްތަރުކަން އެނގެއެވެ.
ޝީން ފަހަތައް އެނބުރިލަމުން އަޔާޒް އަށް ބަލައިލާފައި ދެއަށް އެއްކޮއްލަމުން އަނގަމަތީ އަތްއަޅާލިއެވެ. އަޔާ އަހަރެން އުޅުނީ މިވާހަކަ ބުނަން އެކަމަކު އަހަރެންނައް ދެވަނަ ފަހަރައް އަޔާ ގެއްލެން ބޭނުން ނުވީމަ އެވާހަކަ ބުނަން ނުކެރުނީ ” ރައިން އަކީ އަޔާގެ ދަރިއެއް ” އަހަރެން ނައް މާފް ކުރޭ “ޝީން އެހެން ބުނުމުން އަޔާޒް ދެއަތުން ބޮލުގައި ހިފާ ސިޑިއާއި ދިމާލައް ހިނގައިގަތެވެ.
ސިޑި މަތީ ހުއްޓިގެން ހުރި ނަފީސާ ފެނުމުން އެއަޑު ނަފީސާއަށް ވެސް އިވިއްޖެކަން ޔަގީން ވުމުން އަޔާޒް އިތުރައް ހާސްވިއެވެ
މަންމައާއި ކުރިމަތި ލާން ނުކެރުމުން އިސްޖަހައިގެންގޮސް ކޮޓަރިއަށް ވަނެވެ.
އަޔާޒް އެގޮތައް ދިޔުމުން ޝީންއަށް އަމިއްލަ ނަފްސްކުއްވެރި ކުރެވުނެވެ.
ޝީންގެ ވާހަކަ ތަކުން އަލޫކްވެސް ހުރީ ގަބްވެފައެވެ. އޭނަ އެންމެ އިތުބާރު ކުރި ރައްޓެހިން އޭނައަށް ދިން ލަޑުން އަލޫކްގެ ދިރިއުޅުން ހަލާކްވީއެވެ. އަހަރެން އަދިވެސް ޝީން ބޭނުން ” އަހަރެން ވަރައް ލޯބިވޭ އަދިވެސް ” އަލޫކްގެ އަޑު ކަންފަތުގައި ޖެހުމުން ޝީން އަލޫކް އާއި ދިމާލައް އެނބުރިލިއެވެ.
އަހަރެން ކަލޭ ދެކޭކައްވެސް ބޭނުމެއް ނޫން ” ހަމަ މިހާރު ނިކުމޭ މިގެއިން ” ޝީން އަލޫކް އަތުގައި ހިފައިން ދޮރާދިމާލައް ހިނގައި ގަތް ވަގުތު ދޮރުމަތީ ހުރި ޔާސިރުފެނުމުން ޝީންއަށް ހުއްޓެވުނެވެ.
އަލޫކްގެ އަތުން ދޫކޮއްލަމުން ސިޑިން މައްޗައްއެރިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމައްފަހު ދޮރު ބުޑުގައި އިށީންދެއިނދެ ގިސްލަ ގިސްލާފައި ރޮވުނެވެ.
މިގޮތައްމިކަންވާނެކަން ކުރިން ވިސްނާލެވުންނަމައެވެ.
ކުރިން އެކަންނުފޮރުވާ ބުނެވުންނަމައެވެ. އަޔާޒް ހިންހަމަ ނުޖެހިގެން ދިއުމުން އެހިތައް ކެއްނުވާވަރު ވިއެވެ
ނަފީސާ ތިރިއަށް ފައިބައިގެން އައި އިރު ޔާސިރުވެސް ހުރީ ކަންތައް ވެގެން ދިޔަގޮތުން ބުނާނެއެއްޗެއްވެސް ނޭގިފައެވެ.
އެކަންތައް ހިގިގޮތް އެގުމުން ނަފީސާވެސް ޔާސިރުވެސް އެދެމީހުން ކުއްވެރިކުރާކައް ބޭނުމެއް ނުވިއެވެ.
