Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (14)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 15, 2018 7 Mins Read
59 Comments

“ލިވްޔާ.” މަލްހާގެ ބާރު ހަޅޭކުގެ އަޑު މުޅި ގޭގައި ގުގުމައިގެން ދިޔައެވެ. ރާއިދްގެ އުނގުގައި އޭނާގެ މޭގައި ބޯއަޅައިގެންއޮތް ލިވްޔާ ސިހިފައި އެއަޑަށް އިސްއުފުލައިލައި ބަލައިލިއެވެ. ތެޅިގަންނަމުން ރާއިދަށްވެސް ލިވްޔާ ދުރަށްޖައްސައިލުމަށްފަހު އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ.

ފަތިސްނަމާދުގެ ބަންގީގެއަޑުން މާހައުލު ގުގުމައިގަތްގަޑީ ނޫނެކޭ ކިޔައި ހަޅޭލަވައިގަންނަމުން މަލްހާއަށް ތެދުވެވުނެވެ. ވަށައިގެން އެކިދިމާ ހޯދަމުން ދިޔައިރު މުޅިމީހާއިނީ ދާހިތްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމާއެކު މަލްހާއަށް އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ނޫރާ ދެއްކިވާހަކަތަކާމެދުގައި އޭނާއަށް މާބޮޑަށް ވިސްނުނީތީ ފެނުނު ހުވަފެނެއް ކަންނޭނގެއެވެ. ދެލޯމަރައިލަމުން މަލްހާ މޫނުގައި ހިއްލައިފައިހުރި ދާކިތިތައް ފުހެލަމުން އެނދުގެފަޑީގައި ލެގިލިއެވެ. އެނދުގައި ރާއިދް ނެތްކަންވެސް މަލްހާއަށް އެނގުނީދެނެވެ. ކުއްލިއަކަށް ހުވަފެނުން ފެނުނު މަންޒަރުތައް އޭނާގެ ހިތަށް ވެރިވެގަތެވެ.

ނިތަށް ރޫއަރުވައިލަމުން އިންތަނުން ތެދުވި މަލްހާ ސިހުނީ މަޑުމަޑުން ދޮރުހުޅުވައިލަމުން ކޮޓަރިއަށްވަތް ރާއިދް ފެނުމުންނެވެ. “ރާދު. ކޮންތަނަކަށް ގޮސްފަ ތިއައީ؟” ހާސްވެފައިހުރިވަރުން މަލްހާއަށް ކަންބޮޑުވެފައި އަހައިލެވުނެވެ. ހޭލައިއިން މަލްހާ ފެނުމާއެކު ހިނދުކޮޅަކަށް ރާާއިދްގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. މިގަޑީގައި ހޭލައިގެން މަލްހާ އެކުރަނީ ކީއްބާވައެވެ؟ މަލްހާއަކީ އެހެންނޫނީ މިގަޑީގައި ހޭލައިއުޅޭ މީހެއްނޫނެވެ.

“މަލް ހޭލާތަ؟ އަހަރެން ފެންބޮވައި ގަނެފައިހުރިވަރުން ފެންފޮދެއް ބޯލަން ދިޔައީ.” ހަމަޖެހިލަމުން އައިސް މަލްހާ ގާތުގައި އިނށީދެފައި ރާއިދް ބުނެލިއެވެ. އިރުކޮޅަކު އެމޫނަށް ބަލަންއިނުމަށްފަހު މަލްހާ ބަލައިލީ އެނދު ކައިރީގައިހުރި ކުޑަ މޭޒާ ދިމާއަށެވެ. ފެންޖަގު އެހުރީ ރޭ ނިދުމުގެކުރިން އޭނާ ފެންއަޅައިގެން ގެނައި ގޮތަށެވެ.

މަލްހާ ބަލައިލި ދިމާއަށް ރާއިދަށްވެސް ބަލައިލެވުނެވެ. ވަގުތުން އެމޭޒުމަތީގައިހުރި ފެންޖަގު ފެނުމާއެކު ރާއިދްގެ ހިތްތެޅިލިއެވެ. ވިސްނައިނުލާ އޭނާއަށް މިދެވުނީ ރަނގަޅު ޖަވާބެއްނޫންކަމަށް އެހިތްބުންޏެވެ. “ފެންޖަގު ހުއްޓަ ކީއްކުރަން ބޭރަށް ފެންބޯން ދިޔައީ؟” ދޭނެ ޖަވާބަކާއި މެދުގައި ވިސްނަންއިން ރާއިދްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން މަލްހާ އަހައިލިއެވެ. އެއާއެކު އިސްއުފުލައިލަމުން ރާާއިދް އެއްފަހަރު ފެންޖަގަށް އަނެއްފަހަރު މަލްހާގެ މޫނަށް ބަލައިލިއެވެ. ރާއިދްގެ ޖަވާބެއްގެ އިންތިޒާރުގައި މަލްހާ ކެތްމަދުވެފައި އިނެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ދެންމެ ފެނުނު ހުވްފެންމަތިން ހަނދާންވުމުންނެވެ.

“ޖަގުގަހުރި ފެނުގެ ފިނިކަން އެހުރީ ގޮސްފަ. އެހެންވެ. އަހަރެން ވަރަށް ކަރުހިއްކައިފައިހުރީ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރާއިދް ބުނެލިއެވެެ. ވަކިއެއްޗެކޭ ނުބުނެ ބޯޖަހައިލަމުން މަލްހާ އެނދުގައި އޮށޯވެލިއެވެ. މަލްހާގެ ހަރްކާތްތަކަށް ބަލަން އިނުމަށްފަހު ރާާއިދްވެސް އޭނާ ލައިގެންހުރި ޓީޝާރޓް ބައިލަމުން އެނދާއި ކައިރީގައިހުރި ސޯފާއަށް އެއްލުމަށްފަހު އޮށޯވެލިއެވެ. ވަރުބަލިވެފައިހުރިވަރުން އޭނާއަށް ދާދި އަވަހަށް ނިދުނެވެ.

މަލްހާއަށް ހެނދުނު ހޭލެވުނުއިރު ބޮލުގައި ކުޑަ ރިހުމެއް ހުރުމުން އޮފީހަށް ސަލާމް ބުނެލުމަށްފަހު އަނެއްކާ އެނދުގައި ޖައްސައިލަމުން ދެލޯމަރައިލީ ނިދާލުމުގެ ބޭނުމުގައެވެ. ހުޅުވިގެންދިޔަ ފާޚާނާދޮރުގެ އަޑާއެކު އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލަމުން ރާއިދާއި ދިމާއަށް މަލްހާ ބަލައިލިއެވެ.

