Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މިހަޔާތް އަލިކޮށްލި ނޫރު 2

azzadhil Level 210 Stories100 Comments
March 15, 2018 5 Mins Read
14 Comments

ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ދަސްވެފައިވާ އެންމެ ބޮޑު ކަމަކީ މާތްﷲ އެންގެވި ގޮތަށް އުޅުމާއި ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރުމެވެ. މޫނުމަތީގައި ވާތް ފަރާތުގެ ކަންފަތާއި ހިސާބުން ފެށިގެން މަތީ ތުންފަތާއި ހަމައަށް ރޮނގެއްހެން ބޮޑު ލަކުނެއް ހުއްޓަސް ބަލާލަން ހަޑިއެއް ނޫނެވެ. ދަތް ދޮޅިން ފެށިގެން ތިރިއަށް ތިންއިންޗި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ނޫރުގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ.

ބެލްކަނިން ތިރި ބަލަހައްޓައިގެން ހުރި ނޫރަށް ފަހަތަށް ބަލާލެވުނީ ހުރި ހަމައެކަނި ކޮއްކޮ ރަވްޔާ ގޮވާލި އަޑަށެވެ. ފުރިހަމަ ސަލާމަކުން ނޫރަށް ސަލާމް ގޮވާލަމުން ރަވްޔާ ބަދިގެއަށް ވަނީ ނޫރު އޮފީހަށް ދިއުުމުގެ ކުރިންނާއި ރަވްޔާ ކޮލެޖަށް ދިއުމުގެ ކުރިން ސައިތައްޔާރުކޮށްލާށެވެ. މީ ރަވްޔާގެ ކޮންމެ ހެނދުނެއްގެވެސް އާދައެވެ. އެހެންމީހަކު ލައްވާ ސައިހަދައިގެން ބުއިމަކީ ރަވްޔާ އެއް އިރެއްގައިވެސް ކުރާކަމެއް ނޫނެވެ. ސުކޫލުގައި އުޅުނުއިރުވެސް ހެނދުނު ސުކޫލަށްވެސް ދަނީ އަމިއްލައަށް ސައިހަދައިގެން ބޮއެގެންނެވެ. ގޭގައި މަސައްކަތް ކުރާނެ މީހުން ތިބި ނަަމަވެސް  ރަވްޔާ ގޭގައި ހުންނަ ދުވަހެއްފަހުން ސަޔާއި ކެއުންފަދަ ތަކެތި ތައްޔާރު ކުރަނީ ރަވްޔާއެވެ. އަމިއްލައަށް އެކަހަލަ ކަންތައްތައް ކޮށްލުމަކީ ރަވްޔާއަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައި ރަވްޔާ ދެކެއެވެ.

އިސްކޮޅުން ކުރު ރަވްޔާއަކީ ކުޑަކޮށް ފަލަނަމެވެސް ބަލާލަން ރީތިކުއްޖެކެވެ. އުމުރުން ނަވާރަ އަހަރުގެ ރަވްޔާ އަކީ އާއިލާގެ ފަހުރެވެ. ރަވްޔާ އަކީ އާއިލާގައި ހުރި އެންމެ އަންހެން ކުއްޖާއަށް ވުމާއެކު ބައްޕަ މުހީތުއާއި މުޙީތުގެ މަންމަ ސާއިގާއާއި ބައްޕަ ބާރީގެ އިތުރުން ނޫރުވެސް ރަވްޔާ ދެކެ އިންތިހާ އަށް ލޯބިވެއެވެ. ރަވްޔާއަކީ އެންމެންގެ ލޯބިލިބިގެން ބޮޑުވި ކުއްޖެއް ކަމަކު އެހާ ބޮޑާ ގޮތެއް ނުހުރެއެވެ. ނޫރުއެކޭ އެއްފަދައިން ރަވްޔާއަށް ވެސް ލިބިފައިވަނީ ރަނގަޅު އަޙްލާގަކާއި އުޅުމެކެވެ.