އަހަރެންނައް އޭރުވެސް އެނގުނޭ އެދަރިފުޅު އަޔާޒްއާއި ވައްތަރުކަން ” ޝީން އެންމެ ފަހަރަކުވެސް އެކަން އެގޮތައް ވީމަ ނުފޮރުވާ ބުނިނަމަ” ނަފީސާ ޔާސިރު އާއި ވާހަކަ ދައްކަމުން އެހެން ބުނީ ޝީން އެގޮތައް އޮޅުވާލުމުން ހިތްހަމަ ނުޖެހިހުރެއެވެ. .
ކަންތައް ވެގެން ދިޔަގޮތުން އަޔާޒް ހުރީ ގަބޫލް ކުރަންވެސް ދަތިވެފައެވެ. ރައިންއަކީ އޭނަ އަމިއްލަދަރިއެއްކަން އެގުމުން ހިތައް އުފާވެރިކަން ލިބުން އިރު ޝީންއާއިދޭތެރޭ ހިތުގައި ޝަކުވާ އުފެދުނެވެ.
މިއޮއްހުރިހާ ދުވަހު ޝީން އެކަން ސިއްރު ކުރުމުން ދެރަވިއެވެ. އެގޮތައް ކަންތައް ވެގެން ދިއުމުން މަންމަ މެންނާ ކުރިމަތިލާނެ ގޮތަކާ ދޭތެރޭވެސް ވިސްނައިލެވުނެވެ.
މަންމަ ހިތްހަމަ ނުޖެހިފައި ހުންނާނެވަރު ހިތައް އެރުމުން ވަކިންދެރަވިއެވެ.
ކޮންމެ ގޮތެއްވިޔަސް އެކަންއޭނަކުރީއޭނަގެ ހަމަހޭއަކު ނޫނެވެ. އޭގައިވެސް ވަނީ އަލޫކްމެންގެ ނުބައި ރޭވުމެވެ.
*************************
އަރައިގެން އައި އިރާއެކު އަޔާޒް ގެއިން ނިކުމެގެން އޮފީހައް ދިޔައީ ނަފީސާއާއި ކުރިމަތީ ލާން ނުކެ ރިގެންނެވެ.
ޝީންގެ ހާލަކީވެސް އެއީއެވެ.
ރޭގައި ނުކައއި ހުރުމުން ބަނޑުހައި ކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވިޔަސް ކޮޓަރިން ނިކުންނާކައް ނުކެރުނެވެ. އަޔާޒްގެ ބައްޕައާއި މަންމައަކީ އަބަދުވެސް ޝީން ރެސްޕެކްޓްކުރާ ދެމީހުންނެވެ.
އެގޮތައް އެކަންވުމުން އެމީހުން ދެކޭނެ ގޮތެއްވެސް ނޭގެއެވެ
އޭގެ ފަހުންއަޔާޒްގެ ހަބަރެއް ނުވުމުންވެސް ޝީން ހުރީ ހަދާނެގޮތެއްނޭގިފައެވެ.
ޝީން ކޮޓަރިން ނުނިކުންނަން އޮތަސް ރައިން ބަނޑުހައިވެގެން ރޯންފެށުމުން އިތުރައް ނޯވެވިގެން ކޮޓަރިން ނިކުތެވެ
.ބަދިގޭގައި އުޅުން ނަފީސާއަށް ބަލައިލަންވެސް ނުކެރި ރައިންއަށް ކާން ތައްޔާރު ކޮއްލައިގެން ޝީންވަނީ ކޮޓަރިއަށެވެ.
ޝީންއުޅުން ގޮތުން ނަފީސާއަށް ޝީންއަށް އެމީހުންނާ ކުރިމަތިލާން ނުކެރިގެން އުޅޭކަން އެނގުނެވެ
ނަފީސާ ބުނެގެން ފަލަކްއައިސް ކާން ގޮވުމުންވެސް ޝީން ބަނޑުހައި ނުވާކަމައް ބުނެލިއެވެ.
