Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (5)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 20, 2018 11 Mins Read
36 Comments

އެ ކުއްޖާ ފެނި އޭނާގެ ހިތަށް ގޮތެއްވެގެން ހަމަ ގައިމުވެސް ހިނގައްޖެއެވެ. ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ މިހެންވެހެއްޔެވެ؟. އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވެއެވެ.

*****

އެ ދުވަހުގެ ހަނދާންތަކުން އޭނާ އަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ނިދުމުގެ ބަދަލް ގައި އޭނާ ތެދުވެ ނަމާދަށް ދާން އަވަސްވެގަތެވެ.

————–

އަނެއްދުވަހު ހެދުނު އޮފީހަށް ދާން ރާސިލް ތައްޔާރުވަމުން ދިޔަ އިރު އާދައިގެ މަތިން އައިލީޝް އޭނާގެ ހަރަކާތްތަކަށް ބަލަން އިންތަން ރާސިލް އަށް ފެނުނެވެ. އޭނާ އައިލީޝް އަށް ވަށް ކަޅިން ބަލާލިއެވެ. އެއާއެކު އައިލީޝް ދުރުބަލާލިއެވެ.

އައިލީޝް ކިތަންމެ ވާހަކަ ދައްކަން ބޭނުންވިޔަސް ރާސިލް ގެ ފަރާތުން އޭނާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ރާސިލް އާ ވާހަކަ ދައްކަން ބޭނުންނުވީއެވެ. އެހެން ނަމަވެސް ކެތް ކުރެވުނީ ވަކި ވަރަށެވެ. ފޯން ނަގާ މެސެޖް އެއް ލިޔަން އޭނާ ފެށިއެވެ. އަދި ރާސިލް ގާތަށް ގޮސް ޑްރެސިން ޓޭބަލް މަތީގައި ފޯން ބޭންދީ އެނާ އާ ދިމާލަށް ބަލާލަމުންނެވެ. އެއާއެކު ރާސިލް އަށް ވެސް އައިލީޝް އަށް ބަލާލެވުނެވެ. އިތުރު އެއްޗެކޭ ނުބުނެ އައިލީޝް ކޮޓަރިން ބޭރަށް ނުކުތެވެ. އޭނާ ދޮރުގެ އެއްފަރާތުގައި މަޑުކޮއްލާ ވަށްކަޅިން ކޮތަރިތެރެއަށް ބަލާލީ ރާސިލް އެ މެސެޖް ކިޔާތޯއެވެ. ރާސިލް ފޯން ނެގިތަން ފެނިގެން އޭނާ ފުންނޭވާއެއްލާ ތިރިއަށް މިސްރާބްޖެހިއެވެ.

ރާސިލް އަށް އައިލީޝް އެތާ ހުރިކަން އެނގެއެވެ. އެ މައުސޫލް ކުއްޖާގެ ކުށެއްނެތް ކަން އޭނާގެ ސަމީރު އޭނާއަށް ވިސްނަދޭން މަސައްކަތް ކުރާވަރަކަށް އެ ކަމަށް އެ ސިކުނޑި ދެކޮޅު ހަދައެވެ.

ރާސިލް ފޯން ނަގާ މެސެޖް ކިޔާލިއެވެ. “ރާސިލް…. ތިހެން ނަހަދަބަލަ… ނަހަދަބަލަ. ނަހަދަބަލަ. އަހަރެން އާދޭސްކުރާން ބޭނުން… އެކަމަކު އެ ނަސީބެއްނެތް… މި ހިތަށް ތި ގޮތަށް އަނިޔާ ދީގެން ރާސިލް އަށް ކޮން އުފަލެއްތަ ލިބެނީ… ތިހެން ކަންތައް ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތްނަމަ އަހަރެންގާތު ބުނެދީ…އާދޭސް ކުރަން… އެންމެ ފަހަރަކު މި ދެލޮލަށް ބަލާލާފަ ރާސިލް ބުނެބަލަ. މި ދެލޮލުން ރާސިލް އަށް ޓަކައި ލޯބި ނުފެނޭތަ؟. އަހަރެން ރާސިލް އާ އިނީ އެތަކެއް ފޮނި އުންމީދުތަކަކާ އެކީ. ކަޅުވިލާތަކުން ބަނަވެފައިވާ މި ހަޔާތަށް އަލިކަމެއް ލިބޭތީ އަހަރެން ކުރި އުންމީދު ދެނެ ވޮޑި ގަންނަވާނީ މާތް ﷲ… ރާސިލް… ދެރަވޭ… ވަރަށް ދެރަވޭ… އަހަންނަށް މި ޖެހޭ ހުރިހާ ކަމަކީ ހަމަ އެކަނި އަހަރެން ގެ ހުރި މި ނުކުޅެދުންތެރިކަމުގެ ސަބަބުން ވާ ކަމެއް ކަމުގައި ވަނީނަމަ…. އެ ވާހަކަ ވެސް ބުނީމަ އިނގޭނީ. އަހަރެން ނެތިން.. އުމުރު ރާސިލް ހިފައްޓައިގެން ހުންނާކަށް. ބޭނުން ނަމަ މިއަދުވެސް އަހަރެން ދޫކޮއްލާފަ ދިޔުން މައްސަލަ އެއް ނެތް” އެ މެސެޖް ކިޔާ އޭނަ އަށް ފުން ނޭ ވާއެއް ލެވުނެވެ. އޭނާ އަށް ނޭގުނު ކަމުގައިވިޔަސް އެ މެސެޖް ކިޔާފައި އޭނާ އަށް ވެސް ގޮތެއްވެގެން ދިޔައެވެ. އަސަރު ގަދަ މެސެޖެކެވެ. އެހެން ނަމަވެސް…..

އޮފީހުގައި އިން އިރުވެސް ދާނިޝް އަށް ދިޔައީ ތަފާތު އެތަކެއް ކަންތައްތަކާ ވިސްނެމުންނެވެ. އޭނަ އެ ފޮޓޯ ގަނޑަށް ބަލަހައްޓައިގެން އިނެވެ. އެހެން އިނދެފައި އެ ފޮޓޯގަނޑު މޭޒުމަތީގައި ބައިން ދަމުން އޭނާ ތިރިއަށް މިސްރާބުޖެހިއެވެ.

ރާސިލް ކެބިންގައި އިނދެފައި ފައިލް އެއް ހިފައގެން ދާނިޝް ގެ ކެބިން އަށް ދިޔައީ ދާނިޝް ގެ ސޮއި އެ ފައިލް ގައި ބޭނުންވާނެތިއެވެ. އޭނާ ގޮސް ކެބިންގައި ދެފަހަރަކު ޓަކި ޖަހާލިއެވެ. އެކަމަކު އެތެރޭން ހަބަރެއްނުވެއެވެ. އެހެންވެ މަޑުމަޑުން ދޮރު ހުޅުވާލާފައި ރާސިލް ވަނެވެ.

ކއޭނާ ފައިލް މޭޒުމަތީގައި ބެހެއްޓިއެވެ. އެނބުރިލި ވަގުތު އެތަނުގައި އޮތް ފޮޓޯގަނޑު ވެއްޓުނެވެ. އޭނާ ގުދުވެ އެ ނަގިއެވެ. ވެއްޓުނީ ނުފުށުން ކަމަށް ވުމާއެކު ރާސިލް އެ ފޮޓޯގަނޑު އަނެއް ފަރާތާށް ޖަހާލާ އެ ފޮޓޯ ގަނޑު ބަލާލިއެވެ.

އެ ވަގުތަކީ ދާނިޝް އައިސް ވަތް ވަގުތެވެ. އޭނާ ދާނިޝް އާ ދިމާލަށް ބަލާލިއެވެ.

އެއާއެކު ދެން އަތުގައި އޮތް ފޮޓޯ ގަނޑަށް ރާސިލް ބަލާލިއެވެ. އޭނާ ގެ ދެ ބުމަ ގާތްވެ ގެން ދިޔައެވެ. އެ މަންޒަރު ދާނިޝް އަށް ވެސް ފެނުނެވެ. އޭނާގެ ދެލޯ ބޮޑުވެފައި ވިއެވެ.

ދާނިޝް އޭގެ ދެވަނަ ސިކުންތުގައި އެ އައި ގޮތަށް އައިސް ޜާސިލް އަތުން އެ ފޮޓޯގަނޑު އަތުލިއެވެ. އެއާއެކު އޭނާ ގެ މޫނުމަތިން ހިއްލަމުން ދިޔަ ދާތަށް ފޮހެލިއެވެ. ހަމަ ޖެހިލުމުގެ ނޭވާއެއް ލިޔެވެ. ރާސިލް އިތުރު އެއްޗެކޭ ނުބުނެއެވެ. އޭނާ ދާނިޝް އަށް ފައިލް ދައްކާލާފައި ނުކުންނަށް ހިނގައިގަތެވެ.