 

ސައިހެދުމަށްފަހު ކޮލެޖަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް އިރު މޭޒުދޮށުގައި އެންމެން ހަމައަށް ތިއްބެވެ. ނޫރާއި މުޙީތުގެ އިތުރުން ސާއިގާ އާއި ބާރީ އިނެވެ. އެންމެން ތިބީ ރަވްޔާ ނައިސްގެން ނުފެށިފައެވެ. މީ އެއާއިލާގެ އާދައެެވެ. އަބަދުވެސް އެންމެން ހަމައަށް ތިބެގެން ކެއުމަށް އިންސާފުކުރުމަކީ އެމީހުންނަށް ލިބޭ އުފަލެއްގެ އިތުރުން އެއީ އާއިލީ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވެގެންދާ ކަމެކެވެ.

” ދަރިފުޅާ.. މިއަދު ތަންކޮޅެއް އަވަހަށް އޮފީހުން އަންނައްޗެ.. ނަދީމް ބުނި ދަރިފުޅު ގޮވައިގެން އަންނައްޗޭ.. ” ސައިބޮއެ ނިންމާލުމަށްފަހު އިންތަނުން ތެދުވަމުން މުޙީތު ބުންޏެވެ. އެއްވެސް އިތުރު ސުވާލަކާ ނުލާ ނޫރު ލައްބައޭ ބުނެލީ ބައްޕަގެ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ. އެހެނީ މުޙީތުއަކީ ނޫރު އެންމެ އިތުބާރު ކުރާ އެއްފަރާތަށް ވުމުގެ އިތުރުން މުޙީތުގެ އަމުރަށް ބޯލެނބުމަކީ ނޫރު އަބަދުވެސް ކުރާކަމެކެވެ. މައިންބަފައިންގެ އަމުރަށް ބޯލެނބުމަކީ ދަރިންނަށް ކުރުން ވާޖިބުވެގެންވާ ކަމެކެވެ. ދީނާއި ހިލާފު ނުވަންޏާ މައިންބަފައިން ބުނާ ކަންތައް ދަރިންކޮށްދޭން ޖެހޭނެއެވެ.

ތަނާ އަށް ނިދިން ހޭލެވުނީ މެންދުރު ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. ލޯހުޅުވާލިގޮތަށް އެންމެ ފުރަތަމަވެސް ހޯދާލެވުނީ ފޯނު ކޮބައިތޯއެވެ. ބައްދާ ކަންނެޔޮ ދަށުގައި އޮތް ފޯނު ނެގުމަށްފަހު ބަލާލީ އަރާޝްގެ މެސެޖެއް ނޫނީ ކޯލެއް އައިސްފައިވޭތޯއެވެ. އެއްވެސް މެސެޖެއްވެސް އަދި ކޯލެއްވެސް ނެތުމުން ފޫހިގޮތަކަށް ތުން އަނބުރާލުމަށްފަހު މޯޅިއަކަށް ދެމިލަމުން ކަންނެތްކަމާއެކު އޮތް ތަނުން ތެދުވިއެވެ. އެއަށްފަހު ގޭގައި މަސައްކަތް ކުރަން ބޭރުން ގެނެސްފައިވާ ލަންކާ މީހެއްކަމަށްވާ ކައުޝީއަށް ގޮވާލުމަށްފަހު ކޮފީއެއް ހަދާދިނުމަށް ބުންޏެވެ. އަރާޝްގެ ފޯނެއް އައީ ތަނާ ތުވާލި ހިފައިގެން ފާހަނައަށް ވަންނަން ތައްޔާރުކޮށްލިތަނާއެވެ.

” ގުޅާލެވިއްޖެ ދޯ،… ގުޅާނުލާތާނގަ މެސެޖެއް ކޮށްލިއްޔާ ކީއްތަ ވާނީ” އެންމެ ފުރަތަމަވެސް ތަނާއަށް ކޮށްލެވުނީ ޝަކުވާއެެކެވެ.

” ބޭބީ އަރާޝްއަށްވެސް އަދި މިހޭލެވުނިއްޔޭ.. ކޮބާ ބައްޕަ ކައިރީގަ ވާހަަކަ ދައްކައިފިންތަ…” ކެތްތެރިންކަން ކުޑަވެފައިވާ މީހަކު ފަދައިން އަރާޝް އަހާލިއެވެ.

