Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (23)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 26, 2018 5 Mins Read
55 Comments

ކުއްލިއަކަށް ގޭގެ ގޭޓް ހުޅުވުނުއަޑަށް ސިހިފައި މަލްހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ގޭޓުން ވަދެގެންއައި ރާއިދް ފެނުމުން މަލްހާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނުކަހަލައެވެ. ދެލޯބޮޑުކޮށްގެން ރާއިދާއި ދިމާއަަށް ބަލަންހުރި މަލްހާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެދިމާއަށް އޭނާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އެންމެފަހުން ރާއިދް އޭނާ ބަލައި އައީއެވެ. އޭނާގެ ރާއިދް އެނބުރިއައީއެވެ. ކުޑަކޮށް ހިނގުން ބާރުކޮށްލަމުންގޮސް މަލްހާ ރާއިދްގެ ގައިގައި ބާރަށް ބައްދައިގަތެވެ. އެމޭގައި މޫނުފޮރުވައިލަމުން ރާއިދްގެ އުނަގަނޑުގައި ދެއަތްވަށައިލިއެވެ.

މަލްހާގެ މިއަމަލުން ރާއިދް ހިތްހަމަނުޖެހޭގޮތްވިއެވެ. އެމޫނުމަތިން ފޫހިކަން ފާޅުވެގެންދިޔައެވެ. ވަގުތުން ދެފަރާތުން މަލްހާގެ ކޮނޑުގައި ހިފައިލުމަށްފަހު ދުރަށް ޖައްސައިލިއެވެ. ސުވާލުގެ ނަޒަރަކުން މަލްހާ ރާއިދްގެ މޫނަށް ބަލަންފެށީ ކިހިނެއްވީހޭ އަހައިލާ އުސޫލުންނެވެ. ރާއިދްގެ މޫނުމްތިން ފާޅުވަމުންދިޔަ އަސަރުތަކުން މަލްހާގެ ހިތް ގެނބިގެންދިޔައެވެ. ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހައިލުމަށްފަ އެހުރިގޮތަށްހުރީ ރާއިދް ވާހަކަދައްކާނޭ އިރެއްގެ އިންތިޒާރުގައެވެ.

“ކަލޭ ލަދެއްނުގަނޭތަ ތިހެން މީހަކު ފެންނައިރަށް އައިސް ގަޔަށް ބޮލަށް އަރާކަށް؟” ދަތްކުނޑި ވިކައިލަމުން ލޯއަޅައިލުމަށްފަހު ރާއިދް އަހައިލިއެވެ. ރާއިދްގެ ސުވާލުން މަލްހާގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ.

“ރާދު. އަހަރެން.” އަތުގެ އިޝާރާތުން މަލްހާ ގާތުގައި ވާހަކަދެއްްކުން ހުއްޓައިލަން ރާއިދް ބުނެލުމާއެކު މަލްހާ އޭނާގެ ޖުމުލަ ފުރިހަމަނުކޮށް ހުއްޓައިލިއެވެ. “ކޮން ރާދުއެއް. ހީކުރީތަ އަހަރެން މިއައީ ކަލޭ ބަލައޭ؟ އެހެންވިއްޔާ ތީ ކުށްހީއެއް. ހިތުން ތިޚިޔާލު ނެރެ އެއްލައިލާ.” ހަރަންބަނދެލަމުން ރާއިދް ކުޑަކޮށް މަލްހާ އާއި ދިމާއަށް ގުދުވެލަމުން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގި ރާއިދްގެ މޫނަށް ބަލަހައްޓައިގެންހުރި މަލްހާގެ ދެލޯ އިސާހިތަކު ފެންކަޅިވެގެންދިޔައެވެ.

އިސްޖަހައިލެވުނީ ކުރެވުނީ ކުށްހީއެއްކަން އިހުސާސުވުމުންނެވެ. އޭނާ ވަރިކޮށްލުމަށްފަހު ގެއިން ނެރެއެއްލައިލި މީހަކު އޭނާ ބަލައި އަންނާނެހެއްޔެވެ؟ ހިތުގައި ރިއްސަމުންދިޔަ މަލްހާގެ ހިތަށް އިތުރަށް ތަދުވީ ގޭޓުން ފަރިހިނގުމެއްގައި ވަދެގެންއައި ލިވްޔާ ފެނުމުންނެވެ. ނުރުހިފައި ލިވްޔާއާއި ދިމާއަށް ބަަލަންހުރި މަލްހާ އޭނާއަށް ފެނުނުހެނެއް ހިއެއްނުވެއެވެ. ފުޅާ ހިނިތުންވުމެއް މަލްހާއަށް ދިނުމަށްފަހު އައިސް ރާއިދްގެ އަތުގައި ހިފައިލަމުން އިތުރަށް ގާތްވެލީ މަލްހާގެ ހިތުގައި ލައިފައިހުރި ޒަޚަމްތައް އިތުރަށް ފުންކޮށްލަމުންނެވެ.

“ހޭއި ދޮންތާ؟ ކިހިނެއްތަ؟ ހާދަ ރީތި ގެއެކޭ ދޯ މީ.” ވަށައިގެން ހުރިހައި ދިމާއަކަށް ނަޒަރު ހިންގައިލަމުން ތުއިގޮތަކަށް ލިވްޔާ ބުނެލިއެވެ. ލިވްޔާގެ ސުވާލަށް ވަކިޖަވާބެއްނުދީ މަލްހާ އެހުރިގޮތަށް ހުރީއެވެ.

“ދޮންތަ އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ؟” މަލްހާ ޖަވާބެއްނުދިނުމުން މަލްހާގެ މޫނަށް ބަލައިލަމުން ލިވްޔާ އަހައިލިއެވެ. ދެންވެސް މަލްހާ އެހުރިގޮތަށް ހުރީއެވެ. ރާއިދްގެ މޫނަށް އެއްފަހަރު ބަލައިލުމަށްފަހު ލިވްޔާ އެއަތުން ދޫކޮށްލަމުން މަލްހާ އާއި ގާތްވެލައި މަލްހާގެ އަތުގައ ހިފައިލިއެވެ. ލިވްޔާގެ މިއަމަލުން ސިހިފައި މަލްހާ ލިވްޔާގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ.