ތަޅުގައި ހިފާ އޭނާ އެނބުރި ދާނިޝް އަށް ބަލާލިއެވެ. އަދި ބުނެލިއެވެ. “ޔޫ ނޯ ހާރ” ރާސިލް ގެ އަޑުގައި ސިއްރުވެރިކަމެއް ވެއެވެ. އެއާއެކު ދާނިޝް ކޯންޗެއްހޭ އަހާލިއެވެ. އެހެންނަމަވެސް އޭނާ އަޑުގައި ކުރިން ހުރި ހާސްކަމެއް ނެތެވެ. “ތި ފޮޓޯ… ތި ކުއްޖާ އަހަރެންނަށް ވެސް އެނގޭ” އެހެން ހުރެފައި ދެން ރާސިލް ހާމަ ކޮއްލި ވާހަކައިން ދާނިޝް އަށް ސިހުން ގެނުވާ އަނެއްކާވެސް މީހާ އަށް ހާސްކަން ވެރިވެގެން ދިޔައެވެ.

“ކީ… ކީ…ކީކޭ” އޭނާގެ އަޑު ނުކުތީ އަޅައަޅައިގެނެގެންނެވެ. “ތި ފޮޓޯ… ތި ކުއްޖާ އަކީ އެއް އިރެއްގައި ވަރަށް މަޝްހޫރު ވި ކުއްޖެއް ނު. ދެން އެނގޭނެއެއްނު. ހަމަ ހިތަށް އެރީ ދޮންބެ އާ ކޮން ގުޅުމެއް ބާ އޭ އޮންނާނީ… މިހެން ބުންޏަސް އެއްޗެކޭ ހީނުކުރާތި އިނގޭ…. ޖަސްޓް ކިއުރިއަސް” ރާސިލް ގެ އަޑުގައިވަނީ ހަމަޖެހުމެކެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަ ޖެހިލެހިލައިގެން ހުރެއެވެ. އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ކީކުރަން ޖެހިލުންވުމެއްގެ އަސަރުވެސް އެ މޫނުމަތިން ފެންނާކަށް ނެތެވެ.

ރާސިލް ނުކުތުމާއެކު ދާނިޝް ގޮނޑިއަށް ވެއްޓިގަތެވެ. އެވަގުތު މޭޒުމަތީގައި އޮތް ފައިލް އަށް ބަލާލަމުން އޭނާ އެ ފައިލް ދުރައްލިއެވެ. އަދި އެ ފޮޓޯގަނޑަށް ބަލާލިއެވެ. އެއާއެކު އަނެއްކާވެސް މާޒީ ގެ ދުވަސްތައް އޭނާގެ ހިޔާލަށް ވެރިވެގަތި އެޔެއް މިޔެއް ބަލާފަ އެއްނޫނެވެ.

***

ކެބިންގައި އިން ފޯނުގެ އަތް ގަނޑުގައި ހިފައްޓާލައިގެން ވިސްނުމެއްގައި އިން ދާނިޝް އެންމެ ފަހުން ފޯނުން ނަންބަރަކަށް ގުޅާލިއެވެ. އެއާއެކު އެކޮޅުން ފޯން ނެގިއެވެ. “އައްސަލާމް އަލައިކުމް” އިވިގެން ދިޔައީ މަޑުމައިތިރި އަޑެކެވެ. އެ އަޑުގެ ޖާދޫގައި މިފަހަރުވެސް އޭނާގެ ނަފްސް އޮޔާ ބެހިގެން ދިޔައެވެ. “ހާދަ ރީތި އަޑެކޭ” އޭނާ އަށް ވައި އަޑުން އެހެން ބުނެވުނީ ހުވަފެނީ ދުނިޔެއެއްގައި އިނދެގެން ކަހަލަ ގޮތަކަށެވެ. “އެއްޗެކޭ ވިދާޅުވިންތޯ” އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ސުވާލުކޮއްލީ ދާނިޝް ބުނި ވާހަކަ ރަނގަޅަށް ނޭގުމުންނެވެ. “ވައަލައިކުމް ސަލާމް. ވައިލެޓް ގެ މައި އޮފީހުން އިނގޭތޯ” ދާނިޝް ގެ އަޑު އިވި އެ އަންހެންކުއްޖާ ކިހިނެތް ވީތޯ އޭ އަހާލި އަޑު އިވި ވެސް އޭނާގެ ހިތް އޭނާގެ އަތުން ވީއްލިގަތެވެ.

“އައިމިނަތް އިފްޝާ ތޯ” އެއާއެކު އެކޮޅުން ލައްބަ އޭ އަދަބުވެރިކަމާއެކު ބުނެލި އަޑު އިވުނެވެ. “ޔޫ އާރ ސެލެކްޓެޑް ފޯރ ދި ޖޮބް… މާދަމާ އިން ފެށިގެން ނުކުންނަން ފަށަންވީ” ދާނިޝް ބުނެލިއެވެ. އެއާއެކު ދެން ދާނިޝް އަށް ހިނިތުންވެވުނީ “ތެންކިޔު” އޭ ކިޔާ ހަޅޭއްލަވައިގަތް އަޑު އިވިފައެވެ. ފޯން ކަންފަތާ ދުރުކޮއްލުމާއެކު އޭނާ އަށް ހިނިގަނޑެއް ޖަހާލެވުނެވެ. އަނެއްކާ ފޯން ކަންފަތާ ކައިރުކޮއްލިއެވެ. އޭނާ ދެންވެސް ވާހަކަ ދައްކަން ފެށިއެވެ. “މާދަމާ ކޮންޓްރެކްޓް ގަ ސޮއިކުރަމް ހެނދުނު ނުވައެއްޖަހާއިރު އަންނަން ޖެހޭނެ. ދެން އައިމަ މަސައްކަތް ތައް ކިޔާލަ….” ދާނިޝް ހުއްޓާލީ އިފްޝާ ފޯން ގައި ނުހުރި ކަހަލަ އިހްސާސް އެއްވުމުންނެވެ. އޭނާ ދެފަހަރަކު ހަލޯ އޭ ކިޔާލިއެވެ. އެހެންނަމަވެސް ޖަވޭބެއް ނާދެއެވެ. އެއާއެކު ދެން އޭނާގެ ކަންފަތުގައި ޖެހުނީ އެކޮޅުން މަންމާ އޭ ކިޔާ ވަރަށް ބާރަށް ހަޅެއްލަވައިގަތް އަޑަށެވެ. އެ އަޑުގައިވި އުފާވެރިކަން އޭނާ އަށް ވެސް ފޯން ގައި ހުރިކަމަށް ވިޔަސް އެނގިގެން  ދިޔައެވެ.

އޭނާގެ ތުންފަތަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. ފޯން ކަނޑާ ލުމުގެ ބަދަލް ގައި އެކޮޅުން އިވެމުން ދިޔަ އަޑުތަކަށް ސަލާމް ކަން ދީގެން އިރުކޮޅަކު ދާނިޝް އިނެވެ. އެއްފަހަރަކު އަސްލުވެސް ދޮންތައަށް ޖޮބް ލިބުނީހޭ އަހާލި އަޑު އިވުނެވެ.

ފޯން ބޭއްވީ ބާއްވާ ހިތަކުންނޫނެވެ. އެހެންނަމަވެސް އެ ވަގުތު އައި ކުއްޖާ މީޓިން ހަމަ ޖެއްހިއްޖޭ ބުނުމުން އޭނާ ދާން ޖެހުނިއެވެ. މީތީން ނިންމާލާފައި ގުޅާނީއޭ ހިތާ އޭނާ ނުކުތި އެ އާއިލާގެ އުފާވެރި ވަގުތު ފޯން ކޯލަކުން ހަރާބުކޮއްލަން ހުދު އޭނާގެ ހިތް ދެކޮޅު ހެދުމުންނެވެ. އެ އަންހެން ކުއްޖާ އާ މެދު މި ވަރަށް އޭނާ އަށް މި ވިސްނެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާއެ ހިޔާލް ތަކާ ދުރުވާން މަސައްކަތް ކުރިއެވެ.