ހެދުނު އޮފީހައް ދިޔަގޮތައް އަޔާޒްގެއަށް އައީ ރޭގަނޑު އެންމެން ނިދާހާއިރުވީމައެވެ.
ކޮޓަރިއަށް ވަދެކަރުގައި އޮތް ޓާއި ނައްޓުވާލުމައްފަހު އެއްޗެހިވެސް ބަދަލް ނުކޮއް އެދައް ވެއްޓިގަތެވެ.
ރައިންއަކީ އޭނަގެ ދަރިއެއްކަން އެގުމުން އެދަރިފުޅު އުރާލަން ކިތަންމެ ބޭނުންވިޔަސް އަޔާޒްއަށް އެހިތްވަރެއް ނުލިބުނެވެ.
އެކަމަކު ޝީން އެކަމާ ކަންތައް ބޮޑުވާނެވަރުވެސް އަޔާޒް އަށް އެގެއެވެ.
ނަމަވެސް މަންމައާއި ބައްޕަ ދެކޭގޮތެއްނޭގޭތީ ޝީންއާއި ބައްދަލްކުރަންއޭނަ ފަސްޖެހެނީއެވެ.
ވިސްނުމުގައި އޮއްވައި މީހަކު ދޮރުގައި ޖަހާލި އަޑުއިވުނެވެ.
އެދުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ނަފީސާ ދޮރުކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. އަޔާޒްއަށް ބުނާނެ އެއްޗެއް ނޭގި އިސްޖަހާލެވުނީއެވެ.
ބައްޕަ އެބަ ގޮވާލައްވާ ” ނަފީސާއާއި ދިމާލައް ބަލައިލަން ނުކެރި އިސްޖެހިފައި އަޔާޒް ހުއްޓައި ނަފީސާ ބުނެލިއެވެ. އަޔާޒް އެއްވެސް އެއްޗެއް ނުބުނެ ބޯޖަހާލިއެވެ. ހާސްވެފައި ހުރިކަމުގައިވިޔަސް ހިތްވަރު ކޮއްފައި ކޮޓަރިން ނިކުތެވެ.
ކޮންމެ ގޮތެއްވިޔަސް އެހެން އަބަދަކު ނޫޅެވޭނެއެވެ. އެއީ ނުވާކަމަކައްވެސް ނުހެދޭނެއެވެ.
ރައިންއަކީ އޭނަގެ ދަރިއަކައް ނުވާނެ ގޮތެއްވެސް ނީންނާނެއެވެ.
ކައިވެނި ކުރެވެން އެހާ ދުވަސް ކައިރިވެފައި ވަނިކޮއް އެވީ ކަމަކުން އަޔާޒް އަށް އިތުރައް ކައިވެނީގެ ވާހަކަ ދައްކާކައްވެސް ނުކެރޭނެއެވެ.
ސިޑިންފޭބިއިރު ޔާސިރު ސޯފާގައި އިނެވެ ނަފީސާގެ ފަސް ފަހަތުން ގޮސް އަޔާޒްވެސް ސޯފާގައި އިށީނެވެ.
ޔާސިރު ދައްކާނެ ވާހަކައެއްގެ އިންތިޒާރުގައި އަޔާޒް އިސްޖަހާލައިގެން އިނީއެވެ.
ބައްޕަ ގަބޫލްކުރަން އަޔާޒް ބައްޕަމެން ލަދުގަންނަ ކަހަލަ އެއްވެސް ކަމެއް ނުކުރާނެކަން ” ހީނުކުރާތި ބައްޕަދަރިފުޅު ދެކެ ރުޅިއައިއްސައޭ މިހުރީ” ބައްޕަރުޅިއެއްނާދޭ” އެކަމުގަ އަޔާޒްގެވެސް ޝީންގެވެސް އެއްވެސް ކުށެއްނެއް”
މިރޭ ނުވެސް ކައެއްނު ތިއުޅެނީ” ދޭ ނަފީސާ އެސޮރައް ކާންދޭން “ޔާސިރު އެހެން ބުނެލުމުން ނަފީސާ ބަދިގެއާއިދިމާލައް ހިނގައިގަތެވެ.