“ކަމްްއޯން ދޮންތާ. ދެޓްސް ޕާސްޓް. ދެންއެކަންތައް ހިތުންފުހެލަބަލަ. ޗިލް. ޕްލީޒް. އަހަރެން މިއައީވެސް ދޮންތައަށް ނުލާހިކު އުފާވެރި ޚަބަރެއް ދޭން. އެހެންވީމަ ތިހެން ނުހުރެ ހީލަބަލަ” މަލްހާގެ އަތުގައި ހިފައިލައިގެންހުރެ ލިވްޔާ އާދައިގެ ގޮތަކަށް ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ މަލްހާ ބަލައިލީ ރާއިދާއި ދިމާއަށެވެ. ރާއިދްގެ މޫނުމައްޗަށް ވެރިވެފައިވި އުފާވެރިކަމުން މަލްހާގެ ހިތް ތެޅިލިއެވެ.

“ކޮން ޚަބަރެއް؟” ރާއިދާއި ދިމާއަށް ބަލަންހުރެ މަލްހާ އަހައިލިއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު ލިވްޔާ މަލްހާގެ އަތުގައި ހިފައިގެންހުރިއަތްނޫން އަނެއްއަތުން އޭނާގެ ކޮނޑުގައި އަޅުވައިފައިއޮތް ދަބަހުން ކާޑެއް ނަގަމުން މަލްހާއަށް ދިއްކޮށްލިއެވެ. އިރުކޮޅަކު އެކާޑަށް ބަލަންހުރެފައި މަލްހާ އޭގައި ހިފައިލިއެވެ. އެއާއެކު ލިވްޔާ މަލްހާގެ އަތުން ދޫކޮށްލަމުން ހަށަންބަނދެލުމަށްފަހު މަލްހާގެ މޫނަށް ބަލަންފެށީ އެމޫނުމައްޗަށްއަރާ ކޮންމެ ކުލަވަރެއް ދެކެންބޭނުންވެފައިހުރެއެވެ.

ތުރުތުރުއަޅަމުންދިޔައަތުން ކާޑު ހުޅުވައިލަމުން މަލްހާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ. ދެލޯބޮޑުކޮށްލަމުން ރާއިދާއި ލިވްޔާއަށް ބަލައިލީ ގަބޫލުނުކުރެވިފައިހުރެއެވެ.

“ރާދު.” ރޮވިފައި މަލްހާއަށް ރާއިދަށް ގިވައިލެވުނީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. “ކިހިނެއްވީ؟ އަހަރެން މިދިން ޚަބަރު ކަމުނުދަނީތަ؟” ރާއިދާއި ގާތްވެލަމުން ލިވްޔާ އަހައިލީ ބޮޑާގޮތަކަށެވެ.

“ހައު ކުޑް ޔޫ ލިވީ؟ ދޮންތަގެ ކުރީގެ ފިރިމީހާއާއި ކައިވެނުކުރަން ލިވީ ލަދެއްވެސް ނުގަނޭތަ؟” ހިތަށްވަމުންދިޔަ ތަދުން ކެތްނުވެފައި މަލްހާ އަހައިލީ ޝަކުވާގެ ރާގަކަށެވެ.

“ހޫމް ކޮންލަދެއް. އަމިއްލައަށް ތިބުނީނު. ދޮންތަގެ ކުރީގެ ފިރިމީހާއޭ. ހެހެ. މިހާރު ފިރިމީހާއެއްނޫނެއްނު. ސޯ އަހަރެމެން މެރީކުރަން ކޮންލަދެއް ގަންނަންވީ؟ އެހެންނޫނަސް ވީ ލަވް އީޗް އަދަރ. ދެން” ލިވްޔާއަށް އެހިސާބަށް ބުނެވުނުތަނާ މަލްހާގެ އަތުގެ ހޫނު ހަމަލާއެއް އެކޯތާފަތް މައްޗަށް އަރައިގެންދިޔައެވެ. ގަބޫލުނުކުރެވިފައި ލިވްޔާ ކޯތާފަތުގައި ފިރުމައިލިއެވެ.

“ޚަބަރުދާރު މަލްހާ. އަހަރެންގެ ވާންއުޅޭ އަނބިމީހާގެ ގައިގައި ކަލޭ އިނގިލިކުރިވެސް ޖައްސައިލައިގެން ނުވާނެ. އަހަރެން އޭރުވެސް ބުނީމޭ ލިވީ ގާތު މިއަންހެނާއަށް ދައުވަތުދޭން އަންނާނެކަމެއްނެތޭ. އަދި ލިވީގެ ހެޔޮކަމުން ދައުވަތުދޭން އައިމަ އެހުރީ ކަންތައްކުރިގޮތް. ޗި.” ލިވްޔާ ގަޔާއި ގާތްކޮށްލަމުން ނުރުހިފައި ރާއިދް މަލްހާއާއި ދިމާއަށް އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. އޭރު ލިވްޔާގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ފާޑަކަށް މަލްހާގެ މޫނަށް ބަލަންހުރެ ލިވްޔާ ކަރުނަ އޮއްސަމުންދިޔައީ ހަމައެކަނި ރާއިދަށް ދެއްކުމުގެ ގޮތުންނެވެ. އޭނާގެ އެ ޕްލޭން ކާމިޔާބުވެސް ވެއްޖެއެވެ. ބޭނުމަކަށްވީ މަލްހާދެކެ ރާއިދް އިތުރަށް ފޫހިކޮށް ރުޅިއަރުވައިލުމެވެ.