“މިއަދު އޮފީހަށްނުދާ ދުވަހެއްތަ؟” ބޮލުން ފެންހިއްކަމުންއައިސް ޑްރެސިންގް ޓޭބަލް ކައިރީގައި މަޑުކޮށްލަމުން ރާާއިދް އަހައިލިއެވެ. “ހޫމް. ކުޑަކޮށް ބޮލުގަ ރިއްސަނީ.” ރާއިދްގެ ހަރަކާތްތަކަށް ބަލަމުން ބަލި އަޑަކުން މަލްހާ ބުނެލިއެވެ. “އެހެންތަ؟ އެހެންވީއިރު ބޭސް ކައިގެން ނިދާލާ. އޭރުން އޯކޭ ވެދާނެ.” މަލްހާއާާއި ދިމާއަށް ބަލައިލުމެއްވެސްނެތި އެހުރިގޮތަށްހުރެ ރާާއިދް ބުނެލިގޮތުން މަލްހާގެ ހިތުގައި ޖެހުނެވެ. ވަކިއެއްޗެކޭ ނުބުނެ އެއޮތްގޮތަށް އޭނާ އޮތީ ފުންވިސްނުމަކަށް ގެއްލިފައެވެ.

ަގަޔަށް ސެންޓް ޖަހައިލަމުން ފޯނު ޖީބަށް ލުމަށްފަހު ރާާއިދް ކޮޓަރިން ނުކުންނަން ހިނގައިގަތީ މަލްހާ ގާތުގައި ދަނީއޭވެސް ބުނެނުލައެވެ. މިހުރިހައި ކަމަކުން މަލްހާގެ ހިތް ރޮއްވަމުންދިޔައެވެ. އަނެއްކޮޅުން ރޭގައި ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ މުޅި ތަބީޢަތުވަނީ ގޯސްވެފައެވެ. ކިތަންމެވަރަކަށް ނުވިސްނަން އުޅުނު ނަމަވެސް އެކަމާމެދުގައި ވިސްނެނީއެވެ. ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ސިކުނޑީގެ ކޮންމެވެސް ކަނަކުން ނޫރާދެއްކީ ތެދުވާހަކަތަކެއްކަން އޭނާއަށް ވިސްނައިދޭން މަސައްކަތްކުރާ ކަހަލައެވެ. އެހެނަސް މަލްހާ އެވާހަކަތައް ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އިތުރަށް ނުނިދޭނެކަން އިނގުމުން އޮތްތަނުން ތެދުވަމުން މަލްހާ ތުވާލި ހިފައިގެން ފާޚާނާ އާއި ދިމާއަށް ހިނގައިގަތެވެ.

އެނދާއި ދިމާލުގައިހުރި ސޯފާ ހުރަސްކޮށްލިގަޑީ އޭނާގެ ލޮލުގައި ރޭގައި ރާއިދް ލައިގެންހުރި ޓީޝާރޓް އަޅައިގަތެވެ. ދާވަށިގަނޑަށް ލުމުގެ ނިޔަތުގައި މަލްހާ ކުޑަކޮށް ގުދުވެލަމުން އެޓީޝާރޓް ނެގިއެވެ. އެވަގުތު ދުވި މަޑުމަޑު ލުއި މީރުވަހަކުން މަލްހާއަށް ޓީޝާރޓް ނޭފަތާއި ކައިރިކޮށްލަމުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އެއާއެކު މުޅި މީހާ ގަނޑުވިކަހަލައެވެ. ލޮލަށް ކަރުނަތައް ބޮނޑިވެގަތީ ހީވެސްނުކުރާހައި އަވަހަށެވެ.

ރާއިދްގެ ޓީޝާރޓުން ދުވަމުންދިޔައީ އަންހެން ސެންޓް ވަހެކެވެ. އެއީ ހަމަގައިމުވެސް އޭނާ ބޭނުންކުރާ ސެންޓްގެ ވަހެއްނޫންކަން މަލްހާއަށް ޔަގީންވެއެވެ. އަނެއްކާވެސް ނޫރާ އޭނާ ގާތުގައި ދެއްކިވާހަކަތަކާއި ރޭގައި އެފުނު ހެވަފެންމަތިން މަލްހާގެ ސިކުނޑި އޭނާއަށް ހަނދާންކޮށްދިނެވެ. ރާއިދް ހަމަހަގީގަތުގައިވެސް އޭނާއަށް ބޭވަފާތެރިވަނީހެއްޔެވެ؟

ޓީޝާރޓަށް ބަލަހައްޓައިގެން ގަބުވެފައި މަލްހާއަށް ހުރެވުނީއެވެ. ދެލޮލުން ހޯސްލައިފައި ފައިބަމުންދިޔަ ކަރުނަތަކާއެކު އެހިތް ޝައްކާއި ވަސްވާހުން ފުރެމުންދިޔައެވެ. ރާއިދްގެ ޓީޝާރޓުން އަންހެން ސެންޓްވަހެއް ދުވަންޖެހޭ ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. ރާއިދް ގާތުގައި އަހަންވީހެއްޔެވެ؟ ނޫނެކެވެ. އެއީ އަދި ރަނގަޅުގޮތެއް ނޫނެވެ. އެކަމަކު އެކަމުގެ ހަގީގަތް އޭނާ ހޯދާނީވެސް ވަކި ކިހިނެއްހެއްޔެވެ؟

މަލްހާއަށް ނިތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްބާވައެވެ؟ ރާއިދް އޭނާއަށް ހަގީގަތުގައިވެސް ބޭވަފާތެރިވެއްޖެނަމަ އޭނާ ހަދާނީ ކިހިނެއްހެއްޔެވެ؟ ޖަވާބުނޭނގޭ އެކި ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމާއެކު ޓީޝާރޓް އެއޮތްތަނުގައި ބާވައިލަމުން މަލްހާ ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ. ފެންވަރައިލުމުން ސިކުނޑި ތާޒާވެދާނެކަމުގެ އުއްމީދުގައެވެ.

