Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (12)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 13, 2018 7 Mins Read
57 Comments

ފެނުނު މަންޒަރުން ދެލޯބޮޑުކޮށްލަމުން ޔާނިކްއަށް އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ހުއްޓުން އަރައިފައި އެއަންހެންކުއްޖާގެ މޫނަށް ބަލަމުންދިޔަގޮތުން އެންމެންގެ ނަޒަރުތައް ހައިރާންކަމާއެކު ޔާނިކްއާ ދިމާއަށް ހުއްޓިފައިވިއެވެ. އެކުއްޖާވެސް ކަންބޮޑުވެފައި ޔާނިކްގެ މޫނަށް ބަލަމުން ދިޔައީ ހަދާނެގޮތެއް ނުވިސްނިފައިއިން މީހަކުހެންނެވެ. “ނޫރާ.” ޔާނިކްއަަށް ބޭއިޚުތިޔާރުގައި އެނަން ކިޔައިލެވުނެވެ. “ސަރ.” ނޫރާއަށްވެސްވީ އެވަރެވެ. ސަރގެ ނަމުން ގޮވައިލުން ފިޔަވައި ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނައެވެ.

ދެމީހުންގެ މޫނަށް ބަލައިލަމުން ލުތުފީ ޔާނިކްގެ އަތުގައި ހިފައި އޭނާ ކުރިންއިންތަނުގައި ބެއިނދިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޔާނިކްވެސް އިންތަނުގައި އިނށީނެވެ.

ރޭގަނޑުގެ ކެއުމަށްފަހު ނޫރާމެން ދިއުމުން ޔާނިކް އޭނާގެ ކޮޓަރިއާއި ދިމާއަަށް ހިނގައިގަތެވެ. “ޔާނިކް. ބައްޕައަށް އެނގޭ އެއީ ޔާނިކްގެ ދަށުން މަސައްކަތްކުރާ މުއައްޒަފެއްކަން. އެހެންވީމަ ޔާނިކްއަށް ނޫރާގެ ގޮތް މާރަނގަޅަށް އިނގޭނެ. އެހެއްނު. ބައްޕަ އުއްމީދުކުރަން ޔާނިކް މިކައިވެންޏަށް ދެކޮޅު ނުހަދާނެކަމަށް.” އެހެންބުނެލުމަށްފަހު ލުތުފީވެސް އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ޔާނިކްގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތިއެވެ. ހީވާކަހަލައެވެ. އެކަމުގައި ޔާނިކްގެ ބަހެއް އޭނާއަށް އެހައި މުހިންމެއްނޫނެވެ.

ހިތުގައި ޖެހުނު ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއްނެތި ލަސްހިނގުމެއްގައި ޔާނިކްގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އަދު އޭނާގެ ހާލުދެކޭނެ ހަމައެކަކުވެސް ނެތީހެއްޔެވެ؟

** ** **

ގަޑިން މެންދަމުން އަނބުރައި 2 ޖަހަނީއެވެ. ނިތުގައި އަތް ބާވައިލައިގެން ނުނިދައި އޮތް ރާއިދް މަލްހާގެ މޫނަށް ބަލައިލިއެވެ. އޭނާއަށްއޮތީ ނިދިފައިކަން ޔަގީންވުމާއެކު މަޑުމަޑުން އެނދުންފެއިބުމަށްފަހު ސިއްރު ސިއްރުންގޮސް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ނުކުތެވެ. އަދި އެއްވެސް އަޑެއް ނީވޭނޭފަދައިން ދޮރު ޖަހައިލަމުން ސިޓިންގްރޫމާއި ދިމާއަށް ހިނގައިގަތެވެ.

ރާއިދަށް ސިޓިންގް ރޫމަށް އާދެވުނު ވަގުތަކީ ލިވްޔާވެސް އެތަނަށް އައިސް ހުއްޓިލި ވަގުތެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވެލަމުން ސޯފާގައި އިނށީދެލިއެވެ. މިއީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. މުޅި ދުނިޔެއަށް ސިއްރުން ރޭގަނޑުގެ އެވަގުތުގައި ދެމީހުން ބައްދަލުކޮށް ހަދާތާ މިހާރު އެއްމަހަށްވުރެ ގިނަދުވަސްވަނީއެވެ.

ލަދުރަކި ހިނިތުންވުމަކާއެކު ލިވްޔާ މަޑުމަޑުން ރާއިދްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެއާާއެކު ރާއިދް އޭނާގެ ބާރުގަދަ އަތުގެތެރެއަށް ލިވްޔާލައި ބޮނޑިކޮށްލިއެވެ.

“އައި މިސްޑް ޔޫ.” ލޯތްބާއެކު ލިވްޔާއަށް ބުނެވުނެވެ. “އައި މިސްޑް ޔޫ ޓޫ ޕްރިޓީ.” ރާއިދްވެސް ހަމަ އެރާގުގައި ބުނެލިއެވެ. ދެމީހުން އަމިއްލަ ދުނިޔެއެއްގައި އުފާހޯދަމުން ދިޔައިރު ދެމީހުންކުރެ އެކެއްގެ ހިތަށްވެސް މަލްހާއަށް މިދެވެނީ ކޮންފަދަބޮޑު ހިތާމައެއްކަމެއް އިހުސާސުވެސްނުވާ ފަދައެވެ.

“ލިވީ ބިރެއްނުގަނޭތަ މަލްހާއަށް މިކަން އިނގިދާނެތީ؟” އިރުކޮޅެއްވަންދެން ލިވްޔާގެ ފަންއިސްތަށިގަނޑާއި ކުޅެން އިނުމަށްފަހު ރާއިދް އަހައިލިއެވެ. އެއާއެކު ފުންވިސްނުމަކަށް ލިވްޔާ ގެނބިގެން ދިޔައެވެ. “ބިރުގަނޭ. އެކަމުވެސް ރާދުއާާ ދުރުގައެއް ނުހުރެވޭނެ.” އިރުކޮޅަކު ވިސްނައިލުމަށްފަހު ލިވްޔާ ބުނެލިއެވެ. އެއާއެކު ރާއިދްގެ ލުއިހުނުމުގެ އަޑު ސިޓިންގްރޫމް ތެރެއަށް ފެތުރިގެންދިޔައެވެ. “ހަމައެހައި ލޯބިވޭތަ އަހަރެންދެކެ؟” ސީދާ ލިވްޔާގެ ލޮލަށް ބަލައިލަމުން ރާއިދް އަހައިލިގޮތުން އެހިތުގެ ހިނގުން އަވަސްވިއެވެ. “ހޫމް. ވަރަށް ވަރަށް ބޮޑަށް.” ލަދުގަތް ނަމަވެސް ރާއިދްގެ ލޮލާއި ލޯ އަމާޒުކޮށްލަމުން ލިވްޔާ ބުނެލިއެވެ. “އެކަމު އަހަރެންމީ ދެންކާކު؟ ލިވީއަށްވުރެ އެތަށްތަނެއް ދޮށީ މީހެއް. ލިވީއަށް އަހަރެންނަށްވުރެ މާރަނގަޅު މީހުންވެސް ވާނެކަން ޔަގީން.” އަމިއްލައަށް ދެރަވެލަމުން ރާއިދް އެހެންބުނީ ލިވްޔާ ބުނާއެއްޗެއް ބަލައިލުމުގެ ނިޔަތުގައެވެ. ހައިރާންކަމާއެކު ރާއިދްގެ މޫނަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ލިވްޔާއަށް އިސްޖަހައިލެވުނެވެ.