”

ނޫން… މިއަދު މެންދުރު ކާގަޑީގަ ތިވާހަކަ ދައްކާނަން.. އަރާޝް ވޮރީ ނުކުރައްޗެ… ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނީ” އާފުރިލަމުން ތަނާ ބުންޏެވެ. އެއަށްފަހު ހަވީރު ބައްދަލުކުރާން ގަޑި ހަމަޖެއްސުމަށްފަހު ފޯނު ބޭއްވިއެވެ. އަދި އެނދުމައްޗަށް ފޯނު ހޫރާލަމުން ތުވާލި ހިފައިގެން ފާހާނައަށް ވަނީ ކަންނެތް ހިނގުމެއްގައެވެ.

އަރާޝް ކައިރީގައި ބުނެފައިވާ ގޮތަށް ތަނާ ނަދީމް ކައިރީގައި އެވާހަކަ ދެއްކީ މެނދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަވަގުތުއެވެ. ފުރަތަމަ ނަދީމް އެކަމާ ނުރުހުނަސް ތަނާގެ އެތަކެއް އާދޭހަކަށް ފަހު އަރާޝް އާއި ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނިންމިއެވެ. އަދި ވަކި ގޮތެއް ކަނޑައެޅޭނީ  އެއަށްފަހުގައި ކަމަށް ބުނުމުން ތަނާ އެގޮތާ އެއްބަސްވީ އެނޫން ގޮތެއް ނެތްކަން އެނގޭތީއެވެ. އެހެންކަމުން އަރާޝް އަށް ގުޅާ މިއަދު ހަވީރުގެ ބައްދަލުވުން ކެންސަލް ކޮށްލުމަށްފަހު ހަވީރު ނަދީމްއާއި  ބައްދަލުކުރަން އައުމަށް ދައުވަތި ދިނެވެ. އަރާޝް އެކަމަށް އެއްބަސްވީ އުފަލުން ހުރެއެވެ.

 

ތަނާ އެދުނު ގޮތަށް ހަވީރު ހަތަރުގަޑި ބައިވީރު އަރާޝް ހުރީ ތަނާގެ ގޭގައެވެ. ހިތާ ހިތުން ފޮނީ އުއްމީދުތަކެއް ކުރަމުން ދިޔައިރު އިރުއިރުކޮޅާ ހީލެވެނީ ލިބެން އުޅޭ އުފާވެރި ޙަބަރުގެ ސަބަބުންނެވެ. ދުވަސްކޮޅަކުން އަރާޝް ވާނީ މިބޮޑު ކުންފުނީގެ ވެރިޔާއަށޭ ހިތަށް އަރަމުން ދިޔައެވެ.

 

ދޮރުގައި ބެލް އަޅާލި އަޑު އިވުމާއެކު އިންތިޒާރުގައި ހުރި ތަނާ ދުވެލާފައި ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި އަރާޝް ފެނުމުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލަމުން އެތެރެއަށް އައުމަށް ދައުވަތު ދިނެވެ. އަރާޝްގެ އަތުގައި ހިފައިގެން ގެއަށް ވައްދާ ސޯފާގައި ބޭންދިއެވެ. އެއަށްފަހު ތަންކޮޅެއް ބާރަށް ނަދީމްއަށް ގޮވާލީ އަރާޝް އައިސްފިކަން އަންގައި ދިނުމުގެ ގޮތުންނެވެ. މިއަދު މީ ހުވަފެންތަކުގައި ކުލަޖެހޭނެ ދުވަސްކަމަށް ވިސްނާ ތަނާ ހުރީ އެކަމާ އިންތިހާއަށް އުފާވެފައެވެ. ނަމަވެސް ކުރިއަށް ވާން ހުރި ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. މިދުނިޔޭގައި އެމީހަކު ހިތްހަމަޖެހޭފަދަ ގޮތަަކަށް ކަންަތައްވާނީ މަދު ފަަހަރަކުއެވެ. ބައެއް ފަހަރު ހިތްހަމަ ނުޖެހޭ ގޮތަށް ކަންތައްވިޔަސް އެއީ އެމީހަކަށް އެންމެ ރަނގަޅުގޮތް ކަމުގައި ވެދާނެއެވެ.