ފެންމާގަނޑު ދޫކޮށްލަމުން އޭގެ ދަށުގައި މަލްހާއަށް އިނށީދެވުނީ ފައިން ވާގިދޫވާހެން ހީވުމުންނެވެ. ހިތުގައި ގަދައަށް ރިއްސަމުންދިޔައިރު އިރުއިރުކޮޅާ ނޫރާދެއްކި ވާހަކަތައް ކަންފަތްބުޑުގައި ގުގުމަމުންދިޔަހެން މަލްހާއަށް ހީވަމުންދިޔައެވެ. އެއާއެކު އެހައި ސާފުކޮށް ރޭގައި ފެނުނު ހުވަފެނުގެ އެކި ތަންތަންކޮޅު އޭނާގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައެވެ. “ނޫން.” ބާރަށް ހަޅޭލަވައިގަންނަމުން ދެލޯމަރައި ބާރުކޮށްލަމުން ކަންފަތްމަތީގައި މަލްހާ ބާރަށް އަތްއެޅީ އެކަންތަކަށް ނިމުމެއް ގެންނަން ބޭނުންވެފައި އިން މީހެއްހެންނެވެ. އެހެނަސް އެކަންތައް ހުއްޓޭގޮތެއް ނުވިއެވެ.

ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިލަމުން މަލްހާއަށް ގިސްލަގިސްލާފައި ރޮވެމުންދިޔައެވެ. އެއީ ހަގީގަތަކަށް ނުވާނޭނަމައޭ އެހިތަށްއެރި އަދަަދެއްވެސް ނޭނގެއެވެ. އެހެނަސް ވެނިމިފައިއޮތްކަމެއް ނުވާކަމަކަށް ހެދޭނެހެއްޔެވެ؟

އެތައްއިރަކު އެހެން އިނުމަށްފަހު އެންމެފަހުން މަލްހާ ފާޚާނާއިން ނުކުތީ ރޮއިރޮއި ވަރުބަލިވުމުންނެވެ. އޭރު ބޮލުގެ ރިހުންވެސް އިތުރުވެފައިވިއެވެ. ދެލޯރަތްވެ ދުޅަވެފައިވީއިރު ތެމިފައިވި އެސްފިޔަތަކުގެ ސަބަބުން މަލްހާ ހީވަނީ ހިތާމައިގެ ތަސްވީރެއްހެންނެވެ.

ކުޑަގޮތަކަށް ރީތިވެލައިގެން މަލްހާ ކޮޓަރިން ނުކުމެ ކާކޮޓަރިއާާއި ދިމާއަށް މިސްރާބުޖެހީ ބަނޑުހައިވެފައި ހުރިވަރުންނެވެ. ސިޓިންގްރޫމް ހުރަސްކުރިވަގުތު މަލްހާގެ ނަޒަރު އެސޯފާއާއި ދިމާއަށް ހުއްޓުނީ ބޭއިޚުތިޔާރުގައެވެ. ރޮވިދާނެހެން ހީވުމުން އަވަސްއަވަހަށް އެތަންހުރަސްކޮށްގޮސް ކާކޮޓަރިއަށް ވަނެވެ.

“ކޮއްކޮ ބަލިވާހަކަ ރާއިދް ބުނަނީ.” މޭޒުދޮށުގައި ތަރުކާރީކޮޅެއް ކޮށަންހުރި ހީނާ ކަންބޮޑުވެފައި މަލްހާއާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. މަލްހާ ކުޑަކޮށް ބޯޖަހައިލަމުން ގޮނޑިއެއް ދަމައިލުމަަށްފަހު އިނށީނެވެ.

“ކޮއްކޮ ރޮނީތަ؟” ކިތަންމެ ފޮރުވަންއުޅުނު ނަމަވެސް ދުޅަވެ ރަތްވެފައިވާ މަލްހާގެ ދެލޯ ހީނާއަށް ފާހަގަވިއެވެ. ވަގުތުންކުރަންހުރި ކަންތައް ބެހެއްޓުމަށްފަހު މަލްހާގެ ގާތުގައި އިނށީދެލަމުން މަލްހާގެ ބޮލުގައި ލޯތްބާއެކުގައި ފިރުމައިލީ ހާސްވެފައިހުރެއެވެ. މަލްހާ ރޯންޖެހޭވަރުގެ ދިމާވީ ކޮންކަމެއްބާވައޭ އެހިތަށް އަރަމުންދިޔައެވެ.

“ނޫން. ލޮލަށް ޝޭމްޕޫ އެޅުނީ.” ގަދަކަމުން ހިނިތުންވެލަމުން މަލްހާ ބުނެލިއެވެ. “އަހަރެންނަށް ކޮފީއެއް ހަދާދީބަލަ ހީނާއްތަ.” އެއްޗެކޭ ނުބުނެ އޭނާއާއި ދިމާއަށް ބަލަންއިން ހީނާ ފެނުމުން ތުންފަތުގައި ދަތްއަޅައިލަމުން މަލްހާ އެދުނެވެ. ދެންވެސް ވަކިއެއްޗެކޭ ނުބުނެ ހީނާ މަލްހާއަށް ކޮފީ ހެދުމައިގެން އުޅެގަތެވެ.

އެއްޗެކޭ ނުބުނިކަމުގައިވިއަސް މަލްހާއަަށް ކޮންމެވެސްކަމެއް ވެއްޖެކަން ހީނާއަށް ޔަގީންވެއެވެ. އެކަމާ ކިތަންމެ ވަރަކަށް ސުވާލުކުރިނަމަވެސް މަލްހާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އިނގޭތީ އިތުރަށް ސުވާލުކުރުން ހުއްޓައިލީއެވެ. އެހެނަސް އޭނާއަށް އެކަމާއި މެދުގައި ވިސްނެމުންދިޔައީ އޭނާ މަލްހާދެކެވާ ލޯތްބެއްގެ ސަބަބުންނެވެ.

އާވި އަރައަރައިހުރި ކޮފީ މަގު ގެނެސް މަލްހާ ކުރިމަތީގައި ބަހައްޓައިލަމުން ހީނާ އޭނާ ކުރިންކުރަންއިން މަސައްކަތަށް އެނބުރި ދިޔައެވެ. އެއްވެސް ވާހަކައެއް ނުދައްކައި އިނދެ މަލްހާވެސް އެތިފޮދު ފޮދުން ކޮފީ ބޮމުންދިޔައީ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއްލިބޭތޯއެވެ.

“މޯރނިންގް.” އެތެރެއަށްވަދެގެންއައި ލިވްޔާ ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއަޑަށް މަލްހާއާއި ހީނާ އެކުއެކީގައި ލިވްޔާއާއި ދިމާއަށް ބަލައިލިއެވެ. ހީނާ ފުޅާ ހިނިތުންވުމަކާއެކު ހެނދުނުގެ ސަލާމް ލިވްޔާއާއި ކުރިއިރު މަލްހާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ފުންވިސްނުމަކަށް ގެއްލިފައިއިން މީހަކުފަދައިން މަލްހާ އިނީއެވެ.

“ދޮންތަ ބަލީތަ؟” މަލްހާ އިންގޮތުން އޭނާގެ ނިތްކުރީގައި އަތްޖައްސައިލަމުން ލިވްޔާ އަހައިލިއެެވެ. ލިވްޔާ އޭނާއާއި ގާތްވެލިވަގުތު ދުވި ލުއި މީރުވަހުން ސިހިފައި ދެލޯބޮޑުކޮށްލަމުން މަލްހާ ލިވްޔާއާާއި ދިމާއަށް ބަލައިލިއެވެ. މަލްހާގެ މިއަމަލުން ހައިރާންވެފައި ލިވްޔާ ނިތްއަރުވައިލީ ކިހިނެއްވީހޭ ބުނާއުސޫލުންނެވެ.

ދުރަށް ޖައްސައިލި ލިވްޔާގެ އަތުގައި ހިފަމުން މަލްހާ ވަސްބަލައިލިއެވެ. އެއީ ހަމަ އެވަހެވެ. ރާއިދްގެ ޓީޝާރޓުންދުވި ލުއި މީރު ވަހެވެ. މަލްހާގެ ހިތް ފިސްފިވިކަހަލައެެވެ. ފާޑަކަށް ލިވްޔާގެ މޫނަށް ބަލަންފެށުނީ ހިތަށްއަރައި ފައިބަމުންދިޔަ އެއްޗެހިތަކެއްގެ ސަބަބުންނެވެ.

“ކިހިނެއްވީ؟” އޭނާގެ އަމިއްލައަތުން ވަސްބަލައިލަމުން ލިވްޔާ އަހައިލިއެވެ. “ކަމެއްނުވޭ. މާ މީރު ވަހެއްދުވީމަ.” އިސްޖަހައިލަމުން އެހެންބުނެލި މަލްހާގެ ސިކުނޑީގައި އޭރުވަނީ އެގެއަށްއައި ދުވަހު ލިވްޔާ ފެނިގެން ނޫރާ މާނޫންކަމަށް ހަދައިފައި ދެއްކި ވާހަކަތަކެވެ. މިއަދު އެވާހަކަތަކުގެ މާނަ އޭނާއަށް ވިސްްނުނުފަދައެވެ.

ލިވްޔާ އާއި ދިމާއަށް ބަލައިލުމެއްވެސްނެތި މަލްހާ އިންތަނުންތެދުވެ ހިނގައިގަތީ އިތުރަށް އެތާނގައި އިންނަން ބޭނުންނުވުމުންނެވެ. ބޯންއިން ކޮފީމަގުވެސް ހުސްނުކޮށް މަލްހާ ދިއުމުން ހީނާގެ ކަންބޮޑުވުން އިތުރުވިއެވެ.

“ދޮންތައަށް ކިހިނެއްވެފަތަ އެހުރީ؟ ހާާދަ ފާޑަކަށޭ އެއިނީ؟” ހީނާގެ މޫނަށް ބަލައިލަމުން އެތަނުން ގޮނޑިއެއްގައި އިނށީދެފައި ލިވްޔާ އަހައިލިއެވެ. “ނޭނގެ. ބޮލުގަ ރިއްސާތީ އުޅުނު. އެއްވެސް އެއްޗެއް ނުކައި އެދިޔައީ.” މަލްހާ ހުސްނުކޮށް ބެހެއްޓި ކޮފީމަގަށް ބަލައިލަމުން ހީނާ ބުނެލިއެވެ. އެހެންހެއްޔޭ ކިޔައިފައި ލިވްޔާ ފަރުވާކުޑަގޮތަކަށް ޕާންފޮއްޗެއް ނަގައި އޭގައި ޖޭމް އުނގުޅަށް ފެށިއެވެ.

ކޮޓަރިއަށް ވަތްގޮތަށް މަލްހާ ސޯފާގައި އޮތް ރާއިދްގެ ޓީޝާރޓް ނަގައި ވަސްބަލައިލިއެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެވަހެވެ. ފުންނޭވާއެއްލަމުން މަލްހާ ސޯފާގައި އިނށީދެލިއެވެ. އަނެއްކާވެސް އޭނާގެ ދެލޯފުރިގެންދިޔައީ ނޫރާގެ ވާހަކަތަކުގައި ތެދެއްވާކަމަށް އޭނާގެ ސިކުނޑި ބުނުމުންނެވެ. ނޫރާގެ ގޮތް އޭނާއަށް އެނގެއެވެ. ޔަގީންނުވާހާލު އެފަދަ ވާހަކައެއް ނޫރާވެސް ނުދައްކާނެއްނޫންހެއްޔެވެ؟

ކުޑަކޮށް ގުދުވެލުމަށްފަހު މަލްހާއަށް ނިތުގައި އަތުން ފިރުމައިލެވުނެވެ. ހޯސްލައިފައި ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް މިއިން ދުވަހަކުވެސް ނިމުނެއް އަންނާނެހެނެއް ހިއެއްނުވެއެވެ. އެހައި ލޯބިންފެށި ޒަވާޖީ ހަޔާތް ނިމިގެންދާކަށް އޭނާ ނޭދެއެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އެކައިވެނި ސަލާމަތްކުރަން މަސައްކަތްކުރަން މަލްހާ ބޭނުންވެއެވެ. އެހެނަސް ރާއިދް އެގޮތް ބޭނުންނުވާނަމަ ދެންހަދާނީ ކިހިނެއްހެއްޔެވެ؟

“މަންމީ.” ރޯންއިން މަލްހާގެ އަތުގައި ކޮށްޓައިލަމުން ލޯބި ގޮތަކަށް ޒީވާން ގޮވައިލިއެވެ. އެއާއެކު ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހިތްދަތިގޮތަކަށް މަލްހާ ޒީވާންއާއި ދިމާއަށް ބަލައިލިއެވެ. ހެވިފައި އޭނާއާއި ދިމާއަށް ބަލަންއިން ޒީވާން ފެނުމުން މަލްހާގެ ހިތުގައި ރިއްސައިލިއެވެ. އޭނާގެ ހަނދާނަށްއައީ އެންމެފުރަތަމަ ޒީވާންއަށް ބަނޑުބޮޑުވުމުން ރާއިދް އުފަލުން އުޅުނުގޮތެވެ. އޭރު މިހެންވެދާނޭ ދުވަހެއްގެ ކޮޅުންވެސް އޭނާގެ ހިތަކަށް ނާރައެވެ.