“އިނގޭ ތިކަން. އެކަމު އަހަރެންގެ މިހިތަކަށް ރާދު ނޫން މީހެއް ކަމަކުނުދިޔަ. އަހަރެމެން ދެމެދު މިއޮއް އުމުރުގެ ތަފާތުކަމެއް ނުފެނުނު. ރާދު އެންމެފުރަތަމަ ފެނުނު ދުވަނުންފެށިގެންވެސް އަހަރެންގެ ހިތް އަހަރެންގެ އަތުން ވީލިގެން ގޮސްފި. އަހަރެން ރާދުދެކެ ލޯބިވީ ގަސްދުގައެއްނޫން. ލޯބިވެވުނީ.” އިސްޖަހައިގެންއިން ލިވްޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިކުރެވެނީ ގޯސްކަމެކޭ ބައެއްފަހަރު އެހިތަށް އެރިނަމަވެސް އެކަން ހުއްޓައިލާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހިތުގެ ހަމަޖެހުމަކީ ރާއިދްކަމަށްވީއިރު ރާއިދާއި ނުލައި އޭނާ އުޅޭނީ ކިހިނަކުންހެއްޔެވެ؟

“ހެއި. ރޮނީތަ؟ ސޮރީ. އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫނޭ.” ލިވްޔާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތިކިތައް ލޯތްބާއެކު ރާއިދް ފުހެލަދިންއިރު އޭނާގެ އޯގާތެރިކަމާއި ލޯތްބަށް ބޭނުންވެފައިއިން އަންބަކު އޭނާގެ ހުރިކަންވެސް ރާއިދްއަށް ނޭނގެނީހެއްޔެވެ؟ ދެއަހަރަށްވުރެ ގިނަދުވަހު އެއްކޮށްއުޅުނު އޭނާގެ ހަޔާތުގެ ބައިވެރިޔާމަތިން ރާއިދް އެހައި ފަސޭހައިން ހަނދާންނެތުނީހެއްޔެވެ؟

“އިޓްސް އޯކޭ. ރާދު ޖެހިލުމެއްނުވޭތަ މިކަން ދޮންތައަށް އިނގިދާނެތީއެއް؟” އެއްދިމާއަކަށް ނަޒަރު ހުއްޓައިލައިގެންއިން ލިވްޔާ އަހައިލިއެވެ. އެއާއެކި ރާއިދް ފުންނޭވާއެއްލަމުން ލިވްޔާއާ ކުޑަކޮށް ދުރުވެލިއެވެ.

“ތެދަށް ބުނާނަމަ ތިކަމާ އެންމެ ކަންބޮޑުވަނީވެސް އަހަރެން. އެކަމުދޯ. ލިވީގެ ރީތިކަންފެނިފަ ނޭނގެ އަހަރެންނަށް ވީގޮތެއް. މަލް.. މަލް މަތިން ފޫހިވެއްޖެ.” ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު ރާއިދް ލަސްލަހުން ބުނެލިއެވެ. ހަގީގަތުގައި މަލްހާ ވިހެއިފަހުން އޭނާގެ ލޫޅާފަތި ރީތިހަށިގަނޑުގެ ބައްޓަން ގެއްލިގެންދިޔަގޮތުން ރާއިދް މަލްހާ މަތިން ފޫހިވީއެވެ. އެދުވަސްކޮޅަކީ ލިވްޔާގެ ފަރާތުން އޭނާއާއި ގަޔާވާކަން ރާއިދްއަށް އިހުސާސުވި ދުވަސްކޮޅުކަމުން އޭނާގެ ހިތް ލިވްޔާގެ ޒުވާންކަން މައްޗަށް ލެނބިގެން ދިޔައީއެވެ.

“ދެން މިވާހަކަ ބާއްވާފަ ހިނގާ އެހެން ވާހަކައެއް ދައްކަން.” ތަނަށް ވެރިވެފައިއޮތް ހިމޭންކަމެއް ލިވްޔާއަކަށް ކަމަކު ނުދިޔައެވެ. ލިވްޔާގެ ވާހަކައަށް ބޯޖަހައިލަމުން ރާއިދް މައުޟޫ ބަދަލުކޮށްލިއެވެ.

** ** **

އެނދުގެ އެއްފަރާތުގައި އިނށީދެލައިގެންއިނދެ މަލްހާ ބަލަމުން ދިޔައީ ޑްރެސިންގް ޓޭބަލް ކުރިމަތީހުރެ ރީތިވަމުންދިޔަ ރާއިދާއި ދިމާއަށެވެ. ރާއިދްގެ ބަދަލުވެފައިވާ މިޒާޖުގެ ފަހަތުގައިވި ސިއްރު އުޅެއުޅެވެސް މަލްހާއަށްވަނީ ނުހޯދިފައެވެ. ހިތްދަތިގޮތަކަށް ރާއިދާއި ދިމާއަށް ބަލަންއިން މަލްހާ އެންމެފަހުން ކެތްނުވުމުން ރާއިދަށް ގޮވައިލިއެވެ. އެހެނަސް އެއަޑު އޭނާއަށް އިވުނުހެނެއް ހިއެއްނުވެއެވެ. ރާއިދްގެ ފަރާތުން ޖަވާބެއް ނުލިބުމުން ފުންނޭވާއެއްލުމަށްފަހު އިންތަނުން ތެދުވެ މަލްހާ ރާއިދާއި ދިމާއަށް ހިނގައިގަތެވެ.

“ރާދު.” ރާއިދްގެ ކޮނޑުގައި އަތްބާވައިލަމުން ހިތާމަވެރި އަޑަކުން މަލްހާ ގޮވައިލިއެވެ. އެއަޑަށް ރީތިވަންހުރި ރާއިދް ސިހިފައި މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިހުރިވަރުން މަލްހާ އެތަނަށްއައިސް ހުއްޓުނުކަންވެސް އޭނާއަށް ނޭނގުނެވެ.