“އެހެންވީއިރު ކަލޭގެ ތިވާންއުޅޭ އަނބިމީހާ ގޮވައިގެން އަހަރެންގެ ދެލޯކުރިމަތިން ހަމަމިހާރުދޭ. ތިދެމީހުންކުރެ އެކެއްގެ ސޫރަވެސް ދެކޭކަށް އަހަރެން ބޭނުމެއްނޫން. ކަލޭމެން ކުރަންއައި ކަންތައް ވެއްޖެއެއްނުދޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންނަށް ދައުވަތުދޭން އައިސްދިނީތީ. ދެން ދޭ. މިހާރު މިވަގުތު.” ގޭޓާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ރޮވިފައި މަލްހާ ހަޅޭލަވައިގަތެވެ. ރުޅިއައިސްފައިހުރިވަރުން މަލްހާ ތުރުތުރުއަޅަމުންދިޔައެވެ. ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔަނަމަވެސް އެވަގުތު އެކަރުނަތައް ހުއްޓުވާކަށް އޭނާ ބޭނުމެއްނުވިއެވެ.

“ހުއް. އަހަރެން ނުއުޅެން އެހެންނޫނަސް މިތާގަ ހުންނާކަށް. ހިނގާދާން ލިވީ.” ލިވްޔާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން މަލްހާއާއި ދިމާއަށް ލޯއަޅައިލުމަށްފަހު ގޭޓާއި ދިމާއަށް ރާއިދް ހިނގައިގަތެވެ. އެމީހުންގޮސް ގޭޓުން ނުކުންނަންދެން އެދިމާއަށް ބަލަންހުރި މަލްހާ އެމީހުން ދިއުމާއެކު ވަގުތުން ހުރިދިމާއަށް ތިރިވިއެވެ. ރޮމުން ގިސްލަމުން އަތުގައޮތް ކާޑަށް ބަލަންއިނުމަށްފަހު ހަޅޭލަވައިގަންނަމުން ކާޑު ވީދައިކުދިކުދިކޮށްލުމަށްފަހު އުކައިލިއެވެ. އެކާޑުގެ ވީދިފައިވި ކުދިކުދި އެތިކޮޅުތަކާއެއްކޮށް ރާއިދްވެސް މުޅި އުމުރަށް އެދިރިއުޅުން ނެރެއެއްލައިލެވުނުފަދައެވެ. ދެންއިތުރަށް އެހަނދާންތައް އާކޮށް ކަރުނައޮހޮރާކަށް މަލްހާ ބޭނުމެއްނޫނެވެ. އެމީހުންގެ ހިތުގައި އޭނާއާއި މެދުގައި ކުޑަވެސް ރަހުމެއް އޮތްނަމަ މިހެންކަންތައް ނުކުރީހެވެ.

ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަލްހާ ތެދުވިއެވެ. އަދި އަމިއްލަ ނަފުސް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ގެއަށް ވަނުމަށްޓަކައި އެނބުރިލިއެވެ. އެވަގުތު އޭނާއާއި ދިމާއަށ ފެންކަޅިވެފައި ބަލަންހުރި ޔާނިކް ފެނުމުން މަލްހާ ހުއްޓުންއަރާގޮތްވިއެވެ. ހައިރާންކަމާއެކު ޔާނިކާއި ދިމާއަށް ބަލަމުންދިޔައީ އެދެލޮލުން އެހެންނާ ނުފެންނަ އަސަރުތަކެއް ފެންނަހެން ހީވުމުންނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޔާނިކްގެ ފުންދެލޮލުން ކަރުނަ ފައިބަމުންދިޔައީ އޭނާގެ ހިތުގެ މަލިކާގެ ހާލު އިހުސާސުވުމުންނެވެ. މަލްހާ ކަރުނައަޅާ މަންޒަރުބަލަން އެހިތަށް ކެތްނުވުމުންނެވެ.

“މަލް.” މަޑުމައިތިރި އަޑަކުން ޔާނިކް ގޮވައިލިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު މަލްހާގެ ލޯލިތައް ކޮޅަށްޖެހިގެންދިޔަގޮތުން އޭނާވެސް ހައިރާންވިއެވެ. މިއީކީ ދުވަހަކުވެސް ޔާނިކްގެ އަޑުޖެހިގެން މަލްހާއަށްވީގޮތެއް ނޫނެވެ.

“ޕްލީޒް ޑޯންޓް ކްރައި. އައި ކާންޓް ސީ ޔޫ ލައިކް ދެޓް. ޕްލީޒް.” މަލްހާގެ މޫނަށް ބަލަންހުރުމަށްފަހު އިސްޖަހައިލަމުން އާދޭހުގެ ރާގަކަށް ޔާނިކް ބުނެލިގޮތުން މަލްހާގެ ނިތަށް ރޫއަރައިގެންދިޔައެވެ. އޭނާ ރޮއިމުން ޔާނިކް އެހައި ދެރަވާންވީ ކީއްވެހެއްޔެވެ؟

“ކީއްވެ؟” ޔާނިކްއާ ދިމާއަށް ބަލަންހުރެ މަލްހާ އަހައިލީ ކުރެހިފައިވާ އަޑަކުންނެވެ. އޭނާ ރޮއިމުން އޭނާގެ ގާތްމީހުން ދެރަނުވާއިރު ޔާނިކް ދެރަވާންވީ އެއްވެސް ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. މަލްހާގެ އެސުވާލާއި މެދުގައި ޔާނިކް އިރުކޮޅަކު ވިސްނައިލިއެވެ. އަދި އިސްއުފުލައިލަމުން އެމޫނަށް ބަލައިލިއެވެ.

“އަހަރެން ޖަވާބު ބުނެފާނަން. އެކަމަކު ޕްލީޒް ޑޯންޓް ގެޓް އެންގްރީ.” ދެޖީބަށް އަތްޖަހައިލަމުން ޔާނިކް ބުނެލިއެވެ. އެއާއެކު އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު މަލްހާ ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.

“ބިކޯޒް އައި ލަވް ޔޫ. އައި ރިއަލީ ލަވް ޔޫ. މަލް އެންމެފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް ތިސޫރަ މިހިތުގަ ބިންވަޅު ނެގިއްޖެ.” ދުރަށް ނަޒަރު ހުއްޓައިލަމުން ޔާނިކް ބުނެލި ޖުމުލަތަކާއެކު ދެލޯބޮޑުކޮށްލަމުން މަލްހާ ދެފަރާތަށް ބޯހޫރުވައިލިއެވެ.