ތަނާ ގޮވާލިތާ އިރުކޮޅެއް ފަހުން ނަދީމް ސިޑިން ފައިބައިގެން އައެވެ. ދެއަތް ފުރަގަހަށް ލައިގެން ސިޑިން ފައިބަމުން އަންނަ ނަދީމް ފެނުމުން އަރާޝް ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ. ހަށިގަނޑު ސީދާކޮށްލާ ކުޑަކޮށް ކަރުކެހިލީ ނަދީމްއާއި ވާހަކަދެއްކުމަށް ތައްޔާރުވެގެންނެވެ. އަރާޝް އަށް ވީގޮތް ފެނި ތަނާ ކައިރިިއަށް ހިނިއައެއް ކަމަކު މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލިއެވެ.

ނަދީމް އައިސް ކައިރީގައި ހުއްޓުމުން އަރާޝް އިންތަނުން ތެދުވަން އުޅުނެވެ. ނަމަވެސް ނަދީމް އެކަން މަނާކޮށް އިށީނދެ އިނުމަށް އަރާޝް އަށް އަތުން އިޝާރާތް ކޮށްލިއެވެ. އެއަށްފަހު އަރިމައްޗަށް ހުރި ސޯފާގައި އިށީނުމުން ތަނާ ގޮސް އެސޯފާގެ ފުރަގަހުގައި ހުއްޓުނެވެ.

” އަ..އަޅުގަނ..” އަރާޝް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ނަދީމް އަތުގެ އިޝާރާތުން އެކަން މަނާ ކުރުމުންނެވެ. ތަނާގެ ތުންފަތްމަތީގައިވާ ހިނިތުން  ފިލައިގެން ދިޔައީ ނަދީމް ކަންތައް ކުރި ގޮތުންނެވެ.

” ދެމުސްލިމަކު ބައްދަލުވާހިނދު އެންމެ ފުރަތަމަވެސް ރިވެތި ސަލާމަކުން ސަލާމް ކުރުން އެއީ އޮންނަ ކަމެއްކަމަށް ދެކެންތަ” މަޑުމައިތިރިކަމާއެކު ނަދީމް ބުނި ނަމަވެސް އެއަޑުގައި ރުންކުރު ގޮތެއް ހުއްޓެެވެ. އެވަގުތު ތަނާ އަވަހަށް އަރާޝް އަށް ބަލާލައި އެގޮތަށް ކަންތައް ކުރުމަށް ލޮލުން އިޝާރާތް ކުރިއެވެ.

” އައްސަލާމް އަލައިކުމް…” ސަލާމަށް އަތް ދިއްކޮށްލަމުން އަރާޝް ބުންޏެވެ. މޫނުމައްޗަށް އިތުރު ބަދަލެއް ނުގެނެސް އަރާޝް އާއި ސަލާމްކޮށްލަމުން ‘ވައަލައިކުމް ސަލާމް’ އޭ ބުނެލި ގޮތުން ވެސް އަރާޝްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ.

” ތަނޫ.. ބުނީ ބައްދަލުކޮށްލަން ބޭނުންވި ވާހަކަ. އެހެންވެ” އަރާޝް އަށް އިތުރަށް އެންމެ ބަހެއް ކިޔާކަށްވެސް ނުކެރުނެވެ. ބަހެއް ކިޔަން ނުވެސް އިނގުނީއެވެ. ނަދީމް ބަލަހައްޓައިގެން އިންގޮތުންނެވެ. ތަނާއަށް ދުބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. ދެންވެސް އަރާޝްއަށް ބަލާލެވުނީ ނަދީމްއަށެވެ.

” ތަނާ އަހަރެން ކައިރީ ބުނި އަރާޝް އާއި އިންނަން ބޭނުންވާ ވާހަކަ.. އެކަމަކު ވަޒީފާއެއް ނެތިގެން އެކަން ނުކުރެވިގެން އުޅޭ ވާހަކަ…. މިކަމާ ވާހަކަ ދެއްކުމުގެ ކުރިން އަހަރެން އަރާޝް ކައިރީ ކޮށްލަން ބޭނުން ވަރަށް ބޮޑު ދެތިން ސުވާލެއް އެބައޮތް.. ” ނަދީމް ކުރިންވެސް ބުނި ރާގުގައި ބުންޏެވެ.