“ހޫމް.” ހަމައެކަނި ހޫން ލައްވައިލަމުން ރާއިދް އަނެއްކާވެސް ލޯގަނޑަށް ނަޒަރު ހުއްޓައިލަމުން ރީތިވާން ފެށިއެވެ. “ވަޓްސް ރޯންގް ރާދު؟ އަހަރެންނަށް ރާދު ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ؟” ފެންކަޅިވެފައި މަލްހާ އަހައިލިއެވެ. އެސުވާލުން ރާއިދް ކޮންމެވެސް ވަރަކަށް ހާސްވިނަމަވެސް ހަމަޖެހިލަމުން ނޫނެކޭ ބުނެ ގަދަކަމުން ހިނިތުންވެލިއެވެ. “ދެންކީއްވެ ރާދު އަހަރެންނާ ދުރަށްތިދަނީ؟ އަހަރެންނަށް ކުށެއްކުރެވިފައިވާނަމަވެސް ބުނެލީމައެއްނު އެކަން ރަނގަޅުކުރަންވެސް އިނގޭނީ.” ހިތުގައިޖެހިފައި މަލްހާ ޝަކުވާކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރިއަށް މަރުފަދަ ހިމޭންކަމެއް ވެރިވެގެންދިޔައެވެ.

“މަލް. މަލް ނުކުރެއޭ އެއްވެސްކަމެއް. އަސްލު މިދުވަސްކޮޅު މަސައްކަތް ހުންނަގޮތުން އަހަރެންނަށް މަލްއަށް އެހައި ވަގުތު ނުދެވެނީ. ސޮރީ މަލް.” މަލްހާއާއި ދިމާއަށް އެނބުރެމުން ހިތާމަވެރިކަން މޫނުމައްޗަށް ވެރިކުރިވައިފައި ރާއިދް ބުނެލިއެވެ. “ޔަގީންތަ؟” ގަބޫލުނުކުރެވިފައިހުރެ މަލްހާ އަހައިލިއެވެ. “ހޫމް. ގަބޫލުކޮށްބަލަ.” މަލްހާގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގަކަށް ރާއިދް ބުނެލިއެވެ. އިރުކޮޅަކު އެމޫނަށް ބަލަން ހުރުމަށްފަހު މަލްހާ ބޯޖަހައިލިއެވެ. އޭނާގެ ފިރިމީހާއަށް އިތުބާރުކުރަން އޭނާ ބޭނުންވެއެވެ. ރާއިދްދެކެވާ ލޯތްބެއްގެ ސަބަބުން އެވާހަކަ ވަރަށް ފަސޭހައިން މަލްހާ ގަބޫލުކޮށްލިއެވެ.

އުފާވެލައިފައި މަލްހާއަށް ރާއިދްގެ ގައިގައި ބައްދައިލެވުނެވެ. އިތުރުގޮތެއްނެތް މީހަކުފަދައިން ރާއިދްވެސް މަލްހާގެ ހަށިގަނޑުގައި ދެއަތްވަށައިލިއެވެ.

ދޮރުގައި ޓަކި ޖަހައިލުމަށްފަހު ދޮރުހުޅުވައިލި ލިވްޔާއަށް އެމަންޒަރު ފެނުމާއެކު ހަސަދައިން އެހިތް ފުރުނެވެ. ފާޑަކަށް ރާއިދްގެ މޫނަށް ބަލައިިލަމުން ލިވްޔާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް އެމޫނުމަތިން ފާޅުވަމުންދިޔައެވެ. އަމިއްލަ އެއްބަނޑު އެއްބަފައި ދައްތަދެކެ ހަސަދަވެރިވާން ހެޔޮވާނެހެއްޔެވެ؟ އެހެނަސް ކުރާނީކީއްހެއްޔެވެ؟ މިއީ މަދުން ނަމަވެސް އަހަރެމެންގެ މިމުޖުތަމައުގައި ހިނގާ ކަންތައްތަކެވެ.

ފަހަތުގައި އެމީހުނަށް ބަލަންހުރި ލިވްޔާ ފެނުމާއެކު ތެޅިގަންނަމުން ރާއިދް މަލްހާގެ ގައިން ދޫކޮށްލިއެވެ. ހީވަނީ އޭނާގެ ހަލާލު އަނބިމީހާއަކީ ލިވްޔާ ހެންނެވެ. ރާއިދްގެ މިއަމަލެއް އުފާވެ ހިތްހަމަޖެހިފައިހުރި މަލްހާއަކަށް ފާހަގައެއްނުވިއެވެ. ރާއިދާއި ދުރުވެލަމުން ފަހަތަށް އެނބުރި ބަލައިލީ ރާއިދްގެ ނަޒަރު އެދިމާއަށް ހުއްޓިފައިހުރިތަން ފެނުމުންނެވެ. އެއާއެކު ދޮރުމަތީގައި އެދިމާއަށް ބަލަހައްޓައިގެންހުރި ލިވްޔާ ފެނުމާއެކު އޭނާ ހިނިތުންވެލިއެވެ.

“އޫޕްސް ސޮރީ. ލިވީ ކޮލެޖަށްދާގަޑި ޖެހެނީދޯ.” ފާރުގައި ހަރުކޮށްފައިހުރި ގަޑިއަށް ބަލައިލަމުން ބޮލުގައި އެއްއަތުން ޖަހައިލުމަށްފަހު މަލްހާ ބުނެލިއެވެ. “ރާދު އަދިވެސް ހުންނަނީތަ؟ ދެންވެސް ދޭބަ ލިވީ ގޮވައިގެން. އެހެންނޫނީ ގަޑި ޖެހިދާނެ.” ހުއްޓުންއަރައިފައިހުރި ރާއިދްގެ ގައިގައި ޖަހައިލަމުން މަލްހާ ބުނެލިއެވެ. ހޭވެރިކަންވުމާއެކު ބޯޖަހައިލަމުން އަވަސް އަވަހަށް ސޯފާމަތީގައި އޮތް ޓީޝާރޓް ގަޔަށް މަހައިލަމުން ރާއިދް ލިވްޔާއާއި ދިމާއަށް ހިނގައިގަތެވެ. ހިތްހަމަނުޖެހިފައިހުރެ ލިވްޔާވެސް ރާއިދްގެ ފަހަތުން ހިނގައިގަތެވެ.