ޝީންވެސް އެއްވެސް އެއްޗެއް ނުކައިއެއުޅެނީ ” ބައްޕަމިދަނީ ކޮޓަރިއަށް” ޔާސިރު ތެދުވެ އަޔާޒްކޮނޑުގައ އަތްބާއްވާލުމައްފަހު ބުނެލިއެވެ.
ޔާސިރު ދިއުމުން އަޔާޒް ކާބަޔައް ވަނެވެ. ‘އަޔާޒް ވަދެގެން އައިތަން ފެނުމުން ނަފީސާ ގޮނޑި ދަމާލުމައްފަހު އިށީންނައް ތަންދެއްކިއެވެ.
މަންމައަށް އެކަން ޝައްކުވާތާ ވަރައް ދުވަސް ވެއްޖެ އެކަމަކު ޝީންގާތު އަހަން ނުކެރުނީ ” ފުރަތަމަ އެދަރިފުޅު ވިހޭ ދުވަސް މޭމަތީ އިން ލައްފެނުމުން މަންމައަށް އަޔާޒް ކުޑައިރު ހަދާންވީ އެލައް އެއްވެސް ތަފާތެއް ނުހުންނާނެ”
ނަފީސާގެ ވާހަކަތައް އަނޑުއަހަން އަޔާޒް އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. ރައިން އުރައިގެން އެވަރައް އުޅުން އިރުވެސް އޭނައަށް އެލައް ނުފެނެއެވެ.
އަޔާޒް ކާންފެށުމުން ނަފީސާ ކާގެއިން ނިކުމެގެން ދިޔައެވެ.
ކުޑައިރުކޮޅަކުން އެނބުރިއައީ އަލްބަމް ހިފައިގެންނެވެ. ބަލާލަބަ އެއްވެސް ތަފާތެއް އެބަހުރިތަ”
ނަފީސާ ފަހަރަކު ފޮޓޯއެއް އަޔާޒްއަށް ދައްކާލަމުން ބުނެލިއެވެ.
ތެދެކެވެ އެ ފޮޓޯތަކާ ރައިން އާއި އެއްވެސް ތަފާތެއް ނެތެވެ.ހާދަ ވައްތަރެވެ.
ކުއްލިއަކައް އަޔާޒް ހަދާނައް އައީ ހުޅުލެއަށް ދިޔަދުވަހު ކައިރީއިން އަންހެން މީހާ އެހެން ބުނުމުން ޝީންއަށް ވީގޮތެވެ.
އަވަހައް ކައިނިންމާލައިގެން އަޔާޒްތެދުވިއެވެ. ފަހަތުން ނަފީސާވެސް ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ.
ކޮޓަރިއަށްވަދެ ދޮރުތަޅުލުމައްފަހު ބެލްކަންޏައް ނިކުމެވެން ހުރި ދޮރު ކަހާލުމައްފަހު ބޭރައް ނިކުތެވެ.
ޝީން ކޮޓަރިއާއިއަރާ ހަމަވެ ދޮރުގައި އަޔާޒް ހިފާލުމާއެކު އެދޮރުހުޅުވިގެންދިޔައެވެ.
ކުޑަކޮއް ކޮޓަރިތެރެ ފެންނަގޮތައް ކޮޓަރިތެރެއަށް ބަލާލިއެވެ. ބާލީސްތެރެއަށް މޫނުލައިގެން ބަނޑުން އޮތް ޝީން ކައިރީގައި ނިދިފައި ރައިން އޮތެވެ.
މަޑުމަޑުން ގޮސް އެދުކައިރީ މަޑުކޮއްލުމާއެކު ޝީންގެ ރުއިމުގެ އަޑު އަޔާޒް ކަންފަތުގައި ޖެހުނެވެ.