” އަޅުގަނޑަށް ޖަވާބުދެވޭ ވަރުގެ ސުވާލެއް ވަންޏާ ޖަވާބުދޭނަން.” އަރާޝް ތަނާ އަށް ކަޅިއެއް އެއްލަމުން ބުންޏެވެ.

” ހާސްނުވޭ.. މާބޮޑ ސުވާލެއް ނޫން.. މީކޮންމެ މުސްލިމަކަށްވެސް އެނގެން ޖެހޭނެ ކަމެއްގެ ވާހަކަ ދައްކަން މިއުޅެނީ ” އަރާޝް ކޮނޑުގައި ޖަހާލަމުން ހިތްވަރުދޭފަދަ  ގޮތަކަށް ނަދީމް ބުންޏެވެ. ތަނާ ހީލުމުން އަރާޝްވެސް ހީލަން މަސައްކަތް ކުރިއެއްކަމަކު ހިތްވަނީ ނުތަނަވަސް ވެފައެވެ. އެހެނީ މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުން އަރާޝް އެނގެނީ ކުޑަ މިންވަރެކެވެ.

” ފުރަތަމަ ސުވާލަކީ ތިމާގެ ވެރި ރައްބަކީ ކޮބާ؟” ފުރަތަމަ ސުވާލުންވެސް އަރާޝްގެ މޫނުމަތިގައި ބޮޑު ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ރައްބުގެ މާނަވެސް ވާއިލަށް ނޭނގޭ ކަހަލައެވެ. ތަނާއަށް ބަލާލީ ތަނާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް ތަނާވެސް އިސްޖަހާލީ ޖަވާބު ނޭނގެއޭ ބުނާފަަދަ ގޮތަކަށެވެ.

” ކަލޭގެ ދީނަކީ ކޮބާ” ފުރަތަމަ ސުވާލުގެ ޖަވާބު ނުދީ ލަސްވުމުން ނަދީމް ދެވަނަ ސުވާލުކޮށްލިއެވެ. މިފަހަރު ވަރަށް ފަސޭހައިން އަރާޝް އިސްލާމްދީނޭ ބުނެލިއެވެ.

” މުހައްމަދުގެ ފާނަކީ ކާކު” މިސުވާލުގެ ޖަވާބުވެސް އަރާޝްއަށް ދޭކަށް ނޭނގުނެވެ. އެހާ އަަވަަހަށް އިސްޖަހާލީ އެހެންވެގެންނެވެ.

” ދެންމެ މިކުރި ތިން ސުވާލަކީ ކަށްވަޅުގައި ކުރެވޭނެ ތިންސުވާލު.. ކަށްވަޅުގެ އަޒާބުން ސަލާމަތް ވެވޭނީ މިތިން ސުވާލަށް ޖަވާބުދެވިގެން.. ފުރިހަމަ މުސްލިމަކަށް މިތިން ސުވާލުގެ ޖަވާބު އެނގެން ޖެހޭނެ… އަހަރެންގެ ވެރި ރައްބަކީ މާތްﷲ… އަހަރެންގެ ދީނަކީ އިސްލާމް ދީން.. އަދި މުޙައްމަދުގެ ފާނަކީ މާތްﷲގެ ރަސޫލާ… މިތިން ސުވާލަށް ޖަވާބު ނުދެވެންޏާ ފުރިހަމަ މުސްލިމެކޭ ނުބުނާނެ..މިއީ ފުރިހަމަ މުސްލިމަކަށް ވަރަށް ފަސޭހަ ވެގެންދާނެ ތިން ސުވާލު.. އެކަމަކު ކީއްވެ އަރާޝްއަށް އެސުވާލުތަކަށް ޖަވާބު ނުދެވުނީ…” ނަދީމް ވަރަށް ރަނގަޅަށް އަރާޝްގެ މޫނަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ނަމަވެސް ވާއިލަށް އިސްއުފުލާލައި ބަލާލާކަށްވެސް ނުކުރެވުނެވެ. ތަނާވެސް ބައްޕާއޭ ކިޔާފައި ގޮވާލީ ނަދީމްކުރި ސުވާލުތަކުން ހިތްހަމަނުޖެހި ހުރެއެވެ.