** ** **

“ލިވީ މޮޔަވީތަ؟ ބަލަ އެއީ އަހަރެންގެ އަނބިމީހާއޭ.” ހިތްހަމަނުޖެހިފައި ރާއިދް ބުނެލިއެވެ. އާޓިފިޝަލް ބީޗްގެެ ހިތްގައިމު މާހައުލުނަމަވެސް ދެމީހުންގެ ދެމެދަށް ވެރިވެފައިވީ ނުތަނަވަސްކަމެވެ. ކޮލެޖު ނިންމައިލުމަށްފަހު ރާއިދް ލިވްޔާ ގޮވައިގެން އެތަނަށް އައީ މިއަދު ހަވީރުވީކަންތަކާއި ލިވްޔާ އޭނާދެކެ ހިތްހަމަނުޖެހިފައި ހުރުމުން އެކަމާއި ވާހަކަދައްކައިލުމުގެ ނިޔަތުގައެވެ.

“އެކަމަކުވެސް ހެޔޮ. މިހާރު އަހަރެންނަށް ރާދު އެހެންމީހަކާ ގާތްވާތަން ބަލާކަށް ކެތެއްނުވެއޭ. އިނގޭ އެއީ ދޮންތަ ކަންވެސް. އެކަމަކު އައި ފީލް ޖެލަސް. ޕްލީޒް ރާދު އަންޑަރސްޓޭންޑް ވެބަލަ.” ހިތުޖެހިފައި ލިވްޔާ ބުނެލިއެވެ. ވަކިއެއްޗެކޭ ނުބުނެ ރާއިދް ލިވްޔާގެ ކޮނޑުގައި ހިފައި އޭނާގެ ގަޔާއި ގާތްކޮށްލިއެވެ. އަދި އެހަށިގަނޑުގައި އޭނާގެ ދެއަތްވަށައިލަމުން ލިވްޔާ އޭނާގެ މެޔާއިލައި ބޮނޑޮކޮށްލިއެވެ. ވަގުތުން ލިވްޔާގެ ހިތުގައިވި ހުރިހައި ޝަކުވާއެއް ފިލިކަހަލައެވެ. ހިތްހަމަޖެހުމާއެކު ދެލޯމަރައިލަމުން ލިވްޔާވެސް ރާއިދްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ވަށައިގެންތިބި އެކިމީހުންގެ ނަޒަރުތައް އެދިމާއަށް ހުއްޓެމުންދިޔަ ނަމަވެސް އެއިން ކަމަކަށް އެހައިބޮޑު ސަމާލުކަމެއްދޭން ދެމީހުންކުރެ އެކަކުވެސް ބޭނުންނުވާކަހަލައެވެ.

އެކުވެރިންތަކަކާއެކު އާޓިފިޝަލް ބީޗްއަށްއައި ނޫރާ ހީސަކަރާތް ޖަހަމުން އެހިސާބު ހުރަސްކޮށްލިގަޑީ ރާއިދް ފެނުނުހެންހީވެ އެދިމާއަށް ބަލައިލެވުނެވެ. އަންހެންކުއްޖެއްގެ ގައިގައި ބައްދައިލައިގެންހުރި ރާއިދްގެ މޫނު ސާފުކޮށް ފެނުނެއްކަމަކު އެއަންހެންކުއްޖާގެ މޫނު ފެންނަގޮތެއް ނުވިއެވެ.

މޫނު ނުފެނުނެއްކަމަކު އެއީ މަލްހާކަން ޔަގީން ކުރަމުން މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެންހުރެ އެދިމާއަށް ނޫރާ ހިނގައިގަތެވެ. ވަރަށް ސިއްރުންގޮސް ޕޮއް ކިޔައިލީ ހިތުން މަލްހާ ސިއްސުވައިލުމުގެ ބޭނުމުގައެވެ. އެހެނަސް ސިހިފައި އޭނާއާއި ދިމާއަށް އެނބުރުނު އަންހެންކުއްޖާ ފެނުމުން ނޫރާގެ މޫނުގެ ކުލަވަރު އޮއްސިގެންދިޔައެވެ. މިއީ ކޮންކުއްޖެއްބާވައެވެ؟

އެއްފަހަރު ހާސްވެފައިހުރި ރާއިދްގެ މޫނަށް އަނެއްފަހަރު ލިވްޔާގެ މޫނަށް ބަލައިލުމަށްފަހު ނޫރާ މޫނުމައްޗަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ. “ސޮރީ. އޮޅިގެން. އަހަރެން ހީކުރީ އެހެން މީހެއްކަމަށް.” ހަމައެކަނި އެހެން ބުނެލަމުން ނޫރާ އެތަނުންދާން ހިނގައިގަތެވެ. އެދެމީހުންތިބި ގާތްކަން އެދެލޮލުން ފެނުމާއެކު ރާއިދް މަލްހާއަށް ސިއްރުން ގުޅުމެއް ހިންގަނީކަން ނޫރާއަށް ވިސްނުނެވެ. މަލްހާފަދަ ރަނގަޅު ކުއްޖަކު ލިބިފައިހުއްޓައި ރާއިދް އެހެން އެއުޅެނީ ކީއްވެބާއެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން ނޫރާއަށް ވިސްނުނީ މަލްހާއަށް މިކަން އިނގިއްޖެނަމަ އޭނާ ވާނެ ދެރައާއި ކުރާނެ ހިތާމައާއި މެދުގައެވެ. އެތަނުން ދިއުމުގެކުރިން ފަސްއެނބުރި ނޫރާ އަދި އެއްފަހަރު އެދިމާ ބަލައިލިއެވެ. ނަމަވެސް އެދެމީހުނެއް އެތަނަކު ނެތެވެ.

ނޫރާ ދިއުމާއެކު ހާސްވެފައިހުރެ ރާއިދް ލިވްޔާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ވާނުވާ ނޭނގިފައިހުރި ލިވްޔާވެސް ވަކިއެއްޗެކޭ ނުބުނެ ރާއިދާއެކުގައި ހިނގައިގަތީ އޭނާ ހާސްވެފައިހުރިވަރު ފެނިފައެވެ.

“އެއީ ކާކުތަ؟” ސައިކަލު ދުއްވަައިލުމާއެކު ލިވްޔާ އޭނާގެ ސިކުނޑީގައި ބުރުޖަހަމުންދިޔަ ސުވާލުތަކުން ސުވާލެއްކޮށްލިއެވެ. “މަލްގެ އޮފީސް ކުއްޖެއް. ވަރަށް ކްލޯޒް ފްރެންޑެއް.” ނިތަށް ރޫއަރުވައިލަމުން ރާއިދް ޖަވާބުދިނެވެ. “ވަޓް؟” ލިވްޔާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އެހައި އަވަހަށް އެދެމީހުންގެ ގުޅުން ފަޅައިއަރަނީހެއްޔެވެ؟ އެހެންވާކަށް ލިވްޔާ ބޭނުމެއްނޫނެވެ.