“އެކަމަކު އަހަރެން.” ބުނާނެ އެއްޗެއް މަލްހާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނާ ދޭނީ ވަކިކޮންޖަވާބެއްހެއްޔެވެ؟ ޔާނިކްފަދަ ޒުވާނަކު ލޯބިވާން އޭނާއަކީ ކާކުހެއްޔެވެ؟

“ޔާނިކް. އަހަރެން.. އަހަރެން ކިހިނެއް؟ އަހަރެންގެ ދަރިއެއްވެސް އެބަހުރި.. ޔާނިކްއަށް އަހަރެންނަށްވުރެ މާރީތިކުދިންވެސްވާނެ. ކީއްވެ އަހަރެން؟” ދެއަތްދެއަތާއި މޮޑެމުން މަލްހާ ބުނެލީ އުނދަގޫ ގޮތަކަށެވެ.

“ހެހެ. އަހަރެންގެ ހިތް މަލްދެކެ ލޯބިވީ ތިހުރިހައި ވަރެއް ބަލައިފައެއްނޫން. ރަނގަޅު. އަހަރެންނަށް ކިތަންމެ ގިނަ ކުދިންނެއްވެސްވާނެ. އެކަމަކު އެހުރިހަައި ކުދިންގެ ތެރެއިންވެސް އަހަރެންގެ ހިތް ހޮވީ މަލް. ތެދަށްބުނާނަމަ އަހަރެން މަލްދެކެ ލޯބިވީއިރު ނޭނގެ ތީ މީހެއްގެ އަންބެއްކަމެއްވެސް. އެކަމަކު އެނގުނުފަހުންވެސް މިހިތަކުން ތިސޫރައެއް، ތިލޯތްބެއް ނުފިލި. ދުވަހަކު ނުވެސްފިލާނެ. ދެން ކުއްޖެއްހުންނަ ވާހަކަ ދޯ. މަލްދެކެ އަހަރެންގެ މިހިތް ވީ ލޯބި އެތުއްތު ފުރާނަދެކެވެސްވޭ. ޔެސް އައި ލަވް ހިމް ޓޫ.” ފުރަތަމަ ފަހަރަށް މަލްހާގެ ކުރިމަތީގައި ހިތުގެހާލު ބަޔާންކޮށްލެވުމުން ޔާނިކްއަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއްލިބުނެވެ. އެހެނަސް ޔާނިކްގެ ވާހަކަތަކުން މަލްހާގެ ހިތުގައި ބޮޑު ހަައިޖާނެއް އުފެދިގެންދިޔައެެވެ. ބުނާނެ އެއްޗެއްނޭނގި ގަބުވެފައި އޭނާއަށްހުރެވުނީ އެހެންވެއެވެ.

“މަލް. ސޭ ސަމްތިން. އަހަރެންނަކަށް ކެތެއްްނުވޭ މަލް ތިހާލުގައުޅޭތަން ދެކޭކަށް. އަހަރެން ބޭނުން ތިމޫނުމައްޗަށް އަލުން އެއުފާވެރިކަން ގެނެސްދޭން. އަހަރެންނަށް އެފުރުސަތު.” ޔާނިކްގެ ވާހަކަ ފުރިހަމަނުވަނީސް ރޮވިފައި ގެއާދިމާއަށް މަލްހާ ދުއްވައިގަތެވެ. މަލްހާއަށ ގޮވައިލަމުން ޔާނިކް މަލްހާދިޔަ ދިމާއަށް އެނބުރިލީ ކަންބޮޑުވެފައި ހުރެއެވެ. ބުނަން ނުޖެހޭވަރުގެ ވާހަކައެއް އަނެއްކާ އޭނާއަށް ބުނެވުނީބާވައެވެ؟ މަލްހާ އޭނާގެ އެދުމަށް ފުރަގަސްދިނީ ހެއްޔެވެ؟

ނުބައި ޚިޔާލުތައް ސިކުނޑިއަށް ވެރިވާންފެށުމުން ޔާނިކް ދެފަރާތަށް ބޯހޫރުވައިލަމުން އުޑާއިދިމާއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ފަޒާއަށް ދޫކޮށްލިއެވެ. އެހައި ހިތްވަރުކޮށްފައި އެހިތުގެ ހާލު މަލްހާއަށް އަންގައިދިނުމުންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެންނެތީހެއްޔެވެ؟ މަލްހާދިޔަ ގޮތުން އިތުރަށް މަލްހާގެ ފަހަތުންދާކަށް ޔާނިކްއަކަށް ނުކެރުނެވެ. އެހެންކަމުން ގެއާއި ދިމާއަށް އިރުކޮޅަކު ބަލަންހުރުމަށްފަހު ޔާނިކް ގޭޓާއި ދިމާއަށ ހިނގައިގަތެވެ.

** ** **

ކޮޓަރިއަށް ވަނުމަށްފަހު ބާރަށް ދޮރުލައްޕައިލަމުން މަލްހާ ހުރިދިމާލުގައި އިނށީދެ ދެއަތުން މޫނު ފޮރުވައިލަމުން ގިސްލަގިސްލައިފައި ރޯންފެށިއެވެ. ޔާނިކްގެ އޯގާތެރި ބަސްތަކުން ޒަޚަމްވެފައިވާ ހިތަށް މާބޮޑަށްވެސް ތަދުވީއެވެ. އެފަދަ އޯގާތެރިކަމަށް ފެންބޮވައިގަނެފައިހުރި ނަމަވެސް މަލްހާ ޔާނިކް އާއި ގުޅޭނީ ކޮން ހައިސިއްޔަތަކުންހެއްޔެވެ؟

އެއީ އޭނާގެ ވެރިޔާއެވެ. ޔާނިކްއާ މެދުގައި މަލްހާއަށް ދުވަހަކުވެސް އެފަދަ ނަޒަރަކުން ދެކެވިދާނެ ހެއްޔެވެ؟ މަލްހާއަށް ދުވަހަކުވެސް ޔާނިކްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ އެހިތުން ރާއިދް ނެރެލުމަށްފަހު ޔާނިކްއަށްޓަކައި ޖާގައެއް ހުސްކުރެވިދާނެހެއްޔެވެ؟ ނޭނގެއެވެ. ހަމަ އެކައްޗެއްވެސް ނޭނގެއެވެ. ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. މަލްހާއަށް ދެލޯމަރައި ބާރުކޮށްލަމުން ހިތާއި ދިމާލުގައި އަތުން ފިރުމައިލެވުނީ ހިތަށް ކުރަމުންދިގަ އަސަރުންނެވެ.