މީޓިން ގައި އިން އިރުވެސް އޭނާ އަށް ވިސްނެނީ އެ އަންހެން ކުއްޖާ އާ މެދުގައެވެ. އެއާއެކު އޭނާ އަށް އަމިއްލަ ނަފްސަށް ފޯކަސް އޭ ދެފަހަރަކު ބުނެވުނެވެ. އޭސީގެ ފިނި ހިފާލާފައިވާ އެ ރޫމް ތެރޭގައި އޭނާގެ އަޑު އިވިގެންދިޔައެވެ. އަތުން އިޝާރާތް ކޮއްލަމުން އޭނާ ސޮރީ އޭ ބުނެލުމަށްފަހު ފުން ނޭވާއެއްލަމުން ޒާހިދް ދައްކަމުން ދިޔަ ޕްރެޒެންޓޭޝަން އަށް ސަމާލުކަން ދޭން މަސައްކަތް ކުރިއެވެ.

މީޓިން ނިންމާލާފައި ދާނިޝް ކެބިން އަށް ގޮސް ފުރަތަމަވެސް އެ އަންހެން ކުއްޖާ ގެ ސީވީއަށް ބަލާލިއެވެ. މަތީ ތައުލީމީ ފެންވަރު ރަނގަޅު ކުއްޖެކެވެ. ހިޔުމަން ރިސޯގް ދާއިރާއިން ޑިޕްލޮމާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީން ކިޔަވާފައިވާއިރު ބެޗްލާރސް ޑިގްރީ ހާސިލް ކޮއްފައިވަނީ މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީ އަކުންނެވެ. އޮސްޓްރޭލިޔާގައި އަހަރު ދުވަހެއްގެ ތަމްރީން ކޯހެއް ފުރިހަމަ ކޮއްފައި ވާއިރު ދިވެހިރާއްޖެ ބައިވެރިވާ ތަފާތު އެކި ސަމިޓް ތަކުގަޔާއި އެކި ވާހަކަ ދެއްކުންތަކުގައި މުޅި ރާއްޖެ ތަމްސީލުކޮއްފައިވެއެވެ. އަންހެނުންގެ ހައްގުތަކާ އިންސާނީ ހައްގުތަކާ ނުކުޅެދޭ ކުދިންގެ ހައްގުގައި އެތަކެއް ދުނިޔޭގެ ފެންވަރުގެ ބަހުސްތަކުގައި ބައިވެރިވެފައިވެއެވެ. އުމުރުން އެންމެ ފަންސަވީސް އަހަރެވެ. އެހެނަސް ތައުލީ އަދި ތަޖުރިބާ ގެ ގޮތުން ގާބިލް އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ މި އޮފިސް ހިޔާރުކުރީ ކީއްވެތޯ އޭނާ ގެ ހިތުގައި ސުވާލް އުފެދުނެވެ. ހަމަ ޔަގީނުންވެސް މިއަށްވުރެ މާ މަތީ މަގާމް ތަކަށް އެ ކުއްޖާ ގެ ގާބިލިއްޔަތު ކަން އެބަ ހުއްޓެވެ.

“ވެދާނެ މުސާރަ ރަނގަޅު ވީމަ ކަމަށް ވެސް” ދާނިޝް އެކި ގޮތް ގޮތަށް ވިސްނިއެވެ. އޭނާ އެ ނަމްބަރަށް ގުޅާލއެވެ. އެއާއެކު މިފަހަރު ފޯނެއް ނުނެގިއެވެ. ދެފަހަރު ގުޅި އިރުވެސް ރިންގް ވެފައި ކެނޑެނިއެވެ. ގޮނޑީގައި އަޅުވާލާފައި ވާ ކޯޓް ނަގަމުން އޭނާ ގެއަށް ދާން ތެދުވިއެވެ. ދެ އަތް ފުޅާކޮއްލަމުން ފުންނޭވާއެއްލީ މީހާ އަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލަން ހެން ހީވިއެވެ.

އޭނާ ހިނގައިގަތް ތަނާ ފޯން ރިންގްވިއެވެ. އެއާއެކު ފުންނޭވާއެއްލާ މޭޒުކައިރިއަށް ޖެހިލާ ދާނިޝް ފޯން ނެގިއެވެ. “އައްސަލާމް އަލައިކުން. ވައިލެޓް ގެ މައި އޮފިސް” އޭނާ ބުނެލިއެވެ. އެއާއެކު އެކޮޅުން ވާހަކަ ދެއްކުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ކަންތައް ކުރަންވީ ގޮތް ބުނެދިނުމަށްފަހު އޭނާ ފޯން ބޭއްވިއިރުވެސް އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

*****

އެ ފޮޓޯގަނޑުން ނަޒަރު ވަކިކޮއްލަމުން އޭނާ ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތް މަހާލީ މޭގައި އަތްއަޅާލަމުން ގޮނޑީގައި ލެނގިލަމުންނެވެ. “އާހް…. އާހް އިފޫ އާހް… މިހިތަށް ވެސް ހާދަ ތަދުވެޔޭ” ވައިއަޑުން އޭނާ އަށް ބުނެވުނެވެ. އެއާއެކު ނިތްކުރިމަތީގައި ޖަހާލަމުން ފުންނޭވާތަކެއް ދާނިޝް އަށް ލެވުނެވެ.

އެއްވެސް މަސައްކަތެއް ކުރާހިތެއް ދާނިޝް ނުވިއެވެ. އެހެންނަމަވެސް މާދަމާއަށް ނިންމަން ޖެހޭ ޑޮކިއުމެންޓްތަކެއް ހުރުމާއެކު އޭނާ ފޫހިކަމާއެކު ވެސް ފައިލް ތައް ހުޅުވާ ކިޔަން ފެށިއެވެ. ސޮކުރަން ޖެހޭ ފައިލް ތަކުގައި ސޮއިކުރަން ފެށިއެވެ. “އިފޫ… ވަޓް ޑިޑް އައި ޑޫ ރޯންގް ޓެލް މީ…” އޭނާ އަށް އެހެން ބުނެވުނީ އަނެއްކާވެސް މޭޒުމަތީގައި އޮތް ފޮޓޯގަނޑު ލޮލުގައި އަޅައިގަނެފައެވެ.

އެ ފޮޓޯގަނޑު ވަތް ގަނޑަށް ލަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

—–

ރާސިލް އޮފީހުގެ ކެބިންގައި އިނދެ ފައިލް އެއް ބަލަމުން ދިޔައެވެ. އެ ފައިލް ބަލާ ނިންމާލުމަށްފަހު އޭނާ ފުންނޭވާއެއްލިއެވެ. އެއާއެކު ދާނިޝް ގެ ކޮޓަރިން ފެނުނު ފޮޓޯގަނޑާ ދޭތެރޭ އޭނާއަށް ވިސްނެން ފެށުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ އެ ހިޔާލް ތަކުން މިންޖުވާން މަސައްކަތް ކުރިއެވެ.

—————-

ޒީޝާ ކާންހަދާފައި މާނިއު އަށް ގޮވުމާއެކު އޭނާ އައެވެ. ކާން އިށީންނަމުން އޭނާ ޒީޝާ އާ ވާހަކަ ދެއްކިއެވެ. “މަންމަ މެން އެހި ޒީޝާ ގެ ވާހަކަ. މިއަދު ހަވިރު މަންމަމެން ގެއަށް ގޮސްލާތި” ތައްޓަށް ބަތް އަޅަމުން އޭނާ ވާހަކަ ދެއްކިއެވެ. އަޑުގައިވަނީ ފަރުވާ ކުޑަކަމެވެ. ޒީޝާ އެއްޗެކޭ ބުނަން އަނގަހުޅުވާލާފައިވެސް ނުބުނެ މާނިއު އަށް ބަލަން ފެށުމުން އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަހަރެންނަކަށް ނުދެވޭނެ. އަހަރެން ވަރަށް ބިޒީ” އޭނާ އަނގަޔަށް ބަތް ސުވާއެއްލަމުން ވާހަކަ ދެއްކިއެވެ.

“އެކަމަކު މާން ގެ ޑިއުޓީ އެއްވެސް ނޫނެއް….”