“އޭނަ.. އޭނަ ދޮންތަގާތު ބުނެފާނެތަ؟” ލިވްޔާގެ އަޑުގައިވެސް ހާސްކަން އެކުލެވިގެންދިޔައެވެ. ރާާއިދްވެސް ވިސްނަމުން ދިޔައީ އެކަމާމެދުގައިކަން އެމޫނުމަތިން ފާޅުވަމުންދިޔަ އަސަރުތަކުން އެނގެއެވެ. “ނޮޓް ޝުއަރ. ހީވަނީ ބުނާނެހެން.” ހިސާބަކަށް ޖެހިލުންވެފައި ރާއިދް ބުނެލުމާއެކު ލިވްޔާގެ ހާސްކަން އިތުރުވިއެވެ.

“ނޯ ރާދު ނޯ. އަހަރެން އަދި ބޭނުމެއްނޫން ދޮންތައަށް އިނގޭކަށް. ވީ ހެވް ޓް ސްޓޮޕް ހަރ.” ދެލޯބޮޑުކޮށްލަމުން ބޮލުގައި އަތުން ހިފަހައްޓައިލުމަށްފަހު ލިވްޔާ ބުނެލިއެވެ. ލިވްޔާގެ ވާހަކައަށް ރާއިދް ބޯޖަހައިލުން ފިޔަވައި އިތުރު އެއްޗެކޭ ނުބުނެއެވެ. މިވަގުތު ވާހަކަ ދެއްކުމަށްވުރެ އޭނާގެ ސިކުނޑިވަނީ މާބޮޑު ހާސްކަމެއްގެ ތެރޭގައެވެ.

“ރާދު. އެއްޗެކޭ ބުނެބަލަ.” ލިވްޔާއަށް އެގޮތްކަމަކު ނުދިޔައެވެ. ރާއިދްގެ ކޮނޑުގައި އަތުން ޖަހައިލަމުން އަނެއްކާވެސް އެހެން ބުނެލީ ހިތްބިރުގެންފައިވާ ވަރުންނެވެ. “ލިވީ ދެން އެކަމާ ހާސްނުވެބަލަ. އޭނަ މަލް ގާތު ކޮންމެ އެއްޗެކޭ ކިޔަސް މަލް ގަބޫލުކުރާނީ އަހަރެން ދައްކާ ވާހަކަ. އެހެންވީމަ ދެން އެވަރަށް ނުވިސްނާ. އަހަރެން ކޮންމެވެސް ގޮތެއް ހޯދާނަން.” މަގުމައްޗަށް ސަމާލުކަންދޭން މަސައްކަތްކުރަމުން ރާއިދް ބުނެލިއެވެ. އެއާއެކު އާނއެކޭ ބުނެލަމުން ލިވްޔާ ހަމަޖެހެން މަސައްކަތްކުރަމުންދިޔައެވެ. އޭނާ ރާއިދަށް އިތުބާރުކުރެއެވެ. ވީއިރު ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެހެން ހިތަށްއެރުމާއެކު ލިވްޔާއަށް ފުންނޭވާއެއްލަމުން ހިނިތުންވެލެވުނެވެ.

** ** **

ކޮޓަރިއަށް ވަނީއްސުރެ ރާއިދަށް މަލްހާގެ މޫނަށް ބެލުންނޫންހެންކަމެއް ނުކުރެވެއެވެ. ހަމަޖެހިފައިހުރެ އޭނާ އާއި ވާހަކަދައްކަމުންދިޔަ މަލްހާ ފެނުމުން ރާއިދްގެ ހާސްކަން ކޮންމެވެސް ވަރަކަށް ފިލައިގެންދިޔައެވެ. މަލްހާގެ އަމަލުތައްހުރިގޮތުން އޭނާއަށް އަދި އެއްވެސްކަމެއް ނޭނގޭކަން އެނގި ހާމަވަމުންދިޔައެވެ. ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ރާއިދް ލައިގެންހުރި އެއްޗެހި ބަދަލުކޮށްލައިގެން އައިސް މަލްހާ ގާތުގައި އޮށޯވެލިއެެވެ.

އެނދުގައި ދެކޮޅަށް ފުރޮޅިލައި ފުރޮޅިލައި ލިވްޔާ އޮތީ ނުނިދިފައެވެ. ރާއިދްއަށް އިތުބާރު ކުރިނަމަވެސް އެހިތް ބިރުގަންނަނީއެވެ. ދޮންތައަށް އިނގިއްޖެނަމަ އޭނާ ކަންތައްކުރާނެ ގޮތެއްވެސް އިނގެނީއެއްނޫނެވެ.

ލިވްޔާއަށް ބޮލުގައި އަތުން ހިފަހައްޓައިލެވުނެވެ. މިރޭ ދަންވަރު ބައްދަލުނުކުރާނެ ވާހަކަ ރާއިދް ބުނީއްސުރެ ލިވްޔާގެ މޫޑުވަނީ ޚަރާބުވެފައެވެ. އެކިއެކި ވަސްވާސްތަކުން އެހިތްފުރެމުންދިޔައެވެ. ނިދިވެސް އެލޮލާއި ރުޅިވެފައިވާފަދައެވެ. ފޯނުނަގައި ގަޑި ބަލައިލިއިރު 3.30 ވަނީއެވެ. ފޫހިވެގެންގޮސް ކުރާނެކަމެއް ނޭނގުމުން ލިވްޔާ ތެދުވެ އެނދުގެ ފަޑީގައި ލެގިލިއެވެ. ރާއިދްއަށް ގުޅައިލަން ހިތަށް އަރައިފައިވެސް އެހައި ދަންވަގުތެއްގައި ގުޅުމުން ރާއިދް ހިތްހަމަނުޖެހޭނޭ ހިތަށްއަރައި އެކަން ކުރާކަށް ނުކެރުނެވެ. އެންމެފަހުން ލެޕްޓޮޕް ހިފައިގެންއައިސް ފިލްމެއް އަޅުވައިލުމަށްފަހު އެނދުގައި ހަމަޖެހިލަމުން އެބަލަން ފެށިއެވެ. އޭނާއަށް ނިދުނީވެސް އެހެން އޮއްވައެވެ.

ޖެހިގެންއައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ޒީވާން ނިންދަވައިފައި އައިސް މަލްހާ ޓީވީ ހުޅުވައިލީ ވެފައިވާ ވަރުބަލިކަން ފިލުވައިލައި ހަމަޖެހިލުމަށެވެ. ޒީވާން ލިބުނުފަހުން އުޅެންޖެހޭލެއް ބުރަވުމުން މަދުފަހަރަކު ނޫނީ މިހާރު އޭނާއަށް ޓީވީވެސް ބަލައެއް ނުލެވެއެވެ.