” ކިހިނެއްވީ ތަނާ.. އެންމެ ރަނގަޅު އަދި ވަރަށް ފަސޭހަ އެއް ސުވާލުކޮށްލާނަން… ވަރަށް ފަސޭހަ ސުވާލެއް..” މިފަހަރުވެސް ނަދީމްކޮށްލާނޭ ސުވާލަކާ މެދު އަރާޝްގެ ހިތް ނުތަނަވަސް ވިއެވެ.

” ދިރިއުޅުމަކަށް އެންމެ ބޭނުންވާނީ ފައިސާތަ ނޫނީ ލޯބިތަ” ނަދީމްގެ ސުވާލާ މެދު އަރާޝް ވަރަށް ފުންކޮށް ވިސްނާލިއެވެ. ތަނާ އަށް އަރާޝް ދޭނެ ޖަވާބު އެނގޭތީ ހިނިތުންވެވުނެވެ. އެހެނީ އަރާޝް ތަނާ ދެކެ ލޯބިވާވަރު އަރާޝް ވަނީ ތަނާއަށް ބުނެދީފައެވެ.

” ހަމަޖެހޭ ދިރިއުޅުމަކަށް އެންމެ ބޭނުންވާނީ ފައިސާ… ފައިސާއާއި ނުލާ ކިހިނެއްތޯ ހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ.. ލޯބިވެސް ލިބޭނީ ފައިސާ ހުރިއްޔާ” އަރާޝްގެ ޖަވާބުން ތަނާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އެހެނީ އަރާޝްގެ ފަރާތުން ލިބުނީ ތަނާ ހީކުރި ފަދަ ޖަވާބެއް ނޫނެެވެ.

” ތަނާ ދަރިފުޅަށް އަޑުއިވޭތަ.. ތަނާއަށް ވުރެ މިއިންސާނާއަށް މުހިންމީ ފައިސާ… މިހާރު އެނގިއްޖެއްނު ތަނާއަށް ވުރެ ބޮޑަށް އަރާޝް ބޭނުންވަނީ ފައިސާކަން.. މިއަދު އަރާޝްގެ އަނގައިން ލޯތްބޭ ބުނިނަމަ ޔަގީން އަހަރެން ތިދެކުދިންގެ ކައިވެނި ކުރުވީމުސް އަދި އަހަރެންގެ އޮފީހުން ވަޒީފާ ކީއްކުރަން ފަންސާސް ޕަރސެންޓް ހިއްސާދާރަކަށް ވެސް ހެދީމުސް.. އެކަމަކު އަރާޝްގެ ފަރާތުން ލިބުނީ އަހަރެން ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނޫން.. ފައިސާއިން ކިތަންމެ ގިނައެއްޗެއް ގަނެވުނަސް ލޯތްބަކީ ގަނެވޭނެ އެއްޗެއް ނޫން.. ލޯތްބަކީ ވަރަށް މާތް އެއްޗެއް.. ދިރިއުޅުމެއްގެ އެންމެ ބޮޑު ބިންގަލަކީ ލޯބި… އެދިރިއުޅުމެއްގެ ބިންގަލަކީ ލޯބިކަމުގައި ވެއްޖިއްޔާ އެދިރިއުޅުމެއް ހަލާކުވެގެނެއް ނުދާނެ.. ދެމަފިރިން ދެމެދުގައި ހަޤީޤީ ލޯބިވާނަމަ އެގުޅުން ވަރުގަދަވެގެންދޭ.. ހަޤީޤީ ލޯބިވެރިންގެ ކުރިމަތީގައި ފައިސާއަކީ އެހާ މުހިންމު އެއްޗެއްނޫން.. މިބުނީ ދިރިއުޅުމަށް ފައިސާ ބޭނުން ނުވާނެ ވާހަކައެއް ނޫން… ފައިސާވެސް ބޭނުންވާނެ.. އެކަމު ލޯބީގެ ކުރިމަތީގައި ފައިސާއަކީ ވަރަށް ދަށް އެއްޗެއް” ހިތަށް ލިބިގެން ދިޔަ ހަމަނުޖެހުމުގައި ނަދީމްއަށް ފައްޗަކަށް އަމުނާލެވުނެެވެ. ތަނާ ވެސް އިތުރަށް އެއްޗެއް ނުބުނީ ނަދީމް ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވުނީމައެވެ. ނަދީމްގެ ވާހަކަ ހުރިގޮތުން އަރާޝް ކައިރިއަށް ރުޅިއައެެވެ. ރުޅިގަނޑު އިތުރުވެގެން ދިޔައީ އަރާޝްގެ ދިފާއުގައި ތަނާ އެއްޗެއް ނުބުނުމުންނެވެ. އައި ރުޅިމަތީގައި އަރާޝްއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެެވެ. ތަނާ ސިއްސައިގެން ގޮސް އަރާޝްއަށް ވައި އަޑަކުން ގޮވާލުމުން އަރާޝްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ތަޤްދީރު (14)