“ބުނީމަ ބުނާ ގޮތަށް ކަންތައް ކޮއްބަލަ… ކިހާ ދެރަ ކަމެއްތަ މީ ދެން… އަހަރެން ކުރަން ޖެހޭ އެހެން ކަންތައް ވެސް އެބަ ހުއްޓޭ…” މާނިއު ރުޅިއައިސްފައި ވާހަކަ ދެއްކިއެވެ. އެއާއެކު ޒީޝާ އަށް ދެ ތުންފަތުގައި ދަތް އަޅާލެވުނީ ޖަމާވަމުން ދިޔަ ކަރުނަތަށް ހުއްޓުވުމަށެވެ. “ހޫން ދެން ރޯން ފެށީމަ ވީ” މާނިއު އަށް އެކަމުން އެއް ވެސް އަސަރެއް ނުކުރާކަށް ރަމްޒުކޮއްދެމުން ދިޔައީ އިރުއިރުކޮޅުން އޭނާ ބުނެލާ އެފަދަ ބަސްތަކެވެ.

ދެލޯ ފިހެމުން ޒީޝާ ވެސް އައިސް ގޮނޑިއެއް ދަމާލާ އިށީނެވެ. އަދި ބަތް ސަމްސަލެއް ތައްޓަށް އަޅާލިއެވެ.

“ލޮނު ރަހައެއް ހެޔޮވަރެއްކުރަން އެނގެނީކީ ނޫން… އެއްޗެއް ރަގަޅަށް ކައްކަން އެނގެނީކީ ނޫން… ކީކޭ ބުނާނީ” މާނިއު ތަށި ދުރަށް ލަމުން ދެތުވިއެވެ. އަދި ފެންތަށި ނަގާ އެ ބޮއިލަމުން އެތަނުން ނުކުންނަން ހިނގައިގަތެވެ. “މާނިއު…. ނޫން….” ޒީޝާ އަށް ރޮވުނީ މާނިއު ގޭ ދޮރުން ނުކުމެ ދޮރު ޖެހި އަޑު އިވުމުންނެވެ. އެ ހުރިހާ އިރު ހިފައްޓައިގަން ހުރި ކަރުނަތަށް އޭގެ މާގާމް ދޫކޮއް ކޯތާފަތް މަތިން ފައިބައިގެން ދިޔައެވެ.

އޭނާ ރޮމުން ހަދާފައި ހުރި އެއްޗެހިން ފަހަރަކު އެއްޗެއް އަނގަޔަށް ލާ ރަހަ ބަލަން ފެށިއެވެ. އެއާއެކު އޭނާ އަށް އިތުރަށް ރޮވުނީ އެ ހުރިހާ އެއްޗެއްގެ ރަހަ ވެސް ހޮޔޮވަރަށް ހުރީތީއެވެ.

އޭނާވެސް ކާހިތް ކެނޑުނެވެ. މި ވޭނުގައި އޭނާ އުޅެން ޖެހޭނީ ކިހާ ދުވަހަކުބާ އޭ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ކެތް ތެރިވުން ނޫން ގޮތެއް  ނެތޭ އެތައް ފަހަރަކު ހިތަށް އަރާ ރޮވުނެވެ. ދާނެ ތަނެއް ނެތެވެ. ވަންނާނޭ ގެ ދޮރެއްނެތެވެ. ބޮޑު ދައިތަ މެން ގެއަށް ވަދިލިޔަސް އެމީހުން ތިބެނީ ނުރުހިފައެވެ. ހަދާނީކިހިނެއްހެއްޔެވެ؟. ކުރާނީ ކީއްހެއްޔެވެ؟. ރޮމުން ތަށިތައް ނަގާ އޭނާ ފެންވަރަށް ވަނީ އަޞްރު ވަގުތު ކައިރިވެފައި ހުރީތީ ފެންވަރައިގެން ނަމާދުކޮއްލާށެވެ.

ނަމާދުކޮއްލުމުން އޭނާގެ ނަފްސަށް ހިންހަމަޖެހުން ލިބިގެން ދިޔައެވެ. އާ ހިތްވަރެއް ލިބިގެން ދިޔައެވެ. ކެތްތެރިވުމަށެވެ. އުންމީދު ގެއްލުމާ ނުލުމަށެވެ. ކަންތައްތަކާ ކެރިގެން ކުރިމަތިލުމަށެވެ.

އޭނާ ރީތިވެގެން މާނިއު މެން މަންމަ މެން ގެއަށް ދިޔުމަށް މިސްރާބުޖެހިއިރު އުޑުމަތީގައި ވިސްސާރަ ވިލާ ގިނަވަމުން ދިޔައެވެ. އެއްވިލާގަނޑަށް ވުރެ އަނެއްވިލާ ގަނޑު އަތް ގަދަ ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އުޑުމަތި ކަޅުކޮއްލަމުން ދިޔައީ އިރުގެ އަލިން ދުނި މަހްރޫމް ކޮއްލަން އުޅޭ ފަދައަކުންނެވެ. ޒީޝާ މަގު ހުރަސްކުރަން ވެގެން މަގުގެ ދެފަރާތަށް ބަލާލިއެވެ.

މަގު ހުރސްކޮއް ކޮއް ހުރި ޒީޝާ ސިހުނީ ކުއްލިއަކަށް އޭނަގެ ކުރިމައްޗަށް ކަހަލަ ގޮތަކުން ޖެހިގެން އޮތް ގޯޅިން ލަނބާލި ކާރު އެރުމުންނެވެ. އޭނާ ގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ލޯ މަރާލައިގެންހުރެފައި ލޯ ހުޅުވާލިއެވެ.

ދާނިޝް ވެސް ލޯ ގަނޑު ތިރިކޮއްލަމުން ބަލާލިއެވެ. އެއާއެކު ޒީޝާ ފެނިގެން އޭނާ އަށް ހިނިތުންވެވުނެވެ.

ޒީޝާ އަށް މަތި ބަލާލެވުނީ އެ ވަގުތު ވާރޭ ތިކި ތަޅަން ފެށުމުންނެވެ. މަގުގެ އެއްފަރާތުގައި ހުރި ގަސްތައް ހެލެމުން ދިޔައިރު ހިވަނީ ވަޔާ ލުހެލަފާނޭހެންނެވެ.

އޭނާ ކުރިމައްޗަށް ބަލާލުމާއެކު ދާނިޝް ފެނުނެވެ. އެވަގުތަކީ ވާރޭ އަނެއްކާވެސް ބޯ ކޮއްލި ވަގުތެއްކަމަށް ވުމުން ލޮލާ ދިމާ އަތް ހުރަސްކޮއްލަމުން އޭނާ އަށް މަތި ބަލާލެވުނެވެ. “ދެން ކިހިނެތްތަ ހަދާނީ” އޭނާ އަށް ބުނެވުނެވެ. އެއާއެކު ދާނިޝް ގެ އަޑު އޭނާއަށް އިވިގެން ދިޔައެވެ.

“ހޭ”

“ކާރަށް އަރަންވީނު.. ވާރޭވެސް ބޯކުރީ” ދާނިޝް ބުނެލިއެވެ. އެއާއެކު ޒީޝާ ދެކޮޅު ހެދިއެވެ. “ކަމޯން… އައިލީ ގެ ދޮންބެ ކަމަށް ހިކޮއްލާފަ އަރާ… މިތަނުން ނުދާނަން އިނގޭ ނާރަނީހެއް… ” ދާނިޝް ލާނެތް ހިނިތުންވުމަކާ އެކީ ބުނެލިއެވެ. އެވަގުތު ފަހަތުން އަޅަން ފެށި ބަރުގޮނު ގެ އަޑާއެކު އޭނާ އަށް ފަހަތަށް ބަލާލެވުނެވެ. “އަވަސް” ދާނިސް އެނބުރި ޒީޝާ އަށް ބަލާލަމުން ބުނެލިއެވެ.

އެއާއެކު ޒީޝާ އަރަން މިސްރާބުޖެހީ ވާރޭ އިހުނަށްވުރެ ބޯ ކޮއްލުމާ ގުޅިގެންނެވެ. އޭނާގެ އަތުގައި ދެތިން ކޮތަޅުވެސް ހުއްޓެވެ.

ކާރަށް އެރުމާއެކު ލަސްނުކޮއް ކާރު ދުއްވާލި ދާނިޝް ދާންވީ ތަނާ މެދު ސުވާލުކުރީ ޒީޝާ އެއްވެސް އެއްޗެކޭ ނުބުނެ އިނުމުންނެވެ. “އާހް… ހެންވޭރު… ބޯގަންވިލާ ގެއަށް” އޭނާ ބުނެލިއެވެ. އެއާއެކު ދާނިޝް އެ ގެ އިންނީ ކޮން ތާކުހޭ އަހާ ސުވާލުކޮއްލިއެވެ. “އެ ކޮންތާކު އިންނަ ގެއެއް… ތިހެން ބުނީމަ ނޭގޭނެ އެއްނު. ޓެކްސީ ޑްރައިވަރެއްނޫނެއްނު މީ. ކިހާ ހިސާބެއް އެއީ” ދާނިޝް ސުވާލު ކޮއްލިއެވެ.