ހިތްހަމަޖެހޭ ޗެނަލަކާއި ދިމާވުމުން ސޯފާގައި ކުޑަކޮށް އޮށޯވެލަމުން މަލްހާ ޓީވީގެ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. އެވަގުތު ގޭގެ ބެލްޖެހިއަޑުއިވިފައި ތުންކޮޅު ދަމައިލަމުން މަލްހާ އޮތްތަނުން ތެދުވިއެވެ.

ދޮރުހުޅުވައިލިއިރު ކުރިމަތީގައިހުރި ނޫރާ ފެނިފައި މަލްހާގެ މޫނު އުޖާލާވެގެން ދިޔައެވެ. “ނޫ. އަންގައިވެސްނުލާ. ހާދަ ނުގަޑިއެއްގަ ތިއައީ.” ނޫރާގެ އަތުގައި ހިފައި ގޭތެރެއަށް ވައްދަމުން އުފާވެލައިފައި މަލްހާ ބުނެލިއެވެ. “ހޫމް. މިހެންލައިފައިދަމުން މިގެފެނުނީމަ ދެންހަމަ ހިތަށްއެރީ މަލްގެ ހާލު ބަލައިލައިފައޭ ދާނީ. އެހެންވެ ހަމަ އައީ.” މަލްހާގެ އަތުގައި ހިފައިލަމުން ހިނިތުންވެލައިފައި ނޫރާ ބުނެލިއެވެ.

“އަޅޭ ނޫ ހާދަ ރަނގަޅޭ. އަވަހަށް އިނށީދޭ. އަހަރެން އަންނާނަން ބޯލާނެ ފިނި ބުއިމެއް ހިފައިގެން. ތިހެންވެސް އަންނަނީ މަދުފަހަރަކުވިއްޔަ.” ނޫރާ ގެންގޮސް ސޯފާގައި ބައިންދައިލަމުން މަލްހާ ކާކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. މަލްހާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ނޫރާއިނީ އެއްޗެއް ދެނެގަންނަން ބޭނުންވެފައިވާ މީހަކު ފަދައިންނެވެ. މަލްހާ އެއުޅޭގޮތުން އޭނާއަށް ރާއިދްގެ އެއްވެސް ކަމެއް ނޭނގޭހެން ނޫރާއަށް ހީވިއެވެ. ނޫނީ އެކަން ސިއްރުކުރަން މަލްހާ މަސައްކަތްކުރަނީ ބާވައެވެ؟

އެކިޚިޔާލުތަކުގައި އިން ނޫރާ ސިހުނީ މަލްހާ އޭނާގެ ކޮނޑުގައި އަތުން ހިފައި ތަޅުވައިލުމުންނެވެ. “ނޫ. ކޮންކަމަކަށް ގެއްލިފަ؟” ނޫރާ ގާތުގައި ޖައްސައިލަމުން ތަބަކުގައިހުރި ޖޫސްތަށި ދިއްކޮށްލުމަށްފަހު މަލްހާ އަހައިލިއެވެ. “ހެހެ. އެއްވެސް ކަމަކަށް ގެއްލިފައެއް ނޫން.” އަޑުގައިވި ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރަމުން ގަދަކަމުން ހިނިތުންވެލައިފައި ނޫރާ ބުނެލިއެވެ. “ހާދަ ހީނުވެއޭ. ހެހެ.” ސަމާސަވެރި ރާގަކަށް މަލްހާ ނޫރާ އާއި ދިމާކޮށްލިއެވެ. “ދެން މަލްވެސް ދޯ. ހެހެ. އަހަރެން ވާހަކައެއް އަހައިލަންތަ؟” ވަރަށް ނޫންކަމަށް ހަދައިލައިފައި ޖޫސްތަށިން އެތިފޮދެއް ބޮއިލަމުން ނޫރާ އަހައިލިއެވެ. އެއާއެކު ހޫން ލައްވައިލަމުން މަލްހާ ނޫރާގެ މޫނަށް ބަލައިލިއެވެ.

“އާރ ޔޫ ހެޕީ؟” އަހަންއުޅުނު ސުވާލު އަހަން ޖެހިލުންވުމުން ދުރުދުރުން ނޫރާ ވާހަކަގެންދަން މަސައްކަތްކުރިއެވެ. “އޮފްކޯޒް. އަހަރެންދެން ކޮންކަމަކާާ ދެރަވާންވީ.” ދެކޮނޑު އަރުވައިލަމުން މަލްހާ ބުނެލިއެވެ. ނޫރާ އެހެންއަހަން ޖެހުނު ސަބަބެއް މަލްހާއަކަށް ނުވިސްނުނެވެ. “ޔަގީންތަ؟” އަނެއްކާވެސް ނޫރާ އަހައިލިއެވެ. “ހޫމް ޔަގީން.ކިހިނެއްވީ ނޫ؟” ފާޑަކަށް ނޫރާގެ މޫނަށް ބަލައިލަމުން މަލްހާ އަހައިލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ގަދަކަމުން ނޫރާ ހިނިތުންވެލީ ކަމެއްނުވާކަމަށް ބުނަމުންނެވެ. މަލްހާވެސް އެވަރަކުން އެސުވާލުގެ ޖަވާބު ހޯދާކަށް ނުއުޅެއެވެ.

ދެމީހުން އެކި ވާހަކައިގައި ޖެހިފައި ތިއްބައި ނިދި މޫނަކާއި އެކުގައި ލިވްޔާއަށް އެތަނަށް އާދެވުނީ ފިނިފެންފޮދެއް ބޯންބޭނުންވެފައި ހުރުމުންނެވެ. ލިވްޔާ ފެނުމާއެކު މަލްހާ ލިވްޔާއަށް ގޮވައިލިއެވެ. “ނޫ މިއީ އަހަރެންގެ ކޮއްކޮ. ބުނީމެއްނުދޯ ކިޔަވަންވެގެން ކޮއްކޮ އައިސް އުޅޭ ވާހަކަ. ލިވީ މިއީ ދޮންތަގެ ބެސްޓް ބަޑީ. ހެހެ.” ހެވިފައި މަލްހާ އެހެންބުނެލުމާއެކު ލިވްޔާ ސޯފާގައިއިން އަންހެންކުއްޖާއާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ނޫރާވެސް އިސްއުފުލައިލަމުން ހިނިތުންވެފައި ލިވްޔާގެ މޫނަށް ބަލައިލިއެވެ. ލިވްޔާ ފެނުމާއެކު ވަގުތުން އެމޫނުމަތީގައިވި ހިނިތުންވުން ފިލައިގެންދިޔައެވެ. އެއީ ރޭގައި ރާާއިދްގެ ގައިގައި ބައްދައިލައިގެންހުރި އަންހެންކުއްޖާކަން ވަގުތުން ނޫރާއަށް އެނގުނެވެ. ގަބޫލުނުކުރެވިފައި އެދިމާއަށް ބަލަހައްޓައިގެން ނޫރާއަށް އިނދެވުނީއެވެ.