** ** **

ތަޙައްޖުދު ނަމާދުކޮށް ނިންމައިލުމަށްފަހު ދެއަތް އުފުލައިލަމުން ޔާނިކް ދުޢާކުރަންފެށިއެވެ. އޭނާގެ ލޯބި ކާމިޔާބުކޮށްދެއްވުންއެދި ދުޢާކުރަމުންދިޔަ ޔާނިކްގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަފައިބަމުން ދިޔައެވެ. މަލްހާ އޭނާގެ ވާހަކަތަކަށް ވަކި ޖަވާބެއް ނުދޭތީ އެހިތްވަނީ ހާސްކަމެއްގެ ތެރޭގައެވެ. އެހެނަސް އޭނާ ﷲ އަށް އިތުބާރުކުރެއެވެ. ކޮންމެ ކަމެއްވެސްވާނީ އެންމެ ރަނގަޅަށްކަން އެހަނދާނުގައި ްއަބަދުވެސް ބަހައްޓައެވެ. އެހެންކަމުން ނަމާދުކޮށް ނިމުނުއިރު އެހިތަށްވަނީ ވަރަށްބޮޑު ހަމަޖެހުމެއް ލިބިފައެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ތެތްފިނި ވައިފޯޅިތައް ޖެހެމުންދިޔަގޮތުން ހަށިގަނޑަށް ލިބެމުންދިޔައީ ތަފާތު އަރާމެކެވެ. އޮފީހަށްދާން ތައްޔާރުވެގެން ކުޑަދޮރުކައިރީގައި އުޑާއި ދިމާއަށް ނަޒަރު ހުއްޓައިލައިގެންހުރި ޔާނިކް ފުންނޭވާއެއްލަމުން ކޮޓަރިން ނުކުނަން ހިނގައިގަތެވެ. އުޑުމަތި ބަނަވެފައިވީގޮތުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެންނެވެ.

ސިޑިން ފަރިތަކަމާއެކު ފައިބަމުންދިޔަ ޔާނިކް ސިހުނީ ލުތުފީގެ އޯގާތެރި އަޑުންނެވެ. އެތައް ދުވަހަކަށްފަހު ބައްޕަ އެހައި ލޯބިން ގޮވައިލުމުން އުފަލުންގޮސް ޔާނިކްގެ ހިތް ފުރުނެވެ. އެދިމާއަށް ހިނގައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ޔާނިކްއަށް އޭނާ ގާތުގައި އިނށީނުމަށް އިޝާރާތްކޮށްލުމުން ކިޔަމަންތެރިކަމާއެކު ޔާނިކް ލުތުފީއާއި ޖެހިގެން އިނށީނެވެ. ޔާނިކްގެ މޫނަށް ބަލަންހުރުމަށްފަހު ހިނިތުންވެލަމުން ލުތުފީ ދުރަށް ނަޒަރު ހުއްޓައިލިއެވެ. “ބައްޕަ އެބައޮތް ދަރިފުޅާ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސީރިއަސް ރާގަކަށް ލުތުފީ ބުނެލި ޖުމުލައާއެކު ޔާނިކްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެހެނަސް…(1)

Next

ޝީން (ފަންސަވީސްވަނަ ބައި)

Next
March 26, 2018

ޝީން (ފަންސަވީސްވަނަ ބައި)

Previews
March 26, 2018

އެހެނަސް…(1)

55 Comments!

  1. Nau says:
    March 26, 2018 at 6:21 pm

    Salaam all.. Hope u all like this part too.. Point out the mistakes for me.. Sry knme kuhjehge comment ah vakin rep nukureveythy.. M really v v v bxy nw.. Btw thanks all.. For everythn.. ❤.. Nxt part up vaany in sha allah wednesday ga.. Sry to say this.. Bt nw kanthah dhaa gothun midhauvaskolhu bxy kamun mihen change kuran majboor vy.. I hv no other choice.. Oih nama migothah change nukurymus. Tday ahfahu mi stry up vaany knme two days in one day ga.. Sry all.. Hope u guys will kyp waiting.. Thanks again all.. Ly❤

  2. Coco says:
    March 26, 2018 at 6:27 pm

    Haadha kurey. Ekm story is awesome masha allah

  3. Asha says:
    March 26, 2018 at 6:27 pm

    Yeyyy me first

  4. Jenna says:
    March 26, 2018 at 6:28 pm

    Varah reethi

  5. Pinky says:
    March 26, 2018 at 6:29 pm

    Haadha dhigu inthixaareh kurevihjey
    Any ways v v v nice
    Ekum thun kolheh dhigukohdhyy

  6. Unknown says:
    March 26, 2018 at 6:30 pm

    Mashaa Allah. Varah furihama

  7. Yun says:
    March 26, 2018 at 6:31 pm

    Haadha lahey up vaaleh.. Mivarun vaahaka nuliyuniyaa rangalhu vaanee.. Dhen kameh dhimaavedhaane kanves ingey konme dhuvahaku nubunyas.. Ekam up kuraairu thankolheh dhigukoh vaahaka up kohlaanamaves rangalhu.. Vv foohi??

    1. Aani says:
      March 26, 2018 at 8:05 pm

      maybe she is busy …
      you will know how heard it is when you become a writer …
      shes doing a amazing job and i guess shes doing the best she can..
      so please be grateful….