އެއާއެކު ޒީޝާ ޖަވާބްދިނެވެ. އެ އަޑު އިވިގެން އޭއާ ޖެހިގެން އޮތް ގޯޅިން ކާރު ލަނބާލިއެވެ. “އާހް… މަޑުން” ޒީޝާ އަށް ބުނެވުނީ ނުވިސްނާ އިނުމުގެ ސަބަބުން އެއްފަރާތަށް ގޮސް އޭނާ ކިރިޔާ ނުވެއްޓުމުގެ ސަބަބުންނެވެ.

“އޫޕްސް ސޮރީ” ދާނިޝް އެހެން ބުނެލިއެވެ. “އަބަދު ވެއްޓެން ވެފަ ހުންނަ ކުއްޖެއްކަން ކިހިނެތް ހަނދާން ނައްތާލާނީ” ދާނިޝް އެއްލޯ މަރާލަމުން ބުނެލިއެވެ. ދާނިޝް ގެ އެ ސަމާސާއިން ޒީޝާ ގާތަށް ވެސް ހިނިއައެވެ. އެހެންނަމަވެސް އޭނާ ހުމުން ކޮންޓްރޯލް ކުރަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.

ޒީޝާ އާ ދިމާލަށް އިރުއިރުކޮޅަކާ ދާނިޝް އަށް ބަލާލިވެއެވެ.

ޒީޝާގް މަންޒިލާ ހަމައަށް އޭނާ ފޯރުކޮއްދިނުމަށްފަހު ދާނިޝް އޭނާގެ މަންޒިލަށް މިސްރާބުޖެހިއެވެ. އެނެމް ފުރަތަމަ އޭނާ ގެ މިސްރާބަކަށް ވީ ދިހަވަނަ ބުރީގެ ގެއެކެވެ. އެގެއަކީ މިވީ ތިންއަހަރު ދުވަހުވެސް އޭނާ ދާ ގެއެކެވެ. އޭނާ ގެ ހުރިހާ ހާސްކަމެއް ފިލުވާލާ ސިކުނޑި ހަމަޖައްސަން އޭނާ ދާ ތަނެވެ.

އެގެއިން ނުކުތް އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވާއިރު އެހުރީ ވަރަށް ހިންހަމަ ޖެހިފައިކަން އެނގެއެވެ. ބޭރަށް ނުކުތްއިރު  ވާރޭ އޮތީ ހުއްޓާލާފައެވެ. އެހެންނަމަވެސް އުޑުމަތި އޮތީ އެހާމެ ބަނަކޮށެވެ. އަނެއްކާވެސް ދެންމެ ދެންމެ ވެހިގެންފާނޭހެން ހީވިއެވެ. ގެއަށް ވަތް އިރު ހިޝްމާ ސިޓިންރޫމް ސޯފާގައި ހުރެފައި ދޮރުމައްޗަށް ނުކުންނަނީއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. “އެވައްތަރު މާގަހެއްވެސް އެބަ ހުރި ކަންނޭގެ… އާނ… އެބަ ބަލާލަން” އޭނާ ފޯނުން ވާހަކަ ދެއްކި އަޑު އިވިފައި ދާނިޝް އަށް މާގަސްތަކާ ދިމާ ބަލާލެވުނެވެ.

ގޯއްޗަކީ މާ ބޮޑު ގޯއްޗެއް ނޫނެވެ. އެހެންނަމަވެސް ކުރިމަތީގައި އޮތް ހުސްތަނުގައި ޕޮޓް ތަކުގައި ހިޝްމާ ވަނީ ތަފާތު ވައްތަރުގެ މާގަސް އިންދާފައެވެ.

ސިޑިން މައްޗަށް އަރައިގެން ދިޔަ ދާނިޝް ގެ ބޮލުގައި ރިއްސަމުން ދިޔުމުގެ ސަބަބުން އޭނާ އަށް ބޮލުގައި ހިފައްޓާލެވުނެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެ ގެއަށް ވަދެވުނު ހިސާބުން ކުރިން ފެނުނު ހާސްކަން ކުޑަވެފައިވެއެވެ.

————-

ރާސިލް ވެސް އޮފީހުގައި އުޅެފައި ރައްޓެއްސަކާއެކު ކޮފީއެއްގައި ގެއަށް އައީ ވާރޭ ހުއްޓާލުމުންނެވެ. އެހެންނަމަވެސް ގެއަށް ވަދެވުނު ހެން ހީނުވެ ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ހިޝްމާ ވެސް ދުވެފައި ގޭތެރެއަށް ވަނީ މާގަސްތަކުގެ ކައިރީގައި ހަރަކާތް ތެރިވެފާން ހުރެފައެވެ.

ރާސިލް ކޮޓަރިއަށް ވަތް އިރު އައިލީޝް އޮތީ ނިދާފައެވެ. އޭރު ވެސް ވާރޭ ވެހެމުން ދިޔައެވެ. ކުޑަ ދޮރުގެ ފޮތިތައް ވަޔާ ވިހުރެމުން ދިޔައީތީ ރާސިލް ގޮސް އެ ދޮރު ލައްޕާލިއެވެ. އަދި އެނބުރިލާ އައިލީޝް އަށް ބަލާލިއެވެ. މި ފިނީގެ އުފާ ހޯދަމުން ދާފަދައެވެ. ކުރުގެޅިލައިގެން އޮތް ގޮތުން ހީކަރުވަނީކަން އެނގުނެވެ.

އޭނާ އަށް ވެސް ޖައްސާފައިވާ އޭސީގެ ފިނީގެ އަސަރު ކުރުމުން އޭސީ އާ ދިމާލަށް ބަލާލެވުނެވެ. އަދި އޭސީ ރިމޯޓް ނަގާ އޭސީގެ ފިނި ދަށް ކޮއްލިއެވެ.

ދެން އޭނާ ލައިގެން ހުރު ގަމީސް ބޭލުމަށްފަހު ފާހާނާއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުރި ރާސިލް ގެ ލޮލުގައި ނިދިފައި އޮތް އައިލީޝް އަޅައިގަތުމާއެކު އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ.

ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާ ތަންކޮޅަށް ނަޒަރު ހުއްޓާލުމާއެކު އޭނާ އަށް ފުންނޭވާއެއްދޫކޮއްލެވުނެވެ. އަދި މަޑުމަޑުން އަތް ގެންގޮސް މަލަންކޮޅުމަތީގައި އަތް ޖައްސާލިއެވެ. އެތަނުގައި ފިރުމާލީ ވަރަށް މަޑުންނެވެ. އޭނާ ސިހުނީ ކުއްލިއަކަށް އައިލީޝް ލޯ ހުޅުވާލުމުންނެވެ. ފުންމައިގެން ތެދުވެވުމާއެކު އޭނާ އަށް ހައިރާން ކަމެއް ވެރިވީ ރާސިލް ހުރި ގޮތް ފެނިފައެވެ.

ތުވާލި އޮޅާލައިގެން ހުރި އިރު އެ ފިރިހެންވަންތަ ކަމަށް މިފަހަރުވެސް ހިތާ ހިތާ ތައުރީފް ކުރެވުނެވެ.

“މީ މީ… ހަލާކުވެފަ އިނީމަ… ބަލާލީ” ރާސިލް އަށް ބުޏާނެ އެއްޗެއް ނޭގުމުން އެންމެ ފަހުން ބުނެވުނެވެ. ބަދަލް ގައި އައިލީޝް ހަމަ އެކަނި ހިނިތުންވެލީއެވެ.

ސައިޑް ކަބަޑް މަތީ އޮތް ފޯނުން އޭނާ ގަޑި ބަލާލަމުން އާފުރިލަމުން އޭނާ ތެދުވިއެވެ. ތެދުވިގަޑީ ބޮލަށް އެނބުރުން އެރުމާއެކު އައިލީޝް އަރިއަޅާލިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. އޭނާ އަށް ނިދުނީ ރޮއި ރޮއި ވަރުބަލިވެގެންނެވެ. މެންދުރު ހިޝްމާ ކާން ގޮވުމުން ވެސް އޭނާ ކާކަށް ނުދެއެވެ. ރާސިލް އާއި ދާނިޝް ވެސް ކާނީ އޮފީހުންކަމަށް ބުނުމުން އޭނާ ވެސް އެހާ ވަރުން ކާން ނޫޅުނީ ހިޝްމާ ގެ ކުރިމައްޗަށް ދާން ބޭނުންނުވީމައެވެ.