ޝީން ސިއްސައިގެންނުދާނެގޮތައް އެދުމަތީގައި ޝީން ކައިރީ އިށީންދެ ފުންކޮއް ރައިންއަށް ބަލާލިއެވެ.
އެދަރިފުޅު ފެނުމުން ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވިއެވެ. އަދި އަލޫކް އެގަޑި ބުނެލި ބަސްތައް ކަންފަތުގައި ގުގުމަންފެށިއެވެ.
ޝިންއާއި އަލޫކްއާއި މެދު އެކަހަލަ ގުޅުމެއްނެތުމުން ހިތާހިތުން އެކަމާއުފާ ކުރެވުނެވެ އެހަށިގަނޑު ގައި އަޔާޒް ނޫން މީހެއް ބީހިލާފައި ނުވާކަން އެގުމުން އިތުރައް އެކަމާއުފާވިއެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
52 Comments!
Comments are closed.




balabalaa huhta thi up kohla dhinee.
??Thank you aki
Mivaahaka genesdheyn gasthu kurany 30 episode ..
Miadhu part vess hurihaa kudhinnah kamudhaane kamah ?????heekuran
vvvv.reethi mi part ves..☺????
??Thank you lg
Vr vr reethi mi partvx
??Thank you ???
nice..
??Thank you creation
Haadha rythi hisaabakunney thi ninmaaly… Khonirakun next part… V kiyaalaa hithun mihury… Avahah up kohdhehchey igey
??Thank you shann
Vrh bodah sorry aneh part lass v ma
Woww…. amazin… ham bunrne ehchh s neyngif mi hurii… soo 3 prt lft ryt?… curiouslii waitinnn….ly…♥♥♥♥…
??thank you mishy
Yeah 3 part dhen iny
V reethi ingey !!!!!!
Next part thankolheh avahah up kohlla dheeba plsss !!!!❤️
??thank you no one
Vrh bodah sorry aneh part las v ma
Vvvv reeti mipart waiting 4 next part
??thank you zuhoo
Story nimenee dhw.. v nice ???
??thank you lotus
Yeah nimeny mi story
Masha allah mi partves vvvvv reethi waiting next part
??thank you xaaan
VARAH REETHI 😛
??thank you miyaa
v reethi ingay… 😀
??thank you eina
Mirey mi story up nuvanytha
Vrh bodah sorry aneh part las v ma 🙁
v….salhi
??Thanks kalo
Kba part28
Vrh bodah sorry las v ma
kobaa tha mireyge part alheyyy…. waiting so longgg*
Mihaaru up kollaafa innnaany..
Vrh bodah sorry las v ma
alhe avahah up kohla dheebaa pls pls
Mihaaru up kollaafa innnaany..
Vrh bodah sorry las v ma 🙁
Kba 28
Vrh bodah sorry las v ma 🙁
noeadays stories up kuraaleh varah late
🙁 Vrh bodah sorry unique
nowadays stories up kuraaleh varah late
🙁 Vrh bodah sorry unique
Marie koba story vvvv kiyaa hithun mi inny
🙁 Vrh bodah sorry xaaan
Mihaaru up kollaafa innaany
marie pls pls javaabe dhee baa… haadha las vanee mi vaahaka
🙁 Vrh bodah sorry aki
Mihaaru up kollaafa innaany
now varah las vejje….. is something wrong dear?? buxy tha?? how late upset ah vure angry now veegoheh buny mathaa egeyneee….. so tell wat hppn??? aslu mi hury vvvvv bodah upset vefa
🙁 Vrh bodah sorry unique
Mihaaru up kollaafa innaany
Bxy v ma hama up
🙁 nukollevigen miulhuny
veegotheh***
wow? so beaytiful… waiting fr next part …..maa avahah thiulheni ninman ekamu…..
???thank you princess
woow love it this time??
??Thank you leen