    2. lol says:
      March 27, 2018 at 10:38 am

      yeah exactly haadha kureyh dwh. ebunaahn bxy vedhaane ekm ehaa laskohlaafa up kuraairu dhefolhu vatheh noonehnun gennaanyh fukeh bodu varu mee dn mivarun vaahaka nuliyuneema venun

  8. EHLEE says:
    March 26, 2018 at 6:32 pm

    Wow v reetih. Ehkamu haadha kuhreyy.????

  9. Mia says:
    March 26, 2018 at 6:33 pm

    Mihaalahun upvaairu thankolheh dhigukoh vaahaka up kohdhybala.. Varah kos koh midhany

  10. Eliin says:
    March 26, 2018 at 6:36 pm

    It’s too short..bt nice?..when next part..waiting

  11. Ishoo says:
    March 26, 2018 at 6:41 pm

    Mibaiws v v v v v v v v v v reethi

  12. Pinky shifoo says:
    March 26, 2018 at 6:52 pm

    Wow ❤️❤️❤️… As usual mi part vx v v v reethi ???… Superb ???… Hama heevanee loa kurimathyga hingaa manzaruthakeh henn ???… I can understand Nau ???… So I will be waiting till you upload the story ???… Keep up the good work Nau ???… Lots of love and take care ❤️❤️❤️??????????????????

  13. shaan says:
    March 26, 2018 at 6:57 pm

    nice

  14. Anonymous says:
    March 26, 2018 at 7:06 pm

    haadha lahun thi up kuree varah reethi kiyaahithun kehveekee nooney?????????????

  15. Sana says:
    March 26, 2018 at 7:07 pm

    Alhey nau daily koh up koh dheveekah hama neh tha???????????
    Varah sad vehje daily koh up kohnudheythee! I know you are also busy but Nau Haadha reehchey story ?
    Ok Wednesday but not varah varah ok?
    Mi part varah kuru ?
    Kudakoh dhigukohlan feney! Story varah reethi
    Keep going Nau????

  16. Shann says:
    March 26, 2018 at 7:07 pm

    Anehka khon vaahakeh baa mifaharu yaanik ge dad dhahkan e ulheny… Raaidh n Livyaa ah rangalhu landeh dheythi igey nau… Haadha fonyey e dhemyhun… Alhe haadha ryhchey nau ge khonme story eh ves n v asarugadha… Khonme manzarehves haadha furihama koh ebahuhttey genesdhyfa… Hama rohvaalaifi mibai inves… Nau ge khonme story eh ves kiyaalan haadha faseyhaey… Bunan ulhey ehcheh neyngigen ulheykah nujehey… V ves furihamey buneveyny…

  17. Any says:
    March 26, 2018 at 7:14 pm

    V reethi mibaives

  18. Loabi says:
    March 26, 2018 at 7:16 pm

    Thankolheh kuree.n anehkaves lasvaagoi dhw mi dhimaavee.haadha dheraey.

  19. Vaanuva says:
    March 26, 2018 at 7:17 pm

    Mivarun vaahaka nuliyeba dhw… life ga dhimaa vaane kanthah ves.. ekam mashah egey 24 gadi iru phoanaa kulheyne kan.. hama liyan vynu dhw vaahaka.. n v v kuru mi partves.. ekam reyga buni dhigu kuraanamey.. thi ohseny mihaaru dhen..

    1. Nau says:
      March 26, 2018 at 8:11 pm

      Nuney allah iraadha kurehvihyaa nueh ohseyne.. Alhugandu bunelan beynunvany dhimaavegen miulheny 24 hrs phn hifaagen ulhevey varuge kameh nooney.. Tbh i dnt touch my phn like that ehaa ginain nw.. Nrmally life ga dhimaavaa kahala kameh noon dhimaavegen miulheny.. Its nt nrml.. Nt al hv to face such thns.. So say alhamdhulihlaah.. Dnt wry alhugandu two days in one day ah chnage kuryvx part thah shrt vyma ekmaaa hihhama nujeheythy.. Two days in one day ga gennanyaa in sha allah lng part geneveynethy.. I wnt let my readers down in sha allah.. M sry for everythn..

  20. Queen angela? says:
    March 26, 2018 at 7:24 pm

    V reethi..Masha Allah..Alheyy..e Livy gandu haadha gotheh fotheh nuhureyey..adhi mal ah invite kuran ayeynun…? Varah foohi..aabidhaamen lolah mirus fen elhifathaaa..handhaanun nufilaavaruge bondieh dheythi livya mennah..?

  21. Zoo says:
    March 26, 2018 at 7:26 pm

    Vvv reethi

  22. lotus says:
    March 26, 2018 at 7:31 pm

    OMG..finaly yaanik confesd his feelingd for mal dho.. haadha salhi ey mi story.. kiyaa hithun kehmadhuvefa.. 2 days ge inthizaaru vx heevaanee dhe garunuhen?hehe.. i understand huraa emmen vx life ga kuraane baivaru kantha hunnaane.. ?keep up the good work nau?

  23. Mona says:
    March 26, 2018 at 7:35 pm

    Mihaaru 2 days in one day up vaany yo..dhen vaany haftha aku eh faharu…eyge fahun thyna gehleyne…heyo up nukuriyas….beykaaru haasaru…2 thin positive coment libuny ma mi konme writer akuves asmaan ga ulheyniii

    1. Nau says:
      March 26, 2018 at 8:04 pm

      Mee kee haasareh noon.. Mi comment ah rep kurun important hen fyl vyma mihen ulhenunvx mikury.. Bunaa day ah up kuraanan.. Hafthaakau ehfaharu up kuraa hisaabah in sha allah nudhaane.. Two days in one day ga up kuran jehuny dhimaavegen miulhey kamuge sababun.. Mi ee kee kuda kameh noon.. Well i cnt say wat m going thru in a public site like this.. So m sry.. Ekm Allah molhah dhenevodigenvey alhugandah dhimaavegen miulheny kameh.. Its ok evn if u dnt blv.. My lord knws m nt lying abt anythn.. Kithanme lng koh upkuran beynun viyas vagutheh nuvey.. Ingey knme day aku v lahunkan up kureveny n ehaa shrt koh kanvx. I neva did this.. So i also dnt fyl gud abt it.. Ehnve two days in one day ga up vaagothah change kury.. Daily koj up kuraairu maa kurukoh kureveythy.. Sry abt it

    2. Queen angela? says:
      March 26, 2018 at 8:18 pm

      Nau is trying her best…lng kon up kuran but she’s going through a hard time..you should be thankful to her Evaru kohdheytheeves..lern something..u can’t imagine those when you are not going through those things.