“ލީޝް…” ރާސިލް އަށް ގޮވާލެވުނު އިރު އެ އަޑުގައިވަނީ ކަންބޮޑުވުމެވެ. އޭނާ ގޮސް އައިލީޝް ގެ ހަށިގަނޑުގައި ހިފައްޓާލިއެވެ. އަދި ދެފަހަރަކު އައިލިޝް އަށް ގޮވާލިއެވެ. އައިލީޝް ކުޑަކޮއް ލޯ ހުޅުވާލިއެވެ. އަދި އަނެއްކާވެސް ލޯ މަރާލީ އޭނާ ގެ ބޮލަށް އެނބުރުން އަރަމުން ދިޔައީތީއެވެ. “އާރ ޔޫ އޯކޭ” ރާސިލް ބުނެލިއެވެ. އޭނާ އައިލީޝް އެނދުމަތީގައި ބޭއްވުމާށް ފަހު ޖަގުން ތައްޓަށް ފެން އަޅާ އައިލީޝް ގެ މޫނުގައި ހާކާލިއެވެ. އައިލީޝް ދެފަހަރަކު ލޯ ތަޅުވާލުމުން އޭނާ އަވަސް އަވަހަށް ގޮސް ޖީންސަކާ ޓީޝާޓެއް ގަޔަށް މަހާލަމުން ރަނގަޅު ކުރަމުން ދޮރާ ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބްޖެހިއެވެ.

“މަންމާ” އޭނާ ސިޑިން ތިރިއަށް ފައިބާ ގޮވާލީ ހިޝްމާ އަށެވެ. އެއާއެކު ހިޝްމާ ނުކުތީ ކާކޮޓަރިއާ ދިމާލުންނެވެ. ‘ކިހިނެތްވީ” ކަންބޮޑުވެފައިވާ ގޮތަކަށް ހިޝްމާ ސުވާލުކޮއްލިއެވެ. “މީ މީ… އައިލީ އަނބުރާ ގަނެގެން… ” އޭނާ ޖެހިލުންވުމަކާ އެކީ ބުންޏެވެ.

“އާ… ކީކޭ” ހިޝްމާ ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިއާ ދިމާލަށް މިސްރާބުޖެހިއިރު އޭނާގެ ފަހަތުން ރާސިލް ވެސް ދިޔައެވެ. ހިޝްމާ ގެ އަޑުން ނާއި ހަރަކާތް ތަކުން އޭނާ ކަންބޮޑުވެފައި ހުރި ވަރު އެނގިގެންދެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި ހިޝްމާ ވަތް އިރު އައިލީޝް މަޑުމަޑުން ތެދުވަން މަސައްކަތް ކުރަނީއެވެ. ރާސިލް ވެސް އައިސް އައިލީޝް ގާތު މަޑުކޮއްލިއެވެ.

“އައިލީ އައިލީ” ހިޝްމާ ގޮވާލަމުން އައިލީޝް ގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. އެއާއެކު އޭނާ އެ އަތް ފޮޅުވާލިއެވެ. އަދި އިޝާރާތުން އެ ހާލުގައި އޮވެވެސް ނުކުތުމަށް ދާން އިޝާރާތް ކުރިއެވެ.

އައިލީޝް ގެ މި އަމަލުން ރާސިލް އަށް އައިލީޝް ގެ ހިތުގައި ހިޝްމާ އާ ދޭތެރޭ އޮތް ނަފްރަތުގެ ބޮޑުކަން އިހްސާސް ކުރެވުނެވެ. އޭނާ އަށް ރުޅިވެރިކަން އެ ދެމީހުން ގެ ދެމެ ދު އޮތް ކަން އެނގުނުކަމުގައިވިޔަސް މިހާ ވަރަށް އެ ދެމެދު ގެ ގުޅުން ހީނަރުވެފައި އޮވެދާނޭ ކަމަށް ވިސްނައެއް ނުލެވުނެވެ.

ހިޝްމާ މަޑުފިޔަވަޅުތަކެއްގައި ކޮޓަރިން ބޭރަށް މިސްރާބް ޖެހިއިރު އޭނާ އިރު އިރު ކޮޅަކާ ފަހަތަށް ބަލާލައެވެ.

ރާސިލް އައިލީޝް ގާތު އިންދާ ހިޝްމާ ދެން އައީ ޖޫސްތައްޓެއް ހިފައިގެންނެވެ. “އައިލީ މި ބޮއިލަން ވީނު” އޭނާ އައިލީޝް އަށް ބަލާލުމަށްފަހު ރާސިލް އަށް ބަލާލިއެވެ. ރާސިލް ގެ އިޝާރާތާއެކު އޭނާ ރާސިލް އަތަށް ޖޫސްތަށި ދިނުމަށްފަހު މަޑުކޮއްލިއެވެ.

“ޖޫސް ފޮދެއް ބޯލަން ވީނު” ރާސިލް އައިލީޝް ގާތަށް ޖެހިލާ ވާހަކަ ދެއްކިއެވެ. އެއްވެސް ކަހަލަ އިޝާރާތެއް އައިލީޝް ގެ ފަރާތުން ނުލިބުމުން އޭނާ ޖޫސްތަށި ސައިޑް ކަބަޑް މަތީގައި ބެހެއްޓުމަށްފަހު އައިލީޝް ކުޑަކޮއް ތެދުކޮއްލިއެވެ. އަދި އެއްފަރާތުގައި އިށީނެވެ. އަނެއްކާވެސް ޖޫސްތަށި ނަގާ އައިލީޝް ގެ ތުމުގައި ޖައްސަން އޭނާ އުޅުނެވެ. އައިލީޝް ބަލާލީ ހިޝްމާ އަށެވެ. އޭނާ އެ ޖޫސްތަށި އެއްފަރާތް ކޮއްލަމުން އިސްޖަހާލިއެވެ.

ރާސިލް ބަލާލީ ހިޝްމާއަށެވެ. އޭނާ އަށް އެ ދެމެދުގައިވި ނުތަނަވަސްކަމުގެ ސަބަބު ހޯދަން އެދުންވެރިކަމެއް އެ ހިނދު ވެރިވެގެން ދިޔައެވެ. ރާސިލް ބަލާލުމާއެކު ހިޝްމާ އެ ކޮޓަރިން ނުކުތުމަށް މިސްރާބުޖެހިއެވެ.

“އައިލީ… ދެން ކޮން ކަމެއްތަ ތީ… އަމިއްލަ މީހާ ބަލިވެޔޭ ތިއުޅެނީ… އަމިއްލަ މަންމަ ދެކެ ތިހާ ރުޅިއަޔަސް އައިލީޝް އަށް ވެސް އެނގޭނެ އެކަނި އެއްވެސް އިންސާނަކަށް އަބަދު ނޫޅެވޭނެކަން. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ކަމަކު މީހެއް ކައިރިއަށް ދާން ޖެހިދާނެ…” ރާސިލް ވާހަކަ ދެއްކީ ވިސްނޭ މީހަކު ފަދައިންނެވެ.

“އެ ނިއުމަތެއްގެ އަގު ވަޒަން ކުރެވޭނީ ގެއްލުމުން… ހުރިހާ އެއްޗެއް ލިބޭ މީހަކަށް ނޭނގޭނެ އެ ނުލިބޭނެ މީހެއް އުޅޭނެ ހާލެއް.’ ރާސިލް ވާހަކަ ދެއްކިއެވެ. އެ ވާހަކަ ތަކާ މެދު އައިލީޝް އަށް ވެސް ވިސްނުނެވެ. އެހެންނަމަވެސް އޭނާ އެ އަންހެނާއަށް މާފުކުރާނީ ކިހިނެތްހެއްޔެވެ؟. ދުވަހަކު އެ އަންހެނާއަށް ހިތްހެވެއް އޭނާގެ ވާނެހެނެއް ހިޔެއްނުވެއެވެ.

ރާސިލް ގެ ވާހަކައަށް ޖަވާބެއް ނުދީ ޖޫސްތަށި މިފަހަރު ރާސިލް ޖެއްސުމާއެކު އައިލީޝް އޭގެން އެތި ފޮދެއްބޯލިއެވެ.