ޒީވާންއަކީ އޭނާއާއި ރާއިދްގެ ލޯބީގެ ނިޝާނެވެ. އެނިޝާންމަތިންވެސް ރާއިދް ހަނދާންނައްތައިލީހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އޭނާގެ ކޮންކުށެއް އޮވެގެންހެއްޔެވެ؟ އެއްވެސްކުށަކައިނުލާ ރާއިދް މިއަދު އޭނާގެ ހިތް ރޮށްވައިލައިފިއެވެ.

ޒީވާންގެނެސް މޭގައި ޖައްސައިބާރުކޮށްލަމުން މަލްހާއަށް ރޮއިގަނެވުނެވެ. ކެތްތެރިވާން މަސައްކަތްކުރިނަމަވެސް އެހައި ހިތްވަރު އޭނާގެ ގައިގައި ނެތީއެވެ. މަލްހާގެ ގިސްލުމުގެ އަޑުން ކުޑަކުޑަ ޒީވާންގެ ހިތްވެސް ފޮތިފޮތިވެގެން ދިޔައެވެ. އެކުޑަކުޑަ ދެލޮލުންވެސް ކަރުނަ ހިލުނީ ބަނޑުއަޅައިވިހެއި މައިމީހާ އެހައި ހިތްދަތިގޮތަކަށް ރޯމަންޒަރު ފެނުމުންނެވެ.

“މަންމީ. ނުލޮއެ. މަންމި ލޮއިމަ ކޮއްކޮއަށްވެސް ލޮވެނީ.” ކުރެހިފައިވާ އަޑަކުން ލޯތްބާއެކު މަލްހާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ޒީވާން ބުނެލިއެވެ. އެކުޑަކުޑަ އަތްތިލަ އޭނާގެ މޫނުގައި ޖެހުމާއިއެކު މަލްހާގެ ގިސްލުންވީ އިތުރެވެ.”މަންމި ޕްލީޒް ނުލޮއެ. ކޮއްކޮ މަންމިއަށް ޗޮކްލެޓް ގެނެސްދޭނަމޭ.” ޒީވާން ހީކުރީ މަލްހާ އެރޮނީ އޭނާއެކޭ އެއްގޮތަށް ޗޮކްލެޓް ނުލިބިގެންކަމަށެވެ. އަަބަދުވެސް އޭނާ ރޯން ފެށުމުން ލޯތްބާއެކު މަލްހާ އެހެންބުނާ ހަނދާންވުމުން އޭނާވެސް އެހެންބުނެލީ މަލްހާ ރުއިން ހުއްޓާތޯއެވެ. އޭރު އޭނާއަށްވެސް ގިސްލެވެމުންދިޔައެވެ. ފެންކަޅިވެފައިވާ ދެލޮލުން ޒީވާންގެ ތުއްތު އަތްތިލައަށް ބޮސްދެމުން މަލްހާ ބޯޖަހައިލިއެވެ. އަދި އެކުޑަ ހަށިގަނޑުގައި ބައްދައިލަމުން ދެލޯމަރައި ބާރުކޮށްލިއެވެ. އޭނާގެ ޝައްކު ހަގީގަތަކަށް ނުވުމަށްއެދި މަލްހާއަށް ދުޢާކޮށްލެވުނެވެ. އެދެމީހުންވަކިވެއްޖެނަމަ އެންމެ ބޮޑު އަސަރެއްކުރާނީ ޒީވާންއަށްކަން މަލްހާއަށް އެނގެއެވެ. އޭނާގެ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ ދަރިފުޅަށް ކުޑަވެސް ހިތާމައެއްކުރިމަތިވާކަށް އޭނާ ނޭދެއެވެ. އެހައިވެސްބޮޑަށް އޭނާ ޒީވާންދެކެ ލޯބިވެއެވެ.

** ** **

ކޮލެޖަށްދާން ތައްޔާރުވެގެން ލިވްޔާ މަލްހާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ރާއިދްއަށް ގޮވުމުގެ ބޭނުމުގައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން ލިވްޔާ ދޮރުހުޅުވައިލިއެވެ. އޭރު ރާއިދްވެސް ތައްޔާރުވެ ނިމެނީއެވެ.

އެނދުގައި އިނށީދެލައިގެން އެމަންޒަރުބަލަން މަލްހާ އިނެވެ. ކޮޓަރީގެ ދޮރުމަތީ ރާއިދާއި ދިމާއަށް ބަލަހައްޓައިގެންހުރި ލިވްޔާ ފެނުމާއެކު މަލްހާގެ ދެބުމަގޮށްޖެހިގެން ދިޔައެވެ. ހަމައަކަށް އެޅިފައިވީ ނަމަވެސް މަލްހާގެ ހިތްވަނީ ފިސްފިސްވެފައެވެ.

“ލިވީ. މިއަދު ކާރެއްގަ ދާންވީނު ދޯ. ދޮންތަމެން މިއުޅެނީ ޒީވާން ގޮވައިގެން ޕާރކަށް ދާންވެގެން. އޭނަ ހީވަނީ ޕާރކަށް ނުދެވިގެން އެހެެންކަމެއްހެން. އެހެންވެ.”ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެެރިކުރުވަމުން މަލްހާ ބުނެލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން ރާއިދް މަލްހާގެ މޫނަށް ބަލައިލިއެވެ. ޒީވާން ގޮވައިގެން ޕާރކަށްދާ ވާހަކައެއް މަލްހާ އޭނާގާތުގައެއް ނުބުނެއެވެ. ކުއްލިއަކަށް މަލްހާ އެހެންބުނި ސަބަބެއް ރާއިދަކަށް ނުވިސްނުނެވެ.