    3. Orchid says:
      March 26, 2018 at 11:28 pm

      Heyonuvaane Kimmel saanakahvess imthihaan thakaa kurimathivaane.. kaitherikameh hamanetheetha.. mivaahaka thakuga ulheymeehunahvure kaleymenkanthah mashah maabodu..

  24. Kiyuntheriyaa says:
    March 26, 2018 at 7:52 pm

    Vaahaka vrh reethi. Vrh unique concept eh. Ekam lahun up vaairu maa kuree. Kameh nuvanees episode nimey. So mikanthah rangalhu kolliyyaa kiyuntheringe ehbaarulun ves furihama gothuga libeyne. Ummeedhu kuran dhen up vai bai miah vure dhigu vaane kamah.!

  25. Queen angela? says:
    March 26, 2018 at 8:10 pm

    Dhen thivaru meehun vaahaka nukeema nimuniinun..dhedhuvahah kehtheri kameh nuhure..shukuru veri vebala ehaaluga ves nau vaahaka up koddhey kamahtakaa..thi meehunnah ekahala kameh medhuveri v MA ihusaas kureveynii..like livya n raaidhah mal GE feelings understand nuvaahen..

    1. lol says:
      March 27, 2018 at 10:45 am

      yeah exactly haadha kureyh dwh. ebunaahn bxy vedhaane ekm ehaa laskohlaafa up kuraairu dhefolhu vatheh noonehnun gennaanyh fukeh bodu varu mee dn mivarun vaahaka nuliyuneema veenun

  26. Aani says:
    March 26, 2018 at 8:10 pm

    woww.. varah reethi mi part vexx.
    and i know its a heard job
    dont listen to haters .. listen to me..
    you are an amazing writer maasha allah..
    and keep doing what you are doing and never step back and never give up..
    i will love you and be with you always .. …

  27. Friends says:
    March 26, 2018 at 9:15 pm

    Aslu friends qabool kuraa gothu ga konme meehaku kamugai viyas e varah thedhu bunyma vaane qabool kuran.konme meehakah vex konme fadha kameh dhiymaa vedhaane e kan vaane qabool kuran.masha allah stry v nice.thiya kuraa mashahkah ufalaa eku balaa gannan.keep it up.
    Waiting 4 nw part. Alhugadu ge dhuaa aky thi kan avas musthagu baleh gai hahluvub. Insha allah. Gud nyt dear.?????

  28. Manje says:
    March 26, 2018 at 9:19 pm

    maaikalaako nau akyves insaaneh dhw . baeh myhun haadha rude ey dhw .thidhen boduvaru dhw .kameh vedhaane dhw hama . hama cosveheje? baeh kudhin ge comment kiyaafa . insha allah hurihaa kamehves rangalhuvaane nau . Nau ah dhimaavegen thiulhey kamuga nau ah hivvaru dhevvaashi !!Aameen ☺. kehtherinnaa eku allah vodigen vani . ehen myhun ihusaas thah dhanegen kanney dhuniyeyga ulheveyny . nau vaairakun nau story up kure . ekaku nukiyas insha allah manje kiyaanan . ☺

  29. aphro grl says:
    March 26, 2018 at 10:08 pm

    cmmnt nukuriyas mi vaahaka abadhuves kiyan.. Mi ee v v rythi vaahaka eh.. Kurukan ves engey..ekam a e massalaeh kamah nudheken.. mithaa negative cmmnt thah koffa huri beyfulhunnah bunelan .. hurihaa kamaky thima emme hiy edhey gothah hingaane kankameh noon.. Hurihaa kameh thima hiy edhey gothah hunnan jeheykamah gaboolu kuraany v fykalha myhun.. Nau ge masahkaiy appreciate kuran bayakah neyngumy nau ge massala eh noon.. Efenvaru ge beyfulhun amillafulhah vaahaka liyegen vidhaalhuvaan v noonthoa?.. Amillayah ves kameh vanyky noon ehenmyhaku bura masahkathun kohdhinyma balai gannan engenyky ehves noon.. Komme myhakahves emyhehge khiyalu faalhu kureveyne.. Ekam thi ee fukeh boduvaru..

  30. lotus says:
    March 26, 2018 at 10:15 pm

    I may b saying such a thing cox m just a young teenage girl but isnt this too much.. hin hama nujehunas nau aa dhimaala thivarah ehchihi nukiyaa reethiko buneveyne dhw.. my opinion ga ragalhu gothakee” kithamme nuruhunas, gos koh kameh kuriyas, kusheh kuriyas rulhi is nukoh madu maithiri kamaa eku bunaa eh che bunun” i dnt even know who on earth is nau but feel realy sad wen some people say such things to her?.. its not a good thing to talk that way abt others.. just sharing my thoughts.. my sincere apologies if m being rude.. “

  31. Juvey says:
    March 26, 2018 at 10:35 pm

    I believe you .nau doonee. .also i will wait ..dont think about them who dont understand you ..

  32. Niu says:
    March 26, 2018 at 10:51 pm

    Thankiu nau
    Thihaaa bodu kameh dhimaa vegen ulhey iruves konmeves varakah vaahaka up kuraathy
    U ve done a grt job
    Keep going????
    Thiy dhim vegen ulhey kamakun avahah salaamah kuravvaaahi
    Aameen
    ?????