————

ދާނިޝް ވެސް ވެފައި ހުރި ވަރުބައްޔާއެކު އޮށޯތީ އޭނާއަށް ނިދޭތޯއެވެ. އެހެންނަމަވެސް އޭނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބުނީ މިފަހަރުވެސް ފެނުނު ހިވަފެނަކުންނެވެ. ‘ހީ އިޒް ދަ ވަން ހޫ ރޭޕްޑް މީ” ސިހިފައި ތެދުވެވުނު އިރުވެސް އެ އަޑު ކަންފަތުގައި ހަރުލާފައި ހުރިކަހަކައެވެ. މީހާއަށް އެހެންކަހަލަ އުނދަގުލެއް ވަމުން ދިޔަ އިހްސާސް އޭނާ އަށް ކުރެވިގެން ދިޔައެވެ. އެއާއެކު އެނދުމަތިން ފުންމައިގެން ތެދުވެ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ.

ދާނިޝް ހުދުކުލައިގެ ޓީޝާޓެއް ގަޔަށް މަހާލަމުން ގެއިން ނުކުންނަން މިސްރާބްޖެހިއެވެ. އޭނާގެ ފިޔަވަޅުތަކުގައި މަޑުމޮޅިކަމެއްވިއެވެ. ކޮންމެ ހަރަކާތެއްގައި މޮޅި ވެރިކަމެއް ވިއެވެ.

ދާނިޝް ގޭޓުން ނުކުމެ ގޭގެ ފުރަގަހަތާ ދިމާލަށް މިސްރާބުޖެހީ ކާރު ނެރުމަށެވެ. ކާރުގައި އިށީނުމާއެކު އޭނާ އަށް ހުންގާނުގައި ޖަހާލެވުނީ އޭނާ އަށް އަންނަމުންދާ ހިޔާލް ތަކެއްގެ ސަބަބުންނެވެ. ހަޅޭއްލަވައި ގަތުމާއެކު އޭނާ އަށް ގޮނޑިއަށް ވެއްޓިގަނެވުމާއެކު ފުން ނޭވާތަކެއް ލެވެން ފެށުނެވެ.

މާގިނައިރު އެހެން ނީނދެ އޭނާ ކާރު ސްޓާރްޓް ކޮއްލިއެވެ.  ގޭޓުން ކާރު ނެރުމާއެކު ދެން އޭނާ ހުރިހާ ސަމާލް ކަމެއް ދޭން މަސައްކަތް ކުރީ މަގުމައްޗަށެވެ.

ކާރުމަޑުކޮއްލީ ދިހަބުރިއަށް ނަގާފައިވާ ގެއެއްގެ ކައިރިއަށެވެ. އެއީ މިއަދެވެސް އޭނާ އައި ގެއެވެ. އެގޭގެ ތިރީގައި ކާރު ޕާރކް ކުރަން ހަދާފައިވާ ތާގައި ކާރު ޕާރކް ކޮއްލުމަށްފަހު ލިފްޓާ ދިމާލަށް ދާނިޝް މިސްރާބްޖެހިއެވެ. ލިފްޓް އަންނަން އެ ނެގި ދެތިން ސިކުންތުވެސް އޭނާ އަށް ހީވީ ގަރުނެއްހެންނެވެ. އޭނާގެ ހިތް ހުރީ އޭހާވެސް އަވަސްވެފައެވެ.

ލިފްޓް އައުމާއެކު ދާނިޝް ލިފްޓަށް އަރާ އަށްވަނަ ފްލޯއަށް އޮއްބާލިއެވެ.

ލިފްޓްތެރޭގައި އެ ހޭދަވި މަދު ސިކުންތު ކޮޅުވެސް އޭނާ އަށް ގިނަ އިރުތަކެއްހެން ހީވިއެވެ.

އެ ފްލޯގައި އިން ދެ އެޕާރޓްމެންޓް ގެ ތެރެއިން އެމާރތް މެންޓް އޭ ޖަހާފައި އިނ ދޮރާ ދިމާލުގައި އިން ބެލް އަޅާލުމާއެކު ދާނިޝް މަޑުކޮއްލިއެވެ.  ފުންނޭވާއެއްލަމުން ދެފަރާތަށް ބަލާލިއެވެ. އެތަނުގައި ހައްދާފައިވާ އިންޑޯ ގަސްތަކުން ތަނަށް ފުރިހަމަ ކަމެއް ވެރިވެފައި ވެއެވެ. ދިއްލާފައިވާ އަލި ގަދަ ހުދުބޮކިން މުޅިތަން ދިއްލާފައިވާވީއިރު އެ ތަނުގެ ސާފުކަން ވެސް ފެންނަމުން ދިޔައެވެ.

މާގިނަ އިރު މަޑު ކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމާއެކު އޭނާ އަވަސް އަވަހަށް އެތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވީ އޭނާ އާއި ދާދި އެއްއުމުރެއްގެ މީހެކެވެ. މަޑު ފެހިކުލައިގެ ގަމީހެއް ލާފައި ހުރި އިރު އަޅާފައިވާ ޓައީ ކަރާ ދިމާކުން ދޫކޮއްލާފައި އޮތުމުން ދެންމެ ގެއަށް އައިސް ވަންހެން ހީވުމާއެކު އެމޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ތަޤްދީރު (19)

Next

އަނދިރިފަރާތް 29

Next
March 20, 2018

އަނދިރިފަރާތް 29

Previews
March 20, 2018

ތަޤްދީރު (19)

36 Comments!

  1. Hi Mi says:
    March 20, 2018 at 8:16 pm

    Assalaam’alaikum. Kobaa kihineh tha hurihaa kudhin. Next part in dhaanish ge life ge varah bodu hageegatheh ingigen dhaane ingey. Ekam e part ah thursday ah wait kohlan jeheyni. V ifaavehjje thidhey support ge sababun. Dnt forget to comment ur views on DHEN VAANI KIHINRHBAA?. and what do u think about the truth thats gonna be exposed in next part. Thankyou all.
    Jazakallah Khairan. ❤?❤

  2. Shuhu says:
    March 20, 2018 at 8:20 pm

    Masha Allah hi mi
    Ummwah
    V bodu koh thnxxx
    V rythi mi vaahaka genes dhemun dhaa goi ingey
    Keep it up
    Much loves
    ???

    1. Hi Mi says:
      March 23, 2018 at 7:32 pm

      Thanks shuhu. V ufaavehjje. Thakyou a lot. ?????

  3. Shann says:
    March 20, 2018 at 8:49 pm

    Alhamdhulihllah me n babies hama v rangalhu.. Hi Mi kihineh??? V rythi igey mibaives… Aileesh ah vaagothun v dheravey… Adhives story rangalhakah fashaeh nuganevey dhw Hi Mi .. Hyvany v rythi vaanehen mi story ves… Kuryga ninmaali story haa rythikoh gendheveytho balahchey igey… Eyrah kiyaahithun indhe kiyaaleveyne… Yesterday ga ves e story ge enme fahu part kiyaalin hama rythikamun… Hama egothah igey mifaharuves.. Hi Mi vaanekan hama yagyn shann ah.. E hiyvaru ebahuri hama yagynunves… Luv n Miss u…??????????????????????

    1. Hi Mi says:
      March 23, 2018 at 7:40 pm

      Hehe. Shann. ALHAMDHULILLAH. V ufaavehjje. Thankd ingey dear. Hithaa furaanain dw. Eyi hama himi ah kiyevunu enme reethi eh story. ???

  4. Nadhee says:
    March 20, 2018 at 8:54 pm

    Ey kurin liyun stry ge 2nd part ah kehtheri kameh nethi inthizaarykurevey but this etry also v nice plz upload the 2nd part soon???????

    1. Nadhee says:
      March 20, 2018 at 8:55 pm

      Story*

    2. Hi Mi says:
      March 23, 2018 at 7:43 pm

      E story ge second part dw. Thi kamaa ves eba visnan hama. Thank dear. For ur support. ?????

  5. Aki says:
    March 20, 2018 at 8:56 pm

    hi mi dhooni haadha rangalhey

    1. Hi Mi says:
      March 23, 2018 at 7:44 pm

      Thanks aki. V ufaavehjje. ?????

  6. annoying reader says:
    March 20, 2018 at 8:57 pm

    omg dhanish is so mysterious. alhey dhanish ge ifsha dhw egeyga ulheni. may be she is in sick bed. some one raped her and dhanish got framed. after that incident she lost her mind or something kanneynge. and he is visiting her daily hen heevani. i am sure rasil leesh are dhuruga ulheni ves ehen v ma hen. he wants to take revenge from dhanish ekan vaan ulheni egeyah gosgen v ma. y does leesh hate her mom so much?. i am so curious to read the next part and find out who is living in that apartment. waiting for the next part loves it hi mi. alhey i feel so bad for Leesh. she is suffering so much. please rasil dnt hurt her

    1. Hi Mi says:
      March 23, 2018 at 8:04 pm

      Hehe. Hingaa balamaa dw annoying reader. Vvv ufaavehjje. Thanks a lot. ?????????????