“އޯހް. އޯކޭވާނެ. އެންޖޯއި.” އިރުކޮޅަކު މަލްހާއާއި ރާއިދާއި ދިމާއަށް ބަލަންހުރުމަށްފަހު އެހެން ބުނެލަމުން ލިވްޔާ ދާން ހިނގައިގަތީ ހިތްހަމަނުޖެހިފައި ހުރެއެވެ. ޕާރކަށްދާން ރާވައިފައިއޮތްއިރު ރާއިދް އޭނާގާތުގައި ކުރީބައިގައި އެހެން ނުބުނީ ކީއްވެހެއްޔެވެ؟ ލިވްޔާގެ ހިތުގައި ރާއިދާ މެދުގައި ޝަކުވާ އުފެދުނެވެ.

“ކީއްވެ ދޮގުހެދީ؟” ލިވްޔާދިޔަތަން ބަލަންހުރުމަށްފަހު މަލްހާއާާއި ދިމާއަށް އެނބުރިލަމުން ރާާއިދް އަހައިލިއެވެ. “އަހަރެން ދޮގެއް ނުހަދަން.” ފަރުވާކުޑަ ގޮތަކަށް މަލްހާ ބުނެލިއެވެ. “ދެންއެހެންވީއިރު ޕާރކަށްދާ ވާހަކަ ކީއްވެ އަހަރެންގާތު ކުރިން ނުބުނީ؟” އަނެއްކާވެސް ރާއިދް އަހައިލިއެވެ. ލިވްޔާއާއެކުގައި ނުދެވުމުން އޭނާވެސްހުރީ ހިތްހަމަނުޖެހިފައެވެ.

“ރާދުއަށް ވަގުތެއް ވެގެންނު ބުނެވޭނީވެސް.” ފާޑަކަށް ރާއިދާއި ދިމާއަށް ބަލައިލަމުން މަލްހާ އެހެންބުނުމާއެކު ރާއިދް ފުންނޭވާއެއްލިއެވެ. “ލިވީ އެކަނި ތިފޮނުވީ. އޭނަ ކޮލެޖަށް ލައިފަ އައިސްވެސް ދެވިދާނެ ތިދާތާކަށް.” މިފަހަރު ރާއިދްގެ އަޑުގައިވެސް ހިތްހަމަނުޖެހުން އެކުލެވިގެންދިޔައެވެ.

“އަދި އަލަކަށްނޫނޭ ލިވީ އެކަނި ކާރުގަ އެދިޔައީ. ކުރިންވެސް ރާދުއަށް ނާދެވޭ ދުވަސްދުވަހު ލިވީ ދަނީ އެކަނި.” ރާއިދާއި ދިމާއަށް ބަލަންއިނދެ މަލްހާ އެހެންބުނެލިގަޑީ ޒީވާން ދޮރުމައްޗަށް އަރަމުން ދަނީ ކޮންިރަކުންތޯ އަހައި ސުވާލުކުރަން ފެށިއެވެ. ހެވިފައިއިން ޒީވާންގެ މޫނަށް ބަލައިލަމުން ރާއިދް ކޮޓަރިން ނުކުންނަން ހިނގައިގަތީ މަލްހާ ގާތުގައި އައުމަށް ބުނަމުންނެވެ. ޒީވާން ގާތުގައި މިއަދު މަލްހާ ރޮއިވާހަކަ ރާއިދް ގާތުނުބުނުމަށް ބުނެފައިވާތީ ޒީވާން އެކަން ހަނދާނުގައި ބަހައްޓައިގެންހުރީ މަލްހާދެކެވާ ލޯތްބެއްގެ ސަބަބުން މަންމަގެ ބަސްއަހާ ކުއްޖަކަށްވާން ބޭނުންވާތީއެވެ. މިއަދު ވެގެންދިޔަ އެއްވެސްކަމެެއްގެ ކުޑަވެސް ހިލަމެއްނުވާހާލު ރާއިދް ޒީވާންގެ އަތުގައި ހިފައިލަމުން ގެއިންނުކުންނަން ހިނގައިގަތެވެ.

** ** **

ގަޑިން ދަންވަރު 2 ޖަހަން ގާތްވަނީއެވެ. އަދިވެސް ނުނިދިފައި މަލްހާއޮތީ އޭނާގެ ހަޔާތާއި މެދުގައި ވިސްނުމުގައެވެ. ލޯމަރައިލައިގެން އޮތެއްކަމަކު އޭނާގެ ލޮލާއި ނިދިވަނީ އެތައްހާސް މޭލެއް ދުރުގައެވެ. މަލްހާގެ ގާތުގައި ވަގުތުތައް ގުނަންއޮތް ރާއިދަކަށް މިކަމެއް ނޭނގެއެވެ. އިރުއިރުކޮޅާ އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަނީ ކެތްތެރިކަންކުޑަވެފައި އޮވެއެވެ.

މަލްހާ އޮތީ ރާއިދަށް ފުރަގަސްދީގެންކަމުން ރާއިދްގެ މިހަރަކާތްތަކެއް އޭނާއަކަށް ނުފެނެއެވެ. ގަޑިން ބަރާބަރު 2 ޖެހުމާއެކު އަވަސްވެފައިވާ ހިތަކާއެކު ރާއިދް މަޑުމަޑުން އެނދުން ފޭބިއެވެ. އެއާއެކު މަލްހާއަށް ދެލޯހުޅުވައިލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މަލްހާ ދެލޯމަރައިލީ ކޮންމެގަޮތެއް ހަދައިފައިނަމަވެސް މިރޭ އެެދެމީހުންގެ ހަގީގަތް އިނގެން ބޭނުންވެފައިއޮތްލެއް ބޮޑުކަމުންނެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނުއަޑު އިވުނެވެ. އެއާއެކު މަލްހާގެ ހިތް އަވަސްވެގެންދިޔައެވެ. ދޮރުޖެހުނުއަޑާއެކު މަލްހާ ލޯހުޅުވައިލިއިރު އެދެލޮލުގައި ކަރުނައިގެ މުތީތައް ވިދައި ބަބުޅަމުންދިޔައެވެ. ލަސްލަހުން ފަސްއެނބުރި އެނދުގައި ހުސްކޮށްއޮތް ދިމާއަށް މަލްހާ ބަލައިލީ ހިތްދަތިގޮތަކަށެވެ.