  33. Think says:
    March 26, 2018 at 11:17 pm

    V reethi. Ekam varah hama nujehey thankolheh in. Livy mn merry kuran mal n livy ge mom n dad ok vyma. Aabidhaa e livya ge mom ah ve hure varah hynuvey kurin e myhun ge dhariyakaa merry kohfa huryma raidh aa ok vaane hn. Mom n dad ok vyma story hama nujeheny. Thi bunaa hn loa maraafa ithubaareh nukuraane hn hyvany mom n dad aa dhe myhun. Mal aa raidh kurin merry kuryma. V hama nujehey thankolheh mi.

    1. Nau says:
      March 27, 2018 at 5:00 am

      Yes thats ryt.. Bt e ee hama haqeegathugavx kanthah vefa oih goi.. Before also i tld that, e part e ee based on a true story ey.. Thats wat hppned.. ?

  34. Axy says:
    March 26, 2018 at 11:30 pm

    ????????????
    Nau Thanks ❤ ❤ ❤ ❤
    V V reethi mi part ves ☺☺☺
    ??????
    . Alhey v v dhera vejje gabool kuran jehey hagee gatha key komme meehakah ves kam kamaa dhimaa vaane aa
    ekimeehunah dhimaavaanee ekivarugee kanthakaa e gothun mi vaguthu mee nau ge haalathu gabool koh nau ah hiyyvaru dheyvi vaguthu
    Adhi nau ge vaahaka kiyun therin ge haissiyyathun
    ????????????
    Nau gaathuga bunelan beynun vanee vaahaka genes dhey varu kuru hen heevanee vaahaka hama reethi veema ey ?????Nau ge vaahaka ???thah ossigen nudhaane iraadhakurey viyya ☺☺☺☺☺☺☺☺☺☺☺
    ekam othee yageen kohdhee fa hafthaa aku1 dhuvahun viyas vaahaka nimma dheefa othee ?????????Nau ge thi hiyyvvarah hama saabas ???????????? heekuran hurihaa kiyun therin faraathun nau ah hiyyvaru libeyne kamah ????????????????????

  35. Aisha says:
    March 27, 2018 at 12:02 am

    Wow salhi

  36. Luba says:
    March 27, 2018 at 12:40 am

    Miihun ge personal life aa dheytherey ehchihi nubuneba dhw …. nau dheke thiha fuuhi vanyaa nau ge vaahaka nukiyaba… ? hama gaimuves luba kiyaanan … n nau insha allah hurihaa kamehvea ragalhu vaane ?

  37. Allah Rifu says:
    March 27, 2018 at 8:21 am

    Masha Allah …v rythi mi prt vx…??
    Keep it up nau ….

  38. neha says:
    March 27, 2018 at 9:43 am

    Yun…thee haada kehtherikamehves ne kuhjeky dhw.foohivanyaa nukiyaaba.

  39. Mal says:
    March 27, 2018 at 1:16 pm

    Masha Allah..nice story

  40. aakko says:
    March 27, 2018 at 8:32 pm

    vaah reethi story .can you helpm e story up nukohlevigen mi ulheny kon part akawq fithiimatha up vanee

  41. neha says:
    March 28, 2018 at 11:32 am

    Nau alhe haada reechy v molhu enge vaahakaliyan.thigothuga kuriyahdy…?????

  42. neha says:
    March 28, 2018 at 11:42 am

    Lol end mona thidemeehunnakah ehemmeehunge ehsaasthakah gadarkuraakah nynge..nuvithaakah duniyege kanthah thah ekimeehunnah ekiduhu ekigothah dimaavedaanekanves gabhool kuraakahnynge anehkaa kehtherikamuge kudaves zarrehge minvaruves thimeehungene …theetha thimeehunge maen bafaen din tharubiyyathakee.nikan ehenmeehunnaa dythery funkoh visnaba.thimaayah ekanyehnoony kanthakaa dimaavaaneeky. Kithamme molhah kithamme baaruminuga vaahakaliyaakuhjakas hynukuraafada gothakahves kamehdimaavegen evaahakaeh huttaalanves jehidaane …den ehisaabun ekujaayaadimaalah thimaage dulah aahae ehchehkiyaa falhyhakoh hadaa mehaa aee emme molhumeehaa kamah hykuraneetha?v foohivaa vahtharuge baehthee.

  43. tom says:
    March 28, 2018 at 11:54 am

    v furihama vaahaka genesdygoe…den bunelan meehakukiyaahaa echakah balaanekamenne kameh meehakahdimaavaaneekee bunefakaanoon ..mifada kameh lol adi mona ahves dimaavesdaane ..vaahaka kiyaahivvaakudinnah kithamme digukoh vaahakaliyunas heevaane v kuruhen aee kiyaahivefa hunnavarun ..ehenveema ehaabodu massalayakah evveskameh nehediyyaa rangalhuvaanee.hinhamanujehy meehakuviyyaa vaahaka nukeemanimunenu.nau evves kuhjakah majbhoorhnukury vaahaka kiyaashy kiyaafakaa denkonkameh.

  44. yoohaa says:
    March 28, 2018 at 3:07 pm

    alhey mee haadha nice stry ekey yaanik and malha dhemeehun avahah gulhuvaa thi raaidhuah kulhi dhahkan vaane

  45. މަރީ says:
    March 28, 2018 at 3:15 pm

    ތި ލިވިޔާ ތީ ހާދަ ގޮތެއް ފޮތެއް ނެއް އަންހެނެކޭ ކާވެނި ހަރާމް މީހަކާއި އެކީ އުޅުނު އިރު ހިތަށް އެކެއްޗެއްވެސް ނާރާދޯ ކޮންމެ ގޮތެއްވިޔަސް އިދެގެން އުޅުނު އިރު ވަގުތީ ގޮތުން ކާއިވެނި ހަރާމް ވާނެ ދޯ

  46. Waitin says:
    March 28, 2018 at 5:22 pm

    koba.. haadha waiteh eba kuramey.. avahah up kohla dheeba.. 2 days mivany dhw mihaaru

  47. Kooji says:
    July 1, 2018 at 10:13 am

    salhi

Comments are closed.

Next Episodeތަޤްދީރު (24)←


All Right Reserved!