ނޫރާ ފެނުމާއެކު ލިވްޔާއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ބިރުންގޮސް މީހާ ރޫރޫއަޅައިގަތެވެ. އެމޫނުމަތިން ފާޅުވެގެންދިޔަ ހާސްކަމާއި އެއްވަރަށް މުޅިމީހާގެ ގައިގައި ތުރުތުރެއްވެސް އުފެދިގެންދިޔައެވެ. ދެލޯބޮޑުކޮށްގެން ކަންބޮޑުވެފައި ނޫރާއާއި ދިމާއަށް ބަލަންހުރިގޮތުން ނޫރާއަށް ބުމަގޮށްޖަހައިލެވުނެވެ.

“މިއީތަ މަލްގެ ކޮއްކޮއަކީ؟” ހައިރާންކަމާއެކު މަލްހާގެ މޫނަށް ބަލައިލަމުން ނޫރާ އަހައިލިއެވެ. އެއާއެކު ފުޅާ ހިނިތުންވުމަކާއެކު މަލްހާ ބޯޖަހައިލިއެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވި ނުތަނަވަސްކަން މަލްހާއަށް ފާހަގަނުވީ އެވަގުތު އޭނާގެ ލޯ ޓީވީއަށް އަމާޒުވެފައި ވުމުންނެވެ.

ނޫރާއަށް އަނެއްކާވެސް ލިވްޔާގެ މޫނަށް ބަލައިލެވުނެވެ. އޭރު އިސްޖަހައިގެން ދެއަތްދެއަތާއި މޮޑެން ލިވްޔާހުރިއިރު އެމޫނުމަތީގައި ކުދިކުދި ދާތިކިތައްބަބުޅަމުން ދިޔައެވެ. ނޫރާއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ. ރާއިދް މަލްހާއަށް ބޭވަފާތެރިއެވަނީ މަލްހާގެ އަމިއްލަ ކޮއްކޮއާއި އެއްކޮށްހެއްޔެވެ؟ ލިވްޔާވެސްމީ ކޮންކަހަލަ ކޮއްކޮއެއްހެއްޔެވެ؟ އަމިއްލަ ދައްތައަށް އެހައިބޮޑު ދެރައެއްދޭނީ ގައިމު އެކުއްޖާގެ ހިތުގައި މަލްހާއާާއި މެދުގައި ކުޑަވެސް އޯގާތެރިކަމެއް ނެތީމައިނޫންހެއްޔެވެ. މިހުރިހައިކަމަކުން މަލްހާއަށް ލިބޭނެ ދެރައާއި މެދުގައި ދެމީހުންކުރެ އެކަކުވެސް ވިސްނައިނުލަނީބާވައެވެ؟ ނޫރާއަށް ބޯހޫރުވައިލެވުނެވެ. އަދި ހަމްދަރުދީގެ ނަޒަރަކުން ހެވިފައި ޓީވީއަށް ބަލަންއިން މަލްހާގެ މޫނަށް ބަލައިލެވުނީ ހަދަންވީގޮތެއް ނޭނގިފައިއިން މީހަކުހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ނޫރު (ނަވާޅީސްވަނަ ބައި)

Next

ޝީން(ސޯޅަވަނަ ބައި)

Next
March 13, 2018

ޝީން(ސޯޅަވަނަ ބައި)

Previews
March 12, 2018

ނޫރު (ނަވާޅީސްވަނަ ބައި)

57 Comments!

  1. Sharu says:
    March 13, 2018 at 11:25 am

    Mee first vaahaka kiyaahiyyvaaleh comment kohlaanan

    1. Nau says:
      March 13, 2018 at 11:45 am

      Hehe yes dear.

  2. Friends says:
    March 13, 2018 at 11:26 am

    First dhw

    1. Nau says:
      March 13, 2018 at 11:27 am

      Ya dhw.. Hehe?

  3. Nau says:
    March 13, 2018 at 11:26 am

    Salaam guys.. Hope u all will like this part too.. Nxt part in sha allah tmrw.. Dhn kihinehbaa vaany dhw.. Will nooraa tell malhaa or nt? Lets see.. Hehe.. Enjoy reading.. N hv a nice day all.. Ly my dears.. ❤?

  4. Friends says:
    March 13, 2018 at 11:41 am

    Noora dhelofulha adhi nubune madu kohlaa .e dhemeehun amila ah falhaaaran dhen.masha allah hama v furihama.
    Waiting 4 nw part.
    ?Have a nice day….???????

    1. Nau says:
      March 13, 2018 at 11:45 am

      Hehe dhw. Lets see dhn. Thanks alot my dear❤

  5. Sharu says:
    March 13, 2018 at 11:50 am

    Mee first. Wow varah reethi ??? .?????????

    1. Nau says:
      March 13, 2018 at 12:01 pm

      Hehe thanks alot dear❤

  6. Sharu says:
    March 13, 2018 at 11:51 am

    Wow varah reethi ??? .?????????

  7. Axy says:
    March 13, 2018 at 12:04 pm

    V V reethi ? nau Thanks ❤❤❤❤❤❤❤❤❤❤❤❤❤
    Mi ee hama madhu namaves mi mujuthamauga higaa kamey ?????

    1. Nau says:
      March 14, 2018 at 6:17 am

      Hehe thanks n wlcm dear❤

  8. Shann says:
    March 13, 2018 at 12:15 pm

    Alheyyy nau mal ah dheragotheh nuhadhahchey igey… V v rythi mibaives… Nau ge story eh vehjihyaa rythi vaane kamuge furihama yagynkan ovey… V v ves rythi

    1. Nau says:
      March 14, 2018 at 6:18 am

      Hehe lets see dhw.. Thanks my dear.. ❤

  9. Smiley ? says:
    March 13, 2018 at 12:21 pm

    But malha ah avahah angachey I want yaanik and malha avahah gulhen

    1. Nau says:
      March 14, 2018 at 6:18 am

      Hehe lets see.. Thanks dear❤

  10. Chim says:
    March 13, 2018 at 12:49 pm

    Vv reethi story eh..ehaa bodah dhigu dhanman noolhe story kuriah gendhaathy v reethi…vv furihamaey buneveyny..nau ge ehen story thakekey ehgothah mi story ves reethi vaane kan gaimu ❤..dhen vaany kihinehbaaa…waiting waiting… ….