Next

ނޫރު (ފަންސާސްވަނަ ބައި)

Next
March 15, 2018

ނޫރު (ފަންސާސްވަނަ ބައި)

Previews
March 15, 2018

ތަޤްދީރު (14)

14 Comments!

  1. Ibsha says:
    March 15, 2018 at 5:21 pm

    Varah reethi

  2. azzadhil says:
    March 15, 2018 at 5:22 pm

    assalaam alaikum.. kihinehtha hurihaa kudhin.. v dhuvas fahun dhw migothah commenteh kohlan mi libeny.. heekuran hurihaa kudhinves rangalhu vaane kamah.. Allah iraadhafulhun dhe vana baives miothy upload kureifa.. mi week dhe episode inas week ehga upload kureveyne 1 episode engey.. engey maa las kanves ekamves azza ah vaguthu nuvaathy.. so mibaives kiyaalafa hiyaalu faalhu kohlahche.. hurihaa kudhinnahves baajjaveri dhuvahakah edhen.

  3. Azuna says:
    March 15, 2018 at 5:35 pm

    Masha Allah❤? varah reethi

  4. Pinky shifoo says:
    March 15, 2018 at 6:04 pm

    Maasha Allah mi part vx v reethi ???… Waiting for next part ???

  5. Aaan says:
    March 15, 2018 at 6:08 pm

    Vaahaka v reethi ekamaku vara gina mistake tha ebahuri unmeedhu kuran dhen faharakun vaahaka upkollairu ragalhu kolaafa upkolaanekama..

    1. azzadhil says:
      March 15, 2018 at 8:39 pm

      mistakes thah bunela dhiniyya v rangalhu

  6. Xxxx says:
    March 15, 2018 at 6:21 pm

    Varah furihama.Maasha Allah ?

  7. Afaa says:
    March 15, 2018 at 7:35 pm

    ماشا الله

  8. Kuda Kamana says:
    March 15, 2018 at 7:59 pm

    kon vaailekey tha e othy…

  9. azzadhil says:
    March 15, 2018 at 8:38 pm

    mistake corrected

  10. chumpu says:
    March 15, 2018 at 9:28 pm

    Masha Allah v furihama v reethivaanehen heevey mi vaahaka

  11. shanhaa says:
    March 16, 2018 at 12:47 am

    varah reethi masha allah varah ves ibrah thyri ??aslugaves ragalhu vaahaka eh loahbaa nulaa dhiri ylhumeh nulibyne faisaa aki loahbeh nun?

  12. Amin says:
    March 16, 2018 at 7:06 pm

    Kon vaailekey tha MI inee MI vaahakaiga. Confusing

  13. Samhaa says:
    March 17, 2018 at 6:07 pm

    Mi episode ves v reethi..
    .ummeedhu kuran vaahaka nimendhenn kiyaalan libeyne kamah..

Comments are closed.

Next Episodeމިހަޔާތް އަލިކޮށްލި ނޫރު 3←


All Right Reserved!