“ކީއްވެ ރާދު؟ ކީއްވެ؟” އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައިލުމަށްފަހު މަލްހާ ޝަކުވާކޮށްލިއެވެ. އޭނާގެ ލޯބީގައި އުނިވީފަހެ ކޮންކަމެއް ހެއްޔެވެ؟

ހިތްވަރުކުރަމުން ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު މޭޒުމަތީގައި ހުސްކޮށްހުރި ފެންޖަގަށް މަަލްހާ ބަލައިލިއެވެ. މިރޭ ޖަގަށް ފެންނާޅައި މަލްހާ ބެހެއްޓީ ގަސްދުގައެވެ.

ތުރުތުރުއަޅަމުންދިޔަ އަތުން ފެންޖަގުނެގިއިރު އެހިތްނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ރޭގައި ފެނުނު ހުވަފެނާއި ނޫރާގެ ވާހަކަތަކުން އޭނާގެ ސިކުނޑި ގައިދުކޮށްލައިފައިވިއެވެ. އަތުގެ ނުފުށުން މޫނުމަތި ފުހެލަމުން ފުންނޭވާއެއްލުމަށްފަހު މަލްހާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލީ ހިތްދަތި ގޮތަކަށެވެ. “އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ ރާދު. ޔޫޓޫ ލިވީ.” ދޮރާއި ދިމާއަށް ބަލަންހުރި މަލްހާގެ ހިތްވީ އެެދެމީހުންނަށްޓަކައި ޝަކުވާއިން ފުރިފައެވެ. ލަސްފިޔަވަޅުތަކެއްގައި މަލްހާ ދޮރާއި ދިމާއަށް ހިނގައިގަތީ ކޮންމެފަދަ މަންޒަރެއް ފެނުނަސް ހިތްވަރުކުރަން ނިންމައިގެންހުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (2)

Next

މިހަޔާތް އަލިކޮށްލި ނޫރު 2

Next
March 15, 2018

މިހަޔާތް އަލިކޮށްލި ނޫރު 2

Previews
March 14, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (2)

59 Comments!

  1. Nau says:
    March 15, 2018 at 1:46 pm

    Salaam all.. Here is the 14th part. Hope u guys will like this part too.. Let me knw the mistakes. N enjoy reading.. Wat will hppn nxt? Hehe..
    Have a nice day.. Nxt part in sha allah tmrw.. Kyp waiting.. Thanks to everyone who comments, like n share this story. Ly all my dears❤?

  2. Axy says:
    March 15, 2018 at 1:47 pm

    Nau Thanks ? mi kiyaalanee

    1. Nau says:
      March 16, 2018 at 11:54 am

      Wlcm n thanks dear❤

  3. rose says:
    March 15, 2018 at 1:49 pm

    Vvvvvvvv nice balabalaa hunta ti upkuriy

    1. Nau says:
      March 16, 2018 at 11:54 am

      Thanks dear❤

  4. een says:
    March 15, 2018 at 2:02 pm

    kiyaa hithun indha nimunee . vv reethi

    1. Nau says:
      March 16, 2018 at 11:54 am

      Thanks dear❤

  5. EHLEE says:
    March 15, 2018 at 2:06 pm

    Vvvvvvv reeti. I love this story…. dhen vaanee kihineii???

    1. Nau says:
      March 16, 2018 at 11:55 am

      Lets see dhw.. Thanks alot dear❤

  6. Ibsha says:
    March 15, 2018 at 2:10 pm

    Varah reethi mivaahaka.❤❤❤❤❤

    1. Nau says:
      March 16, 2018 at 11:56 am

      Thanks dear❤

  7. tom says:
    March 15, 2018 at 2:11 pm

    V salhi v salhi v salhi nau…avas next part.?????

    1. Nau says:
      March 16, 2018 at 11:56 am

      Thanks dear❤

  8. Queen angela? says:
    March 15, 2018 at 2:13 pm

    V reethi..”mendhamun anburaa”mihen nukiyaane…rangalhu gothaky “mendhamun alive”..hope u won’t repeat it…????

    1. Nau says:
      March 16, 2018 at 11:57 am

      Ya dear in sha allah i wnt.. Thanks alot for pointing out the mistake.. Nw rangalhukohfa innaany.. Thanks dear❤

  9. Kokko says:
    March 15, 2018 at 2:25 pm

    Alhe one more part miadh pls…vv reethi maasha allah

    1. Nau says:
      March 16, 2018 at 11:58 am

      Thanks alot dear❤

  10. Niu says:
    March 15, 2018 at 2:27 pm

    Alheyyyy….
    Enme kiyan beynun vi hisaaabun thi ninmaly…..
    Neyvaaa hifhatta laigen mi inèèeèe….
    V v v v reeethi
    V v v furihama
    Waiting for next part
    ??????

    1. Nau says:
      March 16, 2018 at 11:58 am

      Awwwn thanks alot dear❤

  11. Shaee says:
    March 15, 2018 at 2:27 pm

    Masha allah alhey dhen kihinehba vaany emeehun kanthah mirey falhaa aruvaalaathi nau ..curiously waiting for the nextpart???

    1. Nau says:
      March 16, 2018 at 12:05 pm

      Lets see dhw.. Thanks alot dear❤

  12. Minnie✨ says:
    March 15, 2018 at 2:36 pm

    Salaam Nau..❤❤❤❤ How’s you…!???? Alhe vvv kiyaa hithun indha thi nimmaaleee..?????Heevany Mal ah nu fennaane hen.???? ekamu fenibala, ingibala alhe.??? Mal ah ehn hadhaakah nuvaane…????? Mi chapter ves hama varaaaaaaaaaaaaaaah loabi..??????? hama bala balaa indha thi up kolleee..???? Next chapter maadhan dhw…???? Eagerly waiting…..✨✨ varah ufaa veyy daily koh up kodhey iru adhi dhigu koh up kohdheythee…???? Busy veema komme part akah comment nukureveny..???? But hama gavaidhun kiyan…???? You are always one of my favorite writer..???? Keep it up darling..❤❤❤ Love you…????❤❤✨?

    1. Nau says:
      March 16, 2018 at 12:06 pm

      Awwwnn sooo happy to see ur comment dear. Alhamdhulihlaah m grt.. Hw abt u dear? Lets see dhw vaagotheh.. Thanks alot darling.. Love u too❤?