  7. Swety says:
    March 20, 2018 at 9:54 pm

    Vvvvv nice. ..

    1. Hi Mi says:
      March 23, 2018 at 7:45 pm

      Thanks swety. ?????

  8. Liyuntheriya says:
    March 20, 2018 at 10:16 pm

    Hello! Story reethi Inge!
    Alhugandu dhen miulheni mistake thakeh faahaga kohla dheyn. Gina kudhin mistake huhtas bune nulaane. Ekam alhugandaki Vs liyuntheriyeh veema mistake thah kiyaala dheyn beynun vee.
    1. Furathama kamakah dhirun neh ehchaka inun beynun nukuraathi. For example: cabin gai in phone mee kuh gotheh. Cabin ge meyzu mathy phone hunnaani. Huri phone!
    Table mathy phone beyndhee eh noon baahvaani.
    Photo gandu Vs Hama ehen.
    2. Sukunuge mahsala eba ulhey. Shaviyani and alifu sukun olhuvaafa Eva huri. Suvaalu kohli eve. Alifu sukunuge badhal ga shaviyani onnan vaani.
    Thaa sukunuge mahsala eh Vs fenun. Hiyy Hama jehun kiyaa iru onnan vaani thaa sukuneh not noonu.
    Vissara mi word ga onnani alif sukun. Not seenu
    3. Thiki jehi thaanaige mahsala. Hudhu aharen eyna mi thanuga hudhu kiyaa iru haa mathyga thiki jahan vaane!
    Story kuriya gendhaane goi kamudhey! 🙂 Keep it up

    1. Hi Mi says:
      March 23, 2018 at 7:54 pm

      Liyun thrriyaa. Haadha ufaavehjjey. Anehkaaves ithuru nauloomaath thakeh. Thi kahala comment kureema himi ah ves ingeyni ranhakhu kuran. Jazakallah dear. Thanks a lot. ?????

  9. Pinky shifoo says:
    March 20, 2018 at 10:18 pm

    Woww ❤️❤️❤️… It’s awesome ???… Maasha Allah mi part vx as usual v v v reethi ???… Haadha molhey Hi Mi Maasha Allah ???… U are the best ???… Hama heevanee filmeh balaaleveyhenn… ???… Ehaa vx reethi koh sifakohlevey n feelings thah deliver kohdhyfa hunnanee vx hama ehaame furihama ah Maasha Allah ??????… Superb ???… Dhn vaanee kihineh baa??? Is dhaanish going to that apartment to meet ifsha??? ???… Or someone else… Raasil n ifshaa ge konmvx connection eh onnahenn v heevey ???… Is ifshaa raasil ge dhontha??? ???… Alhey haadha baivaru suvaalu thakeh ufedhihjey… ???… N Ailee kyhve baa ailee ge mom dheke ehaa rulhi annaneee??? ???… Curiously waiting to know that… ???… Mi Story ge knme partehvx mi kiyaalany hama v v kiyaalaahithun ???… Knme partehvx ehaame reethi n interesting ???… Knme partehvx thi ninmaalany kiyuntherin curious kuruvaafa ???… Next part kiyaalaahithun kehmadhuvefa mihaaru vx ??????… I’m sure it’s gonna be a v different story ??????… Ailee ge msg kiyaali iru I was abt to cry ???… V v asaru gadha ???… Enme furihama gothugaa e feelings thah Hi Mi deliver kohdhyfi ??????… Hi Mi thi kuraa masaikathah hama saabasss dhen ?????… Keep up the good work Hi Mi ???… I love it ❤️❤️❤️… Curiously waiting for the next part… Lots of love my dear favourite Hi Mi ❤️❤️❤️??????????????????

    1. Hi Mi says:
      March 23, 2018 at 8:03 pm

      Hey. Dear pinky. Vvv ufaavehjje. Thidhey support ah fah fashun skukuriyya. Jazakillah. ?????

  10. illy says:
    March 20, 2018 at 10:26 pm

    OMG Himi Dhaanish is so mysterious. I hope illy hithah mi araa gotheh Nooney vaani. hahahah. so much negative thoughts about Dhaanish ah mihaaru. hahah but i love rasil character and Aily Too. Rasil is up to something i hope. and Aily Mom maybe aily Kudairu dhookhffa dhiyaiy . BTW Nice story. waiting for the next part

    1. Hi Mi says:
      March 23, 2018 at 8:05 pm

      Hehe. Dhaanish aa behey gothun hama varah sirruthah eba huri. Be ready ingey. ? thanks dear. ?????

  11. EHLEE says:
    March 20, 2018 at 10:32 pm

    Wow v reetih. Mih story gah aileesh vaahaka dhakaa baguruvah raasil ah ingey tha… dhen keehveh msg in liyefah 2 meehun 2 meehunah kureeh part in vaahaka dhekeeh. Ehlee ah olun araathee mihen mi eheeeh vaxxx.. i luv this story????

    1. Hi Mi says:
      March 23, 2018 at 8:07 pm

      Neygeyne ingey. Ehenve ishaaraathu r vhk dhahkani. Ailee vhk dhahkaani ishaaraathun. And raasil akah neygeyne enme aadhaige bahun ves oshaaraathun bunaa gina ahechei. So hope doubt gets cleared. Thanks. ?????

  12. aphro grl says:
    March 20, 2018 at 11:44 pm

    Mhmm..mhmm haadhahaa a reethyyyy? baeh than thankolhu kiyamun dhiyairu hama fenkalhivefa hurevuny.. Next part adhi miahvure rythi vaane kamah ummydhu kuran.. <3

    1. Hi Mi says:
      March 23, 2018 at 8:08 pm

      Thanks aphro girl. Hingaa balamaa dw. ?????

  13. shasha says:
    March 21, 2018 at 5:28 am

    Wow… Story v reethi v interesting kuriah dhaagoth…

    1. Hi Mi says:
      March 23, 2018 at 8:09 pm

      Thanks shasha. V ufaavehjje. ?????

  14. Shiya says:
    March 21, 2018 at 8:39 am

    curious to know what will happen next.. mi part vs v v v v v v v v v v v v v v v v reethi masha allah.. keep it up himì.. ?? himi bxy noonihya avahah up kohdhehcchey.. plyx plyx plyx plyx plyx jazakallah khairan.. thanks for the lovlely stroý ❤❤❤❤❤????

    1. Hi Mi says:
      March 23, 2018 at 7:52 pm

      Thanks dear. Vvv ufaavehjje dear. Tjidhey support ah hama fah fashun shukuriyya. ?????

  15. Niu says:
    March 21, 2018 at 9:15 am

    Hi mi v reethi ingeh mibai
    Heevanee dhaanish rasil ge kokko akah noony frnd akah landeh dheegen ulheyhen
    Noony ekahala kuh hee eh rasil ah vany hen
    Aileesh ah ehen e hadhany ves rasil aa medhu oh hiyhama nujehumakun hen heevany….
    Lets seee dhw….
    ???????????

    1. Hi Mi says:
      March 23, 2018 at 7:42 pm

      Story kuri ah dhaa varakun ingyne ingey niu. Hingaa balamaa. Thankyou dear. ?????

  16. g... says:
    March 21, 2018 at 9:54 am

    g ah heevany e geyga e ulheny ifsha hen.. i think ifsha meehaku rape kolleema nafsaanee gothun asaru koffa hen.. vedhaane coma ehga kamahves dho

    1. Hi Mi says:
      March 23, 2018 at 7:38 pm

      Hehe. Hingaa balama. Thanks g. Rhrneh nuvi dw. Next part in ingeyne mihaaru. Up kohlaafin.

  17. Axy says:
    March 21, 2018 at 9:55 am

    V V reethi ? ? Thanks
    HI MI ?????

    1. Hi Mi says:
      March 23, 2018 at 7:36 pm

      Thanks dear.

  18. Aysh says:
    March 21, 2018 at 3:17 pm

    Miaduves rohvaalaifi hi mi v v reethi???

    1. Hi Mi says:
      March 23, 2018 at 7:34 pm

      Hehe. Sorry Aysh. ☹☹☹☹☹☹☹ and thanks. ???????

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (6)←


All Right Reserved!