    1. Nau says:
      March 14, 2018 at 6:18 am

      Awwn thanks alot my dear.. Lets see wat hppns.. ❤

  11. Xxxx says:
    March 13, 2018 at 1:12 pm

    Wooooowww ????? v.nice

  12. Ibsha says:
    March 13, 2018 at 1:16 pm

    Varah reethi ?❤?❤?❤

  13. EHLEE says:
    March 13, 2018 at 1:36 pm

    Wow?? v reethi

  14. Unique says:
    March 13, 2018 at 1:37 pm

    Nau hama best ey…..???

  15. Unique says:
    March 13, 2018 at 1:43 pm

    Oh I hama luv u nau……. The stories u wrote are mind blowing I luv it………??????????????????

    1. Nau says:
      March 14, 2018 at 6:19 am

      Awwwn.. Hehe.. Thank u sooooo much my dear.. ??

  16. Unique says:
    March 13, 2018 at 1:43 pm

    Oh I hama luv u nau……….. The stories u wrote are mind blowing I luv it………????????????????????

  17. Pinky shifoo says:
    March 13, 2018 at 1:45 pm

    Wow ❤️❤️❤️… Mi part vx v v v reethi ???… Alhey mal haadha dhervaaney ???… Livyaa n raaidh haadha gohey ???… Kihineh baa vaanee dhn??? Alhey nooraa bunebaa mal gaathu e vaahaka… V furihama ingey mi story ???.. I love it ???… Curiously waiting for the next part ???… Lots of love and take care ??❤️❤️??????

    1. Nau says:
      March 14, 2018 at 6:20 am

      Thank u soooooo soooooo much my dear.. Lets see wat hppns.. Lots of love n tvgc dear?❤

  18. Nikko says:
    March 13, 2018 at 2:06 pm

    Ekam dhn haadha hadiey e ulhey goiy
    Amihla dhontha vihyr
    Foohivey e 2 meehun dheke
    Mal ah dherayeh
    Plxx nudhehchey

    1. Nau says:
      March 14, 2018 at 6:21 am

      Lets see dear.. Ya dhw.. Thanks alot❤

  19. Ibsha says:
    March 13, 2018 at 2:07 pm

    ?❤?❤varah reethi

    1. Nau says:
      March 14, 2018 at 6:21 am

      Thanks dear❤

  20. Mary says:
    March 13, 2018 at 2:12 pm

    Mi part ves v loabi, dhen vaanegotheh kiyaalaahithun kehmadhuvefa, thanks

    1. Nau says:
      March 14, 2018 at 6:22 am

      Awwn thanks alot dear❤

  21. ss says:
    March 13, 2018 at 2:36 pm

    nauge hurihaa vaahakaehves keen. v reethi vaahakathah

    1. Nau says:
      March 14, 2018 at 6:22 am

      Thanks my dear❤

  22. cute baby says:
    March 13, 2018 at 3:02 pm

    alheyyy raadhu ah visniba dhw and livy ah yaanik feniba

    1. Nau says:
      March 14, 2018 at 6:23 am

      Hehe lets see.. Thanks dear❤

  23. Lilly says:
    March 13, 2018 at 3:08 pm

    Nooraa buneba mal kairy evaahaka avahah. Family eh roolhi dhaanethy ey kiyaafa ekahala kanthah engunyma vs emmen sirru kuraathy aslu e libeny varah goas msg eh dhw. Anyway vaahaka varah rythi. When is the next part?

    1. Nau says:
      March 14, 2018 at 6:24 am

      Thats true.. Aslu kameh ingunyma hide kureveny dhw ehn myhun sad vaane varu visnaafa.. Thats nt ryt dhw.. Hide kohgen huhta eahvure maa dheragotheh vedhaane.. Lets see dhn wat nooraa does.. Nxt part tday in sha allah.. Thanks alot dear❤

  24. Haifa says:
    March 13, 2018 at 4:10 pm

    Awahah bust kohfa yaanik nd mal gulhuwaba nau. Eyrun perfect couple akah waane nd raaidh dobt deserve mal? She deserves much better guy like yaanik ❤❤

    1. Nau says:
      March 14, 2018 at 6:25 am

      Hehe lets see mal libeny kaakahthw.. Btw thanks alot my dear❤

  25. Sana says:
    March 13, 2018 at 4:40 pm

    Omg! Varah varah varah reethi! Keep going nau!????????????????????????????????

    1. Nau says:
      March 14, 2018 at 6:25 am

      Thanks alot dear❤

  26. beauty says:
    March 13, 2018 at 4:48 pm

    Stry v reethi, waitingssss for the next part of the stry

    1. Nau says:
      March 14, 2018 at 6:26 am

      Thanks dear❤

  27. Twingirl says:
    March 13, 2018 at 5:01 pm

    Woow. .. v rythi story. Keep it up. …??? hama v mi story kiyaa hithun mi hury ??❤

    1. Nau says:
      March 14, 2018 at 6:26 am

      Awwn thanks my dear❤

  28. Shai says:
    March 13, 2018 at 5:05 pm

    Wow varah reethi ingey

    1. Nau says:
      March 14, 2018 at 6:27 am

      Thanks my dear❤

  29. Niu says:
    March 13, 2018 at 6:10 pm

    Haadha goahey dhw
    Sis ge hus viyyaa e jahai gathy
    Rangalhu filaavalheh dheythi liveee ah

    1. Nau says:
      March 14, 2018 at 6:27 am

      Ya dhw.. Lets see. Thanks dear❤

  30. Luba says:
    March 14, 2018 at 12:18 am

    Varah reethi masha allah … hiikuran mivahakain varah gina bayakah ibratheh adhi filaavalhehves libeynekamah … nau kuraa masahkathugaa barakaiyy lahvaashi … aameen ?

    1. Nau says:
      March 14, 2018 at 6:28 am

      Ya dear. Thats my aim too.. In sha allah.. Thanks alot my dear❤

  31. Nish says:
    March 14, 2018 at 9:50 am

    When next part

    1. Nau says:
      March 14, 2018 at 11:53 am

      Trying on it.. Nimunuhaa avahah up kuraanan?

  32. Shauna says:
    March 14, 2018 at 11:25 am

    When next part

    1. Nau says:
      March 14, 2018 at 11:53 am

      Nw type kurany.. Nimunuhaa avahah up kuraanan?

Comments are closed.

Next Episodeތަޤްދީރު (13)←


All Right Reserved!