  13. Pinky shifoo says:
    March 15, 2018 at 2:54 pm

    Wonderful ❤️❤️❤️… As usual mi part vx hama v v v reethi ???… First mal ah dream eh dhw fenuny… Heheheh… Bt now shahku kurevey dhw n I just hope mifaharu mal ah hageegai v ragalhah fennaane kamah ???… Dhn kihineh baa vaanee??? ???… Maybe mal ah truth ingunyma raaidh mal divorce vx kohfaane ???… Heheheh… V kiyaalaahithun mi part vx mi kiyaaly ???… Keep up the good work Nau ???… Next part kiyaalaahithun kehmadhuvefa mihaaru vx mihiree ???… Curiously waiting for the next part… Lots of love and take care ❤️❤️❤️?????????

    1. Nau says:
      March 16, 2018 at 12:07 pm

      Awwwn thanks alot my dear.. So happy to see the love n support m getting frm u.. Lets see wat hppns.. Lots of love n tvgc?❤

  14. Smiley ? says:
    March 15, 2018 at 2:59 pm

    Alhe pls avahah aneh part genesdhy v wait kurevey eba

    1. Nau says:
      March 16, 2018 at 12:08 pm

      Will try in sha allah my dear.. Thanks alot❤

  15. Blaky says:
    March 15, 2018 at 2:59 pm

    Varah reethi ehaa thafaath vaahakaeh keep it up

    1. Nau says:
      March 16, 2018 at 12:08 pm

      Awwwn thanks alot my dear❤

  16. Swety says:
    March 15, 2018 at 3:04 pm

    Alhey adhi nuvacne buster. …..pls?????mall dhera nukurachey

    1. Nau says:
      March 16, 2018 at 12:08 pm

      Lets see dhw. Thanks alot dear❤

  17. Twinkle says:
    March 15, 2018 at 3:22 pm

    Alhe miadhu adhi 1 part up kohdhyba.. Plx ? komme dhuvahaku kiyaafa comment nukuriyas hama daily koh mi story kiyan. V v v v salhi story eh mi.. ☺?☺? Koniraku tha mal ah hageegaiy ingeyny.. Waiting waiting???

    1. Nau says:
      March 16, 2018 at 12:09 pm

      Awwwwn thanks alot my dear. Lets see dhw.. ❤

  18. Xxxx says:
    March 15, 2018 at 3:36 pm

    Wooowww???? waiting v.nice

    1. Nau says:
      March 16, 2018 at 12:10 pm

      Thanks alot dear❤

  19. Fathun says:
    March 15, 2018 at 3:37 pm

    V v v v v v reethi. Miadhu adhi 1part pls

    1. Nau says:
      March 16, 2018 at 12:10 pm

      Thanks alot dear❤

  20. Navya says:
    March 15, 2018 at 3:41 pm

    Vvv reethi mi vaahaka ?

    1. Nau says:
      March 16, 2018 at 11:59 am

      Thanks my dear❤

  21. haner says:
    March 15, 2018 at 4:14 pm

    alhe haadha kurey
    thankolheh dhigu koh up kohdheba please
    love it ?❤??

    1. Nau says:
      March 16, 2018 at 11:59 am

      Awwn will try ingey dear. Thanks alot❤

  22. Hajja says:
    March 15, 2018 at 6:05 pm

    Alhay. Adhi one part up kohba miyadhu

    1. Nau says:
      March 16, 2018 at 11:59 am

      Thanks dear❤

  23. Aira says:
    March 15, 2018 at 6:23 pm

    Mi vaahakaiga haadha gina ey dho fulhaa hinithun vun

    1. Nau says:
      March 16, 2018 at 12:00 pm

      Hehe ya dhw.. Thihen bunyma nau ahvx hyvehjey.. Maaginain e wrd beynunkurevey dhw.. Will try to limit it ingey.. Hehe.. Thanks for telling dear❤

  24. Dhon goma says:
    March 15, 2018 at 6:36 pm

    Aanmu koh kiyaa ulhenee mendhurun anburaa 2 jahaairu eiy mendhuru fas & mendhamun alive 2 jahaairu eiy dhanvaru mendhamun Anburaa 2 jahaairu liefa onnaathee bunelee

    1. Nau says:
      March 16, 2018 at 12:01 pm

      Thanks dear. Nw innaany correct kohlaafa?

  25. aisha says:
    March 15, 2018 at 8:27 pm

    wow.vvv rythi.

    1. Nau says:
      March 16, 2018 at 12:01 pm

      Thanks dear❤

  26. Faiha says:
    March 15, 2018 at 11:39 pm

    Varah varah reethi…comment nukurias hama abadhuves mi story kian…dhen ahna part avahah upkohladhehcheyy??…and livia dheke varah foohi vey eyna sister ge life ruin kohleema?

    1. Nau says:
      March 16, 2018 at 12:02 pm

      Ya dhw.. Hehe.. Thanks alot dear. In sha allah will try ingey❤

  27. Shafa says:
    March 16, 2018 at 12:27 am

    Helw nau..bxy koh ulheytheeve story v nukiyey mihaaru…ekamu time libunu varakun part than kiyamun midhany..vvvv reethi nauge mi story Masha allah ..❤?waiting for the next part???❤

    1. Nau says:
      March 16, 2018 at 12:03 pm

      Awwn thanks alot dear. V happy vehje comment kohlyma❤

  28. Any says:
    March 16, 2018 at 6:37 am

    Adhi miyadhu 1 more part pls v kiyahithun mihery

    1. Nau says:
      March 16, 2018 at 12:03 pm

      Hehe tday up koh dheynan ingey dear. Thanks❤

  29. Sweety says:
    March 16, 2018 at 9:52 am

    When is next part avaha up kohdheeba

    1. Nau says:
      March 16, 2018 at 12:03 pm

      In sha allah havyru or nyt ga❤

  30. Nau says:
    March 16, 2018 at 10:05 am

    Salaam all.. Tday ge part lil lahun ingey up vaany.. Friday vyma m lil bxy.. In sha allah havyru or nyt ga up kuraanan.. ?

  31. Mary says:
    March 16, 2018 at 1:04 pm

    Alhe v loabi 14 vana part ves, ekam mihaaru iru irukolhakun up koffitho balaabalaa varubalivejje, thanks, avahah up kohdheeba plus, love you

Comments are closed.

Next Episodeތަޤްދީރު (15)←


All Right Reserved!